ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-142)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮގަސްޓް 2023 ގައި)
އެއްވަނަ ބައި
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގުސަދުތައް ހާސި ލުކުރުމުވެ.
(ހ) ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށްވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާތުތައް ކަނޑައެޅުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާތުތަކުގެ ދަށުންފަޅުރަށްރަށް ވަރުވާއަށް ލިޔެދެނީ ނުވަތަ ފަޅުރަށްރަށް ކުއްޔަށްދެނީ ދައުލަތަށާއި ރައްޔިތުންނަށް މަންފާ ލިބެނިވިގޮތަށްކަން ކަށަވަރުކުރުމާއެކު، ދެފުށްފެންނަ ގޮތަކަށް، އިންސާފާއި ހަމަހަމަކަމާއެކު އެ ކަންކަން އިންތިޒާމުކުރުން.
(ނ) ފަޅުރަށްރަށް ވަރުވާއަށް ލިޔެދެނީ ނުވަތަ ފަޅުރަށްރަށް ކުއްޔަށްދެނީ ރަށުގެ ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކައުތެރިކުރުމަށް އިސްކަންދޭގޮތަށްކަން ޔަގީންކުރުން.
ދެވަނަ ބާބު
ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ވަކިކުރުން
3 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމަށް އެދި ހުށަހެޅުން
ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނެވެ.
4 ވަނަ މާއްދާ - ފަޅުރަށް ވަރުވާއަށް ލިޔެދިނުން
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދެވޭނީ، އާންމުކޮށް އިއުލާނުކޮށް، ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން ގެންގުޅެން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމަށްފަހު އިއުލާނުގައި ބަޔާންކޮށްފައިވާ ސެލެކްށަން ކްރައިޓީރިއާއަށްރިއާޔަތްކޮށް، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
(ށ) ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމަށް އިއުލާނުކުރުމުން، އެކަމަށް އެދި އެންމެ ފަރާތަކުން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމަކީ ސައްހަ ހުށަހެޅުމެއްކަމަށް ގަބޫލުކުރެވޭނަމަ، އަދި ސެލެކްށަން ކްރައިޓީރިއާއަށް ރިއާޔަތްކޮށް ވަޒަންކުރުމުން އެކަށީގެންވާ ހުށަހެޅުމެއްކަމަށް ގަބޫލުކުރެވޭނަމަ، އެ ފަރާތަކަށް އެ ރަށެއް ވަރުވާއަށް ލިޔެދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ނ) ފަޅުރަށެއް ވަރުވާއަށް ލިޔެދެވޭނީ، މިނިސްޓްރީއާ ނުވަތަ ކައުންސިލާ، އެ ފަޅުރަށެއް ވަރުވާއަށް ލިޔެގެން ގެންގުޅުމަށް ހުށަހަޅާ ފަރާތަކާއެކު ވެވޭ ވަރުވާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، އަންނަނިވި ބައިތައް ކޮންމެހެން ވެސް ހިމަނަންވާނެއެވެ.
- އެއްބަސްވުމުގައި ހިމެނޭ ދެ ފަރާތުގެ ނަމާއި، އެޑްރެ ހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ވަރުވާއަށް ލިޔުއްވައިގެން ގެންގުޅެން ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެ ފަރާތުގެ ރަޖިސްޓަރީ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު؛
- ވަރުވާއަށް ލިޔެދޭ ރަށުގެ މައުލޫމާތު؛
- އެއްބަސްވުމުގެ މުއްދަތު؛
- ވަރުވާގެ މިންވަރާއި، ވަރުވާ ދައްކާނެ ގޮތް؛
- އެއްބަސްވުމުގެ ބައިވެރިންގެ ހައްގުތަކާއި އިލްތިޒާމުތައް؛
- ގާނޫނާ ނުވަތަ ގަވާއިދާ އެއްގޮތަށް އަމަލުކުރުމާއި، އެޔާ ހިލާފުވުމާ ގުޅިގެން އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމާ ގުޅިގެން މުއާމަލާތު ކުރާނެ ގޮތް؛
- އެއްބަސްވުން ބާތިލުކުރާނެ ގޮތް.
5 ވަނަ މާއްދާ - ފަޅުރަށް ވަރުވާއަށް ލިޔެދެވޭ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ލިޔެދެވޭނެ އެންމެ ދިގު މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތު ހަމަވުމުން، ވަރުވާއަށް ލިޔެދީފައިވާ ރަށަކާ ގުޅޭ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.
6 ވަނަ މާއްދާ - ވަރުވާ ކަނޑައެޅުން
(ހ) ފަޅުރަށްރަށުގެ ވަރުވާގެ އެންމެ ދަށް މިންވަރަކީ، ރަށުގެ ބިމުގެ އަކަފޫޓަކަށް އަހަރަކަށް 05 (ފަހެއް) ލާރީގެ ރޭޓުން، ރަށުގެ ބިމުގެ ބޮޑުމިނަށް ޖެހޭ ފައިސާގެ މިންވަރެވެ.
(ށ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށުގެ ފަޅުތެރޭގައި އާމްދަނީ ލިބޭ އިތުރު އެއްވެސް މަސައްކަތެއް ކުރާނަމަ، ނުވަތަ އެ ފަޅުގެ ސަރަހައްދު އާމްދަނީ ލިބޭ މަސައްކަތަކަށް ބޭނުންކުރާނަމަ، ރަށުގެ ފަޅުގެ ސަރަހައްދުން ބޭނުންކުރާ ކޮންމެ އަކަފޫޓަކަށް އަހަރަކަށް 05 (ފަހެއް) ލާރީގެ ރޭޓުން، ވަރުވާ ނަގަންވާނެއެވެ.
7 ވަނަ މާއްދާ - ވަރުވާއަށް ލިޔުއްވައިފައިވާ ފަރާތުގެ ޒިންމާތައް
(ހ) ފަޅުރަށްރަށް ވަރުވާއަށް ލިޔުއްވައިގެން ގެންގުޅޭ ފަރާތުން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީންނާއި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ވަރުވާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން ލިޔެދީފައިވާ ރަށުގެ ވަރުވާ އަހަރުން އަހަރަށް ދައްކައި، ރަށުގައި ރުއްގަސް އިންދައި، އެ ރަށް ދިރުވައި އާލާކުރަންވާނެއެވެ.
(ށ) ފަޅުރަށްރަށް ވަރުވާއަށް ލިޔުއްވައިގެން ގެންގުޅޭ ފަރާތުން ރަށަށް ގެއްލުމެއް ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ރަށް ބަލަހައްޓާ މީހުން ރަށުގައި ބައިތިއްބުމަށް އެކަށީގެންވާ ތަނެއް ރަށުގައި ހަދަންވާނެއެވެ. މިފަދައިން ތަނެއް ހެދުމުގައި މިނިސްޓްރީއަށް ނުވަތަ ވަރުވާއަށް ލިޔެދިން ކައުންސިލަށް ތަނުގެ ޑިޒައިނާއެކު ހުށަހަޅައި، ފަޅުރަށް ވަރުވާއަށް ލިޔެދިން ފަރާތުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
8 ވަނަ މާއްދާ - ވަރުވާ ދެއްކުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށުގެ ވަރުވާ ދައްކަންވާނީ، 4 (ހަތަރެއް) ކުއާޓަރަކަށް ބަހައިލައިގެން ނެވެ. އެގޮތުން ކޮންމެ ކުއާޓަރެއް ފެށުމުގެ ކުރިން، އެ ކުއާޓަރެއްގެ ޕޭމަންޓް ދައްކައި ހަލާސްކުރަންވާނެއެވެ.
(ށ) ވަރުވާއަށް ރަށް ލިޔެދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެންމެ ފުރަތަމަ ކުއާޓަރުގައި ދައްކަންޖެހޭ ފައިސ،ާ އެއްބަސްވުމުގައި ސޮއިކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަހަރަކަށް ވަރުވާއަށް ދައްކަންޖެހޭ އަދަދު އެކީ އެއްފަހަރާ ދެއްކުން، މި ގަވާއިދު މަނައެއް ނުކުރެއެވެ.
9 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށުގައި މަސައްކަތް ކުރުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ފިޔަވައި، އާމްދަނީ ލިބޭ އިތުރު އެއްވެސް މަސައްކަތެއް ކުރަންވާނީ، އެ މަސައްކަތެއް ކުރުމަށް އެދ،ި މިނިސްޓްރީއަށް ނުވަތަ ވަރުވާއަށް ލިޔެދިން ކައުންސިލަކަށް ލިޔުމުން ހުށަހަޅައި، މިނިސްޓްރީގެ ނުވަތަ އެ ކައުންސިލެއްގެ ހުއްދަ ލިޔުމުން ލިބުމަށްފަހުގައެވެ.
(ށ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގައި އާމްދަނީ ހޯދުމަށް އަންނަނިވި މަސައްކަތްތައް، މިނިސްޓްރީގެ ނުވަތަ ކައުންސިލުގެ ހުއްދަ ހޯދުމަކާ ނުލައި ކުރެވިދާނެއެވެ.
- ރަށުގައިވާ ރުކުން ލިބޭ ތަފާތު ތަކެތި ވިއްކުން. މިގޮތުން ކާށް ޓާއި،ކުރުނބާއާއި، ގަބުޅިއާއި، ހިކި ފަނާއި، ރުކުރާ ފަދަ ތަކެތި ވިއްކިދާނެއެވެ؛
- ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން ކުދިގަހުގެ ނާސަރީއެއް ގާއިމުކުރުން. މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ބޮޑު ގަހެއް ކަނޑައިގެން ނުވާނެއެވެ؛
- ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭ ހެން، ކުރު މުއްދަތެއްގެ ތެރޭގައި ހެދި ބޮޑުވާ ޒާތުގެ ތަރުކާރީއާއި މޭވާ ހެއްދުން؛
- ރަށުގައިވާ ބޮޑެތި ރުއްގަސް ނުކަނޑައި، އިތުރަށް ރުއްގަސް އިންދާނެ ޖާގަ އޮތްނަމަ، އެ ޖާގައިގައި ރުކާއި، ބަނބުކެޔޮގަސް ފަދ،ަ ދިގު މުއްދަތަކުން ހެދިބޮޑުވާ ޒާތުގެ ގަސް އިންދައި، އެ ގަ ސްތަކުން އިތުރު އާމްދަނީ ހޯދުން؛
- ރަށުގައިވާ ގަސްގަހާގެހިން ލިބޭ އެހެނިހެން ތަފާތު ވައްތަރުގެ ތަކެތި (ކެއުމަށް ބޭނުންކުރެވޭ ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރެވޭ ތަކެތި) ވެށްޓަށް ގެއްލުން ނުލިބޭގޮތަށް، ބޭނުންކުރުމާއި ވިއްކުން. މިގޮތުން، ކަނަމަދާއި، އަހިވަކާއި، ކުއްޅަވައް ބޭނުންކުރުން؛
- ރަށުތެރެއަށް ދޫކޮށްގެން ކުކުޅާއި އަސްދޫނި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތްކުރުން. މި މަސައްކަތަށް ރަށުން ގަސްކަނޑައި، ބިން ސާފުކޮށްގެން، ހިޔާކޮށްފައިވާ ބޮޑެތި ކޮށި އަޅައި ހެދުމަކީ މަނާ ކަމެކެވެ؛
- ރަށުގެ ފަޅަށް ނުވަތަ ގޮނޑުދޮށަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް، ރަށުގެ ފަޅުން، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ ހިލާފުނުވާ ގޮތެއްގެ މަތީން މަސް ހިފުން ނުވަތަ ގޮނޑުދޮށް ބޭނުންކުރުން. މިކަމަށް ފަޅާއި ގޮނޑުދޮށް ބޭނުންކުރަންވާނީ، ދޫނި ޖައްސާ ނުވަތަ ވެލާ އަރާ ނުވަތަ ވެލާ ބިސް އަޅާ ސަރަހައްދުތަކަށް ގެއްލުމެއް ނުވާނެ ގޮތެއްގެ މަތީން ނެވެ.
10 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ދެވަނަ ފަރާތަކަށް ލިޔެދިނުން ނުވަތަ ކުއްޔަށް ދިނުމާއި ވަރުވާގެ އެއްބަސްވުމުގެ ހައްގުތަކާ އިލްތިޒާމުތައް އެހެން ފަރާތަކަށް ބަދަލުކުރުން
(ހ) އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކަށް ހަވާލުކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގެ އިތުރުން، ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތަށް، ވަރުވާގެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ އެއްވެސް ހައްގެއް ނުވަތަ ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތުން އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމެއް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި، އެ ފަރާތުގެ މުވައްޒަފުން، އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
11 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ފަރާތަކުން ފަޅުރަށް ވަކިކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، ފަޅުރަށްރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތަށް 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު ވަރުވާގެ އެއްބަސްވުން ބާތިލުކޮށް، ވަރުވާއަށް ލިޔެދީފައިވާ ރަށް ވަކިކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށްނުވަތަ ކައުންސިލަށް ލިބިގެ ންވެއެވެ.
- ގާނޫނާ ނުވަތަ މި ގަވާއިދާ ނުވަތަ ވަރުވާގެ އެއްބަސްވުމާ، ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތުން ހިލާފު ނުވިނަމަވެސް، އެ ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ރަށެއް ސަރުކާރުގެ ބޭނުމަކަށް ނުވަތަ ކައުންސިލުގެ އެހެން ބޭނުމަކަށް ނަގަންޖެހުން؛ ނުވަތަ
- ގާނޫނާ ނުވަތަ މި ގަވާއިދާ ނުވަތަ ވަރުވާގެ އެއްބަސްވުމާ، ފަޅުރަށް ވަރުވާއަށް ލިޔެގެން ގެންގުޅޭ ފަރާތުން ހިލާފުވުން؛
- މި ގަވާއިދުގެ 50 ވަނަ މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 2015 އެޕްރީލް 9 ވަނަ ދުވަހުގެ ކުރިން، ވަކި މުއްދަތެއް ކަނޑަނާޅައި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށް، ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން އެ ރަށެއް ވަކިކުރާ ހާލަތުގައި، އެ ރަށް ވަރުވާއަށް ލިޔެގެން ގެންގުޅޭ ފަރާތަށް، އެ ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރުވާއަށް ދޫކޮށްފައިވާ ރަށެއް، މި ގަވާއިދުގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ވަކިކުރާނަމަ، ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ވަކިކުރާނަމަ، ވަރުވާގެ ގޮތުގައި ދައްކައިފައިވާ ފައިސާއިން، ހިނގާ އަހަރުގެ ބާކީ އޮންނަ ދުވަހަށްވާ ފައިސ،ާ ފަޅުރަށް ވަރުވާއަށް ލިޔެ ފައިވާ ފަރާތަށް ލިބިދެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ފަޅުރަށެއް ވަކިކުރާ ހާލަތުގައި، އެ ރަށުގައި ހުރި ވަރުވާއަށް ލިޔެގެން ގެންގުޅޭ ފަރާތުގެ އަމިއްލަ އުފުލޭ މުދ،ާރަށް ވަކިކުރާ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަ ހުގެ ތެރޭގައި ރަށުން ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް، ރަށަށް ދޫކޮށްލާ ތަކެތި ބެލެވޭނީ، އެއީ ދައުލަތުގެ މުދާ ކަމުގައެވެ. އަދި މިފަދަ ނުއުފުލޭ މުދަލުގެ ބަދަލ،ު ވަރުވާއަށް ލިޔެގެން ގެންގުޅޭ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދައިފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހުތިޔާރެއް، ރަށް ވަރުވާއަށް ލިޔެގެން ގެންގުޅޭ ފަރާތަށް ލިބިގެނެއް ނުވެއެވެ.
ތިން ވަނަ ބާބު
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާއި ވަކިކުރުން
12 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށް ދޫކުރުން
(ހ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް، ފަޅުރަށްރަށް ކުއްޔަށް ދޫކުރާނީ، ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށެވެ.
- އާންމުކޮށް އިއުލާނުކޮށްގެން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދިނުން؛
- ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ކުއްޔަށް ދިނުން.
(ށ) މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަޅުރަށްތަކުގެ ތެރެއިން ރަށެއް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ، އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގައިވާ ފަދަ ރަށެއް، މި މާއްދާގެ (ށ) ގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަ ޅާ ހާލަތުގައި، ގާނޫނުގެ 11 ވަނަ މާއްދާގެ
(ރ) ގައިވާ ގޮތަށް އެ ފަޅުރަށެއް ހިމެނޭ ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސުން، އެ ރަށް ހިމެނޭ ސަރަހައްދު އުނިކުރަންވާނެއެވެ.
(ރ) މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަޅުރަށްތަކުގެ ތެރެއިން ކުއްޔަށް ދިނުމަށް ކަނޑައަޅާ ރަށްރަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް އާންމުކޮށް ކުރާ އިއުލާނުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުއްޔަށް ދޫކުރާ ފަޅުރަށުގައި ކުރެވޭނެ މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް؛
- އިއުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯޒަލް އިވެލުއޭޓުކޮށް މާކްސް ދޭނެ ކްރައިޓީރިއާ.
(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޔަށް ހިފަން ހުށަހަޅަންވާނީ، މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަޅުރަށްތަކުގެ ތެރެއިން ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ ރަށަކަށެވެ.
13 ވަނަ މާއްދާ - ފަޅުރަށް ކުއްޔަށް ދޫކުރު މުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ރަށް ކުއްޔަށް ހިފަން ހުށަހަޅާ ޕްރޮޕޯޒަލަށް ރިއާޔަތްކޮށް ފަޅުރަށެއް ކުއްޔަށް ދޭންވާނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
- ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖެއަށް ފައިދާކުރާނެ ކަމަކަށް ވުން، ނުވަތަ އެ ކަމަކީ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވުން؛
- ރަށް ކުއްޔަށް ހިފަން އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއްކަމަށް ވުން؛
- ރަށް ކުއްޔަށް ހިފަން އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ފަރާތެއްކަމަށް ވުން؛
- ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، އިގުތިސާދީގޮތުންނާއި އެ ނޫން ގޮތްގޮތުން ކުރެވިދާނެ ކަމެއްކަމަށް ވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތުތަކެއް ކަނޑައަޅަން ބޭނުންނަމަ، އާންމުކޮށް ކުރާ އިއުލާނެއްގެ ދަށުން އެފަދަ ށަރުތެއް ކަނޑައެޅުމުގެ އިހުތިޔާރ،ު ފަޅުރަށް ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - އިކުއިޒިށަން ފީ ދެއްކުން
މި ގަވާއިދުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ރަށް ކުއްޔަށް ދޫކުރެވޭނީ، އިކުއިޒިށަން ފީގެގޮތުގައި 5 (ފަހެއް) އަހަރުދުވަހުގެ ކުއްޔާ އެއްވަރުގެ އަދަދެއްގެ ފައިސާ ސަރުކާރަށް އެއްފަހަރާ ދެއްކުމުންނެވެ. މިގޮތުން އިކުއިޒިށަން ފީގެގޮތުގައި ދައްކާ ފައިސާއަކީ ކުލީގެ ތެރޭގައި ނުހިމެނޭ އަދި އަނބުރާ ރައްދުކުރެވޭނެ ފައިސާއެއް ނޫނެވެ.
15 ވަނަ މާއްދާ - ފަޅުރަށް ކުއްޔަށް ހިފުމަށް ހުށަހަޅާ ޕްރޮޕޯ ޒަލުގައި ހިމަނަންވާނެ ބައިތައް
މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށެއް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފަޅުރަށެއް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ތަފުސީލު ރިޕޯޓު (ޕްރޮޕޯޒަލް) ގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ރަށުގައި ކުރުމަށް ހުށަހަޅާ ކަންކަން ނުވަތަ މަސައްކަތްތައް.
(ށ) ކުއްޔަށް ހިފަން ހުށަހަޅާ ރަށުގެ ބިމުގެ އަކަފޫޓަކަށް ހުށަހަޅާ ކުލި. އަދި އެ ރަށުގެ ފަޅުގައި އާމްދަނީ ލިބޭ މަސައްކަތެއް ކުރަން ހުށަހަޅާނަމަ، ފަޅުގެ އަކަފޫޓަކަށް ހުށަހަޅާ ކުލި.
(ނ) އިންވެސްޓްމަންޓް ޕްލޭނާއި އިންވެސްޓްމަންޓް ށެޑިއުލް.
(ރ) ކުރަން ހުށަހަޅާ މަސައްކަތްތަކުގެ ވޯކް ޕްލޭން.
(ބ) ކުރަން ހުށަހަޅާ މަސައްކަތްތަކުގެ ޕްރޮޑަކްށަން ޕްލޭން.
(ޅ) ހިއުމަން ރިސޯސް ޕްލޭން.
(ކ) ރަށުގައި ކުރުމަށް ހުށަހަޅާ ކަންކަމުގެ ނުވަތަ މަސައްކަތްތަކުގެ ބޮޑުކުޑަމިނާއި، އެ ކަންކަމަށް ދާނެ ހަރަދާއި، ލިބޭނެ އާމްދަނީއާއި، ފައިދާ ހިމެނޭ ފައިނޭންށިއަލް ފީޒިބިލިޓީއާއި، އެކަމުގެ ޓެކްނިކަލް ފީޒިބިލިޓީއާއި، މާކެޓް ފީޒިބިލިޓީ ރިޕޯޓު.
(އ) މަސައްކަތް ކުރުމަށް ހުށަހަޅާ ރަށުގެ ލޭންޑް ޔޫޒް ޕްލޭން.
(ވ) ހުށަހަޅާ ކަންކަން ނުވަތަ މަސައްކަތްތައް ރަށުގައި ކުރުމުން ރަށުގެ ވެށްޓަށް ކުރާނެ އަސަރ،ު ކަމާބެހޭ ސަރުކާރުގެ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ބަޔާންކޮށްފައިވާ އެންވަޔަރަންމަންޓް އެސެސްމަންޓް ރިޕޯޓު.
(މ) ރަށުގައި ކުރުމަށް ހުށަހަޅާ މަސައްކަތްތަކާ ގުޅިގެން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސ.ީއެސ.ްއާރު) ގެ ދަށުން ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ހުށަހަޅާނަމަ އެ ކަމަކާއި، އެ ކަމަކަށް ހަރަދުކުރުމަށް ހުށަހަޅާ ފައިސާގެ މިންވަރު.
(ފ) ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ ފަންޑަށް ފައިސާ ދިނުމަށް ހުށަހަޅާނަމަ، އެ ފައިސާގެ މިންވަރު.
16 ވަނަ މާއްދާ - ކުއްޔަށްދީފައިވާ ރަށުގެ ބަދަލުގައި އެހެން ރަށެއް ކުއްޔަށް ދޫކުރުން
(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށްދީފައިވާ ރަށެއް، އެ ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ވަކިކޮށް، އެ ރަށުގެ ބަދަލުގައި އެހެން ރަށެއް އެ ފަރާތަށް ކުއްޔަށްދޭނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި، އެ ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަށް ބަދަލުކޮށް، އެހެން ރަށެއް ކުއްޔަށްދޭ ހާލަތުގައި، މި ގަވާއިދުގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާއަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
17 ވަނަ މާއްދާ - ކުލި ކަނޑައެޅުން
މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ފަޅުރަށްރަށުގެ ސަރަހައްދުގެ ކުލި ކަނޑައަޅާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ކުއްޔަށްދޭ ފަޅުރަށްރަށުގެ ބިމުގެ އަސާސީ ކުއްޔަކީ (އެންމެ ދަށް ކުއްޔަކީ) އަހަރަކަށް، ރަށުގެ ބިމުގެ އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.
(ށ) މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޫކުރާ ފަޅުރަށާއެކު، ދެވޭ ފަޅުގެ ސަރަހައްދުގައި އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއް ކުރާ ސަރަހައްދުގެ އަސާސީ ކުއްޔަކީ (އެންމެ ދަށް ކުއްޔަކީ) އަހަރަކަށް، އަކަފޫޓަކަށް 05 (ފަހެއް) ލާރިއެވެ.
(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ކުއްޔަށްދޭ ދިނުމުގައި، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކުލީގެ މިންގަނޑަށްވުރެ ދަށްނުވާނެ ގޮތެއްގެ މަތީން ކުލި ކަނޑައެޅުމުގެ އިހުތިޔާރު، ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ކުލި ދެއްކުން
މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށުގެ އަހަރީ ކުލި ދައްކަންވާނީ، ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުލި، ށެޑިއުލާ އެއްގޮތަށް އެޑްވާންސްކޮށެވެ. މިގޮތުން، ކުރިޔަށްއޮތް ކުއާޓަރުގެ ކުލި، ހިނގަމުންދާ ކުއާޓަރު ނިމުމުގެ ކުރިން ދައްކައި ހަލާސްކުރަންވާނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެންމެ ފުރަތަމަ ކުއާޓަރަށް ދައްކަންޖެހޭ ކުލި، އެއްބަސްވުމުގައި ސޮއިކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ.
19 ވަނަ މާއްދާ - ގްރޭސް ޕީރިއަޑެއް ދިނުން
ފަޅުރަށެއް ކުއްޔަށް ދިނުމުގައި، އެ ރަށުގައި ކުރާ އިންވެސްޓްމަން ޓުގެ ކުޑަބޮޑުމިނަށާއި، އިންވެސްޓްމަންޓް ށެޑިއުލަށް ރިއާޔަތްކޮށް 18 (އަށާރަ) މަސްދުވަހުގެ މުއްދަތަށްވުރެ ދިގު ނޫން މުއްދަތެއްގެ ގްރޭސް ޕީރިއަޑެއް ދިނުމުގެ އިހުތިޔާރު، ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ކަނޑައެޅޭ ގްރޭސް ޕީރިއަޑުގެ ކުލި، ކުއްޔަށްދޭ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީން، ބާކީ އޮތް މުއްދަތުގެ ތެރޭގައި ދައްކައި ހަލާސްކުރަންވާނެއެވެ.
20 ވަނަ މާއްދާ - ރަށް ބައިކޮށްގެން، އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ރަށެއް ކުއްޔަށް ދިނުން
މިނިސްޓްރީން ނުވަތަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ފަޅުރަށެއް ބައިކޮށް، އެއްފަރާތަށް ވުރެ ގިނަ ފަރާތަށް، އަންނަނިވި ގޮތުގެ މަތީން އެ ރަށުގެ ބިން، ފަޅު، ނުވަތަ ބިމާއި ފަޅު ކުއްޔަށް ދޫކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ހ) ކުއްޔަށްދޭ ރަށުގެ ބިމާއި ފަޅު، ނުވަތަ ބިމާއި ފަޅު ބޭނުންކުރާނެ ކަންތައްތަކާއި އެ ކަންތައްތަކަށް ބޭނުންކުރާނެ ސަރަހައްދ،ު މިނިސްޓްރީން ނުވަތަ ކައުންސިލުން ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ސަރަހައްދު ކުއްޔަށްދޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އިއުލާނުކޮށް، އެ އިއުލާނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ސަރަހައްދު ކުއްޔަށް ދޭއިރ،ު ހިދުމަތްދޭ އެހެން ފަރާތްތަކެއް މެދުވެރިކޮށް، އެ ރަށުގައި ކަރަންޓާއި، ފެނާއި، ނަރުދަމާ ގާއިމުކޮށް، އެ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަކަށް، ނުވަތަ ހިދުމަތްދޭ ފަރާތުގެ ހިދުމަތް ހޯދުމަށް ލާޒިމުވާގޮތަށް ސަރަހައްދު ކުއްޔަށް ދިނުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
21 ވަނަ މާއްދާ - އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެގެން ރަށެއް ކުއްޔަށް ހިފުން
(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން، ރަށެއްގައި ހިމެނޭ ބިން، ނުވަތަ ފަޅު، ނުވަތަ ބިމާއި ފަޅުގައި، އެއް މަސައްކަތެއް ކުރުމަށް ނުވަތަ ތަފާތު މަސައްކަތްތަކެއް ކުރުމަށް، އެއްފަރާތަކަށް ވުރެ ގިނަ ފަރާތުން ބައިވެރިވެގެން ކުއްޔަށް ހިފުމަށް ހުށަހެޅުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންކަން ބަޔާންކުރަން ވާނެއެވެ.
- ރަށް ކުއްޔަށް ހިފަން ހުށަހަޅަނީ، ބައިވެރިން އެއް ށަހްސެއްގެ ގޮތުގައިކަން ނުވަތަ ބައިވެރިން ވަކިވަކި ށަހްސުންގެ ގޮތުގައިކަން؛
- ރަށް ކުއްޔަށް ހިފަން ހުށަހަޅަނީ، ވަކިވަކި ށަހްސުންގެ ގޮތުގައިނަމަ، ރަށް ބައިކުރަން ހުށަހަޅާ ގޮތާއި، އެ ބައިތަކުގައި ކުރުމަށް ހުށަހަޅާ މަސައްކަތް؛
- ރަށް ކުއްޔަށް ހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައިނަމަ، ރަށުގައި ކޮމަން ފެސިލިޓީ ގާއިމުކުރުމަށް ހުށަހަޅާނަމަ، އެ ފެސިލިޓީތައް، ގާއިމުކޮށް ބޭނުންކުރުމާ ގުޅޭގޮތުން، ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި ތަންފީޒުކުރެވޭފަދަ އެއްބަސްވުމެއް ހަދައިފައިވުން؛
- ރަށް ކުއްޔަށް ހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައިނަމަ، ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ ޒިންމާތައް އެނގެން އޮތުން؛
- ރަށް ކުއްޔަށް ހިފަން ހުށަހަޅަނީ އެންމެހައި ބައިވެރިން އެއީ އެއް ށަހްސެއްގެ ގޮތުގައިނަމަ، ރަށާ ގުޅިގެން މިނިސްޓްރީއާ ނުވަތަކައުންސިލާ މުއާމަލާތު ކުރާނެ ފަރާތް.
22 ވަނަ މާއްދާ - ފަޅުރަށް ކުއްޔަށް ދެވޭނެ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށްދޭ ފަޅުރަށްރަށް ކުއްޔަށް ދެވޭނީ، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީހުން ފެށިގެން މީލާދީގޮތުން 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށް ކުއްޔަށް ހިފަން އެދޭ ފަރާތުން، އެ ރަށް ކުއްޔަށް ހިފަން ހުށަހަޅާ މުއްދަތަކީ 21 (އެކާވީސް) އަހަރަށް ވުރެ ކުރު މުއްދަތަކަށް ވާނަމަ، އެ މުއްދަތަށް ކުއްޔަށް ދިނުމަކީ މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމަކަށް ވާނަމަ، 21 (އެކާވީސް) އަހަރަށްވުރެ ކުރު މުއްދަތަކަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށުގެ މުއްދަތު އިތުރުކުރުން
(ހ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ތެރެއިން، އެ ރަށްރަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދެވޭނީ ހަމައެކަނި 21 (އެކާވީސް) އަހަރަށް ނުވަތަ 21 (އެކާވީސް) އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށަށެވެ.
(ށ) 21 (އެކާވީސް) އަހަރަށް ނުވަތަ 21 (އެކާވީސް) އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ރަށުގައި އިންވެސްޓް ކޮށްފައިވުން؛ އަދި މިގޮތުން އިންވެސްޓްމަންޓް ޕްލޭނުގައި ކަނޑައަޅައިފައިވާ މަސައްކަތުގެ މަދުވެގެން %75 (ހަތްދިހަފަހެއް އިންސައްތަ) މަސައްކަތް ފުރިހަމަކޮށްފައިވުން؛ ނުވަތ،ަ
ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭން ފުރިހަމަކުރުމަށްފަހު އެ އެއްބަސްވުމުގެ ދަށުން އައު ޕްލޭނަކާ އެއްގޮތަށް ރަށުގައި އިތުރުއިންވެސްޓްމަންޓް ކުރަމުންދާނަމަ، އެ އިންވެސްޓްމަންޓް ޕްލޭނެއްގެ ދަށުން ރަށުގައި ކުރަންޖެހޭ އިންވެސްޓްމަންޓުގެ %75 (ހަތްދިހަފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން؛ - ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރަމުންދާ ރަށަކަށް ވުން؛
- ވޯކް ޕްލޭން ތަންފީޒުކުރުމަށް ރަށުގައި ކުރާ މަސައްކަތާ ބެހޭގޮތުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ރިޕޯޓުތައް އެކަށިގެންވާ ގޮތަކަށް ހުށަހަޅަމުން އައިސްފައިވާ ރަށަކަށްވުން؛ ވޯކް ޕްލޭނާ އެއްގޮތަށް ރަށުގައި މަސައްކަތް ކުރަމުން ގޮސްފައިވޭތޯ ބެލުމަށް، މިނިވަން ސެޓިފައިޑް އޯޑިޓްފާމެއް މެދުވެރިކޮށް ހަދާ ރިޕޯޓަކުން ރަށުގައި ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކޮށްފައިވާކަން ސާބިތުވުން؛
- ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް ރަށުގެ ކުއްޔާއި ދައްކަންޖެހޭ އެހެނިހެން ފައިސާ ދައްކަމުން އައިސްފައިވާ ރަށަކަށް ވުން؛
- ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ނުވަތަ ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓާ ގުޅިގެން ނުވަތަ ރަށާއި ރަށުގެ ވެށްޓާ ބެހޭގޮތުން ނުވަތަ ރަށާ ގުޅުންހުރި އެހެން އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ތަހުގީގެއް ނުވަތަ ށަރީއަތެއް ހިނގަމުން ނުދާ ރަށަކަށް ވުން؛
- ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ނުވަތަ ދައުލަތަށް ދައްކަންޖެހ،ި ނުދައްކައި އޮތް ފައިސާއެއް ނެތުން؛
- ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެދޭ ފަރާތަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއްނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ ފަރާތަކަށް ވުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން،ރަށް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހާއި 24 (ސައުވީސް) މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި ރަށް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު ރަށުގެ ކުލީގެ މުއްދަތު ހަމަވާން 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއްގައިވާ އެއްބަސްވުންތަކުގެ ކުލީގެ މުއްދަތ،ު އެއްބަސްވުމުން ބާކީއޮތް މުއްދަތުގެ ތެރޭގައި ހުށަހެޅުމުން، ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ވެސް މުއްދަތު އިތުރުކޮށްދެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅާ ފަރާތްތަކަށެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކުން، ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތުގެ ދެބައިކުޅައެއްބައި ހަމަވުމަށްފަހު ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެދ،ި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
24 ވަނަ މާއްދާ - ކުއްޔަށް ދީފައިވާ ފަޅުރަށެއްގެ މުއްދަތު އިތުރުކޮށްދެވޭނެ މިންވަރު
މީލާދީގޮތުން 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ 21 (އެކާވީސް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ ކުލީގެ މުއްދަތު އިތުރުކުރެވޭނީ، އެ ރަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ހިމެނޭގޮތަށް ޖުމުލަ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.
25 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ
ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފަރާތުން، އެ ރަށަށް ދައްކަމުންދާ އަހަރީ ކުލީގެ ހަތަރުބައިކުޅަ އެއްބައި %25 (ފަންސަވީސް އިންސައްތަ) އަށް ޖެހޭ ފައިސާގެ މިންވަރ،ު އިތުރުކުރުމަށް ހުށަހަޅާ ކޮންމެ އަހަރަކަށް، މުއްދަތު އިތުރުކުރުމުގެ ފީއެއްގެގޮތުގައި ދައުލަތަށް ދައްކަންވާނެއެވެ. މިއ،ީ އަނބުރާ ލިބޭނެ ފައިސާއެއްކަމަށް ނުވަތަ ވަކި މުއްދަތަކަށް ހިފެހެއްޓިފައިވާ ފައިސާއެއްކަމަށް ނުވަތަ ކުރިޔަށް އޮތް މުއްދަތަކަށް ދައްކާ ކުލީގެ ފައިސާއެއްކަމަށް ބަލައިގެން ނުވާނެއެވެ.
26 ވަނަ މާއްދާ - ރަށް އިންށުއަރ ކުރުން
(ހ) ކުއްޔަށް ދޫކުރާ ފަޅުރަށްރަށް، ކާރިސާތަކުން ލިބޭ ގެއްލުމަށް، ފަޅުރަށްރަށް ކުއްޔަށް ހިފާ ފަރާތުން އިންށުއަރ ކުރަންވާނެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް،މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އިންށުއަރ ކުރަންވާނެއެވެ.
27 ވަނަ މާއްދާ - އިންވެސްޓްމަންޓް އެހެން ފަރާތަކަށް ވިއްކައިލުން
ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގައި، ކުއްޔަށް ހިފައިފައިވާ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓ،ް އެ ރަށް ކުއްޔަށް ދީފައިވާ ފަރާތުގެ ހުއްދަ ލިޔުމުން ލިބިގެން، އެހެން ފަރާތަކަށް ވިއްކައިލެވިދާނެއެވެ. އެގޮތުން އިންވެސްޓްމަންޓް ވިއްކޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
(ހ) ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ރަށުގައި ކުރަންޖެހޭ އިންވެސްޓްމަންޓުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އިންވެސްޓުކޮށް، ރަށުގެ ވޯކްޕްލޭން، އެ މިންވަރަށް ފުރިހަމަކޮށްފައިވުން. މިކަން ސާބިތުކުރުމަށް، މިނިވަން ސެޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ހަރަދާއި ވޯކްޕްލޭން ތަންފީޒުކޮށްފައިވާ މިންވަރު އެނގޭ ރިޕޯޓެއް، ކުއްޔަށް ދިން ފަރާތަށް ހުށަހަޅަންވާނެއެވެ.
(ށ) ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ، އެ ފައިސާ ދައްކައިފައިވުން.
(ނ) ކުއްޔަށް ހިފާ ފަރާތުން ޓްރާންސްފަރ ފީއެއްގެ ގޮތުގައި ރަށުގެ އިންވެސްޓްމަންޓް ވިއްކައިލާ އަގުގެ %20 (ވިހި އިންސައްތަ) ދައުލަތަށް ދެއްކުން.
(ރ) ކުއްޔަށް ދޫކޮށްފައިވާ ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓ،ް މި ގަވާއިދުގެ ދަށުން ރަހުނުކޮށްފައިވާނަމަ، ރަހުނުކޮށްފައިވާ ބޭންކުން އިންވެސްޓްމަންޓް ވިއްކައިލުމުގެ އިއިތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅައިފައިވުން.
28 ވަނަ މާއްދާ - މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުން
(ހ) ފަޅުރަށް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ފަޅުރަށް ކުއްޔަށް ހިފާ ފަރާތަށް ލިބިދީފައިވާ އެއްވެސް ހައްގަކަށް، އަދި އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތީން، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން، ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ ރަށް އެހެން ފަރާތަކަށް ހަވާލުކޮށް، ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ތަންފީޒުކުރުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އެއްބަސްވުން ތަންފީޒުކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރި ނަމަވެސް، މިނިސްޓްރީން ނުވަތަ ކައުންސިލުން ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ކުރަންޖެހޭ މުއާމާލާތްތައް ކުރާނީ ސީދާ ކުއްޔަށް ހިފައިފައިވާ ފަރާތާއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މެނޭޖްމަންޓް ކޮންޓްރެކްޓެއް ހެދުމުގެ ކުރިން، އަންނަނިވި ށަރުތުތައް ފުރިހަމަކޮށް، އެ ރަށް ކުއްޔަށް ދޫކުރި ފަރާތަށް ހުށަހަޅައި، ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
- ކުއްޔަށް ހިފައިފައިވާ ފަރާތާއި ކޮންޓްރެކްޓަރާ ދެމެދު ސޮއިކުރުމަށް އެކުލަވައިލައިފައިވާ އެއްބަސްވުމުގެ ދެލިކޮޕީ މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ހުށަހެޅުން؛
- ރަށާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން.
29 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ފަޅުރަށް ކުއްޔަށް ދިނުން
ކުއްޔަށް ދީފައިވާ ފަޅުރަށެއް، ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަކުރުމާއެކު، މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ހުށަހަޅައި، ލިޔުމަކުން ހުއްދަ ލިބުމަށް ފަހުގައެވެ.
(ހ) ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ލިޔުމުން ހުށަހެޅުން.
(ށ) ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށް ޓަކައި ސޮއިކުރުމަށް ތައްޔާރުކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީ މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށްދިން ކައުންސިލަށް ހުށަހެޅުން.
(ނ) ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ރަށުގައި ކުރަންޖެހޭ އިންވެސްޓްމަންޓުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އިންވެސްޓުކޮށް، ރަށުގެ ވޯކްޕްލޭން، އެ މިންވަރަށް ފުރިހަމަކޮށްފައިވުން. މިކަން ސާބިތުކުރުމަށް، ރެޖިސްޓާރޑް އޮޑިޓަރެއް މެދުވެރިކޮށް، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ހަރަދާއި ވޯޕްލޭން ތަންފީޒުކޮށްފައިވާ މިންވަރު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ރ) ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ، އެ ފައިސާ ދައްކައިފައިވުން.
30 ވަނަ މާއްދާ - މޯގޭޖްކުރުން ނުވަތަ ރަހުނުކުރުން
(ހ) ކުއްޔަށް ހިފައިފައިވާ ރަށުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އުފުލޭ މުދާ އަދި/ ނުވަތަ ރަށުގެ މައްޗަށް ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ލީޒް ހޯލްޑް ރައިޓްސް، މިނިސްޓްރީގެ ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލުގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހު މިނިސްޓްރީން ނުވަތަ އެ ރަށެއް ކުއްޔަށްދިން ކައުންސިލުން ކަނޑައަޅާ ށަރުތުތަކެއްގެ ދަށުން މޯގޭޖް ކުރެވިދާނެއެވެ. ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މޯގޭޖް ކުރެވެނީ، ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ގޮތަކަށްކަން މިނިސްޓްރީން ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަކުން ކަށަވަރު ކުރަންވާނެއެވެ.
- ރަށް ކުއްޔަށް ހިފައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ލަސްވެގެން، 36 (ތިރީސްހައެއް) މަސްދުވަހުގެ ކުރިން، އެ ލޯނެއް ނުވަތަ ދަރަންޏެއް އަދާކުރުން؛
- ގާނޫނުގެ ދަށުން، ނުވަތަ މި ގަވާއިދުގެ ދަށުން، ނުވަތަ ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށްދިން ކައުންސިލަށް ލިބިދޭ އެއްވެސް ހައްގަކަށް އުނިކަމެއް ނުލިބުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަށެއް ކުއްޔަށް ހިފާ ފަރާތުން މޯގޭޖް ކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ހުށަހަޅާއިރ،ު އެ ހުށަހެޅުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ވެސް ހުށަހަޅަންވާނެއެވެ.
- ރަހުނު ނުވަތަ މޯގޭޖް އެއްބަސްވުމުގެ ކޮޕީ؛
- ލޯނު އެއްބަސްވުމުގެ ކޮޕީ؛
- ކުރިން ރަހުނު ކޮށްފައިވާ ނުވަތަ މޯގޭޖް ކޮށްފައިވާ ރަށެއްނަމަ، ރަހުނުކުރަނީ ނުވަތަ މޯގޭޖް ކުރަނީ، ކުރިން މޯގޭޖް ކޮށްފައިވާ ބޭންކް ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށް ވާނަމަ، ކުރިން ރަހުނު ކޮށްފައިވާ ނުވަތަ މޯގޭޖް ކޮށްފައިވާ ފަރާތުން އެ ކަމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯގޭޖް ކުރުމަށް ނުވަތަ ރަހުނު ކުރުމަށް ހުށަހެޅުމުން، މިނިސްޓްރީން ނުވަތަ ކައުންސިލުން މޯގޭޖް ކުރުމަށް ހުއްދަ ދޭން ފެންނަނަމަ، މިނިސްޓްރީގެ ފަރާތުން ނުވަތަ ކައުންސިލުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށްފަހު ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުން މޯގޭޖް ކުރުމުގެ ނުވަތަ ރަހުނު ކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު މޯގޭޖް އެގްރީމަންޓް ނުވަތަ ރަހުނު އެގްރީމަންޓ،ްމިނިސްޓްރީގައި ނުވަތަ ކައުންސިލުގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
31 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު
(ހ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ނުވަތަ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ ހިލާފަށް ނުވަތަ އެހެން ގާނޫނަކާ ހިލާފަށް ކުރާ މަސައްކަތެއްގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ފަޅުރަށަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު، ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ދޭންވާނެއެވެ.
(ށ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ނުވަތަ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ ހިލާފަށް ނުވަތަ އެހެން ގާނޫނަކާ ހިލާފަށް ކުރާ ކަމެއްގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ފަޅުރަށުގެ އެއްބަސްވުން މިނިސްޓްރީން ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލުން ބާތިލުކޮށްފިނަމަ، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލ،ު ކުއްޔަށް ހިފާ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.
(ނ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ނުވަތަ އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލުކޮށްފިނަމަ، ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ ރަށުގައި ބަހައްޓައިފައިވާ އެ ފަރާތުގެ އުފުލޭ މުދާ ގެންދިޔުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާތިލުކޮށްފިނަމަ، ކުއްޔަށް ދޫކޮށްފައިވާ ރަށުގައި ހުރި ކުއްޔަށް ހިފައިފައިވާ ފަރާތުގެ އުފުލޭ މުދާ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރަށުން ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެތި ބެލެވޭނީ، އެއީ ދައުލަތުގެ މުދާ ކަމުގައެވެ. އަދި މިފަދަ ނުއުފުލޭ މުދަލުގެ ބަދަލ،ު ކުއްޔަށް ހިފާ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ރަށުގެ ފަސްގަނޑުގައި އިންދައިފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހުތިޔާރެއް، ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެނެއް ނުވެއެވެ.
ހަތަރު ވަނަ ބާބު
އާންމު ބައި
32 ވަނަ މާއްދާ - ވަރުވާއަށް ލިޔެދެވޭނެ ނުވަތަ ކުއްޔަށް ދެވޭނެ ފަޅުރަށްރަށް
މި ގަވާއިދުގެ ދަށުން ވަރުވާއަށް ލިޔެދެވޭނީ ނުވަތަ ކުއްޔަށް ދެވޭނީ، ތިރީގައިވާ ރަށްރަށެވެ.
(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި އެ ނޫން ފަޅުރަށްރަށުގެ ތެރެއިން މިނިސްޓްރީގެ ހަވާލުގައި ހުރި ފަޅުރަށްރަށ.ް
(ށ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށ.ް
33 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ކުއްޔަށް ދިނުމާއި ވަކިކުރުމުގެ ބާރު ލިބިފައިވާ ފަރާތް
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ވަރުވާއަށް ލިޔެދިނުމާއި،ކުއްޔަށް ދިނުމާއި، ވަކިކުރުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީއަށެވެ.
(ށ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ވަރުވާއަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، ވަކިކުރުމުގެ ބާރު ލިބިގެންވަނީ ކައުންސިލަށެވެ.
34 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ނުވަތަ ކުއްޔަށްދެވޭނެ ފަރާތްތައް
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދެވޭނީ، ނުވަތަ ކުއްޔަށް ދެވޭނީ، އަންނަނިވި ފަރާތްތަކަށް އެކަންޏެވެ.
- ދިވެހި ރައްޔިތަކަށް؛ ނުވަތަ
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް، ނުވަތަ ނުވަތަ ޕާޓްނަރށިޕަކަށް، ނުވަތަ ޖަމުއިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް؛ ނުވަތަ
- ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ސިޓީ ކައުންސިލަކަށް، ނުވަތަ އަތޮޅު ކައުންސިލަކަށް، ނުވަތަ ރަށު ކައުންސިލަކަށ.ް
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރ-ީރަޖިސްޓަރީކުރާ ބޭރުގެ ކުންފުނިތަކަށް ފަޅުރަށެއް ވަރުވާއަށް ދޫކުރުން، މި ގަވާއިދު ހުއްދައެއް ނުކުރެއެވެ.
35 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުން
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމަށް އެދި ނުވަތަ ކުއްޔަށް ދިނުމަށް އެދި ހުށަހަޅާނީ، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމަށް އެދި ނުވަތަ ކުއްޔަށް ދިނުމަށް އެދި ހުށަހެޅުމަށް ދަ އުވަތުދީ، މިނިސްޓްރީން ނުވަތަ ކައުންސިލުން އާންމުކޮށް އިއުލާނު ކުރުމުން، އެ އިއުލާނުގަ އި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރާ އިއުލާނާއެކު، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމަށް އެދ،ި ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ މައުލޫމާތު ކަރުދާސް މިނިސްޓްރީން ނުވަތަ ކައުންސިލުން އާންމުކުރަންވާނެއެވެ. މިގޮތުގެ މަތީން އާންމުކުރާ މައުލޫމާތު ކަރުދާހުގައި، ހުށަހަޅާ ޕްރޮޕޯޒަލުގައި ކޮންމެހެން ހިމަނަންވާނެ ބައިތަކާއި، ހުށަހަޅާ ޕްރޮޕޯޒަލް ވަޒަންކުރާނެ މިންގަނޑުތައް (ސިލެކްށަން ކްރައިޓީރިއާ) ބަޔާންކުރަންވާނެއެވެ.
(ނ) މިނިސްޓްރީން ނުވަތަ ކައުންސިލުން ކަނޑައަޅާ އަގެއްގައި މައުލޫމާތު ކަރުދާސް ވިއްކުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ. އަދިޕްރޮޕޯޒަލް ހުށަހެޅޭނީ، މައުލޫމާތު ކަރުދާސް ގަންނަ ފަރާތްތަކަށެވެ.
36 ވަނަ މާއްދާ - ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުގެ މައުލޫމާތު ބަދަލުވުން
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމަށްފަހު ނުވަތަ ކުއްޔަށް ހިފުމަށްފަހު ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތާބެހޭ ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތާބެހޭ އަންނަނިވި މައުލޫމާތު ބަދަލުވެއްޖެނަމަ، އެ އައި ބަދަލެއް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް، އެ ފަރާތަކުން ލިޔުމުން އަންގަންވާނެއެވެ.
- ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުގެނަން ބަދަލުކޮށްފިނަމަ، އެކަން؛
- ކުންފުންޏެއްނަމަ، ކުންފުނީގެ ހިއްސާދާރުންނަށް އަންނަ ބަދަލު؛
- ޕާޓްނަރށިޕެއްނަމަ، ޕާޓްނަރށިޕުގެ ބައިވެރިންނަށް އަންނަ ބަދަލު؛
- ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ ޖަމުއިއްޔާއެއް، ނުވަތަ އެ ށަހްސެއް ހިންގުމުގެ ކަންކަމާމެދު ޒިންމާވާ ފަރާތް ބަދަލުވެއްޖެނަމަ، އެ ބަދަލެއް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި، ނުވަތަ (2) ވަނަ ނަންބަރުގައި، ނުވަތަ (3) ވަނަ ނަންބަރުގައި، ނުވަތަ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަރާތަކާއި މިނިސްޓްރިއާ ނުވަތަ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގައި،އެ ފަރާތަކާ މުއާމަލާތު ކުރުމަށް ކަނޑައަޅައިފައިވާ ފަރާތުގެ އަންނަނިވި މައުލޫމާތު ބަދަލުވެއްޖެނަމަ، އެ އައި ބަދަލެއް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް، އެ ފަރާތަކުން ލިޔުމުން އަންގަންވާނެއެވެ.
- ޕޯސްޓަލް އެޑްރެސް (ޕޯސްޓުން ތަކެތި ފޮނުވަންވީ އެޑްރެސް)؛
- ރަސްމީ އީމެއިލް އެޑްރެސް؛
- ގުޅޭނެ ލޭންޑްލައިން ފޯނު ނަންބަރު ނުވަތ/ަ އަދި މޯބައިލް ފޯނު ނަންބަރު.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވ،ެ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށްދިން ކައުންސިލަށް އެކަން އަން ގައިފައި ނުވުމުގެ ސަބަބުން ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ، ފަޅުރަށް ވަރުވާއަށް ލިޔެގެން ގެންގުޅޭ ފަރާތުން ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުން އުފުލަންވާނެއެވެ.
37 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށްދީފައިވާ ރަށުގެ ފަޅު، އާމްދަނީ ހޯދުމަށް ބޭނުންކުރުން
(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށްދީފައިވާ ރަށުގެ ފަޅު، އާމްދަނީ ހޯދުމަށް ބޭނުންކުރަންވާނީ، ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
- ޕްރޮޕޯޒަލް ހުށަހަޅާ މަރުހަލާގައި، ހުށަހަޅާ ޕްރޮޕޯ ޒަލުގައި އެކަމެއް ހިމަނައި، އެ ކަމަކަށް މިނިސްޓްރީން ނުވަތަ ކައުންސިލުން، ލިޔުމުން ހުއްދަ ލިބިގެންނެވެ؛ ނުވަތ،ަ
- އެ ރަށަކީ، ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ރަށެއްނަމަ، އެ ކަމަކަށް އެދި މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ވަރުވާއަށް ދިން ނުވަތަ ކުއްޔަށް ދިން ކައުންސިލަށް ހުށަހަޅައި، ހުއްދަ ލިޔުމުން ލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެކަމަކަށް މިނިސްޓްރީން ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލުން ހުއްދަ ދިނުމުގެ ކުރިން، އެ ކަމަކީ، އެ ކަމެއް ކުރުމަށް މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކުން ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަންޖެހޭ ކަމަކަށް ވާނަމަ، އެ ހުއްދައެއް ނުވަތަ ލައިސަންސެއް އެ ފަރާތަކަށް ލިބިފައިވާކަން ނުވަތަ ލިބުމުގެ ށަރުތު ފުރިހަމަވާކަން ކަށަވަރު ކުރަންވާނެއެވެ.
38 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށާއެކު ދޫކުރާ ފަޅުގެ ސަރަހައްދު
(ހ) އެހެން ރަށެއްގެ އިމަށް ނާރާނަމަ، ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށުގެ ހޭޅިފަށުން ފެށިގެން ވަށައިގެންވާ ފަޅުގެ 500 )ފަސްސަތޭކަ( މީޓަރުގެ ސަރަހައްދ،ު އާންމު ބޭނުންތަކަށް، އިތުރު ކުއްޔަކާ ނުލައި ދޫކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއް ރަށަށްވުރެ ގިނަ ފަޅުރަށް ހިމެނޭ ފަޅެއްގައި ދެރަށް ދޭތެރޭގައި 1 (އެކެއް) ކިލޯމީޓަރު ހަމަނުވާނަމަ، އެ ދެ ރަށުގެ ފަޅުގެ ސަރަހައްދުގެ އިން މިނިސްޓްރީން ނުވަތަ ކައުންސިލުން ވަކިކުރާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ރަށުގެ އިމުން ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބަހައިގެންނެވެ.
(ނ) ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަހައްދުގައި އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކުރާނަމަ، އެ ސަރަހައްދުގައި ކުރާ މަސައްކަތަށާއި މަސައްކަތުގެ ފީޒިބިލިޓީއަށް ރިއާޔަތްކޮށް، އެ މަސައްކަތެއް ކުރާ ސަރަހައްދަށް ކުލި ނަގަންވާނެއެވެ.
39 ވަނަ މާއްދާ - ވަރުވާ ގެ ޖޫރިމަނާ ނުވަތަ ކުލީގެ ޖޫރިމަނާ ކަނޑައެޅުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ރަށަކަށް، މިނިސްޓްރީއާއި ނުވަތަ ކައުންސިލާއި ވަރުވާއަށް ލިޔެދީފައިވާ ފަރާތާ ދެމެދު ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަރުވާ ނުވަތަ ކުލި ނުދައްކާނަމަ، ވަރުވާގެ ނުވަތަ ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމަޔަށް ހިނގާ ކޮންމެ އަހަރަކު، ވަރުވާ ނުވަތަ ކުލި ނުދައްކާ އޮތް މުއްދަތުގެ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަހަރީ ވަރުވާގެ ނުވަތަ ކުލީގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި އަހަރީ ވަރުވާ ނުވަތަ ކުލި ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ހިސާބުކުރާނީ، އަންނަނިވި ގޮތަށް، ވަރުވާ ނުވަތަ ކުލި ނުދައްކާ އޮތް ކޮންމެ އަހަރެއް ވަކިންނެވެ.
މިސާލު:
ކުއްޔަށް ހިފައިފައިވާ ރަށެއްގެ އަހަރީ ކުއްޔަކީ، 100,000 (އެއްލައްކަ) ރުފިޔާ ކަމަށް ވެފައި، ކުލި ނުދައްކާ އޮތް އަހަރުގ،ެ ކުލި ނުދައްކާ އޮތް މުއްދަތަކީ 360 (ތިންސަތޭކަ ފަސްދޮޅަސް) ދުވަސް ކަމަށް ވާނަމަ، އަދި އަހަރީ ކުލީގެ ޖޫރިމަނާ ރޭޓަކީ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސަންތަ) ކަމަށް ބަލައި ޖޫރިމަނާ ހިސާބުކުރާނީ، ތިރީގައިވާ ފޯމިއުލާއާ އެއްގޮތަށެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އެ ރަށެއްގެ އެއްބަސްވުމުގައި ޖޫރިމަނާ ރޭޓުގެ ގޮތުގައި % 0.05 )ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސަންތަ( އަށްވުރެ ބޮޑު މިންވަރެއް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ޖޫރިމަނާ ހިސާބުކުރާނީ،ދުވާލަކަށް 0.05% )ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސަންތަ( ގެ ރޭޓުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ނ) ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާތިލުވެއްޖެނަމަ، އެ އެއްބަސްވުން ބާތިލުވާ ދުވަހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ހިނގުން ހުއްޓުމަކަށް އަންނާނެއެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އެއްބަސްވުމުގެ ދަށުން ވަރުވާ ނުވަތަ ކުލި ނުދެއްކުމުން ޖޫރިމަނާ ހިނގައިފައިވާ މުއްދަތަށް ވެސް، ދުވާލަކަށް %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސަންތަ) މަގުން ޖޫރިމަނާ އަލުން ހިސާބުކޮށް، އަލުން ހިސާބުކުރުމުން ޖެހޭ ވަރަށްވުރެ އިތުރަށް އަރައިފައިވާ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނ،ާ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް، މާފުކޮށް ދެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޖޫރިމަނާގެ ގޮތުގައި ދައްކައިފައިވާ އެއްވެސް ފައިސާއެއް، އެ ދެއްކި ފަރާތަކަށް އަނބުރާ ނުދެވޭނެއެވެ.
40 ވަނަ މާއްދާ - ވަރުވާ ނުދެއްކުމުން ނުވަތަ ކުލި ނުދެއްކުމުން ރަށް ވަކިކުރުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ރަށެއްގެ ވަރުވާ ނުވަތަ ކުއްޔަށް ދީފައިވާ ރަށެއްގެ ކުލި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، ނުވަތަ ރަށް ވަރުވާއަށް ލިޔެދިނުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން، ވަރުވާ ނުވަތަ ކުލި ދައްކަންޖެހޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާއިރ،ު ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފުރިހަމައަށް ދައްކައިފައި ނުވާނަމަ، އެ ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް، ފަޅުރަށް ވަރުވާއަށް ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތަށް، 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ނޯޓިސް، ލިޔުމުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފުރިހަމައަށް ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރ،ު ފަޅުރަށް ވަރުވާއަށް ނުވަތަ ކުއްޔަށް ދިން ފަރާތަށް ލިބިގެންވެއެވެ.
41 ވަނަ މާއްދާ - ފަޅުރަށްރަށުން ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުމާއި، އަދި ފަޅުރަށްރަށުގެ ތިމާވެށްޓާއި، މައުނަވީ ތަރިކައަށް ގެއްލުންދިނުން
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުން ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުމަކީ މަނާކަމެކެވެ. އަދި އެ ފަޅުރަށްރަށުގެ ތިމާވެށްޓަށާއި މައު ނަވީ ތަރިކައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ވަރުވާއަށް ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުން ރުއްގަސް ކެނޑުމަށް ނުވަތަ ނެގުމަށް ނުވަތަ އުފުރުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންވާނަމަ، އެކަން ކުރަންވާނީ، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް މިނިސްޓްރީއަށް ނުވަތަ އެ ރަށެއް ކުއްޔަށް ދިން ކައުންސިލަށް ހުށަހަޅައި، އެކަމަށް ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ހުށަހަޅާ ހުށަހެޅުމާއެކު، ރުއްގަސް ކެނޑުމަށް ނުވަތަ ނެގުމަށް ނުވަތަ އުފުރުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދައެއް ބޭނުންވާނަމަ، ނުވަތަ އެކަމަށް އި އުތިރާޒު ނުކުރާކަމުގެ ލިޔުމެއް ބޭނުންވާނަމަ، އެ ހުއްދައެއް ނުވަތަ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ރ) ފަޅުރަށުގައި އުފެދިފައިވާ ކުޅި އާއި ފާލާއި ޗަސްބިންފަދ،ަ ގުދުރަތީ ވަސީލަތްތަކާއި މައުނަވީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަގުފަހިކޮށްދިނުމަކީ، ރަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުގެ ޒިންމާއެކެވެ.
42 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށުގައި ހިމެނޭ ކުޅި، ފާ، ޗަސްބިން އަދި ހިމާޔަތް ކޮށްފައިވާ ސަރަހައްދުގައި މަސައްކަތް ކުރުމާއި، އެ ސަރަހައްދުން ކުލި ނެގުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށުގެ ބިމުގައި ހިމެނޭ ކުޅ،ި ފާ، ޗަސްބިމާއި، ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައްޔާއި، ރަށާއެކު ދީފައިވާ ފަޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ހިމެނޭނަމަ، އެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަދި އެ ސަރަހައްދަށް ގެއްލުން ލިބޭގޮތަށް އެއްވެސް ކަމެއް ރަށުގައި ނުވަތަ ފަޅުގައި ކޮށްގެން ނުވާނެއެވެ.
(ށ) ފަޅުރަށްރަށް ވަރުވާއަށް ލިޔެދޭއިރު ނުވަތަ ކުއްޔަށް ދޭއިރ،ު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަން ފާހަގަކޮށް، ވަރުވާއަށް ލިޔެދިނުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެ މައުލޫމާތު ހިމަނަންވާނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށްރަށުގައި ހިމެނޭ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެތެރޭގައި ފާހަގަކޮށް، ވަރުވާއަށް ލިޔެދިނުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި، އެ މައުލޫމާތު ހިމަނަންވާނެއެވެ.
(ރ) ފަޅުރަށްރަށުގެ ވަރުވާ ނުވަތަ ކުލި ކަނޑައަޅަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް ނުހިމެނޭ ގޮތަށެވެ.
43 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތައް މޮނިޓަރ ކުރުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ކުރިޔަށްގެންދާކަން ބެލުމަށާއި، އެ ރަށުގައި ހިންގާ ހަރަކާތްތަކާއި، އެ ރަށުގެ ވެށީގެ ހާލަތު ވަޒަންކުރުމަށް ޓަކައި،މިނިސްޓްރީން ނުވަތަ ކައުންސިލުން އެ ފަޅުރަށްރަށް މޮނިޓަރ ކުރަންވާނެއެވެ. މިގޮތުން، ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާއި، ވޯކް ޕްލޭނާއި، ޕްރޮޑަކްށަން ޕްލޭނާއި މި ނޫން ވެސް އެހެން ޕްލޭންތަކުގައި ކަނޑައަޅައިފައިވާ ގޮތަށް، އެ ޕްލޭންތައް ތަންފީޒުކުރަމުންދާކަން މިނިސްޓްރީން ނުވަތަ ކައުންސިލުން ކަށަވަރު ކުރަމުން ގެންދަންވާނެއެވެ.
(ށ) ރަށް މޮނިޓަރ ކުރުމުގެ އިންތިޒާމު މިނިސްޓްރީން ނުވަތަ ކައުންސިލުން ހަމަޖެއްސުމުން، މޮނިޓަރ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަކީ ފަޅުރަށް ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް ހަރަދު ހަމަޖައްސައިދޭންޖެހޭ މޮނިޓަރިންގ ދަތުރުކަމުގައި ބެލެވޭނީ، އަންނަނިވި ދަތުރުތަކެވެ.
- ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށް މޮނިޓަރ ކުރުމަށް އާންމުކޮށް ކުރާ ދަތުރުގެ ގޮތުގައި އަހަރަކު 1 (އެކެއް) ދަތުރު؛
- ކުއްޔަށް ދީފައިވާ ފަޅުރަށްރަށް މޮނިޓަރ ކުރުމަށް އާންމުކޮށް ކުރާ ދަތުރުގެ ގޮތުގައި އަހަރަކު 2 (ދޭއް) ދަތުރު؛
- ރަށުގެ އިންވެސްޓްމަންޓް ބަދަލުކުރުމުގެ ބޭނުމަށް ނުވަތަ ވިއްކައިލުމުގެ ބޭނުމަށް ކުރަންޖެހޭ މޮނިޓަރިންގ ދަތުރުތައް؛
- ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކޮންމެ މޮނިޓަރިންގ ދަތުރެއް.
(ރ) މިނިސްޓްރީން ކުއްޔަށްދޭ ނުވަތަ ވަރުވާއަށް ދޫކުރާ ފަޅުރަށްރަށް، އަތޮޅު ކައުންސިލަކާއެކު ވާ އެއްބަސްވުމެއްގެ ދަށުން، އެ ފަރާތް މެދުވެރިކޮށް މޮނިޓަރ ކުރުމަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
44 ވަނަ މާއްދާ - އެއްވެސް ފަރާތަކަށް ދޫނުކޮށް ހުންނަ ފަޅުރަށްރަށް
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށުގެ ތެރެއިން އެއްވެސް ފަރާތަކަށް ވަރުވާއަށް ދޫކޮށްފައި ނުވާ ނުވަތަ ކުއްޔަށް ދޫކޮށްފައި ނުވާ ފަޅުރަށްރަށް ވަރުވާއަށް ދެވެންދެން ނުވަތަ ކުއްޔަށް ދެވެންދެން، އެ ރަށެއް ނިސްބަތްވާ އަތޮޅު ކައުންސިލާ އެ ރަށެއް ހަވާލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތަށް ރަށެއް ހަވާލުކުރަންވާނީ، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ކައުންސިލާ ހަވާލުކުރާ ފަޅުރަށްރަށްބެލެހެއްޓުމަށް، ސިޓީ ކައުންސިލަކާ ނުވަތަ ރަށު ކައުންސިލަކާ ހަވާލުކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ދެ ފަރާތުގެ ދެމެދުގައި ވެވޭއެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި އެއްބަސްވުމަކީ، މިނިސްޓްރީން ހުއްދަ ދީފައިވާ އެއްބަސްވުމަކަށް ވާންޖެހޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބެލެހެއްޓުން ހަވާލުކުރުމުގައި އަންނަނިވި ކަންކަން ށަރުތުކުރަންވާނެއެވެ.
- ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަޅުރަށެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ކައުންސިލަކުން އެ ރަށް ވަކިކޮށް މިނިސްޓްރީއާ ހަވާލުކުރުން؛
- މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު މެނުވީ ފަޅުރަށުގައި އެއްވެސް އިންވެސްޓްމަންޓެއް ނުކުރުން؛
- ފަޅުރަށް ބެލެހެއްޓުން ހަވާލުކޮށްފައިވާ ކައުންސިލެއްގެ ކިބައިން އެއްވެސް ސަބަބަކާހުރެ އެ ރަށް ވަކިކުރަންޖެހޭ ހާލަތުގައި ވެސް، އަދި ފަޅުރަށުގައި އިންވެސްޓްމަންޓެއް ކޮށްފައި ވީނަމަވެސް، އެ އިންވެސްޓްމަންޓަށް ބަދަލެއް ދޭން ނުޖެހުން.
(ރ) ފަޅުރަށް ހަވާލުކުރުމުގެ އެއްބަސްވުމާ ހިލާފު ނުވާހައި ހިނދަކު، ފަޅުރަށެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ކައުންސިލަކުން ބޭނުންވާނަމަ، އެ ކައުންސިލެއް ނިސްބަތްވާ ރަށުގެ ރައްޔިތުންނަށް ނުވަތަ އެހެން ރައްޔިތުންނަށް، އެ ރަށުން މަންފާ ލިބިގަތުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކަށް، މި ގަވާ އިދު ހުރަހެއް ނާޅައެވެ.
45 ވަނަ މާއްދާ - ވެއްޔާއި، ގަލާއި، އަކިރި ނެގުން މަނާވުން
މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް ފަޅުރަށަކުން ނުވަތަ ފަޅުރަށެއްގެ ފަޅުން ވެއްޔާއި، ގަލާއި، އަކިރި ނެގުމަކީ މަނާކަމެކެވެ.
46 ވަނަ މާއްދާ - އިސްތިސްނާ
(ހ) ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި ސީދާ ސަރުކާރުން އެކިއެކިމަށްރޫއު ހިންގާ ރަށްރަށާއި ސަރުކާރުގެ %100 (ސައްތައިން ސައްތަ) ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާކޮށް ރަށްރަށް ހަވާލުކުރުމުގައި މިނިސްޓްރީއާއި އެ ފަރާތަކާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ރަށް ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ރަށަކާ ގުޅިގެން އަންނަނިވި ކަންކަމެއް ނުކުރެވޭނެއެވެ.
- ރަށް ސަބްލީސް ކުރުން؛
- ރަށުގައި ކުރާ އިންވެސްޓްމަންޓް ވިއްކައިލުން؛
- ރަށް ހިފާ ކުންފުނީގެ ހިއްސާ ބަދަލުކުރުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަވާލުކޮށްފައިވާ ރަށްރަށުގެ ކުއްޔާ ގުޅޭގޮތުން އަންނަނިވި ގޮތުގެ މަތީން އަމަލުކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
- އެއްބަސްވުމުގެ މުއްދަތަށް ކުލި ނުނެގުން؛
- މިނިސްޓަރު ކަނޑައަޅާ މުއްދަތަކަށް ރަށުގެ ކުލީގެ މުއްދަތަށް ގްރޭސް ޕީރިއަޑެއް ކަނޑައެޅުން؛
- އެއްބަސްވުމުގެ ކުލީގެ މިންވަރ،ު މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ދަށްކޮށް ނެގުން.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓަރު ވަކި ގޮތެއް ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުގެ ހުއްދަ ލިޔުމުން މިނިސްޓަރު ހޯދަންވާނެއެވެ.
(ބ) މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުގެ ކުރިން ވެފައިވާ އެއްބަސްވުންތައް، މި މާއްދާގެ (ނ) އިން އިސްތިސްނާވާނެއެވެ.
47 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތަކުން، ނުވަތަ ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތަކުން ނުވަތަ އެހެން ފަރާތަކުން ނަމަވެސް، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގައި ނުވަތަ މި ގަވާއިދުގައި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ކަނޑައަޅައިފައިވާ ކަމެއް، އެ ނޫން ގޮތަކަށް ކޮށްފިނަމަ، އެ ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތަކާމެދ،ު މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރ،ު ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 21-5 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން ވެސް،މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެ ނޫން އެއްވެސް ކަމަކާ ހިލާފުވާ ފަރާތްތަކާމެދ،ު އެ ކުރި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 1,000,000 (އެއްމިލިޔަން) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
48 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އަށެވެ.
(ށ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީއަށެވެ.
(ނ) "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ތެރެއިން އެ ކައުންސިލުގެ އިހްތިސާސްގައި ފަޅުރަށްރަށް ހިމެނޭ ކައުންސިލަކަށް ނިސްބަތްކޮށެވެ.
(ރ) "ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށްކަމަށް ގާނޫނީގޮތުން ކަނޑައަޅައިފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވ،ާ ވެއްޔާއި ގައު އަދި/ ނުވަތަ ރުއްގަސް އެކުލެވޭ ކޮންމެ ހިކިފަސް ތަނަކާއި، މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށް، މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ރަށްރަށަށެވެ.
(ތ) "ވަރުވާއަށް ލިޔެދިނުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށްރަށުގެ ގުދުރަތީ ވެށްޓަށް ބޮޑެތި ބަދަލު ނުގެނެސް، މިނިސްޓްރީއާ ނުވަތަ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ފަޅުރަށް ބެލެހެއްޓުން ހަވާލުކުރުމަށެވެ.
(ޅ) "ވަރުވާ" ކަމުގައި ބުނެފައި އެވަނީ، ވަރުވާއަށް ރަށެއް ލިޔެދިނުމުގެ މުގާބިލުގައި ދައްކާ ފައިސާއަށެވެ.
(ކ) "ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ސަރުކާރުން ހިންގާ މަސައްކަތްތަކަށް ނުވަތަ މަށްރޫއަކަށް ނުވަތަ ކަމަކަށް ފަޅުރަށް ބޭނުންވުމަށެވެ.
(އ) "އާންމު ބޭނުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފައިފުރުމަށް ބޭނުންވާ ޖެޓ/ީ ފާލަން ހެދުމަށާއި، ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.
(ވ) "ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލު ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގުތިސާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވ،ެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭފަދަ ބޮޑެތި ހާދިސާތަކަށެވެ.
(މ) "ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުންޏަށެވެ.
(ފ) "ޕާޓްނަރށިޕް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓްނަރށިޕަށެވެ.
(ދ) "ޖަމުއިއްޔާ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމުއިއްޔާތަކަށެވެ. (ނޯޓް: "ޖަމްއިއްޔާ" މާނަކުރަން ހަވާލާދިން ގާނޫނުވަނީ ގާނޫނު ނަންބަރު 2022-03 އިން އުވާލެވިފައި)
(ތ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
(ލ) "މައުނަވީ ތަރިކަ" ކަމުގައި ބުނެފައި އެވަނީ، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވ،ާ ތާރީހީގޮތުންނާއި ސަގާފީގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ރައްކައުތެރިކޮށް ބަލަހައްޓަންޖެހޭ އިމާރާތްތަކާއި، އާސާރުތަކާއި، ތަންތަނާއި އެއްޗިއްސަށެވެ.
(ގ) "ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ،ް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން 4 ޖޫން 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 2022-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު) ގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.
49 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
50 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 2020 އޮކްޓޫބަރު 6 ވަނަ ދުވަހު އަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2020-95 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އެންމެހައި އިސްލާހުތައް ބާތިލުވީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުން ގެންދިޔަ ގަވާއިދުގެ ދަށުން ނުވަތަ އެހެން ގަވާއިދެއްގެ ދަށުން ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އެއްބަސްވުންތައް ސައްހަކަންމަތީދެމިއޮންނާނެއެވެ.
(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ)
މައި ގާނޫނު
ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1998-20
ކިޔުންތެރިންގެ ހިޔާލު