-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 51/2020)

 
ގަވާއިދު ނަންބަރު 20/2017  (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5.36 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ޓެކުހަށް ނުވާ ފައިސާ މީރާއިން ބަލައިގަތުން 5.37

(ހ) ދައުލަތަށް ލިބޭ ޓެކުހަށް ނުވާ ފައިސާގެ ތެރެއިން، މި ބާބުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެންމެހައި ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަންނާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. އަދި މީރާގެ އޮފީހެއް ނުހުންނަ ރަށެއްގައިނަމަ، މީރާއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފައިސާ ބަލައިގަތުމުގައި، އެ ފައިސާއާ ގުޅޭގޮތުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ބަލައިގަތުންވެސް ހިމެނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ ބާބަށް، އަންނަނިވި ގޮތުގެ މަތިން ޖަދުވަލު 1 އިތުރުކުރުން.

 

ޖަދުވަލު 1

#

ނަން 

   ގާނޫނު/ގަވާއިދު

1. ވިޔަފާރި ރަޖިސްޓަރީ ފީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު)
2. ކުންފުނިތަކުގެ އަހަރީ ފީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު)
3. ކުންފުނި ރަޖިސްޓްރޭށަން ފީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު)
4. ކޯޕަރޭޓިވް ސޮސައިޓީ އަހަރީ ފީ ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު)
5. ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓްރޭށަން ފީ ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު)
6. ޕާޓްނަރށިޕް ރެޖިސްޓްރޭށަން ފީ
ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު)
7. ސްޓިކަރ ފީ
ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)
8. ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ފީ
ގާނޫނު ނަންބަރު 69/1978 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު)
9. ރެވެނިއު ސްޓޭމްޕް
ގާނޫނު ނަންބަރު 4/1970 (އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު)
10. ފަޅުރަށްރަށުގެ ވަރުވާ
ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)
11. ފަޅުރަށްރަށް ބެލެހެއްޓުމުގެ ފީ ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)
12. ރަށްޔިތުންނަށް ދޫކުރެވޭ ފަޅުރަށްރަށުން ނެގޭ ކުލި ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)
13. ވަގުތީގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަޅުރަށްރަށުގެ ފީ ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)
14. ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ރަށްރަށުގެ ކުލި ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)
15. ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

16. ބޮޑެތި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

17. "އަލިމަސްއުފާ" ސަރަހައްދުގެ ބިންބިމުން ނަގާ ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

18. މާލޭ ވިޔަފާރި ބަނދަރުން ނަގާ ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

19. ފްލޯޓިންގ ޖެޓީގެ ކުލި

ވަކިވަކި އެއްބަސްވުމުގެ ދަށުން

20. ފްލެޓް ބެލެހެއްޓުމުގެ އަގު

ވަކިވަކި އެއްބަސްވުމުގެ ދަށުން

21. ސަރުކާރުން އިމާރާތްކުރާ ފްލެޓް ފަދަ ތަންތަން ވިއްކައިގެން ލިބޭ ފައިސާ

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

22. ފްލެޓްތަކުން ނެގޭ ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

23. ސަރުކާރުގެ އިމާރާތުގެ ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

24. ފޮރިން އިންވެސްޓްމަންޓް އެޑްމިނިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 25/1979 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ނެގޭ ފީ.

25. ކުއްޔަށް ދޫކޮށްފައިވާ ފިހާރަތަކުން ނެގޭ ކުލި (މިނިސްޓްރީ އޮފް ފިނޭންސް)

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

26 އާންމު ފާހާނާބަރިތަކުން ނަގާ ކުލި

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

27. ކުއްޔަށްދޭ ފިހާރަތަކުން ނަގާ ކުލި (ހައުސިންގ މިނިސްޓްރީ)

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

28 ދައުލަތުގެ ބިންބިން ވިއްކައިގެން ލިބޭ ފައިސާ

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

29. ތިމާވެށްޓަށް ގެއްލުން ލިބުމާ ގުޅިގެން ނަގާ ޖޫރިމަނާ

ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)

30 ބިދޭސީ ޓްރޭޑް ޑިޕޮސިޓް
  1. ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު)
31. އިމްޕޯޓްކުރާ އުޅަނދުފަހަރުގެ ފީ

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)

32. ވިސާ ފީ

ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު)

33. ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު" އާއި، ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)

34. އަމިއްލަ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ފީ

ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު)

35. ޑައިވް ސްކޫލް ރަޖިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

36. ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކައުތެރިކުރުމާބެހޭ ގަވާއިދާ ހިލާފުވުމުން ނަގާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގަވާއިދު"

37. ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދިނުމާބެހޭ ގަވާއިދާ (ޓްރެވަލް އެޖެންސީ ގަވާއިދު) ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދިނުމާބެހޭ ގަވާއިދު"

38. ގެސްޓްހައުސް ރަޖިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

39 ގެސްޓްހައުސް ހިންގުމުގެ ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު"

40. ޓޫރިސްޓް އުޅަނދުފަހަރުގެ ރަޖިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

41. ސަބް-ލީސް ޓްރާންސްފަރ ފީ/ ލީސް ޓްރާންސްފަރ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާބެހޭ ހައްގުުތައް ބަދަލުކުރުމާބެހޭ ގަވާއިދު"

42. މޯގޭޖް ރަޖިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާބެހޭ ހައްގުުތައް ބަދަލުކުރުމާބެހޭ ގަވާއިދު"

43. ބީލަން ފޮތް ވިއްކުން (މިނިސްޓްރީ އޮފް ޓޫރިޒަމް)

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

44. ނީލަމުން ތަކެތި ވިއްކައިގެން ލިބޭ ފައިސާ (މިނިސްޓްރީ އޮފް ޓޫރިޒަމް)

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

45. ގެސްޓްހައުސް / ހޮޓާ ރަޖިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

46. ބޭރުގެ ޓޫރިސްޓް އުޅަނދު ދުއްވުމާއި ބަނދަރުކުރުމުގެ ހުއްދައިގެ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

47. ޗާޓަރ ލައިސަންސް ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރު ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު"

48. ސަބްލީސް ރަޖިސްޓްރޭށަން ފީ/ލީސް ރަޖިސްޓްރޭށަން ފީ/ލީސް ޓްރާންސްފަރ ރަޖިސްޓްރޭށަން ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާބެހޭ ހައްގުުތައް ބަދަލުކުރުމާބެހޭ ގަވާއިދު"

49. ޓުއަރ ގައިޑްކަން ކުރުމުގެ ހުއްދައާ ގުޅޭ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ޓުއަރ ގައިޑުންނާބެހޭ ގަވާއިދު"

50. ގަވާއިދާ ހިލާފުވުމުން ކުރެވޭ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު"

51. ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ޓުއަރ ގައިޑުންނާބެހޭ ގަވާއިދު"

52. ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ޓުއަރ ގައިޑުންނާބެހޭ ގަވާއިދު"

53. ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ ގަވާއިދު"

54. ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގުީކުރުމާއި ހިންގުމާބެހޭ ގަވާއިދު"

55. ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިޒޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގަވާއިދު"

56. ޕްރޮޕޯޒަލް ހުށަހަޅާއިރު ދައްކަންޖެހޭ އިދާރީ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު"

57. އިދާރީ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު"

58. ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ ފީ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގުީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު"

59. މުދަލު ޒަކާތް

-

60. ސަދަގާތް

-

61. ސެކިއުރިޓީ ފާހުގެ ފީ

-

62. ގޮނޑުދޮށުން ނަގާ ވެއްޔަށް ދައްކާ ފީ

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 15 ވަނަ މާއްދާއާއި 51 ވަނަ މާއްދާއަށް ރިއާޔަތްކޮށް ހަދައިފައިވާ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ވެލިން މުއްސަނދިކުރުމަށް ވެލި ނެގުމުގެ އުސޫލު

63. އަމިއްލަފަރާތްތަކަށް ދޫކޮށްފައިވާ ލޯނު އަނބުރާ ދައްކާ ފައިސާ

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"

64. ކުނި މެނޭޖްކުރުމުގެ ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގަވާއިދު ނަންބަރު 58/2013 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު)

65. އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ނަގާ ފީ

ގަވާއިދު ނަންބަރު 138/2018 (އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

66. ގަވާއިދާ ހިލާފުވުމުން ކުރާ ޖޫރިމަނާ

ގަވާއިދު ނަންބަރު 41/2012 (ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު)

67. އޮންލައިން ވިޔަފާރިއާއި އެކްޓިވިޓީސް ރަޖިސްޓަރީ ކުރުމުގެ ފީ

ގާނޫނު ނަންބަރު 18/2014 (ވިޔަފާރީ ރަޖިސްޓަރީ ކުރުމުގެ ގާނޫނު)

68. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާ

ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު)

69. ޓްރެފިކް ވައަލޭށަން ޖޫރިމަނާ

ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)

70. ގަވާއިދާ ހިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ

ގަވާއިދު ނަންބަރު 1/2012 (އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު)

71. އެއްގަމުގައި ދުއްވާ އިންޖީނުލީ  އުޅަނދުފަހަރުގެ އަހަރީ ފީ

ގާނޫނު ނަމްބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)

72. ވެހިކަލް އިމްޕައުންޑިންގ ފީ
  1. ގާނޫނު ނަމްބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު)
73. ލީސް ޕީރިއަޑް އެކްސްޓެންށަން ފީ
  1. ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.06 ގެ އަރިމަތީ ސުރުހީީއާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފެއްދުމާއި، އެ ބޯޑު އެކުލެވިގެންވާ ގޮތް 10.06

ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމާއި، މި ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓާ ބެހޭގޮތުން ނެރެންޖެހޭ އުސޫލުތަކާއި ސަރކިއުލާތައް ނެރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާނީ "ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އިންނެވެ. މި ބޯޑުގެ ނިންމުންތައް ތަންފީޒުކުރާނީ، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން ދައުލަތުގެ މާލީ ވުޒާރާގައި ހަމަޖެހިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިންނެވެ.

(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލެވިގެންވަނީ ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ބޯޑަށް އައްޔަނު ކުރަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި މެންބަރުން އައްޔަނު ކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށް އައްޔަނު ކުރަންވާނީ، ފައިނޭންސް، ޕްލޭނިންގ، އިންޖިނިއަރިންގ، އިންފޮމޭށަން ޓެކްނޮލޮޖީ، ލޯ، ކޮމާސް ފަދަ ޕްރޮފެށަނަލް ދާއިރާއަކުން ތައުލީމު ލިބިފައިވާ އަދި އެފަދަ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު އައްޔަނު ކުރެވުނުކަމަށް ބަލަންވާނީ، "ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އަށް އައްޔަނުކޮށް، ލިޔުމުން އެކަން އެ ފަރާތަކަށް އެންގުމުންނެވެ.

(ރ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓްރީން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ.

(ބ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ  ބޯޑުގެ ހިންގާ ގަވާއިދު އެ ބޯޑުން އެކުލަވައިލައި، އެ ގަވާއިދު ފާސްކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.07 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅާ ފަރާތާއި، އެ ސިޔާސަތު ހިންގާ ފަރާތް ވަކިކުރުން 10.07

ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ފަރާތާއި، ޕްރޮކިއުމަންޓުގެ އުސޫލުތައް ހަދައި ސިޔާސަތު ކަނޑައަޅާ ފަރާތަކީ އެއްފަރާތަކަށް ވެގެންނުވާނެއެވެ. މި ދެ ފަރާތް އެއް ފަރާތަކަށް ވެއްޖެނަމަ، މަސައްކަތް ހިންގާ ބެލެހެއްޓުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާނެތީ، އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އެ ދެފަރާތުގެ މަސައްކަތް ރާވައި ހިންގަންވާނީ އެއްފަރާތެއްގެ މަސައްކަތަށް އަނެއް ފަރާތުން ނުފޫޒު ނުފޯރާ ގޮތެއްގެ މަތިން ވަކިންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.09 ވަނަ މާއްދާގެ (ރ) އާއި (ބ) އަންނަވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ޅ) އާއި (ކ) އުނިކުރުން.

(ރ) ނޭށަނަލް ޓެންޑަރ ބޯޑަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ، މި ބާބުގެ ޖަދުވަލު 1 ގައި އެ ބޯޑުން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ބ) އާންމުކޮށް ބީލަމަށް ހުޅުވައިނުލާ ކުރިޔަށް ގެންދާ ޕްރޮކިއުމަންޓްތަކުގައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ހުއްދަދޭނީ، މި ގަވާއިދުގެ 10.27 ވަނަ މާއްދާގެ (ށ) ގެ ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.13 އަންނަނިވިގޮތަށް އިސްލާހުކުރުން.

ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތައް އުފެއްދުމާއި، ކޮމިޓީ އެކުލެވިގެންވާ ގޮތް10.13

(ހ) ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެ މަތިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގައި ބިޑްކޮމިޓީ އުފައްދައި، އެ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ.

(ނ) މިނިސްޓްރީއެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ދަށުން ހިނގަމުންދާ އިދާރާތަކުގައި، ބިޑްކޮމިޓީއެއް އުފެއްދުމަށް އެ މިނިސްޓްރީއެއްގެ މިނިސްޓަރަށް ނުވަތަ އެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ ހުއްދައާއެކު އެފަދަ ކޮމިޓީއެއް އެ ތަނެއްގައި އުފެއްދިދާނެއެވެ.

(ރ) ބިޑްކޮމިޓީ އެކުލެވިގެންވަނީ، ޗެއަރޕަރސަނާއެކު 3 (ތިނެއް) މެންބަރުންނާއި 7 (ހަތެއް) މެންބަރުންނާ ދެމެދުގެ އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

(ބ) ބިޑްކޮމިޓީއަށް އައްޔަނުކުރެވޭ ފަރާތްތަކަކީ، އެ ކޮމެޓީގެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ، ޒިންމާދާރުކަމާއެކު ކަންކަން ނިންމުމުގެ ގާބިލުކަން ހުރި ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ފަރާތެއް އެ އޮފީހެއްގައި ނެތް ހާލަތެއްގައި، އެ ރަށެއްގައި ހިނގަމުންދާ ދައުލަތުގެ އެހެން އޮފީސްތަކުގެ މުވައްޒަފުން އެކަމަށް އައްޔަނު ކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ކ) ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްށަނެއްގެ އެއްވެސް މުވައްޒަފަކު ބިޑްކޮމިޓީގެ މެންބަރަކަށް އައްޔަނު ކޮށްގެން ނުވާނެއެވެ.

(އ) ބިޑްކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އެ އޮފީހެއްގެ ޕްރޮކިއުމަންޓް ޔުނިޓުންނެވެ. ޕްރޮކިއުމަންޓް ޔުނިޓު އުފައްދައިފައިނުވާ އޮފީހެއްނަމަ، އެކަން ކުރާނީ، ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މުވައްޒަފުންނެވެ.

(ވ) ބިޑްކޮމިޓީއަށް އައްޔަނުކުރާ މެންބަރުންގެ ރަޖިސްޓަރީއެއް މިނިސްޓްރީން އެކުލަވައިލައިފައި އޮންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.15 އަންނަނިވިގޮތަށް އިސްލާހުކުރުން.

ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުން ހުއްދަދިނުމާއި، ހުއްދަދެވޭނެ މިންވަރު10.15

(ހ) ބިޑްކޮމިޓީތަކުން ހުއްދަދެވޭނެ މިންވަރު، މި ބާބުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

(ށ) ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުމުގެ ކުރިން، ޕްރޮކިއުމަންޓްތައް ކުރިޔަށް ގެންގޮސްފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން، އެ ކޮމިޓީން ބަލައި ޗެކުކުރަންވާނެއެވެ.

(ނ) ބިޑްކޮމިޓީން ޕްރޮކިއުމަންޓަކަށް ހުއްދަދެވޭނީ، އެ ކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންވަރަށް ފެތޭ، އެ އޮފީހެއްގެ ޕްރޮކިއުމަންޓަކަށް އެކަންޏެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.16 ގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ބިޑް އިވެލުއޭޓްކުރުން 10.16

(ށ) ޕްރޮކިއުމަންޓް ޔުނިޓުން، ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްށަނަކުން ބީލަންތައް އިވެލުއޭޓްކުރުމަށްފަހު، އިވެލުއޭށަން ރިޕޯޓު، ބިޑްކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.18 ގެ (ހ) އާއި، (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (މ) އާއި، (ފ) އާއި، (ދ) އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ތ) އެއް އިތުރުކުރުން.

ނެށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީތަކުގެ ބައްދަލުވުންތައް 10.18

(ހ) ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީއެއްގެ ބައްދަލުވުމެއް ބާއްވަންވާނީ، ޕްރޮކިއުމަންޓުގެ މަސައްކަތަށް ހުއްދަ ލިބިފައިވާ މިންގަނޑުގެ ބިޑްތަކާމެދު ގޮތެއް ނިންމުމަށާއި، ހަވާލުކޮށްފައިވާ އެއްބަސްވުންތަކަށް ގެނައުމަށް ހުށަހަޅާ ބަދަލުތަކަށް ގޮތެއް ނިންމުމަށާއި، ކަމެއް އަލުން ބަލަން ޖެހިއްޖެ ހިނދެއްގައި އެ ކަމެއް ބެލުމަށެވެ. މިގޮތުން، ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައަޅާނީ، ޗެއަރޕަރސަންގެ ލަފާގެ މަތިން ސެކްރެޓޭރިއެޓުންނެވެ.

(ނ) ނެށަނަލް ޓެންޑަރ ބޯޑު އަދި ބިޑްކޮމިޓީގެ ކޯރަމަކީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައެވެ. ނަމަވެސް، އެޖެންޑާކޮށްފައިވާ އައިޓަމަކާ ގުޅިގެން މެންބަރަކު އެ މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް ހާމަކޮށްފިނަމަ، އެ އައިޓަމާ ގުޅިގެން މަށްވަރާކުރުމަށާއި ގޮތެއް ނިންމުމަށް ކޯރަމް ހަމަކުރުމުގައި އެ މެންބަރަކު ހިމަނައިގެން ނުވާނެއެވެ.

(ރ) ނެށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ ނިންމުމެއް ނިންމަންވާނީ، ޗެއަރޕަރސަން ފިޔަވައި ހާޒިރުވެތިބި މެންބަރުންގެ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، ވޯޓުގެ އަދަދު އެއްވަރުވެއްޖެނަމަ، ވޯޓުގެ އަޣުލަބިއްޔަތު ކަނޑައަޅާނީ ޗެއަރޕަރސަންގެ ވޯޓަކުންނެވެ. 

(ބ) ނެށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީއަށް ހުށަހަޅާ ބިޑުތަކާމެދު ގޮތެއް ނިންމުމުގައި ބަލަންވާނީ، އެ ބިޑަކާއެކު ހުށަހަޅައިފައިވާ އެ ބީލަމަކާ ގުޅުންހުރި މައުލޫމާތުތަކާއި ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ބިޑުތަކާމެދު ގޮތެއް ނިންމުމުގައި، އެ ހުށަހެޅުމެއް ފާސްވިކަން ނުވަތަ ނުވާކަން ކަނޑައަޅަންވާނެއެވެ. އަދި އެ ހުށަހެޅުމެއް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ޅ) ނެށަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭށަންތަކާއި، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭށަންތައް ގަބޫލުނުކޮށް އެ ފަރާތަކަށް އަނބުރާ ފޮނުވައިލާނަމަ، އަނބުރާ ފޮނުވައިލަން ޖެހުނު ސަބަބު، ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ. މިގޮތުން، އަނބުރާ ފޮނުވައިލައިފައިވާ ހުށަހެޅުމެއް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

(ކ) ނެށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީއަށް ހުށަހަޅައިފައިވާ ހުށަހެޅުމެއްގައި އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ ކަމެއް ފުރިހަމަކުރުމަށް ށަރުތުކޮށް، އެ ހުށަހެޅުމެއް ފާސްކުރުމަށް ނިންމިދާނެއެވެ.

(އ) ނެށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ މަސައްކަތްތަކުގައި އިތުރު ފަރާތްތަކުން ލަފާހޯދަންޖެހޭ ހާލަތްތަކުގައި ބޯޑުން ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތްތަކެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނަމަވެސް، ލަފާދިނުމުގެގޮތުން ބައިވެރިވާ ފަރާތްތަކަށް ބޯޑުގެ ނުވަތަ ކޮމެޓީގެ ނިންމުމެއް ނިންމުމުގައި ވޯޓެއް ނުދެވޭނެއެވެ. އަދި ބޯޑުގެ ނުވަތަ ކޮމެޓީގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެގޮތުން ބައިވެރިކުރަންޖެހޭ ފަރާތްތައް ބައިވެރިކުރާނީ ހަމައެކަނި އެ ކަމެއްގެ މަށްވަރާކުރާ ވަގުތުގައި އެކަމަކަށް އެކަންޏެވެ.

(މ) ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ކޮންމެ ފަހަރަކު އެ ބައްދަލުވުމެއް ކުރިޔަށްދިޔަ ގޮތުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. މި ޔައުމިއްޔާގައި، އެންމެ މަދުވެގެން ވެސް، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބައްދަލުވުމަށް ހާޒިރުވި މެންބަރުންނާއި، ހާޒިރުނުވާ މެންބަރުން؛
  2. އެ ބައްދަލުވުމަށް ހާޒިރުވި އެޑްވައިޒަރުންނާއި، އޮބްޒާވަރުން؛
  3. މެންބަރެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މައުލޫމާތު؛
  4. ބައްދަލުވުމަށް ހުށަހެޅިފައިވާ ކަންތައްތަކާއި، އެ ކަންތައްތައް ނިންމި ގޮތުގެ ތަފުސީލު؛
  5. ހުށަހެޅުމެއް ގަބޫލުނުކުރި ސަބަބާއި، ގަބޫލުކުރުމުގައި ކަމެއް ށަރުތުކޮށްފައިވާނަމަ އެ ކަމެއް.
  6. ކޮންމެ ހުށަހެޅުމަކާ ގުޅިގެން މަށްވަރާކުރެވުނު މުހިންމު ކަންތައްތައް. މީގެތެރޭގައި، އެކަމަކާ ގުޅިގެން ދެވިފައިވާ ލަފަޔާއި، މެންބަރުންގެ މެދުގައި އެއްބަސްނުވެވުނު ކަމެއް އޮތް ނަމަ އެ ކަމެއް.

(ފ) ނެށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ބައްދަލުވުމުގެ ޔައުމިއްޔާއާއި އެ ބައްދަލުވުމުގައި ނިންމައިފައިވާ ކަންތައްތަކުގެ މައުލޫމާތު، މެންބަރުންގެ މައުލޫމާތަށްޓަކައި ފޯރުކޮށްދޭންވާނެއެވެ. އަދި މީގެ އިތުރަށް ބިޑްކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރާތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެވެ.

(ދ) ކުއްލި ހާލަތެއް ދިމާވެގެން ކޮންމެހެން ނިންމަންޖެހޭ ކަމެއް ނިންމުމަށް އެކަމަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާސްތައް މެންބަރުންނަށް ފޮނުވައިގެން އެކަމަކާ ގުޅޭގޮތުން މެންބަރުން ދެކޭގޮތް ލިޔުމުން ހުށަހަޅައި، މެންބަރުންގެ އަޣުލަބިއްޔަތުން އެކަމެއް ނިންމިދާނެއެވެ. ނަމަވެސް، ނެށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކުން އެކަމެއް ނިންމުމަށް މެންބަރަކު ހުށަހަޅައިފައިވާނަމަ، އެ ކަމެއް ނިންމަންވާނީ ބޯޑުގެ ނުވަތަ ކޮމިޓީގެ ބައްދަލުވުމަކަށް ހުށަހަޅައިގެންނެވެ.

(ތ) އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފެރެންސްކުރެވޭ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބިޑް ކޮމިޓީއާއި ޓެންޑަރ ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެއެވެ. މިފަދަ ބައްދަލުވުންތައް ބާއްވާނޭ ގޮތުގެ އުސޫލެއް ބިޑް ކޮމިޓީއާއި ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.19 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

މަސްލަހަތު ގުޅިފައިވާ ކަންތައްތަކުގައި މެންބަރުން އަމަލުކުރަންޖެހޭ ގޮތް 10.19

(ހ) މެންބަރަކަށް، ނުވަތަ މެންބަރެއްގެ ގާތްތމާގެ މީހަކަށް، ނުވަތަ މެންބަރަކާއެކު މަސައްކަތްކުރާ މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ފައިދާއެއް ކުރާނެ ކަމެއް ނިންމުމަށް ނެށަނަލް ޓެންޑަރ ބޯޑަށް ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާނަމަ، ތިރީގައިމިވާ ގޮތުގެ މަތިން އެ މެންބަރަކު އަމަލުކުރަންވާނެއެވެ.

  1. ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ޖަލްސާގެ އެޖެންޑާ ލިބުމުން، މެންބަރަކާ ގުޅުމެއްހުރި އައިޓަމެއް އެޖެންޑާކޮށްފައިވާނަމަ، އެ ޖަލްސާއެއްގައި އެ މެންބަރަކު އެކަން ހާމަކުރުން. ނުވަތަ ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ސަމާލުކަމަށް އެފަދަ ކަމެއް އަތުވެއްޖެނަމަ، މަސްލަހަތު ފުށުއަރާ މެންބަރަކު އެ ކަމެއް ހާމަކުރުން.
  2. މެންބަރަކާ ގުޅުންހުރި ކަމަކާ ބެހޭގޮތުން ބާއްވާ ބައްދަލުމަކަށް ހާޒިރުވިކަމުގައިވިޔަސް، އެ މެންބަރަކާ ގުޅުންހުރި ކަމަކާ ބެހޭގޮތުން މަށްވަރާކުރާ އިރު އަދި ގޮތެއް ނިންމާ އިރު ޖަލްސާގައި ބައިވެރިނުވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.27 އަންނަނިވިގޮތަށް އިސްލާހުކުރުން.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން 10.27

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެއެވެ. މިގޮތުން، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެމަތިން ނޭށަނަލް ޓެންޑަރ ބޯޑުން ހުއްދަ ހޯދައިގެންނެވެ.

(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ގައުމެއްގެ އެހީގައި ނުވަތަ ކޮންސެށަނަލް ލޯނެއްގެ ދަށުން ހިންގާ މަށްރޫއުތަކާއި އަދި ސަރުކާރުން ކަނޑައަޅާ އުމްރާނީ ތަރައްގުީއާ ގުޅޭ މަށްރޫއުއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަށްރޫއެެއް ހިންގިދާނެއެވެ. މިގޮތުން މަށްރޫއު ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަށްރޫއެެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" އަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކެވެ. އަދި މި މާއްދާގައި ބަޔާންކުރާ ކަންކަން ކޮމިޓީން ނިންމުމުގައި ވޯޓުގައި ބައިވެރިވާންވާނީ ކޮމިޓީގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ގަވާއިދުގެ 10.31 ގެ (ށ) އާއި، (ނ) އާއި، (ރ) އަންނަނިވިގޮތަށް އިސްލާހުކުރުން.

އާންމުކޮށް ބީލަމަށް ހުޅުވައިލުން 10.31

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ށާއިއުކޮށްފައިވާ އިއުލާނަކާ ގުޅިގެން ބީލަން ހުށަހަޅައިފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވިޔަސް، އެ ބީލަމަކީ ށަރުތު ފުރިހަމަވާ އަދި އެ ބީލަމުގައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވާ ނަމަ، އެ ފަރާތަކަށް އެ ކަމެއް ހަވާލުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ށަރުތުތައް ފުރިހަމަވާ ބީލަމެއް ހުށަހަޅައިފައި ނުވާނަމަ، ދެވަނަ ފަހަރަށް އިއުލާނު ކުރަން ވާނެއެވެ. މިގޮތުން، ދެވަނަފަހަރަށް އިއުލާނުކުރުމުން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅައިފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (ށ) ގައިވާ ށަރުތުތައް ފުރިހަމަވާ ބީލަމެއް ހުށަހަޅައިފައި ނުވާނަމަ، އެ ކަމަށް ށަރުތުހަމަވާ ގާބިލު ފަރާތަކާ ނުވަތަ ފަރާތްތަކަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގެއްގައި އެ ކަމެއް ހަވާލުކުރެވިދާނެއެވެ.

(ރ) މި ގަވާއިދުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ވަކިގޮތެއް ބުނެފައިނުވާ ހިނދެއްގައި، ތަކެތި ގަނެ، މަސައްކަތް ކުރުވައި، ހިދުމަތް ހޯދަންވާނީ، އާންމުކޮށް އިއުލާނުކޮށް ށާއިއުކޮށްގެން އާންމު ބީލަމަކަށް ހުޅުވައިލައިގެންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.33 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ބީލަން ހުށަހަޅާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް 10.33

(ށ) ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ގާނޫނީ ހައިސިއްޔަތު، ބީލަން ހުށަހަޅާ ފަރާތްތަކަށް ލިބިފައި އޮތުން.
  2. މި ގަވާއިދުގެ 17 ވަނަ ބާބުގައިވާ ގޮތުގެ މަތިން ސަސްޕެންށަނެއް ހިނގަމުންދާ ފަރާތެއް ކަމުގައި ނުވުން.
  3. އެ މަސައްކަތެއްގެ ބާވަތާއި، ކުޑަބޮޑުމިނަށް ބަލައި، އެ މަސައްކަތް ހަވާލުކުރާ އޮފީހަކުން ކަނޑައަޅާ އިތުރު ށަރުތުތައް ހަމަވާ ފަރާތެއް ކަމުގައި ވުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.41 ގެ (ބ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ލަފާދިނުމާއި އެކަމަށް ށައުގުުވެރިކަން ހުރި ފަރާތްތައް ހޯދުން 10.41

(ބ) ބީލަމުގައި ބައިވެރިވުމަށް ށައުގުުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ކްރައިޓީރިއާގައިވާ ށަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކެއް ށޯޯޓްލިސްޓް ކުރަންވާނެއެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ދޭނީ، ށޯޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު 6 (ހައެއް) ފަރާތަކަށެވެ. މިގޮތުން ޕްރޮޕޯޒަލް ހުށަހަޅަން ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންނުވާކަން އަންގައިފިނަމަ، ށޯޯޓްލިސްޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދެން އެންމެ ގާބިލު ފަރާތަކަށް އެ ފުރުސަތު ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.43 ގެ (ބ) އިސްލާހުކޮށް، އެ މާއްދާގެ (އ) ގެ 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

ބީލަންކުރުމުގެ މަރުހަލާތައް 10.43

(ބ) ބީލަންފޮތް ފުރިހަމަކޮށްގެންނާއި އެނޫން ގޮތްގޮތުން ބިޑު ހުށަހެޅުމަށް ދެވޭނެ އެންމެ ކުރު މުއްދަތު، ތިރީގައި މިވަނީއެވެ. މުއްދަތު ގުނަން ފަށާނީ، ދައުވަތު ދޭ ދުވަހުން ފެށިގެންނެވެ.

  1. އާންމުކޮށް އިއުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހާއި 60 (ފަސްދޮޅަސް) ދުވަހާ ދެމެދުގެ މުއްދަތެއް.
  2. ވަކި ފަރާތްތަކަކަށް ހުޅުވައިލެވޭ ބީލަމެއްގައި، ބިޑު ހުށަހެޅުމަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހާއި 30 (ތިރީސް) ދުވަހާ ދެމެދުގެ މުއްދަތެއް.
  3. ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި ކޯޓޭށަން ހުށަހެޅުމަށް  1 (އެކެއް) ދުވަހާއި 7 (ހަތެއް) ދުވަހާ ދެމެދުގެ މުއްދަތެއް.

(އ)

4 ބީލަމުގެ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑެތި މަސައްކަތާއި، ހޯދާ ހިދުމަތްތަކާއި (ކޮންސަލްޓެންސީ ނުހިމަނައި)، ތަކެތި ހޯދުމުގައި ބިޑް ސެކިއުރިޓީއަކާއި ޕަރފޯމަންސް ގެރެންޓީ ނަގަން ޖެހޭނެއެވެ.  ނަމަވެސް މި ގަވާއިދުގެ 10.25  (ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން) އަދި 10.27 ގެ ދަށުން ކުރުވާ މަސައްކަތާއި، ހޯދާ ހިދުމަތްތަކާއި (ކޮންސަލްޓެންސީ ނުހިމަނައި)، ތަކެތީގެ ބީލަންތަކުގައި ބިޑް ސެކިއުރިޓީ ނެގުން ލާޒިމްނޫނަސް ޕަރފޯމަންސް ގެރެންޓީ ނަގަން ލާޒިމްވާނެއެވެ.  

5. މި މާއްދާގެ (އ) ގެ 4 ގައި ބަޔާންކޮށްފައިވާ ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ވާންޖެހޭނީ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން އެ މަސައްކަތަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއަކަށެވެ.

6. މި މާއްދާގެ (އ) ގެ 4 ގައި ބަޔާންކޮށްފައިވާ ބިޑް ސެކިއުރިޓީއަކީ، ކުރުވާ މަސައްކަތްތަކާއި، ހޯދާ ހިދުމަތާއި (ކޮންސަލްޓަންސީ ނުހިމަނައި)، އަދި ތަކެތި ހޯދުމަށް އެ އޮފީހަކުން އަންދާޒާ ކޮށްފައިވާ އަގުގެ 0.05% އާއި %1 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތައާއި އެކެއް އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ. އަދި ޕަރފޯމަންސް ގެރެންޓީއަކީ،  ކުރުވާ މަސައްކަތްތަކާއި، ހޯދާ ހިދުމަތާއި (ކޮންސަލްޓަންސީ ނުހިމަނައި)، އަދި ތަކެތީގެ ބީލަންތަކުގެ ކޮންޓްރެކްޓް އަގުގެ %2 އާއި %10 (ދޭއް އިންސައްތައާއި ދިހައެއް އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.44 ގެ (ނ) އާއި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން 10.44

(ނ) ހުށަހަޅައިފައިވާ ބީލަންތައް ހުޅުވުމަށް ކަނޑައަޅައިފައިވާ ގަޑީގައި އެ ވަގުތު އެ ތަނުގައި ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، ހުށަހަޅައިފައިވާ އެންމެހައި ބީލަންތައް ކަނޑައި ބެލުމަށްފަހު، ބީލަންވެރިން ހުށަހެޅި އަގާއި މުއްދަތު އެނގޭނޭގޮތަށް ލިޔެ ސޮއިކުރުވަންވާނެއެވެ. އަދި ބީލަން ގަބޫލުކުރުމަށް ހުށަހަޅަން ށަރުތުކޮށްފައިވާ ލިޔުންތައް ހުރިކަން ނުވަތަ ނެތްކަން މި ލިޔުމުގައި ބަޔާންކުރަންވާނެއެވެ.

(ބ) އަންދާސީހިސާބު ހުށަހަޅާއިރު، "އަންދާސީހިސާބު ހުށަހަޅާ ފޯމު" ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ބީލަންތަކުގައި އެ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. 

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.52 ގެ (ބ) އާއި، (ޅ) އާއި،(ކ) އާއި (އ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ކޮންޓްރެކްޓް ހަވާލުކުރުން 10.52

(ބ) މަސައްކަތުގެ އަގު، ނުވަތަ ހިދުމަތުގެ އަގު، ނުވަތަ ތަކެތީގެ އަގު، މި ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުވަންވާނީ، އެ ކަމެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. އަދި މި ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ކުދި މަސައްކަތް ކުރުވަންވާނީ އެ ކަމެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

(ޅ) ދައުލަތުން ކުރަންޖެހޭ މަސައްކަތް ނުވަތަ ހޯދާ ހިދުމަތް ނުވަތަ ހޯދަންޖެހޭ ތަކެތީގެ އަގު، މި ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުނަމަ، އެ މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނުވަތަ ތަކެތި ހޯދުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ، އެ މަސައްކަތެއް ކުރުވުމާ ބެހޭގޮތުން ނުވަތަ އެ ހިދުމަތެއް ނުވަތަ އެ ތަކެތި ހޯދުމާ ބެހޭގޮތުން މި މާއްދާގެ (ކ) އާއި (އ) ގައިވާ ގޮތަށް ވެވޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ އެއްބަސްވުން ތައްޔާރުކުރުމުގައި، މި ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ އަގަށްވުރެ ދަށުގެ އަގަކަށް މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނުވަތަ ތަކެތި ހޯދުމަށް ވެވޭ އެއްބަސްވުމެއްނަމަ، އެފަދަ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.

  1. މަސައްކަތްކުރާ ފަރާތް ނުވަތަ ހިދުމަތްދޭ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުގެ ނަން.
  2. އެ ކަމެއްގެ ބާވަތާއި، ތަފުސީލު.
  3. އެއްބަސްވެފައިވާ މުއްދަތު.
  4. އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް.
  5. ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އެއްބަސްވެފައިވާ ގޮތް.
  6. ނިންމަންވީ ގޮތާއި ފެންވަރު.
  7. އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް.
  8. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް.
  9. އެކަށީގެންވާ އަވަސްމިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު.
  10. ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން.
  11. އަގާއި، އަގު އަދާކުރާނެ ގޮތް.
  12. ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހޯދާނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީ ދޭ ފަރާތާއި ލިބޭ ފަރާތުގެ ތަފުސީލު.

(އ) މި މާއްދާގެ (ޅ) ގައިވާ އެއްބަސްވުން ތައްޔާރުކުރުމުގައި، މި ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ އަގަށްވުރެ ބޮޑު އަގަކަށް މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނުވަތަ ތަކެތި ހޯދުމަށް ވެވޭ އެއްބަސްވުމެއްނަމަ، އެފަދަ އެއްބަސްވުމެއްގައި، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ނުކުތާތަކުގެ އިތުރުން، ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.

  1. ރިޓެންށަން ފައިސާ ކަނޑާނެ ގޮތާއި، ފައިސާ ބަހައްޓާނެ މުއްދަތު.
  2. އެޑްވާންސްގެ ގޮތުގައި ފައިސާދޭނެ ގޮތާއި، އެ ފައިސާ އަގުން ކަނޑާނެ ގޮތް.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ގަވާއިދުގެ 10.53 ގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ހޮވުނު ފަރާތް ށާއިއުކުރުމާއި، ޕްރޮކިއުމަންޓުގައި ބައިވެރިވި ބީލަންވެރިންނަށް މައުލޫމާތު ދިނުން 10.53

(ށ) ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން، ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، އެ ބީލަން ކާމިޔާބުކުރީ ކޮން ފަރާތެއްކަމާއި، ކާމިޔާބު ނުވާ ފަރާތްތަކަކީ ކޮބައިކަން އަންގަންވާނެއެވެ. މިގޮތުން އަންގާ އެންގުމާ ވިދިގެން ބީލަން ކާމިޔާބު ނުވި ފަރާތްތަކަށް 5 (ފަހެއް) ދުވަހުގެ މުއްދަތެއް، ބީލަމާ ގުޅުންހުރި މައްސަލަ ހުށަހެޅުމަށް ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅާ ފަރާތުން އެދިއްޖެ ހިނދެއްގައި ބީލަން ކާމިޔާބު ނުވި ސަބަބު އަންގައިދޭންވާނެއެވެ. ބީލަން ކާމިޔާބުކުރި ފަރާތާއެކު ކޮންޓްރެކްޓުގައި ސޮއިކުރަންވާނީ، ބީލަން ކާމިޔާބުނުވި ފަރާތްތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަހަޅާ މައްސަލަތައް ބަލައި، ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހުގައެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ގަވާއިދުގެ 10.55 އަންނަނިވިގޮތަށް އިސްލާހުކުރުން.

އެއްބަސްވުމަށް ބަދަލުގެނައުން 10.55

(ހ) އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ނުވަތަ އެއްބަސްވުން އުވައިލަން ޖެހިއްޖެނަމަ، އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްބަސްވުމަށް ގެނައުމަށް ނިންމައިފައިވާ ބަދަލުގެ ސަބަބުން، އެ އެއްބަސްވުމުގެ އަގަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، އަދި އެ ބަދަލާ ގުޅުވައިގެން އެ އޮފީހުން އިތުރު ހަރަދެއް ކުރަންޖެހޭނަމަ، އެ އެއްބަސްވުން އިސްލާހުކުރުމުގެ ކުރިން، އެ ހަރަދެއް އެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސޭނެކަން، މާލީ ޒިންމާދާރުވެރިޔާ ކަށަވަރުކުރަންވާނެއެވެ.

(ނ) އަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށް އެ އެއްބަސްވުން އަންނަނިވި ގޮތުގެ މަތިން އިސްލާހުކުރުމަށް ހުއްދަ ދެވިދާނެއެވެ.

  1. އެވޯޑް ކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އާ ހަމައަށް އަގު އިތުރުކުރުމަށް؛
  2. އެވޯޑް ކުރި މުއްދަތުގެ %30 (ތިރީސް އިންސައްތަ) އާ ހަމައަށް މުއްދަތު އިތުރުކުރުމަށް.

(ރ) ނެށަނަލް ޓެންޑަރ ބޯޑުން އެވޯޑްކޮށްފައިވާ ޓެންޑަރުތަކަށް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބަދަލު ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހަށް ފެންނަ ހިނދެއްގައި، އެ ބަދަލެއް ގެނައުމަށް އެ ބޯޑަށް ހުށަހަޅައި، އަންނަނިވި ގޮތުގެ މަތިން އިސްލާހުކުރުމަށް އެ ބޯޑަށް ހުއްދަ ދެވިދާނެއެވެ.

  1. އެވޯޑް ކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އިން ފެށިގެން %30 (ތިރީސް އިންސައްތަ) އާ ހަމައަށް އަގު އިތުރުކުރުމަށް؛
  2. އެވޯޑް ކުރި މުއްދަތުގެ % 30 (ތިރީސް އިންސައްތަ) އިން ފެށިގެން %50 (ފަންސާސް އިންސައްތަ) އާ ހަމައަށް މުއްދަތު އިތުރުކުރުމަށް.

(ބ) އެއްބަސްވުމަށް ގެނެވޭ ބަދަލަކީ އެވޯޑް ކުރެވިފައިވާ ސްކޯޕްގެ ތެރެއިން އުނިއިތުރު ކުރެވޭ މަސައްކަތެއްކަން އެ ހުއްދަ ދޭ ފަރާތަކުން ޔަގީން ކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ރ) އިން އެއްބަސްވުމަކަށް ބަދަލު ގެނައުމަށް ހުއްދަ ދިނުމުގެ ކުރިން، އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އަންނަނިވިކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުލަތުގެ އޮފީހަކުން އަމަލުކުރަންޖެހޭ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލުތަކާ ތައާރަޒުު ނުވާނެކަން ޔަގުީންކުރުން؛
  2. ވޭރިއޭށަންއަށްވާ ފައިސާ ދައުލަތުގެ އޮފީހެއްގެ ބަޖެޓުން ހަމެޖެއްސުމާ ގުޅުވައިގެން، ބަޖެޓުން އެ އަހަރަކަށް ކުރުމަށް ކަނޑައަޅައިފައިވާ އެހެން ކަންތައްތަކަށް އަންނާނެ ބަދަލު ބަޔާންކުރުން.

(ކ) އެއްބަސްވުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، އެ ބަދަލެއް، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި ދައުލަތުން މިފަދަ ކަންތައްތައް ށާއިއުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.67 އަންނަނިވިގޮތަށް އިސްލާހުކުރުން.

އެޑްވާންސަށް ފައިސާ ދިނުން 10.67

(ހ) މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި (ކޮންސަލްޓެންސީ ފިޔަވައި) ތަކެތި ގަތުމުގެ ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޑްވާންސަށް ފައިސާ ދެވިދާނެއެވެ. އަދި މިފަދައިން އެޑްވާންސަށް ފައިސާ ދޫކުރެވޭނީ އެންމެ ފަހަރަކުއެވެ.

  1. މަސައްކަތް ނުވަތަ ހިދުމަތް (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރުން؛
  2. އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ ނިސްބަތުން ކެނޑުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެޑްވާންސަށް ފައިސާ ދޫކުރުމަށް އެދިފައިވާނަމަ، އެ ހާލަތުގައި އެޑްވާންސަށް ފައިސާ ދޫކުރެވޭނީ، މިނިސްޓަރަށް ލިޔުމުން ހުށަހަޅައި، މިނިސްޓަރުގެ ހުއްދަޔާއެކުގައެވެ.

(ނ) އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެންނެތް މުދަލާއި ހިދުމަތް ހޯދަންވާނީ އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަޔާއެކުގައެވެ. ނަމަވެސް، ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފައިސާގެ އަދަދު ބޮޑުނަމަ، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، އެކަމަށްޓަކައި މިނިސްޓަރުގެ ހުއްދަ ހޯދަންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.68 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ރިޓެންށަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން 10.68

(ހ) ހިދުމަތާއި ތަކެތި ހޯދުން ފިޔަވައި ކުރުވާ މަސައްކަތުގެ އަގު، މި ބާބުގެ ޖަދުވަލު   1 ގެ 6 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޓެންށަން ފައިސާ އުނިކޮށް، އެ ފައިސާ އަނބުރާ ދޫކުރަންވާނެއެވެ.

  1. ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖމުލަ އަގުގެ %5 (ފަހެއް އިންސައްތަ) ކެނޑުން؛
  2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ރިޓެންށަން ފައިސާ ކެނޑުމަށްފަހު ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ އަނބުރާ ދޫކުރުން.
    2.1 ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑާ ހަމަޔަށް، މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސްވުމުން އަނބުރާ ދިނުން.
    2.2 ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑާ ހަމަޔަށް، މަސައްކަތް ނިމޭތާ 12 (ބާރަ) މަސްދުވަސްވުމުން އަނބުރާ ދިނުން.
    2.3 މި މާއްދާގެ 2.2 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރިޓެންށަން ފައިސާގެ އަދަދަށްވާ ސެކިއުރިޓީއެއް ހުށަހަޅައިފިނަމަ، އިސްވެ ބަޔާންކުރި މުއްދަތުގެ ކުރިން، ރިޓެންށަން ފައިސާ ދޫކުރުން.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.71 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ލިކުއިޑޭޓެޑް ޑެމޭޖަސް (ކޮންޓްރެކްޓްކޮށްގެން ހަވާލުކުރި މަސައްކަތް މުއްދަތަށްވުރެ ލަސްވުމުން ލިބުނު ގެއްލުމުގެ އަގު) ކަނޑައެޅުން 10.71

(ހ) އެގްރިމަންޓްކޮށްގެން ހަވާލުކުރާ މަސައްކަތް (ކޮންސަލްޓަންސީ މަސައްކަތް ނުހިމަނައި) ލަސްވަމުންދާނަމަ، އެ ލަސްވާ ލަސްވުމުން، އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) އެ ކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެއެވެ. އެ ގެއްލުމުގެ އަގު ކަނޑައަޅާނީ، ލަސްވާ ކޮންމެ ދުވަހަކަށް ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ޖުމުލަ އަގު،  މި ބާބުގެ ޖަދުވަލު 1 ގެ 8 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ދަށުގެ ބީލަންތަކުގައިނަމަ ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
    (CP*0.005*LD)
    CP (ކޮންޓްރެކްޓް ޕްރައިސް): ކޮންޓްރެކްޓުގެ ޖުމުލަ އަގު.
    LD (ލޭޓް ޑިއުރޭށަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް.
  2. ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ މަތީގެ ބީލަންތަކުގައި ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.0025 (ޕޮއިންޓް ސުމެއް ސުމެއް ދޭއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
    (CP*0.0025*LD)

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް 10.77 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

ދައުލަތުގެ ޕްރޮކިއުމަންޓުގައި އިސްކަންދިނުމުގެ ސިޔާސަތު ކަނޑައެޅުން 10.77

އިގުްތިސާދީގޮތުން ނުވަތަ އިޖުތިމާއެީގޮތުން ނުވަތަ އެހެނިހެން ގޮތަކުން ލިބިދާނެ ފައިދާއަކަށް ރިއާޔަތްކޮށް، ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ ސިޔާސަތުތަކެއް، ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހަށް ކަނޑައެޅިދާނެއެވެ. މިގޮތުން، ކަނޑައަޅާ ސިޔާސަތުތަކަށް އަމަލުކުރަން ފަށާނީ މިނިސްޓްރީން އެ ސިޔާސަތުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަންނަނިވިގޮތަށް އިސްލާހުކުރުން.

ޖަދުވަލު 1

ހުއްދަދެވޭ ދަރަޖަތަކާއި، އެ ދަރަޖަތަކަށް ހުއްދަދެވޭ ފަރާތްތަކާއި، އަދި އެޑްވާންސް ފައިސާއާއި، ރިޓެންށަން ފައިސާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސް ކަނޑައެޅޭނެ މިންވަރު

ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، ހުއްދަދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތާއި، ހުއްދަދެވޭނެ އަދަދާއި، ހުއްދަދެވޭނެ ފަރާތް ތިރީގައި މިވަނީއެވެ.

  1. ޕްރޮކިއުމަންޓެއްގެ އަގު (ތަކެތީގެ އަގާއެކު) 2,000 (ދެހާސް) ދިވެހިރުފިޔާ ހަމަނުވާ ކަމެއް ކުރުމަށް ހުއްދަދޭނީ، ޕްރޮކިއުމަންޓުގެ ކަންތައް ހިންގުމާ ހަވާލުވެހުރި ޕްރޮކިއުމަންޓް އޮފިސަރެވެ.
  2. ޕްރޮކިއުމަންޓެއްގެ އަގު 2,000 (ދެހާސް) ދިވެހި ރުފިޔާއިން ފެށިގެން 35,000 (ތިރީސްފަހެއް ހާސް) ދިވެހިރުފިޔާއަށް ވުރެ ދަށުގެ ކަމެއް ކުރުމަށް މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތަކަށް ހުއްދަ ދެވޭނެއެވެ.
  3. ޕްރޮކިއުމަންޓެއްގެ އަގު 35,000 (ތިރީސް ފަހެއް ހާސް) ދިވެހި ރުފިޔާއިން ފެށިގެން 5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނުވާނަމަ، އެ ކަމެއް ކުރުމަށް ހުއްދަދޭނީ، ބިޑްކޮމިޓީން ނިންމާ ގޮތެއްގެ މަތިން، އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތެކެވެ.
  4. ޕްރޮކިއުމަންޓެއްގެ އަގު 5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުމަށް ހުއްދަދޭނީ، ނެށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.
  5. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 500,000 (ފަސް ލައްކަ) ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނަމަ، މި ބާބުގެ 10.43 ގެ (އ) ގެ 4 ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  6. ޕްރޮކިއުމަންޓްގެ ޖުމުލަ އަގު 250,000 (ދޭއް ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނަމަ، މި ބާބުގެ 10.67ގެ (ހ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  7. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 500,000 (ފަހެއް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑު ނަމަ، ރިޓެންށަން ފައިސާ އަގުން ކެނޑުމާއި، އަދި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ދަށްނަމަ، އެ ފައިސާ އަނބުރާ ދޫކުރުމުގައްޔާއި ނިމޭ މަސައްކަތަށް އަގު ދިނުމުގައި، މި ބާބުގެ 10.68 ގެ (ހ) ގެ 2.1 ވަނަ ނަންބަރާއި 10.69 ގެ (ހ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  8. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ދަށް ނަމަ، މި ބާބުގެ 10.71 ގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކޮށް، އަދި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި ބާބުގެ 10.71 ގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  9. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 5,000,000 (ފަހެއް މިލިއަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި ބާބުގެ 10.68 ގެ (ހ) ގެ 2.2 ވަނަ ނަންބަރާއި، 10.69 ގެ (ށ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17.12 ގެ އަރިމަތީ ސުރުހީީއާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބީލަމުގެ މައްސަލަތައް ބެލުމަށް އެކުލަވައިލާ މުސްތަގުިއްލު ރިވިއު ކޮމިޓީ 17.12

(ހ) ބީލަމުގެ މައްސަލަތައް ބެލުމަށް މުސްތަގުިއްލު ރިވިއު ކޮމިޓީއެއް މިނިސްޓަރު އެކުލަވައިލައި، އެ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރަންވާނެއެވެ. މި ގަވާއިދުގެ ދަށުން ބީލަންވެރިންނާއި ސަޕްލަޔަރުން ސަސްޕެންޑް ކުރުމާއި، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބީލަމަކާ ގުޅޭގޮތުން މިނިސްޓަރު ހުށަހަޅާ މައްސަލަތައް ބެލުމަކީ މި ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17.17 ގެ (ހ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑްކުރެވޭ ގޮތްތަކާއި އެޅޭނެ ފިޔަވަޅު 17.17

(ހ) ދައުލަތުގެ ބީލަމެއްގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭގޮތަށް ބީލަންވެރިއެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ. މިގޮތުން ބީލަންވެރިޔެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، މި ގަވާއިދުގެ 17.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ.

  1. ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުހަލާގައްޔާއި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ސައްހަނޫން ލިޔުންތައް ހުށަހެޅުމާއި، އެފަދަ މައުލޫމާތު ދިނުމާއި، މައުލޫމާތު ފޮރުވުން.
  2. ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި، އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުން.
  3. ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް އަމަލުކުރުމާއި، ބީލަމުގައި ކޮރަޕްޓް، ފްރޯޑިއުލެންޓް، ކޮލޫސިވް، ކޮއެސިވް އަދި އޮބްސްޓްރަކްޓިވް ޕްރެކްޓިސްގެ އަމަލު ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި، މައުލޫމާތުގެ ސިއްރުކަން ގެއްލޭފަދަ އަމަލެއް ހިންގުން.
  4. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް ގުޅިގެން އެ މީހުން އެއްބަސްވާ ވަކި ފަރާތަކަށް މަސައްކަތް ލިބޭނެގޮތަށް މަގުފަހިކުރުމަށްޓަކައި، ރާވައިގެން އެއިން ކޮންމެ ފަރާތަކުން ހުށަހަޅާ ކޮންމެ ބީލަމަކީވެސް އެއްފަރާތް އަނެއް ފަރާތާ ނުގުޅި ހުށަހެޅި ސައްހަ ބީލަންތަކެއްގެ ގޮތުގައި ދެއްކުމަށްޓަކައި، އެކަށީގެންނުވާ ބޮޑު އަގުތަކެއް، ނުވަތަ ރާވައިފައިވާ ގޮތުގެ މަތިން ކުޑަ އަގުތަކެއް ހުށަހެޅުން.
  5. ވާދަވެރި ބީލަމެއްކަން ދެއްކުމުގެގޮތުން ތަފާތު މީސްމީހުންގެ ނަމުގައި ނުވަތަ ކުންފުނިތަކުގެ ނަމުގައި ނުވަތަ ޕާޓްނަރށިޕެއްގެ ނަމުގައި ނުވަތަ އެނޫންވެސް ވިޔަފާރިކުރާ ތަނެއްގެ ނަމުގައި، އެއްފަރާތަކުން ބީލަން ހުށަހެޅުން.
  6. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން އެއްބަސްވެގެން ބީލަން ހުށަނޭޅުމާއި، ހުށަހަޅައިފައިވާ ބީލަމެއް އަނބުރާ ގެންދިޔުމާއި، ވަކި ފަރާތަކަށް ނަހަމަ ފައިދާތަކެއް ލިބޭގޮތަށް ރާވައިގެން ބީލަން ހުށަހެޅުމާއި، އެފަދަ އެއްބަސްވުމެއްގައި ބައިވެރިވުން.
  7. ބީލަން ހުށަހަޅާ ފަރާތުން އަމިއްލަޔަށް ނުވަތަ އެހެން ބަޔަކާ ގުޅިގެން، ރޭވުމެއްގެ ދަށުން އެކި ފަރާތްތަކުގެ މެދުގައިވާ ތަބައެީ ވާދަވެރިކަން ނައްތައިލުމަށް މަސައްކަތްކުރުމާއި، ނުވަތަ ވާދަވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެގޮތުން އާންމުންނަށް ލިބެންވީ ފައިދާއަށް އުނިކަން ލިބުން.
  8. ބީލަމެއްގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އިންކާރުކުރުން، ނުވަތަ ބިޑް ވެލިޑިޓީގެ މުއްދަތަކާމެދު އެއްބަސްވެ ހުށަހެޅޭ ބީލަންތަކުގައި ބީލަންފޮތުގައި ނުވަތަ ބީލަމުގެ އިއުލާނުގައި ޕަރފޯމަންސް ސެކިއުރިޓީ ހުށަހެޅުމަށް ބުނެފައިވާ ހިނދެއްގައި      އެ ސެކިއުރިޓީ ހުށަހެޅުމަށް އިންކާރުކުރުން.
  9. އަމިއްލަ ބާރުގެ ދަށުގައިނުވާ ކަމެއް (ގުުދުރަތީގޮތުން ދިމާވާ ކަމެއް) މެދުވެރިވެގެން ނޫން ގޮތަކަށް ކޮންޓްރެކްޓުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް ދޫކޮށްލުން.
  10. ކޮންޓްރެކްޓެއް ނުވަތަ ސަބްކޮންޓްރެކްޓެއް ހޯދުމުގެގޮތުން ކޮށްފައިވާ ޖިނާއީ ކުށެއް ސާބިތުވުން.
  11. ޕްރޮކިއުމަންޓުގެ އުސޫލުގައި ކޮންޓްރެކްޓަރު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އަމަލުކުރުން. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އަންގާ އެންގުންތަކަށް އަމަލުނުކުރުން.
  12. ވިޔަފާރީގެ ހަރަކާތަކާ ގުޅިގެން ނުވަތަ ޕްރޮފެށަނަލް ހަރަކާތަކާ ގުޅިގެން މަދަނީ ކުށެއް ށަރީއަތަށް ސާބިތުވެ، އެ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތަކަށް ވުން.

(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ސާބިތުވެގެން، ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، މަދުވެގެން 6 (ހައެއް) މަސްދުވަހަށް، އަދި ގިނަވެގެން 5 (ފަހެއް) އަހަރުދުވަހަށެވެ. މިގޮތުން ސަސްޕެންޑްކުރާނެ މުއްދަތު ކަނޑައަޅާނީ، ހުށަހެޅިފައިވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެ ކަމެއްގެ ބާވަތަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 17.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ.

 

27 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއު ކުރުމުންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017/20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު