-

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-16)

(މި ގަވާއިދުން ވަނީ ގަވާއިދު ނަންބަރު 2020-62 އުވާލެވިފައި)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2023-111 ގެ 78 ވަނަ މާއްދާގެ (ހ) އިން އުވާލެވިފައި)

 

1 ވަނަ ބާބު

ތައާރުފު 

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދިނުމާއި، އެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، މަސައްކަތްކުރުމަށް ބިދޭސީންނަށް ވަޒީފާ ދެވޭނެ ގޮތާއި، މި ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެސް ވަޒީފާގައި ގެންގުޅެންވާނީ މި ގަވާއިދާ ހިލާފުނުވާނެ ގޮތެއްގެ މަތިންނެވެ. 

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ ބާބު

ބިދޭސީންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން

 

3 ވަނަ މާއްދާ - ވަޒީފާއަށް ބިދޭސީން ހޮވުން

ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީއަކު ވަޒީފާއަށް ހޮވަންވާނީ، ވަޒީފާއާބެހޭ ވަޒީފާއަށް ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުނުވާނެ ގޮތެއްގެ މަތިންނެވެ. 

 

4 ވަނަ މާއްދާ - ވަޒީފާ ދިނުން

(ހ) ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ދިވެހިރާއްޖެއަށް ގެނައުމުގެ ކުރިން، އެ ބިދޭސީއަކަށް ވަޒީފާ ދިންކަން އެންގުމަށްޓަކައި، ވަޒީފާދޭ ފަރާތުން "ލެޓަރ އޮފް އެޕޮއިންޓްމަންޓް" އެ ބިދޭސީއަކާ ހަވާލުކުރަން ވާނެއެވެ.

(ށ) ލެޓަރ އޮފް އެޕޮއިންޓްމަންޓަކީ، މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް ގެންނަ ބިދޭސީއަކާއި އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތާ ދެމެދު، ވަޒީފާއާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި އެ އެއްބަސްވުމުގައި ސޮއިކުރެވެންދެން، ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ.

(ނ) ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމެނޭ އެއްވެސް މާއްދާއެއް، ވަޒީފާއާބެހޭ ގާނޫނުގެ 13 ވަނަ މާއްދާއާ ތައާރަޒުވެގެން ނުވާނެއެވެ.

(ރ) މި ގަވާއިދުގެ ޖަދުވަލު 10 ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމަނަންވާނެއެވެ.

 

 

5 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

. ބިދޭސީއަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންވާނީ، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

3 ވަނަ ބާބު

ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރެވޭ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުމާއި، ސިސްޓަމް ބޭނުންކުރުން

 

6 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާނީ، ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމް "އެކްސްޕެޓް އޮންލައިން ސިސްޓަމް" (މީގެ ފަހުން "އެކްސްޕެޓް ސިސްޓަމް") މެދުވެރިކޮށެވެ. 

 

7 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ 5 (ފަހެއް ) ކެޓަގަރީންނެވެ.

  1. ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަ، ވަޒީފާދޭ ފަރާތްތައް؛
  2. މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ރެޕްރެޒެންޓޭޓިވް؛
  3. ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް، ވިޔަފާރި އުސޫލުން ވަޒީފާ ދޭ ފަރާތަށް ފޯރުކޮށްދޭ ފަރާތްތައް؛
  4. ވަރކް ޕަރމިޓް މެޑިކަލްގެ ސަރވިސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް؛ 
  5. / އިންށޫރެންސްގެ ހިދުމަތް ފޯރުކޮށްދޭ ވަރކް ޕަރމިޓް ހެލްތް ކަވަރ ފަރާތްތައް؛

(ށ) މި މާއްދާގައި ބަޔާންކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީ ކުރާނެ ގޮތްތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ. 

 

8 ވަނަ މާއްދާ - ރެޕްރެޒެންޓޭޓިވް ރަޖިސްޓަރީކުރުން 

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށްފަހު، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނުކޮށް، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ "ރެޕްރެޒެންޓޭޓިވް" ގެ ގޮތުގައި އައްޔަނުކުރެވޭނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.

  1. އެމްޕްލޯއިމެންޓް އެޖެންސީ؛
  2. ވަޒީފާދޭ ފަރާތުގެ ދިވެހި މުވައްޒަފުން؛ ނުވަތަ 
  3. ވަޒީފާދޭ ފަރާތުން އައްޔަންކުރާ އެޖެންޓް؛

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ރެޕްރެޒެންޓޭޓިވް އައްޔަނުކުރުމާއި، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުމާއި، ވަކިކުރުމާއި، ބަދަލުކުރުމާބެހޭ އުސޫލުތައް،މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ. 

 

9 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވް، އެކްސްޕެޓް ސިސްޓަމުގައި ކުރާ މުއާމަލާތްތަކަށް ޒިންމާވުން 

މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ ރެޕްރެޒެންޓޭޓިވްއެއް އައްޔަނުކޮށް ރަޖިސްޓަރީކުރުމަށްފަހު، އެ ރެޕްރެޒެންޓޭޓިވް، އެކްސްޕެޓް ސިސްޓަމުގެ "ކްރެޑެންށަލްސް" ބޭނުންކޮށްގެން ކުރާ އެންމެހައި މުއާމަލާތްތަކުގެ ޒިންމާ ނަގާނީ، އެ ރެޕްރެޒެންޓޭޓިވް އައްޔަންކުރި ވަޒީފާދޭ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކްސްޕެޓް ސިސްޓަމުގައި ހިންގާ މުއާމަލާތްތަކާ ގުޅިގެން ވަޒީފާދޭ ފަރާތަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނީ މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - ހުއްދަ ނުހޯދައި ނުވަތަ ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން 

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހޯދަންޖެހޭ ހުއްދަ ނުހޯދައި (ރަޖިސްޓަރީ ނުކޮށް) ނުވަތަ ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

4 ވަނަ ބާބު

ބިދޭސީން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބޭނުންވާ ހުއްދަތައް

ކޯޓާ ހޯދުން

11 ވަނަ މާއްދާ - ކޯޓާއަށް އެދުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީއަކު ރާއްޖެ ގެނެވޭނީ، މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުގައެވެ.

(ށ) ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި، ދިވެހި ކޮންމެ ފަރުދަކަށާއި، ސަރުކާރުގެ ކޮންމެ އޮފީހަކަށާއި، ގާނޫނީ އެހެނިހެން ށަހްސުތަކަށް، މި ގަވާއިދުގައި  ބަޔާންކުރާ ގޮތުގެ މަތިން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ދޫކުރެވޭ ކޯޓާގެ ތެރެއިން ގެވެށި މަސައްކަތަށް ދޫކުރެވޭ ކޯޓާ ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ކޯޓާ ދޫކުރެވޭނީ "ނޭށަނަލް ޖޮބް ސެންޓަރ - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދުމުން ކޯޓާ ދޫކުރެވޭނީ، ކޯޓާއަށް އެދުމުގެ ށަރުތު ފުރިހަމަވުމާއެކު، ކޯޓާ ހޯދުމަށް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުންނެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

12 ވަނަ މާއްދާ -  ކޯޓާ ފީ

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް 2،000 (ދެހާސް) ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

(ށ) ކޯޓާ ފީ ދައްކާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ކޯޓާ ފީ ނެގުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ކޯޓާ ފީ ދައްކަން ފަށާނީ، 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - ކޯޓާގެ މުއްދަތު

މި ބާބުގެ ދަށުން ދޫކުރާ ކޯޓާގެ މުއްދަތު ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

14 ވަނަ މާއްދާ - ކޯޓާ ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ)  މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޫކޮށްފައިވާ ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ހޯދުމެއް ނެތި، މި ގަވާއިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

 

ވަރކް ޕަރމިޓް

15 ވަނަ މާއްދާ - ވަރކް ޕަރމިޓް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބިދޭސީ ފަރާތަކަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުރެވޭނީ، ވަޒީފާ އަދާކުރާ މުއްދަތުގައި
ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކުރާ "ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރުމުގެ އުސޫލު" ގައި ބަޔާންކުރާ ގޮތުގެ މަތިން، އެ އުސޫލުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

16 ވަނަ މާއްދާ - ވަރކް ޕަރމިޓް ދޫކުރެވޭނެ ކެޓަގަރީތައް

(ހ)  މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭ ކެޓަގަރީތައް ތިރީގައި މިވަނީއެވެ.
ޕްރޮފެށަނަލް އެންޑް މެނީޖީރިއަލް ކެޓަގަރީ:

  1. މި ގިންތީގައި ހިމެނޭ މަގާމުތަކަކީ މޯލްޑިވްސް ކޮލިފިކޭށަން 
    އޮތޯރިޓީން ކަނޑައަޅާފައިވާ ސެޓުފިކެޓު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލަކަށް ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުން މަސައްކަތްކުރާ މަގާމުތަކެވެ.
  2. ނޮން-ޕްރޮފެށަނަލް ކެޓަގަރީ:
    މި ގިންތީގައި ހިމެނޭ މަގާމުތަކަކީ، ސެކަންޑަރީ އެޑިއުކޭށަނުން ފެށިގެން މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅާފައިވާ ސެޓުފިކެޓު ލެވެލް 6 ހިމެނޭ ގޮތަށް އެ ލެވެލާ ހަމައަށް ތައުލީމު 
    ހާސިލުކޮށް ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ނުވަތަ އެންމެ އާދައިގެ، އެއްވެސް ހުނަރެއްނެތި ކުރެވިދާނެ މަސައްކަތްތައް ހިމެނޭ މަގާމުތަކާއި، މެނުއަލްތަކުގައިވާ އިރުށާދުތައް ކިޔަން އެނގޭ ފަރާތްތަކާއި އަދި މަސައްކަތުގެ ތަޖުރިބާއިން މަސައްކަތުގެ ބޭސިކް ހުނަރު ދަސްވެފައިވާ ފަރާތްތަކުން މަސައް ކަތްކުރާ މަގާމުތަކެވެ.
  3. ޑޮމެސްޓިކް ކެޓަގަރީ:
    މި ގިންތީގައި ހިމެނޭ މަގާމުތަކަކީ ގެވެށި މަސައްކަތްކުރާ މަގާމުތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކެޓަގަރީތަކުގައި ހިމެނޭ މަގާމުތަކުގެ ލިސްޓު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ވަރކް ޕަރމިޓް އެންޓްރީ ޕާސް

(ހ) ވަރކް ޕަރމިޓް އެންޓްރީ ޕާސްއަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވަރކް ޕަރމިޓް ހޯދުމަށް އެދޭ ބިދޭސީ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓުގެ ށަރުތު ފުރިހަމަވާ ފަރާތަކަށް، ރާއްޖޭގައި މަސައްކަތްކުރުމަށްޓަކައި ރާއްޖެ އެތެރެވުމަށް ދޫކުރެވޭ ހުއްދައެކެވެ.

(ށ) ވަރކް ޕަރމިޓް އެންޓްރީ ޕާސް ބޭނުންކުރެވޭނީ، މި ގަވާއިދުގައި އެންޓްރީ ޕާސްގެ މުއްދަތުކަމުގައި މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ މުއްދަތުގައި، ރާއްޖޭގައި މަސައްކަތްކުރުމަށްޓަކައި ރާއްޖެ އެތެރެވުމަށް އެކަންޏެވެ.

(ނ) ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ މުއްދަތަކީ، މި މާއްދާއާ ހިލާފުނުވާނެ ގޮތެއްގެ މަތިން، އެ ހުއްދަ ދޫކުރެވޭ ތާރީހުން ފެށިގެން، 120 (އެއްސަތޭކަ ވިހި) ދުވަސް ނުވަތަ އެ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް ހޯދާފައިވާނަމަ އެ ވަރކް ޕަރމިޓް ލިބުމާ ހަމައަށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ބިދޭސީ ފަރާތަކަށް ރާއްޖެ އެތެރެވެވޭނީ ، އެ ހުއްދަ ދޫކުރެވުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައެވެ.

(ބ) މި މާއްދާގެ ދަށުން ހޯދާ، ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ބިދޭސީއަކު ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވަރކް ޕަރމިޓް، އަދި ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ބަޔާންކުރާ ވާރކް ވީޒާ ހޯދަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގައި ވަރކް ޕަރމިޓް ނުހެއްދިއްޖެ ނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކުރާ ގޮތުގެ މަތިން ޖޫރިމަނާއަކާއެކު އިތުރު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވަރކް ޕަރމިޓް ހައްދަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ

(ރ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ބިދޭސީ ފަރާތުން ރާއްޖެ އެތެރެވެ، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް ނުހައްދައިފި ނަމަ، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުގައި، އެ ފަރާތަށް ދޫކުރެވިފައިވާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބާތިލުކުރެވޭނެއެވެ.

(އ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ އެ މްޕްލޯއިމެންޓް އެޕްރޫވަލްތަކުގެ ތެރެއިން، އެ ހުއްދައިގެ ދަށުން ބިދޭސީން ފަރާތްތައް ރާއްޖެ އެތެރެވެފައި ނުވާ އެމްޕްލޯއިމެންޓް އެޕްރޫވަލްތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމުން ބެލެވޭނީ، މި މާއްދާގައި ބަޔާންކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ގޮތުގައެވެ. 

 

18 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ރާއްޖެ އައިސްފައިވާ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލްތަކުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ ފަރާތްތަކަށް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަރކް ޕަރމިޓް ހައްދަންވާނެއެވެ.

 

19 ވަނަ މާއްދާ - ވަރކް ޕަރމިޓް ފީ 

(ހ) ވަރކް ޕަރމިޓް ދޫކުރެވޭނީ، ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކަށް 350 (ތިންސަތޭކަ ފަންސާސް) ރުފިޔާ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަރކް ޕަރމިޓް ފީ ދައްކާނެ ގޮތް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.

(ނ) ވަރކް ޕަރމިޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއަކާއި ފައިސާއެއް ގަވާއިދުން ދެއްކުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ފީއެއް ނުވަތަ ފައިސާއަކާ ގުޅިގެން ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ބިދޭސީ މުވައްޒަފުގެ އަތުން އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - ވަރކް ޕަރމިޓްގެ މުއްދަތު 

(ހ) ވަރކް ޕަރމިޓް ދޫކުރެވޭނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. 

  1. ރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީއަށް ވަރކް ޕަރމިޓް ދޫކުރެވޭނީ މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
  2. ނޮން-ޕްރޮފެށަނަލް ކެޓަގަރީއަށް ވަރކް ޕަރމިޓް ދޫކުރެވޭނީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
  3. ޑޮމެސްޓިކް ކެޓަގަރީއަށް ވަރކް ޕަރމިޓް ދޫކުރެވޭނީ މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ ގިނަވެގެން 
    2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
    (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަރކް ޕަރމިޓްގެ މުއްދަތުގެ އިތުރަށް، ބިދޭސީ ފަރާތަކުން ރާއްޖޭގައި ވަޒީފާ އަދާކުރަން އެދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ނޮން-ޕްރޮފެށަނަލް ކެޓަގަރީގެ ފަރާތްތަކަށް ވަރކް ޕަރމިޓް ދެވޭނެ އެންމެ ދިގު މުއްދަތު 

(ހ)  މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ނޮން-ޕްރޮފެށަނަލް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކިލްޑް) ބިދޭސީ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރުމަށް ވަރކް ޕަރމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ، މި މާއްދާގެ (ނ) އާއި (ރ) އާ ހިލާފުނުވާނޭ ގޮތެއްގެ މަތިން 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި، އެއްވެސް ހުނަރެއް ނެތް ފަރާތްތައް މަސައްކަތްކުރާ މަގާމުތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އާންމު ގޮތެއްގައި ހަށިގަނޑުގެ ބާރާއި ބުންވަރު ބޭނުންވާ، އެންމެ އާދައިގެ، އެއްވެސް ހުނަރެއްނެތި (އަން ސްކިލްޑް) ކުރެވިދާނެ މަސައްކަތްތައް ހިމެނޭ މަގާމުތަކާއި، މެނުއަލްތަކުގައިވާ އިރުށާދުތައް ކިޔަން އެނގޭ ފަރާތްތަކާއި އަދި މަސައްކަތުގެ ތަޖުރިބާއިން މަސައްކަތުގެ ބޭސިކް ހުނަރު ދަސްވެފައިވާ ފަރާތްތައް މަސައްކަތްކުރާ މަގާމުތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތު ގުނުމުގައި، ވަރކް ޕަރމިޓް ނުވަތަ ވަރކް ވީޒާއެއްގައި މެނދުނުކެނޑި ރާއްޖޭގައި ހުންނަ މުއްދަތާއި، އަދި 2 (ދޭއް) އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގެ މެނދުކެނޑުމަކަށްފަހު ހުންނަ މުއްދަތު ހިމެނޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ފަރާތްތަކަށް، 5 އަހަރުދުވަހުގެ މުއްދަތަކަށްފަހު، މަދުވެގެން 2 އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވަރކް ޕަރމިޓް ދޫކުރުވޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ގުނުމުގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ވަޒީފާ އަދާކުރި އެއްވެސް މުއްދަތެއް ނުހިމެނޭނެއެވެ.

 

22 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް، މަގާމު، ވަރކް ސައިޓް ބަދަލުވުން

(ހ) ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތެއްގެ ވަޒީފާދޭ ފަރާތް ބަދަލުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތް ބަދަލުކޮށް، ބަދަލުވާ ވަޒީފާދޭ ފަރާތުގެ ނަމުގައި އައު ވަރކް ޕަރމިޓެއް ހޯދުމަށްފަހުގައެވެ.

(ށ) ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތެއް ވަރކް ޕަރމިޓް ދޫކޮށްފައިވާ މަގާމު ނޫން އެހެން މަގާމަކަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަގާމު ބަދަލުކޮށްގެންނެވެ.

(ނ) ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތަކަށް ވަރކް ޕަރމިޓް ދޫކޮށްފައިވާ "ވަރކް ސައިޓް" ބަދަލުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސައިޓް ބަދަލުކޮށްގެންނެވެ.

 

23 ވަނަ މާއްދާ - ވަރކް ޕަރމިޓް ބާތިލުކުރުން 

(ހ) ވަރކް ޕަރމިޓް ބާތިލުކުރެވޭނެ ހާލަތްތައް ތިރީގައި މިވަނީއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކުރާ ގޮތުގެ މަތިން، ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތެއް ވަޒީފާއިން ވަކިވެގެން ރާއްޖެއިން ފުރައިގެން ދިޔުމުން ނުވަތަ ވަޒީފާއިން ވަކިކޮށް ރާއްޖެއިން ފޮނުވައިލުމުން؛
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކުރާ ގޮތުގެ މަތިން، ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތެއް، މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވުމުން.
  3. ބިދޭސީ ފަރާތް ގެއްލިފައި ނުވަތަ ފިލާފައިވާކަމަށް ވަޒީފާދޭ ފަރާތުން ރިޕޯޓްކުރުމުން، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ އުސޫލުގައިވާ ގޮތުގެ މަތިން؛
  4. ބިދޭސީ ފަރާތް ނިޔާވުމުން؛
  5. ވަރކް ޕަރމިޓްގެ ށަރުތެއްގެ ގޮތުގައި ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަން ޖެހޭނެ ކަމަށް މި ގަވާއިދުގައި ނުވަތަ މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކުރާ އެއްވެސް ށަރުތެއް އުނިވުމުން ނުވަތަ ފުރިހަމަ ނުކުރުމުން.
  6. ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީ ފަރާތް، ވަޒީފާދޭ ފަރާތުގެ ވަޒީފާގައި ނޫޅޭކަން އަދި ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ބަޔާންކޮށް، ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީ ފަރާތުން، އެ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ކެންސަލްކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފި ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން.
  7. މި ގަވާއިދުގައި ބަޔާންކުރާ ކަންކަމާ ގުޅިގެން، ދައުލަތުގެ އިދާރާއަކުން މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، މި ގަވާއިދާ ހިލާފުނުވާނޭ ގޮތުގެ މަތިން، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛
  8. ދައުލަތުގެ މުއައްސަސާއަކުން، ވަރކް ޕަރމިޓް ދޫކުރެވިފައިވާ ބިދޭސީ ފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުގައި، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ބަންދެއްގައި ބަހައްޓައިފި ނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެ މަތިން.
  9. ބިދޭސީ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ކެންސަލްކޮށްދިނުމަށް އެދި، ކޯޓަކުން އަމުރުކުރުމުން.
  10. ވަރކް ޕަރމިޓް ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ ފަރާތް، ވަރކް ވީޒާ ނޫން އެހެން ވީޒާއެއްގެ ދަށަށް ބަދަލުވުމުން.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތުގެ ވަރކް ޕަރމިޓް ބާތިލުކުރަން އެދެފި ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކޮށްދެވޭނެއެވެ. ނަމަވެސް، އެ ބިދޭސީ ފަރާތަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވަޒީފާ ދޭ އެހެން ފަރާތެއްގެ ނަމުގައި ވަރކް ޕަރމިޓް ދޫކުރެވޭނީ، ވަރކް ޕަރމިޓް ބާތިލުކުރެވުނު ތާރީހު ން ފެށިގެން 6 މަސްދުވަސް ފަހުންނެވެ. 6 މަސްދުވަސް ފުރިހަމަވުމުގެ ކުރިން އެހެން ފަރާތެއްގެ ވަޒީފާއަކަށް އަންނަނަމަ، ވަރކް ޕަރމިޓް ދޫކުރެވޭނީ ކުރީގެ ވަޒީފާ ދޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހެޅުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަކި މުއްދަތަކަށް ވަޒީފާ ދޭ އެހެން ފަރާތެއްގެ ވަޒީފާ، އެ ބިދޭސީ 
ފަރާތަށް އަދާނުކުރެވޭނެ ކަމަށް ކޯޓަކުން ނިންމައިފި ނަމަ، އެ މުއްދަތަކާ ހަމައަށް، އެ ބިދޭސީ ފަރާތަށް ވަޒީފާ ދޭ އެހެން ފަރާތެއްގެ ނަމުގައި ވަރކް ޕަރމިޓް ދުލެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާ ދިން ފަރާތުން ވަރކް ޕަރމިޓް ބާތިލުކުރަން އެދެފި ނަމަ، އެ ފަރާތުގެ ނަމުގައި ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކޮށްދެވޭނެއެވެ. އަދި މި ފަދަ ބަންދެއްގައި ހުންނަ މުއްދަތުގައި މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ވަރކް ޕަ ރމިޓް ފީ، ވަޒީފާ ދޭ ފަރާތުން ދައްކާކަށް ނުޖެހޭނެއެވެ.

 

24 ވަނަ މާއްދާ - ވަރކް ޕަރމިޓް ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ނުހޯދައި، މި ގަވާއިދުގެ މާއްދާތަކާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ، ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީ ފަރާތެއް، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

ޑިޕޮޒިޓް ބެހެއްޓުން

25 ވަނަ މާއްދާ - ޑިޕޮޒިޓް ބެހެއްޓުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ ފަރާތަކަށް ވަޒީފާދޭ ފަރާތްތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީގައި ޑިޕޮޒިޓެއް ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓަކީ، ވަރކް ޕަރމިޓް ނުވަތަ އެންޓްރީ ޕާސްއެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު، ސަރުކާރުން ފުރުވައިލަން ބޭނުންވެއްޖެ ހާލަތެއްގައި، ނުވަތަ ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް އުފުލައިފައި ނުވާ ހާލަތެއްގައި އެ ކަމެއް ކުރުމަށް ހިނގާނެ ހަރަދުތައް ކުރުމަށް ސަރުކާރުން ބޭނުންކުރުމަށް ބަހައްޓާ ޑިޕޮޒިޓެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ.

 

26 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ރިފަންޑް ކުރުން 

ވަޒީފާއަކަށް ގެންނަ ބިދޭސީއެއްގެ ނަމުގައި މިނިސްޓްރީގައި ބަހައްޓާފައިވާ ޑިޕޮޒިޓް ފައިސާ ރިފަންޑު ކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިންނެވެ.

 

27 ވަނަ މާއްދާ - ޑިޕޮޒިޓަށްވުރެ އިތުރަށް ހިނގާ ހަރަދަށް ފައިސާ ދެއްކުން 

(ހ) ވަޒީފާދޭ ފަރާތުން، މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް ނުއުފުލައިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ވަޒީފާދޭ ފަރާތުން  ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާގެ އަދަދަށްވުރެ އިތުރުވާ އަދަދަކަށް ސަރުކާރުން ހަރަދުކުރަން ޖެހިއްޖެނަމަ، އެ އިތުރުވާ އަދަދު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ ނުދައްކާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

5 ވަނަ ބާބު

ބިދޭސީން ވަޒީފާގައި ގެންގުޅުމާއި ބެލެހެއްޓުން

 

28 ވަނަ މާއްދާ - ބިދޭސީން ވަޒީފާގައި ގެންގުޅުން 

(ހ) ދިވެހިރާއްޖޭގައި ބިދޭސީ ފަރާތްތައް ވަޒީފާގައި ގެންގުޅެންވާނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ކަންތައްތައް ފުރިހަމަކޮށް، އެ ގާނޫނާ ތައާރުޒުނުވާނޭ ގޮތެއްގެ މަތިންނެވެ.

(ށ) ގަވާއިދާ ހިލާފަށް ބިދޭސީން ވަޒީފާގައި ގެންގުޅެނިކޮށް ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ނަގަންޖެހޭ ޒިންމާތައް، ގަވައިދާ ހިލާފަށް ވަޒީފާދީގެން ބިދޭސީމީހާ ގެންގުޅުނު ފަރާތުން ނަގަންވާނެއެވެ. އަދި ބިދޭސީމީހާ ރާއްޖެ ގެނައި ފަރާތުން، މި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާނަމަ، އެ ފަރާތާމެދުވެސް، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ބިދޭސީއަކު ރާއްޖެ އައުމުން އެ ބިދޭސީއަކާ ހަވާލުވުން

މި ގަވާއިދުގެ ދަށުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެ އެތެރެވާއިރު، އެ ބިދޭސީއަކަށް ވަޒީފާދޭ ފަރާތުން، ނުވަތަ އެ ބިދޭސީއަކު ރާއްޖެ ގެނައުމަށް މެދުވެރިވާ ރެޕްރެޒެންޓޭޓިވް، އެ ބިދޭސީއަކު ރާއްޖެ އެތެރެވާ ބަނދަރަކަށް ގޮސް، އެ ބިދޭސީއަކާ ހަވާލުވާންވާނެއެވެ.

 

30 ވަނަ މާއްދާ - އެކަމަޑޭށަން ހަޖައްސައިދިނުން 

(ހ) ބިދޭސީއަކު ރާއްޖޭގައި ވަޒީފާގައި ހުންނަ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ބިދޭސީއެއްގެ ނިދުމާއި ހުރުމުގެ އިންތިޒާމު (އެކަމަޑޭށަން) ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީއަކަށް ހުރުމުގެ އިންތިޒާމު ވަޒީފާދޭ ފަރާތުން ހަމަޖައްސައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

31 ވަނަ މާއްދާ - ބިދޭސީ ފަރާތް އަނބުރާ ގައުމަށް ފޮނުވައިލުން

(ހ)  މި ގަވާއިދުގެ ދަށުން ވަޒީފާއަށް ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއަކު، ވަޒީފާ ނިމުމުން ނުވަތަ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވުމުން، އަނބުރާ ގައުމަށް ފުރުވައިލުމުގެ ކަންތައްތައް، ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ވަރކް ޕަރމިޓުގެ މުއްދަތު ހަމަނުވިނަމަވެސް، އެއްވެސް ސަބަބަކާހުރެ އެ މީހަކު ރާއްޖެއިން ފޮނުވައިލަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަނޑައަޅައިފިނަމަ، އެ ބިދޭސީއަކު ފުރުވައިލުމުގެ ކަންތައްތައް އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، ވަޒީފާ ދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބިދޭސީއެއްގެ ވަރކް ޕަރމިޓު ގެ މުއްދަތު ހަމަނުވަނީސް އެއްވެސް ސަބަބަކާހުރެ އެ މީހަކު ރާއްޖެއި ން ފޮނުވައިލަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަނޑައަޅައި، އަދި ވަޒީފާ ދޭ ފަރާތުން އެ ބީދޭސީއަކު އަނބުރާ ގައުމަށް ފުރުވާނުލައިފިނަމަ، އެ ބިދޭސީއަކު ސަރުކާރުގެ ހަރަދުގައި އަނބުރާ ގައުމަށް ފުރުވައިލައި، އެ ވަޒީފާދޭ ފަރާތާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

32 ވަނަ މާއްދާ - ބިދޭސީ މުވައްޒަފު މަރުވުން

(ހ) ވަޒީފާ އަދާކުރާ ބިދޭސީއަކު މަރުވެއްޖެނަމަ، ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމާއެކު، ވަޒީފާގެ އެއްބަސްވުމުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ހާލަތްތަކުގައިވެސް، މަރުވި މީހާގެ އާއިލާއަށާއި، އެ މީހާ ނިސްބަތްވާ ގައުމުގެ ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލޭޓް މިށަނެއް ދިވެހިރާއްޖޭގައި ހުރިނަމަ، އެ މިށަނަކަށް އެކަން 
އަންގައި، އެ މީހާ ވަޅުލުމުގެ ހަރަދާއި އެކަމުގެ އިންތިޒާމުތައް ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ބިދޭސީއަކު މަރުވެއްޖެނަމަ، އެ ބިދޭސީމީހާގެ އާއިލާގެ ފަރާތުން އެ މީހާގެ ހަށިގަނޑު އެ މީހާގެ ގައުމަށް އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެނަމަ، ވަޒީފާ ދޭ ފަރާތާއި މަރުވި މީހާގެ އާއިލާއިން އެއްބަސްވާ ގޮތެއްގެ މަތިން، މަރުވި މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިލުމުގެ ކަންކަން ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

33 ވަނަ މާއްދާ - ބިދޭސީއަކު ފިލުން ނުވަތަ ގެއްލުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ވަޒީފާ ދޭ ފަރާތަށް ފިލައިފިނަމަ، ނުވަތަ ގެއްލިއްޖެނަމަ، އެކަން މި ގަވާއިދުގެ ޖަދުވަލު 8 ގައިވާގޮތުގެ މަތިން މިނިސްޓްރީއަށް އަންގަންވާނެއެވެ. 

 

34 ވަނަ މާއްދާ - ބިދޭސީ މަސައްކަތްތެރީންގެ ދަފުތަރުގައި ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީން އެ ބިދޭސީއަކު މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ވަރކް ސައިޓް ހުންނަ ރަށަކަށް (މީހުން ދިރިނޫޅޭ ރަށްތަކާއި ސިނާއީ ރަށްތައް ހިމެނޭ ގޮތަށް) ނުވަތަ ސިޓީއަކަށް ގެންދިޔުމަށް ފަހު އަދި ވަރކް ސައިޓް ބަދަލުވާ ހާލަތްތަކުގައި، އެ ބިދޭސީއަކު އެ ރަށުގައި ނުވަތަ އެ ސިޓީގައި މަސައްކަތްކުރަމުންދާކަމާއި، އަދި މަސައްކަތް ކުރަން އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ގެންދިޔަ ތާރީހާއި މުއްދަތުގެ ރެކޯޑުތައް ބެލެހެއްޓުމަށްޓަކައި، ވަޒީފާ ދޭ ފަރާތުން، އެ ބިދޭސީއަކު، މިނިސްޓްރީގެ ބިދޭސީންގެ ދަފުތަރު "ހަރަހެރި ޕޯރޓަލް" ގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ވަޒީފާ ދޭ ފަރާތުން އެ ފަރާތުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީން، ބިދޭސީ މަސައްކަތްތެރީންގެ ދަފުތަރުގައި ރަޖިސްޓަރީ ނުކޮށްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

35 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް މަރުވުން 

(ހ) ވަޒީފާ ދޭ ފަރާތަކީ ފަރުދެއްނަމަ، އެ ފަރާތެއް މަރުވުމުން، އެ ފަރާތުގެ ވަޒީފާގައި ތިބި ބިދޭސީ ފަރާތްތަކަށް ނަގާފައިވާ ހުއްދަތަކާއި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ކޯޓު މެދުވެރިކޮށް ނިންމަންދެން، މަރުވި ވަޒީފާދޭ ފަރާތުގެ ވާރިސުންގެ ތެރެއިން ބިދޭސީންގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައި، އެ ފަރާތުގެ ނުވަތަ ފަރާތްތަކެއްގެ މައުލޫމާތު، ވަޒީފާ ދޭ ފަރާތުގެ  ވާރިސުން މިނިސްޓްރީއަށް އަންގައި، ވަޒީފާ ދޭ އައު ފަރާތެއް އައްޔަނުކުރަން ވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތް މަރުވުމުން، އެ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީންނާ ގުޅޭ އެންމެހައި ކަންތައްތައް ހަވާލުކުރެވޭނެ ފަރާތެއް ކޯޓު މެދުވެރިކޮށް ނިންމުމުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާ ދޭ ފަރާތުގެ ބަދަލުގައި، ބިދޭސީންނާ ގުޅޭ އެންމެހައި ކަންތައްތައް، ކޯޓު މެދުވެރިކޮށް ހަވާލުކުރުމަށް ނިންމި ފަރާތުގެ ނަމަށް، މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރި ފަރާތުން ބަދަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު  2/2008 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތް ނިޔާވި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި

(ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކޮށްފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތެއް އައްޔަނުކޮށް މިނިސްޓްރީއަށް އެކަން އަންގާފައި ނުވާނަމަ، ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، 1 (އެކެއް) މަސްދުވަސް ހަމަވުމުން ވަޒީފާގެ އެއްބަސްވުން ބާތިލުވީ ކަމަށް ބަލައި، ތިރީގައި މި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކާމެދު މިނިސްޓްރީން އަމަލުކުރަންވާނެއެވެ.

  1. ގައުމަށް އެނބުރި ދާން ބޭނުން ވާ ބިދޭސީއެއް ނަމަ، އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، އެއްވެސް އިދާރާއެއްގެ އެހީތެރިކަމެއް ބޭނުންވާ ނަމަ، އެ އިދާރާއެއް މެދުވެރިކޮށް، ގައުމަށް ފޮނުވައިލުން؛
  2. އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވާން ބޭނުންވާ ފަރާތެއް ނަމަ، 60 (ފަސްދޮޅަސް) ދުވަހުގެތެރޭގައި ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަށް ވަރކް ޕަރމިޓް ދޫކުރުން؛
  3. މި އަކުރުގެ (2) ގައި ބަޔާންކުރާ މުއްދަތުގައި ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރެވި ވަރކް ޕަރމިޓް ނުހޯދޭ ބިދޭސީ ފަރާތް، މިއަކުރުގެ (1) ގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، އެއްވެސް އިދާރާއެއްގެ އެހީތެރިކަމެއް ބޭނުންވާ ނަމަ، އެ އިދާރާއެއް މެދުވެރިކޮށް، ގައުމަށް ފޮނުވައިލުން.

 

36 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް އުވާލުމުގެ ކުރިން ވަރކް ޕަރމިޓް ބާތިލުކުރުން  

ވަޒީފާދޭ ފަރާތަކީ ކުންފުނި، ޕާޓްނަރށިޕް، ކޯޕަރޭޓިވް ސޮސައިޓީ ، ޖަމްއިއްޔާ، ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއްނަމަ، އެ ތަނެއް އުވާލުމުގެ ކުރިން، އެ ތަނެއްގެ ނަމުގައި ވަރކް ޕަރމިޓް ދޫކޮށްފައިވާ އެއްވެސް ބިދޭސީއަކު ހުރިނަމަ، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށް ފުރުވާލުމުގެ ކަންކަން ނުވަތަ އެހެން ވަޒީފާ ދޭ ފަރާތަކަށް ބަދަލުވާނަމަ އެކަން ހަމަޖައްސަންވާނެއެވެ.

 

6 ވަނަ ބާބު

ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން

 

37 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން 

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވެއްޖެނަމަ، އެ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

38 ވަނަ މާއްދާ - ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުން

(ހ)  ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، އެ ފަރާތްތަކުގެ ވަޒީފާއާ ގުޅިގެން ކުރިމަތިވާ މައްސަލަތައް ހައްލުކުރަންވާނީ، ވަޒީފާދޭ ފަރާތާއި އެފަރާތާ ދެމެދުގައި އެކުލަވައިލެވި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާއާ ގުޅިގެން ކުރިމަތިވާ މައްސަލައެއް ހައްލުނުވެއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަ ހައްލުކުރުމަކީ ވަޒީފާއަދާކުރާ ބިދޭސީ ފަރާތަށާއި ވަޒީފާދޭ ފަރާތަށް ލިބިގެންވާ ހައްގެކެވެ.

 

39 ވަނަ މާއްދާ - ހުއްދަނެތި މަސައްކަތްކުރުން 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ރާއްޖެ ގެނެސްފައިވަނީ ނުވަތަ ވަޒީފާގައި ގެންގުޅެނީ ނުވަތަ މަސައްކަތް ކުރުވަނީ، މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުހޯދައިކަން އެ ބިދޭސީ ފަރާތަކަށް އެނގިއްޖެނަމަ، އެ ފަރާ ތުން އެކަން ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

7 ވަނަ ބާބު

ވަޒީފާ އަދާކުރުމުގެ ސައްހަ ހުއްދައެއް ނެތި މަސައްކަތްކުރާ ބިދޭސީން ގަވާއިދަށް ފެއްތުން (ރެގިއުލަރައިޒޭށަން)

40 ވަނަ މާއްދާ - ރެގިއުލަރައިޒޭށަން 

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކުރާ ހުއްދަތައް ނުވަތަ މީގެ ކުރިން ބޭނުންކުރެވެމުން ދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި މަސައްކަތްކުރަމުންދާ އަދި އުޅެމުންދާ ބިދޭސީ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކުރާ ފަރާތްތައް، މި ގަވާއިދަށް ފެއްތުމަށް (ރެގިއުލަރައިޒް ކުރުމަށް) މި ގަވާއިދުގެ ދަށުން ފުރުސަތު ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތައް މި ގަވާއިދަށް ފެއްތޭނީ (ރެގިއުލަރައިޒް ކުރެވޭނީ) މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކުރާ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.

 

41 ވަނަ މާއްދާ - ރެގިއުލަރައިޒް ކުރެވޭނެ ފަރާތްތައް 

މި ގަވާއިދުގެ ދަށުން ރެގިއުލަރައިޒް ކުރެވޭނީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން އަމަލުކުރެވެމުންދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އައިސްފައިވާ ބިދޭސީންގެ ތެރެއިން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ފަރާތްތަކަށް ދޫކޮށްފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެ، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ މަސައްކަތްކުރާ ބިދޭސީ ފަރާތްތަކެވެ.

 

42 ވަނަ މާއްދާ - ރެގިއުލަރައިޒޭށަން ކޯޓާ (އާރް ކޯޓާ

(ހ)  ރެގިއުލަރައިޒޭށަން ކޯޓާ (އާރް ކޯޓާ) އަކީ މި ގަވާއިދުގެ ދަށުން ރެގިއުލަރައިޒްކުރެވޭ ފަރާތްތައް ރެގިއުލަރައިޒް ކުރުމަށް ހާއްސަކުރެވިގެން، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކަށް ރިއާޔަތްކޮށްދޫކުރެވޭ ކޯޓާއެކެވެ.

(ށ) ކޯޓާއަށް އެދި ހުށަހަޅާ މަގާމަކީ ނުވަތަ މަގާމުތަކަކީ، އެ މަގާމުތަކުގައި މަސައްކަތްކުރާނެ ބިދޭސީ މަސައްކަތްތެރިން، ރެގިއުލަރައިޒޭށަން ޕްރޮގްރާމުގެ ތެރެއިން ލިބެންހުރި މަގާމުތަކެއް ކަމަށް މިނިސްޓްރީއަށް ފެންނަނަމަ، ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް، މި ގަވާއިދުގެ 11 ވަނަ ނަންބަރުގަ އި ބަޔާންކުރާ ކޯޓާ ދޫނުކޮށް، މި މާއްދާގައި ބަޔާންކުރާ ރެގިއުލަރައިޒޭށަން ކޯޓާ ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ ބާބު

ފިޔަވަޅު އެޅުން

43 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެނަމަ، އެ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. 

 

9 ވަނަ ބާބު

އެހެނިހެން ކަންކަން

44 ވަނަ މާއްދާ - މޮނިޓަރ ކުރުމާއި އިންސްޕެކްޓްކުރުން

ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ވަޒީފާގައި ގެންގުޅެނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމުގެ ގޮތުން، އެ ބިދޭސީއަކު މަސައްކަތްކުރާ ތަނަށާއި އޭނާ ހުންނަން ހަމަޖެހިފައިވާ ތަނަށް ގޮސް، ނުވަތަ އެނޫންވެސް އެހެންގޮތަކުން 
މޮނިޓަރކޮށް އިންސްޕެކްޓް ކުރުމުގެ ބާރާއި އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

45 ވަނަ މާއްދާ - ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން

މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ހޯދުމަށް އެދި އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން، ވިޔަފާރީގެ ސިއްރު މައުލޫމާތުގެގޮތުގައި މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުގެ ސިއްރުކަން، މިނިސްޓްރީން ހިފަހައްޓަންވާނެއެވެ. އަދި ގާނޫނަކުން ބާރު ލިބިގެން ތަހުގީގީ އިދާރާއަކުން ހިންގާ ތަހުގީގަކަށް، ނުވަތަ ކޯޓުގެ އަމުރަކަށް މެނުވީ، ވިޔަފާރީގެ ސިއްރު މައުލޫމާތު، ތިންވަނަ ފަރާތަކާ މިނިސްޓްރީން ހިއްސާކޮށްގެން ނުވާނެއެވެ.

 

46 ވަނަ މާއްދާ - ޖަދުވަލު 

(ހ) މި ގަވާއިދުގެ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ. 

(ށ) އިގްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަން ނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގައި ހިމެނޭ ޖަދުވަލުތަކުގައި ބަޔާންކުރާ އުސޫލަކަށް ގެންނަންޖެހޭ ބަދަލެއް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ)  މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 އަށް އަމަލުކުރަން ފަށާނީ، 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. 

 

48 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު 

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިހާތަނަށް އަމަލުކުރަމުން ގެންދިޔަ ގަވާއިދު ނަންބަރު 62/2020 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގެ ދަށުން ހޯދާފައިވާ ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްގައި ބަޔާންކުރާ މުއްދަތަށް، އެ ހުއްދަތައް، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ދެމިއޮންނާނެއެވެ.

 

49 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު ) އަށެވެ.

(ށ) "ވަރކް ޕަރމިޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށްޓަކައި، ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމަށްޓަކައި، ގާނޫނާއި މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ދެވޭ ހުއްދައަށެވެ.

(ނ) "ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.

(ރ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށެވެ. ނުވަތަ އޭނާ ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.

(ޅ) "ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާ އަދާކުރުމަށްއެންމެ ގިނަވެގެން ރާއްޖެ ގެނައުން ހުއްދަކުރާ ބީދޭސީންގެ އަދަދަށެވެ.

(ކ) "އެމްޕްލޯއިމަންޓް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވެމުން ދިޔަ ގަވާއިދުތަކުގެ ދަށުން،ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަށް ދީފައިވާ ހުއްދައަށެވެ.

(އ) "އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ސަރުކާރުގެ ދާއިރާތައް މީގެތެރެއިން އިސްތިސްނާވާނެއެވެ.

(ވ) "ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި،މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.

(މ) "ގާނޫނީ އެހެނިހެން ށަހްސު" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގާނޫނަކުން،ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ ނުވަތަ އުފައްދާތަންތަނަށެވެ.

(ފ) "ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.

(ދ) "ބިޒްނަސް އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ބާވަތަށެވެ.

(ތ) "ވަރކް ސައިޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ ތަނަށެވެ.

(ލ) "އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މަގާމަށެވެ.

(ގ) "ރެގިއުލަރައިޒޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންގެންދާ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ހިންގާ ޕްރޮގްރާމަށެވެ.

(ޏ) "މިސިންގ ރިޕޯޓު" ކުރުން ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކުގެއްލިފައިވާކަމަށް، ކަމާ ގުޅޭ އިދާރާއަށް ރިޕޯޓް ކުރުމަށެވެ.

(ސ) "އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.

(ޑ) "ވާރކް ވިޒާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ހަމަޖައްސާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދައިގެން، ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެވެ.

 

ޖަދުވަލު 1

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާ ންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ސިސްޓަމުގައި ރަޖިސްޓަރީވުން

މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ މި ގަވާއިދުގެ 7 ވަނަ މާއްދާގައ ބަޔާންކުރާ ފަރާތްތަކަށެވެ.

 

4 ވަނަ މާއްދާ - ވަޒީފާދޭ ފަރާތްތައް ކެޓަގަރައިޒްކުރެވިފައިވާ ގޮތް

މި އުސޫލުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

(ހ) އަމިއްލަ ފަރުދުން؛

  1. ދިވެހި ރައްޔިތެއް 
  2. އަމިއްލަ ފަރުދުންގެ ވިޔަފާރި (ސޯލް ޕްރޮޕަރޭޓަރށިޕް)

(ށ) ދައުލަތުގެ ބާރުތަކާއި އިދާރާތައް؛

  1. ށަރުއީ ދާއިރާ
  2. ސަރުކާރު

(ނ) ގާނޫނީ އެހެނިހެން ށަހްސުތައް

  1. ސިޔާސީ ޕާޓީ
  2. ޖަމްއިއްޔާ
  3. އެހެނިހެން ގާނޫނީ ށަހްސު.

(ރ) ބިޒްނަސް އެންޓިޓީ /ވިޔަފާރި ށަހްސު

  1. ކުންފުނި
    1.1 ޕްރައިވެޓް ކުންފުނި؛
    1.2 ޕަބްލިކް ކުންފުނި؛
    1.3 ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް؛
    1.4 ރީ ރެޖިސްޓަރޑް ކުންފުނި؛
    1.5 ލޯކަލް އޮތޯރިޓީ ކުންފުނި؛
  2. ޕާޓްނަރށިޕް
    1.2 ޖެނެރަލް ޕާޓްނަރށިޕް؛
    1.2 ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕް؛
  3. ކޯޕަރޭޓިވް ސޮސައިޓީ

 

5 ވަނަ މާއްދާ - ރެޕްރެޒެންޓޭޓިވްގެ ގޮތުގައި އައްޔަންކުރެވޭ ފަރާތްތައް 

(ހ) ރެޕްރެޒެންޓޭޓިވްގެ ގޮތުގައި އައްޔަންކުރެވޭނީ ، މި ގަ ވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކެވެ.

(ށ) ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، ފާސްވެފައިވާ ކަމުގެ ސެޓުފިކެޓު ލިބިފައިވާ ފަރާތްތައް، މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރެޕްރެޒެންޓޭޓިވްސްގެ ގޮތުގައި އައްޔަންކުރުމަށް މިނިސްޓްރީން ކަނޑައަޅައިފިނަމަ، ރެޕްރެޒެންޓޭޓިވްސްގެ ގޮތުގައި އައްޔަންކުރެވޭނީ، އެ ފަދަ ފަރާތްތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ރެޕްރެޒެންޓޭޓިވްސް ތަމްރީނެއް ފުރިހަމަ ކުރުމަށް ކަނޑައެޅިއްޖެ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ރެޕްރެޒެންޓޭޓިވްސްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މު އާމަލާތްކުރެވޭނީ، މިނިސްޓރީން ކަނޑައަޅަ އި އާންމުކުރާ ގޮތެއްގެއްގެ މަތިން، ތަމްރީނުތަކުގައި ބައިވެރިވެ، ފާސްވެފައިވާ ކަމުގެ ސެޓުފިކެޓު
ހުށަހެޅުމުންނެވެ. 

 

6 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

  1. އެކްސްޕެޓް ސިސްޓަމުގައި އެކައުންޓް ރަޖިސްޓަރީކުރާ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ
  2. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މައުލޫމާތު ބަލަހައްޓާ އެކްސްޕެޓް ސިސްޓަމުގެ އިގްރާރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ 
  4. މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ވެރިފައިކުރެވިފައިވާ ފޯން ނަންބަރެއް،އަދި އީމެއިލް އެޑްރެހެއް.
  5. މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ރެޕްރެޒެންޓޭޓިވްސް ތަމްރީނެއް ފުރިހަމަ ކުރުމަށް ކަނޑައެޅިއްޖެ ނަމަ، އެކަމުން ފާސްވެފައިވާ ކަމުގެ ސެޓުފިކެޓު.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

  1. ބޯޑު ރިޒޮލިއުށަން 
  2. އެޖެންސީ ވާރކްސައިޓް ޑެކްލަރޭށަން ފޯމު
  3. މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ރެޕްރެޒެންޓޭޓިވްސް ތަމްރީނެއް ފުރަހިމަ ކުރުމަށް ކަނޑައެޅިއްޖެ ނަމަ، އެކަމުން ފާސްވެފައިވާ ކަމުގެ ސެޓުފިކެޓު.

(ނ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

  1. އެ އިދާރާއަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް އެދޭކަން ބަޔާންކުރާ ސިޓީއެއް ނުވަތަ އެ އިދާރާގެ ގަރާރު.
  2. މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގެ 1 ގައިވާ ފަރާތް އެކްސްޕެޓް ސިސްޓަމުގައި އެކައުންޓް ހުޅުވުމަށް އެދެނީނަމަ، ޕާޓީގެ ރެޖިސްޓްރޭށަން ސެޓުފިކެޓުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކުލަ ކޮޕީ.
  3. މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގެ 2 ގައިވާ ފަރާތް އެކްސްޕެޓް ސިސްޓަމުގައި އެކައުންޓް ހުޅުވުމަށް އެދެނީނަމަ، ޖަމްއިއްޔާއަށް ހުއްދަ ދީފައިވާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކުލަ ކޮޕީ.

(ރ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގައިވާ ފަރާތް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

  1. އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ނިންމާފައިވާކަން ބަޔާންކުރާ ބޯޑު ރިޒޮލިއުށަން

(ބ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާ ބިދޭސީ ފަރާތްތަކަށް ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ، ގަވާއިދު ނަންބަރު 103/2020 (ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ ދަށުން، އެކަމަޑޭށަން ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެވެ.

  1. އެކަމަޑޭށަން ރަޖިސްޓްރޭށަން ފޯމު

(ޅ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރާ ވަރކްޕަރމިޓް މެޑިކަލްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

  1. ވަރކްޕަރމިޓް މެޑިކަލް ސަރވިސްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީވާ ފޯމު
  2. މެޑިކަލް ސަރވިސް ރެޖިސްޓްރޭށަން ސެޓުފިކެޓު

(ކ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކުރާ އިންށޫރެންސުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

  1. ވަރކްޕަރމިޓް އިންށޫރެންސުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީވާ ފޯމު
  2. އިންށޫރެންސުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް (އ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ސަރުކާރުގެ އިދާރާއަކުން ދޫކުރާ ހުއްދައެއްގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރެވޭނީ، އެ ހުއްދައިގެ މުއްދަތަށެވެ. އަދި ހުއްދައިގެ މުއްދަތު އައުކޮށްފައި ހުށަހެޅުމުން، އެ ފަރާތުގެ އެކައުންޓް ބޭނުންކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރިލޭށަން

(ހ) އެކްސްޕެޓް ސިސްޓަމުގައި "ރިލޭށަން" ހެދުމުން، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތް ކުރުމުގެ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ރެޕްރެޒެންޓޭޓިވް" އަކާއެކު ރިލޭށަން ހައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ރިލޭށަން" ހެދުމަށް އަންނަނިވި ލިޔެކިޔުންތައް، ވަޒީފާދޭ ފަރާތުން ހުށަހަޅަންވާނެއެވެ.

  1. ރިލޭށަން ހަދައިދިނުމަށް އެދޭ ފޯމު؛
  2. ބިޒްނަސް އެންޓިޓީއަކުން ރިލޭށަން ހެދުމަށް ހުށަހަޅާއިރު، ރިލޭށަން ހަދައިދިނުމަށް ނިންމައިފައިވާ ބޯޑު ރިޒޮލިއުށަން؛ (ބޯޑު ރިޒޮލިއުށަން އޮންނަންވާނީ، މިނިސްޓްރީގެ ވެބްސައިޓް (mv.gov.trade.employment) ގައި ށާއިއުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކުންފުނީގެ ލެޓަރހެޑުގައެވެ.)
  3. ދައުލަތުގެ އިދާރާއަކުން އެ އިދާރާގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާ ފަރާތަށް "ރެޕްރެޒެންޓޭޓިވް" އަށް ރިލޭށަން ހަދައިދިނުމަށް އެދިފައިވާ ސިޓީގެ ކުލަ ކޮޕީ؛
  4. "ރެޕްރެޒެންޓޭޓިވް" އަކީ ވަޒީފާދޭ ފަރާތުގެ މުވައްޒަފެއްނަމަ، ވަޒީފާދޭ ފަރާތުން، އެ ފަރާތަކީ ވަޒީފާދޭ ފަރާތުގެ ވަޒީފާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން؛ (މި ލިޔުމުގައި، ޕެންށަން ރެޖިސްޓްރޭށަން ނަންބަރު ހިމަނަންވާނެއެވެ.)

 

8 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ނިޔާވެއްޖެނަމަ، އެހެން ފަރާތަކަށް އެކްސްޕެޓް ސިސްޓަމުގައި ރިލޭށަން ހެދުން  

(ހ)  އެކްސްޕެޓް ސިސްޓަމުގައި އެކައުންޓެއް ހުޅުވައިފައިވާ ވަޒީފާދޭ ފަރާތެއް (އަމިއްލަ ފަރުދެއް) ނިޔާވެއްޖެ ނަމަ، ވަޒީފާދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަން ނިންމުމަށް، ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައި އެކަން ސިޓީއަކުން މިނިސްޓްރީއަށް އަންގައި، ތިރީގައި ބަޔާންކޮށްފައި މިވާ ލިޔެކިޔުންތައް ހުށަހަޅައިގެން އެކްސްޕެޓް ސިސްޓަމުގައި އައު އެކައުންޓެއް ކްރިއޭޓް ކުރަން ވާނެއެވެ.

  1. މަރު ސާބިތުކުރިކަމުގެ ލިޔުން ؛
  2. އެކައުންޓް އެކްޓިވޭށަން/ ޑީއެކްޓިވޭށަން ފޯމު؛
  3. ވާރިސެއްނަމަ ، ވާރިސެއްކަން ކަނޑައަޅައިފައިވާ ލިޔުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ވަޒީފާއެއް ދޭ ފަ ރާތުން "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރާނަމަ، މި އުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރަން ވާނެއެވެ.

 

9 ވަނަ މާއްދާ - ވިޔަފާރި ށަހްސު އުވައިލުން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީން ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް، މި އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ވިޔަފާރި ށަހްސު އުވައިލުމުގެ މަރުހަލާގައި، ވިޔަފާރި ށަހްސުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންތައްތައް ނިންމުމަށް ރިލޭށަން ހަދައިދެވޭނީ ވިޔަފާރި ށަހްސުގެ ލިކުއިޑޭޓަރގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތަށް އެކައުންޓް އެކްޓިވޭށަން/ ޑީއެކްޓިވޭށަން ފޯމު ހުށަހެޅުމުންނެވެ.

 

10 ވަނަ މާއްދާ - ދައުލަތުގެ އިދާރާއެއް އުވައިލުން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީން ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާއެއް އުވައިލުމުގެ ކުރިން އެ އިދާރާއެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރަންވާނެއެވެ. އެ ކަންކަމުގެ ތެރޭގައި، އެ އިދާރާއެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީ ފަރާތްތައް ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުކުރުމާއި، ނުވަތަ ގައުމަށް ފޮނުވައިލުމާއި، އެ އިދާރާގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކަންއުންޓްތައް ޑީއެކްޓިވޭޓްކުރުން ހިމެނެއެވެ.

 

11 ވަނަ މާއްދާ - ގާނޫނީ އެހެނިހެން ށަހްސެއް އުވައިލުން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީން ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް، މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އެހެނިހެން ށަހްސެއް އުވައިލުމުގެ ކުރިން، އެ ށަހްސެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ. އެ ކަންކަމުގެ ތެރޭގައި، އެ ށަހްސެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީން ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުކުރުމާއި، ނުވަތަ ގައުމަށް ފޮނުވައިލުމާއި، އެ އިދާރާގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކަންއުންޓްތައް ޑީއެކްޓިވޭޓްކުރުން ހިމެނެއެވެ.

 

12 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި މަސައްކަތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އަށް ދީފައިވާ ހުއްދަ ބާޠިލުކުރުން

އެސްޕެޓް ސިސްޓަމުގައި މަސައްކަތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނީ، "އެކައުންޓް އެކްޓިވޭށަން/ ޑީއެކްޓިވޭށަން" ފޯމު ހުށަހެޅުމުންނެވެ. 

 

13 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކައުންޓުގެ މައުލޫމާތު ބަދަލުވުން

އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކައުންޓުގެ އެއްވެސް މައުލޫމާތެއް ބަދަލުވެފައިވާނަމަ، "އެކައުންޓް މޮޑިފިކޭށަން ފޯމު" ހުށަހަޅައި، މައުލޫމާތު އަދާހަމަ ކުރަންވާނެއެވެ. މިގޮތަށް އަމަލު ނުކޮށްގެން ލިބޭ ގެއްލުންތަކަށް ޒިންމާވާނީ އެކައުންޓުގެ ވެރިފަރާތުންނެވެ.

 

14 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތުގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެސްޕެޓް ސިސްޓަމް ބޭނުންކުރުމަށް ރަޖިސްޓަރީކޮށް ހުއްދަ ދޫކޮށްފައިވާ ފަރާތެއްގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން، ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރުމަށް ހުއްދަ ދިނުން،ނުވަތަ މި ނޫން އެހެން ގޮތަކަށްވެސް ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތަށް ނޭނގި ނުވަތަ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތަށް ނޭނގި އެ ފަރާތުގެ އެކައުންޓް އެހެން ފަރާތަކުން ބޭނުންކުރަމުންދާކަން އެނގިއްޖެނަމަ ، ނުވަތަ އެކަމަށް ށައްކު ކުރެވިއްޖެނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގައި ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިގެން އެކަން ތަހުގީގު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމަލުކުރާ ތިރީގައި މިބަޔާންކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ތިރީގައިވާ ފިޔަވަޅުތައް އެޅުމާއެކު އެ އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ބްލެކްލިސްޓް ކުރެވޭނެއެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމަލުކުރާ ފަރާތަކީ ވަޒީފާ ދޭ ފަރާތެއް ނަމަ، ވަޒީފާ ދޭ ފަރާތް ސަސްޕެންޑް ކުރެވޭ ޓިއަރ 1 ގެ ލެވެލް 4 އާއި 7 އާ ދެމެދުގެ ލެވެލެއްގައި ސަސްޕެންޑްކުރެވޭނެއެވެ.
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ، އަމަލުކުރާ ފަރާތަކީ، ވަޒީފާ ދޭ ފަރާތުން މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައްޔަންކޮށްފައި ވާ ރެޕްރެޒެންޓޭޓިވްއެއް ނަމަ، ރެޕްރެޒެންޓޭޓިވްސް ސަސްޕެންޑް ކުރެވޭ ޓިއަރ 1 ގެ ލެވެލް 4 އާއި 6 އާ ދެމެދުގެ ލެވެލެއްގައި ސަސްޕެންޑްކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

މި އުސޫލުގައިވާ މާއްދާތަކާ ހިލާފަށް، އަންނަނިވި ކަންކަން ކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ފިޔަވަޅު އެޅުމުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ހ) ސައްހަ ނޫން މައުލޫމާތު ހުށަހަޅާ ފަރާތްތައް؛

(ށ) ށައްކުކުރެވޭ މައުލޫމާތު ހުށަހަޅާ ފަރާތްތައް؛

(ނ) ޖިނާއީ ކުށެއް ކުރެވޭ މުއާމަލާތް ހުށަހަޅާ ފަރާތްތައް؛

(ރ) ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތައް

 

 

 

ޖަދުވަލު 2

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ ، "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ކޯޓާ

މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް ވަރކް ޕަރމިޓް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުގައެވެ.

 

4 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ ދާއިރާތައް

(ހ) ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއެއް؛

(ށ) އަމިއްލަ ކޮންމެ ފަރުދެއް؛

(ނ) ސަރުކާރުގެ އޮފީސްތައް؛

(ރ) ގާނޫނީ އެހެނިހެން ށަހްސުތައް. 

 

5 ވަނަ މާއްދާ - ޖޮބް ޕޯޓަލްގައި ރަޖިސްޓަރީކުރުން

މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ކޯޓާ ދޫކުރެވޭނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ނޭށަނަލް ޖޮބް ސެންޓަރ - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުންނެވެ. 

 

6 ވަނަ މާއްދާ - ކޯޓާ ދޫކުރުން

(ހ) ކޯޓާ ދޫކުރެވޭ ދާއިރާތަކުގެ ތެރެއިން މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ކޯޓާ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. މަސައްކަތްތައް ސިނާއަތްތަކަކަށް ބަހައިލައިގެން ، ސިނާއަތްތަކުގެ ދަށުން ކޯޓާ ދޫކުރެވޭނެ "ބިޒްނަސް އެކްޓިވިޓީތައް" ކަނޑައެޅިގެން ؛
  2. "ބިޒްނަސް އެކްޓިވިޓީ" އަށް ކޯޓާއަށް އެދި ހުށަހެޅުމުގެ ށަރުޠާއި، ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ކޯޓާ ދޫކުރުމުގައި ބަލާނެ ކަންތައްތަކާއި،ކޯޓާ ދޫކުރެވޭނެ މިންވަރު ބަޔާން ކުރާ "ކޯޓާ ރިކުއަރމަންޓް ލިސްޓު"، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.

(ށ) ކޯޓާ ދޫކުރެވޭ ދާއިރާތަކުގެ ތެރެއިން މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާއަށް ކޯޓާ ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ދޫކުރެވޭ ކޯޓާތަކުގެ ތެރެއިން ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ސޯލް ޕްރޮޕްރައިޓަރށިޕްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން މަސައްކަތްކުރާ ފަރާތްތަކަށް ކޯޓާ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދިވެހި ރައްޔިތަކަށް ކޯޓާ ދޫކުރެވޭނީ، ހަމައެކަނި ގެވެށި މަސައްކަތްތަކަށެވެ.
  3. މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައްކޯޓާއަށް އެދި ހުށަހެޅުމުގެ ށަރުޠާއި، ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ކޯޓާ ދޫކުރުމުގައި ބަލާނެ ކަންތައްތަކާއި، ކޯޓާ ދޫކުރެވޭނެ މިންވަރު، މިނިސްޓްރީން އިއުލާނުކުރާ "ކޯޓާ ރިކުއަރމެންޓް ލިސްޓު" ގައި ބަޔާންކުރާނެއެވެ.
  4. މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާ ދޫކުރެވޭ ދާއިރާގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް މި އުސޫލުގެ ދަށުން ކޯޓާ ދުލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާ ރިކުއަރމަންޓް ލިސްޓުގައި ހިމެނިފައިވާ ބައިތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކޯޓާ ދޫކުރާ ސިނާއަތްތަކާއި، އެ ސިނާއަތެއްގެ ދަށުން ކޯޓާ ދޫކުރެވޭ ބިޒްނަސް އެކްޓިވިޓީތައް؛ މި އެކްޓިވިޓީތަކުގެ ތެރޭގައި، އެ މަސައްކަތަކީ ރާއްޖޭގައި ކުރުން މަނާ ނުވަތަ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދޫކުރާ މަސައްކަތެއް ކަމުގައި ނުވާނަމަ، އެ މަސައްކަތެއް ހިމެނޭ ބިޒްނަސް އެކްޓިވިޓީ "ކޯޓާ ރިކުއަރމަންޓް ލިސްޓު" ގައި ހިމެނުނު ކަމުގައި ވިޔަސް ، އެފަދަ ބިޒްނަސް އެކްޓިވިޓީތަކަށް ކޯޓާ ދުލެއް ނުކުރެވޭނެއެވެ.
  2. ބިޒްނަސް އެކްޓިވިޓީގައި ހިމެނޭ މަސައްކަތްތަކާއި، ނުހިމެނޭ މަސައްކަތްތަކާއި،ބިޒްނަސް އެކްޓިވިޓީގައި ހިމެނުނު ނަމަވެސް ކޯޓާ ދޫނުކުރެވޭނެ މަސައްކަތްތައް؛
  3. ކޮންމެ ބިޒްނަސް އެކްޓިވިޓީއަކަށް ކޯޓާ ދޫކުރެވޭނެ އެންމެ މަދު މިންވަރު؛ކޯޓާ ދޫކުރެވޭނެ އެންމެ މަދު މިންވަރަކީ، އެ ބިޒްނަސް އެކްޓިވިޓީއެއްގައި ހިމެނޭ މަސައްކަތަށް އެންމެ ކުދި ވިޔަފާރިއަށް ކޯޓާ ދޫކުރެވޭނެ މިންވަރެވެ. ކޯޓާ ދޫކުރެވޭނެ އެންމެ މަދު މިންވަރު ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާ ދޭ ފަރާތްތަކުން އެ އަދަދަށްވުރެ މަދު އަދަދަކަށް ކޯޓާއަށް އެދި ހުށަހަޅައިފިނަމަ، ކޯޓާ ދޫކުރެވޭނީ އެދިފައިވާ އަދަދަށެވެ.
  4. ކޯޓާ ދޫކުރެވޭނެ ދާއިރާތަކާއި، ދޫކުރެވޭނެ ކޯޓާގެ ބާވަތް.

 

7 ވަނަ މާއްދާ - ކޯޓާ ދޫކުރާނެ އަދަދު ކަނޑައެޅުން

މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރުމުގައި އަދަދު ކަނޑައަޅާނީ، ތިރީގައި ބަޔާންކޮށްފައި މިވާ މައިގަނޑު 3 (ތިނެއް) ކަންތަކަށް ބަލައިގެންނެވެ.

(ހ) އެ މަސައްކަތެއް ކުރުމަށް ބޭނުންވާނެ މަސައްކަތްތެރިންގެ ނިސްބަތް؛

- މަސައްކަތްތެރިންގެ ނިސްބަތް ބަލާނީ، ކޯޓާއަށް އެދި ހުށަހަޅަންޖެހޭ، ވަޒީފާ ދޭ ފަރާތުން ތައްޔާރުކޮށްފައިވާ "މޭން ޕަވަރ ޕްލޭން" އާއި، އެ މަސައްކަތެއް ކުރުމަށް ބޭނުންވާނެ މަސައްކަތްތެރިންގެ ނިސްބަތް ކަނޑައެޅުމުގައި މިނިސްޓްރީން ބަލާ މިންގަނޑުތަކަށް ބަލައިގެންނެވެ.

(ށ) އެ މަސައްކަތެއް ކުރުމަށް ބޭނުންވާނެ މަސައްކަތްތެރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެންހުރި މިންވަރު؛

- މަސައްކަތްތެރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެންހުރި މިންވަރު ބެލޭނީ، ކޯޓާއަށް އެދި ހުށަހަޅާ މަގާމަށް އެކަށީގެންވާ މަސައްކަތްތެރިން ލިބެންހުރި މިންވަރު ބަލާ ޕޯޓަލް ކަމުގައިވާ "ޖޮބް ޕޯޓަލް" މެދުވެރިކޮށް އެކަން ބަލައިގެންނެވެ.

(ނ) އެ ވަޒީފާދޭ ފަރާތެއްގެ ވަޒީފާގައި / ކޯޓާ ހޯދާ މަސައްކަތެއްގައި ދިވެހި މުވައްޒަފުން ގެންގުޅެމުންދާ މިންވަރު؛

- ދިވެހި މުވައްޒަފުންގެ އަދަދު ބަލާނީ، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ޕެންށަނުގައި ރަޖިސްޓަރީކުރުމަށް ކަނޑައަޅާ ނިޒާމެއްގެ ދަށުން ވަޒީފާދޭ ފަރާތުން ޕެންށަނުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންގެ އަދަދަށް ބަލައިގެންނެވެ.

 

8 ވަނަ މާއްދާ - ކޯޓާ ހޯދުމަށް އެދި ހުށަހެޅުން 

މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ބޭނުންވާ ފަރާތްތަކުން ކޯޓާއަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ނިއު ކޯޓާ" ރިކުއެސްޓެއް ހުށަހެޅުމުންނެވެ.

 

9 ވަނަ މާއްދާ - ކޯޓާގެ މުއްދަތު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކޯޓާގެ މުއްދަތު ކަމުގައި ބެލެވޭނީ ، މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ދައްކައިފައިވާ އަދި އެ ކޯޓާ ދޫކޮށްފައިވާ މަސައްކަތް ކުރުމަށް ބޭނުންވާ ހުއްދަތަކާއި އެއްބަސްވުންތައް އޮތް މުއްދަތަށެވެ. 

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާގެ ތެރެއިން ، އެކްސްޕެޓް ސިސްޓަމުގައި "ކެންސަލް ސްޓޭޓް" ގައި ހުރި ކޯޓާތައް ފިޔަވައި އެހެން ހުރިހާ ކޯޓާތަކަކީ "އެޕްރޫވްޑް ސްޓޭޓް" ގައިވާ ކޯޓާތަކެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާތަކުގެ މުއްދަތު ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް ހުއްޓައިލުން 

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކޯޓާގެ މުއްދަތު ބަދަލުވެގެންދާތީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް (ކޯޓާ އެކްސްޓެންށަން)، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހުއްޓައިލެވޭނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ކޯޓާ އެކްސްޓެންށަން އެޕްލިކޭށަންތަކުގެ ތެރެއިން ޕްރޮސެސް ނުކުރެވި ހުރި އެޕްލިކޭށަންތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމުން ބާޠިލުވާނެއެވެ. 

 

11 ވަނަ މާއްދާ - ކޯޓާ ކެންސަލްކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އަލަށް ދޫކުރެވޭ ކޯޓާ އެކްސްޕެޓް ސިސްޓަމުން އެޕްރޫވް ކުރާތާ 1) އެކެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ނުދައްކައިފިނަމަ، އެ ކޯޓާ ކެންސަލްކުރެވޭނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، އަލަށް ދޫކުރާ ކޯޓާގެ ތެރެއިންނާއި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރޭގައި ބޭނުންނުކުރާ ކޯޓާ ހުރިނަމަ، ކޯޓާ ލިބިފައިވާ ފަރާތުން އެ ކޯޓާ ކެންސަލްކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ކެންސަލް ކުރާނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ ދޫކުރެވިފައިވާ ފަރާތުން ނުވަތަ ރެޕްރެޒެންޓޭޓިވްއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ކެންސަލް ކުރެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

  1. އެ ކޯޓާގެ ދަށުން އެއްވެ ސް ވަރކް ޕަރމިޓެއް، ވަރކް ޕަރމިޓް އެންޓްރީ ޕާސްނުވަތަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް ނެތް ކަމުގައިވާނަމަ، ނުވަތަ އެ ކޯޓާއެއްގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް، ވަރކް ޕަރމިޓްއެންޓްރީ ޕާސް ނުވަތަ ވަރކް ޕަރމިޓުގެ އަދަދާ ހަމައަށް؛
  2. މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ކޯޓާ ފީ ނެގުމުގެ އުސޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް ފީ ދައްކައިފައިވާނަމަ.

(ބ) މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ކޯޓާ ފީ ނެގުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ފީ ދައްކަން ކަނޑައެޅޭ މުއްދަތުގައި ކޯޓާ ފީ ނުދައްކާ ކޯޓާތައް، އެ އުސޫލުގެ 11 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ކޯޓާ އިތުރުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ކޯޓާގެ އަދަދު އިތުރުކުރެވޭނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައު ކޯޓާއަކަށް އެދިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކޯޓާގެ އަދަދު އިތުރުކުރުމަށް ކުރިން ހުށަހަޅައިފައިވާ އެޕްލިކޭށަންތައް ބާޠިލުކުރެވޭނެއެވެ. އަދި އެ ފަރާތްތަކަށް ކޯޓާ ގެ އަދަދު އިތުރުކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މަސައްކަތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ގެއްލިގެން ނުވަތަ ފިލައިގެން، މަސައްކަތަށް އިތުރަށް ބޭނުންވާ ކޯޓާ ހޯދުމަށްޓަކައި ކޯޓާގެ އަދަދު އިތުރުކޮށެއް ނުދެވޭނެއެވެ. 

 

13 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ މަގާމުތަކާއި ކޯޓާ ދޫނުކުރެވޭ މަގާމުތައް (ކޯޓާ އޮކިއުޕޭށަން)

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ކޯޓާ ދޫކުރެވޭނީ، އެ "ބިޒްނަސް އެކްޓިވިޓީ" އާ ގުޅޭ މަގާމުތަކަށެވެ.

(ށ) މި ގަވާއިދުގެ ދަށުން ކޯޓާ ދޫނުކުރެވޭ މަގާމުތައް، ތިރީގައި މިވަނީއެވެ.

  1. ޓެކްސީ ޑްރައިވަރުން / ކުލީ ދަތުރުކުރާ އެއްގަމު އުޅަނދުގެ ޑްރައިވަރުން ؛
  2. މަތިންދާ ބޯޓުފަހަރުގެ ކޯ-ޕައިލެޓުން / ފަސްޓް އޮފިސަރުން؛
  3. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން ؛
  4. މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ކުރާ މަސްވެރިކަމުގެ މަސައްކަތްތަކުގެ މަގާމުތަކަށް؛
  5. ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނާއި މިފަދަ މަސައްކަތްކުރާ އެހެނިހެން ފަރާތްތައް؛
  6. މުނިފޫހި ފިލުވުމުގެ މަސައްކަތްކުރާ ފަންނާނުން.
  7. ގަވާއިދު ނަންބަރު 81/2020 (ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އާ އެއް ގޮތްވާ ގޮތުގެ މަތިން ވިޔަފާރި ކުރާ ތަންތަނުގައި މަސައްކަތްކުރާކޭށިއަރުން.

 

14 ވަނަ މާއްދާ - ކޯޓާ އޮކިއުޕޭށަން ބަދަލުކުރުން

(ހ)  ކޯޓާ އެޕްރޫވްކުރުމަށްފަހު، ކޯޓާގެ އޮކިއުޕޭށަން ބަދަލުކުރެވޭނީ، ކޯޓާގެ އެޕްރޫވްކުރެވުނު ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

(ށ) އޮކިއުޕޭށަން ބަދަލުކުރެވޭނީ، "ކޯޓާ އޮކިއުޕޭށަން ޗޭންޖް ފީ" އެއްގެ ގޮތުގައި،އޮކިއުޕޭށަން ބަދަލުކުރާ ކޮންމެ ކޯޓާއަކަށް 200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރެއިން، ކޯޓާގެ އޮކިއުޕޭށަން އަޕްޑޭޓްކޮށްފައި ނުވާ ކޯޓާތަކުގެ އޮކިއުޕޭށަން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މެނޭޖް އޮކިއުޕޭށަން" ރިކުއެސްޓް ހުށަހަޅައިގެން އަޕްޑޭޓްކުރަން ވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ކޯޓާ އޮކިއުޕޭށަން ބަދަލުކުރުމުގައި ފުރަތަމަ ފަހަރު "ކޯޓާ އޮކިއުޕޭށަން ޗޭންޖް ފީ" ގެ ގޮތުގައި ދައްކަންޖެހޭ 200 (ދުއިސައްތަ) ރުފިޔާ ދައްކާކަށެއް ނުޖެހޭނެއެވެ. ނަމަވެސް، އެއްފަހަރަށްވުރެ ގިނަފަހަރު އޮކިއުޕޭށަން ބަދަލުކުރުމަށް އެދޭނަމަ ، އޮކިއުޕޭށަން ބަދަލުކު ރެވޭނީ، އެންމެ ފަހުން އޮކިއުޕޭށަން ބަދަލުކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށްފަހު "ކޯޓާ އޮކިއުޕޭށަން ޗޭންޖް ފީ" ގެ ގޮތުގައި ދައްކަންޖެހޭ 200 (ދުއިސައްތަ) ރުފިޔާ ދެއްކުމުންނެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އޮކިއުޕޭށަން އަޕްޑޭޓްކޮށްފައި ނުވާ ކޯޓާ ހުރި ވަޒީފާދޭ ފަރާތްތަކަށް، ތިރީގައި ބަޔާންކޮށްފައި މިވާ ހިދުމަތްތައް ދެވޭނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިސްޓަމް އަޕްޑޭޓްކުރުމުންނެވެ.

  1. އައު ކޯޓާއަކަށް އެދި ހުށަހެޅުން؛
  2. އައު ވަރކް ޕަރމިޓަކަށް އެދި ހުށަހެޅުން.
  3. އެ ކޯޓާއަށް ވަރކް ޕަރމިޓްގެ ސައިޓް ބަދަލުކޮށް ނުދިނުން.
  4. އެ ކޯޓާގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލް، ވަރކް ޕަރމިޓް އެންޓްރީ ޕާސް ނުވަތަ ވަރކް ޕަރމިޓް މަގާމު ބަދަލުކޮށް ނުދިނުން.

(ޅ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކެންސަލްކުރަން އެދޭ ކޯޓާއަކީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޯޓާގެ އޮކިއުޕޭށަން އަޕްޑޭޓްކޮށްފައި ނުވާ ކޯޓާއެއް ކަމުގައި ވާނަމަ، ކޯޓާ ކެންސަލް ކުރެވޭނީ، އޮކިއުޕޭށަން އަޕްޑޭޓް ކުރުމަށް ފަހުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް އޮކިއުޕޭށަން އަޕްޑޭޓްކޮށް، ކޯޓާ ކެންސަލްކުރަން އެދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މެނޭޖް އޮކިއުޕޭށަން" ރިކުއެސްޓް ފޮނުވަން ވާނެއެވެ. 

 

15 ވަނަ މާއްދާ - "ވަރކް ސައިޓް" އިންސްޕެކްށަން

ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމުގައި ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ "ވަރކް ސައިޓް" ތައް މި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިންސްޕެކްޓް ކުރެވޭނެއެވެ.

 

ޖަދުވަލު 3 - ކޯޓާ ފީ ނެގުމުގެ އުސޫލު

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދު ގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލެވެ .

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ ، "ކޯޓާ ފީ ނެގުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ކޯޓާ ފީ

(ހ) ކޯޓާ ފީއަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްޓަކައި ދޫކުރާ ކޯޓާއަށް ނަގާ ފީއެކެވެ .

(ށ) ކޯޓާ ފީގެ އަގަކީ، ކޮންމެ ކޯޓާއަކަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް 2،000 (ދެހާސް) ރުފިޔާއެވެ.

 

4 ވަނަ މާއްދާ - ކޯޓާ ފީގެ މުއްދަތު

(ހ) ކޯޓާ ފީގެ މުއްދަތަކީ، ކޯޓާ ދޫކުރެވޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާގެ ފީގެ މުއްދަތަކީ، މި އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 1 ( ބާރަ) މަސްދުވަހެވެ.

 

5 ވަނަ މާއްދާ - ކޯޓާ ފީ ދައްކާނެ މުއްދަތު

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމުން، އަލަށް ދޫކުރާ ކޯޓާ ބޭނުންކުރަން ފެށޭނީ ކޯޓާ ފީ ދެއްކުމުން ނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާ ފީ، މި އުސޫލަށް އަމަލުކުރަން ފަށާތާ 3) ތިނެއް) މަސްދުވަހުގެ ތެރޭގައި، މި އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދައްކަންޖެހޭނެއެވެ .

(ނ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި،ޖެހިގެން އަންނަ އަހަރުގެ ކޯޓާ ފީ ދައްކަންޖެހޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ކޯޓާ ފީ ދެއްކޭނެ އެންމެ ދިގު މުއްދަތަކީ، 36 (ތިރީސް ހައެއް) މަސްދުވަހެވެ .

 

6 ވަނަ މާއްދާ - އަލަށް ދޫކުރާ ކޯޓާއަށް ކޯޓާ ފީ ނެގުން

(ހ) އަލަށް ދޫކުރާ ކޯޓާއަށް ކޯޓާ ފީ ނަގާނީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުން، ކޯޓާއަށް އެދި މި މިނިސްޓްރީއަށް ހުށަހަޅާ އެޕްލިކޭށަންތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ އެޕްރޫވް ކުރެވުނު ނަމަވެސް، ކޯޓާ ބޭނުންކުރެވޭނީ، އެ ކޯޓާތަކަށް ފީ ދައްކައި، ކޯޓާ "އެޕްރޫވްޑް ސްޓޭޓަސް" އަށް ދިއުމުންނެވެ.

 

7 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާއަށް ފީ ނެގުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރެއިން، މި ގަވާއިދަށް އަމަލުކުރާ ތާރީހުގައި އެކްސްޕެޓް ސިސްޓަމުގައި "އެޕްރޫވްޑް ސްޓޭޓް" ހުރި ހުރިހާ ކޯޓާތަކަށް މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) އާއި، 5 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތިން ދައްކަންވާނެއެވެ.

 

8 ވަނަ މާއްދާ - ކެންސަލްކުރެވޭ ކޯޓާތަކަށް ދައްކާފައިވާ ފީ ރީފަންޑުކުރުން

މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު" ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންސަލްކުރެވޭ ކޯޓާއަކީ 1) އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޯޓާ ފީ ދައްކައިފައިވާ ކޯޓާ ކަމުގައި ވިޔަސް، ދައްކައިފައިވާ ފީގެ އެއްވެސް ނިސްބަތެއް ރީފަންޑެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ އެހެން ފަރާތަކަށް ބަދަލުކުރުން

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމުން، ވަޒީފާ ދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ އެހެންފަރާތަކަށް ބަދަލުކުރެވޭނީ، އަލަށް ކޯޓާ ދޫކުރާ ފަރާތުން، މި އުސޫލުގައި ކޯޓާ ހޯދުމަށް ފުރިހަމަކުރަންޖެހޭނެ ކަމަށް ބަޔާންކުރާ ކަންކަން ފުރިހަމަކުރުމާއެކު މި އުސޫލުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯޓާ ފީ ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ވަޒީފާ ދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ އެހެން ފަރާތަކަށް ބަދަލުކުރުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، ކޯޓާ ފީ ދެއްކުމަކާ ނުލައި އަލަށް ކޯޓާ ދޫކުރާ ފަރާތަށް ކޯޓާ ބަދަލު ކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ކޯޓާ ފީ ދެއްކުން

ކޯޓާ ފީ ދައްކާނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މޯލްޑިވްސް އިންލެ ންޑް ރެވެނިއު އޮތޯރިޓީއަށެވެ.

 

11 ވަނަ މާއްދާ - ކޯޓާ ފީ ނުދައްކައިފިނަމަ އަމަލުކުރާނެ ގޮތް 

މި އުސޫލުގައި ކޯޓާ ފީ ދެއްކުމަށް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި ކޯޓާ ފީ ނުދައްކައިފިނަމަ، ކޯޓާ ފީ ނުދައްކައި ހުރި ފަރާތްތަކާ މެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

(ހ) ކޯޓާ ފީ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ކޯޓާ ފީ ދައްކައިހަލާސްނުކޮށްފިނަމަ، ކޯޓާ ފީ ދައްކާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މި ގަވާއިދުގެޖަދުވަލު 7 ގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ވަޒީފާ ދޭ ފަރާތް ސަސްޕެންޑް ކުރެވޭ ޓިއަރ 2 ގެ ލެވެލް 8 ގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާ ދޭ ފަރާތް ސަސްޕެންޑް ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނީ، ކޯޓާ ފީ ދައްކާމުއްދަތު ހަމަވާ ތާރީހުގެ 30 (ތިރީސް) ދުވަސްކުރިން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ނޯޓިސް" އެއް ފޮނުވައި، މުއްދަތު ހަމަވުމުގެ ކުރިން ކޯޓާ ފީ ދެއްކުމަށާއި،މި މުއްދަތުގެ ތެރޭގައި ކޯޓާ ފީ ދައްކައި ހަލާސްނުކޮށްފިނަމަ އެ ފަރާތަކާމެދު މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެކަން ބަޔާންކުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ނޯޓިސް" އަކީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ ފީ ދެއްކުމަށް އަންގައިފައި ފޮނުވާ ނޮޓިފިކޭށަން މެސެޖެކެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ނޯޓިސް" ގެ މުއްދަތު ގުނަން ފެށޭނީ، އެކްސްޕެޓް ސިސްޓަމުން މި ނޯޓިސް ފޮނުވޭ ތާރީހުން ފެށިގެންނެވެ .
(ބ) ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޯޓާ ފީ ދައްކަ އި ހަލާސްނުކޮށްފިނަމަ، އަދި ނުދައްކައި ހުރި ކޯޓާ ފީ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް މި އުސޫލުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިސްޓްރީން އިންސްޓޯލްމަންޓް ޕްލޭނެއްދީފައިނުވާނަމަ، ކޯޓާ ފީ ނުދައްކައި ހުރި ފަރާތްތަކާ މެދު، ތިރީގައި ބަޔާންކޮށްފައި މިވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

  1. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ ކޯޓާގެ ދަށުން ދޫކޮށްފައިވާ ވަރކް ޕަރމިޓްގެ އަދަދަށް ކޯޓާގެއަދަދު މަދުކުރުން؛
  2. އެ ކޯޓާގެ ދަށުން އެއްވެސް ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމަންޓްއެޕްރޫވަލްއެއް ދޫކޮށްފައި ނުވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ކޯޓާ ކެންސަލްކުރުން؛
  3. ކޯޓާ ފީ ނުދައްކައި ހުރި ފަރާތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާއުފުލައިދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން. 

 

12 ވަނަ މާއްދާ - އިންސްޓޯލްމަންޓަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުން 

(ހ) މި އުސޫލުގައި ކޯޓާ ފީ ދެއްކުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި ކޯޓާ ފީ ނުދެއްކޭ ފަރާތްތަކުން، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ، ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭނަމަ "އިންސްޓޯލްމަންޓަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމަށް އެދޭ ފޯމު" އާއި، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅައި، މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓަށް ބަހައިލައިގެން މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް ކޯޓާ ފީ ދައްކަން ހަމަޖެހިއްޖެނަމަ، އެ ފަރާތަކާ މެދު މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އަމަލުކުރުން ހުއްޓައިލެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންސްޓޯލްމަންޓަށް ކޯޓާ ފީ ދައްކަން ހަމަޖެހި، އިންސްޓޯލްމަންޓް ދައްކަން މިނިސްޓްރީން ހަމަޖައްސައިފައިވާ ގޮތުގެ މަތިން ބަރާބަރަށް ކޯޓާ ފީ ނުދައްކައިފިނަމަ ، އެ ފަރާތަކާ މެދު މި އުސޫލުގެ 11 ވަނަ މާއްދާގެ (ބ) ގައިވާ ގޮތަށް އަމަލުކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - އިންސްޓޯލްމަންޓަށް ކޯޓާ ފީ ދެއްކުމަށް އެދި ހުށަހެޅުމުން ބެލޭނެ ކަންކަން 

މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންސްޓޯލްމަންޓަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމަށް އެދިއްޖެނަމަ، ތިރީގައިވާ ކަންތައްތަކަށް ބަލައި އިންސްޓޯލްމަންޓަށް ކޯޓާ ފީ ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަކީ ނުވަތަ އެ ފުރުސަތު ނުދިނުމަކީ މިނިސްޓްރީގެ އިހްތިޔާރުގައިވާ ކަމެކެވެ.

(ހ) އިންސްޓޯލްމަންޓަށް އެދި ހުށަހަޅާއިރު އިތުރު އެއްވެސް އިންސްޓޯލްމަންޓެއް ނަގައިފައިވުން؛

(ށ) އިންސްޓޯލްމަންޓަށް އެދި ހުށަހަޅާ ފަރާތުގެ ކޯޓާގައި ނުވަތަ ކޯޓާ ނަގައިފައިވާ ފަރާތުގެ ކޯޓާގައި "މިސިންގ ރިޕޯޓް" ކުރަންޖެހޭ ފަދަ މީހުން ހިމެނުނަސް ، މިސިންގ ރިޕޯޓް ކޮށްފައިނުވާ މީހުން ތިބުން؛

(ނ) އިންސްޓޯލްމަންޓަށް އެދި ހުށަހަޅާ ފަރާތުން ނުވަތަ ކޯޓާ ނަގައިފައިވާ ފަރާތުން ވިސާ ފީ/ ވަރކް ޕަރމިޓް ފީގެ އެއްވެސް ނިސްބަތެއް ދައްކައިފައި ނެތުން؛

(ރ) ކޯޓާ ފީ ދައްކަންޖެހޭ ކޯޓާއެއް އޮއްވައި ނުވަތަ ކޯޓާ ފީ ދައްކަންޖެހޭ ކޯޓާތަކެއް ހުއްޓައި، އެންމެ ކޯޓާއަކަށް ނުވަތަ ބައެއް ކޯޓާތަކަށް ވަކިން އިންސްޓޯލްމަންޓަށް އެދުން.

 

14 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާއިން ކޯޓާ ފީ ނެގުން 

މި އުސޫލުގެ 11 ވަނަ މާއްދާގައި އެހެން ބަޔާ ންކޮށްފައި އޮތް ނަމަވެސް ، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ "ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު" ގެ ދަށުން، ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން ފީ ނުދައްކާ ފަރާތްތަކުގެ ކޯޓާ ފީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ 47 ވަނަ މާއްދާ (ށ) ގެ ދަށުން، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުކަމަށް ކަނޑައަޅާ ތާރީހުގައެވެ.

 

ޖަދުވަލު 4

1 ވަނަ މާއްދާ - ތައާރުފު

މިއުސޫލަކީ މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ "ބިދޭސީން ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ވަރކް ޕަރމިޓް

(ހ) މި ގަވާއިދުގައި 15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުގެ ހުއްދަ (ވަރކް ޕަރމިޓް) ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ދޫކުރެވޭނީ، މި އުސޫލުގައި ބަޔާންކުރާ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތް ރާއްޖެ އައުމުގެކުރިން އަދި ރާއްޖެ އައުމުގެ ފަހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ .

(ނ) ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތް ރާއްޖެ އައުމުގެ ކުރިން، މި އުސޫލުގައި ބަޔާންކުރާ ގޮތުގެމަތިން ވަރކް ޕަރމިޓަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިގެން ، ވަޒީފާ އަދާކުރުމަށް ރާއްޖެއަށް އެތެރެވުމަށް މި ގަވާއިދުގެ ދަށުން ދޫކުރެވޭވަރކް ޕަރމިޓް އެންޓްރީ ޕާސް ހޯދަންވާނެއެވެ.

(ރ) ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތް ރާއްޖެ އައުމަށްފަހު، މި އުސޫލުގައި ބަޔާންކުރާކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ހޯދަންވާނެއެވެ.

(ބ) ވަރކް ޕަރމިޓް ހޯދާފައިވާ މުއްދަތަށް، މި އުސޫލުގައިވާ ގޮތުގެ މަތިން ވަރކް ޕަރމިޓް ފީ ދައްކަންވާނެއެވެ .

 

4 ވަނަ މާއްދާ - ވަރކް ޕަރމިޓް އެންޓްރީ ޕާސް

(ހ) އެންޓްރީ ޕާސްއަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނެ ފަރާތަކަށް، ރާއްޖޭގައި މަސައްކަތްކުރުމަށްޓަކައި ރާއްޖެ އެތެރެވުމަށް ދޫކުރެވޭ ހުއްދައެކެވެ.

 

5 ވަނަ މާއްދާ - ވަރކް ޕަރމިޓް ދޫކުރެވޭ ކެޓަގަރީތައް

ވަރކް ޕަރމިޓް ދޫކުރެވޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަރކް ޕަރމިޓް ހޯދުމަށް އެދި "ވަރކް ޕަރމިޓް އެޕްލިކޭށަން" ހުށަހެޅުމުން މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކެޓަގަރީތަކަށެވެ. 

 

6 ވަނަ މާއްދާ - ވަރކް ޕަރމިޓްގެ މުއްދަތު

ވަރކް ޕަރމިޓްގެ މުއްދަތު ކަނޑައެޅިފައިވަނީ މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.

 

7 ވަނަ މާއްދާ - ވަރކް ޕަރމިޓްގެ ށަރުޠު

ވަރކް ޕަރމިޓް ދޫކުރެވޭނީ، ތިރީގައި ބަޔާންކުރާ ށަރުޠު ފުރިހަމަހަމަވުމުންނެވެ.

(ހ) ވަރކް ޕަރމިޓް ދޫކުރެވޭނީ، މި އުސޫލުގެ 16 ވަނަ މާއްދާ ގައި ބަޔާންކުރާ ކެޓަގަރީތަކަށް ރިއާޔަތްކޮށް، ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓުގައި ތިރީގައި މި ބަޔާންކުރާ މުއްދަތު އޮތްނަމައެވެ.

  1. ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީ: ޕާސްޕޯޓުގައި މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު
  2. ނޮން-ޕްރޮފެށަނަލް ކެޓަގަރީ: ޕާސްޕޯޓުގައި މަދުވެގެން 3 އަހަރުދުވަހުގެމުއްދަތު
  3. ޑޮމެސްޓިކް ކެޓަގަރީ: ޕާސްޕޯޓުގައި މަދުވެގެން 3 އަހަރުދުވަހުގެ މުއްދަތު

(ށ) ވަރކް ޕަރމިޓް ހޯދާ މަގާ މަށް ކޯޓާ ހޯދާފައިވުމާއި، އެ ކޯޓާގެ މުއްދަތުގައި މަދުވެގެން 120 (އެއްސަތޭކަ ވިހި) ދުވަސް އޮތުން.

(ނ) ބިދޭސީ ފަރާތް ވަޒީފާއަށް ގެނައުމަށް ވަޒީފާދޭ ފަރާތުން، ބިދޭސީ ފަރާތް އެ މަގާމަށް އައްޔަންކޮށްފައިވުން.

(ރ) ވަރކް ޕަރމިޓް ދޫކުރެވޭ މަގާމަކީ ތައުލީމީ ސެޓުފިކެޓެއް ބޭނުންވާ މަގާމެއް ނަމަ، ތައުލީމު ހާސިލުކޮށް ސެޓުފިކެޓު ހޯދާފައިވުން.

(ބ) ވަރކް ޕަރމިޓަށް އެދި ހުށަހަޅާ މަގާމަކީ ސަރުކާރުގެ އިދާރާއެއްގެ ރެޖިސްޓްރޭށަނެއް ނުވަތަ ލައިސަންސެއް ބޭނުންވާ މަގާމެއްނަމަ، އެ ހުއްދައެއް ހޯދާފައިވުން .

(ޅ) އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހަކު ކަމުގައި ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހަކު ކަމުގައި ނުވުން.

(ކ) ޓެރަރިޒަމް، ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާކުރުމުގެ ކުށް، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުން، ކޯޕަރޭޓް ފްރޯޑް ނުވަތަ އެ ނޫންވެސް މިބާވަތުގެ ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން .

(އ) ބިދޭސީ ފަރާތް، އެ ފަރާތް ނިސްބަތްވާ ގައުމު ނުވަތަ އެ ފަރާތް ރާއްޖޭގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ، ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް ކަމާބެހޭ މުއައްސަސާއިން ކަނޑައަޅައިފައިވާ، ފަރާތެއް، ގައުމެއް ނުވަތަ ތަނެއްނަމަ، އެ ބީދޭސީއަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، ސެކިއުރިޓީ ސްކްރީނިންގ ފުރިހަމަވުމުންނެވެ.

(ވ) ވަރކް ވީޒާ ނޫން އެހެން ވީޒާއެއްގެ ދަށުން ރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ނުވުން.

(މ) މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަކުރުން.

 

8 ވަނަ މާއްދާ - (އަރިމަތީ ސުރުހީއެއް ނެތް)

މި އުސޫލުގެ 7 ވަނަ މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް، ޑިޕެންޑެންޓް ވީޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތަކީ، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ޕްރޮފެށަނަލް ކެޓަގަރީގެ މަގާމެއްގައި ވަރކް ޕަރމިޓުގެ ދަށުން މަސައްކަތްކުރަން އެދޭ ފަރާތެއްނަމަ، އެ ފަރާތެއް ވަރކް ޕަރމިޓަށް އެދުމަކަށް ނުވަތަ ވަރކް ޕަރމިޓް ހޯދުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

9 ވަނަ މާއްދާ - ވަރކް ޕަރމިޓް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 

ވަަރކް ޕަރމިޓަށް އެދި ހުށަހަޅާއިރު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. 

(ހ) އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ކުލަކޮށް ސްކޭންކޮށްފައިވާ ކޮޕީ.

އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފު ހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން އޮތްނަމަ (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.

(ށ) އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައި އާންމުކޮށްފައިވާ ޕާސްޕޯޓް ފޮޓޯގެ މިންގަނޑަށް ފެތޭ)

(ނ) ލެޓަރ އޮފް އެޕޮއިންޓްމަންޓުގެ ކޮޕީ. (މި ގަވާއިދުގެ ޖަދުވަލު 10 ގައި ބަޔާންކުރާ ޓެމްޕްލޭޓްގައިވާ މައުލޫމާތު ހިމެނޭ ގޮތަށް)

(ރ) ވަރކް ޕަރމިޓް ދޫކުރެވޭ މަގާމަކީ ތައުލީމީ ސެޓުފިކެޓެއް ބޭނުންވާ މަގާމެއް ނަމަ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓުފިކެޓުގެ ކުލަ ކޮޕީ؛

(ބ) ވަރކް ޕަރމިޓަށް އެދި ހުށަހަޅާ މަގާމަކީ ސަރުކާރުގެ އިދާރާއެއްގެ ރެޖިސްޓްރޭށަނެއް ނުވަތަ ލައިސަންސެއް ބޭނުންވާ މަގާމެއްނަމަ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި ވެލިޑޭޓްކޮށްފައިވާ، ރެޖިސްޓްރޭށަނެއްގެ ކޮޕީ ނުވަތަ ލައިސަންސެއްގެ ކުލަ ކޮޕީ؛

(ޅ) އެ ގައުމެއްގެ ސިއްހީ ހިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ އިދާރާއަކުން ބިދޭސީ ފަރާތަށް ދޫކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި ވެލިޑޭޓްކޮށްފައިވާ، ދޫކުރިތާ 45 (ސާޅީސް ފަހެއް) ދުވަސް ހަމަނުވާ މެޑިކަލް ރިޕޯޓު؛

(ކ) އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)؛

(އ) އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހަމަޖައްސައިފައިވާ އެކަމަޑޭށަންގެ މައުލޫމާތު ފުރިހަމަކޮށް ހުށަހެޅުން؛

(ވ) ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ފުރިހަމަކުރުމަށް، މިނިސްޓްރީން އޮފް ހެލްތުން ކަނޑައަޅާފައިވާ ވެކްސިންތައް ފުރިހަމަކޮށްފައިވާކަން ބަޔާންކުރާ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި ، ވެލިޑޭޓްކޮށްފައިވާ ލިޔުން؛

(މ) ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ދޫކުރެވޭ ޑޮމެސްޓިކް އެޓެންޑެންޓުގެ މަގާމަށް ކަމުގައިވާނަމަ، ބަލި މީހާއަށް ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓު (ޑޮމެސްޓިކް އެޓެންޑެންޓަކަށް ބިދޭސީއެއް ގެންނަނަމަ)؛

 

10 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދެއްކުން

(ހ) މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް ހުށަހަޅާ ވަރކް ޕަރމިޓް އެޕްލިކޭށަން މިނިސްޓްރީން ބެލުމަށްފަހު، އެ ފަރާތަކީ ވަރކް ޕަރމިޓް ދޫކުރެވޭނެ ފަރާތެއް ކަމުގައި ކަނޑައެޅިއްޖެނަމަ، އެކަން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތަށް އަންގައި، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ޑިޕޮޒިޓް ދެއްކުމަށް ވަޒީފާދޭ ފަރާތަށް އެންގޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕޮޒިޓް ދެއްކުމުން ، "ވަރކް ޕަރމިޓް އެޕްލިކޭށަން" "ޕެންޑިން އެރައިވަލް" އަށް ބަދަލުކޮށް، އެ ފަރާތް ރާއްޖެ އެތެރެވުމަށްޓަކައި ބޭނުންވާ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސް އެ ބިދޭސީ ފަރާތަކަށް ދޫކުރެވޭނެއެވެ .

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ޑިޕޮޒިޓް ފައިސާ ދެއްކުމަށް ވަޒީފާދޭ ފަރާތަށް އަންގާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޑިޕޮޒިޓް ފައިސާ ނުދައްކައިފިނަމަ، ވަރކް ޕަރމިޓް އެޕްލިކޭށަން ކެންސަލްކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - އެންޓްރީ ޕާސްގެ މުއްދަތު

އެންޓްރީ ޕާސްގެ މުއްދަތަކީ، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މުއްދަތެވެ.

 

12 ވަނަ މާއްދާ - ވަރކް ޕަރމިޓް އެންޓްރީ ޕާސް ބާޠިލުކުރެވޭނެ ހާލަތްތައް 

(ހ) މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ އެންޓްރީ ޕާސްގެ މުއްދަތުގެ ތެރޭގައި، ވަރކް ޕަރމިޓް އެންޓްރީ ޕާސް ދޫކުރެވިފައިވަނީ ، މިނިސްޓްރީއަށް ހުށަހަޅާފައިވާ ސައްހަ ނޫން މައުލޫމާތުގެ މައް ޗަށް ކަމުގައި ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ވަޒީފާދޭ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށްފިނަމަ ނުވަތަ ގަވާއިދާ ހިލާފުވެއްޖެނަމަ، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ވަޒީފާދޭ ފަރާތަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބާޠިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް އެންޓްރީ ޕާސް ބާޠިލުކޮށްފިނަމަ، އެކަން މިނިސްޓްރީން ވަޒީފާދޭ ފަރާތަށް އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ބިދޭސީ ފަރާތް ރާއްޖެ އައުމަށްފަހު ވަރކް ޕަރމިޓް ހޯދުން 

(ހ) ބިދޭސީ ފަރާތް ރާއްޖެ އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ވަޒީފާދޭ ފަރާތުން މި އުސޫލުގެ 15 ވަނަ މާއްދާގެ "ޕެންޑިން އެރައިވަލް" ގައި ވާ ވަރކް ޕަރމިޓް އެޕްލިކޭށަން" ފުރިހަމަކޮށް ބިދޭސީ ފަރާތަށް ވަރކް ޕަރމިޓް ހޯދައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ހޯދާފައި ނުވާ ބިދޭސީ ފަރާތްތަކާއި އަދި އެ ބިދޭސީ ފަރާތް ރާއްޖެ ގެނައުމަށް ވަރކް ޕަރމިޓް އެންޓްރީ ޕާސް ހޯދާފައިވާ ވަޒީފާ ދޭ ފަރާތްތަކާމެދު މި އުސޫލުގެ 14 ވަނަ ނަންބަރުގައިވާ ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ރާއްޖެ އަންނަތާ 15 ދުވަހުގެ ތެރޭގައިވަރކް ޕަރމިޓް ނުހޯދާ ބިދޭސީން 

މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތް ރާއްޖެ އަންނަތާ 15 ދުވަހުގެ ތެރޭގައި ވަރކް ޕަރމިޓް ނުހޯދައިފި ނަމަ، ވަޒީފާދޭ ފަރާތާމެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ 
    ފަރާތް ސަސްޕެންޑްކުރާ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން.
  2. މި ގަވާއިދުގެ ޖަދުވަލު 7 ގެ 6 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތުގެ ނަމުގައި ދޫކޮށްފައިވާ އެންޓްރީ ޕާސްތަކުގެ ތެރެއިން، އެ ޕާސްތައް ދޫކޮށްފައިވާ ބިދޭސީ ފަރާތްތައް ރާއްޖެ އެތެރެވެފައި ނުވާ ހުއްދަތައް ބާޠިލުކުރުން.
  3. މި މާއްދާގެ (ހ) ގެ (1 (އަދި (2) ވަނަ ނަންބަރު ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުމާއެކު، ބިދޭސީ ފަރާތް ރާއްޖެ އެތެރެވި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ވަރކް ޕަރމިޓް ދޫކުރެވޭ ދުވަހާ ހަމައަށް ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާއެކު ވަރކް ޕަރމިޓް ހޯދުމުގެ ފުރުސަތު ވަޒީފާދޭ ފަރާތަށް ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ގައި ބަޔާންކުރާ މުއްދަތަށް ފަހު، ވަރކް ޕަރމިޓް ނުހޯދައި ރާއްޖޭގައި އުޅެމުންދާ ބިދޭސީ ފަރާތުގެ މައުލޫމާތު، ކަމާ ގުޅުންހުރި އިދާރާއާ ހިއްސާކޮށް، އެ ބިދޭސީ ފަރާތް ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތަށް ފަހު، ވަރކް ޕަރމިޓް ނުހޯދައި ރާއްޖޭގައި އުޅެމުންދާ ބިދޭސީން ރާއްޖެ ގެނައުމަށް ވަރކް ޕަރމިޓް އެންޓްރީ ޕާސް ހޯދާފައިވާ ވަޒީފާދޭ ފަރާތްތަކާމެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 1 ގެ ލެވެލް 2 ގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރުން.
  2. މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވަރކް ޕަރމިޓް ނުހޯދާ ކޮންމެ ބިދޭސީއަކަށް 2،00 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ، މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ މަތިން، އެ މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތުގައި ނުދައްކައިފިނަމަ ، މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ސަސްޕެންށަންއިން އުނިކުރެވޭނީ ޖޫރިމަނާ ދެއްކުމުންނެވެ.

 

15 ވަނަ މާއްދާ - ޕެންޑިން އެރައިވަލް ވަރކް ޕަރމިޓް އެޕްލިކޭށަން ފުރިހަމަކުރުން

މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، "ޕެންޑިން އެރައިވަލް ވަރކް ޕަރމިޓް އެޕްލިކޭށަން" ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ތިރީގައި ބަޔާންކުރާ ކަންކަން ވަޒީފާދޭ ފަރާތުން ފުރިހަމަ ކުރުމުންނެވެ. 

(ހ) ބިދޭސީ މުވައްޒަފާއި ވަޒީފާދޭ ފަރާތާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ހެދުން؛

(ށ) ވަރކް ޕަރމިޓް މެޑިކަލް ހައްދައި މިނިސްޓްރީއަށް ހުށަހެޅުން؛

(ނ) ވަރކް ޕަރމިޓް ހެލްތް ކަވަރ / އިންށުރެންސް ހޯދައި މިނިސްޓްރީއަށް ހުށަހެޅުން؛

(ރ) ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތުގެ އެކަމަޑޭށަން ކަށަވަރުކުރެވިފައިވުން ؛

(ބ) ބިދޭސީ ފަރާތުގެ ނަމުގައި ނަގާފައިވާ މޯބައިލް ފޯނު ނަންބަރު މިނިސްޓްރީއާ ހިއްސާކުރުން؛

(ޅ) މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ބިދޭސީ ފަރާތް ވެރިފައިކުރުން؛

(ކ) މި އުސޫލުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ފީ ދެއްކުން.

 

16 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން ހެދުން

މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތާއި ވަޒީފާދޭ ފަރާތާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ހަދައި ސޮއިކޮށް، އެކަން، މިނިސްޓްރީން ކަނޑައަޅާ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އެންގުމުންނެވެ.

 

17 ވަނަ މާއްދާ - ވަރކް ޕަރމިޓް މެޑިކަލް ހެއްދުން 

(ހ) މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، ވަޒީފާ އަދާކުރާ ބިދޭސީން ވަރކް ޕަރމިޓް ހޯދުމަށްޓަކައި ހައްދަން ޖެހޭކަމަށް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ "މެޑިކަލް އިންވެސްޓިގޭށަން" ތައް، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ހައްދައި، އެ ފަރާތަކީ މަސައްކަތްކުރުމަށް އެކަށޭނެ ސިއްހަތެއްގައި ހުރި ފަރާތެއްކަން ބަޔާންކުރާ، އެފަދަ މަރުކަޒެއްގައި މަސައްކަތްކުރާ މިނިސްޓްރީ އޮފް ހެލްތުން ހުއްދަ ދޫކޮށްފައިވާ ސިއްހީ ހިދުމަތްތެރިއެއް ދޫކޮށްފައިވާ ލިޔުމެއް، މިނިސްޓްރީން ކަނޑައަޅާފައިވާ ނިޒާމެއްގެ ދަށުން، މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

(ށ) ވަރކް ޕަރމިޓް ހޯދުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތަކީ، މަސައްކަތްކުރުމަށް އެކަށޭނެ ސިއްހަތެއްގައި ހުރި ފަރާތެއް ނޫންކަމަށް، ސިއްހީ ހިދުމަތްތެރިއެއް ނުވަތަ ހެލްތް ޕްރޮޓެކްށަން އެޖެންސީ (އެޗް .ޕީ .އޭ) އިން ކަނޑައަޅައިފިނަމަ، ނުވަތަ މި އުސޫލުގައި ބަޔާންކުރާ ވަރކް ޕަރމިޓް ހައްދަންޖެހޭ މުއްދަތުގެ ތެރޭގައި އެ ބިދޭސީ ފަރާތުގެ ސިއްހީ ހާލަތާ ގުޅޭގޮތުން، ސިއްހީ ހިދުމަތްތެރިއެއް ނުވަތަ ހެލްތް ޕްރޮޓެކްށަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަކި ގޮތެއް ކަނޑަނާޅައިފިނަމަ، ހެލްތް ޕްރޮޓެކްށަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ލަފާގެ މަތިން އެ ފަރާތަކަށް ވަރކް ޕަރމިޓް ދޫކުރުން ނުވަތަ ނުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ .

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވަރކް ޕަރމިޓް ދޫނުކުރެވޭ ބިދޭސީ ފަރާތްތަކަށް، ވަރކް ޕަރމިޓް ދޫނުކުރެވޭނެކަމާއި، ދޫނުކުރެވޭ ސަބަބު މިނިސްޓްރީން އެ ފަރާތްތަކުގެ ވަޒީފާދޭ ފަރާތަށް އަންގަންވާނެއެވެ .

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތަށް ވަރކް ޕަރމިޓް ދޫނުކުރެވޭނެކަން އަންގައިފިނަމަ، ބިދޭސީ ފަރާތް ފުރުވައިލުމުގެ ކަންކަން ، ހެލްތް ޕްރޮޓެކްށަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަންގާ އުސޫލެއްގެ ދަށުން ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެ މަތިން ހެލްތް ޕްރޮޓެކްށަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަންގާ އުސޫލެއްގެ މަތިން ބިދޭސީ ފަރާތާމެދު އަމަލުނުކުރާ ވަޒީފާދޭ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކުރާ އުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމާއެކު އެ އުސޫލުގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާ ދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 2 ގެ ލެވެލް 8 ގައި ސަސްޕެންޑްކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ވަރކް ޕަރމިޓް ހެލްތް ކަވަރ / އިންށޫރެންސް ހޯދުން  

މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހޯދަންޖެހޭކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ހެލްތް ކަވަރ ޕެކޭޖެއް / އިންށޫރެންސް ޕެކޭޖެއް، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހޯދައި، އެ ކަމުގެ ލިޔުންތައް މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ދަށުން، މިނިސްޓްރީއަށް ހުށަހެޅުމުންނެވެ 

 

19 ވަނަ މާއްދާ - ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތުގެ އެކަމަޑޭށަން ކަށަވަރުކުރުން

މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކުރާ ގޮތުގެ މަތިން ، ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތުގެ އެކަމަޑޭށަން ހަމަޖައްސައިދީ، އެކަން ބަޔާންކުރާ، "އެކްސްޕެޓްރިއޭޓް ވޯކަރ އެކަމަޑޭށަން ޑިކްލަރޭށަން ފޯމު" ހުށަހެޅުމުންނެވެ.

 

20 ވަނަ މާއްދާ - ބިދޭސީ ފަރާތުގެ ފޯނު ނަންބަރު ހިއްސާކުރުން

(ހ) ބިދޭސީ ފަރާތް، ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި އެ ފަރާތުން، އެ ފަރާތުގެ ހުއްދައިގެ ސްޓޭޓަސް ޗެކްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ފަރާތާބެހޭ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށްޓަކައި، ވަޒީފާދޭ ފަރާތުން ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތުގެ ނަމުގައި މޯބައިލް ފޯނު ނަންބަރެއް ނަގައި ، ބިދޭސީ ފަރާތާ ހިއްސާކުރަންވާނެއެވެ.

(ށ) މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، މި މާއްދާގެ (ހ) ބަޔާންކުރާ މޯބައިލް ފޯނު ނަންބަރު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއާ ހިއްސާކުރުމުންނެވެ.

 

21 ވަނަ މާއްދާ - ބިދޭސީ ފަރާތް ވެރިފައިކުރުން

(ހ) މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތިން ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތް ވެރިފައިކުރުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބިދޭސީ ފަރާތް ވެރިފައިކުރުމަށްޓަކައި މިނިސްޓްރީއަށް ހާޒިރުވުމަށް/ ގެނައުމަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތަށް އެންގޭނެއެވެ.

(ނ) ބިދޭސީ ފަރާތް ވެރިފައިކުރެވޭނީ، ވަރކް ޕަރމިޓް އެޕްލިކޭށަނާ ގުޅިގެން ހުށަހަޅާފައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތަކާއި، ސަރުކާރުގެ އެކި އިދާރާތަކުން ނަގާފައިވާ އެ ބިދޭސީ ފަރާތުގެ ބައޯމެޓްރިކް ޑޭޓާ އާއި ރެކޯޑުތައް ބޭނުންކޮށްގެންނެވެ.

 

22 ވަނަ މާއްދާ - ވަރކް ޕަރމިޓް ހައްދަން ހުށަހަޅާ ބިދޭސީ ފަރާތް ވެރިފައި ނުވެއްޖެ ނަމަ އަމަލުކުރާނެ ގޮތް  

(ހ) މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، މި އުސޫލުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތް ވެރިފައި ނުކުރެވިއްޖެނަމަ، މިނިސްޓްރީން ކަނޑައަޅާ ށަރުޠުތަކަކާއެކު ބިދޭސީ ފަރާތަށް ވަރކް ޕަރމިޓެއް ދޫކޮށް، އެކަން ވަޒީފާދޭ ފަރާތަށް އަންގައި، އެ ފަރާތުގެ ވެރިފިކޭށަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މިނިސްޓްރީން ކުރިއަށް ގެންދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ވެރިފިކޭށަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން ހޯދޭ ނަތީޖާތަކެއްގެ މައްޗަށް ރިއާޔަތްކޮށް، އެ ބިދޭސީ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާޠިލުކުރުމަށް ކަނޑައެޅިއްޖެނަމަ، ކަނޑައެޅުނު ސަބަބު މިނި ސްޓްރީން ވަޒީފާދޭ ފަރާތަށް އަންގައި، އެ ބިދޭސީ ފަރާތް ރާއްޖެއިން ފުރުވައިލުމަށް އެންގޭނެއެވެ.

 

23 ވަނަ މާއްދާ - ވަރކް ޕަރމިޓް ފީ ދެއްކުން

(ހ) ވަރކް ޕަރމިޓް ފީ އަކީ މަހަކަށް 350 (ތިންސަތޭކަ ފަންސާސް) ރުފިޔާއެވެ .

(ށ) މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، ބިދޭސީ ފަރާތް ރާއްޖެ އެތެރެވި ދުވަހުން ފެށިގެން، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ވަރކް ޕަރމިޓް ފީ ދެއްކުމުންނެވެ .

(ނ) ވަރކް ޕަރމިޓް ފީ ދައްކަންވާނީ މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ތަނަކަށެވެ .

(ރ) ވަރކް ޕަރމިޓް ފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ކުރިޔަށް އޮތް މުއްދަތަށް، މަދުވެގެން 1 (އެކެއް) މަހަށް ފީ ދައްކަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ، ވަރކް ޕަރމިޓް ފީ ދެއްކޭނީ، ތިރީގައި ބަޔާންކުރާ ހުރިހާ ކަންކަން ފުރިހަމަވެފައިވާ މުއްދަތަށެވެ.

  1. ވަރކް ޕަރމިޓް ދޫކުރެވިފައިވާ ބިދޭސީ ފަރާތުގެ މެޑިކަލްގެ މުއްދަތު؛ 
  2. ވަރކް ޕަރމިޓް ދޫކުރެވިފައިވާ ބިދޭސީ ފަރާތުގެ ނަމުގައި ނަގާފައިވާ އިންށޫރެންސުގެ މުއްދަތު؛ 
  3. ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ މުއްދަތު؛ 
  4. ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތާއި ވަޒީފާދޭ ފަރާތާ ދެމެދު ސޮއިކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު؛ 
  5. ވަރކް ޕަރމިޓް ދޫކުރެވިފައިވާ މަގާމަކީ އެ މަގާމު އަދާކުރާ ފަރާތަށް ސަރުކާރުގެ އިދާރާއެއްގެ ރެޖިސްޓްރޭށަނެއް ނުވަތަ ލައިސަންސެއް ބޭނުންވާ މަގާމެއްނަމަ، އެ ހުއްދައެއްގެ މުއްދަތަށް؛ 
  6. އެ ވަރކް ޕަރމިޓް ދޫކުރެވިފައިވާ ކޯޓާގެ މުއްދަތު.

(ޅ) ވަރކް ޕަރމިޓް ފީގެ ގޮތުގައި ދައްކާފައިވާ ފީއަކީ ރީފަންޑްކުރެވޭނެ ފީއެއް ނޫނެވެ.

(ކ) މި މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފީ ނުދައްކައިފިނަމަ، ވަޒީފާދޭ ފަރާތްތަކާމެދު، ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 1 ގެ ލެވެލް 8 ގައިބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން؛
  2. މި ގަވާއިދުގެ ޖަދުވަލު 7 ގެ 6 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތުގެ ނަމުގައި ދޫކޮށްފައިވާ ވަރކް ޕަރމިޓް އެންޓްރީ ޕާސްތަކުގެ ތެރެއިން، ބިދޭސީ ފަރާތަށް ދޫކޮށްފައިވާ ޕާސްތަކާއި، ރާއްޖެ އެތެރެވެފައި ނުވާ ހުއްދަތައް ބާޠިލުކުރުން؛
  3. މި އަކުރުގެ (1) އާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުމާއެކު، ފީ ނުދައްކައި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 10 (ދިހައެއް) ރުފިޔާގެ ޖޫރިމަނާއަކާއެކު، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ފީ ބަލައިގެނެވޭނެއެވެ.

(އ) މި މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ވަޒީފާދޭ ފަރާތުން ފީ ދައްކަމުން ނުދާނަމަ، މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމާ އެއްގޮތަށް ފީ އެ މުއްދަތު ހަމަވުމުގެ ކުރިން، ޖޫރިމަނާއާއެކު ފީ ދެއްކުމަށްވަޒީފާދޭ ފަރާތާއި ދެއްކުމަށް ވަޒީފާދޭ ފަރާތަށް، ފުރުސަތު ދެވޭނެއެވެ.

(ވ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ، ބިދޭސީ ފަރާތަށް ދޫކުރެވިފައިވާ ވަރކް ޕަރމިޓް ބާޠިލުކޮށް، ވަޒީފާދޭ ފަރާތްތަކާއި އަދި ބިދޭސީ ފަރާތާމެދު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 2 ގެ ލެވެލް 4 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން؛
  2. ބިދޭސީ ފަރާތާމެދު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .
    (1.2) ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީއެއްނަމަ، އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، ގައުމަށް ފޮނުވައިލުން ؛
    (2.2) އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވާން ބޭނުންވާ ފަރާތެއްނަމަ، 60) ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރެގިއުލަރައިޒްކޮށް ވަޒީފާދޭ އެހެން ފަރާތެއްގެ ނަމުގައި ދޫކުރެވޭ ވަރކް ޕަރމިޓަކަށް ބަދަލުކުރުން ؛
    (2.3) މި ނަންބަރުގެ (2.2) ގައި ބަޔާންކުރާ މުއްދަތުގައި ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރެވި ވަރކް ޕަރމިޓް ނުހޯދޭ ބިދޭސީ ފަރާތް، މި ނަންބަރުގެ (1.2) ގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، ގައުމަށް ފޮނުވައިލުން.

(މ) މި މާއްދާގެ (ވ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭ ވަޒީފާ ދޭ ފަރާތްތަކާމެދު، އެ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭ މުއްދަތު، އެ ފަރާތުގެ ނަމުގައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ބިދޭސީންގެ ނިސްބަތަށް ރިއާޔަތްކޮށް، އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ފ) މި މާއްދާ ގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ބާޠިލުކުރެވޭ ހާލަތުގައި، އެ ވަރކް ޕަރމިޓާ ގުޅިގެން ދައްކާފައިވާ ޑިޕޮޒިޓް ރީފަންޑްކޮށެއް ނުދެވޭނެއެވެ.

 

24 ވަނަ މާއްދާ - ވަރކް ޕަރމިޓް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުން

(ހ) ވަރކް ޕަރމިޓް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް، އެ ފަރާތްތަކަށް ދޫކުރެވޭ ކާޑެއް ނުވަތަ އެހެންވެސް ވަސީލަތެއް މެދުވެރިކޮށް އެ ފަރާތްތައް ދެނެގަނެވޭނެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީއަކަށް ދޫކުރެވޭ ކާޑު ނުވަތަ އެހެންވެސް ވަސީލަތަކީ، ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެ ފަރާތަކަށް ދެއްކޭ ގޮތަށް ނުވަތަ ވަސީލަތެއް މެދުވެރިކޮށް ބިދޭސީ ފަރާތްވެރިފައިކުރެވޭ ގޮތަށް، ބިދޭސީ މީހާގެ އަތުގައި، ހުރިހާ ވަގުތެއްގައިވެސް އޮންނަންޖެހޭ ނުވަތަ ހުރިހާ ވަގުތެއްގައި އެކްސެސިބަލް ވާންވާނެ އެއްޗެކެވެ .

(ނ) ބިދޭސީން، ވައިގެ މަގުން އަދި ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ގެންދާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކާޑު ނުވަތަ އެހެންވެސް ވަސީލަތެއް އެ ބިދޭސީންގެ އަތުގައި އޮތްކަން އުޅަނދުގެ ވެރިފަރާތުން ނުވަތަ ކެޕްޓަން ކަށަވަރުކުރަންވާނެއެވެ. އަދި އެފަދަ ވަސީލަތެއް ނެތް ބިދޭސީއަކު ގޮވައިގެން ދަތުރުކުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް ، ބިދޭސީ ފަރާތެއްގެ ފުރާނައަށް ނުރައްކަވާ ފަދަ ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކާޑު ނުވަތަ އެހެންވެސް ވަސީލަތެއް އެ ބިދޭސީ ފަރާތުގެ އަތުގައި ނެތް ނަމަވެސް އެ ފަރާތް އެއްރަށުން އަނެއް ރަށަށް ގެންދަން ވާނެއެވެ.

(ބ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން ، ވަރކް ޕަރމިޓް ދޫކުރެވިފައިވާ ބިދޭސީ ފަރާތް ވެރިފައި ކުރުމަށް ކަނޑައެޅެނީ، ކާޑެއް ދޫކޮށްގެން ކަމުގައި ކަނޑައެޅިއްޖެ ނަމަ، ކާޑުގެ ފީ އެއްގެ ގޮތުގައި 150 (އެއްސަތޭކަ ފަންސާސް) ރުފިޔާ ވަޒީފާ ދޭ ފަރާތުން، މިނިސްޓްރީއަށް ދައްކަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ފަރާތަކަށް، ބިދޭސީ މީހާގެ އައިޑެންޓިފިކޭށަނެއް ނުދެއްކިއްޖެނަމަ، އެ ބިދޭސީ ފަރާތް ޑިޓެންށަނަށް ބަދަލުކުރެވި ވެރިފައިކުރުމަށްފަހު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. އެ ފަރާތަކީ ވަޒީފާ އަދާކުރުމުގެ ހުއްދައެއް އޮތް މި ގަވާއިދާ އެއްގޮތަށް އުޅެމުންދާ ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތާ ހަވާލުކުރެވޭނެއެވެ.
  2. އެ ފަރާތަކީ ވަޒީފާ އަދާކުރުމުގެ ހުއްދައެއް ނެތި ނުވަތަ ހުއްދައެއް އޮތް ކަމުގައިވިޔަސް ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެއްނަމަ، އެ ފަރާތްތައް ދޫކުރެވިފައިވާ ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލް ބާޠިލުކޮށް، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ބިދޭސީން ސަސްޕެންޑްކުރެވޭ ޓިއަރ 1 ގެ ލެވެލް 3 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުމަށް ފަހު، އެ ފަރާތް ގައުމަށް ފޮނުވައި ލެވޭނެއެވެ.

 

25 ވަނަ މާއްދާ - ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރުން

(ހ) ވަޒީފާ އަދާކުރުމަށް ބިދޭސީ ފަރާތް ރާއްޖޭގައި ހުންނަ މުއްދަތުގައި، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަޒީފާދޭ ފަރާތުން، މި އުސޫލުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަކޮށް، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރަންވާނެއެވެ.

(ށ) ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރެވޭނީ، ވަރކް ޕަރމިޓުގެ މުއްދަތު ހަމަވާއިރު، މި އުސޫލުގެ 15 ވަނަ މާއްދާގައި ވަރކް ޕަރމިޓް ހޯދުމަށް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބަޔާންކުރާ ތިރީގައި ބަޔާންކުރާ އެއްވެސް ކަމެއް ފުރިހަވެފައި ނުވާނަމަ އެކަމެއް ފުރިހަމަކޮށްގެންނެވެ .

  1. ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތާއި ވަޒީފާދޭ ފަރާތާ ދެމެދު ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާނަމަ، އައު އެއްބަސްވުމެއް ހަދައި، މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ އެއްބަސްވުމުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުން.
  2. ވަރކް ޕަރމިޓް ހޯދުމަށް އެދޭ ބިދޭސީ ފަރާތުން ހައްދާފައިވާ މެޑިކަލް ރިޕޯޓުގެ މުއްދަތު ހަމަވެފައިވާނަމަ، މި އުސޫލުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އައު މެޑިކަލް ރިޕޯޓެއް ހައްދައި ހުށަހެޅުން.
  3. ވަރކް ޕަރމިޓް ހޯދުމަށް އެދޭ ބިދޭސީ ފަރާތަށް ހޯދާފައިވާ ހެލްތް ކަވަރ/ އިންށޫރެންސް މުއްދަތު ހަމަވެފައިވާނަމަ، މި އުސޫލުގެ 18 ވަނަ މާއްދާގައި  ބަޔާންކުރާ ގޮތުގެ މަތިން އައު އިންށޫރެންސެއް ހޯދައި މިނިސްޓްރީއަށް ހުށަހެޅުން.
  4. ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތުގެ އެކަމަޑޭށަން ބަދަލުވެފައިވާނަމަ، މި އުސޫލުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން "އެމަޑޭށަން ޑިކްލަރޭށަން ފޯމު" ފުރިހަމަކޮށް ހުށަހެޅުން.
  5. މި އުސޫލުގެ 20 ވަނަ ނަންބަރުގައި ބަޔާންކުރާ މޯބައިލް ފޯނު ނަންބަރު ބަދަލުވެފައިވާ ނަމަ، އައު ފޯނު ނަންބަރު މިނިސްޓްރީއާ ހިއްސާކުރުން.
  6. މި އުސޫލުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ފީ ދެއްކުން.

(ނ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓުގެ މުއްދަތު އިތުރު ނުކުރާ ފަރާތްތަކާމެދު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން.
  2. މި ގަވާއިދުގެ ޖަދުވަލު 7 ގެ 6 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ އެ ފަރާތުގެ ނަމުގައި ދޫކޮށްފައިވާ އެންޓްރީ ޕާސްތަކުގެ ތެރެއިން، އެ ޕާސްތައް ދޫކޮށްފައިވާ ބިދޭސީ ފަރާތްތައް ރާއްޖެ އެތެރެވެފައި ނުވާ ހުއްދަތައް ބާޠިލުކުރުން.
  3. މި މާއްދާގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުމާއެކު، ވަޒީފާދޭ ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގެ ދަށުން ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރުމަށް، މުއްދަތު ހަމަވާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ވަޒީފާދޭ ފަރާތަށް ދެވޭނެއެވެ .

(ރ) މި މާއްދާގެ (ނ) ގެ 3 ގައި ބަޔާންކުރާ ގޮތުގެ މަތިން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ބިދޭސީ ފަރާތަށް ދޫކުރެވިފައިވާ ވަރކް ޕަރމިޓް ބާޠިލުކޮށް، ވަޒީފާދޭ ފަރާތްތަކާއި އަދި ބިދޭސީ ފަރާތާމެދު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

  1. ވަޒީފާދޭ ފަރާތާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 2 ގެ ލެވެލް 4 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން.
  2. ބިދޭސީ ފަރާތާމެދު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
    (2.1) ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީއެއް ނަމަ، އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، ގައުމަށް ފޮނުވައިލުން.
    (2.2) އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވާން ބޭނުން ފަރާތެއް ނަމަ، 60) ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރެގިއުލަރައިޒްކޮށް ވަޒީފާދޭ އެހެން ފަރާތެއްގެ ނަމުގައި ދޫކުރެވޭ ވަރކް ޕަރމިޓަކަށް ބަދަލުކުރުން.
    (2.3) މި ނަންބަރުގެ (2.2 (ގައި ބަޔާންކުރާ މުއްދަތުގައި ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރެވި، ވަރކް ޕަރމިޓް ނުހޯދޭ ބިދޭސީ ފަރާތް، މި ނަންބަރުގެ (1.2 (ގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، ގައުމަށް ފޮނުވައިލުން.

(ބ) މި މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭ ވަޒީފާ ދޭ ފަރާތްތަކާމެދު، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރެވޭ މުއްދަތު، އެ ފަރާތުގެ ނަމުގައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަރކް ޕަރމިޓް މުއްދަތު އިތުރުނުކޮށް ތިބި ބިދޭސީންގެ އަދަދަށް ރިއާޔަތްކޮށް، އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ބާޠިލުކުރެވޭ ހާލަތުގައި، އެ ވަރކް ޕަރމިޓާ ގުޅިގެން ދައްކާފައިވާ ޑިޕޮޒިޓް ރީފަންޑްކޮށެއް ނުދެވޭނެއެވެ.

 

26 ވަނަ މާއްދާ - ބިދޭސީ ފަރާތް ރާއްޖެއިން ބޭރުގައި ހުއްޓާ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވުން 

ބިދޭސީ ފަރާތް ރާއްޖެއިން ބޭރުގައި ހުއްޓާ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވެފައިވާނަމަ ، އެ މީހަކަށް  ރާއްޖެ ވަދެވޭނީ، މި އުސޫލުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ބިދޭސީ ފަރާތުގެ ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރުމުންނެވެ.

 

27 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަދަލުކުރުން (އެމްޕްލޯޔަރ ޗޭންޖް) 

(ހ) ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް، އެ ފަރާތަށް ވަރކް ޕަރމިޓް ދޫކުރެވިފައިވާވަޒީފާދޭ ފަރާތް ނޫން ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުކުރަން އެދޭނަމަ،އައު ވަޒީފާދޭ ފަރާތުން އެ ފަރާތުގެ ނަމުގައި ބަދަލުކުރަން އެދޭ ބިދޭސީއަށް ވަރކް ޕަރމިޓް ހޯދަންވާނެއެވެ .

(ށ) ވަޒީފާދޭ ފަރާތް ބަދަލުކުރާނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް "އެމްޕްލޯޔަރ ޗޭންޖް ރިކުއެސްޓް" ހުށަހަޅައިގެންނެވެ .

(ނ) އެމްޕްލޯޔަރ ޗޭންޖް ރިކުއެސްޓް ފުރިހަމަވާނީ އައު ވަޒީފާދޭ ފަރާތުން، މި ގަވާއިދު 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިޕޮޒިޓް ފައިސާ ދައްކައި، އައު ވަޒީފާދޭ ފަރާތުގެ ނަމުގައި ބަދަލުކުރަން އެދޭ ބިދޭސީއަށް ވަރކް ޕަރމިޓް ލިބުމުންނެވެ .

(ރ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތް ބަދަލުކުރެވޭނީ، ތިރީގައި މި ބަޔާންކުރާ ކަންކަން ފުރިހަމަވެ، ތިރީގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ .

  1. ވަޒީފާދޭ ފަރާތް ބަދަލުކުރަން އެދޭ ބިދޭސީ ފަރާތަށް ދޫކޮށްފައިވާ  ވަރކް ޕަރމިޓުގެ މުއްދަތު ހަމަ ނުވެ، ވަރކް ޕަރމިޓް ފީ ވަޒީފާދޭ ފަރާތުން ގަވާއިދުން ދައްކަމުންދާނަމަ، ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތުން އެ ވަގުތު އިއުތިރާޒު ނުކުރާކަމުގެ (ނޯ އޮބްޖެކްށަން) ލިޔުން ހުށަހެޅުން. 
  2. އައު ވަޒީފާދޭ ފަރާތުގެ ލެޓަރ އޮފް އެޕޮއިންޓްމެންޓް.
  3. ބިދޭސީ ފަރާތް ބަދަލުކުރަން ބޭނުންވާ މަގާމުގެ ކޯޓާ، އައު ވަޒީފާދޭ ފަރާތަށް ލިބިފައިވުން.
  4. މި އަކުރުގެ (1) ،(2) އަދި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންތައްތަކުގެ  އިތުރުން، ވަރކް ޕަރމިޓް ހޯދުމަށް ފުރިހަމަކުރަންޖެހޭނެ ކަމަށް، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ކަމެއް ފުރިހަމަނުވާނަމަ އެކަމެއް ފުރިހަމަކުރުން.

(ބ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތް ބަދަލުކޮށް، އައު ވަޒީފާދޭ ފަރާތުގެ ނަމުގައި، ވަރކް ޕަރމިޓް ލިބުމުން ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ދޫކުރެވޭ ބިދޭސީ ފަރާތާއި ވަޒީފާދޭ ފަރާތާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ހަދައި ސޮއިކޮށް، އެކަން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ. 

 

28 ވަނަ މާއްދާ - މަގާމު ބަދަލުކުރުން (އޮކިއުޕޭށަން ޗޭންޖް) 

(ހ) ވަޒީފާ އަދާކުރާ ބިދޭސީ ފަރާތުގެ މަގާމު ބަދަލުކުރަން އެދޭނަމަ، ވަރކް ޕަރމިޓުގައިވާމަގާމު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ސައިޓް އެންޑް އޮކިއުޕޭށަން ޗޭންޖް ރިކުއެސްޓް" ހުށަހަޅައިގެން ބަދަލުކުރަންވާނެއެވެ .

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގާމު ބަދަލުކުރުމަކީ، ވަޒީފާދޭ ފަރާތަށް ކޯޓާ ލިބިފައިވާއައު މަގާމަކަށް ބަދަލުވުމެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން މަގާމު ބަދަލުކުރެވޭނީ، ވަރކް ޕަރމިޓް ފީ ދައްކާފައިވާ މުއްދަތުގައެވެ.

 

29 ވަނަ މާއްދާ - ވަރކްސައިޓް ބަދަލުކުރުން (ސައިޓް ޗޭންޖް)

(ހ)  ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަރކް ސައިޓް ނޫން، ވަޒީފާދޭ ފަރާތުގެ ނަމުގައިވާ އެހެން ވަރކް ސައިޓަކަށް ބަދަލުވާން އެދޭނަމަ ، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް "ސައިޓް އެންޑް އޮކިއުޕޭށަން ޗޭންޖް ރިކުއެސްޓް" މެދުވެރިކޮށް ވަރކް ސައިޓް ބަދަލުކުރަންވާނެއެވެ.

(ށ) ވަރކް ޕަރމިޓުގެ ދަށުން ވަޒީފާ އަދާކުރާ ބިދޭސީއަކު ހުއްދަ ދޫކުރެވިފައިވާ ވަރކްސައިޓް ނޫން އެހެން ސައިޓަކަށް ބަދަކުރެވޭނީ، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް "ސައިޓް އެންޑް އޮކިއުޕޭށަން ޗޭންޖް ރިކުއެސްޓް" ހުށަހަޅައިގެން ، ވަރކް ޕަރމިޓް ފީ ދައްކާފައިވާ މުއްދަތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަރކްސައިޓް ބަދަލުކުރެވޭނީ، ބަދަލުކުރެވޭ ވަރކްސައިޓް ބަދަލުކުރެވޭ ވަރކް ޕަރމިޓް ދޫކުރެވިފައިވާ މަގާމުގެ ކޯޓާ ލިބިފައިވާނަމައެވެ.

 

30 ވަނަ މާއްދާ - ޕާސްޕޯޓް އައު ކުރުން

(ހ)  ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް ގެ ޕާސްޕޯޓު އައުކޮށް އައު ޕާސްޕޯޓެއް ހައްދައިފިނަމަ، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓުގައި ހިމެނޭ މައުލޫމާތު ބަދަލުކުރުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުން "ޕާސްޕޯޓް އެޑް ރިކުއެސްޓް" ހުށަހަޅައިގެން ، ޕާސްޕޯޓަށް ގެނެސްފައިވާ ބަދަލުތައް އަޕްޑޭޓް ކުރަންވާނެއެވެ .

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ޕާސްޕޯޓު އައުކުރެވިއްޖެ ނަމަ، އެ ބިދޭސީ ފަރާތުގެ ވަރކް ޕަރމިޓުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމުގައި އަޕްޑޭޓްކުރެވޭނެއެވެ. 

 

31 ވަނަ މާއްދާ - ބިދޭސީ ފަރާތް ގެއްލުން ނުވަތަ ފިލުން 

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީއަކު ވަޒީފާދޭ ފަރާތަށް ފިލައިފިނަމަ، ނުވަތަ އޭނާ ގެއްލިއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތުން އަމަލުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ވަރކް ޕަރމިޓް ބާޠިލުކުރުން

ވަރކް ޕަރމިޓް ބާޠިލުކުރެވޭނީ މި ގަވާއިދު 23 މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައެވެ.

 

33 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައިމަސައްކަތްކުރަމުންދާ ބިދޭސީންނަށް ވަރކް ޕަރމިޓް ހޯދުން 

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތަކުގެ މައްޗަށް ބަލައި، ބަހައިލެވެނީ ތިރީގައި ބަޔާންކުރާ 2 (ދޭއް) ބަޔަށެވެ.

  1. ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް އޮތް ފަރާތްތައް.
  2. ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތް ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލް އޮތް ފަރާތްތައް، ތިރީގައި މިވާ 2 ބަޔަން ބެހިގެންދެއެވެ.

  1. ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލް އަދި ވަރކް ވީޒާ އޮތް ފަރާތްތައް.
  2. ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލް އޮތް ނަމަވެސް، ވަރކް ވީޒާ ނެތް ފަރާތްތައް.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ .

  1. ވަރކް ވީޒާގެ މުއްދަތު ހަމަވާ ތާރީހުގެ 30 (ތިރީސް) ދުވަސް ކުރިން، އެ ފަރާތުގެ ވަރކް ޕަރމިޓް ހެއްދުމަށްޓަކައި "ވަރކް ޕަރމިޓް އެޕްލިކޭށަން" އެކްސްޕެޓް އޮންލައިން ސިސްޓަމުގައި "ކްރިއޭޓް" ކުރަންވާނެއެވެ .
  2. މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ވަރކް ޕަރމިޓް ހޯދުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އެޕްލިކޭށަން ކްރިއޭޓްވި ތާރީހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެޕްލިކޭށަން ހުށަހަޅައި، ވަރކް ވީޒާ ފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަރކް ޕަރމިޓް ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ، އެ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް ހޯދުމަށް އެދި އެޕްލިކޭށަން ހުށަހަޅައިފައި ނުވާ ފަރާތްތައް، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކޮށް، ވަރކް ވީޒާ ފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ވަރކް ޕަރމިޓް އެޕްލިކޭށަން ފުރިހަމަކުރުމަށް ފުރުސަތު ދެވޭނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ، ވަރކް ވީޒާ ފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ވަރކް ޕަރމިޓް ނުހައްދާ ވަޒީފާދޭ ފަރާތްތަކާއި އަދި ބިދޭސީ ފަރާތާމެދު އަން ނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

  1. ވަޒީފާދޭ ފަރާތާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 2 ގެ ލެވެލް 4 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން.
  2. ބިދޭސީ ފަރާތާމެދު ތިރީގައި މި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
    (1.2) ގައުމަށް އެނބުރި ދާން ބޭނުން ބިދޭސީއެއް ނަމަ، އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، ގައުމަށް ފޮނުވައިލުން.
    (2.2) އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވާން ބޭނުން ފަރާތެއް ނަމަ، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރެގިއުލަރައިޒްކޮށް، ވަޒީފާދޭ އެހެން ފަރާތެއްގެ ނަމުގައި ދޫކުރެވޭ ވަރކް ޕަރމިޓަކަށް ބަދަލުކުރުން.
    (3.2) މި ނަންބަރުގެ (2.2) ގައި ބަޔާންކުރާ މުއްދަތުގައި ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރެވި، ވަރކް ޕަރމިޓް ނުހޯދޭ ބިދޭސީ ފަރާތް، މި ނަންބަރުގެ (1.2) ގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، ގައުމަށް ފޮނުވައިލުން.

(ޅ) މި މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭ ވަޒީފާދޭ ފަރާތްތަކާމެދު، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރެވޭ މުއްދަތު، އެ ފަރާތުގެ ނަމުގައި އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަރކް ޕަރމިޓް ނުހޯދައި ތިބި ބިދޭސީންގެ އަދަދަށް ރިއާޔަތްކޮށް، އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭ ހާލަތުގައި ، އެ ބިދޭސީ ފަރާތަކާ ގުޅިގެން ދައްކާފައިވާ ޑިޕޮޒިޓް ރީފަންޑްކޮށެއް ނުދެވޭނެއެވެ .

(އ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކާއި، މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށް، އެ ބިދޭސީއަކު ރާއްޖޭގައި ވަޒީފާ އަދާކުރި މުއްދަތަށް (ސައްހަ ހުއްދައެއް ނެތްކަމުގައި ވީ ނަމަވެސް) ސަރުކާރަށް ދައްކަންޖެހޭ ވަރކް ވީޒާ ފީ ދައްކާނެ ކަމުގެ އެއްބަސްވުމަކާ އެކު ވަރކް ޕަރމިޓް ހޯދުމަށް އެދި ހުށަހެޅުމުން، މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ދޫކުރެވޭނެއެވެ.

 

34 ވަނަ މާއްދާ - މި އުސޫލާ ހިލާފަށް، ވަރކް ޕަރމިޓެއް ނެތި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) މި އުސޫލާ ހިލާފަށް، ވަރކް ޕަރމިޓް ނުހޯދައި، މި ގަވާއިދުގެ މާއްދާތަކާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ، ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މަނާކަމެކެވެ .

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު، އަދި އެ މީހުން ލައްވައި މަސައްކަތް ކުރުވާ ވަޒީފާދޭ ފަރާތްތަކާއި އަދި މަސައްކަތްކުރާ ބިދޭސީ ފަރާތާމެދު ތިރީގައި މި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. މި މާއްދާގެ (ހ) ގައިވާ ފަދައިން ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު، އަދި އެ މީހުން ލައްވައި މަސައްކަތް ކުރުވާ ވަޒީފާދޭ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރުމާއެކު، އެ އުސޫލުގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައިވާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 2 ގެ ލެވެލް 4 އާއި 7 އާއި ދެމެދުގެ ލެވެލެއްގައި ސަސްޕެންޑްކުރެވޭނެއެވެ.
  2. މި މާއްދާގެ (ހ) ގައިވާ ފަދައިން ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ނުވަތަ މަސައްކަތްކުރާ ބިދޭސީން ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައިވާ ބިދޭސީ ފަރާތްތައް ސަސްޕެންޑްކުރެވޭ ޓިއަރ 1 ގެ ލެވެލް 3 ގައި ސަސްޕެންޑް ކުރުމާއެކު އެ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވައިލެވޭނެއެވެ.

 

35 ވަނަ މާއްދާ - ސައްހަ ނޫން މައުލޫމާތުގެ މައްޗަށް ދޫކުރެވޭ ވަރކް ޕަރމިޓް 

(ހ) މި އުސޫލުގެ ދަށުން ދޫކުރެވޭ ވަރކް ޕަރމިޓަކީ ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ދޫކުރެވޭ އެހެންވެސް ހުއްދައަކީ، ސައްހަ ނޫން މައުލޫމާތުގެ މައްޗަށް ދޫކުރެވޭ ހުއްދައެއް ކަމުގައި ބެލެވިއްޖެނަމަ، އެ ހުއްދަތައް ބާޠިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

ޖަދުވަލު 5

ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ ، "ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - މަސައްކަތްކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭ ޑިޕޮޒިޓުގެ މަގްސަދު

ދިވެހިރާއްޖެއަށް މަސައްކަތްކުރުމަށް ގެންނަ ބިދޭސީން ގެނައުމުގެ ކުރިން ނަގާ ޑިޕޮޒިޓަކީ، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާއެވެ.

(ށ) ޑިޕޮޒިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ، ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގެ ދަށުން ދިވެހިރާއްޖެއަށް އައިސްފައިވާ ބިދޭސީއަކު ސަރުކާރުން ފުރުވައިލަން ބޭނުންވެއްޖެ ހާލަތެއްގައި، ނުވަތަ ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް އުފުލައިފައިނުވާ ހާލަތެއްގައި އެ ކަމެއް ކުރުމަށް ހިނގާނެ ހަރަދުތައް ކުރުމަށް ސަރުކާރުން ބޭނުންކުރުމަށް ބަހައްޓާ ޑިޕޮޒިޓެކެވެ.

 

4 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދައްކަންޖެހޭ ހާލަތްތައް

(ހ) ޑިޕޮޒިޓުގެ ފައިސާ ދައްކަންޖެހޭނީ ތިރީގައި މި ބަޔާންކުރާ 3 (ތިނެއް) ހާލަތުގައެވެ.

  1. މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ވަރކް ޕަރމިޓް ހޯދުމަށް އެދޭބިދޭސީ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ދޫކުރެވޭއެންޓްރީ ޕާސް، ދޫކުރެވޭނީ ޑިޕޮޒިޓް ފައިސާ ދެއްކުމުންނެވެ .
  2. މި ގަވާއިދުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތް (އެމްޕްލޯޔަރ ޗޭންޖް) ކުރެވޭނީ ޑިޕޮޒިޓް ފައިސާ ދެއްކުމުންނެވެ .
  3. މި ގަވާއިދުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިދޭސީ ފަރާތް ރެގިއުލަރައިޒް ކުރެވޭނީ ޑިޕޮޒިޓް ފައިސާ ދެއްކުމުންނެވެ.

 

5 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދައްކަންޖެހޭ އަދަދު 

(ހ) ) ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅޭނީ، ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީން ނިސްބަތްވާ ގައުމަށް ވައިގެ މަގުން ދިއުމަށް ޓިކެޓަށް ހަރަދުވާ ފައިސާއަށާއި، ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީއަކާ ގުޅިގެން ސަރުކާރުން ކުރަންޖެހިދާނެކަމަށް ލަފާކުރާ ތަފާތު ހަރަދުތަކުގެ މައްޗަށް ބަލައިގެންނެވެ.

(ށ) އެކި ގައުމުތަކަށް ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިންނަށް ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބަޔާންކޮށްފައިވާ "ޑިޕޮޒިޓް ރޭޓްސް" ގެ ތާވަލު މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޑިޕޮޒިޓް ރޭޓްސް" ގެ ތާވަލަކީ، ޓިކެޓުގެ ހަރަދަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ، މުރާޖައާކޮށްގެން އާންމުކުރެވޭނެ ތާވަލެކެވެ.

 

6 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދެއްކުން

ޑިޕޮޒިޓް ފައިސާ ދައްކާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެކްސްޕެޓް ސިސްޓަމުން ނެވެ.

 

7 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ސަރުކާރުން ބޭނުން ކުރެވިދާނެ ހާލަތްތައް  

(ހ) މި ގަވާއިދުގެ ދަށުން ބަހައްޓާ ޑިޕޮޒިޓް ފައިސާ، އަންނަނިވި ހާލަތްތަކުގައި ސަރުކާރުން ބޭނުންކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ވަޒީފާދޭ ފަރާތުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ސަރުކާރުން ފުރުވައިލުމަށް ކުރަންޖެހޭ އެންމެހައި ހަރަދުތައް (މީގެ ތެރޭގައި، ޓިކެޓް ގަތުމަށާއި، ޕާސްޕޯޓު ހެއްދުމަށާއި، ޑިޓެންށަން ސެންޓަރުގައި ބެހެއްޓުމަށް ހިނގާ ހަރަދާއި، މިކަންކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ.)
  2. ވަޒީފާދޭ ފަރާތުން ރާއްޖެ ގެނެސްފައިވާ ބިދޭސީއެއްގެ ސިއްހީ ފަރުވާއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ޖެހުން .
  3. ވަޒީފާދޭ ފަރާތުން ދައްކަންޖެހިފައި ނުދައްކައި އޮތް ކޯޓާ ފީ، ނުވަތަ ވަރކް ޕަރމިޓް ފީ، ނުވަތަ މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް .
  4. ވަޒީފާދޭ ފަރާތުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު މަރުވުމާ ގުޅިގެން ސަރުކާރުން އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ، އެ ހަރަދެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ  ފައިސާ ރީފަންޑެއް ނުކުރެވޭނެއެވެ .

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ބިދޭސީ ފަރާތް ރާއްޖޭގައި ހުއްޓައި ސަރުކާރުން މި މާއްދާގެ (ހ) ގެ (2) ،(3) އަދި (4) ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ޑިޕޮޒިޓް ފައިސާ ބޭނުންކޮށްފިނަމަ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޑިޕޮޒިޓް ފައިސާ އަލުން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

(ރ) ވަޒީފާދޭ ފަރާތުން، މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް ނުއުފުލައިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ވަޒީފާދޭ ފަރާތުން ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާގެ އަދަދަށްވުރެ އިތުރުވާ އަދަދަކަށް ހަރަދުކުރަން ޖެހިއްޖެނަމަ، އެ އިތުރުވާ އަދަދު، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުނުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރުމާއެކު އެ އުސޫލުގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާ ދޭ ފަރާތްތައް ސަސްޕެންޑް ކުރެވޭ ޓިއަރ 2 ގެ ލެވެލް 8 ގައި ސަސްޕެންޑްކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓާ ފައިސާ ރީފަންޑްކުރުން 

(ހ) މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި، ވަކި ހާލަތްތަކަކާ ގުޅިގެން ނުވަތަ ކަންތައްތަކަކާގުޅިގެން ޑިޕޮޒިޓް ރީފަންޑް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި،ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ޑިޕޮޒިޓް ރީފަންޑް ކުރެވޭނެއެވެ.

  1. އެންޓްރީ ޕާސް، ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުން؛
  2. ވަޒީފާދޭ ފަރާތް ބަދަލުކުރުން؛

(ށ) ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ ރީފަންޑް ކޮށްދެވޭނީ، ވަޒީފާދޭ ފަރާތުގެ ނަމުގައިވާ ބޭންކް އެކައުންޓަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ތިރީގައި މި ބަޔާންކުރާހާލަތްތަކުގައި ވަޒީފާދޭ ފަރާތް ނޫން އެހެން ފަރާތަކަށް ޑިޕޮޒިޓް ރީފަންޑްކުރެވޭނެއެވެ .

  1. ކޯޓު އަމުރެއްގެ ދަށުން ވަޒީފާދޭ ފަރާތް ނޫން އެހެން ފަރާތަކަށް ފައިސާރީފަންޑް ކޮށްދިނުމަށް އެދުން؛
  2. ވަޒީފާދޭ ފަރާތުން ދައުލަތުގެ އިދާރާއަކަށް ދަންކަންޖެހިފައިވާ ފައިސާއެއް އެ އިދާރާއަކަށް ދެއްކުމަށްޓަކައި އެ އިދާރާގެ އެކައުންޓަކަށް ރީފަންޑް ފައިސާ ޖަމާކޮށްދިނުން؛ އަދި 
  3. ގާނޫނީ ށަހްސެއްގެ ވިޔަފާރި އުވައިލުމުގެ މަރުހަލާގައި ، އެ ފަރާތެއްގެ ނަމުގައި ގެނެސްފައިވާ ބިދޭސީންނަށް ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާދޫކުރެވޭނީ ކުންފުނި އުވައިލުމަށް ހަވާލުކޮށްފައިވާ ފަރާތަށެވެ.
  4. ވަޒީފާދޭ ފަރާތް ނިޔާވުމުން އެހެން ފަރާތަކަށް ރީފަންޑްކޮށްދިނުން.

(ރ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ގާނޫނީ ށަހްސެއްގެ ވިޔަފާރި އުވާލެވިފައިވާނަމަ، އެ ފަރާތެއްގެ ނަމުގައި ގެނެސްފައިވާ ބިދޭސީ ފަރާތްތަކަށް ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާ ދޫކުރެވޭނީ ށަރުއީ ކޯޓު އަމުރެއްގެ ދަށުން ކޯޓު މެދުވެރިކޮށެވެ.

(ބ) މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ވަޒީފާދޭ ފަރާތް މަރުވެފައިވާނަމަ، ފައިސާ ޖަމާކުރެވޭނީ ށަރުއީ ކޯޓު އަމުރުގައިވާ ގޮތެއްގެ މަތީންނެވެ.

(ޅ) މި ގަވާއިދުގެ ދަށުން، ބިދޭސީ ފަރާތަކަށް ދައްކާފައިވާ ޑިޕޮޒިޓް، އެ ޑިޕޮޒި ޓް ދައްކާފައިވާ ވަޒީފާދޭ ފަރާތުގެ ނަމުގައި ގެންނަ އެހެން ބިދޭސީއަކަށް ޑިޕޮޒިޓް ފައިސާ ދެއްކުމަށް ޑިޕޮޒިޓް ރީފަންޑް ނުކޮށް، ވަޒީފާދޭ ފަރާތުން ބޭނުންކުރަން ބޭނުންވެއްޖެ ހާލަތުގައި، މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ދަށުން އެ ފައިސާ ބަދަލުކުރެވިދާނެއެވެ. 

 

9 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ރީފަންޑް ކުރުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އެކްސްޕެޓް އޮންލައިން ސިސްޓަމުން ޑިޕޮޒިޓް ރީފަންޑް ކުރުމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭށަން ހުށަހެޅުމާ ހަމައަށް 6 (ހައެއް) މަސްދުވަސް ނުވާ ބޭންކް އެކައުންޓް ވެރިފިކޭށަން ސްލިޕެއް؛ (ބޭންކް އެކައުންޓް ވެރިފިކޭށަން ސްލިޕެއްގައި ، އެކައުންޓް ވެރިފަރާތުގެ ނަމާއި، ބޭންކް އެކައުންޓުގެ ނަންބަރާއި ތާރީހު އެނގެން އޮންނަންވާނެއެވެ.) ބޭންކް ވެރިފިކޭށަން ސްލިޕު ގެ ގޮތުގައި ބެލެވޭނީ އަންނަނިވި ލިޔުންތަކެވެ.

(ހ) ގާނޫނީ ށަހްސެއްނަމަ، ކުންފުނީގެ އެކައުންޓުގެ ނަމުގައިވާ ޗެކެއްގެ ކޮޕީއެއް؛ ނުވަތަ

(ށ) ބޭންކް ސްޓޭޓްމަންޓް؛

(ނ) ފައިސާ ޖަމާކުރިކަމުގެ ނުވަތަ ފައިސާ ނެގިކަމުގެ ސްލިޕް؛

(ރ) ބޭންކުން ދީފައިވާ ލިޔުމެއް.

 

10 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ރީފަންޑް ނުކުރެވޭނެ ހާލަތްތައް

މި ގަވާއދުގައި ޑި ޕޮޒިޓް ރީފަންޑް ނުކުރެވޭނެ ކަމަށް ބަޔާންކުރާ ހާލަތްތަކުގައި ޑިޕޮޒިޓް ރީފަންޑެއް ނުކުރެވޭނެއެވެ.

 

 

ޖަދުވަލު 6

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމުގެ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އެކަމަޑޭށަން ހަމަޖައްސައިދެވޭނެ ގޮތްތައް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެންނަ ވަޒީފާދޭ ފަރާތްތަކުން، ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދެވޭނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދި ނުމުގެ ހިދުމަތް، ވަޒީފާދޭ ފަރާތްތަކަށް ވިޔަފާރި އުސޫލުން ހަމަޖައްސައިދޭ ފަރާތެއް މެދުވެރިކޮށް، އެކަމަޑޭށަން ހަމަޖެއްސުން.

(ށ) ވަޒީފާދޭ ފަރާތުން ހިންގައި ބަލަހައްޓާ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީންނަށް އެކަމަޑޭށަން ހަމަޖެއްސުން .

(ނ) ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކީ ޕްރޮފެށަނަލް ގިންތީގެ މުވައްޒަފެއްނަމަ ، އެ ބިދޭސީ ފަރާތް އަމިއްލައަށް އެކަމަޑޭށަން ހަމަޖެއްސުން.

 

4  ވަނަ މާއްދާ - ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކުރުން 

މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތްފޯރުކޮށްދޭ ފަރާތްތަކުން، ގަވާއިދު ނަންބަރު 103/2020 (ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު) ގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ .

 

5 ވަނަ މާއްދާ - އެކަމަޑޭށަން ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި ބޭނުންކުރުމުގެ ހުއްދަ ހޯދުން 

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުން، އަދި އެ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަރާތްތަކުގެ ވަޒީފާ ދޭ ފަރާތަކުން، އެ ފަރާތްތަކުން އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ނުވަތަ ތަންތަން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން މިނިސްޓްރީގައި ރަޖިސްޓަރީކޮށް، އެތަންތަން އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން އެކަމަޑޭށަން ފެސިލިޓީތައްމިނިސްޓްރީގައި ރަޖިސްޓަރީކޮށް ހުއްދަ ދޫކުރެވޭނީ، މި އުސޫލުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބަލައި ޗެކްކުރުމަށްފަހު، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް ފުރިހަމަވާނަމައެވެ .

 

6 ވަނަ މާއްދާ - ވަރކް ޕަރމިޓް ހޯދުމުގައި އެކަމަޑޭށަންގެ މައު ލޫމާތު ހުށަހެޅުން 

(ހ) މި ގަވާއިދުގެ ޖަދުވަލު 4 ގެ 15 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ވަޒީފާއަދާކުރުމަށް ބިދޭސީ ފަރާތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، މިނިސްޓްރީން ކަނޑައަޅާފައިވާ ނިޒާމެއްގެ ދަށުން އެ ބިދޭސީ ފަރާތަށް އެކަމަޑޭށަން ހަމަޖައްސާފައިވާ ތަނުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުންނެވެ .

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ބިދޭސީ ފަރާތަށް އެކަމަޑޭށަން ހަމަޖައްސާފައިވާ ތަނަކީ، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިންމިނިސްޓްރީގައި ރަޖިސްޓަރީކޮށް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ ތަނަކަށްވާންވާނެއެވެ.

 

7 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށް، ހުއްދަ ނުހޯދައި، އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދިނުމާއި، އެކަމަޑޭށަން ފެސިލިޓީ ހިންގުމާއި، ބިދޭސީން ބައިތިއްބުން  

މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން، ރަޖިސްޓަރީ ނުކޮށް ނުވަތަ ހުއްދަ ނުހޯދައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދިނުމާއި،ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކަމަޑޭށަން ފެސިލިޓީތައް ހިންގުމާއި، އެ ތަންތަނުގައި ބިދޭސީ ފަރާތްތައް ބައިތިއްބުމަކީ މަނާކަމެކެވެ .

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅުއެޅޭނެއެވެ.

 

8 ވަނަ މާއްދާ - ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަން ފެސިލިޓީތަކުގައި ބައިތިއްބާ ބިދޭސީން ބެލެހެއްޓުން

ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަން ފެސިލިޓީތަކުގައި ބައިތިއްބާ ބިދޭސީ ފަރާތްތަކާ ގުޅޭގޮތުން، މި ގަވާއިދުގައާއި ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ އެންމެހައި ކަންކަން، ވަޒީފާދޭ ފަރާތުން ފުރިހަމަކޮށް، ބިދޭސީ ފަރާތްތައް ގަވާއިދުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

9 ވަނަ މާއްދާ - ބިދޭސީންނަށް އެކަމަޑޭށަންގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ބެލެހެއްޓުން 

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ކުއްޔަށް ދޫކޮށްފައިވާ ތަނެއްނަމަ، އެ ތަން ބޭނުންކުރަމުންދަނީ ކުއްޔަށް ދޫކޮށްފައިވާބޭނުމަށްކަން ކަށަވަރުކުރުމާއި، އެ ތަނުގައި ބައިތިއްބާ ބިދޭސީ ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓައި،އިތުރު ފަރާތްތަކަކުން ތަން ބޭނުންކުރަމުންދާނަމަ އެކަން، ތަން ކުއްޔަށް ދޫކޮށްފައިވާ ފަރާތުން،ވަޒީފާދޭ ފަރާތަށް ނުވަތަ ވިޔަފާރި އުސޫލުން އެކަމަޑޭށަން ހިންގާ ފަރާތަށާއި މިނިސްޓްރީއަށްއަންގަ ންވާނެއެވެ.

 

10 ވަނަ މާއްދާ - ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް 

މި ގަވާއިދުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭއެކަމަޑޭށަން ފެސިލިޓީތައް ހުންނަން ވާނީ، ގަވާއިދު ނަންބަރު 15/2015 (ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު) ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ - އާންމު މިންގަނޑަށްވުރެ ފުރިހަމައަށް އެކަމަޑޭށަން  ހަމަޖައްސައިދިނުން  

މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މިންގަނޑަށް ވުރެ އިތުރަށް އެއްވެސްހައްގެއް ނުވަތަ އިނާޔަތެއް ބިދޭސީންނަށް ލިބިދެވޭ ގޮތަށް، ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ބަލައި ޗެކްކުރުން 

މި ގަވާއިދުގެ ދަށުން އެކަމަޑޭށަން ފެސިލިޓީ، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވި ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަވޭތޯ ކަށަވަރުކުރުމުގެ ގޮތުން، މިނިސްޓްރީން އެ ތަންތަން ބަލައި ޗެކްކުރުމަށް ފަހުގައެވެ.

(ށ) އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަންތަނަކީ، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ހިންގާ ތަންތަންތޯ ބެލުމަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނާއި، އެ ތަންތަނާ ގުޅުންހުރި ތަންތަން ، މަދުވެގެން އަހަރަކު އެއްފަހަރު މިނިސްޓްރީން ބަލައި ޗެކްކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަންތަން ބަލައި ޗެކްކުރާއިރު، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނުފެތޭ ތަންތަން، މި އުސޫލުގައިވާ މިންގަނޑާ އެއްގޮތަށް އިސްލާހުކުރުމަށް ވަޒީފާދޭ ފަރާތަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އަންގައި، އިސްލާހުކުރުމަށް މުއްދަތެއް ދެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ނުވަތަ ވަޒީފާދޭ ފަރާތްތަކުން މި އުސޫލުގައިވާ މިންގަނޑާ އެއްގޮތަށް އެކަމަޑޭށަން ފެސިލިޓީގެ ކަންކަން އިސްލާހު ނުކޮށްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކޮށް އަދި 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާ ދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތް ސަސްޕެންޑްކޮށް އަދި ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކުރާ ގޮތުގެ މަތިން ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ސަސްޕެންޑް ކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - ފިޔަވަޅު އެޅުން 

މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅޭނެއެވެ.

 

14 ވަނަ މާއްދާ - އެންގުން

މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑުތަކާ ނުވަތަ މި އުސޫލުގެ އެއްވެސް މާއްދާއަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ނުވަތަ ހިލާފުވާކަމަށް ށައްކުކުރެވޭނަމަ ، އެކަން ލަސްނުކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

 

ޖަދުވަލު 7

ފިޔަވަޅު އެޅުމުގެ އުސޫލު

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ ، "ފިޔަވަޅު އެޅުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އެޅޭނެ ފިޔަވަޅު

މި ގަވާއިދާ ހިލާފުވެގެން މި ގަވާއިދުގެ ދަށުން އެޅޭނެ ފިޔަވަޅުތައް، ތިރީގައި މިވަނީއެވެ.

(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދަތައް ބާޠިލުކުރުން ؛

(ށ) ޖޫރިމަނާ ކުރުން؛

(ނ) މި ގަވާއިދުގައި ބަޔާންކުރާ ކަންތައްތަކާ ގުޅިގެން ފޯރުކޮށްދެވޭ ހިދުމަތް މެދުކަނޑާލުން (ސަސްޕެންށަން).

(ރ) ބްލެކްލިސްޓުކުރުން. 

 

4 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ފަރާތްތައް 

މި ގަވާއިދާ ހިލާފުވެގެން މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ފަރާތްތައް ، ތިރީގައި މިވަނީއެވެ.

(ހ) ވަޒީފާދޭ ފަރާތް؛

(ވަޒީފާދޭ ފަރާތްތަކުގެ ތެރޭގައި، ކޯޓާ ދޫކުރެވިފައިވާ ނުވަތަ އެފަރާތުގެ ވަޒީފާއަށް ބިދޭސީ ފަރާތަކަށް ވަރކް ޕަރމިޓް ދޫކުރެވިފައިވާ ވަޒީފާދޭ ފަރާތްތަކުގެ އިތުރުން، ބިދޭސީ މަސައްކަތް ކުރުމުގެ އެއްވެސް ހުއްދައެއް ނެތް ކަމުގައި ވީނަމަވެސް ބިދޭސީ ފަރާތްތަކަށް ވަޒީފާ ދީގެން ގެންގުޅޭ، ނުވަތަ މަސައްކަތެއް ކުރުވާ ފަރާތްތައް ހިމެނޭނެއެވެ.)

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ފަރާތުން އައްޔަނުކޮށްފައިވާ ރެޕްރެޒެންޓޭޓިވް؛

(ނ) ވަޒީފާ އަދާކުރާ ފަރާތް؛

(ރ) ވިޔަފާރި އުސޫލުން ، ވަޒީފާދޭ ފަރާތްތަކަށް ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް؛

(ބ) ވަރކް ޕަރމިޓް ހޯދުމަށްޓަކައި މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ހައްދަންޖެހޭ މެޑިކަލް ހެއްދުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް؛

(ޅ) ވަރކް ޕަރމިޓް ހޯދުމަށްޓަކައި މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ހޯދަންޖެހޭ ހެލްތް ކަވަރ/ އިންށޫރެންސްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް.

 

5 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ހާލަތްތައް

މި އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެ ހާލަތްތައް ތިރީގައި މިވަނީއެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ހިއުމަން ޓްރެފިކިންގއާ ގުޅުންހުރި މައްސަލައެއްގެ ތުހުމަތު ކުރެވުން؛

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ސައްހަ ނޫން މައުލޫމާތު ހުށަހެޅުން؛

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ށައްކުކުރެވޭ މައުލޫމާތު ހުށަހެޅުން؛

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުން؛

(ބ) ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން؛

(ޅ) މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތުގައި، މިނިސްޓްރީއަށް އެއްބާރުލުން ނުދިނުމާއި، އަންގާ އެންގުންތަކަށް އަމަލުނުކުރުން ؛

(ކ) ކުށެއްގެ ތުހުމަތު ކުރެވުން ނުވަތަ ކުށެއް ސާބިތުވުން؛

(އ) މި ގަވާއިދުގައި ބަޔާންކުރާ ކަންތައްތައްތަކާ ގުޅިގެން ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ނުވަތަ އެހެންވެސް ތަނަކަށް ދައްކަންޖެހޭ ފީއެއް ނުވަތަ ފައިސާ ނުދެއްކުން؛

(ވ) ދައުލަތުގެ އިދާރާއަކުން ބަލަމުންދާ، މި ގަވާއިދުގައި ބަޔާންކުރާ ކަންތައްތަކާ ގުޅިގެން  ސަސްޕެންޑް ނުވަތަ ބްލެކްލިސްޓު ކުރުން؛

(މ) މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މި ގަވާއިދުގައި ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހާލަތެއް.

 

6 ވަނަ މާއްދާ - ގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދަތައް ބާޠިލުކުރުން 

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މި އުސޫލުގެ ދަށުން، ފިޔަވަޅު އެޅޭ ފަރާތަށް ދޫކޮށްފައިވާ ހުއްދަތައް ބާޠިލުކޮށް، އެ ހުއްދަތަކުގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީ ފަރާތް އަނބުރާ ގައުމަށް ފޮނުވައިލަ ން އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ބާޠިލުކުރެވޭނެ ހުއްދަތައް ތިރީގައި މިވަނީއެވެ.

  1. ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ގެނައުމަށް ވަޒީފާދޭ ފަރާތްތަކަށް ދޫކުރެވޭ ކޯޓާ؛
  2. ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވަރކް ޕަރމިޓް؛ 
  3. ބިދޭސީ ފަރާތްތައް ރާއްޖެ އެތެރެވުމުގެ ހުއްދައެއްގެ ގޮތުގައި ދޫކުރެވޭ، އެންޓްރީ ޕާސް ނުވަތަ ދޫކުރެވިފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލް؛ 

 

7 ވަނަ މާއްދާ - ޖޫރިމަނާ ކުރުން 

މި ގަވާއިދާ ހިލާފުވާ ފަރާތްތައް މި އުސޫލުގެ ދަށުން ޖޫރިމަނާ ކުރެވޭނީ 2،000 (ދެހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، އެ ފައިސާ ދެއްކުމަށް މިނިސްޓްރީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން، އަންގާ މުއްދަތެއްގެ ތެރޭގައި ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކާނީ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންޖެހޭ ފަރާތަކާމެދު، މި އުސޫލުގެ 6 އަދި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - ހިދުމަތް މެދުކަނޑާލުން. (ސަސްޕެންޑްކުރުން) 

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް، މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތައް ފޯރުކޮށްދިނުން މެދުކަނޑައިލުން ނުވަތަ ހުއްޓައިލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކާ ގުޅިގެން، ސަސްޕެންޑް ކުރެވޭ ފަރާތްތައް ސަސްޕެންޑް ކުރެވޭނެ ދަރަޖަތައް މި އުސޫލުގެ 11 ވަނަ ނަންބަރުގައި އެވަނީއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަސްޕެންޑް ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރެއިން މުއްދަތަކަށެވެ.

  1. 60 (ފަސްދޮޅޮސް) ދުވަސް؛
  2. 90 (ނުވަދިހަ) ދުވަސް؛
  3. 180 (އެއްސަތޭކަ އައްޑިހަ) ދުވަސް؛
  4. 1 (އެކެއް) އަހަރު ދުވަސް؛
  5. 2 (ދޭއް) އަހަރު ދުވަސް؛
  6. 5 (ފަހެއް) އަހަރު ދުވަސް؛
  7. 10 (ދިހައެއް) އަހަރު ދުވަސް؛
  8. މައްސަލައަކާ ގުޅިގެން ކުރެވޭ ތަހުގީގު ނިމެންދެން؛

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސަސްޕެންޑް ކުރާ ފަރާތްތައް ސަސްޕެންޑް ކުރާ މުއްދަތު ކަނޑައަޅާނީ، ސަސްޕެންޑް ކުރާ ހާލަތާއި ދަރަޖައަށް ރިއާޔަތްކޮށެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސަސްޕެންޑް ކޮށްފައިވާ ފަރާތެއްގެ ސަސްޕެންޑް ކުރި ހާލަތަށް ރިއާޔަތްކޮށް ނުވަތަ އެ ފަރާތެއް ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެން ތަހުގީގީ އިދާރާއިން ނިންމާ ގޮތެއްގެ މަތިން، އެ ފަރާތެއް ސަސްޕެންށަން އުނިކުރުން، ނުވަތަ ސަސްޕެންޑް ކޮށްފައިވާ މުއްދަތު ބަދަލުކުރުން، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ދަރަޖަ ބަދަލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބްލެކްލިސްޓުކުރުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ބްލެކްލިސްޓުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ބްލެކްލިސްޓުކުރެވޭ ފަރާތްތަކާމެދު ތިރީގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން، ވަކި ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު ވަކިން ނުވަތަ އެކުއެކީގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރާ ފިވަޔަޅުތައް އެޅުން.
  2. މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތް ހުއްޓައިލުން.
  3. ބްލެކްލިސްޓުކުރެވޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން

 

10 ވަނަ މާއްދާ - ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން  

މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި، މި ގަވާއިދާ ހިލާފުވާ ކަންކަމުގައި، ގަވާއިދާ ހިލާފަށް އަމަލުކުރި ފަރާތާމެދު މި އުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ބްލެކްލިސްޓު ކުރެވޭނެ ގޮތްތައް

މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ސަސްޕެންޑް ކުރެވޭނެ ފަރާތްތައް، ސަސްޕެންޑްކުރެވޭނެ ގޮތްތައް މި އުސޫލާ އެކުގައި މިވަނީއެވެ.

 

12 ވަނަ މާއްދާ - ހާލަތްތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް

މި އުސޫލުގައި ބަޔާންކުރެވިފައިވާ ހާލަތްތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްދޭ ތާވަލް މި އުސޫލާ އެކުގައި މިވަނީއެވެ.

(ތަފްސީލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

ޖަދުވަލު 8

މި އުސޫލުގައި ބަޔާންކުރެވިފައިވާ ހާލަތްތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްދޭ ތާވަލް މި އުސޫލާ އެކުގައި މިވަނީއެވެ.

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ، ވަރކް ޕަރމިޓެއް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް، ވަޒީފާދޭ ފަރާތަށް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ، އެކަން އެންގުމަށް އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ވަޒީފާދޭ ފަރާތަށް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ބިދޭސީ ފަރާތް ފިލުމުން ނުވަތަ ގެއްލުމުން ރިޕޯޓް ކުރުން

ރާއްޖެ ގެނެސްފައިވާ ބިދޭސީ ފަރާތް، (ވަރކް ޕަރމިޓް ދޫކުރެވިފައިވާ ނުވަތަ އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީން ހިމެނޭ ގޮތަށް) ވަޒީފާދޭ ފަރާތަށް ނޭނގި
ފިލައިފިނަމަ، އެކަން އެކްސްޕެޓް ސިސްޓަމުން "މިސިންގ ރިޕޯޓް" ރިކުއެސްޓް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) "މިސިންގ ރިޕޯޓް" ކުރުމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަންނަނިވި މައުލޫމާތާއި ލިޔުންތައް ވަޒީފާދޭ ފަރާތުން ހުށަހަޅަންޖެހޭނެއެވެ.

  1. ވަޒީފާދޭ ފަރާތާއި ބިދޭސީ ފަރާތާ ދެމެދު މުއްދަތު ހަމަނުވާ، ދެ ފަރާތުންސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ .
  2. ބިދޭސީ ފަރާތް ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީ 3) ތިނެއް) މަހުގެ މުސާރަ ދީފައިވާކަން އަންގައިދޭ ބޭންކް ޑޮކިއުމެންޓް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް "މިސިން ގ ރިކުއެސްޓް" ހުށަހެޅުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ލިޔެކިޔުންތައް ފުރިހަމަވާ ރިކުއެސްޓްތަކުން ހުށަހަޅާފައިވާ ބިދޭސީ ފަރާތްތައް، "ރިޕޯޓެޑް މިސިންގ" ފަރާތްތަކެއްގެ ގޮތުގައި އެކްސްޕެޓް ސިސްޓަމުގައި ރެކޯޑު ކުރެވި، މި އުސޫލުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިހުމާލުވާ ފަރާތް ކަނޑައެޅުމުގެ ކަންކަން މިނިސްޓްރީން ކުރިއަށް ގެންދަންވާނެއެވެ.

 

4 ވަނަ މާއްދާ - ބިދޭސީ ފަރާތް ގެއްލިފައިވަނީ ވަޒީފާދޭ ފަރާތުގެ ނުވަތަ ވަޒީފާ އަދާކުރާ ފަރާތުގެ އިހުމާލުންކަން ކަނޑައެޅުން

ބިދޭސީ ފަރާތް ގެއްލިފައިވަނީ ނުވަތަ ފިލާފައިވަނީ ވަޒީފާދޭ ފަރާތުގެ ނުވަތަ ވަޒީފާ އަދާކުރާ ފަރާތުގެ އިހުމާލުންކަން ކަނޑައަޅާނީ ތިރީގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

  1. ވަޒީފާދޭ ފަރާތުން ހުށަހަޅާފައިވާ، މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލިޔުންތަކުގެ މައްޗަށް ބަލައިގެން؛
  2. ގެއްލިފައިވާ ނުވަތަ ފިލާފައިވާ ބިދޭސީ ފަރާތާގުޅޭ މައްސަލައެއް ނުވަތަ ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނާގުޅޭ މައްސަލައެއް، ލޭބަރ ރިލޭށަންސް އޮތޯރިޓީން ބަލަމުންދޭތޯ ނުވަތަ ބަލާފައިވޭތޯ ބެލުން ؛
  3. ގެއްލިފައިވާ ނު ވަތަ ފިލާފައިވާ ބިދޭސީ ފަރާތާގުޅޭ މައްސަލައެއް ނުވަތަ ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނާގުޅޭ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދޭތޯ ނުވަތަ ބަލާފައިވޭތޯ ބެލުން ؛
  4. ގެއްލިފައިވާ ނުވަތަ ފިލާފައިވާ ބިދޭސީ ފަރާތާގުޅޭ މައްސަލައެއް ނުވަތަ ވަޒީ ފާދޭ ފަރާތުގެ މުވައްޒަފުންނާގުޅޭ މައްސަލައެއް، މޯލްޑިވްސް އިމިގްރޭށަނުން ބަލަމުންދޭތޯ ނުވަތަ ބަލާފައިވޭތޯ ބެލުން ؛
  5. ގެއްލިފައިވާ ނުވަތަ ފިލާފައިވާ ބިދޭސީ ފަރާތާގުޅޭ މައްސަލައެއް ނުވަތަ ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނާގުޅޭ މައްސަލައެއް، ސަރުކާރުގެ ކަމާބެހޭ އެހެން އެއްވެސް އިދާރާއަކުން ބަލަމުންދޭތޯ ނުވަތަ ބަލާފައިވޭތޯ ބެލުން ؛ އަދި 
  6. ވަޒީފާދޭ ފަރާތުން ގެއްލިގެން ނުވަތަ ފިލައިގެން މިސިންގ ރިޕޯޓް ކުރެވޭ ބިދޭސީންގެ އަދަދު.

(ށ) މި މާއްދާގައި (ހ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް، ބިދޭސީ ފަރާތް ގެއްލިފައިވަނީ ނުވަތަ ފިލާފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަން ނުވަތަ ނޫންކަން އަދި މިކަން ކަނޑައެޅުނު ސަބަބު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަޒީފާދޭ ފަރާތަށް އެންގޭނެއެވެ.

(ނ) ބިދޭސީ ފަރާތް ގެއްލުމުގައި ނުވަތަ ފިލުމުގައި އިހުމާލުވާ ފަރާތް ސާފު ނުވާހާލަތްތަކުގައި، އިހުމާލު ކަނޑައެޅެން ނެތްކަން ބަޔާންކޮށް ސިސްޓަމްގައި އެ މައުލޫމާތު ހިމަނަންވާނެއެވެ.

 

5 ވަނަ މާއްދާ - ގެއްލިފައި ނުވަތަ ފިލާފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި ކަނޑަނޭޅޭ ބިދޭސީ ފަރާތްތަކާމެދު އަމަލުކުރެވޭނެ ގޮތް

(ހ)  ބިދޭސީ ފަރާތް ފިލާފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި ކަނޑަނޭޅޭ ނަމަ، އެ ބިދޭސީ ފަރާތަކާމެދު ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 6 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން، މިސިންގ ރިޕޯޓްކުރެވުނު ތާރީހުން ފެށިގެން، އެ ބިދޭސީ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ނުވަތަ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބާޠިލުކުރުން؛
  2. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ބިދޭސީ ފަރާތްތައް ސަސްޕެނޑް ކުރާ ޓިއަރ 1 ގެ ލެވެލް 3 ގައި ބަޔާންކުރާ ގޮ ތުގެމަތިން އަމަލުކުރުން.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ސަސްޕެންޑް ކުރެވިފައިވާ ބިދޭސީ ފަރާތެއް، ސަރުކާރުގެ އިދާރާއަކުން ހިންގާ އިންސްޕެކްށަނަކުން ނުވަތަ އެހެންވެސް ގޮތަކުން ފެނިއްޖެނަމަ، އެކްސްޕެޓް ސިސްޓަމަށް "ފައުންޑް" ރެކޯޑު އަޅައި، އެ ފަރާތެއް ގައުމަށް އަނބުރާ ފޮނުވާލެވޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ ފަދަ ބިދޭސީ ފަރާތެއް ފެނިފައިވަނީ ގައުމަށް އެނބުރިދިއުމަށް ފުރަން ދިއުމުން ނަމަ، އެ ފަރާތް ފުރުވައިލުމުގެ ކުރިން، އެ ފަރާތް ސަސްޕެންޑް ކުރެވިފައިވާކަމާއި، ސަބަބު އަދި ސަސްޕެންޑް ކުރެވިފައިވާ މުއްދަތު، އެ ފަރާތަކަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ބިދޭސީ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ނުވަތަ އެންޓްރީޕާސް ކެންސަލްކުރެވުނު ނަމަވެސް މި ފަރާތަށް، ވަޒީފާދޭ ފަރާތުން ދައްކާފައިވާ ޑިޕޮޒިޓް ފައިސާ ރިފަންޑް ނުކުރެވޭނެއެވެ .

(ބ) ގެއްލިފައި ނުވަތަ ފިލާފައިވަނީ ، ބިދޭސީ ފަރާތް ފިލާފައި ނުވަތަ ގެއްލިފައި ވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި ކަނޑަނޭޅުނުކަމުގައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ގެއްލޭ ނުވަތަ ފިލާ ބިދޭސީންގެ އަދަދަށް ނިސްބަތްކޮށް، މި ގަވާއދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 1-3 ގެ ލެވެލް 4-7 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން؛

 

6 ވަނަ މާއްދާ - ބިދޭސީ ފަރާތް ފިލާފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި ކަނޑައެޅޭ ފަރާތްތަކާމެދު އަމަލުކުރެވޭނެގޮތް

މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީ ފަރާތް ފިލާފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި ކަނޑައެޅިއްޖެނަމަ، އެ ވަޒީފާދޭ ފަރާތަކާމެދު އަންނަނިވި ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 2 ގެ ލެވެލް 4 ގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން؛
  2. މި ގަވާއިދުގެ ޖަދުވަލު 7 ގެ 6 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ، އެ ފަރާތުގެ ނަމުގައި ދޫކޮށްފައިވާ އެންޓްރީޕާސްތަކުގެ ތެރެއިން، އެންޓްރީޕާސް ދޫކޮށްފައިވާ ބިދޭސީ ފަރާތްތައް ރާއްޖެ އެތެރެވެފައި ނުވާނަމަ، އެންޓްރީޕާސް ބާޠިލުކުރުން؛
  3. މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން, މިސިންގ ރިޕޯޓްކުރާ ކޮންމެ ބިދޭސީއަކަށް 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ށ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިދޭސީ ފަރާތް ފިލާފައިވަނީ، ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި ކަނޑައެޅިއްޖެނަމަ، އެ ބިދޭސީ ފަރާތަކީ "މިސިންގ" ފަރާތެއްގެ ގޮތުގައި އެކްސްޕެޓް ސިސްޓަމުގައި އަޕްޑޭޓްކުރެވޭނެއެވެ .

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބިދޭސީ ފަރާތެއް، ސަރުކާރުގެ އިދާރާއަކުން ހިންގާ
އިންސްޕެކްށަނަކުން ނުވަތަ އެހެންވެސް ގޮތަކުން ފެނިއްޖެނަމަ ، އެކްސްޕެޓް ސިސްޓަމަށް "ފައުންޑް" ރެކޯޑު އަޅައި ، ސަރުކާރުގެ އެކަމަޑޭށަން ފެސިލިޓީ/ ޑިޓެންށަންސެންޓަރަކަށް އެ ބިދޭސި ފަރާތް ބަދަލުކޮށް، ތިރީގައި ބަޔާންކުރާ ގޮތުގެ މަތިން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

  1. ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީ ފަރާތެއްނަމަ، އެ ބިދޭސީއެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، ގައުމަށް ފޮނުވައިލުން؛
  2. އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވާން ބޭނުންވާ ފަރާތެއްނަމަ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ރެގިއުލަރައިޒްކޮށް އެހެން ވަޒީފާދޭ ފަރާތެއްގެ ނަމުގައި ދޫކުރެވޭ ވަރކް ޕަރމިޓަކަށް ބަދަލުކުރުން؛
    (3) މި އަކުރުގެ (2) ގައި ބަޔާންކުރާ މުއްދަތުގައި އެހެން ވަޒީފާދޭ ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރެވި ވަރކް ޕަރމިޓް ނުހޯދޭ ބިދޭސީ ފަރާތެއްނަމަ، މި އަކުރުގެ (1) ގައި ބަޔާންކުރާ ގޮތުގެމަތިން އެ ބިދޭސީ ފަރާތެއްގެ އަމިއްލަ ހަރަދުގައި ނުވަތަ ޑިޕޮޒިޓް ފައިސާ ބޭނުންކޮށް، ގައުމަށް ފޮނުވައިލުން.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ބިދޭސީ ފަރާތް ފުރައިގެން ދިއުމުން ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމުގެ ސަބަބުން، އެ ފަރާތަށް ދޫކުރެވިފައިވާ، ވަރކް ޕަރމިޓް ނުވަތަ އެންޓްރީޕާސް ބާޠިލުކުރެވުނު ނަމަވެސް، އެ ހުއްދައާ ލިންކު ކުރެވިފައިވާ ކޯޓާ ރިލީޒް ނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ބިދޭސީ ފަރާތް ފުރައިގެން ދިއުމުން ނުވަތައެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމުގެ ސަބަބުން، އެ ފަރާތަށް ދޫކުރެވިފައިވާ ވަރކް ޕަރމިޓް ނުވަތަ އެންޓްރީޕާސް ބާޠިލުކުރެވުނު ނަމަވެސް، އެ ހުއްދައާ ލިންކު  ކުރެވިފައިވާ ޑިޕޮޒިޓް ރީފަންޑެއް ނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ގިނަ އަދަދުކުން މިސިންގ ރިޕޯޓް ކުރާ ބިދޭސީ ފަރާތްތައް

މި އުސޫލުގެ ދަށުން ވަޒީފާދޭ ފަރާތުން މިސިންގ ރިޕޯޓްކުރެވޭ ބިދޭސީންގެ އަދަދު 100 އަށް ވުރެ އިތުރުނަމަ، އެ ބިދޭސީ ފަރާތްތަކަކީ ވަޒީފާދޭ ފަރާތުގެ އިހުމާލުން ނުވަތަ އިހުމާލުން ނޫން ގޮތަކަށް ފިލާފައި ނުވަތަ ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ވީނަމަވެސް، އެ ވަޒީފާދޭ ފަރާ ތާމެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ .

(ހ) މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 އާއި 11 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 4 ގެ ލެވެލް 4 އާއި 7 އާ ދެމެދުގެ ލެވެލެއްގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރުން.

(ށ) މި ގަވާއިދުގެ ޖަދުވަލު 7 ގެ 6 ވަނަ މާއްދާގެ (ށ) ގެ (2) އަދި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ، އެ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެންޓްރީޕާސް ތަކާއި ވަރކް ޕަރމިޓްތައް ބާޠިލުކޮށް ބިދޭސީން ގައުމަށް އަނބުރާ ފޮނުވައިލުން؛

(ނ) މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިސިންގ ރިޕޯޓްކުރާ ކޮންމެ ބިދޭސީ ފަރާތަކަށް 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ރ) މި ގަވާއިދުގެ ޖަދުވަލު 7 ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން.

 

8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުމުގެ ކުރިން މިސިންގ ރިޕޯޓްކޮށްފައިވާ ފަރާތްތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މިސިންގ ރިޕޯޓްކޮށްފައިވާ ފަރާތަކާމެދު އަމަލުކުރެވޭނީ، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި އުސޫލާ ހިލާފަށް، ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން ރިޕޯޓްނުކޮށް ވަނިކޮށް، އެކަން ސަރުކާރުގެ އިދާރާއަކަށް އެނގިއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

 

 

ޖަދުވަލު 9

ރެގިއުލަރައިޒޭށަން އުސޫލު

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ، ދިވެހިރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބިދޭސީންގެ ތެރެއިން، މި ގަވާއިދުގެ ދަށުން ދޫކުރެވޭ ވަރކް ޕަރމިޓް ނުވަތަ އަމަލުކުރަމުންގެންދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި މަސައްކަތްކުރަމުންދާ ބިދޭސީ ފަރާތްތައް ގަވާއިދާ އެއްގޮތަށް ފެއްތުމުގައި (ރެގިއުލަރައިޒްކުރުމުގައި) އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ "ރެގިއުލަރައިޒޭށަން އުސޫލު" އެވެ .

 

3 ވަނަ މާއްދާ - ރެގިއުލަރައިޒްކުރެވޭނެ ބިދޭސީ ފަރާތްތައް

މި އުސޫލުގެ ދަށުން ރެގިއުލަރައިޒް ކުރެވޭނީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުތައް ފިޔަވައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވެމުންދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އައިސްފައިވާ ބިދޭސީންގެ ތެރެއިން، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން އެ ފަރާތަކަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެ، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ފަރާތްތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރީގެ ތާރީހެއްގައި ހިންގުނު ރެގިއުލަރައިޒޭށަން ޕްރޮގްރާމެއްގެ ދަށުން ރެގިއުލަރައިޒްކުރެވިފައިވާ ބިދޭސީ ފަރާތެއް، މި އުސޫލުގެ ދަށުން ރެގިއުލަރައިޒް ނުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ބިދޭސީ ފަރާތްތައް ރެގިއުލަރައިޒްކުރެވޭނެ ވަޒީފާދޭ ފަރާތްތައް 

މި އުސޫލުގެ ދަށުން، ރެގިއުލަރައިޒްކުރެވޭ ބިދޭސީ ފަރާތްތައް ރެގިއުލަރައިޒްކުރެވޭނީ، ހަމައެކަނި އެ ފަރާތްތަކަށް ކުރިން އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތް ނޫން އެހެން ވަޒީފާދޭ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - ރެގިއުލަރައިޒްވުމަށް އެދޭ  ބިދޭސީ ފަރާތްތައް ރަޖިސްޓަރީވުން  

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ، ރެގިއުލަރައިޒްކުރެވޭ ބިދޭސީން ފަރާތްތަކުގެ ތެރެއިން، ރެގިއުލަރައިޒްވުމަށް އެދޭ ބިދޭސީ ފަރާތްތަކުން (އެ ފަރާތްތަކަ ކީ ވަޒީފާ ދޭނެ ފަރާތެއް ނެތް ފަރާތެއް ކަމުގައި ވީނަމަވެސް)، މިނިސްޓްރީން ކަނޑައަޅާ އާންމުކުރާ އުސޫލެއްގެ ދަށުން، މިނިސްޓްރީގައި "ރަޖިސްޓަރީ" ވާން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން " ރަޖިސްޓަރީ" ކުރަން އެދޭ ބިދޭސީ ފަރާތްތައް ރަޖިސްޓަރީ ކުރެވޭނެ މުއްދަތާއި ނިޒާމު މިނިސްޓްރީން އާންމުކޮށް އިއުލާންކުރަންވާނެއެވެ .

 

6 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތްތަކުން ބިދޭސީ ފަރާތްތައް ރެގިއުލަރައިޒްކުރުން 

މި އުސޫލުގައި ބަޔާންކުރާ ރެގިއުލަރައިޒްކުރެވޭ ބިދޭސީ ފަރާތްތަކުގެ ތެރެއިން ބިދޭސީ ފަރާތެއް، ވަޒީފާގައި ގެންގުޅެވޭނީ ނުވަތަ އެފަދަ ބިދޭސީ ފަރާތެއް ލައްވައި މަސައްކަތެއް ކުރެވޭނީ، މި އުސޫލުގައި ބަޔާންކުރާ ގޮތުގެމަތިން އެ ބިދޭސީ ފަރާތް ރެގިއުލަރައިޒްކޮށްގެންނެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ބިދޭސީ ފަރާތްތައް ރެގިލަރައިޒް ކުރެވޭނީ، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.

(ނ) ބިދޭސީ ފަރާތް ރެގިއުލަރަޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ރެގިއުލަރައިޒްކުރެވޭ ބިދޭސީ ފަރާތަށް ވަޒީފާދޭ މަސައްކަތަށް، ކޯޓާ ނަގާފައިވާ ފަރާތެއް ކަމުގައިވާނަމަ، އެ ކޯޓާގެ ދަށުން، ރެގިއުލަޒްކުރުމަށް އެދި ހުށަހެޅިދާނެއެވެ.
(ރ) ބިދޭސީ ފަރާތް ރެގިއުލަރައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ކޯޓާ ނަގާފައިވާ ފަރާތެއް ކަމުގައިނުވާނަމަ، މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން "ރެގިއުލަރައިޒޭށަން ކޯޓާ (އާރް ކޯޓާ)" އެދި ހުށަހަޅައި އެ ކޯޓާގެ ދަށުން، ރެގިއުލަރައިޒްކުރުމަށް އެދި ހުށަހެޅިދާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ރެގިއުލަރައިޒް ކުރެވޭ ބިދޭސީ ފަރާތްތަކަށް، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ދޫކުރެވޭނެއެވެ.

 

7 ވަނަ މާއްދާރެގިއުލަރައިޒޭށަން ކޯޓާ (އާރް ކޯޓާ)

ރެގިއުލަރައިޒޭށަން ކޯޓާ (އާރް ކޯޓާ) އަކީ މި ގަވާއިދުގެ ދަށުން ރެގިއުލަރައިޒްކުރެވޭ ފަރާތްތައް ރެގިއުލަރައިޒް ކުރުމަށް ހާއްސަކުރެވިގެން، މި ގަވާއިދުގެ 11 ވަނަ މާއްދާއާއި ޖަދުވަލު 2 ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް ދޫކުރެވޭ ކޯޓާއެކެވެ.

 

8  ވަނަ މާއްދާ - ރެގިއުލަރައިޒް ކުރެވޭ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރުން 

ރެގިއުލަރައިޒް ކުރެވޭ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކުން "ރެގިއުލަރައިޒޭށަން" އެޕްލިކޭށަނެއް ހުށަހެޅުމުންނެވެ.

(ށ) "ރެގިއުލަރައިޒޭށަން " އެޕްލިކޭށަނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ލެޓަރ އޮފް އެޕޮއިންޓްމެންޓުގެ ކޮޕީ؛
  2. ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ކުލަކޮށް ސްކޭންކޮށްފައިވާ ކޮޕީ. އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން އޮތްނަމަ (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.
  3. ރެގިއުލަރައިޒް ކުރަން ބޭނުންވާ ބިދޭސީ ފަރާތަކީ ޕާސްޕޯޓެއް ނެތް ފަރާތެއްނަމަ، އެ ބިދޭސީ ފަރާތުގެ ކާކުކަން އަންގައިދޭ ފަދަ ލިޔުމެއްގެ ކޮޕީ. 

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކާކުކަން އަންގައިދޭ ފަދަ ލިޔުމެއް ކަމުގައި ބެލެވޭނީ ތިރީގައި ބަޔާންކުރާ ލިޔުންތަކަށެވެ.

  1. ރެގިއުލަރައިޒް ކުރުމަށް ބޭނުންވާ ބިދޭސީ ފަރާތަށް ދޫކުރެވިފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ކޮޕީ؛
  2. ރެގިއުލަރައިޒް ކުރުމަށް ބޭނުންވާ ބިދޭސީ ފަރާތަށް ދޫކުރެވިފައިވާ ވަރކް ވީޒާ ކާޑުގެ އަސްލު ނުވަތަ ކޮޕީ؛
  3. ރެގިއުލަރައިޒް ކުރުމަށް ބޭނުންވާ ބިދޭސީ ފަރާތަށް ދޫކުރެވިފައިވާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ އަސްލު ނުވަތަ ކޮޕީ؛
  4. ރެގިއުލަރައިޒް ކުރުމަށް ބޭނުންވާ ބިދޭސީ ފަރާތް ނިސްބަތްވާ ގައުމެއްގެ ނެށަނަލް އައިޑެންޓިޓީ ކާޑުގެ އަސްލު ނުވަތަ ކޮޕީ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ރެގިއުލަރައިޒްކޮށް ދިނުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތްތައް ރެގިއުލަރައިޒް ކޮށްދެވޭނީ، އެ ފަރާތްތަކުގެ ށަހްސު ކަށަވަރުކުރުމުގެ ގޮތުން، އެ ފަރާތްތަކުގެ "ބަޔޯ މެޓްރިކްސް" ނަގައިގެން، އެ ފަރާތްތައް ވެރިފައި ކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ރެގިއުލަރައިޒްކުރެވޭ ބިދޭސީ ފަރާތުގެ "ބަޔޯ މެޓްރިކްސް" ނެގުމުގެ އިންތިޒާމު ހަމަޖައްސައި ، އެކަން ވަޒީފާދޭ ފަރާތަށާއި ބިދޭސީ ފަރާތަށް މިނިސްޓްރީން އަންގަ ންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެ މަތިން ، ރެގިއުލަރައިޒް ކުރުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތުގެ ށަހްސު ކަށަވަރުކުރުމުގެ ގޮތުން ކުރެވޭ ވެރިފިކޭށަނުން ހޯދޭ މައުލޫމާތާއި، ރެގިއުލަރައިޒް ކުރެވޭ ވަޒީފާދޭ ފަރާތުގެ ސްޓޭޓަސް އަދި އެ ފަރާތުގެ އަތުގައިވާ ކާކުކަން އަން ގައިދޭ ލިޔުމަށް ބަލައި، އެ ފަރާތަކީ ރެގިއުލަރައިޒްކުރެވޭނެ ފަރާތެއްނަމަ، އަދި އެ ފަރާތަކީ ވަރކް ޕަރމިޓަށް ށަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައި ކަނޑައެޅިއްޖެނަމަ، އެކަން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތަށް އަންގައި، މި ގަވާއދުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ޑިޕޮޒިޓް ދެއްކުމަށް ވަޒީފާދޭ ފަރާތަށް އެންގޭނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ޑިޕޮޒިޓް ދެއްކުމުން، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކުރާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންނަށް ވަރކް ޕަރމިޓް  ހޯދުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެ ބިދޭސީ ފަރާތަށް ވަރކް ޕަރމިޓް ދޫކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ރެގިއުލަރައިޒް ކުރެވޭ ބިދޭސީ ފަރާތުގެ ށަހްސު ކަށަވަރުކުރުމުގެ ގޮތުން ކުރެވޭ ވެރިފިކޭށަން 

މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ބިދޭސީ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނީ، މި މާއްދާގައި ބަޔާންކުރާ އުސޫލެއްގެ ދަށުން ރެގިއުލަރައިޒްކުރެވޭ ބިދޭސީ ފަރާތް ވެރިފައިކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބިދޭސީ ފަރާތް ވެރިފައިކުރުމަށްޓަކައި މިނިސްޓްރީއަށް ހާޒިރުވުމަށް/ ގެނައުމަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތަށް އެންގޭނެއެވެ.

(ނ) ބިދޭސީ ފަރާތް ވެރިފައި ކުރެވޭނީ، ރެގިއުލަރައިޒް އެޕްލިކޭށަނާ ގުޅިގެން ހުށަހަޅައިފައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތަކާއި، ސަރުކާރުގެ އެކި އިދާރާތަކުން ނަގާފައިވާ އެ ބިދޭސީ ފަރާތުގެ ބައޯމެޓްރިކް ޑޭޓާ އާއި ރެކޯޑުތައް ބޭނުންކޮށްގެންނެވެ.

(ރ) ވެރިފިކޭށަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން ހޯދޭ ނަތީޖާތަކެއްގެ މައްޗަށް ރިއާޔަތްކޮށް، އެ ބިދޭސީ ފަރާތް ރެގިއުލަރައިޒް ނުކުރުމަށް ކަނޑައެޅިއްޖެނަމަ، ކަނޑައެޅުނު ސަބަބު މިނިސްޓްރީން ވަޒީފާދޭ ފަރާތަށް އަންގައި، އެ ބިދޭސީ ފަރާތް ރާއްޖެއިން ފުރުވައިލުމަށް އެންގޭނެއެވެ. 

 

10 ވަނަ މާއްދާ - ބިދޭސީ ފަރާތް ރެގިއުލަރައި ޒް ކުރުމަށް ހުށަހަޅާ ވަޒީފާދޭ ފަރާތް 

މި އުސޫލުގެ ދަށުން، ރެގިއުލަރައިޒްކުރުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތް ރެގިއުލަރައިޒްކުރުމުގައި ބިދޭސީ ފަރާތް ރެގިއުލަރައިޒް ކުރެވޭ ވަޒީފާދޭ ފަރާތުގެ (އައު ވަޒީފާދޭ ފަރާތުގެ) ސްޓޭޓަސްއަށް ރިއާޔަތް ކުރެވޭނެއެވެ.

(ށ) މިގޮތުން، ރެގިއުލަރައިޒް ކުރުމަށް އެދި ހުށަހަޅާ ވަޒީފާދޭ ފަރާތަކީ މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކުރާ އުސޫލުގެ ދަށުން ފިޔަވަޅެއް އަޅާފައިވާ ފަރާތެއްނަމަ، ނުވަތަ ފިޔަވަޅު އަޅާފައި ނުވި ކަމުގައިވީ ނަމަވެސް މި ގަވާއިދާ ހިލާފުވެފައިވާ ފަރާތެއްނަމަ، ރެގިއުލަރައިޒްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ބިދޭސީ ފަރާތް، އެ ފަރާތުގެ ނަމުގައި ރެގިއުލަރައިޒް ނުކުރުމުގެ އި ހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ރެގިއުލަރައިޒް ކުރެވޭ ބިދޭސީ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުން 

މި އުސޫލުގެ ދަށުން ރެގިއުލަރައިޒްކުރުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތް ރެގިއުލަރައިޒް ކުރެވޭނީ، އެ ފަރާތުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމައެވެ.

(ށ) ރެގިއުލަރައިޒްކުރެވޭ ބިދޭސީ ފަރާތުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތްނަމަ، އައު ޕާސްޕޯޓެއް ހެދެންދެން އެ ފަރާތަށް "ކޮންޑިށަނަލް ވަރކް ޕަރމިޓް" އެއް ދޫކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ރެގިއުލަރައިޒް ނުކުރެވޭނެ ބިދޭސީ ފަރާތްތައް

މި އުސޫލުގެ ދަށުން ތިރީގައި ބަޔާންކުރާ ބިދޭސީ ފަރާތްތައް ރެގިއުލަރައިޒް ނުކުރެވޭނެއެވެ.

(ހ) ވަރކް ވީޒާ ނޫން އެހެން ވީޒާއެއްގެ ދަށުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީ ފަރާތްތައް؛

(ށ) ވަރކް ވީޒާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން، އެ ފަރާތަށް ދޫކުރެވިފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލް ބާޠިލުކޮށްފައިވާ ފަރާތްތައް؛

(ނ) ވަރކް ވީޒާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން، ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް އޮތް ފަރާތްތައް.

 

13  ވަނަ މާއްދާ - ބިދޭސީ ފަރާތް ރެގިއުލަރައިޒްކުރުމަށްފަހު 

މި ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ބިދޭސީ ފަރާތެއް ރެގިއުލަރައިޒްކުރެވި މި ގަވާއިދުގެ ތެރެއަށް ފެއްތިއްޖެނަމަ، އެ ބިދޭސީ ފަރާތް އަދި އެ ބިދޭސީ ފަރާތުގެ ވަޒީފާދޭ ފަރާތުން މި ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

 

ޖަދުވަލު 10

ލެޓަރ އޮފް އެޕޮއިންޓްމަންޓުގެ ޓެމްޕްލޭޓް 

 

[Company Letter Head]
LETTER OF APPOINTMENT

  1. Details of Employer;
  • Name:
  • Address:
  • Contact Details / Email address:
  • Country of origin:
    Registration Number/ID Card:

2. Details of Employee;

  • Name:
  • Permanent Address:
    • Nationality:
    • Date of Birth:
    • Passport Number:
      Emergency Contact Details:

[note: no number 3]


4. Details of Employment;

  • Job Title / Occupation:
  • Work Type:
  • Basic Salary:
  • Date of Salary payment:
  • Work site:
  • Date of Commence:
  • Job Description:
  • Working Hours:
  • Work Status (Permanent / Contract):
    Contract Duration (if Contracted employee):

 

5. Details of Signatory;

Name:

Designation:

Signature:

Date:
Company Seal

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

އުވި ގަވާއިދު

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-111)

 

އުވުނު ގަވާއިދު

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-62)

މަގުސަދު

11

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު