-

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-106)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 މޭ 2023 ގައި)

(މި ގަވާއިދުގެ 63 ވަނަ މާޢްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2017-76 އާއި، ގަވާއިދު ނަންބަރު 2022-172 އުވާލެވިފައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، އެ ގާނޫނުގެ 104 ވަނަ މާއްދާގެ (ފ) އާއި، އެ ގާނޫނުގެ 102 ވަނަ މާއްދާއާއި، އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ދ) އާއި، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ހަވާލާދ،ީ ޖިނާއީ މައްސަލަތަކުގައި ދައުވާ އުފުލުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ތަފުސީލީ އިޖުރާއަތުތައް ބަޔާންކުރުމާއި، ޖިނާއީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުގެ ހައިސިއްޔަތުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި ކަނޑައަޅަންޖެހޭ ތަފުސީލީ އިޖުރާއަތުތައް ބަޔާންކުރުމާއި، އެ ގާނޫނުގައިވާ ގޮތުގެ މަތީން ހިފެހެއްޓޭ އެއްޗިއްސާ މެދު އަމަލުކުރާނެ ގޮތާއި، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ އުސޫލު ކަނޑައަޅާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ޖަދުވަލުތައް

މި ގަވާއިދާ އެކުގައި އެވާ 5 (ފަހެއް) ޖަދުވަލަކީ މި ގަވާއިދުގެ ބައެކެވެ.

 

ދެވަނަ ބާބު

މައްސަލަ ހުށަހެޅުން

 

3 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅަންވާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއަކުންނެވެ. 

(ށ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހުގީގުކޮށްފައިވާ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް ތަހުގީގުކުރެވިފައިވާކަމަށް ބެލެވޭނީ، ކުށުގެ އުންސުރުތަކާއި، ކުށުގެ ނިޔަތާ ގުޅޭގޮތުން ފުރިހަމަވުމަށް ކުށް ބަޔާންކުރާ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަހުގީގުކޮށްފައިވާނަމައެވެ.

(ނ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހުގީގުކުރާ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަންނާނީ، މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލައެއްގެ ތަހުގީގު ފުރިހަމަވުމުންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި، ތަހުގީގު ފުރިހަމަވިކަމަށް ބެލުމުގައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް، ގާނޫނު ނަންބަރު 2014-09 (ގާނޫނުލްއުގޫބާތު) ގެ 40 ވަނަ ބާބާއި، 50 ވަނަ ބާބާއި، 60 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ދިފާއުތަކުގެ ތެރެއިން ދިފާއެއް ލިބޭނަމަ، އެ ދިފާއާ ގުޅިގެން އޭނާ ހުށަހަޅާ ކަންކަމާއި، ކުށް ބަޔާންކުރާ މާއްދާގައި އޮތް އިސްތިސްނާގެ އެންމެހައި ހާލަތްތަކާއި، އާންމު ނޫން އެންމެހައި ދިފާއުތަކާއި، ކުށެއްކަމަށް ތުހުމަތު ކުރެވުނު އަމަލަކ،ީ މި ހާލަތުގައި ކުށެއްކަމަށް ނުބެލުމަށް ހުރި އެންމެހައި ހާލަތްތަކުގެ މައްޗަށް ތަހުގީގު ހިންގައި، އެ ކަންކަމާ ގުޅޭގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން ތަހުގީގު ކުރެވިފައި އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ތުހުމަތުކުރެވޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލާ ދެމެދ،ު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅުމަށް ޓަކައި މައްސަލަ ތަހުގީގުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހެޅޭ މައްސަލައަކ،ީ ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 80 ވަނަ މާއްދާގެ ބޭނުމަށް ތަހުގީގު ފުރިހަމަވެފައިވާ މައްސަލައެއް ކަމުގައި ބަލަންވާނެއެވެ.

 

4 ވަނަ މާއްދާ - ތަހުގީގާ ގުޅޭގޮތުން ށަކުވާ ހުށަހެޅުން

އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއް ވުޖޫދުވެފައިވާނަމަ، ތަހުގީގުކޮށްދިނުމަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެއޮފީހަށް ށަކުވާ ހުށަހެޅުމުގެ ހައްގ،ު އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. 

(ހ) ތަހުގީގުކުރާ އިދާރާއަށް މައްސަލަ ހުށަހެޅުމުން، އެ އިދާރާއިން އެ މައްސަލަ ބަލައިނުގަތުން. ނުވަތަ

(ށ) މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރާ އިދާރާއިން ކުރިޔަށް ގެންގޮސްފައި ނުވާކަމަށް، މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުކުރެވުން.

 

5 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ފޯމު

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށެވެ.

 

6 ވަނަ މާއްދާ - ށަކުވާ ބަލައިގަތްކަމުގެ ލިޔުން ދޫކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިއްޖެނަމަ، އެ ށަކުވާ ބަލައިގަތްކަމުގެ ލިޔުމެއ،ް ށަކުވާ ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން އޮންނާނެ ގޮތުގެ ނަމޫނ،ާ މި ގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.

 

7 ވަނަ މާއްދާ - ށަކުވާއާ ގުޅިގެން ނިންމާ ނިންމުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހެޅޭ ށަކުވާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހ،ު އެ ށަކުވާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ނިންމުން، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ށަކުވާއެއް ބަލައިގެންފިނަމަ، އެ ށަކުވާއެއް ބަލައިގަންނަ ތާރީހުން ފެށިގެން ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ބަލައި ނިންމަންވާނެއެވެ.

 

8 ވަނަ މާއްދާ - ށަކުވާއާ ގުޅިގެން ނިންމާ ނިންމުން ތަންފީޒުކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހ،ު އެ މައްސަލައަކީ ތަހުގީގު ކުރަންޖެހޭ ފަދަ މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފިނަމަ، ށަކުވާ ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް އަމުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ށަކުވާ ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކޮށްފިނަމަ، އެ މައްސަލަ ތަހުގީގުކުރުމަށް އިންވެސްޓިގޭޓިންގ އޮފިސަރެއް ކަނޑައަޅައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް އަންގަންވާނެއެވެ. އަދި އެއަށްފަހ،ު އެ މައްސަލައަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރެއް އައްޔަނުކޮށް، އެ މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅެންދެން ތަހުގީގީ އިދާރާގެ އިންވެސްޓިގޭޓިންގ އޮފިސަރު، ކޮންމެ 15 (ފަނަރަ) ދުވަހަކުން ޕްރޮސިކިއުޓަރަށް ތަހުގީގުކުރެވޭ މިންވަރު އަންގަމުން ގެންދަންވާނެއެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހ،ު އެ ތަހުގީގަކާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަމެއް އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަނަމަ، އެ ކަންކަން ރަނގަޅު ކުރުމަށް،އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް އަމުރުކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ގާނޫނު ތަންފީޒުކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެނެވޭ މުދާ ހިފެހެއްޓުން

 

9 ވަނަ މާއްދާ - ތަކެތި ހިފެހެއްޓުމުގެ ބާރު

(ހ) އަންނަނިވި ހާލަ ތްތަކުގައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެވޭ މުދ،ާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އިދާރާއަކަށް ހިފެހެއްޓިދާނެއެވެ.

  1. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ބާރު ލިބިގެން މީހުން ހުއްޓުވައިގެން ބަލައި ފާސްކުރުމުގައި އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ މުދާ؛
  2. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ބާރު ލިބިގެން، އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކުރުމުގައި ފެންނަ މުދަލާއިކުށުގެ ވެށިގެން ފެންނަ މުދާ؛
  3. ވަކި ތަނެއްގައި ވެރިއެއް ނެތް މުދަލެއް ހުރިކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރެވޭ މައްސަލަތަކުގައި، އެ ތަނަކުން ފެނިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވޭ މުދ.ާ

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ތަކެއްޗަކ،ީ އަންނަނިވި ކަންކަމަށް ބޭނުންކުރުމަށް، އެ ކަންކަން ނިމެންދެން ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގައި ދަށުގައި ބެހެއްޓިދާނެ ތަކެއްޗެވެ.

  1. ޖިނާއީ ކުށެއްގެ ތަހުގީގެއްގައި އެ އެއްޗެތި ބޭނުންކުރުމަށް؛ 
  2. ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް؛
  3. އެ އެއްޗަކީ ގާނޫނާ ހިލާފަށް ހޯދައިފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުމަށް.

 

10 ވަނަ މާއްދާ - ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި އެއްޗެއް ހިފަހައްޓައިފިނަމަ، އެ އެއްޗެއް ލަސްނުކޮށް ސީލްކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކ،ީ ސީލްނުކުރެވޭ ބާވަތުގެ އެއްޗެއް ކަމުގައި ވާނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނެ ގޮތަށް ރައްކައުތެރިކުރަންވާނެއެވެ.

(ށ) ހިފެހެއްޓޭ ކޮންމެ އެއްޗަކަށް އެވިޑެންސް ނަންބަރެއްދީ އެ ނަންބަރު ރިކޯޑުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ޗެއިން އޮފް ކަސްޓަޑީ

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި އެއްޗެއް ހިފަހައްޓައިފިނަމަ، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، އެ އެއްޗަކާ އެޓޭޗްކުރަންވާނެއެވެ.

(ށ) ހިފެހެއްޓޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑ،ީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

(ނ) ހިފެހެއްޓޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދާނަމަ، ނުވަތަ އެކަކު އަތުން އަނެކެއްގެ އަތަށް ބަދަލުކުރާނަމަ، އެ އެއްޗަކާ އެޓޭޗްކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ސަމާލުވުމުގެ ނިށާން ޖެހުން

ހިފެހެއްޓޭ ތަކެތީގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބާވަތުގެ އެއްޗެއްވާނަމަ، އެ އެއްޗެއްގައި އެކަން އެނގޭނޭފަދަ ނިށާނެއް ޖަހަންވާނެއެވެ.

 

13 ވަނަ މާއްދާ - އިންވެންޓްރީ ބެލެހެއްޓުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ އެއްޗެހީގެ އިންވެންޓްރީއެއް އެކުލަވައިލަންވާނެއެވެ. އެކަން ކުރަންވާނީ، ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރާ އޮފިސަރުގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، ތަކެތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ށ) ހިފެހެއްޓޭ އެއްޗެހީގެ އިންވެންޓްރ،ީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލެވޭ އިންވެންޓްރީގައި އަންނަނިވި މައުލޫމާތުތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.

  1. ހިފެހެއްޓޭ ތަކެތީގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތުގެ މައުލޫމާތު؛
  2. ހިފެހެއްޓޭ ތަކެތީގެ އެވިޑެންސް ނަންބަރު؛
  3. ހިފެހެއްޓޭ ތަކެތީގެ ބާވަތް؛
  4. ހިފެހެއްޓޭ ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
  5. ތަކެތި ހިފެހެއްޓުނު ތާރީހާއި، ތަނާއި، ވަގުތު؛
  6. ތަކެތި ހިފެހެއްޓުނުއިރު އެ ތަކެތި ހުރި ހާލަތު؛
  7. ތަކެތި ހިފެހެއްޓި އޮފިސަރާއި، އިންވެންޓްރީ ތައްޔާރުކުރެވުނުއިރު ހާޒިރުވެތިބި ފަރާތްތަކުގެ މައުލޫމާތާއި ސޮއި.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރެވޭ އިންވެންޓްރީގައި، އިންވެންޓްރީ ތައްޔާރުކުރެވުނުއިރު ތަކެތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތުން ސޮއިކުރުމަށް އިންކާރުކުރާނަމަ، އެކަން ބަޔާންކޮށް، ސޮއިކުރުމަށް އިންކާރު ކުރިކަމަށް ހެކިވާނެ ދެ ފަރާތެއްގެ މައުލޫމާތާއި ސޮއި ހިމަނަންވާނެއެވެ.

(ބ) ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ އެކުލަވައިލުމަށްފަހު އެ އިންވެންޓްރީގެ ކޮޕީއެއ،ް ބަލައި ފާސްކުރެވުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މުދަލުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަ ސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ރައްކައުކުރުން

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް ޓަކައި އެ ކަންކަން ނިމެންދެ ން، އެ އިދާރާގެ ބެލުމުގެ ދަށުގައި ރައްކައުކޮށްފައި ބަހައްޓަންވާނެއެވެ.

 

15 ވަނަ މާއްދާ - ހިފެހެއްޓޭތަކެތި ރައްކައުކުރާ ތަން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ބަހައްޓާނީ ނުވަތަ ރައްކައުކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ތަނެއްގައެވެ.

(ށ) ހިފެހެއްޓޭ ތަކެތި ބަހައްޓަންވާނީ، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއްގައެވެ. އަދި އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއ،ް ގާނޫނު ތަންފީޒުކުރާ އިދާރާގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަން ހުންނަންވާނީ، އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުގައެވެ.

 

16 ވަނަ މާއްދާ - ހިފެހެއްޓޭތަކެތި ރައްކައުތެރިކޮށް ބެލެހެއްޓުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފަހައްޓާ ތަކެތި، އެ ތަކެތި ހިފެހެއްޓި ގާނޫނު ތަންފީޒުކުރާ އިދާރާއިން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. ހިފެހެއްޓޭ ތަކެތި ރައްކައުކުރުމުގައި ނުވަތަ ބެހެއްޓުމުގައި އެ ތަކެތީގެ ޒާތަށާއި ބާވަތަށް ބަލަންވާނެއެވެ. އަދި އެ އެއްޗެއް ހިފެހެއްޓި ބޭނުން ގެއްލިގެން ނުދާނޭ ގޮތެއްގެ މަތީން އެ އެއްޗެއް ރައްކައުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

(ށ) ހިފެހެއްޓޭ ތަކެތި ރައްކައުކޮށް ތަރުތީބުކުރަންވާނީ، އޭގެ އަސްލަށް ބަދަލެއް ނާންނާނެފަދަ ގޮތަކަށް ވަކިވަކިންނެވެ.

(ނ) ހިފެހެއްޓޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، އެ ތަކެއްޗަށް ގެއްލުމެއް ނުވާނޭ ފަދައިން، އެކަށީގެންވާ ރައްކައުތެރިކަމާއެކު، އެކަމަށް ހާއްސަކުރެވިފައިވާ ވަސީލަތެއްގެ އެހީތެރިކަމާއެކީގައެވެ.

 

17 ވަނަ މާއްދާ - ރައްކައުކުރެވޭ ތަކެތީގެ ދަފުތަރު ބެލެހެއްޓުން

(ހ) ހިފެހެއްޓޭ ތަކެތި ރައްކައުކޮށް ބަލަހައްޓާ ތަނުގައި، ރައްކައުކުރެވޭ ތަކެތީގެ ދަފުތަރެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއި މުކުރެވޭ ދަފުތަރުގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ރައްކައުކުރެވޭ ތަކެތީގެ ވެރިފަރާތް އެނގޭނަމަ، ވެރިފަރާތުގެ މައުލޫމާތު؛
  2. ރައްކައުކުރެވޭ ތަކެތީގެ އެވިޑެންސް ނަންބަރު؛
  3. ރައްކައުކުރެވޭ ތަކެތީގެ ބާވަތް؛
  4. ރައްކައުކުރެވޭ ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
  5. ރައްކައުކުރާ ތަނަށް ތަކެތި ގެނައި ތާރީހާއި ވަގުތު؛ 
  6. ރައްކައުކުރާ ތަނަށް ތަކެތި ގެނައި އިރު އެ ތަކެތި ހުރި ހާލަތު؛
  7. ރައްކައުކުރާ ތަނަށް ތަކެތި ގެނައި ފަރާތުގެ މައުލޫމާތާއި ސޮއި؛
  8. ރައްކައުކުރާ ތަނުން ތަކެއްޗާ ހަވާލުވި ފަރާތުގެ މައުލޫމާތާއި ސޮއި.

(ނ) ރައްކައުކުރެވޭ ތަކެތި ދަފުތަރުކުރާ ފަރާތުން، އަންނަނިވި ކަންކަން ފުރިހަމަވެފައިވާކަން ޔަގީންކުރަންވާނެއެވެ.

  1. ކޮންމެ އެއްޗަކަށް ތަފާތު ވަކި އެވިޑެންސް ނަންބަރެއް ދީ ލޭބަލްކުރެވިފައިވާކަން؛
  2. ތަކެތި ރަނގަޅަށް ބަންދުކޮށް، ސީލްކުރެވިފައިވާކަން؛
  3. ތަކެތި ގެންގުޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކަށް އަމަލުކޮށްފައިވާކަން.

 

18 ވަނަ މާއްދާ - ހިފެހެއްޓޭތަކެތި ރައްކައުކުރާ ތަނަށް ވަދެ ނުކުތުން

(ހ) ހިފެހެއްޓޭ ތަކެތި ރައްކައުކޮށް ބަލަހައްޓާ ތަންތަނުގައި ފިންގަރ ޕްރިންޓް ނުވަތަ ކާޑް ރީޑަރ ބޭނުންކޮށްގެން އެ ތަނަށް ވަދެ ނުކުމެވޭނެ ފަދަ އެކްސެސް ކޮންޓްރޯލް ނިޒާމެއް ގާއިމުކޮށްފައި ހުންނަންޖެހޭނެއެވެ.

(ށ) ހިފެހެއްޓޭ ތަކެތި ރައްކައުކޮށް ބަލަހައްޓާ ތަނަކަށް ވަދެވޭނީ، އެ ތަނަކަށް ވަނުމުގެ ހުއްދަ ލިބިފައިވާ މުވައްޒަފުންނަށް އެކަންޏެވެ. އަދި ހުއްދަ ލިބިފައިވާ ކޮންމެ މުވައްޒަފަކު ވެސް އެ ތަނަކަށް ވަންނަންވާނީ، ކާޑު ނުވަތަ ފިންގަރ ޕްރިންޓް ބޭނުންކޮށްގެންނެވެ.

(ނ) ހިފެހެއްޓޭ ތަކެތި ރައްކައުކޮށް ބަލަހައްޓާ ތަންތަނަށް ވަދެނުކުމެހަދާ ފަރާތްތަކުގެ އަންނަނިވި މައުލޫމާތުތައ،ް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

  1. ތަކެތި ރައްކައުކޮށްފައިވާ ތަނަށް ވަތް ފަރާތުގެ މައުލޫމާތު؛
  2. ވަތް ތާރީހާއި ގަޑި؛
  3. ނިކުތް ތާރީހާއި ގަޑ.ި

(ރ) ހިފެހެއްޓޭ ތަކެތި ރައްކައުކޮށް ބަލަހައްޓާ ތަނުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެކްސެސް ކޮންޓްރޯލް ނިޒާމެއް ގާއިމުކުރިނަމަވެސް  އެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް އެ ތަނަށް ވަދެނުކުމެހަދާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަޔަ ށް ބަލަހައްޓަންވާނެއެވެ.

(ބ) ހިފެހެއްޓޭ އެއްޗެހި ރައްކައުކޮށްފައިވާ ތަނުގައި 24 (ސައުވީސް) ގަޑިއިރު އޮޕަރޭޓް ކުރެވެމުންދާ ގޮތަށް ސަވައިލަންސް ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މިގޮތަށް ރިކޯޑުކުރެވޭ މައުލޫމާތު އެ އިދާރާއެއްގައި 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތަކަށް ރައްކައުކޮށްފައި ހުންނަންވާނެއެވެ.

(ޅ) ހިފެހެއްޓޭ އެއްޗެހި ރައްކައުކޮށް ބަލަހައްޓާ ތަނުގެ ސެކިއުރިޓީގެ ކަންކަން ގަވާއިދުން ބަލަންވާނެއެވެ. އަދި މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ލަސް ނުކޮށް، ކަމާބެހޭ އިސްވެރިޔަކަށް އެކަން އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްވެރިޔަކަށް ރިޕޯޓު ކުރެވިއްޖެނަމަ، ލަސްނުކޮށް، އެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އިސްވެރިޔާ ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މަގުސަދު ހާސިލުކުރުމަށް ޓަކައި އަންނަނިވި ލިޔެކިޔުންތައ،ް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބަލަހައްޓަންވާނެއެވެ.

(ހ) ހިފެހެއްޓޭ އެއްޗެހި ރައްކައުކޮށް ބަލަހައްޓާ ތަންތަނަށް ވަދެ ނުކުތު މަށް ހުއްދަ ދެވޭފަރާތްތަކުގެ މައުލޫމާތު.

(ށ) ހިފެހެއްޓޭ އެއްޗެހި ރައްކައުކޮށް ބަލަހައްޓާ ތަންތަނަށް ވަދެ ނުކުމެހަދާ ފަރާތްތަކުގެ މައުލޫމާތު.

(ނ) ހިފެހެއްޓޭ އެއްޗެހި ރައްކައުތެރިކޮށް ބަލަހައްޓާ ތަނުގެ ތަޅުދަނޑި ދޫކުރެވޭ ފަރާތްތަކުގެ މައުލޫމާތު.

 

20 ވަނަ މާއްދާ - ހިފެހެއްޓޭ އެއްޗެހި ވަގުތީގޮތުން ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ރައްކައުކޮށްފައިވާ އެއްޗެއް ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހުގީގުގެ ބޭނުމަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ދޫކުރެވިދާނެއެވެ. މިގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިފައިވާ ނުވަތަ ރައްކައުކޮށްފައިވާ އެއްޗެއް ދޫކުރުމަށް އެދޭނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހިފެހެއްޓިފައިވާ އެއްޗެއް ވަގުތީގޮތުން ދޫކުރުމަށް އެދި ހުށަހަޅާ ފޯމުގައި އަންނަނިވި މައުލޫމާތުތައް ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. ހިފެހެއްޓޭ އެއްޗެހި ދޫކުރުމަށް އެދޭ ފަރާތް؛
  2. ދޫކުރުމަށް އެދޭ އެއްޗެހި؛
  3. ދޫކުރުމަށް އެދޭ ސަބަބު؛
  4. ދޫކުރުމަށް ހުއްދަދިން ފަރާތުގެ ނަމާއި، ސޮޔާއި، ސަރވިސް ނަންބަރު ނުވަތަ ރިކޯޑު ނަންބަރު؛
  5. ދޫކުރެވުނު ބޭނުމަށް ހޭދަވާނެ މުއްދަތު.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކުރެވޭ އެއްޗެއ،ް މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެއްޗެހި ރައްކައުކޮށް ބަލަހައްޓާ ތަނަށް ރައްދުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކުރި އެއްޗެއް ދޫކުރި މުއްދަތު ހަމަވާއިރު، އެ އެއްޗެއް ދޫކުރި ބޭނުން ފުރިހަމަވެފައި ނުވާނަމަ، އެ އެއްޗެއް ދޫކުރެވިފައިވާ ފަރާތުން މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމަކުން އެދެންވާނެއެވެ.

 

21 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެއްޗާމެދު ގޮތެއް ކަނޑައެޅުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިފަހައްޓައިފައިވާ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް، ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސްވެރިޔާ ކަނޑައަޅަންވާނެއެވެ.

  1. ތަކެތީގެ ވެރިފަރާތާ ތަކެތި ހަވާލުކުރުން؛
  2. ތަކެތި ނައްތައިލުން؛
  3. ދައުލަތުގެ ބެލުމުގެ ދަށަށް ތަކެތި ގެނައުން؛
  4. ތަކެތި ނީލަން ކިޔުން؛ 
  5. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ ކަމާގުޅޭ އެހެން ގާނޫނެއްގައިވާ ގޮތުގެ މަތީން އެ އެއްޗަކާމެދު އަމަލުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓިފައިވާ އެއްޗަކާމެދު ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެއްވެސް ގާނޫނަކުން، ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް؛
  2. ކުށެއް ކޮށްގެން ހޯދައިފައިވާ އެއްޗެއ،ް ނުވަތަ ގާނޫނާ ހިލާފަށް ހޯ ދައިފައިވާ އެއްޗެއް.

(ނ) ހިފެހެއްޓިފައިވާ އެއްޗަކާމެދު ށަރީއަތުން ވަކިގޮތެއް ކަނޑައަޅައިފިނަމަ، އެ އެއްޗަކާމެދު އަމަލުކުރަންވާނީ ށަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓިފައިވާ އެއްޗަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާ ހޯދަންވާނެއެވެ.

 

22 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ވެރިފަރާތާ ހަވާލުކުރުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އަމަލުކުރާނީ، އެ އެއްޗެއްގެ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމައެވެ.

(ށ) ހިފެހެއްޓިފައިވާ ތަކެތީގެ ވެރިފަރާތް ނޭނގޭނަމަ، އެ ތަކެތީގެ ވެރިފަރާތް ހޯދުމަށް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އެ އިއުލާނުގައިވާ މުއްދަތު ހަމަވާއިރު ހިފެހެއްޓިފައިވާ ތަކެތީގެ ނުވަތަ މުދަލުގެ ވެރިފަރާތެއް ހޯދިފައި ނުވާނަމަ، ނުވަތަ އެ މުއްދަތުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަހެޅުމަށްފަހ،ު އެ އެއްޗަކާ ހަވާލުވެފައި ނުވާނަމަ، އެ ތަކެތި ނުވަތަ އެ މުދާ ނައްތައިލުމުގެ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހިފެހެއްޓިފައިވާ ތަކެތީގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ ތަކެތި، އެ ތަކެތީގެ ވެރި ފަރާތާ ހަވާލުކޮށްގެން ނުވާނެއެވެ.

  1. އެއްވެސް ގާނޫނަކުން، ރާއްޖެއަށް ގެނައުން ނުވަތަ ރާއްޖޭގައި ގެންގުޅުން މަނާ ތަކެތި؛
  2. ކުށެއް ކޮށްގެން ހޯދައިފައިވާ އެއްޗެއ،ް ނުވަތަ ގާނޫނާ ހިލާފަށް ހޯ ދައިފައިވާ އެއްޗެއް

(ރ) ހިފެހެއްޓޭ އެއްޗަކީ ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތ،ަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗެއް ކަމަށްވާނަމަ، ނުވަތަ އެ އެއްޗަކީ މައުލޫމާތު ރައްކައުކުރެވޭ އެއްޗެއް ކަމުގައި ވެފައި، ތަހުގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައި ވާނަމަ، އަދި އެ މައުލޫމާތަކީ ނަކަލުކުރެވިދާނެ މައުލޫމާތެއް ކަމުގައި ވާނަމަ، އެ މައުލޫމާތުތަކަށް ވާސިލުވ،ެ އެ މައުލޫމާތު ނަކަލުކުރުމަށްފަހ،ު އެ އެއްޗެއ،ް އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.

(ބ) ހިފެހެއްޓޭ އެއްޗެއ،ް އެ އެއްޗެއްގެ އަސްލު އޮތް ގޮތުގައި ބެހެއްޓުމުގެ ބޭނުމެއް ގާނޫނު ތަންފީޒުކުރާ އިދާރާގެ ނެތްނަމަ، އަދި އެ އެއްޗަކީ އެ އެއްޗެއްގެ ޒާތުން ހަލާކުވެދާފަދަ އެއްޗެއްނަމަ، ނުވަތަ ދިރޭއެއްޗެއްނަމަ، ނުވަތަ އެ އެއްޗެއް ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދު އެ އެއްޗެއްގެ އަގާ އެކަށީގެންނުވާ އެއްޗެއްނަމަ، އެ އެއްޗެއްގެ ނީލަންކިޔައި، ފައިސާއަށް ބަދަލުކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ. އަދި މި އިހްތިޔާރު ބޭނުންކޮށްފައިވާ ހާލަތުގައި، އެއްޗެއްގެ އަސްލު ވެރިފަރާތް ހޯދިއްޖެނަމަ، އެ ފަރާތަށް ރައްދުކުރާނީ ހިފެހެއްޓުނު އެއްޗެއް ނީލަންކިޔު މަށްފަހު ލިބިފައިވާ ފައިސާއެވެ.

(ޅ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ހިފެހެއްޓިފައިވާ އެއްޗެއ،ް އެ އެއްޗެއްގެ ވެރިފަރާތެއް ވޭތޯ ބެލުމަށް އިއުލާނުކުރުމުން، އެ އެއްޗެއްގެ ވެރިފަރާތަކުން އެ އެއްޗެއް ހޯދުމަށްއެދ،ި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރުމުގެ ކުރިން، އެ އެއްޗެއްގެ ވެރިފަރާތް ހޯދުމަށް ކުރި ހަރަދާއި އެ އެއްޗެއް ބެލެހެއްޓުމަށް ކޮށްފައިވާ ހަރަދ،ު އެ އެއްޗެއްގެ ވެރިފަރާތުގެ ކިބައިން ހޯދިދާނެއެވެ.

(ކ) ހިފެހެއްޓިފައިވާ އެއްޗެއް ވެރިފަރާތާ ހަވާލުކުރަންވާނީ ލިޔުމުންނެވެ. އަދި ހަވާލުކުރާއިރު، އަންނަނިވި މައުލޫމާތުތައް ރިކޯޑުކޮށްފައި ހުންނަންވާނެއެވެ.

  1. މުދަލުގެ ނަމާއި، މުދަލަށް ދީފައިވާ އެވިޑެންސް ނަންބަރު؛ 
  2. މުދަލުގެ ވެރިފަރާތް؛
  3. މުދަލާ ހަވާލުވި ފަރާތުގެ ނަމާއި ސޮއި؛
  4. މުދާ ހަވާލުކުރި ފަރާތުގެ ނަމާއި ސޮއި؛
  5. މުދާ ހަވާލުކުރަން ހުއްދަދިން އިސްވެރިޔާގެ ނަމާއި ސޮއި؛
  6. މުދާ ހަވާލުކުރި ތާރީހާއި ގަޑި؛
  7. މުދާ ދޫކުރިއިރު މުދަލުގެ ހާލަތު.

(އ) މި މާއްދާގައިވާ ގޮތުގެ މަތީން އެއްޗެއް އޭގެ ވެރިފަރާތާ ހަ ވާލުކުރުމަށްފަހ،ު މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފު ތަރުގައި އެކަން ރިކޯޑުކުރަންވާނެއެވެ.

(ވ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުން އަމަލުކުރާނީ، ހިފެހެއްޓިފައިވާ އެއްޗެއް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފައި ނުވާ ނަމައެވެ.

 

23 ވަނަ މާއްދާ - ހިފެހެއްޓޭ އެއްޗެހި ނައްތައިލުމާއި ނީލަންކިޔުން

(ހ) ހިފެހެއްޓިފައިވާ އެއްޗަކީ އެއްވެސް ގާނޫނަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައި ވާނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމުން، އެ އެއްޗެއް ނައްތައިލަންވާނެއެވެ.

(ށ) ހިފެހެއްޓިފައިވާ އެއްޗަކީ އެ އެއްޗެއްގެ ޒާތުގައި ބެލެހެއްޓުމުގެ ސަބަބުން އޭގެ އަގު ދަށްވާނެ އެއްޗެއްނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމުން، އެ އެއްޗެއް ނީލަމުގައި ވިއްކައިލަންވާނެއެވެ.

 

24 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއިން އެއްޗެއް ހިފަހައްޓައިފައިވަނީ ކަމާގުޅޭ ގާނޫނާއި މި ގަވާއިދާ ހިލާފަށްކަމަށް އެ އެއްޗެއްގެ ވެރިފަރާތަށް ފެނިއްޖެނަމަ، އެކަން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމަކުން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާއެއް ހުށަހެޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އެ ށަކުވާއެއް ބަލާއިރު، ކަމާ ގުޅޭ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ ހިލާފަށް އަމަލުކުރަމުންދާނަމަ، އެ ކަމެއް އިސްލާހުކުރުމަށް، ގާނޫނު ތަންފީޒުކުރާ އިދާރާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އަމުރު ކުރެވިދާނެއެވެ.

(ނ) ކަމާ ގުޅޭ ގާނޫނާއި މި ގަވާއިދާ ހިލާފަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ހިފެހެއްޓޭ އެއްޗަކާމެދު އަމަލުކުރުމުގެ ސަބަބުން އެ އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، މަދަނީގޮތުން ގެއްލުމުގެ ބަދަލު ހޯދުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

ހަތަރުވަނަ ބާބު

ދައުވާ އިސްލާހުކުރުމާއި، ދައުވާގެ ތަފުސީލު ތަކަށް ބަދަލު ގެނައުމާއި، ދައުވާ އަނބުރާ ގެނައުން

 

25 ވަނަ މާއްދާ - ދައުވާ އަނބުރާ ނުގެނެސް އިސްލާހުކުރުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ދައުވާ ފޯމުގައި، ތިރީގައި ބަޔާންކޮށްފައިވާފަދަ ކުށެއް އޮތްކަމަށް ފާހަގަކުރެވޭނަމަ، ކޯޓުން އެ މައްސަލައެއް އަނބުރާ ގެނައުމުގެ ބަދަލުގައި ދައުވާ ފޯމުން އެ ކުށެއް އިސްލާހުކުރުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ތުހުމަތުކުރެވޭ ކުށް ބަޔާންކުރުމުގައި އަދ/ިނުވަތަ ކުށް ބަޔާންކޮށްފައިވާ މާއްދާގައި ކުށެއް އޮތުން؛ އަދ/ިނުވަތަ
  2. ދައުވާއާގުޅޭ ތަފުސީލެއް ބަޔާންކުރުމުގައި ކުށެއް އޮތުން؛ އަދ/ިނުވަތަ
  3. ކުށް ބަޔާންކުރުމުގައި ނުވަތަ ދައުވާއާ ގުޅޭ ތަފުސީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ ލަފުޒެއް ނުވަތަ އިބާރާތެއް ނުހިމެނި އޮތުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކުށެއ،ް ދައުވާ ފޯމުން ފާހަގަކުރެވިއްޖެނަމަ އެ ކަމެއް އިސްލާހުކުރާނީ، އެ މައްސަލައަކާ ގުޅޭ ޔުނިޓުގެ އެންމެ އިސްވެރިޔާގެ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުށާދުގެ ދަށުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް ދައުވާ ފޯމުގައި އޮތްކަން ފާހަގަކުރެވުނީ ށަރީއަތުގެ މަޖިލީހުގައި ކަމަށް ވާނަމަ، އެ ކުށް އިސްލާހުކުރުމަށް ޓަކައި ށަރީއަތް މެދުކަނޑައިލައިދިނުމަށް އެދި އެ މައްސަލަ ބަލާ ފަނޑިޔާރުގެ ކިބައިން ޕްރޮސިކިއުޓަރ އެދެންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްލާހު ގެނެވޭ ހާލަތްތަކުގައި، އިސްލާހު ގެންނަ ޕްރޮސިކިއުޓަރަކު، އިސްލާހުކުރެވުނު ތަން އެއް ރޮނގުން ކަނޑައިލުމަށްފަހ،ު އިސްލާހުކުރެވުނު ތަނުގެ ކައިރީގައި ސޮއިކުރަންވާނެއެވެ. އަދި އިސްލާހު ގެންނަންޖެހުނު ސަބަބާއި، އިސްލާހު ގެންނަން ލަފާ ހޯދި ފަރާތުގެ މައުލޫމާތ،ު މައްސަލައިގެ ލޮގުގައި ހިމަނަންވާނެއެވެ.

 

26 ވަނަ މާއްދާ - ދައުވާގެ ތަފުސީލުތަކަށް ބަދަލުގެނައުން

(ހ) ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމަށްފަހ،ު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ހާލަތްތަކުގައި ދައުވާގައި ހިމެނޭ ތަފުސީލުތަކަށް ބަދަލުގެނެސް، ނުވަތަ ދައުވާގައި އިތުރު ކުށް، ޕްރޮސިކިއުޓަރ ޖެނެރަލަށް ހިމެނިދާނެއެވެ.

  1. އިބްތިދާއީ އަޑުއެހުމުގެ ކުރިން؛
  2. ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ދިނުމަށްފަހުގައި؛
  3. ދައުވާގައި ފުރަތަމަ ހިމެނުނު ކުށް ނުވަތަ ކުށްތައް ބިނާވެފައިވާ އަމަލުގެ މައްޗަށް އިތުރުކުރެވޭ ކަންކަން ބިނާވެފައި އޮތުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި، ދައުވާގައި އިތުރު ކުށް ހިމެނުން ފިޔަވައި، ދައުވާ ބިނާވެފައިވާ ކަންކަން ކޯޓުގެ ހުއްދަޔާއެކު، ޕްރޮސިކިއުޓަރ ޖެނެރަލަށް ބަދަލުކުރެވިދާނެއެވެ.

 

27 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުން

(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ށަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން އެ މައްސަލައެއް އަނބުރާ ގެނައުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައެއް އަނބުރާ ގެނެވޭނީ،އަންނަނިވި ހާލަތްތަކުގައެވެ.

  1. ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ހުރިކަމަށް ފާހަގަކުރެވޭ ގާނޫނީ، ނުވަތަ ށަރުއީ ނުވަތަ އެ މައްސަލައިގައި ހިމެނޭ ވާގިއާއަކާ ނުވަތަ ހަގީގަތަކާ ގުޅިފައިވާ ކަމަކާ ގުޅޭ ކުށެއްގެ ސަބަބުން، އެ މައްސަލައިގައި ހުށަހެޅިފައިވާ ދައުވާއަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، ނުވަތަ އިތުރު ދައުވާއެއް ކުރަންޖެހޭކަމަށް ފެނިއްޖެނަމަ؛
  2. ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ހުރިކަމަށް ފާހަގަކުރެވ،ޭ ގާނޫނީ ނުވަތަ ށަރުއީ ނުވަތަ އެ މައްސަލައިގައި ހިމެނޭ ވާގިއާއަކާ ނުވަތަ ހަގީގަތަކާ ގުޅިފައިވާ ކަމަކާ ގުޅޭ ކުށެއްގެ ސަބަބުން، ނުވަތަ ގާނޫނު ނިޔާކުރާ ސަބަބެއް އޮވެގެން، ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރ،ެ އެ ދައުވާއެއް ކުރިޔަށް ގެންދެވެން ނެތްކަމަށް ފެނިއްޖެނަމަ؛ 
  3. ހުށަހެޅިފައިވާ މައްސަލައިގެ އަ ސްލީ އިހްތިސާސް ލިބިގެންވާ ކޯޓު ނޫން އެހެން ކޯޓަކަށް މައްސަލަ ހުށަހަޅަންޖެހޭކަމަށް ފެނިއްޖެނަމަ؛
  4. އިއުތިރާފުގެ އެއްބަސްވުމެއް އޮތް ހާލަތުގައި ކުށަށް އިއުތިރާފުވާ މީހާގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާ އަނބުރާގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ؛
  5. ހުށަހެޅިފައިވާ މައްސަލައިގެ ބާވަތާއި ޒާތަށް ބަލާއިރު ދައުވާ އިތުރަށް މުރާޖައާ ކުރަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ؛
  6. ކުށުގެ ތުހުމަތުކުރެވޭ ކުއްޖާއާއެކު، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 62 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ ދަށުން، ދައުވާ ލިބޭ ކުއްޖ،ާ ޕްރޮސިކިއުޓަރ ޖެނެރަލާއެކު ޑައިވަރށަންގެ އެއްބަސްވުމެއް ހަދައިފައިވާ ހާލަތުގައި، ޑައިވަރށަންގެ އެއްބަސްވުމުގައިވާ ގޮތަށް ކުރިޔަށް ގެންދާނަމަ؛
  7. ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ނިންމާ ހާލަތުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޓަކައި، މައްސަލަ އަނބުރާ ގެންނަނަމަ؛
  8. ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން، އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ނިންމާ ހާލަތުގައި، އިއުތިރާފުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، އެ މައްސަލައެއްގައި ހިމެނޭ ދައުވާއެއް ނުވަތަ ދައުވާތަކެއް އަނބުރާ ގެންނަން އެއްބަސްވެގެން، އަނބުރާ ގެންނަނަވަ.

 

28 ވަނަ މާއްދާ - ދައުވާއެއް އަނބުރާ ގެނައުމަށް އެހެން ގާނޫނަކުން ބާރުލިބިދިނުން

މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް އަނބުރާ ގެނައުމާ އި ދައުވާ އިތުރަށް ކުރިޔަށް ގެންދިއުމުގެ ބާރު އެހެން ގާނޫނަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާނަމަ، އެފަދަ މައްސަލައެއް އަނބުރާ ގެނައުމަށް އެ މާއްދާ ހުރަހެއްނާޅައެވެ.

 

29 ވަނަ މާއްދާ - ފަހުން ދައުވާ ހުށަހަޅާނަމަ އެކަން ބަޔާންކުރުން

މި ގަވާއިދުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މައްސަލައެއް އަނބުރާ ގެންނައިރު، އެ މައްސަލައެއްގައި ފަހުން ދައުވާ ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގަސްތު ކުރާކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުން ފެށުމަށްފަހު މައްސަލަ އަނބުރާ ގެނައުން

ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ފެށުމަށްފަހު މައްސަލައެއް އަނބުރާ ގެނެވޭނީ؛ ކޯޓުގެ ހުއްދަ ޔާއެކު އަންނަނިވި ހާލަތުތަކުގައެވެ.

(ހ) މީހެއްގެ މައްޗަށް ދައުވާކުރެވޭ ކުށްތަކުގެ ތެރެއިން ދައުވާއެއް ސާބިތުވުމުން، ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ ނުވަތަ ހުރިހާ ކުށެއްގެ ދައުވާ އިތުރަށް ކުރިޔަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ހާލަތުގައި.

(ށ) ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ނިންމާ ހާލަތުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޓަކައި، މައްސަލަ އަނބުރާ ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދޭ ހާލަތުގައި.

(ނ) ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ނިންމާ ހާލަތުގައި، އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ޓަކައި، އިއުތިރާފުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، އެ މައްސަލައެއްގައި ހިމެނޭ ދައުވާއެއް ނުވަތަ ދައުވާތަކެއް އަނބުރާ ގެންނަން އެއްބަސްވެގެން، މައްސަލަ އަނބުރާ ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދޭ ހާލަތުގައި.

 

31 ވަނަ މާއްދާ - އަލުން ދައުވާ ހުށަހެޅުން

(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލުކޮށްފިނަމަ، އަނބުރާ ގެނެވުނު ދައުވާ އަލުން ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޓަކައި، އިބްތިދާއީ މަރުހަލާ ފެށުމުގެ ކުރިން، ނުވަތަ ށަރީއަތުގެ މަރުހަލާގައި އޮތް މައްސަލައެއް އަނބުރާ ގެންނަ ހާލަތުގައި، ދައުވާ ލިބޭ މީހާ ނަސޭހަތުގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ނަސޭހަތުގެ އެއްބަސްވުން ހެދި މައްސަލައިގެ ދައުވާ އަލުން ހުށަހަޅަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖަނަ، އެ ދައުވާއެއް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން، މައްސަލައެއްގައި ހިމެނޭ ދައުވާއެއް އަނބުރާ ގެނެސްފައި އޮތް ހާލަތުގައި، އިއުތިރާފުގެ އެއްބަސްވުމާ ހިލާފުވެގެން، އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެ މައްސަލައެއްގެ ދައުވާ އަލުން ހުށަހަޅަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، އެ ދައުވާއެއް ކޯޓަށް ހުށަހެޅިދާނެއެވެ.

 

32 ވަނަ މާއްދާ - ދައުވާ އަނބުރާ ނުގެނެވޭނެ ހާލަތް 

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 20 ވަނަ ބާބުގެ ދަށުން ށަރީއަތުގެ އަޑުއެހުންތައް ނިންމައިލައިފައިވާ މައްސަލައެއްނަމަ، އެފަދަ މައްސަލައެއް އަނބުރާ ގެނައުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެނެއް ނުވެއެވެ.

 

ފަސްވަނަ ބާބު

ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމުން

 

33 ވަނަ މާއްދާ - ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުން ހެދުން

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް އިއުތިރާފުވާ، ނުވަތަ އިއުތިރާފުވުމަށް އެއްބަސްވާ މީހުންގެ ތެރެއިން، ކުދިކުދި ކުށްތައް ކުރާ މީހުން، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރުއެޅުމުގެގޮތުންނާއި، އިތުރު ފުރުސަތެއް ދީގެން މުޖު ތަމައުގައި ރަނގަޅު މީހުންގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއްގައި ދައުވާ ލިބޭ މީހާޔާއެކު ސޮއިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތަކަކާ އެއްގޮތަށް އަމަލުކުރުމަށް ށަރުތުކޮށް، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ އިތުރު ދައުވާއެއް ނުކުރާނެކަމަށް އެއްބަސްވ،ެ ދައުވާ ލިބޭ މީހާޔާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ތަހުގީގު ގެ މަރުހަލާގައި، ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅުން

(ހ) ކުށުގެ ތުހުމަތުގައި ހުރި މީހަކު ތަހުގީގުގެ މަރުހަލާގައި ކުށަށް އިއުތިރާފުވ،ެ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވ،ެ ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާނީ އެމައްސަލައެއް ތަހުގީގުކުރާ އިދާރާއަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކުށުގެ ތުހުމަތުގައި ހުރި މީހަކު، ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅައިފިނަމަ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ތަހުގީގުކުރާ އިދާރާއަކުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެކަން އަންގަންވާނެއެވެ.

 

35 ވަނަ މާއްދާ - ދައުވާކުރުމު ގެ މަރުހަލާއާއި، ށަރީއަތުގެ މަރުހަލާގައި ނަސޭހަތުގެ

(ހ) ތަހުގީގުގެ މަރުހަލާ ނިމި، ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުން އެދި ތަހުގީގީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، ކުށުގެ ތުހުމަތުގައި ހުރި މީހަކު ކުށަށް އިއުތިރާފުވ،ެ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅުން އެއްބަސްވ،ެ ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު ފުރިހަމަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.

(ށ) ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުން އެދި ތަހުގީގީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮވެދާނެކަމަށް، އެ މައްސަލައެއް ދިރާސާކުރާ ޕްރޮސިކިއުޓަރަށް ފެނިއްޖެނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ލިބިގެން، އެ މައްސަލައެއްގައި ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތްކަން، ތުހުމަތުކުރެވޭ މީހާއަށް އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމާ އެއްގޮތަށް، ތުހުމަތުގައި ހުރި މީހާ ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެއްބަސްވާނަމަ، އެ އެއްބަސްވުން ހެދުމާބެހޭގޮތުން މި ގަވާއިދުގައިވާ ގޮތުގެ މަތީންއަމަލުކުރާނީއެވެ. ތުހުމަތުކުރެވޭ މީހާ އެއްބަސްވުން ހެދުމަށް ބޭނުންނުވާނަމަ، އެ މައްސަލައެއްގައި ދައުވާ ކުރުމައިގެން ކުރިޔަށްދާނީއެވެ. އޭގެ ފަހުން، އެ މައްސަލައެއްގައި ނަސޭހަތުގެ އެއްބަސްވުމެއް ނެހެދުމުގެ އިހްތިޔާރު ،ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ނަސޭހަތްދީފައި މައްސަލަ ނިންމުމުގައި ބަލާނެ ކަންކަން

(ހ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީފައި މައްސަލަ ނިންމާނީ، އެ މީހެއްގެ ހާއްސަ މަސްލަހަތަށާއި، އާންމު މަސްލަހަތު ވަޒަންކޮށް ބަލައިގެންނެވެ.

(ށ) އާންމު މަސްލަހަތަށް އެންމެ ފައިދާހުރިގޮތް ކަނޑައަޅާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

  1. ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައި ވުން؛
  2. ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައި ނުވުން؛
  3. ކުށްކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށްކުރި މީހެއް ކަމުގައި ވުން؛
  4. ކުށްކުރި މީހަކީ ޖިނާއީ އެހެން ކުށެއްގެ ދައުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
  5. ކުށްކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހަކު ކަމުގައި ވުން؛
  6. ކުށް ކުރީ ކުޑަކުއްޖަކު ކަމުގައި ވުން؛ 
  7. ކުށް ކުރީ ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހަކު ކަމުގައި ވުން؛
  8. ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައި ވުން.

 

37 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުން ވުމަށް ށަރުތު ފުރިހަ މަވުމުގައި ބަލާނެ މިންގަނޑު

(ހ) ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ބޭނުމަށް، އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވުނު ކުށަކީ 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއްތޯ ނުވަތަ ނޫންތޯ ބަލާނީ އަންނަނިވި ގޮތުގެ މަ ތީންނެވެ.

  1. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކ،ީ ގާނޫނު ނަންބަރު 2014-09 (ގާނޫނުލްއުގޫބާތު) ގެ ދަށުން ދައުވާ ކުރެވޭ ކުށެއްނަމަ، އެ ގާނޫނުގެ 1002 ވަނަ މާއްދާ (ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު) ގައި އޮތް އަދަބުގެ ރޭންޖުގެ ތެރެއިން، 1 (އެކެއް) އަހަރަށްވުރެ ކުޑަ އަދަބެއް ދެވުމުގެ ފުރުސަތު އޮތް ކުށަކަށްވާނަމަ، ނުވަތަ 
  2. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކ،ީ ކުށް ބަޔާންކުރާ ހާއްސަ ގާނޫނެއްގެ ދަށުން ދައުވާ ކުރެވެން އޮތް ކުށެއްނަމަ، ކުށް ބަޔާންކުރާ ގާނޫނުގައި، 1 (އެކެއް) އަހަރަށްވުރެ ކުޑަ އަދަބެއް ދެވުމުގެ ފުރުސަތު އޮތް ކުށަކަށް ވުމެވެ.

(ށ) ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ބޭނުމަށް، ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ މާލީ ގެއްލުމެއްނަމަ، އެއީ ބޮޑު ގެއްލުމެއް ނޫންކަން ކަނޑައަޅާނީ، އެ ގެއްލުމަކީ 100,000 (އެއްލައްކަ) ރުފިޔާ އަށްވުރެ ކުޑަ ގެއްލުމެއް ކަމުގައި ވާނަމައެވެ.

(ނ) ކުށުގެ ސަބަބުން މީހަކަށް ލިބުނު ގެއްލުމަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ހިމެނޭ ގެއްލުމެއް ކަމުގައި ވާނަމަ، އެ ގެއްލުމެއްގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ނިންމުން

(ހ) ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ހުށަހެޅޭ މައްސަލައަކ،ީ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން، ދައުވާއެއް ކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ވެވިދާނެ މައްސަލައެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފިނަމަ، އެ މައްސަލައެއްގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގައި ސޮއިކުރާނީއެވެ.

(ށ) ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅި މައްސަލައަކ،ީ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ނަސޭހަތުގެ އެއްބަސްވުމެއް ވެވެން ނެތް  މައްސަލައެއްނަމަ، ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅި މީހާއަށް،ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކަން ސަބަބާއެކު އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - ކުޑަކުއްޖަކާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުން

ނަސޭހަތުގެ އެއްބަސްވުން ވެވެނީ ކުޑަކުއްޖަކާ އެކުގައި ކަމަށް ވާނަމަ، ކުއްޖާއާއެކު ކުއްޖާގެ ބެލެނިވެރިޔަކު ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުންނަންވާނެއެވެ. އަދި ކުއްޖާގެ އިތުރުން، އެ މީހަކު ވެސް އެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުން ހެދިކަން ތަހުގީގީ އިދާރާއަށް އެންގުން

މި ގަވާއިދުގައިވާ ގޮތުގެ މަތީން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ނިންމައިފިނަމަ، އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެ އެއްބަސްވުމުގެ އަސާސީ ބައިތައް އެނގޭނޭހެން، އެ މައްސަލައެއް ތަހުގީގުކުރި އިދާރާއަކަށް އެކަން އަންގަންވާނެއެވެ.

 

41 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުން ހެދުމުގައި ބަދަލުގައި ދައުވާކުރުމަށް ބާރުއަޅާ ކަންކަން

މީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން، އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި މިވަނީއެވެ. އެ މައްސަލައެއްގައި ދައުވާކުރާނަމަ ދައުވާކުރަން ނިންމަންވާނީ، އެ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

(ހ) ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައި ވުން.

(ށ) ކުށް ކުރުމުގައި ހަތިޔާރެއް ބޭނުންކޮށްފައިވުން، ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން.

(ނ) ކުށް ކުރުމުގައި މީހަކަށް ހަމަލާދީފައިވުން ނުވަތަ ހަމަލާދީފާނެކަމުގެ ބިރުދައްކައިފައިވުން.

(ރ) ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި އަމަލަކަށް ވުން.

(ބ) ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައި ވުން.

(ޅ) ކުށް ކުރީ ޖަމާއަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެކަން ރޭވި މީހާ ކަމުގައި ވުން.

(ކ) ކުށްކުރ،ީ ދުރާލައި ރާވައިގެން، ވަކި ނަތީޖާއެއް ނެރުމުގެ ބޭނުމުގައި، ރޭވުންތެރިކަމާއެކު ކަމުގައި ވުން.

(އ) ކުށުގެ އަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައި ވުން.

(ވ) ކުށުގެ އަމަލު ހިންގީ ކުޑަކުއްޖަކު ބައިވެރިކޮށްގެން ކަމުގައި ވުން.

(މ) ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށް ވުން. 

(ފ) މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ގައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މީހަކާމެދު ހިންގުނު އަމަލެއް ކަމުގައި ވުން.

(ދ) ކުށް ކުރުމުގައި ކޮރަޕްށަނުގެ އަމަލެއް އެކުލެވިގެންވުން. 

(ތ) އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް، އެ ކުށް ކުރުން އާންމުވެފައިވުން.

(ލ) ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދައުވާ ނުކުރުމާމެދ،ު ވަކި ސަބަބެއް އޮވެގެން، އޭނާ ކަނޑައެޅިގެން އިއުތިރާޒުކުރުން.

 

42 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުމުގައި އިތުރު ށަރުތު ހިމެނުން

މި ގަވާއިދުގެ ދަށުން، ދައުވާއެއް ކުރުމުގެ ބަދަލުގައި ނަސޭހަތްދީފައި ނިންމާ މައްސަލައެއްގައި އެކުލަވައިލާ ނަސޭހަތުގެ އެއްބަސްވުމުގައި، އެ މީހަކު ކުށުގެ އަމަލާދުރުހެލިވުމަށް ބާރުއަޅައި، މުޖުތަމައަށް ރުޖޫއަވ،ެ ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭނެކަމަށް ފެންނަ ށަރުތުތައް ހިމެނުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުމާ ހިލާފުވުން

ނަސޭހަތުގެ އެއްބަސްވުމެއް ވެފައިވާ މީހަކު، އެ މީހާޔާއެކު ވެފައިވާ ނަސޭހަތުގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ނަސޭހަތުގެ އެއްބަސްވުން ބާތިލުކޮށް، ނަސޭހަތް ދެވުނު މައްސަލައިގައި ކުރެވެން އޮތް ޖިނާއީ ކުށުގެ ދައުވާ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުން ފުރިހަމަކޮށް ނިމުމުގެ ނަތީޖާ

(ހ) ނަސޭހަތުގެ އެއްބަސްވުމެއް ވެފައިވާ މީހަކު، އެ މީހާ ޔާއެކު ވެފައިވާ ނަސޭހަތުގެ އެއްބަސްވުމުގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ އެއްބަސްވުން ފުރިހަމަކޮށްފިނަމަ، އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނަސޭހަތުގެ އެއްބަސްވުމެއް ފުރިހަމަކޮށްފިނަމަ، އެ މީހާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއް އަލުން ހުށައެއް ނޭޅޭނެއެވެ. އަދި އެ މައްސަލައިގައި ކުށުގެ ރިކޯޑެއް ވެސް ނޯންނާނެއެވެ.

 

45 ވަނަ މާއްދާ - ނަސޭހަތުގެ އެއްބަސްވުމާބެހޭ ހިސާބު ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، އެ މައްސަލަތަކުގައި ނިންމާ ނިންމުންތަކާއި، ނަސޭހަތުގެ އެއްބަސްވުމުގެ ށަރުތުތަކާއި، އެއްބަސްވުން ވެވުނު ތާރީހާއި، އެއްބަސްވުން ނިމުމަކަށް އަންނާނެ ތާރީހާއި، އެއްބަސްވުމާ ހިލާފުވެގެން އެއްބަސްވުން ބާތިލުކުރިނަމަ، އެކަމާ ގުޅިގެން އެޅި ފިޔަވަޅުތައް އެނގޭނޭ މައުލޫމާތުތައ،ް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލަހައްޓަންވާނެއެވެ.

 

ހަވަނަ ބާބު

އިއުތިރާފުގެ އެއްބަސްވުން

 

46 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން

ކުށުގެ ތުހުމަތުގައިވާ މީހަކު، ތަހުގީގުގެ މަރުހަލާގައި، ނުވަތަ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި، ނުވަތަ އެ މައްސަލައެއްގެ ހުލާސާ ބަޔާން ހުށަހެޅުމުގެ ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން ކުށަށް އިއުތިރާފުވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން، އެ މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ އިހްތިޔާރުޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - ތަހުގީގީ މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅުން

(ހ) ކުށުގެ ތުހުމަތުގައި ހުރި މީހަކު ތަހުގީގުގެ މަރުހަލާގައި، ކުށަށް އިއުތިރާފުވ،ެ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވެ އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާނީ އެ މައްސަލައެއް ތަހުގީގުކުރާ އިދާރާއަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކުށުގެ ތުހުމަތުގައި ހުރި މީހަކު، އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅައިފިނަމަ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ތަހުގީގުކުރާ އިދާރާއަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެކަން އަންގަންވާނެއެވެ.

 

48 ވަނަ މާއްދާ - ދައުވާކުރުމުގެ މަރުހަލާއާއި، ށަރީއަތުގެ އިބްތިދާއީ މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅުން

(ހ) ތަހުގީގުގެ މަރުހަލާ ނިމި، ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުން އެދި ތަހުގީގީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، ނުވަތަ ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، އިބްތިދާއީ އަޑުއެހުންތައް ނިމުމުގެ ކުރިން، ކުށުގެ ތުހުމަތުގައި ހުރި މީހަކު ކުށަށް އިއުތިރާފުވ،ެ ނުވަތަ 
އިއުތިރާފުވުމަށް އެއްބަސްވ،ެ އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.

(ށ) ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުން އެދި ތަހުގީގީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ނުވަތަ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން، އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮވެދާނެކަމަށް، އެ މައްސަލައެއް ދިރާސާކުރާ ޕްރޮސިކިއުޓަރަށް ފެނިއްޖެނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ލިބިގެން، އެ މައްސަލައެއްގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ތުހުމަތު ކުރެވޭ މީހާއަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމާ އެއްގޮތަށް، ތުހުމަތުގައި ހުރި މީހާ އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެއްބަސްވާނަމަ، އެ އެއްބަސްވުން ހެދުމާބެހޭގޮތުން މި ގަވާއިދުގައިވާ ގޮތުގެ މަތީންއަމަލުކުރާނީއެވެ. ތުހުމަތުކުރެވޭ މީހާ އެއްބަސްވުން ހެދުމަށް ބޭނުންނުވާނަމަ، އެ މައްސަލައެއްގައި ދައުވާ ކުރުމައިގެން ކުރިޔަށްދާނީއެވެ. އޭގެ ފަހުން، އެ މައްސަލައެއްގައި އިއުތިރާފުގެ އެއްބަސްވުމެއް ނެހެދުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގައި ފުރިހަމަވާންޖެހޭ ކަންކަން

މި ގަވާއިދުގެ ދަށުން އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ ކުރިން، އަންނަނިވި ކަންކަން ފުރިހަމަވާކަން، ޕްރޮސިކިއުޓަރު ކަށަވަރު ކުރަންވާނެއެވެ.

(ހ) ކުށުގެ ތުހުމަތުގައިވާ މީހާ ވާ އިއުތިރާފަކ،ީ ކުށުގެ ހުރިހާ ރުކުންތަކާއި އުންސުރުތަކަށް ތަފުސީލީ ގޮތެއްގައިވާ އިއުތިރާފެއްކަމަށްވުން.

(ށ) އޭނާގެ އެ އިއުތިރާފުގައި ހިމެނޭ ކަންކަމާއި، އެހައިތަނަށް ތަހުގީގަށް ހޯދިފައިވާ ހޯދުންތަކާއި ތަހުގީގަށް ލިބިފައިވާ ހެއްކާ އެކަށީގެންވާ ނިސްބަތަކަށް ދިމާވުން.

(ނ) ތަހުގީގަށް އެހައިތަނަށް ހޯދިފައިވާ ހެކ،ި އޭނާ އިއުތިރާފުވާ ކުށް އޭނާގެ މައްޗަށް ސާބިތުކުރުމަށް ވާގިވެރިވުން.

(ރ) އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ދިނުމަށް ހުށަހަޅާ ލުއިތަކަކ،ީ ދައުވާ ލިބޭ ފަރާތުން ފޯރުކޮށްދޭ މައުލޫމާތުން އުފައްދައިދޭ ނަތީޖާއާ ވަޒަންހަމަވާ ލުއިތަކަކަށް ވުން.

 

50 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމެއްގައި ހިމެނުމަށް ހުށަހެޅިދާނެ ކަންކަން

މި ގަވާއިދުގެ ދަށުން އެކުލަވައިލާ އިއުތިރާފުގެ އެއްބަސްވުމެއްގައި އަންނަނިވި ކަންކަން ހިމެނުމަށް ހުށަހެޅުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ހ) އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އަމަލުގައި ހިމެނޭ ކަންކަމުގެ ތެރެއިން؛

  1. ވަކިވަކި ދައުވާ އުފުލިދާނެ އެހެން އަމަލުތަކާ ގުޅިގެން ދައުވާއެއް ނުކުރުމަށް؛ ނުވަތަ 
  2. އެހެން ކުށެއްގެ ދައުވާއެއް ނުކުރުމަށް؛ ނުވަތަ  
  3. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއެއް އަނބުރާ ގެނައުމަށް.

(ށ) އިއުތިރާފުވާ ކުށުގެ އަދަބު ލުއިކޮށްދިނުމަށް.

 

51 ވަނަ މާއްދާ - ދައުވާތަކަށް ލުއި ދެވޭނެ ގޮތްތައް

މި ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ގައި އޮތް ގޮތަށް އަމަލުކުރުމަށް ޓަކައި، އެ މައްސަލައިގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

(ހ) ކުށަކީ ކުޑަ ކުށަކަށް ވެފައި، އެ ކުށުގެ ދައުވާ ކުރިޔަށްގެންދިއުމުގެ އާންމުމަސްލަހަތެއް ނެތުން. ނުވަތަ

(ށ) އެ ކުށުގެ އަދަބަކީ އިއުތިރާފުގެ އެއްބަސްވުން ނިސްބަތްވާ ކުށް ސާބިތުކުރުމަށް އިތުރު ވަރުގަދަކަމެއް ގެނެސްދޭ ކަމަކަށް ނުވުން. ނުވަތަ

(ނ) އެ ކުށުގެ ނަތީޖާއަކީ އިއުތިރާފުގެ އެއްބަސްވުން ނިސްބަތްވާ ކުށް ސާބިތުކުރުމަށް އިތުރު ވަރުގަދަކަމެއް ގެނެސްދޭ ކަމަކަށް ނުވުން. ނުވަތަ

(ރ) އެ ކުށުގެ ށަރީއަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމުމުގެ ފުރުސަތު ކުޑަވެފައި، ދައުވާ ލިބޭ މީހާޔާއެކު ވާ އިއުތިރާފުގެ އެއްބަސްވުމުގެ ނަތީޖާގެ ބޭރުން އޭނާއަށް އިތުރު ކުށެއްގެ ދައުވާއެއް އުފުލައި އަދަބު ލިބުމަކ،ީ އޭނާ ޖަވާބުދާރީކުރުވުމަށް ނުވަތަ މުޖުތަމައުގެ ރައްކައުތެރިކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމަކަށް ނުވުން.

 

52 ވަނަ މާއްދާ - އަދަބު ލުއިކޮށްދޭން ހުށަހެޅޭނެ ގޮތްތައް

މި ގަވާއިދުގެ 50 ވަނަ މާއްދާގެ (ށ) ގައި އޮތް ގޮތަށް އިއުތިރާފުގެ އެއްބަސްވުމެއްގެ ތެރެއިން، އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ނުވަތަ ދައުވާ އުފުލިފައިވާ މައްސަލައެއްގެ އަދަބު ލުއިކޮށްދެވޭނީ އަންނަނިވި ހަމަތަކުގެ ތެރެއިންނެވެ.

(ހ) އިއުތިރާފުގެ އެއްބަސްވުން ވަނީ، ގާނޫނު ނަންބަރު 2014-09 (ގާނޫނުލްއުގޫބާތު) ގައި އޮތް ކުށަކާ ގުޅޭގޮތުން ނަމަ، އެ ގާނޫނު ގެ 1002 ވަނަ މާއްދާގައި އޮތް ތާވަލުގައި، އެ ދަރަޖައިގެ ކުށަކަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ކުޑަނުވުން.

(ށ) އިއުތިރާފުގެ އެއްބަސްވުން ވަނީ، ގާނޫނު ނަންބަރު 2014-09 (ގާނޫނުލްއުގޫބާތު) ގައި އޮތް ކުށަކާ ގުޅޭގޮތުން ނަމަ، އެ ގާނޫނު ގެ 1005 ވަނަ މާއްދާގައި އޮތް ތާވަލުގައިވާ ގޮތަށް، އަދަބު ބަދަލުކޮށްގެން އަދަބަކަށް ވާސިލުވުން.

(ނ) އިއުތިރާފުގެ އެއްބަސްވުން ވަނީ، ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި އޮތް ކުށަކާ ގުޅިގެންނަމަ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވުން.

(ރ) އިއުތިރާފުގެ އެއްބަސްވުން ވަނީ، ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި އޮތް ކުށަކާ ގުޅިގެން ކަމަށް ވެފައި، ކުށް ބަޔާންކުރާ ގާނޫނުގައި އެ ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބު ބަޔާންކޮށްފައި ނުވާނަމަ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވުން.

 

53 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން ނިމުމަށްފަހ،ު ހުލާސާ ބަޔާން އިއްވުމުގެ ކުރިން އިއުތިރާފުގެ އެއްބަސްވުން ހެދުން

(ހ) ށަރީއަތަށް ހުށަހެޅި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން، އިބްތިދާއީ އަޑުއެހުން ނިމި، ށަރީއަތުގެ މަރުހަލާގައި އޮތް މައްސަލައެއްގައި، އެ މައްސަލައިގައި ހުލާސާ ބަޔާން ހުށަހެޅުމުގެ ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން، އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދޭނަމަ، އެ ކަމުގައި މަށްވަރާކޮށް ގޮތެއް ނިންމުމަށް ވަގުތު ދިނުން އެދި އެ މައްސަލައެއް ބަލާ ކޯޓުގައި، މައްސަލައިގެ ދެފަރާތުންކުރެ ފަރާތަކަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޯޓުން ދޭ ފުރުސަތުގައި، ދެ ފަރާތުން ވާހަކަދައްކައިގެން، މި ގަވާއިދުގައިވާ ށަރުތުތައް ފުރިހަމަވާނަމަ، އިއުތިރާފުގެ އެއްބަސްވުމަކާ ހަމަޔަށް އާދެވިއްޖެނަމަ، އެކަން، އެ މައްސަލައެއް ބަލާ ކޯޓެއްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވައި ލެވޭ އިއުތިރާފުގެ އެއްބަސްވުމުގައި، މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ދައުވާ ލިބޭ މީހާގެ ފަރާތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެހެން ބައެއްގެ މައްޗަށް ހެކިބަސް ދިނުމަށް، ނުވަތަ ކުށް ކޮށްފައިވާ ގޮތާބެހޭ އިތުރު މައުލޫމާތު ނުވަތަ ހެކ،ި ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭ މިންވަރަށް ފޯރުކޮށްދޭން އެއްބަސްވެވިދާނެއެވެ.

 

54 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ނިންމުން

(ހ) އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދ،ި މި ގަވާއިދުގައިވާ ގޮތުގެ މަތީންމަށްވަރާކުރެވޭ މައްސަލައެއްގައި، އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑަ އަޅައިފިނަމަ، އެ މައްސަލައެއްގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގައި ސޮއިކުރާނީއެވެ.

(ށ) އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅި މައްސަލައަކ،ީ ގާނޫނާއި މި ގަވާއިދާއި، އެ ކަމާބެހޭގޮތުން ކުރެވުނު މަށްވަރާތަކުގެ އަލީގައި، އިއުތިރާފުގެ އެއްބަސްވުމެއް ވެވެން ނެތް މައްސަލައެއްނަމަ، ދައުވާ ލިބޭ މީހާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސަބަބާއެކު އެކަން އަންގަންވާނެއެވެ.

 

55 ވަނަ މާއްދާ - ކުޑަކުއްޖަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުން

އިއުތިރާފުގެ އެއްބަސްވުން ވެވެނީ ކުޑަކުއްޖަކާ އެކުގައި ކަމަށްވާނަމަ، ކުއްޖާއާއެކު ކުއްޖާގެ ބެލެނިވެރިޔަކު ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުންނަންވާނެއެވެ. އަދި ކުއްޖާގެ އިތުރުން، އެ މީހަކު ވެސް އެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން ހެދިކަން ތަހުގީގީ އިދާރާއަށް އެންގުން

މި ގަވާއިދުގައިވާ ގޮތުގެ މަތީން، އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ނިންމައިފިނަމަ، އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއްބަސްވުމުގެ އަސާސީ ބައިތައް އެނގޭނޭހެން، އެ މައްސަލައެއް ތަހުގީގުކުރި އިދާރާއަކަށް އެކަން އަންގަންވާނެއެވެ.

 

57 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމުގައި އިތުރު ށަރުތު ހިމެނުން

މި ގަވާއިދުގެ ދަށުން ހަދާ އިއުތިރާފުގެ އެއްބަސްވުމުގައި، އެ މީހަކު ކުށުގެ އަމަލާ ދުރުހެލިވުމަށް ބާރުއަޅައި، މުޖުތަމައަށް ރުޖޫއަވ،ެ ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭނެކަމަށް ފެންނަ ށަރުތުތައް ހިމެނުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

58 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ހުށަހެޅުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އިއުތިރާފުގެ އެއްބަސްވުން ހެދުމަށްފަހ،ު އެކަން ކޯޓުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި، އެ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހަޅާއިރު، ދައުވާއާއެކު އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ތަހުގީގުގެ މަރުހަލާގައި ނުވަތަ ދައުވާ އުފުލުމުގެ މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމާ ހިލާފުވ،ެ އޭނާ އެއްބަސްވިގޮތަށް އިއުތިރާފުނުވ،ެ ކޯޓުގައި އިއުތިރާފުން ރުޖޫއަވެދާނެކަމަށް ބަލައި، އަދި އެ މައްސަލައެއްގައި ދައުވާއެއް ކުރެވެން އޮތ،ީ ތަހުގީގު އިތުރަށް ފުރިހަމަކޮށްގެންނަމަ، އިއުތިރާފު އެއްބަސްވުން ހުށަހަޅާއިރު، އެއްބަސްވުމާ ހިލާފުވާ ހާލަތުގައި ތަހުގީގު ފުރިހަމަކުރުމަށް އިތުރު ވަގުތު ދިނުމަށް ފަނޑިޔާރަށް، ލިޔުމުން ހުށަހަޅަންވާނެއެވެ.

 

59 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމާ ހިލާފުވުން

އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ މީހަކު، އެ މީހާއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، އެ އެއްބަސްވުން ބާތިލުކޮށް، އިއުތިރާފުވެގެން ދެވިފައިވާ ލުއިތައް ބާތިލުކުރުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

60 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމުގެ ނަތީޖާ

އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ މީހަކު، އެ މީހާޔާއެކު ވެފައިވާ އެއްބަސްވުމުގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފުރިހަމަކޮށްފިނަމަ، އެއްބަސްވުމުން އޭނާއަށް ލިބޭ ލުއިތައް ލިބި، އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

 

ހަތްވަނަ ބާބު

ކުށުގެ އަމަލު ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ހުށަހެޅުން

 

61 ވަނަ މާއްދާ - ކުށުގެ އަމަލު ހިނގި ތަނުގައި ނެތްކަމުގެ ދިފާއު

(ހ) ކުށުގެ އަމަލު ހިނގި ތަނުގައި ތުހުމަތުކުރެވޭ ފަރާތް ނެތްކަމުގައި ވާނަމަ، އަދި އޭނާ ދިފާއެއްގެ ގޮތުގައި އެކަން ނަގަން ބޭނުންވާނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 122 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންތަހުގީގުގެ މަރުހަލާގައި އެ މައުލޫމާތު ހާމަކޮށްފައި އޮންނަންވާނެއެވެ.

(ށ) ކުށުގެ އަމަލު ހިނގި ތަނުގައި ތުހުމަތުކުރެވޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ތުހުމަތުކުރެވޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އޭނާއަށް އެނގިފައިވަނީ ތަހުގީގުގެމަރުހަލާގެ ފަހުން ކަމުގައި ވިޔަސް، އޭނާއަށް އެކަން އެނގިފައިވަނީ ށަރީއަތުގެ މަރުހަލާގެ ކުރިން ކަމުގައި ވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ދައުވާ ހުށަހެޅުމުގެ ކުރިން، ދައުވާ ލިބޭ ފަރާތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައުލޫމާތު ހުށަހެޅުމުން ވެސް، އެ މައުލޫމާތު ދުރާލައި ހާމަކުރެވުނީ ކަމުގައިބެލެވޭނެއެވެ. އަދި މިގޮތުން ހުށަހަޅާ މައުލޫމާތުތައް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ހުށަހެޅޭ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބުމުން، ދައުވާ ލިބޭ ފަރާތުން ހުށަހެޅި ކަންތައްތަކާއި، މައްސަލައިގެ ތަހުގީގުން ފެންނަންހުރި ކަންތައްތައް ބެލުމަށްފަހ،ު ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ދައުވާ ލިބޭ ފަރާތް އެ ދިފާއު ދުރާލައި ހާމަކުރިކަން އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

އަށްވަނަ ބާބު

އެހެނިހެން ކަންކަން

 

62 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ނުވަތަ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ބާރު، ގާނޫނުއަސާސީންނާއި، ގާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.

(ށ) "ޗެއިން އޮފް ކަސްޓަޑީ" ކަމަށް ބުނެފައި އެވަނީ، ތަހުގީގަށް ނަގާ ހެކ،ި އެކަކުގެއަތުން އަނެކެއްގެ އަތަށް ނަގުލުވަމުންދާގޮތް ބަޔާންކޮށްދޭ ލިޔުމަށެވެ.

(ނ) "ސީލްކުރުން" ކަމަށް ބުނެފައި އެވަނީ، ތަހުގީގުގެ ބޭނުމަށް ހި ފަހައްޓާ ތަކެތި އެވިޑެންސް ބޭގުގައި ރައްކައުތެރިކަމާއެކު ބަންދުކުރުމަށެވެ. 

(ރ) "ހިފަހައްޓާ އެއްޗެހި" ނުވަތަ "ހިފަހައްޓާ ތަކެތި" ނުވަތަ "ހިފަހައްޓާ މުދާ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން، ގާނޫނު ތަންފީޒުކުރާ އިދާރާއިން ބަލައި ފާސްކުރުމަށްފަހ،ު ހެކީގެ ގޮތުގައި ބޭނުންކުރުމަށް ހިފަހައްޓާ ތަކެއްޗަށެވެ.

(ބ) "ހިފަހައްޓާ އެއްޗެހި ބަހައްޓާ ނުވަތަ ރައްކައުކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން، ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަނެއް ބަލައި ފާސްކުރުމަށްފަހ،ު ހެކީގެ ގޮތުގައި ބޭނުންކުރުމަށް ހިފަހައްޓާ އެއްޗެއް ހިފެހެއްޓި ބޭނުން ނިމެންދެން، އެ އެއްޗެއް ރައްކައުކުރުމަށް ޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސް ފަރާތުން ކަނޑައަޅާ ތަނަކަށެވެ.

(ޅ) "މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މުދަލެއްގެ މައްޗަށް ގާނޫނީގޮތުން ނުވަތަ ށަރުއީގޮތުން ތަސައްރަފު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަށެވެ.

(ކ) "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަށެވެ. އަދި އޭގެ ތެރޭގައި އެ ގާނޫނަށް ގެންނަ އިސްލާހުތައް ވެސް ހިމެނޭގޮތަށެވެ.

 

63 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2017-76 (ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް އިސްލާހު ގެނައި ގަވާއިދު ނަންބަރު 2022-172 (ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އުވުނީއެވެ.

 

(މި ގަވާއިދުގެ ޖަދުވަލުތައް ތިރީގައި އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ)

 

ޖަދުވަލު 1 - ށަކުވާ ހުށަހަޅާ ފޯމް

ޖަދުވަލު 2 - ށަކުވާ ބަލައިގަތްކަމުގެ ލިޔުން

ޖަދުވަލު 3 - ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާ ފޯމު

ޖަދުވަލު 4 - އިއުތިރާފުގެ އެއްބަސްވުމަށް އެދި ހުށަހަޅާ ފޯމު

ޖަދުވަލު 5 - ކުށުގެ އަމަލު ހިނގިތަނުގައި ނެތްކަމުގެ ދިފާއު ހުށަހަޅާ ފޯމު

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106)

 

މައި ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

 

އުވުނު ގަވާއިދު

  1. ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76)
  2. ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-172)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު