-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-90)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ސެޕްޓެމްބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2024-02 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި  ބަނދަރުކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ ދަށުން ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަމާ ހަވާލުވެވޭނީ، ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހި ރައްޔިތުން ހިމެނޭ ކުންފުންޏަކަށެވެ. އެފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ސޯލް-ޕްރޮޕްރިއޭޓަރށިޕެއް ހިމެނޭ ނަމަ، އެފަދަ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ ސޯލް-ޕްރޮޕްރިއޭޓަރށިޕެއްގެ ބައިވެރީންގެ ގޮތުގައި ތިބެންވާނީ ހަމައެކަނި ދިވެހި ރައްޔިތުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) ދިވެހިރާއްޖެއަށް އަންނަ ކްރޫޒް ލައިނަރތަކަށް އަންނަ ޕެސެންޖަރުންނަށް ދޭ ށޯ އެކްސްކާރށަން ދިނުމުގައި ހަމައެކަނި ހަރަކާތްތެރިވެވޭނީ، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އުޅަނދު ދިވެހިރާއްޖެއަށް އައި އިރު އުޅަނދުގައި ތިބި ޕެސެންޖަރުންނަށް ނުވަތަ ގަވާއިދު ނަންބަރު 2012-44 (ޓުއަރ ގައިޑުންނާބެހޭ ގަވާއިދު) ގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓުއަރ ގައިޑުންނަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ ގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) މި މާއްދާގެ (ހ) ގައިވާ ހުއްދަ ހޯދުމަށް އެދެނީ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

2.1 އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓުފިކެޓު އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ހުށަހެޅުން؛

2.1.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ 

2.1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

2.1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

2.1.4 އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

(3) މި މާއްދާގެ (ހ) ގައިވާ ހުއްދަ ހޯދުމަށް އެދެނީ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

3.1 ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން.

3.2 ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ހުށަހެޅުން.

3.2.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ ނުވަތަ

3.2.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

3.2.3 އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް (4) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

(4) އުޅަނދުގައި ތިބޭ ފަޅުވެރިންނާއި ޕެސެންޖަރުންގެ އަދަދު ހިމެނޭގޮތަށް، ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ހަދައިފައިވާ، އުޅަނދުގެ ކެޕްޓަނުގެ ޑެކްލަރޭށަން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދެނީ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދެއް ނަމަ، ކްރޫސިންގ ޕާރމިޓް ހޯދުމަށް ޓަކައި 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، ކްރޫސިންގ ޕާރމިޓް، އޭޖެންޓަށް ދޫކުރަންވާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅައިފައިވާ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް އެއްވެސް ފީއަކާ ނުލައި ކްރޫސިންގ ޕާރމިޓް ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދައިގެ މުއްދަތު 6.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދުތަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް 275 (ދުއިސައްތަ ހަތްދިހަ ފަހެއް) ދުވަހާ ހަމަޔަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(1) އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް، ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއިތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިއުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.4 އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދުތަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް 275 (ދުއިސައްތަ ހަތްދިހަ ފަހެއް) ދުވަހާ ހަމަޔަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(1) ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ނުވަތަ

1.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.3 އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސުގެ ކޮޕީ.

 

7 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓް އުޅަނދު ދުއްވުމުގައި ނެގޭ އިތުރު ފީ 7.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން މުއްދަތު އިތުރުކުރެވޭނީ، އެ އިތުރުކުރާ މުއްދަތަށް، ކޮންމެ ދުވަހަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުންނެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކުރެވޭނީ، އެ އިތުރުކުރާ މުއްދަތަށް، ކޮންމެ ދުވަހަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕެސެންޖަރ ލައިސަންސް 9.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ ބޭރުގެ ޓޫރިސްޓް އުޅަނދެއް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަން އެދޭ ނަމަ، ޕެސެންޖަރ ލައިސަންސް ހޯދަންވާނެއެވެ. ޕެސެންޖަރ ލައިސަންސް ދޫކުރެވޭނީ، އެ އުޅަނދާ ހަވާލުވެ ހުންނަ އޭޖެންޓުގެ ނަމުގައެވެ.

(ށ) ޕެސެންޖަރ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ލިޔެކިޔުންތައް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ދައުލަތަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

(1) ޕެސެންޖަރ ލައިސަންސް ނަގައިގެން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށް ޓަކައި، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު"

(2) ޕެސެންޖަރ ލައިސަންސްގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދާއި މައުލޫމާތު ބަޔާންކޮށް، އުޅަނދުގެ ކެޕްޓަނުގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން)؛ މި ލިޔުން އޮންނަންވާނީ، އެއްގޮތަށެވެ.

(3) މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ، އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕެސެންޖަރ ލައިސަންސަށް އެދެނީ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދެއް ނަމަ، އަންނަނިވި ށަރުތުތައް އެ އުޅަނދެއްގައި ފުރިހަމަވާން ޖެހޭނެއެވެ.

(1) އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ 

1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.4 އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޕެސެންޖަރ ލައިސަންސަށް އެދެނީ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދެއް ނަމަ، އަންނަނިވި ށަރުތުތައް އެ އުޅަނދެއްގައި ފުރިހަމަވާން ޖެހޭނެއެވެ.

(1) ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ ނުވަތަ

1.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުން؛ ނުވަތަ

1.3 އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުން؛

1.4 އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ އޮތުން.

(ބ) ޕެސެންޖަރ ލައިސަންސް ލިބިފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދ،ު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީއާއި، އުޅަނދަށް އަރުވާ ކޮންމެ ޕެސެންޖަރަކަށް 5.00 (ފަހެއް) އެމެރިކާ ޑޮލަރުގެ ޕެސެންޖަރ ފީއެއް ދައްކަންވާނެއެވެ. މި ފީ ދައްކާނީ، އުޅަނދު ދިވެހިރާއްޖެއިން ފުރުމުގެ ކުރިން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ޅ) ޕެސެންޖަރ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ޕެސެންޖަރ ލައިސަންސް އޮންނަ މުއްދަތަށް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާކަށެއް ނުޖެހޭނެއެވެ.

(ކ) ޕެސެންޖަރ ލައިސަންސްގެ މުއްދަތު އިތުރުކުރުމަށް އެދޭ ނަމަ، ކުރިން ދޫކޮށްފައިވާ ޕެސެންޖަރ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، އައު ޕެސެންޖަރ ލައިސަންސަށް އެދި، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(އ) އައު ޕެސެންޖަރ ލައިސަންސަށް އެދޭއިރު، އޭޖެންޓަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ 1 (އެކެއް) މަސްދުވަސް ހަމަނުވާ ޓެކްސް ކްލިއަރެންސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އުނިކުރުން 

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ކުރެ މުއްދަތު ހަމަވެފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދުތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(1) އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް، ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އޮތް އުޅަނދެއްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.4 އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

(2) އެ އުޅަނދާ ގުޅިގެން ދިވެހި ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ނަމަ، އެ ފައިސާއެއް ދައްކައިފައިވުން.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ކުރެ މުއްދަތު ހަމަވެފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދުފަހަރުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުފަހަރަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(1) ޕެސެންޖަރ އިންށުއަރެންސް، ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އުޅަނދުގައި އޮތުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ނުވަތަ

1.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އޮތް އުޅަނދެއްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން.

(2) އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސެންސުގެ ކޮޕީ އޮތުން؛

(3) އެ އުޅަނދާ ގުޅިގެން ދިވެހި ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ނަމަ، އެ ފައިސާއެއް ދައްކައިފައިވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) "ކްރޫޒް ލައިނަރ" ކަމުގައި ބުނެފައި އެވަނީ، 50 (ފަންސާސް) އަށް ވުރެ ގިނަ ޕެސެންޖަރުން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) "ޕެސެންޖަރ ލައިސެންސް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަދޭ އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ފިޔަވައި ޕެސެންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމަށް ދެވޭ ލައިސަންސަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް (މ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(މ) "ފަޅުވެރިން" ކަމުގައި ބުނެފައި އެވަނީ، އުޅަނދު ދުއްވައި، ބަނދަރުކޮށް ހެދުމުގެ މަސައްކަތް ކުރުމަށް އުޅޭ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ގައި ފަޅުވެރިންގެ ގޮތުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (މ) ގެ ފަހަތަށް (ފ) ގޮތުގައި އަކުރެއް އިތުރުކުރުން.

(ފ) "ޕެސެންޖަރުން" ކަމުގައި ބުނެފައި އެވަނީ، އުޅަނދުގެ ފަޅުވެރިން ފިޔަވައި،  ފަތުރުވެރިކަމުގެ ބޭނުމަށް އުޅަނދަށް އަރުވައި ބާލާ މީހުންނަށެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް (ދ) ގޮތުގައި އަކުރެއް އިތުރުކުރުން.

(ދ) "ށޯ އެކްސްކާރށަން" ކަމުގައި ބުނެފައި އެވަނީ، ފަތުރު ވެރިކަމުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ޕެސެންޖަރުން ގޮވައިގެން ކުރާ ދަތުރުތަކަށެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު، 1 މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް އިސްލާހުކުރުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އުނިކޮށްފައިވާތީ ގަވާއިދުގެ ނަންބަރުތައް ތަރުތީބުކުރުން.

 

19 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

 

ޖަދުވަލު 1

ޕެސެންޖަރ ލައިސަންސް ހޯދުމަށް ދައްކަންޖެހޭ ފީ 

 

އުޅަނދުގެ ދިގުމިން  

ޕެސެންޖަރ ލައިސަންސް ފީ (ޔ.ޫއެސް. ޑޮލަރުން)

ދިގުމިނުގައި 20 (ވިހި) މީޓަރު ނުވަތަ 20 (ވިހި) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރު. 
ދިގުމިން 20 (ވިހި) މީޓަރަށް ވުރެ ބޮޑު އަދި 35 (ތިރީސްފަހެއް) މީޓަރަށް ވުރެ ކުދި އުޅަނދުތައް.  ދުވާލަކަށް 250.00 (ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 35 (ތިރީސްފަހެއް) މީޓަރަށް ވުރެ ބޮޑު 45 (ސާޅީސް ފަހެއް) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 400.00 (ހަތަރު ސަތޭކަ) އެމެރިކާ ޑޮލަރު.
ދިގުމިން 45 (ސާޅީސް ފަހެއް) މީޓަރަށް ވުރެ ބޮޑު 75 (ހަތްދިހަ ފަހެއް) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 550.00 (ފަސްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 75 (ހަތްދިހަ ފަހެއް) މީޓަރަށް ވުރެ ބޮޑު 100 (އެއްސަތޭކަ) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 650.00 (ހަސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 100 (އެއްސަތޭކަ) މީޓަރަށް ވުރެ ބޮޑު ކްރޫޒް ލައިނަރ ނޫން އުޅަނދުތައް.  ދުވާލަކަށް 750.00 (ހަތްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 100 (އެއްސަތޭކަ) މީޓަރަށް ވުރެ ބޮޑު ކްރޫޒް ލައިނަރތައް.  ދުވާލަކަށް 850.00 (އަށްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 

 

 

މައި ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-02)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު