ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު
(ގަވާއިދު ނަންބަރު 2024-19)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 ފެބުރުއަރީ 2024 ގައި)
(މި ގަވާއިދުގެ 144 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-143 އުވާލެވިފައި)
އެއްވަނަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކައުންސިލްތަކުގެ ހަރަކާތްތަކާއި މަސައްކަތްތައް އެއްގޮތްކުރުމާއި ކައުންސިލްތައް ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ މަސްއޫލިއްޔަތު، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ (ހ) އާއި (ފ) އިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް މަތިކޮށްފައިވާތީ، އެ މާއްދާގެ (ފ) އިން ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ލޯކަލް ކައުންސިލްތަކުގެ ހިންގުމާއި ހަރަކާތްތަކާއި މަސައްކަތްތަކުގައި އެއް ހަމަތަކާއި ގަވާއިދުތަކެއް ހިފެހެއްޓޭކަން ކަށަވަރުކޮށް، ކައުންސިލްތަކުގެ ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިންގަނޑުތައް ބަޔާންކުރުމެވެ.
ދެވަނަ ބާބު
ކައުންސިލުގެ ރައީސާއި / މޭޔަރާއި، ނައިބު ރައީސާއި / ޑެޕިއުޓީ މޭޔަރާއި، މެންބަރުން
3 ވަނަ މާއްދާ - ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު
ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު އިންތިހާބުކުރާނީީ، ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.
4 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު
(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރާނީ ކައުންސިލުގެ މެންބަރުންގެ ތެރެއިން، އެ ކައުންސިލުގައި ހިމެނޭ ރައީސާއި ނުވަތަ މޭޔަރާއި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާ ދީފިނަމަ ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، އެ މަގާމެއް ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ ހުސްވާ މަގާމަކަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބުކޮށްފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރާނީީ ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.
- ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސްކަމަށް ނުވަތަ ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން، ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ؛
- ނައިބު ރައީސްކަމަށް ނުވަތަ ޑެޕިއުޓީ މޭޔަރު ކަމަށް މެންބަރަކު އިންތިހާބުކުރާނީ، ކައުންސިލުގެ އެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ؛
- ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ، 1 (އެކެއް) ވޯޓެވެ.
(ށ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުމަށް ޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލެވެ.
6 ވަނަ މާއްދާ - ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު މަގާމުން އިސްތިއުފާ ދިނުން
(ހ) ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން، އޭނާ އެ މަގާމުން ވަކިވީ އެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ނުވަތަ މޭޔަރު ހުށަހަޅައިފައިވާ ސިޓީ އެއްކަން، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ނުވަތަ އޭނާގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރު ކުރަންވާނެއެވެ.
7 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު މަގާމުން އިސްތިއުފާ ދިނުން
(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން، އޭނާ އެ މަގާމުން ވަކިވީ އެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ހުށަހަޅައިފައިވާ ސިޓީ އެއްކަން، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން ނުވަތަ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
8 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން
(ހ) ކައުންސިލުގެ މެންބަރުން މަގާމުން ވަކިވާނީ ތިރީގައި މިވާ ގޮތްތަކުގެ މަތީންނެވެ.
- އެ މީހަކު މެންބަރުކަމުން ވަކިވާން އެދި، ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުން؛ އެ ސިޓީއަކީ މެންބަރު ހުށަހަޅައިފައިވާ ސިޓީ އެއްކަން،ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރު ކުރަންވާނެއެވެ.
- މަގުބޫލު އުޒުރެއް ނެތި، ވިދިވިދިގެން 7 (ހަތެއް) ޖަލްސާއަށް ހާޒިރުނުވުން؛ މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކައުންސިލުން ގަބޫލުކުރާ އެހެން ސަބަބެއް މެދުވެރިވުމުންނެވެ.
- މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއް، އެ މެންބަރެއްގެ ކިބައިން އުނިވުން؛
- މަރުވުން ނުވަތަ ކައުންސިލުގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެގެން، ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އިލެކްށަންސް ކޮމިށަނަށް އެ މައުލޫމާތު ފޮނުވުމަށް ޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ދިމާވިކަން ކައުންސިލަށް އެނގޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެކަމުގެ މައުލޫމާތާއި ލިޔެކިޔުން، ކައުންސިލުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވަންވާނެއެވެ.
ތިންވަނަ ބާބު
ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު މަގާމުން ދުރުކުރުން
9 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު، މަގާމުން ދުރުކުރުން
ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަންވާނީ، މި ބާބުގައިވާ ގޮތުގެ މަތީންނެވެ.
10 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް
(ހ) ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން، އަންނަނިވި މަރުހަލާތައް ފުރިހަމަކުރަންވާނެއެވެ.
- ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން؛
- ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާ ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަކުރުމަކާ ނުލައި، ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާތުފުރިހަމަކުރުމަށް، ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ނައިބު ރައީސް / ޑެޕިއުޓީ މޭޔަރު ނުވަތަ އެ ވަގުތަކު ކައުންސިލް ހިންގުމާ ހަވާލުވެ ހުރި ކައުންސިލަރަކު އެޖެންޑާ ކުރަންވާނެއެވެ.
11 ވަނަ މާއްދާ - އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން
(ހ) ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވަމުންދާކަމަށް ކައުންސިލުގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ،ކައުންސިލުގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލާ އެއްގޮތަށެވެ.
(ށ) ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
(ނ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެކަން ފާސްކޮށް،އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް، ކައުންސިލުގެ ނައިބު ރައީސަށް ނުވަތަ ޑެޕިއުޓީ މޭޔަރަށް ދޭންވާނެއެވެ.
12 ވަނަ މާއްދާ - ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން
(ހ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިސްލާހު ކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން،އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު އޮތްކަމަށް ނުވަތަ އިތުބާރު ނެތްކަމަށް ކައުންސިލުން ކަނޑައަޅައި، ވޯޓެއް ނަގަންވާނެއެވެ.
(ށ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަކުރުމަށްފަހު ނޫނ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަށްވަރާކޮށްގެން ނުވާނެއެވެ.
(ނ) ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަގުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.
(ރ) ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
13 ވަނަ މާއްދާ - އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ހުށަހެޅުން
(ހ) ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި ލިޔެކިޔުމާއެކު، ކައުންސިލުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވަންވާނެއެވެ.
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛
- އިސްލާހު ކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛
- އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ލިޔުންތައް؛
- އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހުކުރުމަށް ދިންމުއްދަތު އަންގައި، ކައުންސިލުގެ ޑެޕިއުޓީ މޭޔަރަށް ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި، ލިޔުން ހަވާލުކުރި ތާރީހު އެނގޭނެ ލިޔެކިޔުން؛
- ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.
(ނ) ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ޑެޕިއުޓީ މޭޔަރުގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ،މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ކައުންސިލުން ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެކަމުގައި ގޮތެއް ކަނޑައަޅައި،ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކައުންސިލަށް އަންގަންވާނެއެވެ.
(ރ) ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީ ގޮތުން ދުރުވާންވާނެއެވެ.
14 ވަނަ މާއްދާ - އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން
(ހ) ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި، މި ގަވާއި ދުގައިވާ އިޖުރާތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވައި، އެ އޮތޯރިޓީީން ވަކިގޮތެއް ކަނޑައެޅުމުންނެވެ.
(ށ) އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތައް ފުރިހަމަކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކަނޑައެޅުމަށްފަހުކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، އެ ނޫން މައްސަލައަކާބެހޭ ގޮތުން ކައުންސިލުގައި މަށްވަރާކޮށްގެން ނުވާނެއެވެ.
15 ވަނަ މާއްދާ - މުއްދަތު ގުނުން
(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތު، ކައުންސިލުގެ ނައިބު ރައީސަށް ނުވަތަ ޑެޕިއުޓީ މޭޔަރަށް އެންގި ތާރީހުން ފަށައިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.
(ށ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް ނުވަތަ ޑެޕިއުޓީ މޭޔަރަށް އެންގުނުކަން ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނައިބު ރައީސަށް ނުވަތަ ޑެޕިއުޓީ މޭޔަރަށް އަންގާ އެންގުމާ ހަވާލުވުމަށް، ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރ އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. އަދި މި ހާލަތުގައި ނައިބު ރައީސާ ނުވަތަ ޑެޕިއުޓީ މޭޔަރާ ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.
ހަތަރުވަނަ ބާބު
ކައުންސިލް މެންބަރުންގެ ހާޒިރީ އާއި ޗުއްޓީ، އަދި މުސާރައިން އުނިކުރުން
16 ވަނަ މާއްދާ - މަސައްކަތު ހަފުތާ
އާންމުގޮތެއްގައި ކައުންސިލަރުންގެ މަސައްކަތު ހަފުތާއަކ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.
17 ވަނަ މާއްދާ - މަސައްކަތު ގަޑި
(ހ) ކައުންސިލަރުންގެ ރަސްމީ މަސައްކަތު ގަޑިއަކ ކައުންސިލުގެ ރަސްމީ މަސައްކަތު ގަޑިކަމަށް ސަރުކާރުން ކަނޑައަޅާ ގަޑިއެކެވެ.
(ށ) ރަމަޒާންމަސް ފިޔަވައި އެހެނިހެން މަސްމަހުގައި، ކައުންސިލުން ކަނޑައަޅާ އިންތިޒާމެއްގެ މަތީން 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް، ކޮންމެ ކައުންސިލަރަކަށް ވެސް ދޭންވާނެއެވެ.
(ނ) ރަމަޒާންމަހާއި ށައްވާލުމަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހު ކައުންސިލަރުންގެ ރަސްމީ ގަޑިއަކީ، ރަމަޒާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިކަމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަޑިއެކެވެ.
(ރ) ކޮންމެ ކައުންސިލަރަކު ވެސް، އެ ކައުންސިލަރަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. މަސައްކަތަށް ހާޒިރުނުވެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، އެ ކައުންސިލަރަކަށް ދިމާވި ހާލަތަކާ ގުޅޭގޮތުން،މި ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
18 ވަނަ މާއްދާ - ކައުންސިލް މެންބަރުންގެ ޑްރެސްކޯޑް
ކައުންސިލުގެ ރަސްމީ ގަޑިއާއި ކައުންސިލުގެ އާންމު ބައްދަލުވުންތަކުގައި ކައުންސިލުގެމެންބަރުން ތިބެންވާނ ރަސްމީ ހެދުމެއްގައެވެ.
19 ވަނަ މާއްދާ - ހާޒިރީ
(ހ) ރަސްމީ މަސައްކަތު ދުވަހެއްގައި ކައުންސިލަރުން މަސައްކަތް ކުރަންޖެހޭކަމަށް ކަނޑައަޅައިފައިވާ ރަސްމީ ގަޑީގައި ކައުންސިލަރުން މަސައްކަތް ކުރަންވާނީ، އެ ކައުންސިލަރެއް ނިސްބަތްވާ ކައުންސިލުގެ އިދާރާގައެވެ.
(ށ) ކައުންސިލުގެ މެންބަރަކު ރަށުން ބޭރަށް ދާންވާނީ، ކައުންސިލުގެ ރައީސަށާއި ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލަށް، ލިޔުމަކުން އެކަން އެންގުމަށްފަހުގައެވެ. ކައުންސިލުގެ ރައީސް ރަށުން ބޭރަށް ދާނަމަ ދާންވާނީ، ކައުންސިލުގެ މެންބަރުންނަށާއި ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލަށް އެކަން އެންގުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ރަށުން ބޭރަށް ދާނަމަ، ހުއްދަ ދެވޭ ކައުންސިލް މެންބަރުންގެ މައުލޫމާތާއި، ހުއްދަ ދެވޭ ބޭނުމާއި، ރަށުން ބޭރުގައި ހޭދަކުރާ މުއްދަތުފަދަ މައުލޫމާތު، އެ ފަރާތްތަކުގެ ހާޒިރީ އާއެކު ކައުންސިލުގެ އިދާރާއިން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) ކޮންމެ ކައުންސިލަރަކު ވެސް މަސައްކަތަށް ނުކުމެ، އެ ކައުންސިލަރަކު ކައުންސިލަށް ހާޒިރުވިކަމާއި، ހާޒިރުވި ގަޑި ރިކޯޑު ކުރަންވާނެއެވެ.
(ބ) ކައުންސިލް މެންބަރުންނާއި މުވައްޒަފުންގެ ހާޒިރީ ގެ ކަންކަން ބަލަހައްޓަން ކައުންސިލުގެ އިދާރާއިން މުވައްޒަފަކު ކަނޑައަޅައި، އެ މުވައްޒަފު ކައުންސިލަރުންގެ ހާޒިރީ ގެ އެންމެހައި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.
(ޅ) ކައުންސިލަރުންގެ ހާޒިރީ ރިކޯޑު ބަލަހައްޓަންވާނީ، އެ ކައުންސިލެއްގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ ރިކޯޑުކުރާ ސިސްޓަމުގައެވެ. މިގޮތުން، ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ ބެލުމަށް އޮޓޮމޭޓެޑް ސިސްޓަމް ގާއިމުކޮށްފައިވާ ކައުންސިލްތަކުގައި، ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓަންވާނީ، އެ އޮޓޮމޭޓެޑް ސިސްޓަމް މެދުވެރިކޮށެވެ.
(ކ) އެއްވެސް ސަބަބަކާހުރެ ކައުންސިލުގެ އިދާރާއަށް ހާޒިރުނުވެވޭ ގޮތް ދިމާވެއްޖެނަމަ، ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ކައުންސިލަރަކަށާއި ކައުންސިލުގެ އިދާރާގެ ހާޒިރީ ބަލަހައްޓާ ފަރާތަކަށް، އޮފ ހަށް ހާޒިރުވާންޖެހޭ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ލިޔުމަކުން ނުވަތަ މެސެޖަކުން އެކަން އަންގަންވާނެއެވެ.
20 ވަނަ މާއްދާ - ގަޑި ޖެހުން
(ހ) ކޮންމެ ކައުންސިލަރަކު ވެސް، ކައުންސިލުގެ ރަސްމީ މަސައްކަތު ގަޑިކަމަށް ސަރުކާރުން ކަނޑައަޅާ ގަޑިއަށްވުރެ 30 (ތިރީސް) މިނެޓު ލަހުން ހާޒިރުވެއްޖެނަމަ ގަޑިޖެހޭނެއެވެ.
(ށ) ކައުންސިލަރަކު ހާޒިރުވި ދުވަހަކު ހާޒިރީ ގައި ގަޑި ރިކޯޑު ކުރެވިފައި ނުވާނަމަ، އެ ދުވަސް ބެލެވޭނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. މިފަދައިން ހާޒިރުވުން ރިކޯޑު ކުރެވިފައި ނުވާ ދުވަސްތަކުގެ މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ހައްލުކުރެވޭނެ ނިޒާމެއް ކައުންސިލުން އެކުލަވައިލަންވާނެއެވެ.
(ނ) ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ ކުރިން ކައުންސިލަށް ހާޒިރުވިޔަސް، ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ ކައުންސިލަރަކު ގަޑި ޖެހިފައިވާކަމަށް ބެލެވޭނެއެވެ. އަދި ހާޒިރުވި ގަޑި ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތުން ފެށިގެންނެވެ.
(ރ) ކައުންސިލުން އަންގައިގެން ކައުންސިލުގެ މަސައްކަތެއްގައި ކައުންސިލުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ހާޒިރުވި ގަޑި ލިޔުމުން ރިކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން ކައުންސިލަށް ހާޒިރުވެ، ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތު ހަވާލުވެހުރި ކައުންސިލަރަކަށް އެކަން އަންގައި، ހާޒިރުވި ގަޑި ލިޔުމުން ރިކޯޑުކުރަން ވާނެއެވެ. އަދި ސަބަބު ލިޔުމުން ރިކޯޑުކޮށްފައި އޮންނަންވާނެއެވެ. މި ގޮތުން ކައުންސިލުގެ ރައީސަށް މި ގޮތަށް ދިމާވެއްޖެނަމަ، ކައުންސިލުގެ ނައިބު ރައީސަށް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތު ހަވާލުވެހުރި ކައުންސިލަރަކަށް އެކަން އަންގައި ލިޔުމުން ރިކޯޑުކުރަންވާނެއެވެ. މި ހާލަތުގައި ކައުންސިލަރު ގަޑި ޖެހިފައިވާކަމަކަށް ނުބެލޭނެއެވެ.
(ބ) ކައުންސިލް ހުޅުވާ މުވައްޒަފަކު ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރ،ެ ގަޑި ޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިންއެ ވަގުތު ހާޒިރުވެހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުންނާއި ކައުންސިލަރުން ހާޒިރުވި ގަޑި ބަލައި ރިކޯޑުކުރަންވާނެއެވެ. އަދި ކައުންސިލުގެ އިދާރާ ހުޅުވުމުން، ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ ނިޒާމުގައި ރިކޯޑުކުރަންވާނެއެވެ.
(ޅ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މި ނެޓަކަށްޖެހޭ އަދަދު ބަލާނީ، މަހު މުސާރައާއި އިނާޔަތްތައް 30 (ތިރީސް) އިން ގެއްލައި، ގެއްލީމާ އަންނަ އަދަދު، ކައުންސިލަރުންގެ އާންމު ރަސްމީ ގަޑިކަމަށް ކަނޑައަޅައި ފައިވާ ގަޑީ ގެ އަދަދުން ގެއްލައި، ގެއްލީމާާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. އެއ ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، މަހު މުސާރައާއި އިނާޔަތްތައް 30 (ތިރީސް) އިން ގެއްލައި، ގެއްލީމާާ އަންނަ އަދަދު، 5.5 (ފަހެއް ޕޮއިންޓް ފަހެއް) އިން ގެއްލީމާާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. ރަމަޒާންމަހާއި ށައްވާލުމަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހު، މިނެޓަކަށް ޖެހޭ އަދަދު ބަލާނީ، މުސާރައާއި އިނާޔަތްތައް 30 (ތިރީސް) އިން ގެއްލީމާ އަންނަ އަދަދު 3.5 (ތިނެއް ޕޮއިންޓް ފަހެއް) އިން ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ.
(ކ) ކައުންސިލަރަކު ގަޑި ޖެހިގެން، ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ، އެ ކައުންސިލަރެއްގެ މުސާރައާއި އިނާޔަތްތަކުން ދުވަހަކަށް ޖެހޭ މުސާރައާއި އިނާޔަތްތަކުގެ އަދަދެވެ.
(އ) ކައުންސިލަރަކު އާދަވެ ގަޑިޖެހޭނަމަ، އެ ކައުންސިލަރަކާމެދު އިސްލާހ ފިޔަވަޅު އެޅުމަށް، އެ ކައުންސިލަކުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވަންވާނެއެވެ.
21 ވަނަ މާއްދާ - ކައުންސިލަރުންގެ މުސާރައިން އުނިކުރުން
(ހ) ސަބަބެއް ބަޔާންކުރުމެއްނެތި ކައުންސިލަރަކު ކައުންސިލަށް ނުނިކުމެއްޖެނަމަ، ނުނިކުތް މުއްދަތަކަށް ނުވަތަ ވަގުތަކަށް، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްތަކުން ކެނޑޭނެއެވެ. ނަމަވެސް، ކައުންސިލަރަކު ކައުންސިލަށް ނުނިކުތުމާ ގުޅިގެން، ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސުން ކެނޑުން ފިޔަވައި، އިތުރު ޖޫރިމަނާއެއް ކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލަރަކު ކައުންސިލަށް ނުނިކުތުމުންނާއި ކައުންސިލަށް ނުކުންނަންޖެހޭ ގަޑީގައި ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އޭނާގެ މުސާރައިން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ.
- ކައުންސިލަރު، ކައުންސިލަށް ހާޒިރުނުވާ ދުވަހަކަށް މުސާރައާއި އެލަވަންސުން ކަނޑާނީ، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްތަކުން ދުވަހަކަށް ޖެހޭ އަދަދެވެ؛
- ކައުންސިލަރު ކައުންސިލުގައި މަސައްކަތްކުރަންޖެހޭ ގަޑީގައި ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި ކައުންސިލަރުގެ މުސާރައާއި އެލަވަންސުން ކެނޑޭނެއެވެ؛
- ގަޑީލާރި ކެނޑޭނީ ކައުންސިލަރުގެ މުސާރައާއި އެލަވަންސްތަކުން ދުވަހަކަށްޖެހޭ އަދަދު، 330 (ތިންސަތޭކަ ތިރީސް) (5.5x60=330) އިން ގެއްލީމާާ އަންނަ އަދަދަކ މިނެޓަކަށް ޖެހޭ އަދަދުކަމަށް ބަލައި،އެ އަދަދު، ކައުންސިލަރު ކައުންސިލަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ.
22 ވަނަ މާއްދާ - މަސައްކަތަށް ހާޒިރުނުވާ ދުވަސްތަކުގެ މެދަށް އަންނަ ބަންދު ދުވަސްތައް
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ޗުއްޓީ ގައި ކައުންސިލަރުން ތިބޭ ދުވަސްތައް ފިޔަވައި ކައުންސިލުގެ މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކަށް މުސާރައާއި އެލަވަންސުން އުނިކުރާއިރު، އެ ދުވަސްތަކުގެ މެދަށް އަންނަ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކަށް ޖެހޭ މުސާރައާއި އެލަވަންސް އުނި ނުކުރެވޭނެއެވެ.
(ށ) މެޑިކަލް ސެޓުފިކެޓު ހުށަހަޅަންޖެހޭފަދަ ސަލާމުގެ ޗުއްޓީ އެއްގައި ހުރުމަށްފަހު،ކައުންސިލަށް ނުކުންނައިރު މެޑިކަލް ސެޓުފިކެޓު ހުށަހަޅައިފައި ނުވާނަމަ އެ ދުވަސްތައް ބެލެވޭނީ، ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ.
(ނ) ކައުންސިލުގެ ނުވަތަ ސަރުކާރުގެ އެހެނިހެން އިދާރާއެއްގެ ރަސްމީ ބޭނުމަށް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކައުންސިލަރަކު ވީއްލައިފައި ހުންނަ ހާލަތާއި ކައުންސިލަރުންނަށް އަމާޒުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އަތޮޅު ކައުންސިލް ނުވަތަ ދައުލަތުގެ އެ ނޫންވެސް މުއައްސަސާއަކުން ހިންގާ ވާރކްށޮޕެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއްގެ ބޭނުމަށް ކައުންސިލަރުން ވީއްލައިފައި ތިބޭ ދުވަސްތައް، މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.
23 ވަނަ މާއްދާ - ހައްޔަރުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ
ކައުންސިލަރަކު އެއްވެސް ސަބަބަކާހުރެ ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދެއްގައި ހުރެއްޖެނަމަ، ހައްޔަރު / ބަންދުކުރުމާއި ބަންދުން ދޫކޮށްލުމާ ދެމެދަށްވާ ދުވަސްތަކުގެ މުސާރައާމެދު، އަމަލުކުރާނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) އެ ކައުންސިލަރެއްގެ މައްޗަށް ކުށް ސާބިތުވެފައިވާނަމަ، ބަންދުގައި ހުރި ދުވަސްތަކުގެ މުސާރައާއި އެލަވަންސް ނުދިނުން.
(ށ) ށަރީއަތަށް ހުށަހެޅުމުން، އެ ކައުންސިލަރެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ނުވަތަ ކަމާބެހޭ ފަރާތުން، އެ މައްސަލައެއް ށަރީއަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ، އެ މީހަކު ބަންދުގައި ހުރި ދުވަސްތަކުގެ މުސާރައާއި އެލަވަންސް ދިނުން.
(ނ) ދަށުކޯޓުން ނިންމާ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ފުރިހަމަކޮށް މައްސަލަ ސާބިތުނުވެއްޖެނަމަ، މުސާރައާއި އެލަވަންސް ދިނުން.
24 ވަނަ މާއްދާ - ކައުންސިލަރުންގެ ސިޓިންގ އެލަވަންސް
ސިޓިންގ އެލަވަންސް ލިބޭ ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކު އެއްވެސް ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމެއްގައި ބައިވެރިވެފައިނުވާނަމަ، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ ސިޓިންގ އެލަވަންސެއް ނުދެވޭނެއެވެ.
25 ވަނަ މާއްދާ - ކައުންސިލަރުންގެ ޗުއްޓީ ގެ ކަންކަން ބެލެހެއްޓުން
ކައުންސިލަރުންގެ ޗުއްޓީ ގެ ކަންތައްތައް ބަލަހައްޓަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެ ކައުންސިލަރެއް ނިސްބަތްވާ ކައުންސިލެއްގެ އިދާރާއިންނެވެ.
26 ވަނަ މާއްދާ - ކައުންސިލަރުންގެ ޗުއްޓީ ގެ ތާވަލު
(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 119 މާއްދާއާއި، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ، ކައުންސިލުގެ މަސައްކަތްތަކަށް ދަތިނުވާނޭހެން ދިނުމަށް ޓަކައި، ކައުންސިލަރުން ޗުއްޓީ ނަގާނެގޮތް އަންގައިދޭ ތާވަލެއް، ކޮންމެ އަހަރަކަށް ކައުންސިލުން އެކުލަވައިލަންވާނެއެވެ.
(ށ) ކައުންސިލަރުން ޗުއްޓީ ނަގާނެ ގޮތް ރާވައި ނިންމަންވާނީ، ކައުންސިލުގެ މަސައްކަތަށް ދަތިނުވާނޭހެން، ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް، އަދި ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ނުގެއްލޭ ގޮތަށެވެ.
(ނ) މި މާއްދާގެ ދަށުން އެކުލަވައިލާ ކައުންސިލަރުންގެ ޗުއްޓީ ތާވަލާ ގުޅޭގޮތުން ކައުންސިލުގެ ބައްދަލުވުމުގައި މަށްވަރާކޮށް، ކައުންސިލުގެ ބައްދަލުވުމުގައި ނިންމާ ގޮތެއްގެ މަތީން ޗުއްޓީ ތާވަލު ފާސްކުރަންވާނެއެވެ.
27 ވަނަ މާއްދާ - ބަންދު ދުވަސްތައް
އަންނަނިވި ދުވަސްތަކަކީ ބަންދު ދުވަސްތަކެކެވެ.
(ހ) ގައުމީ ދުވަސް،
(ށ) މިނިވަން ދުވަސް،
(ނ) ޖުމްހޫރީ ދުވަސް،
(ރ) ހިޖުރީ އަހަރުގެ ފުރަތަމަ ދުވަސް،
(ބ) މީލާދީ އަހަރުގެ ފުރަތަމަ ދުވަސް،
(ޅ) ރަމަޒާންމަހުގެ ފުރަތަމަ ދުވަސް،
(ކ) ފިތުރުއީދު ދުވަސް،
(އ) ހައްޖު ދުވަސް،
(ވ) އަޒްހާއީދު ދުވަސް،
(މ) ނަސްރުގެ ދުވަސް،
(ފ) ކީރިތި ރަސޫލާގެ އީދުމީލާދީ ދުވަސް،
(ދ) ރާއްޖެ އިސްލާމްވި ދުވަސް،
(ތ) ކޮންމެ ހަފުތާއެއްގެ ހުކުރުދުވަހާއި ހޮނިހިރު ދުވަސް،
(ލ) ބަންދު ދުވަހެއް ނުވަތަ ދުވަސްތަކެއް ކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ދުވަސް ނުވަތަ ދުވަސްތައް.
28 ވަނަ މާއްދާ - ކައުންސިލަރުންގެ ޗުއްޓީ ގެ އަހަރު ފަށާ ތާރީހު
(ހ) މި ގަވާއިދުގެ ދަށުން ޗުއްޓީ ދިނުމުގެ ބޭނުމަށް ކައުންސިލަރުންގެ ޗުއްޓީ ގެ އަހަރު ފަށާ ތާރީހުކަމަށް ބަލާނީ، ކައުންސިލުގެ ދައުރު ފެށޭ ދުވަހެވެ.
(ށ) ދައުރު ފެށުމަށްފަހު އިންތިހާބުކުރެވޭ ކައުންސިލަރުންގެ ޗުއްޓީ ގެ އަހަރު ފަށާ ތާރީހުކަމަށް ބަލާނ ވެސް ކައުންސިލުގެ ދައުރު ފެށޭތާރީހެވެ.
29 ވަނަ މާއްދާ - ކައުންސިލަރުންނަށް ޗުއްޓީ ދިނުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލަރުންނަށް ޗުއްޓީ ދޭނީ، ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ކައުންސިލުގެ ރައީސް / މޭޔަރުގެ ޒިންމާތަކާ އެ ވަގުތަކު ހަވާލުވެ، ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރެކެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ކައުންސިލުގެ ރައީސް / މޭޔަރުގެ ޒިންމާތަކާ އެ ވަގުތަކު ހަވާލުވެ، ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ޗުއްޓީ ދޭނީކައުންސިލުންނެވެ.
30 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) ކައުންސިލުގެ ކޮންމެ މެންބަރަކަށް ވެސް، ކައުންސިލުގެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތީން، ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް، 30 (ތިރީސް) ދުވަހަށްވުރެ އިތުރުނުވާނޭހެން، އަހަރީ ޗުއްޓީ ގެ ގޮތުގައި ޗުއްޓީ އެއް ދޭންވާނެއެވެ.
(ށ) ކައުންސިލަރުންނަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އިންތިހާބުކޮށްފައިވާ ބަޔަކަށް ވާތީ، މަގާމާ ހަވާލުވާތާ އަހަރުދުވަސް ހަމަނުވަނ ސް އަހަރީ ޗުއްޓީ ހައްގުވާނެއެވެ. މި ގޮތުން ހައްގުވާ އަހަރީ ޗުއްޓީ، ޗުއްޓީ ގެ އަހަރީުތެރޭގައި ނަގައި ހަމަކުރުމަކީ، އެ ކައުންސިލަރެއްގެ ޒިންމާއެކެވެ.
(ނ) ކައުންސިލަރަކު އަހަރީ ޗުއްޓީ ގައި ވަނިކޮށް، އެ ކައުންސިލަރަކު އާދައިގެގޮތުން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެ ދުވަހަކަށް ދުވަހެއް، އެ ކައުންސިލަރެއްގެ އަހަރީ ޗުއްޓީ އަށް އިތުރުކޮށްދޭންވާނެއެވެ.
(ރ) ކައުންސިލަރަކަށް ހައްގުވާ އަހަރީ ޗުއްޓީ، ޗުއްޓީ ގެ އަހަރުގެ ތެރޭގައި ނުނަގައިފިނަމަ އެ ޗުއްޓީ ކެންސަލް ވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީ ގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(ބ) އަހަރީ ޗުއްޓީ އަށް އެދޭނީ، މި ގަވާއިދުގައިވާ ކަންކަން ފުރިހަމަވާގޮތަށް، އެ ކައުންސިލަކުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިންނެވެ.
(ޅ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލަރަކު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީ އަށް އެދުމުން، އެ ޗުއްޓީ އޭނާއަށް ހަމަޖައްސައިދީ އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި އެ ޗުއްޓީ ހަމަޖައްސައިދެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް ލިޔުމުން އެ ކައުންސިލަރަކަށް ޖަވާބުދޭންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޗުއްޓީ ހަމަޖައްސައިދެވެން ނެތްކަމަށް ބަޔާންކޮށް ކައުންސިލުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ ވަކި ޖަވާބެއް ނުދީ ޗުއްޓީ ހިފަހައްޓައިފިނަމަ، ރަށު ކައުންސިލަރުން، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށާއި، ސިޓީ އަދި އަތޮޅު ކައުންސިލަރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ށަކުވާ ހުށަހެޅުމުގެ ހައްގު، އެ ފަރާތަކަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން އަތޮޅު ކައުންސިލަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ހުށަހަޅާ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު، ޗުއްޓީ ހަމަޖައްސައިދިނުމުގެ ބާރު، އަތޮޅު ކައުންސިލަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ލިބިގެންވެއެވެ.
31 ވަނަ މާއްދާ - ހައްޖާއި އުމްރާގެ ޗުއްޓީ
(ހ) ކައުންސިލުގެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތީން، ދައުރުގެ ތެރޭގައި ހައްޖަށް ނުވަތަ އުމްރާއަށް ދިއުމަށް ކޮންމެ ކައުންސިލަރަކަށް ވެސް ބަންދު ދުވަސްތައް ހިމަނައިގެން 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުނުވާނޭ ގޮތުގެ މަތީން 1 (އެކެއް) ފުރުސަތު ދޭންވާނެއެވެ. އަދި އެފަދައިން ދޭ ފުރުސަތުގައި ދެވޭނީ، 1 (އެކެއް) ހައްޖަށް ނުވަތަ 1 (އެކެއް) އުމްރާއަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހައްޖު ޗުއްޓީ ނުވަތަ އުމްރާ ޗުއްޓީ ދެވޭނީ، ހައްޖަށް ނުވަތަ އުމްރާއަށް ރާއްޖެއިން ފުރާ ދުވަހުގެ ކުރިޔަށް 1 (އެކެއް) ދުވަސް، އަދި ހައްޖަށްފަހު ނުވަތަ އުމްރާއަށްފަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަހުގެ ފަހަށް 1 (އެކެއް) ދުވަހުގެ ޗުއްޓީ ލިބޭގޮތަށް، އެ ދެމެދުގައިވާ މުއްދަތަށެވެ. އަދި އެ މުއްދަތު 45 (ސާޅީސްފަހެއް) ދުވަހަށްވުރެ ދިގުވާނަމަ، އިތުރުވާ ދުވަސްތަކަށް، އަހަރީ ޗުއްޓީ ނެގިދާނެއެވެ. އަދި ހައްގުވާ އަހަރީ ޗުއްޓީ ނެތްނަމަ، މުސާރަ ނުލިބޭ ޗުއްޓީ ނެގިދާނެއެވެ.
(ނ) ދައުރުގެ ތެރޭގައި ކައުންސިލަރަކު އިތުރަށް ހައްޖަކަށް ނުވަތަ އުމްރާއަކަށް ދާން ބޭނުންވެއްޖެ ހިނދެއްގައި ދާންޖެހޭނީ އެ ކައުންސިލަރަކަށް ހައްގުވާ އަހަރީ ޗުއްޓީ ނަގައިގެންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ކައުންސިލަރަކަށް ހައްގުވާ އަހަރީ ޗުއްޓީ ނެތްނަމަ، މުސާރަ ނުލިބޭ ޗުއްޓީ ނަގައިގެން ހައްޖަށް ނުވަތަ އުމްރާއަށް ދެވިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން ހައްޖަށް ނުވަތަ އުމްރާއަށް ދިއުމަށް ހައްޖާއި އުމްރާގެ ޗުއްޓީ ނުވަތަ އަހަރީ ޗުއްޓީ ނުވަތަ މުސާރަ ނުލިބޭ ޗުއްޓީ ނެގޭނީ، ހައްޖު ނުވަތަ އުމްރާ ދަތުރާގުޅޭ ލިޔެކިޔުމާއެކު ކައުންސިލަށް ހުށަހެޅުމަށްފަހުގައެވެ.
32 ވަނަ މާއްދާ - ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ
ކައުންސިލަރަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ކުއްޖަކު ވިހައިފިނަމަ (ކުއްޖާގެ ފުރާނަ ހުއްޓަސް، ނެތަސް) ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ތިރީގައި މިވާ ގޮތުގެ މަތީން ޗުއްޓީ އާއި އިނާޔަތް ދޭންވާނެއެވެ.
(ހ) ކައުންސިލަރަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނަކުން ދޫކުރާ މެޑިކަލް ލިޔުން ހުށަހެޅުމުން، އެ ކައުންސިލަރަކަށް، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީ އެއް، ބަންދު ދުވަސްތައް ހިމަނައިގެން، ހަމަ މުސާރަޔާއެކު ދޭންވާނެއެވެ.
(ށ) ކައުންސިލަރަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތްނަމަ، ކައުންސިލަރު ވިހެއި ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީ އެއް، ބަންދު ދުވަސްތައް ނުހިމަނައި، ހަމަ މުސާރަޔާއެކު ދޭންވާނެއެވެ.
(ނ) މާބަނޑުމީހާ ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން ނުވަތަ ބައްޔެއްވުމުގެ ސަބަބުން އޮފ ހަށް ނުކުންނަން އުޒުރުވެރިވާނަމަ، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނަކުން އެކަން ބަޔާންކޮށް ދޫކޮށްފައިވާ މެޑިކަލް ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީ އެއް، މުސާރަ ލިބޭގޮތަށް، އެ ކައުންސިލަރަކަށް ދޭންވާނެއެވެ.
(ރ) ކައުންސިލަރަކު ބަލިވެއިނުމުގެ ސަބަބުން ކައުންސިލަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނަކުން އެކަން ބަޔާންކޮށް މެޑިކަލް ލިޔުމެއް ދީފިނަމަ، ވިހެއުމުގެ ކުރިން، ބަންދު ދުވަސް ހިމަނައިގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީ އެއް، މުސާރަ ނުލިބޭގޮތަށް، އެ ކައުންސިލަރަކަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލަރަށް ދެވޭ ޗުއްޓީ ގައި ހުއްޓައި، އެ ކައުންސިލަރަކު ރަސްމީ ކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ، ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް، އެ ކައުންސިލަރެއްގެ ޗުއްޓީ އަށް އިތުރުކޮށްދޭން ވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލަށް ހާޒިރުވެގެން ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިހްތިޔާރު އެ ކައުންސިލަރަކަށް ލިބިގެންވެއެވެ. އަދި ގޭގައި ހުރެގެން މަސައްކަތްކުރަން އެދޭނަމަ، ގޭގައި ހުރެގެން ކުރެވޭނެ ބާވަތްތަކުގެ މަސައްކަތްތައް ގޭގައި ހުރެގެން ކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިހްތިޔާރު ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް، ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާ ހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވާން ވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ނުވަތަ ވީޑިއޯ ކޮންފަރެންސް ނުވަތަ އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ ގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.
33 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދެވޭ އިނާޔަތްތައް
ކައުންސިލަރަކު ވިހެއުމާ ގުޅިގެން ތިރީގައި މިވާ އިނާޔަތްތައް ދޭންވާނެއެވެ.
(ހ) ކައުންސިލަރަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ކައުންސިލަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 12 (ބާރަ) މަސްދުވަސް ވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށް ޓަކައި މުސާރައިން ނުކެނޑޭގޮތަށް،ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިއުމަށް 30 (ތިރީސް) މިނިޓުގެ ހުސްވަގުތުކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން ކޮންމެ 6 (ހައެއް) ގަޑިއިރާއި 30 (ތިރީސް) މިނިޓަކުން ދެފަހަރު ދޭންވާނެއެވެ. އަދި އެ ކައުންސިލަރަކު ބޭނުންވާނަމަ، މި ހުސްވަގުތުކޮޅު އެއްކޮށްލައިގެން 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. މިގޮތުން ދެވޭ ހުސްވަގުތުކޮޅު މަސައްކަތު ވަގުތު ފެށޭ ގަޑިއާއި ނިމޭގަޑިޔަކު ނުދެވޭނެއެވެ.
(ށ) އުމުރުން 12 (ބާރަ) މަސްދުވަސް ނުވާ ކުޑަކުދިން ގެންގުޅޭ އަންހެން ކައުންސިލަރުންނަށް، ކައުންސިލުގެ މަސައްކަތަށް ދަތިނުވާގޮތުން، ވީވަރަކުން ލުއިކޮށްދެވޭތޯ ކައުންސިލުން ބަލަންވާނެއެވެ.
(ނ) ކައުންސިލަރަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުންފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 (ދިހައެއް) ދުވަހުގެ ޗުއްޓީ އެއް ދެވިދާނެއެވެ. އެފަދަ ހާލަތަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިހެއުން ކަމަކަށް ނުބެލެވޭނެއެވެ.
(ރ) ކައުންސިލަރަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއާއި 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ފުރާނަހުރި ކުއްޖަކު ވިހައިފިނަމަ އަމަލުކުރާނީ،ވިހެއުމާ ގުޅިގެން އަމަލުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށެވެ. އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅު މަރުވެފައިވާނަމަ، އެކަން ބަޔާންކޮށްދ،ޭރަޖިސްޓަރ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނަކުން ދޫކުރާ މެޑިކަލް ލިޔުން ހުށަހެޅުމުން، މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސް ނުހިމަނައި، 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީ އެއް ދޭންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި، އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލަށް ހާޒިރުވެގެން ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިހްތިޔާރު އެ ކައުންސިލަރަކަށް ލިބިގެންވެއެވެ. އަދި ގޭގައި ހުރެގެން މަސައްކަތްކުރަން އެދޭނަމަ، ގޭގައި ހުރެގެން ކުރެވޭނެ ބާވަތްތަކުގެ މަސައްކަތްތައް ގޭގައި ހުރެގެން ކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި، އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިހްތިޔާރު ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް، ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާ ހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވާންވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ ގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.
34 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ
ފިރިހެން ކައުންސިލަރަކަށް ދަރިއަކު ލިބިއްޖެނަމަ، އަންނަނިވި ގޮތުގެ މަތީން ޗުއްޓީ ދޭންވާނެއެވެ.
(ހ) ފިރިހެން ކައުންސިލަރަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް،ބަންދު ދުވަސް ހިމަނައިގެން، 3 (ތިނެއް) ދުވަހުގެ ޗުއްޓީ އެއް ދޭންވާނެއެވެ.
(ށ) ފިރިހެން ކައުންސިލަރަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ވުމާ ދެމެދު، ބަންދު ދުވަސް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 27 (ހަތާވީސް) ދުވަހުގެ ޗުއްޓީ އެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.
(ރ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި، އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލަށް ހާޒިރުވެގެން ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިހްތިޔާރު އެ ކައުންސިލަރަކަށް ލިބިގެންވެއެވެ. އަދި ގޭގައި ހުރެގެން މަސައްކަތްކުރަން އެދޭނަމަ، ގޭގައި ހުރެގެން ކުރެވޭނެ ބާވަތްތަކުގެ މަސައްކަތްތައް ގޭގައި ހުރެގެން ކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި، އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިހްތިޔާރު ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް، ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާ ހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވާންވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ ގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.
35 ވަނަ މާއްދާ - ފިރިހެން ދަރިފުޅު ހިތާނުކުރުމުން ލިބޭ ޗުއްޓީ
ކައުންސިލަރެއްގެ ފިރިހެން ދަރިއަކު ހިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީ އެއް، ބަންދު ދުވަސް ނުހިމަނައި، އެ ކައުންސިލަރަކަށް ދޭންވާނެއެވެ.
36 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ
(ހ) އާއިލީާގެ މެންބަރަކު ބަލިވެގެން ނުވަތަ ކައުންސިލަރަކަށް ދިމާވާ މުހިންމު އާއިލީ ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް، ބަންދު ދުވަސްތައް ނުހިމަނައި، 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނުވާނޭހެން، އާއިލީ ޒިންމާގެ ޗުއްޓީ ދެވިދާނެއެވެ. އާއިލީާގެ މެންބަރުން ކަމުގައި ބަލާނީ، އަނބިމީހާއާއި، ފިރިމީހާއާއި،ދަރީންނާއި، މަންމައާއި، ބައްޕައާއި، ށަރުއީ ގޮތުންނާއި ގާނޫނ ގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ނުވަތަ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.
(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، މި ގަވާއިދުގައި ކައުންސިލަރުންގެ ޗުއްޓީ ގެ އަހަރު ބެލުމަށް ކަނޑައަޅައިފައިވާ އުސޫލުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާއިލީ ޒިންމާގެ ޗުއްޓީ އަށް އެދި، އެ ކައުންސިލަރެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ކައުންސިލުގެ ރައީސަށާއި ސެކެރެޓަރީ ޖެނެރަލަށް ލިޔުމުން ނުވަތަ މެސެޖަކުން އަންގަންވާނެއެވެ. އަދި ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު،އާއިލީ ޒިންމާގެ ޗުއްޓީ ނަގަންވެއްޖެނަމަ، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ނުވަތަ ކައުންސިލް ހިންގުމަށް އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށާއި ސެކެރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ކައުންސިލަށް އަންގައިފައި ނުވާނަމަ، އެ ދުވަހެއް ބެލެވޭނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
(ރ) މިގޮތަށް ކައުންސިލުގެ އިދާރާއަށް ހާޒިރުނުވެވޭކަން އެންގުމުން، އެކަން އެންގިގޮތާއި ވަގުތާއި އެހެނިހެން ތަފްސީލު، ކައުންސިލް އިދާރާގައި ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަގުތު އޮއްވައި ނޭންގޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެންގޭފަދަ ހާލަތަކަށް، އެ ކައުންސިލަރަކު އައިހާ އަވަހަކަށް، އާއިލީ ޒިންމާގެ ޗުއްޓީ ގެ ކަންތައް ހަމަޖެއްސުމަށް ޓަކައި، އެ މީހަކު އެކަން އަންގަންވާނެއެވެ.
37 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ
ކައުންސިލަރަށް ސަލާމުގެ ޗުއްޓީ ގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ. ސަލާމުގެ ޗުއްޓީ އަށް ކައުންސިލަރު އެދެންވާނީ، އަދި ސަލާމުގެ ޗުއްޓީ އާ ގުޅިގެން އަމަލުކުރަންވާނ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) ކައުންސިލަރަކު ބަލިވުމުގެ ސަބަބުން، އެ ކައުންސިލަރަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ ކައުންސިލަރެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށާއި ސެކެރެޓަރީ ޖެނެރަލަށް ލިޔުމުން ނުވަތަ މެސެޖަކުން އަންގަންވާނެއެވެ. އަދި ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ނުވަތަ ކައުންސިލު ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށާއި ސެކެރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ކައުންސިލަށް ލިޔުމުން އަންގައިފައި ނުވާނަމަ، އެ ދުވަހެއް ބެލެވޭނީ، ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
(ށ) މިގޮތަށް ކައުންސިލުގެ އިދާރާއަށް ހާޒިރުނުވެވޭކަން އެންގުމުން، އެކަން އެންގިގޮތާއި ވަގުތާއި އެހެނިހެން ތަފްސީލު، ކައުންސިލް އިދާރާގައި ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަގުތު އޮއްވައި ނޭންގޭފަދަ ސިއްހީ ސަބަބެއް މެދުވެރިވެއްޖެނަމަ، އެންގޭފަދަ ހާލަތަކަށް އެ ކައުންސިލަރަކު އައިހާ އަވަހަކަށް، ސަލާމުގެ ކަންތައް ހަމަޖެއްސުމަށް ޓަކައި، އެ މީހަކު އެކަން އަންގަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ސަލާމުގެ ޗުއްޓީ ގެ ގޮތުގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގުނުވާނެ ގޮތެއްގެ މަތީން، މެޑިކަލް ސެޓުފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީ ގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު، ކައުންސިލަރުންނަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ - ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ އަށް މެޑިކަލް ސެޓުފިކެޓުހުށަހެޅުމާއި، ފޯމު ހުށަހެޅުން
(ހ) ސަލާމުގެ ޗުއްޓީ އަށް މެޑިކަލް ލިޔުން ހުށަހަޅަންވާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- ސަލާމުގެ ޗުއްޓީ ގައި ވިދިވިދިގެން ހުންނަ މަސައްކަތު 2 (ދޭއް) ދުވަހަށްވުރެ އިތުރުވާ ދުވަސްތަކަށް، ޗުއްޓީ ގައި ހުރުމަށްފަހު،އެ ކައުންސިލަރަކު ކައުންސިލަށް ނުކުންނަ ފުރަތަމަ ދުވަހު މެޑިކަލް ލިޔުން ހުށަހަޅަންވާނެއެވެ. ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަސް ބަލާނީ،ބަންދު ދުވަސްތައް ނުހިމަނައެވެ؛
- ކައުންސިލުގެ އާންމު ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާކޮށްފައިވާ ދުވަހެއްގައި ސަލާމުގެ ޗުއްޓީ ނަގައިފިނަމަ، ޗުއްޓީ އަށްފަހު އެ ކައުންސިލަރަކު ކައުންސިލަށް ނުކުންނަ ދުވަހު، ސަލާމުގެ ޗުއްޓީ ގައި ހުރި ދުވަހުގެ މެޑިކަލް ލިޔުން ހުށަހަޅަންވާނެއެވެ؛
- މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ މެޑިކަލް ލިޔުމުގައި، އެ ފަރާތުގެ ސިއްހީ ހާލަތާއި، އެ ހާލަތުގެ ސަބަބުން ކައުންސިލަރަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ؛
- މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ މެޑިކަލް ލިޔުމަކ ސިއްހީ ވުޒާރާގައި ރަޖިސްޓަރ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ނުވަތަ ލިޔުން ދޫކުރި ގައުމެއްގައި ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނަކުން ދޫކޮށްފައިވާ މެޑިކަލް ލިޔުމަކަށް ނުވަތަ ސިއްހީ ވުޒާރާއިން ސަލާމުގެ ސެޓުފިކެޓު ދޫކުރުމުގެ ހުއްދަ ދީފައިވާ މީހަކު ނުވަތަ މީހުން ތިބި ރަށެއްގައި ނަމަ، އެފަދަ މީހެއްގެ ލިޔުމަކަށް ވާންޖެހޭނެއެވެ؛
- މި މާއްދާގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓުގައި، އެ ލިޔުން ދޫކުރި ސިއްހީ މަރުކަޒުގެ ނަމާއި، އެ ތަން ހުރި ގައުމާއި، ލިޔުން ދޫކުރި ސިއްހީ މަސައްކަތްތެރިޔާގެ ނަމާއި، އެ ފަރާތުގެ ސިއްކައާއި، މަގާމާއި، ބައްޔާ ގުޅޭ މައުލޫމާތާއި، ލިޔުން ދޫކުރި ތާރީހު ހިމަނައިފައި އޮންނަންވާނެއެވެ.
(ށ) ކައުންސިލަރަކު މެޑިކަލް ލިޔުން ހުށަހަޅަން ނުޖެހޭގޮތަށް ސަލާމުގެ ޗުއްޓީ ގައި ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ގައި ހުރުމަށްފަހު، މަސައްކަތަށް ނުކުމެ،އެ ކައުންސިލަރު ސަލާމުގެ ޗުއްޓީ ގައި ހުރި ސަބަބު ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ސަލާމުގެ / އާއިލީ ޒިންމާގެ ޗުއްޓީ ގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅަންވާނެއެވެ. އަދި ކައުންސިލަރުންގެ މުސާރަ ހިސާބުކުރާ މުއްދަތާ ހަމަޔަށް "ސަލާމުގެ / އާއިލީ ޒިންމާގެ ޗުއްޓީ ގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅައިފައި ނުވާނަމަ، އެ ދުވަހަކ ހާޒިރުނުވާ ދުވަހެއްކަމަށް ބަލައި، މުސާރަ ހިސާބުކުރަންވާނެއެވެ.
(ނ) ކައުންސިލަރު ކައުންސިލަށް ހާޒިރުނުވ ބަލިވެގެންކަން ކައުންސިލަށް އަންގައިފައި އޮތް ނަމަވެސް، ކައުންސިލަރުންގެ މުސާރަ ހިސާބުކުރާ ދުވަހާ ހަމަޔަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސަލާމުގެ ސެޓުފިކެޓު ހުށަނާޅައިފިނަމަ ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތައް ބެލެވޭނީ، ކައުންސިލަށް ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ.
39 ވަނަ މާއްދާ - މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ
(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަރަކަށް ހައްގުވާކަމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީ ތައް ހަމަވެއްޖެ ހާލަތެއްގައި، ކައުންސިލަރު ނުވަތަ ކައުންސިލަރުގެ އާއިލީާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާއަކާ ގުޅިގެން ޗުއްޓީ އެއް ނަގަން ޖެހިއްޖެނަމަ، އަސާސީ މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ކަނޑައި، އެހެނިހެން އެލަވަންސްތައް ލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ހާއްސަ ޗުއްޓީ އެއް ދައުރުތެރޭ އެއްފަހަރު ނެގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ޗުއްޓީ ދޭނީ، އެ ހާލަތު ބަޔާންކޮށް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލަކަށް ހުށަހެޅުމުން، ކައުންސިލުގެ ޖަލްސާއެއްގައި މަށްވަރާކުރުމަށްފަހު ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަކެވެ. އަދި ކައުންސިލުގެ ރައީސް / މޭޔަރަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ޗުއްޓީ ދޭނީ، އެ ހާލަތު ބަޔާންކޮށް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލަކަށް ހުށަހެޅުމުން، ކައުންސިލުގެ ޖަލްސާއެއްގައި މަށްވަރާކުރުމަށްފަހު ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ނ) ކައުންސިލަރަކަށް ސިއްހީ ފަރުވާއެއް ކުރުމަށް ނުވަތަ ކައުންސިލަރަކު ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް ޓަކައި، މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ޗުއްޓީ އަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ބަލިވ ކައުންސިލަރަކު ނަމަ، އެ ބައްޔެއްގެ ބާވަތާއި ބައްޔަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒެއްގެ ސެޓުފިކެޓު؛
- ބަލިވ ކައުންސިލަރަކު ބަލަހައްޓަން ޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މ ހެއް )މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ / ފިރިމީހާ ނުވަތަ ދަރިއަކު ނުވަތަ ށަރުއީ އަދި ގާނޫނ ގޮތުން އެ ކައުންސިލަރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތެއް( ނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މ ހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒެއްގެ ސެޓުފިކެޓު؛ އަދި އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން ބަޔާންކޮށް ހުށަހެޅުން.
40 ވަނަ މާއްދާ - މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ ނަހަމަގޮތުގައި ބޭނުންކުރުން
މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ ގައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ، ޗުއްޓީ ނެގި ބޭނުމަކަށެވެ. މި މުއްދަތުގެ ތެރޭގައި ޗުއްޓީ ނެގި ބޭނުން ނުހިފައި އެހެން ކަމެއް ކޮށްގެން ނުވާނެއެވެ. މި ގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ވީއްލި ވީއްލުން ކެންސަލްކުރުމާއެކު، މަސައްކަތަށް ނުކުތުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އަންގަންވާނެއެވެ. އަދި މަސައްކަތަށް ނުކުތުމަށް އަންގާ ދުވަހުން ފެށިގެން މަސައްކަތަށް ހާޒިރުނުވާނަމަ، އެ ދުވަސްތައް ބަލަންވާނީ،ހާޒިރުނުވާ ދުވަހުގެ ގޮތުގައެވެ.
41 ވަނަ މާއްދާ - މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ ގެ މުއްދަތު އިތުރުކުރުން
(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަރަކު މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ ގެ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ އިތުރުކުރަން ބޭނުންވެއްޖެނަމަ، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ މަށްވަރާޔާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް، ޗުއްޓީ ގެ މުއްދަތު 30 (ތިރީސް) ދުވަހަށް އިތުރުކުރެވިދާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ކައުންސިލަރަކު ދެވަނަ ފަހަރަށް މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ 30 (ތިރީސް) ދުވަހުގެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ، އެކަމަށް ގޮތެއް ކަނޑައަޅާނީލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުންނެވެ.
42 ވަނަ މާއްދާ - ކައުންސިލުގެ މަސައްކަތުގައި އުޅެނިކޮށް ލިބޭ ގެއްލުމަށް ރިއާޔަތްކޮށް ކައުންސިލަރު ވީއްލުން
(ހ) ކައުންސިލުގެ ރަސްމީ މަސައްކަތެއްގައި އުޅެނިކޮށް ކައުންސިލަރަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކައުންސިލުގެ މަސައްކަތަށް ހާޒިރު ނުވެވޭފަދަ ހާއްސަހާލަތެއް މެދުވެރިވުމާ ގުޅިގެން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް 30 (ތިރީސް) ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކައުންސިލަރު، ކައުންސިލުގެ މަސައްކަތުން ވީއްލިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތަކާ ގުޅިގެން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް ބޭނުންވާ ހާލަތުގައި، އެފަދައިން ވީއްލުމަށް ބޭނުންވާ ތާރީހުން ފެށިގެން ރަސްމީ 2 (ދޭއް) ދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ އިދާރާއަށް
ހުށަހަޅަންވާނެއެވެ.
- މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛
- ބަލީގެ ބާވަތް ނުވަތަ ގެއްލުމުގެ ބާވަތާއި އެކަމަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒެއްގެ ސެޓުފިކެޓ.ު
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތަކާ ގުޅިގެން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް އެދި އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ އިދާރާއަށް ހުށަހަޅައިފިނަމަ، ކައުންސިލަރަށް އެ ގެއްލުމެއް ލިބިފައިވަނީ ކައުންސިލުގެ ރަސްމީ މަސައްކަތެއްގައި އުޅެނިކޮށްކަން ނުވަތަ ނޫންކަން ބަޔާންކޮށް، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ފަރާތް ސޮއިކޮށްފައިވާ ލިޔުމެއް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުން ކައުންސިލަށް ލިބޭތާ ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީިއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް ނިންމާނ،ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
43 ވަނަ މާއްދާ - ބައ-ިއިލެކްށަނުން އިންތިހާބުކުރާ ކައުންސިލަރުންނަށް ޗުއްޓީ ގެ ފުރަތަމަ އަހަރަށް ހައްގުވާ ޗުއްޓީ
(ހ) ބައ-ިއިލެކްށަނުން އިންތިހާބުކުރާ ކައުންސިލަރުންނަށް ހައްގުވާ އަހަރީ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީ އާއި ސަލާމުގެ ޗުއްޓީ ހިސާބުކުރުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- އަހަރީ ޗުއްޓީ އާއި ސަލާމުގެ ޗުއްޓީ ގެ އަދަދު 30 (ތިރީސް) ދުވަސް، 12 (ބާރަ) މަސްދުވަހަށް ބަހައިލުމުން މަހަކަށްޖެހޭ ދުވަހުގެ އަދަދު، ކައުންސިލަރު އިންތިހާބުކުރާ ދުވަހުން ފެށިގެން ކައުންސިލުގެ ޗުއްޓީ ގެ އަހަރު ނިމޭ ތާރީހާ ދެމެދު އޮންނަ މަހުގެ އަދަދާ ގުނަކުރުމުން ލިބޭ އަދަދު ރައުންޑް އަޕް ކުރުމުން ލިބޭ އަދަދު؛
- އާއިލީ ޒިންމާގެ ޗުއްޓީ ގެ އަދަދުކަމުގައިވާ 10 (ދިހައެއް) ދުވަސް، 12 (ބާރަ) މަސްދުވަހަށް ބަހައިލުމުން މަހަކަށްޖެހޭ ދުވަހުގެ އަދަދު، ކައުންސިލަރު އިންތިހާބުކުރެވޭ ދުވަހުން ފެށިގެން ކައުންސިލުގެ ޗުއްޓީ ގެ އަހަރު ނިމޭ ތާރީހާ ދެމެދު އޮންނަ މަހުގެ އަދަދާ ގުނަކުރުމުން ލިބޭ އަދަދު ރައުންޑް އަޕް ކުރުމުން ލިބޭ އަދަދު،
(ށ) ޗުއްޓީ ގެ ފުރަތަމަ އަހަރަށް ހައްގުވާ ޗުއްޓީ، ޗުއްޓީ ގެ އަހަރު ނިމޭ ތާރީހުގެ ކުރިން ނެގުމަކ ޗުއްޓީ ހައްގުވާ ކައުންސިލަރުގެ ޒިންމާއެކެވެ.
(ނ) އަހަރީ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީ އާއި ސަލާމުގެ ޗުއްޓީ ފިޔަވައި ކައުންސިލަރުންނަށް ހައްގުވާ އެހެނިހެން ޗުއްޓީ، އެހެން ކައުންސިލަރުންނެކޭ އެއްފަދައިން ބައ-ިއިލެކްށަނުން އިންތިހާބުކުރާ ކައުންސިލަރުންނަށް ވެސް ހައްގުވާނެއެވެ.
(ރ) ފުރަތަމަ އަހަރަށްފަހު ކައުންސިލަރުންނަށް ހައްގުވާ ޗުއްޓީ، އެހެން ކައުންސިލަރުންނެކޭ އެއްފަދައިން ބައ-ިއިލެކްށަނުން އިންތިހާބުކުރާކައުންސިލަރުންނަށް ވެސް ހައްގުވާނެއެވެ.
44 ވަނަ މާއްދާ - ޗުއްޓީ ގެ މުއްދަތުގެ ތެރޭގައި ދައުރު ނިމުން
މި ގަވާއިދުގެ ދަށުން ދޭ ޗުއްޓީ އެއްގައި ވަނިކޮށް ކައުންސިލަރުންގެ ދައުރު ނިމިއްޖެނަމަ، ކައުންސިލަރު އެ ވަގުތެއްގައި ހުރި ޗުއްޓީ ނިމުމަކަށް އަންނާނެއެވެ. މި ހާލަތުގައި އެ ދުވަސްތަކުގެ ޗުއްޓީ ގެ ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
45 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ކޯރަމް ނުގެއްލޭނޭހެން ޗުއްޓީ ދިނުން
ކައުންސިލަރުންނަށް ޗުއްޓީ ދިނުމުގައި ކައުންސިލުގެ ބައްދަލުވުންތަކުގެ ކޯރަމް ނުގެއްލޭނޭހެން ޗުއްޓީ ދިނުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.
(ހ) ކައުންސިލަރުންނަށް ޗުއްޓީ ދިނުމުގައި، މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލަރުންގެ ޗުއްޓީ ތާވަލާ އެއްގޮތަށް ކައުންސިލަރުންގެ ޗުއްޓީ ގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ކައުންސިލު ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަކު އިސްކަންދޭންވާނެއެވެ.
(ށ) ކައުންސިލަރުންނަށް ޗުއްޓީ ދެވޭނީ، ކައުންސިލުގެ ކޯރަމް ނުގެއްލޭ ގޮތަށެވެ. ޗުއްޓީ ގައި ކައުންސިލަރު ހުންނަ މުއްދަތުގައި ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާ ހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި، ކައުންސިލުގެ ބައްދަލުވުންތަކުގައި ކައުންސިލަރު ބައިވެރިވާންވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސްމެދުވެރިކޮށް ނުވަތަ އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ ގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ކައުންސިލަރުން ޗުއްޓީ ގައި ތިބޭ މުއްދަތުގައި ވެސް ކައުންސިލުގެ އާންމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތަކަށް ހާޒިރުވެ، ބައްދަލުވުމުގައި ބައިވެރިވެވޭނެއެވެ. އަދި ޗުއްޓީ ގައި ތިބޭ ކައުންސިލަރުންނަށް، ބައްދަލުވުމުގެ އެޖެންޑާ ފޮނުވުމުގެ އިންތިޒާމ،ު ސެކެރެޓަރީ ޖެނެރަލް ހަމަޖައްސަންވާނެއެވެ.
(ރ) އެއްވެސް ހާލަތެއްގައި ހުރިހާ ކައުންސިލަރުން އެއް ވަގުތެއްގައި ޗުއްޓީ ގައި ތިބެގެން ނުވާނެއެވެ.
ފަސްވަނަ ބާބު
ކައުންސިލަރުން ރަސްމީ ދަތުރުތަކުގައި ބައިވެރިވުމާއި ރަސްމީ ކަންކަމުގައި ވީއްލުން
46 ވަނަ މާއްދާ - ކައުންސިލަރުން ބައިވެރިވާ ރަސްމީ ދަތުރުތައް
(ހ) ކައުންސިލުގެ ފަރާތުން ރަސްމީ ދަތުރެއް ކުރުމަށް ނިންމަންވާނީ، ދަތުރަށް ހިނގާ ހަރަދު ކައުންސިލުގެ ބަޖެޓުގައި ހިމެނިފައިވާކަން ކަށަވަރުކުރުމަށްފަހު،ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ. އަދި ކައުންސިލުގެ ފަރާތުން ރަސްމީ ދަތުރުގައި ބައިވެރިވާ ކައުންސިލަރުން ކަނޑައަޅާނީ ވެސް ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރަސްމީ ބައްދަލުވުމެއް ބޭއްވޭނެ ވަގުތު ނެތި ކުއްލިގޮތަކަށް މިފަދަކަމެއް ނިންމަން ޖެހިއްޖެނަމަ، އެކަން ނިންމާނީ، ކައުންސިލުގެ ރައީސް ނުވަތަ މޭޔަރެވެ. އަދި ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލަށް އެކަން އަންގަންވާނެއެވެ.
(ނ) މި މައްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ދަތުރުތައް ކުރަންވާނީ، ކައުންސިލުގެ ބަޖެޓުގައި ހިމަނައި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
47 ވަނަ މާއްދާ - ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރުން ވީއްލުން
(ހ) ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރުން ވީއްލުމަށް އެ މުއައްސަސާއަކުން އެދުމުން، އެކަން ނިންމާނީ، ކައުންސިލުގެ ޖަލްސާއަކުންނެވެ. މިފަދައިން އެންމެ ގިނަވެގެން ވީއްލޭނީ، ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށެވެ.
(ށ) ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރުން ވީއްލުމަށް ނިންމާނަމަ، ވީއްލި ކައުންސިލަރުގެ މައުލޫމާތާއި، އެ ވީއްލުމުގެ ބޭނުމާއި، ވީއްލީ ކޮން އިދާރާއެއްގެ ބޭނުމަކަށް ކަމާއި، ވީއްލި މުއްދަތު، އެނގޭނެހެން އެކަން ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.
48 ވަނަ މާއްދާ - ކައުންސިލަރުން ބައިވެރިވާ ދަތުރުތަކާއި އެކިއެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރަކު ވީއްލުމާބެހޭ ލިޔެކިޔުން ބެލެހެއްޓުން
(ހ) ކައުންސިލުގެ އިދާރާގެ ރަސްމީ ދަތުރެއްގައި ކައުންސިލަރަކު ބައިވެރިވާނަމަ ނުވަތަ މުއައްސަސާއެއްގެ ބޭނުމަށް ކައުންސިލަރަކު ވީއްލައިފިނަމަ، ކައުންސިލާ އެކަން ހިއްސާކުރި ބައްދަލުވުމުގެ ޔައުމިއްޔާއާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ ދަށުން އެކުލަވައިލަންޖެހޭ ދަތުރު ރިޕޯޓާއި، އެ ދަތުރާ ގުޅޭ އެހެނިހެން ލިޔެކިޔުން ކައުންސިލުގެ އިދާރާއިން ބަލަހައްޓައި ފައިލުކުރަންވާނެއެވެ.
(ށ) ކައުންސިލުގެ ރަސްމީ ދަތުރެއްގައި ކައުންސިލަރަކު ބައިވެރިވިނަމަ ނުވަތަ މުއައްސަސާއެއްގެ ބޭނުމަށް ކައުންސިލަރަކު ވީއްލިނަމަ، އެކަން އެނގޭނެ ފަދައިން ކައުންސިލަރުންގެ ހާޒިރީ ގައި ފާހަގަކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާޒިރީ ގައި އެފަދައިން ފާހަގަކުރަންވާނީ، މި މާއްދާގެ (ހ) ގައިވާ ފަދައިން ކަމާ ގުޅޭ ލިޔެކިޔުންތައް ހަމަކޮށް ފައިލުކުރުމަށްފަހުގައެވެ.
49 ވަނަ މާއްދާ - ކައުންސިލުގެ މަސައްކަތްތަކަށް ދަތިނުވާނޭ ފަދައިން ދަތުރުތަކާއި ވީއްލުން އިންތިޒާމުކުރުން
ކައުންސިލުގެ ރަސްމީ ދަތުރެއްގައި ބައިވެރިވާ ކައުންސިލަރުން ކަނޑައަޅައި، މުއައްސަސާއެއްގެ ބޭނުމަށް ކައުންސިލަރަކު ވީއްލަަންވާނީ، ކައުންސިލުގެ ބައްދަލުވުންތަކަށާއި މަސައްކަތްތަކަށް ދަތިނުވާނޭހެން، ވީހާވެސް ކުރު މުއްދަތަކަށެވެ. އަދި މިކަމަށް ހިނގާ ހަރަދުގެ ކަންކަން އިންތިޒާމު ކުރަންވާނީ، ރަސްމީ ބޭނުމަށް އެދޭ ފަރާތުންނެވެ.
ހަވަނަ ބާބު
ކައުންސިލު ބައްދަލުވުން
50 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން
ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.
(ހ) ކައުންސިލުގެ އާންމު ބައްދަލުވުން.
(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން.
51 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނ އަދަދު
(ހ) ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް،މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާ ކުރަންވާނެއެވެ.
52 ވަނަ މާއްދާ - ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުން
(ހ) ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ގާނޫނ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު، ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް،އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން، މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޒަމާނ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
- ބައްދަލުވުމުގައި ކޮންމެ މެންބަރަކު ވެސް ބައިވެރިވާންވާނީ،އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނ މުއާސަލާތ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި، އެ މެންބަރަކަށް ހާއްސަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައ.ިޑީ. އެއް
މެދުވެރިކޮށްގެންނެވެ؛ - އެފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލާއި އެހެނިހެން މައުލޫމާތު ކައުންސިލުގެ އިދާރާއިން ރިކޯޑުކުރަން ވާނެއެވެ؛
- ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން، އޯޑިއޯއިން / ވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް، އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓުދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނ މުއާސަލާތ ވަސީލަތުގައި ނުވަތަ އެޕްލިކޭށަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ؛
- މި އަކުރުގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން މެނުވ، ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ؛
- ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް ވާނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނޭޗަރ" އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއިކުރުވޭކަން ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ؛
- ޒަމާނ މުއާސަލާތ ވަސީލަތް ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭށަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ.
(ބ) ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޒަރީއާތައް މެދުވެރިކޮށް ނެގޭ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭތޯ ކައުންސިލުން ޔަގީން ކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީން ނުކުރެވޭނަމަ، ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ.
(ޅ) ޒަމާނ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަށްވަރާކުރާ ސިއްރު މައުލޫމާތު، ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާންވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާހައުލަކުންނެވެ.
53 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން
(ހ) ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ
ބައްދަލުވުންތަކެކެވެ.
(ށ) ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
(ނ) ބައްދަލުވުން އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ހިންގުމަކ މަނާ ކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް ލިބިގެންވެއެވެ.
(ރ) ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކޮށްފައިވާ ކަމަކާ ގުޅިގެން، އެ ފަރާތެއްގެ މައުލޫމާތު ނުވަތަ މަށްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލުގެބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތު ދިނުމުގެ ބާރު ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް ލިބިގެންވެއެވެ. ނަމަވެސް، މިގޮތަށް މަށްވަރާއާއި މައުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެވޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ.
54 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ
(ހ) ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު، ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނ، ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސް ނުވަތަ މޭޔަރެވެ.
(ށ) ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސް / މޭޔަރ، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ.
55 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ
(ހ) ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް / މޭޔަރ އެޖެންޑާ ކުރަންވާނެއެވެ.
(ށ) ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ލިޔުމަކުން ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް އަންގަންވާނެއެވެ.
(ނ) ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ކަމެއް ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ.
(ރ) ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކ ވެސް، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.
56 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން
އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ހ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، އެންމެ މަދުވެގެން ވެސް، ކައުންސިލުގެ ތިންބައިކުޅައެއްބައި މެންބަރުން އެދުން.
(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އެދުން.
(ނ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެ ކައުންސިލެއްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީީން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް ފެނުން.
(ރ) އެކަށ ގެންވާ ސަބަބަކާހުރެ ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.
(ބ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ގައުމީ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ނުވަތަ ޖަމުއިއްޔާއަކުން އެދުން.
57 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު، ކައުންސިލުގެ ރައީސަށް ނުވަތަ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
58 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލުގެ ރައީސް ނުވަތަ މޭޔަރެވެ.
(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރައީސް ނުވަތަ މޭޔަރ ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ވީއެންމެ އަވަހަކަށް، ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
59 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް
އަންނަނިވި ކަންކަމުން ކުރެ ކަމެއް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.
(ހ) ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެންބަރަކު ހޮވުމާއި، ނައިބު ރައީސްގެ ނުވަތަ ޑެޕިއުޓީ މޭޔަރު ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން.
(ށ) ކައުންސިލުގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނިއިތުރެއް ގެނައުން.
(ނ) ދަރަންޏަށް ޒިންމާވާ ގޮތަށް އެއްވެސް ލޯނެއް ނެގުން ނުވަތަ ވިޔަފާރ ގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން.
(ރ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުމާއި، ބަޖެޓު ފާސްކުރުން.
(ބ) ކައުންސިލުގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން.
(ޅ) ކައުންސިލުގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.
60 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުން
(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއް ކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީއެންމެ އަވަސް ފުރުސަތެއްގައި، ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށްއެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމްބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީ ގެ ޔައުމިއްޔާއާއި ހާޒިރީ ގައި ފާހަގަކުރާނީ ސަލާމުގައި ހުރި މެންބަރެއްގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށްނާންގައި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތައް ކުރުމަށް ހާޒިރުނުވެ ހުރެގެން ނުވާނެއެވެ.
(ރ) ޗުއްޓީ ގައި ހުންނަ ކައުންސިލަރަކަށް، ކައުންސިލުގެ އެދުމުގެ މަތީން ނުވަތަ އެ ކައުންސިލަރެއްގެ އެދުމުގެ މަތީން، ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.
(ބ) ބައްދަލުވުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެ ކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފެނިއްޖެ ހިނދެއްގައި، އެ ކައުންސިލަރަކާމެދު، ތިރީގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސް / މޭޔަރ ނުވަތަ އެ ޒިންމާއާ ހަވާލުވެހުރި ފަރާތަކުން އަމަލުކުރަންވާނެއެވެ.
- މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކާ ހިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 2 (ދޭއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ،އެ ކައުންސިލުން ނަސޭހަތްދިނުން؛
- މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކާ ހިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ކަންތައް ތަކުރާރުވާނަމަ، އެ ކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް އެންގުން.
61 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން
(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސް ނުވަތަ މޭޔަރެވެ. ރައީސް / މޭޔަރ ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނައިބު ރައީސް / ޑެޕިއުޓީ މޭޔަރެވެ. ކައުންސިލުގެ ރައީސް / މޭޔަރާއި، ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެވަގުތަކު ކައުންސިލް ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ.
(ށ) ކައުންސިލުގެ ރައީސް / މޭޔަރާއި، ނައިބު ރައީސް / ޑެޕިއުޓީ މޭޔަރ އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ، ކައުންސިލުގެ ޖަލްސާއެއް ބާއްވައި، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަނު ކުރުމަށްފަހުގައެވެ.
(ނ) ނައިބު ރައީސް / ޑެޕިއުޓީ މޭޔަރ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް / މޭޔަރ ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލް ހިންގާނެ މެންބަރަކު އައްޔަނުކޮށް ކައުންސިލުގެ ބައްދަލުވުމެއް ކުރިޔަށްދަނިކޮށް، ކައުންސިލުގެ ރައީސް / މޭޔަރ ނުވަތަ ނައިބު ރައީސް / ޑެޕިއުޓީ މޭޔަރ ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން، މި މާއްދާގެ (ހ) އަށް އަމަލުކުރަން ވާނެއެވެ.
62 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން
(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ، ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތީން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ.
(ށ) އެޖެންޑާގެ ތަރުތ ބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.
(ނ) އާންމު ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.
(ރ) ލާމަރުކަޒީ އިދާރާތަކުން ހަދާ ގަވާއިދުތަކާއި ނިންމާ ނިންމުންތައް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން ހެދޭ އެހެނިހެން ގަވާއިދުތަކުގެ އިމުން ބޭރުވެގެނެއް ނުވާނެއެވެ.
63 ވަނަ މާއްދާ - އެޖެންޑާއާއި ބައްދަލުވުން އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން
(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު، ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީ، ހަމަހަމަ އުސޫލަކުންނެވެ.
64 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަ ނޫން ކަންކަން
ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު، އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން.
(ށ) ބައްދަލުވުން ހިނގަމުންދާއިރު، ކައުންސިލުގެ ހުރުމަތް ކެނޑޭފަދަގޮތަކަށް، ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސްތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތުކޮށްހެދުން.
(ނ) ކައުންސިލުގެ ބޭނުމަށް ފިޔަވައި، ކެސެޓް ރިކޯޑަރާއި، ޓޭޕް ރިކޯޑަރާއި، ކެމެރާއާއި، މަންޒަރާއި، އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލުގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.
(ރ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް، އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.
(ބ) ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނުކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.
(ޅ) ކައުންސިލާއި، ކައުންސިލުގައި ހިމެނޭ މެންބަރުންނާއި، އެހެނިހެން ފަރާތްތަކުގެ އިއްޒަތާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުން.
65 ވަނަ މާއްދާ - ކައުންސިލު ބައްދަލުވުމުގައި ވޯޓު ދިނުން
(ހ) ކައުންސިލުގެ ބައްދަލުވުންތަކުގައި ވޯޓު ދިނުމަށް އަހަންވާނީ، ހުށަހެޅިފައިވާ ކޮންމެ ކަމަކަށް ވަކިވަކިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހަންވާނީ، ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް އަހައިގެންނެވެ. އަދި ސިއްރު ވޯޓަކުން ނިންމާ ކަންކަން ފިޔަވައި އެ ނޫން ކަންކަމުގައި މެންބަރުން ވޯޓު ދިން ގޮތުގެ ތަފްސީލު،އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.
(ނ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހާނ، ބައްދަލުވުމަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅުން ހުށަހަޅައިފައިވާ ތަރުތީބުންނެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހާއިރު، ވަކިކޮޅަކަށް ވޯޓު ދީފައި ނުވާނަމަ، އެ މެންބަރެއްގެ ވޯޓު ބެލެވޭނީ، ފާސްކުރުމަށް ނުފެންނަކަމަށް ވޯޓު ދިން މެންބަރެއްގެ ގޮތުގައެވެ.
66 ވަނަ މާއްދާ - މެންބަރުން ޖަލްސާގައި ބައިވެރިވުން
ކައުންސިލުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވިކަމަށް ބެލެވޭނީ، ޖަލްސާގައި ވޯޓަށް އަހާ ކަންކަމުގައި ބައިވެރިވެ، އެ މެންބަރަކު ވޯޓުގައި ބައިވެރިވެފައިވާނަމައެވެ.
67 ވަނަ މާއްދާ - އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުން
ކައުންސިލުގެ ޖަލްސާގައި މެންބަރަކު އޮންލައިންކޮށް ބައިވެރިވާނަމަ، ޖަލްސާ ކުރިޔަށްދާ ވަގުތުތަކުގައި، އެ މެންބަރެއްގެ އަޑު އިވޭގޮތަށާއި މޫނު ފެންނަ ގޮތަށް، އޯޑިއޯއާއި ވީޑިއޯ ޖައްސައިފައި ހުންނަންވާނެއެވެ. އަދި ކައުންސިލުގެ ޖަލްސާގެ ހާޒިރީ ރިކޯޑުކުރާއިރު، އެ މެންބަރު ޖަލްސާގައި ބައިވެރިވެފައިވާކަމަށް ހާޒިރީ ގައި ރިކޯޑުކުރަންވާނެއެވެ.
68 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅ،ި އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
- ކައުންސިލުގެ ނައިބު ރައީސް / ޑެޕިއުޓީ މޭޔަރ މަގާމުން ދުރުކުރުން؛
- އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން؛
- ކައުންސިލުގެ އަހަރީ ބަޖެޓު ފާސްކުރުން؛
- ލޭންޑް ޔޫޒް ޕްލޭން ފާސްކުރުން؛
- ސަޕްލިމެންޓްރ ބަޖެޓު ފާސްކުރުން.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ.
- އާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛
- ރަށްރަށުގެ މަގާއި ޕާކުތަކާއި މައިޒާންފަދަ އާންމު ތަންތަން ދާއިމީ ގޮތުގައި ބަންދުކުރުން؛
- ކައުންސިލުން ހޯދ،ާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލެއް ނައްތައިލުން،ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން، ނުވަތަ ވިއްކުން؛
- ކައުންސިލުން މާލީ ކަންކަމުގައި ލުއިދިނުން.
69 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް
ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދޭންވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި، ގަވާއިދުތަކާއި،ސަރުކާރުގެ ސިޔާސަތުތަކާއި، ރަށުގެ ތަރައްގީ ގެ ޕްލޭނާއި، ގައުމީ ތަރައްގީ ގެ ޕްލޭނާ ތައާރުޒުނުވާ ގޮތެއްގެ މަތީންނެވެ.
70 ވަނަ މާއްދާ - މާލީ ކަންކަން ނިންމުން
(ހ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލުތަކުން އަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ގާނޫނުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކައުންސިލުތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް އެހެން ފައިސާއެއް މާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ، އެކަން ކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
71 ވަނަ މާއްދާ - ވޯޓު ދިނުން
(ހ) ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓުދޭނީ، އަތް އުފުލައިގެންނެވެ.
(ށ) ކައުންސިލުގެ ކޮންމެ މެންބަރަކަށް ވެސް ދެވޭނީ، ވޯޓު ނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.
72 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން
ކައުންސިލުން ކަންކަން ނިންމުމުގައި ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނެއެވެ.
73 ވަނަ މާއްދާ - ވޯޓު ގުނައި ތަފުސީލުރިކޯޑުކުރުމާއި، ނަތީޖާ އިއުލާނުކުރުން
ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ނުވަތަ ސެކެރެޓަރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.
74 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު
ކައުންސިލުގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލުގައިމަށްވަރާކުރާނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ.
75 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން
(ހ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި، އަމުރުތަކާއި، ނިންމުންތަކާއި، ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ، ސައްހަ އަމުރުތަކެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ށ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ ސިއްކަޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
76 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމުގެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުގެ މެންބަރުންނަށް ޔައުމިއްޔާ ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކ ކައުންސިލުގެ އިދާރާގެ ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
77 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުން
(ހ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔ،ާ އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުން ފާސްކޮށް، އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ.
(ށ) ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުންތަކުގައި މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައިވާ މައުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.
78 ވަނަ މާއްދާ - ޓައުން ހޯލް މީޓިންގ
(ހ) ކައުންސިލެއް ނިސްބަތްވާ އާބާދ ގެ ދިރިއުޅެމުންދާ މީހުންގެ ތެރެއިން 100 (އެއްސަތޭކަ) މީހުން ނުވަތަ %20 (ވިހި އިންސައްތަ) ރައްޔިތުންގެ ފަރާތުން ކައުންސިލާއެކު މަށްވަރާ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިއްޖެނަމަ، އެންމެ ގިނަވެގެން ވެސް، 30 (ތިރީސް) ދުވަހުގެ ތެރޭގައި ކައުންސިލުން އެފަދަ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުން ބާއްވައިދިނުމަށް އެދޭއިރު، ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ސަބަބާއި، އެދޭ ފަރާތްތަކުގެ ނަ މާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ސޮއި، އެކަމަށް އެދިގެން ފޮނުވާ ލިޔުމުގައި އޮންނަންވާނެއެވެ.
(ރ) ޓައުން ހޯލް ބައްދަލުވުމެއް ބާއްވައިދިނުމަށް ރައްޔިތުން އެދެންވާނީ،އެ ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުން ބޭނުންވ،ާ އާންމު މަސްލަހަތާ ގުޅުންހުރި ކަމަކަށެވެ.
(ބ) ޓައުން ހޯލް ބައްދަލުވުމެއް ބޭއްވޭނ، އެ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ އެ ކައުންސިލަކާ ގުޅުންހުރި ކަންކަމުގައެވެ.
(ޅ) ޓައުން ހޯލް ބައްދަލުވުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން %50 (ފަންސާސް އިންސައްތަ) މީހުން ހާޒިރުނުވާނަމަ، ބައްދަލުވުން ކުރިޔަށް ގެންދިއުމާއި ނުގެންދިއުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ކ) ޓައުން ހޯލް ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުން ބާއްވަން ކަނޑައަޅައިފައިވާ ދުވަހުގެ 7 (ހަތެއް) ދުވަސް ކުރިން އާންމު ކުރަންވާނެއެވެ.
(އ) ޓައުން ހޯލް ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަމާ ގުޅިގެން ފަންނ ފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.
(ވ) ޓައުން ހޯލް ބައްދަލުވުމުގައި ކަމެއް ނިންމައިފިނަމަ، އެ ނިންމުންތަކާއި ބައްދަލުވުމުގެ ޔައުމިއްޔާ އާންމުކުރަންވާނެއެވެ.
79 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ އާންމުކުރުން
(ހ) ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ކުރ މަހުގެ ޔައުމިއްޔ،ާ ހިނގާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރަންވާނެއެވެ.
(ށ) ރަށު ކައުންސިލުތަކުން، ކުރ މަހުގެ ޔައުމިއްޔ،ާ ހިނގާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރަންވާނެއެވެ.
80 ވަނަ މާއްދާ - އަތޮޅު ކައުންސިލުން މައުލޫމާތު ހާމަކުރުން
އަތޮޅު ކައުންސިލުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.
(ހ) ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓު، ގާނޫނުގައި ބަޔާންކޮށްފައިވާ ދުވަހަށް، އަތޮޅު ކައުންސިލަށް ފޮނުވައިފައިވާ ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(ށ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މާލީ ބަޔާން، އަތޮޅު ކައުންސިލަށް ފޮނުވައިފައިވާ ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(ނ) ގާނޫނުގައި ބަޔާންކޮށްފައިވާ ދުވަހަށް، އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓ،ު އަތޮޅު ކައުންސިލަށް ފޮނުވައިފައިވާ ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(ރ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއް ދަތުގައި، ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލު، އަތޮޅު ކައުންސިލަށް ފޮނު ވައިފައިވާ ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(ބ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ހިނގާ އަހަރުގެ ކައުންސިލުގެ ބަޖެޓު ފާސްކޮށް އަތޮޅު ކައުންސިލަށް ފޮނުވައިފައިވާ ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(ޅ) ގާނޫނުގައި ބަޔާންކޮށްފައިވާ ފެބުރުވަރ މަހާއި ޖުލައިމަހު ރައްޔިތުންނާއެކު ބޭއްވުމަށް ބަޔާންކޮށްފައިވާ ބައްދަލުވުން، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ބާއްވައި، އެ މައުލޫމާތު އަތޮޅު ކައުންސިލަށް ފޮނުވި ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(ކ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް، ކޮންމެ ހަތަރު މަހަކުން އެއްމަހު ރަށު ކައުންސިލުތަކުން ބާއްވަން ގާނޫނުގައި ބަޔާންކޮށްފައިވާ ބައްދަލުންތައް ބޭއްވިކަމުގެ މައުލޫމާތު، އަތޮޅު ކައުންސިލަށް މައުލޫމާތު ފޮނުވި ރަށު ކައުންސިލުތަކުގެ މައުލޫމާތު.
(އ) އަތޮޅު ކައުންސިލުގެ ތަރައްގީ ޕްލޭނަށް އަމަލ ސިފަ އަންނަމުންދާގޮތުގެ މައުލޫމާތު ކޮންމެ 2 (ދޭއް) މަހަކުން އާންމުކުރުން.
(ވ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ކުރިޔަށްއޮތް އަހަރުގައި ހާސިލުކުރުމަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް އާންމުކުރިކަން އަތޮޅު ކައުންސިލަށް ހިއްސާކޮށްފައިވާ ކޮމިޓީ ތަކުގެ މައުލޫމާތު.
(މ) ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުން، ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރު އެނގޭނެ ރިޕޯޓު އާންމުކޮށްފައިވާ ކޮމިޓީ ތަކުގެ މައުލޫމާތު.
ހަތްވަނަ ބާބު
ކައުންސިލްތަކުގެ މާލިއްޔަތުން ހަރަދުކުރުން
81 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުން
ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުމަކީ، ރައްޔިތުންގެ މާލިއްޔާއިންނާއި ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުންނާއި އެކިއެކި ޖަމާއަތްތަކުން ކައުންސިލަށް ލިބޭ އެހީ އާއި ލޯނާއި އެހެނިހެން ގޮތްގޮތުން ކައުންސިލަށް ލިބޭ އާމްދަނީ އާއި އެހެނިހެން ފައިސާއާއި އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ބިންބިމާއި ތަކެތި ބޭނުންކުރުމެވެ.
(ހ) ކައުންސިލުގެ މާލިއްޔަތުގައި ހިމެނޭ ރައްޔިތުންގެ ފައިސާއިން އެއްވެސް ހަރަދެއް ކުރަންވާނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި އެ ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓްރަސްޓް ފަންޑެއް ހުޅުވައި، ޓްރަސްޓް ފަންޑުން ހަރަދުކުރުމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކައުންސިލުގެ މާލިއްޔަތުގެ ތެރެއިން ރައްޔިތުންގެ ފައިސާ ފިޔަވައި އެހެނިހެން ފައިސާއިން ހަރަދުކުރަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގައިވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ މާލިއްޔަތުގެ ތެރެއިން ރައްޔިތުންގެ ފައިސާއާއި އެހެނިހެން ފައިސާއިން ހަރަދު ނުކުރެވޭނެކަމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެ ފައިސާއިން ހަރަދުކޮށްގެން ނުވާނެއެވެ.
(ރ) ކައުންސިލުތަކުން ފައިސާއާއި އިން-ކައިންޑް ހަރަދު ކުރެވޭނ ފިނޭންސް މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތީން ހަރަދު ކުރެވޭނެކަމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް އެކަންޏެވެ.
(ބ) ކައުންސިލުގެ މާލީ އެންމެހައި ކަންކަން ކުރަންވާނ ވިޔަ މޮޑިއުލްގެ ތެރެއިންނެވެ.
82 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދު ނުކުރެވޭނެ ކަންކަން
އަންނަނިވި ކަންކަމަށް ކައުންސިލުގެ މާލިއްޔަތުން އެއްވެސް ހާލަތެއްގައި ހަރަދުކޮށްގެން ނުވާނެއެވެ.
(ހ) ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުންތަކެއްގެ ފަރުދ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަދުކުރުން.
(ށ) ކައުންސިލުގެ މާލިއްޔަތުން ނަގުދު ފައިސާއާއި އިން-ކައިންޑް އެހީ ރައްޔިތުންނަށް ބެހުން.
(ނ) ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުން.
(ރ) ދިވެހި ދައުލަތާއި ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުތަކާ އިދިކޮޅު ކަންކަން ތަންފީޒު ކުރުމަށް ޓަކައި ހަރަދުކުރުން.
(ބ) ކައުންސިލަށް ނުވަތަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށް ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުން ލަފާދީފައިވާ ކަންކަމަށް ހަރަދުކުރުން.
(ޅ) އިސްލާމްދ ނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުވުމާއި ރައްޔިތުންގެ މެދުގައި ހަމަނުޖެހުމާއި ބައިބައިވުމަށް މަގުފަހިވެދާނެފަދަ ކަންކަމަށް ހަރަދުކުރުން.
83 ވަނަ މާއްދާ - ކައުންސިލުން އެހެން ފަރާތްތަކަށް އެހީ ދިނުން
(ހ) ކައުންސިލުން އެއްވެސް ފަރާތަކަށް އެހީތެރިވާނަމަ އެހީތެރިވާންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) އަތޮޅު ކައުންސިލުތަކުން ރަށު ކައުންސިލުތަކަށް އެހީތެރިވާންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެހީ ދެވޭނ ކައުންސިލުން ފާސްކޮށްފައިވާ ވާރކް ޕްލޭނާއި ބަޖެޓުގައި ހިމެނިފައިވާ ކަންކަން ތަންފީޒު ކުރުމަށެވެ.
(ރ) ކައުންސިލުތަކުން ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮ ކުރުމުގެ ގޮތުން އެއްވެސް ފަރާތަކަށް ސަބްސިޑީ އެއް ނުވަތަ އެހީ އެއް ދީގެން ނުވާނެއެވެ.
(ބ) ވަކި މުނާސަބަތަކާއި ނުވަތަ ހާއް ސަ ދުވަހަކާ ގުޅިގެން ރައްޔިތުންގެ މާލިއްޔާއިން ވަކި ފަރުދަކަށް ނުވަތަ ގިނަ ބަޔަކަށް ފައިސާގެ އެހީ ނުވަތަ އިން- ކައިންޑް ދީގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެހީތެރިކަން ދެވޭނ ޖަމާއަތުގެ ފައިދާއަށާއި ރަށުގެ ތަރައްގީ އާ ގުޅޭކަންކަމުގައެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުތަކަށް އެއްވެސް ފަރާތަކަށް އެހީތެރިވެދެވޭނ ބްލޮކް ގުރާންޓް ނުލައި ކައުންސިލުގެ އާމްދަނީ ގެ ގޮތުގައި ޖަމާވި ބަޖެ ޓުގެ 5% )ފަހެއް އިންސައްތަ( އަށްވުރެ ބޮޑު ނޫން އަދަދެކެވެ.
84 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުމަށް ނުނިންމޭނެ ހާލަތްތައް
އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއްގައި ކައުންސިލުގެ މާލިއްޔަތުން، ކައުންސިލް ހިންގުމަށް ނުވަތަ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ކައުންސިލުން އާދަވެ ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް ނިންމައިގެން ނުވާނެއެވެ.
(ހ) އައު ދައުރަކަށް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށްފައިވުން.
(ށ) ކައުންސިލްތަކުގެ އިންތިގާލީ މަރުހަލާގެ މުއްދަތު.
(ނ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެކުލަވައިލައިފައިވާ އުސޫލެއްގައި ވަކި ހަރަދެއް ކުރުން ކައުންސިލްތަކަށް މަނާކޮށްފައިވުން.
85 ވަނަ މާއްދާ - ކައުންސިލުން ހަރަދު ނުކުރުމަށް އެންގުން
މި ގަވާއިދުގެ 82 ވަނަ މާއްދާގައި އެ ފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުން ވަކި ކަމަކަށް ހަރަދު ނުކުރުމަށް ށަރުއީ ކޯޓަކުން، ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީީން، ނުވަތަ މިނިސްޓްރީ އޮފް ފިނޭންސުން، ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުން، ނުވަތަ އެންޓ-ިކޮރަޕްށަން ކޮމިށަނުން، ނުވަތަ އެހެން މުއައްސަސާއަކުން އަންގައިފިނަމަ، އެފަދަ ހަރަދެއް ކައުންސިލުން ކޮށްގެން ނުވާނެއެވެ.
86 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދު ކުރަން ނިންމުން
(ހ) ކައުންސިލުގެ މާލިއްޔަތުން އެއްވެސް މިންވަރެއް ހަރަދުކުރަން ނިންމަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ މަގުސަދު ނުގެއްލޭގޮތަށް، އަދި ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކައުންސިލުގެ މާލިއްޔަތުން ކުރާ ހުރިހާ ހަރަދެއް ކުރަންވާނީ، ކައުންސިލުން ފާސްކުރާ ބަޖެޓުގައި ހިމަނައި، އެ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ކައުންސިލުން ބަޖެޓު ކޮށްފައިނުވާ ކަމަކަށް ހަރަދުކުރަން ޖެހިއްޖެނަމަ، އެ ކަމަކަށް ހަރަދުކުރަންވާނީ، އެފަދަ ހަރަދެއް ކުރަންޖެހޭ ސަބަބު ބަޔާންކޮށް ސަޕްލިމެންޓަރ ބަޖެޓެއް ތައްޔާރުކޮށް، ކައުންސިލުން އެ ބަޖެޓު ފާސްކޮށް، އެ ބަޖެޓާ އެއްގޮތަށެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަޕްލިމެންޓަރ ބަޖެޓު ތައްޔާރުކޮށް ހަރަދުކުރަންވާނީ، ދައުލަތުގެ މާލީ ވުޒާރާއިން ކަނޑައަޅައިފައިވާ ގަވާއިދު ނަންބަރު 2022-58 (ކައުންސިލުތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލުތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން، މާލީ ވުޒާރާގެ ހުއްދަޔާއެކު ގައެވެ.
(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ޓްރަސްޓް ފަންޑަކުން ހަރަދުކުރުމުގައި، އެ ހަރަދުކުރުމަށް ކައުންސިލުން ގަރާރެއް ފާސްކުރަންވާނެއެވެ.
(ޅ) ރައްޔިތުންގެ ފައިސާއާއި ކައުންސިލްތަކުގެ އާމްދަނީ އަށް ލިބޭ ފައިސާއިން ކުރާ ހަރަދުތަކާ ގުޅިގެން ކައުންސިލުގެ ބަޖެޓުގައި ހިމަނާ ކަންކަން ކައުންސިލުން ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ލަފަޔާއި މަށްވަރާ ހޯދަންވާނެއެވެ.
(ކ) އެއްވެސް ކަމަކަށް ނުވަތަ ބޭނުމަކަށް ކައުންސިލުގެ މާލިއްޔަތުން ހޭދައެއް ކުރުމަށް ކައުންސިލުން ނިންމައިފިނަމަ، އޭގެ ތަފުސީލު އެނގޭނެގޮތަށް އެ ނިންމުމެއް އާންމުކުރުމަށްފަހު މެނުވ، އެ ނިންމުމެއް ތަންފީޒުކޮށްގެން ނުވާނެއެވެ.
87 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ކުރި ހަރަދުގެ މައުލޫމާތު ހާމަކުރުން
(ހ) ކައުންސިލްތަކުން ފާއިތުވެދިޔަ މަހު ކުރި ހަރަދުތަކުގެ ތަފްސީލު، ހިނގަމުންދާ މަސް ނިމުމުގެ ކުރިން އާންމުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މުވައްޒަފުންގެ މުސާރައާއި، އިތުރުގަޑީ ގެ ހަރަދާއި، އެހެނިހެން އެލަވަންސްތަކުގެ ޖުމުލަ ހަރަދު ވަކިން އެނގެން އޮންނަ ގޮތަށް؛
- ކައުންސިލްތަކުގެ ދަތުރު ހަރަދާއި، ދަތުރުތަކުގެ ތަފުސީލު (ކޮންމެ ދަތުރެއް ވަކިން އެނގެން އޮންނަ ގޮތަށް)؛
- ކައުންސިލްތަކުގެ އެހެނިހެން ހަރަދު،
(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރާ މައުލޫމާތު އާންމުކުރަންވާނީ، އެ ކައުންސިލް ނިސްބަތްވާ ސަރަ ހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންނާނެގޮތަކަށާއި ކިޔޭނެ ގޮތަކަށެވެ.
88 ވަނަ މާއްދާ - ކައުންސިލުތަކުން ވިޔަފާރިކުރުން
ކައުންސިލުން ވިޔަފާރި ކުރަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2021-49 (ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު) އާ އެއްގޮތަށެވެ.
އަށްވަނަ ބާބު
ކައުންސިލުގެ މުދަލާއި ވަސީލަތްތައް ބެލެހެއްޓުން
89 ވަނަ މާއްދާ - ކައުންސިލުގެ މުދަލާއި ވަސީލަތްތައް
(ހ) ކައުންސިލުގެ އިދާރާއާއި، ކައުންސިލުގެ މިލްކިއްޔާތާއި، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވިޔަފާރިއާއި، ވަސީލަތްތަކާއި،ކައުންސިލު އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ތަކެއްޗާއި ކަންކަން ކައުންސިލުގެ އިދާރާއިން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކައުންސިލުގެ ރައީސްގެ މަށްވަރާގެ މަތީން އިދާރީ ގޮތުން އިންތިޒާމުކޮށް ޖަވާބުދާރ ކުރުވަނިވި ގޮތެއްގައި ބެލެހެއްޓުމަކ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
90 ވަނަ މާއްދާ - ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުން
(ހ) ރައްކައުތެރިކަމާއެކު ކައުންސިލު އިދާރާ ހުޅުވައި ލެއްޕުމުގެ އެންމެހައި ކަންކަން، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް އިންތިޒާމުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) ކައުންސިލު އިދާރާ ހުޅުވުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުވައްޒަފު ފިޔަވައި އެހެން އިތުރު އެއްވެސް ފަރާތަކަށް އިދާރާގެ ތަޅުދަނޑިއެއް ހަވާލުކޮށްގެން ނުވާނެއެވެ.
(ނ) ކައުންސިލު އިދާރާ ހުޅުވައި ލެއްޕުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތު، މި ގަވާއިދާ އެއްގޮތަށް ކޮންމެ ކައުންސިލަކުން އެކުލަވައިލަންވާނެއެވެ.
91 ވަނަ މާއްދާ - ކައުންސިލް އިދާރާގެ މުދަލާއި ވަސީލަތްތައް
ކައުންސިލް އިދާރާގެ މުދަލާއި ވަސީލަތްތައް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، ކަމާގުޅޭ އުސޫލުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކައުންސިލުތަކުން ބަލަހައްޓަންވާނެއެވެ.
92 ވަނަ މާއްދާ - ކައުންސިލުގެ މުދަލާއި ވަސީލަތުގެ ބޭނުން ހިފުން
(ހ) ކައުންސިލުގެ ބޭނުމަށް ކައުންސިލަރަކަށް ނުވަތަ އިދާރީ މުވައްޒަފަކަށް ހަވާލުކޮށްފައިވާ މުދަލެއްނަމަ، އެ މުދަލެއް ބޭނުން ކުރަންވާނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުން މުދަލެއް ހަވާލުކޮށްފައިވާ ކައުންސިލަރަކު ނުވަތަ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުދަލެއް ކައުންސިލުގެ އިދާރާއާ ހަވާލުކުރަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލަރަކާ ނުވަތަ އިދާރީ މުވައްޒަފަކާ ހަވާލުކޮށްފައިވާ ކައުންސިލުގެ މުދާ ބޭނުންކުރާނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަން ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ.
ނުވަވަނަ ބާބު
ކައުންސިލުގެ ކޮމިޓީ ތައް
93 ވަނަ މާއްދާ - ކައުންސިލުގެ ކޮމިޓީ ތައް
(ހ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކުން ދައުލަތުގެ އިދާރާތަކުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކޮމިޓީ ތައް، އެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކައުންސިލުތަކުން އެކުލަވައިލަންވާނެއެވެ.
(ށ) ކައުންސިލް ހިންގުމުގައި ފަންނ މީހުންނާއި ރައްޔިތުންގެ މަށްވާރާއާއި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ލަފާދޭ ކޮމިޓީ ތައް ކައުންސިލްތަކުން އުފެއްދިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ ތައް އެކުލަވައިލައިގެން، އެ ކޮމިޓީ ތައް ހިންގާނެ ގޮތުގެ އިޖުރާތުތައް ކޮންމެ ކައުންސިލަކުން ވެސް އެކުލަވައިލައި، އެ އިޖުރާތުތައް، އެ ކައުންސިލުގެ ހިންގާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ދިހަވަނަ ބާބު
ކައުންސިލުގެ އިދާރާގެ މުވައްޒަފުން
94 ވަނަ މާއްދާ - ކައުންސިލުގެ މުވައްޒަފުން
(ހ) ކައުންސިލުގެ މުވައްޒަފުން ބެހިގެންވަނީ، ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ކޮމިއުނިޓ ކައުންސިލް އޮފިސަރުންގެ މައްޗަށެވެ.
(ށ) "ކައުންސިލުގެ އިދާރީ މުވައްޒަފުން" ކަމުގައި ބަޔާންކޮށްފައި އެވަނީ،ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުގެ ބަޖެޓުގެ ތެރެއިން މުސާރަދޭ މުވައްޒަފުންނަށެވެ.
(ނ) "ކޮމިއުނިޓީ ކައުންސިލް އޮފިސަރުން" ކަމުގައި ބަޔާންކޮށްފައި އެވަނީ،ކައުންސިލުން ފޯރުކޮށްދޭ ރަށްވެހި ހިދުމަތާއި ތަރައްގީ ގެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރުމަށް އިތުރަށް މުވައްޒަފުން ބޭނުންވެގެން ކައުންސިލުން އުފައްދާ މަގާމުތަކުގައި ވަޒީފާ އަދާކުރ،ާ ކައުންސިލުގެ އާމްދަނީ ން ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ އާމްދަނީ ން މުސާރަދޭ އެންމެހައި މުވައްޒަފުންނަށެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ކޮމިއުނިޓީ ކައުންސިލް އޮފިސަރުންނަކީ، ކައުންސިލުން ފޯރުކޮށްދިނުމަށް ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމުކުރާ އެންމެހައި މަސައްކަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބަޔަކަށް ވާންވާނެއެވެ.
95 ވަނަ މާއްދާ - މުވައްޒަފުންގެ އޮނިގަނޑު
(ހ) ކައުންސިލުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ކައުންސިލުގެ އިދާރާގެ އޮނިގަނޑެއް، ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލުން ފާސްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން އެކުލަވައިލާ ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި، ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ އިދާރީ މަސައްކަތްތަކާއި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް މުވައްޒަފުން ހޮވުމަށް ބޭނުންވާ މަގާމުތައް ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން އެކުލަވައިލާ ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަރަދުކުރާނީ، ކައުންސިލަށް ސަރުކާރުން ދޭ ހިލޭ އެހީ ގެ ފައިސާއިންކަން، ނުވަތަ ކައުންސިލުގެ ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ އާމްދަނީ ންކަން ކަނޑައަޅައި، އެކަން އެނގޭނޭހެން ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި ފާހަގަކުރަންވާނެއެވެ.
96 ވަނަ މާއްދާ - އިދާރީ މުވައްޒަފުން ހޮވުމާއި ވަކިކުރުން
(ހ) ކައުންސިލުން އެއްވެސް ބޭނުމަކު މުވައްޒަފަކު ހޮވަންވާނީ، މި ގަވާއިދުގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލުން ފާސްކޮށް، ސިވިލް ސަރވިސް ކޮމިށަނުން ހުއްދަ ދީފައިވ،ާ ކައުންސިލުގެ އިދާރާގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކައުންސިލުގެ އޮނިގަނޑުގައި ހިމެނޭ ކައުންސިލުގެ އިދާރީ މަގާމުތަކަށް ދާއިމީ މުވައްޒަފުންނާއި ވަގުތީ ގޮތުން މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމާއި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2007-05 (ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިށަނުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ކައުންސިލުގެ އޮނިގަނޑުގައި ހިމެނޭ ކައުންސިލުގެ މުނިސިޕަލް މަގާމުތަކަށް ދާއިމީ މުވައްޒަފުންނާއި ވަގުތީ ގޮތުން މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމާއި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނީ، ސިވިލް ސަރވިސްގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށެވެ.
(ރ) ކައުންސިލުގެ އިދާރާގެ އެއްވެސް މަގާމަކަށް ދާއިމީ މުވައްޒަފަކު ނުވަތަ ވަގުތީމުވައްޒަފަކު ވެސް ހޮވުމުގެ ކުރިން، އެ މުވައްޒަފަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގައި މަސައްކަތްކުރުމުން ދޭ އެލަވަންސް ދިނުމަށް ބޭނުންވާ ފައިސާ ކައުންސިލުގެ ބަޖެޓުގައި ހިމެނޭކަން ކަށަވަރު ކުރަންވާނެއެވެ.
(ބ) ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީ ގެ ފައިސާއަށް ހަރަދުކުރުމުގައި، މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2022-58 (ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ކައުންސިލުން ހިފަހައްޓަންވާނެއެވެ.
97 ވަނަ މާއްދާ - ކައުންސިލް އިދާރާގެ މުވައްޒަފުން ޖަވާބުދާރ ވުން
ކައުންސިލް އިދާރާގެ އެންމެހައި މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތްތަކާއި ޒިންމާތަކާ ގުޅޭގޮތުން ޖަވާބުދާރ ވާންވާނެއެވެ.
98 ވަނަ މާއްދާ - ކައުންސިލް އިދާރާއަށް މުވައްޒަފުން ނުލިބޭ ހާލަތް
(ހ) ކައުންސިލް އިދާރާއިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިދާރީ މުވައްޒަފުން ކައުންސިލަށް ނުލިބޭ ހާލަތުގައި އެހެން ކައުންސިލެއްގައި ހުރި މުވައްޒަފަކު ލައްވާ ހިދުމަތް ހޯދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފެއްގެ ހިދުމަތް ހޯދާނަމަ، އެކަމަށް ދާނެ ހަރަދާއި، ހިދުމަތް ދިނުމާއި، ހިދުމަތް ހޯދާނެ ގޮތުގެ ތަފުސީލު އެއްބަސްވުމެއް، ހިދުމަތް ލިބިގަންނަ ކައުންސިލާއި ހިދުމަތް ފޯރުކޮށްދޭ ކައުންސިލުން އެކުލަވައިލާންވާނެއެވެ.
99 ވަނަ މާއްދާ - ގުޅިގެން ދެ ކައުންސިލެއް ނުވަތަ އެއަށްވުރެ ގިނަ ކައުންސިލަކުން ހިދުމަތެއް ފޯރުކޮށްދިނުން
(ހ) ދެ ކައުންސިލަކުން ނުވަތަ އެއަށްވުރެ ގިނަ ކައުންސިލުތަކުން ގުޅިގެން ހިދުމަތެއް ފޯރުކޮށްދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހިދުމަތެއް ފޯރުކޮށްދޭނަމަ،އެ ހިދުމަތެއް ފޯރުކޮށްދޭ ކައުންސިލުތަކުގެ މެދުގައި، އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްވުމެއް ގާއިމު ކުރަންވާނެއެވެ.
އެގާރަ ވަނަ ބާބު
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ
100 ވަނަ މާއްދާ - ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް
މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިޓީ ގެ މެންބަރުންގެ ތެރެއިން، ކޮމިޓީ ގެ ރައީސާއި ނައިބު ރައީސާއި، ކޮމިޓީ ގެ މެންބަރުން އިންތިހާބު ކުރަންވާނެއެވެ.
101 ވަނަ މާއްދާ - ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާނެ ގޮތް
(ހ) މި ގަވާއިދުގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ، ކޮމިޓީ ގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.
- ކޮމިޓީ ގެ މެންބަރުންގެ ތެރެއިން ކޮމިޓީ ގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިހާބުކުރުމަށް އެދޭ މެންބަރެއްގެ ނަން، ކޮމިޓީ ގެ އާންމު ބައްދަލުވުމަކަށް ހުށަހެޅުން؛
- ނަން ހުށަހެޅި މެންބަރުންގެ ތެރެއިން ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވޭނ، ކޮމިޓީ ގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން؛
- ކޮންމެ މަގާމެއް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނ 1 (އެކެއް) ވޯޓު؛
- ކޮމިޓީ ގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓަށް އަހާނ ކޮންމެ މަގާމަކަށް ވަކިވަކީންނެވެ.
(ށ) ކޮމިޓީ ގެ ރައީސަކު އިންތިހާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ކޮމިޓީ ގެ ރައީސަކު އިންތިހާބު ކުރެވެންދެން ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސް ނުވަތަ މޭޔަރެވެ.
(ނ) ކޮމިޓީ ގެ ރައީސްގެ މަގާމު ހުސްވެގެން ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީ ގެ ނައިބު ރައީސެވެ. އަދި ނައިބު ރައީސަކު ނެތްނަމަ ކޮމިޓީ ގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.
(ރ) ކޮމިޓީ ގެ ނައިބު ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ،ކޮމިޓީ ގެ ރައީސެވެ.
(ބ) ކޮމިޓީ ގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިހާބުވާނ، އެންމެ ގިނަ ވޯޓު ލިބޭ މެންބަރެކެވެ.
102 ވަނަ މާއްދާ - ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން
(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމިޓީ ގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން، އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ.
- ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމިޓީ ގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން؛
- ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން، އެ ކަންކަން އިސްލާހުކުރުމަށް ކޮމިޓީީން 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން.
(ށ) މި މާއްދާގެ ދަށުން ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާތު ފުރިހަމަކުރުމަށް ކޮމިޓީ ގެ އާންމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން އެޖެންޑާ ކުރުމަކ ކޮމިޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމިޓީ ހިންގުމާ ހަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ.
(ނ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމިޓީ ގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމިޓީ ގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލާ އެއްގޮތަށެވެ.
(ރ) ކޮމިޓީ ގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމިޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ބައްދަލުވުމަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ބ) ކޮމިޓީ ގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނ،ކޮމިޓީ ގެ އަގުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.
(ޅ) ކޮމިޓީ ގެ ރައީސްކަމުގެ ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން މެންބަރަކު ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
(ކ) ކޮމިޓީ ގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެގޮތަށް ކޮމިޓީީން ފާސްކޮށްފައިވަނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކޮމިޓީީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު ކޮމިޓީީން ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފައިވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކައުންސިލުން ކަނޑައަޅައި، ކޮމިޓީ އަށް އެކަން އަންގަންވާނެއެވެ.
(އ) މި މާއްދާގައިވާ ގޮތުގެ މަތީން ކޮމިޓީީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވާނ އަންނަނިވި ލިޔެކިޔުމާއެކުގައެވެ.
- އިސްލާހުކުރުމަށް ބޭއްވުނު ބައްދަލުވުމާއި އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވުނު ބައްދަލުވުމަށް މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހެޅި ލިޔުންތައް؛
- އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ އެޖެންޑާތައް؛
- އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
- އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް؛
- އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމިޓީ ގެ ބައްދަލުވުމަށް ހުށަހެޅި ލިޔުންތައް؛
- އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހުކުރުމަށް ދިން މުއްދަތު އަންގައި ކޮމިޓީ ގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުން؛
- ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.
(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް، ވީއެންމެ އަވަހަކަށް ކޮމިޓީީން ފޯރުކޮށްދޭންވާނެއެވެ.
(މ) ކޮމިޓީ ގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީ ގޮތުން ދުރުވާންވާނެއެވެ.
(ފ) ކޮމިޓީ ގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީ ގެ ހިންގުމާ ހަވާލުވެ ހުންނާނ، ކޮމިޓީ ގެ ނައިބު ރައީސެވެ. އަދި ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކޮމިޓީ ގެ ހިންގުމާ ހަވާލުވެ ހުންނާނީ،އެ ވަގުތަކު ކޮމިޓީީން ކަނޑައަޅާ މެންބަރެކެވެ.
(ދ) ކޮމިޓީ ގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި، މި ގަވާއިދުގައިވާ އިޖުރާތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރު ކޮށްދިނުމުންނެވެ.
(ތ) މި މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު،ކޮމިޓީ ގެ ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގުނު ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.
(ލ) ކޮމިޓީ ހިންގުމުގައި ކޮމިޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމިޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމިޓީ ގެ ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކޮމިޓީ ގެ ނިންމުން ލިޔުމުން ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގުނުކަން ކޮމިޓީީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކޮމިޓީ ގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.
(ގ) މި މާއްދާގެ (ލ) ގެ ދަށުން ރައީސަށް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ. އަދި މި ހާލަތުގައި ރައީސަށް ނުވަތަ ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.
(ޏ) ކޮމިޓީ ހިންގުމުގައި އިސްލާހުކުރަން އަންގާ ކަމެއް އެކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި އިސްލާހު ނުކުރުމާއި، ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައިވަނިކޮށް އެފަދަ ކަމެއް ނުވަތަ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ ހިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނެއެވެ.
(ސ) މި މާއްދާގެ ދަށުން ކޮމިޓީ ގެ ރައީސާއި ނައިބު ރައީސަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތުގައި، އެ ރައީސާއި ނައިބު ރައީސަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ލަފަޔާއި މަށްވަރާގެ މަތީން ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރި ކުރެވިދާނެއެވެ.
103 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން
އެއްވެސް ސަބަބަކާހުރެ ކޮމެޓީ ގެ މެންބަރަކު ވަކިވެއްޖެނަމަ، ރަށެއްނަމަ ރަށު ކައުންސިލް މެދުވެރިކޮށް، ސިޓީ އެއްނަމަ ސިޓީ ކައުންސިލް މެދުވެރިކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ސަބަބު އެނގޭގޮތަށް ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރުކަމުން ވަކިވިކަމަށް ބެލެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީ އަށް އެޑްރެސްކޮށް ސިޓީ ފޮނުވުން.
(ށ) މަގުބޫލު އުޒުރެއް ނެތި، ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީީން ގަބޫލުކުރާ އެނޫން ސަބަބެއް މެދުވެރިވުމުން.
(ނ) މެންބަރެއްގެ ކިބައިގައި ހުރުން ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56-6 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލާޒިމުކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން.
(ރ) މަރުވުން ނުވަތަ ކޮމިޓީ ގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.
104 ވަނަ މާއްދާ - ކޮމިޓީ ގެ ބައްދަލުވުން
ކޮމިޓީ ގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ބާވަތުގެ މައްޗަށެވެ.
(ހ) ކޮމިޓީ ގެ އާންމު ބައްދަލުވުން.
(ށ) ކޮމިޓީ ގެ ކުއްލި ބައްދަލުވުން.
(ނ) ކޮމިޓީީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް.
105 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނ އަދަދު
(ހ) ކޮމިޓީ ގެ ބައްދަލުވުމެއް ބޭއްވޭނ، ކޮމިޓީ ގެ ޖުމުލަ މެންބަރުންގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރު، ކޮމިޓީ ގެ ރައީސަށް ލިބިގެންވެއެވެ.
106 ވަނަ މާއްދާ - ކޮމިޓީ ގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މަހަކު އެއްފަހަރު ކޮމިޓީ ގެ ތާވަލުކޮށްފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި ކޮންމެ މަހަކު ވެސް އާންމުކޮށް ބައްދަލުވުން ބާއްވާނެ ދުވަސް ކޮމިޓީީން ކަނޑައަޅަންވާނެއެވެ.
(ށ) ކޮމިޓީ ގެ ރައީސަށް ނުވަތަ ކޮމިޓީ ގެ މެންބަރުންގެ އަގުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށްވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
107 ވަނަ މާއްދާ - ކޮމިޓީ ގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ
(ހ) ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކޮމިޓީ ގެ ރައީސެވެ.
(ށ) ކޮމިޓީ ގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ކޮމިޓީ ގެ ރައީސް، ކޮމިޓީ ގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީ ގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 1 (އެކެއް) ދުވަސް ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކޮމިޓީ ގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ.
(ރ) ކޮމިޓީ ގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކޮށްފައިވާ ދުވަހުގެ 2 (ދޭއް) ދުވަސް ކުރިން، ލިޔުމަކުން ކޮމިޓީ ގެ ރައީސަށް އަންގަންވާނެއެވެ.
(ބ) ކޮމިޓީ އަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީ ގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.
108 ވަނަ މާއްދާ - ކޮމިޓީީން ކަމެއް ނިންމުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިޓީ ގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކޮމިޓީ ގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅ،ި އަދި އެ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނ، މުޅި ކޮމިޓީ ގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
- ކޮމިޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ދުރުކުރުން؛
- ކޮމިޓީ ގެ ނަމުގައި ވިޔަފާރިކުރުމާއި ދަރަންޏަށް ޒިންމާވުން.
109 ވަނަ މާއްދާ - ކޮމިޓީީން ކަމެއް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތައް
ކޮމިޓީީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީީން ކަންކަން ނިންމަންވާނީ، އަންހެނުންގެ ތަރައްގީ އާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީ ގެ ޕްލޭނާއި ގައުމީ ތަރައްގީ ގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
110 ވަނަ މާއްދާ - ވޯޓު ދިނުން
(ހ) ކޮމިޓީ ގެ އެއްވެސްކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.
(ށ) ކޮމިޓީ ގެ ކޮންމެ މެންބަރަކަށް ވެސް، ވޯޓަށް އެހޭ ކަމެއްގައި ދެވޭނީ، 1 (އެކެއް) ވޯޓެވެ.
111 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު
ކޮމިޓީ ގެ އެއްވެސް މެންބަރެއްގެ ފިރިމީހާގެ، ނުވަތަ ދަރިއެއްގެ، ނުވަތަ މަންމަގެ، ނުވަތަ ބައްޕަގެ، ނުވަތަ އެއްބަނޑުއެއްބަފާ މ ހެއްގެ، ނުވަތަ އެއްބަނޑު މީހެއްގެ ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ކަމަކާމެދު ކޮމިޓީ ގައި މަށްވަރާކުރާނަމަ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީ ގައި މަށްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަށްވަރާކޮށް ގޮތެއް ނިންމުމުގައި، އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.
112 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން
ކޮމިޓީީން ކަމެއް ނިންމުމުގައި ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނެއެވެ.
113 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން
(ހ) ކޮމިޓީީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް އާންމު ނުކުރާނަމަ، އެއ ސައްހަ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކެއްކަމުގައި ނުބެލެވޭނެއެވެ.
(ށ) ކޮމިޓީީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކޮމިޓީ ގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީ ގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީ ގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
114 ވަނަ މާއްދާ - ކޮމިޓީ ގެ މަސައްކަތު ތާވަލު އެކުލަވައިލުމާއި ފާސްކުރުން
(ހ) އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން، ކޮންމެ 5 (ފަހެއް) އަހަރަކު ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް، ކައުންސިލުން ތައްޔާރުކުރ،ާ ރަށުގެ ތަރައްގީ ގެ ޕްލޭނުގައި ހިމަނަންވާނެއެވެ.
(ށ) ރަށުގެ ތަރައްގީ ގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށް އޮތް އަހަރު ކޮމިޓީ ގެ މަސައްކަތު ތާވަލު، ކައުންސިލުން ކަނޑައަޅާ ދުވަހެއްގެ ނިޔަލަށް ކޮންމެ އަހަރަކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
115 ވަނަ މާއްދާ - ބަޖެޓު އެކުލަވައިލުން
(ހ) ކައުންސިލަށް ލިބޭ ހިލޭ އެހީ ގެ ތެރެއިން ކޮމިޓީ އާ ހަވާލުކުރެވޭ ފައިސާއާއި، ކޮމިޓީ އަށް ލިބޭ އާމްދަނީ އާއި އެހެނިހެން ހިލޭ އެހީ ތަކަށް ބިނާކޮށް، މި ގަވާއިދުގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީ ގެ މަސައްކަތު ތާވަލުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ޓަކައި ކޮމިޓީީން ބަޖެޓެއް އެކުލަވައިލައި، ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުން ބަޖެޓު އެކުލަވައިލާއިރު، ކޮމިޓީ ގެ ބަޖެޓު އޭގައި ހިމަނަންވާނެއެވެ.
(ށ) ކޮމިޓީ ގެ ބަޖެޓުން ހަރަކާތްތައް ހިންގުމަށް ފާސްކޮށް ހަރަދުކުރަންވާނީ،މެންބަރުންގެ އުޖޫރައަށްވާ ފައިސާ އުނިކުރުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ހ) ގައި ކޮމިޓީ އަށް ލިބޭނެކަމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއިން އަހަރު ނިމޭއިރު ހަރަދު ނުކުރެވޭނަމަ، އެ ފައިސާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ އާމްދަނީ ގެ ގޮތުގައި ޖަމާކުރަންވާނެއެވެ. ނަމަވެސް، ޑިސެންބަރު މަހުގެ 31 (ތިރީސްއެކެއް) ވަނަ ދުވަހުގެ ކުރިން ގަނެފައިވާ ތަކެއްޗާއި، ހޯދައިފައިވާ ހިދުމަތާއި، ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި، ހޯދަން އެއްބަސްވެފައިވާ ހިދުމަތްތަކުގެ އަގަށްވާ ފައިސާ، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރ މަހުގެ 31 (ތިރީސްއެކެއް) ވަނަ ދުވަހުގެ ކުރިން ދައްކައި ނިންމަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީ ގެ އެންމެހައި އާމްދަނީ ފައިސާ ޖަމާކުރާނީ،ކައުންސިލުގެ އެކައުންޓުގައި ކޮމިޓީ އަށް ހާއްސަކޮށްފައިވާ ކޯޑުގައެވެ. އަދި މި ގަވާއިދަށް އަމަލުކުރުމުގެ ކުރީގައި ކޮމިޓީ ގެ އެކައުންޓުގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އުވައިލައި، އެ އެކައުންޓުތަކުގައި ހުރި ކޮމިޓީ ގެ ފައިސާ ކައުންސިލުގެ އެކައުންޓުގައިވާ ކޮމިޓީ ގެ ކޯޑަށް ބަދަލު ކުރަންވާނެއެވެ.
116 ވަނަ މާއްދާ - ކޮމިޓީ ގެ ފިކްސްޑް އެލަވަންސާއި ސިޓިންގ އެލަވަންސް
(ހ) އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ މެންބަރުންނަށް އުޖޫރަ ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތަށް، ދައުލަތުގެ މާލީ ވުޒާރާއިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ފިޔަވައި އިތުރު މާލީ މަންފާއެއް ކޮމިޓީ ގެ މެންބަރުންނަށް ހޯދޭނީ، ދައުލަތުގެ މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
117 ވަނަ މާއްދާ - ކޮމިޓީ މެންބަރުންގެ ހާޒިރީ
(ހ) ކޮމިޓީ ގެ ބައްދަލުވުންތަކަށާއި ހަރަކާތްތަކަށް ހާޒިރުވާ މެންބަރުންގެ ހާޒިރީ،ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަދި ކޮމިޓީ ގެ ހަރަކާތެއް ކޮންމެ ހަފުތާއެއްގައި ނުހިންގި ނަމަވެސް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ހަފުތާއަކު1 (އެކެއް) ފަހަރު ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް މަގުބޫލު އުޒުރެއްނެތި، އެ މަހެއްގައި ސޮއިކުރަން ކަނޑައަޅައިފައިވާ އެއްވެސް ހަފުތާއެއްގައި ސޮއިނުކުރާ މެންބަރުންގެ، އެ މަހަކަށްވާ ފިކްސްޑް އެލަވަންސް އުނިކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަސްދުވަހުގެ ތެރޭގައި އެއްދުވަހު މެންބަރަކު ސޮއިކޮށްފައިވާނަމަ، އެ މަހަކަށްވާ ފިކްސްޑް އެލަވަންސް އުނި ނުކޮށް،ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި މަގުބޫލު އުޒުރެއްކަމަށް ބަޔާންކޮށްފައި އެވަނީ، ކޮމިޓީ ގެ އެއްވެސް މެންބަރަކު، ނުވަތަ މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއަކު، ނުވަތަ މަންމަ، ނުވަތަ ބައްޕ،ަ ނުވަތަ އެއްބަނޑުއެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ނުވަތަ ށަރުއީ ގޮތުން ބަލަދު އަރައިފައިވާ މީހަކު ބަލިވުމުން ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލުމުގެ ސަބަބުން ހާޒިރު ނުވެވުމަށް ނުވަތަ މެންބަރެއްގެ އަމިއްލަ ބޭނުމަކު ކޮމިޓީީން ނިންމައިގެން ހުންނަ ހުރުމަށެވެ. މިގޮތަށް ހުރެވޭނ، ބަންދު ދުވަސްތަކާއެކު، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތަށެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 45 (ސާޅީސްފަހެއް) ދުވަހުގެ އިތުރުން،މެންބަރަކު ނުވަތަ މެންބަރެއްގެ ދަރިޔަކު ބަލިވެގެން، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒަކުން ދޭ ލިޔުން ކޮމިޓީ އަށް ހުށަހެޅުމުން، ކޮމިޓީީން ނިންމައިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް ފުރުސަތު ދެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާ މެންބަރަކު ނުވަތަ މެންބަރެއްގެ ދަރިޔަކު ބަލިވެގެން، ރަޖިސްޓަރ ކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒަކުން ދޭ ލިޔުން ކޮމިޓީ އަށް ހުށަހެޅުމުން، ކޮމިޓީީން ގޮތެއް ކަނޑައަޅައިފައި ކައުންސިލަށް ހުށަހެޅުމުން، ކައުންސިލަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދެވިދާނެއެވެ.
(ކ) މި މާއްދާގެ (ރ) އާއި (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެފައިވާނަމަ، ސިޓިންގ އެލަވަންސް ދޭންވާނެއެވެ. އަދި މި މުއްދަތުގައި ހާޒިރީ ގައި ސޮއިކުރުމަކާ ނުލައި އުނިކުރުމެއްނެތި ފިކްސްޑް އެލަވަންސް ދޭންވާނެއެވެ.
118 ވަނަ މާއްދާ - ކޮމިޓީ ގެ ސިޓިންގ އެލަވަންސް
ކޮމިޓީ މެންބަރަކު އެއްވެސް ސަބަބަކާހުރެ ކޮމިޓީ ގެ ބައްދަލުވުމެއްގައި ބައިވެރިވެފައިނުވާނަމަ، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ ސިޓިންގ އެލަވަންސެއް ނުދެވޭނެއެވެ.
119 ވަނަ މާއްދާ - ކޮމިޓީ ގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދުކުރުން
(ހ) ކޮމިޓީ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދުތަކާއި،އުސޫލުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.
(ށ) ކައުންސިލުގެ އެކައުންޓުގައި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ ފަންޑުގެ ނަމުގައި ހުންނަ ފައިސާއާއި ކޮމިޓީ ގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާގެ ތަފްސީލު، ވިޔަ މޮޑިއުލްގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ހާއްސަކޮށްފައިވާ ފަންޑުގައި ރިކޯޑުކުރަންވާނެއެވެ.
(ނ) ކޮމިޓީ ގެ ބަޖެޓުގެ ހިސާބު ބެލެހެއްޓުމާއި، ކޮމިޓީ ގެ ހަރަކާތްތަކަށް ހިދުމަތާއި މުދާ ހޯދުމުގެ ހުއްދަ (ޕީ.އޯ އޮތަރައިޒް ކުރުން) އާއި، ކޮމިޓީ ގެ ފަންޑުން ފައިސާ ހަރަދުކުރުމުގެ ހުއްދަ (ޕީ.ވީ އޮތަރައިޒް ކުރުން* ދޭނީ، އެ މަސައްކަތް ކުރުމަށް ކަނޑައަޅައިފައިވާ ކައުންސިލުގެ މުވައްޒަފުންނަށެވެ.
(ރ) ކޮމިޓީ ގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ހުއްދަ ދޭންވާނީ، އެ ކޮމިޓީ ގެ ރައީސް ނުވަތަ ކޮމިޓީީން ކަނޑައަޅާ މެންބަރަކު ސޮއިކޮށްފައި ކައުންސިލަށް ފޮނުވާ މުދަލާއި ހިދުމަތަށް އެދޭ ފޯމަކަށެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމު ލިބުމުން، ފޯމުގައި ބަޔާންކޮށްފައިވާ ހިދުމަތް ނުވަތަ ގަންނަން އެދޭ މުދ،ާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް، ލަސްނުކޮށް ކައުންސިލުން ހޯދައިދޭންވާނެއެވެ.
(ޅ) ވިޔަ މޮޑިއުލް ނުވަތަ ސެޕް ސިސްޓަމުގެ ތެރެއިން ހަރަދުކުރުމަށް ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިލުތަކަށް ފައިސާދެއްކުމާއި، ހިސާބުތައް އަދާހަމަކުރުމަކީ، ކައުންސިލުން އެ މަސައްކަތްކުރާ މުވައްޒަފުންގެ ޒިންމާއެކެވެ.
(ކ) ކޮމިޓީ ގެ ބަޖެޓުން ހަރަދު ކުރަންވާނީ، ކޮމިޓީ ގެ މަގުސަދުތައް ހާސިލުކުރުމަށް އެކުލަވައިލާ މަސައްކަތު ތާވަލާއި ބަޖެޓުގައި ބަޔާންކޮށްފައިވާ ހަރަކާތްތަކަށެވެ.
(އ) ކޮންމެ މަހަކު، ކޮމެޓީީގެ ބަޖެޓުގެ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޓީ އަށް، ކައުންސިލުގެ ފަރާތުން ހަވާލުކުރަންވާނެއެވެ.
120 ވަނަ މާއްދާ - ކޮމިޓީ ގެ ފައިސާއިން ހަރަދުކުރުމަށް ކަނޑައެޅުން
ކޮމެޓީީން އެއްވެސް ހަރަދެއް ކުރަންވާނީ، ކޮމެޓީން ފާސްކޮށް، ކޮމެޓީ ގެ ރައީސް ނުވަތަ ކޮމެޓީން ފޮނުވާ ރިކުއެސްޓާ އެއްގޮތަށެވެ. އަދި ކޮމެޓީން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކުރަން ޖެހޭނަމަ، ކޮމެޓީ އަށް ހުށަހަޅައިގެން، އެ ފައިސާއެއް ހަރަދު ކުރުމަށް ފާސްކުރަންވާނެއެވެ.
121 ވަނަ މާއްދާ - ކޮމިޓީ ގެ ފައިސާއަށް ޒިންމާވުން
(ހ) ކޮމިޓީ ގެ މުދަލާއި ފައިސާ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ހިންގައި ބެލެހެއްޓުމަކ ކައުންސިލުގެ މާލީޒިންމާދާރުވެރިޔާގެ ޒިންމާއެކެވެ.
(ށ) ކޮމިޓީ ގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ހަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނ، އޭނާ ހަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމަށްފަހުގައެވެ.
122 ވަނަ މާއްދާ - ކޮމިޓީ ތަކުން ވިޔަފާރިކުރުން
(ހ) ކޮމިޓީ ގެ މަސްއޫލިއްޔަތުތަކާއި މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އާމްދަނީ ހޯދުމުގެ ގޮތުން އިގްތިސާދ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު، ކޮމިޓީ އަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ކޮމިޓީ ތަކުން ވިޔަފާރިކުރަން ބޭނުންނަމަ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ މަގުސަދުތައް ނުވަތަ ކޮމިޓީ ގެ މަގުސަދުތައް ހިމަނައިގެން ކައުންސިލުން "ލޯކަލް އޮތޯރިޓީ ކުންފުނި" އުފައްދައި، ކޮމިޓީ އަށް ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދެވިދާނެއެވެ.
123 ވަނަ މާއްދާ - މި ގަވާއިދު ފާސްކުރުމުގެ ކުރިން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީީން ކުރަމުން އައި ވިޔަފާރިއާއި، ކޮމިޓީ ގައި ހުރިމުދަލާއި ފައިސާ
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހާ ހަމަޔަށް، މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން ކޮމިޓީީން ކުރަމުންއައި ވިޔަފާރިއާއި، ކޮމިޓީ ގެ އެކައުންޓުތަކުގައި ހުރި ފައިސާއާއި، މުދަލާއި، ވަސީލަތްތައް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ ބެލުމުގެ ދަށަށް ބަދަލުވ އެވެ.
(ށ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކޮށް އަމަލުކުރަން ފަށާ ތާރީހާ ހަމަޔަށް، ކޮމިޓީީގެ ފަރާތުން އެއްވެސް ވިޔަފާރިއެއް ކުރަމުންއައިނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ވިޔަފާރިތައް ރަޖިސްޓަރ ކުރަންވާނެއެވެ.
124 ވަނަ މާއްދާ - ކޮމިޓީ ގެ އިދާރީ ހިންގުން
(ހ) ކޮމިޓީ ގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީ ގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމ،ު ކައުންސިލުގެ ރައީސް ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން ކޮމިޓީ ގެ އިދާރީ މަސައްކަތްތަކާއި މާލީ މަސައްކަތްތައް ކަނޑައަޅައި، ކައުންސިލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި އެ މަސައްކަތްތައް ހިމަނައި، ޒިންމާ ހަވާލުކުރަންވާނެއެވެ.
(ށ) ކޮމިޓީ ގެ އިދާރީ ލިޔެކިޔުންތަކާއި މާލީ އެންމެހައި ލިޔެކިޔުންތައް ކައުންސިލުގެ އެހެނިހެން ލިޔުންތަކެކޭ އެއް އުސޫލުން ރައްކައުތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ، އެ ކޮމިޓީ ގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭނޭހެން އިންތިޒާމުކުރެވިފައެވެ.
(ނ) ކޮމިޓީ ގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ އިދާރާގެ ސެކެރެޓަރީ ޖެނެރަލް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީ ގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް، އެ ފަރާތަކަށް ކޮމިޓީީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ.
(ރ) ކޮމިޓީ ގެ ހަރަކާތްތައް ގިނަވެގެން އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ، އަދި ކޮމިޓީ ގެ މާލީ ތަނަވަސްކަން ހުރި ނިސްބަތަކުން، ކައުންސިލުގެ މަށްވަރާގެ މަތީން ކޮމިޓީ ގެ ހަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް މުވައްޒަފުން ހޯދިނެއެވެ. މިފަދައިން ހޯދާ މުވައްޒަފަކ ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ހޯދާ މުވައްޒަފަކަށް ވާންވާނެއެވެ.
125 ވަނަ މާއްދާ - ޖަވާބުދާރ ވުން
ކޮމިޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ކޮމިޓީީން ޖަވާބުދާރ ވާންވާނެއެވެ.
126 ވަނަ މާއްދާ - ކޮމިޓީ ގެ ނަމުގައި ސޮއިކުރުން
ކޮމިޓީީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އާއި، ރިޕޯޓާއި، ކޮމިޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ހިދުމަތްތަކަށް އެދޭ ލިޔުންތަކާއި، ރަސްމީ އެހެނިހެން ލިޔުންތަކުގައި ސޮއިކުރާނީ، ކޮމިޓީ ގެ ރައީސެވެ. ކޮމިޓީ ގެ ރައީސް ނެތް ހާލަތެއްގައި ކޮމިޓީ ގެ ނައިބު ރައީސް ނުވަތަ ކޮމިޓީ ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.
127 ވަނަ މާއްދާ - ކޮމިޓީ ގެ އިންތިގާލީ މަރުހަލާ
(ހ) އިންތިގާލީ މަރުހަލާގެ މުއްދަތަކީ، ކޮމިޓީ ގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ ދުވަހުން ފެށިގެން، އިގުރާރުގައި ސޮއިކުރާ ދުވަހާ ހަމަޔަށް ހިނގާ މުއްދަތެވެ.
(ށ) ކޮމިޓީ ގެ އިންތިގާލީ މަރުހަލާގެ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނީ،މި ގަވާއިދުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
128 ވަނަ މާއްދާ - ކޮމިޓީ ގެ އިންކުއަރީ ހެދުން
(ހ) ކޮމިޓީ އާއި ކޮމިޓީ ގެ މެންބަރުންގެ މައްސަލަ ބެލުމަށް އިންކުއަރީ ހަދައި ފިޔަވަޅު އެޅުމުގެ ބާރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ލަފަޔާއި މަށްވަރާގެ މަތީން، އެ ކޮމިޓީ އެއް ނިސްބަތްވާ ކައުންސިލަކުން އިންކުއަރީ ކުރިޔަށް ގެންދިއުމަކަށް ހުރަހެއް ނެތެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންކުއަރީ ގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތަށާއި ފިޔަވަޅުތަކަށެވެ.
129 ވަނަ މާއްދާ - ކޮމިޓީ ގެ ދައުރުގައިއިންތިހާބުވެފައި ނުވުން
(ހ) ކޮމިޓީ ދައުރުގައި ކޮމިޓީ އިންތިހާބުވެފައި ނުވި ނަމަވެސް، ކޮމިޓީ އަށް ކަނޑައަޅަން ގާނޫނު ލާޒިމުކުރާ ބަޖެޓް (ކައުންސިލަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ މަދުވެގެން %5 (ފަހެއް އިންސައްތަ) ކަނޑައަޅައި، ކޮމިޓީ ގެ ކޯޑަށް އެލޮކޭޓް ކުރަންވާނެއެވެ.
(ށ) ކޮމިޓީ ގެ ދައުރުގައި ކޮމިޓީ އިންތިހާބުވެފައި ނުވާނަމަ، ކޮމިޓީ ގެ މެންޑޭޓްގައިވާ ކަންކަން ކޮމިޓީ ގެ ބަޖެޓުން ހަރަދުކޮށްގެން ކައުންސިލަށް ކުރެވިދާނެއެވެ.
(ނ) ކޮމިޓީ އިންތިހާބުވާ ދުވަހުން ފެށިގެން ކޮމިޓީ ގެ ބަޖެޓާއި ހިންގައިފައިވާ ހަރަކާތުގެ ތަފްސީލު، ކައުންސިލުން ކޮމިޓީ އަށް ފޯރުކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލުން ކޮމިޓީ ގެ ހަރަކާތްތައް ހިންގަންވާނީ، "އަންހެނުންގެ ތަރައްގީ އަށް ލަފާދޭ ކޮމިޓީ" އެކުލަވައިލައި، އެ ކޮމިޓީ ގެ މަށްވަރާގެ މަތީންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ ގައި، އަންނަނިވި ދާއިރާތަކުން
އަންހެނުން ހިމަނަންވާނެއެވެ.
- ކައުންސިލުގައި ހިމެނޭ އަންހެން 2 (ދޭއް) ކައުންސިލަރުން؛
- ތައުލީމީ ދާއިރާއިން އަންހެނެއް؛
- ސިއްހީ ދާއިރާއިން އަންހެނެއް؛
- ޔުޓިލިޓީ ހިދުމަތް ދޭ ފަރާތުން އަންހެނެއް.
(ޅ) ކޮމިޓީ ގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުން އައްޔަނުކުރާ 2 (ދޭއް) ކައުންސިލަރުންގެ ތެރެއިން ކޮމިޓީީން ކަނޑައަޅާ ފަރާތެކެވެ.
(ކ) ކޮމިޓީ ގެ މެންބަރުންނަށް ސިޓިންގ އެލަވަންސެއް، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކަނޑައަޅަންވާނެއެވެ.
ބާރަ ވަނަ ބާބު
ކައުންސިލްތަކުގެ ދައުރު ބަދަލުވުމުގެ މަރުހަލާ
130 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގެ މުއްދަތު
އިންތިގާލީ މަރުހަލާގެ މުއްދަތަކީ، އެ ކައުންސިލެއްގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ ދުވަހުން ފެށިގެން ކައުންސިލަރުން ހުވާކުރާ ދުވަހާ ހަމަޔަށް ހިނގާ މުއްދަތެވެ.
131 ވަނަ މާއްދާ - އިންތިގާލީ ކޮމިޓީ
(ހ) އިންތިގާލީ މަރުހަލާގެ ކަންކަން ތަންފީޒު ކުރުމަށް ޓަކައި ކައުންސިލުގެ ރައީސާއި، ސެކެރެޓަރީ ޖެނެރަލާއި، ކައުންސިލުގެ އިދާރާގެ 3 (ތިނެއް) މުވައްޒަފުން ހިމެނޭގޮތަށް 5 (ފަހެއް) މީހުންގެ މައްޗަށް އެކުލެވިގެންވާ އިންތިގާލީ ކޮމިޓީ އެއް އުފައްދަންވާނެއެވެ. ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ އަދަދު 3 (ތިނެއް) އަށްވުރެ މަދުނަމަ، ކައުންސިލުގެ އިދާރާގައި، އެ ވަގުތު މަސައްކަތްކުރާ މުވައްޒަފުން ހިމަނައިގެން އިންތިގާލީ ކޮމިޓީ އުފައްދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކޮމިޓީ އުފައްދާނ،ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތު ހަވާލުވެހުރި ފަރާތަކުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކޮމިޓީ ގައި ހިމެނޭ މުވައްޒަފުން ހަމަޖައްސާނީ، ސެކެރެޓަރީ ޖެނެރަލްގެ މަށްވަރާގެ މަތީން، ކައުންސިލުގެ ރައީސެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކޮމިޓީ ގެ މަސްއޫލިއްޔަތުތައް ފެށޭނ، އިންތިގާލީ މުއްދަތު ފަށާ ތާރީހުންނެވެ.
(ބ) އިންތިގާލީ ކޮމިޓީީން ނިންމާ ކަންކަން ތަންފީޒުކުރާނީ، ސެކެރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން، ކައުންސިލުގެ އިދާރާގެ މުވައްޒަފުންނެވެ.
132 ވަނަ މާއްދާ - އިންތިގާލީ ކޮމިޓީ ގެ މަސްއޫލިއްޔަތު
އިންތިގާލީ މަރުހަލާގެ މުއްދަތުގައި، ކައުންސިލަށް އިންތިހާބުވި ކައުންސިލަރުންނަށް،އަންނަނިވި ކަންތައްތައް ހިމެނޭގޮތަށް، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލެއްގެ އިންތިގާލީ ކޮމިޓީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ރިޕޯޓެއް ތައްޔާރުކޮށް ފޯރުކޮށްދޭންވާނެއެވެ.
(ހ) ކައުންސިލުން ހިންގައިފައިވާ އެންމެހައި މަށްރޫއުތަކާއި، ހިންގަމުންގެންދާ މަށްރޫއުތަކާއި، ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށާއި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން މަށްވަރާކުރުމަށް ހާއްސަ ބައްދަލުވުމެއް ހަމަޖައްސައިދިނުން.
(ށ) ކައުންސިލުގެ އިދާރާގެ އޮނިގަނޑާއި، އޮނިގަނޑުގެ ދަށުން ހުންނަ އެންމެހައި ޑިޕާޓްމަންޓުތަކާއި، އެ ޑިޕާޓްމަންޓުގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ދިނުން.
(ނ) ކައުންސިލުން، ބޭރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތަކާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ އެންމެހައި މުއާމަލާތެއްގެ މައުލޫމާތު، އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ދިނުން.
(ރ) ކައުންސިލުން ބަލަމުންދާ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތައް ހިނގަމުންދާ ގޮތުގެ ތަފްސީލު، ލިޔުމުން ދިނުން.
(ބ) ކައުންސިލުގެ ބައްދަލުވުންތައް ބާއްވާ ގޮތާއި، ކައުންސިލުގެ ހިންގާ ގަވާއިދާއި،ހިންގާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތަކުގެ މައުލޫމާތު،އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ދިނުން.
(ޅ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ސިޓީ ކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުން ދިނުމަށް ލާޒިމުކޮށްފައިވާ ހިދުމަތްތަކާބެހޭ މައުލޫމާތު ދިނުން.
(ކ) ކައުންސިލުން ކުރަމުންދާ ވިޔަފާރިއާއި، ކޮށްފައިވާ އިންވެސްޓްމަންޓުތަކާއި، ނަގަމުންދާ ފީ އާއި، ކުއްޔާއި، ކައުންސިލަށް އާމްދަނީ ލިބޭ ވަސީލަތްތަކާއި، ކައުންސިލުން ނަގައިފައިވާ ލޯނުތަކާއި، ކައުންސިލުން ދީފައިވާ ލޯނުތަކުގެ އެންމެހައި މައުލޫމާތު ދިނުން.
(އ) ކައުންސިލުން ފައިސާގެ ކަންކަން ހިންގައި ބަލަހައްޓާ ގޮތުގެ މައުލޫމާތާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓުގެ މައުލޫމާތު ދިނުން.
(ވ) ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން.
(މ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ކައުންސިލްތަކުން ހުށަހެޅުމަށް ލާޒިމުކުރާ ލިޔެކިޔުންތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން.
(ފ) ކައުންސިލުގެ ތަރައްގީ ގެ ޕްލޭނާއި، ފައިނޭންށަލް ޕްލޭނާއި، ބިނާވެށި ޕްލޭނުގެ މައުލޫމާތު ދިނުން.
133 ވަނަ މާއްދާ - ހަރަދުކުރުން
އިންތިގާލީ މަރުހަލާގައި، ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ފިޔަވައި އެހެން ހަރަދެއް ކޮށްގެން ނުވާނެއެވެ.
(ހ) ކައުންސިލާއި އިންތިގާލީ ކޮމިޓީ ގެ ބައްދަލުވުންތަކަށް ކުރަންޖެހޭ ހަރަދު،
(ށ) މުސާރައާއި އެލަވަންސްތަކަށް ހިނގާ ހަރަދު،
(ނ) މަރާމާތުކުރުން ފިޔަވައި، އިދާރީ ހިންގުމަށް ކޮންމެހެން ކުރަންޖެހޭ ރިކަރަންޓް ހަރަދު،
(ރ) ކައުންސިލުން އިންތިގާލީ މުއްދަތުގެ ކުރިން ހޯދައިފައި ހުރި ހިދުމަތަށާއި ދަރަނި އަދާކުރުމަށް ހިނގާ ހަރަދު،
134 ވަނަ މާއްދާ - ވިލަރެސްކުރާނެ ފަރާތް
އަލަށް އިންތިހާބުކުރެވޭ ކައުންސިލަރުން މަގާމާ ހަވާލުވުމުގެ ކުރިން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ، އިންތިގާލީކޮމިޓީ ގެ ލަފާގެ މަތީން، އެ ކައުންސިލެއްގެ ސެކެރެޓަރީ ޖެނެރަލެވެ.
135 ވަނަ މާއްދާ - މުހާތަބުކުރާނެ ގޮތް
ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ ފަރާތްތައް މަގާމާ ހަވާލުވުމުގެ ކުރިން، އެ ފަރާތްތަކަށް ފޮނުވާ ސިޓީ ތަކާއި ކައުންސިލުން ކުރާ އެންމެހައި މުއާމަލާތްތަކުގައި އެ ކައުންސިލަރުންނާ މުހާތަބުކުރަންވާނ "އިންތިހާބީ ރައީސް" ނުވަތަ "އިންތިހާބީ މޭޔަރ" ނުވަތަ "އިންތިހާބީ ކައުންސިލަރު"، މިފަދައިންނެވެ.
136 ވަނަ މާއްދާ - އިންތިހާބީ ކައުންސިލަރުންނާއި މުވައްޒަފުންނާ އޮންނަ ގުޅުން
އިންތިހާބީ ކައުންސިލަރުން މަގާމާ ހަވާލުވުމުގެ ކުރިން، ކައުންސިލުގެ އިދާރާގެ މުވައްޒަފުންނާ މުއާމަލާތުކުރަން ބޭނުންވާ ހާލަތުގައި އެފަދަ އެންމެހައި މުއާމަލާތެއް ކުރަންވާނީ، ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް މެދުވެރިކޮށެވެ. އަދި ކައުންސިލުގެ އިދާރާގެ އެހެން އެއްވެސް މުވައްޒަފަކު، އިންތިހާބީ ކައުންސިލަރުން މަގާމާ ހަވާލުވުމުގެ ކުރިން، އެއްވެސް މުއާމަލާތެއް ސީދާ އެ ފަރާތްތަކާ ކޮށްގެން ނުވާނެއެވެ.
137 ވަނަ މާއްދާ - މަގާމަށް އަހުލުވެރިކުރުވުން
އިންތިހާބީ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާތާ 1 (އެކެއް) ހަފުތާގެ ތެރޭގައި، ކައުންސިލުގެ މަސައްކަތްތަކަށް އެ ކައުންސިލަރުން އަހުލުވެރިކުރުމަށް،ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކަނޑައަޅާ އުސޫލަކުން އޮރިއެންޓޭށަން ޕްރޮގްރާމެއް ބާއްވަންވާނެއެވެ. މި ޕްރޮގްރާމުގެ މުގައްރަރު ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީީންނެވެ. މި ޕްރޮގްރާމުގައި ކައުންސިލުގެ ހިންގާ ގަވާއިދާއި ކައުންސިލުގެ ކޮމިޓީ ތަކާއި ކައުންސިލުން ފާސްކޮށްފައިވާ މުހިންމު ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން،ކައުންސިލް ހިންގާ ގޮތާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް އަހުލުވެރިކުރުވުން ހިމަނަންވާނެއެވެ.
138 ވަނަ މާއްދާ - މަގާމު ހަވާލުކުރުން
(ހ) އިންތިހާބީ ކައުންސިލަރުން މަގާމާ ހަވާލުވެ ހުވާކުރުމުގެ ރަސްމީިއްޔާތު ބޭއްވުމުގެ އެންމެހައި ތައްޔާރ ތަކެއް، ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ކަނޑައަޅާ އުސޫލާ އެއްގޮތަށް، ކައުންސިލްތަކުން ކުރަންވާނެއެވެ.
(ށ) ކައުންސިލަރުން ހުވާކުރާ ރަސްމީިއްޔާތަށް، ދައުރު ހަމަވާ ކައުންސިލަރުންނަށް ދައުވަތު ދޭންވާނެއެވެ.
(ނ) އަލަށް އިންތިހާބުކުރެވޭ ކައުންސިލަރުންނާއި ދައުރު ހަމަވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމީިއްޔާތަށް ހާޒިރުވުމުން މަރުހަބާ ކިޔާނ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލެވެ.
ތޭރަ ވަނަ ބާބު
އެހެނިހެން ކަންކަން
139 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން
މި ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑަށް ލިބިގެންވެއެވެ.
140 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ނުވަތަ ގަވާއިދުގެ އެއްވެސް އިބާރާތެއް ނުވަތަ ލަފުޒެއް ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްޗެއް މާނަކުރުމުގައި ހިލާފެއް އުފެދިއްޖެނަމަ، އެކަމުގައި ގޮތެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުންނެވެ. އަދި އެފަދަ ހާލަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ނިންމާ ނިންމުންތަކަކީ،މި ގަވާއިދުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ.
141 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ،އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަ ވެސް ހިމެނިގެންވެއެވެ.
(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށެވެ.
(ށ) "ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށާއި،އަތޮޅު ކައުންސިލްތަކުގެ މެންބަރުންނަށާއި، ރަށު ކައުންސިލްތަކުގެ މެންބަރުންނަށެވެ.
(ނ) "ރައްޔިތުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ދޭ ހިލޭ އެހީ ގެ ފައިސާ ފިޔަވައި ކައުންސިލަށް އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާއި އާމްދަނީ އާއި ރައްޔިތުންގެ ނަމުގައި ރައްކައުކޮށްފައިވާ ފައިސާއަށެވެ.
(ރ) "ސެކެރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 126 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ. ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެހުރި މުވައްޒަފަށެވެ.
(ބ) "ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ސޯޅަވަނަ ބާބުގައި ބަޔާންކޮށްފައިވާ ކައުންސިލަރުންގެ ސުލޫކީ މިންގަނޑަށެވެ.
(ޅ) "ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީީން އެކުލަވައިލައިފައިވާ ނިޒާމަށެވެ.
(ކ) "ސެޕް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އިދާރާތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މާލީ ވުޒާރާއިން އެކުލަވައިލައިފައިވާ ނިޒާމަށެވެ.
(އ) "ކައުންސިލުގެ އާންމު ޖަލްސާ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ހަފުތާއަކު ބާއްވާ ކައުންސިލުގެ ބައްދަލުވުމާއި، ކޮންމެ މަހަކު ކައުންސިލުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބާއްވާ ބައްދަލުވުމަށެވެ.
(ވ) "އިން-ކައިންޑް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ފައިސާނޫން ދެވޭ ކޮންމެ އެހީ އަކަށެވެ.
142 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
143 ވަނަ މާއްދާ - އަމަލުކުރަމުންދާ އުސޫލުތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކުރިން ކައުންސިލުތަކުން އަމަލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ފާސްކޮށްފައިވާ އެންމެހައި އުސޫލުތައް ބާތިލުވީއެވެ.
144 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ގަވާއިދު ނަންބަރު 2021-143 "ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދު" އުވުނީ އެވެ.
(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
އުވި ގަވާއިދު
ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު (ގަވާއިދު ނަންބަރު 2021-143)
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު