މުވައްޒަފުންގެ ގަވާއިދު (މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް)
(ގަވާއިދު ނަންބަރު 2022-127)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 އޮގަސްޓް 2022 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ، "މުވައްޒަފުންގެ ގަވާއިދު" އެވެ.
(ށ) މި ގަވާއިދަށް ކިޔަނީ، "މުވައްޒަފުންގެ ގަވާއިދު" މިހެންނެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ކަންކަން ހިންގާ ބަލަހައްޓާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.
ދެވަނަ ބާބު
ފޮރިން ސަރވިސްގެ މަގާމުތަކާއި މުވައްޒަފުން
3 ވަނަ މާއްދާ - އޮފީސް ހިންގުމުގެ އޮނިގަނޑު މުރާޖައާ ކުރުން
މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، އިދާރީ އޮނިގަނޑު މުރާޖައާކޮށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ގެންނަންޖެހޭ ބަދަލު މިނިސްޓްރީން ގެންނަންވާނެއެވެ.
4 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން
(ހ) ފޮރިން ސަރވިސްގެ ތެރޭގައި ހިމެނޭނީ އަންނަނި މަގާމުތައް އަދާކުރާ މީހުންނެވެ.
- މިނިސްޓަރ އޮފް ސްޓޭޓް؛
- އެމްބެސެޑަރ އެޓް ލާޖް؛
- މިނިސްޓަރުގެ ނާއިބު؛
- ފޮރިން ސެކްރެޓަރީ؛
- ސެކްރެޓަރީ؛
- އެޑިށަނަލް ސެކްރެޓަރީ؛
- ޖޮއިންޓް ސެކްރެޓަރީ؛
- ސީނިއަރ އަންޑަރ ސެކްރެޓަރީ؛
- ޑިރެކްޓަރ ޖެނެރަލް؛
- ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް؛
- ޑިރެކްޓަރ؛
- ޑެޕިއުޓީ ޑިރެކްޓަރ؛
- އެސިސްޓެންޓް ޑިރެކްޓަރ؛
- ޗީފް ޖެނެރަލް ސަރވިސް އޮފިސަރ؛
- ޗީފް ޑެސްކް އޮފިސަރ؛
- ސީނިއަރ ޑެސްކް އޮފިސަރ؛
- ޑެސްކް އޮފިސަރ؛
- ޑެޕިއުޓީ ޑެސްކް އޮފިސަރ؛
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ އިތުރުން، މިނިސްޓްރީގެ ހިންގުމަށް އިތުރު މަގާމުތަކެއް ބޭނުންވާކަމަށް މިނިސްޓަރަށް ގަބޫލުކުރެވިއްޖެހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެން އިތުރު މުވައްޒަފުން ހޯދުމުގެ ހުއްދަ ހޯދުމަށްފަހު، ފޮރިން ސަރވިސްގެ މަސައްކަތަށް ނެގުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - މުވައްޒަފުންގެ ޒިންމާ
މުވައްޒަފުންގެ ޒިންމާއަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިނިސްޓަރަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ދީ، ފޮރިން ސަރވިސްގެ "ކޯޑް އޮފް ކޮންޑަކްޓް" އާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
6 ވަނަ މާއްދާ - ހިދުމަތް ކުރުމުގެ އުސޫލުތައް
ފޮރިން ސަރވިސްއަށް ހިދުމަތްކުރުމުގައި އަމަލު މުވައްޒަފުން ކުރަންވާނީ، ތިރީގައިވާ އުސޫލުތަކާ އެއްގޮތަށެވެ.
(ހ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކު ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ޖަވާބުދާރީ ވާންވާނެއެވެ.
(ށ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ގާނޫނުއަސާސ އަށާއި ގާނޫނުތަކަށާއި ގަވާއިދުތަކަށާއި އިދާރީ ހިންގުމާބެހޭ އާންމު އުސޫލުތަކަށާއި ދިވެހިރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ނ) ކޮންމެ މުވައްޒަފަކު ވެސް، މި ގަވާއިދުގައި ހިމެނޭ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ރ) ކޮންމެ މުވައްޒަފަކު ވެސް، ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ބ) މިނިސްޓަރުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، މަގާމުގައި ދެމިހުރިހާ ދުވަހަކު، ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ.
7 ވަނަ މާއްދާ - ދައުލަތުގެ ސިޔާސަތާ ގުޅޭގޮތުން ފާޑުކިޔުން
ފޮރިން ސަރވިސްގެ މުވައްޒަފުން މަގާމުގައި ދެމިހުރިހައި ދުވަހަކު، ދައުލަތުގެ ސިޔާސަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ ހިޔާލެއްވިޔަސް، އެއްވެސް ސިފައެއްގައި، އެއްވެސް ތަނެއްގައި، އަދި އެއްވެސް ނަމެއްގައި އާންމުކޮށް ށާއިއުކުރަންވާނީ މިނިސްޓަރު އަންގާ ގޮތެއްގެ މަތީންނެވެ.
8 ވަނަ މާއްދާ - ރިޕޯޓްކުރުން
އެއްވެސް މުވައްޒަފަކު މުވައްޒަފުން އަމަލު ކުރަންޖެހޭ ގަވާއިދަކާ ނުވަތަ އުސޫލަކާ ނުވަތަ ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށާއި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އެކަން އެނގުނު މުވައްޒަފަކު އަންގަންވާނެއެވެ.
ތިންވަނަ ބާބު
މަސައްކަތު ގަޑި
9 ވަނަ މާއްދާ - މަސައްކަތު ހަފުތާއާއި ރަސްމީ މަސައްކަތު ގަޑި
(ހ) އާންމު ގޮތެއްގައި، މުވައްޒަފުންގެ މަ ސައްކަތު ހަފުތާއަކީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.
(ށ) މިނިސްޓްރީގެ ރަސްމީ މަސައްކަތު ގަޑިއަކީ ސަރުކާރުގެ އޮފީސްތައްމަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފައިވާ މަސައްކަތު ގަޑިއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓްތަކުގެ ރަސްމީ މަސައްކަތު ދުވަހާއި ގަޑިއަކީ އެ ގައުމެއްގެ ރަސްމީ ދުވަސްތަކާއި ރަސްމީ ގަޑީގެ ގޮތުގައި އެ ގައުމެއްގެ ސަރުކާރުން ކަނޑައަޅާ ރަސްމީ ދުވަސްތަކާއި ގަޑިއެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ބައިނަލްއަގްވާމީ ޖަމުއިއްޔާތަކަށް ކަނޑައަޅައިފައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ރަސްމީ ދުވަސްތަކާއި މަސައްކަތު ގަޑިއަކީ އެ ޖަމުއިއްޔާއަކުން ރަސްމީގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ދުވަސްތަކާއި ގަޑިއެވެ.
(ބ) މި ގަވާއިދާ ހިލާފު ނުވާނޭ ގޮތުގެ މަތީން، ހަފުތާގެ ކޮންމެ ދުވަހަކު ވެސް، އަދި ދުވަހުގެ ކޮންމެ ގަޑިއެއްގައި ވެސް، ވަޒީފާގެ ބޭނުމެއްގައި، އެ މުވައްޒަފަކު މަސައްކަތަށް ނެރުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ޅ) މުވައްޒަފަކު ލައްވާ ރަސްމީ ގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވޭނީ،ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުވުމަށްޓަކައެވެ.
(ކ) ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ހުރިހާ ދުވަހަކު، ގަޑިއަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. މަސައްކަތަށް ހާޒިރު ނުވެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، އެކަން އޮފީހަށް އަންގަންވާނެއެވެ. އަދި އެ މުވައްޒަފާ ދިމާވި ހާލަތާގުޅޭގޮތުން މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީއަށް އެދެންވާނެއެވެ. ޗުއްޓީ ނުނަގައި، މަސައްކަތަށް ހާޒިރުނުވެ ގަވާއިދުން އޮފީހަށް ނާންގައި ހުރެއްޖެނަމަ، ބަލާނީ ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައެވެ.
(އ) މުވައްޒަފު ބަލިވެގެން ސަލާމުގެ ޗުއްޓީ ނަގާނަމަ، ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދުވަހު އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެކަން އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި ލަސްވެގެން އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ވެސް އަންގަންވާނެއެވެ.
(ވ) ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތް ނާންގައިފިނަމަ، ބަލާނީ އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ، 2 (ދޭއް) ދުވަހަށްވުރެ އިތުރަށް ސަލާމުގައި ހުރި ދުވަސްތަކަށް، ބަލީގެ ބާވަތާއި
އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތު ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް، ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ގަޑިއަށް ހާޒިރުވުން
ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފަކާ ހަވާލުވެފައިވާ ޒިންމާއަށް ބުރޫއެރިޔަނުދީކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށާއި، ހާޒިރުވެ މަސައްކަތުގައި ދެމިހުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
11 ވަނަ މާއްދާ - އޮފީހަށް ހާޒިރުނުވެ ހުރުން
ވަކި ސަބަބެއް ނާންގާ މުވައްޒަފެއް ވަޒީފާއަށް ހާޒިރުނުވެ ހުރެވޭނީ، މި ގަވާއިދުން ހުއްދަކުރާގޮތެއްގެ މަތީންނެވެ. ވަކި ސަބަބެއް ނާންގާ ވިދިވިދިގެން 5 (ފަހެއް) ދުވަހު އޮފީހަށްހާޒިރުނުވެ ހުރެއްޖެނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުރުމުގެ އިހްތިޔާރު މިނިސްޓްރީއަށްލިބިގެންވެއެވެ.
12 ވަނަ މާއްދާ - ރަސްމީގަޑީގައި އޮފީހުން ބޭރަށްދިޔުމާއި ރަށުން ބޭރަށް ދިޔުން
މުވައްޒަފުން ރަސްމީގަޑިގައި އޮފީހުން ބޭރަށް ދިއުމާއި، ރަސްމީ ދުވަހެއްގައި ނުވަތަ ބަންދު ދުވަހެއްގައި ރަށުން ބޭރަށް ދިއުމުގައި އަމަލުކުރާނީ، ތިރީގައިވާ ގޮތުގެ މަތީންގޮތުގެ މަތީންނެވެ.
(ހ) ރަސްމީ ދުވަހެއްގައި ނުވަތަ ބަންދު ދުވަހެއްގައި ނަމަވެސް، ޗުއްޓީ ނެގުމަކާ ނުލައި، ކުރަންޖެހޭ ކުއްލި މަސައްކަތެއް ކުރުމަށް އޮފީހަށް ނާދެވޭ ތަނަކަށް، ނުވަތަ ރަށުން ބޭރަށް ދާނަމަ ދާންވާނީ، އެ މުވައްޒަފުގެ ސުޕަވައިޒަރަށް އެންގުމަށް ފަހުގައެވެ. އެއްފަސްކޮށް އޮންނަ ރަށްރަށަށާއި އެއްގަމު މަގުން ގުޅައިލައިފައިވާ ރަށްރަށާއި، މަދުވެގެން ގަޑިއަކު އެއްފަހަރު އޮފީހާއި މުވައްޒަފު ދާ ރަށާ ދެމެދު ފެރީ ދަތުރުތައް އޮންނަ ރަށްރަށަށް ދިއުން މީގެތެރޭގައި ނުހިމެނެއެވެ.
(ށ) ރަސްމީގަޑީގައި، މުވައްޒަފު އޮފީހުން ބޭރަށް ދާންވާނީ، މުވައްޒަފު އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން އޮފީހުން ބޭރަށް ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި އެ މުވައްޒަފުގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންނެވެ.
(ނ) މުވައްޒަފު ރަސްމީގަޑީގައި އޮފީހުން ބޭރަށް ދާންވާނީ، އޮފީހުގައި ބޭނުންކުރާ ސިސްޓަމުން "ސައިން-އައުޓް" ކުރުމަށްފަހުއެވެ. އަދި އޮފީހަށް އެނބުރި އައުމަށްފަހު "ސައިން-އިން" ކުރަންވާނެއެވެ.
(ރ) ރަސްމީގަޑީގައި މުވައްޒަފު އޮފީހުން ބޭރުގައި އުޅެންވާނީ، މުވައްޒަފު އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދިން ބޭނުމުގައެވެ. ހުއްދަ ދިން ބޭނުން ނިމުމާއެކު އޮފީހަށް އެނބުރި އަންނަންވާނެއެވެ.
13 ވަނަ މާއްދާ - ރަސްމީގަޑީގައި އާދަކޮށް އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދިނުން
މުވައްޒަފު އަމިއްލަ ހައިސިއްޔަތުން ނުވަތަ އާއިލީގޮތުން އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން، ވަކި ގަޑިއަކަށް އާދަކޮށް ކޮންމެ ދުވަހަކު ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދެވޭނީ ތިރީގައިވާ ގޮތުގެ މަތީންގޮތުގެ މަތީންނެވެ.
(ހ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ މުވައްޒަފު، ދަރިފުޅު ގާތަށް ދިއުމަށް، ވަޒީފާއަށް ނުކުތް ދުވަހުން ފެށިގެން ކޮންމެ ދުވަހަކު، ދުވާލަކު 2 (ދޭއް) ފަހަރު 30 (ތިރީސް) މިނިޓުގެ ވަގުތުކޮޅެއް ދެވޭނެއެވެ. މި ހުއްދަ ދެވޭނީ، ދަރިފުޅަށް އުމުރުން 1 (އެކެއް) އަހަރު ފުރުމާ ހަމައަށެވެ.
(ށ) ދަރިފުޅު މަދަރުސާއަށް ގެންގޮސް ގެނެސް ހެދުމަށް ގިނަވެގެން 30 (ތިރީސް) މިނިޓުގެ ވަގުތުކޮޅެއް، ކޮންމެ ދުވަހަކު ދެވޭނެއެވެ. މި ހުއްދަ ދެވޭނީ، ދިރާސީ 1 (އެކެއް) އަހަރުގެ މުއްދަތަށެވެ. އިތުރު ދިރާސީ އަހަރަކަށް މި ހުއްދަ ބޭނުންވާނަމަ، އަލުން ހުއްދައަށް އެދެންވާނެއެވެ. ދަރިފުޅު މަދަރުސާއަށް ގެންގޮސް ގެނައުމަށް ހޭދަވާ ވަގުތު، މެންދުރު 12:00 އާއި މެންދުރުފަހު 2:00 އާ ދެމެދުގެ ވަގުތަކަށް ދިމާވާނަމަ، ސްކޫލަށް ގެންގޮސް ގެނައުމަށާއި، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮފީހުން ދޭ ހުސްވަގުތުކޮޅާއެކު 1 (އެކެއް) ގަޑިއިރު ގުޅުވައިގެން ނެގިދާނެއެވެ. އަދި އޮފީހުން ދޭ ހުސްވަގުތުކޮޅު ފެށެން ގިނަވެގެން އޮތީ 30 (ތިރީސް) މިނިޓު ކަމަށް ވެފައި، އެ 30 (ތިރީސް) މިނިޓުގެ ތެރޭގައި ސްކޫލުދޮށަށް ދިއުމަށް ހުއްދަދެވޭ މުވައްޒަފުން ސްކޫލުދޮށަށް ދިއުމަށް ދޭ ވަގުތުކޮޅާ ގުޅުވައިގެން އޮފީހުންދޭ ހުސްވަގުތުކޮޅު ނެގިދާނެއެވެ.
(ނ) މުވައްޒަފު ބަލިވެގެން ފަރުވާއެއް ކުރުމަށް ނުވަތަ އާއިލާގެ މެންބަރަކު ބަލިވެގެން، އެ މީހަކު ބެލުމަށް 30 (ތިރީސް) މިނިޓަށްވުރެ ގިނަ ވަގުތު މުވައްޒަފު އޮފީހުން ބޭރުގައި އުޅެންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދުވާލަކު ގިނަވެގެން 2 (ދޭއް) ގަޑިއިރުގެ ވަގުތުކޮޅަށް އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދެވިދާނެއެވެ. މި ހުއްދަ ދެވޭނީ، އަހަރަކު ގިނަވެގެން 30 (ތިރީސް) ދުވަހަށެވެ. މި ހުއްދައަށް އެދެނީ،ދުވާލަކު 30 (ތިރީސް) މިނިޓު ނުވަތަ އެއަށްވުރެ ކުރު ވަގުތުކޮޅަކަށްނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށާއި، މުވައްޒަފުގެ ހާލަތަށް ރިއާޔަތްކޮށް، 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތަކަށް މި ހުއްދަ ދެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަމަކަށް، ވަކި މުއްދަތަކަށް، އާދަކޮށް ކޮންމެ ދުވަހަކު ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިޔުމަށް ހުއްދަ ދެވޭނީ، އޮފީހުން ބޭރަށް ދާންޖެހޭ ސަބަބަށާއި، މުވައްޒަފުގެ ހާލަތަށް ރިއާޔަތްކޮށް، ދުވާލަކު ގިނަވެގެން 30 (ތިރީސް) މިނެޓަށެވެ.
(ބ) ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް، ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައިވިއަސް، މި ހުއްދަ ދެވިދާނެއެވެ.
14 ވަނަ މާއްދާ - ރަސްމީ ގަޑީގައި އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދިނުން
މުވައްޒަފު އަމިއްލަ ހައިސިއްޔަތުން ނުވަތަ އާއިލީގޮތުން އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދެވޭނީ، ބޭރަށް ދާންޖެހޭ ސަބަބަށާއި، މުވައްޒަފުގެ ހާލަތަށް ރިއާޔަތްކޮށްފައެވެ.
15 ވަނަ މާއްދާ - ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމުގެ ހުއްދަ ހޯދުމަށް މުވައްޒަފު އަމަލުކުރަންޖެހޭ ގޮތް
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މުވައްޒަފު ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމުގެ ހުއްދައަށް އެދޭނީ، "އޮފީހުގެ މުވައްޒަފުން އެކި ކަންކަމަށް އެދޭ ފޯމު" ގެ ޒަރީއާއިން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ހުށަހަޅައިގެންނެވެ. މި ފޯމުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ވާނެއެވެ.
(ށ) މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މުވައްޒަފު ރަސްމީ ގަޑީގައި އޮފީހުން ބޭރަށް ދިއުމުގެ ހުއްދަ ދޭނީ، މުވައްޒަފުގެ ސުޕަވައިޒަރެވެ.
16 ވަނަ މާއްދާ - ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމަށް ހުއްދަ ދިނުމުގައި ބަލާ އެހެނިހެން ކަންތައްތައް
(ހ) ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމަށް ހުއްދަދެވޭ ވަގުތު ގުނުމުގައި، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަގުތު، މުވައްޒަފަށް ލިބޭ ހުސްވަގުތުކޮޅެއް ނުހިމެނޭނެއެވެ.
(ށ) މުވައްޒަފު ރަސްމީ ގަޑީގައި ބޭރަށް ދިއުމަށް ހުއްދަ ދިނުމުގައި މުވައްޒަފުގެ އާއިލާގެ މެންބަރުން ކަމުގައި ބަލާނީ، އަނބިމީހާ ނުވަތަ އަނބިންނާއި، ފިރިމީހާއާއި، ދަރިންނާއި، މަންމަޔާއި، ބައްޕަޔާއި، ށަރުއީގޮތުންނާއި ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.
(ނ) މި ގަވާއިދުގެ 13 ވަނަ މާއްދާއާ ގުޅިގެން އޮފީހުން ބޭރަށް ދިޔުމަށް ހުއްދަ ދޫކޮށްފައިވާ މުއްދަތު ހަމަނުވިނަމަވެސް، ހުއްދައަށް އެދިފައިވާ ހާލަތަށް ނިމުން އަތުވެއްޖެނަމަ، މުވައްޒަފަށް ދީފައިވާ ހުއްދަ ބާތިލުވާނެއެވެ. ހުއްދައަށް އެދިފައިވާ ހާލަތު ނިމުމަކަށް އައުމާއެކު، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އެކަން އަންގަންވާނެއެވެ. އަދި މި ހުއްދައަށް އެދިފައިވާ ހާލަތަށް ނިމުން އައުމުން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އެކަން ނާންގައިފިނަމަ، މި ގަވާއިދުގެ 13 ވަނަ ބާބުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
17 ވަނަ މާއްދާ - މަސައްކަތު ވަގުތު ލިބޭ ހުސްވަގުތުކޮޅު
ރަމަޒާންމަސް ފިޔަވައި އެހެނިހެން މަސްމަހުގައި މެންދުރު 12:00 އިން މެންދުރުފަހު 2:00 އާ ދެމެދު 60 (ފަސްދޮޅަސް) މިނިޓުގެ ހުސްވަގުތުކޮޅެއް މުވައްޒަފަށް ލިބޭނެއެވެ.މި ހުސްވަގުތުކޮޅު ނަގަންވާނީ، އާންމު ންނަށް އޮފީހުން ދޭ ހިދުމަތްތައް ދިނުން ހުއްޓުމަކަށް ނާންނާނެ އިންތިޒާމެއްގެ މަތީންނެވެ.
18 ވަނަ މާއްދާ - އޮފީހުގެ މުވައްޒަފުން ދަންވަ ރު 12 ގެ ފަހުން މަސައްކަތްކުރުން
އޮފީހުން އަންގައިގެން ދަންވަރު 12 ގެ ފަހުން މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާނަމަ،އެފަދަ މުވައްޒަފުން ގަޑިޖެހުމުގައި ބަލާނީ، ތިރީގައިވާ އުސޫލަށެވެ.
(ހ) ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރާނަމަ، ދަންވަރު 12:00 ގެ ފަހުން ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް ގަޑިއެއްގެއިރު، އެ ދުވަހު ހެނދުނު އޮފީހަށް ނުކުތުމުގައި އެ މުވައްޒަފަކަށް ފަސްކޮށްދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތްނަމަވެސް، ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރިކަމުގައި ވިޔަސް، ހެނދުނު އޮފީހަށް ނުކުތުން ފަސްކުރެވޭނެ އެންމެ ލަސް ގަޑިއަކީ، އެ ދުވަހުގެ ހެނދުނު 11:00 އެވެ.
(ނ) ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރިކަމުގައި ވިޔަސް، އޮފީހުގެ މަސައްކަތާއި ހާލަތަށް ރިއާޔަތްކޮށް، އެ މުވައްޒަފު ޖެހިގެން އަންނަ ދުވަހު މަސައްކަތަށް ހާޒިރުވާންވީ ގަޑި، މި މާއްދާއާ ހިލާފުނުވާ ގޮ ތެއްގެ މަތީން ހަމަޖެއްސުމުގެ އިހްތިޔާރު، ފޮރިން ސެކްރެޓަރީއަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - ގަޑީ ލާރި އުނިކުރުން
(ހ) އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ، މި މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ މުސާރައިން ގަޑީލާރި އުނިކުރެވޭނެއެވެ.
(ށ) ޖެނެރަލް ސްޓާފުން، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހުގެ ރަސްމީ ދުވަސްދުވަހު ހެނދުނު 8:10 ގެ ފަހުން ހާޒިރުވެއްޖެނަމަ، ގަޑީލާރި އުނިކުރެވޭނެއެވެ. ރަމަޒާން މަހު ގަޑީލާރި އުނިކުރާނީ، ހެނދުނު 9:01 ނުވަތަ ރަމަޒާން މަހުގެ ރަސްމީ ގަޑިކަމަށް ސަރުކާރުން ކަނޑައަޅާ ގަޑިއެއް ފެށޭތާ 1 (އެކެއް) މިނިޓު ފަހުން އޮފީހަށް ހާޒިރުވެއްޖެނަމައެވެ. އެގްޒެކެޓިވް ސްޓާފުން ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ހެނދުނު 8:31 ގެ ފަހުންހާޒިރުވެއްޖެނަމަ، ގަޑީލާރި އުނިކުރެވޭނެއެވެ.
(ނ) ރަސްމީގަޑިއަށް އޮފީސް ހުޅުވުމާ އެ ފަހަރަކު ހަވާލުވެހުންނަ މުވައްޒަފު ގަޑިޖެހޭ ވަގުތަކީ، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، ހެނދުނު 7:41 ގެ ފަހެވެ. ރަމަޒާންމަހު ގަޑިޖެހޭ ވަގުތަކީ، ރަމަޒާން މަހުގެ ރަސްމީ ގަޑިކަމަށް ސަރުކާރުން ކަނޑައަޅާ ގަޑިއެއް ފެށޭތާ 20 (ވިހި) މިނިޓުގެ ކުރިއެވެ.
(ރ) އޮފީހުގެ މަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިކަން މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ހަމަޖައްސައިފައިވާ ސިސްޓަ މުގެ ތެރެއިން ރިކޯޑު ކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް ހާޒިރުވިގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑިކަމަށް ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ގަޑިއެކެވެ.
(ބ) އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ހާޒިރުވިގަޑި ރިކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުގެ ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައިފައި ހާޒިރުވިގަޑި ރިކޯޑުކުރަން ވާނެއެވެ. އަދި ސަބަބު ރިކޯޑުކޮށްފައި އޮންނަންވާނެއެވެ. މި ހާލަތުގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެއެވެ.
(ޅ) އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރުނުވެގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެހުރި އޮފީސް ހުޅުވުމުގެ ހުއްދަ އޮންނަ މުވައްޒަފަކު އޮފީސް ހުޅުވަންވާނެއެވެ.
(ކ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނިޓުންނެވެ. މިނިޓަކަށް ޖެހޭ އަދަދު ބަލާނީ،މަހު މުސާރަ އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، އާންމު ރަސްމީ ގަޑިކަމަށް ހަމަޖައް ސައިފައި އޮންނަ ގަޑީގެ އަދަދުން ގެއްލައި، ގެއްލީމާ އަންނަ އަދަދު 60 އިން ގެއްލައިގެންނެވެ. އެއީ، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނައަދަދު 7 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ. ރަމަޒާން މަހު، މަހު މުސާރަ 30 ން ގެއްލީމާ އަންނަ އަދަދު 4 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ.
(އ) އޮފީހުން އަންގައިގެން، ނުވަތަ ރާވައި ތާވަލު ކުރެވިގެން ރަސްމީގަޑީގެ އިތުރުން މުވައްޒަފުން ނުރަސްމީ ގަޑީގައި ނުކުންނަން އަންގައިފައިވާ ގަޑިއަށް ނުވަތަ ހަމަޖެހިފައިވާ ގަޑިއަކަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
(ވ) މުވައްޒަފަކު ގަޑިޖެހިގެން، ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ،އެ މީހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މުސާރައިގެ އަދަދެވެ.
20 ވަނަ މާއްދާ - އޮފީސް ހުޅު ވައިލެއްޕުން
އޮފީސް ހުޅުވައި ލައްޕާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލައި ފައިވާ އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް ހުއްދަދީފައިވާ މުވައްޒަފުންނެވެ.
21 ވަނަ މާއްދާ - އޮފީސް ހިންގުމުގެ އޮނިގަނޑު
(ހ) މިނިސްޓްރީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ ވަޒީފާގެ އޮނިގަނޑެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައި ފައިވާ ވަޒީފާގެއޮނިގަނޑުގައި ހިމެނޭ ބައިތަކުގެ މަގު ސަދާއި، ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރަންވާ ގޮތުގެ އުސޫލުތައް (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ވެސް ލިޔެ، ފޮރިން ސެކްރެޓަރީގެ ލަފަޔާއި މިނިސްޓަރުގެ ހުއްދަޔާއެކު ފާސްކޮށްފައި އޮންނަންވާނެއެވެ.
21 ވަނަ މާއްދާ - ރަސްމީގަޑީގައި އަމިއްލަ މަސައްކަތްކުރުން
މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރިއާ ބެހޭ ކަމެއް ނުވަތަ މާލީ ފައިދާއެއް ލިބޭ ނުވަތަ ނުލިބޭ މަސައްކަތެއްވިޔަސް ކޮށްގެން ނުވާނެއެވެ.
22 ވަނަ މާއްދާ - އިންފޮމޭށަން، ކޮމިއުނިކޭށަން އެންޑް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން
އޮފީހުގެ އިންފޮމޭށަން، ކޮމިއުނިކޭށަން އެންޑް ޓެކްނޮލޮޖީގެ ވަސީލަތްތައް މުވައްޒަފުން ބޭނުންކުރަންވާނީ، އެފަދަ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވައިލައިފައިވާ އުސޫލާ އެއްގޮތަށެވެ.
ހަތަރުވަނަ ބާބު
ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
23 ވަނަ މާއްދާ - ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) އާއި، މި ގަވާއިދު ހިންގުމަށާއި، މުވައްޒަފުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުމުގެ ބޭނުމުގަ އްޔާއި މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެހުރި އެންމެ އިސްފަރާތަށް މުވައްޒަފުންގެ ކަންތައްތައް ހިންގުމުގައި ލަފަޔާއި އިރުށާދު ދިނުމަށް އުފައްދާ ކޮމިޓީއެކެވެ.
24 ވަނަ މާއްދާ - ކޮމިޓީ އުފެއްދުމާއި އެކުލެވިގެންވާ ގޮތް
މި ކޮމިޓީގައި ހިމެނޭނީ، މިނިސްޓްރީގެ އެގްޒެކެޓިވް ސްޓާފުންގެ ތެރެއިން މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އިސް ވެރިޔާއާއި، އެގްޒެކެޓިވް ސްޓާފުންގެ ތެރެއިން ކޮމިޓީއަށް އިންތިހާބުކުރެވޭ 1 (އެކެއް) މެންބަރާއި، ޕްރޮފެށަނަލް ސްޓާފުންގެ ތެރެއިން ފޮރިން ސެކްރެޓަރީ އައްޔަނުކުރާ 1 (އެކެއް) މެންބަރާއި، ޕްރޮފެށަނަލް ސްޓާފުންގެ ތެރެއިން އިންތިހާބު ކުރާ 2 (ދޭއް) މެންބަރުންނާއި، ޖެނެރަލް ސަރވިސް ސްޓާފުންގެ ތެރެއިން ފޮރިން ސެކްރެޓަރީ އައްޔަނުކުރާ 1 (އެކެއް) މެންބަރާއި، ޖެނެރަލް ސަރވިސް ސްޓާފުންގެ ތެރެއިން އިންތިހާބު ކުރާ 1 (އެކެއް) މެންބަރުގެ މައްޗަށް އެކު ލެވޭ ޖުމުލަ 7 (ހަތެއް) މެންބަރުންނެވެ.
25 ވަނަ މާއްދާ - ކޮމިޓީގެ އިންތިހާބު
މި ކޮމިޓީގެ އިންތިހާބުކުރާ މެންބަރުކަމަށް ކުރިމަތިލުމަށް، ފޮރިން ސަރވިސްގެ ދާއިމީ މުވައްޒަފުންނަށް 1 (އެކެއް) ހަފުތާގެ މުއްދަތަށް ހުޅުވައިލަންވާނެއެވެ. މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ކުރިޔަށް ގެންދަންވާނީ، ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތީން އެކުލަވައިލެވޭ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އިންތިހާބު ބާއްވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
26 ވަނަ މާއްދާ - ކޮމިޓީގެ ދައުރު
ކޮމިޓީގެ ދައުރަކީ، މީލާދީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީގެ އިންތިހާބެއް ނުބޭއްވިއްޖެނަމަ، ކޮމިޓީގެ ދައުރު އިތުރުކުރުމުގެ އިހްތިޔާރު، ފޮރިން ސެކްރެޓަރީއަށް ލިބިގެންވެއެވެ. މި ގޮތަށް އިތުރުކުރެވޭނީ، 1 (އެކެއް) ދައުރެވެ.
27 ވަނަ މާއްދާ - ކޮމިޓިގެ ޗެއަރ ޕަރސަންއާއި ވައިސް ޗެއަރ ޕަރސަން
ކޮމިޓީގެ ޗެއަރޕަރސަންއަކީ، މިނިސްޓްރީގެ އިދާރީ ކަންކަން ބަލަހައްޓާ އިސް ވެރިޔާއެވެ. ވައިސް ޗެއަރޕަރސަން ހޮވާނީ، މެންބަރުންގެ ތެރެއިން ވޯޓު ލައިގެންނެވެ. ޗެއަރޕަރސަން ޗުއްޓީއެއްގައި ހުރުން ފަދަ ސަބަބަކާ ހުރެ، މި ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިނުވެވޭ ހާލަތެއްގައި، ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ކޮންމެހެން ބޭނުންވެއްޖެނަމަ، ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ވައިސް ޗެއަރޕަރސަނެވެ.
28 ވަނަ މާއްދާ - ކޮމިޓީގެ ކޯރަމް
ކޮމިޓީގެ ބައްދަލުވުމުގެ ކޯރަމް ހަމަވާނީ، މި ކޮމިޓީގެ މެންބަރުންގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ.
29 ވަނަ މާއްދާ - ކޮމިޓީއަށް ލިބިގެންވާ ބާރުތައް
ކޮމެޓީގެ ބާރުތަކަކީ އަންނަނިވި ބާރުތަކެވެ.
30 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)
(ހ) ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި ކޮމިޓީން ބަލާ މައްސަލަތަކާ ގުޅޭ ސިއްރު ރިކޯޑުތަކާ ލިޔެކިޔުންތައް ބެލުން.
(ށ) ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން ދިރާސާކޮށް ތަޖުރިބާކާރުންގެ އެހީ ހޯދުން.
(ނ) މެންބަރުން ނޫން ފަރާތްތަކަށް މި ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނީ، ކޮމިޓީން އެކަން އެގޮތަށް ނިންމައިފިނަމައެވެ. ނަމަވެސް މި ކޮމިޓީގެ އެއްވެސް ކަމެއްގައި އެފަދަ ފަރާތަކަށް ވޯޓެއް ނުލެވޭނެއެވެ.
(ރ) ކޮމެޓީގެ މަސައްކަތްތައް ހިންގުމަށް ކުދި ސަބްކޮމެޓީ ނުވަތަ ޕެނަލްތައް އެކުލަވައިލުން.
31 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
މި ކޮމިޓީގެ ވަކި މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމަކާ ގުޅޭގޮތުން ކޮމިޓީގައި މަށްވަރާކުރާނަމަ، އެފަދަ ބައްދަލުވުމެއްގައި އެ މަސް ލަހަތެއް އޮތް މެންބަރަކު ތަނާޒުލް ވާންޖެހޭނެއެވެ. އަދި ކޮމިޓީގެ މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ އެ މީހެއްގެ ށަރުއީ ބަލަދުވެރިކަން އަދި ގާނޫނީ ބަލަދުވެރިކަން އޮތް މީހެއްގެ މަސްލަހަތު ހިމެނޭ ކަމަކާމެދު މި ކޮމިޓީގައި މަށްވަރާ ކުރާނަމަ، އެފަދަ ބައްދަލުވުމަކުން ވެސް އެ މެންބަރަކު ތަނާޒުލް ވާންޖެހޭނެއެވެ.
32 ވަނަ މާއްދާ - ކޮމިޓީ ގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން
ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ، ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ކޮމިޓީގެ ޗެއަރޕަރސަނަށް އެކަން އަންގަންވާނެއެވެ. މަގުބޫލް ސަބަބެއްނެތި، ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވާ މެންބަރުން، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ވަކިކުރެވޭނެއެވެ.
33 ވަނަ މާއްދާ - ކޮމިޓީ ގެ މެންބަރެއްގެ މަގާމު ހުސްވުން
އެއްވެސް ސަބަބަކާ ހުރެ މި ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމަކަށް 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބުކުރަންވާނެއެވެ.
34 ވަނަ މާއްދާ - ކޮމިޓީގެ މަސައްކަތްތައް
ތިރީގައިވާ ކަންތައްތަކާ ގުޅިގެން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެހުރި އެންމެ އިސް ފަރާތަށް ލަފަޔާއި އިރުށާދު ދިނުން.
(ހ) މުވައްޒަފުންނަށް ތަމްރީނު ދޭން ބޭނުންވާ ދާއިރާތައް ކަނޑައެޅު މުގައި ފޮރިން ސެކްރެޓަރީއަށް ލަފާދިނުމާއި، މިނިސްޓްރީގެ މުވައްޒަފުން ތަމްރީނުކުރުމުގެ ގަވާއިދުގައި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
(ށ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންކަން މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނާ ގުޅިގެން ހިންގުން.
(ނ) މުވައްޒަފުންނަށް އިނާޔަތް ދިނުމާއި ކުރިއެރުން ދިނުމުގައި ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑަށް ލަފާދީ އެހީތެރިވެދިނުން.
(ރ) މުވައްޒަފުންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި ކުރެވޭ ތަހުގީގު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ބ) މި ނޫނަސް އޮފީހުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބޭނުންވާ ލަފާ ދިނުން.
(ޅ) ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ކޮމިޓީން ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުން.
35 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން
ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔު މާއި، ކޮމިޓީގެ މެންބަރުންނަށް ބައްދަލުވުންތަކަށް އެންގުމާމާ ގުޅޭ ހުރިހާ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުންނެވެ.
36 ވަނަ މާއްދާ - ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ދިނުން
ކޮމިޓީގެ މަސައްކަތާ ގުޅޭގޮތުން ކޮމިޓީއަށް މައުލޫމާތެއް ބޭނުންވެއްޖެ ހިނދެއްގައި،މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން އެ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.
37 ވަނަ މާއްދާ - ކޮމިޓީގެ ނިންމުމަކަށް އަމަލުކުރުމާއި އިލްތިމާސް ކުރުން
މި ކޮމިޓީގެ ނިންމުމަކާމެދު އެއްވެސް މުވައްޒަފަކު ހިތްހަމަ ނުޖެހޭނަމަ، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކަމެއް އަލުން ބަލައިދިނުމަށް އެދި ފޮރިން ސެކްރެޓަރީއަށް ހުށަހެޅިދާނެއެވެ.
38 ވަނަ މާއްދާ - ކޮމިޓީއާ ބެހޭގޮތުން ހުށަހެޅޭ މައްސަލަ ބެލުން
މި ކޮމިޓީގެ މަސައްކަތްތަކާއި ނިންމުންތަކާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، އެ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ ބާރު، ފޮރިން ސެކްރެޓަރީއަށް ލިބިގެންވެއެވެ.
39 ވަނަ މާއްދާ - ކޮމިޓީގެ ރިޕޯޓް ހުށަހެޅުން
މި ކޮމިޓިގެ މަސައްކަތްތަކާބެހޭ ރިޕޯޓެއް، ކޮންމެ މަސައްކަތު އަހަރެއް ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން ތައްޔާރުކޮށް، ކޮމިޓީގެ މެންބަރުންގެ ލަފަޔާއެކު ފާސްކޮށްފައި، ފޮރިން ސެކްރެޓަރީއަށާއި މިނިސްޓަރަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
ފަސްވަނަ ބާބު
މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ބައި
40 ވަނަ މާއްދާ - މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް
ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށާއި، ފޮރިން ސަރވިސްގެ މުވައްޒަފުން އަމަލުކުރުމަށް ކަނޑައަޅައިފައިވާ ހުރިހާ އުސޫލުތަކަށް، ފޮރިން ސަރވިސްގެ މުވައްޒަފުން އަމަލުކުރަންވާނެއެވެ.
41 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން
މިނިސްޓްރީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު، މިނިސްޓްރީގެ ކަމާގުޅޭ ފަރާތްތައް ނޫން އެހެން ފަރާތަކަށް އަދި މިނިސްޓްރީން ބޭރުގެ ފަރާތަކަށް ހާމަކުރަންވާނީ، ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
42 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މަގާމުތަކުގެ ށަރުތުތައް
ފޮރިން ސަރވިސްގެ މަގާމުތަކުގެ ށަރުތުތައް، މި ގަވާއިދުގެ ދަށުން އެކުލަވައިލާ "ފޮރިން ސަރވިސްގެ މަގާމުތަކަށް މުވައްޒަފުން އައްޔަނު ކުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.
43 ވަނަ މާއްދާ - އެހެން ގައުމެއްގެ ދާއިމީ ރަށްވެއްސެއްކަމަށް ބަލާނެ މިންގަނޑު
އެހެން ގައުމެއްގެ ދާއިމީ ރައްވެއްސެއް ކަމަށް ބެލެވޭނެ މިންގަނޑު، ތިރީގައި މިވަނީއެވެ.
(ހ) އެހެން ގައުމެއްގެ ޕާސްޕޯޓް ނުވަތަ ސިޓިޒަންށިޕް ލިބައިފައިވުން.
(ށ) އެހެން ގައުމެއްގެ ދާއިމީ ރަށްވެހިކަން (ޕަރމަނަންޓް ރެސިޑެންސީ، ރެސިޑަންސް ކާޑު، ގްރީންކާޑު ފަދަ) ލިބިފައިވުން.
44 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
(ހ) ގާނޫނު ނަންބަރު 2021-20 ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިސްޓަރަށާއި މިނިސްޓްރީއަށް އެހީތެރިވެދިނުން.
(ށ) ފޮރިން ސަރވިސް މުވައްޒަފުންގެ މަގާމުގެ ގޮތުން އެ މުވައްޒަފަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
45 ވަނަ މާއްދާ - ވަޒީފާ ދިނުމާއި، ވަޒީފާގެ އެއްބަސްވުމާއި،ވަޒީފާ ގެ ބަޔާން
މުވައްޒަފަށް ވަޒީފާ ދޭ ހިނދު، ލިޔެފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި އެ މުވައްޒަފަކު ލައްވާ ސޮއިކުރުވަންވާނެއެވެ. "ވަޒީފާގެ އެއްބަސްވުމުގެ" ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ. ވަޒީފާގެ އެއްބަސްވުމުގައި އޮފީހުގެ ފަރާތުން ސޮއިކުރާނީ، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާ، ނުވަތަ އެ ފަރާތުން ކަނޑައަޅާ މުވައްޒަފެކެވެ.
(ހ) މުވައްޒަފަށް ވަޒީފާ ހަމަޖެހުމުން، އެ މުވައްޒަފެއްގެ ވަޒީފާ ބަޔާން، މުވައްޒަފުގެ ކަންތައްތައް ބަލަހައްޓާ ފަރާތުން އެ މުވައްޒަފަކަށް އޮޅުންފިލުވައިދީ، ވަޒީފާ ދޭ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މުވައްޒަފު ލައްވައި ވަޒީފާގެ ބަޔާނުގައި ސޮއިކުރުވަންވާނެއެވެ.
(ށ) ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު، އެއްބަސްވުމުގެ ކޮޕީއެއް، މުވައްޒަފުގެ ރިކޯޑުފައިލަށް ލާންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް، އެ މުވައްޒަފަށް ދޭންވާނެއެވެ.
(ނ) ފޮރިން ސަރވިސްއިން ވަޒީފާދޭ މުވައްޒަފު، ފުރަތަމަ 3 (ތިނެއް) މަސްދުވަހު ހުންނާނީ ޕްރޮބޭށަނުގައެވެ. މި މުއްދަތުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލުކުރެވިދާނެއެވެ.
(ރ) ފޮރިން ސަރވިސްއިން ވަޒީފާދޭ މުވައްޒަފު ފުރަތަމަ 3 (ތިނެއް) މަސްދުވަހު ހުންނާނީ ޕްރޮބޭށަނުގައެވެ. އަދި މި މުއްދަތުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލުކުރެވިދާނެއެވެ.
(ބ) ކޮންމެ އަހަރަކު އެއްފަހަރު، މުވައްޒަފުން ކުރާ މަސައްކަތަކާ ވަޒީފާ ބަޔާންތައް އަޅާބަލައި، މަގާމުގެ މަސައްކަތަށް ބަދަލު އައިސްފައިވާނަމަ، އެ މަގާ މެއްގެ ވަޒީފާގެ ބަޔާން އަލުން ލިޔެ، މުވައްޒަފު ލައްވައި ސޮއިކުރުވަންވާނެއެވެ.
(ޅ) ވަޒީފާގެ ބަޔާން ތައްޔާރުކޮށްފައި އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާގެ ބަޔާން" ގެ ނަމޫނާގައިވާ ބައިތައް ހިމަނައިގެންނެވެ.
46 ވަނަ މާއްދާ - ވަޒީފާގެ ގިންތިތައް
އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭ ގޮތަށެވެ.
(ހ) ދާއިމީ ވަޒީފާ (ވަކި މުއްދަތެއް ކަނޑައަޅައިފައި ނުވާ ވަޒީފާ).
(ށ) ވަގުތީ ވަޒީފާ / ކޮންޓްރެކްޓް ވަޒީފާ (ވަކި މުއްދަތެއް ކަނޑަ ޅައިފައިވާ ވަޒީފާ).
47 ވަނަ މާއްދާ - ވަޒީފާއަށް މީހުން ހޮވުމާއި ހަމަޖެއްސުން
(ހ) ފޮރިން ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވާނީ، ފޮރިން ސަރވިސް ގެ އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ "ފޮރިން ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ވަޒީފާ ދިނުމުގެ ކުރިން، ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެ ކަމަށް ފެނިއްޖެ ހިނދެއްގައި، އެ މީހަކަށް ވަޒީފާ ނުދިނުމުގެ ފުރިހަމަ އިހްތިޔާރު، އޮފީހަށް ލިބިގެން ވެއެވެ.
- އަހްލާގީ މިންގަނޑާއި ގައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްކަމުގައި ނުވުން؛
- އެހެން ގައުމެއްގެ ރައްޔިތަކަށް ވުން، ނުވަތަ ދާއިމީ ރަށްވެއްސަކަށް ވުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ، ނުވަތަ އައްޔަނުކުރެވޭ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ވުން.
48 ވަނަ މާއްދާ - ވަޒީފާ ނުދެވޭނެ ހާލަތު
އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން ހިދުމަތްކޮށްފައިވާ މީހަކަށް، އަންނަނިވި ހާލަތްތަކުގައި އަލުން އޮފީހުގެ ވަޒީފާއެއް ނުދެވޭނެއެވެ.
(ހ) ވަޒީފާއިން ކުރިން ވަކިކުރި ސަބަބަކީ އަލުން ވަޒީފާއެއް ދިނުމަށް އިއުތިރާޒު ކުރެވިދާނެ ފަދަ ސަބަބަކަށްވުން.
(ށ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރިފައިވުން. (ނަމަވެސް، ވަގުތީ/ކޮންޓްރެކްޓް ވަޒީފާތަކަށް ހޮވާ ފަރާތްތައް މީގެ ތެރެޔަކު ނުހިމެނޭނެއެވެ.)
49 ވަނަ މާއްދާ - ވަޒީފާ ބަދަލުކުރުން
މުވައްޒަފަކު އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާއިރު، އެ މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ އެދުމަކަށް، ނުވަތަ ރުހުމާއެކުގައި، މެނުވީ ބަދަލުކުރެވޭނީ ތިރީގައިވާ ހާލަތްތަތަކުގައެވެ.
(ހ) މި މިގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން އިސްލާހީ ފިޔަވަޅެއްގެ ގޮތުން.
(ށ) މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު ށަރުތެއް މުވައްޒަފުގެ ކިބައިން އުނިވުން.
(ނ) އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތް ކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.
(ރ) ދިމާވާ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މުވައްޒަފު ހުރި ފަންތީގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
(ބ) ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގައި ވަޒީފާ ބަދަލުކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެހެން ހާލަތެއް މެދުވެރިވުން.
50 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުން
(ހ) މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދެވޭނީ، މުވައްޒަފުންގެ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އުފުލައި، މަސައްކަތުގެ ފެންވަރު ރަނގަޅަށް ބަހައްޓައި، މަސައްކަތުގެ އަހްލާގު ރަނގަޅުވެގެން އެ ކަންކަން ސާބިތުކޮށްދޭ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ނުވަތަ، އެ ކަންކަމުގެ މައްޗަށް ބަލައި، އެއަށްވުރެ މަތީ މަސްއޫލިއްޔަތެއް ހަވާލުކުރުމުގެ ގޮތުންނެވެ. މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ބެލޭނެ އަސާސްތައް ތިރީގައި މިވަނީއެވެ.އާންމުއާންމުގޮތުގެ މަތީން
- އޮފީހުގެ ހުސް މަގާމަކަށް އާންމުކޮށް އިއުލާނުކުރުމުގެ ކުރިން، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަޒީފާއަކަށް ކުރިއެރުން ދެވިދާނެ މުވައްޒަފެއް ހުރިތޯ ބެލުމަށް އިއުލާނު ކުރެވޭނެއެވެ. އެ މަގާމަކަށް އެކަށީގެންވާ މުވައްޒަފަކު ނުލިބިއްޖެ ހާލަތުގައި މެނުވީ، އާންމު ކޮށް އެ މަގާމަކަށް އިއުލާނެއް ނުކުރެވޭނެއެވެ.
- މުވައްޒަފަކު ވަޒީފާ އަދާކުރާ ހިދުމަތުގެ އޮނިގަނޑުގެ މަގާ މުގެ ކްލެސިފިކޭށަނުގައި ޖެހިގެން އޮތް މަގާމުގެ ކްލެސިފިކޭށަނުގެ ށަރުތު ހަމަވާކަމަށް ކަނޑައެޅިފައިވާ މުއްދަތަށް ހިދުމަތް ކޮށްފައިވީ ނަމަވެސް، މަގާމުގެ ކުރިއެރުން ދެވޭނީ، ހުސްމަގާމެއް އޮވެ، އެ މަގާމަކަށް އޮފީހުން އިއުލާނު ކުރުމުން، އެ މަގާމަށް ވާދަކޮށް ހޮވިއްޖެނަމައެވެ.
- ސަރުކާރުގެ ހަރަދުގައި ނުވަތަ އަމިއްލަގޮތުން ކޯސް ފުރިހަމަކުރާ މުވައްޒަފުން ތައުލީމީގޮތުން މަތީ މަގާމުގެ ކްލެސިފިކޭށަނުގެ ށަރުތު ހަމަވިކަމުގައިވިޔަސް، މަގާމުގެ ކުރިއެރުން ދެވޭނީ، އެ ފެންވަރުގެ ހުސް މަގާމެއް އޮވެ، އެ މަގާމަކަށް އިއުލާނު ކުރުމުން، އެ މަގާމަށް ވާދަކޮށް ހޮވިއްޖެނަމައެވެ.
- އެއްވެސް ހާލަތެއްގައި ވަޒީފާގެ ޒިންމާ ނޫފުލާ، މަސައްކަތަށް ފަރުވާކުޑަ، މަސައްކަތުގެ އަހުލާގު ދަށް މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުމެއް ނުދެވޭނެއެވެ. އަދި އިސްލާހީ ފިޔަވަޅު އެޅިފައިވާ މުވައްޒަފަކަށް، މި ގަވާއިދުގެ 13 ވަނަ ބާބުގައިވާ ގޮތުގެ މަތީން، އެ މީހާގެ ކިބައިންފުރިހަމަ އިސްލާހެއް ސާބިތުވެގެން ނޫނީ އެއްވެސް ބާވަތެއްގެކުރިއެރުމެއް ނުދެވޭނެއެވެ.
(ށ) ވަޒީފާގެ ކުރިއެރުން ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.
- މަގާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފަކު އެކަށީގެންވާ މިންވަރު ؛
- މުވައްޒަފަކު ހާޒިރީއަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، މަސައްކަތުގެ ފެންވަރު؛
- މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާ؛
- މުވައްޒަފަކު އެ ދާއިރާގެ ވަޒީފާގައި އުޅެފައިވާ މުއްދަތު؛
- އޮފީހުގެ މަގުސަދު ހާސިލުކުރުމަށް މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު؛
- މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު؛
- އިސްލާހީ ފިޔަވަޅެއް އެޅިފައިވޭތޯއާއި، އިސްލާހީ ފިޔަވަޅު އެޅިފައިވާނަމަ، އިސްލާހީ ފިޔަވަޅު އަޅައިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގައިތޯއާއި، އެ ފިޔަވަޅު އަޅައިފައިވާ ދަރަޖަ؛
51 ވަނަ މާއްދާ - މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުން
މުވައްޒަފަކު ވަކިވާން އެދުމުން، މަގާމު ހުސްނުވިކަމުގައި ވިޔަސް، އެ މުވައްޒަފުގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށޭނެއެވެ. އަދި މުވައްޒަފަކު އެހެން މަގާމަކަށް ބަދަލުކުރަން ނިންމުން، މަގާމު ހުސްނުވި ކަމުގައި ވިޔަސް، އެ މީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށޭނެއެވެ.
52 ވަނަ މާއްދާ - ޕްރޮބޭށަން (ވަގުތީ މުއްދަތު)
(ހ) އޮފީހުގެ ވަޒީފާދެވޭ މުވައްޒަފަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މުވައްޒަފެއްތޯ ބެލުމަށް، ގިނަވެގެން 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޕްރެބޭށަނުގައި ގެންގުޅެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކީ، މަސައްކަތަށް ގާބިލު މީހެއް ކަމުގައި ނުވާނަމަ، އެކަން އެގޮތަށް ކަނޑައެޅުމަށްފަހު މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ޕްރޮބޭށަނުގެ މުއްދަތުގެ ތެރޭގައި އެ މަގާމަށް އެ މީހަކު އެކަށީގެން ނުވާނަމަ، ނުވަތަ އެ މީހަކު ވަޒީފާއިން ވަކިވާން އެދިއްޖެނަމަ، ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުގެ ކުރިން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
53 ވަނަ މާއްދާ - ޕްރޮބޭށަނުގައި ހުންނަ މުވައްޒަފާމެދު އަމަލުކުރަންވީ ގޮތް
(ހ) ޕްރޮބޭށަނުގައި ހުންނަ މުވައްޒަފުންނާމެދު، އަންނަނިވި ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
- މުވައްޒަފަކަށް ޕްރޮބޭށަން މުއްދަތު ހަމަވާއިރު ދާއިމީ މުވައްޒަފަކަށްވުމަށް ޓަކައި، އެ މުވައްޒަފަކު ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން، ވަޒީފާ އަދާކުރަން ފެށުމާއެކު އެ މުވައްޒަފަށް މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ފަރާތުން އެންގުން؛
- ޕްރޮބޭށަނުގެ މުއްދަތުގައި ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ، އެ ތަމްރީނެއް ދިނުން؛
- ޕްރޮބޭށަނުގެ މުއްދަތުގައި، އެ މުވައްޒަފުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރުބަލައި ރިކޯޑު ކުރުމާއި، މުވައްޒަފަށް އޭނާގެ ހިދުމަތް ކުރަމުންދާ ގޮތާބެހޭ ފީޑްބެކް ސުޕަވައިޒަރު ދިނުން؛
- ޕްރޮބޭށަނުގެ މުއްދަތުގެ ތެރޭގައި މުވައްޒަފުގެ އަހްލާގާއި ހިދުމަތް ކުރުމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ވާނަމަ، އެކަން ރަނގަޅުކުރުމަށް މުވައްޒަފަށް ސުޕަވައިޒަރު އަންގައި ރިކޯޑުކުރުން.
(ށ) މި މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަނގަޅުކުރުމަށް މުވައްޒަފަށް އަންގައިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅު ކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިތުރު ނޯޓިހަކާ ނުލައިމުވައްޒަފު ވަޒީފާއިން ދޫކޮށްލެވޭނެއެވެ.
(ނ) މި މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަނގަޅުކުރުމަށް މުވައްޒަފަށް އަންގައިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅުކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިތުރު ނޯޓިހަކާ ނުލައި މުވައްޒަފު ވަޒީފާއިން ދޫކޮށްލެވޭނެއެވެ. މި މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަނގަޅުކުރުމަށް މުވައްޒަފަށް އަންގައިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅު ކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތީންއިތުރު ނޯޓިހަކާ ނުލައި މުވައްޒަފު ވަޒީފާއިން ދޫކޮށްލެވޭނެއެވެ.
54 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމާއި ވަކިކުރުން
(ހ) ފޮރިން ސަރވިސްގެ ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފަކު ވަކިކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ވަކި މުއްދަތަކަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް ނެތް ކޮންމެ މުވައްޒަފަކު، ވަޒީފާއިން ވަކިވާން ބޭނުންވާނަމަ، ވަކިވާން ބޭނުންވާ ތާރީހުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް، ލިޔުމަކުން ހުށަހަޅަންވާނެއެވެ.
- މުވައްޒަފަކު ވަޒީފާއިން ވަކިވުމަށްއެދި ސިޓީ ހުށަހަޅާތާ، ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
- ވަޒީފާއިން ވަކިކުރުމާ ހަމަޔަށް މުވައްޒަފު އޮފީހަށް ހާޒިރުވާން ވާނެއެވެ.
(ށ) ތިރީގައިވާ ސަބަބުތަކުން ކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
- ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ، ވަޒީފާ އަދާނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުން؛
- މުވައްޒަފެއްގެ މައްޗަށް ށަރުއީ ކޯޓަކުން ކުށް ސާބިތުވެ، އެ ކުށުގެ އަދަބެއްގެ ގޮތުން އެ މުވައްޒަފަކު ގޭގައި ނުވަތަ ޖަލުގައި ބަންދުކުރުން؛
- އެ މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ފޮރިން ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފަށްކަން ހިއުމަން ރިސޯސް މެނޭޖްމަންޓުން ކުރި ތަހުގީގަ ކަށްސާބިތުވުން؛
- ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަ ކުން ފާސްނުވުން، ނުވަތަ ތަމްރީނު ފުރިހަމަ ނުކުރުން.
- ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ސާބިތުވުމުން،އެ މީހަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އަޅާ ފިޔަވަޅެއްގެ ގޮތުން؛
- މި ގަވާއިދުގެ 72 ވަނަ މާއްދާއާއި، 71 ވަނަ މާއްދާއާއި، 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުން؛
- މުވައްޒަފަށް ދިމާވާ ސިއްހީ ހާލަތެއްގެ ސަބަބުން އެ މުވައްޒަފަކު އަދާކުރަންޖެހޭ ވަޒީފާ އަދާނުކުރެވޭ ފަދަ ހާލަތެއް ދިމާވުން.
(ނ) ވަކި އެއްބަސްވުމެއްގެ (ކޮންޓްރެކްޓެއްގެ) ދަށުން ވަކި މުއްދަތަކަށް ވަޒީފާ އަދާކުރާ މުވައްޒަފަކާމެދު، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، އެ އެއްބަސްވުމެއްގައި (ކޮންޓްރެކްޓްގައި) ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ.
55 ވަނަ މާއްދާ - މުވައްޒަފަކު ނިޔާވުން
މުވައްޒަފަކު ނިޔާވުމުން، އެހިނދުން ފެށިގެން އެ މުވައްޒަފެއްގެ ވަޒީ ފާ ނިމުމަކަށް އައީއެވެ.
56 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުން
އޮފީހުގެ މުވައްޒަފަކު ވަޒީފައިން ވަކިކުރުމުގެ ކުރިން، އަންނަނިވި ގޮތުގެ މަތީން ނޯޓިސްދެވޭނެއެވެ.
(ހ) 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން އަދި 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ، 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ދިނުން.
(ށ) 1 (އެކެއް) އަހަރަށްވުރެ ކުރުނޫން އަދި 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ، 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ދިނުން.
(ނ) 5 (ފަހެއް) އަހަރަށްވުރެ ގިނަދުވަހުގެ މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ، 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދިނުން.
57 ވަނަ މާއްދާ - ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުން
(ހ) ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިހުގެގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިހުގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމަޔަށް ދިނުމަށްފަހު، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަކިކުރެވޭ މުވައްޒަފަކަށް ނޯޓިސް މުއްދަތުގައި އެއްވެސް އިނާޔަތެއް ހައްގުވާނަމަ ވަޒީފާއިން ވަކިކުރެވޭނީ، އެ މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތެއް ލިބޭގޮތަށެވެ.
58 ވަނަ މާއްދާ - ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން
(ހ) މުވައްޒަފުގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވާކަމަށާއި، އެ މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް އޮފީހަށް ނުފެންނަ ނަމަ،ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ބާރު، އޮފީހަށް ލިބިގެންވެއެވެ. މިގޮތަށް ވަކިކުރެވޭ މުވައްޒަފުގެ އަހަރީ ޗުއްޓީ ދުވަސްތަކުން ބާކީ ދުވަސްތަކެއްވާނަމަ، އެ ދުވަސްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
(ށ) މުވައްޒަފުގެ އަހްލާގު އެކަށީގެންނުވާ ކަމަށް ބެލެވޭނީ، އަންނަނިވި ހާލަތްތަކުގައެވެ.
- ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުމެއް ލިބިދާނެކަމަށް ފެނުން؛
- ހިޔާނާތެއް ވެފައިވުން.
59 ވަނަ މާއްދާ - މިނިސްޓްރީއަށް ހިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފަކު ވަޒީފާއިން ވަކިކުރުން
މިނިސްޓްރީގެ ހަރަދުގައި ތައުލީމާއި ތަމްރީނު ހޯދައިފައިވާ މުވައްޒަފަކު، ހިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިކުރާއިރު، އޭނާ ހާސިލުކުރި ތައުލީމާއި ތަމްރީނަށް ކުރި ހަރަދާއި، އޭނާއަށް އެލަވަންސެއް ދީފައިވާނަމަ އެ އެލަވަންސް، ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަހައިލުމުން، ހިދުމަތް ނުކޮށް އޮތް މުއްދަތަށްވާ ފައިސާ، އެ މީހަކު ދައްކަން ވާނެއެވެ. އަދި މިގޮތުން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ހޯދުމުގެ މައްސަލަ ށަރީއަތް މެދުވެރިކޮށް ހޯދޭނެއެވެ.
60 ވަނަ މާއްދާ - މިނިސްޓްރީގެ ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފުން
(ހ) އޮފީހުގެ ވަޒީފާއިން ދޫކޮށްލުމަކީ، މި ގަވާއިދުގެ 62 މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން، މިނިސްޓްރީގެ ވަޒީފާއިން ވަކިކުރާ ވަކިކުރުމެވެ.
(ށ) ވަޒީފާ އިން ދޫކޮށްލެވޭ މުވައްޒަފުންގެ ތެރޭގައި ތިރީގައިވާ މުވައްޒަފުންނެއްނުހިމެނެއެވެ. މިއިން މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނީ، މި ގަވާއިދާއި އެ މުވައްޒަފަކާއި އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީންނެވެ.
- ވަޒީފާގެ ޕްރޮބޭށަނުގެ މުއްދަތުގައި މަސައްކަތްކުރާ މުވައްޒަފުން؛
- މިނިސްޓްރީގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ އޮފީހުގެ މުވައްޒަފެއްގެ ށަރުތު ހަމަނުވާ ފަރާތްތައް؛
- ވަގުތީ މުވައްޒަފުން / ކޮންޓްރެކްޓް އުސޫލުން އޮފީހުގެ މަސައްކަތެއް ކޮށްދޭ ފަރާތްތައް.
61 ވަނަ މާއްދާ - މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭނެ ހާލަތްތައް
އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން އޮފީހުގެ ދާއިމީ މުވައްޒަފަކު އޮފީހުގެ ވަޒީފާއިން ދޫކޮށްލެވޭނެއެވެ.
(ހ) ވަޒީފާ އުވިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: އޮފީހުގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލުގެނައުމުގެ ސަބަބުން ނުވަތަ ކުރަމުން އައި މަސައްކަތެއް ހުއްޓައިލުމުގެ ސަބަބުން ވަޒީފާ އުވި، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އޮފީހުގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައިގެން ވެސް ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ށ) ވަޒީފާ އަދާކުރާ ސެކްށަން/ޔުނިޓް އުވިގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން: ސަރުކާރުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ސަބަބުން މިނިސްޓްރީގެ ވަޒީފާތައް އުވުމުގެ ސަބަބުން ނުވަތަ މިނިސްޓްރީގެ ބައެއް އުވައިލުމުން، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އޮފީހުގެ ތެރެއިން ހޯދައި ދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައިގެން ވެސް ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ނ) ބޭނުންވާވަރަށްވުރެ މުވައްޒަފުން ގިނަވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން: މަގާމުތައް އަލުން ރުކުރުވައިލުމުގެ ސަބަބުން ނުވަތަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ވަޒީފާގައި ކުރަމުންގެންދިޔަ މަސައްކަތް އެހެން ގޮތަކަށް ކުރާގޮތަށް ހަމަޖެއްސުމުން، އޮފީހަށް ބޭނުންވާވަރަށްވުރެ އިތުރަށް މަގާމުހުރިކަމަށް ފާހަގަކުރެވިގެން އެ މަގާމު އުވައިލުމުގެ ސަބަބުން، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އޮފީހުގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައިގެންވެސް ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ރ) މުވައްޒަފުގެ ގާބިލުކަން ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ވަޒީފާ އަދާކުރުމަށް ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީނުގެ ފުރުސަތު ދިން ނަމަވެސް އެ ފުރުސަތުގެ އެދެވޭ ނަތީޖާ ހާސިލު ނުކުރެވުމުގެ ސަބަބުން މުވައްޒަފަކު ދޫކޮށްލަން ޖެހުން ނުވަތަ މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސައްކަތަށް ބޭނުންވާ ކެރިކުޅަދާނަކަން ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުން.
(ބ) މުވައްޒަފަކު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސް ކުރުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: އޮފީހުގެ މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް އައުޓްސޯސް ކުރުމުގެ ސަބަބުން، އެ މަގާމު އުވައިލާއި، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އޮފީހުގެ ތެރެއިން ހޯދައި ދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައިގެން ވެސް ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ޅ) އޮފީހުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް، އެހެން އޮފީހަކަށް ބަދަލުވާއިރު އިތުރުވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލަންޖެހުން: ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން އޮފީހުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ސަރުކާރުގެ އެހެން އޮފީހަކަށް ބަދަލުކުރުމުން، އެ މަސައްކަތް ބަދަލުވި އޮފީހަށް އެ މަސައްކަތްކުރި މުވައްޒަފުން ބަދަލުކުރެވޭއިރު މުވައްޒަފަކު އިތުރުވާނަމަ، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އޮފީހުގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައިގެން ވެސް ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
62 ވަނަ މާއްދާ - މިނިސްޓްރީގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް
މިނިސްޓްރީގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.
(ހ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފުންގެ ތެރެއިން މިނިސްޓްރީގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް.
(ށ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ނުވާ މުވައްޒަފުންގެ ތެރެއިން އޮފީހުގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް.
63 ވަނަ މާއްދާ - މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރެވޭ ގޮތް
އޮފީހުން މުވައްޒަފުން ދޫކޮށްލަންޖެހޭނަމަ، ތިރީގައިމިވާ ކަންކަން ކަށަވަރުކުރުމަށްފަހު އެކަމާގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރަންވާނެއެވެ.
(ހ) އޮފީހުގެ މަސައްކަތެއް ހުއްޓައިލެވޭނަމަ، އެކަން މުވައްޒަފުންނަށް އެންގުން.
(ށ) އޮފީހުގެ މުވައްޒަފުން މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުން މިކަމުގައި އަމަލުކުރާނެ މިންގަނޑުތަކެއް ކަނޑައެޅުމަށްފަހު، މަދުކުރަންޖެހޭ މަގާމުތައް ބަޔާންކޮށް މުވައްޒަފުންނަށް އެންގުން. އަދި އަމިއްލައަށް އެދިގެން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވައިލުން.
(ނ) ވަޒީފާ އަދާކުރުމުގައި ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީނުގެ ފުރުސަތު ދެވެމުން، އެ ފުރުސަތުގެ ބޭނުން މުވައްޒަފަކު ނުހިފިނަމަ، ނުވަތަ ދިން ތަމްރީނާ ގުޅިގެން އިތުރު ކުރިއެރުމެއް މުވައްޒަފަށް ލިބިފައިނުވާތީ ވަޒީފާއިން ދޫކޮށްލަންޖެހޭނަމަ، އެ ވަޒީފާއެއް އަދާކުރުމަށް މުވައްޒަފުގެ ކިބައިން އުނިވަނީ ކޮންކަމެއްކަން ބަޔާންކޮށް، ވަޒީފާއިން ދޫކޮށްލާނެކަން މުވައްޒަފަށް އެންގުން.
(ރ) އޮފީހުން ކުރަމުންދިޔަ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް ސަރުކާރުގެ އެހެން އޮފީހަކަށް ބަދަލުކޮށްފިނަމަ، އެ ބަދަލުކުރި މަސައްކަތެއް ކުރަމުންދިޔަ ހުރިހާ މުވައްޒަފުން އެ އޮފީހަކަށް ބަދަލުކުރުން. މި ހާލަތުގައި އެ ބަދަލުކުރެވޭ އޮފީހެއްގެ މަސައްކަތް ރޭވިފައިވާ ގޮތާއި، މުވައްޒަފުން ތިބި މިންވަރުން ކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު ބަދަލުވާ މުވައްޒަފުން އިތުރުވާނަމަ، މިގޮތަށް އިތުރުވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން. ނަމަވެސް، މިގޮތަށް މުވައްޒަފުން އިތުރުވެގެން ބައެއް މުވައްޒަފުން ދޫކޮށްލަންޖެހޭނަމަ، އެ އޮފީހެއްގައި މަސައްކަތަށް ބަދަލުކުރެވޭ މުވައްޒަފުން، އެ ވަޒީފާއެއް އަދާކުރި މުވައްޒަފުންގެ ތެރެއިން "މެރިޓް" އުސޫލުން ކަނޑައެޅުން.
64 ވަނަ މާއްދާ - އޮފީހުގެ ވަޒީފާއަކަށް މުވައްޒަފަކު ހަމަނުޖެއްސޭނެ ކުށްތަކާއި ހަމަނުޖެއްސޭނެ މުއްދަތު
(ހ) އިސްލާމްދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޓެކުން، ނުވަތަ މަކަރާއި ހީލަތްހެދުން، ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމަށް ވާނަމަ، އޮފީހުގެ ވަޒީފާއަކަށް ހަމައެއް ނުޖެއްސޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތް) ގައި ޖިނާއީ ބޮޑެތި ކުށްކަމުގައި ބެލެވޭ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު، އޮފީހުގެ ވަޒީފާއަކަށް ހަމައެއް ނުޖެއްސޭނެއެވެ.
(ނ) ޖިނާއީ ކުށެއްގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބުނެފައިވާ އަދަބުތަކުގެ ތެރެއިން 18 (އަށާރަ) މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވައިލުމަށް ނުވަތަ ގޭގައި ބަންދުކުރުމަށް ކަނޑައަޅައިފައިވާނަމަ، އެފަދަ ކުށެއް ބެލެވޭނީ، ބޮޑެތި ކުށްތަކުގެ ތެރޭގައެވެ.
65 ވަނަ މާއްދާ - ކުށެއްގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އޮފީހުގެ ވަޒީފާ ހަމަޖެއްސުން
ކުށެއްގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އޮފީހުގެ ވަޒީފާ ހަމަޖެއްސުމުގައި، އެ ފަރާތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރަންވާނެއެވެ.
66 ވަނަ މާއްދާ - އޮފީހުގެ ވަޒީފާދިނުމުގައި ކުށްތަކާމެދު ބެލޭނޭ ގޮތް
މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެކުމާއި، މަކަރާއި ހީލަތް ހެދުމާއި، ހިޔާނާތުގެ ކުށާއި، ޖިނާއީ ބޮޑެތި ކުށްތައް ފިޔަވައި ޖިނާއީ އެނޫން ކުށެއް ސާބިތުވެފައިވާ މީހުން ވެސް ވަޒީފާއަށް ހަމަޖެއްސުމުގައި، ވަޒީފާ ދެވޭ މީހާ ކޮށްފައިވާ ކުށް، ހަމަޖެއްސޭ ވަޒީފާއާ ގުޅުންހުރި މިންވަރުގެ މައްޗަށް ރިއާޔަތް ކުރެވޭނެއެވެ.
67 ވަނަ މާއްދާ - އިތުރު މަގާމުތަކަށް މުވައްޒަފުން ނެގުން
(ހ) ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އޮފީހުގެ މަސައްކަތަށް އިތުރު މަގާމުތަކެއް ބޭނުންވާކަމަށް މިނިސްޓަރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދަޔާއެކު މަގާމު އިތުރުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އައްޔަނުކުރާނީ، "ފޮރިން ސަރވިސްގެ މަގާމުތަކަށް މުވައްޒަފުން އައްޔަނު ކުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
68 ވަނަ މާއްދާ - ދައުލަތުގެ އެހެން މުއައްސަސާއަކުން، ވަކި މުއްދަތަކަށް ފޮރިން ސަރވިސްއަށް މުވައްޒަފުން ވީއްލުން
(ހ) ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމަކަށް، ދައުލަތުގެ އެހެން މުއައްސަސާއަކުން، ވަކި މުއްދަތަކަށް މުވައްޒަފުން ވީއްލުމަށް އެދި އެ މުއައްސަސާއަކުން ހުށަހެޅުމުން، ނުވަތަ މިނިސްޓްރީގެ ބޭނުމަކަށް އެހެން މުއައްސަސާއަކުން މުވައްޒަފަކު ވީއްލާނަމަ، މިނިސްޓްރީގެ މަގާމަށް އައްޔަނުކުރާނީ ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު މިނިސްޓަރެވެ.
(ށ) މިގޮތުން ވީއްލާ މުވައްޒަފުން ވީއްލަނީ ކޮން މަސައްކަތަކަށްތޯއާއި، ވީއްލާ މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) ފޮރިން ސަރވިސްއަށް ވީއްލައިފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރާނީ މިނިސްޓްރީގައެވެ. ވީއްލައިފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަންނަނަމަ، އެދުވަހާ ހަމަޔަށް އެ މުވައްޒަފުގެ ހާޒިރީ ރިޕޯޓު، އެ މުވައްޒަފެއްގެ މުއައްސަސާއަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.
(ރ) ވީއްލައިފައިވާ މުވައްޒަފުގެ މުސާރައާމެދު މިނިސްޓަރު އެހެން ގޮތަކަށް އަންގައިފައި ނުވާނަމަ، މުސާރައާއި އެލަވަންސް ދޭނީ، މުވައްޒަފަކު ނިސްބަތްވާ މުއައްސަސާއިންނެވެ.
69 ވަނަ މާއްދާ - ފޮރިން ސަރވިސްގެ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް ފޮރިން ސަރވިސްއިން ބޭރުން މުވައްޒަފުން އައްޔަނު ކުރުން
(ހ) ފޮރިން ސަރވިސްގެ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް ފޮރިން ސަރވިސްއިން ބޭރުން މުވައްޒަފުން އައްޔަނުކުރާނީ މިފަދަ މަގާމަކަށް މީހުން ނެގުމަށް މިނިސްޓަރު ނިންމުނުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުން އައްޔަނުކުރާނީ، މި ގަވާއިދުގެ 47 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ވަގުތީ މުވައްޒަފުންގެ ވަޒީފާ ހަމަޖައްސާ އުސޫލުންނެވެ.
(ނ) ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައި ފޮރިން ސަރވިސްގެ މުވައްޒަފުން އަމަލުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުސޫލުތައް، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންގެ މައްޗަށް ވެސް ހިނގާނެއެވެ.
ހަވަނަ ބާބު
ވަޒީފާއިން މުސްކުޅިކުރުމާއި ޕެންށަން
70 ވަނަ މާއްދާ - 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުން
(ހ) މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން، ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މި އޮފީހުގެ މުވައްޒަފުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން، ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކޮށް ދޫކޮށްލާއިރު،މުވައްޒަފަށް އިނާޔަތްތައް ހަމަޖައްސައިދެވޭނެއެވެ. މިގޮތުން ދެވޭ އިނާޔަތް ހަމަޖައްސާނީ ދިވެހިރާއްޖޭގެ ޕޭ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
71 ވަނަ މާއްދާ - 55 އަހަރުވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން
(ހ) މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، އަމިއްލައަށް ވަޒީފާއިން މުސްކުޅިވުމަށް އެދޭނަމަ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އެކަން ހުށަހަޅަންވާނެއެވެ.
(ށ) މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު، ވަކި މުއްދަތަކަށް އޮފީހަށް ހިދުމަތްކުރުމަށް ވެފައިވާ އެއްބަސްވުމެއްވާނަމަ، އެކަމަށް ރިއާޔަތް ކުރެވޭނެއެވެ.
(ނ) އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، މުވައްޒަފު އަމިއްލައަށް އެދިގެން އޮފީހުގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު، މުވައްޒަފަށް ލިބިދެވޭ އިނާޔަތް ހަމަޖައްސާނީ ދިވެހިރާއްޖޭގެ ޕޭ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
72 ވަނަ މާއްދާ - 55 އަހަރުވުމުން އޮފީހަށްލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން
(ހ) އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކު، މުވައްޒަފުގެ ސިއްހީ ހާލަތު ހުރިގޮތުން ވަޒީފާ އަދާކުރުމަށް ނުކުޅެދިއްޖެނަމަ، ވަޒީފާ އަދާކުރެވޭވަރު ނުވާކަމުގެ މެޑިކަލް ސެޓުފިކެޓެއް، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ހުށަހެޅުމުން، އޮފީހަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ.
(ށ) އޮފީހުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ އޮފީހުގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވެ، މަސައްކަތް ކުރަންތިބި މުވައްޒަފުން އިތުރުވެ، ރިޑަންޑަންޓްވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކު ހުރެއްޖެނަމަ، މި ގަވާއިދުގެ 76 ވަނަ މާއްދާއާ އެއްގޮތަށް އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ.
(ނ) އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދޭނަމަ، ނުވަތަ ވަޒީފާ ރަނގަޅަށް އަދާނުކުރެވޭނަމަ، އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު
ލިބި، އިތުރު ކުރިއެރުމެއް މުވައްޒަފަށް ލިބިފައި ނުވާނަމަ، މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާގޮތުގެ މަތީން އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ.
(ރ) އޮފީހުގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް ބަދަލެއް ގެނެވޭ ހިނދެއްގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފުންތިބި ކަމަށްވާނަމަ، އޮފީހަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެ މުވައްޒަފުން ވަޒީފާއިން މުސްކު ޅިކުރެވޭނެއެވެ.
(ބ) އޮފީހަށް ލިބިދޭ އިހްތިޔާރުގެ ދަށުން މުވައްޒަފަކު އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގައި މަށްވަރާކޮށް، އެ މަށްވަރާގައި ނިންމި ގޮތެއް ލިޔުމުން ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅިކުރުމުގެ އިނާޔަތް ހަމަޖައްސާނީ ދިވެހިރާއްޖޭގެ ޕޭ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
73 ވަނަ މާއްދާ - ޕެންށަން ދިނުން
މިނިސްޓްރީގެ މުވައްޒަފުންނަށް ޕެންށަން ދިނުމުގައި އަމަލުކުރެވޭނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދޭ
ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
ހަތް ވަނަ ބާބު
ހެދުން އެޅުމުގެ މިންގަނޑުތައް
74 ވަނަ މާއްދާ - ހެދުން އަޅާނެ ގޮތް
މިނިސްޓްރީގެ މުވައްޒަފުން އޮފީހަށް ނުކުންނަންވާނީ، އަދި އޮފީހުގެ މަސައްކަތުގައި ތިބެންވާނީ، ހިދުމަތް ލިބިގަންނަން އަންނަ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފެހެއްޓޭގޮތަށް، ސާފުތާހިރުކޮށް، އެކަށީގެންވާ ހެދުމުގައި،އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ރީތިކޮށް، ދިވެހި މުޖުތަމައު ގަބޫ ލުކުރާ އަހްލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައެވެ.
75 ވަނަ މާއްދާ - ރަސްމީ މަސައްކަތުގައި މުވައްޒަފުން ބޭނުންކުރުން ހުއްދަ ނޫން ހެދުމާއި ތަކެތި
މުވައްޒަފުން ރަސްމީ ގަޑީގައްޔާއި އޮފީހުގެ މަސައްކަތެއް ކުރުމަށް އޮފީހުން ބޭރުގައި މަސައްކަތްކުރާއިރު ހުއްދަ ނޫން ހެދުމާއި ތަކެތި ތިރީގައި މިވަނީއެވެ.
(ހ) އަހްލާގީގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، ނުވަތަ އިބާރާތް، ނުވަތަ ކުރެހުން، ނުވަތަ ކާޓޫނު، ނުވަތަ ފޮޓޯ ޖަހައިފައި ހުންނަ ހެދުން.
(ށ) ގައިގެ ހަން ފާޅުވާފަދަ ތުނި ހެދުން.
(ނ) އެއްވެސް ގޮތަކަށް ވީދިފައި ނުވަތަ ވީދާލައިފައި ހުންނަ ހެދުން.
(ރ) ކާގޯ ޕޭންޓްސް.
(ބ) ފެންފައިވާނާއި، އޮފީސް މާހައުލާ ނުގުޅޭ އެހެނިހެން ފައިވާނާއި ބޫޓު.
76 ވަނަ މާއްދާ - ހެދުންއެޅުމުގައި މީހާ ފާހަގަވެ އެނގޭ ގޮތަށް ހެދުން އެޅުން
މިނިސްޓްރީން ދޭ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ އަދި ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ރަސްމީ ދަތުރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކާ މުއާމަލާތްކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، މުވައްޒަފުން މަސައްކަތުގަޑީގައި ހެދުން އަޅައިފައި ހުންނަންވާނީ، ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތަކަށެވެ.
77 ވަނަ މާއްދާ - ރަސްމިއްޔާތުތަކުގައި ހެދުންއަޅަންވީ ގޮތް
މުހިންމު ރަސްމިއްޔާތުތަކުގައި މުވައްޒަފުން ތިބެންވާނީ، އެ ރަސްމިއްޔާތަކަށް ހެދުން އެޅުމަށް ކަނޑައަޅައިފައިވާ ގޮތަށެވެ.
އަށް ވަނަ ބާބު
މުސާރައާއި އިނާޔަތްތައް
78 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް ކަނޑައެޅުން
(ހ) ފޮރިން ސަރވިސްގެ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާ ހަމަތަކާ އެއްގޮތްވާގޮތުގެ މަތީން މިނިސްޓްރީ އޮފް ފިނޭންސުންނެވެ.
(ށ) މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، މުވައްޒަފެއްގެ މުސާރައިން ގަޑިއެއްގެއިރަށްޖެހޭ މިންވަރުގެ މަދުވެގެން ¼ 1 (1.25) (ބަޔަށްވާ ފައިސާ އަދި އެފަދައިން މަސައްކަތްކުރުވި، ރަަސްމީ ބަންދު ދުވަހެއްގައިނަމަ، އެ މުވައްޒަފެއްގެ މުސާރައިން ގަޑިއެއްގެއިރަށްޖެހޭ މިންވަރުގެ ½ 1 (1.5) ބަޔަށްވާ
ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެ މުވައްޒަފަށް ދޭންވާނެއެވެ.
79 ވަނަ މާއްދާ - މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު
މުވައްޒަފުގެ މުސާރަ ކަނޑައެޅިފައި އޮންނާނީ، ހަފުތާއަކު 7 (ހަތެއް) ދުވަހު، ދުވާލަކު 24 (ސައުވީސް) ގަޑިއިރަށެވެ. މިގޮތުން މުވައްޒަފަކަށް ދުވަހަކަށް ދޭންޖެހޭ މުސާރާއިގެ އަދަދު ބެލޭނީ، 30 (ތިރީސް) ން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއެއްގެއިރަށްޖެހޭ އަދަދު ބެލޭނީ، ދުވަހަކަށްޖެހޭ އަދަދު 6 (ހައެއް) ން ގެއްލައިގެންނެވެ.
80 ވަނަ މާއްދާ - މުސާރަ ދޭ ތާރީހު
މުވައްޒަފަށް މުސާރަ ދެވޭނީ، ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައި މުސާރަ ބަދަލުވި ތާރީހުކަމަށް ލިޔެފައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލުއަތުވެއްޖެނަމަ، ބަދަލުގެނައި މުސާރަ އެ މުވައްޒަފަކަށް ދެވޭނީ، މުސާރަ ބަދަލުވިކަމުގެ ޗިޓުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
81 ވަނަ މާއްދާ - ފަންތި ދަށްކުރާ މުވައްޒަފުންގެ މުސާރަ
(ހ) އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި އެއްވެސް މުވައްޒަފަކު، ދާއިމީކޮށް ނުވަތަ ވަގުތީގޮތުން، އޭނާ އަދާކުރަމުންގެންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް މަގާމު ދަށްކޮށްނަމަ، އެފަދަ މުވައްޒަފަކަށް ދޭންވާނީ، ދަށްކުރި ވަޒީފާގެ ފަންތިއަށް ކަނޑައެޅިފައިވާ މުސާރައެވެ.
82 ވަނަ މާއްދާ - ވަޒީފާއަށް ރުޖޫއަކުރެވޭ މުވައްޒަފުންގެ މުސާރަ
މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކު، ނުވަތަ އިސްލާހީ ފިޔަވަޅެއްގެގޮތުން ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކޮށްފައިހުރި މުވައްޒަފަކު، ނުވަތަ މަގާމަށް ބަދަލުގެނެސްފައިވާ މުވައްޒަފަކު، ވަޒީފާއަށް އަލުން ނެރޭނަމަ، ނުވަތަ ރުޖޫއަކުރާނަމަ، އޭނާގެ މުސާރަކަމަށް ހަމަޖައްސަންވާނީ، އެ ވަޒީފާގައި އޭނާ ރުޖޫއަކުރާ މަގާމުގެ މުސާރައެވެ.
83 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުން ދިނުން
މުވައްޒަފަކަށް މީލާދީ އަހަރެއްގެ ތެރޭގައި މުސާރައިގެ ކުރިއެރުމެއް ދެވޭނީ، ގިނަވެގެން އެއްފަހަރުއެވެ. މުވައްޒަފަކަށް މުސާރައިގެ ކުރިއެރުމެއް ދޭއިރު އިތުރުކޮށްދެވޭނީ، އެ ފަންތިއަށް ކަނޑައެޅިފައިވާ މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅަކަށެވެ. މުސާރައިގެ ކުރިއެރުން ދޭނީ، ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި އެކަން ހަމަޖެހިފަވާ ގޮތެއްގެ މަތީންނެވެ.
84 ވަނަ މާއްދާ - ހައްޔަރުކޮށްފައިވާ މުވައްޒަފުންގެ މުސާރަ
މުވައްޒަފަކު ހައްޔަރުކޮށްފިނަމަ، ހައްޔަރުކުރުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާއި، ވަޒީފާއިން ވަކިނުކުރާނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާމެދު އަމަލުކުރާނީ، ތިރީގައި މިވާ ގޮތުގެ މަތީންނެވެ.
(ހ) މުވައްޒަފުގެ މައްޗަށް ށަރީއަތުގައި ކުށް ސާބިތުވެފައިވާނަމަ، ބަންދުކޮށްފައި ހުރި ދުވަސްތަކުގެ މުސާރައެއް ނުދިނުން.
(ށ) މުވައްޒަފެއްގެ މައްޗަށް ށަރީއަތުގައި ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ،ނުވަތަ ކަމާބެހޭ ފަރާތުން އެ މައްސަލަ ށަރީއަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ، އެ މުވައްޒަފަކު ބަންދުކޮށްފައި ހުރި ދުވަސްތަކުގެ މުސާރަ ދިނުން.
(ނ) މުވައްޒަފުގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކޮށް، ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައިފިނަމަ،އެ މީހަކު ބަންދުކޮށްފައި ހުރި ދުވަސްތަކަށް މުސާރަ ދެވޭނެއެވެ. އަދި ކުށް ސާބިތުވެފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން އިސްތިއުނާފުކޮށް، އެ ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމައިފިނަމަ، އެ މީހަކު ބަންދުކޮށްފައި ހުރި ދުވަސްތަކަށް މުސާރަ ދިނުން.
85 ވަނަ މާއްދާ - މުވައްޒަފުގެ މުސާރަ ޖަމާކުރުން
މުވައްޒަފުގެ މުސާރަ ޖަމާކުރާނީ، މުސާރަ ޖަމާކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށެވެ.
86 ވަނަ މާއްދާ - މުސާރައިން އުނިކުރުން
(ހ) މުވައްޒަފަކު ވަޒީފާއަށް ނުނިކުމެއްޖެނަމަ، ނުނިކު މެހުރި މުއްދަތަކަށް ނުވަތަ ވަގުތަކަށް، އެ މުވައްޒަފެއްގެ މުސާރައިން ކެނޑޭނެއެވެ. ނަމަވެސް، ވަޒީފާއަށް ނުނިކުންނަ ދުވަހަށާއި ވަގުތަށްވާ މިންވަރު، އެ މުވައްޒަފެއްގެ މުސާރައިން ކެނޑުން ފިޔަވައި، މުވައްޒަފަކު ވަޒީފާއަށް ނުނިކުމެ ހުރުމާ ގުޅިގެން އިތުރު ޖޫރިމަނާއެއް ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމުންނާއި ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، މުވައްޒަފުގެ މުސާރައިން ކެނޑޭނީ، ތިރީގައި މިވާ ގޮތަށެވެ.
- އޮފީހުގެ އިޒުނަ، ގަވާއިދާ އެއްގޮތަށް ނުހޯދައި، ނުވަތަ ގަވާއިދު ތަންނުދޭ ގޮތެއްގައި މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހަކަށް މުސާރައިން ކެނޑޭނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދެވެ.
- މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފައަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި މުވައްޒަފުގެ މުސާރައިންކެނޑޭނެއެވެ.
- ގަޑީލާރި ކެނޑޭނީ، މުވައްޒަފުގެ މުސާރައިން ދުވަހަކަށްޖެހޭ އަދަދު (ރަސްމީ މަސައްކަތު ގަޑީގެ އަދަދު 60 އާ ގުނަކުރުމުން އަންނަ އަދަދުން ގެއްލީމައި އަންނަ އަދަދު) އެއީ މިނިޓަކަށް ޖެހޭ އަދަދުކަމުގައި ބަލައި، އެ އަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ.
87 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ
(ހ) ރަސްމީގަޑި ނޫން ވަގުތުތަކުގައި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވިދާނެއެވެ. މިގޮތަށް ކުރުވާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެއްނެތް މަސައްކަތަކަށް ވާންޖެހޭނެއެވެ. އަދި އެ މަސައްކަތަކީ، އޮފީހުގެ ހުއްދަ ލިބިގެން، މުވައްޒަފުގެ ސުޕަވައިޒަރުގެ ބެލުމުގެދަށުން، އިތުރުގަޑީގައި ކުރާ މަސައްކަތެއް ކަމަށް ވާންޖެހޭނެއެވެ. މުވައްޒަފުން ލައްވާ ރަސްމީގަޑީގެ އިތުރަށް ކުރުވާ މަސައްކަތަށް، ތިރީގައިމިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
(ށ) ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާ ދެވޭނީ،މަސްދުވަހުގެ މުސާރަ 30 (ތިރީސް) ން ގެއްލީމާ ލިބޭ އަދަދު 6 (ހައެއް) ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެން، މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީންނެވެ.
(ނ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދެވޭނީ، މަސްދުވަހުގެ މުސާރަ 30 (ތިރީސް) ން ގެއްލީމައި އަންނަ އަދަދު، އެއީ ގަޑިއަކަށްޖެހޭވަރު ކަމަށް ބަލައިގެން، މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީންނެވެ.
(ރ) މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1/4 1(1.25) (ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތް ކުރުވީ، ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ 1/2 1(1.5) (ބަޔަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފަކަށް ދެވޭނެވެ.
(ބ) އިތުރުގަޑީގެ ފައިސާ ދެވޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާ ދެވޭނީ، ކުރީމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާ މަހުގެ މުސާރަ ޔާއެކުގައެވެ. ކެއުމާއި ސައިގެ ހަރަދު 88. ފޮރިން ސަރވިސްގެ މުވައްޒަފުން ހާއްސަ މަސައްކަތްތައް ކުރާއިރު، ސައިގެ ގަޑިއަކާއި ނުވަތަ ކެއުމުގެ ގަޑިއަކާ ދިމާވާގޮތަށް މަސައްކަތްކުރާނަމަ، ކެއުމާއި ސައި، ނުވަތަ އެކަމަށް ދޭންޖެހޭ ފައިސާ، އެ މަސައްކަތްކުރާ މުވައްޒަފުންނަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ދެވިދާނެއެވެ.
89 ވަނަ މާއްދާ - މިނިސްޓްރީގެ ދަތުރުތަކުގައި، ހުރުމުގެ ހަރަދާއި، ކެއުމުގެ ހަރަދާއި ދަތުރު އެލަވަންސް
މިނިސްޓްރީގެ މަސައްކަތެއްގައި ރާއްޖޭގެ އެތެރޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ހުރުމާއި ކެއުމުގެ ހަރަދާއި ދަތުރު އެލަވަންސް ދޭނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅައިފައި އޮންނަ އުސޫލާ އެއްގޮތަށެވެ.
90 ވަނަ މާއްދާ - ހުޅުމާލެއާއި ވިލިނގިލީގައި ދިރިއުޅޭ މުވައްޒަފުންނަށް ދެވޭ ހާއްސަ އެލަވަންސް
އޮފީހުގެ މުވައްޒަފުންގެ ތެރެއިން ހުޅުމާލެއާއި، ވިލިނގިލީގައި ދިރިއުޅޭ މުވައްޒަފުން، އެ އަވަށްތަކުގައި ދިރިއުޅޭކަން އަންގައިދޭ ލިޔުމަކާއެކު އެލަވަންސް ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ތާރީހުން ފެށިގެން، ޕޭ ކޮމިށަނުން ހަމަޖައްސައިފައިވާ ސްޓޭންޑަޑަށް މި އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.
91 ވަނަ މާއްދާ - ފޯނު އެލަވަންސް
މިނިސްޓްރީގެ މުވައްޒަފުންނަށް ފޯނު އެލަވަންސް ދޭނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ފިނޭންސްގެ މަށްވަރާގެ މަތީންނެވެ. މިގޮތުން މަގާމުގެ ގޮތުން އެލަވަންސްދެވޭ މުވައްޒަފުންގެ އިތުރުން، ފޯނު އެލަވަންސް ދޭނެ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް އެލަވަންސް ދޭނެ މިންވަރު ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފަޔާއެކު،މިނިސްޓަރެވެ.
92 ވަނަ މާއްދާ - ހެދުން ގަތުމުގެ އެލަވަންސް
(ހ) މިނިސްޓްރީގެ މުވައްޒަފުންނަށް ހެދުން ގަތުމުގެ އެލަވަންސް ދެވޭނީ، މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަދޭ ގޮތެއްގެ މަތީންނެވެ. މިގޮތުން މަގާމުގެ ގޮތުން އެލަވަންސްދެވޭ މުވައްޒަފުންގެ އިތުރުން ހެދުން ގަތުމުގެ އެލަވަންސް ދޭނެ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް އެލަވަންސް ދޭނެ މިންވަރު ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފަޔާއެކު މިނިސްޓަރެވެ.
93 ވަނަ މާއްދާ - މެޑިކަލް އިންށޫރަންސާއި އެހެނިހެން އިނާޔަތްތައް
(ހ) އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން މުވައްޒަފުންނަށް ހެލްތު އިންށޫރަންސްގެ ހިދުމަތް ދެވޭނެއެވެ.
(ށ) ކޮންމެ އަހަރެއްގެ ރަމަޒާން މަހު، ކޮންމެ މުވައްޒަފަކަށް ވެސް ރަމަޒާން މަހުގެ އިނާޔަތުގެ ފައިސާ، ގާނޫނު ނަންބަރު 2008-02 (ވަޒީފާ އާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ދޭންވާނެއެވެ. މިގޮތުން ރަމަޒާން މަހުގެ އިނާޔަތް ދޭނީ، މިނިސްޓްރީ އޮފް ފިނޭންސުން އަންގާ ގޮތެއްގެ މަތީންނެވެ.
(ނ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޅެނިކޮށް ނުވަތަ އޮފީހުންފޮނުވައިގެން މަސައްކަތަށް ބޭނުންވާ ހާއްސަ ހުނަރެއް ދަސްކުރަން އުޅެނިކޮށް، އޮފީހުގެ ވަޒީފާގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް، މުވައްޒަފުގެ ޖިސްމަށް ލިބިއްޖެނަމަ، އެ ކަމެއް ރަނޅުވަންދެން، އޮފީހުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ. މިގޮތަށް ބޭސްފަރުވާ ކޮށްދިނުމުގައި، ހެލްތު އިންށޫރަންސް ސްކީމުގެ ތެރެއިން ކުރެވެން ނުހުންނަ ފަރުވާއެއް ކުރަންޖެހިއްޖެނަމަ، އޮފީހުގެ ހަރަދުގައި އެ ފަރުވާއެއް ކޮށްދެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން އޮފީހުން ބޭސްފަރުވާކޮށްދޭ މީހަކު ފަސޭހަ ނުވަނީސް އެ މީހަކު އަމިއްލައަށް ބޭސްފަރުވާކުރުން ހުއްޓައިލައިފިނަމަ، އަލުން އެކަމަކަށް ބޭސްފަރުވާ ކޮށެއް ނުދެވޭނެއެވެ.
94 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ
(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގެ ތެރޭގައި ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ އޮފީހުން ފޮނުވައިގެން މަސައްކަތަށް ބޭނުންވާ ހާއްސަ ހުނަރެއް ދަސްކުރަން އުޅެނިކޮށް، އޮފީހުގެ ވަޒީފާގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް، މުވައްޒަފުގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބިއްޖެނަމަ، އެކަމަށް ބޭސްކޮށްދިނުމުގެ އިތުރުން، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، އެ މީހަކު ނިޔާވަންދެން، ހާއްސަ އެހީގެ ފައިސާގެ ގޮތުގައި އެ އިރަކު އެ މީހަކަށް ލިބެމުންއައި މުސާރައިގެ ދެބައިކުޅައެއްބަޔާ އެއްވަރުގެ އަދަދަކަށް ފައިސާ، މަހު އެހީއެއްގެ ގޮތުގައި ކޮންމެ މަހަކު ވެސް ދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާއްސަ އެހީ ހަމަޖައްސައިދެވޭނީ، އެ މައްސަލައެއް ދިމާވުމުން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހުގައެވެ. އެފަދަ ކަމެއް ދިމާވެގެން، އެ ކަމެއް، މުވައްޒަފު އަމިއްލައަށް ވެސް އޮފީހަށް ތަފުސީލާއެކު ހުށަހެޅިދާނެއެވެ.
(ނ) މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން އޮފީހުގެ ވަޒީފާ އަދާކުރުމަށް ނުކުޅެދޭ ހާލަތުގައި، އެ ކަމެއްގެ ތަފުސީލު ބަޔާންކޮށް އޮފީހަށް ހުށަހެޅުމުން،އޮފީހުން އެ ކަމެއް ބެލުމަށްފަހު، އެ މުވައްޒަފަކަށް އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، އެ މީހަކު ނިޔާވަންދެން، ހާއްސަ އެހީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ. މިގޮތުން ހާއްސަ އެހީގެ ފައިސާ ހަމަޖައްސަވައިދެވޭނީ، އެ މީހަކު 10 (ދިހައެއް) އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާނަމަ، ވަޒީފާއިން ވަކިކުރެވުނުއިރު ލިބުނު މުސާރަ 40 (ސާޅީސް) އިން ގެއްލައި، ހިދުމަތުގެ މުއްދަތާ ގުނަކޮށްގެންނެވެ. މިގޮތުން އެހީގެ ފައިސާ ހަމަޖައްސައިދެވޭނީ، މުވައްޒަފު ވަޒީފާއިން ވަކިކުރާ ތާރީހުން ފެށިގެންނެވެ.
(ރ) ފޮރިން ސަރވިސްގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަނިކޮށް ދިމާވާ ނުވަތަ ދިމާކުރުވާ ހާދިސާއެއްގެ ސަބަބުން ނިޔާވާ މުވައްޒަފުން، އެ މީހަކު ހީވާގިކަމާއެކު ކޮށްދިން ހިދުމަތް އޮފީހުން ވަޒަންކުރުމުގެ ގޮތުން، ނިޔާވި މުވައްޒަފުގެ އާއިލާއަށް، ތިރީގައިވާ ގޮތުގެ މަތީން އިނާޔަތް ލިބިދެވޭނެއެވެ.
- ނިޔާވި މުވައްޒަފުގެ ޖަނާޒާގެ ހަރަދު؛
- ނިޔާވި މުވައްޒަފަށް ލިބެމުންދިޔަ މުސާރައިގެ %60 (ފަސްދޮޅަސް އިންސައްތަ) އާއި، އެ މުވައްޒަފު އޮފީހަށް ހިދުމަތްކުރި މުއްދަތު ގުނަކުރުމުން ޖެހޭ އަދަދު، ގަނޑުކޮށް އެއްފަހަރާ ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހެއްގެ އާއިލާއަށް ލިބިދިނުން؛
- ނިޔާވި މުވައްޒަފަށް ލިބެމުންދިޔަ މުސާރައިގެ %140 (އެއްސަތޭކަ ސާޅިސް އިންސައްތަ) އަށްވާ ފައިސާ، ކޮންމެ މަހެއްގެ ހާއްސަ އެލަވަންސެއްގެ ގޮތުގައި އެ މީހެއްގެ އާއިލާއަށް ލިބިދިނުން. މިގޮތުންހުވަފަތް އަނބިން ނުވަތަ ފިރިމީހާ ކައިވެނިކުރަންދެން ނުވަތަ އޭނާގެ ދަރިންނަށް 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ އޭނާ ބަލަންޖެހިފައިވާ މައިންބަފައިން ދުނިޔޭގައި ތިބިހައި ދުވަހަކު މި އެލަވަންސް ދިނުން؛
- ނިޔާވި މުވައްޒަފުގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިން ދިވެހިރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދާނަމަ، ތައުލީމު އުނގެނުމަށް ދައްކަންޖެހޭ ފީއާއި އިމްތިހާނުތަކަށް ދައްކަންޖެހޭ ފީ، އާއިލާއިން އެދިއްޖެނަމަ، ދިނުން؛
- މުވައްޒަފު ނިޔާވުމުގެ ސަބަބުން އޭނާގެ އާއިލާ ދިރިއުޅެމުން އައި ރަށުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ނުވަތަ އަވަށަކަށް ދިރިއުޅުން ބަދަލުކުރާނަމަ، މުވައްޒަފުގެ އާއިލާއަށް ޕެސެޖް ފީ ލިބިދިނުން. ޕެސެޖް ފީ ދެވޭނީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްތަނުން އަނެއް ތަނަށް ނުވަތަ އެއްރަށުން އަނެއް ރަށަށް ނުވަތަ އެއް އަވަށުން އަނެއް އަވަ ށަށް ބަދަލުވާނަމަ؛
- ނިޔާވި މުވައްޒަފު ބަލަންޖެހޭ މައިންބަފައިންނަށާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނަށާއި، ހުވަފަތް އަނބިންނާއި ފިރިމީހާއަށް، އެ އިރެއްގައި ސަރުކާރުން ހަމަޖައްސައިފައި އޮންނަ ސިއްހީ ފަރުވާގެ ނިޒާމެއްގެ ދަށުން ދިވެހިރާއްޖެއިން ބޭސްފަރުވާ ކުރުމުގެ ހިދުމަތް ހަމަޖައްސައިދިނުން؛ މިގޮތުން މި ހިދުމަތް ހަމަޖައްސައިދެވޭނީ، އެފަދަ ހިދުމަތެއް ދައުލަތުން ފޯރުވައި ނުދޭނަމަ. ފިރިމީހާއަށް މި ހިދުމަތް ހަމަޖައްސައިދެވޭނީ އޭނާއަށް ދައުލަތުން އެފަދަ ހިދުމަތެއް ހަމަޖެހިފައި ނުވާނަމަ. އަދި ހުވަފަތް އަނބިމީހާއަށް މި ހިދުމަތް ހަމަޖައްސަވައިދެވޭނީ އޭނާގެ ޔަތީމު 18 އަހަރު ނުފުރޭ ދަރިން ބެލެހެއްޓުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާނަމައާއި ކައިވެނި ކުރުމާ ހަމައަށް ނުވަތަ ދައުލަތުން އެފަދަ ހިދުމަތެއް ހަމަޖެހިފައި ނުވާނަމަ؛
- ނިޔާވި މުވައްޒަފުގެ އާއިލާއަށް މި އުސޫލުގައި ބަޔާންވެފައިވާ އިނާޔަތް ލިބިދިނުމުގައި ނުވަތަ އިނާޔަތް ހަވާލުކުރުމުގައި ށަރުއީ ކޯޓަކުން ވަކިގޮތަކަށް ނިންމައިފައި ނުވާ ހާލަތުގައި، އިނާޔަތް ހަވާލުކުރެވޭނީ އާއިލާގެ އެއް މެންބަރަކަށް. މި އިނާޔަތް ދިނުމުގައި ނިޔާވި މުވައްޒަފުގެ އާއިލާކަމަށް ބަލާނީ، އެ މީހެއްގެ އަނބިމީހާ/ފިރިމީހާ، އުފަންދަރިން އަދި މައިންބަފައިން ނުވަތަ ށަރުއީގޮތުން އެ މުވައްޒަފުގެ ބެލުމުގެ ދަށުގައިވާ ފަރާތެއް.
95 ވަނަ މާއްދާ - މުވައްޒަފު ބޮޑު ބައްޔެއްވެގެން ދެވޭ އިނާޔަތް
(ހ) މި ގަވާއިދުގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ އެހީގެ ފައިސާ ހަމަޖައްސައިދޭ ހާލަތްތައް ފިޔަވައި، މުވައްޒަފު ބޮޑު ބައްޔެއް ވެގެން އޮފީހުގެ މަސައްކަތަށް ނުނުކުމެވޭފަދަ ހާލަތެއް މެދުވެރިވުމުން، އެފަދަ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި އަމަލު ކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ށ) މުވައްޒަފު ބޮޑު ބައްޔެއްވެގެން އިނާޔަތް ހަމަޖައްސައިދޭ ހާލަތް: މުވައްޒަފު ބޮޑު ބައްޔެއްވެގެން ނުވަތަ އެކްސިޑެންޓެއް ވެގެން ނުވަތަ މިނޫންވެސް މިފަދަ ކަމެއް ކުރިމަތިވެގެން، ދިގު މުއްދަތަކަށް ބޭސްފަރުވާކުރަންޖެހި، އޮފީހުގެ މަސައްކަތަށް ނުނުކުމެވޭވަރުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ލިބުމާ ގުޅިގެން، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ފަދަ ހާލަތެއް މުވައްޒަފަށް ދިމާވުމުންނެވެ.
(ނ) މުވައްޒަފު ބޮޑު ބައްޔެއްވެގެން ހަމަޖައްސައިދެވޭ އިނާޔަތާއި އިނާޔަތް ދެވޭ މުއްދަތު، ތިރީގައި މިވަނީއެވެ.
- މި އިނާޔަތުގެ ދަށުން މުވައްޒަފަށް ދެވޭނީ އެ މުވައްޒަފަކަށް ލިބެމުންދާ އަސާސީ މުސާރައިގެ ދެބައިކުޅައެއްބަޔާއި، އެލަވަންސްތަކެވެ.
- މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ފުރަތަމަ ހަމަޖައްސައިދެވޭނީ، އޮފީހުގެ މަސައްކަތަށް ނުނުކުމެވޭނެކަމަށް ޑޮކްޓަރު އިރުށާދު ދީފައިވާނަމަ، ބަލިވި ދުވަހުން ފެށިގެން ގިނަވެގެން
- ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ. އެއަށްފަހުވެސް އޮފީހުގެ މަސައްކަތަށް ނުނުކުމެވޭނެކަމަށް ޑޮކްޓަރު އިރުށާދު ދީފިނަމަ، އިތުރު
- ތިނެއް) މަސްދުވަހަށް މި އިނާޔަތް ދެވޭނެއެވެ. މިގޮތަށް މި އިނާޔަތް ހަމަޖައްސައިދެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.
(ރ) މުވައްޒަފު ބޮޑު ބައްޔެއްވެގެން އިނާޔަތް ހަމަޖައްސައިދިނުމުގައި އަމަލުކުރާނެގޮތް ތިރީގައި މިވަނީއެވެ.
- މި އިނާޔަތް ހަމަޖައްސައިދެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މުވައްޒަފަށް މެދުވެރިވެގެން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭކަން ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓާއެކު އިނާޔަތް ހަމަޖައްސައިދިނުމަށް އެދި އޮފީހަށް ސިޓީއަކުން ހުށަހެޅުމުން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، އެ މުވައްޒަފަކަށް އަހަރުދުވަހުގެ ތެރޭގައި ހައްގުވާ 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ ހަމަވެފައިވާނަމެވެ.
- މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ބޮޑު ބައްޔެއްވުމުން ނުވަތަ އެކްސިޓެންޑެއްވުމުން އެކަން އޮފީހަށް އެންގުމުގައި މި ގަވާއިދުގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- މި އިނާޔަތް ހަމަޖައްސައިދެވޭނީ، މި މިނިސްޓްރީގެ ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށެވެ.
- މުވައްޒަފުގެ އަހަރީ ޗުއްޓީގެ ޖަމާގައި ބާކީ ދުވަސްތައް ހުރިކަމުގައި ވިޔަސް، މުވައްޒަފު އެދޭކަމަށްވާނަމަ، މި މާއްދާގެ ދަށުން އިނާޔަތް ހަމަޖައްސައިދެވޭނެއެވެ.
- މި އިނާޔަތް ލިބޭގޮތަށް މަސައްކަތަށް ނުނުކުމެ ހުންނަ މުއްދަތަކީ،މުވައްޒަފު އޮފީހަށް ހިދްމަތްކުރި މުއްދަތެއްކަމުގައި ބެލޭނެއެވެ.
- މި އިނާޔަތް ހަމަޖައްސައިދީފައިވާ މުވައްޒަފަށް އިނާޔަތް ލިބެމުންދާހައި ހިނދަކު، މުވައްޒަފަކު ހާލަތު އޮފީހުން މޮނިޓަރކުރަމުން ގެންދާނެއެވެ.
- މި އިނާޔަތް ހަމަޖައްސައިދީފައިވާ މުވައްޒަފު، އެހެން ވަޒީފާއެއް އަދާކުރާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިއްޖެނަމަ، މިނިސްޓްރީންއެކަން ބެލުމަށްފަހު، މި އުސޫލުގެ ދަށުން ދެމުންދިޔަ އިނާޔަތް ކަނޑައިލެވޭނެއެވެ. އަދި، މި ގަވާއިދުގެ 13 ވަނަ ބާބުގައިވާ ގޮތުގެ މަތީން އެ މުވައްޒަފާ މެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
- މި އިނާޔަތް ހަމަޖައްސައިދީފައިވާ މުވައްޒަފަކު އަމިއްލައަށް ބޭސްފަރުވާކުރުން ހުއްޓައިލައި، އޮފީހަށް ނުނުކުމެ ހުންނަކަމުގެ މައުލޫމާތު ލިބިއްޖެނަމަ، މިނިސްޓްރީން އެކަން ބެލުމަށްފަހު، ވަގުތުން އެ މުވައްޒަފަށް ދެމުންދިޔަ އިނާޔަތް ކަނޑައިލެވޭނެއެވެ. އަދި މި ގަވާއިދުގެ 13 ވަނަ ބާބުގައިވާ ގޮތުގެ މަތީން އެ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
- މުވައްޒަފަށް އިނާޔަތް ހަމަޖައްސައިދީފައިވާ މުއްދަތުގެ ކުރިން ބަލި ފަސޭހަވެ، ވަޒީފާއަށް ނުކުމެވޭވަރުވެއްޖެނަމަ، ވަގުތުން އެކަން އޮފީހަށް އަންގަންވާނެއެވެ.
ނުވަވަނަ ބާބު
މުވައްޒަފުންގެ ޗުއްޓީ
96 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) ވަޒީފާ އަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ. މި ދުވަސްތައް ގުނޭނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު އާދައިގެގޮތުން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފެއްގެ އަހަރީ ޗުއްޓީއަށް އިތުރުކޮށްދެވޭނެއެވެ.
(ނ) ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ޗުއްޓީ ހައްގުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ޗުއްޓީ ފެށިދާނެއެވެ.
(ރ) މިނިސްޓްރީގެ ކޮންމެ ސެކްށަނެއް ނުވަތަ ޑިޕާޓްމަންޓެއް ހިންގުމަށް ހަވާލުވެ ހުންނަ އިސްވެރިޔާ، ކޮންމެ މީލާދީ އަހަރެއް ފެށުމާއެކު، އެ ސެކްށަނުގެ ނުވަތަ ޑިޕާޓްމަންޓުގެ މުވައްޒަފުންނާ މަށްވަރާކޮށް، ތަނުގެ މަސައްކަތަށް ދަތިނުވާނޭހެން، ޗުއްޓީނަގާ މުވައްޒަފުންގެ ބަދަލުގައި އެ މަސައްކަތް ކުރާނެ މުވައްޒަފުންނާއި އެ މަސައްކަތް ކުރާނެގޮތުގެ އިންތިޒާމު ހަމަޖެއްސޭނޭގޮތް ރާވައި، އެ އިންތިޒާމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލެއް ހަދައި، މުވައްޒަފުންނާއި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތާ ހިއްސާކުރަންވާނެއެވެ.
(ބ) މުވައްޒަފަށް ހައްގުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފިނަމަ، އެ ޗުއްޓީ ކެންސަލް ވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(ޅ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް އޮތްނަމަ، އެ ޗުއްޓީގެ ބަދަލުގައި މުސާރައާއި ސަރވިސް އެލަވަންސުން ދުވަހަކަށްޖެހޭ އަދަދުން އެ ދުވަސްތަކަށް ފައިސާ ދެވޭނެއެވެ.ކެންސަލްވެފައިވާ އެއްވެސް ޗުއްޓީ ދުވަހަކަށް ފައިސާއެއް ނުދެވޭނެއެވެ.
(ކ) މުވައްޒަފަކު އަހަރީ ޗުއްޓީއަށް އެދުމުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(އ) މުވައްޒަފަށް ޗުއްޓީއަށް ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ޗުއްޓީގެ ހުއްދައިގެ ޗިޓުން ނުވަތަ މިނިސްޓްރީގައި ބޭނުންކުރާ ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ މެދުވެރިކޮށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން މުވައްޒަފަށް ފޮނުވޭ އޮންލައިން ޗިޓަކުން ނުވަތަ ލިޔުމަކުންނެވެ.
(ވ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ތާވަލުގައި އަހަރީ ޗުއްޓީ ނެގުމަށް ހުށަހަޅައިފައިވާ މުއްދަތުގައި އޮފީހުގެ މަސައްކަތަކަށް ކޮންމެހެން ނެރެން ބޭނުންވެއްޖެ ހާލަތެއްގައި ނެރޭނަމަ، އަދި އެ މުވައްޒަފުގެ ޗުއްޓީ ކެންސަލްވާނަމަ،އެ މުވައްޒަފެއްގެ ކުރިޔަށް އޮތް ޗުޓީ އަހަރަށް އެ ދުވަސްތައް ޖަމާކުރެވިދާނެއެވެ.
97 ވަނަ މާއްދާ - އަހަރީ ޗުއްޓީގައި މުވައްޒަފުން މަސައްކަތަށް ނުނެރުން
(ހ) އަހަރީ ޗުއްޓީއެއްގައި ހުރި މުވައްޒަފަކު ލައްވައި އޮފީހުގެ އެއްވެސް މަސައްކަތެއް ނުކުރުވޭނެއެވެ. އަދި އެފަދައިން މަސައްކަތް ކުރުވުމަށް ހުއްދައެއް ވެސް ނުދެވޭނެއެވެ. ނަމަވެސް، އޮފީހުން ކޮންމެހެން ބޭނުންވެގެން އޮފީހުގެ މަސައްކަތެއް ކުރުމަށް އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު އޮފީހަށް ނެރެން ޖެހިއްޖެނަމަ، ހާލަތަށް ރިއާޔަތްކޮށް މުވައްޒަފުގެ ޗުއްޓީ މެދުކަނޑައިލުމަށްފަހު އޮފީހަށް ނުކުތުމަށް، މުވައްޒަފަށް އެންގިދާނެއެވެ.
(ށ) އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު އޮފީހުގެ މަސައްކަތެއް ކުރުމަށް އަމިއްލައަށް އެދިގެން ނުކުމެއްޖެނަމަ، މުވައްޒަފު ކުރި މަސައްކަތުގެ ވަގުތަށް އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ.
(ނ) އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު، އޮފީހުން ބޭނުންވެގެން އޮފީހުގެ މަސައްކަތަށް ނެރެނީ ޗުއްޓީ މެދުކެނޑޭގޮތަށް ކަމަށް ވާނަމަ، އަލުން އެ މުވައްޒަފަށް ޗުއްޓީ ލިބޭނީ، ހަމަޖެހިފައި އޮންނަ އުސޫލުން ޗުއްޓީއަށް އެދިގެންނެވެ.
(ރ) އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު، އޮފީހުން ބޭނުންވެގެން، ޗުއްޓީ މެދުކެނޑޭގޮތަށް އޮފީހުގެ މަސައްކަތަށް ނެރުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނުކުތްނަމަ، އަދި އެ މުވައްޒަފަށް ހައްގުވާ އަހަރީ ޗުއްޓީ ކެންސަލްވާނަމަ، އަހަރީ ޗުއްޓީން ކެންސަލްވާ ދުވަސްތައް، ހިނގަމުންދާ އަހަރުގެ އަހަރީ ޗުއްޓީއަށް ޖަމާކޮށްދެވޭނެއެވެ.
98 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމަށްފަހު އަލުން ވަޒީފާއާ ގުޅޭ މުވައްޒަފުންގެ އަހަރީ ޗުއްޓީ
އޮފީހުގެ މުވައްޒަފަކު އެއްވެސް ސަބަބަކާހުރެ ވަޒީފާއިން ވަކިވުމަށްފަހު އަލުން އޮފީހުގެ ވަޒީފާއަކަށް ހަމަޖައްސާނަމަ، އެ މުވައްޒަފެއްގެ ޗުއްޓީ ގުނުމުގައި އަމަލުކުރާނީ، އޮފީހަށް އަލަށް ހަމަޖައްސާ މުވައްޒަފުންނާމެދު އަމަލުކުރާ އުސޫލުންނެވެ.
99 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ
(ހ) މުވައްޒަފަކު ބަލިވެއިނުމާ ގުޅިގެންނާއި ވިހެއުމާ ގުޅިގެން، ތިރީގައިވާ ގޮތުގެ މަތީން ޗުއްޓީއާއި އިނާޔަތް ދެވޭނެއެވެ.
(ށ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުން، އެ މުވައްޒަފަކަށް، އެ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން،ހަމަ މުސާރަޔާއެކު ދެވޭނެއެވެ.
(ނ) މުވައްޒަފަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ ނެތްނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ބަލިވެ އިނުމާއި ނުވަތަ ވިހެއުމާ ގުޅިގެންދޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް މުވައްޒަފު ވިހާދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދެވޭނެއެވެ.
(ރ) މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުން ކެނޑޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް މުވައްޒަފަށް ދެވޭނެއެވެ.
(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފު އާދައިގެގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފު ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް އިތުރުކޮށްދެވޭނެއެވެ.
(ޅ) މުވައްޒަފު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓު ހުށަހަޅައިފިނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 28) އަށާވީސް) ދުވަހުގެ ޗުއްޓީއެއް،މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ދެވޭނެއެވެ.
100 ވަނަ މާއްދާ - މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ
(ހ) ވިހެއުމާގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމަޔަށް ނުވަތަ ބައްޕަޔަށް 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ދިގުނޫން ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ.
(ށ) މި ޗުއްޓީ ބޭނުންނަމަ، ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން ޗުއްޓީ ނެގުމަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުސާރަ ނުލިބޭ ޗުއްޓީއަށް އެދޭ އަންހެން މުވައްޒަފާއި ފިރިހެން މުވައްޒަފަކީ މިނިސްޓްރީގެ 2 (ދޭއް) މުވައްޒަފުންކަމަށްވާނަމަ، 2 (ދޭއް) މުވައްޒަފުންގެ ދެމެދުގައި ދުވަސްތައް ބަހައިލައިގެން މި ޗުއްޓީ ނެގިދާނެއެވެ.
(ރ) ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމުން، އެ މުވައްޒަފުގެ އަހަރީ ޗުއްޓީގެ ޖަމާގައި ނުނަގާ ޗުއްޓީއެއް އޮތްނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި އޮފީހަށް އެންގުމަށްފަހު، އެ ޗުއްޓީ ނެގިދާނެއެވެ. އަދި މި ޗުއްޓީގެ މުއްދަތު ހަމަވުމުން، 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީ ނެގިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބުނެފައިވާގޮތުގެ މަތީން، ިވ ެހ ުއާމ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމުން އޮފީހަށް ނުކުތުމަށްފަހު، ނުވަތަ މުސާރަ ނުލިބޭ ޗުއްޓީ/އަހަރީ ޗުއްޓީގައިހުރި މުވައްޒަފަކު ޗުއްޓީ މެދުކަނޑައިލުމަށްފަހު އޮފީހަށް ނުކުމެ ވަކި ދުވަސްކޮޅަކަށް ހިދުމަތްކުރުމަށްފަހު، މުސާރަނުލިބޭ ޗުއްޓީއަށް އަލުން އެދިއްޖެނަމަ، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ ތެރޭގައި އެފަދަ ޗުއްޓީއެއް ނެގިދާނެއެވެ. އަދި މި ޗުއްޓީ އެންމެ ގިނަވެގެން ދެވޭނީ، 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ ބާކީ އޮތް މުއްދަތަށެވެ.
101 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދެވޭ އިނާޔަތްތައް
(ހ) މުވައްޒަފަކު، ވިހެއުމާ ގުޅިގެން ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރުދުވަސް ވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށް ޓަކައި ދަރިފުޅު ގާތަށް ދިއުމަށް ކޮންމެ ދުވަހަކު 30 (ތިރީސް) މިނިޓުގެ ވަގުތުކޮޅެއް ދުވާލަކު 2 (ދޭއް) ފަހަރު ދޭންވާނެއެވެ. އަދި މުވައްޒަފު ބޭނުންވާނަމަ، މި ވަގުތުކޮޅު އެއްކޮށްލައި، 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. މިގޮތުން ދެވޭ ވަގުތުކޮޅު މަސައްކަތު ވަގުތު ފެށޭ ގަޑިޔަކު ނުދެވޭނެއެވެ.
(ށ) އުމުރުން 1 (އެކެއް) އަހަރުދުވަސް ނުވާ ކުޑަކުދީން ގެންގުޅޭ އަންހެން މުވައްޒަފުންނަށް، އޮފީހުގެ މަސައްކަތަށް ދަތިނުވާގޮތުން، ވީވަރަކުން ލުއިކޮށްދެވޭތޯ އޮފީހުން ބަލަންވާނެއެވެ.
(ނ) ގިނައިރު ކޮޅަށް ހުންނަންޖެހޭ ވަޒީފާތަކާއި، މާ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ވަޒީފާތަކުގައި އުޅޭ އަންހެން މުވައްޒަފަކު ބަލިވެއިނުމުން، ބަލިވެއިނުމުގެ އުނދަގޫތަކަށް ލުއިވާނޭ ގޮތަށް، ވީވަރަކުން، މަސައްކަތް ރާވައިދެވޭތޯ ބަލައިދޭންވާނެއެވެ.
(ރ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، އެޕްރޭޒް ކުރުމުން މަގާމުގެ ކުރިއެރުމެއް ހައްގުވެއްޖެނަމަ، އެ ކުރިއެރުމެއް ލިބިދިނުން ފަދަ ހައްގުތައް ފުރިހަމައަށް ލިބޭނެއެވެ. މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށާއި، ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި މުވައްޒަފު ވަޒީފާ އަދާކުރާ މުއްދަތަށް އެއްވެސް ހުއްޓުމެއް އައީކަމަށް ނުވަތަ މެދުކެނޑުނީކަމަކަށް ނުވަތަ އެ މުއްދަތު ކުރުވީ ކަމަކަށްވެސް ނުބެލެވޭނެއެވެ.
(ބ) މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅ) ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެންދިޔުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ. އެ ފަދަ ހާލަތަކީ،މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިހެއުން ކަމަކަށް ނުބެލެވޭނެއެވެ.
(ޅ) މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅ) ހަފުތާއާ 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކުއްޖަކު ވިހައިފިނަމަ (ކުއްޖާގެ ފުރާނަ ހުއްޓަސް، ފުރާނަ ނެތަސް) އަމަލުކުރެވޭނީ، މި ގަވާއިދުގެ 100 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
102 ވަނަ މާއްދާ - ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ
ފިރިހެން މުވައްޒަފަކަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، 30 (ތިރީސް) ދުވަހުގެ މުސާރަލިބޭ ޗުއްޓީއެއް، ތިރީގައިވާ ގޮތުގެ މަތީން ދެވޭނެއެވެ.
(ހ) ފިރިހެން މުވައްޒަފަކަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 14 ވަނަ މައްދާގައިވާ ގޮތުގެ މަތީން ބަންދު ދުވަސްތައް ހިމަނައިގެން 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދެވޭނެއެވެ.
(ނޯޓް: މި މާއްދާގެ (ށ) ހިމެނިފައި ނުވޭ)
(ނ) ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން ދެވޭ މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސްވުމާ ދެމެދު، 27) ހަތާވީސް) ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ދެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ދެވޭނީ، އެކީ އެއްފަހަރާއެވެ.
103 ވަނަ މާއްދާ - ދަރިފުޅު ހިތާނުކުރުމުން ދޭ ޗުއްޓީ
މުވައްޒަފުގެ ދަރިޔަކު ހިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން މުވައްޒަފަށް ނެގިދާނެއެވެ. މި ޗުއްޓީ އަންހެން މުވައްޒަފުންނަށާއި ފިރިހެން މުވައްޒަފުންނަށް ވެސް ދެވޭނެއެވެ.
104 ވަނަ މާއްދާ - ހައްޖު ޗުއްޓީ
(ހ) ހައްޖަށް ދާން އެދޭ މުވައްޒަފުންނަށް، ތިރީގައިވާ ގޮތުގެ މަތީން ހައްޖު ޗުއްޓީ ދެވޭނެއެވެ.
(ށ) އެ މުވައްޒަފަކު މާލެއިން ފުރާ ދުވަހަކުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 35) ތިރީސްފަހެއް) ދުވަހުގެ މުއްދަތަށް.
(ނ) މި މާއްދާގައިވާ ގޮތަށް އެއްވެސް މުވައްޒަފަކަށް ހަމަ މުސާރައާއެކު ހައްޖު ޗުއްޓީ ދެވޭނީ، އެ މުވައްޒަފު އަދާކުރާ ފަރުޒު ހައްޖަށް އެކަންޏެވެ.
(ރ) "ހައްޖު ޗުއްޓީ" ނަގާ މުވައްޒަފުން އެ ޗުއްޓީގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް، އެ މުވައްޒަފަކު އެދޭނަމަ، އަހަރީ ޗުއްޓީގެ ތެރެއިން ހަމަޖައްސައިދެވިދާނެއެވެ.
(ބ) މުވައްޒަފު އަދާކުރާ ފުރަތަމަ ހައްޖު ފިޔަވައި އެހެން ހައްޖަކަށް އަހަރީ ޗުއްޓީގައި ނޫންގޮތަކަށް ދެވޭނީ، އެ ދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށް، އެކަމަށް އޮފީހުން ހުއްދަ ހޯދައިގެންނެވެ. އެ މީހެއްގެ ފަރުޒު ހައްޖު ފިޔަވައި، ހައްޖާއި އުމްރާއަށް ކޮންމެ އަހަރަކު، ނުވަތަ އަވަސް އަވަހަށް ދާ ދިއުމުގައި އެ މުވައްޒަފެއްގެ ވަޒީފާގެ ވާޖިބު އަދާކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
105 ވަނަ މާއްދާ - އާއިލީ ޒިންމާ ޗުއްޓީ
(ހ) މުވައްޒަފު އަމިއްލަ ހައިސިއްޔަތުން ނުވަތަ އާއިލީގޮތުން އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން އޮފީހަށް ނާދެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ބަންދުދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް، އަހަރުދުވަހުގެ ތެރޭގައި ދެވޭނެއެވެ. މި ގަވާއިދުގެ ބޭނުމަށް އާއިލާގެ މެންބަރުންކަމުގައި ބަލާނީ، އަނބިމީހާއާއި، ފިރިމީހާއާއި، ދަރިންނާއި، މަންމަޔާއި، ބައްޕަޔާއި، ށަރުއީގޮތުންނާއި ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.
(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް، ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، މި ޗުއްޓީ ދެވިދާނެއެވެ.
(ނ) އާއިލީ ޒިންމާގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ، އަދި އާއިލީ ޒިންމާގެ ޗުއްޓީއާ ގުޅިގެން އަމަލު ކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތަކާ ގުޅިގެން، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސް މީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެންގުމާއެކު އެ ދުވަހަކު އެ މުވައްޒަފާ ހަވާލުކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތު ދޭންވާނެއެވެ. އަދި، ލަސްވެގެން އެ މުވައްޒަފެއްގެ ރަސްމީ ގަޑި ނިމުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ވެސް އެ މުވައްޒަފަކު އަންގަންވާނެއެވެ.
- ރަމަޒާންމަހު ވެސް މި މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފުގެ ސުޕަވައިޒަރަށް އެންގުމަށްފަހު، އެ މުވައްޒަފެއްގެ ރަސްމީ ގަޑި ނިމުމުގެ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އަންގަންވާނެއެވެ. މިގޮތުން، އާއިލީ ޒި ންމާގެ ޗުއްޓީގެ ކަންތައްތައް ބަލަހައްޓާ ފުރިހަމަނުކޮށްފިނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ. އަދި، އެ ދުވަހެއް ބެލެވޭނީ، ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ ދުވަހަކަށެވެ.
- އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ނުވަތަ ވަކި ގަޑިއަކަށް އަވަސް މަސައްކަތެއް ނިންމަން ހަވާލުވެފައިވާ މުވައްޒަފެއްނަމަ، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކޮށް ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި އަންގާއިރުއެ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫނާރާގޮތަށް ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މައުލޫމާތު ދީ، އެ ކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
- މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އާއިލީ ޒިންމާގެ ޗުއްޓީގައި މުވައްޒަފު ހުންނަ ހުރިހާ ދުވަހަކު، މި މާއްދާގެ (ނ) ގެ (1) ގައިވާ ގޮތުގެ މަތީން އެކަން އަންގަންވާނެއެވެ. ނަމަވެސް، ކުރިޔަށް ރާވައިގެން އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސާ މުވައްޒަފުން މިގޮތަށް އަމަލުކުރާކަށެއް ނުޖެހޭނެއެވެ.
- މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު، އާއިލާގެ މެންބަރަކު ބަލިވުން ނުވަތަ މުވައްޒަފުގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އާއިލީގޮތުން އުފުލަންޖެހޭ މުހިންމު ޒިންމާއަކާ ގުޅިގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި އެ ދުވަހުގެ މަސައްކަތު ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި ދޫކޮށްލެވިދާނެއެވެ. އަދި މުވައްޒަފު އެދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ދުވަހަކީ އާއިލީ ޒިންމާގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.
- އާއިލާގެ މެންބަރަކު ބަލިވުން ފަދަ، މުވައްޒަފަކަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، ބަލިވި ފަރާތުގެ މައުލޫމާތާއި ބަލީގެ ބާވަތް ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް، އޮފީހަށް ހުށަހަޅައިފިނަމަ، އާއިލީ ޒިންމާގެ ޗުއްޓީ ކުރިޔަށް ވެސް ނެގިދާނެއެވެ.
106 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީސަލާމުގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި ސަލާމުގެ ޗުއްޓީއާ ގުޅިގެން އަމަލުކުރެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) މުވައްޒަފަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް، ބަލިވުމުގެ ސަބަބުން އޮފީހަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި، ލަސްވެގެން އެ މުވައްޒަފެއްގެ ރަސްމީ ގަޑި ނިމުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ވެސް އެ މުވައްޒަފު އަންގަންވާނެއެވެ. އަދި އެ ދުވަހަކު މުވައްޒަފާ ހަވާލުކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތުގެ މައުލޫމާތު ދޭންވާނެއެވެ. މިގޮތުން އެ މުވައްޒަފުގެ ރަސްމީ ގަޑި ނިމުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ސަލާމުގެ ޗުއްޓީ ހަމަނުޖައްސައިފިނަމަ، އެ ދުވަހެއް ބެލެވޭނީ، ވީ ނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. ރަމަޒާން މަހުވެސް މި މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފުގެ ސުޕަވައިޒަރަށް އެންގުމަށްފަހު، އެ މުވައްޒަފެއްގެ ރަސްމީ ގަޑި ނިމުމުގެ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އަންގަންވާނެއެވެ.
(ށ) ސަލާމުގެ ޗުއްޓީ ނަގާ މުވައްޒަފުގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި އަންގާއިރު، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫނާރާނޭހެން ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މައުލޫމާތު ދީ، އެ ކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. މި ބަޔާންކުރި ފަދައިން، ވަގުތުން ނޭންގޭ ފަދަ ސިއްހީގޮތުން ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެންގޭ ފަދަ ހާލަތަކަށް އެ މުވައްޒަފަކު އައިހައި އަވަހަކަށް، ސަލާމުގެ ކަންތައް ހަ މަޖެއްސުމަށް ޓަކައި، އެ މުވައްޒަފަކު އެކަން އޮފީހަށް އަންގަންވާނެއެވެ. އަރިދަފުސް ރޯގާފަދަ ކަންކަން އެއީ އެފަދަ ހާލަތެއް ކަމަކަށް ނުބެލެވޭނެއެވެ.
(ނ) މުވައްޒަފަކު ސަލާމުގެ ޗުއްޓީ ނަގަންވާނީ، ހަމައެކަނި އެ މުވައްޒަފަކު ބަލިވެގެން މަސައްކަތަށް ހާޒިރު ނުވެވޭވަރު ވެއްޖެ ނަމައެވެ. ގައިން ގަޔަށް އަރާ ބަލިތައް މި ހާލަތުގައި ނުހިމެނޭނެއެވެ.
(ރ) މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ 2 (ދޭއް) ދުވަހު، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.
(ބ) މުވައްޒަފު ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ. ބަލީގެ ބާވަތާއި، އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް،ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން، ނުވަތަ އެ މުވައްޒަފަށް ލިބޭ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގުނުވާ ގޮތެއްގެ މަތީން، މެޑިކަލް ސެޓުފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު، މުވައްޒަފަށް ލިބިގެންވެއެވެ.
(ޅ) މުވައްޒަފު ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ އިތުރަށް ހުއްޓައި، މަހުގެ މުސާރަ ހިސާބުކުރާ ދުވަސް އަތުވެއްޖެނަމަ، އެ ދުވަހު ސެޓުފިކެޓުހުށަހެޅުމުން މެނުވީ، މުސާރައެއް ނުދެވޭނެއެވެ. އެ މަހުގެ މުސާރަ ދެވޭނީ، ސަލާމުގެ ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ އިތުރަށް ހުރި ދުވަސްތަކަށްވާ މުސާރަ އުނިކުރުމަށް ފަހުގައެވެ. އޮފީހަށް ނުކުންނަ ދުވަހު މެޑިކަލް ސެޓުފިކެޓު ހުށަހަޅައިފިނަމަ، ސަލާމުގެ މުއްދަތަށް ކެނޑި މުސާރަ، ޖެހިގެން އަންނަ މަހުގެ މުސާރަޔާއެކު ދެވޭނެއެވެ.
(ކ) ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.
(އ) މެޑިކަލް ސެޓުފިކެޓަކާއި ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނެ 2 (ދޭއް) ދުވަސް އެއީ ވިދިވިދިގެން އައި 2 (ދޭއް) ދުވަސްކަމަށް ބަލާނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
(ވ) މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު ބަލިވެގެން މަސައްކަތްކުރުމަށް އުޒުވެރިވެފައި، އެ ދުވަހުގެ މަސައްކަތު ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއް ކަމަށް ބަލަންވާނެއެވެ. އަދި މުވައްޒަފު އެދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ދުވަހަކީ ސަލާމުގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، ސަލާމުގެ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.
107 ވަނަ މާއްދާ - ސަލާމުގެ ސެޓުފިކެޓު ހުށަހެޅުން
(ހ) މުވައްޒަފަކު، ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ، އެ މުވައްޒަފަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައި ފުރަތަމަ 2 (ދޭއް) ދުވަހަށްވުރެ އިތުރަށް ހުރި ދުވަސްތަކަށް، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަން ޖެހޭނެއެވެ. މުވައްޒަފު އޮފީހަށް ހާޒިރުނުވީ ބަލިވެގެންކަން އޮފީހަށް އަންގައިފައި ވީ ނަމަވެސް، މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު (ސަލާމުގައި ހުރި ފުރަތަމަ 2 ދުވަހުގެ އިތުރަށް ހުރި ދުވަސްތަކަށް) މެޑިކަލް ސެޓުފިކެޓު ހުށަނާޅައިފިނަމަ، ސަލާމުގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ އިތުރަށްހުރި ދުވަސްތައް ބެލެވޭނީ، ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ.
(ށ) މުވައްޒަފަކަށް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ،ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަހުއެވެ.
(ނ) ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައް ޒަފު މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސެޓުފިކެޓެއް އޮފީހަށް ހުށަހަޅައިފިނަމަ، ސަލާމުގެ ޗުއްޓީ ކުރިޔަށް ވެސް ނެގިދާނެއެވެ.
(ރ) މުވައްޒަފު އޮފީހަށް ވަކި އެއްޗެއް ނާންގައި އޮފީހަށް ހާޒިރުނުވެ 2 (ދޭއް) ދުވަހު ހުރެފައި، 3 (ތިނެއް) ވަނަ ދުވަހު އޮފީހަށް ނުކުތްއިރު، ސަލާމުގެ ސެޓުފިކެޓު ހުށަހެޅިކަމުގައި ވިޔަސް، އެ ދުވަސްތައް ސަލާމުގެ ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައިނުބެލެވޭނެއެވެ. އެ ދުވަސްތައް ބެލޭނީ، ވަކި އެއްޗެއް ނާންގައި އޮފީހަށް ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ. ނަމަވެސް، މިގޮތަށް އަމަލުކުރުމުގައި އެ މުވައްޒަފު އޮފީހަށް ހާޒިރުނުވެވުނު ސަބަބާއި މުވައްޒަފުގެ ހާލަތަށް ރިއާޔަތްކުރެވޭނެއެވެ.
108 ވަނަ މާއްދާ - ބަންދު ދުވަސްތަކާ ގުޅުވައިގެން ސަލާމް ބުނުން
(ހ) ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކާ ގުޅުވައިގެން، އާދަވެ ސަލާމުގެ ޗުއްޓީ ނެގުމަކީ، އެ މުވައްޒަފަކާމެދު މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފެއްގެ ގޮތުގައި ބެލުމުގެ އިހްތިޔާރު، އޮފީހަށް ލިބިދޭ ކަމެކެވެ. ހަފުތާ ބަންދު ދުވަސްތަކާ ދިމާކޮށް، ޗުއްޓީ ދިގުކުރުމުގެ ބޭނުމުގައި މުވައްޒަފަކު ޗުއްޓީ ނަގަން ބޭނުންނަމަ ނަގަންވާނީ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީން، އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ އިންތިޒާމެއްގެ ދަށުންނެވެ.
(ށ) ފޮރިން ސަރވިސްގައި ވަގުތީގޮތުން 1 (އެކެއް) އަހަރުދުވަހަށްވުރެ މަދު މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ސަލާމާއި ޗުއްޓީ ލިބޭނީ ކޮންޓްރެކްޓްގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.
(ނ) އާންމު ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި، މުވައްޒަފަކަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ހެލްތް ޕްރޮޓެކްށަން އެޖެންސީން ހާލަތާ ގުޅިގެން ކަނޑައާޅާ ގޮތެއްގެ މަތީން، އެ މުވައްޒަފަކަށް ޗުއްޓީއެއް ހަމަޖެއްސިދާނެއެވެ.
109 ވަނަ މާއްދާ - މުވައްޒަފަކު ސަބަބެއް ނާންގާ މަސައްކަތަށް ނުނުކުތުން
(ހ) މުވައްޒަފު، ވަކި ސަބަބެއް ނާންގައި މަސައްކަތަށް ނުނުކުމެ ހުންނަތާ 5 (ފަހެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފެއްގެ ވަޒީފާއާމެދު އަމަލުކުރުމަށް ފެންނަ ގޮތެއް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ސެކްށަނުން ނުވަތަ ޑިވިޒަން ހިންގާ ވެރިޔާ، ނުވަތަ ސުޕަވައިޒަރު، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ފަރާތަށް ހުށަހަޅަންވާނެއެވެ. އަދި މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ފަރާތުން ލަސްނުކޮށް އެ މައްސަލަ ފޮރިން ސެކްރެޓަރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މުވައްޒަފަކު ށަރުއީ ބަންދެއްގައި ހުރުމުގެ ސަބަބުން އޮފީހަށް ހާޒިރުނުވެ ރަސްމީ 15 (ފަނަރަ) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ ސެކްށަނުން ނުވަތަ ޑިވިޒަނުން އެ މުވައްޒަފު ވަޒީފާ އަދާކުރަމުންގޮސްފައިވާ ގޮތުގެ ހުލާސާއަކާއެކު، ފޮރިން ސެކްރެޓަރީއަށް އެކަން ހުށަހަޅަންވާނެއެވެ. އަދި ފޮރިން ސެކްރެޓަރީ، އެ މައްސަލަ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިފަދަ މައްސަލަތަކުގައި އެ މުވައްޒަފެއްގެ ވަޒީފާއާމެދު އަމަލުކުރާނެ ގޮތެއް ނިންމާނީ، ފޮރިން ސެކްރެޓަރީގެ ލަފަޔާއެކު މިނިސްޓަރެވެ.
110 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ
ފޮރިން ސަރވިސްގެ މުވައްޒަފަކު، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ވީއްލޭނީ، ތިރީގައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން އެގޮތަށް ނިންމުމުންނެވެ. އަދި މިގޮތަށް އެންމެ ދިގު މުއްދަކަށް ވީއްލޭނީ، ގިނަވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ހ) ސިއްހީ ފަރުވާއެއް ކުރަން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް.
(ށ) މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ބަލިވީ ތިމާނަމަ، އެ ބައްޔެއްގެ ބާވަތާއި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާކަމާއި، ބޭނުންވާ މުއްދަތު ބަޔާންކޮށް، މި ގަވާއިދުގައި ސެޓުފިކެޓު ގަބޫލުކުރާކަމަށް ކަނޑައަޅައިފައިވާ ސިއްހީއެހީތެރިޔެއްގެ ސެޓުފިކެޓު ހުށަހެޅުމުންނެވެ.
(ނ) ބަލިވީ ތިމާ ބަލަހައްޓަންޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މީހެއްނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާ ކުރުމަށް ބޭނުންވާނޭ މުއްދަތު ބަޔާންކޮށް، މި ގަވާއިދުގައި ސެޓުފިކެޓު ގަބޫލުކުރާކަމަށް ކަނޑައަޅައިފައިވާ ސިއްހީއެހީތެރިއެއްގެ ސެޓުފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން ބަޔާންކޮށް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
(ރ) ފޮރިން ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން އާއިލާއާއެކު ދިއުމަށް ބޭނުންވުން:ފޮރިން ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން، އާއިލާއާއެކު ދިއުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ، ގިނަވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭ ގޮތަށް މުވައްޒަފު ވީއްލައިފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މަގާމު ރިޒާވް ކުރަންވާނެއެވެ. އަދި 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލައިފައި ހުންނަ މުއްދަތަށް ރިޒާވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހްތިޔާރު، އޮފީހަށް ލިބިގެންވެއެވެ.
(ބ) ވަގުތީ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މުވައްޒަފުން، ދައުލަތުގެ ބޭނުމަށް ނުވަތަ ފޮރިން ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން، އާއިލާއާއެކު ދިއުމަށް މި ހާލަތުގެ ދަށަކުން ނުވީއްލޭނެއެވެ.
ދިހަ ވަނަ ބާބު
މުވައްޒަފުން ވީއްލުން
111 ވަނަ މާއްދާ - މުވައްޒަފުން ވީއްލުން
ދައުލަތުގެ މުއައްސަސާއަކުން ހިންގާ ކަމެއްގައި އެ މުއައްސަސާއަކަށް މުވައްޒަފަކު ބޭނުންވެއްޖެނަމަ، ކަނޑައެޅޭ ވަކި ގަޑިތަކަކަށް ނުވަތަ ވަކި މުއްދަތަކަށް، ތިރީގައިވާ ގޮތުގެ މަތީން އެ މުއައްސަސާއަކަށް ވީއްލުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ހ) ދައުލަތުގެ މުއައްސަސާތަކުން ހިންގާ ކަމެއްގައި އޮފީހުގެ މުވައްޒަފަކު ވަގުތީގޮތުން ބޭނުންކުރަން ޖެހިއްޖެނަމަ އެކަން ހަމަޖައްސާނީ، އެ މުވައްޒަފަކު ވަގުތީގޮތުން ވީއްލުމަށް އެދި، އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ބޭނުންވާ ދައުލަތުގެ މުއައްސަސާއަކުން މުވައްޒަފު ބޭނުންވާ ސަބަބާއި މުއްދަތު ސާފުކޮށް ލިޔެފައި މިނިސްޓްރީއަށް ހުށަހެޅުމުން، އެކަން ހަމަޖައްސައިފައި މިނިސްޓްރީން ދޫކުރާ، މުވައްޒަފު ވީއްލިކަން ބަޔާންކުރާ ލިޔުމަކުންނެވެ.
(ށ) މުވައްޒަފަކު ވީއްލޭނީ 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން، އެ މުވައްޒަފުގެ ހިދުމަތް އެއަށްވުރެ އިތުރަށް ބޭނުންވާނަމަ، އަލުން އެ މުއައްސަސާއަކުން މިނިސްޓްރީއާ ވާހަކަދައްކައިގެން، ލިއުމުން އެ މައްސަލަ ހަމަޖެއްސިދާނެއެވެ. މިގޮތުން މުވައްޒަފަކު ވީއްލައިފައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ، 3 (ތިނެއް) މަސްދުވަހެވެ.
(ނ) ވީއްލައިފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރާނީ، އެ މުވައްޒަފަކު ދޫކުރެވިފައިވާ މުއައްސަސާއެއްގައެވެ. ވީއްލައިފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަންނަނަމަ، އެދުވަހާ ހަމަޔަށް މުވައްޒަފުގެ ހާޒިރީ ރިޕޯޓު، ހިދުމަތް ލިބިގަންނަ މުއައްސަސާއަކުން މި ނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ރ) ވީއްލައިފައިވާ މުވައްޒަފުންގެ މުސާރައާމެދު، މިނިސްޓްރީން އެހެންގޮތަކަށް އަންގައިފައި ނުވާނަމަ، އެ މުވައްޒަފަށް މުސާރައާއި އެހެނިހެން އެލަވަންސްތައް ދޭނީ، މިނިސްޓްރީންނެވެ. އެހެނިހެން އިނާޔަތްތައް (މިސާލަކަށް އިތުރުގަޑީގެ ފައިސާއާއި، މަސައްކަތްކުރާ ގަޑީގައި ދެވޭ ކެއުމާއި ސައިގެ ހަރަދު) ދޭނީ، އެ މުވައްޒަފަކު ވީއްލައިފައިވާ މުއައްސަސާއަކުންނެވެ.
(ބ) މުވައްޒަފު ވީއްލައިފައިވާ މުއްދަތު ހަމަވުމުން، ވީއްލައިފައިވާ މުވައްޒަފު، ގަވާއިދުން މިނިސްޓްރީއަށް ވަޒީފާއަށް ނުކުންނަންވާނެއެވެ.
112 ވަނަ މާއްދާ - މުސާރަ ނުލިބޭ ގޮތަށް މުވައްޒަފު ވީއްލުން
(ހ) އޮފީހުގެ މުވައްޒަފަކު ހިދުމަތުގައި ހޭދަކުރާ ދުވަސްތަކުގައި، ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ދިގުމުއްދަތަކަށް މުސާރަ ނުލިބޭގޮތަށް ވަޒީފާ އަދާނުކޮށް ހުރުމަށްއެދިއްޖެނަމަ، މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިދާނެއެވެ.
(ށ) މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން، މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނީ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތް، އެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލާ މުއްދަތުގައި ކުރާނޭ ގޮތުގެ އިންތިޒާމު ހަމަޖެއްސުމާ އެކުގައެވެ.
(ނ) މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލޭނީ، މި ގަވާއިދުގައިވާ ގޮތަށް އަމަލުކުރުމަށް އެ މުވައްޒަފަކު އެއްބަސްވެ، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ވީއްލައިދިނުމަށް ސަބަބާއެކު، އެ މުވައް ޒަފަކު ހުށަހެޅުމުންނެވެ.
(ރ) މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލައިފައި ހުންނަ މުއްދަތުގައި އެ މުވައްޒަފު ވަގުތީގޮތުން ވަޒީފާއިން ވަކިކުރެވޭނެއެވެ. އަދި ވީއްލައިފައި ހުންނަ މުއްދަތުގައިމުސާރައާއި އެހެނިހެން އިނާޔަތްތަކެއް ނުލިބޭނެއެވެ. އަދި އެ މުއްދަތު މުވައްޒަފު ހިދުމަތްކުރި މުއްދަތެއްކަމުގައެއް ނުގުނޭނެއެވެ.
(ބ) މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުމުގެ ސަބަބުން ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްފައި ހުރި މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ހުރި މުއްދަތު ހަމަކޮށް އޮފީހަށް ނުކުތުމަށް އެދި ހުށަހެޅުމުން، އެ މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލިއިރު އަދާކުރަމުންދިޔަ ވަޒީފާއާ އެއްފެންވަރުގެ ވަޒީފާއަކަށް ހަމަޖައްސައިދެވޭނެއެވެ.
(ޅ) މުސާރަ ނުލިބޭގޮތަށް ވީއްލުމުގެ ސަބަބުން ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްފައިހުރި މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ހުރި މުއްދަތު ހަމަނުވަނީސް އޮފީހަށް ނުކުތުމަށް އެދޭނަމަ، 3 (ތިނެއް) މަސްދުވަހުގެ ކުރިން މުވައްޒަފު އޮފީހަށް އެކަން ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހެޅުމުން އެ މަގާމުގައި ވަގުތީގޮތުން މުވައްޒަފަކު ގެންގުޅޭނަމަ، އެ މުވައްޒަފަށް ނޯޓިސްދީފައި ވަޒީފާއިން ވަކިކޮށް، މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ވަޒީފާއިން ވަކިކުރި މުވައްޒަފަށް އޭނާ ކުރިން އަދާކުރި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
(ކ) މުސާރަ ނުލިބޭގޮތަށް ވީއްލައިފައިވާ މުވައްޒަފަކު ވީއްލުނު މުއްދަތު ހަމަވާއިރު،އޮފީހުގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ، މަގާމު އުވައިލައިފައިވުމުގެ ސަބަބުން ވަޒީފާ ދެވެން ނެތްނަމަ، ވީއްލި މުއްދަތު ހަމަވުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން އެކަން އެ މުވައްޒަފަށް އެންގޭނެއެވެ. އެކަން ނޭންގި އޮތުމަކުން، އެ މުވައްޒަފު ވީއްލި މުއްދަތު ނިންމާ އެނބުރި އައުމުން، ވަޒިފާ ދިނުމަކަށް ލާޒިމެއް ނުކުރެއެވެ.
(އ) މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލިކަން އަންގާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާއާ އެއްގޮތަށް ދޫކުރާ ޗިޓަކުންނެވެ.
113 ވަނަ މާއްދާ - މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލޭނެ ކަންތައްތައް
(ހ) އޮފީހުގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކާ ގުޅިގެންނެވެ. މި މާއްދާގެ ދަށުން، މުސާރަ ނުލިބޭ ގޮތަށް މުވައްޒަފު ވީއްލުމަށް ކަނޑައެ ޅުމާއި، މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފުގެ މަގާމު ރިޒަރވްކުރުމަށް ނުވަތަ ނުކުރުމަށް ނިންމާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުންނެވެ.
(ށ) އަމިއްލަގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނީ، އޮފީހުގެ ޓްރޭނިންގ ރިކްއަޔަރމަންޓުގައި ހިމެނިފައިވާ ނުވަތަ އެ މުވައްޒަފަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށެވެ.
- އަމިއްލަގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ މުވައްޒަފުން ވީއްލޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެ މީހަކު ގަބޫލުކޮށްފައިވާކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
- އަމިއްލަގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭގޮތަށް މުވައް ޒަފު ވީއްލޭނީ، ކޯހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލައިފައި ހުންނަ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މަގާމު ރިޒަރވް ކުރެވޭނެއެވެ. އަދި 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލައިފައި ހުންނަ މުއްދަތަށް ރިޒަރވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހްތިޔާރު، އޮފީހަށް ލިބިގެންވެއެވެ.
- ރާއްޖެއިން ބޭރުން ކިޔެވުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުމުގައި، އެ މުވައްޒަފަކު ކިޔަވަންދާ މަރުކަޒަކަށް ދިއުމަށާއި، އެ ތަނަކުން އެނބުރި އައުމަށް، އިތުރު 1 (އެކެއް) މަސްދުވަސް ދެވިދާނެއެވެ. ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާއެއް އަދާކުރާ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންނާއި، ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މުވައްޒަފުން މި މާއްދާގެ ދަށަކުން ނުވީއްލޭނެއެވެ.
(ނ) ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް ޓަކައި، މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- މުވައްޒަފު މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ، ބަލިވީ ތިމާނަމަ، އެ ބައްޔެއްގެ ބާވަތާއި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބެނުންވާކަމާއި، ބޭނުންވާ މުއްދަތު ބަޔާންކޮށް، ސިޓީއަކާއެކު، މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމުންނެވެ.
- ބަލިވީ ތިމާ ބަލަހައްޓަން ޖެހިފައިވާ ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހެއްނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭ ސަބަބު ބަޔާންކޮށް،އެ މުވައްޒަފަކުއޮފީހަށް ހުށަހެޅުމުންނެވެ.
- މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ، ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލައިފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މަގާމު ރި ޒާވް ކުރެވޭނެއެވެ. އަދި 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލައިފައި ހުންނަ މުއްދަތަށް ރިޒާވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ރ) ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއި ން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުން އާއިލާއާއެކު ދިޔުމަށް ވީއްލޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މުވައްޒަފެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ދައުލަތުގެ ބޭނުމަކަށް ނުވަތަ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާކަމުގެ ރަސްމީ ލިޔުމަކާއި އެ މުވައްޒަފަކާއެކު އާއިލާ ގެންދާކަމަށްވާނަމަ، އެ މުވައްޒަފަކާ އޮންނަ އާއިލީ ގުޅުން ބަޔާންކޮށްދޭ ލިޔުން އޮފީހަށް ހުށަހެޅުމުންނެވެ.
- ދައުލަތުގެ ބޭނުމަކަށް ނުވަތަ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުން ވީއްލޭނީ، ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލައިފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީންމުވައްޒަފުގެ މަގާމު ރިޒާވް ކުރެވޭނެއެވެ. އަދި 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާ މު، ވީއްލައި ފައި ހުންނަ މުއްދަތަށް ރިޒާވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ވަގުތީ މުވައްޒަފުން، ދައުލަތުގެ ބޭނުމަކަށް ނުވަތަ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއް ޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެ ހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ އަނބިމީހާ ނުވަތަ ފިރިމީހާއާއެކު ދިއުމަށް މި މާއްދާގެ ދަށަކުން ނުވީއްލޭނެއެވެ.
114 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި މުސާރަ ނުލިބޭގޮތަށް ވީއްލުން
(ހ) މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ވީއްލުމުގައި އަމަލު ކުރާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތު ބަޔާންކޮށް އޮފީހަށް ހުށަހެޅުން؛
- މުވައްޒަފު ހުށަހަޅާ ކަންތައްތަކަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރ.އެމް.ޑީ. ކޮމިޓީ) ގައި މަށްވަރާ ކުރުން؛
- މުވައްޒަފު ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބަދަލު އިންތިޒާމު ހަމަޖެއްސުން؛
(ށ) މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތު ބަޔާންކޮށް އޮފީހަށް ހުށަހެޅުމުން، އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރ.އެމް.ޑީ. ކޮމިޓީ) ގައި މަށްވަރާ ކުރުމަށްފަހު، އެ މުވައްޒަފަކު ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު، 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން މުވައްޒަފު ވީއްލިދާނެއެވެ. ނަމަވެސް، މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މުވައްޒަފަށް ހައްގުވާ އެއްވެސް ޗުއްޓީއެއް ނެތްނަމައެވެ. މި ހާލަތުގައި އެ މުވައްޒަފު ވަޒީފާއިން ވަތްކެއް ނުކުރެވޭނެއެވެ. އަދި މުވައްޒަފުގެ ބަދަލުގައި އެ މަގާމުގައި މުވައްޒަފަކު ނުވެސް ގެންގުޅެވޭނެއެވެ. އަދި އެ މުއްދަތު، މުވައްޒަފު ހިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ. އަދި، މި މުއްދަތުގައި މުސާރައާއި އެހެނިހެން އިނާޔަތްތަކެއް ނުލިބޭނެއެވެ.
115 ވަނަ މާއްދާ - ސަރުކާރަށް ނުވަތަ އޮފީހަށް ހިދުމަތްކުރަން ޖެހިފައިވާ މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ވީއްލުން
ސަރުކާރަށް ނުވަތަ މިނިސްޓްރީއަށް ހިދުމަތްކުރަންޖެހޭ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، މިނިސްޓްރީއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް އެދުމާއެކު، މި ގަވާއިދުގެ 111 ވަނަ މާއްދާއާއި، 112 ވަނަ މާއްދާއާއި، 113 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
(ހ) ކޯހެއް ފުރިހަމަކުރުމާ ގުޅިގެން އެ ކޯހަށް ހިނގި ހަރަދު ނުވަތަ ހަރަދުގެ ބައެއް މިނިސްޓްރީއަށް ނުވަތަ ސަރުކާރަށް ދައްކަންޖެހޭ މުވައްޒަފުން އިތުރަށް ކިޔެވުމަށް މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މުވައްޒަފަކު ސަރުކާރަށް ނުވަތަ މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ޒިންމާވާނެ ފަރާތެއް މިނިސްޓްރީއަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަށް ދެއްކުމަށްފަހު، އެ ފަރާތަކުން އެކަން ގަބޫލުކުރިކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
(ށ) މުވައްޒަފު ހިދުމަތްކުރަން ޖެހިފައިވާ މުއްދަތު ހަމަކުރެވޭނީ، މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ހުންނަ މުއްދަތު ނުހިމަނައެވެ.
(ނ) ސަރުކާރަށް ހިދުމަތްކުރަން ޖެހިފައިވާ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލައިފިނަމަ، އެ މުވައްޒަފެއްގެ ވަޒީފާއާމެދު މި ގަވާއިދުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
(ރ) މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތާ ގުޅިގެން، މި ގަވާއިދުގެ 114 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ނޫން ކަންކަމުގައި މުސާރަ ނުލިބޭ ޗުއްޓީއަށް މުވައްޒަފު އެދޭކަމަށްވާނަމަ، މުވައްޒަފުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، މި ގަވާއިދުގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީގެ ބަދަލުގައި އެއަށް ވުރެ ދިގު މުއްދަތަކަށް ވެސް މުސާރަ ނުލިބޭ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަޖައްސައިދެވިދާނެއެވެ. ނަމަވެސް، މިގޮތަށް ހަމަޖައްސައިދެވޭ މުސާރަ ނުލިބޭ ޗުއްޓީގެ ދިގު މިނަކީ، ގިނަވެގެން 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހެވެ.
116 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ހުންނަ މުއްދަތު ބޭނުންކުރުމާއި ވަޒީފާއަށް ނުކުތުން
(ހ) މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުމަކަށެވެ. މިގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރަ ނުލިބޭ ގޮތަށް ވީއްލި ވީއްލުން ބާތިލު ކުރުމާއެކު، ވަޒީފާއަށް ނުކުތުމަށް އަންގައި، ނުނުކުމެއްޖެނަމަ މުސާރަ ނުލިބޭގޮތަށް ވީއްލި ދުވަހުން ފެށިގެން ގަވާއިދާ ހިލާފުވެފައިވާ މުވައްޒަފެއްގެ ގޮތުން ފޮރިން ސަރވިސްގެ ވަޒީފާއިން އެ މުވައްޒަފު ވަކިކުރެވިދާނެއެވެ.
(ށ) މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައި ހުންނަ މުވައްޒަފަކު، ވީއްލި ބޭނުން ބަދަލުކުރަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ހުށަހަޅައި،ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ ލަފާގެ މަތީން، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ބަދަލުކުރަންވާނެއެވެ.
(ނ) މުސާރަ ނުލިބޭ ގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު، އޮފީހުގެ ވަޒިފާއަށް ނުކުތުމަށް އެދި ހުށަނާޅައި ނުވަތަ ވީގޮތެއް ނާންގައި 5 (ފަހެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފު ދާއިމީކޮށް، ގަވާއިދުގައިވާ ގޮތުގެ މަތީން ވަކިކުރެވިދާނެއެވެ.
(ރ) ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެމަންމައަށް ނުވަތަ ބައްޕައަށް ހަމައެކަނި ދަރިފުޅު ބެލުމަށް ޓަކައި، 1 (އެކެއް) އަހަރުދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާނަމަ، އަންހެން މުވައްޒަފަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.
(ބ) ސަރުކާރަށް ނުވަތަ އޮފީހަށް ހިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކުރާނަމަ، ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު، އޮފީހުގެ ވަޒީފާއަށް ނުކުތުމަށް އެދި ހުށަނާޅައި، ނުވަތަ ވީގޮތެއް ނާންގައި 15 (ފަނަރަ) ދުވަސް ވެއްޖެނަމަ، ދާއިމީކޮށް ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި، އެ މުވައްޒަފާމެދު ފިޔަވަޅު އެޅުމުގެ ބާރާއި އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
އެގާރަވަނަ ބާބު
މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުން
117 ވަނަ މާއްދާ - މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުން
(ހ) ފޮރިން ސަރވިސްގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެޕްރައިޒަލް ހަދައި، އަހަރަކު 1 (އެކެއް) ފަހަރު އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލަންވާނެއެވެ. އަދި ވަޒީފާގެ ކުރިއެރުން ހައްގުވާ މުވައްޒަފުންނަށް ބަޖެޓް ހަމަޖެހިފައިވާގޮތުގެ މަތީން، މުސާރައިގެ ކުރިއެރުން ދޭންވާނެއެވެ.
(ށ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ކަންކަން ކުރިޔަށް ގެންދަންވާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ " ޕަރފޯމަންސް އެ ޕްރައިޒަލްއާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީންނެވެ.
118 ވަނަ މާއްދާ - މުވައްޒަފުންގެ ފެންވަރު ބެލުމުގެ އުސޫލުތައް
(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ބޭނުމަކީ، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ކޮށްފައިވާ ފެންވަރާއި، މިންވަރާއި، މަސައްކަތް ފުރިހަމަކުރެވުނު ވަގުތާއި،މަސައްކަތުގައި މުވައްޒަފުގެ މިޒާޖާއި ސިފަތައް ދެނެގަތުމާއި ފެންވަރު ރަނގަޅު، މަސައްކަތަށް ގާބިލު މުވައްޒަފުންތަކެއް އުފެއްދުމެވެ. އަދި މި ނިޒާމުގެ ސަބަބުން އޮފީހުގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ދެވޭ ހިދުމަތް އަވަސްވެ، ހަރުދަނާވެގެން ދިއުމެވެ.
(ށ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ބޭނުންކޮށްގެން އޮފީހުގެ މަގުސަދުތައް ހާސިލުވ ގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށް ގެންދޭތޯ ބަލައި، އޮފީހުގެ މަސައްކަތްތަކާ ހަވާލުވެގެން ތިބޭ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބާރުއެޅޭނެއެވެ.
(ނ) މަސައްކަތުގެ ފެންވަރު ރަނގަޅު މުވައްޒަފުންނަށް، މުސާރައިގެ ކުރިއެރުން ދިނުމާއި، މި ނޫންވެސް މަސައްކަތާއި އެހެނިހެން އިނާޔަތްތައް ގުޅުވޭނެއެވެ. ކަނޑައަޅައިފައިވާ މިންގަނޑަށް މަސައްކަތް ނުކުރެވޭ މުވައްޒަފުން އިސްލާހުކުރުމަށް މަގުފަހިކޮށް، އެކަން އިންތިޒާމުކުރާ ނިޒާމަކަށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ވާނެއެވެ.
(ރ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހަމަޖެހިފަ އި އޮންނާނީ،އިދާރީގޮތުން ބުރަބޮޑުނުވާނޭ ގޮތަކަށް، ހާމަކަން ބޮޑު އަދި އިންސާފުވެރި އުސޫލެއްގެ މައްޗަށެވެ.
(ބ) މަސައްކަތުގެ ފެންވަރު ބެލުމުގައި އަންނަނިވި ކަންކަން ލިޔުމުން ކަނޑައަޅައިފައި އޮންނަންވާނެއެވެ. ހަވާ (ނޯޓް: "ހަވާ" މިއީ އޮޅުމަކުން ލިޔެވިފައިވާ އަކުރެއް ކަމަށް ބެލެވޭ)
- މަސައްކަތުގެ ފެންވަރު ބެލޭނޭ މުއްދަތު؛
- މުވައްޒަފުގެ ހިދުމަތް ބަލައި ވަޒަންކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ މުވައްޒަފު (ސުޕަވައިޒަރ)؛
(ޅ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުބަލައި ވަޒަންކުރުމަށް ހަވާލުކުރެވޭ ސުޕަވައިޒަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
- މަސައްކަތުގެ އަހަރު ފެށޭއިރު ޓާގެޓްތައް ކަނޑައެޅުން؛
- އަހަރުގެ މެދުތެރެއިން މުވައްޒަފުގެ މަސައްކަތް ބަލައި، ބަދަލެއް ގެންނަންޖެހޭނަމަ، އެ ބަދަލެއް ގެނައުން؛
- މަސައްކަތުގެ އަހަރު ނިމުމުން މުވައްޒަފުގެ މަސައްކަތަށް މާކްސްދީ،މަސައްކަތުގެ ފެންވަރު ވަޒަންކުރުން.
(ކ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އޭގެ ނަތީޖާގެ ކޮޕީއެއް މުވައްޒަފަށް ދެވޭނެއެވެ. އަދި ކަނޑައަޅައިފައިވާ މިންވަރަށްވުރެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ދަށްނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަ ތީން ފިޔަވަޅު އެޅޭނެއެވެ.
(އ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭނަމަ، ސަބަބު ބަޔާންކޮށް، އޮފީހުގެ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާއަށް އިލްތިމާސްކުރުމުގެ ހައްގު، ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.
(ވ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުގެ ނަތީޖާ، ކަމާބެހޭ މުވައްޒަފުންނަށް ނޫނީ ހާމައެއް ނުކުރެވޭނެއެވެ.
ބާރަވަނަ ބާބު
ރިކޯޑުތައް ބެލެހެއްޓުމާއި، ޒާތީ މައުލޫމާތު ހާމަކުރުން
119 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
މިނިސްޓްރީގެ މަގާމުތަކާއި މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓަންވާނީ، މިނިސްޓްރީގައި އެކަމަށް ހެދިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
120 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
އޮފީހުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ތިރީގައިވާ ގޮތުގެ މަތީން މައުލޫމާތު ފައިލެއް ތައްޔާރުކޮށް، ބަލަހައްޓަމުން ގެންދެވޭނެއެވެ.
(ހ) ވަޒީފާ ލިބިގެން މުވައްޒަފު އޮފީހަށް ނުކުތުމާއެކު، އޮފީހުގެ ފަރާތުން އެ މުވައްޒަފުގެ މައުލޫމާތު ފައިލް ހަދައި، އެ ފައިލަށް ނަންބަރެއް ދެވޭނެއެވެ. މި ފައިލަށް ދޭނީ،އެ މުވައްޒަފެއްގެ ރިކޯޑް ކާޑުގެ ނަންބަރެވެ.
(ށ) ވަގުތީ މުވައްޒަފުންނަށް ވެސް މައުލޫމާތު ފައިލް ހަދައި، އެ ފައިލު ބަލަހައްޓަމުން ގެންދެވޭނެއެވެ.
(ނ) އޮފީސް މެދުވެރިވެގެން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މީހަކާ ބެހޭގޮތުން، ތިރީގައިވާ މައުލޫމާތު އެ ފައިލުގައި ފައިލް ކުރަމުން ގެންދެވޭނެއެވެ.ގޮތުގެ މަތީން
- ގާނޫނުގައިވާ ގޮތުގެ މަތީން ހިދުމަތް ކުރަންޖެހޭ މީހުންގެ ރިކޯޑު ފޯމު؛
- ދިވެހި ސަރުކާރު މެދުވެރިވެގެން ސްކޮލަރށިޕްގައި ދިއުމަށް އެދޭ މީހުން ފުރާ އެޕްލިކޭށަން ފޯމު؛
- ކޯސް ލިބިފައިވާ މުވައްޒަފާ އޮފީހާ ދެމެދު ވެވޭ އެއްބަސްވުން؛
- ކޯސް ފުރިހަމަ ކުރުމުން ލިބޭ ސެޓުފިކެޓު؛
- ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ، އެ ލިޔުން؛
(ރ) ވަޒީފާ ލިބޭ މީހުންގެ މައުލޫމާތު ފައިލުތަކުގައި އެ މުވައްޒަފަކާ ބެހޭގޮތުން ފައިލުކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ފައިލުކުރަމުން ގެންދެވޭނެއެވެ. މިގޮތުން ފައިލުކުރާ ލިޔުންތަކުގައި، އެ ލިޔުންތަކުގެ ތާރީހު ތަރުތީބުން ނަންބަރު ޖަހަމުން ގެންދެވޭނެއެވެ.
(ބ) މުވައްޒަފުންގެ ޕަރސަނަލް ފައިލުގައި ހިމެނޭ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. ވީމާ، މަސައްކަތާ ގުޅޭގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައި ހަދައިގެން ނުވާނެއެވެ.
(ޅ) މުވައްޒަފަކު، އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލް ބަލަން ބޭނުންވެއްޖެނަމަ، ޕަރސަނަލް ފައިލް ބަލަހައްޓާ މުވައްޒަފުގެ ބެލުމުގެ ދަށުން އެ ފައިލުގައިވާ ލިޔެކިޔުންތައް ދެއްކޭނެއެވެ.
(ކ) އޮފީހުގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވެއްޖެނަމަ، އެ އޮފީހަކުން ބޭނުންވެއްޖެ ހިނދެއްގައި، ބަދަލުވި އޮފީހަށް އެ މުވައްޒަފެއްގެ މައުލޫމާތު ފައިލް ފޮނުވޭނެއެވެ.
121 ވަނަ މާއްދާ - މުވައްޒަފުގެ މައުލޫމާތުތަކަށް ބަދަލު ގެނައުން
(ހ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން އެ މުވައްޒަފަކު، އެ ބަދަލެއް ގެންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އޮފީހަށް ހުށަހަޅަންވާނެއެވެ.
(ށ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ބަދަލު ގެނެވުނު މައުލޫމާތު، އޮފީހަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ވަޒީފާއާބެހޭ ހުރިހާ ލިޔެކިޔުންތަކުން އެކަން އިސްލާހު ކުރެވޭނެއެވެ.
122 ވަނަ މާއްދާ - ވަޒީފާ އަދާކުރިކަމުގެ ލިޔުން
(ހ) މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ، ނުވަތަ ވަކިކުރާނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާ އަދާކުރިކަމުގެ ލިޔުން އޭނާއަށް ދޫކުރަންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވުމަށްފަހު ނުވަތަ ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާ އަދާކުރިގޮތުގެ ލިޔުން ހޯދުމަށް ވަޒީފާއިން ވަކިވި ނުވަތަ ބަދަލުވި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މުވައްޒަފަކު އެދިއްޖެނަމަ، އަންނަނިވި ކަންތައްތަކަށް އިށާރާތްކޮށް ވަޒީފާ އަދާކުރިގޮތުގެ ލިޔުން ދޫކުރެވޭނެއެވެ.މަގާމު
- ވަޒީފާގައި އުޅުނު މީހާގެ ނަމާއި އެޑްރެސް؛
- އޮފީހުގެ މަސައްކަތުގެ ބާވަތް؛
- މެދުކެނޑުމެއްނެތި އޮފީހުގެ ވަޒީފާގައި އެ މުވައްޒަފަކު ދެމިހުރި މުއްދަތު؛
- ވަޒީފާ އަދާކުރާ އޮފީސް/ ޑިޕާޓްމަންޓް/ސެކްށަން ނުވަތަ ޔުނިޓް؛
- ވަޒީފާ އަދާކުރި މުއްދަތުގައި އެ މުވައްޒަފަކު އަދާކޮށްފައިވާ ހުރިހާ މަގާމުތަކާއި މަސްއޫލިއްޔަތުތައް؛
- ވަޒީފާއިން ވަކިވިއިރު އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް.
(ނ) އެ މުވައްޒަފަކު ވަޒީފާއިން ވަކިވި ސަބަބު ނުވަތަ ބަދަލުވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާމެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް (ރަނގަޅު ނުވަތަ ރަނގަޅު ނުވިޔަސް) ވަޒީފާ އަދާކުރި ލިޔުމުގައި، މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ ނުހިމެނޭނެއެވެ.
123 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތުގެ ތައާރުފާއި މާނަކުރުން
(ހ) ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމާއި، އާއިލީ ދިރިއުޅުމާއި، ގޯތިގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކު ވެސް، އަނެކުންގެ މި ބަޔާންވެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އޮފީހުގައި ހުންނަ މުވައްޒަފުންގެ ޒާތީ މައުލޫމާތު އޮފީހުން ހިމާޔަތް ކޮށްދޭނެއެވެ. މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރެވޭނީ، ގާނޫނުއަސާސީއާއި،އެކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ "ޒާތީ މައުލޫމާތު" ގެ މާނަ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މުވައްޒަފެއްގެ އުމުރު ނުވަތަ ކައިވެނީގެ ހާލަތާ ގުޅޭ މައުލޫމާތު؛
- މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ސިއްހީ ހާލަތާއި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، އަދާކުރި ވަޒީފާތަކާއި އަދި ވަޒީފާއަދާކުރިގޮތާބެހޭ މައުލޫމާތު؛
- މަގާމުގެ ގިންތިއާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ؛
- މުވައްޒަފުން ދިރިއުޅޭ އެޑްރެސް
- މުވައްޒަފުންގެ އިނގިލީގެ ނިށާން
- މުވައްޒަފުންގެ ސޮއި؛
- މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި ދާއިމީ އެޑްރެސް
- މުވައްޒަފުންގެ ޕާސްޕޯޓްގެ މައުލޫމާތުގެ ތެރެއިން ޕާސްޕޯޓު ނަންބަރާއި ދާއިމީ އެޑްރެސް
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ މި މާއްދާގައި ހިމެނޭ ޒާތީ މައުލޫމާތެއް ހާމަކުރެވޭނީ ނުވަތަ ށާއިއުކުރެވޭނީ، އެ މުވައްޒަފެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
125 ވަނަ މާއްދާ - މައުލޫމާތު ރައްކައުތެރިކަމާއެކު ބެލެހެއްޓުން
އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައްކައުތެރިކަމާއި އަމާނާތްތެރިކަމާއެކު، މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮފީހުން ބަލަހައްޓަމުން ގެންދަންވާނެއެވެ.
125 ވަނަ މާއްދާ - ޒާތީ މައުލޫމާތު ހާމަކުރެވޭނެ ހާލަތްތައް
(ހ) އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު، އެ މުވައްޒަފެއްގެ ރުހުން ނެތި ހާމަކުރެވޭނީ، ތިރީގައިވާ ހާލަތްތަކުގައެވެ.
(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބަޔާންކޮށްފައިވާ އެއްވެސް ސަބަބަކަށް ޓަކައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން.
(ނ) ކޯޓު އަމުރަކަށް ނުވަތަ ކޯޓަކުން ނެރޭ އެފަދަ ލިޔުމެއްގެ ދަށުން.
(ރ) އެޓަރނީ ޖެނެރަލް، ދައުލަތުގެ ނަމުގައި ދައުވާކުރާ އަދި ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކުގައި ބޭނުންކުރުމަށް.
(ބ) ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިފައިވާ ފަރާތްތަކުން ކުރާ ތަހުގީގަކަށް ބޭނުންކުރުމަށް.
(ޅ) އޮޑިޓަރ ޖެނެރަލާއި، އެނާގެ މަސައްކަތުގެ ދާއިރާއިން އޭނާ އައްޔަނުކުރާ ބަޔަކަށް އޮޑިޓްކުރުމުގެ ބޭނުމަށް.
(ކ) ޕްރޮސެކިއުޓަރ ޖެނެރަލާއި، އެނާގެ މަސައްކަތުގެ ދާއިރާއިން އޭނާ އައްޔަނުކުރާ ބަޔަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް.
(އ) ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މި މިނިސްޓްރީއަށް މުވައްޒަފުންގެ ޒާތީ މައުލޫމާތު ލިބިގަތުމަށް ބާރުލިބިދޭ އެންމެހައިމުއައްސަސާތަކަށާއި ފަރާތްތަކަށް ބޭނުންވުން.
126 ވަނަ މާއްދާ - ޒާތީ މައުލޫމާތު ހާމަކޮށްފިނަމަ ފިޔަވަޅު އެޅުން
އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ޒާތީ މައުލޫމާތު ކޮންމެހެން ހާމަކުރަންޖެހޭ ފަރާތް ނޫން ފަރާތަކަށް ހާމަކޮށްފިކަން ސާބިތުވެއްޖެނަމަ، މި ގަވާއިދުގައި ތޭރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު އޮފީހަށް ލިބިގެންވެއެވެ.
ތޭރަ ވަނަ ބާބު
މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުން
127 ވަނަ މާއްދާ - ގާނޫނާއި ގަވާއިދަށް އަމަލުކުރާ މުވައްޒަފުންކަމުގައިވުން
(ހ) ފޮރިން ސަރވިސްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީވެސް ގާނޫނާއި ގަވާއިދަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، އެ މުވައްޒަފެއްގެ ވާޖިބުތައް އަދާކުރުމުގައި، އެ މުވައްޒަފެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ހިދުމަތްކުރާ، މިނިސްޓްރީގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަސައްކަތްކުރާ، ޕްރޮފެށަނަލް މިންގަނޑުތައް ހިފަހައްޓާ، އާންމު އަހްލާގް ރަނގަޅު މުވައްޒަފަކު ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފުވެއްޖެނަމަ، އަދި މި ބާބުގައި ވަޒީފާގެ ކުށުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެ މުވައްޒަފަކާމެދު،މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
128 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުމުގެ މަގުސަދު
އިސްލާހީ ފިޔަވަޅު އެޅުމުގެ މަގުސަދަކީ އެ މުވައްޒަފަކާ ހަވާލުވެފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރާކަން ކަށަވަރު ކުރުމާއި، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ޓަކައި މިނިސްޓްރީން ކުރަމުންދާ މަސައްކަތް ގާނޫނާއި ގަވާއިދާ އެއްގޮތަށް، ފަންނީ ފެންވަރުގައި، ހެޔޮ އަހުލާގުގެ މަތީގައި ކުރަމުން ދިއުމަށް މުވައްޒަފުންގެ ކިބައިން ދިމާވާ ހުރަސްތައް ނައްތައިލުމާއި، މުވައްޒަފުން އިސްލާހުކޮށްގެން ރަނގަޅަށް މަސައްކަތްކުރުވޭތޯ ބެލުމެވެ. އަދި ޒިންމާ ނޫފުލާ، މިންގަނޑުތައް ނުހިފަހައްޓާ މުވައްޒަފުންގެ ކިބައިން މިނިސްޓްރީން ދެމުންގެންދާ ހިދުމަތް ރައްކައުތެރިކުރުމެވެ.
129 ވަނަ މާއްދާ - މުވައްޒަފުންނާމެދު ފިޔަވަޅުއެޅުން
ފޮރިން ސަރވިސްގެ މުވައްޒަފަކު ނުވަތަ ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފަކު، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން ކުރުން މަނާކޮށްފައިވާ ކަމެއް ކޮށްފިކަމަށް މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން މައްސަލަ ބަލައި އެކަން ސާބިތުވެއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެ މުވައްޒަފަކާމެދު އެޅުމުގެ އިހްތިޔާރު، ފޮރިން ސެކްރެޓަރީއަށް ލިބިގެންވެއެވެ.
(ހ) މަގާމުގެ 1 (އެކެއް) ދަރަޖަ ދަށްކުރުން. ނުވަތަ
(ށ) އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ފޮރިން ސަރވިސްއިން ސަސްޕެންޑު ކުރުން. ނުވަތަ
(ނ) މަގާމުން ވަކިކުރުން.
130 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު
އިސްލާހީ ފިޔަވަޅު އެޅުމަކީ، މުވައްޒަފަކު މަސައްކަތަށް ފަރުވާކުޑަކޮށްގެން، ނުވަތަ ޒިންމާ ނޫފުލައިގެން، ނުވަތަ މަސައްކަތުގެ އަހުލާގު ދަށްވެގެން، ނުވަތަ މި އުސޫލުގައި ހިމެނޭ ކަންތައްތަކާ ހިލާފުވެގެން ނުވަތަ ކަމަކާ ހިލާފުވެގެން، އެ މުވައްޒަފަކު ކުރި ނުވަތަ ނުކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައިގެން، އެ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމެވެ.
(ހ) އިސްލާހީ ފިޔަވަޅު އަޅާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުންނެވެ. ނަމަވެސް، މުވައްޒަފާމެދު މުވައްޒަފުގެ ސުޕަވައިޒަރު ނުވަތަ ޑިޕާޓްމަންޓަށް ނުވަތަ ސެކްށަނަށް ފެނިގެން އިސްލާހީ ފިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި އެކަމާބެހޭ މައުލޫމާތު ސުޕަވައިޒަރު ނުވަތަ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ ސެކްށަނުގެ ވެރިޔާ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅިއްޖެނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތު، މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ބެލެހެއްޓޭނެއެވެ.
(ށ) އިސްލާހީ ފިޔަވަޅު ކަމަށްބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.
- ނަސޭހަތް ދިނުން؛
- ލިޔުމުން އިންޒާރު ދިނުން؛
- ވަކި މުއްދަތަކަށް ވަޒީފާއަށް ނުނުކުމެ ހުރުމަށް އެންގުން؛
(14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް.)
(4 (ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން.
131 ވަނަ މާއްދާ - ނަސޭހަތް ދިނުން
(ހ) އަނގަބަހުން ނަސޭހަތް ދިނުން:
އަނގަބަހުން ނަސޭހަތް ދިނުމަކީ، ސުޕަވައިޒަރު ނުވަތަ އޮފީހުގެ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާ، ނުވަތަ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް ހަވާލުކޮށްފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން އެ މުވައްޒަފަކާ ވާހަކަދައްކައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، އެކަން އެ މުވައްޒަފަކަށް އެންގުމެވެ. މުވައްޒަފަކަށް އަނގަބަހުން ދޭ ނަސޭހަތް ލިޔެ ބަލަހައްޓަންވާނީ، އެ މުވައްޒަފެއްގެ ސުޕަވައިޒަރު
ނުވަތަ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާއެވެ. އިސްލާހުވުމަށް އަނގަބަހުން ނަސޭހަތްތެރިވެވޭނީ، ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. ދެވަނަ ފަހަރަށްފަހު ދެން ނަސޭހަތްދެވޭނީ ލިޔުމުންނެވެ. އަނގަބަހުން ދޭ ނަސޭހަތުގެ ލިޔުން އޮންނާނެ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 6 ގައި އެވަނީއެވެ. މި ނަމޫނާއާ އެއްގޮތަށް މުވައްޒަފަށް އަނގަބަހުން ނަސޭހަތް ދިނުމަށްފަހު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތާ، މުވައްޒަފުގެ ސުޕަވައިޒަރު ހިއްސާކުރަންވާނެއެވެ.
(ށ) ލިޔުމުން ނަސޭހަތް ދެވޭނެ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ލިޔުމުން ނަސޭހަތް ދިނުމަކީ، އޮފީހުގެ ސުޕަވައިޒަރު ނުވަތަ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާ، ނުވަތަ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް ހަވާލުކޮށްފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން އެ މުވައްޒަފަކަށް ރަސްމީކޮށް ލިޔުމުން އެކަން އަންގައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ލިޔުމުން ނަސޭހަތްތެރިވުމެވެ. މުވައްޒަފަކަށް ލިޔުމުން ނަސޭހަތްދީ ލިޔެ ބަލަހައްޓާނީ، އެ މުވައްޒަފެއްގެ ސުޕަވައިޒަރުނުވަތަ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާއެވެ. އަދި އެ މައުލޫމާތު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ސުޕަވައިޒަރު ފޮނުވަން ވާނެއެވެ. ލިޔުމުންދޭ ނަސޭހަތް އޮންނާނެ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ވާނެއެވެ.
- މި އުސޫލުން ނަސޭހަތް ދިނުމުގެ ބޭނުމަކީ، އާދައިގެ ކުދިކުދި ކުށްތައް އިސްލާހު ކުރުމެވެ. މިގޮތުން ކުށުގެ ދަރަޖަ 1 (އެކެއް) ގައި ހިމެނޭ ކުށްތަކަށް އެންމެ ފުރަތަމަ އެޅޭނެ ފިޔަވަޅަކީ، އަނގަބަހުން ނަސޭހަތް ދިނުމެވެ. އެއަށްފަހު ވެސް އިސްލާހުނުވިނަމަ، ލިޔުމުން ނަސޭހަތް ދެވޭނެއެވެ.
- މުވައްޒަފަކަށް، އިސްލާހުވުމަށް ލިޔުމުން ނަސޭހަތްތެރި ވެވޭނީ، ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. މިގޮތަށް ދެވޭ ނަސޭހަތެއް ދޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާނަމަ، އަލުން 2 (ދޭއް) ފަހަރު ވަންދެން އަނގަބަހުން ނަސޭހަތް ދެވިދާނެއެވެ. މިސާލަކަށް 2020 މޭ 3 ގައި ދީފައިވާ ނަސޭހަތަށް ރިއާޔަތްކޮށް، އެއަށްވުރެ މަތީ ފިޔަވަޅެއް އެޅޭނީ، ނަސޭހަތް ދިންތާ 2 (ދޭއް) އަހަރު ފުރިހަމަނުވާ ކަމުގައި ވާނަމައެވެ.
- މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް (ނަސޭހަތްދިނުން) އަޅައިފައިވާ މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ ނުވަތަ އެ މުވައްޒަފަކާ މެދު އިސްލާހީ ފިޔަވަޅެއް ނާޅާތާ 1 (އެކެއް) އަހަރުދުވަސް ވުމަށް ފަހުގައެވެ. ހުރި މަގާމުގައި 2 (ދޭއް) އަހަރުދުވަސްވެގެން މަގާމުގެ ކުރިއެރުން ހައްގުވާ މުވައްޒަފަކަށް ލިޔުމުން 1 (އެކެއް) ފަހަރު ނަސޭހަތްދެވިފައިވާނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، މުސާރައިގެ ކުރިއެރުމެއް ދެވިދާނެއެވެ.
- ލިޔުމުން 2 (ދޭއް) ފަހަރު ނަސޭހަތް ދިނުމަށްފަހު އިސްލާހު ނުވިނަމަ، އެފަދަ މުވައްޒަފަކަށް ދެން ދެވޭނީ ލިޔުމުން އިންޒާރެވެ.
132 ވަނަ މާއްދާ - ލިޔުމުން އިންޒާރު ދިނުން
(ހ) ލިޔުމުން އިންޒާރު ދިނުމަކީ، އޮފީހުގެ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާ ނުވަތަ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް ހަވާލުކޮށްފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އަހުލާގު ދަށްވެ، ނަސޭހަތްތެރިވުމުން ވެސް އިސްލާހު ނުވިނަމަ، ނުވަތަ މުވައްޒަފަކު ކުރި ކުށަކީ ކުށުގެ ދަރަޖަ 2 ނުވަތަ 3 ގައި ހިމެނޭ ކުށެއްނަމަ، އެކަން ތަކުރާރު ނުކުރުމަށާއި، ތަކުރާރު ކޮށްފިނަމަ، އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިޔުމެއް ދިނުމެވެ. މިގޮތުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، މުވައްޒަފުންގެ މަސައްކަތް ބަދަލުކުރުމާއި، ވަޒީފާގެ ފަންތި ދަށްކުރުމާއި، ވަޒީފާއިން ވަކިކުރުން ހިމެނެއެވެ. ލިޔުމުން ދޭ އިންޒާރު އޮންނާނެ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 8 ގައި ވާނެއެވެ.
(ށ) މުވައްޒަފަކަށް، އިސްލާހުވުމަށް ލިޔުމުން އިންޒާރު ދެވޭނީ އެއްފަހަރުއެވެ. މިގޮތަށް އިންޒާރުދޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ނަމަ، (އިސްލާހީ ފިޔަވަޅެއް އަޅައިފައި ނުވާނަމަ) އެ އިންޒާރަށް އަމަލު ނުކުރާގޮތަށް ހަމަޖެއްސިދާނެއެވެ. މުވައްޒަފަށް ލިޔުމުން އިންޒާރު ދޭނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުންނެވެ.
(ނ) މުވައްޒަފެއްގެ މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދިނުމުގައި، މި ފިޔަވަޅަށް (ލިޔުމުން އިންޒާރު ދިނުން) ރިއާޔަތް ކުރެވޭނީ، އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ، 2 (ދޭއް) އަހަރު ވެފައިވާ ނަމައެވެ.
133 ވަނަ މާއްދާ - ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެހުރުމަށް އެންގުން
(ހ) ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުމަކީ، ކުށުގެ ދަރަޖަ 2 ނުވަތަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބު ން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާއަށް ނެރުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، އޮފީހުގެ މަސައްކަތަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަމަކަށްވާތީ، އެ މުވައްޒަފަކަށް މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް ނުވަތަ ވަޒީފާގެ ޒިންމާ އަދާނުކޮށް ހުރުމަށް އަންގާ އެންގުމެކެވެ. މި އިސްލާހީ ފިޔަވަޅަކީ އިސްވެ ބަޔާން ކުރެވުނު އިސްލާހީ ފިޔަވަޅުތަކަށްވުރެ ހަރުކަށި ފިޔަވަޅެކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފިޔަވަޅެއް އޮފީހުގެ އެއްވެސް މުވައްޒަފަކާމެދު އެޅޭނީ، އެކަމަށް ހެދިފައިވާ ވަކި އުސޫލެއްގެ ދަށުން އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުންނެވެ. ނަމަވެސް، ކުށުގެ ދަރަޖައިގެ 2 އާއި 3 ގައި ހިމެނޭ ކުށެއްކުރުމުގެ ސަބަބުން ކުށްކުރި މުވައްޒަފަށް ވަގުތުން އޮފީހުން ނުކުތުމަށް އަންގާ އެންގުން އެއީ މި ނަންބަރުގައިވާ ފިޔަވަޅުއެޅީ ކަމުގައެއް ނުބެލެވޭނެއެވެ.
(ނ) އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގޭނީ، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.
(ރ) މި ފިޔަވަޅު އެޅުމަށްފަހު އެކަން އެންގުމަށް ދެވޭ، މި ގަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ނުނިކުމެ ހުރުމަށް އަންގާ ޗިޓް" އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލުގައި ފައިލުކުރެވޭނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް (ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެހުރުމަށް އެންގުން) އަ ޅައިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދެވޭނީ ނުވަތަ މުސާރައިގެ ކުރިއެރުންދެވޭނީ، އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 2 (ދޭއް) އަހަރުދުވަސް ވުމަށްފަހުގައެވެ.
134 ވަނަ މާއްދާ - ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން
ހުރި މަގާމަށްވުރެ ދަށް މަގާމަކަށް، އިސްލާހީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފަކު ބަދަލުކުރެވޭނީ، އަންނަނިވި ގޮތްތަކުގެ މަތީންނެވެ.
(ހ) ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުމަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 48 ވަނަ މާއްދާއާއި49 ވަނަ މާއްދާގެ ދަށުން ކުރުން މަނާކޮށްފައިވާ ކަމެއްކޮށްފިކަމަށް ސާބިތުވެއްޖެނަމަ، ނުވަތަ ކުށުގެ ދަރަޖައިގެ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ހުރި ފަންތީގެ މަގާމަށްވުރެ ދަށް މަގާމަކަށެވެ. މިގޮތުން ފަންތި ދަށްކުރެވޭނީ މަގާމެއް އޮތް ކަމުގައި ވާނަމައެވެ. ފަންތި ދަށްކުރުމަށް މަގާމެއް ނެތް ކަމުގައި ވާނަމަ، ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް (ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން) އަޅައިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 2 (ދޭއް) އަހަރުދުވަސް ވުމަށްފަހުގައެވެ.
(ނ) މުވައްޒަފެއްގެ މައްޗަށް މިފަދަ ފިޔަވަޅެއް އަޅައިގެންވެސް އަމަލުތައް އިސްލާހު ނުވެއްޖެނަމަ، އެ މުވައްޒަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
135 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން ކުރުން މަނާކޮށްފައިވާ ކަމެއްކޮށްފިކަން ސާބިތުވެއްޖެނަމަ، ނުވަތަ މި ގަވާއިދުގެ ކުށުގެ ދަރަޖައިގެ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކިފަހަރު މަތީން ތަކުރާރުކޮށް އިސްލާހީ ފިޔަވަޅު އަޅައިގެން މުވައްޒަފުގެ އަހުލާގު ރަނގަޅު ނުވެއްޖެނަމަ، ވަޒީފާއިން ވަކިކުރުމަށް ކަމާބެހޭ ސެކްށަނަކުން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ހުށަހަޅަންވާނެއެވެ. ނުވަތަ ކުރި ކުށުގެ ސަބަބުން މުވައްޒަފު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ މަސައްކަތަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ އޮފީހަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ކުށެއް ނަމަވެސް، އެ މީހަކު ވަޒީފާއިން ވަކިކުރުމަށް ހުށަހަޅަން ވާނެއެވެ.
(ނ) ވަޒީފާއިން ވަކިކުރަން ހުށަހަޅާ މުވައްޒަފާމެދު އަމަލުކުރެވޭނީ، ވަޒީފާއިން ވަކިކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތްތަކުގެ މަތީންނެވެ.
136 ވަނަ މާޢްދާ - ވަޒީފާގެ ކުށުގެ ދަރަޖަތައް
(ހ) ވަޒީފާގެ ކުށުގެ ދަރަޖަ 1 (އެކެއް):
މި ކުށްތަކަކީ، ނަސޭހަތްދީގެންނާއި އެ ކަމަކަށް އެކަށީގެންވާ އެ ނޫން ފިޔަވަޅު އަޅައިގެން ވެސް މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުސަތު ދެވޭނެ ކުށްކުށެވެ. މިގޮތުން ވަޒީފާގެ ކުށުގެ ދަރަޖަ 1 އަށް ފެތޭނޭކަމަށް ބެލޭނޭ ކަންތައްތައް ތިރީގައި މިވަނީއެވެ.
- ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާ ކުޑަކުރުމާއި، ވަޒީފާގެ ޒިންމާ ނޫފުލުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުކުރުން؛
- ކަނޑައަޅައިފައިވާ ގަޑިއަށް އޮފީހަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު ހާޒިރު ނުވުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއެރުން ނުވަތަ އެހެން މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި މަސައްކަތުގެ އަހްލާގަށް ނޭދެވޭ އަސަރު ކުރުމާއި، މުވައްޒަފުގެ ހާޒިރީއަށް ފަރުވާކުޑަކުރުން؛
- މަސައްކަތުގެ ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުން ނުދިނުން ؛
- މަސައްކަތުގެ ދާއިރާގައި މުވައްޒަފަށް ކުރެވޭ އަމުރަށާއި އަންގާ
އެންގުންތަކަށް ކިޔަމަންތެރިކަން އަދާކުރުން ކުޑަކުރުން؛ - ކަނޑައަޅައިފައިވާ މަސައްކަތު ގަޑީގައި އޮފީހުގެ ހުއްދަނެތި ބޭރުގައި އުޅުމާއި، ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި އަމިއްލަ މަސައްކަތް ކުރުމާއި، އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި، ވަގުތު ބޭކާރުކުރުން؛
- ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެން ވެސް އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރުހެދުމާއި، އޮޅުވައިލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަގޮތުގައި ބޭނުންކުރުން؛
- މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑަށްވުރެ ދަށްފަންތީގެ އަމަލުކުރުމާއި، ވާހަކަދެއްކުމުގައްޔާއި މުހާތަބު ކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން؛
- ވަޒީފާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަވުން؛
- ސަރުކާރުގެ އުޅަނދެއް ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި ގަވާއިދުތަކާ ހިލާފުވެ ކުށްވެރިވުން (ކުށުގެ އަދަބެއްގެ ގޮތުގައި ށަރީއަތުން ކަނޑައެޅީ ޖަލަށްލުން، ނުވަތަ އަރުވައިލުން، ނުވަތަ ގޭބަންދުކުރުމަށްވުރެ ކުޑަ އަދަބެއްނަމަ)؛
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން؛
- މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭފަދަ މަސައްކަތްތައް ނުކުރުން؛
- މަސައްކަތު ގަޑީގައި ނިދުން؛
(ށ) ވަޒީފާގެ ކުށުގެ ދަރަޖަ 2 (ދޭއް):
މި ކުށްތަކަކީ، އިސްލާހުވުމަށް ފުރުސަތުދީ ތަކުރާރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ ކުށްކުށެވެ.
- އޮފީހުގެ އެންގުންތަކާއި އޮފީހުން ހަދައިފައިވާ އެހެނިހެން ގަވާއިދުތަކަށާއި އުސޫލުތަކަށާއި، މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ ހިލާފުނުވާ ގޮތުގެ މަތީން އެކަށައަޅައިފައިވާ ސިޔާސަތުތަކާ ގަސްތުގައި ހިލާފުވުން، ނުވަތަ އެއިން ކަމަކަށް އިހުމާލުވުން، ނުވަތަ ފަރުވާކުޑަ ކުރުމުގެ ސަބަބުން އެއިން ގަވާއިދަކާ ނުވަތަ ސިޔާސަތަކާ ހިލާފުވުން؛
- މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިޔަކު، ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތަށް ދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން ގަސްތުގައި މަސައްކަތް ނުކުރުން، ނުވަތަ މަސައްކަތް ކުރުމުގައި އިހުމާލުވުން؛
- ކަނޑައަޅައިފައިވާ މަސައްކަތުގަޑި ނިމުމުގެ ކުރީން ހުއްދަނެތި އޮފީހުން ދިޔުން؛
- އެއްބަސްވެފައިވާ ގޮތުގެ މަތީން މަސައްކަތުގަޑީގެ އިތުރުން އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރުކުރުން؛
- މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން އެންގުމަކާނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން، ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން؛
- މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭފަދަ މަސައްކަތްތައް ނުކުރުން؛
- ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ ވަސީލަތްތައް ނަހަމަގޮތު ގައި ބޭނުންކުރުން؛
- ހަށިގަނޑަށް ގެއްލުން ނުލިބޭ ފަދަ މަސައްކަތެއް ކުރިކަމުގައިވީ ނަމަވެސް އެ މަސައްކަތެއްގައި ގެންގުޅެންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިހު މާލުވުން؛
- މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް ގަސްތުގައި ހާމަނުކުރުން؛
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާފަދަ އަމަލެއްކުރުން؛
- ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހު ނުވެ ތަކުރާރުވުން؛
(ނ) ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް):
މި ކުށްތަކަކީ، ކުށްކުރާ ފުރަތަމަ ފަހަރުން ވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށްތަކެވެ.
- މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއްވެސް ސަބަބެއް ނާންގައި 5 (ފަހެއް) ދުވަހަށްވުރެ ދިގުމުއްދަތަކަށް އޮފީހަށް، ނުވަތަ އޮފީހުގެ މަސައްކަތަށް ނުނިކުމެ ހުރުން ނުވަތަ ޗުއްޓީ ހަމަކޮށްފައި އޮފީހަށް ނުކުންނަންޖެހޭ ތާރީހު ހަމަވުމަށްފަހު 5 (ފަހެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުނިކުމެ ހުރުން؛
- ސަރުކާރުގެ ލިޔެކިޔުމެއް ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވައިލައި، ބަދަލުކުރުން. މީގެތެރޭގައި، އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުމާއި، އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިޔުމާއި، ހާޒިރީ ރިޕޯޓާއި، ވައުޗަރާއި، ޗުއްޓީގެ ރިކޯޑުތަކާއި، އިތުރުގަޑީގެ ހާޒިރީއާބެހޭ ލިޔުން ފަދަ އޮފީހުގެ ލިޔެކިޔުން؛
- ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރުމާއި، ދޫކުރުމާއި، ބޭރުކުރުމާއި، ކޮޕީހެދުމާއި، ރިކޯޑުކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހިކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުމާއި މިއިން ކަމެއް ކުރުމުގައި ބައިވެރިވުން؛
- ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން، ނުވަތަ އެއިން އެއްޗެއް އަމިއްލަ ކަމަކަށް ބޭނުންކުރުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން؛
- ރިށްވަތު ހިފުން ނުވަތަ އަގުނެގޭ ހިދުމަތެއް ނުވަތަ އެފަދަ ތަކެތި އަގުއަދާނުކޮށް ލިބިގަތުން؛
- އެ މުވައްޒަފަކަށް ލިބިފައިވާ މަގާމުގެ އިހްތިޔާރު، ގަސްތުގައި، ނާޖާއިޒުގޮތެއްގައި ތިމާގެ ފައިދާއަށް ނުވަތަ ހައްގުނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އުޅުން؛
- ދައުލަތާއި، ސަރުކާރާއި، މިނިސްޓްރީ ބަދުނާމުވާ ފަދަ ކަމެއް ކުރުން. ނަމަވެސް އެ ކަމަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ވަޒީފާ އަދާކުރުމަށް ޓަކައި ކުރިކަމަކުން ނުކުތް ނަތީޖާއަކަށް ވެގެން ނުވުން؛
- މުވައްޒަފުގެ ވަޒީފާގެ ކޮލިފިކޭށަނާ ގުޅޭގޮތުން ނުވަތަ ވަޒީފާގެ ވާޖިބުއަދާ ނުކުރެވޭ ގޮތަކަށް ށަރުއީ ކޯޓަކުން މުވައްޒަފުގެ މައްޗަށް ހުކުމެއް އައުން؛
- ވަޒީފާ ހޯދުމަށް ޓަކައި ދޮގު މައުލޫމާތު ހުށަހަޅައިފައިވާކަމަށް ސާބިތުވުން؛
- ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ހަރުދަނާ ގަރީނާއެއްކަމުގައި ބަލާ ގަރީނާއެއް ލިބިފައިވާ، މަސްތުވާތަކެތިބޭނުންކުރުމުގެ ނުވަތަ ގެންގުޅުނުކަމަށް ގާނޫނީގޮތުން އެ ފަދަ މައްސަލަ ބެލުން ހަވާލުވެފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ސާބިތުވުން (އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ނިންމުން)؛
- ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއްކުރުން؛
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާފަދަ އަމަލެއް ހިންގުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވަތަ ވައްކަން، ނުވަތަ ޓެކުން، ނުވަތަ ހިޔާނާތް، ނުވަތަ މަކަރާއި ހީލަތްހެދުން ފަދަ ބޮޑު ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން؛
- ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބިދާނެފަދަ ނުރައްކައުތެރި މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކުރުން ނުވަތަ އިހުމާލުވުން؛
- ގާނޫނާއި ގަވާއިދާ ހިލާފަށް މައުލޫމާތު ހާމަކުރުމާއި، މައުލޫމާތު ލިބިގަތުން؛
- ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް، އިސްލާހުނުވެ ތަކުރާރުވުން.
137 ވަނަ މާޢްދާ - އިސްލާހީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅުތައް މުވައްޒަފެއްގެ މައްޗަށް އެޅުމުގައި އަމަލުކުރެވޭނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) މުވައްޒަފަކު އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅު ލަސްނުކޮށް އެޅުމަކީ، މުވައްޒަފުގެ ސުޕަވައިޒަރާއި، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔަކު، ނުވަތަ އެކަން ހަވާލުކުރާ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ. އެ ޒިންމާ އަދާކުރަންޖެހޭ މުވައްޒަފު އެ ޒިންމާ ނޫފުލާނަމަ، ނުވަތަ އިހުމާލުވެއްޖެނަމަ، އެއީ އެ މުވައްޒަފަކު ކުށްވެރިވާނެ ކަމެކެވެ.
(ށ) އޮފީހަށް ނުކުތުން މަނާކުރުން، މަގާމުގެ ފަންތި ދަށްކުރުން އަދި ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅެއް، އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި މުވައްޒަފަކާމެދު އަޅާނަމަ، އެ ފިޔަވަޅެއް އަޅާނީ، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުންނެވެ. މުވައްޒަފެއްގެ މައްޗަށް އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން އެ މުވައްޒަފަކަށް ނޯޓިސް ދޭންވާނެއެވެ. އެ ނޯޓިހުގައި އަންނަނިވި މައުލޫމާތު ހިމަ ނަންވާނެއެވެ.
- އޮފީހުން އަޅަން ކަނޑައަ ޅައިފައިވާ އިސްލާހީ ފިޔަވަޅު؛
- އެ ފިޔަވަޅަށް އަމަލީ ސިފަ އަންނާނޭ ތާރީހު؛
- ކަންހިނގައިފައިވާ ގޮތުގެ ހަގީގަތާއި، ފިޔަވަޅު އަޅަންޖެހޭ ސަބަބުތައް؛
(ނ) މުވައްޒަފަށް ދޭ ނޯޓިހުގައި، އަންނަނިވި ފުރުސަތުތައް ދޭންވާނެއެވެ.
- އެ މުވައްޒަފުގެ މައްޗަށް ކަނޑައެޅޭ ފިޔަވަޅުތައް ބިނާވެފައިވާ އެންމެ ހައިލިޔެކިއުންތައް ބެލުމުގެ ފުރުސަތު؛
- އެކަމާބެހޭ ގޮތުން އަނގަބަހުން ނުވަތަ ލިޔުމުން ޖަވާބު ދިނުމުގެ ފުރުސަތު؛
- އިސްލާހީ ފިޔަވަޅު އެޅުމަށް ޓަކައި ފޮނުވާ ނޯޓިހުގައި، އެ ނޯޓިހަށް ޖަވާބު ދިނުމަށް ޓަކައި އެކަށީގެންވާ ފުރުސަތު ދިނުން. މިގޮތުން ބަންދު ދުވަސްތައް ނުހިމަނައި 7 (ހަތެއް) ދުވަސް ދިނުން؛
- މި ގަވާއިދުގައިވާ ގޮތުގެ މަތީން އިލްތިމާސް ކުރުމުގެ ފުރުސަތު؛
138 ވަނަ މާޢްދާ - ވަގުތުން ފިޔަވަޅު އެޅޭނެ ހާލަތު
(ހ) މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް އޮފީހަށް ފެނިއްޖެނަމަ، މި ގަވާއިދުގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ. އެކަމަކު އެގޮތަށް މުވައްޒަފެއްގެ އަމަލު އެކަށީގެން ނުވާކަމަށް ބެލެވޭނީ، އަންނަނިވި ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.
(ށ) މުވައްޒަފުގެ ކިބައިން އެއްގޮތަކަށްވެސް ހިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިންމާ ނޫފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތުން.
(ނ) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ މުވައްޒަފަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން.
(ރ) ވަޒީފާ އަދާކުރާ މާހައުލުގައި ނުރައްކައުތެރި އަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެކަމުގެ އިންޒާރުދިނުން.
(ބ) މަސައްކަތަށް އައިއިރު ގާނޫނު ނަންބަރު 1975-04 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކައުތެރި ހަތިޔާރެއް ގެނައުން.
(ޅ) މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުން.
(ކ) ދައުލަތުގެ މުދަލުން ވައްކަން ކުރުން.
(އ) އެ މުވައްޒަފަކީ އެ މުވައްޒަފަކަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ އޮފީހަށް ހުރި ނުރައްކަލަކަށްވުން.
(ވ) އޮފީހުގެ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭފަދަ ބޮޑުކުށެއް ކުރުން ނުވަތަ އެފަދަ ބޮޑު ކަމެއް ކުރުމުގެ ސަބަބުން އޮފީހުގެ އެހެން މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅުން.
(މ) މުވައްޒަފެއްގެ މައްޗަށް ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެ، ކުށުގެ އަދަބެއްގެގޮތުން ޖަލަށް ލުމަށް ނުވަތަ އަރުވައިލުމަށް ނުވަތަ ގޭބަންދުކުރުމަށް ހުކުމެއް ކުރުން.
(ފ) ޕްރޮބޭށަންގެ މުއްދަތުގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ތަމްރީ ނު ޕްރޮގްރާމް ގަސްތުގައި މުވައްޒަފު ފުރިހަމަ ނުކުރުން.
139 ވަނަ މާޢްދާ - އޮފީހުން ނުކުތުން މަނާކުރެވުނު އަދި ވަކިކުރި ސަބަބު މުވައްޒަފަށް އެންގުން
މި ގަވާއިދުގައިވާ ގޮތުގެ މަތީން އެއްވެސް މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރެވިއްޖެނަމަ، ނުވަތަ ވަޒީފާއިން ވަކިކޮށްފިނަމަ، އޮފީހަށް ނުކުތުން މަނާކުރި ސަބަބު، ނުވަތަ ވަޒީފާއިން ވަކިކުރި ސަބަބު، ލިޔުމުން އެ މުވައްޒަފަކަށް އަންގަންވާނެއެވެ.
140 ވަނަ މާޢްދާ - ދައުލަތުގެ ސިޔާސަތާއި ގުޅޭގޮތުން ފާޑުކިޔުން
ފޮރިން ސަރވިސްގެ މުވައްޒަފުން މަގާމުގައި ދެމިހުރިހައި ދުވަހަކު، ދައުލަތުގެ ސިޔާސަތާގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ ހިޔާލެއްވިޔަސް، އެއްވެސް ސިފައެއްގައި، އެއްވެސް ތަނެއްގައި، އަދި އެއްވެސް ނަމެއްގައި އާންމުކޮށް ށާއިއުކުރަންވާނީ މިނިސްޓަރު އަންގާ ގޮތެއްގެ މަތީންނެވެ.
ސާދަ ވަނަ ބާބު
މުވައްޒަފެއްގެ ކިބައިން ލިބޭ މާއްދީ ގެއްލުމަށް ބަދަލު ނެގުން
141 ވަނަ މާޢްދާ - މާއްދީ ގެއްލުމަށް ބަދަލު ހޯދުން
މުވައްޒަފަކާ ހަވާލުކޮށްފައިވާ ޒިންމާއެއް ގަސްތުގައި، ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ނުވަތަ މުވައްޒަފުގެ ޒިންމާ އެހެން މުވައްޒަފަކާ ހަވާލުކުރެވޭ ހިނދެއްގައި، ނުވަތަ ޒިންމާ އުފުލެން ނެތް ހިނދެއްގައި އެކަން އެ މުވައްޒަފަކު ރިޕޯޓްކުރަންޖެހޭ މީހާއަށް ފުރިހަމައަށް ރިޕޯޓް ނުކުރުމުން ނުވަތަ އޮފީހަށް ނާންގައި ހާޒިރު ނުވުމުގެ ސަބަބުން ނުވަތަ އޮފީހުގެ މަސައްކަތުގައި އުޅެފައި ނާންގައި ބޭރަށް ދިއުމުގެ ސަބަބުން، އެ މީހެއްގެ މަސައްކަތަށް ނުވަތަ އޮފީހުގެ ސާމާނަކަށް ނުވަތަ އާލާތަކަށް ނުވަތަ އެ ނޫންވެސް ގޮތަކުން އޮފީހަށް މާއްދީ ގެއްލުމެއް ވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މީހެއްގެ އަތުން އެ ގެއްލުމެއްގެ ބަދަލު އޮފީހަށް ނެގިދާނެއެވެ.
142 ވަނަ މާޢްދާ - މާއްދީ ގެއްލުން ކަނޑައެޅުން
(ހ) މުވައްޒަފެއްގެ ފުށުން އޮފީހަށް ލިބޭ މާއްދީ ގެއްލުން ކަނޑައަޅާނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން އެ މައްސަލައެއް ބެލުމަށްފަހު، އެ ކޮމިޓީގެ މަށްވަރާއާއެކު މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާއެވެ.
(ށ) މުވައްޒަފެއްގެ ފުށުން ލިބޭ މާއްދީ ގެއްލުން ކަނޑައެޅުމުގެ މައްސަލަ ނިންމުމުގައި އެ މުވައްޒަފުގެ ބަޔާން ނެގޭނެއެވެ. އަދި އެކަމުގައި މުވައްޒަފުގެ އި ހުމާލުވުން އޮތް މިންވަރު ބެލޭނެއެވެ.
143 ވަނަ މާޢްދާ - މާއްދީ ގެއްލުމަށް ބަދަލު ނެގުން
މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު އެ މުވައްޒަފަކަށް އަމިއްލައަށް އެއް ފަހަރާ ވެސް ދެއްކިދާނެއެވެ. ނުވަތަ އެކި މަސްތަކަށް ބަހައިލައިގެން ދައްކައިހަލާސްކުރާގޮތަށް، މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާއަށް ހަމަޖެއްސިދާނެއެވެ. މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމުގެ ބަދަލު ނެގުމުގެ ގޮތުން ނެގޭ ފައިސާގެ މިންވަރު ކަނޑައަޅާނީ، އެ މުވައްޒަފުގެ މަހު މުސާރައިން %33 (ތިރީސް ތިނެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ގޮތެއްގެ މަތީން މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެހުރި އިސްވެރިޔާއެވެ. އެ ފައިސާ މަހު މުސާރައިން %33 (ތިރީސް ތިނެއް އިންސައްތަ) އަށްވުރެ އިތުރަށް ނެގޭނީ، މުވައްޒަފު އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.
144 ވަނަ މާޢްދާ - މާއްދީ ގެއްލުމަށް ބަދަލު ނެގުމަށްފަހު އިސްލާހީ ފިޔަވަޅު އެޅުން
މި ބާބުގައި ބުނެފައިވާ ގޮތުގެ މަތީން މުވައްޒަފެއްގެ ފަރާތުން ލިބޭ މާއްދީ ގެއްލުމަށް ނެގޭ ބަދަލު ނެގުމުގެ ސަބަބުން މި ގަވާއިދުގައިވާ ގޮތުގެ މަތީން، އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅުމަކަށް ހުރަހެއް ނާޅައެވެ.
ފަނަރަ ވަނަ ބާބު
މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުން
145 ވަނަ މާޢްދާ - މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުން
(ހ) މުސާރަލިބޭ ގޮތަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުމަކީ، މުވައްޒަފުގެ އަބުރަށާއި ކަރާމާތަށް އަސަރުކޮށްފާނެ ކަމަކަށް ވުމާއެކު، މުވައްޒަފާމެދު މި ފިޔަވަޅު އަޅަންވާނީ، އެކަމަށް ކޮންމެހެން ބޭނުންވެގެންނެވެ. މި ބާބުގެ ބޭނުމަކީ، މުސާރަ ދޭގޮތަށް ނުވަތަ މުސާރަނުދޭ ގޮތަށް މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
(ށ) މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަކީ އިސްލާހީ ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫންގޮތެއްގައި މި މާއްދާގެ
(ށ) ގައިވާ ގޮތުގެ މަތީން މައްސަލައެއްގެ ތަހުގީގު މުއްދަތަށް އޮފީހަށް ނުކުތުން މަނާކުރުމެވެ.
(ޏ) (ނޯޓް: (ނ) ގެ ބަދަލުގައި (ޏ) ގެނެވިފައިވަނީ އޮޅުމަކުން ކަމަށް ބެލެވޭ)
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށް ފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން އެއްވެސް މުވައްޒަފަކު މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް،
އޮފީހަށް ނުކުތުން މަނާކޮށްފައި އެންމެ ދިގުމުއްދަތަކަށް ބެހެއްޓޭނީ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަށެވެ.
(ރ) މި ބާބުގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ އެންމެހައި މުއްދަތެއް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ބ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މައްސަލައެއްގެ ތަހުގީގުގެ މުއްދަތުގައްޔާއި ށަރީއަ ތަށް ހުށަހަޅައިފައިވާ މުއްދަތުގައި މުސާރަދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމުގެ އިހުތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ޅ)
- މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މުވައްޒަފަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ނައްތައިލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި؛
- އެ މުވައްޒަފަކު ވަޒީފާއަށް ނުކުމެ އުޅުމުން، އޮފީހަށް ނުވަތަ އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި؛
- ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކައުތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކައުތެރިކަމަށް އަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތު ކުރެވިއްޖެނަމަ؛
- މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައިވާ ހާލަތްތަކުގެ އިތުރުން، މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް އެންގުމަށް މަގްބޫލު ސަބަބެއް އޮތްކަމަށް އޮފީހަށް ފެނުން. މީގެ ތެރޭގައި ގާނޫނަކުން ބާރުލިބިގެން ވަކި އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަޒީފާއަށް ނުކުތުން މަނާކުރުމަށް އެދި އޮފީހަށް ހުށަހަޅާ ހުށަހެޅުން ތަންފީޒު ކުރުމުގެ ގޮތުން މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރާކުރުން ހިމެނެއެވެ.
(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފުންގެ މައްސަލަ، މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމުމަށްފަހު، ނުވަތަ މައްސަލަ ބަލާ ނުނިމެނީސް އަލުން އޮފީހަށް ނެރުމަށް ބޭނުންވެއްޖެ ހާލަތެއްގައި އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މުވައްޒަފަކަށް އޮފީހަށް ނުކުތުމަށް އެންގިދާނެއެވެ.
146 ވަނަ މާޢްދާ - ދިމާވާ ހާއްސަ ހާލަތެއްގައި އޮފީހަށް ނުކުތުން ވަގުތީގޮތުން މަނާކުރުން
(ހ) އޮފީސް މާހައުލުގައި ދިމާވާ ހާއްސަ ހާލަތެއްގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަގުތީގޮތުން، މުސާރަދޭ ގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފަކު އޮފީހަށް ނުކުތުން، ފޮރިން ސެކްރެޓަރީގެ އިރުށާދާ އެއްގޮތަށް މުވައްޒަފުންގެ ކަންތައް ހިންގުމާ ހަވާލުވެރިހުރި އިސްވެރިޔާއަށް މަނާކުރެވިދާނެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކޮށްފިނަމަ، އެކަން އެ މުވައްޒަފަށް ލިޔުމުން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތަކީ، އޮފީސް މާހައުލުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވުން ނުވަތަ އެފަދަ ކުށެއް ކުރަން އުޅުނުކަމަށް ތުހުމަތު ކުރެވިފައިވުމެވެ.
(ށ) އޮފީސް މާހައުލުގެ ތެރޭގައި ހިނގާ ކަމަކާ ގުޅިގެން މި ގަވާއިދުގެ 145 ވަނަ މާއްދާގެ (ނ) އާއި މި މާއްދާގެ (ހ) ގައިވާ ހާލަތެއްގެ ދަށުން މައްސަލައެއް ބެލުމަށްފަހު އެ މައްސަލައިގައި އެ މުވައްޒަފާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގައި އިދާރީ މިންގަނޑުންނާއި މަދަނީ މިންގަނޑުން އެ ކުށެއް ސާބިތުވާކަމަށް ފެނިއްޖެނަމަ، ލަސްކުރުމަކާ ނުލައި އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
147 ވަނަ މާޢްދާ - ތަހުގީގު މަރުހަލާގައްޔާއި ށަރުއީ މަރުހަލާގައި މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުން
(ހ) އިދާރީގޮތުން މައްސަލަބެލުމަށް ނުވަތަ ފުލުހުން ނުވަތަ އެފަދަ ފަރާތަކުން ތަހުގީގެއް ކުރުމަށް މި ގަވާއިދުގެ 145 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތެއްގެ ދަށުން ނުވަތަ 146 ވަނަ މާއްދާގައިވާ ހާލަތެއްގެ ދަށުން މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވޭނީ، މި ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި މުސާރަ ލިބޭގޮތަށެވެ.
(ށ) ތަހުގީގު ނިމުމަށްފަހު، ތަހުގީގުކުރެވުނު މައްސަލައަކީ ށަރީއަތަށް ހުށަހަޅައިގެން ނިންމަންޖެހޭ މައްސަލައެއްކަމަށް ވެއްޖެނަމަ، އެފަދަ މުވައްޒަފަކު އިތުރަށް އޮފީހަށް
ނުކުތުން މަނާކުރެވޭނީ، މުސާރަ ނުލިބޭގޮތަށެވެ. އެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައިވާނަމަ، އޮފީހަށް ނުނުކުމެ ހުރި ދުވަސްތަކުގެ މުސާރަ އެ މުވައްޒަފަކަށް ނުދެވޭނެއެވެ. ށަރީއަތަށް މައްސަލަ ހުށަހެޅުމުން، އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، އޮފީހަށް ނުނުކުމެ ހުރި ދުވަސްތަކުގެ މުސާރަ ދެވޭނެއެވެ. އަދި މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ހުކުމް ބާތިލުކޮށް ކުށް ސަބިތުނުވާނަކަމަށް މައްސަލަ ނިންމައިފިނަމަ، އޮފީހަށް ނުނުކުމެ ހުރި ދުވަސްތަކަށް މުސާރަ ދެވޭނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ކުރީގެ ހުކުމް ބާތިލުކޮށް ކުށް ސާބިތުނުވާނެކަމަށް މައްސަލަ ނިންމާފައިވަނިކޮށް ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލުކޮށްފިނަމަ، އެހައިތަނަށް މުވައްޒަފަށް ދީފައިވާ މުސާރަ އަނބުރާ އަތުލެވޭނެއެވެ. ކުށް ސާބިތުވުމާ ގުޅިގެން މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމާމެދު ގޮތެއް ނިންމާނީ އޮފީހުންނެވެ.
(ނ) 145 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ މުއްދަތުގެ ތެރޭގައި އޮފީސް މާހައުލުގެ ތެރޭގައި ހިންގައިފައިވާ ކަމެއް އިދާރީގޮތުން އޮފީހުން މައްސަލަ ބަލާ ނުވަތަ ފުލުހުންގެ ނުވަތަ އެފަދަ ފަރާތަކުން ކުރާ ތަހުގީގު ނިމިފައި ނުވާނަމަ، އެ މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރި ހާލަތު ބަދަލުނުވެ ދެމިއޮތްކަމަށް އޮފީހަށް ފެނިއްޖެނަމަ،ނުވަތަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ނުވަތަ އެފަދަ ފަރާތަކުން ބަލަމުންދާ މައްސަލައަށް ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ބަޔާންކޮށް އެ ފަރާތަކުން އަންގައިފިނަމަ، މުސާރަލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މުސާރަ ނުލިބޭ ގޮތަށް ފަހަރަކު 30 (ތިރީސް) ދުވަހުގެ މުއްދަތަށް، އެކު ޖުމުލަ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާ ގޮތެއްގެ މަތީން އޮފީހަށް ނުކުތުން މަނާކުރެވިދާނެއެވެ. އަދި އެކަން ބަޔާންކޮށްފައިވާ ލިޔުމެއް އެ މުވައްޒަފަށް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މުވައްޒަފު އޮފީހުގެ މަސައްކަތަށް ނެރުމާމެދު، މި ގަވާއިދުގައިވާ ގޮތުގެ މަތީން މައްސަލަ ބެލުމަށްފަހު، އޮފީހުން ގޮތެއް ކަނޑައަޅައި ނިންމައިފިނަމަ، އެކަން ލިޔުމުން މުވައްޒަފުންގެ ކަންތައް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާ އެ މުވައްޒަފަށް އަންގާނެއެވެ. މުއްދަތުގައި 30 (ތިރީސް) ދުވަސް އޮތްކަމުގައި ވީ ނަމަވެސް، ވީ އެންމެ އަވަހަކަށް މައްސަލައާމެދު ގޮތެއް ނިންމުމަށް މަސައްކަތް ކުރެވޭނެއެވެ.
(ބ) މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ސާބިތުވެއްޖެ ހިނދެއްގައި، އިސްލާހީފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުކުތުން މަނާކުރުމަށް ނިންމާ މައްސަލަތަކުގައި އަމަލުކުރާނީ، މި ގަވާއިދުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ޅ) އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުމުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 10 ގައި ވާނެއެވެ.
148 ވަނަ މާޢްދާ - އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުކުތުން މަނާކުރުން
މުވައްޒަފު ކޮށްފައިވާކަމަށް ހުށަހެޅިފައިވާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ކުށް ސާބިތުވެއްޖެނަމަ، މުސާރަ ލިބޭގޮތަށް އިސްލާހީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފަކު އޮފީހަށް ނުކުތުން 14 (ސާދަ) ދުވަހަށްވުރެ އިތުރު ނުވާގޮތަށް މަނާ ކުރެވިދާނެއެވެ. ކުށް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅާނީ، ށަރީއަތަށް ފޮނުވައިފައިވާ މައްސަލައެއްނަމަ، ށަރީއަތުންނެވެ. އެ ނޫން މައްސަލައެއްގައި ނަމަ، ކުށް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅާނީ، މި ގަވާއިދުގެ 13 ވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.
ސޯޅަ ވަނަ ބާބު
ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑު
149 ވަނަ މާޢްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް
ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާގުޅޭ އެކި މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިޔަށް ގެންދިއުމަށް ޓަކައި މިނިސްޓަރ ބޭނުންވާ ލަފާދިނުމާއި، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިންސަރވިސްގެ ގާނޫނު) އާއި، މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާ އިދުތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަންތައްތަކާއި، މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި މިނިސްޓަރަށް ލަފާދިނުމެވެ.
150 ވަނަ މާޢްދާ - ބޯޑުގެ ބާރުތައް
ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ބާރުތަކަކީ އަންނަނިވި ބާރުތަކެވެ.
(ހ) މިނިސްޓަރަށް ލަފާ ދިނުން.
(ށ) މުވައްޒަފުންގެ ކަންކަމާ ގުޅޭގޮތުން ލަފާދިނުން.
(ނ) މުވައްޒަފުންގެ މަގާމުގެ ކުރިއެރުން ދިނުމުގައި ލަފާ ދިނުން.
(ރ) މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑު އެކުލަވައިލުމަށް ލަފާދިނުން.
(ބ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް މިނިސްޓަރ ފޮރިން ސަރވިސްގެ މަސައްކަތްތަކާ ގުޅިގެން ހުށަހަޅާ ކަންކަމަށް ލަފާދިނުން.
151 ވަނަ މާޢްދާ - ބޯޑުގެ މެންބަރުން
ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ، މިނިސްޓަރެވެ. މި ބޯޑު އެކުލެވިގެންވަނީ، އަންނަނިވި 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
152 ވަނަ މާޢްދާ - (އަރިމަތީ ސުރުހީއެއް ނެތް)
(ހ) ފޮރިން ސެކްރެޓަރީ.
(ށ) ފޮރިން ސަރވިސް އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މުވައްޒަފެއް.
(ނ) ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާ.
(ރ) ފޮރިން ސަރވިސް ޖެނަރަލް ސްޓާފުންގެ ގިންތީގެ މުވައްޒަފުންގެ ތެރެއިން
މިނިސްޓަރު ކަނޑައަޅާ އިސް މުވައްޒަފެއް.
(ބ) މިނިސްޓްރީގެ އިސް މަގާމެއްގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ، ހިދުމަތުގައި ނޫޅޭ މީހުންގެ ތެރެއިން މިނިސްޓަރު އައްޔަނުކުރާ މީހެއް.
153 ވަނަ މާޢްދާ - ބޯޑުގެ ރިޔާސަތު
ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، ފޮރިން ސެކްރެޓަރީއެވެ.
154 ވަނަ މާޢްދާ - ބޯޑުގެ ކޯރަމް
ބޯޑުގެ ޖަލްސާތަކުގެ ކޯރަމަކީ 3 (ތިނެއް) އެވެ. ބޯޑުގެ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ،ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
155 ވަނަ މާޢްދާ - ބޯޑު މެންބަރުންގެ ދައުރު
ބޯޑުގެ މެންބަރުންގެ ދައުރަކީ، 1 (އެކެއް) އަހަރުދުވަހެވެ.
156 ވަނަ މާޢްދާ - ބޯޑު މެންބަރުން ބައްދަލުކުރުން
ބޯޑުގެ މެންބަރުންގެ ބައްދަލުވުން، އެންމެ މަދުވެގެން ވެސް، މަހަކު 1 (އެކެއް) ފަހަރު
ބާއްވަންވާނެއެވެ.
157 ވަނަ މާޢްދާ - ބޯޑުގެ ސެކްރެޓޭރިއެޓް
ބޯޑުގެ ޖަލްސާތަކުގެ އިންތިޒާމުތައް ހަމަޖައްސާނީ، ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުންނެވެ. އަދި ޖަލްސާގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ.
158 ވަނަ މާޢްދާ - ބޯޑުގެ ޔައުމިއްޔާ
ބޯޑު ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، ބޯޑު މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކިގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ޖަލްސާގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނޭ ގޮތެއްގެ މަތީންނެވެ. ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓާނީ، ބޯޑުގެ ސެކްރެޓޭރިއެޓުންނެވެ.
159 ވަނަ މާޢްދާ - ބޯޑުގެ އެޖެންޑާ
(ހ) ބޯޑުގެ ކޮންމެ ބައްދަލުވުމެއްގެ ކުރިން، އެ ބައްދަލުވުމުގެ އެޖެންޑާ ފޮރިން ސެކްރެޓަރީ، މެންބަރުންނާ ހިއްސާކުރަންވާނެއެވެ.
(ށ) ފޮރިން ސަރވިސްގެ މަސްލަހަތު ހިމެނޭ މުހިންމު އަދި ބޮޑެތި ކަންކަން،އެޖެންޑާގައި އޮންނަ "އެހެނިހެން" މި ބައިގެ ދަށުގައި ހިމަނައިފައި ނިންމައިގެން ނުވާނެއެވެ. މިފަދައިން ނިންމައިގެން ނުވާނެ ކަންކަން ތިރީގައި މިވަނީއެވެ.
- މުވައްޒަފުންނަށް ދެވޭ އިނާޔަތްތަކާބެހޭ ކަންކަން؛
- ފޮރިން ސަރވިސްގެ މުސާރައިގެ އޮނިގަނޑާ ބެހޭ މަސައްކަތްތައް؛
- ފޮރިން ސަރވިސްގެ ގަވާއިދާބެހޭ މަސައްކަތްތައް.
ސަތާރަ ވަނަ ބާބު
އިންތިގާލީ އިންތިޒާމު
160 ވަނަ މާޢްދާ - ސަފީރުން
ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ހެޑް އޮފް މިށަންގެ ގޮތުގައި ވަޒީފާ އަދާކުރަމުންގެންދާ ސަފީރުންގެ ތެރެއިން، ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން މިނިސްޓްރީގައި، ސަފީރުކަމުގެ މަގާމު ނޫން އެހެން މަގާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ މީހުން، އެގްޒެކެޓިވް ސަރވިސް ސަޓާފުންގެ މަގާމުތަކަށް ބަދަލުވާނީ ތިރީގައި ބަޔާންކުރާ ގޮތަށެވެ.
(ހ) ސްޓޭޓް މިނިސްޓަރ ރޭންކުގައި ތިއްބެވި ސަފީރުން ސެކްރެޓަރީގެ މަގާމަށް ބަދަލުވުން.
(ށ) މިނިސްޓަރުގެ ނައިބު ފެންވަރުގައި ތިއްބެވި ސަފީރުން އެޑިށަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުވުން.
161 ވަނަ މާޢްދާ - ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުން
(ހ) ޑިރެކްޓަރުންނާއި އެއަށްވުރެ މަތީ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެގްޒެކެޓިވް ސްޓާފުންގެ ގިންތިއަށް ބަދަލުވުން.
(ށ) ޑިރެކްޓަރަށްވުރެ ދަށުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، ހާރިޖީ ދާއިރާއާ ގުޅޭ މަސައްކަތުގެ 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީ، ނުވަތަ އެއާ އެއްވަރުގެ ނުވަތަ އެއަށްވުރެއް މަތީ ފާހެއް ހާސިލުކޮށްފައިވާ މުވައްޒަފުން، ޕްރޮފެށަނަލް ސަރވިސް ގިންތިއަށް ބަދަލުވުން.
(ނ) ޑިރެކްޓަރަށްވުރެ ދަށުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، މިނިސްޓްރީގެ ހިދުމަތުގައި 10 (ދިހައެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަކޮށް، މަދުވެގެން 1 (އެކެއް) ޕޯސްޓިންގ ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަކުރަމުންދާ މުވައްޒަފުން ޕްރޮފެށަނަލް ސަރވިސް ގިންތިއަށް ބަދަލުވުން.
(ރ) ޑިރެކްޓަރަށްވުރެ ދަށުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، މިނިސްޓްރީގެ ހިދުމަތުގައި 15 (ފަނަރަ) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ މުވައްޒަފުން ޖެނެރަލް ސަރވިސް ސްޓާފުންގެ ގިންތިއަށް ބަދަލުވުން.
(ބ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮސްފައިވާ ށަރުތުތައް ފުރިހަމަނުވާ މުވައްޒަފުން، ޖެނެރަލް ސަރވިސްގެ ޖެނެރަލް ސަރވިސް ސްޓާފުންގެ ގިންތިތަކަށް ބަދަލުކުރުން.
(ޅ) ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އަށް އަމަލުކުރަން ފަށާއިރު ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން، އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ މުވައްޒަފުންނަށް އެ ށަރުތުތައް ފުރިހަމަކުރުމަށް ޓަކައި 1 ޖެނުއަރީ 2023 އިން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
162 ވަނަ މާޢްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
163 ވަނަ މާޢްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ގާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އެ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތަކަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ
ވަޒީރަށެވެ.
(ރ) "ސަފީރު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކުގެ "ހެޑް އޮފް މިށަން" ބޭރު ގައުމެއްގައި، ނުވަތަ ބައިނަލްއަގްވާމީ ޖަމުއިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެ ގައުމަކަށް ނުވަތަ ޖަމުއިއްޔާއަކަށް، ކޮންމެ ނަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.
(ބ) "ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސްގެ ސްޓާފުންނާއި ޖެނެރަލް ސަރވިސްގެ ސްޓާފުންނަށެވެ.
(ޅ) "ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ މުވައްޒަފުންނަށެވެ.
(ކ) "ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތީން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.
(އ) "ކޮންސިއުލާ ޕޯސްޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށް ޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.
(ވ) "ޕޯސްޓިންގ" ކަމަސް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި ކޮންސިއުލަރ ޕޯސްޓްތަކުގެ ވަޒީފާ އަދާކުރުމަށް ދާދިއުމަށެވެ.
(މ) "އިންފޮމޭށަން، ކޮމިއުނިކޭށަން އެންޑް ޓެކްނޮލޮޖީގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގެ މަސައްކަތްތަކުގައި ބޭނުންކުރާ މުއާސަލާތީ ވަސީލަތްތަކެވެ.
(ފ) "ދައުލަތުގެ މުސާރާއިގެ ސިޔާސަތުގެ ގާނޫނު“ ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރާއިގެ ސިޔާސަތުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެސްފައިވާ އެންމެހައި އިސްލާހުތަކަށެވެ.
(ދ) "ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރާއިގެ ސިޔާސަތުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ނޭށަނަލް ޕޭ ކޮމިށަނަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު