-

ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުމާއި ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-12)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އެންމެހައި ކަންކަން ބަޔާން ކުރުމަށް، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 31 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، މި މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުމާއި ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުމާއި ހިންގުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުން

(ހ) ތައުލީމާއި ތަމްރީނު ނުވަތަ ހުނަރެއް ދަސްކޮށްދިނުމަށް ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލެއް ހިންގާނަމަ، އެ ސްކޫލެއް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ސްކޫލެއް ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލްތައް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" އާއި، އެ ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތަކާ އެކުގައެވެ.

(ނ) ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލެއްގެ ގޮތުގައި ސްކޫލެއް ރަޖިސްޓަރީކޮށްދެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްގެ ނަމުގައެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ސްކޫލުތައް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭނީ އަންނަނިވި ސްކޫލުތަކެވެ.

(ހ) ކޮމިޔުނިޓީ ސްކޫލުތައް

(ށ) ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް

(ނ) އަމިއްލަ ސްކޫލުތައް

 

5 ވަނަ މާއްދާ - ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހެޅޭނެ ފަރާތްތައް

ސުކޫލެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(ހ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުންރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް (އަމިއްލަ ސްކޫލްތައް/ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް).

(ށ) ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް (އަމިއްލަ ސްކޫލުތައް/ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް).

(ނ) ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕެއް (އަމިއްލަ ސްކޫލުތައް/ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް).

(ރ) ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް (އަމިއްލަ ސްކޫލުތައް/ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލްތައް).

(ބ) ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމުއިއްޔާއެއް (އަމިއްލަ ސްކޫލުތައް/ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް).

(ޅ) ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމެންޓެއް )އަމިއްލަ ސްކޫލުތައް/ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް).

(ކ) ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް (ކޮމިޔުނިޓީ ސްކޫލުތައް).

 

6 ވަނަ މާއްދާ - ސަރުކާރު ސްކޫލުތަކާއި، ކޮމިޔުނިޓީ ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުން

ސަރުކާރު ސްކޫލުތަކާއި ކޮމިޔުނިޓީ ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލެއް ހިންގުމަށް ސަރުކާރުން ބޭނުންވެގެން އެފަދަ ސްކޫލެއް ހިންގުމަށް ކުރާ އިއުލާނަކަށް އިޖާބަ ދޭ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުނ،ް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ސްކޫލެއް ރަޖިސްޓަރީ ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އަމިއްލަ ސްކޫލުތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް

އަމިއްލަ ސްކޫލެއް ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލެއް ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑު ނުވަތަ ހިންގާ ކޮމިޓީގެ މެންބަރުންގެ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑެއް ނެތުން.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތުގެ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑެއް ނެތުން.

(ނ) ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހެޅުމާ ހަމަޔަށް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް ކޮށްފައިވާ ފަރާތަކަށް ނުވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޖިނާއީ ދައުވާއެއް އުފުލައިފައިވާ ގާނޫނީ ށަހުސެއް ކަމުގައި ނުވުން.

(ބ) ބިދޭސީއެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނުވަތަ ޖަމުއިއްޔާއެއް ހިއްސާވާ ގޮތަށް ކިޔަވައިދޭ ތަނެއް ރަޖިސްޓަރީކުރާނަމަ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވުން.

(ޅ) ސްކޫލެއް ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވަނީ ބޭރުގެ ކުންފުންޏަކުން ކަމުގައި ވިޔަސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ނުވަތަ ހިންގާ ކޮމިޓީގެ މެންބަރުންގެ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑެއް ނެތުން.

 

8 ވަނަ މާއްދާ - ސްކޫލު ރަޖިސްޓަރީ ކުރުމަށް ފީނެގުން

އަމިއްލަ ސްކޫލެއް ރަޖިސްޓަރީކުރުމަށް ފީ ނަގާނީ އަންނަނިވި ގޮތުގެ މަތީންނެވެ.  

(ހ) އަމިއްލަ ސްކޫލެއް ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލެއްނަމަ، 5,000 (ފަސްހާސް) ރުފިޔާ،

(ށ) ކޮމިޔުނިޓީ ސްކޫލެއްނަމަ، 1,000 (އެއްހާސް) ރުފިޔާ،

(ނ) ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއް ބަދަލުކުރާނަމަ، 1,000 (އެއްހާސް) ރުފިޔާ،

(ރ) ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ރަޖިސްޓަރީ ހައްދާނަމަ، 3,000 (ތިންހާސް) ރުފިޔާ،

 

9 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ތަނުގައި ފުރިހަމަވާންޖެހޭ ވަސީލަތްތައް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ތަންތަން ރަޖިސްޓަރީކޮށްދެވޭނީ، މިނިސްޓްރީން އެކުލަވައިލައި މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާ "ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލްތަކުގެ މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީލަތްތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.

 

10 ވަނަ މާއްދާ - ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތަކަށް ކުދީން ވެއްދުމާއި ވަކިކުރުން

(ހ) އެ ސްކޫލެއްގައި ކިޔަވައިދޭ އުމުރުފުރާތަކާއި ގްރޭޑުތަކަށް ރިއާޔަތްކޮށް އެ ސްކޫލަކަށް ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލު އެކުލަވައިލައި، ސްކޫލު ރަޖިސްޓަރީކުރުމަށް އެދޭ ފޯމާއެކު މިނިސްޓްރީއަށް ހުށަހަޅައި، އެ އުސޫލު ފާސްކޮށް، އާންމުކުރަންވާނެއެވެ. އަދި ސްކޫލަށް ކުދިން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރާނީ، މިނިސްޓްރީން ފާސްކޮށްދީފައިވާ "ސްކޫލަށް ކުދިން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތަށެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފާސްކޮށް އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ސްކޫލަކުން އެއްވެސް ދަރިވަރަކު ވަކިކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ، ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. 

  1. އެ ސްކޫލަކަށް ކުދީން ވެއްދުމުގައި ބަލާނެ ށަރުތުތައް؛
  2. ކުދީން ވެއްދުމުގެގޮތުން ބެލެނިވެރިޔާ އަމަލުކުރަން ޖެހޭނެ ގޮތާއި، ބެލެނިވެރިޔާގެ އިގުރާރުގެ ނަމޫނާ؛
  3. ސްކޫލުން ކުއްޖަކު ވަކިކުރަން ބެލެނިވެރިޔާ ބޭނުންވެއްޖެނަމަ،އަމަލުކުރަންޖެހޭ ގޮތް؛
  4. ސްކޫލުން ބޭނުންވެގެން ކުދީން ވަކިކުރެވޭނެ ހާލަތްތަކާއި، އެފަދަ ހާލަތުގައި ފީ ރީފަންޑު ކުރުމާއި ނުކުރުމުގައި އަމަލުކުރާނެ ގޮތް.

(ރ) ކުދީން ވެއްދުމަށް އެދޭ ފޯމު ދޫކުރާއިރ،ު ކުދީން ވެއްދުމާއި، ވަކިކުރުމުގެ އުސޫލ،ުބެލެނިވެރިޔާއަށް ލިޔުމުން ދޭންވާނެއެވެ.

(ބ) ސްކޫލުން ވަކިވެފައިވާ ކުއްޖަކު، އެ ސްކޫލެއްގައި ކިޔެވިކަމުގެ ލިޔުމަކަށް ނުވަތަ ވަކިވިކަމުގެ ލިޔުމަކަށް އެދިއްޖެނަމަ، އެފަދަ ލިޔުމަކަށް އެދޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުއްޖާއަށް ނުވަތަ ބެލެނިވެރިޔާއަށް އެ ލިޔުމުގެ ޕ.ީޑ.ީއެފް ކޮޕީ ދޫކުރަންވާނެއެވެ. އަދި އެ ލިޔުމުގެ ޕ.ީޑ.ީއެފް ކޮޕީ މިނިސްޓްރީއަށް މެއިލްކުރަން ވާނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށް، 7 (ހަތެއް) ދުވަހުގެ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށެވެ.

 

11 ވަނަ މާއްދާ - ދަރިވަރުންގެ އަތުން ނަގާ ފީ

(ހ) ކޮންމެ ސްކޫލަކުން ވެސް، އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ އަތުން ފީ ނަގާނެ ގޮތުގެ އުސޫލެއް އެކުލަވައިލައި ފާސްކުރަން ވާނެއެވެ. އަދި މި އުސޫލު އާންމު ކުރަންވާނެއެވެ. އަދި މި އުސޫލުގައި، ދަރިވަރުންގެ އަތުން ނަގާ ފީގެ އަދަދުތަކުގެ ތަފުސީލުތަކާއި، ފީ ދެއްކުން ލަސްވާ ހާލަތުގައްޔާއި، ފީ ނުދައްކާ ހާލަތުގައި އަމަލުކުރާނެގޮތް ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) ކޮމިޔުނިޓީ ސްކޫލުތަކަށް ވަންނަ ދަރިވަރުންގެ އަތުން ފީ ނަގަންވާނީ، މިނިސްޓްރީއާއި، ރަށު ކައުންސިލާ ނުވަތަ އަތޮޅު ކައުންސިލާ ނުވަތަ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.

(ނ) ދަރިވަރުންގެ އަތުން ނަގާނެ ފީ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ.

  1. ދަރިވަރުންގެ އުމުރުފުރާ؛
  2. ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތު؛
  3. ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް؛
  4. ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައ.ް

(ރ) ދަރިވަރުންގެ އަތުން ނެގުމަށް މިނިސްޓްރީން ފާސްކޮށްދޭ ފީގެ މިންވަރު ބޮޑުވާގޮތަށް ދިރާސީ އަހަރެއްގެ ތެރޭގައި ފީއަށް ބަދަލެއް ނުގެނެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ފާސްކޮށްފައިވާ ފީއަށް ވުރެ ކުޑަ ފީއެއް ނެގުމަށް ނުވަތަ މިނިސްޓްރީން ފާސްކޮށްފައިވާ ފީގެ ތެރެއިން ބައެއް މާފުކޮށްދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ޅ) ރަޖިސްޓަރީކޮށްފައިވާ ސްކޫލަކުނ،ް އެ ސްކޫލަކަށް ފާސްކޮށްދީފައިވާ ފީއަށް ބަދަލު ގެންނަން ބޭނުންވާނަމަ، ނުވަތަ މިނިސްޓްރީން ފާސްކޮށްދީފައިވާ ފީގެ އިތުރުނ،ްއިތުރު ފީއެއް ނަގަން ބޭނުންވާނަމަ، ދިރާސީ އަހަރު ފެށުމުގެ 8 )އަށެއް( މަސްދުވަހުގެ ކުރިނ،ް ގެންނަން ބޭނުންވާ ބަދަލުގެ ތަފުސީލާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި ފީއަށް ގެނެވޭ ބަދަލުގެ ތަފުސީލު އައު ދިރާސީއަހަރު ފެށުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން ބެލެނިވެރިންނަށް އަންގަން ވާނެއެވެ.

(ކ) މި މާއްދާއާ ހިލާފަށް ފީތަކަށް ބަދަލު ގެނައުމަކީ މަނާކަމެކެވެ. އަދި މި މާއްދާއާ ހިލާފަށް ސްކޫލަކުން އަމަލުކޮށްފިނަމަ، މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އެ ސްކޫލަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

12 ވަނަ މާއްދާ - ސްކޫލުގެ މަސްއޫލުވެރި ފަރާތް

ސްކޫލެއް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ، އެ ސްކޫލެއްގެ މަސްއޫލުވެރި ފަރާތެވެ.

 

13 ވަނަ މާއްދާ - ސްކޫލުގެ މަސްއޫލުވެރި ފަރާތުގެ ޒިންމާތައް

(ހ) ސްކޫލުގެ މަސްއޫލުވެރި ފަރާތުގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ސްކޫލު ހިންގުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުން؛
  2. ސްކޫލު ހިންގުމަށް ބޭނުންވާ އިމާރާތާގުޅޭ އެންމެހައި ކަންކަން ހަމަޖެއްސުން؛
  3. ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމާއި، ސްކޫލު ހިންގާ މުއްދަތުގައި އެ ވަސީލަތްތައް ބޭނުންކުރެވޭ ހާލަތުގައި ދެމެހެއްޓުން؛
  4. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އަމަލުކުރަމުންދާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ނުހިނގާކަން ކަށަވަރުކުރުމާއި، ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވާ ކުދީންގެ ކިބައިން އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅުން؛
  5. ދަރިވަރުންނަށް އެ ސްކޫލަކުން ލިބެންޖެހޭ އެންމެހައި ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުން؛
  6. ސްކޫލު ހިންގަމުންދަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަން ކަށަވަރުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް ސްކޫލުގެ ހުރިހާ ކަމެއްގައި ޒިންމާވާނީ، އެ ތަނެއްގެ މަސްއޫލުވެރި ފަރާތުންނެވެ.

 

14 ވަނަ މާއްދާ - ސްކޫލުގެ ޕްރިންސިޕަލު ގެ ޒިންމާތައް

ސްކޫލުގެ ޕްރިންސިޕަލުގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުދީންގެ އުމުރާ ގުޅޭގޮތުން ކުއްޖާގެ ވިސްނުން ތަރައްގީވަމުންދާގޮތް ބަލައި، ކުއްޖާގެ ގާބިލިއްޔަތާ އެކަށީގެންވާ ގޮތެއްގައި އުނގަންނައިދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން.

(ށ) ކިޔަވައިދޭ މާހައުލަކީ، ހަނގާކުރުމާއި ފުރައްސާރަކުރުން ފަދަ ކަންކަމާއި އެނޫން ވެސް ގޯނާތަކުން ރައްކައުތެރ،ި އަމާން މާހައުލެއްކަން ކަށަވަރުކުރުން.

(ނ) ސްކޫލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބެލެހެއްޓުމާއި، އެ ތަނަކީ ބަލިތަކުން ރައްކައުތެރިކަން ލިބިފައިވާ ތަނެއްކަން ކަށަވަރުކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުން.

(ރ) ސްކޫލުގައި ދަރިވަރުންނާއި، މުވައްޒަފުންނާއި، ސްކޫލަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކައުތެރި މާހައުލެއް ގާއިމުކޮށްދިނުން.

(ބ) ސްކޫލުގައި ހިންގާ ހުރިހާ ޕްރޮގްރާމުތަކަކީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ފާސްކޮށްފައިވާ ޕްރޮގްރާމުތަކެއްކަން ކަށަވަރުކުރުމާއެކު، ތަނުގައި ހިންގާ ޕްރޮގްރާމުތަކުގެ ފެންވަރު ހިފެހެއްޓުން.

(ޅ) ސްކޫލު ހިންގަނީ މިނިސްޓްރީން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަން ކަށަވަރުކުރުން.

(ކ) ސްކޫލު ހިންގަނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ރަޖިސްޓަރީގެ ދަށުން ދޫކޮށްފައިވާ ކިޔަވައިދޭ ގިންތިތަކުގެ ނުވަތަ ޕްރޮގްރާމުތަކުގެ ހުއްދައާ އެއްގޮތަށް ކަން ކަށަވަރުކުރުން.

(އ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އަމަލުކުރަމުންދާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ނުހިނގާކަން ކަށަވަރުކުރުން.

(ވ) ސްކޫލުގައި ހިންގާ ޕްރޮގްރާމުތަކާއި، މާލީ ހިސާބުގެ އަހަރީ ރިޕޯޓާއި، ތަފާސްހިސާބާއި އެނޫން ވެސް މައުލޫމާތ،ު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޯރުކޮށްދިނުން.

 

15 ވަނަ މާއްދާ - ސްކޫލެއްގެ ހިދުމަތް ދާއިމީކޮށް ހުއްޓައިލުން 

(ހ) ހިނގަމުންދާ ސްކޫލެއްގެ ހިދުމަތް ދާއިމީކޮށް ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި، ހިދުމަތް ހުއްޓައިލުމުގެ 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ކުރިނ،ްމިނިސްޓްރީއަށާއި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނާއި އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނަށް ލިޔުމުން އެކަން އަންގަންވާނެއެވެ. ނަމަވެސް، ސްކޫލުގެ ހިދުމަތް ދާއިމީކޮށް ހުއްޓައިލެވޭނީ ހިނގަމުންދާ ޓާމުގެ ކިޔެވުން ނިމުމުންނެވެ.

(ށ) ހިނގަމުންދާ ސްކޫލެއްގެ ހިދުމަތް ދާއިމީކޮށް ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރ،ު މިނިސްޓްރީއަށާއި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނާއި އަދި އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނަށް އެކަން އަންގައިފައިވާކަމުގެ ލިޔުމާއި، ތަނުގެ ރަޖިސްޓަރީގެ އަސްލު ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ސްކޫލެއްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލުން

(ހ) އިންސާނީ ބާރު ނުފޯރާފަދަ ގުދުރަތީ ހާދިސާއެއް ނުވަތަ ކާރިސާއެއް މެދުވެރިވެގެން ސްކޫލެއްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި، ވަގުތުންއެކަން މިނިސްޓްރީއަށް އެންގުމާއެކު، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން މިނިސްޓްރީއަށް އަންގައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ސަބަބަކާހުރެ ސްކޫލެއްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި، ހުއްޓައިލުމުގެ ރަސްމީ 10 (ދިހައެއް) ދުވަހުގެ ކުރިނ،ް ލިޔުމުން މިނިސްޓްރީއަށް އެކަން އަންގައި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ދަރިވަރުންގެ ބެލެނިވެރިންނަށް އެކަން ލިޔުމުން އެންގުމަށްފަހު، ހިދުމަތް ހުއްޓައިލާކަން އަންގައި އާންމު އިއުލާނެއް ކުރަންވާނެއެވެ. ސްކޫލެއްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލެވޭނެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީއާ މަށްވަރާ ކުރުމަށް ފަހުގައެވެ. އަދި މިގޮތަށް އިއުލާނު ކުރާއިރ،ު ހިދުމަތް މެދުކަނޑައިލެވޭ މުއްދަތާއި، ސަބަބާއި، ކިޔަވައިދިނުން އަލުން ފަށާނެ ތާރީހު އެނގޭނޭހެން އިއުލާނުގައި ބަޔާންކުރަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ސަބަބަކާހުރެ ސްކޫލުގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލެވޭނީ، ހިނގަމުންދާ ޓާމުގެ ކިޔެވުން ނިމުމުންނެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ސްކޫލުތައް

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ސްކޫލުތައ،ް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު އަލަށް ހުޅުވާ ސްކޫލުތައް މި ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ސްކޫލުތައ،ް މި ގަވާއިދުގައި ހިމެނިފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ، އެ ކަންކަން ރަނގަޅު ކުރުމަށްފަހު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ސްކޫލް ހިންގުން

(ހ) ދިވެހިރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަކާ ނުލައި ހިންގުމަކީ މަނާކަމެކެވެ.

(ށ) ރަޖިސްޓަރީކުރުމަކާ ނުލައި ސްކޫލެއް ހިންގާކަމުގެ ށަކުވާއެއް ނުވަތަ މައުލޫމާތެއްލިބިއްޖެނަމަ، އެ ތަނަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެފަދަ ތަންތަން ބަލައި ފާސްކުރުން؛
  2. އެ ތަންތަން ވަގުތުން ބަންދުކުރުން؛
  3. މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި އެފަދަ ފަރާތްތައް 500 (ފަސްސަތޭކަ) ރުފިޔާއާއި 2,000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛
  4. އެފަދަ ފަރާތްތަކުގެ މައްސަލަތައް ކަމާގުޅޭ ރަސްމީ އިދާރާތަކަށް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި ހުށަހެޅުން.

 

19 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުމުން ފިޔަވަޅު އެޅުން

(ހ) ތައުލީމާއި ތަމްރީނު ދިނުމަށް ހިންގާ އެއްވެސް ސްކޫލެއްގައި މި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގާނަމަ، އެ ކަމެއް ހިންގާ ފަރާތަކާމެދު މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) 18 އަހަރުން ދަށުގެ ކުދިންނަށް ތައުލީމާ ތަމްރީނު ދިނުމަށް ރަޖިސްޓަރީ ކުރުމަކާ ނުލައި ސްކޫލެއް ހިންގުމަކީ މަނާކަމެކެވެ. ރަޖިސްޓަރީ ކުރުމަކާ ނުލައި ސްކޫލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެ ސްކޫލަކާ ދޭތެރޭ މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ނ) ގަވާއިދާ ހިލާފުވީ ފަރާތް މިނިސްޓްރީއަށް ޖަވާބުދާރީވުމަށް ލިޔުމުން ފުރުސަތު ދޭންވާނެއެވެ. އަދި އެ ލިޔުމުގައި މައްސަލައިގެ ނުވަތަ ށަކުވާގެ ތަފުސީލު ހިމަނައިފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން މިނިސްޓްރީން ދޭ ފުރުސަތުގައި ޖަވާބުދާރީ ވާންވާނީ ލިޔުމުންނެވެ.

(ބ) މި މާއްދާގެ ދަށުން ށަކުވާއެއް ރައްދުވާ ފަރާތަށް މިނިސްޓްރީން ދޭ ފުރުސަތުގެ ބޭނުން ނުހިފައި، ރަސްމީ 5 (ފަހެއް) ދުވަސް ފާއިތުވެއްޖެނަމަ، އެ ފުރުސަތު ދޫކޮށްލީކަމަށް މިނިސްޓްރީން ކަނޑައަޅާނެއެވެ.

(ޅ) ށަކުވާއެއް ރައްދުވާ ފަރާތުން އޭނާގެ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ދޫކޮށްލި ނަމަވެސް، އެ ށަކުވާއަކާމެދު ނުވަތަ މައްސަލައަކާމެދު ގޮތެއް ނިންމަންވާނީ، ހުށަހެޅިފައިވާ ކަންކަމަށާއި، ލިބިފައިވާ ހެއްކާއި ގަރީނާއާއި، ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

(ކ) މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓްމަންޓުން ނުވަތަ ޑިވިޒަނުން އެ މައްސަލައާ ނުވަތަ ށަކުވާއާ ގުޅިގެނ،ް މައުލޫމާތާއި ހެއްކާއި ގަރީނާ ހޯދުމުގެގޮތުން އެކި ފަރާތްތައް ހާޒިރުކޮށް ބަޔާން ނެގުމަކީ މިނިސްޓްރީއަށް ލިބިފައިވާ ހައްގެކެވެ.

(އ) ގަވާއިދާ ހިލާފަށް ހިނގަމުންދާ ކަމެއްކަމަށް ގާނޫނީ ހަމަތަކުގެ މަތީން މިނިސްޓްރީއަށް ކަނޑައެޅިއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. ލިޔުމުން ނަސޭހަތާއި އިންޒާރު ދިނުން؛
  2. 2,000 (ދެހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛
  3. ރަޖިސްޓަރީކޮށްގެން ހިންގާ ކިޔަވައިދޭ ތަނެއްނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުން؛
  4. މައްސަލައިގައި ހިމެނޭ ވަކި ކަމެއް ތަހުގީގުކުރުމަށް، އެ ތަހުގީގުކުރުމުގެ ބާރުއޮތް އިދާރާއަކަށް ހުށަހެޅުން.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ތަރުތީބަށް އަމަލުކުރާކަށް ނުޖެހޭނެއެވެ. އަދި މިނިސްޓްރީއަށް ސާބިތުވާކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ ދަށުން އަޅާ ފިޔަވަޅެއްގެ ސަބަބުން ކިޔަވައިދޭ ތަން ހުއްޓުމަކަށް އަންނަ ހާލަތުގައި ދެން އިތުރަށް އެ ތަނެއް ކުރިޔަށްގެންދަންވާނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި ކަންތައް އިސްލާހުކޮށްގެން ކަމުގައި އެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު ތަންފީޒުކުރުން

(ހ) ރަޖިސްޓަރީނުކޮށް ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް ސްކޫލެއް ހިންގަމުން ގެންދާނަމަ، ނުވަތަ ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ސްކޫލެއްގައި ގާނޫނާއި ގަވާއިދާ ހިލާފުވާކަމަށް މިނިސްޓްރީއަށް ފެނިގެން ނުވަތަ އެފަދަ ށަކުވާއެއް މިނިސްޓްރީއަށް ލިބިގެން އެ ތަނެއް ބަލައި ފާސްކުރަންޖެހޭކަމަށް ގަބޫލުކުރެވޭނަމަ، އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ތަންފީޒުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަލައި ފާސްކުރުމުގެ ބާރަކީ، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 39 ވަނަ މާއްދާއާއި 41 ވަނަ މާއްދާއިން ދީފައިވާ ބާރަކަށް ވީހިނދު، އެ މާއްދާތަކުގެ ތަރަހައިގެ ތެރޭގައި މި ބާރު ބޭނުންކުރުމުގައި ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަލައި ފާސްކުރުމުގެ ބާރު ބޭނުންކުރުމަށް ޓަކައި، ބަލައި ފާސްކުރަން ބޭނުންވާ ތަނުގެ ވެރިފަރާތަށް ނުވަތަ އެ ވަގުތު އެ ތަނެއ،ް އެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ފަރާތަށް ނުވަތަ އެ ތަނަކަށް ޒިންމާވާ ފަރާތަށް މިނިސްޓްރީނ،ް އެ ތަން ބަލައި ފާސްކުރަން ބޭނުންވާ ސަބަބާއެކު، އެ ތަން ބަލައި ފާސްކުރަން ބޭނުންވާކަން ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމުގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ބަލައި ފާސްކުރުމަށް ބޭނުންވާ ތަނުގެ މައުލޫމާތު؛
  2. ބަލައި ފާސްކުރުމަށް ބޭނުންވާ ސަބަބު؛
  3. ބަލައި ފާސްކުރުމަށް އެއްބާރުލުން ނުދިނުމަކީ، ގާނޫނު ހިންގުމަށް ނުވަތަ ގާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުމުގެ އަމަލެއްކަމާއި، އެއީ ޖިނާއީ ކުށަކުން ކުށްވެރިވެދާނެ ފަދަ ކަމެއް ކަން؛
  4. ބަލައި ފާސްކުރުމާ ގުޅިގެން ދޮގު މައުލޫމާތު ދިނުމަކީ، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ އަމަލެއްކަމާއި، އެއީ ޖިނާއީ ކުށަކުން ކުށްވެރިވެދާނެ ފަދަ ކަމެއް ކަން.

(ރ) މި ބަލައި ފާސްކުރުމަކީ، އިދާރީ ބަލައި ފާސްކުރުމެއްކަމަށް ވީހިނދު، ތައުލީމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ތަރަހައިން ބޭރު އެއްވެސް ކަމަކާ ގުޅިގެން އެ ބަލައި ފާސްކުރުމުގައި ށަކުވާ ރައްދުވާ ފަރާތާ ސުވާލުކޮށްގެން ނުވާނެއެވެ.

(ބ) މިނިސްޓްރީން ބޭނުންވާނަމަ، މިނިސްޓްރީން ބަލައި ފާސްކުރުން ކުރިޔަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

(ޅ) ބަލައި ފާސްކުރާ ތަނުގެ ވެރިފަރާތުން ނުވަތަ އެ ތަނުގައި ދިރިއުޅޭ ފަރާތުން ނުވަތަ އެ ތަން ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން މިނިސްޓްރީއަށް އެއްބާރުލުން ނުދޭ ހާލަތުގައި އެ ތަނަކަށް ވަންނާނީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.

(ކ) މިނިސްޓްރީއަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ވަކި ތަނެއް ބަލައި ފާސްކުރަން ބޭނުންވާކަމުގެ އެންގުން ރައްދުވާ ފަރާތަކުން އެ އެންގުމުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އެއްބާރުލުން ނުދީފިނަމަ، މިނިސްޓްރީން އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

  1. ބަލައި ފާސްކުރުމަށް އެއްބާރުލުން ނުދީފިނަމަ، އެ އަމަލަކީ، ގާނޫނު ހިންގުމަށް ނުވަތަ ގާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުމުގެ ނުވަތަ ދަތިކުރުމުގެ އަމަލެއްކަމަށް ބަލައި، އެ ކަމެއް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މިނިސްޓްރީއަށް އެދެވިދާނެއެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ދޭ މައުލޫމާތަކީ ތެދުނޫން މައުލޫމާތުކަމަށް ބެލެވޭނަމަ، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ އަމަލެއްކަމަށް ބަލައި، އެ ކަމެއް ބަލައި ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދެވިދާނެއެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ތައުލީމުގެ ގާނޫނުގެ ދާއިރާގެ ތެރޭގައި ގާނޫނާއި މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ބާވަތެއްގެ ކަމެއް ހިނގާކަމަށް ބެލެވޭނަމަ، މިނިސްޓްރީން އެ ކަމެއް ބެލުމަށްފަހ،ު ތަހުގީގީ އިދާރާއަކަށް އެ ކަމެއް ހުށަހަޅަން ފެނިއްޖެ ހާލަތެއްގައި އެ ކަމެއް ބެލުމުގެ އިހްތިސާސް ލިބިފައިވާ ތަހުގީގީ އިދާރާއެއްގެ ސަމާލުކަމަށް އެކަމެއް ގެނެސް، އެ ކަމެއް ތަހުގީގުކޮށް ދިނުމަށް އެދެވިދާނެއެވެ.

 

21 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސްކޫލުތަކުގެ ރަޖިސްޓަރީ ބާތިލުކުރެވޭނެއެވެ.

  1. ސުކޫލެއްގެ ހިދުމަތް ހުއްޓައިލައި ސްކޫލެއްގެ ރަޖިސްޓަރީ ބާތިލު ކުރުމަށް ސްކޫލުގެ މަސްއޫލުވެރި ފަރާތުން ލިޔުމުން މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ރަޖިސްޓަރީ ބާތިލުކޮށްދެވޭނެއެވެ. 
  2. ސްކޫލުގެ މަސްއޫލުވެރިއެއްގެ ފަރާތުން އެއްވެސް ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް އިހުމާލުވެފައިވާކަމަށް ނުވަތަ ކުއްޖަކަށް ގެއްލުންވާ ފަދަ އަމަލެއް ހިންގައިފިކަމަށް ގާނޫނީ ހަމަތަކުގެ މަތީން މިނިސްޓްރީއަށް ކަނޑައެޅިއްޖެނަމަ، އެއްވެސް އިންޒާރަކާ ނުލައި އެ ތަނެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 
  3. މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނިފައިވާ "ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތަކުގެ މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީލަތްތައް އެ ސްކޫލެއްގައި ފުރިހަމަނުވާނަމަ، ރަނގަޅުކުރަންޖެހޭ ކަމެއްގެ ބާވަތަށް ރިއާޔަތްކޮށް، އެ ކަންކަން ރަނގަޅުކުރުމަށް 1 (އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއް ދިނުމަށްފަހ،ު އެ މުއްދަތުގެ ތެރޭގައި އެ ކަންކަން ރަނގަޅުކޮށްފައި ނުވާނަމަ، އެ ސްކޫލަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 
  4. މި ގަވާއިދާއި، މިނިސްޓްރީން އެކުލަވައިލައިފައިވާ އެހެނިހެން ގަވާއިދުތަކާއި، މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުތަކާއި ސިޔާސަތުތަކާ ހިލާފު އެއްވެސް ކަމެއް ސްކޫލެއްގައި ކޮށްފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ސްކޫލަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސްކޫލެއްގެ ރަޖިސްޓަރީ ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ތަނެއް ނުހުއްޓި ހިނގާނެ އިންތިޒާމު ހަމަޖެއްސުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދާ ހިލާފުވެގެން ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ސްކޫލެއްގެ ރަޖިސްޓަރީ ބާތިލުކުރަން ނުވަތަ ސްކޫލެއް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ނުވަތަ ދިވެހި ސަރުކާރުން އުފުލަންޖެހޭ އެއްވެސް މާލީ ޒިންމާއެއް ނޯންނާނެއެވެ.

 

22 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ފަށާ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 1 (އެކެއް) އިން ފެށިގެން ގްރޭޑް 6 (ހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.

(ރ) "ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 7 (ހަތެއް) އިން ފެށިގެން ގްރޭޑް 10 (ދިހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.

(ބ) "މަތީ ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 11 (އެގާރަ) އިން ފެށިގެން ގްރޭޑް 12()ބާރަ) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.

(ޅ) "ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލު (އެލ.ްކ.ޭޖ.ީ އާއި ޔ.ޫކ.ޭޖީ) ގެ ކުރިން ފުރިހަމަކުރާ ތައުލީމީ މަރުހަލާއަށެވެ.

(ކ) "ޕްރީސްކޫލު ތައުލީމު" ކަމަށް ބުނެފައި އެވަނީ، ފަށާ ތައުލީމުގެ ކުރިޔަށް، އުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދީންނަށް ދެވޭ ތައުލީމުގެ މަރުހަލާއަށެވެ.

(އ) "ކިޔަވައި ދިނުން" ކަމަށް ބުނެފައި އެވަނީ، 18 (އަށާރަ) އަހަރުން ދަށުގެ ކުދީންނަށް އިންތިޒާމުކޮށްގެން ކަނޑައަޅާ ވަގުތަކާއި ތަނެއްގައި، ކަނޑައަޅާ ގޮތަކަށް، ކަނޑައަޅާ މުގައްރަރަކަށް ހިންގ،ާ އުނގަންނައިދިނުމާއި ތަމްރީނާއި ފަންނުވެރިކަމާއި ތަރުބިއްޔަތު ކުރުމުގެ ހަރަކާތަކަށް ނުވަތަ މިއިން އެއްކަމަށް ވުރެ ގިނަކަންކަމުގެ ހަރަކާތަށެވެ.

(ވ) "މަންހަޖު" ކަމަށް ބުނެފައި އެވަނީ، ވަކި މާއްދާއަކުން އިމްތިހާނަކަށް ތައްޔާރުވުމަށް ޓަކައި އުނގަންނައިދިނުމަށް ކަނޑައަޅައިފައިވާ މައުލޫމާތާއި ހުނަރަށެވެ.

(މ) "ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި ހިދުމަތްދޭ އަމިއްލަ ފަރާތްތަކާ ދެމެދު ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި، އަދި އެއްބަސްވެވިފައިވާ އަގެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމު ފޯރުކޮށްދޭ ސްކޫލުތަކަށެވެ.

(ފ) "ކޮމިޔުނިޓީ ސްކޫލުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި މުޖުތަމައާ ގުޅިގެން ހިންގާ ސްކޫލުތަކަށެވެ.

(ދ) "މަސްއޫލުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކިޔަވައިދޭ ތަނެއ،ް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަށެވެ.

(ތ) "ޕްރިންސިޕަލް" ކަމަށް ބުނެފައި އެވަނީ، ސްކޫލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުންނަ އެންމެ އިސް ފަރާތަށެވެ.

(ލ) "ބެލެނިވެރިން" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރީންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރީންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ގ) "ގާނޫނީ ށަހުސު" ކަމަށް ބުނެފައި އެވަނީ، ކުންފުނި، ޕާޓްނަރށިޕ،ް ޖަމުއިއްޔާ/ ޖަމާއަތް ނުވަތަ އެނޫން ވެސް ގާނޫނީގޮތުން ވާޖިބުތަކާއި ހައްގުތަކެއް ލިބިފައިވާ އަދި އަމިއްލަ ނަމުގައި ދައުވާކޮށް، ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ މައުނަވީ ށަހުސަށެވެ.

 

23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު