-

ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-172)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 އޮކްޓޫބަރު 2022 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-106 ގެ 63 ވަނަ މާޢްދާގެ (ށ) އިން އުވާލެވިފައި)

 

ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76) އަށް އަންނަނިވި އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76)  ގެ 26 ވަނަ މާއްދާގެ (ށ) ގެ (5) ގެ ފަހަތަށް އަންނަނިވި ގޮތަށް އަދަދެއް އިތުރުކުރުން.

ދަޢުވާ އަނބުރާ ގެނައުން 26(ށ).

(6) ކުށުގެ ތުހުމަތުކުރެވޭ ކުއްޖާއާއެކު، ޤާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 62 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ ދަށުން، ދަޢުވާލިބޭ ކުއްޖާ، ޕްރޮސިކިއުޓަރ ޖެނެރަލާއެކު ޑައިވަރށަންގެ އެއްބަސްވުމެއް ހަދައިފައިވާ ހާލަތުގައި، ޑައިވަރޝަންގެ އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށް ގެންދާނަމަ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށައިއުކުރާ ދުވަހުން ފެށިގެންނެވެ.

 

އުވި ގަވާއިދު

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-76)

 

މައި ގަވާއިދު

ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު