ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-79)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ފެބުރުއަރީ 2023 ގައި)
(މި ގަވާއިދުގެ 76 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-93 އުވާލެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޓަކައި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހ) އާއި 80 ވަނަ މާއްދާގެ ދަށުން ގާއިމްކުރަންޖެހޭ ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 80 ވަނަ މާއްދާގެ (ކ) އާއި، 87 ވަނަ މާއްދާގެ (ނ) އާއި، 99 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 114 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޓަކައި ދައުލަތުން ނުވަތަ މިނިސްޓްރީން ގާއިމްކުރަންޖެހޭ ރެޒިޑެންށަލް މަރުކަޒުތައް އުފައްދައި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.
(ށ) ކުރު މުއްދަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޓަކައި ރެޒިޑެންށަލް މަރުކަޒުތައް ގާއިމްކޮށް ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގުމަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ނ) ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކުރުމާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، އެ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.
(ރ) ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްލާހީ ޕްރޮގްރާމްތަކާއި ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ މަރުކަޒުތައް އުފެއްދޭނެ ހާލަތްތައް ބަޔާންކުރުމާއި، އެފަދަ މަރުކަޒުތަކާބެހޭ އުސޫލުތައް ބަޔާންކުރުން.
(ބ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން މަރުކަޒުތަކުގައި ތިބޭއިރު އެ ކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާ ގުޅޭ ހަރުދަނާ ނިޒާމެއް އެކުލަވައިލުމާއި، އެ މަރުކަޒުތަކުން އެ ކުދިންނަށް ލިބެންޖެހޭނެ ހިދުމަތްތައް ކަނޑައެޅުން.
(ޅ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، އެ ކުދިންގެ އުމުރާއި، ޖިންސާއި، އިޖުތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަނިވި އިޖުތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅައިލުމާއި ރައްކައުތެރިކަން މަރުކަޒުތަކުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
(ކ) ކުއްޖާއަށް ރިހެބިލިޓޭޓިވް ފަރުވާ ލިބިދިނުމާއެކު، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކުރެވޭފަދަ ޕްރޮގްރާމްތައް މަރުކަޒުތަކުގައި ހިންގުމާ ގުޅޭއުސޫލުތައް ކަނޑައެޅުން.
(އ) ކުއްޖާގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ދީނީ ތައުލީމާއި، އިތުރު ތައުލީމާއި ތަމްރީނާއި ހުނަރުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.
(ވ) މަރުކަޒުތައް އިންސްޕެކްޓްކުރާ ކޮމިޓީ އެކުލަވައިލުމާ ގުޅޭ ކަންކަން ބަޔާންކުރުމާއި، އިންސްޕެކްޓްކުރުމާ ގުޅޭ އިޖުރާއަތު ކަނޑައެޅުން.
ދެވަނަ ބާބު
މިނިސްޓްރީގެ ޒިންމާ
3 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް
މި ގަވާއިދު ހިންގުމުގައި މިނިސްޓްރީގެ މަސްއޫލިއްޔަތާއި ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މިނިސްޓްރީން އުފައްދައި ހިންގާ މަރުކަޒުތަކުގެ އިތުރުން، އެފަދަ މަރުކަޒުތައް ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުން.
(ށ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން އުފައްދާ މަރުކަޒުތަކާއި، ލައިސަންސް ލިބިގެން އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހައްގުތައް ކަށަވަރުކުރުން.
(ނ) މިނިސްޓްރީން އުފައްދައި ހިންގާ އެންމެހައި މަރުކަޒުތަކާއި އަމިއްލަ ފަރާތްތަކަށް ލައިސަންސް ދޫކޮށްގެން ހިންގާ އެންމެހައި މަރުކަޒުތައް ހިންގަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
(ރ) މަރުކަޒުތަކުގައި ތިބޭ ކުދިންނަކީ ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް އާދެވޭނެ ފަދަ ކުދިންތަކަކަށް ހެދުމަށް ޓަކައި މަރުކަޒުތަކުން ފޯރުކޮށްދޭ ފަރުވާގެ ޕްރޮގްރާމްތަކުގެ މިންގަނޑުތައް ކަނޑައެޅުން.
ތިންވަނަ ބާބު
މަރުކަޒުތައް އުފެއްދުން
4 ވަނަ މާއްދާ - މަރުކަޒުތައް ހިންގުމުގެ އުސޫލުތައް
(ހ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޓަކައި ގާއިމުކުރާ ރެޒިޑެންށަލް މަރުކަޒުތައް އުފައްދައި ހިންގަންވާނީ މި ބާބުގަ އި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އުފައްދައި ހިންގާ މަރުކަޒުތަކަކީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދައިފައިވާ، ކުއްޖާގެ އުމުރާއި ކުއްޖާ ކޮށްފައިވާ އަމަލު ނުވަތަ ކުށާ އެކަށޭނަ ތަންތަން ކަމުގައި ވާންވާނެއެވެ.
(ނ) ކޮންމެ މަރުކަޒެއްގައި ވެސް، އެ މަރުކަޒެއްގައި ތިބޭ ކުޑަކުދިންނަށް އެ ކުދިންގެ އުމުރާއި، ޖިންސާއި، އިޖުތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި ދީނީ، އިޖުތިމާއީ، ތައުލީމީ، ނަފުސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅައިލުމާއި ރައްކައުތެރިކަމާއި އެހީތެރިކަން މަރުކަޒުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދޭންވާނެއެވެ.
(ރ) ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކަނޑައެޅޭ ހަމަހަމަ އުސޫލެއްގެ ދަށުން މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި، އެ ކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެ ކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިދެވޭނެ އިންތިޒާމު މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.
(ބ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، އެ ކުއްޖާގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ.
5 ވަނަ މާއްދާ - މަރުކަޒުތައް ބެހިގެންވާ ބައިތައް
ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން،ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ މަރުކަޒުތައް މިނިސްޓްރީން ގާއިމްކޮށް ހިންގަންވާނެއެވެ. އަދި ތިރީގައިވާ ބާވަތްތަކުގެ ރެޒިޑެންށަލް މަރުކަޒުތައް ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދޫކުރެވިދާނެއެވެ.
(ހ) ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރު.
(ށ) ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސް.
(ނ) ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީ.
6 ވަނަ މާއްދާ - ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރު
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރަކީ، ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް، އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށް ޓަކައި، އެ ފަރުވާގެ މުއްދަތަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.
(ށ) ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތައް ހުންނަންވާނީ، އެ ތަނުގައި ތިބޭ ކުދިން އެ ތަނުގެ ބެލެހެއްޓުމުގެ ދަށުން، އާންމުކޮށް ދިރިއުޅޭ މާހައުލަކާ އެއްގޮތަށް ފަރުމާކޮށްފައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބޭ ކޮންމެ ކުއްޖަކަށް، އެ ކުއްޖަކަށް ހާއްސަ ވަކިވަކި ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.
7 ވަނަ މާއްދާ - ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސް
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސްއަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލޯންގް ޓަރމް ރެސިޑެންށަލް ކެއަރ ފެސިލިޓީއެއްގައި ނުވަތަ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން، އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ޓަކައި އެ ކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒުތަކެވެ.
(ށ) ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސްތަކުގައި، އެ ތަނުގައި ތިބޭ ކުދިން މުޖުތަމައަށް ނުކުތުމަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ.
8 ވަނަ މާއްދާ - ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީ
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީއަކީ، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، ކުއްޖާގެ އާއިލާއާއި މުޖުތަމައު ބައިވެރިވެވޭނެ ފަދައިން، ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.
9 ވަނަ މާއްދާ - ހާއްސަ މަރުކަޒުތައް އުފެއްދުން
(ހ) އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށާއި، އެކިއެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އަންނަނިވި ހާލަތްތަކަށް ރިއާޔަތްކޮށް، މިނިސްޓްރީއަށް ހާއްސަ މަރުކަޒުތައް ގާއިމްކޮށް، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްލާހީ ޕްރޮގްރާމްތަކާއި ރިހެބިލިޓޭށަން ޕްރޮގްރާމްތައް، އެފަދަ މަރުކަޒުތަކުން ފޯރުކޮށްދެވިދާނެއެވެ.
- ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ފަރުވާގެ ޕްރޮގްރާމްތަކުގެ ތެރެއިން، ވަކި ފަރުވާއަކަށް ހާއްސަ މަރުކަޒެއް ހުންނަންޖެހޭކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެ ފަރުވާއެއް ދިނުމަށް ހާއްސަ މަރުކަޒެއް އުފެއްދުން؛
- މި ގަވާއިދުގެ ދަށުން މަރުކަޒުތަކަށް ގެނެވޭ ކުދިންގެ ތެރެއިން ވަކި ބާވަތެއްގެ ކުށެއް ނުވަތަ ކުށްތަކެއް ކޮށްފައިވާ ކުދިންނަށް އެހެން ކުދިންނާ ވަކިން ވަކި މަރުކަޒެއްގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމެއް ހިންގުމަށް ކަމާބެހޭ ދިރާސާތަކުގެ އަލީގައި ފެނިއްޖެނަމަ، އެކަމަށް ހާއްސަ މަރުކަޒެއް އުފެއްދުން؛
- އަލަށް ކުރެވޭ ދިރާސާތަކުގެ އަލީގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ އިތުރުން، އެހެން ބާވަތެއްގެ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް އުފެއްދުމަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު އޮތްގޮތަށާއި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކުދިން ނުވަތަ ގާނޫނާ ހިލާފުވާ ކުދިންގެ އަދަދަށާއި ދިވެހިރާއްޖޭގެ އާންމު އިޖުތިމާއީ ހާލަތަށް ރިއާޔަތްކުރާއިރު، އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެފަދަ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް އުފެއްދުން.
(ށ) މި މާއްދާގެ ދަށުން ވަކި ބާވަތެއްގެ މަރުކަޒެއް އުފެއްދުމަށް މިނިސްޓަރު ނިންމަންވާނީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެން ފަރާތްތަކުގެ މަށްވަރާގެ މަތީންނެވެ.
(ނ) މި މާއްދާގެ ދަށުން އަލަށް އުފައްދާ ހާއްސަ މަރުކަޒުތަކުގައި ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދިރާސާތައް ވާންވާނީ، ދިވެހިރާއްޖެއަށް ހާއްސަކޮށްގެން ކޮށްފައިވާ ދިރާސާތަކެއްކަން މިނިސްޓަރު ޔަގީންކުރަންވާނެއެވެ.
10 ވަނަ މާއްދާ - ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އަމިއްލަ ޖަމުއިއްޔާތަކުގެ ބައިވެރިވުން
(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތައް ހިންގުމުގައްޔާއި މަރުކަޒުތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ކުޑަކުދިންގެ ރައްކައުތެރިކަމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްކަންދޭންވާނެއެވެ.
(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތަކާއި މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އަމިއްލަ ފަރާތްތަކުން ގާއިމުކޮށްފައިވާ މަރުކަޒުތައް ހިންގުމާ ގުޅޭގޮތުން އެ މަރުކަޒުތަކުން އެކުލަވައިލާ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި، އިދާރީ އޮނިގަނޑުތަކާއި އަތްމަތީފޮތްތައް އެކުލަވައިލުމުގައި ދައުލަތު ކަމާގުޅޭ މުއައްސަސާތަކާއި ކުޑަކުދިންގެ ރައްކައުތެރިކަމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ ހިޔާލާއި މަށްވަރާ ހޯދަންވާނެއެވެ.
(ނ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތަކާއި މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އަމިއްލަ ފަރާތްތަކުން ގާއިމުކޮށްފައިވާ މަރުކަޒުތައް ހިންގުމަށް ތައްޔާރުކުރާ ފަރުވާގެ ޕްރޮގްރާމް އެކުލަވައިލުމުގައި ދައުލަތު ކަމާގުޅޭ މުއައްސަސާތަކުގެ ލަފަޔާއި، ކުޑަކުދިން ރައްކައުތެރިކަމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ ހިޔާލާއި މަށްވަރާ ހޯދަންވާނެއެވެ.
ހަތަރުވަނަ ބާބު
އަމިއްލަ ފަރާތްތަކަށް މަރުކަޒު ހިންގުމަށް ލައިސަންސް ދޫކުރުން
11 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުން މަރުކަޒު ހިންގުމުގެ ލައިސަންސް
މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެޒިޑެންށަލް މަރުކަޒުތަކާއި، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ގާއިމްކުރާ ހާއްސަ މަރުކަޒުތައް އަމިއްލަ ފަރާތަކުން ހިންގަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ދޫކުރާ ލައިސަންސެއް ލިބުމަށްފަހުގައެވެ.
12 ވަނަ މާއްދާ - ލައިސަންސަށް އެދެވޭނެ ފަރާތްތައް
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެޒިޑެންށަލް މަރުކަޒުތަކާއި، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ގާއިމްކުރާ ހާއްސަ މަރުކަޒުތައް އުފައްދައި ހިންގުމަށް މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި
ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް؛ ނުވަތަ
- ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް؛ ނުވަތަ
- ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކަށް؛ ނުވަތަ
- ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކަށް؛ ނުވަތަ
- ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކަށް.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތްތަކުން ކުޑަކުދިންގެ މަރުކަޒުތައް ހިންގުމަށް އެދި ލައިސަންސަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.
13 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ތަކެތި
(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު،އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް، ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންވާނެއެވެ.
- ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ؛
- މަރުކަޒު އުފައްދައި ހިންގުމަށް ފާސްކޮށްފައިވާ ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު ރިޒޮލިއުށަން ނުވަތަ އަމިއްލަ ފަރާތަކުންނަމަ އެ ފަރާތުގެ އިގުރާރު؛
- ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ، ނުވަތަ ވެރިފަރާތް ނުވަތަ ވެރިފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
- ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލް؛
- ގާއިމުކުރަން ބޭނުންވަނީ ކޮން ބާވަތެއްގެ މަރުކަޒެއްކަން؛
- މަރުކަޒު ގާއިމުކުރާނެ ތަނާއި، ފްލޯ ޕްލޭން؛
- މަރުކަޒުން ފޯރުކޮށްދޭނެ ފަރުވާގެ ޕްރޮގްރާމްތައް؛
- މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުން ބެހިގެންވާ ފަންނީ ދާއިރާތަކުގެ ލިސްޓާއި އޮނިގަނޑު؛
- މަރުކަޒު ހިންގުމަށް ފައިސާ ހަރަދުކުރުމަށް ނިންމައިފައިވާ ގޮތް؛
- މަރުކަޒު ހިންގުމަށް އެދި ހުށަހަޅާ ފަރާތުގެ ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ މާލީ ހާލަތު އަންގައިދޭ ރިޕޯޓު؛
- މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނެގުމަށް ނިންމާ އަގު؛
- މަރުކަޒުން އެއް ވަގުތެއްގައި އެންމެ ގިނަވެގެން ފަރުވާދެވޭނެ ކުދިންގެ އަދަދު؛
- މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދެވޭނެ ފެންވަރުހުރި އަދި ކަމާގުޅޭ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބައެއްކަން އެނގޭނެ ލިޔެކިޔުން؛
- މަރުކަޒުގައި މަސަ އްކަތްކުރާނެ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ ހިމެނޭހެން މުވައްޒަފުންނާ ގުޅޭ މައުލޫމާތު؛
- މަރުކަޒުގެ ޑައިރެކްޓަރުގެ ގޮތުގައި އައްޔަނުކުރަން ގަސްތުކުރާ ފަރާތުގެ ވަނަވަރު؛
- މަރުކަޒުގެ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ؛
- މަރުކަޒުގެ އަތްމަތީ ފޮތް؛
- މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ކަންކަން.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ފޯމެއް ފުރިހަމަ ނޫންނަމަ، ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަޔަށް ހުށަހަޅައިފައި ނުވާނަމަ، އެ ކަމެއް ބަޔާންކޮށް މިނިސްޓްރީން އަންގާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފޯމެއް ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފޯމު ނުވަތަ ލިޔުންތައް ހުށަހަޅައިފައި ނުވާނަމަ، އެ ފޯމެއް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - ހިދުމަތުގެ އަގު
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ އަގުތަކަކީ، މިނިސްޓްރީން އެކަމާ ގުޅިގެން އެކަށައަޅާ އުސޫލަށް ފެތޭ އަގުތަކެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މަށްވަރާއާއެކު މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ނ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރުމަށްފަހު، ލައިސަންސްގެ މުއްދަތުގެ ތެރޭގައި ހިދުމަތުގެ އަގަށް ބަދަލެއް ނުގެނެވޭނެއެވެ.
(ރ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާއިރު ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތުގެ އަގަށް ބަދަލު ގެނެވޭނީ، މިނިސްޓްރީއާއި ލައިސަންސަށް އެދި ހުށަހަޅާ ފަރާތާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތީންނެވެ.
15 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.
16 ވަނަ މާއްދާ - އިންސްޕެކްޓްކުރުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި މިނިސްޓްރީއަށް ފޯމެއް ހުށަހަޅައިފިނަމަ، މަރުކަޒު ހިންގުމަށް ލައިސަންސް ދޫކުރުމުގެ ކުރިން މަރުކަޒު ހިންގަން ގަސްތުކުރާ އިމާރާތް ނުވަތަ ތަން މި ގަވާއިދުގެ 65 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ ކޮމިޓީން އިންސްޕެކްޓްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިޓީން ކުރާ އިންސްޕެކްށަނުގައި، އަންނަނިވި ކަންކަން ބަލަންވާނެއެވެ.
- މަރުކަޒުގައި ފުރިހަމަވެފައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިވާކަން؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް އެކަށީގެންވާ މުވައްޒަފުންނާއި ވަސީލަތްތައް މަރުކަޒުގައި ގާއިމުކުރެވިފައިވާކަން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރާ އިންސްޕެކްށަނަށްފަހު އެކުލަވައިލާ ރިޕޯޓުގައި، ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އެ ތަނެއް ނުފެތޭނަމަ، އެ ކަމެއްގެ ތަފުސީލާއި، ރަނގަޅުކުރަންޖެހޭ ކަންކަން ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، ލައިސަންސަށް އެދި ހުށަހަޅާތާ ގިނަވެގެން 20( ވިހި( ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްށަން ފުރިހަމަކޮށް ނިންމަންވާނެއެވެ.
(ބ) އިންސްޕެކްށަން ނިމުމަށްފަހު، އިންސްޕެކްށަން ރިޕޯޓު، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށާއި މިނިސްޓަރަށް، އިންސްޕެކްށަން ނިމޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ.
(ޅ) މަރުކަޒުގައި އެއްވެސް ކަމެއް ރަނގަޅުކުރަން ހުރިނަމަ، އެ ކަމެއް ރަނގަޅުކުރުމަށް، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދީ، މި މާއްދާގެ (ބ) ގެ ދަށުން ދޭ އިންސްޕެކްށަން ރިޕޯޓުގައި އެކަން ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އިންސްޕެކްށަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ރަނގަޅުކުރުމަށްފަހު،އެ ތަނެއް އަލުން އިންސްޕެކްޓްކުރުމަށް އެދި ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންސްޕެކްށަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ރަނގަޅުކޮށް މިނިސްޓްރީއަށް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ މިނިސްޓްރީން ކުރާ ދެވަނަ އިންސްޕެކްށަންގައި ވެސް އެ ކަންކަން ރަނގަޅުކޮށްފައި ނުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ފަރާތުން ހުށަހަޅައިފައިވާ ހުށަހެޅުން ބާތިލު ކުރެވޭނެއެވެ.
17 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
(ހ) މި ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އިންސްޕެކްށަން ރިޕޯޓު ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މަރުކަޒު ހިންގުމުގެ ލައިސަންސް، މިނި ސްޓްރީން ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ދޫކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަރުކަޒުން ހިދުމަތް ދޭން ފަށަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މަރުކަޒުން ހިދުމަތް ދޭން ފެށުމުގެ ކުރިން،މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ އަންނަނިވި މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.
- މަރުކަޒުގެ ޑައިރެކްޓަރުގެ ވަނަވަރު؛
- މަރުކަޒުގެ ޑައިރެކްޓަރުގެ މަގާމުގެ މަސްއޫލިއްޔަތާއި، ތައުލީމީ ފެންވަރާއި ތަޖުރިބާ އަންގައިދޭ ލިޔުން؛
- ކޮންމެ މުވައްޒަފެއްގެ ވަނަވަރު؛
- ކޮންމެ މުވައްޒަފެއްގެ މަގާމާއި، މަގާމުގެ މަސްއޫލިއްޔަތާއި، ތައުލީމީ ފެންވަރާއި، ތަޖުރިބާ އަންގައިދޭ ލިޔުން؛
- މަރުކަޒުގެ ޑައިރެކްޓަރުގެ ކުށުގެ ރިކޯޑު ސާފުކުރާ ފޯމާއި، މުވައްޒަފުންގެ ކުށުގެ ރިކޯޑު ސާ ފުކުރާ ފޯމު.
18 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
މަރުކަޒުތަކުގައި ފުރިހަމަވާންޖެހޭކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، މަރުކަޒުތަކުން ލިބެންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތައް ދިނުމާއި، މި ގަވާއިދުގެ ދަށުން މަރުކަޒުތަކުން ބަލަހައްޓަންޖެހޭ އެންމެހައި ރިކޯޑުތައް ބެލެހެއްޓުމަކީ ލައިސަންސްގެ ށަރުތުތައް ކަމުގައި މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގައި ބަޔާންކުރަންވާނެއެވެ.
19 ވަނަ މާއްދާ - ލައިސަންސް އައުކުރުން
(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ދޫކުރާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ މަދުވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ލައިސަންސްގެ މުއްދަތު އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާއި، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ފަރުވާދިން ކުދިންގެ އަދަދު؛
- މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައި އެހެން މަރުކަޒަކަށް ބަދަލުކުރި ކުދިންގެ އަދަދު؛
- މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ކުޑަކުދިންގެ ރެޒިޑެންށަލް އެހެން މަރުކަޒުތަކަށް ބަދަލުކުރި ކުދިންގެ އަދަދު؛
- މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ހުކުމުގައި ބަޔާންކޮށްފައިވާ މުއްދަތު ފުރިހަމަކޮށް ނިމުނު ކުދިންގެ އަދަދު.
(ނ) މި މާއްދާގެ ދަށުން މަރުކަޒެއްގެ ލައިސަންސް އައުކޮށްދިނުމުގެ ކުރިން،އަންނަނިވި ކަންކަމަށް މިނިސްޓްރީން ރިއާޔަތް ކުރަންވާނެއެވެ.
- މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން މަރުކަޒާމެދު އަޅައިފައިވާ ފިޔަވަޅުތައް؛
- މި ގަވާއިދުގެ ދަށުން ހިންގައިފައިވާ އިންސްޕެކްށަންތަކުގައި ފާހަގަކޮށްފައިވާ ކަންކަން؛
- މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތު ފޮނުވަމުން ގޮސްފައިވާ ގޮތް.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ލައިސަންސް އައުކޮށްނުދިނުމަށް މިނިސްޓްރީން ނިންމާނަމަ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް، ސަބަބު އެނގޭގޮތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
20 ވަނަ މާއްދާ - ލައިސަންސް ސަސްޕެންޑްކުރުމާއި ލައިސަންސް ބާތިލުކުރުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދިނުމުގެ ށަރުތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ށަރުތަކާ ހިލާފުވެއްޖެނަމަ، ލައިސަންސް ބާތިލުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން ކޮމިޓީން ހިންގާ އިންސްޕެކްށަނެއްގައި މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑާ އެއްގޮތަށް ކަންކަން ނެތްކަމަށް ފާހަގަކުރެވޭނަމަ، އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެ ކަމެއް ރަނގަޅުކޮށްފައި ނުވާނަމަ،އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ލައިސަންސް ސަސްޕެންޑް ކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ސަސްޕެންޑްކުރެވޭ ލައިސަންސް އަލުން ދޫކުރެވޭނީ، ރަނގަޅުކުރަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކުރުމަށްފަހު،މިނިސްޓްރީއަށް އެކަން އަންގައި، އެ ކަންކަން ރަނގަޅުކޮށްފައިވާކަން މިނިސްޓްރީން ބެލުމަށްފަހުގައެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސް ސަސްޕެންޑް ކުރެވޭ މުއްދަތުގައި ރަނގަޅުކުރަން އަންގާ ކަންތައްތައް ރަނގަޅުނުކޮށްފިނަމަ، ލައި ސަންސް ބާތިލުކުރުމަށް ކަނޑައަޅައި، 1 (އެކެއް) މަސްދުވަހުގެ ނޯޓިހެއް، އެ މަރުކަޒު ހިންގާ ފަރާތަކަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެ ކަމަކާ ގުޅޭގޮތުން މަރުކަޒު ހިންގާ ފަރާތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އާއި (ބ) އަށް ރިއާޔަތްކުރުމަށްފަހު، ރަނގަޅުކުރަން އަންގާ ކަންތައްތައް ރަނގަޅުނުކޮށްފިނަމަ، ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ކ) ކޮމިޓީން ހިންގާ އިންސްޕެކްށަނެއްގައި ފާހަގަވާ ކަމަކީ، ކުއްޖެއްގެ ހައްގެއް ނިގުޅައިގަނެވިދާނެފަދަ ނުވަތަ ކުއްޖެއްގެ ހައްގެއް ކަށަވަރުނުވެދާނެފަދަ ކަމެއްނަމަ، މަރުކަޒު ހިންގާ ފަރާތަށް އެ ކަމެއް އިސްލާހުކުރަން ވަގުތުން ވަގުތަށް އަންގައި، މަރުކަޒު މޮނިޓަރކުރަމުން ގެންދާންވާނެއެވެ.
(އ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 72 ވަނަ މާއްދާގެ ދަށުން ވަގުތުން ލައިސަންސް ބާތިލުކުރަންޖެހޭކަމަށް ކޮމިޓީން މިނިސްޓަރަށް ލަފާދީފިނަމަ، ނޯޓިހެއް ދިނުމަކާ ނުލައި، އެ ތަނަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު ، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ވ) މި މާއްދާގެ ދަށުން އެއްވެސް މަރުކަޒެއްގެ ލައިސަންސް ސަސްޕެންޑްކުރުމުގެ ސަބަބުން ނުވަތަ ބާތިލުކުރުމުގެ ސަބަބުން އެ ތަނެއްގައި ތިބޭ ކުދިންނަށް އޭގެ އަސަރު ނުފޯރާނެ ފަދައިން އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން އެއްވެސް ހަރަދެއް ކުރަން ޖެހިއްޖެނަމަ، މަރުކަޒު ހިންގި ފަރާތުން އެ ހަރަދަށް ޒިންމާވާން ޖެހޭނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހަރަދުގެ ތެރޭގައި، މަރުކަޒެއް ހުންނަންޖެހޭ ހާލަތަކަށް އެހެން ތަނެއް ގެނައުމަށްފަހު، ކުދިން އެ މަރުކަޒެއްގައި ބައިތިއްބައިގެން ހިދުމަތް ދިނުމަށް ހިނގި ހަރަދު ނުވަތަ ކުދިން އެހެން މަރުކަޒަކަށް ބަދަލުކޮށްގެން ހިދުމަތް މެދުނުކެނޑި ދިނުމަށް ހިނގާ ހަރަދު ހިމެނެއެވެ.
(ފ) މި މާއްދާގެ (ވ) ގެ ދަށުން، މިނިސްޓްރީން ކުރި ހަރަދުތައް ތަފުސީލާއެކު ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މަރުކަޒު ހިންގި ފަރާތުން މިނިސްޓްރީއަށް އެ ފައިސާ ދައްކަންވާނެއެވެ.
21 ވަނަ މާއްދާ - ހިންގުން އެހެން ފަރާތަކާ ހަވާލުނުކުރުން
މި ގަވާއިދުގެ ދަށުން ލައިސަންސް ކުރެވިފައިވާ މަރުކަޒެއްގެ ހިންގުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ އިހުތިޔާރު، މަރުކަޒު ހިންގާ ފަރާތަށް ލިބިގެނެއް ނުވެއެވެ. އުސޫލުތައް ހިންގުން 22 .މިނިސްޓްރީން ހިންގާ މަރުކަޒުތަކުގެ މައްޗަށް ހިނގާ އުސޫލުތައް ، މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.
ފަސްވަނަ ބާބު
މަރުކަޒުތަކުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑު
23 ވަނަ މާއްދާ - ތަނުގައި ހުންނަންޖެހޭ މިންގަނޑު
މަރުކަޒު ހިންގާ އިމާރާތުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.
(ހ) މަރުކަޒުތަކުގައި ތިބޭ ކޮންމެ ކުއްޖަކަށް ވަކިން ނިދޭނެ އިންތިޒާމު ހުރުން.
(ށ) މަރުކަޒު ގާއިމުކުރާ އިމާރާތަކީ މީހުން ދިރިއުޅޭ އިމާރާތަކަށް ނުވުން.
(ނ) ސާފުވައި ލިބޭނެ ގޮތަށާއި، ގުދުރަތީ އަލި ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތަކަށް ވުން.
(ރ) އަޅުކަންކުރުމަށް ހާއްސަކޮށްފައިވާ އެކަށީގެންވާ ޖާގައެއް އޮތުން.
(ބ) އިމާރާތުން ބޭރަށް ސާފުވައި ލިބޭނެ ހުސް ޖާގައެއް އޮތުން.
(ޅ) އިމާރާތްކުރުމާ ބެހޭގޮތުން ހަދައިފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުން.
(ކ) ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާއަކުން ރައްކައުތެރިވުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައިފައި ހުރުން.
(އ) ކުޅިވަރުކުޅުމަށާއި ކަސްރަތުކުރުމަށް ހާއްސަކޮށްފައިވާ ޖާގަ އޮތުން.
(ވ) ތައުލީމާއި ތަމްރީނު ދިނުމަށް ހިންގާ ކުލާސްތަކާއި ބައްދަލުވުންތައް ކުރިޔަށްގެންދިއުމަށް ހާއްސަކޮށްފައިވާ އެކަށީގެންވާ ޖާގަ އޮތުން.
24 ވަނަ މާއްދާ - ހުއްދަތައް ނެގުން
މި ގަވާއިދުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅައިފައިއޮތް ނަމަވެސް، ވަކި ކަމަކާ ގުޅޭގޮތުން ނުވަތަ ވަކި ހިދުމަތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަރުކަޒު ހިނގަމުންދާކަމާއި، ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ނަގައިގެން މަރުކަޒު ހިނގަމުންދާކަން ކަށަވަރުކުރުމަކީ މަރުކަޒު ހިންގާ ފަރާތުގެ ޒިންމާއެކެވެ.
25 ވަނަ މާއްދާ - ލިބެންޖެހޭ ހިދުމަތްތައް
މި ގަވާއިދުގެ ދަށުން ހިންގާ އެންމެހައި މަރުކަޒުތަކުން، އަންނަނިވި ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދޭންވާނެއެވެ.
(ހ) ސިއްހަތު ރަނގަޅު ކާނާ ގަޑިން ގަޑިއަށް ފޯރުކޮށްދިނުން.
(ށ) ހުރިހާ ވަގުތެއްގައި ވެސް ސާފު ބޯފެން ލިބޭނެ އިންތިޒާމު.
(ނ) އަންނައުނު ފޯރުކޮށްދިނުމާއި، އަންނައުނު ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
(ރ) ފާހާނާކުރެވޭނެ އިންތިޒާމާއި، އެ ތަންތަން ސާފުތާހިރުކުރެވޭނެ އިންތިޒާމު.
(ބ) ފެންވެރުމަށާއި ރީތިވުމަށް ބޭނުންވާ ސާމާނު.
(ޅ) އަޅުކަން ކުރެވޭނެ އިންތިޒާމު.
(ކ) ކުޅިވަރުކުޅުމާއި މުނިފޫހިފިލުވޭނެ ވަސީލަތްތައް.
(އ) ކަސްރަތުކުރެވޭނެ އިންތިޒާމު.
(ވ) ގާނޫނީ ވަކީލާ ބައްދަލުކުރެވޭނެ އިންތިޒާމު.
(މ) ކުއްޖާގެ ބެލެނިވެރިޔާއާއި އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމާއި މުއާމަލާތް ކުރެވޭނެ އިންތިޒާމު.
(ފ) ސިއްހީ ފަރުވާއާއި އިޖުތިމާއީ އެހީތެރިކަމާއި ނަފްސާނީ އެހީތެރިކަމާއި ކައުންސިލިންގގެ ހިދުމަތް ލިބެން ހުރުން.
(ދ) މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިންތިޒާމު.
26 ވަނަ މާއްދާ - އަންނައުނު
(ހ) ކުއްޖާއަކީ ބަންދުކޮށްފައި ހުރި ކުއްޖެއްކަން ދޭހަވާ ޔުނިފޯމެއް ނުވަތަ ބަންދުކޮށްފައި ހުރި ކުއްޖެއްކަން ދައްކުވައިދޭ ފަދަ އެއްވެސް ބާވަތެއްގެ ލޭބަލެއް ނުވަތަ ކުރެހުމެއް ހުންނަ އަންނައުނު ކުދިންނަށް ދީގެން ނުވާނެއެވެ.
(ށ) ކޮންމެ ކުއްޖަކަށް ވެސް، އެ ކުއްޖަކު ބޭނުންކުރާނެ އަމިއްލަ އަންނައުނު ފޯރުކޮށްދޭންވާނެއެވެ.
27 ވަނަ މާއްދާ - ކާނާ
(ހ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭންވާނީ، ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާނެ މާއްދާތައް ހިމެނޭ، ހަށިގަނޑަށް ފައިދާހުރި ކާނާއެވެ.
(ށ) ކުއްޖާގެ ސިއްހީ ހާލަތު ހުރިގޮތުން ވަކި ބާވަތެއްގެ ޑައިޓެއް ފޯރުކޮށްދިނުމަށް ސިއްހީ ފަރުވާދޭ ފަރާތަކުން ލަފާދީފިނަމަ، އެގޮތުގެ މަތީން އެ ކުއްޖަކަށް ކާނާ ފޯރުކޮށްދޭންވާނެއެވެ.
28 ވަނަ މާއްދާ - ތައުލީމު އުނގެނުން
(ހ) ސާނަވީ ތައުލީމު އުނގެނޭ އުމުރުގެ ދަރިވަރުންނަށް، އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތުން، ގައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް ކިޔަވައިދިނުމުގެ އިންތިޒާމު، މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ކުއްޖާގެ އުމުރުފުރައާ އަޅައިބަލާއިރު ލިޔަންކިޔަން އެނގޭ މިންވަރު ދަށް ކުދިންނަށް ހާއްސަ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭށަނާ ގުޅިގެން މަރުކަޒުތަކުގައި ހިންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ތައުލީމު ފޯރުކޮށްދިނުމަށް ޓަކައި އެކުލަވައިލަންޖެހޭ އުސޫލު، މިނިސްޓްރީ އޮފް އެޑިޔުކޭށަނާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލަންވާނެއެވެ.
(ރ) މަރުކަޒުގައި ތިބޭ ކުދިންގެ ތެރެއިން ސާނަވީ ތައުލީމު ނިމިފައިވާ ކުދިންނަށް، އެ ކުދިންގެ އުމުރާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
(ބ) މަރުކަޒުތަކުގައި ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމަށްފަހު ދެވޭ އެއްވެސް ސެޓުފިކެޓެއްގައި ނުވަތަ ބައިވެރިވިކަމުގެ ލިޔުމެއްގައި، އެ ކުއްޖަކު އެ ލިޔުން ހާސިލުކުރީ މަރުކަޒެއްގައި ހުރެގެންކަން ދޭހަވާ ފަދަ އިބާރާތްތައް ބޭނުންކޮށްގެން ނުވާނެއެވެ.
(ޅ) ކޮންމެ ކުއްޖަކަށް ވެސް އެކަށީގެންވާ މިންވަރަށް ސްޓޭށަނަރީއާއި އުނގެނުމަށް އެހީވެދޭ ތަކެތި ފޯރުކޮށްދޭންވާނެއެވެ.
(ކ) މަރުކަޒުތަކުގައި ކުދިންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގަންވާނެއެވެ.
29 ވަނަ މާއްދާ - ލައިބްރަރީ
(ހ) ކޮންމެ މަރުކަޒެއްގައި ވެސް، އެ މަރުކަޒެއްގައި ތިބޭ ކުދިންގެ އުމުރުފުރާތަކާ ގުޅޭ ފޮތްތައް ހުންނަ ލައިބްރަރީއެއް ހުންނަންވާނެއެވެ.
(ށ) ލަބްރަރީގައި މަޑުކޮށްގެން ފޮތް ކިޔަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.
(ނ) ލައިބްރަރީ ބޭނުންކުރުމާ ގުޅޭ އުސޫލުތައް، މަރުކަޒުގެ އަތްމަތީ ފޮތުގައި ލިޔެފައި އޮންނަންވާނެއެވެ.
30 ވަނަ މާއްދާ - ކުޅިވަރުކުޅުމާއި މުނިފޫހިފިލުވޭނެ ވަސީލަތްތައް
(ހ) ކޮންމެ ކުއްޖަކަށް ވެސް، ކޮންމެ ދުވަހަކު، އެންމެ މަދުވެގެން 2( ދޭއް( ގަޑިއިރު، ސާފުވަޔާއި ގުދުރަތީ އަލި ލިބޭނެ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
(ށ) ކުދިންގެ އުމުރާ އެކަށީގެންވާ ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅޭ އިންތިޒާމުތައް، ކޮންމެ މަރުކަޒެއްގައި ވެސް ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ނ) މަރުކަޒުގައި ތިބޭ ކުދިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން މޫނިފިލުވުމުގެ އެކިއެކި މުބާރާތް ފަދަ ހަރަކާތްތައް މަރުކަޒުތަކުން އިންތިޒާމު ކުރަންވާނެއެވެ.
31 ވަނަ މާއްދާ - އަޅުކަންކުރުން
އަޅުކަން ކުރެވޭނެ އިންތިޒާމު މަރުކަޒުތަކުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.
32 ވަނަ މާއްދާ - ސިއްހީ ފަރުވާ ދިނުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު
(ހ) މަރުކަޒުގައި ތިބޭ ކުދިންނަށް ސިއްހީ ފަރުވާއެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް ފަރުވާ ލިބޭނެ އިންތިޒާމު އެ މަރުކަޒަކުން ހަމަޖައްސަންވާނެއެވެ.
(ށ) ކުއްލިއަކަށް ބަލި ހާލު ދަށްވެއްޖެނަމަ، އިމަރޖެންސީކޮށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަ ންވާނެއެވެ.
(ނ) މަރުކަޒުން ފަރުވާ ނުލިބޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެފަދަ ފަރުވާއެއް އެކަށީގެންވާ އަވަސް މިނެއްގައި ލިބިދިނުމަށް ޓަކައި ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެ ކުއްޖާ ބަދަލުކޮށް، އެ ކުއްޖާއަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ރ) ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާ ހޯދުމަށް ޓަކައި ރާއްޖެއިން ބޭރަށް ދާންޖެހޭކަމަށް ހާއްސަ ޑޮކްޓަރަކު ލަފާދޭ ހާލަތުގައި އަމަލުކުރާނީ، އެކަމާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ކުއްޖާގެ ބެލެނިވެރިޔާއަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އެންމެ އިސްވެރިޔާއަށް ވަގުތުން އެކަން އަންގަންވާނެއެވެ.
33 ވަނަ މާއްދާ - މަރުކަޒުގައި ހުރި ކުއްޖަކު މަރުވުން
(ހ) މަރުކަޒުގައި ހުރި ކުއްޖަކު މަރުވެއްޖެނަމަ ނުވަތަ މަރުވެއްޖެކަމަށް ބެލެވޭނަމަ، ވަގުތުން އެ ކުއްޖަކު، ސިއްހީ ފަރުވާދޭ ތަނަކަށް ގެންދަންވާނެއެވެ. މިގޮތުން ގެންދެވޭ ކުއްޖަކު މަރުވެއްޖެކަމަށް ޑޮކްޓަރަކު
ކަނޑައަޅައިފިނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ހާލަތެއްގައި އަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް މަރުކަޒެއްގައި ހިނގައިފިނަމަ، މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށާއި، އަންނަނިވި ފަރާތްތަކަށް ވަގުތުން އަންގަންވާނެއެވެ.
- މިނިސްޓަރު؛
- އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް؛
- ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް؛
- ގުޅުންހުރި ތަހުގީގީ އިދާރާތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާދިސާއެއް މަރުކަޒެއްގައި ހިނގައިފިނަމަ، އެކަން ހިނގައިދިޔަގޮތް ބަލައި، އެކަމާ ގުޅޭ މައުލޫމާތު ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ރ) މަރުކަޒެއްގައި ބަންދުކޮށްފައި ހުރި ކުއްޖަލު މަރުވެއްޖެނަމަ، އޭނާގެ ކަށުކަމާކެމީގެ ހުރިހާ ކަމެއް ހަމަޖައްސަންވާނީ، އެ މަރުކަޒެއްގެ ފަރާތުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، މަރުވި ކުއްޖާގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށް އޭނާގެ އާއިލާއިން ނުވަތަ އޭނާގެ ބެލެނިވެރި ފަރާތުން އެދިއްޖެނަމަ، އެ ފުރުސަތު ދޭންވާނެއެވެ.
34 ވަނަ މާއްދާ - އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުތައް
(ހ) މުއާސަލާތީ ވަސީލަތްތަކާއި އާއިލީ ބައްދަލުވުންތައް މެދުވެރިކޮށް ގަވާއިދުން ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ގުޅުން ބޭއްވުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2021-117 (ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދު) އާ އެއްގޮތަށް،މަރުކަޒުތައް ހިންގާ އެންމެހައި ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
(ށ) މަރުކަޒުތަކުގައި އަޅާ އިސްލާހީ ފިޔަވަޅުގެ ތެރޭގައި ކުދިންގެ އާއިލީ ބައްދަލުވުން ބޭއްވިޔަ ނުދިނުމާއި، އާއިލާއާ އޮންނަ ގުޅުން ކެނޑިދާނެފަދަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދަށް ރިއާޔަތްކޮށް، ކޮންމެ މަރުކަޒެއްގައި ވެސް، އެ މަރުކަޒެއްގައި ތިބޭ ކުދިން އާއިލާއާ ބައްދަލުކޮށް ވަގުތު ހޭދަކުރެވޭނެގޮތް މަރުކަޒުގެ އަތްމަތީ ފޮތުގައި ބަޔާންކުރަންވާނެއެވެ.
35 ވަނަ މާއްދާ - އިސްލާހުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް
މަރުކަޒުތަކުގައި ތިބޭ ކުދިން، މަރުކަޒުތަކުގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވުމުން، އެ ކުއްޖަކު އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅަންވާނީ، އެ ކުއްޖަކު ކުރި އަމަލަކާ އެކަށީގެންވާ ފިޔަވަޅެކެވެ. މިފަދައިން ފިޔަވަޅު އެޅުމުގައި ކުއްޖާގެ ނަފްސާނީ ހާލަތު އެ ވަގުތު ހުރިގޮތަށާއި، ކުއްޖާ އެފަދަ އަމަލެއް ހިންގުމަށް މެދުވެރިވި ސަބަބުތަކަށާއި، ކުއްޖާގެ އުމުރަށް ރިއާޔަތް ކުރަންވާނެއެވެ. މަރުކަޒުތަކުގައި ތިބޭ ކުދިންނާމެދު އެޅިދާނެ ފިޔަވަޅުތައް، ކޮންމެ މަރުކަޒެއްގެ އަތްމަތީ ފޮތުގައި ލިޔެފައި އޮންނަންވާނެއެވެ.
36 ވަނަ މާއްދާ - އިސްލާހުކުރުމުގެ ގޮތުންވެސް ކޮށްގެން ނުވާނެ ކަންކަން
(ހ) މަރުކަޒުތަކުގައި ތިބޭ ކުދިން އިސްލާހުކުރުމުގެ ގޮތުން ވެސް، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލުވާފަދަ އެއްވެސް އަމަލެއް ނުވަތަ ކުއްޖާގެ ކަރާމާތަށް އުނިކަމެއް ލިބޭނެފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.
(ށ) ކުއްޖަކާ މެދު ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި ކަމެއް އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެއެވެ. އަދި ކުއްޖާ ލަދުގަންނާނެ ފަދަ އަދަބެއް ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
(ނ) ކުއްޖާގެ އަމިއްލަ ނަފްސަށް ނުވަތަ ކުއްޖާގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ކުއްޖާގެ ގައިގައި އަތްލައި، ނުވަތަ ބާރުގެ ބޭނުންކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް، އެ ހާލަތަކާ ނުބައްދަލު އެއްވެސް ބާރެއް ބޭނުންކޮށްގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ، އެކަމުގެ މައުލޫމާތު ލިޔުމުން ރިކޯޑުކުރުމާއެކު، ވީ އެންމެ އަވަހަކަށް،ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެ މައުލޫމާތު ފޮނުވަންވާނެއެވެ.
(ޅ) ކުއްޖަކާމެދު އިސްލާހީ ފިޔަވަޅެއް އަޅައިފިނަމަ، އެ ފިޔަވަޅެއް އެޅި ސަބަބާއި، އެޅި ފިޔަވަޅާ ގުޅޭ ތަފުސީލު ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
37 ވަނަ މާއްދާ - ކުދިންނަށް ހިދުމަތް ދިނުމުގައި އެއް ޖިންސުގެ މުވައްޒަފުން ބައިވެރިކުރުވުން
(ހ) މަރުކަޒުގައި ތިބޭ ކުދިންގެ ކޮޓަރިތަކާއި ފާހާނާ ސާފުކުރުމުގެ ގޮތުން، ނުވަތަ އެނޫންވެސް ހާލަތެއްގައި ކުއްޖާގެ ކޮޓަރިއަށް ވަންނަންޖެހޭނަމަ ވަންނަންވާނީ، އެ ކޮޓަރިއެއްގައި އުޅޭ ކުއްޖަކާ އެއް ޖިންސުގެ މުވައްޒަފުންނެވެ.
(ށ) ކުއްޖާގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުން އިސްތިސްނާވާނެއެވެ.
38 ވަނަ މާއްދާ - ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ
(ހ) މަރުކަޒު ހިންގަންވާނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތަށް މަރުކަޒު ހިންގުމާ ގުޅޭގޮތުން އެކުލަވައިލާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއާ އެއްގޮ ތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި، މަރުކަޒު ހިންގުމަށް ކަނޑައެޅިފައިވާ އެންމެ ދަށް މިންގަނޑަށް މަރުކަޒު ހިންގާނެ ގޮތާއި، މަރުކަޒުގައި ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން ޕްލޭންތަކުގެ އިތުރުން،މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ސްޓެންޑަރ އޮޕަރޭޓިންގ ޕްރޮސީޖަރގައި، މަރުކަޒުގައި ތިބޭ ކުދިންގެ ޒާތީ މައުލޫމާތާއި، އެ ކުދިންނަށް ދެވޭ ފަރުވާއާ ގުޅޭ އެންމެހައި މައުލޫމާތު، ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެހެއްޓުމާ ގުޅޭ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
39 ވަނަ މާއްދާ - އަތްމަތީ ފޮތް
(ހ) ކޮންމެ މަރުކަޒެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމެނޭނެހެން އެކުލަވައިލައިފައިވާ އަތްމަތީ ފޮތެއް އޮންނަންވާނެއެވެ.
- މަރުކަޒަށް ގެންނަ ކުދިންގެ ސުލޫކީ މިންގަނޑު؛
- ސުލޫކީ މިންގަނޑާ ހިލާފުވާނަމަ އަމަލުކުރާނެ ގޮތާއި، އެޅޭނެ ފިޔަވަޅުތައް؛
- ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި، މަރުކަޒުން ލިބޭނެ ހިދުމަތްތަކާއި، ރައްކައުތެރިކަމުގެ މައުލޫމާތު؛
- ށަކުވާ ބަލާ ނިޒާމާ ގުޅޭ މައުލޫމާތު؛
- ކުއްޖާގެ ބެލެނިވެރިންނާއި، އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛
- ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛
- ދިމާވާ ހާދިސާއަކުން ރައްކައުތެރިވާން ފިޔަވަޅު އަޅާނެ ގޮތާއި، އެކަމަށް އިޖާބަދޭނެ ގޮތް؛
- ސިއްހީ އިމަރޖެންސީތަކުގައި އަމަލުކުރަންޖެހޭ ގޮތާއި، އަވަސް ފަރުވާ ދިނުމާ ގުޅޭ ކަންކަން؛
- އިވެކުއޭށަން ޕްލޭން؛
- މަރުކަޒަށް އެތެރެ ނުކުރެވޭނެ ތަކެއްޗާއި، މަރުކަޒު ތެރޭގައި ބޭނުން ނުކުރެވޭނެ ތަކެއްޗާއި، ކުދިންގެ އަތުން އަތުލެވޭނެ ތަކެއްޗާއި އެފަދަ ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް.
(ށ) އަތްމަތީ ފޮތް ލިޔެފައި އޮންނަންވާނީ، ކުޑަކުދިންނަށް ފަސޭހައިން އެނގޭނެފަދަ އިބާރާތަކުންނެވެ.
40 ވަނަ މާއްދާ - ސޭފްޓީ އެންޑް ސެކިއުރިޓީ ޕްލޭން
ކޮންމެ މަރުކަޒެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ސޭފްޓީ އެންޑް ސެކިއުރިޓީ ޕްލޭނެއް އޮންނަންވާނެއެވެ.
(ހ) މަރުކަޒުގެ ތަޅުދަނޑިތައް ބަލަހައްޓާނެ ގޮތް.
(ށ) މަރުކަޒުގައި ތިބޭ ކުދިންނާއި، އެ ކުދިން ދިރިއުޅޭ ކޮޓަރިތަކާއި، އެ ކުދިންނަށް ޒިޔާރަތްކުރާ ފަރާތްތައް ބަލައި ފާސްކުރަންޖެހޭ ހާލަތުގައި އެކަން ކުރާނެ ގޮތް.
(ނ) ދިމާވާ ހާދިސާތަކުން ރައްކައުތެރިވާން ފިޔަވަޅު އަޅާނެ ގޮތާއި، އިޖާބަދޭނެ ގޮތް.
(ރ) ކުއްޖަކަށް ދިމާވާ ސިއްހީ ކަމަކާ ގުޅޭގޮތުން ނުވަތަ އެނޫންވެސް ކަމަކާ ގުޅޭގޮތުން އަވަސް ފިޔަވަޅު އެޅޭނެ ނިޒާމު.
(ބ) އަވަސް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް.
(ޅ) އިވެކުއޭށަން ޕްލޭން.
(ކ) މަރުކަޒުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްކުރާ ފަދަ ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް.
(އ) ސީސީޓީވީ ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަރުކަޒާއި މަރުކަޒު ހިމެނޭ ސަރަހައްދު މޮނިޓަރކުރާނެ ގޮތް.
ހަވަނަ ބާބު
މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ އުސޫލުތައް
41 ވަނަ މާއްދާ - މަރުކަޒުތަކުގައި ކުދިން ބައިތިއްބުން
(ހ) މަރުކަޒުގައި ކުޑަކުއްޖަކު ބެހެއްޓުމަށް ޓަކައި އެ ކުއްޖަކާ މަރުކަޒުން ހަވާލުވާންވާނީ، ކޯޓު އަމުރެއް އެ މަރުކަޒަށް ލިބުމުންނެވެ.
(ށ) އެ އަމުރުގައި އަންނަނިވި މައުލޫމާތު ފުރިހަމަވާކަން، މަރުކަޒުން ޔަގީންކުރަންވާނެއެވެ.
- ކުއްޖާގެ ފުރިހަމަ ނަން؛
- ދާއިމީ އެޑްރެސް؛
- އުމުރު؛
- ޖިންސް؛
- )ނިސްބަތްވާ ގައުމު؛
- ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާގެ މައުލޫމާތު؛
- ކުއްޖާ ބަހައްޓަންޖެހޭ ކަމާއި، ކުއްޖާ ބަހައްޓަންޖެހޭ ގާނޫނީ ސަބަބުތައް؛
- ކުއްޖާ ބަހައްޓަންޖެހޭ ކަމަށް ގާޒީ ކަނޑައެޅި ތާރީހާއި ގަޑި؛
- ކުއްޖާ ބަހައްޓަންޖެހޭ ތަންކަމުގައި ގާޒީ ކަނޑައެޅި ތަން؛
- ކުއްޖާ ބަހައްޓަންވީ މުއްދަތު؛
- މަރުކަޒުގައި ހުންނައިރު ކުއްޖާއަށް ލިބިދޭންޖެހޭ ފަރުވާ.
42 ވަނަ މާއްދާ - ކުއްޖާ މަރުކަޒާ ހަވާލުކުރުން
ކޯޓު އަމުރެއްގެ ދަށުން މަރުކަޒަކަށް ކުއްޖަކު ގެންދަންވާނީ، އެ ވަގުތު އެ ކުއްޖަކު އެ ފަރާތެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ފަރާތަކުންނެވެ.
43 ވަނަ މާއްދާ - މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގެ އިޖުރާއަތު
މި ގަވާއިދުގެ ދަށުން އުފައްދައި ހިންގާ އެންމެހައި މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގައި އަމަލުކުރަންވާނީ، އަންނަނިވި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ހ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު ކުއްޖާއާ ގުޅޭ އަންނަނިވި މައުލޫމާތު ޗެކްކޮށް ރިކޯޑުކުރަންވާނެއެވެ.
- ކުއްޖާގެ ވަނަވަރު؛
- ކުއްޖާ ކުރި ކުށުގެ މައުލޫމާތާއި ހުކުމާ ގުޅޭ މައުލޫމާތު؛
- މަރުކަޒަށް ގެނައި ތާރީހާއި ވަގުތު؛
- ކުއްޖާ މަރުކަޒުގައި ބެހެއްޓިކަމުގެ މައުލޫމާތު، ކުއްޖާއާއި ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ލިބިފައިވާކަން.
(ށ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު، ކުއްޖާގެ ފޮޓޯއެއް ނަގައި، ކުއްޖާގެ ފައިލަށާއި، މި ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ޑޭޓާބޭސްއަށް ލާންވާނެއެވެ.
(ނ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކުއްޖާގެ ފުރިހަމަ މެޑިކަލް އެސެސްމަންޓެއް ހަދައި ނިންމުމަ ށް ޓަކައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- މަރުކަޒަށް ގެނެވޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުން؛
- ޑޮކްޓަރުގެ އިރުށާދުގެ މަތީން ދައްކަންޖެހޭ ހާއްސަ ޑޮކްޓަރުންނަށް ކުއްޖާ ދައްކައި، ހަދަންޖެހޭ ތަހުލީލުތައް ހެދުން؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑޮކްޓަރުންނަށް، ކުއްޖާއާއި ކުއްޖާގެ ތަހުލީލުތަކުގެ ނަތީޖާ ދައްކައި،އެސެސްމަންޓް ފުރިހަމަކުރުން.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމަންޓުގައި، އަންނަނިވި ކަންކަން ފާހަގަކޮށްފައި ހުންނަންވާނެއެވެ.
- ކުއްޖާގެ ޖިސްމާނީ ހާލަތާއި ނަފްސާނީ ހާލަތު؛
- ވަކި ކަމަކަށް ބޭސްފަރުވާ ކުރަންޖެހޭނަމަ، އެކަން؛
- ދާއިމީގޮތެއްގައި ބޭހެއް ބޭނުންކުރަންޖެހޭ ހާލަތެއް ހުރިނަމަ،އެކަން؛
- ވަކި ބާވަތެއްގެ ކާނާއެއް ނުކެވޭނަމަ، އެކަން؛
- ގައިންގަޔަށް އަރާ ބައްޔެއް އެ ކުއްޖެއްގެ ގައިގައި ހުރުމުގެ ސަބަބުން އެކަހެރިކުރަންޖެހޭނަމަ، އެކަން؛
- ވަކި ބާވަތްތަކެއްގެ ހަރަކާތްތަކެއްގައި ކުއްޖާ ބައިވެރިކުރުމަށް ޑޮކްޓަރަށް ނުފެންނަނަމަ، އެކަން؛
- ކުއްޖާއަށް ބޭނުންވަނީ ކޮން ބާވަތެއްގެ ފަރުވާއެއްކަން ދެނެގަތުން.
(ބ) ކުއްޖާއާ މަރުކަޒުން ހަވާލުވާ ފަރާތުން އަންނަނިވި މައުލޫމާތު، ލިޔުމުންނާއި އަނގަބަހުން ކުއްޖާއާ ހިއްސާކޮށް، އެ މައުލޫމާތު ކުއްޖާއަށް ފަހުމްވިކަން ކަށަވަރުކުރަންވާނެއެވެ.
- މަރުކަޒުގައި އަމަލުކުރާ އެންމެހައި އުސޫލުތައް؛
- ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި ކުއްޖާގެ ޒިންމާތައް؛
- މަރުކަޒުގައި ހުންނަ މުއްދަތުގައި ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛
- މަރުކަޒުގައި ހުންނައިރު ގާނޫނީ އެހީތެރިކަން ލިބޭނެ ގޮތް؛
- މަރުކަޒުގެ މުވައްޒަފުންގެ ޒިންމާތައް؛
- ކުއްޖާގެ ފަރުވާގެ ޕްލޭން ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ ގޮތް؛
- މަރުކަޒުން ފޯރުކޮށްދެވޭނެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އެންމެހައި މައުލޫމާތު؛
- މަރުކަޒުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ ގޮތާއި ށަކުވާތަކާ މެދު އަމަލުކުރާނެ ގޮތް؛
- ކުއްޖާއަށް އެހީތެރިވެދޭނެ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މައުލޫމާތު.
(ޅ) ކުއްޖާ މަރުކަޒަށް ގެނެވުމުން، މަރުކަޒުގެ އަތްމަތީ ފޮތުގެ ކޮޕީއެއް ކުއްޖާއަށް ދީ، ކުއްޖާއަށް ހަމަޖައްސައިފައިވާ ރިހެބިލިޓޭށަން އޮފިސަރު ނުވަތަ އެ ކުއްޖަކަށް ޒިންމާވާ މުވައްޒަފާ ކުއްޖާއާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސަންވާނެއެވެ.
(ކ) މަރުކަޒުގައި ތިބޭ ކުދިންނަށް އަންގާ އެންމެހައި އެންގުންތަކާއި ކުދިންނާ ކުރެވޭ މުއާމަލާތްތައް ކުރަންވާނީ، އެ ކުއްޖަކަށް އެނގޭ ބަހަކުން، އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތަށެވެ. އަދި އެ ކުއްޖަކަށް އަންގާ އެންގުންތައް ފަހުމްވިކަން މަރުކަޒުގެ ޑައިރެކްޓަރު ޔަގީންކުރަންވާނެއެވެ.
(އ) ކުއްޖާ މަރުކަޒަށް ގެނެވޭއިރު، ކުއްޖާ ގެންނަ އަމިއްލަ ތަކެތީގެ ތެރެއިން މި ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ )10 )ވަނަ ނަންބަރުގެ ދަށުން އަތުލެވޭ ތަކެތި، ކުއްޖާގެ އަތުން ވަގުތީގޮތުން އަތުލުމަށްފަހު، އެ ތަކެތީގެ ރިކޯޑު ލިޔުމުން ބަލަހައްޓައި އެ ތަކެތި ރައްކައުތެރިކަމާއެކު ބަހައްޓަންވާނެއެވެ. އަދި ކުއްޖާ މަރުކަޒުން ދޫކޮށްލާއިރު އެ ތަކެތި ކުއްޖާއާ ހަވާލުކުރަންވާނެއެވެ.
(ވ) އަމިއްލަ މަރުކަޒުތަކުގައި ކުދިން އެޑްމިޓްކުރުމުގެ ކުރިން، މަރުކަޒުތަކުގެ ފީއާއި، ފީ ނުދެއްކުމުން އަމަލުކުރަން ހަމަޖެހިފައިވާ ގޮތާ ގުޅޭ މައުލޫމާތުތައް ކުއްޖާގެ ބެލެނިވެރިޔާއަށް ދޭންވާނެއެވެ.
44 ވަނަ މާއްދާ - ކުދިން ކެޓެގަރައިޒްކުރުން
(ހ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު، ކުއްޖާގެ އުމުރާ ގުޅޭގޮތަށް ރަހުމަތްތެރިކަމާއެކު، ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޓަކައި ކުއްޖާއާ ސުވާލު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާއާ ކުރާ ސުވާލުތަކުގެ ޖަވާބާއި، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ކުއްޖާއާ ގުޅޭގޮތުން ހަދަ އިފައިވާ އެސެސްމަންޓްތަކަށް ރިއާޔަތްކޮށް ކުއްޖާ މަރުކަޒުގައި ބަހައްޓާނެ ގޮތް ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ކުއްޖާ ބަހައްޓަންވާނީ، ކުއްޖާގެ އުމުރާ އެއް އުމުރުފުރައެއްގެ ކުދިންނާއި، ކުއްޖާ ކޮށްފައިވާ އަމަލުތަކާ އެއްބާވަތެއްގެ އަމަލުތައް ކޮށްފައިވާ ކުދިންނާއި، ކުއްޖާއާ އެއްޖިންސެއްގެ ކުދިންނާ އެކުގައެވެ.
(ރ) މަރުކަޒުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ބައިތިއްބަންވާނީ ވަކިންނެވެ.
45 ވަނަ މާއްދާ - މަރުކަޒުގައި ބަލަހައްޓަންޖެހޭ މައުލޫމާތު
(ހ) މި ގަވާއިދުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، އަންނަނިވި މައުލޫމާތު، މަރުކަޒުތަކުގައި ލިޔުމުން ބަހައްޓަންވާނެއެވެ.
- ކުއްޖާ މަރުކަޒުގައި ބަހައްޓައިފައި ހުރި ސަބަބާއި، ބަހައްޓަން އަމުރުކުރި ފަރާތާއި، ކުއްޖާއާ ހަވާލުވާ ފަރާތުގެ ތަފުސީލީ މައުލޫމާތު؛
- ކުއްޖާގެ ފަރުވާގެ ޕްލޭނާއި، ފަރުވާގެ ޕްލޭން ކުރިޔަށްދާ ގޮތް؛
- ކުއްޖާ ބެހެއްޓި ދުވަހާއި ވަގުތާއި ސަބަބާއި، ދޫކޮށްލި ދުވަހާއި ވަގުތާއި ސަބަބު؛
- ކުއްޖާ ބެހެއްޓުމާބެހޭ މައުލޫމާތު ކުއްޖާގެ ބެލެނިވެރިންނާ ހިއްސާކޮށްފައިވާ ގޮތުގެ ތަފުސީލު؛
- މަރުކަޒުގައި ބެހެއްޓި މުއްދަތު ފެށުނީއްސުރެ ކުއްޖާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތާއި ޖިސްމާނީ ހާލަތުގެ ތަފުސީލީ ރިކޯޑު؛
- މަރުކަޒުގައި ބެހެއްޓި މުއްދަތު ފެށުނީއްސުރެ ކުއްޖާގެ އުޅުމަށް އައިސްފައިވާ ބަދަލު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ގަވާއިދުން ބެލެހެއްޓުމެއް ނެތި ކުއްޖާ ބެލެހެއްޓުމަކީ އެ ކުއްޖާއާމެދު އިހުމާލުވުން ކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، ކުދިން މަރުކަޒުގައި ތިބޭއިރު ދިމާވާ ހާދިސާތަކާއި، އާދަޔާ ހިލާފު ކަންކަމާއި، އެ ކަންކަމާމެދު އެޅި ފިޔަވަޅުތަކާއި، އެ ކުދިންނަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތަފުސީލާއި، ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކާއި އެނޫންވެސް މައްސަލަތަކުގެ ތަފުސީލު ގަވާއިދުން ބަލަހައްޓަންވާނެއެވެ.
ހަތްވަނަ ބާބު
މަރުކަޒުތަކުގެ އިދާރީ ކަންކަން
46 ވަނަ މާއްދާ - ޑައިރެކްޓަރ އައްޔަނުކުރުން
(ހ) މަރުކަޒު އިދާރީގޮތުން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ،މަރުކަޒުގެ ޑައިރެކްޓަރެވެ.
(ށ) ދައުލަތުން ހިންގާ މަރުކަޒުތަކުގައި ޑައިރެކްޓަރ ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.
(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރާ ތަންތަނުގެ ޑައިރެކްޓަރ އައްޔަނުކުރާނީ، ލައިސަންސް ލިބޭ ފަރާތުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުތަކަށް އައްޔަނުކުރެވޭ ޑައިރެކްޓަރުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ޑައިރެކްޓަރުގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ، ކަމާބެހޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، 4( ހަތަރެއް( އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވާންވާނެއެވެ.
- ޑައިރެކްޓަރުގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވި ތަހުގީގު ހިނގަމު ންދާ ނުވަތަ ދައުވާއެއް އުފުލި ދައުވާ ކުރިޔަށްދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
- ޑައިރެކްޓަރުގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ، ޖިނާއީ ބޮޑު ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒުކޮށްފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
47 ވަނަ މާއްދާ - ޑައިރެކްޓަރުގެ ޒިންމާތައް
މަރުކަޒުގެ ޑައިރެކްޓަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މަރުކަޒުގެ އިދާރީ ހިންގުން ބެލެހެއްޓުން.
(ށ) މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތައް މަސައްކަތްކުރަމުންދަނީ ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދީގެން، ތަފާތުކުރުމެއް ނެތި ފަރުވާތެރިކަމާއެކުކަން ކަށަވަރުކުރުން.
(ނ) މަރުކަޒުގައި ތިބޭ ކުދިންނަށް ލިބެންޖެހޭ އެންމެހައި ހިދުމަތްތަކާއި ފަރުވާތައް އެންމެ ފުރިހަމަކަމާއެކު ލިބެމުންދާކަމާއި، އެ ކުދިންގެ ހައްގުތައް ކަށަވަރުކުރެވޭކަން ޔަގީންކުރުން.
(ރ) މަރުކަޒުގައި ކަންކަން ހިނގަމުންދަނީ، މި ގަވާއިދާއި، އެ މަރުކަޒުން އެކުލަވައިލައިފައިވާ އަތްމަތީ ފޮތާއި، ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
(ބ) މި ގަވާއިދުގެ ދަށުން މަރުކަޒުގައި ފުރިހަމަވާންޖެހޭ އެންމެހައި މިންގަނޑުތައް ފުރިހަމަތޯ ބެލުން.
(ޅ) މި ގަވާއިދުގެ 61 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ ށަކުވާ ބަލާ ކޮމިޓީ އުފެއްދުމާއި، އެ ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބެލުން.
48 ވަނަ މާއްދާ - ޑޭޓާބޭސްއެއް ގާއިމުކުރުން
(ހ) ކޮންމެ މަރުކަޒަކުން ވެސް، އެ މަރުކަޒެއްގައި ތިބި ކުދިންނާއި، އެ މަރުކަޒުން ދޫކޮށްލާ ކުދިންނާއި، މަރުކަޒުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި މައުލޫމާތު އެނގޭނެ ފަދަ ޑޭޓާބޭސްއެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ޑޭޓާބޭސް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި މިނިސްޓްރީއަށް ބެލޭނެ އިންތިޒާމު އެންމެހައި މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.
49 ވަނަ މާއްދާ - މަރުކަޒުގެ ދަފުތަރު
ކޮންމެ މަރުކަޒެއްގައި ވެސް، ފަރުވާ ހޯދަމުންދާ ކުދިންގެ ދަފުތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ މަރުކަޒަކުން ފަރުވާ ހޯދާ ކުދިންގެ މައުލޫމާތު 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ރައްކައުކުރަންވާނެއެވެ.
50 ވަނަ މާއްދާ - މަރުކަޒުގެ މުވައްޒަފުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މަރުކަޒުތަކުގައި، ކަމާ ގުޅޭ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ،އަންނަނިވި ދާއިމީ މުވައްޒަފުން ތިބެންވާނެއެވެ.
- ކައުންސިލަރުން؛
- ސޯށަލް ވަރކަރުން؛
- ރިހެބިލިޓޭށަން އޮފިސަރުން؛
- އިދާރީ މުވައްޒަފުން؛
- ކެއަރޓޭކަރުން.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަރުކަޒުތަކުގައި، ކަމާގުޅޭ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ،އަންނަނިވި ދާއިމީ މުވައްޒަފުން ތިބެންވާނެއެވެ.
- އިދާރީ މުވައްޒަފުން؛
- ކެއަރޓޭކަރުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާގެ ށަރުތުތައް ކަނޑައެޅުމުގައި އެންމެ ދަށް މިންގަނޑުކަމަށް ބަލަންވާނީ، ދިވެހި ސިވިލް ސަރވިސްގެ މިފަދަ މަގާމުތަކުގެ ތައުލީމާއި ތަޖުރިބާގެ ށަރުތުތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިހެބިލިޓޭށަން އޮފިސަރުގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
- މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެ ތަނުގައި ދިރިއުޅެން އެހީތެރިވެދިނުމާއި، އާއިލާއާއި މުޖުތަމައުގެ އަފުރާދުންނާއެކު ގުޅުން ދެމެހެއްޓުމުގައި އެހީތެރިވުމާއި، މުޖުތަމައަށް ނުކުމެ އާންމު ދިރިއުޅުމަށް ތައްޔާރުކޮށްދީ، އެ ކަންކަމުގައި ކުދިންނަށް އިރުށާދު ދިނުން؛
- ކުދިންގެ އަހްލާގާއި ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކޮށް ބައްޓަންކުރުމަށް ޕްރޮގްރާމްތައް ހިންގުން؛
- އިޖުތިމާއީގޮތުން އެހީތެރިވެ، ތަފާތު ޖަމާއަތްތަކާ ގުޅިގެން ކުދިން އަލުން ކުށަކަށް އަރައިގަތުމުގެ ފުރުސަތު ކުޑަކުރުމަށާއި ރަނގަޅު ގޮތުގައި އަލުން މުޖުމައަށް އައުމަށް އެހީތެރިވެދިނުމަށް ޓަކައި ޕްރޮގްރާމްތައް ހިންގުން.
51 ވަނަ މާއްދާ - އިތުރު ފަރާތްތައް
ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންނާއި އަންނަނިވި ފަރާތްތަކުގެ ހިދުމަތް ގަވާއިދުން ލިބޭނެ އިންތިޒާމު މަރުކަޒުތަކުގައި ހަމަޖެހިފައި އޮންނަންވާނެއެވެ.
(ހ) މުދައްރިސުން.
(ށ) ދީނީ އިލްމުވެރިން.
(ނ) ވޮކޭށަނަލް ތަމްރީނުކޮށްދޭ ފަރާތްތައް.
(ރ) ސައިކޮލޮޖިސްޓުން.
(ބ) ސައިކޭޓްރިސްޓުން.
(ޅ) ހެލްތު އެސިސްޓެންޓުން.
(ކ) ދަރުމަވެރިން.
52 ވަނަ މާއްދާ - މުވައްޒަފުންގެ ގާބިލުކަން
(ހ) މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ނުވަތަ އެ ކުދިން ބެލެހެއްޓުމަށް އައްޔަނުކޮށްފައިވާ ކޮންމެ ފަރާތެއް ވާންވާނީ، މަގާމުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި، އަދި ކަމާ ގުޅުންހުރި ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
(ށ) މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ނުވަތަ އެ ކުދިން ބެލެހެއްޓުމަށް އައްޔަނުކުރާ ފަރާތަކީ ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ ދަށުން އެއްވެސް ތުހުމަތެއް ކޮށްފައިވާ، ނުވަތަ ދައުވާއެއް ކޮށްފައިވާ ނުވަތަ ހުކުމެއް ކޮށްފައިވާ ނުވަތަ ހުކުމެއް ތަންފީޒު ކޮށްފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.
53 ވަނަ މާއްދާ - މަރުކަޒުތަކުގައި ތިބޭ މުވައްޒަފުންނަށް އެނގެންޖެހޭ ކަންކަން
(ހ) ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެންމެހައި ގަވާއިދުތައް،މަރުކަޒުގެ މުވައްޒަފުންނަށް އެނގެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުންވެސް، ކުޑަކުދިންނާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި،ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ކަންކަން، މަރުކަޒުތަކުގެ މުވައްޒަފުންނަށް އެނގެންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި، އެ ކަންކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި، ބައިނަލްއަގްވާމީ މުހިންމު މުއާހަދާތަކުގެ ދަށުން އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަމާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅުންހުރި ފަންނީ މައުލޫމާތާއި ތަމްރީނު ޕްރޮގްރާމްތައް މަރުކަޒުތަކުން އިންތިޒާމުކޮށް ހިންގައި، އަދި ކަމާގުޅޭ އެހެން ފަރާތްތަކުން ހިންގާ އެފަދަ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިކުރަންވާނެއެވެ.
އަށްވަނަ ބާބު
މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ އުސޫލުތައް
54 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް ހިންގުން
މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ، އަންނަނިވި ބާވަތުގެ އިސްލާހީ ޕްރޮގްރާމްތަކާއި ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
(ހ) އަހްލާގީ މައްސަލަތައް އިސްލާހުކުރުމަށް ހާއްސަކުރެވޭ ޕްރޮގްރާމްތައް.
(ށ) ޑްރަގް ރިހެބިލިޓޭށަން ޕްރޮގްރާމްތައް ނުވަތަ ފަރުވާގެ ޕްރޮގްރާމްތައް.
(ނ) އަނިޔާވެރި ކުށްތަކާއި ބޮޑެތި ކުށް ކަމުގައި ނުވާ ކުށްކުށުގައި ށާމިލުވާ ކުދިންނަށް ހިންގާ އިސްލާހީ ޕްރޮގްރާމްތައް.
(ރ) ބަދުއަހްލާގީ އަމަލުތަކާއި ޖިންސީ އަމަލުތަކުގައި ށާމިލުވާ ކުދިންނަށް ހާއްސަކޮށްގެން ހިންގާ އިސްލާހީ ޕްރޮގްރާމްތައް.
(ބ) އަނިޔާވެރި ކުށްތަކާއި ބޮޑެތި ކުށްތަކުގައި ށާމިލުވާ ކުދިން އިސްލާހުކުރުމަށް ހިންގާ ޕްރޮގްރާމްތައް.
(ޅ) މުޖުތަމައާ އެކަހެރިކޮށް ތިބުމަށްފަހު، މުޖުތަމައަށް އަނބުރާ ގެނައުމަށް ތައްޔާރުކޮށްދޭނެ ރީ-އިންޓަރގްރޭށަން ޕްރޮގްރާމްތަކާއި، އާފްޓަރ-ކެއަރގެ ޕްރޮގްރާމްތައް.
(ކ) އިތުރު ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށް ޓަކައި ކުށްކުރުމުގައި ށާމިލުވާ ކުދިން އިސްލާހުކޮށްރިހެބިލިޓޭޓް ކުރުމަށް ޓަކައި ހިންގާ ހާއްސަ ޕްރޮގްރާމްތައް.
55 ވަނަ މާއްދާ - ޕްރޮގްރާމްތައް އެކުލަވައިލުން
މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތައް އެކުލަވައިލައި،އެ ޕްރޮގްރާމްތައް ހިންގާނީ، ފަރުވާގެ އަންނަނިވި ނިޒާމުތައް ހިމެނޭ ގޮތުންނެވެ.
(ހ) ކައުންސެލިންގ ޕްރޮގްރާމްތައް.
(ށ) ގްރޫޕް ކައުންސެލިންގ ޕްރޮގްރާމްތައް.
(ނ) ފެމިލީ ކޮންފަރެންސްތައް.
(ރ) ކޮމިއުނިޓީ ކޮންފަރެންސްތައް.
(ބ) ކޭސް ކޮންފަރެންސްތައް.
(ޅ) ތައުލީމީ ޕްރޮގްރާމްތައް.
(ކ) ވޮކޭށަނަލް ޕްރޮގްރާމްތަކާއި، ލައިފް ސްކިލްސް ޕްރޮގްރާމްތައް؛
(އ) ވަކި ކަމަކަށް ހާއްސަ އިންޓެންސިވް ޕްރޮގްރާމްތައް.
(ވ) މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމްތައް.
(މ) އާންމު ހާލަތަށާއި ކުއްޖާއާއި އާއިލާގެ ހާލަތަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތައް.
(ފ) މުނިފޫހިފިލުވުމާއި ކުޅިވަރާއި ހަށިގަނޑުގެ ތަރުބިއްޔަތު އެކުލެވޭ ޕްރޮގްރާމުތައް.
56 ވަނަ މާއްދާ - ފަރުވާއާބެހޭ ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދުގެ ދަށުން އުފައްދައި ހިންގާ މަރުކަޒުތަކާއި، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން ހިންގާ މަރުކަޒުތަކުގައި، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމްތައް ހިންގަންވާނީ،ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ، ގަވާއިދު ނަންބަރު 2021-117 (ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމްތައް ސަރުކާރުގެ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ހިންގިދާނެއެވެ.
57 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް މުރާޖާކުރުން
މި ގަވާއިދުގެ ދަށުން ގާއިމުކުރާ މަރުކަޒުތަކުގައި ދެވޭ ފަރުވާގެ ޕްރޮގްރާމްތައް ،އަލަށް ކުރެވޭ ދިރާސާތަކުގެ އަލީގައި، އަހަރަކު 1 (އެކެއް) ފަހަރު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މުރާޖާކުރަންވާނެއެވެ.
58 ވަނަ މާއްދާ - ކޮންމެ ކުއްޖަކާ ގުޅޭ ފަރުވާގެ ޕްލޭނެއް އެކުލަވައިލުން
(ހ) މަރުކަޒަށް ގެންނަ ކޮންމެ ކުއްޖަކާ ގުޅޭގޮތުން، އެ މަރުކަޒެއްގައި ހިންގާ ފަރުވާގެ ޕްރޮގްރާމްތައް ހިމަނައި، އެ ކުއްޖަކަށް އެންމެ އެކަށޭނެ ފަރުވާގެ ޕްލޭނެއް މަރުކަޒުން އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުއްޖާގެ ފަރުވާގެ ޕްލޭން އެކުލަވައިލާނީ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.
- ކުއްޖާގެ އުމުރު؛
- ކުއްޖާ ކޮށްފައިވާ ކުށް ނުވަތަ އަމަލާއި، އެ ކުށުގެ ނުވަތަ އަމަލުގެ ކުޑަބޮޑުމިން؛
- ކޯޓުގެ ހުކުމް؛
- ކުއްޖާގެ ސިއްހީ ހާލަތާއި، ނަފްސާނީ ހާލަތާއި، ޖިސްމާނީ ހާލަތު ؛
- ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު؛
- ކުއްޖާއާ ގުޅޭގޮތުން ހަދައިފައިވާ ރިސްކް އެސެސްމަންޓް ރިޕޯޓުތައް؛
- ކުއްޖާގެ މެޑިކަލް އެސެސްމަންޓް؛
- ކުއްޖާއާ ކުރެވޭ އިންޓަވިއު؛
- ކޮންމެ ފަރުވާގެ ޕްލޭނެއް އެކުލަވައިލުމުގައި ވެސް ކުދިންގެ އުމުރަށާއި، ޖިންސަށާއި، ކުއްޖާ ތަރައްގީވެފައިވާ މިންވަރަށް ރިއާޔަތްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން؛
- ފަރުވާގެ ޕްލޭނުގައި ހިމެނޭ ޕްރޮގްރާމްތަކުގެ އަލީގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ނަތީޖާ.
59 ވަނަ މާއްދާ - (މި މާއްދާއަށް ސުރުހީ އެއް ދެވިފައިނުވޭ)
މި ގަވާއިދުގެ ދަށުން ލައިސަންސް ދީގެން ހިންގާ މަރުކަޒުތަކުގައި ކުރިޔަށްގެންދާ ފަރުވާގެ ޕްރޮގްރާމްތައް ތައްޔާރުކުރަންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ، ގަވާއިދު ނަންބަރު 2021-117 (ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެކުލަވައިލައިފައިވާ ޕްރޮގްރާމްތަކެއް ކަމަށް ވާންވާނެއެވެ.
ނުވަވަނަ ބާބު
ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމާ ގުޅޭ އުސޫލުތައް
60 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ކޮންމެ މަރުކަޒެއްގައި، މަރުކަޒުގައި ތިބޭ ކުދިންނަށް ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ، އަދި އެފަދައިން ހުށަހެޅޭ ށަކުވާ ބެލޭނެ ނިޒާމެއް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގާއިމުކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅޭނެ ގޮތާއި، ށަކުވާއާމެދު އަމަލުކުރާނެ ގޮތް އާންމުކޮށް ފެންނާނޭހެން ކޮންމެ މަރުކަޒެއްގައި ބަހައްޓާންވާނެއެވެ.
61 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ
ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ތިބޭ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅޭ ށަކުވާ ބެލުމަށް ޓަކައި އަންނަނިވި ފަދައިން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގައި، މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ.
(ށ) ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ، މަރުކަޒުގެ ޑައިރެކްޓަރެވެ.
(ނ) ކޮމިޓީ މެންބަރުންގެ ތެރޭގައި، މަރުކަޒުގެ މެނެޖީރިއަލް ލެވެލްގެ ފަރާތަކާއި،ޓެކްނިކަލް މުވައްޒަފުންނާއި، އިދާރީ މުވައްޒަފުން ހިމެނެންވާނެއެވެ.
(ރ) ކޮމިޓީ މެންބަރަކު ވަކިވެއްޖެނަމަ، އެ މަގާމަށް އެހެން ފަރާތެއް ވަގުތުން އައްޔަނުކުރުމަކީ މަރުކަޒުގެ ޑައިރެކްޓަރުގެ ޒިންމާއެކެވެ.
(ބ) ކޮމިޓީގައި ހިމެނޭ މެންބަރަކާމެދު ހުށަހެޅޭ ށަކުވާއެއް ބެލުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ ށަކުވާއަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް މަރުކަޒުން އަޅައިފައި ނުވާނަމަ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި، ކަމާބެހޭ އެހެން ފަރާތްތަކަށް ކުއްޖާގެ ފަރާތުން އެކަން ހުށަހެޅޭނެ އިންތިޒާމު ވެސް، ކޮންމެ މަރުކަޒެއްގައި ހަމަޖެހިފައި އޮންނަންވާނެއެވެ.
62 ވަނަ މާއްދާ - ކޮމިޓީގެ ނިންމުން
(ހ) ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ށަކުވާއެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ބަލައި ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ށަކުވާ ބަލައި ގޮތެއް ނުނިންމޭނަމަ، އެންމެ އަވަހަށް ނިންމޭނެ ދުވަހެއް ކަނޑައަޅައި ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ށަކުވާ ބަލައި ނިމެންދެން ހޭދަވާ މުއްދަތުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް، ށަކުވާއާ ގުޅޭ އަދާހަމަކުރުމެއް ކޮމިޓީން ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާއާ ގުޅޭގޮތުން ނިންމާގޮތް ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ދޭންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅޭ ށަކުވާތަކާއި، ށަކުވާތަކާ ގުޅިގެން އެޅޭ ފިޔަވަޅުތައް، ކޮންމެ 6 (ހައެއް) މަހަކުން މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މަރުކަޒުތަކުން އަންގަމުން ގެންދަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުށަހެޅޭ ށަކުވާއެއްގައި ޖިނާއީ ކުށެއް ހިމެނޭނަމަ، ނުވަތަ ކުއްޖަކާމެދު އިހުމާލުވުމުގެ ކުށެއް ހިމެނޭނަމަ، އެކަން، ށަކުވާ ލިބޭ ހިސާބުން،ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް، މަރުކަޒުތަކުން އަންގަންވާނެއެވެ.
63 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
މި ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާ އެންމެހައި ފަރާތްތަކުން ، އެ ށަކުވާތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
64 ވަނަ މާއްދާ - މައްސަލަ ބެލުމުގެ އިޖުރާއަތު
ށަކުވާ ބަލާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ ގޮތާއި،މައްސަލަ ބެލުމާއި މައްސަލަ ނިންމުމާ ގުޅޭ ތަފުސީލުތައް، މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައްޔާއި އަތްމަތީ ފޮތުގައި ލިޔެފައި އޮންނަންވާނެއެވެ.
ދިހަވަނަ ބާބު
މަރުކަޒުތަކުގެ ހަރަކާތްތައް އިންސްޕެކްޓްކުރުމާ ގުޅޭ އުސޫލުތައް
65 ވަނަ މާއްދާ - އިންސްޕެކްޓްކުރުމަށް ކޮމިޓީއެއް އެކުލަވައިލުން
މަރުކަޒުތަކުގެ ހަރަކާތްތައް ބަލައި އިންސްޕެކްޓްކުރުމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.
66 ވަނަ މާއްދާ - ކޮމިޓީގައި ހިމެނޭނެ މެންބަރުން
މި ގަވާއިދުގެ 65 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީ އެކުލެވިގެންވާންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
(ހ) މިނިސްޓަރު ކަނޑައަޅާ، މިނިސްޓްރީގެ މުވައްޒަފެއް.
(ށ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން ކަނޑައަޅާ، އެ އިދާރާގެ ފަންނީ މުވައްޒަފެއް.
(ނ) މިނިސްޓަރު ކަނޑައަޅާ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ތަމްސީލުކުރާ ފަރާތެއް.
(ރ) މިނިސްޓަރު ކަނޑައަޅާ ސިއްހީ މާހިރެއް.
(ބ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންސް އޮފީހުން ކަނޑައަޅާ، އެ އޮފީހުގެ މުވައްޒަފެއް.
(ޅ) ހިޔުމަން ރައިޓްސް ކޮމިށަނުން ކަނޑައަޅާ، އެ ކޮމިށަނުގެ މުވައްޒަފެއް.
(ކ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ، އޭނާގެ މުވައްޒަފެއް؛
(އ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ސޯށަލް ވަރކަރެއް.
67 ވަނަ މާއްދާ - ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނެ ގޮތް
(ހ) ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.
(ށ) ކޮމިޓީއަށް މެންބަރުން އައްޔަނުކުރަންވާނީ، މަގާމުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި، އަދި އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުންނެވެ.
(ނ) ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ، 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ.
(ރ) މެންބަރުކަމުގެ ދައުރު ނިމުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، އައު މެންބަރުން ކޮމިޓީއަށް އައްޔަނުކުރަންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަލަށް އައްޔަނުކުރެވޭ މެންބަރުން ހިމެނޭ ކޮމިޓީގެ މަސައްކަތް ފެށޭނީ، ކުރިން އައްޔަނުކުރި ކޮމިޓީގެ ދައުރު ނިމޭ ދުވަހުން ފެށިގެންނެވެ.
68 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުކަމުން ވަކިކުރުން
(ހ) މި ގަވާއިދުގެ ދަށުން ކޮމިޓީއަށް އައްޔަނުކުރެވޭ އެއްވެސް މެންބަރަކު މަގާމުގެ މަސްއޫލިޔަތު އަދާކުރުމުގައި އިހުމާލުވާކަމަށް ފެނިއްޖެނަމަ، ނުވަތަ މަގުބޫލު އުޒުރެއްނެތި ޖެހިޖެހިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ ފަރާތެއް މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު،ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު ވަކިކޮށްފިނަމަ، ނުވަތަ މެންބަރުކަމުން އިސްތިއުފާދީފިނަމަ، އެ މަގާމަކަށް އައު މެންބަރަކު، އެ މެންބަރު ވަކިވި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އައްޔަނުކުރަންވާނެއެވެ.
69 ވަނަ މާއްދާ - އިންސްޕެކްޓް ކުރުން
(ހ) މި ގަވާއިދުގެ 65 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މަރުކަޒެއް އިންސްޕެކްޓް ކުރަން ބޭނުންވާކަން ކުރިން އެންގުމަށްފަހު ނުވަތަ އެންގުމެއްނެތި އެ ތަނެއް އިންސްޕްކެޓްކުރުމަށް އެ ތަނަކަށް ވަނުން؛
- އިންސްޕެކްޓްކުރާ މަރުކަޒުގެ މުވައްޒަފުންނާއި އެ ތަނުގައި ތިބޭކުދިންނާ ސުވާލުކޮށް މައުލޫމާތު ހޯދުން؛
- މަރުކަޒުތަކުގައި ތިބޭ ކުދިންނާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަމުންދޭތޯ ބެލުމުގެ ގޮތުން އެ ކުދިންނާ ގުޅޭ އެންމެހައި ރިކޯޑުތައް ހޯދުމާއި ބެލުން؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ވަސީލަތްތައް މަރުކަޒުތަކުގައި ހުރިތޯ ޗެކްކޮށް ބެލުން؛
- އިންސްޕެކްޓްކުރަނީ ލައިސަންސް ލިބިގެން ހިންގާ ތަނެއްނަމަ، އެ ތަނެއްގެ ލައިސަންސްގެ މުއްދަތާއި ލައިސަންސްގެ ށަރުތުތަކާ ހިލާފުވެފައިވޭތޯ ބެލުމާއި، އެކަމާ ގުޅޭގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދުން؛
- މަރުކަޒުތައް ހުރީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛
- ފަރުވާދޭ ކުދިންގެ އަދަދަށް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން ތިބިތޯ ކަށަވަރުކުރުމާއި، އެ މުވައްޒަފުންނަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކަށް ފެތޭ މުވައްޒަފުންތަކެއްތޯ ބެލުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް ،މަރުކަޒުތައް އިންސްޕެކްޓްކުރުމުގައި ބަލަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ މުހިންމު ކަންކަން ބެލުމުގެ ބާރު ލިބިގެންވެއެވެ.
(ނ) މަރުކަޒުން ފޯރުކޮށްދެމުންދާ ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުންދަނީ ކަމާބެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމާއި، އެ ޕްރޮގްރާމްތަކުން ނަތީޖާ ފެންނަ މިންވަރު ބަލަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން މަރުކަޒުތައް ބަލައި ފާސްކުރުމުގައި އެއްވެސް މަރުކަޒެއްގައި ޖިނާއީ އަމަލެއް ހިނގާކަމަށް ފެނިއްޖެނަމަ، ލަސްނުކޮށް އެކަން، ކަމާބެހޭ ފަރާތްތަކަށް ކޮމިޓީން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން މަރުކަޒުތައް ބަލައި ފާސްކުރުމުގައި އެއްވެސް މަރުކަޒެއްގައި ހުންނަ ކުއްޖެއްގެ ހައްގުތަކަށް އިހުމާލުވާކަމަށް ފެނިއްޖެނަމަ،އެކަމެއް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅައި، ކުއްޖާއަށް ރައްކައުތެރި މާހައުލެއް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.
(ޅ) މި ގަވާއިދުގެ ދަށުން އުފައްދައި ހިންގާ މަރުކަޒުތައް، މަދުވެގެން ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ކޮމިޓީން އިންސްޕެކްޓް ކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތް ނަމަވެސް، ކޮމިޓީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތުތަކެއްގައި މަރުކަޒުތައް އިންސްޕެކްޓްކުރުމަށް ނިންމިދާނެއެވެ.
(އ) މި މާއްދާގައި (ޅ) ގައި އެހެން އޮތް ނަމަވެސް، އެއްވެސް މަރުކަޒެއްގައި އެއްވެސް ބާވަތެއްގެ ހާދިސާއެއް ހިނގައިފިކަމަށް ކޮމިޓީއަށް މައުލޫމާތު ލިބިއްޖެނަމަ، ހާއްސަ އިންސްޕެކްށަނެއް ހިންގިދާނެއެވެ.
70 ވަނަ މާއްދާ - އިންސްޕެކްށަން ރިޕޯޓު
(ހ) މަރުކަޒުތައް އިންސްޕެކްޓްކުރުމަށްފަހު، މަރުކަޒުތަކުގެ ފެންވަރާއި، މަރުކަޒުތަކުގައި ތިބި ކުދިންނާއި މުވައްޒަފުންނާ ގުޅޭގޮތުން ކޮމިޓީއަށް ފާހަގަކުރެވޭ ކަންކަން ހިމެނޭ ގޮތަށް އިންސްޕެކްށަން ރިޕޯޓެއް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިންސްޕެކްށަން މަރުކަޒުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅުކުރަން ހުރި ކަންކަން ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ.
(ނ) އިންސްޕެކްށަން ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި،އިންސްޕެކްށަން ރިޕޯޓު، އެ މަރުކަޒަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި މިނިސްޓަރަށް ކޮމިޓީން ހިއްސާކުރަންވާނެއެވެ.
(ރ) މަރުކަޒުތަކުގައި ކުޑަކުއްޖެއްގެ ހައްގެއް ނިގުޅައިގަތުމުގެ އެއްވެސް ކަމެއްގެ ތުހުމަތެއް ކުރެވިއްޖެނަމަ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ލަސްނުކޮށް އަންގަންވާނެއެވެ.
71 ވަނަ މާއްދާ - ފޮލޯއަޕް އިންސްޕެކްށަން
މި ގަވާއިދުގެ 70 ވަނަ މާއްދާގެ (ނ) ގެ ދަށުން ހިއްސާކުރި ރިޕޯޓުގައި، ވަކި ވަގުތެއްގެ ތެރޭގައި އެއްވެސް ކަމެއް އިސްލާހުކުރުމަށް މަރުކަޒަކަށް އަންގައިފައިވާނަމަ، އެ މުއްދަތު ނިމުމާއެކު، އެ ކަމެއް އިސްލާހުކޮށްފައިވާ ގޮތް ބެލުމަށް، ފޮލޯއަޕް އިންސްޕެކްށަނެއް ކޮމިޓީން ހަދަންވާނެއެވެ.
އެގާރަވަނަ ބާބު
ފިޔަވަޅު އެޅުމާއި އެހެނިހެން ކަންކަން
72 ވަނަ މާއްދާ - ފިޔަވަޅު އެޅުން
މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން ހިންގާ ތަންތަނާ ގުޅޭގޮތުން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، އެއްވެސް މަރުކަޒެއްގެ ލައިސަންސް ސަސްޕެންޑް ކުރަންޖެހޭކަމަށް ނުވަތަ ބާތިލުކުރަންޖެހޭފަދަ ކަންކަން ހުރިކަމަށްޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފެނިއްޖެނަމަ، އެ މަރުކަޒެއްގެ ލައިސަންސް ސަސްޕެންޑްކުރުމަށް ނުވަތަ ބާތިލުކުރުމަށް މިނިސްޓަރަށް ލަފާ ދެވިދާނެއެވެ.
73 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.
74 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
75 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ރިހެބިލިޓޭށަން އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރާ ފަރާތަށެވެ.
(ށ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި،ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުން ނަށެވެ. ށަރުއީ ބަލަދުވެރިންނާއި ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ .
(ނ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މަރުކަޒުތަކުގެ ހަރަކާތްތައް ބަލައި އިންސްޕެކްޓް ކުރުމަށް ޓަކައި، މި ގަވާއިދުގެ 65 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އުފައްދާ ކޮމިޓީއަށެވެ.
(ރ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައި ވާނަމަ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެން ނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެ ނޫން ހާލަތުގައި އެއީ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައި ނުވާ ކޮންމެ ކުއްޖަކަށެވެ.
(ބ) "އަމިއްލަ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާޖަމްއިއްޔާތަކަށެވެ.
(ޅ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖުވެނައިލް ކޯޓަށެވެ.
(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީއަށެވެ.
(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީގެ މިނިސްޓަރަށެވެ.
(ވ) "ކުޑަކުދިންގެ އަދުލުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށެވެ.
(މ) "ޑައިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ފަރާތަށެވެ.
(ފ) "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށެވެ.
76 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2021-93 (ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކާއި ޕެރޯލްގެ އުސޫލުތަކާ ގުޅޭ ގަވާއިދު) އުވުނީއެވެ.
އުވުނު ގަވާއިދު
ކިޔުންތެރިންގެ ހިޔާލު