-

ބޭރުގެ އިންވެސްޓަރުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-97)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ސެޕްޓެމްބަރު 2025 ގައި)


އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ބޭރުގެ އިންވެސްޓަރުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ހިންގޭ ދާއިރާ

މި ގަވާއިދު ހިނގާނީ، އޮތޯރިޓީން ހުއްދަ ދީފައިވާ ސެކިއުރިޓީޒްގައި އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންގެ މައްޗަށާއި، މި ގަވާއިދުގެ ދަށުން ކެޕިޓަލް މާކެޓްގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްޗަށެވެ.

 

 

ދެވަނަ ބާބު

ބޭރުގެ އިންވެސްޓަރުންގެ ށަރުތުތައް

 

3 ވަނަ މާއްދާ - ބޭރުގެ އިންވެސްޓަރުންގެ ށަރުތުތައް

މި ގަވާއިދުގެ ދަށުން، ބޭރުގެ އިންވެސްޓަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުގެ އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) އެ ފަރާތަކީ، ގާނޫނު ނަންބަރު 2024-11 (ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު) ނުވަތަ މި މިންގަނޑުތައް އިސްލާހުކުރާ ނުވަތަ ބަދަލުކުރާ ނުވަތަ އޭގެ ބަދަލުގައި ގެންނަ އެހެން އެއްވެސް ގާނޫނެއްގެ ދަށުން ކަނޑައަޅައިފައިވާ ތަބީއީ ށަހްސެއް ނުވަތަ ގާނޫނީ ށަހްސެއް ކަމުގައި ވުން؛

(ށ) ބޭރުގެ އިންވެސްޓަރ ނިސްބަތްވާ ގައުމުގެ ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓަރަކީ އިންޓަރނޭށަނަލް އޮގަނައިޒޭށަން އޮފް ސެކިއުރިޓީޒް ކޮމިށަންސް (އައިއޯއެސްކޯ) ގެ މަލްޓިލެޓަރަލް އެމްއޯޔޫގައި ސޮއިކޮށްފައިވާ ފަރާތަކަށްވުން.

(ނ) އެ ފަރާތަކީ، އ.ދ ގެ ސެކިއުރިޓީ ކައުންސިލުން އާންމުކުރާ ސެންކްށަންސް ލިސްޓުގައި އެކި ދުވަސްވަރު މަތިން ހިމެނިފައިވާ ފަރާތްތަކަށް ނުވުން.

(ރ) ފައިނޭންށަލް އެކްށަން ޓާސްކް ފޯސްގެ އާންމު ބަޔާނުގައި އަންނަނިވި ކަމެއް ފާހަގަކޮށްފައިވާ ގައުމެއް ކަމުގައި ނުވުން.

  1. މަނީ ލޯންޑްރިންގ ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ދާއިރާގައި މައްސަލަތަކެއް ހުރި، އަދި އެކަމާ ގުޅިގެން ޓާސްކް ފޯސްއިން އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ގައުމެއް ނުވަތަ
  2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ މައްސަލަތައް ހުއްޓުވުމުގައި އެކަށީގެންވާ މިންވަރަށް ކުރިއެރުން ހޯދައިފައިނުވާ، ނުވަތަ އެފަދަ މައްސަލަތައް ހައްލުކުރުމަށް ފައިނޭންށަލް އެކްށަން ޓާސްކް ފޯސްއާއެކު އެކުލަވައިލެވިފައިވާ އަމަލީ ޕްލޭންއަށް އެއްބަސްވެފައިނުވާ ގައުމެއް.

 

4 ވަނަ މާއްދާ - އޮތޯރިޓީން ހުއްދަ ދީފައިވާ އިންވެސްޓްމަންޓްތައް

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ އޮތޯރިޓީން ހުއްދަ ދީފައިވާ ހިއްސާ، ބޮންޑް، އަދި އެހެނިހެން ސެކިއުރިޓީޒް މާކެޓް އިންސްޓްރޫމަންޓްތަކުގައެވެ.

 

5 ވަނަ މާއްދާ - އިންވެސްޓްމަންޓް ލިމިޓްތައް

މި ގަވާއިދުގެ ދަށުން ސެކިއުރިޓީޒްގައި އިންވެސްޓް ކުރާ ބޭރުގެ އިންވެސްޓަރުން، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

(ހ) ކުންފުންޏެއްގެ އިކުއިޓީގައި އިންވެސްޓް ކުރާ ހާލަތުގައި:

  1. ގުޅުންހުރި ފަރާތްތައް ނުވަތަ އެ ފަރާތްތަކުގެ ބޮޑު ކޮންޓްރޯލެއް ނުވަތަ ނުފޫޒެއް އޮންނަ ގާނޫނީ ށަހްސުތައް ހިމެނޭގޮތަށް، އެއްވެސް ފަރާތަކުން އެކަނި ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން، %10 (ދިހައެއް އިންސައްތަ) އަށްވުރެ ގިނަ ހިއްސާ ހޯލްޑް ނުކުރުން.
  2. ބެނެފިށަލް އޯނަރށިޕް (ބީއޯ) ގެ ރޫލްސް ބޭނުންކުރެވޭނީ ގިނަ އެކައުންޓްތަކެއްގެ ތެރެއިން ނުވަތަ ގާނޫނީ ށަހްސުތަކެއްގެ ތެރެއިން އާންމު މިލްކުވެރިކަމުގެ މަސްލަހަތުތައް ދެނެގަތުމަށެވެ. އޮތޯރިޓީން މިފަދަ ހިއްސާތައް ބަލާނީ އިންވެސްޓްމަންޓުގެ ލިމިޓްތައް ތަންފީޒުކުރުމުގެ ބޭނުމަށް، އެއް ބެނެފިށަލް އޯނަރަކަށް ނިސްބަތްވާ އެއްޗެއްގެ ގޮތުގައެވެ. މިގޮތުން، އެއްވެސް ބެނެފިށަލް އޯނަރަކު ކަނޑައަޅައިފައިވާ މިލްކުވެރިކަމުގެ މިންގަނޑާ ހިލާފުވެއްޖެ ކަމުގައި އޮތޯރިޓީން ބަލާ މިންގަނޑުން ފާހަގަކުރެވިއްޖެ ނަމަ، އެކަން ހުއްޓުވޭނެއެވެ.
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ލިމިޓާ ހިލާފުވެއްޖެ ނަމަ، ބޭރުގެ އިންވެސްޓަރުންނަށް އެ ފަރާތްތަކުގެ މިލްކުވެރިކަމުން ބައެއް ދޫކޮށްލުމަށް ނުވަތަ މި ގަވާއިދާ އެއްގޮތަށް އަމަލުކުރުން ކަށަވަރުކުރުމަށް އޮތޯރިޓީއަށް ފެންނަ އެހެނިހެން ފިޔަވަޅުތައް އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) އިންވެސްޓް ކުރަނީ އިކުއިޓީ ފިޔަވައި އެހެން ސެކިއުރިޓީޒްގައި ނަމަ، އިންވެސްޓްކުރުމަށް ހުށަހަޅާ ނުވަތަ ދައުވަތުދޭ ފަރާތުގެ ށަރުތުތަކުގައި ނުވަތަ އޮތޯރިޓީން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ބޭރުގެ އިންވެސްޓަރަކަށް %100 (އެއްސަތޭކަ އިންސައްތަ) އާ ހަމައަށް އިންވެސްޓްކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ބޭރުގެ އިންވެސްޓަރުން ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން، އެފް.އައި.އޭޖެންޓް، އޮތޯރިޓީން ކަނޑައަޅައިފައިވާ ފޯމެޓުގައި، އެފް.އައި.ޕޯޓަލް މެދުވެރިކޮށް އޮތޯރިޓީއަށް ބޭރުގެ އިންވެސްޓަރ ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ އިންވެސްޓަރުން ރަޖިސްޓްރޭށަނުގެ ބޭނުމަށް އޮތޯރިޓީން ބޭނުންވާ އެ ފަރާތްތަކުގެ ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދިނުމަކީ އެފް.އައި.އޭޖެންޓުގެ ޒިންމާއެކެވެ.

(ނ) ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އޭތޯރިޓީން ދޫކޮށްފައިވާ ސައްހަ ރަޖިސްޓްރޭށަނެއް ނެތި ބޭރުގެ އެއްވެސް އިންވެސްޓަރަކަށް ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރުމުގެ ހުއްދަ، ދެވިގެން ނުވާނެއެވެ.

 

 

ތިންވަނަ ބާބު

ބޭރުގެ އިންވެސްޓަރުންގެ އޭޖެންޓުން (އެފް.އައި.އޭޖެންޓް) ރަޖިސްޓަރީ ކުރުން

 

7 ވަނަ މާއްދާ - ބޭރުގެ އިންވެސްޓަރުންގެ އޭޖެންޓުން (އެފް.އައި.އޭޖެންޓުން) ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން

(ހ) އެފް.އައި.އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް މި ގަވާއިދުގެ ދަށުން ހުށަހެޅޭނީ، އޮތޯރިޓީގެ ގަވާއިދު ނަންބަރު 2022-15 (ޑީލިންގ ކުންފުނި (ބްރޯކަރސް/ޑީލަރސް) އާއި ޑީލަރސް ތަމްސީލުކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ ގަވާއިދު) ގެ ދަށުން ލައިސަންސް ދީފައިވާ ޑީލަރުންނަށެވެ.

(ށ) އެފް.އައި.އޭޖެންޓުގެ ހައިސިއްޔަތު، ޑީލަރުގެ ލައިސަންސް ދެމިއޮންނަ މުއްދަތުގެ ތެރޭގައި އެ ލައިސަންސް ބާތިލު ނުކުރެވޭހައި ހިނދަކު، ދެމިއޮންނާނެއެވެ.

 

8 ވަނަ މާއްދާ - ބޭރުގެ އިންވެސްޓަރުންގެ އޭޖެންޓުން (އެފް.އައި.އޭޖެންޓުން) ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން

(ހ) އެފް.އައި.އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރުވުމަށް އެދި ހުށަހަޅާނީ އޮތޯރިޓީގެ ލައިސަންސިންގ ޕޯޓަލް މެދުވެރިކޮށެވެ. މިފަދައިން ހުށަހަޅާ ހުށަހެޅުމުގައި، އެ ފަރާތެއްގެ ހިދުމަތްތަކުގެ ދާއިރާއާއި، ގުޅުން ހުރި ސަރވިސް ސްޓޭންޑަރޑްތަކާއި ހިންގުމުގެ އިޖުރާއަތުތަކާއި، އަދި ބޭރުގެ އިންވެސްޓަރުންނަށް ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފީގެ އޮނިގަނޑު ހިމެނޭ ސަރވިސް ޗާޓަރއެއް ހިމަނަންވާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ އެފް.އައި.އޭޖެންޓުންގެ ލިސްޓެއް އޮތޯރިޓީގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރުމާއެކު އަދާހަމަކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

9 ވަނަ މާއްދާ - ބޭރުގެ އިންވެސްޓަރުންގެ އޭޖެންޓުން (އެފް.އައި.އޭޖެންޓުން) ގެ ރަޖިސްޓްރޭށަން ބާތިލުކުރުން

(ހ) ރެގިއުލޭޓަރީ ޒިންމާތައް އަދާނުކުރުމާއި، އިންވެސްޓަރުންގެ ރައްކައުތެރިކަމުގެ މިންގަނޑުތަކަށް އަމަލުނުކުރުމާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ނުވަތަ އޮތޯރިޓީން ކަނޑައަޅައިފައިވާ އެހެނިހެން މިންގަނޑުތަކާ ހިލާފުވުން ފަދަ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެފް.އައި.އޭޖެންޓުގެ ރަޖިސްޓްރޭށަން ބާތިލުކުރުމުގެ ފުރިހަމަ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) އެފް.އައި.އޭޖެންޓެއް އެ ފަރާތުގެ ރަޖިސްޓްރޭށަން ނިމުމަކަށް ގެންނަން ބޭނުންވާ ހާލަތުގައި، އޮތޯރިޓީގެ ލައިސަންސިންގ ޕޯޓަލް މެދުވެރިކޮށް، ހުށަހަޅަންވާނެއެވެ. މި ޕްރޮސެސްގައި، އެފް.އައި.އޭޖެންޓް އެ ފަރާތުގެ ކްލައިންޓުންގެ އެންމެހައި އެކައުންޓުތައް ބަންދުކުރުމުގެ ތަފުސީލީ މަސައްކަތު ޕްލޭނެއް އެކުލަވައިލަންވާނެއެވެ. މި ޕްލޭން ތަންފީޒުކުރުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދުމަކީ އެފް.އައި.އޭޖެންޓުގެ ޒިންމާއެކެވެ. އަދި އެ ފަރާތުގެ އެފް.އައި އެކައުންޓިންގ ސިސްޓަމުގައި ރައްކައުކުރެވިފައިވާ އެންމެހައި ކްލައިންޓުންގެ މައުލޫމާތު ހަވާލުކުރުމާއެކު އޮތޯރިޓީން ދޭ އެންމެހައި އިރުށާދުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ބޭރުގެ އިންވެސްޓަރުންގެ އޭޖެންޓުން (އެފް.އައި.އޭޖެންޓް) ޒިންމާތައް

 

10 ވަނަ މާއްދާ - އާންމު މާއްދާތައް

(ހ) އެފް.އައި.އޭޖެންޓުން، އެފް.އައި.ޕޯޓަލް މެދުވެރިކޮށް އޮތޯރިޓީއަށް ރަޖިސްޓްރޭށަން ހުށަހެޅުމުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކުރަންވާނެއެވެ. މިގޮތުން، ހުށަހެޅޭ ރަޖިސްޓްރޭށަން ރިކުއެސްޓުތަކުގައި ހިމެނޭ މައުލޫމާތުތަކަކީ ސައްހަ އަދި ފުރިހަމަ މައުލޫމާތުކަން ޔަގީންކުރުމަކީ އެފް.އައި.އޭޖެންޓުންގެ ޒިންމާއެކެވެ.

(ށ) އެފް.އައި.އޭޖެންޓުން ބޭރުގެ އިންވެސްޓަރުން ރަޖިސްޓަރީކުރުމުގައި އޭ.އެމް.އެލް/ސީ.އެފް.ޓީ އެސެސްމަންޓްތައް ހަދައިފައިވަނީ ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކޮށް، މެދުނުކެނޑި ބޭރުގެ އިންވެސްޓަރުންގެ އޭ.އެމް.އެލް/ސީ.އެފް.ޓީ މޮނިޓަރ ކުރުމުގެ ޕްރޮސެސްއެއް އެކުލަވައިލައި، އަމަލުކުރަންވާނެއެވެ.

(ނ) އޮތޯރިޓީގެ ގަވާއިދު ނަންބަރު 2014-383 (ސެކިއުރިޓީޒްއާބެހޭ ވިޔަފާރި ހިންގުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެފް.އައި.އޭޖެންޓުންނާއި ބޭރުގެ އިންވެސްޓަރުންނާ ދެމެދު ސެކިއުރިޓީޒްގެ މުއާމަލާތްތައް ހިންގުމަށް ޓަކައި ކްލައިންޓް އެގްރީމަންޓެއް އެކުލަވައިލަންވާނެއެވެ.

 

11 ވަނަ މާއްދާ - އައި.އެފް. އެކައުންޓިންގ ސިސްޓަމް

(ހ) އެފް.އައި.އޭޖެންޓުން ވަކިވަކި ބޭރުގެ އިންވެސްޓަރުންގެ އެކައުންޓުތައް ހިންގައި ބެލެހެއްޓުމަށް އެފް.އައި އެކައުންޓިންގ ސިސްޓަމެއް ތަރައްގީކުރަންވާނެއެވެ. މި ސިސްޓަމަކީ އޮތޯރިޓީން ފާސްކޮށްފައިވާ ސިސްޓަމަކަށް ވާންވާނެއެވެ.

(ށ) އެފް.އައި.އޭޖެންޓުންގެ ސިސްޓަމުން، ބޭރުގެ އިންވެސްޓަރުގެ މާލީ މުއާމަލާތްތަކުގެ ރިކޯޑުތައް ރަނގަޅަށް ބެލެހެއްޓުމާއެކު އެ މުއާމަލާތްތައް ރިކޮންސައިލް ކުރުމަށް މަގުފަހިކޮށްދޭންވާނެއެވެ.

(ނ) ތަރައްގީކުރެވޭ ސިސްޓަމުގައި، ބޭރުގެ އިންވެސްޓަރުގެ ފަރާތުން ކުރެވޭ ހުރިހާ މާލީ މުއާމަލާތްތަކުގެ ތަފުސީލުތައް ހިމެނޭ ވަކިވަކި ލެޖަރތަކެއް ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ބޭންކު އެކައުންޓް

ބޭރުގެ އިންވެސްޓަރުންގެ ސެކިއުރިޓީޒް މުއާމަލާތްތައް ހިންގުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ހުއްދަ ލިބިފައިވާ ބޭންކެއްގައި އެފް.އައި.އޭޖެންޓް އެ ފަރާތުގެ އަމިއްލަ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވައި، އެ އެކައުންޓް ބަލަހައްޓަންވާނެއެވެ. މި އެކައުންޓް ބޭނުންކުރަންވާނީ ހަމައެކަނި ބޭރުގެ އިންވެސްޓަރުންގެ ސެކިއުރިޓީޒްއާ ގުޅުންހުރި މާލީ މުއާމަލާތްތައް ކުރުމަށެވެ.

 

13 ވަނަ މާއްދާ - ސެކިއުރިޓީޒް އެކައުންޓް

(ހ) ޕްރޮސްޕެކްޓަސްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ބޭރުގެ އިންވެސްޓަރުންގެ ފަރާތުން އެފް.އައި.އޭޖެންޓުން ހިންގާ ހުރިހާ ސެކިއުރިޓީޒްގެ މުއާމަލާތްތަކެއް ކުރަންވާނީ ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީއެއްގައި ހުޅުވައިފައިވާ ބޭރުގެ އިންވެސްޓަރުގެ ސެކިއުރިޓީޒް އެކައުންޓް މެދުވެރިކޮށް ޑީމެޓީރިއަލައިޒްޑްކޮށެވެ.

(ށ) ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީން ބޭރުގެ އިންވެސްޓަރުންނަށް އެ ފަރާތްތަކުގެ އަމިއްލަ ނަމުގައި ސެކިއުރިޓީޒް އެކައުންޓެއް ހުޅުވައި، އެފް.އައި.އޭޖެންޓަކަށް އެ އެކައުންޓް ބެލެހެއްޓުމަށް މަގުފަހިކޮށްދޭ ނިޒާމެއް ގާއިމުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ސެކިއުރިޓީޒް އެކައުންޓް

އެފް.އައި.އޭޖެންޓުން، ކްލައިންޓުގެ ކޮންފިޑެންށަލް މައުލޫމާތުގެ ސަލާމަތްތެރިކަމާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި އެކަށީގެންވާ ސިސްޓަމްތަކާއި، ކޮންޓްރޯލްތަކާއި އަދި ރައްކައުތެރިކަމުގެ ފިޔަވަޅުތައް ގާއިމުކޮށް، ދަމަހައްޓަންވާނެއެވެ. ބޭރުގެ އިންވެސްޓަރުން އޮންބޯޑުކުރުމާއި، ރަޖިސްޓަރީކުރުމާއި އޭގެ ފަހުން ހިންގޭ މުއާމަލާތްތަކުގައި، އެއްކުރެވޭ ހުރިހާ ޑޭޓާއާއި ލިޔެކިޔުންތައް އެފް.އައި.އޭޖެންޓުން ރައްކައުތެރިކަމާއެކު ރިކޯޑުކޮށް، ރައްކައުކޮށް ބަހައްޓަންޖެހޭނެއެވެ. މިކަން ކުރަންވާނީ ޑޭޓާ ރައްކާތެރިކުރުމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އަދި އޮތޯރިޓީން ނެރޭ އެންމެހައި އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ - އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) ކޮންމެ ކަލަންޑަރ ކުއާޓަރއެއް ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއާޓަރއެއްގައި ބޭރުގެ އިންވެސްޓަރުން ކޮށްފައިވާ އެންމެހައި މުއާމަލާތްތަކުގެ ތަފުސީލާއި، އެ ފަރާތްތަކުގެ ހޯލްޑިންގްސްތަކުގެ ފުރިހަމަ ދަފުތަރު މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ލިމިޓުގެ ތެރޭގައި %7 (ހަތެއް އިންސައްތަ) އަށް ވުރެ މަތީން ހޯލްޑްކުރާ ފަރާތްތައް ފާހަގަވާނެ ގޮތަށް އަދި ބެނެފިށަލް އޯނަރށިޕުގެ މައުލޫމާތު ހިމަނައި ރިޕޯޓެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ އަހަރެއްގައި ބޭރުގެ އިންވެސްޓަރުންނާ ގުޅުންހުރި ވިޔަފާރީގެ ހިންގުމާއި، ކަނޑައެޅިފައިވާ ރެގިއުލޭޓަރީ ށަރުތުތަކަށް އަމަލުކުރެވޭ މިންވަރުގެ ތަފުސީލު ހިމަނައި، ހުއްދަ ލިބިފައިވާ އެކްސްޓަރނަލް އޮޑިޓަރެއް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް އެފް.އައި.އޭ ޖެންޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) ބޭރުގެ އިންވެސްޓަރެއް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ލިމިޓާ ހިލާފުވެއްޖެނަމަ، އެފް.އައި.އޭ ޖެންޓް އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ. މިފަދަ ހާލަތެއްގައި އެންގުން އަންގާއިރު، އިންވެސްޓްމަންޓް ލިމިޓާ ހިލާފުވެފައިވާ މިންވަރާއި، އެކަން ދިމާވި ތާރީހާއި އެކަމާ ގުޅޭ އެހެނިހެން މުހިންމު މައުލޫމާތު ހިމަނަންވާނެއެވެ.

 

 

ފަސްވަނަ ބާބު

ބޭރުގެ އިންވެސްޓަރުން މާކެޓުން އެގްޒިޓްވުމުގެ އިޖުރާތުތައް

 

16 ވަނަ މާއްދާ - މާކެޓުން އެގްޒިޓްވުމުގެ އިޖުރާއަތުތައް

އަންނަނިވި ހާލަތްތަކުގައި، ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުން އެގްޒިޓް ކުރެވިދާނެއެވެ.

(ހ)

  1. އެ ފަރާތަކުން ބޭނުންވެގެްނ މާކެޓުން އެގްޒިޓްވުން؛
  2. ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ވަކިކުރުން؛
  3. މަރުވުމުގެ ސަބަބުން.

(ށ) އެފް.އައި.އޭޖެންޓުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ބޭރުގެ އިންވެސްޓަރުންނަށް އެގްޒިޓްވުމަށް މަގުފަހިކޮށްދޭ ނިޒާމެއް ގާއިމުކުރަންވާނެއެވެ. އެގޮތުން، ޓައިމްލައިންއަކާއި ބޭނުންވާނެ ލިޔެކިޔުންތަކާއި، އަދި މިލްކިއްޔާތު ބަދަލުކުރުމާއި ނުވަތަ ލިކުއިޑޭޓްކުރުމުގެ ށަރުތުތައް ހިމަނަންވާނެއެވެ. މި އިޖުރާއަތުތައް އޮތޯރިޓީއަށް ފާސްކުރުމަށް ހުށަހަޅަންވާނެއެވެ. އަދި މި އިޖުރާއަތުތައް ބޭރުގެ އިންވެސްޓަރުން ރަޖިސްޓަރީކުރާ ވަގުތު އެ ފަރާތްތަކަށް އަންގައި، އަދި އެފް.އައި.އޭޖެންޓުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ތަންފީޒުކުރުން

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުނުރާ ފަރާތްތަކުން އެޅޭނެ ފިޔަވަޅުތައް

(ހ) އެއްވެސް ފަރާތަކުން ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި އޮތޯރިޓީގެ ތަންފީޒުކުރުމާއި އިސްތިއުނާފުކުރުމުގެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން ތަންފީޒުކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުވާ ހާލަތްތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތަކާއި، އެނޫންވެސް އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ހިލާފުވުންތައް ހިމެނެއެވެ.

  1. ބޭރުގެ އިންވެސްޓަރުން ރަޖިސްޓަރީކުރުމުގެ މަރުހަލާގައި، ދޮގު ނުވަތަ އޮޅުންއަރާފަދަ މައުލޫމާތު ހުށަހެޅުން.
  2. ބޭރުގެ އިންވެސްޓަރުންގެ ސެކިއުރިޓީޒް މުއާމަލާތްތަކުގެ ސައްހަ އަދި ފުރިހަމަ އެކައުންޓިންގ ރިކޯޑުތައް ރައްކައުކޮށްފައި ނެތުން.
  3. ކޮންމެ ކުއާޓަރއެއް ނިމުމާއެކު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މުއާމަލާތްތަކުގެ ރިޕޯޓު ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުން.
  4. ކޮންމެ މާލީ އަހަރެއް ނިމުމާއެކު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުން.
  5. އޮޑިޓް ރިޕޯޓުން ގަވާއިދުތަކާ ހިލާފުވެފައިވާ ކަމުގެ ނުވަތަ މާލީ ކަންކަން ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރިކަމުގެ މެޓީރިއަލް ވީކްނަސްއެއް ނުވަތަ ކޮލިފިކޭށަންއެއް ފާހަގަވުން.
  6. އޮތޯރިޓީން ކަނޑައަޅައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ނުވަތަ މާލީ ކަންކަން ރަނގަޅަށް ނުބެލެހެއްޓުމުގެ ނުވަތަ އަންއެތިކަލް ކޮންޑަކްޓް ދައްކުވައިދޭ އިންވެސްޓަރުންގެ ށަކުވާތައް ލިބުން.

(ނ) ގާނޫނާއި ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަބަބުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10,000 (ދިހަ ހާސް) ރުފިޔާއާއި 100,000 (އެއް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

ހަތްވަނަ ބާބު

އެހެނިހެން މާއްދާތައް

 

18 ވަނަ މާއްދާ - އެޕީލް ކުރުމުގެ ހައްގު

ގާނޫނާއި މި ގަވާއިދާ ގުޅޭގޮތުން، ބޭރުގެ އިންވެސްޓަރުންނާއި އެފްއައިއޭޖެންޓާ ދެމެދު ހައްލުނުކުރެވޭ މައްސަލައެއް ދިމާވެއްޖެނަމަ، ހައްލުކުރުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ. އޮތޯރިޓީން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމުގައި ބެލެވޭނެއެވެ. އެ ނިންމުން ކަމާބެހޭ ހުރިހާ ފަރާތްތަކުން ބަލައިގަނެ ތަންފީޒު ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - އިންތިގާލީ އިންތިޒާމުތައް

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެފްއައިއޭޖެންޓުން ކުރީގެ އުސޫލުތަކުގެ ދަށުން ބޭރުގެ އިންވެސްޓަރުންނާ މުއާމަލާތްތައް ހިންގުން ހުއްޓައިލަންވާނެއެވެ. ނަމަވެސް، ކުރީގެ އޮނިގަނޑުގެ ދަށުން ފެށިފައިވާ ޕެންޑިންގ މުއާމަލާތްތައް ނިންމުމަށް، 3 (ތިނެއް) މަސްދުވަހުގެ އިންތިގާލީ މުއްދަތެއް ދެވޭނެއެވެ. މި އިންތިގާލީ މުއްދަތު ހަމަވުމަށްފަހު ބޭރުގެ އިންވެސްޓަރުންގެ އެންމެހައި މުއާމަލާތްތައް ކުރިޔަށް ގެންދަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

20 ވަނަ މާއްދާ - އިރުށާދެއް، ސަރކިއުލަރއެއް، ނުވަތަ އަމުރެއް ނެރުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރު

މި ގަވާއިދުގައި ބަޔާންކޮށްފައި ނުވާ އެއްވެސް ކަމަކާ ގުޅޭގޮތުން މި ގަވާއިދުގެ މަގުސަދުގައި އިރުށާދެއް، ސަރކިއުލަރއެއް، ނުވަތަ އަމުރެއް ނެރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ޓެކްސް

ބޭރުގެ އިންވެސްޓަރުންގެ މައްޗަށް ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަށީގެންވާ ހާލަތްތަކުގައި، ޓެކުހުގެ މާއްދާތައް ހިނގާނެއެވެ.

 

22 ވަނަ މާއްދާ - ފީ

(ހ) ބޭރުގެ އިންވެސްޓަރުންގެ އަތުން އެފް.އައި.އޭޖެންޓުން ނަގާ ފީ ވާންވާނީ އޮތޯރިޓީން ފާސްކޮށްފައިވާ ފީ އަކަށެވެ.

(ށ) އަންނަނިވި ފީތައް އެފް.އައި.އޭޖެންޓުން އޮތޯރިޓީއަށް ދައްކަންވާނެއެވެ.

  1. އެފް.އައި.އޭޖެންޓުގެ ރަޖިސްޓްރޭށަން ޕްރޮސެސިންގ ފީގެ ގޮތުގައި 5,000 (ފަސް ހާސް) ރުފިޔާ.
  2. ރަޖިސްޓަރީކޮށްފައިވާ އެފް.އައި.އޭޖެންޓުގެ އަހަރީ ފީގެ ގޮތުގައި 10,000 (ދިހަ ހާސް) ރުފިޔާ.
  3. ބޭރުގެ އިންވެސްޓަރެއް ރަޖިސްޓަރީކުރުމުގެ ފީއެއްގެ ގޮތުގައި 200 (ދުއިސައްތަ) ރުފިޔާ.

 

23 ވަަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ "ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" އަށެވެ.

(ނ) "ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން އެއަށް ދީފައިވާ މާނަކުރުމަށެވެ.

(ރ) "ބޭރުގެ އިންވެސްޓަރުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުން ނޫން، އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފާސްކޮށްފައިވާ އިންވެސްޓްމަންޓްތަކުގައި، އިންވެސްޓްކުރާ ބޭރުގެ ތަބީއީ ށަހްސާއި ގާނޫނީ ށަހްސުތަކަށެވެ.

(ބ) "އެފް.އައި.ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ އިންވެސްޓަރުންނަށް ސެކިއުރިޓީޒް މާކެޓްގައި މުއާމަލާތްކުރުމަށް ދެވޭ ހުއްދަ ދިނުމުގެ ހުރިހާ އިންތިޒާމެއް ހިންގުމަށް އޮތޯރިޓީން ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަށެވެ.

(ޅ) "އެފް.އައި.އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ އިންވެސްޓަރުން ރަޖިސްޓަރީކުރުމަށާއި އެ ފަރާތްތަކުގެ ކޮމްޕްލައަންސް ޕްރޮސެސްތައް ބެލެހެއްޓުމުގެ ހުއްދަ އޮތޯރިޓީން ދީފައިވާ ލައިސަންސްޑް ޑީލަރުންނަށެވެ.

(ކ) "އެފް.އައި. އެކައުންޓިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އެފް.އައި.އޭޖެންޓެއް މެދުވެރިކޮށް ރަޖިސްޓަރީކޮށްފައިވާ ބޭރުގެ އިންވެސްޓަރުންގެ ފައިސާ ބެލެހެއްޓުމަށް ޓަކައި އެފް.އައި.އޭޖެންޓަކު އުފައްދައި ބަލަހައްޓާ ކްލައެންޓް-ލެވެލް އެކައުންޓިންގ ސިސްޓަމަކަށެވެ. އެފް.އައި.އޭޖެންޓުން ދިވެހިރާއްޖޭގައި ލައިސަންސް ލިބިފައިވާ ބޭންކެއްގައި ބޭރުގެ ގިނަ އިންވެސްޓަރުންތަކެއްގެ އެއްކޮށްލެވިފައިވާ ބޭންކް އެކައުންޓެއް ހިންގާނެއެވެ. މި ބޭންކް އެކައުންޓުގައި، ބޭރުގެ އިންވެސްޓަރުންގެ އެއްކުރެވިފައިވާ އެސެޓްތަކާއި މުއާމަލާތްތަކުގެ ފައިސާ ހިމެނެއެވެ. ބޭންކުގެ ބޭނުމަށް އެފް.އައި.އޭޖެންޓަކީ އެކައުންޓުގެ ވެރިފަރާތްކަމުގައި ވީނަމަވެސް، އެފް.އައި.އޭޖެންޓުން ބޭރުގެ އިންވެސްޓަރުންގެ ވަކިވަކި ހޯލްޑިންގތަކާއި މުއާމަލާތްތަކާއި ބެލެންސް ދައްކުވައިދޭ ތަފުސީލީ، ވަކިކުރެވިފައިވާ އިންޓަރނަލް ރިކޯޑުތައް އެފް.އައި. އެކައުންޓިންގ ސިސްޓަމްގައި ބަލަހައްޓާނެއެވެ.

(އ) "ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީން ލައިސަންސް ދީފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީއަށެވެ.

(ވ) "ސެކިއުރިޓީޒް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބޭރުގެ އިންވެސްޓަރުންގެ ސެކިއުރިޓީޒް މުއާމަލާތްތައް ކުރުމަށް މަގުފަހިކުރުމަށް ޓަކައި ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީގައި ހުޅުވައިފައިވާ ބޭރުގެ އިންވެސްޓަރުގެ އެކައުންޓަށެވެ.

(މ) "ގުޅުންހުރި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރަކަށް، ބޮޑު ހިއްސާދާރަކަށް ނުވަތަ އެފަދަ ޑިރެކްޓަރަކަށް ނުވަތަ ބޮޑު ހިއްސާދާރަކާ ގުޅުންހުރި ފަރާތަކަށެވެ.

(ފ) "ސެކިއުރިޓީޒް މުއާމަލާތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން، ހިންގޭ ސެކިއުރިޓީޒް އެސެޓްސް، އަދި އެހެނިހެން މާލީ ވަސީލަތްތައް، ގަތުމާއި، ވިއްކުމާއި، ބަދަލުކުރުމާއި، އަގު ދެއްކުމާއި، އަދި މުއާމަލާތްކުރުމާ ގުޅޭ ކޮންމެ އަމަލެއް ނުވަތަ އިންތިޒާމެކެވެ. މިއީ މި ގަވާއިދުގެ ދަށުން، ކަނޑައެޅިފައިވާ ގޮތުގެ މަތީން ބޭރުގެ އިންވެސްޓަރުންގެ ށަރުތުތައް ފުރިހަމަވާ ފަރާތަކުން ނުވަތަ އިންތިޒާމަކުން ކުރެވޭ މުއާމަލާތްތަކެކެވެ.

 

24 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު