gaanoon_logo
-

ބްރޯޑްކާސްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-16) އަށް 2 ވަނަ އިސްލާހު ގެނައު

(ގަވާއިދު ނަންބަރު 2025-70)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 ޖުލައި 2025 ގައި)

 

ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްކުރުމުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް (8) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

ލައިސަންސް ބާޠިލުކުރުން 15.

8. މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކޮށްފައިނުވާ ފަރާތްތަކުން ފައިސާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅައިފި ނަމަ، ހުށަހަޅައިފައިވާ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު، އެ ލައިސަންސާ ގުޅިގެން ދައްކަންޖެހޭ ފައިސާއާމެދު އިތުރު ގޮތަކަށް އަމަލުކުރަންވާނ،ީ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލު ނަންބަރު 2025-01 (ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-16)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-16)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު