-

މުވައްޒަފުންގެ ގަވާއިދު (މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒު) (ގަވާއިދު ނަންބަރު 2022-127) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-179)

(މި ގަވާޢިދަށް އަމަލުކުރަން ފެށީ 22 ނޮވެމްބަރު 2023 ގައި)

 

މުވައްޒަފުންގެ ގަވާއިދު (މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒު) (ގަވާއިދު ނަންބަރު 2022-127) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 153 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞް ލާޙުކުރުން.

ބޯޑުގެ ރިޔާސަތު 153.

ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، ފޮރިން ސެކްރެޓަރީއެވެ. ފޮރިން ސެކްރެޓަރީ ނެތް ހާލަތެއްގައި ބޯޑުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ މެންބަރުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މުވައްޒަފުންގެ ގަވާއިދު (މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް) (ގަވާއިދު ނަންބަރު 2022-127)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މުވައްޒަފުންގެ ގަވާއިދު (މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒު) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-127)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު