-

މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-73)

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ (8) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު" އެވެ.

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މަތީ ތަޢުލީމާއި ތަމުރީނުދޭ މަރުކަޒުތަކަށް އިސްލާމީ ދިވެހި މުޖުތަމަޢެއްގައި ކިޔަން އެކަށީގެންވާ ނަންނަން ކިޔުމުގެ މައިގަނޑު މިންގަނޑުތައް ކަނޑައަޅައި، އެފަދަ ތަންތަނަށް ނަންކިޔުން އެއް މިންގަނޑެއްގައި ހިފެހެއްޓުމެވެ.

3 ވަނަ މާއްދާ - ނަންކިޔުން

(ހ) މަތީ ތަޢުލީމާއި ތަމުރީނު ދިނުމަށް ރަޖިސްޓަރީކުރާ ކޮންމެ މަރުކަޒަކަށް ކިޔާނީ، 1 (އެކެއް) ނަމެވެ.

(ށ) ރަޖިސްޓަރީކުރާ ނަމަކީ، އެ ފަދަ ތަނަކަށް ކިޔުމަށް އެކަށީގެންވާ މާނައެއް ހިމެނޭ ނުވަތަ ވަކި މާނައެއް ރަމްޒުކޮށްދޭ ނަމަކަށް ވާންވާނެއެވެ.

(ނ) ވަކި ށަހުސިއްޔަތަކަށް ނުވަތަ ވިޔަފާރިއަކަށް ނިސްބަތްކޮށްގެން ކިޔާ ނަމެއް ވެސް އެއީ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކަށް ކިޔަން އެކަށީގެންވާ ނަމެއް ނަމަ އެ ނަމެއް ކިޔޭނެއެވެ.

(ރ) ރަޖިސްޓަރީކުރާ ނަން އެހެން ބަހަކުން ބޭނުންކުރަންވާނީ، އެ ބަހުން ކިޔާ ނަން ވެސް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެންނެވެ. މި ނަން ވާންޖެހޭނީ، ރަޖިސްޓަރީ ކުރި ނަމުގެ ތަރުޖަމާއަކަށެވެ. ތަރުޖަމާ ނަމުގެ ގޮތުގައި ވެސް ރަޖިސްޓަރީ ކޮށްދެވޭނީ 1 (އެކެއް) ނަމެވެ.

(ބ) ރަޖިސްޓަރީކުރާ ނަމުގެ އަކުރުތައް އެކުލެވޭގޮތަށް ކުރުނަން (initials) ރަޖިސްޓަރީ ކުރާނަމަ، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި އާންމުވެފައިވާ ވިޔަފާރިއެއްގެ ނަމެއް، ނުވަތަ ޖަމްޢިއްޔާއެއްގެ ނަމެއް، ނުވަތަ ޖަމާޢާތެއްގެ ނަމެއް، ނުވަތަ އެ ނަމުގެ ކުރުނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ޅ) ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި އާންމުވެފައިވާ ވިޔަފާރިއެއްގެ ނަމެއް، ނުވަތަ ޖަމްޢިއްޔާގެ ނަމެއް، ނުވަތަ ޖަމާޢާތެއްގެ ނަމެއް، ނުވަތަ އެ ނަންނަމުގެ ކުރުނަން، މަރުކަޒުގެ ކުރުނަމެއްގެ ގޮތުގައްޔާއި ބްރޭންޑް ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ކ) މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުގެ ނަމާއި ނަމުގެ އަކުރުތަކުން އެކުލަވައިލެވޭ ކުރުނަން ލިޔެފައި އޮންނަންވާނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި، ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކުރި ގޮތަށެވެ.

(އ) މަތީ ތަޢުލީމާއި ތަމުރީނު ދިނުމަށް ރަޖިސްޓަރީކުރާ މަރުކަޒަކަށް، އިސްލާމްދީން ނޫން އެހެން ދީނެއްގެ ނުވަތަ ދީންތަކުގެ ށިޢާރުކަމަށް ބެލެވޭ ނަމެއް ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ވ) މަތީ ތަޢުލީމާއި ތަމުރީނު ދިނުމަށް ރަޖިސްޓަރީކުރާ މަރުކަޒުގެ ޑޮމައިން ނަން، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި، ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

4 ވަނަ މާއްދާ - ނަމުގެ ސިފަތައް

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއްކަން އާންމުންނަށް އެނގޭނޭ ފަދަ ލަފުޒެއް، މަރުކަޒު ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނަމުގައި ހިމަނަންވާނެއެވެ. މިގޮތުން ބޭނުންކުރެވޭ ލަފުޒުތަކަކީ ކޮބައިކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އިންސްޓިޓިއުޓް ނުވަތަ އިންސްޓިޓިއުޓެއްކަން ދޭހަވާ ނަމެއް. އިންސްޓިޓިއުޓެއްކަން ދޭހަވާ ނަމެއް ކަމުގައި ބަލާނީ، ޓްރޭނިންގ ސެންޓަރު ނުވަތަ މަރުކަޒު ނުވަތަ އެކަޑަމީ ފަދަ، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއްކަން އެނގޭ ނަމެކެވެ.

(ށ) "ކޮލެޖް" މި ލަފުޒު ބޭނުންކުރެވޭނީ، ގަވާއިދު ނަންބަރު 2021-160 (ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) ގެ 23 ވަނަ މާއްދާގައި، ކޮލެޖެއްގައި ހުންނަންވާނެ ސިފަތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

(ނ) "ޔުނިވަރސިޓީ" މި ލަފުޒު ބޭނުންކުރެވޭނީ، ގަވާއިދު ނަންބަރު 2022-72 (ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ޔުނިވަރސިޓީގައި ހުންނަންވާނެ ސިފަތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

(ރ) "ނޭށަނަލް" މި ލަފުޒު ބޭނުންކުރެވޭނީ، ސަރުކާރުގެ އިންސްޓިޓިއުޓެއް، ނުވަތަ ކޮލެޖެއް، ނުވަތަ ޔުނިވަރސިޓީ އަކަށެވެ.

5 ވަނަ މާއްދާ - ނަން ފާސްކުރުމާއި ރަޖިސްޓަރީ ކުރުން

(ހ) މަތީ ތަޢުލީމު ދޭ މަރުކަޒަކީ، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ މަރުކަޒެއް ނަމަ، އެ މަރުކަޒަކަށް ކިޔާ ނަން ފާސްކޮށް ރަޖިސްޓަރީ ކުރާނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި، ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަމާބެހޭ ވުޒާރާގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެ މިނިސްޓްރީގައެވެ.

(ށ) ދައުލަތުގެ އިދާރާތަކުން ހިންގާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ނަން ފާސްކުރާނީ މިނިސްޓްރީންނެވެ.

6 ވަނަ މާއްދާ - "އިންޓަރނޭށަނަލް" ކިޔޭނެ ގޮތް

"އިންޓަރނޭށަނަލް" ކިޔޭނީ، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން މަތީ ތަޢުލީމު ދިނުމުގައްޔާއި، މަތީ ތަޢުލީމުގެ މަގުސަދާއި، ކުރާ ކަންތައްތަކުގައި އިންޓަރނޭށަނަލް ސިފަތައް ހިމެނޭ ނަމައެވެ. މީގެ ތެރޭގައި، އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ވާންވާނެއެވެ.

(ހ) މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ޕްރޮގްރާމްތަކަކީ ބޭރުގެ ކަރިކިޔުލަމަށް ކިޔަވައިދޭ، ބޭރުގެ މަރުކަޒަކުން ސެޓުފިކެޓު ދޫކުރާ ،މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމްތަކަކަށް ވުން. ނުވަތަ؛

(ށ) ތަނުގައި ކިޔަވައިދޭ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ މަދުވެގެން %20 (ވިހި އިންސައްތަ) އަކީ ރާއްޖެ ފިޔަވައި ތަފާތު އެކި ގައުމުތަކުގެ ދަރިވަރުންނަށް ވުން.

(ނ) ކޮލެޖް ގިންތީގެ ނުވަތަ އެއަށްވުރެ މަތީ ގިންތީގެ މަރުކަޒަކަށް ވުން.

7 ވަނަ މާއްދާ - ރަޖިސްޓަރީކޮށް ނުދެވޭނެ ހާލަތްތައް

އަންނަނިވި ނަންތައް ފަދަ ނަމެއްގައި، މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ހ) އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑް މާކެއް.

(ށ) މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒެއް ރަޖިސްޓަރީ ކޮށްދީފައިވާ ނަމެއް ނުވަތަ އެފަދަ ނަމަކާ އެއްނަމެއް ކަމަށް ބެލެވިދާނެ، ވަރަށް އެއްވައްތަރު ނަމެއް.

(ނ) އަމިއްލަ ފަރާތަކުން ހުށަހަޅާ ނަމެއްގައި، "ނޭށަނަލް" ނުވަތަ "ގައުމީ" ނުވަތަ މި މާނަ ދޭހަވާ ލަފުޒެއް ހިމެނިފައިވުން.

(ރ) ރާއްޖެއިން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގާ މަރުކަޒެއް ނޫން ނަމަ، ރާއްޖެއިން ބޭރުގެ މަރުކަޒެއް ކަމަށް އާންމުންނަށް އޮޅުންއަރާ ފަދަ ނަމެއް.

(ބ) އެކިއެކި ސަރަ ހައްދުތަކުން ކުރެ ސަރަހައްދަކަށް ނިސްބަތްވާ (މިސާލު: ސައުތު އޭށިއަން، ޔޫރަޕިއަން ނުވަތަ ވަކި ގައުމެއްގެ ނަން) ނަމެއް؛ ނަމަވެސް އެފަދަ ނަމެއް ކިޔުމުގެ ގާނޫނީ އިހްތިސާސް ލިބިގެންވާ ފަރާތަކުން އެފަދަ ނަމެއްގައި މަރުކަޒެއް ރަޖިސްޓަރީކުރަން ހުށަހަޅައިފިނަމަ ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

(ޅ) ބައިނަލްއަގްވާމީ އެކިއެކި ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް ނުވަތަ ސަރަހައްދުތަކަށް ނިސްބަތްވާ ޖަމްޢިއްޔާއަކުން ކުރެ ޖަމްޢިއްޔާއަކަށް ނިސްބަތްވާ (މިސާލު: ސާރކް، ނުވަތަ ޔޫ.އެން، ނުވަތަ އާސިއާން ފަދަ) ނަމެއް.

(ކ) މުޖުތަމަޢުގެ އާންމު އަހުލާގީ މިންގަނޑުތަކާ ހިލާފު ނަމެއް.

8 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައި ހުރި ނަންތައް

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، އެހާތަނަށް ރަޖިސްޓަރީކޮށްފައިވާ ނަންނަމުގެ ތެރޭގައި މި ގަވާއިދާ ހިލާފު ނަމެއް ވާނަމަ، އެ މަރުކަޒުގެ ނަން، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ބަދަލުކޮށް، މި ގަވާއިދަށް ފެތޭގޮތަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މަރުކަޒުގެ ނަން ބަދަލުކުރަންޖެހޭ ފަރާތްތަކުން، މި މާއްދާގެ (ހ) ގައިވާ މުއްދަތަށްވުރެ އިތުރު މުހުލަތު، ނަން ބަދަލު ކުރުމަށް ބޭނުންވާނަމަ، ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ލިޔުމުން އެކަން 
އަންގަންވާނެއެވެ.

(ނ) ރަޖިސްޓަރީ ކޮށްފައިވާ ނަން ދަމަހައްޓަން ބޭނުންވާ ފަރާތްތަކުން މި ގަވާއިދުގައިވާ ށަރުތުތައް މި މާއްދާގެ (ހ) ގައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކުރެވޭނެނަމަ، އިތުރު މުހުލަތަށް އެދި އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

9 ވަނަ މާއްދާ - ނަން ބަދަލުކުރެވޭނެ ހާލަތްތައް

ނަން ބަދަލުކުރަން އެންގޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުގެ ވެރިފަރާތުން އެ ތަނުގެ ނަން ބަދަލުކުރަން އެދުން.

(ށ) މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކަށް ކިޔާފައިވާ ނަމަކީ ގަވާއިދާ ހިލާފު ނަމެއްކަން މިނިސްޓްރީން ފާހަގަކޮށް، އެ މަރުކަޒުގެ ނަން ބަދަލުކުރަން އެ ތަނުގެ ވެރިފަރާތަށް އެންގުން.

(ނ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ނަން ބަދަލުކުރުމަށް އެންގުން.

(ރ) މަރުކަޒުގެ ނަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ޢަމުރުކުރުން.

10 ވަނަ މާއްދާ - ފިޔަވަޅު އެޅުން މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި ގޮތަށް ފިޔަވަޅު އެޅޭނެއެވެ.

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީން އަންގާ މުހުލަތުގައި މަރުކަޒުގެ ނަން ބަދަލު ނުކުރާނަމަ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އިތުރު މުހުލަތު ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޭ މުހުލަތުގައި މި ގަވާއިދާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، މަރުކަޒުގެ ރަޖިސްޓަރީ ބާތިލުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް މަރުކަޒުގެ ރަޖިސްޓަރީ ބާތިލުކުރަން އަންގާ ހިނދެއްގައި އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް މަރުކަޒުގައި ހިންގަމުންދާނަމަ، އެ ޕްރޮގްރާމް ނުވަތަ ކޯސް ނިމެންދެން ކުރިޔަށް ގެންދަންވާނެއެވެ. ނުވަތަ އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ. ނުވަތަ އެ މަރުކަޒެއްގައި ހަދައިފައި އޮންނަ ރީފަންޑް އުސޫލުގެ ދަށުން ދަރިވަރުންނަށް ރީފަންޑް ދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރަކު ނުވަތަ ދަރިވަރުން އެންރޯލްކޮށް އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް ފަށައިގެން ނުވާނެއެވެ.

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ތަންތަނަށެވެ.

(ނ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަށެވެ.

12 ވަނަ މާއްދާ - އެހެނިހެން

މި ގަވާއިދުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭށަނުންނެވެ.

13 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު