-

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-62)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-16 ގެ 48 ވަނަ މާއްދާގެ (ހ) އިން އުވާލެވިފައި)

 

1 ވަނަ ބާބު

ތައާރަފު

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) ދިނުމާއި، އެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، މަސައްކަތްކުރުމަށް ބިދޭސީންނަށް ވަޒީފާ ދެވޭނެ ގޮތާއި، މި ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެސް ވަޒީފާގައި ގެންގުޅެންވާނީ މި ގަވާއިދާ ހިލާފުނުވާނޭ ގޮތުގެ މަތިންނެވެ.

(ށ) މި ގަވާއިދަކީ، ގުނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގުނޫނު) ގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" އެވެ.

 

 

2 ވަނަ ބާބު

ބިދޭސީންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން

 

3 ވަނަ މާއްދާ - ވަޒީފާއަށް ބިދޭސީން ހޮވުން

ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީއަކު ވަޒީފާއަށް ހޮވަންވާނީ، ވަޒީފާއާބެހޭ ގުނޫނާއި މި ގުނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފުނުވާނެ ގޮތެއްގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ވަޒީފާ ދިނުން

(ހ) ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ދިވެހިރާއްޖެއަށް ގެނައުމުގެ ކުރިން، އެ ބިދޭސީއަކަށް ވަޒީފާ ދިންކަން އެންގުމަށްޓަކައި، ވަޒީފާދޭ ފަރާތުން "ލެޓަރ އޮފް އެޕޮއިންޓްމަންޓް" އެ ބިދޭސީއަކާ ހަވާލުކުރަން ވާނެއެވެ. 

(ށ) ލެޓަރ އޮފް އެޕޮއިންޓްމަންޓަކީ، މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް ގެންނަ ބިދޭސީއަކާއި އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތާ ދެމެދު، ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި އެ އެއްބަސްވުމުގައި ސޮއިކުރެވެންދެން، ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ.

(ނ) ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމެނޭ އެއްވެސް މާއްދާއެއް، ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާއާ ތައާރަޒުވެގެން ނުވާނެއެވެ.

(ރ) މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމަނަންވާނެއެވެ.

 

5 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

ބިދޭސީއަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންވާނީ ވަޒީފާއާބެހޭ ގުނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 

3 ވަނަ ބާބު

ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރެވޭ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުން

 

6 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާނީ، ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމް "އެކްސްޕެޓް އޮންލައިން ސިސްޓަމް" (މީގެ ފަހުން "އެކްސްޕެޓް ސިސްޓަމް") މެދުވެރިކޮށެވެ.

 

7 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ކެޓަގަރީންނެވެ.

  1. ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަ، ވަޒީފާދޭ ފަރާތްތައް؛
  2. ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް، ވިޔަފާރި އުސޫލުން ވަޒީފާ ދޭ ފަރާތަށް ފޯރުކޮށްދޭ ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 2 (ދޭއް) ކެޓަގަރީގައި ހިމެނޭ ފަރާތްތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ރެޕްރެޒެންޓޭޓިވް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށްފަހު، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނުކޮށް، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ރެޕްރެޒެންޓޭޓިވް" ގެ ގޮތުގައި ރަޖިސްޓަރީ ވެވޭނީ ދިވެހި ރައްޔިތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެޕްރެޒެންޓޭޓިވް އައްޔަނުކުރުމާއި، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުމާއި، ވަކިކުރުމާއި، ބަދަލުކުރުމާބެހޭ އުސޫލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތަކުން، އެމްޕްލޯއިމަންޓް އެޖެންސީއެއް "ރެޕްރެޒެންޓޭޓިވް" އެއްގެ ގޮތުގައި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މުއާމަލާތްކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

9 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވް، އެކްސްޕެޓް ސިސްޓަމުގައި ކުރާ މުއާމަލާތްތަކަށް ޒިންމާވުން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ ރެޕްރެޒެންޓޭޓިވްއެއް އައްޔަނުކޮށް ރަޖިސްޓަރީކުރުމަށްފަހު، އެ ރެޕްރެޒެންޓޭޓިވް، އެކްސްޕެޓް ސިސްޓަމުގެ "ކްރެޑެންށަލްސް" ބޭނުންކޮށްގެން ކުރާ އެންމެހައި މުއާމަލާތްތަކުގެ ޒިންމާ ނަގާނީ އެ ރެޕްރެޒެންޓޭޓިވްއެކެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކްސްޕެޓް ސިސްޓަމުގައި ހިންގާ މުއާމަލާތްތަކާ ގުޅިގެން ވަޒީފާދޭ ފަރާތަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނީ މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - ހުއްދަ ނުހޯދައި ނުވަތަ ދޫކޮށްފައިވާ ހުއްދަޔާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހޯދަންޖެހޭ ހުއްދަ ނުހޯދައި (ރަޖިސްޓަރީ ނުކޮށް) ނުވަތަ ދޫކޮށްފައިވާ ހުއްދަޔާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

 

4 ވަނަ ބާބު

ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ގެނައުމަށް ބޭނުންވާ ހުއްދަތައް

ކޯޓާ ހޯދުން

 

11 ވަނަ މާއްދާ - ކޯޓާއަށް އެދުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުއެވެ.

(ށ) ގުނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގުނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި، ދިވެހި ކޮންމެ ފަރުދަކަށާއި، ސަރުކާރުގެ ކޮންމެ އޮފީހަކަށާއި، ގުނޫނީ އެހެނިހެން ށަހްސުުތަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ކޯޓާ ދޫކުރެވޭނީ "ނޭށަނަލް ޖޮބް ސެންޓަރ - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދުމުން ކޯޓާ ދޫކުރެވޭނީ، ކޯޓާއަށް އެދުމުގެ ށަރުތު ފުރިހަމަވުމާއެކު، ކޯޓާ ހޯދުމަށް މިނިސްޓްރީން ކަނޑައަޅާ އެކްސްޕެޓް ސިސްޓަމް (އޮންލައިން ނުވަތަ އެނޫންވެސް ނިޒާމެއް) ގެ ތެރެއިން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުންނެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ޅ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ކޯޓާ ފީ

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް 2000 (ދެހާސް) ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

(ށ) ކޯޓާ ފީ ދައްކާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ކޯޓާ ފީ ނެގުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ނ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާއަށް ފީ ދެއްކުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާއަށް ފީ ދައްކާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ޖަދުވަލު 3 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތައް، ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ފަހުން ބޭނުންކުރެވޭނީ ކޯޓާ ފީ ދެއްކުމުންނެވެ.

 

14 ވަނަ މާއްދާ - ކޯޓާގެ މުއްދަތު

މި ބާބުގެ ދަށުން ދޫކުރާ ކޯޓާގެ މުއްދަތު ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

15 ވަނަ މާއްދާ - ކޯޓާ ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޫކޮށްފައިވާ ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ހޯދުމެއް ނެތި، މި ގަވާއިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

 

އެމްޕްލޯއިމަންޓް އެޕްރޫވަލް

 

16 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ރާއްޖެއަށް ގެންނަންވާނީ، ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) ހޯދުމަށްފަހުއެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދައިފައިވާ ކޮންމެ ފަރާތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދުމުން، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ "ބިދޭސީން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ރ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 4 ގައި ހިމެނޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު

(ހ) އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ، އެ އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދާ ކޯޓާގެ މުއްދަތަށެވެ.

(ށ) ބިދޭސީއަކަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރެވޭނީ މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއަކާއެކު ކަމުގައިވާތީ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ހުއްދައިގެ މުއްދަތު އިތުރުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތް، މަގުމް، ވަރކް ސައިޓް ބަދަލުވުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތް ބަދަލުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތް ބަދަލުކޮށް، ބަދަލުވާ ވަޒީފާދޭ ފަރާތުގެ ނަމުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބުމުންނެވެ.

(ށ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކޮށްފައިވާ މަގުމް ނޫން އެހެން މަގުމަކަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "އޮކިއުޕޭށަން ޗޭންޖް" ކޮށް، އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބުމުންނެވެ.

(ނ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކޮށްފައިވާ "ވަރކް ސައިޓް" ބަދަލުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސައިޓް ޗޭންޖް" ކޮށް، އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބުމުންނެވެ.

 

19 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް ބާތިިލުކުރުން

މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު ވަޒީފާ ދޫކޮށް ރާއްޖެއިން ފުރައިގެން ދިޔުމުން، ނުވަތަ ރާއްޖެއިން ފޮނުވައިލުމުން، ނުވަތަ ނިޔާވުމުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ފަރާތަކަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ބާތިިލުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެމްޕްލޯއިމަންޓް އެޕްރޫވަލް ނުހޯދައި، މި ގަވާއިދުގެ މާއްދާތަކާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ، ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ނުހޯދައި އަދި ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރާ ނުވަތަ ވީއްލާ ނުވަތަ ފޮނުވާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

 

ޑިޕޮޒިޓް ބެހެއްޓުން

 

21 ވަނަ މާއްދާ - ޑިޕޮޒިޓް ބެހެއްޓުން

(ހ) ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެންނަ ފަރާތްތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީގައި ޑިޕޮޒިޓެއް ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓަކީ، ވަޒީފާދޭ ފަރާތުގެ ވަޒީފާގައި ހުރި ބިދޭސީއަކު ސަރުކާރުން ފުރުވައިލަން ބޭނުންވެއްޖެ ހާލަތެއްގައި، ނުވަތަ ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް އުފުލައިފައިނުވާ ހާލަތެއްގައި އެ ކަމެއް ކުރުމަށް ހިނގާނެ ހަރަދުތައް ކުރުމަށް ސަރުކާރުން ބޭނުންކުރުމަށް ބަހައްޓާ ޑިޕޮޒިޓެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު "ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު" ގެ ނަމުގައި މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ.

(ރ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމެނޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ރިފަންޑް ކުރެވޭނެ ހާލަތްތައް

ވަޒީފާއަކަށް ގެންނަ ބިދޭސީއެއްގެ ނަމުގައި މިނިސްޓްރީގައި ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާ ރީފަންޑު ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިންނެވެ.

 

23 ވަނަ މާއްދާ - ޑިޕޮޒިޓަށްވުރެ އިތުރަށް ހިނގާ ހަރަދަށް ފައިސާ ދެއްކުން

(ހ) ވަޒީފާދޭ ފަރާތުން، މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް ނޫފުލައިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ވަޒީފާދޭ ފަރާތުން ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާގެ އަދަދަށްވުރެ އިތުރުވާ އަދަދަކަށް ހަރަދުކުރަން ޖެހިއްޖެނަމަ، އެ އިތުރުވާ އަދަދު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ ނުދައްކާ ފަރާތްތަކާ މެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

 

5 ވަނަ ބާބު

ބިދޭސީން ވަޒީފާގައި ގެންގުޅުމާއި ބެލެހެއްޓުން

 

24 ވަނަ މާއްދާ - ބިދޭސީ މުވައްޒަފުން ވަޒީފާގައި ގެންގުޅުން

ދިވެހިރާއްޖޭގައި ބިދޭސީ މުވައްޒަފުން ގެންގުޅެންވާނީ، ވަޒީފާއާބެހޭ ގުނޫނާއި އެ ގުނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ކަންތައްތައް ފުރިހަމަކޮށް، އެ ގުނޫނާއި ތައާރަޒުނުވާނޭ ގޮތުގެ މަތިންނެވެ.

 

25 ވަނަ މާއްދާ - ބިދޭސީއަކު ރާއްޖެ އައުމުން އެ ބިދޭސީއަކާ ހަވާލުވުން

އެޕްލޯއިމަންޓް އެޕްރޫވަލްއެއްގެ ދަށުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެ އެތެރެވާއިރު، އެ ބިދޭސީއަކަށް ވަޒީފާދޭ ފަރާތުން، ނުވަތަ އެ ބިދޭސީއަކު ރާއްޖެ ގެނައުމަށް މެދުވެރިވާ ރެޕްރެޒެންޓޭޓިވް، އެ ބިދޭސީއަކު އެތެރެވާ ބަނދަރަކަށް ގޮސް، އެ ބިދޭސީއަކާ ހަވާލުވާންވާނެއެވެ.

 

26 ވަނަ މާއްދާ - އެކަމަޑޭށަން ހަޖައްސައިދިނުން

(ހ) ބިދޭސީއަކު ވަޒީފާގައި ހުންނަ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ބިދޭސީއެއްގެ "އެކަމަޑޭށަން" ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 6 ގައި ހިމެނޭ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީއަކަށް ހުރުމުގެ އިންތިޒާމް ވަޒީފާދޭ ފަރާތުން ހަމަޖައްސައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

27 ވަނަ މާއްދާ - ބިދޭސީ މުވައްޒަފު އަނބުރާ ގައުމަށް ފޮނުވައިލުން

(ހ) ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެގެން ނުވަތަ ވަޒީފާދޭ ފަރާތާއި ބިދޭސީ މުވައްޒަފާ ދެފަރާތުން އެއްބަސްވެގެން އަނބުރާ ގައުމަށް ފޮނުވައިލެވޭ ބިދޭސީން ފުރުވައިލުމުގެ ކަންތައްތައް، ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ބިދޭސީއެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަނުވިނަމަވެސް، އެއްވެސް ސަބަބަކާހުރެ އެ މީހަކު ރާއްޖެއިން ފޮނުވައިލަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަނޑައަޅައިފިނަމަ، އެ ބިދޭސީއަކު ފުރުވައިލުމުގެ ކަންތައްތައް އެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ބިދޭސީއެއްގެ އެމްޕްލޯއިންމަންޓް އެޕްރޫވަލް، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާތިިލު ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ބިދޭސީއެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަނުވަނީސް އެއްވެސް ސަބަބަކާހުރެ އެ މީހަކު ރާއްޖެއިން ފޮނުވައިލަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަނޑައަޅައިފިނަމަ، އަދި ވަޒީފާދޭ ފަރާތުން އެ ބީދޭސީއަކު އަނބުރާ ގައުމަށް ނުފޮނުވައިފިނަމަ، އެ ބިދޭސީއަކު ސަރުކާރުގެ ހަރަދުގައި ގައުމަށް ފުރުވައިލައި، އެ ވަޒީފާދޭ ފަރާތާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

28 ވަނަ މާއްދާ - ބިދޭސީ މުވައްޒަފު މަރުވުން

(ހ) ވަޒީފާ އަދާކުރާ ބިދޭސީއަކު މަރުވެއްޖެނަމަ، ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމާއެކު، ވަޒީފާގެ އެއްބަސްވުމުގައި ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާ ހާލަތްތަކުގައިވެސް، މަރުވި މީހާގެ އާއިލާއަށާއި، އެ މީހާ ނިސްބަތްވާ ގައުމުގެ ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލޭޓް މިށަނެއް ދިވެހިރާއްޖޭގައި ހުރިނަމަ، އެ މިށަނަކަށް އެކަން އަންގައި، އެ މީހާ ވަޅުލުމުގެ ހަރަދާއި އެކަމުގެ އިންތިޒާމްތައް ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ބިދޭސީއަކު މަރުވެއްޖެނަމަ، އަދި ބިދޭސީއެއްގެ އާއިލާގެ ފަރާތުން އެ މީހާގެ ހަށިގަނޑު އެ މީހާގެ ގައުމަށް އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެނަމަ، ވަޒީފާދޭ ފަރާތާއި މަރުވި މީހާގެ އާއިލާއިން އެއްބަސްވާ ގޮތެއްގެ މަތިން، މަރުވި ފަރާތުގެ ހަށިގަނޑު ގައުމަށް ފޮނުވައިލުމުގެ ކަންކަން ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

29 ވަނަ މާއްދާ - ބިދޭސީއަކު ފިލުން ނުވަތަ ގެއްލުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ވަޒީފާދޭ ފަރާތަށް ފިލައިފިނަމަ، ނުވަތަ އޭނާ ގެއްލިއްޖެނަމަ، އެކަން އެންގުމަށް ކަނޑައަޅައިފައިވާ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އިދާރާއަކަށް، ވަޒީފާދޭ ފަރާތުން އަންގަންވާނެއެވެ.

 

30 ވަނަ މާއްދާ - ބިދޭސީ މަސައްކަތްތެރީންގެ ދަފުތަރު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފުތަރެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށެއްގެ ރަށު ކައުންސިލުން، އަދި ކޮންމެ ސިޓީއެއްގައި ސިޓީ ކައުންސިލުން، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދިރިއުޅޭ "ބިދޭސީ މަސައްކަތްތެރީންގެ ދަފުތަރު" އެއް ބަލަހައްޓަންވާނެއެވެ.

 

31 ވަނަ މާއްދާ - ބިދޭސީމަސައްކަތްތެރީންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު މަސައްކަތްކުރަނީ މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ނުވަތަ ސިޓީއެއްގައި ނަމަ، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއަކު ރަޖިސްޓަރީ ކުރަން ވާނެއެވެ. އަދި ބިދޭސީއަކު މަސައްކަތްކުރަނީ މީހުން ދިރިނޫޅޭ ރަށެއްގައި ނަމަ، ނުވަތަ ސުިނާއީީ ރަށެއްގައި ނަމަ، އެ ރަށަކާ އެންމެ ކައިރީގައިވާ، މީހުން ދިރިއުޅޭ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ބަލަހައްޓާ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން އެ ބިދޭސީއަކު ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު މަސައްކަތްކުރާ ރަށް ނޫން އެހެން ރަށަކަށް ބަދަލުކުރާނަމަ، އެ ބަދަލުވާ ރަށެއްގެ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއަކު ރަޖިސްޓަރީކޮށް، ކުރިން މަސައްކަތްކުރި ރަށުގެ ދަފުތަރުން އެ ބިދޭސީއެއްގެ ނަން އުނިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ ދޭ ފަރާތުން އެ ފަރާތުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީން، ބިދޭސީ މަސައްކަތްތެރީންގެ ދަފުތަރުގައި ރަޖިސްޓަރީ ނުކޮށްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

32 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް މަރުވުން.

(ހ) ވަޒީފާދޭ ފަރާތަކީ ފަރުދެއްނަމަ، އެ ފަރާތެއް މަރުވިއިރު އެ ފަރާތުން ނަގައިފައިވާ ބިދޭސީން މަސައްކަތްކުރުމުގެ ހުއްދަތަކާއި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ކޯޓު މެދުވެރިކޮށް ނިންމަންދެން، މަރުވި، ވަޒީފާދޭ ފަރާތުގެ ވާރިސުންގެ ތެރެއިން ބިދޭސީންގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައި، އެ ފަރާތުގެ ނުވަތަ ފަރާތްތަކެއްގެ މައުލޫމާތު ވަޒީފާދޭ ފަރާތުގެ ވާރިސުން މިނިސްޓްރީއަށް އަންގައި، ވަޒީފާދޭ އައު ފަރާތެއް އައްޔަނުކުރަން ވާނެއެވެ.

(ށ) މަރުވެފައިވާ، ވަޒީފާ ދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީންނާ ގުޅޭ އެންމެހައި ކަންތައްތައް ހަވާލުކުރެވޭނެ ފަރާތެއް ކޯޓު މެދުވެރިކޮށް ނިންމުމުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ބަދަލުގައި، ބިދޭސީންނާ ގުޅޭ އެންމެހައި ކަންތައްތައް، ކޯޓު މެދުވެރިކޮށް ހަވާލުކުރުމަށް ނިންމި ފަރާތުގެ ނަމަށް ބަދަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގުނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތް ނިޔާވި ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ގުނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތެއް އައްޔަނުކޮށްފައި މިނިސްޓްރީއަށް އެކަން އަންގައިފައި ނުވާނަމަ، ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، 1 (އެކެއް) މަސްދުވަސް ހަމަވުމުން ވަޒީފާގެ އެއްބަސްވުން ބާތިިލުވީ ކަމަށް ބަލައި، އެ ބިދޭސީއަކު ނުވަތަ އެ ބިދޭސީން ފުރުވައިލުމުގެ ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ. 

 

6 ވަނަ ބާބު

ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން

 

33 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ހެދިފައިވާ ގުނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގައި ހެދިފައިވާ ގުނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ގުނޫނަކާ ނުވަތަ ގަވާއިދަކާ ބިދޭސީއަކު ހިލާފުވެއްޖެ ނަމަ، އެ ގުނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެ ފަރާތަކާ މެދު ފިޔަވަޅު އެޅޭނެއެވެ.

 

34 ވަނަ މާއްދާ - ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، އެ ފަރާތްތަކުގެ ވަޒީފާއާ ގުޅިގެން ކުރިމަތިވާ މައްސަލަތައް ހައްލުކުރަންވާނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތާ ދެމެދުގައި އެކުލަވައިލެވި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާއާ ގުޅިގެން ކުރިމަތިވާ މައްސަލައެއް ހައްލުނުވެއްޖެނަމަ، ވަޒީފާއާބެހޭ ގުނޫނުން ކަނޑައަޅައިފައިވާ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަ ހައްލުކުރުމަކީ ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވާ ހައްގްެކެވެ.

 

35 ވަނަ މާއްދާ - ހުއްދަނެތި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކު ރާއްޖެ ގެނެސްފައިވަނީ މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ނުހޯދައިކަން އެ ބިދޭސީއަކަށް އެނގިއްޖެނަމަ، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް އެ ފަރާތުން އެކަން އަންގަންވާނެއެވެ.

 

 

7 ވަނަ ބާބު

ފިޔަވަޅު އެޅުން

 

36 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެނަމަ، އެ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) އިގްްތިސާދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ ޖަދުވަލު 7 ގައި ހިމެނޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

 

8 ވަނަ ބާބު

އެހެނިހެން ކަންކަން

 

37 ވަނަ މާއްދާ - އިންސްޕެކްޓްކުރުން

ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ވަޒީފާގައި ގެންގުޅެނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމުގެ ގޮތުން، އެ ބިދޭސީއަކު މަސައްކަތްކުރާ ތަނަށާއި އޭނާ ހުންނަން ހަމަޖެހިފައިވާ ތަނަށް ގޮސް އިންސްޕެކްޓްކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 އަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އެކަން އިއުލާނު ކުރާ ތާރީހުން ފެށިގެންނެވެ.

 

39 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުން ދިޔަ، ގަވާއިދު ނަންބަރު 2011-22 (ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު) އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ހަވާލާދޭ ކުރީގެ ގަވާއިދަށް އަމަލުކުރަމުންދިޔަ މުއްދަތުގައި އެ ގަވާއިދުގެ ދަށުން ހިނގައިފައިވާ އެއްވެސް މުއާމަލާތެއްގެ ސައްހަކަމަކަށް، ނުވަތަ އެ ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކުން އަދާކުރަންޖެހިފައިވާ އެއްވެސް އިލްތިޒާމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

 

40 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގުނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގުނޫނު) އަށެވެ.

(ނ) "ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.

(ރ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގުނޫނުގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށެވެ. ނުވަތަ އޭނާ ތަމްސީލުކުރުމުގެ ބާރުލިބިގެންވާ ފަރާތަކަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.

(ޅ) "ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާ އަދާކުރުމަށް އެންމެ ގިނަވެގެން ރާއްޖެ ގެނައުން ހުއްދަކުރާ ބީދޭސީންގެ އަދަދަށެވެ.

(ކ) "އެމްޕްލޯއިމަންޓް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަށް ދޭ ހުއްދައަށެވެ.

(އ) "އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ހޯދައިދިނުމުގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކަށެވެ.

(ވ) "ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.

(މ) "ގާނޫނީ އެހެނިހެން ށަހްސް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގުނޫނަކުން، ވަކި ގުނޫނީ ށަހްސުެއްގެ ގޮތުގައި އުފައްދައިފައިވާ ނުވަތަ އުފައްދާ ތަންތަނަށެވެ.

(ފ) "ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.

(ދ) "ބިޒްނަސް އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ބާވަތަށެވެ.

(ތ) "ވަރކް ސައިޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ ތަނަށެވެ.

(ލ) "އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މަގުމަށެވެ.

(ގ) "ރެގިއުލަރައިޒޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގުނޫނީ އިމުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންގެންދާ ފަރާތްތައް ގުނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ހިންގާ ޕްރޮގްރާމަށެވެ.

(ޏ) "މިސިންގ ރިޕޯޓު" ކުރުން ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ގެއްލިފައިވާކަމަށް، ކަމާ ގުޅޭ އިދާރާއަށް ރިޕޯޓް ކުރުމަށެވެ.

(ސ) "އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.

 

 

---------------------

 

ޖަދުވަލު 1

ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު

 

 1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ސިސްޓަމުގައި ރަޖިސްޓަރީވުން

މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިމިވާ 2 (ދޭއް) ކެޓަގަރީންނެވެ.

(ހ) ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަ ވަޒީފާ ދޭ ފަރާތްތައް: ވަޒީފާ ދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިމިވާ ދާއިރާތަކެވެ.

  1. އަމިއްލަ ފަރުދުން؛
  2. ދައުލަތުގެ އިދާރާތައް؛
  3. ގުނޫނީ އެހެނިހެން ށަހްސުުތައް؛
  4. ބިޒްނަސް އެންޓިޓީ/ ވިޔަފާރި ށަހްސް

(ށ) ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް، ވިޔަފާރި އުސޫލުން ވަޒީފާދޭ ފަރާތަށް ފޯރުވައިދޭ ފަރާތްތައް.

 

4 ވަނަ މާއްދާ - އަމިއްލަ ފަރުދުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) އަމިއްލަ ފަރުދުންގެ ގޮތުގައި އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ، ދިވެހި ރައްޔިތަކަށް/ އަމިއްލަ ފަރުދުންގެ ވިޔަފާރި (ސޯލް ޕްރޮޕަރޭޓަރ) ހުއްދަ ލިބިފައިވާ ފަރާތަކަށެވެ.

(ށ) އަމިއްލަ ފަރުދުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަން ވާނެއެވެ.

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ؛
  2. އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރަކީ އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރެއްކަން އަންގައިދޭ ލިޔުން؛
  3. އަމިއްލަ ފަރުދުންގެ ވިޔަފާރި (ސޯލް ޕްރޮޕަރޭޓަރށިޕް) ނަމަ، ރެޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރުދުންގެ ވިޔަފާރި )ސޯލް ޕްރޮޕަރޭޓަރށިޕް( ހުއްދަ އޮތް ފަރާތެއްގެ އެކައުންޓް ބޭނުންކުރެވޭނީ، އެ ފަރާތަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތަށެވެ. އަދި ހުއްދައިގެ މުއްދަތު އައުކޮށްފައި ހުށަހެޅުމުން، އެ ފަރާތުގެ އެކައުންޓް ބޭނުންކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ދައުލަތުގެ އިދާރާތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) ދައުލަތުގެ އިދާރާއަކުން ނަމަ ރަޖިސްޓަރީވާނީ އަންނަނިވި ދާއިރާއަކުންނެވެ.

  1. ށަރުއީީ ދާއިރާ
  2. ސަރުކާރު
    2.1 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
    2.2 ސަރުކާރުގެ މިނިސްޓްރީތައް
    2.3 މިނިވަން މުއައްސަސާތައް
    2.4 ލޯކަލް ކައުންސިލް (ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް
  3. ރައްޔިތުންގެ މަޖިލިސް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާއަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަން ވާނެއެވެ.

  1. ދައުލަތުގެ އިދާރާއަކުން މިނިސްޓްރީއަށް ރަޖިސްޓްރީވުމަށް އެދި ފޮނުވާ ސިޓީ (އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރާއިރު އަޕްލޯޑް ކުރަންވާނެއެވެ.)
  2. ކައުންސިލްއަކުން ނަމަ، އެކައުންޓް ހުޅުވުމަށް އެދި ކަނޑައަޅައިފައިވާ ކައުންސިލުގެ ގަރާރު (އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރާއިރު އަޕްލޯޑް ކުރަންވާނެއެވެ.)
  3. އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ފޯނު ނަންބަރަކީ އެ އިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއްކަން އަންގައިދޭ ލިޔުން.

 

6 ވަނަ މާއްދާ - ގުނޫނީ އެހެނިހެން ށަހްސުުތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) ގުނޫނީ އެހެނިހެން ށަހްސުެއް ނަމަ ރަޖިސްޓަރީވާނީ އަންނަނިވި ދާއިރާއަކުންނެވެ.

  1. ސިޔާސީ ޕާޓީ؛
  2. ޖަމްއިއްޔާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާއަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަން ވާނެއެވެ.

  1. އިދާރާއިން ރަޖިސްޓަރީވުމަށް އެދޭ ސިޓީ؛
  2. އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ފޯނު ނަންބަރަކީ އެ އިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއްކަން އަންގައިދޭ ލިޔުން؛
  3. ސިޔާސީ ޕާޓީއެއްނަމަ، ޕާޓީގެ ރެޖިސްޓްރޭށަން ސެޓުފިކެޓުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކުލަ ކޮޕީއެއް؛.
  4. ޖަމްއިއްޔާއެއްނަމަ، ޖަމްއިއްޔާއަށް ހުއްދަ ދީފައިވާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކުލަ ކޮޕީއެއް؛

 

7 ވަނަ މާއްދާ - ބިޒްނަސް އެންޓިޓީ/ ވިޔަފާރި ށަހްްސް، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) ބިޒްނަސް އެންޓިޓީއަކީ ވިޔަފާރި ށަހްސުެއްނަމަ، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާނީ އަންނަނިވި ދާއިރާއަކުންނެވެ.

  1. ކޮމްޕެނީ
    1.1 ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީ
    1.2 ޕަބްލިކް ލިމިޓެޑް ކޮމްޕެނީ
    1.3 ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް
    1.4 ރީ ރެޖިސްޓަރޑް ކޮމްޕެނީ
  2. ޕާޓްނަރށިޕް
    2.1 ޖެނެރަލް ޕާޓްނަރށިޕް
    1.2 ލިމިޓެޑް ލަޔަބިލިޓީ
  3. ކޯޕަރޭޓިވް ސޮސައިޓީ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާއަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަން ވާނެއެވެ.

  1. ރެޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ؛
  2. އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ފޯނު ނަންބަރަކީ އެ ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއްކަން އަންގައިދޭ ލިޔުން.

 

8 ވަނަ މާއްދާ - ވިޔަފާރި އުސޫލުން އެކަމަޑޭށަން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުން

(ހ) ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭނީ، ގުނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގުނޫނު) ގެ ދަށުން، އެކަމަޑޭށަން ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެވެ.

(ށ) ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަން ވާނެއެވެ.

  1. ބިޒްނަސް ރެޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ؛
  2. އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ފޯނު ނަންބަރަކީ އެ ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއްކަން އަންގައިދޭ ލިޔުން.

 

9 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރިލޭށަން ހެދުން

(ހ) އެކްސްޕެޓް ސިސްޓަމުގައި "ރިލޭށަން" ހެދުމުން، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތް ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވާ ރިލޭށަން ހަދާ "ރެޕްރެޒެންޓޭޓިވް" އަކަށް ލިބޭނެއެވެ. 

(ށ) އެކްސްޕެޓް ސިސްޓަމުގައި "ރިލޭށަން" ހެދުމަށް ހުށަހަޅާނީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކުގައެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ރިލޭށަން" ހެދުމަށް އަންނަނިވި ލިޔެކިއުންތައް، ވަޒީފާދޭ ފަރާތުން ހުށަހަޅަންވާނެއެވެ.

  1. ރިލޭށަން ހަދައިދިނުމަށް އެދޭ ފޯމު؛
  2. އަމިއްލަ ފަރުދަކަށް ރިލޭށަން ހަދާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  3. އެމްޕްލޯއިމަންޓް އެޖެންސީއަކަށް ނަމަ، އެ އެޖެންސީއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީ؛
  4. ބިޒްނަސް އެންޓިޓީއަކުން ރިލޭށަން ހެދުމަށް ހުށަހަޅާއިރު، ރިލޭށަން ހަދައިދިނުމަށް ނިންމައިފައިވާ ބޯޑު ރިޒޮލިއުށަން؛ (ބޯޑް ރިޒޮލިއުށަން އޮންނަންވާނީ، މި މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) ގައި ށާއިއުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކުންފުނީގެ ލެޓަރހެޑްގައެވެ.)
  5. ދައުލަތުގެ އިދާރާއަކުން އެ އިދާރާގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާ ފަރާތަށް "ރެޕްރެޒެންޓޭޓިވް" އަށް ރިލޭށަން ހަދައިދިނުމަށް އެދިފައިވާ ސިޓީގެ ކުލަ ކޮޕީ؛
  6. "ރެޕްރެޒެންޓޭޓިވް" އަކީ ވަޒީފާދޭ ފަރާތުގެ މުވައްޒަފެއްނަމަ، ވަޒީފާދޭ ފަރާތުން، އެ ފަރާތަކީ ވަޒީފާދޭ ފަރާތުގެ ވަޒީފާއެއްގައި މަސައްކަތްކުރާ މުއްވަޒަފެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން؛ (މި ލިޔުމުގައި، ޕެންށަން ރެޖިސްޓްރޭށަން ނަންބަރު ހިމަނަންވާނެއެވެ.)

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ރިލޭށަން" ހެދުމަށް ހުށަހަޅާ "ރިކުއެސްޓް" ވެރިފައިކުރުމަށް، ރިލޭށަން ހަދައިދޭ ފަރާތް، އެކައުންޓް ވެރިފިކޭށަނަށް އަންނަނިވި އިދާރާއަކަށް ހާޒިރު ވާންވާނެއެވެ.

  1. މި މަސައްކަތް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ އޮފީސް؛
  2. އަތޮޅުތެރޭގައި ހުރި ފަރާތެއްގެ އެކައުންޓް ވެރިފައި ކުރާނަމަ، ކައުންސިލް އިދާރާ.

 

10 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތް ނިޔާވެއްޖެނަމަ، އެހެން ފަރާތަކަށް އެކްސްޕެޓް ސިސްޓަމުގައި ރިލޭށަން ހެދުން

(ހ) އެކްސްޕެޓް ސިސްޓަމުގައި އެކައުންޓެއް ހުޅުވައިފައިވާ ވަޒީފާދޭ ފަރާތެއް (އަމިއްލަ ފަރުދެއް) ނިޔާވެއްޖެ ނަމަ، ވަޒީފާދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަން ނިންމުމަށް، ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައި އެކަން ސިޓީއަކުން މިނިސްޓްރީއަށް އަންގައި، އަދި ތިރީގައި ބަޔާންކޮށްފައި މިވާ ލިޔެކިޔުންތައް ހުށަހަޅައިގެން އެކްސްޕެޓް ސިސްޓަމުގައި އައު އެކައުންޓެއް ކްރިއޭޓް ކުރަން ވާނެއެވެ.

  1. މަރު ސާބިތުކުރިކަމުގެ ލިޔުން؛
  2. އެކައުންޓް އެކްޓިވޭށަން/ޑީއެކްޓިވޭށަން ފޯމު؛
  3. ވާރިސެއްނަމަ، ވާރިސެއްކަން ކަނޑައަޅައިފައިވާ ލިޔުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ވަޒީފާއެއް ދޭ ފަރާތުން "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރާނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރަން ވާނެއެވެ.

 

11 ވަނަ މާއްދާ - ވިޔަފާރި ށަހްސް އުވައިލުން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީން ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ށަހްސް އުވައިލުމުގެ މަރުހަލާގައި، ވިޔަފާރި ށަހްސުުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންތައްތައް ނިންމުމަށް ރިލޭށަން ހަދައިދެވޭނީ ވިޔަފާރި ށަހްސުުގެ ލިކުއިޑޭޓަރގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތަށް އެކައުންޓް އެކްޓިވޭށަން/ޑީއެކްޓިވޭށަން ފޯމު ހުށަހެޅުމުންނެވެ.

 

12 ވަނަ މާއްދާ - ދައުލަތުގެ އިދާރާއެއް އުވައިލުން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީން ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާއެއް އުވައިލުމުގެ ކުރިން އެ އިދާރާއެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ. އެ ކަންކަމުގެ ތެރޭގައި، އެ އިދާރާއެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީ ފަރާތްތައް ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުކުރުމާއި، ނުވަތަ ގައުމަށް ފޮނުވައިލުމާއި، އެ އިދާރާގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކަންއުންޓްތައް ޑީއެކްޓިވޭޓްކުރުން ހިމެނެއެވެ.

 

13 ވަނަ މާއްދާ - ގުނޫނީ އެހެނިހެން ށަހްސުެއް އުވައިލުން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީން ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގުނޫނީ އެހެނިހެން ށަހްސުެއް އުވައިލުމުގެ ކުރިން، އެ ށަހްސުެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ކަންކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ. އެ ކަންކަމުގެ ތެރޭގައި، އެ ށަހްސުެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީން ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުކުރުމާއި، ނުވަތަ ގައުމަށް ފޮނުވައިލުމާއި، އެ އިދާރާގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކަންއުންޓްތައް ޑީއެކްޓިވޭޓްކުރުން ހިމެނެއެވެ.

 

14 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި މަސައްކަތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އަށް ދީފައިވާ ހުއްދަ ބާތިިލުކުރުން

އެސްޕެޓް ސިސްޓަމުގައި މަސައްކަތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އަށް ދީފައިވާ ހުއްދަ ބާތިިލުކުރެވޭނީ، "އެކައުންޓް އެކްޓިވޭށަން/ޑީއެކްޓިވޭށަން" ފޯމު ހުށަހެޅުމުންނެވެ.

 

15 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކައުންޓުގެ މައުލޫމާތު ބަދަލުވުން

އެކްސްޕެޓް ސިސްޓަމުގައި ހުޅުވައިފައިވާ އެކައުންޓުގެ އެއްވެސް މައުލޫމާތެއް ބަދަލުވެފައިވާނަމަ، "އެކައުންޓް މޮޑިފިކޭށަން ފޯމު" ހުށަހަޅައި، މައުލޫމާތު އަދާހަމަ ކުރަންވާނެއެވެ. މިގޮތަށް އަމަލު ނުކޮށްގެން ލިބޭ ގެއްލުންތަކަށް ޒިންމާވާނީ އެކައުންޓުގެ ވެރިފަރާތުންނެވެ. 

 

16 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ބްލެކް ލިސްޓް ކޮށްފައިވާ ފަރާތްތަކަށް ދެވޭނެ ހިދުމަތްތައް

އެކްސްޕެޓް ސިސްޓަމުގައި ބްލެކް ލިސްޓް ކޮށްފައިވާ ފަރާތަކަށް ހިދުމަތް ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

17 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތުގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެސްޕެޓް ސިސްޓަމް ބޭނުންކުރުމަށް ރަޖިސްޓަރީކޮށް ހުއްދަ ދޫކޮށްފައިވާ ފަރާތެއްގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން، ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރުމަށް ހުއްދަ ދިނުން، ނުވަތަ މި ނޫން އެހެން ގޮތަކަށްވެސް ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތަށް ނޭނގި ނުވަތަ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތަށް ނޭނގި އެ ފަރާތުގެ އެކައުންޓް އެހެން ފަރާތަކުން ބޭނުންކުރަމުންދާކަން އެނގިއްޖެނަމަ ނުވަތަ އެކަމަށް ށައްކު ކުރެވިއްޖެނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިގެން އެކަން ތަހުގްީގްު ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

މި އުސޫލުގައިވާ މާއްދާތަކާ ހިލާފަށް، އަންނަނިވި ކަންކަން ކުރާ ފަރާތްތަކާ މެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ފިޔަވަޅު އެޅުމުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

  1. ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތައް؛
  2. ށައްކުކުރެވޭ މައުލޫމާތު ހުށަހަޅާ ފަރާތްތައް؛
  3. ޖިނާއީ ކުށެއް ކުރެވޭ މުއާމަލާތް ހުށަހަޅާ ފަރާތްތައް؛
  4. ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތައް.

 
 

 

----------------

 

ޖަދުވަލު 2

ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު" އެވެ.

 

3 މާއްދާ - ކޯޓާ

މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުއެވެ.

 

4 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ ދާއިރާތައް

(ހ) ގުނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގުނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ވިޔަފާރިއެއް؛

(ށ) އަމިއްލަ ކޮންމެ ފަރުދެއް؛

(ނ) ސަރުކާރުގެ އޮފީސްތައް؛

(ރ) ގުނޫނީ އެހެނިހެން ށަހްސުުތައް.

 

5 ވަނަ މާއްދާ -

މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ކޯޓާ ދޫކުރެވޭނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ނޭށަނަލް ޖޮބް ސެންޓަރ - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުންނެވެ.

 

6 މާއްދާ - ކޯޓާ ދޫކުރުން

(ހ) ކޯޓާ ދޫކުރެވޭ ދާއިރާތަކުގެ ތެރެއިން މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ކޯޓާ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައި މިވާ ގޮތުގެ މަތިންނެވެ.

  1. ކޯޓާ ދޫކުރެވޭނީ، މަސައްކަތްތައް ސުިނާއަތްތަކަކަށް ބަހައިލައިގެން، ސުިނާއަތްތަކުގެ ދަށުން ކޯޓާ ދޫކުރެވޭނެ "ބިޒްނަސް އެކްޓިވިޓީތައް" ކަނޑައެޅިގެންނެވެ.
  2. "ބިޒްނަސް އެކްޓިވިޓީ" އަށް ކޯޓާއަށް އެދި ހުށަހެޅުމުގެ ށަރުތިާއި، ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ކޯޓާ ދޫކުރުމުގައި ބަލާނެ ކަންތައްތަކާއި، ކޯޓާ ދޫކުރެވޭނެ މިންވަރު ބަޔާންކުރާ "ކޯޓާ ރިކުއަރމަންޓް ލިސްޓް" މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.

(ށ) ކޯޓާ ދޫކުރެވޭ ދާއިރާތަކުގެ ތެރެއިން މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާއަށް ކޯޓާ ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައި މިވާ ގޮތުގެ މަތިންނެވެ.

  1. އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ދޫކުރެވޭ ކޯޓާތަކުގެ ތެރެއިން ގުނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގުނޫނު) ގެ ދަށުން ސޯލް ޕްރޮޕަރޭޓަރށިޕްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން މަސައްކަތްކުރާ ފަރާތްތަކަށް ކޯޓާ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދިވެހި ރައްޔިތަކަށް ކޯޓާ ދޫކުރެވޭނީ، ހަމައެކަނި ގެވެށި މަސައްކަތްތަކަށެވެ.
  3. މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ކޯޓާއަށް އެދި ހުށަހެޅުމުގެ ށަރުތިާއި، ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ކޯޓާ ދޫކުރުމުގައި ބަލާނެ ކަންތައްތަކާއި، ކޯޓާ ދޫކުރެވޭނެ މިންވަރު، މިނިސްޓްރީން އިއުލާނު ކުރާ "ކޯޓާ ރިކުއަރމެންޓް ލިސްޓު" ގައި ބަޔާންކުރާނެއެވެ.
  4. މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާ ދޫކުރެވޭ ދާއިރާގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރުދުންނަށް މި އުސޫލުގެ ދަށުން ކޯޓާ ދުލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާ ރިކުއަރމަންޓް ލިސްޓުގައި ހިމެނިފައިވާ ބައިތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކޯޓާ ދޫކުރާ ސުިނާއަތްތަކާއި، އެ ސުިނާއަތެއްގެ ދަށުން ކޯޓާ ދޫކުރެވޭ ބިޒްނަސް އެކްޓިވިޓީތައް؛
    މި އެކްޓިވިޓީތަކުގެ ތެރޭގައި، އެ މަސައްކަތަކީ ރާއްޖޭގައި ކުރުން މަނާ ނުވަތަ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދޫކުރާ މަސައްކަތްތެއް ކަމުގައި ނުވާނަމަ، އެ މަސައްކަތެއް ހިމެނޭ ބިޒްނަސް އެކްޓިވިޓީ،"ކޯޓާ ރިކުއަރމަންޓް ލިސްޓު" ގައި ހިމެނުނު ކަމުގައި ވިޔަސް، އެފަދަ ބިޒްނަސް އެކްޓިވިޓީތަކަށް ކޯޓާ ދުލެއް ނުކުރެވޭނެއެވެ.
  2. ބިޒްނަސް އެކްޓިވިޓީގައި ހިމެނޭ މަސައްކަތްތަކާއި، ނުހިމެނޭ މަސައްކަތްތަކާއި، ބިޒްނަސް އެކްޓިވިޓީގައި ހިމެނުނު ނަމަވެސް ކޯޓާ ދޫނުކުރެވޭނެ މަސައްކަތްތައް؛
  3. ކޮންމެ ބިޒްނަސް އެކްޓިވިޓީއަކަށް ކޯޓާ ދޫކުރެވޭނެ އެންމެ މަދު މިންވަރު؛
    ކޯޓާ ދޫކުރެވޭނެ އެންމެ މަދު މިންވަރަކީ، އެ ބިޒްނަސް އެކްޓިވިޓީއެއްގައި ހިމެނޭ މަސައްކަތަށް އެންމެ ކުދި ވިޔަފާރިއަށް ކޯޓާ ދޫކުރެވޭނެ މިންވަރެވެ. ކޯޓާ ދޫކުރެވޭނެ އެންމެ މަދު މިންވަރު ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތްތަކުން އެ އަދަދަށްވުރެ މަދު އަދަދަށް ކޯޓާއަށް އެދި ހުށަހަޅައިފިނަމަ، ކޯޓާ ދޫކުރެވޭނީ އެދިފައިވާ އަދަދަށެވެ.
  4. ކޯޓާ ދޫކުރެވޭނެ ދާއިރާތަކާއި، ދޫކުރެވޭނެ ކޯޓާގެ ބާވަތް.

 

7 ވަނަ މާއްދާ - ކޯޓާ ދޫކުރާނެ އަދަދު ކަނޑައެޅުން

(ހ) މި އުސޫލުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރުމުގައި ކޯޓާގެ އަދަދު ކަނޑައަޅާނީ، ތިރީގައި ބަޔާންކޮށްފައި މިވާ މައިގަނޑު 3 (ތިނެއް) ކަންތަކަށް ބަލައިގެންނެވެ.

  1. އެ މަސައްކަތެއް ކުރުމަށް ބޭނުންވާނެ މަސައްކަތްތެރިންގެ ނިސްބަތް؛
    މަސައްކަތްތެރިންގެ ނިސްބަތް ބަލާނީ، ކޯޓާއަށް އެދި ހުށަހަޅަންޖެހޭ، ވަޒީފާދޭ ފަރާތުން ތައްޔާރުކޮށްފައިވާ "މޭން ޕަވަރ ޕްލޭން" އާއި، އެ މަސައްކަތެއް ކުރުމަށް ބޭނުންވާނެ މަސައްކަތްތެރިންގެ ނިސްބަތް ކަނޑައެޅުމުގައި މިނިސްޓްރީން ބަލާ މިންގަނޑުތަކަށް ބަލައިގެންނެވެ.
  2. އެ މަސައްކަތެއް ކުރުމަށް ބޭނުންވާނެ މަސައްކަތްތެރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެންހުރި މިންވަރު؛
    މަސައްކަތްތެރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެންހުރި މިންވަރު ބެލޭނީ، ކޯޓާއަށް އެދި ހުށަހަޅާ މަގުމަށް އެކަށީގެންވާ މަސައްކަތްތެރިން ލިބެންހުރި މިންވަރު "ޖޮބް ޕޯޓަލް" މެދުވެރިކޮށް ބަލައިގެންނެވެ.
  3. އެ ވަޒީފާދޭ ފަރާތެއްގެ ވަޒީފާގައި / ކޯޓާ ހޯދާ މަސައްކަތެއްގައި ދިވެހި މުވައްޒަފުން ގެންގުޅެމުންދާ މިންވަރު؛
    ދިވެހި މުވައްޒަފުންގެ އަދަދު ބަލާނީ، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ޕެންށަނުގައި ރަޖިސްޓަރީކުރުމަށް ކަނޑައަޅާ ނިޒާމެއްގެ ދަށުން ވަޒީފާދޭ ފަރާތުން ޕެންށަނުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންގެ އަދަދަށް ބަލައިގެންނެވެ.

 

8 ވަނަ މާއްްދާ - ކޯޓާ ހޯދުމަށް އެދި ހުށަހެޅުން

މި އުސޫލުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ބޭނުންވާ ފަރާތްތަކުން ކޯޓާއަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ނިއު ކޯޓާ" ރިކުއެސްޓެއް ހުށަހެޅުމުންނެވެ.

 

9 ވަނަ މާއްދާ - ކޯޓާގެ މުއްދަތު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކޯޓާގެ މުއްދަތު ކަމުގައި ބެލެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ދައްކައިފައިވާ އަދި އެ ކޯޓާ ދޫކޮށްފައިވާ މަސައްކަތް ކުރުމަށް ބޭނުންވާ ހުއްދަ އޮތް މުއްދަތަށެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާގެ ތެރެއިން، އެކްސްޕެޓް ސިސްޓަމުގައި "ކެންސަލް ސްޓޭޓް" ގައި ހުރި ކޯޓާތައް ފިޔަވައި އެހެން ހުރިހާ ކޯޓާތަކަކީ "އެޕްރޫވްޑް ސްޓޭޓް" ގައިވާ ކޯޓާތަކަކަށް ބަދަލުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާތަކުގެ މުއްދަތު ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ- ކޯޓާ މުއްދަތު އިތުރުކުރުމުގެ ހިދުމަތް ހުއްޓައިލުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާގެ މުއްދަތު ބަދަލުވެގެންދާތީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް (ކޯޓާ އެކްސްޓެންށަން)، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހުއްޓައިލެވޭނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ކޯޓާ އެކްސްޓެންށަން އެޕްލިކޭށަންތަކުގެ ތެރެއިން ޕްރޮސެސް ނުކުރެވި ހުރި އެޕްލިކޭށަންތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމުން ބާތިިލުވާނެއެވެ.

 

11 ވަނަ މާއްދާ- ކޯޓާ ކެންސަލްކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އަލަށް ދޫކުރެވޭ ކޯޓާ އެކްސްޕެޓް ސިސްޓަމުން އެޕްރޫވް ކުރާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ނުދައްކައިފިނަމަ، އެ ކޯޓާ ކެންސަލްކުރެވޭނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، އަލަށް ދޫކުރާ ކޯޓާގެ ތެރެއިންނާއި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރޭގައި ބޭނުންނުކުރާ ކޯޓާ ހުރިނަމަ، ކޯޓާ ލިބިފައިވާ ފަރާތުން އެ ކޯޓާ ކެންސަލްކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ކެންސަލް ކުރާނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ ދޫކުރެވިފައިވާ ފަރާތުން ނުވަތަ ރެޕްރެޒެންޓޭޓިވްއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ކެންސަލް ކުރެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

  1. އެ ކޯޓާގެ ދަށުން އެއްވެސް އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް ނެތް ކަމުގައިވާނަމަ، ނުވަތަ އެ ކޯޓާއެއްގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އަދަދާ ހަމައަށް؛
  2. މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ކޯޓާ ފީ ނެގުމުގެ އުސޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް ފީ ދައްކައިފައިވާނަމަ.

(ބ) މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ކޯޓާ ފީ ނެގުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ފީ ދައްކަން ކަނޑައެޅޭ މުއްދަތުގައި ކޯޓާ ފީ ނުދައްކާ ކޯޓާތައް، އެ އުސޫލުގެ 11 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ- ކޯޓާ އިތުރުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ކޯޓާގެ އަދަދު އިތުރުކުރެވޭނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައު ކޯޓާއަކަށް އެދިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކޯޓާގެ އަދަދު އިތުރުކުރުމަށް ކުރިން ހުށަހަޅައިފައިވާ އެޕްލިކޭށަންތައް ބާތިިލުކުރެވޭނެއެވެ. އަދި އެ ފަރާތްތަކަށް ކޯޓާ ގެ އަދަދު އިތުރުކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މަސައްކަތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ގެއްލިގެން ނުވަތަ ފިލައިގެން، މަސައްކަތަށް އިތުރަށް ބޭނުންވާ ކޯޓާ ހޯދުމަށްޓަކައި ކޯޓާގެ އަދަދު އިތުރުކޮށެއް ނުދެވޭނެއެވެ.

 

13 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ މަގުމްތަކާއި ކޯޓާ ދޫނުކުރެވޭ މަގުމްތައް (ކޯޓާ އޮކިއުޕޭށަން)

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ކޯޓާ ދޫކުރެވޭނީ، އެ "ބިޒްނަސް އެކްޓިވިޓީ" އާ ގުޅޭ މަގުމްތަކަށެވެ.

(ށ) މި ގަވާއިދުގެ ދަށުން ކޯޓާ ދޫނުކުރެވޭ މަގުމްތައް، ތިރީގައި މިވަނީއެވެ.

  1. ޓެކްސީ ޑްރައިވަރުން / ކުލީ ދަތުރުކުރާ އެއްގަމު އުޅަނދުގެ ޑްރައިވަރުން؛
  2. މަތިންދާ ބޯޓުފަހަރުގެ ކޯ-ޕައިލެޓުން / ފަސްޓް އޮފިސަރުން؛
  3. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން؛
  4. މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ކުރާ މަސްވެރިކަމުގެ މަސައްކަތްތަކުގެ މަގުމުތަކަށް؛
  5. ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނާއި މިފަދަ މަސައްކަތްކުރާ އެހެނިހެން ފަރާތްތައް؛
  6. މުނިފޫހިފިލުވުމުގެ މަސައްކަތްކުރާ ފަންނާނުން.

 

14 ވަނަ މާއްދާ - ކޯޓާ އޮކިއުޕޭށަން ބަދަލުކުރުން

(ހ) ކޯޓާ އެޕްރޫވްކުރުމަށްފަހު، ކޯޓާގެ އޮކިއުޕޭށަން ބަދަލުކުރެވޭނީ، ކޯޓާގެ އެޕްރޫވްކުރެވުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

(ށ) އޮކިއުޕޭށަން ބަދަލުކުރެވޭނީ، "ކޯޓާ އޮކިއުޕޭށަން ޗޭންޖް ފީ" އެއްގެ ގޮތުގައި، ބަދަލުކުރާ ކޮންމެ އޮކިއުޕޭށަނަކަށް 200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރެއިން، ކޯޓާގެ އަދަދަށް އޮކިއުޕޭށަން އަޕްޑޭޓްކޮށްފައި ނުވާ ކޯޓާތަކުގެ އޮކިއުޕޭށަން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މެނޭޖް އޮކިއުޕޭށަން" ރިކުއެސްޓް ހުށަހަޅައިގެން އަޕްޑޭޓްކުރަން ވާނެއެވެ. 

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ކޯޓާ އޮކިއުޕޭށަން ބަދަލުކުރުމުގައި ފުރަތަމަ ފަހަރު "ކޯޓާ އޮކިއުޕޭށަން ޗޭންޖް ފީ" ގެ ގޮތުގައި ދައްކަންޖެހޭ 200 (ދުއިސައްތަ) ރުފިޔާ ދައްކާކަށެއް ނުޖެހޭނެއެވެ. ނަމަވެސް އެއްފަހަރަށްވުރެ ގިނަފަހަރު އޮކިއުޕޭށަން ބަދަލުކުރުމަށް އެދޭނަމަ، އޮކިއުޕޭށަން ބަދަލުކުރެވޭނީ، އެންމެ ފަހުން އޮކިއުޕޭށަން ބަދަލުކުރި ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށްފަހު "ކޯޓާ އޮކިއުޕޭށަން ޗޭންޖް ފީ" ގެ ގޮތުގައި ދައްކަންޖެހޭ 200 (ދުއިސައްތަ) ރުފިޔާ ދެއްކުމުންނެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އޮކިއުޕޭށަން އަޕްޑޭޓްކޮށްފައި ނުވާ ކޯޓާ ހުރި ވަޒީފާދޭ ފަރާތްތަކަށް، ތިރީގައި ބަޔާންކޮށްފައި މިވާ ހިދުމަތްތައް ދެވޭނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިސްޓަމް އަޕްޑޭޓްކުރުމުންނެވެ.

  1. އައު ކޯޓާއަކަށް އެދި ހުށަހެޅުން؛
  2. ކޯޓާގެ އަދަދު އިތުރުކުރުމަށް އެދި ހުށަހެޅުން؛
  3. އައު އެމްޕްލޯއިމަންޓް އެޕްރޫވަލްއަކަށް އެދި ހުށަހެޅުން.

(ޅ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކެންސަލްކުރަން އެދޭ ކޯޓާއަކީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޯޓާގެ އަދަދަށް އޮކިއުޕޭށަން އަޕްޑޭޓްކޮށްފައި ނުވާ ކޯޓާއެއް ކަމުގައި ވާނަމަ، ކޯޓާ ކެންސަލް ކުރެވޭނީ، ބޭނުންވާ އަދަދަށް އޮކިއުޕޭށަން އަޕްޑޭޓް ކުރުމަށް ފަހުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް އޮކިއުޕޭށަން އަޕްޑޭޓްކޮށް އަދި ކޯޓާ ކެންސަލްކުރަން އެދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މެނޭޖް އޮކިއުޕޭށަން" ރިކުއެސްޓް ފޮނުވަން ވާނެއެވެ.

 

15 ވަނަ މާއްދާ - "ވަރކް ސައިޓް" އިންސްޕެކްށަން

ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމުގައި ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ "ވަރކް ސައިޓް" ތައް މި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިންސްޕެކްޓް ކުރެވޭނެއެވެ.

 

 

 

--------------

ޖަދުވަލު 3

ކޯޓާ ފީ ނެގުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ކޯޓާ ފީ ނެގުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ކޯޓާ ފީ

(ހ) ކޯޓާ ފީއަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްޓަކައި ދޫކުރާ ކޯޓާއަށް ނަގާ ފީއެކެވެ.

(ށ) ކޯޓާ ފީގެ އަގަކީ، ކޮންމެ ކޯޓާއަކަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް 2,000 (ދެހާސް) ރުފިޔާއެވެ.

 

4 ވަނަ މާއްދާ - ކޯޓާ ފީގެ މުއްދަތު

(ހ) ކޯޓާ ފީގެ މުއްދަތަކީ، ކޯޓާ ދޫކުރެވޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާގެ ކޯޓާ ފީގެ މުއްދަތަކީ، މި އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހެވެ.

 

5 ވަނަ މާއްދާ - ކޯޓާ ފީ ދައްކާނެ މުއްދަތު

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމުން، އަލަށް ދޫކުރާ ކޯޓާ ބޭނުންކުރަން ފެށޭނީ ކޯޓާ ފީ ދެއްކުމުންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާގެ ކޯޓާ ފީ، މި އުސޫލަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދައްކަންޖެހޭނެއެވެ.

(ނ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ޖެހިގެން އަންނަ އަހަރުގެ ކޯޓާ ފީ ދައްކަންޖެހޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ކޯޓާ ފީ ދެއްކޭނެ އެންމެ ގިނަ މުއްދަތަކީ، 36 (ތިރީސް ހައެއް) މަސްދުވަހެވެ.

 

6 ވަނަ މާއްދާ - އަލަށް ދޫކުރާ ކޯޓާއަށް ކޯޓާ ފީ ނެގުން

(ހ) އަލަށް ދޫކުރާ ކޯޓާއަށް ކޯޓާ ފީ ނަގާނީ، މި އުސޫލުގެ 4 މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުން، ކޯޓާއަށް އެދި މި މިނިސްޓްރީއަށް ހުށަހަޅާ އެޕްލިކޭށަންތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ އެޕްރޫވް ކުރެވުނު ނަމަވެސް، ކޯޓާ ބޭނުންކުރެވޭނީ، އެ ކޯޓާތަކަށް ކޯޓާ ފީ ދައްކައި، ކޯޓާ "އެކްޓިވް ސްޓޭޓަސް" އަށް ދިއުމުންނެވެ.

 

7 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާއަށް ފީ ނެގުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރެއިން، މި ގަވާއިދަށް އަމަލުކުރާ ތާރީހުގައި އެކްސްޕެޓް ސިސްޓަމުގައި "އެޕްރޫވްޑް ސްޓޭޓް" ހުރި ހުރިހާ ކޯޓާތަކަށް މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) އާއި، 5 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތިން ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާތަކަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް (އީ.އޭ) ތަކުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީއަކީ ގެއްލިފައިވާ (މިސިންގ) ފަރާތެއް ކަމުގައި ވެފައި، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެކަން ރިޕޯޓްކޮށް އެކްސްޕެޓް ސިސްޓަމުގައި އަޕްޑޭޓް ކުރެވިފައިވިޔަސް، މި ފަދަ ކޯޓާތަކަށް ކޯޓާ ފީ ދައްކަންވާނެއެވެ.

 

8 ވަނަ މާއްދާ - ކެންސަލްކުރެވޭ ކޯޓާތަކަށް ކޯޓާ ފީ ދެއްކުން

މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާ ދޫކުރުމާ ބެހޭ އުސޫލު" ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންސަލްކުރެވޭ ކޯޓާއަކީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޯޓާ ފީ ދައްކައިފައިވާ ކޯޓާ ކަމުގައި ވިޔަސް، ދައްކައިފައިވާ ފީގެ އެއްވެސް ނިސްބަތެއް ރީފަންޑެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ވަޒީފާދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ އެހެން ފަރާތަކަށް ބަދަލުކުރުން

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމުން، ވަޒީފާދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، އަލަށް ކޯޓާ ދޫކުރާ ފަރާތުން، މި އުސޫލުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯޓާ ފީ ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ވަޒީފާދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ އެހެން ފަރާތަކަށް ބަދަލުކުރުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، ކޯޓާ ފީ ދެއްކުމަކާ ނުލައި އަލަށް ކޯޓާ ދޫކުރާ ފަރާތަށް ކޯޓާ ބަދަލު ކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ކޯޓާ ފީ ދެއްކުން

ކޯޓާ ފީ ދައްކާނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށެވެ.

 

11 ވަނަ މާއްދާ - ކޯޓާ ފީ ނުދައްކައިފިނަމަ އަމަލުކުރާނެ ގޮތް

މި އުސޫލުގައި ކޯޓާ ފީ ދެއްކުމަށް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި ކޯޓާ ފީ ނުދައްކައިފިނަމަ، ކޯޓާ ފީ ނުދައްކައި ހުރި ފަރާތްތަކާ މެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

(ހ) ކޯޓާ ފީ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ކޯޓާ ފީ ދައްކައި ހަލާސްނުކޮށްފިނަމަ، ކޯޓާ ފީ ދައްކާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތާމެދު އަމަލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމާއެކު، 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓާ ފީ ދެއްކުމަށާއި، މި މުއްދަތުގެ ތެރޭގައި ކޯޓާ ފީ ދައްކައި ހަލާސްނުކޮށްފިނަމަ އެ ފަރާތަކާމެދު މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެކަން ބަޔާންކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ނޯޓިސް" އެއް ފޮނުވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ނޯޓިސް" އަކީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ ފީ ދެއްކުމަށް އަންގައިފައި ފޮނުވާ އޮންލައިން ނޮޓިފިކޭށަން މެސެޖެކެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ނޯޓިސް" ގެ މުއްދަތު ގުނަން ފެށޭނީ، އެކްސްޕެޓް ސިސްޓަމުން މި ނޯޓިސް ފޮނުވޭ ތާރީހުން ފެށިގެންނެވެ.

(ބ) ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޯޓާ ފީ ދައްކައި ހަލާސްނުކޮށްފިނަމަ، އަދި ނުދައްކައި ހުރި ކޯޓާ ފީ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް މި އުސޫލުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިސްޓްރީން އިންސްޓޯލްމަންޓް ޕްލޭނެއް ދީފައިނުވާނަމަ، ކޯޓާ ފީ ނުދައްކައި ހުރި ފަރާތްތަކާ މެދު، ތިރީގައި ބަޔާންކޮށްފައި މިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ ކޯޓާގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އަދަދަށް ކޯޓާގެ އަދަދު މަދުކުރުން؛
  2. އެ ކޯޓާގެ ދަށުން އެއްވެސް އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް ދޫކޮށްފައި ނުވާ ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ކޯޓާ ކެންސަލްކުރުން؛
  3. ކޯޓާ ފީ ނުދައްކައި ހުރި ފަރާތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލައިދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

12 ވަނަ މާއްދާ - އިންސްޓޯލްމަންޓަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުން

(ހ) މި އުސޫލުގައި ކޯޓާ ފީ ދެއްކުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި ކޯޓާ ފީ ނުދެއްކޭ ފަރާތްތަކުން، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭނަމަ "އިންސްޓޯލްމަންޓަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމަށް އެދޭ ފޯމު" އާއި، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅައި، މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓަށް ބަހައިލައިގެން މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް ކޯޓާ ފީ ދައްކަން ހަމަޖެހިއްޖެނަމަ، އެ ފަރާތަކާ މެދު މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތިން އަމަލުކުރުން ހުއްޓައިލެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންސްޓޯލްމަންޓަށް ކޯޓަ ފީ ދައްކަން ހަމަޖެހި، އިންސްޓޯލްމަންޓް ދައްކަން މިނިސްޓްރީން ހަމަޖައްސައިފައިވާ ގޮތުގެ މަތިން ބަރާބަރަށް ކޯޓާ ފީ ނުދައްކައިފިނަމަ، އެ ފަރާތަކާ މެދު މި އުސޫލުގެ 11 ވަނަ މާއްދާގެ (ބ) ގައިވާ ގޮތަށް އަމަލުކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - އިންސްޓޯލްމަންޓަށް ކޯޓާ ފީ ދެއްކުމަށް އެދި ހުށަހެޅުމުން ބެލޭނެ ކަންކަން

މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންސްޓޯލްމަންޓަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމަށް އެދިއްޖެނަމަ، ތިރީގައިވާ ކަންތައްތަކަށް ބަލައި އިންސްޓޯލްމަންޓަށް ކޯޓާ ފީ ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަކީ ނުވަތަ އެ ފުރުސަތު ނުދިނުމަކީ މިނިސްޓްރީގެ އިހްތިޔާރުގައިވާ ކަމެކެވެ.

  1. އިންސްޓޯލްމަންޓަށް އެދި ހުށަހަޅާއިރު އިތުރު އެއްވެސް އިންސްޓޯލްމަންޓެއް ނަގައިފައިވުން؛
  2. އިންސްޓޯލްމަންޓަށް އެދި ހުށަހަޅާ ފަރާތުގެ ކޯޓާގައި ނުވަތަ ކޯޓާ ނަގައިފައިވާ ފަރާތުގެ ކޯޓާގައި "މިސިންގ ރިޕޯޓް" ކުރަންޖެހޭ ފަދަ މީހުން ހިމެނުނަސް، މިސިންގ ރިޕޯޓް ކޮށްފައިނުވާ މީހުން ތިބުން؛
  3. އިންސްޓޯލްމަންޓަށް އެދި ހުށަހަޅާ ފަރާތުން ނުވަތަ ކޯޓާ ނަގައިފައިވާ ފަރާތުން ވިސާ ފީގެ އެއްވެސް ނިސްބަތެއް ދައްކައިފައި ނެތުން؛
  4. ކޯޓާ ފީ ދައްކަންޖެހޭ ކޯޓާއެއް އޮއްވައި ނުވަތަ ކޯޓާ ފީ ދައްކަންޖެހޭ ކޯޓާތަކެއް ހުއްޓައި، އެންމެ ކޯޓާއަކަށް ނުވަތަ ބައެއް ކޯޓާއަކަށް ވަކިން އިންސްޓޯލްމަންޓަށް އެދުން.

 

14 ވަނަ މާއްދާ - ޑިޕޮސިޓް ފައިސާއިން ކޯޓާ ފީ ނެގުން

މި އުސޫލުގެ 11 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ "ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު" ގެ ދަށުން، ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން ފީ ނުދައްކާ ފަރާތްތަކުގެ ކޯޓާ ފީގެގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

 

 

----------------

 

ޖަދުވަލު 4

ބިދޭސީން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލު

 

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ބިދޭސީން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް

އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ، ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ކޯޓާ ދޫކޮށްފައިވާ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ނިއު އެމްޕްލޯއިމަންޓް އެޕްރޫވަލް" ރިކުއެސްޓް ހުށަހެޅުމުންނެވެ.
ޕްރޮފެށަނަލް މަގުމްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން

 

4 ވަނަ މާއްދާ - ޕްރޮފެށަނަލް ކެޓަގަރީގައި ގެންނަ ބިދޭސީންނަށް، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ، އަންނަނިވި ލިޔެކިއުންތައް ހުށަހެޅުމުންނެވެ.

(ހ) ތައުލީމީ ސެޓުފިކެޓުގެ ކުލަ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެލިޑޭޓް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ، ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

(ށ) އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާ މަގުމަކީ ސަރުކާރުގެ އިދާރާއެއްގެ ރެޖިސްޓްރޭށަނެއް ނުވަތަ ލައިސަންސެއް ބޭނުންވާ މަގުމެއްނަމަ، އެ ރެޖިސްޓްރޭށަނެއްގެ ކޮޕީ ނުވަތަ ލައިސަންސެއްގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެލިޑޭޓް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ، ވެލިޑޭޓްކޮށްފައިވާ ރެޖިސްޓްރޭށަންގެ ކޮޕީ ނުވަތަ ލައިސަންސްގެ ކޮޕީ)

(ނ) އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ކުލަކޮށް ސްކޭންކޮށްފައިވާ ކޮޕީ (މުއްދަތު ހަމަނުވެ މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)

- އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.

(ރ) އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (މޯލްޑިވްސް އިމިގްރޭށަންގެ މިންގަނޑަށް ފެތޭ)

(ބ) ލެޓަރ އޮފް އެޕޮއިންޓްމަންޓް (މި އުސޫލުގެ 22 ވަނަ މާއްދާގައިވާ ޓެމްޕްލޭޓަށް)

(ޅ) އެ ބިދޭސީއެއްގެ މެޑިކަލް ރިޕޯޓް (ދޫކުރިތާ 45 ދުވަސް ހަމަނުވާ)

(ކ) އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)

(އ) އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން ކަނޑައަޅާ އެކަމަޑޭށަން ފެސިލިޓީގެ މައުލޫމާތު.

(ވ) ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ ފަރާތްތަކާއި އަދި ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ ފަރާތްތައް އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.

 

5 ވަނަ މާއްދާ - ނޮން-ޕްރޮފެށަނަލް މަގުމްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން

ނޮން-ޕްރޮފެށަނަލް ކެޓަގަރީގައި ގެންނަ ބިދޭސީންނަށް، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ އަންނަނިވި ލިޔެކިއުންތައް ހުށަހެޅުމުންނެވެ.

(ހ) އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި (މުއްދަތު ހަމަނުވެ މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)

- އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.

(ށ) އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަ ފޮޓޯ (މޯލްޑިވްސް އިމިގްރޭށަނުގެ މިންގަނޑަށް ފެތޭ)

(ނ) ލެޓަރ އޮފް އެޕޮއިންޓްމަންޓް (މި އުސޫލުގެ 22 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިފައިވާ)

(ރ) އެ ބިދޭސީއެއްގެ މެޑިކަލް ރިޕޯޓް (ދޫކުރިތާ 45 ދުވަސް ހަމަނުވާ)

(ބ) އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)

(ޅ) އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހަމަޖައްސައިފައިވާ އެކަމަޑޭށަން ފެސިލިޓީ ނުވަތަ ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ސާވަންޓަކަށް، ނުވަތަ ޑްރައިވަރަކަށް، ނުވަތަ ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ނުވަތަ ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން.

(ކ) ގޭގެ ރަޖިސްޓަރީއެއް ނެތި ވަކި ގޭބިސީއެއްގެ ގޮތުގައި ދިރިއުޅޭ މީހުން ގޭގެ ވެރިމީހާ އެ ގޭގައި އެ މީހަކު ދިރިއުޅޭކަން ބަޔާންކުރާ ސިޓީ.

(އ) ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ މީހުންނާއި އަދި ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ މީހުން އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.

 

6 ވަނަ މާއްދާ - ގެވެށި މަސައްކަތްތަކަށް ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން

ގެވެށި މަސައްކަތްތަކަށް ބިދޭސީން ގެނެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންނަނިވި މަގުމުތަކަށް މީހުން ގެނައުމަށްޓަކައި މި މާއްދާގައި ބަޔާންކޮށްފައި މިވާ ލިޔެކިއުންތައް ހުށަހެޅުމުންނެވެ.

(ހ) ޑޮމެސްޓިކް ސަރވަންޓުގެ މަގުމަށް މީހުން ގެނައުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހެޅުން.

  1. އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި (މުއްދަތު ހަމަނުވެ މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)
    - އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.
  2. އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (އިމިގްރޭށަނުގެ މިންގަނޑަށް ފެތޭ)
  3. ލެޓަރ އޮފް އެޕޮއިންޓްމަންޓް (މި އުސޫލުގެ 22 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިފައިވާ)
  4. އެ ބިދޭސީއެއްގެ މެޑިކަލް ރިޕޯޓް (ދޫކުރިތާ 45 ދުވަސް ހަމަނުވާ)
  5. އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)
  6. އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ އެކަމަޑޭށަން ފެސިލިޓީ ނުވަތަ ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ސާވަންޓަކަށް، ނުވަތަ ޑްރައިވަރަކަށް، ނުވަތަ ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ނުވަތަ ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން. ގޭގެ ރަޖިސްޓަރީއެއް ނެތި ވަކި ގޭބިސީއެއްގެ ގޮތުގައި ދިރިއުޅޭ މީހުން ގޭގެ ވެރިމީހާ އެ ގޭގައި އެ މީހަކު ދިރިއުޅޭކަން ބަޔާންކުރާ ސިޓީ.
  7. ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާ އިމާރާތުގެ/އެޕާޓްމަންޓުގެ ފްލޯ ޕްލޭނުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށްފައި ނުވަތަ ގޭގެ ކުރެހުމުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށް، 2 (ދޭއް) ހެކިން ސޮއިކޮށްފައި.
  8. ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ މީހުންނާއި އަދި ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ މީހުން އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.

(ށ) ޑޮމެސްޓިކް އެޓެންޑެންޓުގެ މަގުމަށް މީހުން ގެނައުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހެޅުން.

  1. އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި (މުއްދަތު ހަމަނުވެ މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)
    - އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.
  2. އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (އިމިގްރޭށަނުގެ މިންގަނޑަށް ފެތޭ)
  3. ލެޓަރ އޮފް އެޕޮއިންޓްމަންޓް (މި އުސޫލުގެ 22 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިފައިވާ)
  4. އެ ބިދޭސީއެއްގެ މެޑިކަލް ރިޕޯޓް (ދޫކުރިތާ 45 ދުވަސް ހަމަނުވާ)
  5. އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)
  6. ބިދޭސީ ފަރާތް ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ އެކަމަޑޭށަން ފެސިލިޓީ ނުވަތަ ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ސާވަންޓަކަށް، ނުވަތަ ޑްރައިވަރަކަށް، ނުވަތަ ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ، ނުވަތަ ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން. ގޭގެ ރަޖިސްޓަރީއެއް ނެތި ވަކި ގޭބިސީއެއްގެ ގޮތުގައި ދިރިއުޅޭ މީހުން ގޭގެ ވެރި މީހާ، އެ ގޭގައި އެ މީހާ ދިރިއުޅޭކަން ބަޔާންކުރާ ސިޓީ.
  7. ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާ އިމާރާތުގެ/އެޕާޓްމަންޓުގެ ފްލޯ ޕްލޭނުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށްފައި ނުވަތަ ގޭގެ ކުރެހުމުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށް، 2 (ދޭއް) ހެކިން ސޮއިކޮށްފައި.
  8. ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ މީހުންނާއި، ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ މީހުން އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.
  9. ބަލި މީހާއަށް ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓު (ޑޮމެސްޓިކް އެޓެންޑެންޓަކަށް ބިދޭސީއެއް ގެންނަނަމަ)

(ނ) ޑޮމެސްޓިކް ޑްރައިވަރުންގެ މަގުމަށް މީހުން ގެނައުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހެޅުން.

  1. އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި (މުއްދަތު ހަމަނުވެ މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)
    - އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.
  2. އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (އިމިގްރޭށަނުގެ ފޮޓޯ މިންގަނޑަށް ފެތޭ)
  3. ލެޓަރ އޮފް އެޕޮއިންޓްމަންޓް (މި އުސޫލުގެ 22 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިފައިވާ)
  4. އެ ބިދޭސީއެއްގެ މެޑިކަލް ރިޕޯޓް (ދޫކުރިތާ 45 ދުވަސް ހަމަނުވާ)
  5. އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)
  6. އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ފެސިލިޓީ ނުވަތަ ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ސާވަންޓަކަށް، ނުވަތަ ޑްރައިވަރަކަށް، ނުވަތަ ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ނުވަތަ ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން. ގޭގެ ރަޖިސްޓަރީއެއް ނެތި ވަކި ގޭބިސީއެއްގެ ގޮތުގައި ދިރިއުޅޭ މީހުން ގޭގެ ވެރިމީހާގެ ފަރާތުން އެ ގޭގައި އެ މީހާ ދިރިއުޅޭކަން ބަޔާންކުރާ ސިޓީ.
  7. ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާ އިމާރާތުގެ/އެޕާޓްމަންޓުގެ ފްލޯ ޕްލޭނުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށްފައި ނުވަތަ ގޭގެ ކުރެހުމުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށް، 2 (ދޭއް) ހެކިން ސޮއިކޮށްފައި.
  8. ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ ފަރާތްތަކާއި އަދި ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ ފަރާތްތައް އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.
  9. އެ ބިދޭސީއެއްގެ ޑްރައިވިންގ ލައިސަންސްގެ ކުލަކޮށް ސްކޭންކޮށްފައިވާ ކޮޕީ.
  10. ވަޒީފާދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކާރުގެ ރަޖިސްޓަރީގެ ކުލަކޮށް ސްކޭން ކޮށްފައިވާ ކޮޕީ.

(ރ) ބިލްޑިންގ މެއިންޓަނަންސަށް ގެންނަ ބިދޭސީއަކު ގެނައުމަށްޓަކައި އަންނަނިވި ލިޔެކިއުންތައް ހުށަހެޅުން.

  1. އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި (މުއްދަތު ހަމަނުވެ މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)
    - އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.
  2. އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (އިމިގްރޭށަނުގެ މިންގަނޑަށް ފެތޭ)
  3. ލެޓަރ އޮފް އެޕޮއިންޓްމަންޓް (މި އުސޫލުގެ 22 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިފައިވާ)
  4. އެ ބިދޭސީއެއްގެ މެޑިކަލް ރިޕޯޓް (ދޫކުރިތާ 45 ދުވަސް ހަމަނުވާ)
  5. އެ ބިދޭސީއެއްގެ ޕޮލިސް ރިޕޯޓް (އިނގިރޭސި ބަހުން)
  6. އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ފެސިލިޓީ ނުވަތަ ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ސާވަންޓަކަށް، ނުވަތަ ޑްރައިވަރަކަށް، ނުވަތަ ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ނުވަތަ ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން. ގޭގެ ރަޖިސްޓަރީއެއް ނެތި ވަކި ގޭބިސީއެއްގެ ގޮތުގައި ދިރިއުޅޭ މީހުން ގޭގެ ވެރިމީހާ އެ ގޭގައި އެ މީހަކު ދިރިއުޅޭކަން ބަޔާންކުރާ ސިޓީ.
  7. ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާ އިމާރާތުގެ/އެޕާޓްމަންޓުގެ ފްލޯ ޕްލޭނުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށްފައި ނުވަތަ ގޭގެ ކުރެހުމުގައި އެ ބިދޭސީއަކު ނިދާ ކޮޓަރި ފާހަގަކޮށް، 2 (ދޭއް) ހެކިން ސޮއިކޮށްފައި.
  8. ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ މީހުންނާއި، ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ މީހުން އެ އިދާރާގެ (IM 30) ފޯމް، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.
  9. ގޯތީގެ ރަޖިސްޓަރީ ނުވަތަ ވަޒީފާދޭ ފަރާތަކީ ގޯތީގެ ވެރިފަރާތް ކަމުގައި ނުވާނަމަ ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގެ ކޮޕީ.

 

7 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުން

ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވާ ތާރީހުެއް ކަނޑައެޅިފައިވާނެއެވެ. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވުމުގެ ކުރިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރަން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. 

 

8 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް އިތުރުކުރެވޭނެ މުއްދަތު

(ހ) ކޯޓާއާއި ޕާސްޕޯޓުގައި 1 (އެކެއް) އަހަރަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ށ) ކޯޓާގެ މުއްދަތު އޮތުމާއެކުވެސް، ޕާސްޕޯޓުގައި 1 (އެކެއް) އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ޕާސްޕޯޓުގެ މުއްދަތާ ހަމައަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ނ) ޕާސްޕޯޓުގައި 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތެއް އޮތުމާއެކުވެސް، ކޯޓާގެ މުއްދަތު 1 (އެކެއް) އަހަރަށްވުރެ ކުރުނަމަ، ކޯޓާގެ މުއްދަތާ ހަމައަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

 

9 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމަށްޓަކައި އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

(ހ) ޕާސްޕޯޓުގެ ބަޔޯޑޭޓާ ޕޭޖް (މުއްދަތު ހަމަވުމުން ޕާސްޕޯޓު އައުކުރުމަށްފަހު އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާނަމަ، ކުރީގެ ޕާސްޕޯޓުގެ ބަޔޯޑޭޓާ ޕޭޖުގެ ކުލަކޮޕީ ހުށަހެޅުން.
- އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން. މުސާރަ ނުވަތަ އުޖޫރައަށް ބަދަލުގެންނަ ނަމަ، އެ ބަދަލުތަކާއެކު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.

 

10 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތް ބަދަލުކުރުން

ވަޒީފާ އަދާކުރާ ބިދޭސީން ވަޒީފާދޭ ފަރާތް ބަދަލުކުރަން އެދޭނަމަ، އަލަށް ވަޒީފާދޭ ފަރާތުން އެޕްލިކޭށަން ހުށަހަޅާނީ، އެކްސްޕެޓް ސިސްޓަމުންނެވެ. ވަޒީފާދޭ ފަރާތް ބަދަލުކުރުމަށް އެޕްލިކޭށަން ހުށަހެޅުމުން، ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގައި މައްސަލައެއް ނެތްނަމަ، އަދި އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ވަޒީފާދޭ ފަރާތް ބަދަލުކޮށްދެވޭނެއެވެ.

(ހ) މުއްދަތު ހަމަނުވާ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް އޮތް ފަރާތަކަށް ވުން؛

(ށ) އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އެޕްލިކޭށަން ހުށަހަޅާ ދުވަހުގެ ކުރިއަށް 15 (ފަނަރަ) ދުވަހަށް ވާވަރަށް އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ވަރކް ވީޒާ ދައްކައިފައި އޮތުން.

 

11 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަދަލުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާދޭ ފަރާތް ބަދަލުކުރުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

(ހ) ވަޒީފާދޭ ފަރާތް ބަދަލުކުރަން އެދި އޮންލައިންކޮށް އެޕްލިކޭށަން ހުށަހެޅުން؛

(ށ) އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭން ކޮށްފައިވުން (ޕާސްޕޯޓުގައި މަދުވެގެން 1 އަހަރުދުވަހުގެ މުއްދަތު އޮތުން)

- އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.

(ނ) ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން. މުސާރަ ނުވަތަ އުޖޫރައަށް ބަދަލުގެންނަ ނަމަ، އެ ބަދަލުތަކާއެކު ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން.

(ރ) އެ ބިދޭސީއެއްގެ ޕާސްޕޯޓް ސައިޒުގެ ޑިޖިޓަލް ކުލަފޮޓޯ (މޯލްޑިވްސް އިމިގްރޭށަނުން އާންމުކޮށްފައިވާ މިންގަނޑަށް ފެތޭ)

(ބ) އެންމެ ފަހުން ވިސާ ފީ ދައްކައިފައިވާ ސްލިޕް.

(ޅ) ކުރިން މަސައްކަތް ކުރަމުންދިޔަ ވަޒީފާދިން ފަރާތުގެ އިއުތިރާޒުެއް ނެތްކަމުގެ ލިޔުން.

(ކ) އެ ބިދޭސީއަކު ބެހެއްޓުމަށް ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހަމަޖައްސައިފައިވާ އެކަމަޑޭށަން ފެސިލިޓީގެ ދަށުން ނުވަތަ ޑޮމެސްޓިކް ކެޓަގަރީގެ ދަށުން ސާވަންޓަކަށް، ނުވަތަ ޑްރައިވަރަކަށް، ނުވަތަ ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ނުވަތަ ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން.

(އ) ބަލިމީހާއަށް އެހީތެރިއަކު ބޭނުންވާކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން (ޑޮމެސްޓިކް އެޓެންޑެންޓަކަށް ބަދަލުވާނަމަ)

(ވ) އެ ބިދޭސީއެއްގެ ޑްރައިވިންގ ލައިސަންސްގެ ކުލަކޮށް ސްކޭން ކޮށްފައިވާ ކޮޕީ (ހުރިހާ ކެޓަގަރީއެއްގެ ޑްރައިވަރުންނަށް)

(މ) ވަޒީފާދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ވެހިކަލުގެ ރަޖިސްޓަރީ ކުލަކޮށް ސްކޭން ކޮށްފައި (ޑްރައިވަރަކަށް ބަދަލުވާނަމަ)

(ފ) ވަޒީފާ ބަދަލުވުމަށް އެދޭ މަގުމަކީ ސަރުކާރުގެ އިދާރާއެއްގެ ރެޖިސްޓްރޭށަންއެއް ނުވަތަ ލައިސަންސެއް ބޭނުންވާ މަގުމެއްނަމަ، އެ ރެޖިސްޓްރޭށަނެއްގެ ކޮޕީ ނުވަތަ ލައިސަންސެއްގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެލިޑޭޓް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ، ވެލިޑޭޓްކޮށްފައިވާ ރެޖިސްޓްރޭށަންގެ ކޮޕީ ނުވަތަ ލައިސަންސްގެ ކޮޕީ)

(ދ) ޕްރޮފެށަނަލް މަގުމެއްނަމަ، ތައުލީމީ ސެޓުފިކެޓުގެ ނުވަތަ ސެޓުފިކެޓުތަކުގެ ކުލަ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެލިޑޭޓް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ، ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

(ތ) ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ މީހުންނާއި، ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ މީހުން އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.

 

12 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ބިދޭސީން، ވަޒީފާދޭ ފަރާތުގެ އެއް ވަރކް ސައިޓުން އަނެއް ވަރކް ސައިޓަށް ބަދަލުކުރުން

ވަޒީފާ އަދާކުރާ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ވަރކް ސައިޓުން ވަޒީފާދޭ ފަރާތުގެ ނަމުގައިވާ އެހެން ވަރކް ސައިޓަށް ބަދަލުވާން އެދޭނަމަ، އެކްސްޕެޓް އޮންލައިން ސިސްޓަމުން ސައިޓް ބަދަލުކުރުމަށް ހުށަހެޅުމުން، އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ވަރކް ސައިޓް ބަދަލުކޮށް ދެވޭނެއެވެ.

(ހ) މުއްދަތު އޮތް އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް އޮތުން؛

(ށ) ބަދަލުވުމަށް އެދޭ ވަރކް ސައިޓަށް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ލިބިފައިވުން.

 

13 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ބިދޭސީން، ވަޒީފާދޭ ފަރާތުގެ އެއް ވަރކް ސައިޓުން އަނެއް ވަރކް ސައިޓަށް ބަދަލުކުރުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާ އަދާކުރާ ބިދޭސީން ވަޒީފާދޭ ފަރާތުގެ އެއް ވަރކް ސައިޓުން އަނެއް ވަރކް ސައިޓަށް ބަދަލުވުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

(ހ) ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން. މުސާރަ ނުވަތަ އުޖޫރައަށް ބަދަލުގެންނަ ނަމަ، އެ ބަދަލުތަކާއެކު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.

(ށ) ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމަށް މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ގައުމުތަކުން އަންނަ މީހުންނާއި އަދި ސެކިއުރިޓީ ސްކްރީން ކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ގެންނަ މީހުން އެ އިދާރާގެ (IM 30) ފޯމު، އެމްޕްލޯއިމަންޓް އެޕްރޫވަލްއާއެކު ހުށަހެޅުން.

 

14 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ބިދޭސީންގެ އޮކިއުޕޭށަން ބަދަލުކުރުން

ވަޒީފާ އަދާކުރާ ބިދޭސީން އަދާކުރާ އޮކިއުޕޭށަން ބަދަލުކުރަން އެދޭނަމަ، އެކްސްޕެޓް ސިސްޓަމުން އެޕްލިކޭށަން ހުށަހެޅުމުން، އެމްޕްލޯއިމަންޓް އެޕްރޫވަލް މުއްދަތު ހަމަވެފައި ނުވާނަމަ، އޮކިއުޕޭށަން ބަދަލުކޮށް ދެވޭނެއެވެ.

 

15 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ބިދޭސީން އޮކިއުޕޭށަން ބަދަލުކުރުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާ އަދާކުރާ ބިދޭސީން އޮކިއުޕޭށަން ބަދަލުކުރުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހެޅުން.

(ހ) އެ ބިދޭސީއެއްގެ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި (މުއްދަތު ހަމަނުވެ މަދުވެގެން 7 މަސްދުވަހުގެ މުއްދަތު އޮތުން)

- އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހަޅަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން. މުސާރަ ނުވަތަ އުޖޫރައަށް ބަދަލުގެންނަ ނަމަ، އެ ބަދަލުތަކާއެކު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.

(ނ) ނޮން-ޕްރޮފެށަނަލް މަގުމަކުން ޕްރޮފެށަނަލް މަގުމަކަށް ބަދަލުވާނަމަ، ތައުލީމީ ސެޓުފިކެޓުގެ ކުލަ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެލިޑޭޓް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ، ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

(ރ) ވަޒީފާ ބަދަލުވުމަށް އެދޭ މަގުމަކީ ސަރުކާރުގެ އިދާރާއެއްގެ ރެޖިސްޓްރޭށަނެއް ނުވަތަ ލައިސަންސެއް ބޭނުންވާ މަގުމެއްނަމަ، އެ ރެޖިސްޓްރޭށަނެއްގެ ކޮޕީ ނުވަތަ ލައިސަންސްގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެލިޑޭޓް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ، ވެލިޑޭޓްކޮށްފައިވާ ރެޖިސްޓްރޭށަންގެ ކޮޕީ ނުވަތަ ލައިސަންސްގެ ކޮޕީ)

 

16 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލްގައިވާ ޕާސްޕޯޓުގެ މައުލޫމާތު ބަދަލުވުން

(ހ) ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓް އައުކޮށް އައު ޕާސްޕޯޓެއް ހައްދައިފިނަމަ، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލްގައި ހިމެނޭ މައުލޫމާތު ބަދަލުކުރުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުން "ޕާސްޕޯޓް އެޑް" އެޕްލިކޭށަން ހުށަހަޅައިގެން، ޕާސްޕޯޓަށް ގެނެސްފައިވާ ބަދަލުތައް އަޕްޑޭޓް ކުރަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކޮށްފައިވާ ފަރާތްތައް ރާއްޖެއަށް އެތެރެވުމާއި ބޭރުވުމުގައި ބޭނުންކުރަންވާނީ އެމްޕްލޯއިމަންޓް އެޕްރޫވަލްގައިވާ ޕާސްޕޯޓެވެ.

 

17 ވަނަ މާއްދާ - ބިދޭސީއެއްގެ ޕާސްޕޯޓަށް އަންނަ ބަދަލުތައް އެމްޕްލޯއިމަންޓް އެޕްރޫވަލްގައި އަޕްޑޭޓްކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ބިދޭސީއެއްގެ ޕާސްޕޯޓަށް އަންނަ ބަދަލުތައް އެމްޕްލޯއިމަންޓް އެޕްރޫވަލްގައި އަޕްޑޭޓް ކުރުމަށް އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

(ހ) އެ ބިދޭސީއެއްގެ އައު ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ކުލަކޮށް ސްކޭންކޮށްފައި.

(ށ) އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާނަމަ، އެ ސަފުހާގެ ކޮޕީއާއި، ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީއާއެކު އެ ގައުމެއްގެ އިމިގްރޭށަނުން ދޫކޮށްފައިވާ ލިޔުން (ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ބެހޭ ލިޔުން) ހުށަހެޅުން.

 

18 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުން

(ހ) އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ވަޒީފާގެ އެއްބަސްވުން ހަމަވުމުން، ނުވަތަ ވަޒީފާއިން ވަކިވެގެން ރާއްޖެއިން ފުރައިގެން ދިއުމުން، ވަޒީފާދޭ ފަރާތުން އެކަން ހުށަހެޅުން؛
  2. ވަޒީފާ އަދާކުރާ ބިދޭސީއަކު ރާއްޖެއިން ބޭރަށްގޮސް އެނބުރި ނައިސް، ވަޒީފާދޭ ފަރާތަށް ދޫކޮށްފައިވާ އެމްޕްލޮއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށް އެދި ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން އެ ފަރާތުން، އެފަދަ މައްސަލަތައް ބެލުމަށްފަހު، އެ ބިދޭސީއެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް މިނިސްޓްރީއަށް ފޮނުވުން؛
  3. ދިވެއްސަކާ ކައިވެނި ކުރުމަށްފަހު، ވާކް ވިޒާއިން މެރިޖް ވިޒާއަށް ބަދަލުވާން ބޭނުންވެގެން މެރިއޭޖް ސެޓުފިކެޓާއެކު، އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށް ހުށަހެޅުން؛
  4. ރާއްޖޭގައި ވަޒީފާ އަދާކުރަނިކޮށް މަރުވުން (މަރު ސާބިތުކުރާ ފޯމު ކުލަކޮށް ސްކޭންކޮށްފައި ހުށަހެޅުން)

(ށ) ވަޒީފާދޭ ފަރާތަށް ނޭނގި ފިލައިގެންއުޅޭ ބިދޭސީން، މިސިންގ ރިޕޯޓު ކުރުމަށް ކަނޑައަޅައިފައިވާ އިދާރާއަށް "މިސިންގ" ރިޕޯޓް ކުރުމަށްފަހު، އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރެވޭނީ، އެ ބިދޭސީއަކު ފުރުވައިލުމަށްފަހު ވަޒީފާދޭ ފަރާތުން އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުން ހުށަހެޅުމުންނެވެ. 

 

19 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލްއާ ގުޅުންހުރި އެންމެހައި ކަންކަމުގައި މިނިސްޓްރީން ހިދުމަތް ދިނުމުގައި އިސްތިސްނާވާ ފަރާތްތައް 

މިނިސްޓްރީން ނުވަތަ ތަހުގްީގްީ އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެކްސްޕެޓް ސިސްޓަމުގައި ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ފަރާތް މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ފިޔަވަޅު އެޅުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބްލެކް ލިސްޓް ކޮށްފައިވާ ފަރާތަކަށް ހިދުމަތް ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިންނެވެ.

 

20 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލްގައިވާ ކުށް/ކުށްތައް އިސްލާހުކުރުން

އެމްޕްލޯއިމަންޓް އެޕްރޫވަލްގައި ކުށެއް އޮތް ނަމަ، މިނިސްޓްރީގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ހިދުމަތްދޭ ކައުންޓަރަށް އައުމުން ނުވަތަ މިނިސްޓްރީގެ އީމެއިލަށް ކުށް އިސްލާހުކުރުމަށް އެދި ފޮނުވުމުން، ލިޔުމުގައިވާ ކުށް އިސްލާހުކޮށްދެވޭނެއެވެ.

 

21 ވަނަ މާއްދާ - މި އުސޫލާ ހިލާފަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަނެތި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) މި އުސޫލާ ހިލާފަށް، އެމްޕްލޯއިމަންޓް އެޕްރޫވަލް ނެތި ބިދޭސީން ވަޒީފާގައި ގެންގުޅުމަކީ ނުވަތަ މަސައްކަތް ކުރުވުމަކީ، މި ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ފަދައިން މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތަކާ މެދުގައްޔާއި، އެ މީހުން ލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ 35 ވަނަ މާއްދާގައިވާ ފަދައިން ފިޔަވަޅު އެޅޭނެއެވެ.

 

22 ވަނަ މާއްދާ - ލެޓަރ އޮފް އެޕޮއިންޓްމަންޓުގެ ޓެމްޕްލެޓް

ލެޓަރ އޮފް އެޕޮއިންޓްމަންޓަކީ ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކަށް ވަޒީފާއާބެހޭ ގުނޫނުގެ 13 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ދިނުމުގެ ކުރިން، އެ ބިދޭސީއަކަށް އެ ބިދޭސީއެއްގެ ވަޒީފާ ހަމަޖެހުނުކަން އަންގައި، ވަޒީފާއާބެހޭ މައިގަނޑު މައުލޫމާތުތައް ހިމަނައިގެން ދޫކުރާ ލިޔުމެކެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާ ލެޓަރ އޮފް އެޕޮއިންޓްމަންޓުގެ ޓެމްޕްލޭޓް ތިރީގައި މިވަނީއެވެ. 

 

 

--------------------

 

 

 

ލެޓަރ އޮފް އެޕޮއިންޓްމަންޓް ގެ ފޯމް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

 

--------------------

ޖަދުވަލު 5

ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - މަސައްކަތްކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭ ޑިޕޮޒިޓުގެ މަގްްސަދު

(ހ) ދިވެހިރާއްޖެއަށް މަސައްކަތްކުރުމަށް ގެންނަ ބިދޭސީން ގެނައުމުގެ ކުރިން ނަގާ ޑިޕޮޒިޓަކީ، މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާއެވެ.

(ށ) ޑިޕޮޒިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ބިދޭސީއަކު ފުރުވައިލަން ޖެހިއްޖެ ހާލަތެއްގައި ވަޒީފާދޭ ފަރާތް އެ ޒިންމާ ނުނެގުމުގެ ސަބަބުން ނުވަތަ ސަރުކާރުން ފުރުވައިލަން ބޭނުންވެއްޖެ/ޖެހިއްޖެ ހާލަތެއްގައި، ފުރުވައިލުމަށް ނުވަތަ ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް ނޫފުލައިގެން އެ ކަމެއް ކުރުމަށް ހިނގާނެ ހަރަދުތައް ކުރުމަށް ނަގާ ޑިޕޮޒިޓެކެވެ.

 

4 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދައްކަންޖެހޭ ވަގުތު

(ހ) ޑިޕޮޒިޓުގެ ފައިސާ ދައްކަންޖެހޭނީ މަސައްކަތްކުރުމަށް ބިދޭސީއަކު ރާއްޖެ ގެނައުމަށް ކޯޓާ ދޫކޮށްފައިވާ މަގުމަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލަށް ހުށަހެޅުމުން، އެޕްލިކޭށަން "ޕެންޑިންގ ޕޭމަންޓް" ސްޓޭޓަސްއަށް ދިއުމުންނެވެ. އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ ޑިޕޮޒިޓް ފައިސާ ދެއްކުމުންނެވެ.

(ށ) ޑިޕޮޒިޓް ފައިސާ ދައްކަންޖެހޭނީ 1 (އެކެއް) ފަހަރުއެވެ. އެއީ މި މާއްދާގެ (ހ) ގައިވާ ހާލަތުގައެވެ.

 

5 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދައްކަންޖެހޭ އަދަދު

(ހ) ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅޭނީ، ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީން ނިސްބަތްވާ ގައުމަށް ވައިގެ މަގުން ދިއުމަށް ޓިކެޓަށް ހަރަދުވާ ފައިސާއަށާއި، ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީއަކާ ގުޅިގެން ސަރުކާރުން ކުރަންޖެހިދާނެކަމަށް ލަފާކުރާ ތަފާތު ހާރަދުތަކުގެ މައްޗަށް ބަލައިގެންނެވެ.

(ށ) އެކި ގައުމުންތަކަށް ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިންނަށް ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބަޔާންކޮށްފައިވާ "ޑިޕޮޒިޓް ރޭޓްސް" ގެ ތާވަލު މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޑިޕޮޒިޓް ރޭޓްސް" ގެ ތާވަލަކީ، ޓިކެޓުގެ ހަރަދަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މުރާޖައާކޮށްގެން އާންމުކުރެވޭނެ ތާވަލެކެވެ.

 

6 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދެއްކުން

(ހ) ޑިޕޮޒިޓް ފައިސާ ދެއްކޭނީ އަންނަނިވި ގޮތްތަކަށެވެ.

  1. މިނިސްޓްރީގެ އެކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުން؛
  2. އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް.

(ށ) ޑިޕޮސިޓް ފައިސާ ބަލައިގަތުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 12:30 ގެ ނިޔަލަށް ކިއު ސިސްޓަމުން ނަންބަރު ނަގައިގެންނެވެ. އަދި ފައިސާ ބަލައިގަތުމަށް ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލު އަންނަ ނަމަ، އެކަން އިއުލާނު ކުރެވޭނެއެވެ.

(ނ) އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ކޮންމެ ވަގުތެއްގައިވެސް ފައިސާ ދެއްކޭނެއެވެ.

 

7 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދެއްކުމަށް ބޭނުންވާނެ ލިޔެކިޔުންތައް

ޑިޕޮޒިޓް ފައިސާ ދެއްކުމަށް ބޭނުންވާނީ އެކްސްޕެޓް އޮންލައިން ސިސްޓަމުން "ޑިޕޮޒިޓް" ދައްކަން ބޭނުންވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތައް "ސެލެކެޓް" ކުރުމުން އޮޓޯ ޖެނެރޭޓްވާ "ޑިޕޮޒިޓް ޕޭމަންޓް ސްލިޕް" އެކެވެ.

 

8 ވަނަ މާއްދާ - ކައުންޓަރުން ޑިޕޮޒިޓް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތްތައް

ޑިޕޮޒިޓް ފައިސާ ކައުންޓަރަށް ދެއްކޭނީ އަންނަނިވި ގޮތްތަކަށެވެ.

(ހ) ނަގުދު ފައިސާއިން؛

(ށ) ކޭށް ކާޑުން؛

(ނ) ޗެކުން. ޗެކް ބަލައިގަތުމުގައި މި މިނިސްޓްރީއަށް ބޯޑް ރިޒޮލިއުށަނާއެކު 3 (ތިނެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެއް ހުށަހަޅަންވާނެއެވެ. އަދި ޗެކެއް ބައުންސްވެއްޖެ ހާލަތެއްގައި ޗެކް ބަލައިގަތުމުގެ ހިދުމަތް ހުއްޓައިލެވޭނެއެވެ.

 

9 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ސަރުކާރުން ބޭނުން ކުރެވިދާނެ ހާލަތްތައް

(ހ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) އާއި 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާ، އަންނަނިވި ހާލަތްތަކުގައި ސަރުކާރުން ބޭނުންކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ވަޒީފާދޭ ފަރާތުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ސަރުކާރުން ފުރުވައިލުމަށް ކުރަންޖެހޭ އެންމެހައި ހަރަދުތައް (މީގެ ތެރޭގައި، ޓިކެޓް ގަތުމަށާއި، ޕާސްޕޯޓް ހެއްދުމަށާއި، ޑިޓެންށަން ސެންޓަރުގައި ބެހެއްޓުމަށް ހިނގާ ހަރަދާއި، ކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ.)
  2. ވަޒީފާދޭ ފަރާތުން ރާއްޖެ ގެނެސްފައިވާ ބިދޭސީއެއްގެ ސުިއްހްީ ފަރުވާއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ޖެހުން.
  3. ވަޒީފާދޭ ފަރާތުން ދައްކަންޖެހިފައި ނުދައްކައި އޮތް ކޯޓާ ފީ، ނުވަތަ ވާރކް ވިޒާ ފީ، ނުވަތަ މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް.
  4. ވަޒީފާދޭ ފަރާތުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު މަރުވުމާ ގުޅިގެން ސަރުކާރުން އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ، އެ ހަރަދެއް.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދައުލަތުން ޑިޕޮޒިޓް ފައިސާ ބޭނުންކުރުމުގެ ކުރިން، ވަޒީފާދޭ ފަރާތަށް އެކަން އަންގަންވާނެއެވެ. އަދި އެ ފައިސާ ބޭނުންކުރުމަށްފަހުވެސް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، ވަޒީފާދޭ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސަރުކާރުން ޑިޕޮޒިޓް ފައިސާ ނަގައިފައިވާނަމަ، ވަޒީފާދޭ ފަރާތުގެ ނަމުގައި މި އުސޫލުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަހައްޓަންޖެހޭ ޑިޕޮޒިޓް ފައިސާ، ވަޒީފާދޭ ފަރާތުން ބަހައްޓަންވާނެއެވެ. އަދި މި ފައިސާ ބަހައްޓައިފައި ނުވާނަމަ، މި ގަވާއިދުގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި، ސަރުކާރުން ޑިޕޮޒިޓް ފައިސާއަށްވުރެ އިތުރަށް ހަރަދުކޮށްފިނަމަ، ހަރަދުކުރި ފައިސާ ހޯދުމަށް ވަޒީފާދޭ ފަރާތަށް އަންގައި، ވަޒީފާދޭ ފަރާތަށް އެންގި ދުވަހުން ފެށިގެން މި ގަވާއިދުގެ ޖަދުވަލު 7 ގެ 8 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައިވާ ފަދައިން އެކްސްޕެޓް ސިސްޓަމުގައި ވަޒީފާދޭ ފަރާތް ބްލެކްލިސްޓް ކުރެވޭނެއެވެ. އަދި ވަޒީފާދޭ ފަރާތަށް ފައިސާ ދެއްކުމަށް އަންގާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ފައިސާ ނުދައްކައިފިނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ ރީފަންޑްކުރުން

(ހ) މި ގަވާއިދުގެ ދަށުން ޑިޕޮޒިޓް ފައިސާ ރީފަންޑް ކުރުމަށް ހަމަޖެހިފައިވަނީ "އެކްސްޕެޓް ސިސްޓަމް" އަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށާއި މިނިސްޓްރީއަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށެވެ.

(ށ) މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި، ވަކި ހާލަތްތަކަކާ ގުޅިގެން ނުވަތަ ކަންތައްތަކަކާ ގުޅިގެން ޑިޕޮޒިޓް ރީފަންޑް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ޑިޕޮޒިޓް ރީފަންޑް ކުރެވޭނެއެވެ.

  1. އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުން؛
  2. ވަޒީފާދޭ ފަރާތް ބަދަލުކުރުން؛
  3. ބިދޭސީ ފަރާތް ރެގިއުލަރައިޒްވެ، ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުވުން.

(ނ) ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ ރީފަންޑް ކޮށްދެވޭނީ، ވަޒީފާދޭ ފަރާތުގެ ނަމުގައިވާ ބޭންކް އެކައުންޓަށެވެ. ޑިޕޮޒިޓް ރީފަންޑް ކުރެވޭނީ، ރީފަންޑަށް އެދޭތާ މަސައްކަތު 20 (ވިހި) ދުވަހުގެ ތެރޭގައެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ އިތުރުން، ޑިޕޮޒިޓުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ ރިފަންޑްކޮށް ދެވޭނީ ތިރީގައި ބަޔާންކޮށްފައި މިވާ ގޮތްތަކުގެ މަތިންނެވެ.

  1. ވަޒީފާދޭ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ އެކައުންޓަކަށް. މި ގޮތަށް ރިފަންޑްކޮށް ދިނުމަށް އެދޭނަމަ، އެކަމަށް އިއުތިރާޒުެއް ނެތްކަމުގެ ލިޔުން ހުށަހެޅުން؛
  2. ކޯޓު އަމުރެއްގެ ދަށުން ފައިސާ ރިފަންޑް ކޮށްދިނުމަށް އެދޭ ފަރާތެއް؛
  3. ވަޒީފާދޭ ފަރާތުން ފައިސާ ދެއްކުމަށް ބޭނުންވާ ދައުލަތުގެ އިދާރާއަކަށް.

(ބ) ގުނޫނީ ށަހްސުެއްގެ ވިޔަފާރި އުވައިލުމުގެ މަރުހަލާގައިވާނަމަ، އެ ފަރާތެއްގެ ނަމުގައި ގެނެސްފައިވާ ބިދޭސީންނަށް ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާ ދޫކުރެވޭނީ ކުންފުނި އުވައިލުމަށް ހަވާލުކޮށްފައިވާ ފަރާތަށެވެ.

(ޅ) ގުނޫނީ ށަހްސުެއްގެ ވިޔަފާރި އުވައިލެވިފައިވާނަމަ، އެ ފަރާތެއްގެ ނަމުގައި ގެނެސްފައިވާ ބިދޭސީ ފަރާތްތަކަށް ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާ ދޫކުރެވޭނީ ށަރުއީީ ކޯޓު އަމުރެއްގެ ދަށުން ކޯޓު މެދުވެރިކޮށެވެ.

(ކ) ވަޒީފާ ދިން ފަރާތް ނިޔާވެފައިވާނަމަ، ފައިސާ ޖަމާކުރެވޭނީ ށަރުއީީ ކޯޓު އަމުރުގައިވާ ގޮތެއްގެ މަތީންނެވެ.

(އ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން، މި އުސޫލުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ދައްކައިފައިވާ ޑިޕޮޒިޓް އެ ފަރާތުގެ ނަމުގައި ގެންނަ އެހެން ބިދޭސީއަކަށް ޑިޕޮޒިޓް ފައިސާ ދެއްކުމަށް ޑިޕޮޒިޓް ރިފަންޑް ނުކޮށް، ވަޒީފާދޭ ފަރާތުން ބޭނުންކުރަން ބޭނުންވެއްޖެ ހާލަތުގައި، އެކަން މިނިސްޓްރީއަށް ލިޔުމުން އެންގުމަށްފަހު، އެ ފައިސާ ބަދަލުކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ރީފަންޑް ކުރުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އެކްސްޕެޓް އޮންލައިން ސިސްޓަމުން ޑިޕޮޒިޓް ރިފަންޑް ކުރުމަށް އެދި ހުށަހަޅަންޖެހޭނީ، އެޕްލިކޭށަން ހުށަހެޅުމާ ހަމައަށް 6 (ހައެއް) މަސްދުވަސް ނުވާ ބޭންކް އެކައުންޓް ވެރިފިކޭށަން ސްލިޕެކެވެ. ބޭންކް އެކައުންޓް ވެރިފިކޭށަން ސްލިޕެއްގައި، އެކައުންޓް ވެރިފަރާތުގެ ނަމާއި، ބޭންކް އެކައުންޓުގެ ނަންބަރާއި ތާރީހު އެނގެން އޮންނަންވާނެއެވެ. ބޭންކް ވެރިފިކޭށަން ސްލިޕްގެ ގޮތުގައި ބެލެވޭނީ އަންނަނިވި ލިޔުންތަކެވެ.

  1. ގުނޫނީ ށަހްސުެއްނަމަ، ކުންފުނީގެ އެކައުންޓް ނަމުގައިވާ ޗެކެއްގެ ކޮޕީއެއް؛ ނުވަތަ
  2. ބޭންކް ސްޓޭޓްމަންޓް؛
  3. ފައިސާ ޖަމާކުރިކަމުގެ ނުވަތަ ފައިސާ ނެގިކަމުގެ ސްލިޕް؛
  4. ބޭންކުން ދީފައިވާ ލިޔުމެއް.

 

 

----------------

ޖަދުވަލު 6

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑެވެ.

 

2 ވަނަ މާއްދާ - ނަން
މި މިންގަނޑަށް ކިޔަނީ، "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީނަށް އެކަމަޑޭށަން ހަމަޖައްސައިދެވޭނެ ގޮތްތައް

 ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެންނަ ވަޒީފާދޭ ފަރާތްތަކުން ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދެވޭނީ ތިރީގައި ބަޔާންކޮށްފައި މިވާ ގޮތްތަކުންކުރެ ގޮތެއްގެ މަތިންނެވެ.

(ހ) ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް، ވަޒީފާދޭ ފަރާތްތަކަށް ވިޔަފާރި އުސޫލުން ހަމަޖައްސައިދޭ ފަރާތެއް މެދުވެރިކޮށް އެކަމަޑޭށަން ހަމަޖެއްސުން.

(ށ) ވަޒީފާދޭ ފަރާތުން ހިންގައި ބަލަހައްޓާ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީންނަށް އެކަމަޑޭށަން ހަމަޖެއްސުން.

(ނ) ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކީ ޕްރޮފެށަނަލް ގިންތީގެ މުވައްޒަފެއްނަމަ، ބިދޭސީ މުވައްޒަފު އަމިއްލައަށް އެކަމަޑޭށަން ހަމަޖެއްސުން.

 

4 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރުނ.

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިދޭސީއަކަށް އެކަމަޑޭށަން ހަމަޖައްސައިދެވޭނީ ތިރީގައި ބަޔާންކޮށްފައި މިވާ ގޮތުގެ މަތިން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ދޫކޮށްފައިވާ އެމްޕްލޯއިމެންޓް އެޕްރޫވަލްތަކުގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ އެކަމަޑޭށަންތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އުސޫލަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި އެކަމަޑޭށަން ފެސިލިޓީ ރަޖިސްޓަރީ ކުރުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް، ވިޔަފާރި އުސޫލުން ފޯރުކޮށްދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށްފަހު، އެ ފަރާތުން އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބެނުންކުރާ ތަން ނުވަތަ ތަންތަން އެކްސްޕެޓް ސިސްޓަމުގައި "އެކަމަޑޭށަން ސައިޓް" ގެ ގޮތުގައި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެކަމަޑޭށަން ސައިޓް ރަޖިސްޓަރީކުރަން ހުށަހެޅުމުގައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅާންވާނެއެވެ.

  1. އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ އަމިއްލަ ތަނެއްނަމަ، ގޯތީގެ ރަޖިސްޓަރީގެ ކޮޕީއާއި، އެ އިމާރާތުގައި ބިދޭސީންނަށް "އެކަމަޑޭށަން" ހަމަޖައްސައިދޭކަން ބަޔާންކުރާ ލިޔުމެއް؛
  2. އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ކުއްޔަށް ހިފައިފައިވާ ތަނެއްނަމަ، ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމުގައި ކުއްޔަށް ހިފައިފައިވާ ރެންޓް އެގްރީމަންޓުގެ ކޮޕީ؛ 
  3. ފްލޯ ޕްލޭނުގެ ކޮޕީ؛
  4. "އެކަމަޑޭށަން" ގައި ހުރި ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކުރާ ލިޔުން.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައިވާ ގޮތުގެ މަތިން އެކަމަޑޭށަން ސައިޓް ރަޖިސްޓަރީކުރަން ހުށަހެޅުމުން، މި އުސޫލުގެ 29 ވަނަ މާއްދާގައިވާ ގޮތަށް ބަލައި ޗެކްކުރުމަށްފަހު، މި އުސޫލުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް ފުރިހަމަވާނަމަ، އެ ފެސިލިޓީއެއް އެކަމަޑޭށަން ސައިޓުގެ ގޮތުގައި ރަޖިސްޓަރީކޮށް ބޭނުންކުރުމުގެ ހުއްދަ ދެވޭނެއެވެ.

 

6 ވަނަ މާއްދާ - ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަންތަކުގައި ބިދޭސީ މުވައްޒަފުން ބޭތިއްބުން

(ހ) ވިޔަފާރި އުސޫލުން ހިދުމަތްދޭ އެކަމަޑޭށަން ފެސިލިޓީއެއްގައި، ބިދޭސީ މުވައްޒަފުން ބައިތިއްބަން ބޭނުންވާ ވަޒީފާދޭ ފަރާތުން، އެކްސްޕެޓް ސިސްޓަމުގެ "ބުކް އެކްމަޑޭށަން" ރިކުއެސްޓް މެދުވެރިކޮށް ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ އަތުން އެކަމަޑޭށަން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެކަމަޑޭށަން ހަމަޖެއްސުމުގައި، ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ވަޒީފާދޭ ފަރާތާއި ދެމެދުގައި ވެފައިވާ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ އެއްބަސްވުން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަމަޑޭށަން ހަމަޖެހުނު ކަމުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން ހުށަހަޅައިފައިވާ ރިކުއެސްޓް، ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެޕްރޫވްކުރުމުންނެވެ.

 

7 ވަނަ މާއްދާ - ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަން ފެސިލިޓީތަކުގައި ބައިތިއްބާ ބިދޭސީން ބެލެހެއްޓުން

ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަން ފެސިލިޓީތަކުގައި ބައިތިއްބާ ބިދޭސީންނާ ގުޅޭގޮތުން މި ގަވާއިދުގައްޔާއި ވަޒީފާގެ އެއްބަސްވުމުގައި ބުނާ އެންމެހައި ކަންކަން ވަޒީފާދޭ ފަރާތުން ފުރިހަމަކޮށް، ގަވާއިދުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

8 ވަނަ މާއްދާ- ވަޒީފާދޭ ފަރާތުން ހިންގައި ބަލަހައްޓާ އެކަމަޑޭށަން ފެސިލިޓީ ރަޖިސްޓަރީ ކުރުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތުން ހިންގައި ބަލަހައްޓާ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީންނަށް އެކަމަޑޭށަން ހަމަޖައްސައިދޭނަމަ، އެ ފަރާތުން އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބެނުންކުރާ ތަން ނުވަތަ ތަންތަން އެކްސްޕެޓް ސިސްޓަމުގައި "އެކަމަޑޭށަން ސައިޓް" ގެ ގޮތުގައި ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެކަމަޑޭށަން ފެސިލިޓީ ރަޖިސްޓަރީކުރަން ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅާންވާނެއެވެ.

  1. ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ވަޒީފާދޭ ފަރާތުގެ އަމިއްލަ ތަނެއްނަމަ، ގޯތީގެ ރަޖިސްޓަރީގެ ކޮޕީއާއި، އެ އިމާރާތުގައި ބިދޭސީންނަށް "އެކަމަޑޭށަން" ހަމަޖައްސައިދޭކަން ބަޔާންކޮށްފައިވާ ލިޔުމެއް؛
  2. ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ވަޒީފާދޭ ފަރާތުން ކުއްޔަށް ހިފައިފައިވާ ތަނެއްނަމަ، ވަޒީފާދޭ ފަރާތުގެ ނަމުގައި ކުއްޔަށް ހިފައިފައިވާ ރެންޓް އެގްރީމަންޓުގެ ކޮޕީ؛ 
  3. ފްލޯ ޕްލޭނުގެ ކޮޕީ؛
  4. "އެކަމަޑޭށަން" ގައި ހުރި ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކޮށްފައިވާ ލިޔުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން އެކަމަޑޭށަން ފެސިލިޓީ ރަޖިސްޓަރީކުރަން ހުށަހެޅުމުން، މި އުސޫލުގެ 29 ވަނަ މާއްދާގައިވާ ގޮތަށް ބަލައި ޗެކްކުރުމަށްފަހު، މި އުސޫލުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް ފުރިހަމަވާނަމަ، އެ ފެސިލިޓީއެއް އެކަމަޑޭށަން ސައިޓުގެ ގޮތުގައި ރަޖިސްޓަރީކޮށް ބޭނުންކުރުމުގެ ހުއްދަ ދެވޭނެއެވެ.

 

9 ވަނަ މާއްދާ - ޕްރޮފެށަނަލް ގިންތީގެ ބިދޭސީ މުވައްޒަފު އަމިއްލައަށް އެކަމަޑޭށަން ހަމަޖެއްސުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކީ ޕްރޮފެށަނަލް ގިންތީގެ މުވައްޒަފެއް ނަމަ، އެ މުވައްޒަފު އަމިއްލައަށް އެކަމަޑޭށަން ހަމަޖެއްސިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެކަމަޑޭށަން ހަމަޖައްސަންވާނީ، އެ ބިދޭސީއަކާއި ވަޒީފާދޭ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން، އެކަމަޑޭށަން ހަމަޖައްސާ ތަނުގެ މައުލޫމާތާއި، ކުއްޔަށް ހިފައިފައިވާ ނަމަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުމުގެ ކޮޕީއާއި، ފްލޯ ޕްލޭނުގެ ކޮޕީއާއި، "އެކަމަޑޭށަން" ގައި ހުރި ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކާއި، އަދި އެ ތަނުގައި އެކަމަޑޭޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު ވަޒީފާދޭ ފަރާތަށް އެންގުމަށް ފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަޖައްސާ އެކަމަޑޭށަން، ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރަން ވާނެއެވެ. އަދި މި ފަދަ އެކަމަޑޭށަންތައް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ އާންމު މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

 

10 ވަނަ މާއްދާ - ބިދޭސީ އެކަމަޑޭށަންގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ބެލެހެއްޓުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ކުއްޔަށް ދޫކޮށްފައިވާ ތަނެއްނަމަ، އެ ތަން ބޭނުންކުރަމުންދަނީ ކުއްޔަށް ދޫކޮށްފައިވާ ބޭނުމަށްކަން ކަށަވަރުކުރުމާއި، އެ ތަނުގައި ބައިތިއްބާ ބީދޭސީންގެ މައުލޫމާތު ބަލަހައްޓައި، އެ ބިދޭސީންނަށް ވުރެ އިތުރު ފަރާތްތަކަކުން ތަން ބޭނުން ކުރަމުންދާ ނަމަ އެކަން، ތަން ކުއްޔަށް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވަތަ ވިޔަފާރި އުސޫލުން އެކަމަޑޭށަން ހިންގާ ފަރާތަށާއި މިނިސްޓްރީއަށް އެންގުމަކީ ތަން ކުއްޔަށް ދޫކުރި ފަރާތުގެ ޒިންމާއެކެވެ.

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް

 

11 ވަނަ މާއްދާ - އާންމު މިންގަނޑު

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުގައި ހިމެނޭ ކަންކަން ފުރިހަމަވާންވާނެއެވެ.

(ހ) މި މިންގަނޑުގެ ދަށުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަން ހުންނަންވާނީ ވާރެއާއި އަވިން (ވެންޓިލޭށަން ބޭނުމަށް ފިޔަވައި) ހިޔާވާނޭ ފަދައިން އަދި އެފަދަ ގްުދުރަތީ ކަންކަމުން ރައްކައުތެރި ކުރެވިފައިވާ ގޮތަށެވެ. އަދި އެފަދަ ތަންތަން ހުންނަންވާނީ އިމާރާތްކުރުމަށް އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެން އިމާރާތްކޮށްފައެވެ.

(ށ) އިމާރާތް ކުރުމުގެ މަސައްކަތްކުރާ ސަރަހައްދެއްގައި ދިރިއުޅުމަށް ތަނެއް ގުއިމްކުރާނަމަ، އެ ތަނަކާއި މަސައްކަތްކުރާ ތަނާ ދެމެދު، އިން ވަކިކޮށްފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ އިމުގެ އެތެރެއާއި ބޭރުން ވަށައިގެންވާ ސަރަހައްދަކީ ކުނިބުނިން ރައްކައުތެރިކުރެވިގެންވާ، ސާފުތާހިރު ސަރަހައްދަކަށް ވާންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ދިރިއުޅުމަށް ގުއިމްކުރާ ތަންތަނާއި މަސައްކަތްކުރާ ސަރަހައްދާ ދެމެދު މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރުގެ ދުރުމިން ހުންނަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބުނެފައިވާ، ދިރިއުޅުމަށް ގުއިމުކޮށްފައި ހުންނަ ތަންތަނަށް ވަންނަ ދޮރު ކައިރީގައި އަންނަނިވި މައުލޫމާތުތައް ހިމެނޭގޮތަށް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެފައިވާ ނިށާންތައް ބަހައްޓައިފައި ހުންނަންވާނެއެވެ.

  1. އެ ތަނެއްގައި ބައިތިއްބައިފައި ތިބި ބިދޭސީންނަށް ވަޒީފާ ދިން ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު؛
  2. އެ ތަނެއް ހިންގުމަށް ދީފައިވާ ހުއްދައިގެ ނަންބަރު ނުވަތަ ހުއްދައިގެ ރެފަރެންސް ނަންބަރު؛
  3. އެ ތަނެއް ބެލެހެއްޓުމާ ހަވާލުވެ ހުންނަ ސުޕަވައިޒަރުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު؛
  4. ބިދޭސީ މުވައްޒަފުން އުޅެން އެ ތަނަކުން ލިބެންހުރި ޖާގައިގެ އަދަދާއި، އެވަގުތަކު ދިރިއުޅޭ މީހުންގެ އަދަދު.

(ޅ) އިމާރާތުގައި އާންމުކޮށް ބޭނުންކުރާ ސިޑިއާއި ވޯކްވޭފަދަ ތަންތަން ފަރުމާކޮށްފައި ހުންނަންވާނީ، ގުނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގުނޫނު) އާއި މި ގުނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތިންނެވެ.

 

12 ވަނަ މާއްދާ - އަލިކަން ހުންނަންޖެހޭ މިންގަނޑު

ނިދުމަށް ބޭނުންކުރާ ތަންތަން (ކޮޓަރި) ހުންނަންވާނީ އެކަށީގެންވާ ވަރަށް ގްުދުރަތީ އަލިކަން ނުވަތަ މަސްނޫއީީ އަލިކަން ލިބޭގޮތަށެވެ.

 

13 ވަނަ މާއްދާ - ވައިދައުރުވުން

މި މާއްދާގެ (ހ) ގައި ބުނެފައިވާ، ނިދުމަށް ބޭނުންކުރާ ތަންތަން ހިމެނޭ އިމާރާތް ހުންނަންވާނީ އެކަށީގެންވާ ވަރަށް ވައި ދައުރުވާނެ ގޮތަށް ކްރޮސް ވެންޓިލޭޓް ކުރެވިފައެވެ.

 

14 ވަނަ މާއްދާ - ތަނުގެ ބޮޑުމިން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނުގެ ބޮޑުމިނުގައި އަންނަނިވި މިންތައް ފުރިހަމަވާންވާނެއެވެ.

  1. އެ ތަނުގައި ދިރިއުޅެނީ އެކަކު ނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.78 (ތިނެއް ޕޮއިންޓް ހަތެއް އަށެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނަންވާނެއެވެ. ނުވަތަ؛
  2. ބަންކު އެނދު ބަހައްޓައިގެން ގިނަވެގެން 2 (ދޭއް) މީހުން ނިދާނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 5.13 (ފަހެއް ޕޮއިންޓް އެކެއް ތިނެއް) އަކަމީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އުސްމިނުގައި މަދުވެގެން 3 (ތިނެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނަންވާނެއެވެ.
  3. ސިންގަލް އެނދުގެ 2 (ދޭއް) އެނދު ބަހައްޓައިގެން ގިނަވެގެން 2 (ދޭއް) މީހުން ނިދާނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 6.84 (ހައެއް ޕޮއިންޓް އަށެއް ހަތަރެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.8 (އެކެއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނާންވާނެއެވެ.
  4. ބަންކު އެނދުގެ 2 (ދޭއް) އެނދު ބަހައްޓައިގެން ގިނަވެގެން 4 (ހަތަރެއް) މީހުން ނިދާނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 8.55 (އަށެއް ޕޮއިންޓް ފަހެއް ފަހެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.9 (އެކެއް ޕޮއިންޓް ނުވައެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނާންވާނެއެވެ.
  5. ސިންގަލް އެނދުގެ 2 (ދޭއް) އެނދަށް (ދެ އެނދަށްވުރެ އިތުރުވާ ކޮންމެ އެނދަކަށް މީހަކު) ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.24 (ތިނެއް ޕޮއިންޓް ދޭއް ހަތަރެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.8 (އެކެއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނާންވާނެއެވެ.
  6. އިމާރާތްކުރުމުގެ މަސައްކަތްކުރާ ސަރަހައްދެއްގައި ގުއިމްކޮށްފައި ހުންނަ ދިރިއުޅޭ ތަންތަނުގެ ފަންގިފިލާ ނުވަތަ ސީލިންގުގެ އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު ހުންނަންވާނެއެވެ. އަދި ނިދުމަށް ބޭނުންކުރާ ކޮޓަރިތަކުގައި ސިންގަލް ބެޑު، ނުވަތަ ޑަބަލް ބެޑު ނުވަތަ ބަންކް ބެޑު ބަހައްޓައިފައި ހުރުމާއެކު، ގެންގުޅޭ އަމިއްލަ ތަކެތި ބެހެއްޓޭނެ ކަބަޑެއް ފަދަ އެއްޗެއް ހުންނަންވާނެއެވެ. މިގޮތަށް ބަހައްޓާ އެއް އެނދާއި އަނެއް އެނދުގެ ދުރުމިނުގައި 1 (އެކެއް) މީޓަރުގެ ދުރުމިން ހުންނަންވާނެއެވެ. އަދި ނިދުމަށް ބޭނުންކުރަނީ ބަންކް ބެޑެއްނަމަ، ދެ އެނދު ދޭތެރޭގައި 1 (އެކެއް) މީޓަރުގެ ދުރުމިން ހުރުމާއެކު، މަތީ އެނދާއި ތިރީ އެނދާ ދެމެދުގައި މަދުވެގެން 900 (ނުވަ ސަތޭކަ) މިލިމީޓަރުގެ އުސްމިން ނުވަތަ ހުސްޖާގަ ހުންނަންވާނެއެވެ. މިގޮތުން ބައިބައި އިތުރުވާނަމަ، އިމާރާތުގެ އެ ފްލޯގެ ހައިޓް އުސްކުރަންވާނެއެވެ.
  7. 2 (ދޭއް) މީހުން ނުވަތަ އެއަށްވުރެ އިތުރު މީހުން ނިދުމަށް ބޭނުންކުރާ ކޮޓަރި ބޭނުންކުރަންވާނީ، އެއްޖިންސެއްގެ މީހުން އެކަންޏެވެ. މީގެ ތެރޭގައި ދެމަފިރިން އިސްތިސްނާވެގެންވެއެވެ.

 

15 ވަނަ މާއްދާ - ފާހާނާއާއި ސާފުތާހިރުވުމަށް ބޭނުންކުރާ ތަންތަން

(ހ) ފާހާނާއާއި ދޮވެސާފުކުރުމަށް (ލޯންޑްރީ) ހަދައިފައި ހުންނަ ތަންތަން، ދިރިއުޅުމަށް ގުއިމުކޮށްފައި ހުންނަ ތަންތަނާ ގުޅިގެން ހަދައިފައި ނުވާނަމަ، އެފަދަ ހިދުމަތްދޭ އާންމު ތަންތަން ދެޖިންސަށް ވަކިން ގުއިމްކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ވަސީލަތްތައް ގުއިމުކޮށްފައި ހުންނަންވާނީ، އެކަށީގެންވާ ސުިއްހްީ ރައްކައުތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން އެންމެ މަދުވެގެން ވެސް، އެ ތަނެއްގައި ވަޒީފާ އަދާކުރާ ކޮންމެ 10 (ދިހައެއް) ބިދޭސީއަކަށް 1 (އެކެއް) ފާހާނާއެއްގެ މަގުން އެފަދަ ތަންތަން ގުއިމުކޮށްފައި ހުންނަންވާނެއެވެ.

(ނ) އިމާރާތްކުރާ ސަރަހައްދެއްގައި ގުއިމުކޮށްފައި ހުންނަ ފާހާނާބަރިތައް ހުންނަންވާނީ، ނިދުމަށް ބޭނުންކުރާ ސަރަހައްދާ 60 (ފަސްދޮޅަސް) މީޓަރަށްވުރެ ދުރުނޫން، އަދި ނިދުމަށް، ނުވަތަ ކެއުމަށް، ނުވަތަ ކެއްކުމަށް ބޭނުންކުރާ ތަނާއި 5 (ފަހެއް) މީޓަރު ކައިރިނުވާނެ ގޮތެއްގެ މަތިންނެވެ.

(ރ) ފާހާނާތަކުގެ ޕްލަމިންގ ސިސްޓަމް ގުއިމުކޮށްފައި ހުންނަންވާނީ، ބިލްޑިންގ ކޯޑާ ހިލާފުނުވާ ގޮތަށެވެ.

 

16 ވަނަ މާއްދާ - ފެނުގެ ހިދުމަތް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި، ބޯފެނާއި، ކެއްކުމަށް ބޭނުންކުރާ ފެނާއި، ފެންވެރުމަށް ބޭނުންކުރާ ފެނާއި، އެއްޗެހި ދޮވުމަށް ބޭނުންކުރާ ފެން، ދުނިޔޭގެ ސުިއްހަތު ޖަމްއިއްޔާ ގަބޫލުކުރާ މިންގަނޑަށް ފޯރުކޮށްދެވިފައި ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ނަރުދަމާގެ ނިޒާމް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ނަރުދަމާގެ ނިޒާމެއް ގުއިމުކޮށްފައި ހުންނަންވާނެއެވެ.

 

18 ވަނަ މާއްދާ - އުކައިލެވޭ ކުނި ނައްތައިލުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި އުކައިލެވޭ ކުނި އަޅާނޭ ޑަސްބިނެއް ބަހައްޓައިފައި ހުންނަންވާނެއެވެ. އަދި ކުނި އުކައިލެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

 

19 ވަނަ މާއްދާ - ކެއްކުމަށް ގުއިމުކުރާ ތަންތަން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ގުއިމުކޮށްފައިވާ ބަދިގެއަކީ ނުވަތަ ކެއްކުމަށް ބޭނުންކުރާ ތަނަކީ، އެކަމަށް އެކަށީގެންވާ ތަނަކަށް ވާންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތް ހިނގާ ސަރަހައްދެއްގައި ދިރިއުޅުމަށް ގުއިމުކޮށްފައި ހުންނަ ތަންތަނުގައި ކެއްކުމަކީ މަނާކަމެކެވެ.

 

20 ވަނަ މާއްދާ - އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމާއި އިމަޖެންސީތަކުގައި އަމަލުކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި އިމަޖެންސީ ހާލަތްތަކުގައި ފަސޭހައިން ސަލާމަތްވެވޭނެ އެންމެހައި ގޮތްތައް ގުއިމުކޮށްފައިވޭތޯ ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ށ) ދިރިއުޅުމަށް ގުއިމްކޮށްފައިވާ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ނުވަތަ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ އުސޫލު ލިޔެ އެންމެންނަށް ފެންނާނޭހެން ބަހައްޓައިފައި ހުންނަންވާނެއެވެ.

(ނ) އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމާއި އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކަށް އަހުލުވެރިވުމުގެ ގޮތުން އަހަރަކު 2 (ދޭއް) ފަހަރު، ފަޔަރ އެކްސަރސައިޒް ޑްރިލެއް ބާއްވަން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ކަންކަން ފުރިހަމަވޭތޯ ވަޒީފާދޭ ފަރާތުން ކަށަވަރު ކުރަން ވާނެއެވެ.

 

21 ވަނަ މާއްދާ - ސަލާމަތީ ފިޔަވަޅު

(ހ) ބިދޭސީން ދިރިއުޅުމަށް ތަން ހަމަޖައްސައިދޭ، ވަޒީފާދޭ ފަރާތުން އެ ތަނުގެ ސަލާމަތީ އެންމެހައި ފިޔަވަޅުތައް އަޅައިފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.

(ށ) ދިރިއުޅޭ ތަނުގައި އަގުބޮޑު އެއްޗެހި ރައްކައުކުރެވޭނެ މަގު ފަހިކޮށްފައި ހުންނަންވާނެއެވެ.

 

22 ވަނަ މާއްދާ - މެއިންޓެނަންސް ބެލެހެއްޓުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ގަވާއިދުން މެއިންޓެއިންކުރާ ތަނެއްކަން ވަޒީފާދޭ ފަރާތުން ކަށަވަރު ކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ކޮންވީނިއަންސް ސްޓޯރެއްގެ ހިދުމަތް

އާންމުކޮށް ގަންނަން ބޭނުންވާ އާންމު ބޭނުންތަކުގައި ބޭނުންކޮށްއުޅޭ އެއްޗެހި ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމެއް، މީހުން ދިރިނޫޅޭ ރަށްތަކުގައި ހުންނަ ފެސިލީޓީސްގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

 

24 ވަނަ މާއްދާ - ގައިންގަޔަށްއަރާ ބަލިތަކުން ރައްކައުތެރިވުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅޭ ތަންތަނުގައި އުޅޭ އެއްވެސް މީހެއްގެ ކިބައިން ގައިން ގަޔަށް އަރާ ބައްޔެއްގެ އަސަރު ފެނިއްޖެނަމަ، ސުިއްހްީ ކަންކަމާބެހޭ ދައުލަތުގެ ވުޒާރާއަށް ލަސްނުކޮށް އެންގުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) އިމާރާތްކުރުމުގެ ސަރަހައްދެއްގައި ގުއިމުކޮށްފައިވާ، ބިދޭސީން ދިރިއުޅޭ ތަންތަނުގައި އުޅޭ މީހުންގެ އަދަދު 1000 (އެއްހާސް) އަށްވުރެ ގިނަ ނަމަ، އެ ތަނަށް ހާއްސަ ސުިއްހްީ ޑޮކުޓަރަކު ގެންގުޅެންވާނެއެވެ

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ އަދަދަށްވުރެ މީހުން މަދުނަމަ، ހެލްތް އެންޑް ހައިޖީން ޗެކްކުރުމަށް ވަޒީފާދޭ ފަރާތުން ހެލްތް ވޯކަރެއް ނުވަތަ ނަރުހެއް ނުވަތަ ސުިއްހްީ ދާއިރާއާ ގުޅުންހުރި ފަރާތަކުން މަހަކު އެއްފަހަރު ރޫޓިންގ ޗެކް ކުރުމުގެ އިންތިޒާމް ހަމަޖައްސައިފައި ހުންނަންވާނެއެވެ.

 

25 ވަނަ މާއްދާ - ޕެސްޓް ކޮންޓްރޯލްކުރުން

އިމާރާތްކުރުމުގެ މަސައްކަތް ހިނގާ ސަރަހައްދުގައި ގުއިމުކޮށްފައި ހުންނަ، ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހުންނަ ތަންތަން ވަޒީފާދޭ ފަރާތުން ޕެސްޓް ކޮންޓްރޯލް ކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

މަސައްކަތްކުރާ ތަނުގައި ދިރިއުޅުމަށް ހަމަޖައްސައިދީފައިވާ ތަންތަނުގައި، ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ، ނަމާދުކުރުމަށް އެކަށޭނަ ތަނެއް ގުއިމުކޮށްފައި، ނުވަތަ ވަޒީފާ އަދާކުރާ ބިދޭސީންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައި ހުންނަންވާނެއެވެ.

 

27 ވަނަ މާއްދާ - މަސައްކަތުމީހުން ބޭތިއްބުމަށް ހާއްސަކޮށް ހަދައިފައި ހުންނަ ތަންތަން

ވަޒީފާ އަދާކުރާ ބިދޭސީން ބޭތިއްބުމަށް ހަދައިފައި ހުންނަ ތަންތަން މި ގަވާއިދަށް ފެތެންވާނެއެވެ. އަދި އެ ތަންތަނަކީ ސަރުކާރުގެ ފަރާތުން އެއްވެސްކަހަލަ ހުއްދައެއް އޮވެގެން ހިންގަންޖެހޭ ތަނަކަށްވާނަމަ، އެ ތަނެއް ހިންގަން ހޯދަންޖެހޭ ހުރިހައި ހުއްދަތަކެއް ގަވާއިދުން ހޯދަންވާނެއެވެ.

 

28 ވަނަ މާއްދާ - އާންމު މިންގަނޑަށް ފުރިހަމައަށް "އެކަމަޑޭށަން" ހަމަޖައްސައިދިނުން

މި އުސޫލުގެ 4 ވަނަ މާއްދާއިން ފެށިގެން 21 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ އާންމު މިންގަނޑަށް ވުރެ އިތުރަށް އެއްވެސް ހައްގްެއް ނުވަތަ އިނާޔަތެއް ބިދޭސީންނަށް ލިބިދެވޭނެ ގޮތަށް، ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

29 ވަނަ މާއްދާ - ބަލައި ޗެކްކުރުން

(ހ) މި އުސޫލުގެ ދަށުން އެކަމަޑޭށަން ފެސިލިޓީ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރެވި ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަވޭތޯ ކަށަވަރުކުރުމުގެ ގޮތުން، އެ ތަންތަން ބަލައި ޗެކްކުރުމަށް ފަހުގައެވެ.

(ށ) އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަންތަނަކީ މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ހިންގާ ތަންތަންތޯ ބެލުމަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނާއި، އެ ތަންތަނާ ގުޅުންހުރި ތަންތަން، މަދުވެގެން އަހަރަކު އެއްފަހަރު މިނިސްޓްރީން ބަލައި ޗެކްކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް "އެކަމަޑޭށަން" ބަލައި ޗެކްކުރާއިރު، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނުފެތޭ ތަންތަން، މި އުސޫލުގައިވާ މިންގަނޑާ އެއްގޮތަށް އިސްލާހުކުރުމަށް ވަޒީފާދޭ ފަރާތަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އަންގައި، ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތަށް "އެކަމަޑޭށަން" ގައި ހުންނަންވާ މިންގަނޑުތައް އިސްލާހުކުރުމަށް މުއްދަތެއްގެ ދެވޭނެއެވެ. 

 

30 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި އުސޫލުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ނުވަތަ ވަޒީފާދޭ ފަރާތްތަކުން މި އުސޫލުގައިވާ މިންގަނޑާ އެއްގޮތަށް "އެކަމަޑޭށަން" އިސްލާހު ނުކޮށްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅު އެޅޭނެއެވެ.

 

31 ވަނަ މާއްދާ - އެންގުން

އެއްވެސް ފަރާތަކުން މި މިންގަނޑާ ހިލާފުވެއްޖެނަމަ، ނުވަތަ އެއްވެސް ފަރާތަކުން މި މިންގަނޑާ ހިލާފުވާކަމަށް ށައްކުކުރެވޭނަމަ، އެކަން ލަސްނުކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.
 
 
 
 

----------------

 

ޖަދުވަލު 7

ފިޔަވަޅު އެޅުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ފިޔަވަޅު އެޅުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އެޅޭނެ ފިޔަވަޅު

މި ގަވާއިދާ ހިލާފުވެގެން މި ގަވާއިދުގެ ދަށުން އެޅޭނެ ފިޔަވަޅުތައް، ތިރީގައި މިވަނީއެވެ.

  1. އެމްޕްލޯއިމަންޓް އެޕްރޫވަލް ބާތިިލުކޮށް، އެ ފަރާތް ނުވަތަ އެ ފަރާތްތައް ފޮނުވައިލަން އެންގުން؛
  2. ކޯޓާ ކެންސަލްކުރުން ނުވަތަ ކޯޓާގެ އަދަދު މަދުކުރުން؛
  3. ޖޫރިމަނާ ކުރުން؛
  4. އެކްސްޕެޓް ސިސްޓަމުގައި ބްލެކް ލިސްޓް ކުރުން؛
  5. މައްސަލަ ތަހުގްީގްު ކުރުމަށް ތަހުގްީގްީ އިދާރާތަކަށް ފޮނުވުން.

 

4 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެ ފަރާތްތައް

މި ގަވާއިދާ ހިލާފުވެގެން މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ފަރާތްތައް، ތިރީގައި މިވަނީއެވެ.

  1. ވަޒީފާދޭ ފަރާތް؛
  2. ވަޒީފާދޭ ފަރާތްތަކުން އައްޔަނު ކޮށްފައިވާ ރެޕްރެޒެންޓޭޓިވް؛
  3. ވަޒީފާ އަދާކުރާ ފަރާތް؛
  4. ވިޔަފާރި އުސޫލުން ވަޒީފާދޭ ފަރާތްތަކަށް ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް.

 

5 ވަނަ މާއްދާ - އެމްޕްލޯއިމަންޓް އެޕްރޫވަލް ބާތިިލުކޮށްފައި ބިދޭސީއަކު ފޮނުވައިލަން އެންގުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މި އުސޫލުގެ ދަށުން، ފިޔަވަޅުއެޅޭ ފަރާތަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތައް ބާތިިލުކޮށް، އެ އެޕްރޫވަލްތަކުގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީ ފަރާތް އަނބުރާ ގައުމަށް ފޮނުވައިލަން އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ކޯޓާ ކެންސަލްކުރުން ނުވަތަ ކޯޓާގެ އަދަދު މަދުކުރުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މި އުސޫލުގެ ދަށުން ފިޔަވަޅުއެޅޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްއެއް ނެތް ކޯޓާތައް މިނިސްޓްރީން ކެންސަލްކުރާނެއެވެ.

 

7 ވަނަ މާއްދާ - ޖޫރިމަނާ ކުރުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް މި އުސޫލުގެ ދަށުން ޖޫރިމަނާ ކުރެވޭނީ 1000 (އެއްހާސް) ރުފިޔާއާއި، 2،000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، އެ ފައިސާ ދެއްކުމަށް މިނިސްޓްރީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން، އަންގާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކާނީ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންޖެހޭ ފަރާތަކާ މެދު، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - އެކްސްޕެޓް އޮލައިން ސިސްޓަމުގައި ބްލެކް ލިސްޓް ކުރުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ނުލިބޭގޮތަށް އެކްސްޕެޓް ސިސްޓަމުގައި ބްލެކް ލިސްޓް ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްލެކް ލިސްޓް ކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ހިއުމަން ޓްރެފިކިންގއާ ގުޅުންހުރި މައްސަލައެއްގެ ތުހުމަތު ކުރެވުން؛
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ސައްހަނޫން މައުލޫމާތު ހުށަހެޅުން؛
  3. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ށައްކުކުރެވޭ މައުލޫމާތު ހުށަހެޅުން؛
  4. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުން؛
  5. ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން؛
  6. މިނިސްޓްރީއަށް އެއްބާރުލުން ނުދިނުމާއި، އަންގާ އެންގުންތަކަށް އަމަލުނުކުރުން؛
  7. ކުށެއްގެ ތުހުމަތު ކުރެވުން ނުވަތަ ކުށެއް ސާބިތުވުން؛
  8. ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ނުދެއްކުން؛
  9. ލޭބަރ ރިލޭށަންސް އޮތޯރިޓީގެ ބާރުގެ ދަށުން ބަލާ ކަންތައްތަކާ ގުޅިގެން ބްލެކް ލިސްޓް ކުރުން؛
  10. މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މި ގަވާއިދުގައި ބްލެކް ލިސްޓް ކުރުމަށް ބަޔާންކޮށްފައިވާ ހާލަތްތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އުސޫލުގެ 4 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތްތައް ބްލެކް ލިސްޓް ކުރެވޭނީ އަންނަނިވި ދަރަޖަތަކުގައެވެ.

  1. އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޭ ހުރިހާ ހިދުމަތްތައް ހުއްޓައިލުން؛
  2. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމާއި، ހިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފީ ދެއްކުން ނުވަތަ ފައިސާ ދެއްކުން ފިޔަވައި ސިސްޓަމުން ދޭ އެހެނިހެން ހިދުމަތްތައް ހުއްޓައިލުން؛
  3. އެމްލްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމާއި، ހިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފީދެއްކުމާއި ނުވަތަ ފައިސާ ދެއްކުމާއި، ރެގިއުލަރައިޒޭށަނާ ގުޅުންހުރި ހިދުމަތްތައް ފިޔަވައި ސިސްޓަމުން ދޭ އެހެނިހެން ހިދުމަތްތައް ހުއްޓައިލުން؛
  4. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމާއި، ހިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފީ ދެއްކުމާއި ނުވަތަ ފައިސާ ދެއްކުމާއި، ރެގިއުލަރައިޒޭށަނާ ގުޅުންހުރި ހިދުމަތްތަކާއި، ބްލެކް ލިސްޓް ކުރެވޭ ފަރާތުގެ ދަށުގައިވާ ބިދޭސީން އެހެން ފަރާތެއްގެ ދަށަށް ބަދަލުކުރުން ފިޔަވައި ސިސްޓަމުން ދޭ އެހެނިހެން ހިދުމަތްތައް ހުއްޓައިލުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އުސޫލުގެ 4 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ބްލެކް ލިސްޓް ކުރެވޭނީ، މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖައިގައެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އުސޫލުގެ 4 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ބްލެކް ލިސްޓް ކުރެވޭނީ، އެ ފަރާތަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ބާތިިލު ކުރުމަށް ފަހު، 1 (އެކެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް، އިތުރު އެމްޕްލޯއިމަންޓް އެޕްރޫވަލް ނުދެވޭ ގޮތަށެވެ. 

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްލެކް ލިސްޓް ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރެއިން މުއްދަތަކަށެވެ.

  1. 60 (ފަސްދޮޅަސް) ދުވަސް؛
  2. 90 (ނުވަދިހަ) ދުވަސް؛
  3. 180 (އެއްސަތޭކަ އައްޑިހަ) ދުވަސް؛
  4. 1 (އެކެއް) އަހަރުދުވަސް؛
  5. 2 (ދޭއް) އަހަރުދުވަސް؛
  6. 5 (ފަހެއް) އަހަރުދުވަސް.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބްލެކް ލިސްޓް ކުރާ ފަރާތްތައް ބްލެކް ލިސްޓް ކުރާ މުއްދަތު ކަނޑައަޅަނީ، ބްލެކް ލިސްޓް ކުރާ ހާތަލާއި ދަރަޖައަށް ރިއާޔަތްކޮށެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބްލެކް ލިސްޓް ކޮށްފައިވާ ފަރާތެއްގެ ބްލެކް ލިސްޓް ކުރި ހާލަތަށް ރިއާޔަތްކޮށް ނުވަތަ އެ ފަރާތެއް ބްލެކް ލިސްޓް ކުރި މައްސަލައާ ގުޅިގެން ތަހުގްީގްީ އިދާރާއިން ނިންމާ ގޮތެއްގެ މަތިން، އެ ފަރާތެއް ބްލެކް ލިސްޓުން އުނިކުރުން، ނުވަތަ ބްލެކް ލިސްޓް ކޮށްފައިވާ މުއްދަތު ބަދަލުކުރުން، ނުވަތަ ބްލެކް ލިސްޓް ކޮށްފައިވާ ދަރަޖަ ބަދަލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - މައްސަލަ ތަހުގްީގްު ކުރުމަށް ތަހުގްީގްީ އިދާރާތަކަށް ފޮނުވުން

(ހ) އަންނަނިވި ހާލަތްތަކުގައި މި އުސޫލުގެ ދަށުން ފިޔަވަޅު އެޅޭ ފަރާތްތަކުގެ މައްސަލަ ތަހުގްީގްު ކުރުމަށް، ކަމާ ގުޅުންހުރި ތަހުގްީގްީ އިދާރާތަކަށް ފޮނުވޭނެއެވެ.

  1. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތައް؛
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ށައްކުކުރެވޭ މައުލޫމާތު ހުށަހަޅާ ފަރާތްތައް؛
  3. ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ތަހުގްީގްު ކުރުމަށްފަހު، މައްސަލައާ މެދު އެ ތަހުގްީގްީ އިދާރާއަކުން ނިންމާ ގޮތެއްގެ މަތިން، މި އުސޫލުގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅޭނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި، މި ގަވާއިދާ ހިލާފުވާ ކަންކަމުގައި، ގަވާއިދާ ހިލާފަށް އަމަލުކުރި ފަރާތާމެދު މި އުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

މި ގަވާއިދަށް ގެނެވުުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގަވާއިދު

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-16)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު