-

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-170)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ނޮވެމްބަރު 2023 ގައި)

 

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް 2 (ދޭއް) އަކުރު އިތުރުކުރުން.

އިންވެންޓްރީ ބެލެހެއްޓުން 13.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސ،ް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިންވެންޓްރީ ހަވާލުކުރެވިދާނެކަމަށް ނުފެންނަނަމ،ަ އިންވެންޓްރީ ހަވާލުކުރުމުގެ ވަގުތު އިތުރުކޮށްދިނުމަށް އެދި ތަހުގީގީ އިދާރާއަކުނ،ް ސަބަބު ބަޔާންކޮށ،ްޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީހުގައި އެދެވިދާނެއެވެ.

(ކ) ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކ،ު ބަލައި ފާސްކުރި ތަނުގެ ފޮޓޯ ރިޕޯޓެއް ހުށަހަޅަންވާނެއެވ.ެ މިގޮތަށް ހުށަހަޅާ ހުށަހެޅުމާއި އެ ހުށަހެޅުން ބިނާކުރި ސަބަބުތަކުގެ މައްޗަށް ބަލައ،ި އިންވެންޓްރީ ތައްޔާރުކޮށް ހަވާލުކުރުމުގެ ވަގުތު، ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް އިތުރުކޮށްދެވިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު