-

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2013-58)

 

1 ވަނަ ބައި - ތައާރުފު

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، ދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯ ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެމަތިން ކުރެވޭ ކަންތައްތައްކަމަށް ހެދުމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތައައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި އަދި ގުދްރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގައި އަމަލުކުރަންވީ ގޮތްތައް ކަނޑައަޅައި ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ނަން

މިގަވާއިދަށް ކިޔާނީ "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު" އެވެ.

  

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ކުނި މެނޭޖުކުރުމާބެހޭ ގައުމީ ސިޔާސަތު ތަންފީޒުކުރުމާއި، މި ސިޔާސަތު ތަންފީޒުކުރުމުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން؛

  1. ކުނީގެ ސަބަބުން ތިމާވެށްޓަށާއި އިންސާނުންގެ ސިއްހަތަށް ސީދާ އަދި ނުސީދާގޮތުން ކުރާ އަދި ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުން.
  2. ކުނި މެނޭޖުކުރުމާގުޅޭ މިންގަނޑުތައް އެކުލަވައިލުން.
  3. ކުނި މެނޭޖުކުރުމަށް ގުޅި ލާމެހިފައިވާ އޮނިގަނޑެއް އެކުލަވައިލާ، ތިމާވެށްޓާ ރައްޓެހި އަދި ރައްކާތެރި ގޮތެއްގައި ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖުކުރުމުގެ ނިޒާމެއް
    ގާއިމުކުރުން.
  4. ކުނި މަދުކުރުމަށާއި، އަލުން ބޭނުންކުރުމަށާއި، ރީސައިކަލްކުރުމަށާއި އަދި ރިކަވަރކުރުމަށް ހިތްވަރުދިނުން.
  5. ޕޮލިއުޓަރ ޕޭ ޕްރިންސިޕަލް ތަންފީޒުކުރުން.
  6. އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ ުނވަތަ އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ ތައާރުފުކުރުން.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސްވާ ދު ަވހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މިގަވާއިދު ތަންފީޒުކުރުން

(ހ) މިގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީންނެވެ.

(ށ) މިގަވާއިދުގެ ކަންކަން ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ޒިންމާ ހަވާލުކުރުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

 

2 ވަނަ ބައި - ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް 

 

6 ވަނަ މާއްދާ - ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް

ތިރީގައިވާ ކަންކަމާގުޅޭ މިންގަނޑުތައް މިގަވާއިދުގެ ޖަދުވަލު (ހ) ގައި ބަޔާންކޮށްފައިވާނެއެވެ.

  1. ކުނިނެގުން.
  2. އެއްގަމާއި ކަނޑު މަގުން ކުނި އުފުލުން.
  3. ކުނި ޓްރީޓް ކުރުން.
  4. ކުނި ގުދަންކުރުން.
  5. ކުނިކޮށި ބެލެހެއްޓުން.
  6. ލޭންޑްފިލް.
  7. ނުރައްކާތެރި ކުނި މެނޭޖުކުރުން.

 

7 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޕްލޭން

(ހ) މިގަވާއިދުގެ ދަށުން، ކުނި މެނޭޖުކުރުމުގެ ޕްލޭންތައް ތައްޔާރުކުރަންޖެހޭ ދާއިރާތައް ތަންފީޒީ އިދާރާއިން ކަނޑައަޅައި ގެޒެޓްކުރަންވާނެއެވެ. މި ޕްލޭން އޮންނަންވީގޮތުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު (ގ) ގައި ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ދާއިރާތަކަށް އުނިއިތުރު ގެނައުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ގެނެވޭ އުނިއިތުރު ދިވެހިސަރުކާރުގެ ގެޒެޓްގައި ާށއިއުކުރަންވާނެއެވެ.

(ނ) ކޮންމެ ސިޓީ ކައުންސިލަކުންނާއި ރަށު ކައުންސިލަކުން، ތަންފީޒީ އިދާރާއިން ކަނޑައަޅާ މިންގަނޑަށް ފެތޭގޮތަށް ރަށު ނުވަތަ ސިޓީ ފެންވަރުގައި ކުނި މެނޭޖުކުރުމާބެހޭ ޕްލޭން ތައްޔާރުކޮށް، ތަންފީޒީ އިދާރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި ި މާއްާދގެ (ނ) ގެ ދަށުން ސިޓީ ކައުންސިލާއި ރަށު ކައުންސިލުން ތައްޔާރުކުރަންޖެހޭ ކުނި މެނޭޖުކުރުމާބެހޭ ޕްލޭން މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރަކުން މުރާޖައާ ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ނުުރައްކާތެރި ކުނި މެނޭޖުކުރުން

(ހ) މި ގަވާއިދުގެ ދަށުން ނުރައްކާތެރި ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ ކުނީގެ ބާވަތްތައް މި ގަވާއިދުގެ ޖަދުވަލު (މ) ގައި ހިމަނާފައިވާނެއެވެ.

(ށ) މި ިގަވާއިދުގެ ޖަދުވަލު (މ) ގައި ހިމަނާފައިވާ ނުރައްކާތެރި ކުނީގެ އެއްވެސް ބާވަތެއް އެއްވެސް ހާލަތެއްގައި އަންދައިގެން ނުވާނެއެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު (މ) ގައި ިހމަނާފައިވާ ނުރައްކާތެރި ކުނީގެ އެއްވެސް ބާވަތެއް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އަޅައިގެން ނުވާނެއެވެ.

(ރ) ނުރައްކާތެރި ކުނި އެއްތަނުން އަނެއްތަނަށް ގެންދާއިރު ގެންދަންވާނީ އެއްގޮތަކަށްވެސް ލީކު ނުވާނެ ގޮތަކަށް އަދި އެއްވެސްގޮތަކަށް ބޭރުނުވާނެގޮތަކަށް ތައްޔާރުކޮށްފައިވާ އެއްޗެއްގަ ިއ ރަނގަޅަށް ބަންދުކޮށްގެންނެވެ. އަދި އެގޮތަށް ގެންދާއިރު އެގެންދެވެނީ ނުރައްކާތެރި ކުނިކަން އެނގޭނެ ނިށާނާއި ލިޔުން އެއެއްޗެއްގައި ހަރުކޮށްފަ ިއ ހުންނަންވާނެއެވެ.

(ބ) މިގަވާއިދުގެ ޖަދުވަލު (މ) ގައި ހިމަނާފައިވާ ނުރައްކާތެރި ކުނި ރާއްޖެ އެތެރެކުރުމަކީ ކުށެކެވެ.

 

9 ވަނަ މާއްދާ - ހާއްސަ ކުނި މެނޭޖްކުރުން

(ހ) ކުނީގެ ބާވަތަށް ނުވަތަ މިންވަރަށްބަލައި އެބާވަތެއްގެ ކުނީގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެށްޓަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަމަށް ތަންފީޒީ އިދާރާއަށް ފެނިއްޖެ ހިނދެއްގައި އެބާވަތުގެ ކުނި ފާހަގަކޮށް، ހާއްސަ ކުނީގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. މިގޮތުން މި ގަވާއިދަށް އަމަލުކުރަންފަށާއިރު ހާއްސަ ކުނީގެ ގޮތުގައި ފާހަގަކޮށް ކަނޑައަޅާފައިާވ ބާވަތްތައް މިގަވާއިދުގެ ޖަދުވަލު (ށ) ގައި ބަޔާންކޮށްފައިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހާއްސަ ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ކުނި، ރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާފައިވާ ހާއްސަ ކުނި ތަންފީޒީ އިދާރާގެ ހުއްދައަކާއި ނުލައި ރާއްޖޭން ބޭރުކުރުމާއި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ރީސައިކަލްކުރުމާއި، ރިކަވަރކުރުމާއި އަދި ޓްރީޓްކުރުމުގެ މަސައްކަ ެތއް ކުރުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހާއްސަ ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ބަހައްޓަންވާނީ ތަންފީޒީ އިދާރާއިން އެކަމަށް ހާއްސަކޮށް ހުއްދަދީފައިވާ ތަންތަނުގައެވެ.

(ބ) މި ގަވާއިދުގެ ޖަދުވަލު (ށ) ގެ ދަށުން ހާއްސަ ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ކުންޏެއް އެއްވެސް ހާލަތެއްގައި އަންދައިގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހާއްސަ ކުނީގެގޮތުގައި ކަނޑައަޅާފައިވާ ތަކެތި ބަހައްޓާ ތަންތަން ހުންނަންވީ ގޮތުގެ އަސާސީ މިންގަނޑު މިގަވާއިދުގެ ޖަދުވަލު (ނ) ގައި ހިމަނާފައިވާނެއެވެ.

(ކ) މި ގަވާއިދުގެ ޖަދުވަލު (ށ) ގައި ބަޔާންކޮށްފައިވާ، ހާއްސަ ކުނީގެ އެއްވެސް ބާވަތެއް، ރާއްޖޭން ބޭރުކުރުމަށް ނުވަތަ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންދިއުމަށް ނުވަތަ ރީސައިކަލްކުރުމަށް ނުވަތަ ރިކަވަރކުރުމަށް ނުވަތަ ޓްރީޓްކުރުމަށް ބޭނުންވާ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު (ޅ) ގައިވާ ފޯމު ހުށަހަޅައި ތަންފީޒީ އިދާރާގެ ހުއްދަ ހޯދަންވާނެއެވެ. 

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު 500 (ފަސްސަތޭކަ) ރުފިޔާގެ އިދާރީ ފީ އެއް، ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ އިދާރާ ައކަށް ދައްކަންވާނެއެވެ.

 

10 ވަނަ މާއްދާއުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ ނުވަތަ އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޯންސިބިލިޓީ

އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ ނުވަތަ އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީއާބެހޭ އުސޫލުތައް، ތަންފީޒީ އިދާރާއިން ހަދައި މިގަވާއިދަށް އަމަލުކުރަންފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. 

 

11 ވަނަ މާއްދާ - ހުއްދަ ނެތި އެއްވެސް ތަނަކަށް  ކުނި އެޅުމާއި އުކުން މަނާކުރުނ

(ހ) ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ހާއްސަ ކޮށްފައިވާ އަދި ތަންފީޒީ އިދާރާއިން ހުއްދަދީފައިވާ ތަންތަނަށެވެ. 

(ށ) އަންނަނިވި ތަންތަނަށް އެއްވެސް ހާލެއްގައި ކުނި އަޅައިގެން ނުވާނެއެވެ. އަދި އެފަދަ ތަނަކަށް އެއްވެސްބާވަތެއްގެ ކުނިއެޅުމަކީ މިގަވާއިދުގެ ދަށުން ކުށެކެވެ.

  1. ގާާނޫނު ނަންބަރު 1993-04 ގެ ދަށުން ހިމާޔަ ްތކޮށްފައިވާ ސަރަހައްދުތައް.
  2. ކުޅި އަދި ޗަސްބިން.
  3. ރަށްރަށުގެ ފަޅުތެރެ.
  4. ފަރު.
  5. ފަޅު.
  6. ފިނޮޅު.
  7. ރަށްރަށުގެ އަތިރިމަތި.
  8. ރަށްރަށުގެ ހޭޅީފަށް.
  9. ބަނދަރު.
  10. ފާކު.
  11. މަގުމަތި.

(ނ) އެއްވެސް ފަރާތަކުން، މި މާއްދާގެ (ހ) ގެ ދަށުން ކުނިއެޅުމަށް ހުއްދަދީފައިވާ ތަނަކަށްމެނުވީ ކުނި އެޅުމާއި އުކުމަކީ ކުށެކެވެ.

(ރ) މިމާއްދާގެ (ނ) ގައިވާ ގޮތަށް އަމަލުކުރުން އިސްތިސްނާ ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައެވެ. އަދި އެފަދަ ހާލަތުތަކުގައިވެސް ކުންޏާމެދު އަމަލުކުރަން ވާނީ އޭގެ ސަބަބުން ތިމާވެށްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ފަދަ ގޮތަކަށެވެ.

  1. ކުުނި އުކާލީ އިންސާނުންގެ ފުރާނަ ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި؛ ނުވަތ
  2. އިންސާނުންގެ ބާރުނުފޯރާ ކުއްލި ކާރިސާއެއް މެދުވެރުމުގެ ސަބަބުން ނުވަތަ އައުމީ ސަލާމަތަށް ނުރައްކަލެއް މެދުވެރިވާ ހާލަތެއްގައި ކަމަށްވާނަމަ. 

(ބ) ގޭބިސީތަކުން އުފެދޭ ކުނި، ގޭބިސީގެ ފެންވަރުގައި ކުންޏާމެދު އަމަލުކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް މި ގަވާއިދުގެ ދަށުން އެއްވެސް ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.

  1. ގޭގައި ކުނި ބައިބަޔަށް ވަކިކޮށް ބެހެއްޓުން. 
  2. ގޭގައި ކާދު ތައްޔާރުކުރުން.

 

12 ވަނަ މާއްދާ - އެތަންމިތަނަށް ކުޅިއެޅުން ހުއްޓުން

(ހ) އިޖުތިމާއީ އެކި ކަންކަމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދެއް ހިންގައި ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުވެފައިވާ ފަރާތުން ތިރީގައި ބަޔާންކޮށްފައިވާ ކަންތަ ްއތައް ކުރަންވާނެއެވެ. އަދި އެގޮތަށް އަމަލު ނުކުރުމަކީ ކުށެކެވެ.  

  1. ކުނިއެޅުމަށްޓަކައި، އެކަށީގެންވާ ސައިޒެއްގެ ކުނި އެޅުމަށް ހާއްސަކޮށްފައިވާ އެއްޗެއް ބެހެއްޓުން. މިގޮތުން އަމިއްލަޒާތުގައި ނެތިފަނާވެގެންދާފަދަ ކުންޏާއި އެނޫން ކުނި ވަކި ކުރެވޭނެގޮތަށް ކުނި އަޅަން ހާއްސަކޮށްފައިވާ ތަކެތި ލޭބަލް ކޮށްފައި ބަހައްޓަންވާނެއެވެ.
  2. ކުުނި އަޅަން ހާއްސަކުރެވިފައިވާ އެއްޗެތީގައި ހުންނަ ކުންޏާއި، ތަނަށް އެޅޭ ކުނީގެ ސަބަބުން އާންމުންނަށް އުނދަގުލެއްވުމުގެ ކުރިން ނުވަތަ އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެ ްށޓަށް ނޭދެވޭ އަސަރެއް ފޯރުމުގެކުރިން އެެފަދަ ކުންޏާމެދު، މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުން އަމަލުކުރުން.

(ށ) އިޖުތިމާއީ އެ ިކ ކަންކަމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކުގައި، ކުނިއެޅުމަށްޓަކައި ހާއްސަކޮށްފައިވާ އެއްޗެތި ފިޔަވައި އެހެން އެއްޗަކަށް ނުވަތަ ތަނަކަށް ކުނި އެޅުމަކީ ކުށެކެވެ.

  

13 ވަނަ މާއްދާ -  ކަނޑުގައި ދުއްވާ ކަނޑުގައި ދުއްވާ ކުނި ޖަމާކޮށް ބަލަހައްޓާނެ ވަސީލަތެއް ގާއިމުކުރުން

(ހ) ކަނޑުގައި ުދއްވާ އުޅަނދު ފަހަރުގައި އެއުޅަނދަކުން އުފެދޭ ކުނި އަޅާނެ އެކަށިގެންވާއެއްޗެއް ބަހައްޓާފަ ހުންނަންވާނެއެވެ.

(ށ) އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކުންނާއި، އެފަރާތްތަކުގެ ދަށުން މަސައްކަތް ކުރާ ފަރާތްތަކުން، މިގަވާއިދުގެ ދަށުން ކުނި އަޅަން ހުއްދަ ދީފައިވާ ތަނަކަށް މެނުވީ ކުނި އެޅުމަކީ ކުށެކެވެ. މީގެ ތެރޭގައި ކަނޑުގައި ދުއްވާފައި ދާ އުޅަނދެ ްއގައި އުފެދޭ ތަކެތިން އުފެދޭ ކުނި ނުވަތަ މަސްކަނޑާފައި އުކާލާ ތަކެތި އަވަހަށް ފަނާވެގެންދާ ކާބޯ އިސްތިސްނާވެއެވެ.

(ނ) އުޅަނދާ ހަވާލުވެ ހުރި ފަރާތް ނުވަތަ އުޅަނދުގެ ކެޔޮޅު ނުވަތަ ނެވި ނުވަތަ ކައްޕިތާނު އެ އުޅަނދެއް ބަނދަރުކުރާތާ ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެއުޅަނދެއްގައި އުފެދޭ ކުނި މިގަވާއިދުގެ ދަށުން ކުނި އެޅުމަށް ހުއްދަ ދީފަ ިއވާ ތަނަކަށް ގެންދަންވާނެއެވެ.

 

14 ވަނަ މާއްދާ - ބަނދަރުތަކުގައި ކުނި ޖަމާކުރުން

(ހ) ބަނދަރުތަކުގައި ކުނި ޖަމާކުރުމަށް ބޭނުންވާ އެކަށީގެންވާ ނިޒާމެއް ގާއިމު ކުރުމަކީ، އެ ބަނދަރެއް ހިންގައި ަބލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމުގައި ކުނީގެ ގޮތުގައި ހިމެނޭ ތެލުގެ ބާވަތްތަކާއި އެހެނިހެން ކުނި ވަކިކޮށް ބެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައި ހުން ަނންޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުނި ބަލަހައްޓާ ފަރާތްތަކުން މިގަވާއި ުދގެ ޖަދުވަލު (ބ) ގައިވާ ފޯމުގައިވާ މައުލޫމާތު ގަވާއިދުން ބަލަހައްޓާ އަދި ތަންފީޒީ އިދާރާއިްނ ބޭނުންވެއްޖެ ހިނދެއްގައި އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ. 

 

15 ވަނަ މާއްދާކުނި ރީސައިކަލްކުރުމާއި ރިކަވަރކުރުން

ވިޔަފާރީގެ އުސޫލުން ކުނި ރީސައިކަލްކުރުމާއި ރިކަވަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން މި ގަވައިދުގެ ޖަދުވަލު (ޅ) ގައިވާ ފޯމާއެކު މިގަވައިދުގެ ޖަދުވަލު (ރ) ގައިވާ ބައިތައް ހިމަނައިގެން ޕްރޮޕޯސަލެއް ތަންފީޒީ އިދާރާއަށް ހުށަހަޅައި އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. 

 

3 ވަނަ ބައި - ކުނި މެނޭޖްކުރުމުގެ ހުއްދަ

 

16 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ހުއްދަ ހޯދުން

(ހ) ކުނި މެނޭޖުކުރުމުގެ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުމަށް މިގަވާއިދުގެ ޖަދުވަލު (ޅ) ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ތަންފީޒީއިދާރާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

  1. ކުނިނެތުން. 
  2. އެއްގަމާއި ކަނޑު މަގުން ކުނި އުފުލުން.
  3. ކުނި ޓްރީޓް ކުރުން.
  4. ކުނި ގުދަންކުރުން
  5. ކުނި އަޅާ ތަންތަން ބެލެހެއްޓުން.
  6. ލޭންޑް ފިލް.
  7. ނުރައްކާތެރި ކުނި ގެންގުޅުން. 

(ށ) ވަކި ސަރަހައްދަކަށް ނުވަތަ ސަރަހައްދުތަކަކަށް ކުނި މެނޭޖުކުރުމުގެ ހުއްދަދޭނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނީ ތަންފީޒީ އިދާރާއިންނެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދަ ދޫކުރާނެ ފަރާތްތަކުގެ އަދަދު ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ކުނި އުފެދޭ މިންވަރު.
  2. ކުނި މެނޭޖުކުރުމުގެ އެކި އެކި މަސައްކަތްތަކުން ވިޔަފާރީގެ ފައިދާ ނެގިދާނެ މިންވަރު.
  3. އެެސަރަހައްދެއްގައި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން.

(ރ)

  1. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ފަށާފައިވާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުނި މެނޭޖުކުރުމުގެ މަ ަސއްކަތެއް ހިންގާ ފަރާތެއްނަމަ، މިގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިމާއްދާގެ (ހ) ގަިއވާ ގޮތުގެ މަތިން ތަންފީޒީ އިދާރާގެ ހުއްދަ ހޯދަންވާނެއެވެ.
  2. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ފަށައިގެން ކުރިއަށްގެންދާ، މިމާއްދާގެ (ހ) ގައި ހިމެނޭ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭޮގތަށް ބަދަލުކުރުމަށް 6 (ހައެއް) މަސްދުވަހުގެ ވަގުތީ ހުއްދައެއް ދޭންވާނެއެވެ. އަދި އެފަރާތަކަށް ދީފައިވާ ވަގުތީ ހުއްދަ ހަމަވުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން ދާއިމީ ހުއްދައަކަށް އެދި ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ބ) މިގަވާއިދުގެ ދަށުން، ކުނި މެނޭޖުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދެވޭނީ، ހުއްދައަށް އެދޭ ފަރާތުން ތަންފީޒީ އިދާރާ ައށް މި ގަވާއިދުގެ ދަށުން ދައްކަންޖެހި ނުދައްކައިއޮތް ފައިސާއެއްވާނަމަ، އެ ފައިސާއެއް ދެއްކުމުންނެވެ.

 

17 ވަނަ މާއްދާ - ހުއްދަ ލިބޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް

(ހ) މިގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމުގެ މަސައްކަތެއް ހިންގުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކުން، އެ މަސައްކަތެއް ހިންގަންވާނީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

(ށ) މަސައްކަތްކުރެވޭ ސަރަހައްދަކީ ސިއްހީގޮތުންނާއި ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ސަރަހައްދެއްކަމަށް ފެނިއްޖެ ހިނދެއްގައި، އެކަންކަން ރަނގަޅުކޮށް ދެމެހެއްޓުމަށްޓަކައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަ ުށން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކުގައި ނުހިމެނޭ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ތަންފީޒީ އިދާރާގެ މަށްވަރާއާއެކު ކަނޑައެޅުމުގެ ިއހުތިޔާރު ސިޓީ ކައުންސިލުތަކަށް ނުވަތަ ރަށު ކައުންސިލުތަކަށް ލިބިގެންވެއެވެ. މިގޮތުން، ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ކަނޑައަޅާ ފިޔަވަޅުތައް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

18 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ހުއްދަ އާކުރުން 

(ހ) މިގަވާއިދުގެ ދަށުން، ކުނި މެނޭޖުކުރުމަށް ދޫކުރާ ހުއްދަ ދޫކުރަންވާނީ ކަނޑައެޅޭ ވަކި މުއްދަތަކަށެވެ.

(ށ) މިގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމަށް ދީފައިވާ ހުއްދަ އާކުރުމަށް ބޭނުންވާ ފަރާތްތަކުން، ހުއްދައިގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން ހުއްދަ އާކުރުމަށް އެދި ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ. 

(ިނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދަ އާކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، ހުއްދަ އާކޮށްދެވޭނީ ކުރިން ދީފައިވާ ހުއްދައިގައިވާގޮތަށް ކުނި މެނޭޖުކުރުމުގެ ށަރުތުތަކާއި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކޮށްފައިވާނަމައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ އާކޮށްދޭން ޖެހޭ ފަރާތްތަކަށް ހުއްދަ އާކުރުމަށް ހުށަހެޅިތާ، ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުއްދަ އާކޮށްދޭންވާނެއެވެ.

 

19 ވަނަ މާއްދާ - ުނި މެނޭޖުކުރުމުގެ ތަފާތު ހިދުމަތްތައް އެއްފަހަރާ ދިނުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތައްވުރެ ގިނަމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތަކުން އެއިންކޮންމެ މަސައްކަތަކަށް ވަކި ވަކިން ހުއްދައަށް އެދުމުގެ ބަދަލުގައި ހުރިހާ މަސައްކަތަކަށްއެއްހުއްދައަކަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދެވޭ ހުއްދައިގެ ފީއެއްގެ ގޮތުގައި ނެގޭނީ މި ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން ކަނޑައަޅާ ފީ އެކެވެ.

 

20 ވަނަ މާއްދާ - ހުއްދަ ބަދަލުކުރުން

(ހ) މި ގަވާއިދުގެ ދަށުން، ކުނި މެނޭޖުކުރުމަށް ހުއްދަ ލިބިފައިވާ ފަރާތަކުން އެހެންފަރާ ތަކަށް އެ ހުއްދަ ބަދަލުކުރެވޭނީ ތަންފީޒީ އިދާރާއަށް އެކަމަށްއެދި ޖަދުވަލު (ކ) ގައިވާ ފޯމު  ފުރިހަމަ ކުރުމަށްފަހު އެ ފޯމު ހުށަހަޅަނާ ހުއްދަލިބިގެންނެވެ. 

(ށ) ހިދުމަތް ބަދަލުކުރެވުނު ފަރާތުން ހިދުމަތް ދިނުމުގައި ދިމާވާ ގެއްލުމާއި އަދި ހުއްދައިގެ ދަށުން އަދާކުރަންޖެހޭ އެންމެހައި ޒިންމާތަކާއި، ދައްކަންޖެހޭ ފީ އަދި ޖޫރިމަނާފަދަ ހުރިހާކަމަކަށް ޒިންމާވާން ޖެހޭނެއެވެ. އަދި މިޒިންމާއަކީ ހުއްދަ ބަ ަދލު ކުރުމުގެ ކުރިން އަދާކުރަންޖެހިފައި އޮތް ޒިންމާއެއް ނުވަތަ ބަދަލުކުރުމަށްފަހު އަދާކުރަންޖެހޭ ޒިންމާއެއްނަމަވެސް އެޒިންމާއެއް އުފުލާނީ ހުއްދަ ބަދަލުކުރެވުނު ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅާއިރު މި ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން ކަނޑައަޅާ އަނބުރާ ނުލިބޭ ފީއެއް ދައްކަންވާނެއެވެ. 

(ރ) މި ގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބަދަލުކުރުމަށް އެދި ހުށަހަޅާ ަމއުލޫމާތުގެ އިތުރުން ތަންފީޒީ އިދާރާއަށް އިތުރު މައުލޫމާތެއް ބޭނުންވެއްޖެ ހިނދެއްގައި، ހުއްދަ ލިބިފައިވާ ފަރާތާއި ހުއްދަ ބަދަލުކުރެވޭ ފަރާތުން އެ މައުލޫމާތެއް ރުވައިދޭން ޖެހޭނެއެވެ.

(ބ) މި މާއްދާގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުން، ހުއްދަ ބަދަލު ކުރުމަށް އެދި ހުށަހެޅިތާ، ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ ތެރޭގައި ތަންފީޒީ އިދާރާއިން އެފަރާތަކަށް ހުއްދަ ބަދަލު ކޮށްދޭން ވާނެއެވެ.

 

21 ވަނަ މާއްދާހުއްދަ ބާތިލުކުރުން

 (ހ) މި ގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން އެ ހުއްދަ އެއްވެސްސަބަބަކާހުރެ ބާތިލުކުރުމަށް ބޭނުންވެއްޖެނަމަ، ހުއްދަ ބާތިލުކުރުމަށް މި ގަވާއިދުގެ ޖަދުވަލު (އ) ގައިވާ ފޯމު ފުރިހަަމަ ކުރުމަށްފަހު ތަންފީޒީ އިދާރާ އަށް ހުށަހަޅަންވާނެއެވެ.

(ށ) ހުއްދަ ބާތިލުކުރަން އެދޭ ފަރާތުން ކުނި މެނޭޖުކުރުމުގެގޮތުން ކުރިޔަށްގެންގޮސްފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫންކަން ތަންފީޒީ އިދާރާއިން ބެލިބެލުމަކުން އެނގިއްޖެނަމަ، ހުއްދަ ބާތިލުކޮށްދެވޭނީ އެކަންތައްތައް ރަނގަޅު ކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެފަރާތުން އަޅައި ނިމުމުންނެވެ.

(ނ) މި  މާއްދާގެ (ށ) ގައި ބުނާފަދަ ފިޔަވަޅުތަކެއް އަޅަން ތަންފީޒީ އިދާރާއަށް ފެނިއްޖެ ހިނދެއްގައި އެ ިފޔަވަޅުތައް އަޅަންވީ ގޮތާއި މުއްދަތު ލިޔުމަކުން އެފަރާތަކަށް އަންގަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދައިން ހުއްދަ ބާތިލުކުރުމަށް އެދޭފަރާތުން، ތަންފިޒީ އިާދރާއިން އެންގި ކަންތައްތައް ފުރިހަމަ ކުރުމުން، އެފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް ތަންފީޒީ އިދާރާއިން ލިޔުމަކުން އެކަން އެފަރާތަށް އަންގަންވާނެއެވެ.

 

22 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ހުއްދައިގެ ފީ

މިގަވާއިދުގެ ަދށުން، ކުނި މެނޭޖްކުރުމުގެ ހުއްދައަށް އެދޭއިރު އެކަމަށް މި ގަވާއިދުގެ ޖަދުވަލު (ވ) ގައި ބަޔާންކޮށްފައިވާ އިދާރީ ފީ ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ އިދާރާއަކަށް ދައްކަންޖެހޭނެއެވެ. އިދާރީ ފީގެ އަދަދަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް ތަންފީޒީ އިދާރާއިން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. 

 

23 ވަނަ މާއްދާ - ކުނި މެނޭޖްކުރުމުގެ ހިދުމަތަށް އަގު ނެގުން

(ހ) މި ގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމުގެ މަސައްކަތެއް ހިންގުމަށް ތަންފީޒީ އިދާރާއިން ހުއްދަ ލިބިފައިވާ ފަރާތަކުން ފޯރުވައި ދޭ ހިދްމަތްތަކަށް އަގެއް ނެގިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ފީ އަކީ ތަންފީޒީ އިދާރާއަށް ހުށަހަޅާ ފާސްކޮށްފައިވާ  އަގެއް ކަމުގައި ވާންޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެންމެމަތީ އަގުތައް ކަނޑައެޅުމުގައި ގޭބިސީތަކާއި ވިޔަފާރި ކުރާ ތަންތަން ތަފާތު ކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން، ހިދުމަތް ދޭފަރާތުން ކަނޑައަޅާ އަގުތައް ފަސޭހައިން އާންމުންނަށް ފެންނާނެހެން އެ ހިދުމަތްދޭ ފަރާތުން ބަހައްޓަންވާނެއެވެ.

 

24 ވަނަ މާއްދާ - ހުއްދައިގެ ދަފުތަރު  

މިގަވާއިދުގެ ދަށުން، ދޫކުރާ ހުއްދައިގެ ދަފުތަރެއް ތަންފީޒީ އިދާރާއިން ބަލަހައްޓަންވާނެއެވެ. އަދި އެދަ ުފތަރު ގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ. 

  1. ހުއްދަ ދޫކޮށްފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، އެޑްރެސް، ފޯނު ނަންބަރު، ފެކްސް ނަންބަރު އަދި އީ-މެއިލް އެޑްރެސް.
  2. (ކުނި މެނޭޖުކުރުމަށް ހުއްދަދެވުނު މަސައްކަތް.
  3. ކުނި މެނޭޖުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތަކީ، އެހެން ފަރާތްތަކާ ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދާ ފަރާތެއް ނަމަ، އެމަސައްކަތުގައި ހިއްސާވާ ހުރިހާފަރާތްތަކުގެ ފުރިހަމަ ނަމާއި އެޑްރެސް
  4. ހުއްދަ ދޫކޮށްފައިވާ ފަރާތަކީ ކޯޕަަރޭޓް ބޮޑީއެއްނަމަ - އޮފީހުގެ އެޑްރެސް، އަދި  އޮފީހުގައި އެންމެ އިސްކޮށް ހުރި ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް.
  5. ހުއްދަ ދޫކުރި ތާރީހު އަދި އެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހު.
  6. ހުއްދަ ދޫކޮށްފައިވާ ފަރާތުން ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުވައިދޭ ސަރަހައްދާބެހޭ މައުލޫމާތު.
  7. ހުއްދަ ދޫކުރެވިފައި ވަނީ ވަކި ށަރުތުތަކަކާ އެކުގައި ކަމަށްވާނަމަ، އެ ށަރުތުތައް. މިނޫންވެސް ތަންފީޒީ އިދާރާއިން މުހިންމުކަމަށް ފެންނަ މައުލޫމާތުތައް. 

 

 

4 ވަނަ ބައި - އެއްތަނުން އަނެއްތަނަށް ކުނި އުފުލުން 

 

25 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ކުނި އުފުލުން

(ހ) އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގައި އަމަލުކުރަންޖެހޭނީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށެވެ. 

(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި އަދި ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން އެރަށަކުން ކޮންމެހެން ބޭރުކުރަންޖެހޭ ކުނި ގެންދަންވާނީ އެސަރަހައްދެއްގައި ކުނި މެނޭޖުކުރުމަށް ގާއިމުކޮށްފައިވާ ސަރަ ަހއްދީ ވަސީލަތަކަށެވެ.

 

26 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް 

(ހ) މިގަވާއިދުގެ ދަށުން އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ތިރީގައިާވ ގޮތަށް އަމަލުކުރަން ޖެހޭނެއެވެ. 

  1. ކުނި އެޅުމަށް ނުވަތަ ޖަމާކުރުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނި ގެންދިއުމުގެ ކުރިން އެ ކުންޏަކީ އެތަނަކަށް އެޅުމަށް ހުއްދަ ލިބިފައިވާ ކުނީގެ ބާވަތެއްތޯ ބަލައި ޔަގީންކުރުން.
  2. އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކުން އުފުލާ ކުނީގެ ރިކޯޑު ތަންފީޒީ އިދާރާއިން ގަބޫލުކުރާ ފެންވަރަކަށް ބަލަހައްޓަންވާނެއެވެ. މިގޮތުން މި ރިކޯޑުތައް ބެލެހެއްޓުމަށް ބޭނުންކުރާ ފޯމު މިގަވާއިދުގެ ޖަދުވަލު (ބ) ގައިވާނެއެވެ. މި މައުލޫމާތަކީ ތަންފީޒީ އިދާރާއިން ބޭނުންވެއްޖެހިނދެއްގައި ފޯރުވައިދޭންޖެހޭނެ މައުލޫމާތެވެ.

(ށ) ގޭބިސީގައި އުފެދޭކުނި އެ ގެއެއްގެ ވެރިފަރާތުން ނުވަތަ އެގެއެއްގައި ދިރިއުޅޭފަރާތުން އެހެން ފަރާތަކަށް އަގު ނުދީ ކުނި އަޅާތަނަކަށް ކުނި ގެންދާ ގެންދިއުން މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.  

 

27 ވަނަ މާއްދާނުރައްކާތެރި ކުނި ރާއްޖޭން ބޭރުކުރުން 

(ހ) އެއްވެސް ފަރާތަކުން، ނުރައްކާތެރި ކުނި ރާއްޖެއިން ބޭރުކުރާނަމަ، ބޭރުކުރުމަށް ކަނޑައެޅިފައިވާ ދުވަހުގެ 3) ތިނެއް) މަސްދުވަސް ކުރިން، މި ގަވާއިދުގެ ޖަދުވަލު (ފ) ގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު ތަންފީޒީ އިދާރާ އަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. 

(ށ) މިިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހެޅުމުން، ތަންފީޒީ އިދާރާއިން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ. 

  1. މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކާ ހިލާފުވާނަމަ ހުއްދަ ނުދިނުން. 
  2. ހުށަހަޅާފައިވާ މައުލޫމާތު ފުރިހަމަ ނުވާނަ ަމ ނުވަތަ ސައްހަކަމަށް ނުބެލެވޭނަމަ އަލުން އެ މައުލޫމާތު ފުރިހަމަކޮށް ފޯމު ހުށަހަޅަން އެންގުން. 
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކާ ހިލާފުނުވާނަމަ ހުއްދަ ދިނުން

(ނ) މި ިގަވާއިދު ެގދަށުން ތަންފީޒީ އިދާރާއިން ދޫކުރާ ހުއްދަލިބުމަކީ ރާއްޖެއާއި ރާއްޖެއިންބޭރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެހެނިހެން ހުއްދަތައް ހޯދުމުން ބަރިއްޔަ ވާނެކަމެއްނޫނެވެ. 

 

 28 ވަނަ މާއްދާ - ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ނުރައްކާތެރި ކުނި އުފުލުން  

(ހ) އެއްވެސް ފަރާތަކުން، ނުރައްކާތެރި ކުނި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް އުފުލާނަމަ، ރާއްޖޭގެ ސަރަހައްދަށް އެ ކުނި އެތެރެވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން، މި ގަވާއިދުގެ ޖަދުވަލު (ދ) ގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު ތަންފީޒީ އިދާރާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހެޅުމުން، ތަންފީޒީ އިދާރާއިން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ. 

  1. މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކާ ހިލާފުވާނަމަ ހުއްދަ ނުދިނުން. 
  2. ހުށަހަޅާފައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ ނުވަތަ ސައްހަކަމަށް ނުބެލެވޭނަމަ އަލުން މައުލޫމާތު ފުރިހަމަކޮށް ފޯމު ހުށަހަޅަން އެންގުން. 
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކާ ހިލާފުނުވާނަމަ ހުއްދަ ދިނުން.

(ނ) މިގަވާއިދުގެ ދަށުން ތަންފީޒީ އިދާރާއިން ދޫކުރާ ހުއްދަ ލިބުމަކީ ރާއްޖެއާއި ރާއްޖެއިންބޭރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެހެނިހެން ހުއްދަތައް ހޯދުމުން ބަރިއްޔަ ވާނެކަމެއް ނޫނެވެ. 

(ރ) މިމާއްދާގެ (ހ) ގެ ދަށުން، ހުއްދަ ލިބިގެން ރާއްޖޭގެ ސަރަހައްދަށް ވަންނަ އެއްވެސް އުޅަނދެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްގެން ނުވާނެއެވެ. 

(ބ) މިމާއްދާގެ (ހ) ގެ ދަށުން، ހުއްދަލިބިގެން ރާއްޖޭގެ ސަރަހައްދަށް ވަންނަ އުޅަނދު ބަލައި ފާސްކުރުމަށް ތަންފީޒީ އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި، އެކަން ކުރުމުގެ އިންތިޒާމު، ހުއްދަ ލިބޭފަރާތުން ހަމަޖައްސަ ިއދޭންވާނެއެވެ. 

 

29 ވަނަ މާއްދާ - ކުނިއަޅާ ތަންތަން ހިންގައި ބަލަހައްޓާ ފަރާތްތަކުގެ މަސްއޫލިއްޔަތު 

(ހ) ކުނިއަޅާ ތަންތަން ހިންގައި ބަލަހައްޓާ ފަރާތްތަކުން އެފަދަ ތަންތަން ހިންގުމުގެ ހުއްދަ މިގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަންފީޒީ އިދާރާއިން ދަންޖެހޭނެއެވެ. 

(ށ) ކުނިއަޅާ ތަންތަން ހިންގައި ބަލަހައްޓާ ފަރާތުން މިގަވާއިދުގެ ޖަދުވަލު (ބ) ގައިވާ ފޯމު ފުރިހަމަކޮށް ތަންފީޒީ އިދާރާއަށް ކޮންމެ 4) ހަތަރެއް) މަހަކުން އެއްފަހަރު ހުށަހަޅަންވާނެއެވެ.

(ނ) ކުނިއަޅާ ތަންތަނުގެ ހިދުމަތް ހޯދަން އަންނަ ފަރާތުން ކުނިއަޅާ ތަންތަން ހިންގައި ބަލަހައްޓާ ފަރާތުން އާންމުކޮށް އަންގާފައިވާ އުސޫލުތަކާ ހިލާފުނުވާ ނަމަ ކުންޏާއި ހަވާލުވުމަށް ިއންކާރު ކުރުމަކީ ކުށެކެވެ.

(ރ) ކުނިއަޅާ ތަންތަން ހިންގައި ބަލަހައްޓާ ހިދުމަތްދޭ ފަރާތްތަކުން އެތަންތަނުން ހިދުމަތްދޭ ގަޑިތަކާއި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުންނަންވާނެއެވެ. 

 

5 ވަނަ ބައި - މައުލޫމާތު ފޯރުކޮށްދިނުމާއި ރިޕޯޓުކުރުން

 

 30 ވަނަ މާއްދާ - ޖޫރިމާނާއާއި، އިދާރީކަންތަކާބެހޭ މައުލޫމާތުގެ ރިކޯޑު ބެލެހެއްޓުން 

(ހ) މިގަވާއިދުގެދަށުން ނެގޭ ޖޫރިމަނާތަކާއި އަދި އެހެނިހެން އިދާރީ ފިޔަވަޅުތަކާބެހޭ މައުލޫމާތުގެ ރިކޯޑުތައް ތަންފީޒީ އިދާރާއިން ބަލަހައްޓަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަންފީޒީ އިދާރާއިން ބަލަހައްޓާ ރިކޯޑުތަކުގައި ތިރީގައިވާ މައުލޫމާތުތައް ހިމަނަންޖެހޭނެއެވެ.

  1. ފިޔަވަޅު އެޅުނު ފަރާތުގެ މައުލޫމާތު،
  2. ފިޔަވަޅު އެޅުނު ސަބަބާއި އެޅުނު ފިޔަވަޅުގެ ތަފުސީލު،
  3. ޖޫރިމަނާއެއް ކުރިނަމަ ޖޫރިމަނާގެ އަދަދު،
  4. ތަންފީޒީ އިދާރާއިން ހިމެނުމަށް މުހިންމުކަމަށް ކަނޑައަޅާފައިވާ އިތުރު މައުލޫމާތު.

 

31 ވަނަ މާއްދާ - ބަލާފާސްކުރުމުގެ ބާރު 

(ހ) މި ގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރުމަށް ހުއްދަ ލިބިފައިވާ ފަރާތް ަތކުން އެ މަސައްކަތް ކުރިޔަށް ގެންދަނީ މި ގަވާއިދުގެ ދަށުން އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދައާ އެއްގޮތްވާގޮތުގެ މަތިންތޯ ތަންފީޒީ އިދާރާއިން ބަލައި ޔަގީން ކުރަންވާނެއެވެ. މި ގޮތުން ބަލާފާސްކުރުން ކުރިޔަށް ގެންދާނީ ތަންފީޒީ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

(ށ) މިމާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރުމަށްފަހު ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް މިގަވާއިދުގެ ޖަދުވަލު (ތ) ގައިވާ ނަމޫނާއާ އެއްގޮތަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި ރިޕޯޓެއް ތަންފީޒީ އިދާރާއިން ތައްޔާރުކުރުމަށްފަހު ބަލައި ފާސްކުރެވުނު ތަން ހިންގާ ފަރާތަށް ހުށަހަޅަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެދަށުން، ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކުން ކުރާ މަސައްކަތެއް ބަލައި ފާސްކުރުމަށް ތަންފީޒީ އިދާރާއިން ބޭނުން ވެއްޖެނަމަ، ތަންފީޒީ އިދާރާގެ ތަންފީޒީ އޮފިސަރުން އޭނާއަށް ލިބިފައިވާ ބަލައި ފާސްކުރުމުގެ ލިޔުން ދެއްކުމަށްފަހު ބަލައި ފާސްކުރެވިދާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގެ ދަށުން ބަލައި ފާސްކުރުމަށް ދާ ތަންފީޒީ އިދާރާގެ ތަންފީޒީ އޮފިސަރަށް ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރުމަށް ހުއްދަ ލިބިފައިވާ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭންވާނެއެވެ. 

(ބ) މި މާއްދާގެ (ހ) ގެ ދަށުން ތަންފީޒީ އިދާރާއިން ބަލައި ފާސްކުރުން ކުރިޔަށް ގެންދިއުމަށްފަހު، އިސްލާހުކުރުމަށް ނުވަތަ އިތުރު ފިޔަވަޅުތަކެއް މަސައްކަތް ހިންގާ ފަރާތުން އަޅަންޖެހޭ ކަމަށް ތަންފީޒީ އިދާރާއަށް ފާހަގަކުރެވޭ ކަންތައްތައް، އެފިޔަވަޅުތައް އަޅަންޖެހޭ މުއްދަތާއެކު، މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އިންސްޕެކްށަން ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން، ކުނި މެނޭޖުކުރުމުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިފައިވާ ފަރާތުން އިސްލާހުކުރުމަށް ނުވަތަ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތަންފީޒީ އިދާރާއިން އަންގާފައިވާނަމަ، އެފިޔަވަޅުތައް އެޅުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެފިޔަވަޅުތައް އަޅަމުން ގެންދަންވާނެއެވެ. 

 

32 ވަނަ މާއްދާ - ކުންޏާބެހޭ މައުލޫމާތު އެއްކުރުމާއި ބެލެހެއްޓުން

ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައާއި ރަށުފެންވަރުގައި ކުނި އުފެދޭ މިންވަރާއި ބާ ަވތްތައް، ކުނި ޓްރީޓް ކުރެވެމުންދާ ގޮތްތަކާއި އަދި މިނޫންވެސް ހިމަނަން ބޭނުންވާ މައުލޫމާތުތައް ހިމެނޭގޮތަށް ތަންފީޒީ އިދާރާއިން ޑާޓާބޭސްއެއް ހަދައި ބަލަހައްޓަންވާނެއެވެ. 

 

33 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ރިޕޯޓް

(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑާޓާބޭސްގައި ހިމެނޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އަހަރަކު އެއްފަހަރު ރިޕޯޓެއް އެކުލަވައިލުމަށްފަހު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާ ކުނި މެނޭޖުކުރުމުގެ އަހަރީ ރިޕޯޓުގައި ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު.
  2. ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައާއި ރަށުފެންވަރުގައި ކުނި އުފެދޭ މިންވަރާއި ބާވަތްތައް، ކުނި ޓްރީޓް ކުރެވެމުންދާ ގޮތްތަކާއި، އަދި މިނޫންވެސް މުހިންމު މައުލޫމާތު

 

 

6 ވަނަ ބައި - ފިޔަވަޅުއެޅުން

 

34 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި ގަވާއިދުގައި ކުރުމަށް ލާޒިމުކުރާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމަކީ ކުށެކެވެ.

(ށ) މިގަވާއިދުގެ ދަށުން ކުށެއް ކޮށްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. 

  1. ތިރީގައި ބަޔާންކުރާ ކަންކަމަކީ ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްާދގެ (ށ) ގައި ބަޔާންކުރާ ގިންތީގެ ކުށްތަކެވެ. މިކުށްތަކުގެ އަދަބު ކަނޑައަޅާނީ މި ގަވާއިދުގެ ޖަދުވަލު (ލ) ގައިވާ ގޮތުގެ މަތިންނެވެ.
    (ހ) ހާއްސަ ކުނީގެ ގޮތުގައި ނުވަތަ ނުރައްކާތެރި ކުނީގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ ކުނި، ރާއްޖެއަށް އެތެރެކުރުން. 
    (ށ) މި ގަާވއިދުގެ ދަށުން ހާއްސަ ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ކުނި، ތަންފީޒީ އިދާރާގެ ހުއްދައަކާ ނުލައި ރާއްޖޭން ބޭރުކުރުމާއި، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންދިއުމާއި، ޓްރީޓްކުރުމުގެ މަސައްކަތެއް ކުރުން. 
    (ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަންފީޒީ އިދާރާއިން
    ހުއްދަ ދީފައިވާ ތަނަކަށްމެނުވީ ކުނި އެޅުމާއި އުކުން. 
    (ރ) އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުންނާއި، އެފަރާތްތަކުގެ ދަށުން މަސައްކަތް ކުރާ ފަރާތްތަކުން، މިގަވާއިދުގެ ދަށުން ކުނި އަޅަން ހުއްދަ ދީފައިވާ ތަނަކަށް މެނުވީ ކުނި އެޅުން
    (ބ) ކުނިއަޅާ ތންތަނުގެ ހިދުމަތް ހޯދަން އަބްބަް ފަރާތުން ކުނިއަޅާ ތަންތަން ހިންގައި ބަލަހައްޓާ ފަރާތުން އާންމުކޮށް އަންގާފައިވާ އުސޫލުތަކާ ހިލާފުނުވާ ނަމަ ކުންޏާ ހަވާލުވުމަށް އިންކާރު ކުރުން. 
    (ޅ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ކަންކަމުގައި ހުއްދަ ނުހޯދައި ކުނީގެ ހިދުމަތެއް ދިނުން.
    (ކ) މި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތެއްކުރުން.
    (އ) ކުންޏާމެދު އަމަލުކުރުމަށް މިގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ ގޮތްތަކާއި ހިލާފަށް އަމަލުކުރުން.
    (ވ) މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދައި ނުރައްކާތެރި ކުނި ރާއްޖޭން ބޭރުކުރުންނުވަތަ ރާއްޖެ ހުރަސްކޮށް ގެންދިއުން.
    (މ) ކުނި މެނޭޖުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައަކާ ހިލާފަށް އަމަލުކުރުން. 
    (ފ) ކުނި މެނޭޖުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތަކުން، މި ގަވާއިދުގެ ދަށުން ތަންފީޒީ އިދާރާއަށް ހުށަހަޅަންޖެހޭ މައުލޫމާތެއް ހުށަނޭޅުން ނުވަތަ ސައްހަ ނޫން މައުލޫމާތު ހުށަހެޅުން.
    (ދ) މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޖުތިމާއީ އެކި ކަންކަމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދެއް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތުން ިމގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ނުކުރުން.

  2. ތިރީގައި ބަޔާންކުރާ ކަންކަމަކީ ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތީގެ ކުށްތަކެވެ. 
    (ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޔާންކޮށްފައިވާ ތަނަކަށް އެއްވެސް ބާވަތެއްގެ ކުނި އެޅުން.
    (ށ)  އިޖުތިމާއީ އެކި ކަންކަމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކުގައި، ކުނިއެޅުމަށްޓަކައި ހާއްސަކުރެވިފައިވާ އެއްޗެތި ފިޔަވައި އެހެން ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ފަރާތަކުން ކުނި އެޅުން.
    (ނ) މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކަނޑައަޅާނީ މިނިސްޓްރީންނެވެ.
    (ރ) މި ގަވާއިދުގެ ދަށުން ނަގާ ޖޫރިމަނާ ދައްކަންޖެހޭނީ، ގަވާއިދާ ހިލާފު އަމަލު ހިންގި ސަރަހައްދު ނިސްބަތްވާ އިދާރީ ދާއިރާގެ ރަށު ނުވަތަ ސިޓީ ކައުންސިލަށެވެ. އަދި މި ރިކޯޑު ގަވާއިދުން އެކައުންސިލަކުން ބަލަހައްޓަމުން ގެންދަންވާނެއެވެ. 

  

35 ވަނަ މާއްދާހުއްދަ ބާތިލުކުރުން

މިގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް ދީފައިވާ ހުއްދަ ތިރީގައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ބާތިލުކުރުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. މިގޮތުން ހުއްދަ ބާތިލުކުރިކަން ސަބަބާއެކު ލިޔުމަކުން ތަންފީޒީ އިދާރާއިން އެފަރާތަށް އަންގަންވާނެއެވެ. 

  1. ހުއްދަ ލިބިފައިވާ ފަރާތަކީ މަސައްކަތްކުރުމަށް އެކަށީގެންވާ ގާބިލުކަން ނެތް ފަރާތެއް ކަމަށް ތަންފީޒީ އިދާރާއަށް ސާބިތުވުން.
  2. ހިންގާ މަސައްކަތަކީ މިގަވާއިދާއި، ނުވަތަ ހެދިފައިވާ އެހެންވެސް ގާނޫނަކާ ހިލާފަށް ކުރެވޭ ކަމެއްކަމުގައި ވުން.
  3. މި ގަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން ބަލައި ފާސްކުރުން ކުރިޔަށް ގެންދިއުމަށްފަހު، އިސްލާހުކުރުމަށް ނުވަތަ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އަންގާ އެންގުމަށް މަސައްކަތް ހިންގާ ފަރާތުން އަމަލު ނުކުރުން.

 

36 ވަނަ މާއްދާ - އިސްތިއުނާފު 

(ހ) މި ގަވާއިދުގެ ދަށުން ތަންފީޒީ އިދާރާއިން ނިންމި ނިންމުމާކާމެދު ހިތްހަމަ ނުޖެހޭނަމަ، ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން މިނިސްޓަރަށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. 

(ށ) އިސްތިއުނާފަށް ހުށަހަޅާތާ، ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހުށަހަޅާފައިވާ އިސްތިއުނާފާމެދު މިނިސްޓަރ ނިންމި ގޮތެއް ލިޔުމަކުން އެފަރާތަށް އަންގަންވާނެއެވެ.

 

37 ވަނަ މާއްދާ - މާނަކުރުން

ކުނި: ކުނި ކަމަށް ބުނެފައި އެވަނީ، ބޭނުންނެތިގެން އުކާލާ ތަކެތި ނުވަތަ އުކާލަން ގަސްތުކުރާ ތަކެތި ނުވަތަ އުކާލަންޖެހޭ ތަކެއްޗަށެވެ. 

ނުރައްކާތެރި ކުނި: ނުރައްކާތެރި ކުނި ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު (މ) ގެ ދަށުން ބަޔާންކޮށްފައިވާ ސިފަތައް އެކުލެވޭ ކުނީގެ އެންމެހައި ބާވަތްތަކަށެވެ.

ހާއްސަ ކުނި: ހާއްސަ ކުނި ކަމުގައި ބުނެފައި އެވަނީ، އެ އެއްޗެއްގައި ނުރައްކާތެރި މާއްދާއެއް އެކުލެވުމުގެ ސަބަބުން އެއިން އިންސާނުންގެ ސިއްހަތަށް ނުވަތަ ތިމާވެށްޓަށް ނޭދެވޭ އަސަރުކުރާނެ ނުވަތަ ކޮށްފާނެ ކޮންމެ ުކންޏަކަށެވެ.

ކުނި މެނޭޖުކުރުން: ކުނި މެނޭޖުކުރުން ކަމަށް ބުނެފައި އެވަނީ، ކުނި ނެގުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ޓްރީޓްކުރުމާއި ގުދަންކުރުމާއި ކުނި އަޅާތަން ބެލެހެއްޓުމާއި ލޭންޑްފިލް ހިމެނޭގޮތުން ކުންޏާމެދު އެކި މަރުހަލާތަކުގައި އަމަލުކުރާ ގޮތްތަކަށެވެ.

ތަންފީޒީ އިދާރާ: ތަންފީޒީ އިދާރާކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.

މިނިސްޓްރީ: މިނިސްޓްރީ ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑއެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ސަރުކާރުގެ ވުޒާރާއެވެ.

މިނިސްޓަރ: މިނިސްޓަރ ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑއެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާެ ވަޒީރަށެވެ.

ތަންފީޒީ އޮފިސަރު: ތަންފީޒީ އޮފިސަރުކަމަށް ބުނެފައި އެވަނީ، މި ގަވައިދުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމަށް ތަންފީޒީ އިދާރާއިން އައްޔަންކުރާ ފަރާތަށެވެ.

ތަގައްޔަރުވުން: ތަގައްޔަރުވުން ކަމަށް ބުނެފައި އެވަނީ، އިންސާނުން ކުނީގެ ގޮތުގައި ތައާރަފްކުރާ އެއްޗެއްގެ ސަބަބުން ގުދްރަތީ މާހައުލަށް އަންނަ ބަދަލަށެވެ.

ކުނި އެޅުން: ކުނިއެޅުން ކަމަށް ބުނެފަ ިއ އެވަނީ ކުނިއެޅުމަށް ހުއްދަ ދީފައިނުވާ ކޮންމެތަނަކަށް ކުނީގެ ގޮތުގައި ބެލޭ އެއްވެސް އެއްޗެއް އެއްލުން، އުކުން، ބޭއްވުން، ހިތްޕުން، ވައްޓާލުމަށެވެ.

ކުނި ޓްރީޓްކުރުން: ކުނި ޓްރީޓްކުރުން ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުފެދޭތަކެތިން ތިމާވެށްޓަށް ނުވަތަ އިންސާނުންގެ ސިއްހަތައް ލިބޭ ގެއްލުން ކުޑަކުރުމުގެގޮތުން، ކުނި ބޭނުންކޮށްގެން ބޭނުންތެރި ެއހެން އެއްޗެއް އުފެއްދުން ނުވަތަ އެކުނީގެ ނުރައްކާތެރިކަން ކަނޑުވާލުމަށް ހިންގާ މަރުހަލާތަކަށެވެ.

ކުނި ގުދަންކުރުން: ކުނި ގުދަންކުރުން ކަމަށް ބުނެފައި އެވަނީ، އެއް މަހަށްވުރެ ގިނަ ދުވަހު ކުނި އެއްތަނަކަށް ޖަާމކޮށްފައި ބެހެއްޓުމަށެވެ.

ލޭންޑްފިލް: ލޭންޑްފިލް ކަމަށް ބުނެފައި އެވަނީ، ކުނި މެނޭޖުކުރުމަށް ވަކި ހާއްސަ ސިފަތަކެއްގެ މައްޗަށް ބިނާކޮށް ކުނި އެޅުމަށް މޫދުގައި ނުވަތަ އެއްގަމުގައި ހަދާ ތަންތަނަށެވެ. 

އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ؛ އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކުންޏަށް ބަދަލުވުމަށްފަހު އެއެއްޗެއް ކުނީގެ ގޮތުގައި މެނޭޖުކުރުމަށް އުފެއްދި ނުވަތަ އެތެރެކުރި ފަރާތުން އެކުނި މެނޭޖުކުރުމުގައި އުފުލަންޖެހޭ އިތުރު ޒިންމާއަށެވެ.

އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ؛ އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކުންޏަށް ބަދަލުވުމަށްފަހު އެއެއްޗެއް ކުނީގެ ގޮތުގައި މެނޭޖުކުރުމަށް އުފެއްދި ނުވަތަ އެތެރެކުރި ފަރާތުން އެކުނި މެނޭޖުކުރުމުގައި އުފުލަންޖެހޭ އިތުރު ޒިންމާއަށެވެ. 

ކުނި އިންސިނަރޭޓްކުރުން: ކުނި އިންސިނަރޭޓް ކުރުން ކަމަށް ބުނެފައި އެވަނީ، ކޮންޓްރ ކުރެވިފައިވާ މާހައުލެއްގައި ކުނި ފުރިހަމައަށް އެންދުމަށެވެ.

ސިނާއީ ފެންވަރުގައި ކާދު ހެދުން: ސިނާއީ ފެންވަރުގައި ކާދު ހެދުން ކަމަށް ބުނެފައި އެވަނީ، އިގުތިސާދީ ފައިދާ ހޯދުމަށްޓަކައި، މަސައްކަތް ކުރުމަށް ވަކި ބިމެއް ހާއްސަކުރެވި، މެށިނަރީ ބޭނުންކޮށްގެން ދުވާލަކު 100 (ސަތޭކަ) ކިލޯއަށްވުރެ އިތުރަށް ކާދު ހެދުމުގެ މަސައްކަތްކުރުމަށެވެ.

ކުނި ކޮށި: ކުނި ކޮށި ކަމަށް ބުނެފައި އެވަނީ، އުކާލަން ގެންދާ ކުނި ޖަމާކުރުމަށް އިން ވަކި ކޮށްގެން ހަދާފައިވާ ައދި ކުނި އެޅުމަށް ތަންފީޒީ އިދާރާއިން ހުއްދަދީފައިވާ ތަންތަނަށެވެ.

ކުނި ރިކަވަރ ކުރުން: ކުނި ރިކަވަރ ކުރުން ކަމަށް ބުނެފައިވަނީ، އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ބައެއްކަހަލަ ބާވަތްތައް، އެއިން އިގްތިސާދީ މަންފާއެއް ހޯދުން، މިސާލަކަށް، މެޓީރިއަލްރިކަވަރީއަކީ ރީސައިކަލްކުރުން، އެނަރޖީ ރިކަވަރީ އަކީ އެއިން ހަކަތަ އުފެއްދުން އަދި ބައޮލޮޖިކަލް ރިކަވަރީ އަކީ ކޮމްޕޯޯސްޓް (ކާދު) ހެދުމެވެ.

ޕޮލިއުޓަރ ޕޭ ޕްރިންސިޕަލް: ޕޮލިއުޓަރ ޕޭޕްރިންސިޕަލް ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ކުރާ ކަމެއްގެ ސަބަބުން ތިމާވެށި ތަގައްޔަރުވެއްޖެނަމަ ނުވަތަ އެ ކުރިކަމަކީ ތިމާވެށި ތަގައްޔަރުވެދާނެ ކަމެއްކަމަށް ވާނަމަ އެފަރާތެއް އެކަމަކަށް ޒިންމާކުރުވުމުގެ އުސޫލަށެވެ.

 

ޖަދުވަލު (ހ) 

ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް

 

1 ވަނަ މާއްދާކުނި ނެގުން

ތިރީގައި ބަޔާންކޮށްފައި އެވަނީ، ކުނި ނެގުމުގައި އަމަލު ކުރަންޖެހޭ އެންމެ ދަށް މިންގަނޑެވެ. އެގޮތުން ހިދުމަތް ދިނުމުގެ ގޮތުން ކުނިނެގުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހުން ތިބެންވާނީ އެމީހުންގެ ހަށިގަނޑު ރަނގަޅަށް ނިވާކުރެވޭ ގޮތަށް ހެދުން އަޅައިގެންނެވެ. އެގޮތުން އަޅަންޖެހޭ ހެދުމުގައި އެކުލެވޭ ބައިތަކަކީ؛ 

(ހ) މިފަދަ މަސައްކަތަށް ހާއްސަކޮށްފައި ހުންނަ ބޫޓް.

(ށ) ފެނާއި ތޫނު އެއްޗެހި ފަސޭހައިން ނުވަންނަ ގޮތަށް ހަދާފަ ހުންނަ އަންގި.

 

1.1 ގޭގޭގައި އުފެދޭކުނި

(ހ) ކުނި ނަގަން އަންނަންދެން އެގެއެއްގައި ބަހައްޓާފައި ހުންނަ ކުނި ރައްކާތެރިގޮތެއްގައި މަތި ބަންދު ކުރެވޭ އެއްޗެއްގައި އެއްވެސް ލީކެއް ނުވާނެހެން ެބހެއްޓުމަކީ އެގެއެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެކެވެ.

(ށ) އުފެދޭކުނި ބަހައްޓަންވާނީ ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތާއި އެ ހިދުމަތް ލިބިގަންނަ ފަރާތް އެއްބަސްވެގެން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ނ)  ކުނި ނަގަން ދާފަރާތުން އެކުންޏެއް އެގެއަކުން ނަގައިގެން، ކުނި އުފުލާ އުޅަނދަކާ ހަމައަށް ދެވެންދެން އެނަގައިގެންދާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް އެޅިގެން ނުވާނެއެވެ.

(ރ) ކުނީގެ ތެރޭގައި ހުންނަ ކުނިވާޒާތުގެ ކުނި ނަގައިގެން ކުނި އުފުލާ އުޅަނދަކާ ހަމައަށް ގެންދެވެންދެން އެފަދަ ކުންޏެއް ހުންނަވާނީ އެއިން އުފެދޭ ފާދިޔަ އެ ކުންޏެއް އަޅާފައި ހުންނަ އެއްޗަކުން އެއްވެސް ވަރަކަށް ބޭރުނުވާނެހެން ރަނގަޅަށް ބަންދުކުރެވިފައެވެ.

(ބ) ކުނި ހުންނަންވާނީ އެކިއެކި ޖަނަވާރާއި ސޫފާސޫތްޕަށް ނުވަދެވޭނެހެން ރަނގަޅަށް ބަންދުކޮށްފައެވެ.

 

1.2 ވިޔަފާރި ކުރާ ތަންތަނުގައި އުފެދޭ ކުނި

(ހ) ވިޔަފާރިކުރާ ތަންތަނުގައި އުފެދޭ ކުނި އިމާރާތުން ބޭރުން މަގުމަތީގެ އެއްވެސް ތަނެއްގައި ވަގުތީގޮތުންވިއަސް ބަހައްޓައިގެން ނުވާނެއެވެ. މީގެ އިތުރުން އިމާރާތުގެ ތެރޭގައި ކުނި ބަހައްޓަންޖެހޭނީ އެތަންތަނަށް ވަދެނިކުމެ އުޅޭ ފަރާތްތަކަށް އުނދަގޫ ނުވާނެހެން ރަނގަޅަށް ބަންދުކޮށްފައެވެ. 

(ށ) ވިޔަފާރި ކުރާ ތަންތަނުގައި އުފެދޭ ކުނީގެ ތެރޭގައި ހުންނަ މިގަވާއިދުގައި ހާއްސަ ކުނިކަމަށް ބުނެފައިވާ ކުނި ހުންނަންވާނީ އެހެން ކުންޏާ ވަކިކޮށްފައެވެ.  

(ނ) މުއްދަތު ހަމަވުމުގެ ސަބަބުން ކުނީގެ ގޮތުގައި އުކާލުމަށް ވިޔަފާރިކުރާ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެތީގެ ބާވަތްތަކާ މެދު އަމަލުކުރާނީ އެކަންކަމާބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އާންމުކޮށްފައިވާ ކާބޯ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ. 

(ރ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ބަހައްޓަންވާނީ ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތާ ހިދުމަތް ލިބިގަންނަ ފަރާތާ ތަންފީޒީ އިދާރާއިން އެއްބަސްވެގެން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ބ) ކުނި ހުންނަންވާނީ އެކިއެކި ޖަނަވާރާއި ސޫފާސޫތްޕަށް ނުވަދެވޭނެހެން ރަނގަޅަށް ބަންދުކޮށްފައެވެ.

(ޅ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އުފެދޭކުނި އެތަނަކުން ނެރެންވާނީ ރަގަނޅަށް ބަންދުކޮށް އެތަނަކުން ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސްގޮތަކަށް އުނދަގޫ ނުވާނެގޮތަކަށެވެ.  

 

1.3  ރިޒޯޓުތަކުގައި އުފެދޭ ކުނި

(ހ) ރިޒޯޓުތަކުގައި އުފެދޭ ކުންޏާމެދު އަމަލުކުރަންވާނީ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

1.4 ގެދޮރު އިމާރާތްކުރުމާއި ތަޅާލުމުގައި އުފެދޭ ކުނި

(ހ) އިމާރާތެއް ކުރުމުގެ މަސައްކަތް ރާވައި ހިންގަންޖެހޭނީ އެކަމުގެ ސަބަބުން ވީހާވެސް މަދުން ކުނި އުފެދޭ ގޮތަކަށް ބަލައިގެންނެވެ.

(ށ) އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގައި އުފެދޭ ކުނި ވީހާވެސް މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަންވާނެއެވެ.

(ނ) އިމާރާތެއް ތަޅާލައިގެން އުފެދޭ ކުނި ވީހާވެސް ބޮޑަށް މަދުކުރުމަށްޓަކައި އޭގެތެރޭގައި ހުންނަ އަލުން ބޭނުންކުރެވިދާނެ އެއްޗެހި ވަކިކޮށް އެ އެއްޗެހި ބޭނުންކުރަންވާނެއެވެ. 

(ރ) އިމާރާތެއް ތަޅާލައިގެން އުފެދޭ ކުނި އުކާލެވެންދެން ބަހައްޓާފައި ހުންނަންވަނީ އޭގެ ސަބަބުން އެއްވެސް  ފަރާތަކަށް އުނދަގޫ ނުފޯރާާނެ ގޮތަކަށް އިމާރާތުގެ އިމުގެ ތެރޭގައެވެ. 

(ބ) އިމާރާތް ކުރުމާއި އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަންވާނީ އެކަމުގެ ސަބަބުން އުފެދޭ ކުނޑި ކޮންޓްރ އޭގެ ސަބަބުން ވަށައިގެންވާ މާހައުލަށް ގެއްލުންނުވާ ގޮތަށާއި އަދި އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫނުވާނެ ގޮތެއްގެ މަތިންނެވެ.

 

1.5 ދަނޑުވެރިކަމުގެ މަސައްކަތުން އުފެދޭ ކުނި

(ހ) ދަނޑުވެރިކަމުގެ މަސައްކަތުން އުފެދޭ ކުނީގެ ތެރޭގައި ހުންނަ މި ގަވާއިދުގައި ހާއްސަ ކުނިކަމަށް ބުނެފައިވާ ކުންޏާއި އެހެނިހެން ކުނި ހުންނަންވާނީ ވަކިކުރެވިފައެވެ.

(ށ) ދަނޑުވެރިކަމުގެ މަސައްކަތުން އުފެދޭ ކުނީގެ ތެރޭގައި ހުންނަ ފަނާވެދާ ޒާތުގެ ކުނި ވަޅުލެވިދާނެއެވެ. 

 

1.6 އޮޑިދޯޯނިފަހަރު ބަންނަ ތަންތަނާއި ވަޑާންގެތަކުގައި އުފެދޭ ކުނި

(ހ) އޮޑިދޯޯނިފަހަރު ބަންނަ ތަންތަނާއި ވަޑާންގެތަކުގައި އުފެދޭ ކުނީގެ ތެރޭގައި ހުންނަ މިގަވާއިދުގައި ހާއްސަ ކުނިކަމަށް ބުނެފައިވާ ކުނި ހުންނަންވާނީ މަތި ބަންދުކުރެވޭގޮތަށް ހުންނަ އެއްޗަކަށް އަޅައި ރައްކާތެރިކުރެވިފައެވެ.

(ށ) އޮޑިދޯޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ ތަންތަނާއި ވަޑާންގެތަކުގައި އުފެދޭ، ހާއްސަ ކުނީގެ ގޮތުގައި ނުހިމެނޭ ކުނި ހުންނަންވާނީ ވަޔާއެކު ފެތުރިގެން ނުދާނެހެންނެވެ.

 

2. އެއްގަމާ ކަނޑުގެ މަގުން ކުނި އުފުލުން

ތިރީގައި ބަޔާންކޮށްފައި އެވަނީ، އެއްގަމު މަގުންނާއި ކަނޑުމަގުން ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ގެންގުޅެންޖޭ އެންމެ ދަށް މިންގަނޑެވެ.

 

2.1 އެއްގަމު މަގުން ކުނި އުފުލުން

(ހ) އެއްގަމު މަގުން އެއްތަނުން އަނެއް ތަނަށް ކުނި ގެންދަންވާނީ އޭގައިހުރި ވަހާއި ކުނި މާހައުލަށް ނުފެތުރޭގޮތަށް ރަނގަޅަށް ނިވާކޮށްގެންނެވެ.

(ށ) ކުނި އުފުލާ އުޅަނދު ފަހަރު ގަވާއިދުން ދޮވެ ސާފުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) އެއްތަނުން އަނެއްތަނަށް ކުނި ގެންދަނީ އަތްގާޑިއަލެއް ނުވަތަ ބަރޯޯއެއްފަދަ އެއްޗެއްގައި ނަމަ އެއެއްޗެއް ހުންނަންވާނީ މާހައުލަށް ކުނި ނޭޅޭގޮތަށް އެތެރޭގައި ހިފެހެއްޓިފައެވެ. 

(ރ) ގޭބިސީގައި އުފެދޭ ކުނި އަމިއްލައަށް އުކާލަން ގެންދިޔުމުގައިވެސް އަމަލުކުރަންވާނީ ވަސްނުދުވާ ގޮތަށް އަދި ކުންޏާއި އޭގެ ދިޔަ މަގުމައްޗަށް ނޭޅޭގޮތަށެވެ.

 

2.2 ކަނޑު މަގުން ކުނި އުފުލުން 

 (ހ)  ކަނޑު މަގުން ކުނި އުފުލުމަށް އެއްވެސް އުޅަނދަކަށް ކުނި ބަރުކުރަންވާނީ އެއަށް ބަރުކުރާ ކުނީގެ އެއްވެސް މިންވަރެއް ވަށައިގެންވާ ސަރަހައްދަކަށް ނޭޅޭނެގޮތަކަށެވެ.

(ށ)  ކަނޑުގައި ދުއްވާ އެއްވެސް އުޅަނދަކަށް ކުނި ބަރުކުރުމަށްފަހު އެ އުޅަނދެއް ދުއްވަން ވާނީ އެއަށް ބަރުކޮށްފައި ހުރި އުޅަނދުން ކުނި ބޭރަށް ނުދާނެހެން މަތީގައި ސަތަރިގަނޑެއް ނުވަތަ އެފަދަ އެއްޗެއް އެޅުމަށްފަހު ރަނގަޅަށް ބަންދުކޮށްގެންނެވެ.

  

3. ކުނި ޓްރީޓް ކުރުން

ތިރީގައި ބަޔާންކޮށްފައިއެވަނީ ކުނި ޓްރީޓް ކުރުމުގައި ގެންގުޅެންޖެހޭ އެންމެ ދަށް މިންގަނޑެވެ. 

 

3.1 ކުނި އިންސިނަރޭޓް ކުރުން

(ހ)  އިންސިނަރޭޓް ކުރުމަށް އިންސިނަރޭށަން ޓެކްނޮލޮޖީގެ ބޭނުންހިފާއިރު އެކަމަށް ގައުމީ މިންގަނޑެއް ހެދިފައި ނެތްނަމަ އެކަމަށް ހެދިފައިހުރި ބައިނަލްއަގްވާމީ މިންގަނޑަކަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) އިންސިނަރޭށަން ޓެކްނޮލޮޖީގެ އެއްވެސް ބާވަތެއް ބޭނުންކުރާނަމަ އެފަދަ ޓެކްނޮލޮޖީ އެއް ގާއިމުކުރަންވާނީ ތަންފީޒީ އިދާރާއިން ހުއްދަދީފައިވާ ތަނެއްގައި މީހުންދިރިއުޅޭ ހިސާބާ ވީހާވެސް ދުރުގައެވެ.

(ނ)  އިންސިނަރޭށަން ޓެކްނޮލޮޖީގައި ދަގަނޑާއި ދަގަނޑުގެ ބާވަތްތަކާއި، ލަކުޑިއާއި ލަކުޑީގެ ބާވަތްތައް ފިޔަވައި ފަސޭހައިން އަންދާލެވޭ ކޮންމެ ކުންޏެއްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ނުރައްކާތެރި ކެމިކަލްގެ ގޮތުގައި ބެލެވޭ އެއްވެސް ބާވަތެއް އިންސިނަރޭޓް ކޮށްގެން ނުވާނެއެވެ.

(ރ)  ކުނި އިންސިނަރޭޓްކުރުމުން އުފެދޭ އަޅި ވަޅުލެވެންދެން ބަހައްޓާފައި ހުންނަންވާނީ ކޮންކްރީޓް ތަޅުމެއްގެ މަތީގައި ބުރައިގެންނުދާގޮތަށެވެ. އަދި އެފަދަ އަޅި ބަހައްޓާފައި ހުންނަ ތަނަކަށް އެމަސައްކަތުގައި އުޅޭ މުވަޒަފުން ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް ވަދެވިގެންނުވާނެއެވެ.

 

3.2 ކާދު ނުވަތަ ގަސްކާނާ އުފެއްދުން

(ހ) ކުނި ބޭނުންކޮށްގެން ގަސްކާނާ އުފައްދާނަމަ، އެކުނި އުފެދޭ ވަގުތުން ފެށިގެން އެކުންޏާއި އެހެނިހެން ކުނި، ހާއްސަކޮށް ކެމިކަލާއި ޕްލާސްޓިކުގެ ބާވަތްތައް ނުވަތަ އެއްވެސް ބާވަތެއްގެ ވިހަ މާއްދާއެއް އެކުލެވޭ ބާވަތްތައް ވީހާވެސް ބޮޑަކަށް ވަކި ކުރަންވާނެއެވެ.

(ށ) ތިތެރޭގައި ގަސްކާނާ އުފައްދާނަމަ އެކަން ކުރަންވާނީ އޭގެ ސަބަބުން އަވައްޓެރިންނަށް އެއްވެސް ކަހަލަ އުނދަގުލެއް ނުފޯރާފަދަ ގޮތެއްގައެވެ. 

(ނ) ބިންމަތީގައި ފުނި ޖަހައިގެން ގަސްާކނާ އުފައްދާނަމަ އެކަން ކުރަންވާނީ ފުނި ޖަހާފައި ހުންނަ ކުނިން އުފެދޭ ދިޔަ ބިންގަނޑުގެ ތެރެއަށް ފޭދިގެން ނުދާނޭފަދަ ގޮތަކަށް އެއްޗެއް ބިންމަތީގައި ފަތުރައި އޭގެ މަތީގައެވެ.

(ރ) ކާދު ތައްޔާރުކުރުމަށް ޖަހާ ފުނި ހުންނަންވާނީ ބޭރުން ވަންނަ ޖަނަވާރާއި ސޫފާސޫފިތަކަށް ނުވަދެވޭފަދަ ގޮތަކަށެވެ. އަދި އެއިން އަރާ ކުނިވަސް ފެތުރިގެން ނުދާނެހެން އޭގެ މަތީގައި އަވަހަށް ފަނާވެދާ ޒާތުގެ ހިކި އެއްޗަކުން ފަށަލައެއް އަޅައި ރަނގަޅަށް ނިވާކުރަންވާނެއެވެ.

(ބ) ގަސްކާނާ ހެދުމަށް ޖަހާ ފުނި ހުންނަންވާނީ ބޯކޮށް ވާރޭވެހި ފެން ހެދުނު ކަމުގައި ވިޔަސް އެފުނީގައި ހުރި ކުނި ފެނާއެކު މުޅިތަނަށް ފެތުރިގެން ނުދާނެހެން ރައްކާތެރި ގޮތަކަށެވެ.

(ޅ) ގަސްކާނާ ހެދުމަށް ޖަހާ ފުނީގެ ފިނި ހޫނުމިން ގަވައިދުން ބަލައި ހޫނުމިން މައްޗަށްދާނަމަ ދަށްކުރުމަށްޓަކައި ފެންއަޅައިގެން ތެންމަންވާނެއެވެ. 

 

3.3 ކުނި އެންދުން

(ހ) ކުނި އަންދަންވާނީ ކޮންމެހެން އަންދަންޖެހިއްޖެ ހާލަތެއްގައި ކޮންމެހެން އަންދަންޖެހޭ ކުންޏެވެ.

(ށ) އެންދޭނީ އޭގެ ޒާތުގައި ފަނާވެދާފަދަ ކުނި އެކަންޏެވެ.

(ނ) ކުނި އަންދަންވާނީ ބިމުން މައްޗަށް 1 (އެކެއް) ފޫޓް ހުންނަ އަންދާ އަށްޓެއްގެ މަީތގައި ރަނގަޅަށް ވައިދައުރުވާ ގޮތަށެވެ.

(ރ) ކުނި އެންދުމުން އަރާ ދުމުގެ އަސަރު މީހުންދިރިއުޅޭ ސަރަހައްދަށް ކުޑަވާނެގޮތުގެ މަތިން ވައިޖެހޭ ދިމާއަށާއި ވައިޖެހޭ ބާރުމިނަށް ބަލަންވާނެއެވެ.

(ބ) ކުނި އެންދުމުގެ މަސައްކަތް ކުރާ މީހާ ހުންނަންވާނީ، އޭނާގެ ހަށިގަނޑަށް ދުމުގެ އަސަރުން ނުރައްކާ ނުވާނެފަދަ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

(ޅ) ކުނި އަންދާ ތަނުގައި އަލިފާން ނިއްވާނެ އިންތިޒާމެއް ހަމަޖެހިފައި ހުންނަންވާނެއެވެ. 

(ކ) ކުނި އަންދާ ތަނުގައި ފަސްޓްއެއިޑް ކިޓެއް ހުންނަންވާނެއެވެ.

  

4. ކުނި ގުދަންކުރުން

ތިރީގައި ބަޔާ ްނކޮށްފައި އެވަނީ، ކުނި ގުދަންކުރުމަށްޓަކައި ހަދާ ތަންތަނުގައި ހުންނަންޖެހޭ އެންމެ ދަށް މިންގަނޑެވެ.

(ހ) ކުނި ގުދަންކުރުމަށް ހަދާ ތަންތަން ހުންނަންވާނީ އެތަނެއްގައި ބެހެއްޓޭ ކުނި ވާރެއިން ރައްކާތެރިކުރެވިފައެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން އެތަނެއްގައި ބެހެއްޓިފައި ހުންނަ ކުންޏަށް ފެނުގެ އަސަރު ނުފޯރާފަދަ ގޮތަކަށާއި އެކި ބާވަތުގެ ސޫފާސޫފިން ރައްކާތެރިކުރެވިފައެވެ. 

(ށ) ކުނި އަޅާފައި ހުންނަންވާނީ އެސަރަހައްދުގެ ހަމަބިމަށްވުރެ 1/2 ފޫޓް އުސް ތަޅުމެއްގެ މަތީގައެވެ.

(ނ)  ކުނި އަޅާ ތަންތަން ހުންނަންވާނީ އެތަނެއްގެ ވަށައިގެން ފެންސު ޖަހައި ނުވަތަ ފާރު ރާނައި ރަނގަޅަށް ބަންދުކުރެވިފައެވެ.

(ރ) ފަނާވެދާ ޒާތުގެ ކުނި އެންމެ ދިގު މުއްދަތަކަށް ގުދަންކުރެވޭނީ 3 (ތިނެއް) މަސްދުވަހަށެވެ.

(ބ) ކުުނި ގުދަންކުރުމަށް ހަދާ ތަންތަން ހެދުމުގެ ކުރިން އެކަމަށް އެހެން ގަވާއިދަކުން ކުރުމަށް ލާޒިމުކުރާކަމެއްވާނަމަ އެކަމެއް ކުރަންވާނެއެވެ.

(ޅ) ކުނި ގުދަންކުރާ ތަނުގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހުންނަންވާނީ މި ޖަދުވަލުގެ 5 ވަނަ ނަންބަރުގެ (އ) ގެ ދަށުގައި ހިމަނާފައިވާ ކުރެހުމާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

5. ކުނިކޮށި ބެލެހެއްޓުން

ތިރީގައި ބަޔާންކޮށްފައި އެވަނީ، ކުނިކޮށި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އެންމެ ދަށް މިންގަނޑެވެ.

(ހ) ކުނި އަޅާ ތަންތަން ހުންނަންާވނީ އެތަނެއްގެ ވަށައިގެން ފެންސް ޖަހައި ނުވަތަ ފާރު ރާނައި ރަނގަޅަށް ބަންދުކޮށްފައެވެ.

(ށ)  ކުނިކޮށީގައި އެތަނަކަށް ކުނި އެޅުމުގައި އަމަލުކުރާނެ ގޮތުގެ ލިއުމެއް އާންމުކޮށް ފެންނާނެހެން ހުންނަންވާނެއެވެ. އެލިއުމުގައި ކޮންމެހެން ހުންނަން ޖެހޭނެ ބައިތަކަކީ؛

  1. ކުނިކޮށި ހުޅުވިފައިހުންނަ ގަޑިތައް.
  2. އެތަނަކަށް އެޅޭނެ ކުނީގެ ބާވަތްތައް.
  3. އެތަނަކުން ނަގާ ފީ.
  4. ކަމާ ނުބެހޭ މީހުން ވަދެއުޅުން މަނާކަން.

(ނ) ކުނިކޮށި ހުޅުވާފައި ހުންނަ ގަޑިތަކުގައި އަބަދުވެސް އެތަން ބަލަހައްޓާނެ މުވައްޒަފެއް ހުންނަންވާނެއެވެ.

(ރ) ކުނި އަޅަންވާނީ ކުނިކޮށި ބަލަހައްޓާ ފަރާތުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ބ) ކުނިކޮށި ބަލަހައްޓާ މުވައްޒަފުން ޑިއުޓީގައި ތިޭބއިރު އަބަދުވެސް ތިބެންވާނީ ހަށިގަނޑު ރަނގަޅަށް ނިވާކުރެވޭގޮތަށް ހެދުން އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

(ޅ) ކުނި ކޮށީގައި އަލިފާން ނިއްވާނެ އިންތިޒާމެއް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ކ) ކުނި ކޮށީގައި ފަސްޓުއެއިޑް ކިޓެއް ހުންނަންވާނެއެވެ.

(އ) ކުނި ކޮށީގައި ހުންނަންޖެހޭ އަސާސީ ސިފަތައް ދައްކައިދޭ ކުރެހުމެއް ތިރީގައި މިވަނީއެވެ.

 

 

(މި ގަވާއިދުގެ އިތުރު ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު