ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-16)
(މި ގަވާއިދުގެ 56 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2019-154 އުވާލެވިފައި)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް އެކަށައެޅުމާއި،ބްރޯޑްކާސްޓް ކުރުމުގެ އާންމު އުސޫލުތައް ބަޔާންކުރުމާއި، ލައިސަންސް ދިނުމުގެ ށަރުތުތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދެވޭނެ ގޮތްތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓް ކުރުމާ ގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު" އެވެ.
ދެވަނަ ބާބު
ހިދުމަތުގެ ބާވަތްތައް
2 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ބެހޭ ބައިތައް
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ބެހިފައިވަނީ 3 (ތިނެއް) ދާއިރާއަކަށެވެ. އެ 3 (ތިނެއް) ދާއިރާ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ؛
- ކޮމާށަލް ބްރޯޑްކާސްޓިންގ؛
- ކޮމިއުނިޓީ ބްރޯޑްކާސްޓިންގ.
(ށ) ހިދުމަތުގެ އަސްލަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަކީ، އަޑާއި މަންޒަރު ދުރަށް ފޮނުވުމެވެ.
ތިންވަނަ ބާބު
ލައިސަންސް
3 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް
(ހ) ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ދޭންވާނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާ ށަރުތުތަކަކާއެކު އެ ފަރާތަކަށް ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސެއްގެ ދަށުން، އެ ލައިސަންސެއްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ދޭންވާނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތަކާއި، އެ ފަރާތަކަށް ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
4 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުމުގެލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ކަމުގައި ވުން، ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ކަމުގައި ވުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާ ކުންފުންޏެއް ކަމުގައި ވުން، ނުވަތަ ވަކި ގާނޫނަކުން އުފައްދާ ކުންފުންޏެއް ކަމުގައި ވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ވުމާއި، އެ ފަރާތުގެ ހިންގާ ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ބްރޯޑްކާސްޓް ކުރުން ހިމެނިފައިވުން؛
- ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން ؛
- ވަކި ސިޔާސީ ޕާޓީއެއް ކުރިއެރުވުމަށް ހިންގާ ކުންފުންޏަކަށް ނުވުން؛
- ކޮމިށަނުގެ އެއްވެސް މުވައްޒަފެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
- ބްރޯޑްކާސްޓް ކުރުމުގެ ތަންޒީމީ ދައުރު އަދާކުރާ އިދާރާ (ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އިން ކަނޑައަޅައިފައިވާ ދައުލަތުގެ މުއައްސަސާއެއްގައި ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތެއްގެ ހިއްސާއެއް އޮތް ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން، ނުވަތަ އެ ފަދަ މީހަކު ބައިވެރިވާ ކޯޕަރޭށަނެއް ކަމުގައި ނުވުން؛
- ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ އިތުރު ކުންފުންޏެއްގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ %20 (ވިހި އިންސައްތަ) އަށްވުރެ މަތީ ހިއްސާއެއް އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
- ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ދެ ކުންފުންޏެއްގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
- ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮތުމާއެކު، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ކުންފުންޏެއްގައި ވެސް ހިއްސާ އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
- 100% (ސައްތަ އިންސައްތަ) ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުންޏެއް ކަމުގައި ވުން؛
- ކޮމިށަނުން ކުރިން ދޫކޮށްފައިވާ ލައިސަންސަކާ ގުޅިގެން އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
- ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން.
(ށ) ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ އާންމު ހިއްސާދާރުންނަކީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރުގެ ދަށުން ހިއްސާ އޮތް ފަރާތްތަކެއް ކަމަކަށެއް ނުބެލެވޭނެއެވެ.
5 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުން
(ހ) މުޅި ރާއްޖެއަށް ދޭ ހިދުމަތެއް ނުވަތަ ހަމައެކަނި މާލެއަށް ދޭ ހިދުމަތެއް ފިޔަވައި، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ދިނުމަށް އެދޭ ފަރާތަކުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހޯދަން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ. މުޅި ރާއްޖެއަށް ދޭ ހިދުމަތެއް ނުވަތަ ހަމައެކަނި މާލެއަށް ދޭ ހިދުމަތެއް ދިނުމުގެގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާނީ، ކޮމިށަނުން އެކަމަށް އިއުލާނުކޮށްގެން އަންގާ ގޮތެއްގެ މަތީންނެވެ.
ށ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅަންވާނީ، އަންނަނިވި ލިޔުންތައް ފުރިހަމަކުރުމަށް ފަހުގައެވެ.
- މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދޭ ފޯމު"؛
- ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ޕްރޮފައިލް؛
- ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު؛
- ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛
- ހިއްސާދާރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
- ހިއްސާދާރުންގެ ތެރޭގައި ކުންފުންޏެއް ހިމެނޭނަމަ، އެ ކުންފުންޏެއްގެ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުމާއި، އެ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ؛
- ރަޖިސްޓަރީގެ ކޮޕީ؛
- ބްރޯޑްކާސްޓިންގ ކޮންޓެންޓް ގެނެސްދިނުމުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދޭނެ ގޮތުގެ ޕްލޭން؛
- ފައިސާ ހޯދާ ގޮތާއި، ލައިސަންސްގެ މުއްދަތަށް އެކުލަވައިލައިފައިވާފައިނޭންށަލް ޕްލޭން (ބެލެންސް ށީޓާއި، ކޭށް ފްލޯއާއި، އިންކަމް ސްޓޭޓްމަންޓް ހިމެނުމަށް)
- އިދާރީ އޮނިގަނޑާއި، ހިންގުމުގެ އޮނިގަނޑާއި، ހިއުމަން ރިސޯސް ޕްލޭން؛
- ޕްރޫފް އޮފް ފައިނޭންސް؛ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ މާލީ އިދާރާއަކުން ދޫކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ، ޖުމުލަ އިންވެސްޓްމަންޓުގެ %25 (ފަންސަވީސް އިންސައްތަ)
- "ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ "މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ ވަޒަންކުރެވޭނެ ޕްލޭން"
- ޕްރޮގްރާމް ށެޑިއުލްގެ ތަފުސީލު؛
- ވިޒުއަލްކޮށް ނަމަ، ޗެނަލް އައިޑެންޓިފިކޭށަން ލޯގޯގެ ސޮފްޓް ކޮޕީއާއި ހާޑް ކޮޕީ (ކުލަކޮށް ތައްޔާރުކޮށްފައިވާ)؛
- އޯޑިއޯކޮށް ނަމަ، ޗެނަލް އައިޑެންޓިފިކޭށަނުގެ ގޮތުގައި ބޭނުންކުރާ ލޯގޯގެ ސޮފްޓް ކޮޕީއާއި، ހާޑް ކޮޕީ (ކުލަކޮށް ތައްޔާރުކޮށްފައިވާ) އާއި، ޖިންގަލް؛
- ސްޓޭށަނުގެ ނަން (ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ)؛
- ޗެނަލްގެ ނަން (ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ)؛
- މި ގަވާއިދުގެ 32 ވަނަ މާއްދާގައި ހަވާލާދީފައިވާ އެޑިޓޯރިއަލް ޕޮލިސީ؛
- މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "މުއާމަލާތުކުރާނެ އިސްފަރާތުގެ މައުލޫމާތު ފޯމު"؛
- ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ވަސީލަތާބެހޭ މައުލޫމާތު؛
- ލައިސަންސް ލިބޭ ފަރާތުގައި ހުންނަންޖެހޭކަމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކޮށްދޭ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގައިވާ "އިގްރާރު".
(ނ) ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާ ކުންފުންޏާއި، ވަކި ގާނޫނަކުން އުފައްދާ ކުންފުނި، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުން އިސްތިސްނާވާނެއެވެ.
(ރ) މުޅި ރާއްޖެއަށް ހިދުމަތްދިނުމަށް ކޮމިށަނުން ހުޅުވައިލުމުން، އެކަމަށް ކުރިމަތިލައިގެން ބީލަމުގެ އުސޫލުން ފްރީކުއެންސީ ކާމިޔާބުކުރާ ކޮންމެ ފަރާތަކަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސެއް ކަށަވަރުކޮށްދެވޭނެއެވެ.
6 ވަނަ މާއްދާ - ހިދުމަތް ފެށުން
މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބުމަށްފަހު، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) ގެ ދަށުން ހިދުމަތް ފެށުމަށް ކަނޑައެޅޭ މުއްދަތަކީ 6 (ހައެއް) މަސްދުވަހެވެ. އަދި ހިދުމަތް ފެށުމަށް ކަނޑައަޅައިފައިވާ ތާރީހުން ފެށިގެން ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށަންވާނެއެވެ.
7 ވަނަ މާއްދާ - ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުން
(ހ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބޭ ކޮންމެ ފަރާތަކުން ވެސް ކޮމިށަނާ މުއާމަލާތުކުރާނީ، ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔާއެވެ. އަދި އެ ފަރާތާބެހޭ މައުލޫމާތު (ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް) ލައިސަންސް ލިބޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޮމިށަނަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) ޖަވާބުދާރީވާން ކަނޑައަޅާ ފަރާތް ޖަވާބުދާރީވުމަށް އުޒުރުވެރިވެއްޖެނަމަ، ނުވަތަ ޖަވާބުދާރީވާ ފަރާތް ބަދަލުކުރާނަމަ، މި މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރަންވާނީ، ނުވަތަ ޖަވާބުދާރީވާ ފަރާތް ބަދަލުކުރަންވާނީ، ކޮމިށަނަށް ލިޔުމުން އެކަން އެންގުމަށްފަހުގައެވެ.
(ނ) ޖަވާބުދާރީވުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް 14 (ސާދަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރަށް ދާނަމަ، ނުވަތަ އެ ފަރާތާ ގުޅޭ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، ލިޔުމަކުން ކޮމިށަނަށް އެކަން އަންގަންވާނެއެވެ.
(ރ) ބްރޯޑްކާސްޓްކުރާ ފަރާތުން މި މާއްދާއާ ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) ޖަވާބުދާރީވުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް ކޮމިށަނުގެ އެންގުންތަކަށް ޖަވާބުދާރީނުވާ ހާލަތުގައި، ކުންފުނީގެ ހިއްސާދާރުން ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބެލުން
(ހ) ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބެލުމުގައި ކޮމިށަނުން ގެންގުޅެންވާނީ، ހަމަހަމަ އަދި ހާމަކަން ބޮޑު ނިޒާމެކެވެ. މި ގޮތުން ލައިސަންސެއް ދޫކުރުމާމެދު ގޮތެއް ނިންމުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ކޮމިށަނުން ރިއާޔަތް ކުރަންވާނެއެވެ.
- ލައިސަންސަށް އެދި ހުށަހެޅި ފަރާތަކީ، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭހައި ފަންނީގޮތުން ގާބިލު ފަރާތެއްކަން ނުވަތަ ނޫންކަން؛ އެކަން ބެލުމުގައި، އެ ފަރާތުން ދޭން އެދިފައިވާ ހިދުމަތުގެ ބާވަތަށް ރިއާޔަތް ކުރަންވާނެއެވެ.
- ސިނާއަތުގެ ވާދަވެރިކަމަށް ލިބިދާނެ ގެއްލުމަކަށް؛
- ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެކުލަވައިލާ ރާއްޖޭގެ އުފެއްދުންތައް ކުރިއެރުވުމަށް ދޭންޖެހޭ ސަމާލުކަމަށް؛
- ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ގެނެސްދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ފަރާތެއްތޯ ބެލުން.
(ށ) ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ޓަކައި، ކޮމިށަނަށް ފީއެއް ނަގާނެއެވެ. މިކަމަށް ނަގާ ފީގެ ތަފުސީލު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައި ވާނެއެވެ.
(ނ) ލައިސަންސަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް، ކޮމިށަނުގެ ނިންމުން، 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމަކުން އަންގަންވާނެއެވެ. ލައިސަންސެއް ދޫނުކުރުމަށް ކޮމިށަނުން ނިންމައިފިނަމަ، ލައިސަންސް ދޫނުކުރާން ނިންމި ސަބަބު، އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
(ރ) ކޮމިށަނުން ވަކި ފަރާތަކަށް ލައިސަންސް ދޫކުރުމަށް ނިންމައިފައިވާކަމުގެ ލިޔުން އެ ފަރާތަކާ ހަވާލުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ފީ ކޮމިށަނަށް ދައްކައިފައި ނުވާނަމަ، އެ ފަރާތުން ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުން ބާތިލުވާނެއެވެ.
9 ވަނަ މާއްދާ - ލައިސަންސްގެ ބާވަތްތައް
(ހ) ހިދުމަތުގެ ބާވަތަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 3 (ތިނެއް) ބާވަތަކަށް ބެހިގެންވެއެވެ.
- ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސް؛
- ކޮމާށަލް ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސް؛
- ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ހިދުމަތެއް ދިނުމަށް ދޫކުރާ ލައިސަންސް.
(ށ) ހިދުމަތުގެ އަސްލަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 4 (ހަތަރު) ބަޔަކަށް ބެހިގެންވެއެވެ.
- ރޭޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސް؛
- ޓެލެވިޒަންގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސް؛
- އޯ.ޓީ.ޓީ އޯޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސް؛
- އޯ.ޓީ.ޓީ ވިޒުއަލްގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސް.
10 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ އާންމު ށަރުތުތައް
ލައިސަންސް ދިނުމުގެ އާންމު ށަރުތުތަކުގައި ހިމެނެނީ، އަންނަނިވި ކަންތައްތަކެވެ.
(ހ) ވަކި ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސެއް، އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ،ކޮމިށަނުގެ ހުއްދަ ލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ބަދަލުކުރުމަށްފަހު، ލައިސަންސް ކުރިން އޮތް ފަރާތުން، ލައިސަންސާ ގުޅިގެން އުފުލަންޖެހޭ ހުރިހާ ޒިންމާއެއް އުފުލުމާއި، ފުރިހަމަކުރަން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރުމާއި، މި ގަވާއިދަށް އަމަލުކުރަން، ލައިސަންސް ބަދަލުކުރެވޭ ފަރާތަށް ލާޒިމުކުރެއެވެ.
(ނ) ލައިސަންސަށް އެދި ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވުމާއެކު، ލައިސަންސް ދިނުމުގެ ށަރުތުތަކުގެ ތެރެއިން ށަރުތެއް، ލައިސަންސްގެ މުއްދަތުގައި އުނިވެގެން ނުވާނެއެވެ. މިގޮތުން، ތިރީގައިވާ ކަންކަމަށް އުނިއިތުރެއް އަންނަނަމަ، އެކަން ލިޔުމުން މި ކޮމިށަނަށް އަންގަންވާނެއެވެ.
- ލައިސަންސް ލިބިފައިވާ ފަރާތުގެ ހިއްސާދާރުންނަށް ބަދަލެއް ގެނައުމުގެ ކުރިން އެ ބަދަލަކާބެހޭ މައުލޫމާތު؛
- މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ އެއްވެސް ލިޔެކިޔުމަކަށް ބަދަލެއް ގެނެސްފިނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ރ) ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން ހިންގާ ސްޓޭށަނަކީ، އެ ސްޓޭށަނުގެ މުވައްޒަފުންގެ %70 (ހަތްދިހަ އިންސައްތަ) އަށްވުރެ ގިނަ އަދަދަކަށް ދިވެހިން ވަޒީފާ އަދާކުރާ ސްޓޭށަނެއް ކަމުގައި ވާންވާނެއެވެ.
(ބ) ޓްރާންސްމިށަނަށް ބޭނުންކުރާ ވަސީލަތްތައް ޓެސްޓު ކުރުމުގެ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ޓެސްޓު ސިގްނަލް ފޮނުވަންވާނީ، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.
(ޅ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އެ ތަނަކުން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތަކާއި އިސްތިހާރުތަކުގެ މާސްޓަރ ރެކޯޑިންގއާއި، އޮންއެއަރ ލޮގު، އެ ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ދުވަހުން ފެށިގެން، މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ވަންދެން ބަހައްޓަންވާނެއެވެ. ނަމަވެސް،ބްރޯޑްކާސްޓްކުރި ވަކި ޕްރޮގްރާމަކާ ގުޅޭގޮތުން ނުވަތަ އިސްތިހާރަކާ ގުޅޭގޮތުން މައްސަލައެއް ކުރިމަތިވެގެން އެ ތަކެތި ބަހައްޓަން އެދިއްޖެނަމަ، އެ ބްރޯޑްކާސްޓެއްގެ މާސްޓަރ ރެކޯޑިންގއާއި، އޮންއެއަރ ލޮގު، އެ މައްސަލަ ހައްލުވަންދެން،ބްރޯޑްކާސްޓްކުރި ފަރާތުން ބަހައްޓަންވާނެއެވެ.
(ކ) ކޮމިށަނުން އެދިއްޖެ ހިނދެއްގައި، އެ ބްރޯޑްކާސްޓެއްގެ މާސްޓަރ ރެކޯޑިންގއާއި އޮންއެއަރ ލޮގު، އެއްވެސް އަގަކާ ނުލައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(އ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު، މި ގަވާއިދުގެ 51 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވިދިގެން އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ވ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ބޭނުންކުރާ ސޯށަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭނުންކުރާ އެކައުންޓްތަކުގެ މައުލޫމާތު، އެ އެކައުންޓެއް ހުޅުވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމުން ކޮމިށަނަށް ހުށަހަޅަންވާނެވެ. އަދި ހުށަހަޅައިފައިވާ މައުލޫމާތު ބަދަލުވެއްޖެނަމަ، ބަދަލުވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
11 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
(ހ) ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ، 10 (ދިހައެއް) އަހަރުދުވަހެވެ.
(ށ) ކޮމާށަލް ރޭޑިއޯއާއި، ޓެލެވިޒަނާއި، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓް ކުރުމަށް ދޫކުރާލައިސަންސްގެ މުއްދަތަކީ، 10 (ދިހައެއް) އަހަރުދުވަހެވެ.
(ނ) ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ، 3 (ތިނެއް) އަހަރުދުވަހެވެ.
12 ވަނަ މާއްދާ - ލައިސަންސް ފީ
(ހ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ފީ 2 (ދޭއް) ބަޔަކަށް ބެހިގެންވެއެވެ. އެ 2 (ދޭއް) ބައި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ލައިސަންސް ދޫކުރާއިރު ކޮމިށަނަށް ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީ؛
- ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް ދައްކަންޖެހޭ އަހަރީ ފީ؛
(ށ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްތަކަށް ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީއާއި އަހަރީ ފީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެއެވެ.
(ނ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކޮމިށަނަށް ދައްކަންޖެހޭ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަލަށް ލައިސަންސް ދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން، އެ އަހަރުގެ ބަކީ އޮތް މުއްދަތަށް ދައްކަންޖެހޭ އަހަރީ ފީ، ރަޖިސްޓްރޭށަން ފީއާއެކު ކޮމިށަނަށް ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު، އަހަރީ ފީ ދައްކައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމާ ހަމައަށް، އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ނުދައްކާ އޮތް ފަރާތްތަކުން، ފައިސާ ދައްކާ ދުވަހާ ހަމައަށް އަރައިފައިވާ ޖޫރިމަނާގެ ޖުމުލަ އަދަދު ކޮމިށަނަށް ދައްކަންވާނެއެވެ. އަދި މި އަދަދު 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ ދައްކަންޖެހޭނީ، 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއެވެ.
13 ވަނަ މާއްދާ - ލައިސަންސް އައުކުރުން
(ހ) ކޮމިށަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އައުކުރުމަށް ބޭނުންވާނަމަ، ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން، ލައިސަންސް އައުކުރުމަށް އެދި، ލިޔުމުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސް އައުކުރަން ބޭނުން ނުވާނަމަ، އެ ކަން ވެސް، މި މުއްދަތުގައި ކޮމިށަނަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލައިސަންސް އައުކުރުމަށް ހުށަހަޅައިފައި ނުވާނަމަ، ދެން ލައިސަންސް އައުކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފީއާއެކު، ލައިސަންސް އައުކުރަން ހުށަހެޅުމުންނެވެ.
(ނ) ލައިސަންސް އައުކުރާއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ލައިސަންސް އައުކޮށެއް ނުދެވޭނެއެވެ.
14 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން
(ހ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާއެއް، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ދައްކައިފައި ނުވާނަމަ،އެ ޖޫރިމަނާއެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ކޯޓުން ކުރާ ހުކުމަކާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ލައިސަންސް 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށް ހިފަހައްޓަންވާނެއެވެ.
(ނ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގައި، ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓާ ގުޅިގެން، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އަދި ރަނގަޅު ކުރުމަށް އެންގުމުން ވެސް ރަނގަޅު ނުކޮށްފި ނަމަ، ކޮމިށަނުގެ ޖުމުލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމަށްފަހު، އެ ފަރާތެއްގެ ލައިސަންސް 30 (ތިރީސް) ދުވަހަށްވުރެ އިތުރު ނުވާނެ މުއްދަތަކަށް ހިފެހެއްޓުމަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) ކަމާބެހޭ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލައިސަންސް ހިފަހައްޓަންވާނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ފަރާތެއްގެ ޕްރޮގްރާމް ށެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑައިލުމަށް ކޮމިށަނަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން އެންގުމަށްފަހު، އެ ފިޔަވަޅު އެޅުމުން ވެސް، އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާނަމައެވެ.
15 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާތިލު ކުރުމަށް ޓަކައި ކޯޓަށް ހުށަހަޅައި، ކޯޓުން ނިންމާ ގޮތެއްގެ މަތީން އަމަލުކުރަންވާނެއެވެ.
- ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ލައިސަންސް ބާތިލުކުރުމަށް ކޮމިށަނުން ނިންމުން؛
- މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް މެދުކަނޑައިލުން؛
- މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ހުއްޓައިލައިފައި ބޭއްވުން؛
- ރަސްމީކޮށް ބްރޯޑްކާސްޓް ކުރަން ފެށުމަށްފަހު، ކޮމިށަނުގެ ހުއްދައާ ނުލައި ބްރޯޑްކާސްޓް ނުކޮށް 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވުން؛
- ލައިސަންސް ލިބިފައިވާ ފަރާތުން، ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ ފޯރުކޮށްދޭ މައުލޫމާތެއްގައި، މި ގަވާއިދުގެ ދާއިރާގެ ތެރެއިން ކަމެއް ކޮމިށަނަށް އޮޅުވައިލައިފައިވާކަން ސާބިތުވުން؛
- ކޮމިށަނުން ލައިސަންސް ހިފަހައްޓައިފައިވަނިކޮށް ބްރޯޑްކާސްޓް ކުރުން؛
- މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަހަރީ ފީ، ޖެހިޖެހިގެން 2 (ދޭއް) އަހަރުދުވަހު ދައްކައިފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ލައިސަންސް ބާތިލުވާނެއެވެ.
- ކޮމިށަނުން ށާއިއުކުރާ "ބްރޯޑްކާސްޓް ލައިސަންސާ ގުޅޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން، ލައިސަންސް ލިބިފައިވާ ފަރާތުން އެދިގެން ލައިސަންސް ބާތިލުކުރުން؛
- މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިއިރު ލައިސަންސް އައުކުރުމަށް ހުށަހަޅައިފައި ނުވުން، ނުވަތަ ލައިސަންސް އައުކުރުމަށް ހުށަހެޅި ނަމަވެސް، މި ގަވާއިދު ގެ 13 ވަނަ މާއްދާ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ ލައިސަންސްގެ މުއްދަތުގެ ތެރޭގައި ހިލާފުވުމުގެ ސަބަބުން ލައިސަންސް އައުކޮށް ނުދިނުން؛
- މި ގަވާއިދުގެ ދަށުން ދޫކުރާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްގައި ބްރޯޑްކާސްޓް ކުރުމަށް ފެށުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ބްރޯޑްކާސްޓް ކުރަން ފަށައިފައި ނުވުން؛
- ލައިސަންސް ލިބޭ ގާނޫނީ ށަހްސު އަމިއްލަޔަށް އެދިގެން އުވައިލުން، ނުވަތަރަޖިސްޓްރާރ އޮފް ކޮމްޕެނީ އެ ށަހްސު އުވައިލުން، ނުވަތަ ށަރުއީ ކޯޓަކުން އުވައިލުން.
16 ވަނަ މާއްދާ - ލައިސަންސަށް ބަދަލު ގެނައުން
ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ ކޮމިށަނުން ކަނޑައަޅައިފައިވާ ސިޔާސަތަށް އަންނަ ބަދަލަކާ ގުޅިގެން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް ބަދަލުގެނައުމުގެ އިހްތިޔާރު،ކޮމިށަނަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ އުސޫލު
ލައިސަންސް ދިނުމަށް ޓަކައި "ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާ ގުޅޭ އުސޫލު" ކޮމިށަނުން އެކުލަވައިލައި، އެ އުސޫލު އާންމުކުރަންވާނެއެވެ.
ހަތަރު ވަނަ ބާބު
ބްރޯޑްކާސްޓްކުރުން
18 ވަނަ މާއްދާ - ޓެސްޓު ސިގުނަލް ފޮނުވުން
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ޓްރާންސްމިށަނަށް ބޭނުންކުރާ ވަސީލަތްތައް ޓެސްޓު ކުރުމުގެ ގޮ ތުން، ޓެސްޓު ސިގްނަލް ފޮނުވިދާނެއެވެ.
(ށ) ޓެސްޓު ސިގްނަލް ފޮނުވޭނީ، މި ކަމަށް ޓަކައި ކޮމިށަނުން ދޫކުރާ ހުއްދައެއް ލިބިގެންނެވެ. ޓެސްޓު ސިގްނަލް ފޮނުވުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ޓެސްޓުސިގްނަލުގައި ފޮނުވާނެ ކޮންޓެންޓާބެހޭ މައުލޫމާތާއި ށެޑިއުލާއި މުއްދަތު ހުށަހަޅަންވާނެއެވެ.
(ނ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް އަލަށް ފޯރުކޮށްދޭ ފަރާތަކުން ޓެސްޓު ސިގްނަލް ފޮނުވަންވާނީ، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- ރޭޑިއޯ ޗެނަލެއް ނަމަ، ސްޓޭށަން އައިޑެންޓިފިކޭށަނާއި، ޓެސްޓުސިގްނަލެއްކަން އަންގައިދޭ އެނައުންސްމަންޓެއް، ކޮންމެ 15 (ފަނަރަ) މިނިޓަކުން އެއްފަހަރު ފޮނުވުން؛
- ޓެލެވިޒަން ޗެނަލެއް ނަމަ، ސިގްނަލް ފޮނުވާ ހުރިހާ ވަގުތެއްގައި، ސްޓޭށަން އައިޑެންޓިފިކޭށަނާއި، ޓެސްޓު ސިގްނަލެއްކަން އަންގައިދޭ ލިޔުމެއް ފެންނަން ހުރުން؛
- ޓެސްޓު ސިގްނަލް ފޮނުވާއިރު، ފޮނުވާ ކޮންޓެންޓުގެ ތެރޭގައި، ހަބަރާއި، ހަބަރާ ގުޅޭ މައުލޫމާތާއި، އިއުލާނާއި، އިސްތިހާރާއި، އާންމު މައުލޫމާތު ނުހިމެނުން؛
- ޓެސްޓު ސިގްނަލް ފޮނުވާ މުއްދަތުގައި، ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް އަގެއް ނުނެގުން.
(ރ) ޓެސްޓު ސިގްނަލް ފޮނުވަނީ، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދެމުންގެންދާ ފަރާތެއްނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުން އިސްތިސްނާވާނެވެ. އަދި އެ ފަރާތުގެ އޮންއެއަރ ޓެސްޓު ސިގްނަލުގެ ގޮތުގައި ފޮނުވުމަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ.ނަމަވެސް، ފޮނުވަމުންދަނީ ޓެސްޓު ސިގްނަލެއްކަން އަންގައިދޭންވާނެއެވެ.
19 ވަނަ މާއްދާ - ބްރޯޑްކާ ސްޓްކުރާ އޯޑިއޯ ވިޒުއަލް ކޮލިޓީ
(ހ) ބްރޯޑްކާސްޓްކުރާ ކޮންޓެންޓުގެ އޯޑިއޯ ވިޒުއަލް ކޮލިޓީ ބަހައްޓަންވާނީ، ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްނުވާނެ ގޮތަކަށެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، ކޮމިށަނުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ހިދުމަތް ރަނގަޅު ކުރުމަށް ޓަކައި 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
20 ވަނަ މާއްދާ - އެންކްރިޕްޓްކުރުން
(ހ) ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލެއް އެންކްރިޕްޓް ކުރާނަމަ، 3 (ތިނެއް) މަސްދުވަހުގެ ކުރިން ކޮމިށަނަށް ލިޔުމަކުން އެ ކަން އަންގައިގެން އެކަމުގެ ހުއްދަ ހޯދުމަށްފަހު،ހިދުމަތް ދިނުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އާންމުކޮށް އެކަން އަންގައި އިއުލާނު ކުރަންވާނެއެވެ.
(ށ) އެންކްރިޕްޓް ކޮށްގެން ފޮނުވޭ ސިގްނަލެއް ކޮމިށަނުގެ ބޭނުމަށް ޓަކައި ރިކޯޑުކުރަން ޖެހިއްޖެނަމަ، އެކަން ކުރެވޭނެ މަގު، އެ ސިގްނަލެއް ފޮނުވާ ބްރޯޑްކާސްޓަރަކު،ކޮމިށަނަށް ފަހިކޮށްދޭންވާނެއެވެ.
21 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރަން ފެށުން
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފަށަންވާނެއެވެ.
(ށ) ރަސްމީކޮށް ބްރޯޑްކާސްޓް ކުރަން ފެށުމުގެ 7 (ހަތެއް) ދުވަހުގެ ކުރިން، ލިޔުމުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
22 ވަނަ މާއްދާ - ސްޓޭށަން އައިޑެންޓިފިކޭށަން
(ހ) ބްރޯޑްކާސްޓް ކުރަނީ ވިޒުއަލްކޮށްނަމަ، ލޯގޯ ނުވަތަ ސްޓޭށަން އައިޑެންޓިފިކޭށަން، ހުރިހާ ވަގުތެއްގައި ވެސް ސްކްރީނުން ފެންނަން ހުންނަންވާނެއެވެ.
(ށ) ބްރޯޑްކާސްޓް ކުރަނީ އޯޑިއޯ މެދުވެރިކޮށްނަމަ، ސްޓޭށަނުގެ އައިޑެންޓިފިކޭށަން އަންގައިދޭ އެންގުމެއް، މަދުވެގެން ކޮންމެ 30 (ތިރީސް) މިނިޓަކުން 1 (އެކެއް) ފަހަރު ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބްރޯޑްކާސްޓަރު އަތުން ވިޔަފާރި އުސޫލުން ގަނެފައިވާ ގަޑިތަކާއި، ކޮމިށަނުން ހުއްދަ ނަގައިގެން ފޮނުވާ ޕްރޮގްރާމްތައް މީގެ ތެރެޔަކު ނުހިމެނޭނެއެވެ.
23 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްތަކަށް، ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަގުނެގުން
ލައިސަންސް ލިބިގެން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން، އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، އެ އަގެއް ކޮމިށަނަށް ހުށަހަޅައިގެން، އެ އަގު ފާސްކުރުމަށް ފަހުގައެވެ.
(ށ) އަގެއް ނެގުމަކާ ނުލައި ދޫކުރަމުންދާ އެއްވެސް ޗެނަލަކަށް އަގެއް ނެގުމަށް ބްރޯޑްކާސްޓަރަކު ނިންމައިފިނަމަ، މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން،ކޮމިށަނަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
(ނ) ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ގެންނަންވާނީ،ކޮމިށަނަށް ހުށަހަޅައިގެން އެކަން ފާސްކުރުމަށް ފަހުގައެވެ.
(ރ) ހިދުމަތްދިނުމަށް ކަސްޓަމަރުންގެ އަތުން ކުރިޔަށް އަގެއް ނަގައިފައިވަނިކޮށް، އެއްވެސް ސަބަބަކާހުރެ ހިދުމަތް ހުއްޓައިލާނަމަ، ނުވަތަ ހިދުމަތް މެދުކަނޑައިލާނަމަ، އެ ހިދުމަތް މެދުކެނޑިފައި އޮންނަ މުއްދަތަށްވާ ފައިސާ، ހިދުމަތް މެދުކަނޑައިލާ ދުވަހުން ފެށިގެން،ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހިދުމަތް ލިބިގަންނަ ފަރާތަށް ދައްކަންވާނެއެވެ.
24 ވަނަ މާއްދާ - ހިދުމަތް މެދުކަނޑައިލުން
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލާނަމަ، އެކަމަށް ކަނޑައަޅައިފައިވާ ތާރީހުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން، މެދުކަނޑައިލާ ސަބަބާއި، އަލުން ބްރޯޑްކާސްޓްކުރަން ފަށާނެ ތާރީހު ބަޔާންކޮށް، ލިޔުމަކުން ކޮމިށަނަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. އަދި މިގޮތަށް ވަގުތީގޮތުން މެދުކަނޑައިލާނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ކުރިން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
(ށ) ލައިސަންސް ލިބިގެން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއްގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން އެއްވެސް ހިދުމަތެއް ކުރިޔަށް ނުގެންދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ލިޔުމަކުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ހައްލުކޮށްދިނުމަށް ޓަކައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވެންހުރި އެންމެހައި މަސައްކަތްތަކާއި، ކޮމިށަނަށް ކުރެވިދާނެ އެހެނިހެން ކަންކަން ވެސް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިށަނުން ކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް މެދުކަނޑައިލައިފައި ބޭއްވޭނީ، އެންމެ ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ މުއްދަތަށެވެ. ހިދުމަތް މެދުކަނޑައިލުމަށްފަހު، ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ހިދުމަތް ފަށައިފައި ނުވާނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ.
(ޅ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް މެދުކަނޑައިލައިފައިވާ ފަރާތްތަކަށް، އެ ހިދުމަތް ފެށުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތެއް ކޮމިށަނުން ދޭންވާނެއެވެ.
25 ވަނަ މާއްދާ - ހިދުމަތް އަލުން ފެށުން
(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލާނަމަ، ހިދުމަތް މެދުކަނޑައިލާ ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އަލުން ބްރޯޑްކާސްޓް ކުރަން ފަށަންވާނެއެވެ.
(ށ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ބްރޯޑްކާސްޓް ކުރުން މެދުކެނޑިއްޖެނަމަ، ހިދުމަތް މެދުކެނޑޭ ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އަލުން ބްރޯޑްކާސްޓް ކުރަން ފަށަންވާނެއެވެ. އަދި މި މުއްދަތު އިތުރުކު ރެވޭނީ، ހާލަތު ބަޔާންކޮށްފައި ކޮމިށަނަށް ލިޔުމުން ހުށަހަޅައިގެން، އެކަމުގެ ހުއްދަ ކޮމިށަނުން ލިބިގެންނެވެ.
26 ވަނަ މާއްދާ - ހިދުމަތް ހުއްޓައިލުން
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެ ހިދުމަތެއް ހުއްޓައިލާނަމަ، ހުއްޓައިލާ ޗެނަލުގެ މައުލޫމާތާއެކު ސަބަބު ބަޔާންކޮށް އަދި ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ފަށާނަމަ، އެކަމުގެ މައުލޫމާތު، މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން ކޮމިށަނަށް އަންގަންވާނެއެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި އެއީ ހިދުމަތް ލިބިގަންނަ ފަރާތް އެނގޭގޮތަށް ދެވޭ ހިދުމަތެއް ނަމަ، ސީދާ އެ ފަރާތްތަކަށް އެކަން އެ މުއްދަތުގައި އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމަކާ ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ނުފަށާނެކަމަށް ކޮމިށަނަށް އަންގައިފިނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު،ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހިދުމަތް ހުއްޓައިލުމަށްފަހު، އެހެން ހިދުމަތެއް ނުފަށާ 180 (އެއްސަތޭކަ އަށްޑިހަ) ދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ.
27 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރާ ވަގުތާއި އުސޫލު ކަނޑައެޅުން
(ހ) މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ހިދުމަތް ދިނުމުގައި، 24 (ސައުވީސް) ގަޑިއިރުގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) ގަޑިއިރު ބްރޯޑްކާސްޓް ކުރަންވާނެއެވެ.
(ށ) ބްރޯޑްކާސްޓް ކުރަންވާނީ، ހުށަހަޅައިފައިވާ ށެޑިއުލާ އެއްގޮތަށް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުބާރުކުރެވޭ އުސޫލެއްގެ މަތީންނެވެ.
ފަސް ވަނަ ބާބު
ބްރޯޑްކާސްޓްކުރާ ކޮންޓެންޓް
28 ވަނަ މާއްދާ - ލޯކަލް ކޮންޓެންޓުގެ މިންގަނޑުތައް
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތް މެދުވެރިކޮށް ފޮނުވާ ކޮންޓެންޓުގެ ތެރޭގައި، މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ލޯކަލް ކޮންޓެންޓުގެ ގޮތުގައި ހިމަނަންވާނެއެވެ.
(ށ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 32 ވަނަ މާއްދާއާ އެއްގޮތުގެ މަތީން، ލޯކަލް ކޮންޓެންޓުގެ މިންގަޑުތަކާ އެއްގޮތަށް ބްރޯޑްކާސްޓް ކުރޭތޯ، ކޮމިށަނުން ބަލަންވާނެއެވެ. އަދި މިގޮތަށް ބަލާ ބެލުމުގައި، އެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފަށް ލޯކަލް ކޮންޓެންޓް ހުރިކަމަށް ފެނިއްޖެނަމަ، އެކަން ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދީ، އެ ފަރާތަށް ކޮމިށަނުން އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އާ ހިލާފުވާ ފަރާތްތައް، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
29 ވަނަ މާއްދާ - ކޮޕީރައިޓް
(ހ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ބްރޯޑްކާސްޓް ކުރަންވާނީ، އެ ފަރާތަކުން އުފައްދާ ނުވަތަ އެ ފަރާތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބިފައިވާ ކޮންޓެންޓެވެ.
(ށ) ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކާ ގުޅިގެން ކޮޕީރައިޓްސްގެ މައްސަލައެއް މެދުވެރިވެއްޖެނަމަ،އެ ކޮންޓެންޓަކީ، ކޮންޓެންޓުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ބްރޯޑްކާސްޓްކުރި ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ހައްގު ލިބިފައިވާ ކޮންޓެންޓެއްކަން، ބްރޯޑްކާސްޓްކުރި ފަރާތުން ކޮމިށަނަށް ސާބިތު ކޮށްދޭންވާނެއެވެ.
(ނ) ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ކޮޕީރައިޓް ލިބިފައިވާ ކޮންޓެންޓެއްނަމަ، އެ ކަމަށް ކްރެޑިޓް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބްރޯޑްކާސްޓްކުރި ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބިފައިވާ ކޮންޓެންޓެއްކަން ސާބިތުކޮށް ނުދެވިއްޖެނަމަ، އެ ކޮންޓެންޓް ބްރޯޑްކާސްޓްކުރި ފަރާތެއް، މި ގަވާއިދުގެ ޖަ ދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރަންވާނެއެވެ.
30 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ޒިންމާވުން
(ހ) ލައިސަންސް ދޫކޮށްފައިވާ ފަރާތުން ބްރޯޑްކާސްޓްކުރާ ކޮންމެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ޒިންމާ އުފުލަންވާނީ ލައިސަންސް ލިބިފައިވާ ފަރާތެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ބްރޯޑްކާސްޓްކުރާ ހުރިހާ ކޮންޓެންޓެއް ފަރުމާކޮށްފައިވަނީ، މި ގަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި، އެހެންވެސް ގާނޫނަކާ ހިލާފުނުވާ ގޮތަށްކަން ކަށަވަރުކުރަންވާނެއެވެ.
(ނ) އެއަރ ޓައިމް ވިއްކައިފައިވާ ގަޑިއެއްގައި ކޮންޓެންޓް ފޮނުވާއިރު، އެއީ ވިއްކައިފައިވާ ގަޑިއެއްކަން ސްކްރީނުން ފެންނަން ހުންނަންވާނެއެވެ.
31 ވަނަ މާއްދާ - ކޯޑް އޮފް ޕްރެކްޓިސް
(ހ) ބްރޯޑްކާސްޓަރުން އަމަލުކުރާނެ ކޯޑް އޮފް ޕްރެކްޓިސްއެއް، ކޮމިށަނުން އެކުލަވައިލަންވާނެއެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޯޑް އޮފް ޕްރެކްޓިސް މުރާޖައާކޮށް އިސްލާހުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޑް އޮފް ޕްރެކްޓިސްގެ އިތުރުން، ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ކޮންމެ ސްޓޭށަނެއްގައި، އެ ސްޓޭށަނަކުން އަމަލުކުރާނެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކަށައަޅައި، އެ ފަރާތަށް ލައިސަންސް ދޫކުރާތާ
60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޑް އޮފް ޕްރެކްޓިސްއަކީ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން އެކުލަވައިލާ ކޯޑް އޮފް ޕްރެކްޓިސްއާ ތައާރުޒުވާ އެއްޗެއް ކަމުގައި ވެގެން ނުވާނެއެވެ.
32 ވަނަ މާއްދާ - އެޑިޓޯރިއަލް ޕޮލިސީ
(ހ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބޭ ކޮންމެ ފަރާތަކުން ވެސް އެޑިޓޯރިއަލް ޕޮލިސީއެއް ކަނޑައަޅައި، އެ ޕޮލިސީއަށް އަމަލު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެޑިޓޯރިއަލް ޕޮލިސީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، މި ގަވާއިދާ ނުވަތަ ބްރޯޑްކާސްޓް ކުރުމާ ގުޅޭގޮތުން ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލަކާ ހިލާފުވެގެނެއް ނުވާނެއެވެ.
(ނ) ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެޑިޓޯރިއަލް ޕޮލިސީ ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
33 ވަނަ މާއްދާ - ބަންގި ގެނެސްދިނުން
(ހ) ކޮންމެ ނަމާދެއްގެ ބަންގި، އެ ނަމާދެއްގެ ވަގުތު ޖެހުމުން ބްރޯޑްކާސްޓް ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، އަންނަވި އުސޫލުން ފިޔަވަޅު އެޅޭނެއެވެ.
- ފުރަތަމަ ފަހަރު ނަމަ، ނަސޭހަތް ދިނުން؛
- 1 (އެކެއް) ފަހަރަށްވުރެ ގިނަވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުން.
34 ވަނަ މާއްދާ - ލައިވް އިވެންޓް ބްރޯޑްކާސްޓް ކުރުން
ލައިވް އިވެންޓްތައް ބްރޯޑްކާސްޓް ކުރުމުގައި، ގާނޫނަކާ ހިލާފު ކޮންޓެންޓެއްގެ ބްރޯޑްކާސްޓް އޮންއެއަރވުމުގެ ކުރިން އެފަދަ ކޮންޓެންޓެއް ސެންސަރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޑިލޭއެއް ލައިގެން ބްރޯޑްކާސްޓް ކުރެވޭނޭ ފަދަ ނިޒާމެއް ގާއިމުކުރުމަކީ ލައިސަންސް ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.
35 ވަނަ މާއްދާ - ބްރޯޑްކާސްޓް ޑިލޭ ޔުނިޓް
ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަށް ލައިސަންސް ލިބޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ކޮމިށަނަށް އެ ޔުނިޓެއްގެ ސްޕެސިފިކޭށަން ހުށަހަޅައި، ކޮމިށަނުން ފާސްކުރާ ބްރޯޑްކާސްޓް ޑިލޭ ޔުނިޓެއް ގާއިމު ކުރަންވާނެއެވެ.
36 ވަނަ މާއްދާ - ކޮންޓެންޓް ގިންތިކުރުމާއި ދަރަޖަކުރުން
ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ކޮންމެ ސްޓޭށަނެއްގައި، އެ ތަނަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ގިންތިކޮށް ދަރަޖަކުރާނެ މިންގަނޑުތަކެއް އެކަށައަޅައި، އެއަށް އަމަލުކުރަމުން ގެންދަންވާނެއެވެ. ކޮންޓެންޓް ގިންތިކޮށް ދަރަޖަކުރާނެ މިންގަނޑު އެކަށައަޅަންވާނީ، ކޮންޓެންޓް ގިންތިކޮށް ދަރަޖަކުރުމުގެ ބާރު ލިބިފައިވާ ފަރާތުން އެ ވަގުތަކު ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.
37 ވަނަ މާއްދާ - 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ގަޑި ކަނޑައެޅުން (ވޯޓަރށެޑް)
(ހ) ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ހެނދުނު 6:00 އާއި ރޭގަނޑު 9:00 އާ ދެމެދު ގެނެސްދޭންވާނީ، ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓެވެ.
(ށ) ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދުގެ ގަޑިތަކަކީ، 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްފައިވާ ގަޑިތަކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްފައިވާ ގަޑި، ރަމަޒާންމަހު ފެށޭނީ، ރޭގަނޑު 11:00 ގައެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގަޑި ފެށުމުން، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްދޭންވާނެއެވެ. ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްދޭންވާނީ ބްރޯޑްކާސްޓަރެވެ.
(ބ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ހާއްސަ ޗެނަލެއްގެ ގޮތުގައި ވަކި ޗެނަލެއް، ކޮމިށަނުގެ ހުއްދަޔާއެކު ބްރޯޑްކާސްޓް ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނަމަވެސް، ބްރޯޑްކާސްޓްކުރާ ޗެނަލަކީ ޕޭރަންޓަލް ލޮކް ލެވޭގޮތަށް ފޮނުވާ ޗެނަލެއް ކަމުގައި ވާންވާނެއެވެ.
38 ވަނަ މާއްދާ - ސަމާލުކަމުގެ މެސެޖު
(ހ) ބްރޯޑްކާސްޓްކުރާ ކޮންޓެންޓުގެ ތެރޭގައި މީހުންގެ ހިތްތަކަށް ނުތަނަވަސްކަން އަތުވެދާނޭ ފަދަ މަންޒަރެއް ނުވަތަ އަޑެއް ހިމެނިފައިވާނަމަ، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްދިނުމަށް ޓަކައި، އެކަން އަންގައިދޭ މެސެޖެއް، މިފަދަ ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެއެވެ.
(ށ) ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައިވާ ބާވަތްތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި،ސިއްހަތަށް ގެއްލުން ލިބޭނެކަމަށް ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާ އެއްވެސް އެއްޗަކާ ނުވަތަ ކަމަކާ ގުޅޭ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރާނަމަ، އެ އެއްޗަކުން ނުވަތަ ކަމަކުން ލިބޭ ގެއްލުން ބަޔާންކޮށްދޭ ޓިކަރ މެސެޖެއް، ކޮންޓެންޓް ފޮނުވަމުންދާ ކޮންމެ ވަގުތެއްގައި ވެސް ފޮނުވަންވާނެއެވެ.
(ނ) ތިމާވެށްޓަށް ގެއްލުން ލިބޭނެކަމަށް ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާ އެއްވެސް އެއްޗަކާ ގުޅޭ ކޮންޓެންޓެއް ނުވަތަ ކަމަކާ ގުޅޭ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރާނަމަ، އެ އެއްޗަކުން ނުވަތަ ކަމަކުން ލިބޭ ގެއްލުން ބަޔާންކޮށްދޭ ޓިކަރ މެސެޖެއް، ކޮންޓެންޓް ފޮނުވަމުންދާ ކޮންމެ ވަގުތެއްގައި ވެސް ފޮނުވަންވާނެއެވެ.
39 ވަނަ މާއްދާ - އިސްތިހާރު
(ހ) ހިދުމަތް ލިބިގަންނަ ފަރާތްތަކާއި މުދާ ގަންނަ ފަރާތްތައް ހިމާޔަތް ކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުސޫލުތަކާއި، މި ގަވާއިދުގެ ޖަދުވަލު 4 އާ ހިލާފުނުވާ ގޮތުގެ މަތީން އިސްތިހާރު ކުރުމުގެ ފުރުސަތު،ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުދޫދުގެ ބޭރުން ބްރޯޑްކާސްޓްކުރާ އިސްތިހާރު ބްރޯޑްކާސްޓް ކުރުން ހުއްޓައިލުމަށް، ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
40 ވަނަ މާއްދާ - ކޮންޓެންޓް ރައްކައުކޮށްފައި ހުންނަންޖެހޭ މުއްދަތު
ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުން، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންޓެންޓް ރައްކައުކޮށް، އެ ތަކެތި ބަލަހައްޓަންވާނެއެވެ.
41 ވަނަ މާއްދާ - ދިވެހި ރައްޔިތުންގެ ހާއްސަ ށައުގެއް ހިމެނޭ އިވެންޓް
(ހ) ދިވެހި ރައްޔިތުންގެ ހާއްސަ ށައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި، އެފަދަ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ލިބިދޭންޖެހޭކަމަށް ކޮމިށަނުން ކަނޑައަޅާ އިވެންޓްތައް ލިސްޓުކޮށް އިއުލާނު ކުރާންވާނެއެވެ. މިފަދަ އިވެންޓުތައް ލިސްޓުކުރުމުގައި، އެ އިވެންޓެއް ފެށުމަށް 12 (ބާރަ) މަސްދުވަހަށްވުރެ މުއްދަތު ކުޑަވެފައިވާ އިވެންޓެއް މި ލިސްޓުގައި ހިމަނައިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ލިސްޓުގައި ހިމަނައިފައިވާ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހައްގު އެއްވެސް ބްރޯޑްކާސްޓަރަކު ހޯދައިފިނަމަ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އިން ކަނޑައަޅައިފައިވާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އެ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހައްގު، އަގަކާ ނުލައި، އެ ބްރޯޑްކާސްޓަރު ފޯރުކޮށްދޭން ވާނެއެވެ. މިފަދަ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގައި،ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ހޯދާ ވިޔަފާރީގެ ފައިދާއިން %50 (ފަންސާސްއިންސައްތަ) އަށްވުރެ މަދުނޫން، ދެފަރާތުން އެއްބަސްވާ އަދަދެއް، ބްރޯޑްކާސްޓަރަށް ދޭންވާނެއެވެ.
(ނ) އެއްވެސް ހާލެއްގައި، ލިސްޓަޑް އިވެންޓެއް ފޯރުކޮށްދިނުމުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މަހްރޫމުވާނޭ ފަދަ ގޮތަކަށް، ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ޒަރީއާއިން ނުގެނެސްދެވޭ ފަދަ ގޮތަކަށް ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ވަކި ހައްގުތަކެއް ހޯދުމަކީ މަނާ ކަމެކެވެ.
(ރ) ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ނޫން އެހެން ބްރޯޑްކާސްޓަރަކަށް، ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހައްގު ވިޔަފާރީގެ އުސޫލުން ދިނުމަކަށް، މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) ލިސްޓަޑް އިވެންޓެއް ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ހައް ގު އެންމެ ފުރަތަމަ ހޯދާ ފަރާތް ކަނޑައަޅާ ގޮތެއްގެ މަތީން މެނުވީ، އެނޫން އެހެން ފަރާތަކުން އެ އިވެންޓެއް އިތުރު އެހެން ފަރާތަކަށް ވިއްކުމުގެ ހައްގު ނުވަތަ ދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.
(ޅ) ލިސްޓަޑް އިވެންޓެއް ފޯރުކޮށްދިނުމަށް ޓަކައި ހިދުމަތް ލިބިގަންނަ ފަރާތުން ބްރޯޑްކާސްޓަރު ހާއްސަ އަގެއް ނަގައިގެން ނުވާނެއެވެ.
(ކ) ދިވެހިރާއްޖޭގައި ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓް ކުރެވޭނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ކަން، އެ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހައްގު ވިއްކާ ފަރާތަށް ސާފުކޮށްދިނުމާއި، ވިއްކާ ފަރާތާއެކު ކަމާ ގުޅޭގޮތުން ސޮއިކުރާ ކޮންޓްރެކްޓް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލުމަކީ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ހޯދާ ބްރޯޑްކާސްޓަރެއްގެ ޒިންމާއެކެވެ.
42 ވަނަ މާއްދާ - ކުށް އިސްލާހުކުރުމާއި މާފަށް އެދުން
(ހ) ބްރޯޑްކާސްޓްކުރާ ފަރާތުން އެއްވެސް ކޮންޓެންޓެއް ހުށަހެޅުމުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭގޮތަށް ގެނެސްދެވިއްޖެނަމަ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައިވާ ގޮތުގެ މަތީން އެ ކުށް އިސްލާހުކޮށްފައި، އެކަމަށް މާފަށް އެދެންޖެހޭނަމަ، އެކަމަށް މާފަށް އެދެންވާނެއެވެ.
(ށ) ތަކުރާރުކޮށް އެއްކަމެއްގައި 2 (ދޭއް) ފަހަރަށްވުރެ ގިނައިން ކުށެއް އިސްލާހުކޮށްފައި މާފަށް އެދެން ޖެހިއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮ ތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
ހަ ވަނަ ބާބު
ގާނޫނާއި ގަވާއިދާ ހިލާފުވުން
43 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި މޮނިޓަރކުރުން
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، މި ގަވާއިދާއި، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، ކަމާ ގުޅޭ އެނޫންވެސް އެހެން ގާނޫނަކާ ހިލާފުވެފައިވާކަމަށް އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ، އެކަމުގެ ށަކުވާ އެ ފަރާތަކުން ކޮމިށަނަށް ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅަންވާނީ، ކޮމިށަނުން ގާއިމުކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު" ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާއަކީ އަސްލެއް ނެތި ހުށަހަޅައިފައިވާ ށަކުވާއެއް ކަމުގައި ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި މެނުވީ، އެ ފަދަ ކޮންމެ ށަކުވާއެއް ކޮމިށަނުން ބަލަންވާނެއެވެ.
(ނ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި، މި ގަވާއިދާއި، ކަމާބެހޭ އެހެނިހެން ގާނޫނުތަކަށް އަމަލުކުރަމުންދޭތޯ ބެލުމަކީ ކޮމިށަނުގެ ޒިންމާއެކެވެ. އަދި އެ ގޮތުގެ މަތީން އެ ފަރާތް މޮނިޓަރކޮށް، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި ނުވަތަ މި ގަވާއިދާ ހިލާފުވެފައިވާކަމަށް
ބެލެވިއްޖެނަމަ، ކޮމިށަނުން އެ ކަމެއް ތަހުގީގު ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާތަކާއި، މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ފާހަގަކުރެވޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ، ކޮމިށަނުން ގާއިމުކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު" ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ބ) ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު ކޮމިށަނުގައި ގާއިމުކޮށްފައި އޮތް ނަމަވެސް، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އޮތް ފަރާތަކާމެދު، ހިދުމަތް ލިބިގަންނަ ފަރާތަކުން ކުރާ ށަކުވާއާއި ހުށަހަޅާ މައްސަލަ ބެލުމުގެ ނިޒާމެއް ގާއިމުކޮށް، އެކަން އެ ފަރާތަކަށް އެނގޭނޭ ގޮތަށް، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އޮތް ފަރާތުން ވެސް އިންތިޒާމު ކުރަންވާނެއެވެ.
(ޅ) ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރ ކުރުމަކީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ކޮމިށަނުގެ މައްޗަށް ކުރުން ލާޒިމު ކަމަކަށް ވާތީ، ލައިސަންސް ލިބިފައިވާ ފަރާތުން ފޮނުވާ ކޮންޓެންޓް، ކޮމިށަނުން އެދިއްޖެ ހިނދެއްގައި، ކޮމިށަނަށް މޮނިޓަރ ކުރެވޭނެ ނިޒާމު،ލައިސަންސް ލިބިފައިވާ ފަރާތުން، ލައިސަންސްގެ މުއްދަތުގައި އަގަކާ ނުލައި ހަމަޖައްސައިދޭން ޖެހޭނެއެވެ.
(ކ) ލައިސަންސް ލިބިފައިވާ ފަރާތަކުން ބްރޯޑްކާސްޓްކުރާ ޗެނަލަކުން ދައްކާ އެއްވެސް ކޮންޓެންޓަކާ ގުޅިގެން ށަކުވާ ހުށަހެޅޭނެ ގޮތުގެ މައުލޫމާތު ހިމެނޭ މެސެޖެއް،ޕްރައިމްޓައިމްގެ ތެރޭގައި، މަދުވެގެން 1 (އެކެއް) ފަހަރު ފޮނުވަންވާނެއެވެ. އެ މެސެޖުގައި، ސްޓޭށަނަށާއި ކޮމިށަނަށް ށަކުވާ ހުށަހެޅޭނެ ގޮތުގެ މައުލޫމާތު ހިމަނަންވާނެއެވެ.
44 ވަނަ މާއްދާ - ކޮމިށަނުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
ބްރޯޑްކާސްޓިންގ ކޮމިށަނަށް އަމިއްލައަށް މައްސަލަ ހުށަހަޅައިގެން ނުވަތަ ށަކުވާ ހުށަހަޅައިގެން އެކަން ބެލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
45 ވަނަ މާއްދާ - ނިންމުންތައް އާންމުކުރުން
(ހ) ކޮމިށަނަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ ހިންގޭ ތަހުގީގެއް، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، ގިނަވެގެން މަސައްކަތު 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނިންމައި، ކޮމިށަނުގައި ގާއިމުކޮށްފައިވާ ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ނިންމުންތައް ހާމަކުރަންވާނެއެވެ.
(ށ) އެއްވެސް ށަކުވާއެއް ބެލުމުގައި ހާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަނުން އެކަން ކަނޑައަޅައި، އެފަދަ ހާލަތްތައް މެދުވެރިވާ މައްސަލަތައް އަވަހަށް ބަލައި ނިންމުމަށް ކޮމިށަނުން މަސައްކަތް ކުރަންވާނެއެވެ.
(ނ) ހާއްސަ ހާލަތެއް މެދުވެރިވެގެން މަސައްކަތު 60 (ފަސްދޮޅަސް) ދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަވާނެކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ ހާލަތަކަށް ރިއާޔަތްކޮށްގެން މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. މުއްދަތު ކަނޑައެޅުމުގައި،ގިނަވެގެން އިތުރުކުރެވޭނީ ފަހަރަކު 30 (ތިރީސް) ދުވަހެވެ.
46 ވަނަ މާއްދާ - ފިޔަވަޅުއެޅުން
(ހ) ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަމަށް ކޮމިށަނުން ނިންމައިފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅޭނެއެވެ.
- ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުން؛
- މާފަށް އެދި ބަޔާނެއް ށާއިއުކުރަން އެންގުމާއި، އެއްބާވަތެއްގެ ކަމަކާ ހިލާފުވާ ދެވަނަ ފަހަރު ކުށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެންގުން؛
- އެއް ބާވަތެއްގެ ކުށެއް 2 (ދޭއް) ފަހަރު ތަކުރާރުކޮށްފިނަމަ އިންޒާރު ދިނުން؛
- ލައިސަންސް ދިނުމުގެ ށަރުތަކާ 2 (ދޭއް) ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ހިލާފުވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތަށް ވޭތުވިދިޔަ އަހަރު ލިބުނު އާމްދަނީގެ %2 (ދޭއް އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދަކުން ކޮމިށަނުން އެ ފަރާތެއް ޖޫރިމަނާކުރުން؛
- ލައިސަންސް ހިފެހެއްޓުން؛
- ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުންތަކަށް ތަބާނުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
ހަތް ވަނަ ބާބު
އެހެނިހެން
47 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުމުގެ ހިދު މަތްދޭ ފަރާތުގެ ހައްގުތައް
ލައިސަންސެއް ދިނުމަށް، ނުވަތަ ލައިސަންސެއް ނުދިނުމަށް، ނުވަތަ ލައިސަންސް އައުކޮށްދިނުމަށް، ނުވަތަ ލައިސަންސް އައުކޮށް ނުދިނުމަށް، ނުވަތަ ލައިސަންސެއް ދިނުމުގައި ށަރުތުތަކެއް ކަނޑައެޅުމަށް، ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް، ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމަށް ކޮމިށަނުން ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާނަމަ، އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
48 ވަނަ މާއްދާ - ސްޓޭށަން ޗެކްކުރުން
ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ތަންތަން ހިނގަމުންދަނީ ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށްތޯ ބަލަން ބޭނުންވެއްޖެ ހާލަތެއްގައި، ކޮމިށަނުން ކަނޑައަޅައި އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޗެކްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ - ކާރިސާއެއްގެ އިންޒާރު ނުވަތަ ކުއްލި ހާލަތާ ގުޅޭ އިންޒާރު
ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން، ގައުމު ވަނީ ކާރިސާއެއްގެ ހާލަތުގައިކަން އަންގައިދޭ އިންޒާރެއް ކަމުގައި ބެލޭ ނުވަތަ ކުއްލި ހާލަތުގައި ކަމަށް ބެލޭ އެއްވެސް ކޮންޓެންޓެއް ފޮނުވަންވާނީ، އެ ކަމަކާ ގުޅޭ ރަސްމީ ފަރާތަކުން އެކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
50 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ބްރޯޑްކާސްޓްކުރާ ފަރާތުން އަމަލުކުރަންވީ ގޮތް
(ހ) ގައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި، ގައުމަށް ދިމާވާ ހިތާމަވެރި ހާދިސާތަކާއި، ގުދުރަތީ ކާރިސާތަކާ ގުޅިގެން ހާއްސަ މެސެޖުތަކާއި މައުލޫމާތު ގެނެސްދޭން ކޮމިށަނުން ބޭނުންވެގެން އަންގާ ހާލަތްތަކުގައި، އެ މެސެޖުތަކާއި މައުލޫމާތު، އެއްވެސް އަގެއް ނެގުމަކާ ނުލައި ގެނެސްދޭންވާނެއެވެ.
(ށ) ކުއްލި ނުރައްކަލުގެ ހާލަތުގައި ބްރޯޑްކާސްޓް ކުރާނޭ އުސޫލެއް ކޮމިށަނުން އެކުލަވައިލަންވާނެއެވެ.
51 ވަމަ މާއްދާ - ބްރޯޑްކާސްޓުކުރާ ސްޓޭށަނުގެ އަހަރީ ރިޕޯޓު
ފާއިތުވި އަހަރު، ސްޓޭށަން ހިންގިގޮތުގެ އަހަރީ ރިޕޯޓުގައި، އަންނަނިވި ބައިތައް ހިމެނޭ ގޮތަށް،ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށް، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިން، އަހަރީ ރިޕޯޓު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ހ) ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން.
(ށ) ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު.
(ނ) ށެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދިޔަ ނިސްބަތް.
(ރ) ބްރޯޑްކާސްޓުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރި ނިސްބަތް.
(ބ) ށެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާގެ) ތަފުސީލު ދެނެގަތުމަށް ޓަކައި ކޮމިށަނުން އެކުލަވައިލައިފައިވާ ފޯމު.
(ޅ) ބްރޯޑްކާސްޓްކުރާ ސްޓޭށަނުގައި، ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް.
(ކ) ސްޓޭށަނުގެ ތަރައްގީއަށް ޓަކައި އެކުލަވައިލައިފައިވާ ޕްލޭނާއި، އެ ޕްލޭނުގައި ކަނޑައަޅައިފައިވާ ކަންތައްތައް ހާސިލުކުރެވިފައިވާ މިންވަރު.
(އ) ހިދުމަތް ފޯރުކޮށްދީފައިވާ އާބާދީގެ ނިސްބަތާއި، ހިދުމަތް ފޯރުކޮށްދިން ސަރަހައްދުތައް.
(ވ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ތާރީހުގެ ނިޔަލަށް މި މާއްދާގައި ބަޔާންކޮށްފއިވާ ބްރޯޑްކާސްޓްކުރާ ސްޓޭށަނުގެ އަހަރީ ރިޕޯޓު ހުށަހަޅައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
52 ވަނަ މާއްދާ - ލައިސަންސް ނެތި ބްރޯޑްކާސްޓް ކުރުން
(ހ) ލައިސަންސް ނެތި އެއްވެސް ފަރާތަކުން ބްރޯޑްކާސްޓް ކޮށްފި ނަމަ، އެކަން ވަގުތުން ހުއްޓައިލަން އަންގަންވާނެއެވެ. އަދި އެކަމާ ގުޅިގެން އަންނަނިވި ތަރުތީބުން ފިޔަވަޅު އަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުން؛
- ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 44 ވަނަ މާއްދާ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހެޅުން.
(ށ) ލައިސަންސް ނެތި ބްރޯޑްކާސްޓް ކުރުން ކަމަށް ބެލޭނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައެވެ.
- ލައިސަންސްގެ މުއްދަތު ހަމަވެފައިވަނިކޮށް ބްރޯޑްކާސްޓްކުރުން؛
- ބްރޯޑްކާސް ކުރުމުގެ ލައިސަންސް ދޫކޮށްފައި ނުވާ ފަރާތަކުން ބްރޯޑްކާސްޓް ކުރުން؛
(ނ) މި މާއްދާގެ (ށ) ގެ (1 (ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް މެދުވެރިވުމުން، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުމަށްފަހު، 30 (ތިރީސް) ދުވަހުގެ ތެރޭގައި ހިދުމަތް ހުއްޓައިނުލައިފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް މެދުވެރިވުމުން، ވަގުތުން ހިދުމަތް ހުއްޓައިލުމަށް އަންގައި، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުމުން ވެސް އެކަން ނުކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.
53 ވަނަ މާއްދާ - ސެކިއުރިޓީ
ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ކޮންމެ ސްޓޭށަނެއް ވެސް ހުންނަންވާނީ، އެ ތަނެއްގެ އޮންއެއަރ ކޮންޓެންޓާއި، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް، ހިދުމަތްދޭ ފަރާތް ނޫން އެހެން ފަރާތެއްގެ ބާރު، ގަވާއިދާ ހިލާފަށް ނުފޯރުވޭނޭހެން ބެލެހެއްޓޭނެ ފެންވަރަށް ސަލާމަތީ ފިޔަވަޅު އަޅައިފައެވެ.
54 ވަނަ މާއްދާ - އިސްތިސްނާވާ ހާލަތްތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ހާއްސަ ގާނޫނަކުން ބާރު ލިބިގެން ލާޒިމުވާ އެންމެހައި ކަންކަން ކުރުމާއި، އެހެން ބްރޯޑްކާސްޓަރުން ހުށަހަޅަންޖެހޭކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުމުގައި، އެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަކަށް މި ގަވާއިދުގެ އެއްވެސް މާއްދާއެއް ހުރަހެއް ނާޅައެވެ.
55 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތައް ށާއިއު ކުރަންވާނެއެވެ.
- މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާ ގުޅޭ އުސޫލު"
- މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު"
56 ވަނަ މާއްދާ - ކުރީގެ ގަ ވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2019-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ބާތިލުވާނެއެވެ.
57 ވަނަ މާއްދާ - މާނަ
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.
(ހ) "ކޮމިށަން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ.
(ށ) "ބްރޯޑްކާސްޓް ކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން، އާންމުކޮށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް، އަޑާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރު ދުރަށް ފެތުރުމަށެވެ. ނަމަވެސް، އާންމު ތަނެއްގައި ބަޔަކަށް ދައްކައިލުމުގެ ބޭނުމުގައި ނުވަތަ އިއްވުމުގެ ބޭނުމުގައި އަޑާއި މަންޒަރު ހުށަހެޅުން މި މާނައިން އިސްތިސްނާވެގެންވެއެވެ.
(ނ) "ކޮމިއުނިޓީ ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު، ސިޔާސީ މަގުސަދެއް ނުހިމެނޭގޮތަށް، ވިޔަފާރީގެ ފައިދާގެ މައްޗަށް ބުރަނުވެ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ދޭ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަށެވެ.
(ރ) "ޕަބްލިކްސަރވިސް ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ ފަރާތުން އުފެދިފައިވާ، ރައްޔިތުންގެ ފައިސާއިން ހިނގަމުންދާ، ރައްޔިތުންނަށް ޖަވާބުދާރީވާ، ނުފޫޒުން އެއްކިބާވެ، ވިޔަފާރީގެ ފައިދާގެ މައްޗަށް ބުރަނުވެ، މުޅި އާބާދީއަށް އަމާޒުކޮށްގެން ދޭ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަށެވެ.
(ބ) "ކޮމާށަލް ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން ދޭ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަށެވެ.
(ޅ) "ލައިސަންސް ލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބޭ ފަރާތްތަކާއި، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ބަދަލުކުރެވޭ ފަރާތްތަކަށެވެ.
(ކ) "ބްރޯޑްކާސްޓްކުރާ ސްޓޭށަން" ނުވަތަ "ސްޓޭށަން" ކަމަށް ބުނެފައި އެވަނީ،މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން ގާއިމުކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ހިންގާ މަރުކަޒަށެވެ.
(އ) "ހިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ބްރޯޑްކާސްޓް ކުރުމުގެހިދުމަތް ލިބިގަންނަ ފަރާތްތަކަށެވެ.
(ވ) "ވަސީލަތް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރެވިދާނެ އާލާތްތަކަށާއި ޓެކްނޮލޮޖީއަށެވެ.
(މ) "ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ފޮނުވާ ހަބަރާއި، ޕްރޮގްރާމާއި، މައުލޫމާތާއި، އިސްތިހާރާއި،ބްރޯޑްކާސްޓް ގްރެފިކްސްއާއި، ބްރޯޑްކާސްޓްކުރާ މިނޫންވެސް ކޮންމެ އެއްޗަކަށެވެ.
(ފ) "ލޯކަލް ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ލިބޭ ފަރާތުގެ ފުރިހަމަ ކޮންޓްރޯލުގައިވާ ބަޔަކު އުފައްދާ އުފެއްދުންތަކަށާއި، ބަޔަކު ލައްވައިނަމަވެސް، ލައިސަންސް ލިބޭ ފަރާތުގެ ބޭނުމަށް އެ ފަރާތުގެއިރުށާދުގެ މަތީން ތައްޔާރުކުރާ ތަކެއްޗަށާއި، ދިވެހި މުޖުތަމައަށް ބޭނުންހިފޭ ގޮތަށް ނުވަތަ ދިވެހި މުޖުތަމައާ ގުޅޭ ގޮތަށް ދިވެހީންގެ މިލްކުވެރިކަން އޮވެގެން އުފައްދާ ތަކެއްޗަށާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިބަހަށް ނުވަތަ ދިވެހި ސަގާފަތަށް، ނުވަތަ ދިވެހިން ށައުގުވެރިވާ ކަންކަމާ ގުޅޭގޮތަށް ދިވެހީން ނުވަތަ ދިވެހީންގެ އިރުށާދުގެ މަތީން ދިވެހީންނަށް އުފައްދާ އެއްޗެހި ހިމެނޭ ގޮތަށެވެ. ބޭރުގެ ފަރާތްތަކުން އުފައްދައިފައި ހުންނަ ކޮންޓެންޓަކަށް ދިވެހިބަހުން އަޑުއަޅައިގެން ނުވަތަ ސަބްޓައިޓަލްކޮށްގެން އުފައްދާ ކޮންޓެންޓަކީ ލޯކަލް ކޮންޓެންޓުކަމުގައެއް ނުބެލޭނެއެވެ.
(ދ) "އެންކްރިޕްޓް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަކި އާލާތެއް ބޭނުންކޮށްގެން މެނުވީ ސިގްނަލް ނުލިބޭގޮތަށް ބްރޯޑްކާސްޓް ކުރުމަށެވެ.
(ތ) "ވިޒުއަލް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން ދައްކާ މަންޒަރަށެވެ.
(ލ) "އޯޑިއޯ" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން އިއްވާ އަޑަށެވެ.
(ގ) "ގިންތިކުރުމާއި ދަރަޖަކުރުން" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓެއް ވަކި އުމުރުފުރައަކަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތެއްގެ ވަކި ހާއްސަ ބަޔަކަށް އަމާޒުކުރުމަށެވެ.
(ޏ) "އެޑިޓޯރިއަލް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ހަބަރާއި މައުލޫމާތު ފޮނުވުމުގައި އެ ސްޓޭށަނަކުން ހިފަހައްޓާނެ މައިގަނޑު އުސޫލުތަކަށެވެ.
(ސ) "ކުއްލި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކައުތެރިވެދާނެ ފަދަ ކަމެއް ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވުމަށެވެ.
(ޑ) "ޖިންގަލް" ކަމަށް ބުނެފައި އެވަނީ، ވަކި ޗެނަލެއް އަންގައިދިނުމުގެ ގޮތުން ރޭޑިއޯގެ ހިދުމަތުގައި ބޭނުންކުރާ ސައުންޑް ބައިޓަކަށެވެ.
(ޒ) "ޑިލޭ" ކަމަށް ބުނެފައި އެވަނީ، ވަގުތުން ގެނެސްދޭ ކޮންޓެންޓް އޮންއެއަރކުރުމުގެ ކުރިން ވަގުތުކޮޅަކަށް ފަސްކުރުމަށެވެ.
(ޓ) "މާސްޓަރ ރެކޯޑިންގ" ކަމަށް ބުނެފައި އެވަނީ، އޮންއެއަރ ރެކޯޑިންގ އަށެވެ.
(ޔ) "ލައިވް އިވެންޓް" ކަމަށް ބުނެފައި އެވަނީ، އިވެންޓުތައް ވަގުތުން ގެނެސްދިނުމަށެވެ.
(ޕ) "ލިސްޓަޑް އިވެންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންގެ ހާއްސަ ށައުގުވެރިކަމެއް ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓުތަކަށާއި، އެފަދަ ކުޅިވަރު މުބާރާތްތަކަށާއި، ހަރަކާތްތަކަށެވެ.
(ޖ) "ރަސްމީކޮށް ބްރޯޑްކާސްޓް ކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ޓެސްޓު ސިގްނަލުގެ މަރުހަލާ ނިމިގެން، ށެޑިއުލާ އެއްގޮތަށް ޕްރޮގްރާމް ބްރޯޑްކާސްޓް ކުރަން ފެށުމަށެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައވާނެއެވެ
މައި ގާނޫނު
ބްރޯޑްކާސްޓްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-16)
ކިޔުންތެރިންގެ ހިޔާލު