-

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-180)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ނޮވެމްބަރު 2023 ގައި)

 

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ގަވާއިދު ނަންބަރު 2023-1 (ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށް.

 

އިންވެންޓްރީ ބެލެހެއްޓުން 13.

(ކ) ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު، ބަލައި ފާސްކުރި ތަނުގެ ފޮޓޯ ރިޕޯޓެއް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ ހުށަހެޅުމާއި އެ ހުށަހެޅުން ބިނާކުރި ސަބަބުތަކުގެ މައްޗަށް ބަލައި، އިންވެންޓްރީ ތައްޔާރުކޮށް ހަވާލުކުރުމުގެ ވަގުތު، ޕްރޮސިކިއުޓަރ ޖެނެރަ ލަށް އިތުރުކޮށްދެވިދާނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އެ ވަގުތު އިތުރުކޮށްދޭންވާނީ، ކޮންމެ ފަހަރަކު ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު