-

ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު

(ގާނޫނު ނަންބަރު 2020-13)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ އެކައުންޓަންސީ ޕްރޮފެށަނާގުޅޭ ކަންކަން، ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެށަނެއް ގާއިމުކޮށް، އެ ޕްރޮފެށަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި، "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ގާނޫނީ ށަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެންބަރުންގެ ށަރުތުތަކާއި، އެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، އެނޫންވެސް ކަންކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) އެކައުންޓަންސީ ޕްރޮފެށަން ދިވެހިރާއްޖޭގައި ކުރިއެރުވުމާއެކު، އެކައުންޓެންޓުންގެ ޕްރޮފެށަނެއް ގާއިމުކޮށް ތަރައްގީކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައަޅައި، އެ ޕްރޮފެށަނާގުޅޭ ކަންކަން ތަންޒީމުކުރާނެ ވަކި ގާނޫނީ ށަހްސެއް އުފެއްދުން؛

(ށ) ދިވެހިރާއްޖޭގެ އެކައުންޓެންޓުންގެ ޕްރޮފެށަންގައި މަސައްކަތްކުރާ ފަރާތްތަކަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކަށް އަހުލުވެރި، އެ ދާއިރާގެ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން؛

(ނ) އެކައުންޓެންޓުންގެ ޕްރޮފެށަންގައި މަސައްކަތްކުރާ ފަރާތްތަކަކީ، ރަނގަޅު ފެންވަރުގައި، އަދި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުން؛

(ރ) ޕްރައިވެޓް ސެކްޓަރއިން އަމަލުކުރަންޖެހޭ ފައިނޭންށަލް އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަޑްތަކާއި، އެނޫންވެސް އެ ދާއިރާގައި އަމަލުކުރެވޭ އުސޫލުތައް ކަނޑައެޅުން؛ އަދި

(ބ) ޕަބްލިކް ސެކްޓަރގައި ބޭނުންކުރާނެ ފައިނޭންށަލް އެކައުންޓިންގ ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކަށް ފަންނީގޮތުން އެހީތެރިވުން.

 

ދެވަނަ ބާބު

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް

 

3 ވަނަ މާއްދާ - އިންސްޓިޓިއުޓް ގާއިމުކުރުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ކަންކަން ހިންގުމާއި، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ށަހްސެއް އުފެދުނީއެވެ.

 

4 ވަނަ މާއްދާ - ސިއްކަ

އިންސްޓިޓިއުޓްގެ ސިއްކައެއް އޮންނަންވާނެއެވެ.  މި ސިއްކަ ބޭނުންކުރަންވާނީ، ކައުންސިލުގެ ބެލުމުގެ ދަށުން އެފަރާތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ މަގްސަދުތައް

އިންސްޓިޓިއުޓްގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި އެކައުންޓަންސީ ޕްރޮފެށަން ރެގިއުލޭޓްކޮށް ކުރިއެރުވުން؛

(ށ) އިންސްޓިޓިއުޓްގެ މެންބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން؛

(ނ) އެކައުންޓަންސީ ޕްރޮފެށަންގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަކީ، އެކައުންޓަންސީ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތްކުރުން؛

(ރ) އެކައުންޓަންސީ ޕްރޮފެށަންގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް މަގުފަހިކޮށްދިނުން؛

(ބ) އިންސްޓިޓިއުޓްގައި ރަޖިސްޓަރީވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ޕްރޮފެށަނަލް ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، އެ ފަރާތްތަކުނަ އެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރާކަން ބަލަމުން ގެންދިއުން؛ އަދި

(ޅ) އެކައުންޓަންސީ ޕްރޮފެށަން ދިވެހިރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ އެނޫންވެސް ކަންކަން ކުރުން.

 

6 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ ބާރުތައް

މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އަންނަނިވި މަސްއޫލިއްޔަތުތަކާއި ބާރުތައް އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެކައުންޓަންސީ ޕްރޮފެށަންގެ ފަންނީ އިންސްޓިޓިއުޓަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން؛

(ށ) މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރުމާއި، އިންސްޓިޓިއުޓްގެ މެންބަރުންނަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ފަންނީ މައިދާނުގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުން؛

(ނ) ފައިނޭންށަލް އެކައުންޓިންގގެ އިލްމާއި، މެނޭޖްމަންޓް އެކައުންޓިންގގެ އިލްމާއި، އޮޑިޓިންގ އަދި އެށޫރެންސްގެ އިލްމު ފޯރުކޮށްދިނުން؛

(ރ) އިންސްޓިޓިއުޓްގެ ފައިނޭންށަލް އެކައުންޓިންގ ޕްރޮގްރާމްތަކާއި، މެނޭޖްމަންޓް އެކައުންޓިންގ ޕްރޮގްރާމްތަކާއި، ޕްރޮފެށަނަލް ޕްރޮގްރާމްތަކާއި، އެކައުންޓިންގ ޓެކްނިށަން ޕްރޮގްރާމްތަކުގެ މުގައްރަރު ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ދިވެހިރާއްޖޭގައި ތައުލީމުދޭ މަރުކަޒުތަކަށް ދިނުމާއި، އިންސްޓިޓިއުޓުން އަމިއްލައަށް އެފަދަ ޕްރޮގްރާމްތައް ހިންގުން؛

(ބ) ޕްރައިވެޓް ސެކްޓަރގައި އަމަލުކުރުން ލާޒިމުވާ ފައިނޭންށަލް އެކައުންޓިންގ ސްޓޭންޑަޑްތަކާއި، އޮޑިޓިންގ ސްޓޭންޑަޑްތައް ކަނޑައަޅައި، އެ ސްޓޭންޑަޑްތައް އަމަލީ މައިދާނުގައި ތަންފީޛުކުރުން؛

(ޅ) ޕްރައިވެޓް ސެކްޓަރގައި އަމަލުކުރެވޭ ފައިނޭންށަލް އެކައުންޓިންގ ސްޓޭންޑަޑްތަކާއި، އޮޑިޓިންގ ސްޓޭންޑަޑްތަކާއި، އެކައުންޓިންގއާގުޅޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމާއި އަދި އެ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން؛ އަދި

(ކ) މި ގާނޫނުގައި އިންސްޓިޓިއުޓާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެނޫންވެސް ކަންކަން ކުރުން.

 

ތިންވަނަ ބާބު

އިންސްޓިޓިއުޓްގެ މެންބަރުންނާއި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭ އެހެން ފަރާތްތައް

 

7 ވަނަ މާއްދާ - އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭ ފަރާތްތައް

އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭނީ، އަންނަނިވި ފަރާތްތަކެވެ.

(ހ) އިންސްޓިޓިއުޓްގެ މެންބަރުން؛

(ށ) އެފިލިއޭޓުން؛

(ނ) ސްޓޫޑެންޓުން؛ އަދި

(ރ) އެކައުންޓެންޓްސް އިން ބިޒްނަސް.

 

8 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ މެންބަރުން

(ހ) އިންސްޓިޓިއުޓްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެސޯސިއޭޓް މެންބަރުންނާއި، ފެލޯ މެންބަރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންސްޓިޓިއުޓްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެވޭނީ، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނެއްގެ "މެންބަރ އިން ގުޑް ސްޓޭންޑިންގ" އަށެވެ.

 

9 ވަނަ މާއްދާ - އެސޯސިއޭޓް މެންބަރުން

(ހ) އިންސްޓިޓިއުޓްގެ އެސޯސިއޭޓް މެންބަރުންނަކީ އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އޯގަނައިޒޭށަނެއްގެ އެސޯސިއޭޓް މެންބަރުންނެވެ.

(ށ) އެސޯސިއޭޓް މެންބަރެއްގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީވާ އެންމެހައި މެންބަރުންނަށް، އެ މެންބަރުންނަކީ އިންސްޓިޓިއުޓްގެ އެސޯސިއޭޓް މެންބަރުންކަން ރަމްޒުކޮށްދިނުމުގެ ގޮތުން، އެ މެންބަރުންގެ ނަމުގެ ފަހަތަށް "ACA" މި ތިން އަކުރު ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ފެލޯ މެންބަރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފެލޯ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭންވާނެއެވެ.

(ށ) އެސޯސިއޭޓް މެންބަރެއްގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތެއް، ޕްރެކްޓިސްގައި، ނުވަތަ ކޮމާރސް އިންޑަސްޓްރީގައި، ނުވަތަ މަތީ ތައުލީމުދޭ މަރުކަޒެއްގެ ލެކްޗަރާރއެއްގެ ގޮތުގައި ނުވަތަ އެކައުންޓެންޓް އިން ބިޒްނަސްއެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހު މަސައްކަތް ކޮށްފައިވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންސްޓިޓިއުޓްގެ ފެލޯ މެންބަރެއްގެ ގޮތުގައި އެ ފަރާތެއް ރަޖިސްޓަރީކޮށްދޭންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ފެލޯ މެންބަރުންގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކޮށްދެވޭ ފަރާތްތަކަށް، އެ މެންބަރުންނަކީ އިންސްޓިޓިއުޓްގެ ފެލޯ މެންބަރުންކަން ރަމްޒުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކުގެ ނަމުގެ ފަހަތަށް "FCA" މި ތިން އަކުރު ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭ އެހެނިހެން ފަރާތްތައް

(ހ) އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް، އިންސްޓިޓިއުޓްގެ މެންބަރުން ކަމުގައި ނުވާގޮތަށް، އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރުމުގެ އިންތިޒާމު ކައުންސިލުން ހަމަޖައްސަންވާނެއެވެ.

(ށ) އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރުމަކީ، އެ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) އެކައުންޓަންސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުން، އިންސްޓިޓިއުޓުން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށް، އަހަރަކު އެއް ފަހަރު ފުރިހަމަކުރަންޖެހޭ ސީ.ޕީ.ޑީ ހަމަކުރަމުންދާކަން ކަށަވަރުކުރުމަކީ ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަސް ހަމަވުމަށްފަހު، އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކަށް މަސައްކަތްކުރެވޭނީ، އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެކަން އިސްލާހުކުރުމަށް ނަސޭހަތްދިނުމަށްފަހު، އިސްލާހުނުކޮށްފިނަމަ،  އެ ފަރާތެއް   1,000 (އެއްހާސް) ރުފިޔާއާއި 15,000 (ފަނަރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ޅ) އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނެއްގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެ ކިޔަވަމުންދާ ފަރާތްތައް، އިންސްޓިޓިއުޓްގެ މެންބަރުންނަށް ނުވާ ގޮތަށް، ސްޓޫޑެންޓުންގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސަންވާނެއެވެ.

(ކ) އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނެއްގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެ ފާސްވެފައިވާ ފަރާތްތައް، ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން ހުއްދަކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެ ފާސްވެފައިވާ ފަރާތްތައް، އެފިލިއޭޓުންގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސަންވާނެއެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުން

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން  1(އެކެއް) އަހަރު ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭނެ އިންތިޒާމް، އިންސްޓިޓިއުޓުން ހަމަޖައްސަންވާނެއެވެ.

(ށ) އިންސްޓިޓިއުޓްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކާއި، އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރެވޭ އެނޫން ފަރާތްތަކުގެ ރަޖިސްޓަރީ، އިންސްޓިޓިއުޓްގެ ފަރާތުން ބަލަހައްޓައި، އެ ރަޖިސްޓަރީގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 

13 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތުތައް

އިންސްޓިޓިއުޓްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ށަރުތުތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛

(ށ) ބުއްދި ސަލާމަތުން ހުރުން؛

(ނ) އިފްލާސްކުރެވިފައިވާ ފަރާތެއް ކަމުގައިނުވުން؛

(ރ) ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ ފަރާތެއް ކަމުގައިވުން؛ އަދި

(ބ) ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތެއްނަމަ، ހުކުމް ތަންފީޛުކޮށް ނިމުނުތާ  2 (ދޭއް) އަހަރު ދުވަސް ވެފައިވުން.

 

14 ވަނަ މާއްދާ - ރަޖިސްޓަރީން ނަން އުނިކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިންސްޓިޓިއުޓްގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތެއް، އިންސްޓިޓިއުޓުން ވަކިކޮށް، އޭނާގެ ނަން ރަޖިސްޓަރީން އުނިކުރުމުގެ ބާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

  1. ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތެއް ނިޔާވުން؛ ނުވަތަ
  2. ރަޖިސްޓަރީން ނަން އުނިކޮށްދިނުމަށް އެ ފަރާތުން އެދުމުން؛
  3. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީވުމަށް ނުވަތަ އިންސްޓިޓިއުޓުން ފޯރުކޮށްދޭ ވަކި ހިދުމަތްތަކަށް ކަނޑައެޅޭ ފީތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ދައްކާފައި ނުވުން؛
  4. މި ގާނޫނުގައި ބަޔާންކުރާ ށަރުތެއް އެ ފަރާތުގެ ކިބައިން އުނިވުން؛ އަދި
  5. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފަންނީ އަދި ސުލޫކީ މިންގަނޑުތަކާ ހިލާފުވުން.

(ށ) މި މާއްދާގެ ދަށުން އެއްވެސް ފަރާތެއްގެ ނަން ރަޖިސްޓަރީން އުނިކުރެވިއްޖެނަމަ، އެ ފަރާތެއް އަލުން ރަޖިސްޓަރީގައި ހިމަނައިދެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

މަސައްކަތްކުރުމުގެ ހުއްދަ

 

15 ވަނަ މާއްދާ - މަސައްކަތްކުރުމުގެ ހުއްދަ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު ލިބިގެންވަނީ އިންސްޓިޓިއުޓަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމަށްޓަކައި ދޫކުރަންޖެހޭ ހުއްދަތައް، ދޫކުރެވޭނެ އިންތިޒާމް އިންސްޓިޓިއުޓުން ހަމަޖައްސަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތްދޭ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ކައުންސިލުން މަސައްކަތްކުރުމުގެ ހުއްދަ ދޫކުރަން ފެށުމަށްފަހު، އެ ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތް ދީގެންނުވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތްދޭ ފަރާތްތަކަށް ކިޔާނީ "ލައިސަންސްޑް އޮޑިޓަރުން" ނެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މި ގާނޫނުގެ ދަށުން މަސައްކަތްކުރުމުގެ ހުއްދަ ދޫކުރަން ފަށާ ތާރީހާ ހަމައަށް، ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން މަސައްކަތްކުރުމުގެ ހައްގު، އެ ހުއްދައެއް ލިބިފައިވާ ފަރާތަށް ލިބިގެންވެއެވެ.

(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަސް ހަމަވާ ތާރީހުގައި ދައުލަތުގެ މުއައްސަސާތަކުން ދޫކޮށްފައިވާ ގާނޫނީ އޮޑިޓުކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަތައް ބާތިލުވީއެވެ.

 

ފަސްވަނަ ބާބު

އިންސްޓިޓިއުޓްގެ ކައުންސިލް

 

16 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ ކައުންސިލް

(ހ) އިންސްޓިޓިއުޓްގެ ކަންކަން ރާވައި ހިންގާނީ އިންސްޓިޓިއުޓްގެ ކައުންސިލުންނެވެ. ކައުންސިލް އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.

  1. އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ރައީސްގެ ގޮތުގައި އިންތިހާބުކުރެވޭ 1 (އެކެއް) މެންބަރު؛
  2. އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސްގެ ގޮތުގައި އިންތިހާބުކުރެވޭ 1 (އެކެއް) މެންބަރު؛
  3. އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ މެންބަރުންގެ ގޮތުގައި އިންތިހާބުކުރެވޭ 4 (ހަތަރެއް) މެންބަރުން؛
  4. އޮޑިޓަރ ޖެނެރަލް؛
  5. ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން؛
  6. ދައުލަތުގެ ފައިނޭންށަލް ކޮންޓްރޯލަރ.

(ށ) ކައުންސިލުގެ ދައުރުގެ ތެރޭގައި، އެއްވެސް ސަބަބަކާހުރެ އިންތިހާބުކޮށްފައިވާ މަގާމެއް ހުސްވެއްޖެނަމަ، އެ ހުސްވާ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރުމަށްޓަކައި، އެ މަގާމެއް ހުސްވާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންވާނެއެވެ. މިގޮތުން އިންތިހާބުވާ މަގާމެއްގެ މުއްދަތަކީ، ކައުންސިލުގެ ހިނގަމުންދާ ދައުރު ނިމެންދެނެވެ.

 

17 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ ށަރުތުތައް

ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތަކަށްވުން؛ އަދި

(ށ) އިންސްޓިޓިއުޓްގެ ފެލޯ މެންބަރެއް ކަމުގައިވުން.

 

18 ވަނަ މާއްދާ - ކައުންސިލުގެ އިންތިހާބު

(ހ) ކައުންސިލުގައި ހިމެނޭ މެންބަރުންގެ ތެރެއިން، މި ގާނޫނުގެ  16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން އިންތިހާބުކުރާނީ އިންސްޓިޓިއުޓްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) މި ގާނޫނުގެ ދަށުން އިންސްޓިޓިއުޓްގެ ކައުންސިލަށް އިންތިހާބުކުރެވޭ 6 (ހައެއް) މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިހާބު މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތިގާލީ ކައުންސިލުގެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން ބާއްވަންވާނެއެވެ.

(ނ) އިންސްޓިޓިއުޓްގެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުތައް ބާއްވާނީ، ކައުންސިލުން ކަނޑައަޅާ އިއުލާނުކުރާ އިންތިހާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލުގެ ފަރާތުންނެވެ.

(ރ) މި ގާނޫނުގެ ދަށުން އިންސްޓިޓިއުޓްގެ ކައުންސިލަށް އިންތިހާބުކުރެވޭ ކައުންސިލުގެ މެންބަރުންގެ ދައުރު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން ކައުންސިލް އިންތިހާބު ބާއްވަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންތިހާބުގައި ވޯޓުލެވޭނީ، މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އިންތިގާލީ ކައުންސިލުގެ ދައުރު ހަމަވުމުގެ 90 (ނުވަދިހަ) ދުވަސް ކުރިން، އިންސްޓިޓިއުޓްގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

 

19 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން މަގާމުން އިސްތިއުފާދިނުމާއި މެންބަރުކަމުން ވަކިވުން

(ހ) ކައުންސިލުގެ އެއްވެސް މެންބަރަކު މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ކައުންސިލުގެ ރައީސަށް ލިޔުމަކުން އެންގުމުން، އެ މެންބަރަކު މަގާމުން ވަކިވީއެވެ.

(ށ) ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ކައުންސިލަށް ލިޔުމަކުން އެންގުމުން، ކައުންސިލަށް ލިބުމުން، މަގާމުން ވަކީވީއެވެ.

(ނ) ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުކުރެވޭ މެންބަރުން، ކައުންސިލުގެ މެންބަރުކަމުން ވަކިވީ ކަމުގައި، އަންނަނިވި ހާލަތްތަކުގައި ބެލެވޭނެއެވެ.

  1. މަރުވުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަ ހާލަތެއް މެދުވެރިވުން؛
  2. އިސްތިއުފާ ދިނުން؛
  3. މި ގާނޫނުގައިވާ ގޮތުގެމަތިން އިންސްޓިޓިއުޓްގެ މެންބަރުކަމުން ވަކިކުރުން؛
  4. މި ގާނޫނުގައި އިންސްޓިޓިއުޓްގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމު ށަރުތެއް އުނިވުން؛
  5. މަގުބޫލު އުޒުރެއް ނެތި، ވިދިވިދިގެން ކައުންސިލުގެ  3 (ތިނެއް) ޖަލްސާއަށް މެންބަރަކު ހާޒިރުނުވުން.

 

20 ވަނަ މާއްދާ - ކައުންސިލުގެ ދައުރު

(ހ) ކައުންސިލުގެ ދައުރަކީ، ކައުންސިލަށް މެންބަރުން އިންތިހާބުކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ.

(ށ) ހިނގަމުންދާ ކައުންސިލުގެ ދައުރުގެ ތެރެއިން، ކައުންސިލުގެ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމަށް މީހަކު ހޮވުމަށް އިންތިހާބު ބާއްވާނީ އެ ދައުރުގެ ބާކީ އޮތް މުއްދަތު  6 (ހައެއް) މަސްދުވަހަށްވުރެ ދިގު ނަމައެވެ. ކައުންސިލުގެ ދައުރު ހަމަވާން 6 (ހައެއް) މަސް ދުވަހަށް ވެފައިވަނިކޮށް، ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން އެ މަގާމަށް މެންބަރެއް އައްޔަންކުރާނީ، ކައުންސިލުންނެވެ.

(ނ) ކައުންސިލުގެ ދައުރުގެ ތެރޭގައި ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެގެން ކައުންސިލަށް އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ، އެ މެންބަރަކު ކައުންސިލަށް އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ތާރީހުން ފެށިގެން، ކައުންސިލުގެ ދައުރުގެ ބާކީ އޮތް މުއްދަތެވެ.

(ރ) ކައުންސިލުގެ މެންބަރުކަމުގެ މަގާމަށް އިންތިހާބުކުރާ އެއްވެސް ފަރާތަކުން، ވިދިވިދިގެން 2 (ދޭއް) ދައުރު ފުރިހަމަކޮށްފައިވާނަމަ، އެ ފަރާތަކަށް ވިދިގެން އަންނަ ކައުންސިލުގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން، ގާނޫނީ އަދަދާއި ވޯޓުދިނުން

(ހ) ކައުންސިލުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ކައުންސިލުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންނެވެ. އަދި ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވުމުންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މަދުވެގެން މަހަކު އެއް ފަހަރު ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބާރުތަކާއި، މަސްއޫލިއްޔަތުތައް

އިންސްޓިޓިއުޓް ހިންގައި ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އޭގެ އިތުރުން، ކައުންސިލުގެ ބާރުތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) އިންސްޓިޓިއުޓްގެ މެންބަރަކަށް ވުމަށްޓަކައި، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަންތަކުގެ ތެރެއިން އިންސްޓިޓިއުޓުން ގަބޫލުކުރާ އޯގަނައިޒޭށަންތައް ކަނޑައެޅުމާއި، ތައުލީމު ހާސިލުކުރަންޖެހޭ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތަކަށް ހުއްދަދިނުމާއި، ކަމާގުޅޭ އިމްތިހާންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސްޓިޓިއުޓްގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކުގެ ގިންތިތައް ކަނޑައެޅުމާއި، އިންސްޓިޓިއުޓްގެ ރަޖިސްޓަރީގައި އެ ފަރާތްތައް ހިމަނައި، އެ ރަޖިސްޓަރީ ބެލެހެއްޓުން؛

(ނ) ސްޓޫޑެންޓުންނާއި އެފިލިއޭޓުން ސުޕަވައިޒްކުރުމާއި، ސްޓޫޑެންޓުންނާއި އެފިލިއޭޓުންގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރަން އެދޭ ފަރާތްތައް އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރުމާއި، އެ ފަރާތްތައް އިންސްޓިޓިއުޓްގެ މެންބަރުންނަށްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ކަނޑައެޅުން؛

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި އިންސްޓިޓިއުޓްގައި ރަޖިސްޓަރީވާންޖެހޭ ފަރާތްތައް، މި އިންސްޓިޓިއުޓްގައި ރަޖިސްޓަރީ ނުވެއްޖެނަމަ، އެފަރާތްތަކާމެދު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

(ބ) ޕްރައިވެޓް ސެކްޓަރގެ އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަޑްތައް ކަނޑައެޅުން؛

(ޅ) ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަނާބެހޭ އުސޫލުތައް ތައްޔާރުކޮށް އާންމުކުރުން؛

(ކ) މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޓީތައް އެކުލަވާލުން؛

(އ) މެންބަރެއްގެ ސުލޫކާ ގުޅުންހުރި މައްސަލައެއް، ސުލޫކީ ކޮމިޓީގެ ލަފަޔާއެކު، އެފަދަ މައްސަލަތައް އިތުރަށް ތަހްގީގުކުރުމަށްޓަކައި ކަމާބެހޭ ތަހްގީގީ އިދާރާއަށް ހުށަހެޅުމާމެދު ގޮތެއް ނިންމުން؛

(ވ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމާ ގުޅޭގޮތުން ނުވަތަ ކައުންސިލުގެ ބާރުތަކާ ގުޅޭގޮތުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅޭގޮތުން، ނުވަތަ ކައުންސިލް ހިންގުމާ ގުޅޭގޮތުން، މި ގާނޫނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.

(މ) މި ގާނޫނުގެ ދަށުން ކައުންސިލުން އެކުލަވާލާ ކޮމިޓީތަކުން ކައުންސިލުގެ ލަފަޔަކަށް އެދިއްޖެނަމަ، އެ ކަމާގުޅޭގޮތުން ލަފާ ދިނުން؛

(ފ) ޕަބްލިކް ސެކްޓަރގައި ބޭނުންކުރާނެ ފައިނޭންށަލް އެކައުންޓިންގ ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ދ) އިންސްޓިޓިއުޓްގެ މެންބަރުންގެ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ހާސިލްކުރަންޖެހޭނެ ކަންތައްތައްތަކާއި މެންބަރުންގެ ފެންވަރު ބަލައި ވަޒަންކުރެވޭނެ އުސޫލުތައް ކަނޑައެޅުން؛ އަދި

(ތ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓިޓިއުޓްގެ އަހަރީ އާންމު ޖަލްސާ ބޭއްވުން.

 

23 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ ސީ.އީ.އޯ އައްޔަންކުރުމާ އަދި ވަސީލަތްތައް ގާއިމުކުރުން

ކައުންސިލުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި އިންތިގާލީ ކައުންސިލުގެ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) ދުވަހުން ދުވަހަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އެއް އައްޔަންކުރުން؛

(ށ) އިންސްޓިޓިއުޓް ހިންގުމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމާއި އަދި ވަސީލަތްތައް ގާއިމުކުރުން.

 

24 ވަނަ މާއްދާ - މާލީ ކަންކަން

(ހ) އިންސްޓިޓިއުޓްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ސަރުކާރާއި އަދި އިންސްޓިޓިއުޓާ ދެމެދު އެއްބަސްވާ އަދަދެއް ކޮންމެ އަހަރަކު އިންސްޓިޓިއުޓަށް ސަރުކާރުން ދޫކުރަންވާނެވެ. މިފައިސާ ދެވޭނީ އިންތިގާލީ ކައުންސިލުގެ މުއްދަތު ހަމަވުމާ ހަމައަށެވެ.

(ށ) އިންސްޓިޓިއުޓަށް އާމްދަނީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ ޖަމާކުރަންވާނީ، އިންސްޓިޓިއުޓްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށެވެ. އިންސްޓިޓިއުޓްގެ އެންމެހައި ހަރަދުތައް ބަލަހައްޓަންވާނީ،  މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) އިންސްޓިޓިއުޓް ހިންގުމަށް ދަތިނުވާނެގޮތަށް އިންސްޓިޓިއުޓަށް ލިބޭ ފައިސާ ޖަމާކުރުމަށް އިންސްޓިޓިއުޓްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވުމާއި، ލިބޭ ފައިސާއިން އިންވެސްޓްކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) އިންސްޓިޓިއުޓްގެ ފައިސާގެ ހިސާބުތައް، ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު ވަކިން އެނގޭނެހެން، ކައުންސިލުގެ ފަރާތުން ގަވާއިދުން ބަލަހައްޓަންވާނެއެވެ.

(ބ) ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަކު ލިބޭނެ އާމްދަނީއާއި، ހަރަދުތައް ވަކިން އެނގޭނެހެން ތައްޔާރުކުރެވޭ ބަޖެޓެއް، ކައުންސިލުން ފާސްކުރަންވާނެއެވެ.

(ޅ) އިންސްޓިޓިއުޓްގެ ކޮންމެ އަހަރެއްގެ އަހަރީ މާލީ ބަޔާން ތައްޔާރުކުރުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން އައްޔަންކުރާ ޗާޓަރޑް އެކައުންޓެންޓެއްގެ ބެލުމުގެ ދަށުން އޮޑިޓްކޮށް،      އެ ބަޔާން ކައުންސިލުން ފާސްކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އިންސްޓިޓިއުޓްގެ އަހަރީ މާލީ ބަޔާން އޮޑިޓްކުރާ ފަރާތަކީ ކައުންސިލުގެ މެންބަރެއް ނުވަތަ ކޮމިޓީއެއްގެ މެންބަރެއް އަދި އެ މެންބަރެއް ނިސްބަތްވާ ފަރމަކަށް ވެގެންނުވާނެއެވެ.

(އ) ކައުންސިލުން ފާސްކޮށްފައިވާ އިންސްޓިޓިއުޓްގެ ކޮންމެ އަހަރެއްގެ އޮޑިޓް ރިޕޯޓާއި އިންސްޓިޓިއުޓް ހިންގިގޮތުގެ ރިޕޯޓު، ވިދިގެން އަންނަ އަހަރުގެ ޖޫން މަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. އަދި މި ރިޕޯޓުތަކުގެ ކޮޕީ އިންސްޓިޓިއުޓްގެ މެންބަރުންނަށާއި، އިންސްޓިޓިއުޓްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް އިންސްޓިޓިއުޓްގެ ފަރާތުން ފަހިކޮށްދޭންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އޮޑިޓް ރިޕޯޓާއި އިންސްޓިޓިއުޓް ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(މ) އިންސްޓިޓިއުޓަށް އާމްދަނީ ހޯދޭނީ އަންނަނިވި ވަސީލަތްތަކުންނެވެ.

  1. އިންސްޓިޓިއުޓަށް މެންބަރުން ދައްކާ ޗަންދާ؛
  2. އިންސްޓިޓިއުޓުން ދޫކުރާ ހުއްދަތަކާއި އިންސްޓިޓިއުޓުން ކަނޑައަޅާ ޖޫރިމަނާއިން ލިބޭ ފައިސާ؛
  3. ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖެއިންނާއި ދިވެހިރާއްޖޭން ބޭރުން ލިބޭ އެހީއާއި ސްޕޮންސަރށިޕްސް؛
  4. އިންސްޓިޓިއުޓުން ހިންގާ އެކިއެކި ކޯސްތަކަށް ނަގާ ފީތައް؛ އަދި
  5. އިންސްޓިޓިއުޓްގެ ކައުންސިލުން ފާސްކޮށްގެން އާމްދަނީ ހޯދުމަށް ހިންގާ ހަރަކާތްތަކުން ލިބޭ ފައިސާ.

(ފ) މާލީ އިދާރާތަކުން ފައިސާ ހޯދުމުގެ އިހްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

(ދ) އިންސްޓިޓިއުޓްގެ ރައުސުލްމާލާއި މުދާ ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

(ތ) ކައުންސިލުގެ ކޮންމެ ބައްދަލުވުމަކަށް ކައުންސިލުގެ މެންބަރުންނަށް ހާޒިރީ އެލަވަންސެއް ހަމަޖައްސަންވާނެއެވެ.   މި އެލަވަންސް، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓާއެކު ފާސްކުރަންވާނެއެވެ.

 

ހަވަނަ ބާބު

ކޮމިޓީތައް

 

25 ވަނަ މާއްދާ - ކައުންސިލުގެ ކޮމިޓީތައް

(ހ) ކައުންސިލުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އަންނަނިވި ކޮމިޓީތައް ކައުންސިލުން އެކުލަވާލަންވާނެއެވެ.

  1. މެނޭޖްމަންޓް އެންޑް ފައިނޭންސް ކޮމިޓީ؛
  2. އެކަޑަމިކް ކޮމިޓީ؛
  3. ސުލޫކީ ކޮމިޓީ؛
  4. އެޕީލް ކޮމިޓީ؛
  5. ޓެކްނިކަލް އެންޑް ސްޓޭންޑަޑްސް ކޮމިޓީ؛ އަދި
  6. އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީ.

(ށ) ކައުންސިލަށް މެންބަރުން އިންތިހާބުކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކޮމިޓީތައް ކައުންސިލުގެ ފަރާތުން އެކުލަވާލަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީތަކަށް ކައުންސިލުގެ މަސްއޫލިއްޔަތުތައް ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ބައެއް ނަގުލުކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. ނަމަވެސް، ކޮމިޓީތަކުން ކުރާ މަސައްކަތްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މުރާޖައާކުރަންވާނެއެވެ.

(ރ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން ކޮމިޓީތައް އެކުލަވާލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިފަދައިން އެކުލަވާލާ ކޮމިޓީތަކަށް ކައުންސިލުގެ ފަރާތުން ކަނޑައަޅާ އުސޫލެއްގެ މަތިން މެންބަރުން އައްޔަންކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) ކައުންސިލުން އުފައްދާ އެކިއެކި ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ތެރެއިން އިންސްޓިޓިއުޓްގެ ސީ.އީ.އޯ ފިޔަވައި، ކޮމިޓީތަކުގެ އެހެނިހެން މެންބަރުންގެ މަގާމުގެ ދައުރަކީ، ކައުންސިލުގެ ފަރާތުން، ކޮމިޓީއަށް މެންބަރުން އައްޔަންކުރާ ތާރީހުން ފެށިގެން ކައުންސިލުގެ ދައުރު ހަމަވަންދެންނެވެ. އެގޮތުން ކައުންސިލުގެ ހިނގަމުންދާ ދައުރުގެ ތެރެއިން، ކޮމިޓީއެއްގެ މެންބަރެއްގެ މަގާމު ހުސްވެގެން، ކައުންސިލުގެ ފަރާތުން ކޮމިޓީއަށް އައްޔަންކުރާ މެންބަރުންގެ މަގާމުގެ ދައުރަކީ، ކައުންސިލުގެ ދައުރުގެ ބާކީ އޮތް މުއްދަތެވެ.

(ޅ) ކޮމިޓީތަކުގެ ފަރާތުން އަދާކުރަން ކައުންސިލުން ކަނޑައަޅާ މަސްއޫލިއްޔަތުތައް ކޮމިޓީތަކުން އަދާކުރަންވާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަގްސަދުތަކާއި ކޮމިޓީ އެކުލަވާލާނެ ގޮތާއި ހިންގާނެގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - މެނޭޖްމަންޓް އެންޑް ފައިނޭންސް ކޮމިޓީ

އިންސްޓިޓިއުޓް ހިންގުމުގައާއި، މާލީ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަށް ލަފަޔާއި އިރުށާދު ދިނުމަށް މެނޭޖްމަންޓް އެންޑް ފައިނޭންސް ކޮމިޓީއެއް ކައުންސިލުން އެކުލަވާލަންވާނެއެވެ.

 

27 ވަނަ މާއްދާ - އެކަޑަމިކް ކޮމިޓީ

އިންސްޓިޓިއުޓްގެ ފަރާތުން ހުއްދަދޭ އެކިއެކި ކޯސްތަކަށް ހުއްދަދިނުމާއި، އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ އެކިއެކި ކޯސްތައް ހިންގުމަށާއި، އިންސްޓިޓިއުޓްގެ ފަރާތުން ދޫކުރާ އެކަޑަމިކް ސެޓްފިކެޓްތައް ދޫކުރުމަށްޓަކައި ކައުންސިލުގެ ފަރާތުން އެކަޑަމިކް ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.

 

28 ވަނަ މާއްދާ - ސުލޫކީ ކޮމިޓީ

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓްއާ މެންބަރަކު ހިލާފުވެފައިވާ ކަމަށް ބަޔާންކޮށް މެންބަރެއްގެ ފަރާތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ނުވަތަ އިންސްޓިޓިއުޓްއަށް އަމިއްލައަށް ފެނިގެން ބަލައި މައްސަލައަކާ ގުޅިގެން، އެ މައްސަލަތައް ތަހްގީގުކުރުމަށްފަހު، މެންބަރުންނާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކައުންސިލަށް ހުށަހެޅުމަށް އެކުލަވާލެވިފައިވާ ސުލޫކީ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) ސުލޫކީ ކޮމިޓީއަށް ހުށަހެޅޭ ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވުމުގެ މައްސަލަތަކާއި، އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަޑްތަކާއި ކަމާ ގުޅުންހުރި އެހެނިހެން ސްޓޭންޑަޑްތަކާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލަތަކާ ގުޅޭގޮތުން ސުލޫކީ ކޮމިޓީއަށް މެންބަރުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތައް ހާޒިރުކޮށް، އެ ފަރާތްތަކާ ސުވާލުކޮށް، އެފަދަ މައްސަލަތައް ތަހްގީގުކޮށް އަންނަނިވި ފިޔަވަޅުތައް ކައުންސިލުގެ ފަރާތުން އެޅުމަށްޓަކައި، އެ މައްސަލައެއް ކައުންސިލަށް ހުށަހެޅުމުގެ ބާރު ސުލޫކީ ކޮމިޓީއަށް ލިބިގެންވެއެވެ.

  1. ނަސޭހަތްދިނުން ނުވަތަ އިންޒާރުދިނުން؛
  2. އިންސްޓިޓިއުޓްގެ މެންބަރުކަމުން، އެ މެންބަރަކު ވަކިކުރުން، ނުވަތަ ވަކި މުއްދަތަކަށް މެންބަރުކަމުން އެ މެންބަރަކު ސަސްޕެންޑްކުރުން؛
  3. ވަކި މުއްދަތަކަށް އެކައުންޓަންސީ ޕްރޮފެށަންގައި މަސައްކަތްކުރުން މަނާކުރުން؛
  4. ކައުންސިލުގެ ފަރާތުން ކަނޑައަޅާ ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއް ފުރިހަމަކުރުމަށް އެންގުން؛
  5. ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވުން ނުވަތަ މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްކުރިކަން ކައުންސިލަށް ސާބިތުވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ފަރާތްތައް   5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  6. މެންބަރަކު ކޮށްފައިވާ ކަމަކީ، ތަހްގީގީ އެހެން އިދާރާއެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކޮމިޓީއަށް، ގަބޫލުކުރެވޭނަމަ، އެފަދަ މައްސަލަތައް ތަހްގީގީ އެހެނިހެން އިދާރާތަކަށް ހުށަހެޅުމާމެދު ގޮތެއް ނިންމުން.

 

29 ވަނަ މާއްދާ - އެޕީލް ކޮމިޓީ

އިންސްޓިޓިއުޓްގެ ކައުންސިލުން ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކާ މެދު   ހިތްހަމަ ނުޖެހޭނަމަ، މެންބަރުން އެޕީލްކުރުމަށްޓަކައި އެކުލަވާލެވޭ އެޕީލް ކޮމިޓީއެއް އޮންނަންވާނެއެވެ.

 

30 ވަނަ މާއްދާ - އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީ

އިންސްޓިޓިއުޓްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ށަރުތުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމަށްޓަކައި އޮޑިޓް ލައިސަންސް ދޫކުރުމުގެ އެންމެހާ ކަންކަން ރާވައި ހިންގުމާއި، އެޑްމިށަންސްއާއި ލައިސަންސިންގއާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުމަށް އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއެއް ކައުންސިލުން އެކުލަވާލަންވާނެއެވެ.

 

31 ވަނަ މާއްދާ - ޓެކްނިކަލް އެންޑް ސްޓޭންޑަޑްސް ކޮމިޓީ

މި ގާނޫނު ތަންފީޛުކުރުމުގައި ޓެކްނިކަލް ކަންތައްތަކާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، ޕްރައިވެޓް ސެކްޓަރުގެ އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަޑްތައް ކަނޑައަޅައި ތަންފީޛުކޮށް ބެލެހެއްޓުމަށްޓަކައި އެކުލަވާލެވޭ ޓެކްނިކަލް އެންޑް ސްޓޭންޑަޑްސް ކޮމިޓީއެއް އޮންނަންވާނެއެވެ.

 

ހަތްވަނަ ބާބު

މަނާ ކަންތައްތައް

 

32 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ ނަން ނަހަމަގޮތުގައި ބޭނުންކުރުމާއި، ޗާޓަރޑް އެކައުންޓަންސީގެ ސަނަދު ދޫކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ހ) އިންސްޓިޓިއުޓްގެ ނަން، އަދި ސިއްކަ ނުވަތަ އެއާ އެއްފަދަ އެއްޗެއް އިންސްޓިޓިއުޓް ރަމްޒުކޮށްދިނުމުގެ ގޮތުން ބޭނުންކުރުން؛ ނުވަތަ

(ށ) ފަންނީ ސަނަދު ދޫކުރުމުގައި، ނުވަތަ އެއްވެސް ސެޓްފިކެޓެއް ދޫކުރުމުގައި އިންސްޓިޓިއުޓް ރަމްޒުކޮށްދިނުމުގެގޮތުން ނުވަތަ ޗާޓަރޑް އެކައުންޓެންޓުން ރެގިއުލޭޓްކުރާ ފަރާތެއްކަން ދައްކުވައިދިނުމުގެ ގޮތުން އެއްވެސް ކަމެއް އިންސްޓިޓިއުޓް ފިޔަވައި އެހެން ފަރާތަކުން ކުރުން.

 

33 ވަނަ މާއްދާ - ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ލިޔުންތަކުގައި ސޮއިކުރުން

ޗާޓަރޑް އެކައުންޓެންޓެއްގެ ހައިސިއްޔަތުން ސޮއިކުރަންޖެހޭ ލިޔުމެއްގައި އިންސްޓިޓިއުޓްގެ މެންބަރެއް ފިޔަވައި އެހެން ފަރާތަކުން ސޮއިކޮށްގެންނުވާނެއެވެ.

 

34 ވަނަ މާއްދާ - ޖިނާއީ މައްސަލަ ތަހްގީގުކުރުމާއި އިތުރު ފިޔަވަޅު އެޅުން

މި ގާނޫނުގެ 32 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާ ހިލާފު އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލެއްގައި ހިމެނޭ ޖިނާއީ ކުށް ތަހްގީގުކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް ކައުންސިލުން ހުށަހަޅަންވާނެއެވެ. އަދި އެފަދަ އަމަލެއް ހިންގާފައިވާ ފަރާތަކާމެދު މި ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްދޭ ފަރާތްތައް

(ހ) އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްދޭ ތަންތަން ނުވަތަ ޗާޓަރޑް އެކައުންޓެންޓެއްގެ ފަރމެއް ނުވަތަ ފަރމުގެ ބްރާންޗެއް ދިވެހިރާއްޖޭގައި ގާއިމުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްދޭ އަމިއްލަ ފަރުދެއް ނުވަތަ އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްދޭ ފަރމެއްގެ މަސައްކަތް ކުރާ އިންސްޓިޓިއުޓްގެ މެންބަރެއް މި ގާނޫނާ ހިލާފުވެއްޖެނަމަ، އެ މެންބަރަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްދޭ ފަރމެއް މި ގާނޫނާ ހިލާފުވެއްޖެނަމަ، އެ ފަރމަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ހެޔޮ ނިޔަތުގެ މައްޗަށް ބިނާވާ އަމަލުތަކަށް ރައްކާތެރިކަން ދިނުން

މި ގާނޫނު، ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއް ނުވަތަ   މި ގާނޫނުގެ ދަށުން ދެވިފައިވާ އެއްވެސް ނޯޓިހެއް ނުވަތަ އިރުށާދެއް، ކައުންސިލުގެ ފަރާތުން ނުވަތަ އިންސްޓިޓިއުޓްގެ މުވައްޒަފުންގެ ފަރާތުން ނުވަތަ ސުލޫކީ ކޮމިޓީއާއި ކައުންސިލުން އުފައްދާފައިވާ އެހެނިހެން ކޮމިޓީތަކުގެ ފަރާތުން ދީފައިވަނީ ހެޔޮ ނިޔަތުގައި ކަމަށްވާނަމަ، އެކަމާ ގުޅިގެން އެއްވެސް މަދަނީ ނުވަތަ ޖިނާއީ ނުވަތަ އެހެންވެސް ދައުވާއެއް އެ ފަރާތެއްގެ މައްޗަށް އުފުލުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

 

އަށްވަނަ ބާބު

އިންތިގާލީ މާއްދާތައް

 
37 ވަނަ މާއްދާ - އިންސްޓިޓިއުޓްގެ އިންތިގާލީ ކައުންސިލް

(ހ) މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ހިނގާ ފުރަތަމަ 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތުގައި، އިންސްޓިޓިއުޓް ހިންގަމުން ގެންދާނީ އަންނަނިވި ފަރާތްތައް ހިމެނޭގޮތުން އެކުލަވާލާ އިންތިގާލީ ކައުންސިލަކުންނެވެ.

  1. އޮޑިޓަރ ޖެނެރަލް؛
  2. ދައުލަތުގެ ފައިނޭންށަލް ކޮންޓްރޯލަރ؛
  3. ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން؛
  4. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓަރ ޖެނެރަލް އައްޔަންކުރާ 2 (ދޭއް) މެންބަރުން؛
  5. އެކައުންޓަންސީ ޕްރޮފެށަންގެ ތެރެއިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އޮޑިޓަރ ޖެނެރަލް އައްޔަންކުރާ 4 (ހަތަރެއް) މެންބަރުން.

(ށ) އިންތިގާލީ ކައުންސިލުގައި ހިމެނޭ މެންބަރުންގެ ކިބައިގައި، މި ގާނޫނުގެ  17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން ލާޒިމެއްނޫނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކައުންސިލުގެ ރައީސަކީ އޮޑިޓަރ ޖެނެރަލްއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކައުންސިލުގެ ނައިބު ރައީސަކީ، އިންތިގާލީ ކައުންސިލުގެ މެންބަރުންގެ ތެރެއިން، އެ މެންބަރުންގެ ސިއްރު ވޯޓަކުން ހޮވާ ކައުންސިލުގެ މެންބަރެކެވެ.

(ބ) މި  ގާނޫނަށް  އަމަލުކުރަން  ފަށާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކައުންސިލް އެކުލަވާލަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކައުންސިލުގެ ދައުރުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލްގެ ފަރާތުން ކައުންސިލަށް އައްޔަންކުރާ ފަރާތްތައް، މަގުބޫލު އުޒުރަކާއެކު ކައުންސިލުގެ މެންބަރުކަމުން ވަކިކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މެންބަރަކު ވަކިކުރެވޭނީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. މި ފަދައިން އިންތިގާލީ ކައުންސިލުގެ މެންބަރެއްގެ މަގާމެއް ހުސްވާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި، އެފަދަ މަގާމަކަށް އޮޑިޓަރ ޖެނެރަލް މެންބަރުން އައްޔަންކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

އެހެނިހެނަ

38 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނު ތަންފީޛުކުރުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާ އުސޫލުތައް ހެދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމުގެ ގޮތުން ހަދަންޖެހޭ އެހެނިހެން ގަވާއިދުތައް ހެދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލަށް މެންބަރުން އިންތިހާބުކުރުމާއި މެންބަރުން މަގާމުން ވަކިކުރުމާގުޅޭ ގަވާއިދު؛
  2. މި ގާނޫނުގެ ދަށުން ކުރެވޭ އެކިއެކި ތަހްގީގުތައް ކުރުމުގައި ކައުންސިލަށާއި، ކައުންސިލުން އުފައްދާ އެކިއެކި ކޮމިޓީތަކަށް ލިބިގެންވާ ބާރުތައް ބަޔާންކުރާ ގަވާއިދު؛
  3. އިންސްޓިޓިއުޓްގެ މެންބަރަކަށްވުމަށްޓަކައި ބޭނުންވާ ތައުލީމީ ސަނަދުތަކާއި ތަމްރީނުތަކާއި ތަޖުރިބާއާގުޅޭ އުސޫލުތައް ކަނޑައެޅުމާ ގުޅޭގޮތުންނާއި އިންސްޓިޓިއުޓްގެ ފަރާތުން ހުއްދަކުރާ އިމްތިހާންތަކުގެ ފެންވަރު ކަނޑައެޅުމުގެ ގޮތުންނާއި، އިންސްޓިޓިއުޓްގެ ފަރާތުން އިމްތިހާންތައް ބޭއްވުމާބެހޭ އުސޫލުތައް ކަނޑައެޅުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެއިން ބޭރުން ހޯދާ ސަނަދުތައް ގަބޫލުކުރުމުގައި އިންސްޓިޓިއުޓްގެ ފަރާތުން އަމަލުކުރާނެ ގޮތުގެ ގަވާއިދު؛
  4. އިންސްޓިޓިއުޓްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ށަރުތުތައް ކަނޑައެޅުމަށާއި، އިންސްޓިޓިއުޓްގެ މެންބަރަކަށްވުމަށްޓަކައި އަދި މެންބަރުންގެ ގިންތިތަކުގައި ހިމެނުމަށްޓަކައި ދައްކަންޖެހޭ ފީތައް ބަޔާންކުރާ ގަވާއިދު؛
  5. އިންސްޓިޓިއުޓްގެ މެންބަރަކަށްނުވާ ގޮތުގެމަތިން، "އެކައުންޓެންޓްސް އިން ބިޒްނަސް" ގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީވާންޖެހޭ ފަރާތްތަކާއި، އެ ފަރާތްތަކުގެ ގިންތިތަކާއި، ސުލޫކީ މިންގަނޑާއި، އަދި ސީ.ޕީ.ޑީ ބަޔާންކުރާ ގަވާއިދު؛
  6. އިންސްޓިޓިއުޓްގައި ސްޓޫޑެންޓުން ބައިވެރިކުރެވޭނެ އުސޫލުތައް ކަނޑައެޅުމާ ގުޅޭގޮތުންނާއި، ސުޓޫޑެންޓުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  7. އިންސްޓިޓިއުޓްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި ބެލެހެއްޓުމާބެހޭ ގަވާއިދު؛
  8. ދިވެހިރާއްޖޭގައި ޕްރައިވެޓް ސެކްޓަރގައި ކުރެވޭ އެކިއެކި ގާނޫނީ އޮޑިޓްތައް ކުރުމުގައި ތަބާވާންޖެހޭ އޮޑިޓިންގ ސްޓޭންޑަޑްތައް ބަޔާންކުރާ ގަވާއިދު؛
  9. ލައިސަންސްޑް އޮޑިޓަރުންގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި އެ ހުއްދަ ބާތިލުކުރުމާއި، އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްތައް ދޭ ފަރާތްތައް ގިންތިކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  10. އިންސްޓިޓިއުޓްގެ ސީ.އީ.އޯގެ އޮފީހުގެ ދައުރާއި، ބާރުތަކާއި، ޒިންމާތަކާއި، އަދި އޮފީހުގެ އެހެނިހެން މުވައްޒަފުންގެ ވަޒީފާގެ ކަންކަމާބެހޭ ގަވާއިދު؛
  11. އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްދޭ އަމިއްލަ ފަރުދުންނާއި ފަރމުތައް، ރަޖިސްޓަރީކޮށް، ހިންގުމާގުޅޭ އިޖުރާއަތު ބަޔާންކުރާ ގަވާއިދު؛ އަދި
  12. މި ގާނޫނުގެ ދަށުން ގަވާއިދު ހަދަންޖެހޭ އެހެނިހެން ކަންކަމާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް.

(ށ) މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ    އެ ގަވާއިދުތައް ކައުންސިލުގެ ފަރާތުން ފާސްކޮށް، އެ ގަވާއިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ ކައުންސިލުންނެވެ.

(ރ) މި ގާނޫނުގެ އެހެން މާއްދާއަކުން ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ކަނޑައަޅާފައިވާ ގަވާއިދުތައް ފިޔަވައި، މި މާއްދާގައި ބަޔާންކޮށްފައިވާ އެހެނިހެން ގަވާއިދުތައް އިންތިގާލީ މަރުހަލާ ނިމުމުގެ 90 (ނުވަދިހަ) ދުވަސް ކުރިން ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

40 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުން ލާޒިމުކުރާ ކަމެއް އެހެން ގާނޫނެއްގައި ކަނޑައަޅާފައިވީނަމަވެސް، އިސްކަންދޭނީ މި ގާނޫނަށެވެ.

 

41 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިއެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި މި ގާނޫނުގެ ދަށުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށް އުފައްދާ އިންސްޓިޓިއުޓަށެވެ.

(ށ) "ޗާޓަރޑް އެކައުންޓެންޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓްގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކަށެވެ.

(ނ) "އެސޯސިއޭޓް މެންބަރު" ކަމަށް ބުނެފައި އެވަނީ، އެސޯސިއޭޓް މެންބަރުންގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ރ) "ފެލޯ" ކަމަށް ބުނެފައި އެވަނީ، ފެލޯ މެންބަރެއްގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ބ) "ސްޓޫޑެންޓުން" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނެއްގެ ޕްރޮފެށަނަލް އެކައުންޓަންސީ ކޯހެއްގައި ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން ހިންގުމަށް ހުއްދަކޮށްފައިވާ ކޯހެއްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އެފަދަ ކޯހެއް ފުރިހަމަކުރަމުންދާ ފަރާތްތަކަށެވެ.

(ޅ) "އެފިލިއޭޓުން" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނެއްގެ ޕްރޮފެށަނަލް އެކައުންޓަންސީ ކޮލިފިކޭށަންގެ އިމްތިހާންތަކުން ފާސްވެފައިވާ ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން ހިންގުމަށް ހުއްދަކޮށްފައިވާ ޕްރޮފެށަނަލް ކޯހެއްގެ އިމްތިހާންތަކުން ފާސްވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ އޯގަނައިޒޭށަނެއްގެ މެންބަރުކަން ހޯދާފައިނުވާ ފަރާތްތަކަށެވެ.

(ކ) "އެކައުންޓެންޓްސް އިން ބިޒްނަސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރު ކުރުމާއި، މިނޫންވެސް މާލީ މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ.

(އ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓްގެ ކައުންސިލަށެވެ.

(ވ) "ކައުންސިލުގެ މެންބަރު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ ރައީސާއި ނައިބު ރައީސް ހިމެނޭގޮތަށް ކައުންސިލުގެ މެންބަރުންނަށެވެ.

(މ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިންސްޓިޓިއުޓްގެ ފަރާތުން ބެލެހެއްޓުން ލާޒިމުކޮށްފައިވާ ރަޖިސްޓަރީއަށެވެ.

(ފ) "ޕްރެކްޓިސްކުރުން" ކަމަށް ބުނެފައި އެވަނީ، އޮޑިޓް އަދި އެށޫރެންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

(ދ) "އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް" ކަމަށް ބުނެފައި އެވަނީ، ދުނިޔޭގެ ކަންކޮޅުތަކުގައިވާ ޕްރޮފެށަނަލް އެކައުންޓެންޓުން ތަމްސީލުކުރާ މައި އިދާރާއަށެވެ. އަދި މި އިދާރާއަކީ، ދުނިޔޭގެ ކަންކޮޅުތަކުގައިވާ ގިނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަންތައް އެ އިދާރާގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ އިދާރާއެވެ.

(ތ) "އެށޫރެންސް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަން ނިންމަން ތިބޭ ފަރާތްތަކަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތަކާއި މާލީ މުއާމަލާތްތަކުގެ ސައްހަކަމާމެދު މުސްތަގިއްލު ރައުޔު ދިނުމުގެ ގޮތުން މާލީ ހިސާބުތަކާއި މާލީ ބަޔާންތަކާއި މާލީ މުއާމަލާތްތައް މުރާޖައާކުރުމާއި، މާލީ ހިސާބުތައް އެކުލަވާލާ ތައްޔާރުކުރުމަށެވެ.

(ލ) "ޕްރައިވެޓް ސެކްޓަރ" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެންމެހައި ކުންފުނިތަކާއި، އެހެނިހެން ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެންމެހައި ވިޔަފާރިތަކާއި، ނޮން ޕްރޮފިޓް މޭކިންގ އޯގަނައިޒޭށަންތަކަށެވެ.

(ގ) "ފައިނޭންށަލް ކޮންޓްރޯލަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން އައްޔަންކުރެވޭ މީހަކަށެވެ.

(ޏ) "މެންބަރ އިން ގުޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނަކުން އެ މެންބަރަކީ  އެ އޯގަނައިޒޭށަންގެ ސްޓޭންޑަޑްތަކާއި ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކޮށްދީފައިވާ ފަރާތަކަށެވެ.

(ސ) "ކޮމާސް އިންޑަސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ސިނާއަތަށެވެ.

(ޑ) "ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް (CPD)" ކަމަށް ބުނެފައި އެވަނީ، ޗާޓަރޑް އެކައުންޓެންޓުންނާއި، އެކައުންޓަންސީ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން މީހުން، އެމީހުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ތާޒާކުރުމަށް ކުރިއަށްގެންދާ އުނގެނުމުގެ ހަރަކާތްތަކަށެވެ.

(ޒ) "ފަރމް" ކަމަށް ބުނެފައި އެވަނީ، އެކައުންޓަންސީ، އޮޑިޓް އަދި އެ ދާއިރާއާ ގުޅޭ އެހެނިހެން ހިދުމަތްދޭ ވިޔަފާރިތަކަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓް އޮފް މޯލްޑިވްސްގެ ދަރިވަރުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-83)
  2. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-52)
  3. ރަޖިސްޓްރޭށަން އޮފް އެކައުންޓެންޓްސް އިން ބިޒްނަސް (ގަވާއިދު ނަންބަރު 2022-38)
  4. ރެގިއުލޭށަން ފޮރ ރަޖިސްޓްރޭށަން އޮފް ޕަބްލިކް އިންޓްރަސްޓް އެންޓިޓީ އޮޑިޓަރސް (ގަވާއިދު ނަންބަރު 2021-153)
  5. ރެގިއުލޭށަން އޮން ދި އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް ސްޓޭޓް-އޯންޑް އެންޓަރޕްރައިސަސް (ގަވާއިދު ނަންބަރު 2021-152)
  6. ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03)
  7. އިންސްޓިޓިއުޓު އޮފް ޗާޓަޑް އެކައުންޓުސް އޮފް ދި މޯލްޑިވްސް މެމްބަރށިޕް ރެގިއުލޭށަން (ގަވާއިދު ނަންބަރު 2020-121)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު