-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއް ވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-02)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ޖަނަވަރީ 2024 ގައި)

(މި ގަވާއިދުގެ 19 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2023-155 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި އެފަދަ އުޅަނދުފަހަރު ބަނދަރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖެއައުން

ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ، އެ އުޅަނދެއްގެ ކަންތައްތަކާއި ރާއްޖެއިން ހަވާލުވާނެ އޭޖެންޓަކު ހަމަޖެއްސުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ - އޭޖެންޓް

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓަކަށް ވެވޭނީ، ކަމާބެހޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ، އެ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިފައިވުމުގެ އިތުރުން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓުގައި އާންމުކުރާ ފޯމު މެދުވެރިކޮށް، ޓޫރިސްޓް އުޅަނދުގެ އޭޖެންޓްކަން ކުރުމަށް ޓަކައި އެ ވުޒާރާގައި އޭޖެންޓަކަށްވުމަށް ރަޖިސްޓަރީކޮށް، އޭޖެންޓަކަށްވުމުގެ ހުއްދަ ހޯދަންވާނެއެވެ.

 

4 ވަނަ މާއްދާ - އޭޖެންޓުގެ ޒިންމާ

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމާއި، ހުއްދަ ހޯދުމަށް ޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ، އޭޖެންޓުގެ ޒިންމާއެކެވެ.

(ށ) ކޮންމެ އުޅަނދެއް ވެސް ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން، އެ އުޅަނދަކުން ދައުލަތަށް ފައިސާއެއް ނުވަތަ ޓެކުހެއް ދައްކަން ޖެހިފައިވާނަމަ، އެ ފައިސާއެއް ނުވަތަ އެ ޓެކުހެއ،ް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެކެވެ.

(ނ) ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދާ ހަވާލުވެފައިވާ އޭޖެންޓު ބަދަލުވެއްޖެނަމަ، އައު އޭޖެންޓު ރަޖިސްޓަރީ ކުރުމަށް ޓަކައި، އޭޖެންޓް ބަދަލުވާތާ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމ،ު ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރު ކުރުމާއި ދުއްވުމުގެ ހުއްދަ

(ހ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބަނދަރު ކުރުމަށާއި ދުއްވުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދަންވާނެއެވެ.

  1. ޓޫރިސްޓް އުޅަނދު ރާއްޖެ އައުމުގެ ކުރިން، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުއްދަ ހޯދުން؛ ނުވަތަ
  2. ޓޫރިސްޓް އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާރޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 4 (ހަތަރެއް) ދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުނ.ް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓަކައި، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު؛
  2. އުޅަނދާއި، ކެޕްޓަނާއި، ކުރޫއިންނާއި ފަސިންޖަރުންގެ ލިޔެކިޔުންތައް؛
    2.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓު ނުވަތަ އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައ.ިއ.ޭސ.ީއެސް) އިން ދޫކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ ނުވަތަ
    2.2 އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅ،ޭ މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގ،ެމުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ގައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ، އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން ލިޔުމުން ދީފައިވާ އެންޑޯސްމަންޓް؛ އަދި
    2.3 އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި، ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ދޫކޮށްފައިވާ ލިޔުނ.ް
  3. އުޅަނދުގައި ތިބޭ ފަޅުވެރިންނާއި ފަސިންޖަރުންގެ އަދަދާއި، އެ އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާގެ މައުލޫމާތު ހިމެނޭގޮތަށް، ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ހަދައިފައިވާ އުޅަނދުގެ ކެޕްޓަނުގެ ޑެކްލަރޭށން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓަކައި އެދެނީ 20 (ވިހި) މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ، ކްރޫސިންގ ޕާރމިޓް ހޯދުމަށް ޓަކައި 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުގެ ފީއެއ،ް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، ކްރޫސިންގ ޕާރމިޓް އޭޖެންޓަށް ދޫކުރަންވާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅައިފައިވ،ާ 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށްވުރެ ކުދި ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް އެއްވެސް ފީއަކާ ނުލައި ކްރޫސިންގ ޕާރމިޓް ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރާ ހުއްދައިގެ މުއްދަތަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާރޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމަ، 275 (ދުއިސައްތަ ހަތްދިހަފަހެއް) ދުވަސް އިތުރުކޮށްދެވިދާނެއެވެ.

(ހ) އެ އުޅަނދު، އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަންގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓު އޮތް ނުވަތަ އެ އުޅަނދަކީ އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައ.ިއ.ޭސ.ީއެސް) އިން ދޫކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދަކަށް ވުނ.ް ނުވަތަ

(ށ) އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅ،ޭ މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގ،ެ މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ގައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްމަންޓް ދީފައިވުނ.ް އަދި

(ނ) އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންށުއަރެންސް ހަލް އެންޑް މެށިނަރީ އަދި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނުން ދޫކޮށްފައިވާ ލިޔުން އޮތުނ.ް

 

7 ވަނަ މާއްދާ - ޓޫރިސްޓް އުޅަނދު ދުއްވުމުގައި ނެގޭ އިތުރު ފީ

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 20 (ވިހި) މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހަދާ މުއްދަތަށް، ދުވާލަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރުގެ އިތުރު ފީއެއ،ް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ. އަދި ކްރޫސިންގ ޕާރމިޓް ދޫކޮށްފައިވާ އުޅަނދަކުން ޗާޓަރއެއް ފަށާނަމަ، ކުރޫސްކުރި މުއްދަތުގެ ފީ ދައްކަންވާނެއެވެ. އަދި ޗާޓަރ ނުކުރާނަމަ، ކޮންމެ މަހަކު އެއްފަހަރު އެ ފީ ދައްކަންވާނެއެވެ. މިގޮތުން، ވޭތުވެދިޔަ މަހަށްވާ ފ،ީ ޖެހިގެން އަންނަ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 (ނުވަދިހަ) ދުވަހާ ހަމަޔަށް އެއްވެސް ފީއަކާ ނުލައި ދުއްވައި،ބަނދަރުކުރެވޭނެއެވެ. އަދި 90 (ނުވަދިހަ) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރު ދެއްކުމުން، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް 275 (ދުއިސައްތަ ހަތްދިހަފަހެއް) ދުވަހާ ހަމަޔަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

  1. އެ އުޅަނދަކީ، އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަންގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓު އޮތް ނުވަތަ އެ އުޅަނދަކީ އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައ.ިއ.ޭސ.ީއެސް) އިން ދޫކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދަކަށްވުން؛ ނުވަތަ
  2. އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅ،ޭ މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގ،ެ މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ގައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްމަންޓް ދީފައިވުން؛ އަދި 
  3. އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންށުއަރެންސް ހަލް އެންޑް މެށިނަރީ އަދި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ސެޓުފިކެޓުއުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ދޫކޮށްފައިވާ ލިޔުން އޮތުނ.ް

 

8 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ދެވިފައިވާ ހުއްދައިގެ މުއްދަތު 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، ކްރޫސިންގ ޕާރމިޓް އައުކުރުމަށް 3,500.00 (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީތައ،ް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ށ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ލިބިފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދޭނަމަ، ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 7 (ހަތެއް) ދުވަހުގެ ކުރިން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅަންވާނެއެވެ. މި މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

9 ވަނަ މާއްދާ - ޗާޓަރ ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ ބޭރުގެ ޓޫރިސްޓު އުޅަނދެއ،ް މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން)، އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާ ފިޔަވައި އިތުރު ބަޔަކު ބައިތިއްބަން އެދޭނަމަ، ޗާޓަރ ލައިސަންސް ހޯދަންވާނެއެވެ. އަދި ޗާޓަރ ލައިސަންސް ދޫކުރެވޭނީ، އެ އުޅަނދަކާ ހަވާލުވެ ހުންނަ އޭޖެންޓުގެ ނަމުގައެވެ.

(ށ) ޗާޓަރ ލައިސަންސް ލިބިފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާކަށް ނުޖެހޭނެއެވެ.

(ނ) ޗާޓަރ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ލިޔެކިޔުންތައް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމަށްފަހ،ު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ދައުލަތަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

  1. ޗާޓަރ އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށް ޓަކައި، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު"؛
  2. ޗާޓަރގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދާއި، މައުލޫމާތު ބަޔާންކޮށް އުޅަނދުގެ ކެޕްޓަނުގެ ލިޔުން (ކެޕްޓަންސް ޑެކްލަރޭށަން)؛ (ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ނަމޫނާއާ އެއްގޮތަށެވެ.)
  3. އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓ.ު

(ރ) ޗާޓަރ ލައިސަންސްގެ މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ކުރިން ދޫކޮށްފައިވާ ޗާޓަރ ލައިސަންސްގެ މުއްދަތު ހަމަވު މުގެ ކުރިން އައު ޗާޓަރ ލައިސަންސެއ،ް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހޯދަންވާނެއެވެ.

(ބ) އައު ޗާޓަރ ލައިސަންސަށް އެދޭއިރ،ު އޭޖެންޓުގެ 1 )އެކެއް( މަސްދުވަސް ހަމަނުވާ ޓެކްސް ކްލިއަރެންސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ޕެސެންޖަރ ލައިނަރ ހުއްދަ

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތަކަށް އަންނަ އުޅަނދުފަހަރު (ޕެސެންޖަރ ލައިނަރ) ގެ ހުއްދަ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހޯދަންވާނެއެވެ.

(ށ) ޕެސެންޖަރ ލައިނަރގެ ގޮތުގައި ރާއްޖެ އަންނަ އުޅަނދުފަހަރުން ފީގެ ގޮތުގައި ދުވާލަކަށް 850.00 (އަށްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރ،ު މޯލްޑިވްސް އިން ލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ނ) ޕެސެންޖަރ ލައިނަރގެ ގޮތުގައި ރާއްޖެ އެތެރެވެފައިވާ އުޅަނދު، މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ހުއްދައިގެ މުއްދަތުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ. 

 

11 ވަނަ މާއްދާ - ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހުއްދަ ދީ ފައިވާ އުޅަނދުފަހަރާ ހަވާލުވާ އޭޖެންޓަކު، އެ އޭޖެންޓަކު ހަވާލުވެހުރި ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި، ގަވާއިދު ނަންބަރު 2020-39 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު) އާ އެއްގޮތަށް ތަފާސްހިސާބު ފުރިހަމަކުރުމަށްފަހ،ު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދާ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ޓެކްސް ދެއްކުން

މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހަ އްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތަށް ޓެކުހެއް ދައްކަންޖެހޭނަމަ، އެ ޓެކުހެއް ދައްކަންވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއް ވެސް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

14 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދާ ހިލާފުވުމުން، އުޅަނދާ ހަވާލުވެހުރި އޭޖެންޓާ މެދު އަންނަނިވި ގޮތަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރ،ު ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރަށް 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުނ.ް

(ށ) ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރަށް 2,000.00 (ދެހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުނ.ް

(ނ) ދެ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، 6,000.00 (ހަހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމާއެކު، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުނ.ް

(ރ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސ،ާ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ދައްކައިފައި ނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓްކަމުގެ ހުއްދަ އަލުން ދޫކުރާނީ، މި ގަވާއިދުގެ ދަށުން އެ އޭޖެންޓަކު ދައްކަންޖެހިފައިވާ ފައިސ،ާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރުމަށްފަހުގައެވ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ޖޫރިމަނާ ކުރެވިފައިވާ ފަރާތް، އެ ފަރާތް ކުރެވިފައިވާ ޖޫރިމަނާ ދައްކައި ހަލާސްކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދާ ހިލާފު އަމަލެއް ކޮށްފައި ނުވާނަމަ، ދެން އެ ފަރާތުން މި ގަވާއިދާ ހިލާފުވެގެން ފިޔަވަޅު އަޅަންޖެހޭ ފަހަރު ވާނީ، މި ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ފަރާތަކާމެދު ފިޔަވަޅު އަޅަންވާނީ، މި މާއްދާގެ (ހ) އިން ފެށިގެން

(ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުއްދަދީފައިވާ އުޅަނދުތައް

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެ އުޅަނދަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމުން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ހުއްދަ ދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުންކުރެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުފަހަރަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އިތުރު މުއްދަތު ދެވިދާނެއެވެ. މިކަމަށް އެދޭ ފަރާތްތަކުން "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

  1. އެ އުޅަނދަކީ، އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަންގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓު ނުވަތަ އެ އުޅަނދަކީ އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައ.ިއ.ޭސ.ީއެސް) އިން ދޫކުރ،ާ މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދަކަށްވުން؛ ނުވަތަ 
  2. އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅ،ޭ މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގ،ެ މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ގައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ، އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްމަންޓް ދީފައިވުން؛ އަދި
  3. އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންށުއަރެންސް ހަލް އެންޑް މެށިނަރީ އަދި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ދޫކޮށްފައިވާ ލިޔުން؛ (މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ލިބެން ހުންނާނެއެވެ.)
  4. އެ އުޅަނދާ ގުޅިގެން ދިވެހި ދައުލަތަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކައިފައިވުނ.ް

 

16 ވަނަ މާއްދާ - ހިދުމަތުގެ މިންގަނޑު ކަނޑައެޅުން

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގައި ތިބޭ ފަތުރުވެރިންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ މިންގަނޑ،ު ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކަނޑުގެ ސަރަހައްދާ ހަމަޔަށެވެ. 

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ތެރެއިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރ،ު އެ އުޅަނދަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރަށެވެ.

(ނ) "އާއިލާ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ އަނބިމީހ/ާފިރިމީހާ ނުވަތަ ސިވިލް ޕާރޓްނަރ، ނުވަތަ އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށެވެ. އަދި އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުމެއް ހުރި ފަރާތެއް ކަމުގައި ބަޔާންކޮށްފައި އެވަނީ، އެ ފަރާތެއްގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ބޭބެއާއި، ދައްތައާއި، ކޮއްކޮއާއި، އެ ފަރާތްތަކުގެ ދަރީންނަށެވެ.

(ރ) "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އައުމާ ގުޅޭގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެހުންނ،ަ ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ.

(ބ) "ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ޓޫރިސްޓު ވީޒާ" ގައި ދިވެހިރާއްޖެއަށް އަންނަ ނުވަތަ އެ ވީޒާ ލިބިގެން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މީހަކަށެވެ.

(ޅ) "ފަތުރުވެރިކަމާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.

(ކ) "ޕެސެންޖަރ ލައިނަރ" ކަމަށް ބުނެފައި އެވަނީ، 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތަކަށް 50 (ފަންސާސް) އަށްވުރެ ގިނަ ފަތުރުވެރިން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށެވެ.

(އ) "ކްރޫސިންގ ޕާރމިޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ދެވޭ ހުއްދައަށެވެ.

(ވ) "ޗާޓަރ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރުގައި ފަތުރުވެރިން އުފުލުމަށް މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސަށެވެ.

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

19 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2023-155 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

އުވުނު ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-155)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު