ގުދްރަތީ ނުވަތަ ތަބިއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 2018-107)
1 ވަނަ މާއްދާ - ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދަށް އަމަލުކުރަން ފެށުން 3.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ވަކިވަކި ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ގޮތުން އެކުލަވައިލާފައިވާ ހާއްސަ ގަވާއިދުތައް މި ގަވާއިދު ތަންފީޛުކުރުމުގައި އިސްތިސްނާވާނެއެވެ. އަދި މިގޮތުގެމަތިން، އިސްތިސްނާކުރެވުނު ގަވާއިދުތައް ތިރީގައި މިވަނީއެވެ.
- ގަވާއިދު ނަންބަރު: 2012-23 (ބ. އަތޮޅު ހަނިފަރު ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)
- ގަވާއިދު ނަންބަރު: 2018-105 (އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)
- ގަވާއިދު ނަންބަރު: 2018-106 (ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު