-

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-52)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 މޭ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިންސްޓިޓިއުޓުގެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކޮށްދޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު) އެވެ.

 

2 ވަނަ މާއްދާ - އާންމު މާއްދާތައް

(ހ) ކައުންސިލަށް އިންތިހާބުކުރާ އަންނަނިވި މެންބަރުން އިންތިހާބު ކުރަންވާނީ، ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހިނގަމުންދާ ކައުންސިލުގެ މެންބަރުންގެ ދައުރު ހަމަވުމުގެ މަދުވެގެން 60 (ފަސްދޮޅޮސް) ދުވަހުގެ ކުރިން ބާއްވާ އިންތިހާބެއްގައި، އިންސްޓިޓިއުޓުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

  1. ކައުންސިލުގެ ރައީސް؛ 
  2. ކައުންސިލުގެ ނައިބު ރައީސް؛ 
  3. 4 (ހަތަރެއް) ކައުންސިލު މެންބަރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލުގެ އިންތިހާބު ބޭއްވިކަމުގައި ވިޔަސް، ހިނގަމުންދާ ކައުންސިލުގެ މެންބަރުންގެ ދައުރު ހަމަވުމާ ހަމަޔަށް އެ ކައުންސިލު ދެމިއޮންނާނެއެވެ. 

(ނ) ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ހިނގަމުންދާ އިންތިގާލީ ކައުންސިލުގެ ދައުރު ހަމަވާ ތާރީހުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލު މެންބަރުންގެ އިންތިހާބެއް އިންސްޓިޓިއުޓުން ބާއްވަންވާނެއެވެ.

(ރ) ކައުންސިލުގެ މެންބަރެއްގެ ދައުރު ހަމަވާން 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް އޮއްވައި ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ ހުސްވާ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ޓަކައި އެ މަގާމެއް ހުސްވާ ދުވަހުން ފެށިގެން 60 (ފަސްދޮޅޮސް) ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި، ުސްވާ މަގާމަށް އައު މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. ކައުންސިލުގެ މެންބަރުންގެ ދައުރު ހަމަވާން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއް އޮއްވައި ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ގާނޫނުގެ 20 ވަނަ މާއްދާގެ

(ށ) ގައިވާ ގޮތުގެ މަތީން، ހުސްވާ މަގާމަށް އައު މެންބަރަކު އައްޔަނުކުރާނީ ހިނގަމުންދާ ކައުންސިލުންނެވެ.

 

3 ވަނަ މާއްދާ - ވޯޓު ނަގާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ބާއްވަންޖެހޭ އިންތިހާބުތައް ބާއްވާނީ، ދިވެހިރާއްޖޭގެ އިލެކްށަންސް ކޮމިށަނުގެ މަށްވަރާޔާއެކު ކަނޑައަޅާ ނިޒާމެއްގެ ދަށުންނެވެ. މި ގޮތުން، ކަނޑައަޅާ ވޯޓުލުމުގެ ނިޒާމުގެ ދަށުން، ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ބާއްވާ އިންތިހާބެއްގައި ވޯޓުލާ ފަރާތްތަކުން ބައިވެރިވ،ެ ވޯޓުލެވިދާނެއެވެ.

(ށ) ކައުންސިލުގެ އިންތިހާބު ބޭއްވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، އިންތިހާބާ ގުޅޭ ގައިޑްލައިނެއް އިންސްޓިޓިއުޓުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށާއިއުކުރާ އިންތިހާބާ ގުޅޭ ގައިޑްލައިނުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަނޑައަޅާ ވޯޓުލުމުގެ ނިޒާމާބެހޭ މައުލޫމާތު؛
  2. އިންތިހާބުގައި ވޯޓުލުމުގެ އިރުށާދުތަކާއި އިޖުރާއަތުތައް؛
  3. އިންތިހާބާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބެލުމަށް ކަނޑައެޅިފައިވާ ނިޒާމާބެހޭ މައުލޫމާތު؛

(ރ) އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓުލުމުގެ ނިޒާމެއް ބޭނުންކުރަން އިންސްޓިޓިއުޓުން ކަނޑައަޅައިފިނަމަ، އެ ފަދަ ނިޒާމެއްގެ ރައްކައުތެރިކަމާއި ޓްރާންސްޕޭރަންސީ އިންސްޓިޓިއުޓުން ޔަގީންކޮށް، ވޯޓުލާންޖެހޭ ގޮތުގެ އިރުށާދުތައް، މި މާއްދާގެ

(ށ) ގައިވާ ގޮތުގެ މަތީން ށާއިއުކުރާ އިންތިހާބާ ގުޅޭ ގައިޑްލައިނުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

(ބ) ކައުންސިލުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް ވޯޓުލެވޭނ އަންނަނިވި ފަދައިންނެވެ. 

  1. ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެ މީހަކު ވޯޓު ދޭން ބޭނުންވާ ފަރާތަކަށް 1 (އެކެއް) ވޯޓު؛ 
  2. ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެ މީހަކު ވޯޓު ދޭން ބޭނުންވާ ފަރާތަކަށް 1 (އެކެއް) ވޯޓު؛ 
  3. ކައުންސިލު މެންބަރުންގެ މަގާމުތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އިންތިހާބުކުރާ 4 (ހަތަރެއް) މެންބަރުންގެ ގޮތުގައި އެ މީހަކު ވޯޓު ދޭން ބޭނުންވާ ކޮންމެ މެންބަރަކަށް 1 (އެކެއް) ވޯޓ.ު

 

4 ވަނަ މާއްދާ - އިންތިހާބު ކޮމިޓީ

ކައުންސިލުގެ އިންތިހާބެއް ބޭއްވުމަށް ޓަކައި 4 (ހަތަރެއް) މެންބަރުން ހިމެނޭ އިންތިހާބު ކޮމިޓީ އެއް، ހިނގަމުންދާ ކައުންސިލުން އެކުލަވައިލަންވާނެއެވެ. މި އިންތިހާބު ކޮމިޓީ  އެކުލަވައިލަންވާނ އަންނަނިވި 4 (ހަތަރެއް) މެންބަރުން ހިމެނޭ ގޮތުންނެވެ.

(ހ) ކޮމިޓީ ގެ ޗެއާޕަރސަންގެ ގޮތުގައި އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ.

(ށ) އިންސްޓިޓިއުޓުގެ މެންބަރުންގެ ތެރެއިން ކައުންސިލުން އައްޔަނުކުރާ މެންބަރެއ.ް

(ނ) ކައުންސިލުގެ މެންބަރުންގެ ތެރެއިން އެކްސ-ްއޮފިށިއޯ (ex-officio) މެންބަރެއްގެ ގޮތުގައި ކައުންސިލުން އައްޔަނުކުރާ މެންބަރެއ.ް

(ރ) ދިވެހިރާއްޖޭގެ އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހުށަހަޅާ މިނިވަން މަންދޫބެއް ނުވަތަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުން އައްޔަނުކުރާ މެންބަރެއް. 

 

5 ވަނަ މާއްދާ - ވޯޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު

(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިންސްޓިޓިއުޓުގެ މެންބަރުންގެ ލިސްޓެއް، އިންތިހާބު ކޮމިޓީން އެކުލަވައިލައި، އިންތިހާބު ބޭއްވުމުގެ 20 (ވިހި) ދުވަހުގެ ކުރިން އިންސްޓިޓިއުޓުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

(ށ) އިންތިހާބުގައި ވޯޓުލުމަށް ބައިވެރިވުމަށް ޓަކައި އިންސްޓިޓިއުޓުގެ މެންބަރުން ވަކިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި މެންބަރުންނަށް އިންތިހާބުގައި ވޯޓުލެވޭނެއެވެ. 

(ނ( މި ގަވާއިދުގެ ދަށުން އިންތިހާބެއް ބޭއްވޭނެކަމަށް އިއުލާނުކުރުމުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓާ ގުޅިގެން އިންތިހާބު ކޮމިޓީ އަށް ށަކުވާ ހުށަހެޅުމަށް މަދުވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތެއް، އިންތިހާބު ކޮމިޓީން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓާ ގުޅިގެން އިންތިހާބު ކޮމިޓީ އަށް ހުށަހަޅާ ކޮންމެ ށަކުވާއެއް ބެލުމަށްފަހު، އެ ށަކުވާ ހުށަހެޅި ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ށަކުވާއާ ގުޅިގެން އިންތިހާބު ކޮމިޓީން ނިންމި ގޮތް ބަޔާންކޮށް، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓާ ގުޅިގެން އިންތިހާބު ކޮމިޓީ އަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން އިންތިހާބު ކޮމިޓީން ނިންމި ގޮތް އިސްތިއުނާފުކުރަން ށަކުވާ ހުށަހެޅި ފަރާތުން އެދޭނަމަ، އިންތިހާބު ކޮމިޓީން ނިންމި ނިންމުން ށަކުވާ ހުށަހެޅި ފަރާތަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންސްޓިޓިއުޓުގެ އެޕީލް ކޮމިޓީ އަށް އިސްތިއުނާފު ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަކުވާ ހުށަހެޅި ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު، އިސްތިއުނާފު ހުށަހެޅި ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފާ ގުޅިގެން އެޕީލް ކޮމިޓީން ނިންމި ގޮތް ބަޔާންކޮށް، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހަޅާ ށަކުވާއަކާ ގުޅިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓު އިސްލާހުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ލިސްޓު އިސްލާހުކޮށް، އިންސްޓިޓިއުޓުގެ ވެބްސައިޓުގައި އެ ލިސްޓު ށާއިއު ކުރަންވާނެއެވެ. 

(އ) ކައުންސިލުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން އިންސްޓިޓިއުޓުގެ މެންބަރެއްގެ މެންބަރުކަން ގެއްލިއްޖެނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓުން އެ މެންބަރުގެ ނަން އުނިކޮށް، އެ ލިސްޓު އިސްލާހުކޮށް، އިންސްޓިޓިއުޓުގެ ވެބްސައިޓުގައި އިންތިހާބު ކޮމިޓީން ށާއިއު ކުރަންވާނެއެވެ.  

 

6 ވަނަ މާއްދާ - ޕްރޮކްސީީ

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އިންތިހާބެއްގައި ބައިވެރިވ،ެ އެ މެންބަރުގެ ފަރާތުން ވޯޓުލާން 1 (އެކެއް) ޕްރޮކްސީ އައްޔަނު ކުރެވިދާނެއެވެ.

(ށ) ޕްރޮކްސީ އެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ،ާ ބުއްދި ސަލާމަތުންހުރި ފަރާތަކަށް ވުން؛ އަދި
  2. އެ ފަރާތް ޕްރޮކްސީ އެއްގެ ގޮތުގައި އައްޔަނުކުރި މެންބަރުގެ ބަދަލުގައި އިންތިހާބެއްގައި ވޯޓުލުމަށް އެއްބަސްވ،ެ ވޯޓުލުމުގެ ގާބިލުކަން ލިބިފައިވުން.

(ނ) ޕްރޮކްސީ އެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތަކ އިންސްޓިޓިއުޓުގެ މެންބަރެއް ކަމުގައި ވުން ލާޒިމެއް ނޫނެވެ.

(ރ) ޕްރޮކްސީ އެއްގެ ގޮތުގައި އައްޔަނުކުރާ ކޮންމެ ފަރާތަކަށް، އެ ފަރާތް އައްޔަނުކުރި މެންބަރެއްގެ ބަދަލުގައި ވޯޓުލެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ބ) 1 (އެކެއް) މެންބަރަށްވުރެ ގިނަ މެންބަރުންގެ ޕްރޮކްސީ އެއްގެ ގޮތުގައި އެއްފަރާތެއް އައްޔަނުކުރުމަށް މި ގަވާއިދުން މަނައެއް ނުކުރެއެވެ.

(ޅ) ޕްރޮކްސީ އެއް އައްޔަނުކުރުމަށް ކަނޑައަޅާ ސުންގަޑިތަކާއި ހާއްސަ އިޖުރާއަތުތައް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ށާއިއުކުރާ އިންތިހާބާ ގުޅޭ ގައިޑްލައިނުގައި ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަން ހުޅުވައިލުން 

(ހ) ހިނގަމުންދާ ކައުންސިލުގެ ދައުރު ހަމަވުމާ ގުޅިގެން ކައުންސިލުގެ އިންތިހާބެއް ބާއްވާނީަމަ، މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުންނަށް އެ ކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވާކަން، އިންތިހާބު ބާއްވަން ކަނޑައަޅައިފައިވާ ތާރީހުގެ 30 (ތިރީސް) ދުވަހުގެ ކުރިން އިންތިހާބު ކޮމިޓީން އިއުލާނު ކުރަންވާނެއެވެ. 

(ށ) ހިނގަމުންދާ ކައުންސިލުގެ މަގާމެއް ހުސްވުމާ ގުޅިގެން އިންސްޓިޓިއުޓުގެ ކައުންސިލުގެ އިންތިހާބެއް ބާއްވާނީަމަ، އެ މަގާމަކަށް ކުރިމަތިލާން ބޭނުންވާ އިންސްޓިޓިއުޓުގެ މެންބަރުންނަށް އެ ކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވާކަން، އިންތިހާބު ބާއްވަން ކަނޑައަޅައިފައިވާ ތާރީހުގެ 20 (ވިހި) ދުވަހުގެ ކުރިން އިންތިހާބު ކޮމިޓީން އިއުލާނު ކުރަންވާނެއެވެ.

(ނ) އިންތިހާބަކަށް ކުރިމަތިލާން ށައުގުވެރިވާ މެންބަރުން އެ ކަމަށް ހުށަހެޅުމަށް މަދުވެގެން 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ރ) އިންތިހާބަށް ކުރިމަތިލާން ހުށަހަޅައިފައިވާ މެންބަރުންގެ އަދަދު، އިންތިހާބު ކުރަންޖެހޭ ކައުންސިލުގެ މަގާމުތަކުގެ އަދަދަށްވުރެ މަދުނަމަ، އެ ގޮތުން މަދުވާ މަގާމުތަކަށް ހުށަހެޅުން ފޮނުވުމުގެ ފުރުސަތ،ު އިންތިހާބު ކޮމިޓީން އަލުން ހުޅުވައިލަންވާނެއެވެ.

 

8 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް

ކައުންސިލުގެ އިންތިހާބަށް ކުރިމަތިލާ މެންބަރުންގެ ކިބައިގައި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

 

9 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުރިޔަށް އޮތް އިންތިހާބަކަށް ކުރިމަތިލުމަށް އެދި ހުށަހެޅުމަށް ހުޅުވައިލައިފައިވާކަން އިންތިހާބު ކޮމިޓީން އިއުލާނުކުރުމާއެކު، އިންތިހާބަށް ކުރިމަތިލުމަށް ށައުގުވެރިވާ މެންބަރުން ހުށަހަޅަންޖެހޭ ކަމަށް އިންތިހާބު ކޮމިޓީން ކަނޑައަޅާ މައުލޫމާތާއި ތަކެތ،ި އިންތިހާބު ކޮމިޓީން ކަނޑައަޅާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހެޅިދާނެއެވެ.

(ށ) ކައުންސިލުގެ އިންތިހާބަކަށް ކުރިމަތިލާން ހުށަހަޅާ ކޮންމެ މެންބަރަކު، އިދާރީ ފީ އެއްގެ ގޮތުގައި 5,000 (ފަސްހާސް) ރުފިޔާ ދައްކަންވާނެއެވެ. މި އަދަދު، އިންތިހާބަށް ކުރިމަތިލާން ހުށަހަޅާ އެޕްލިކޭށަން ހުށަހަޅާ ވަގުތު ދައްކަންވާނެއެވެ. އަދި މިއީ އިންތިހާބަށް ކުރިމަތިލާން ހުށަހެޅި މެންބަރެއްގެ ކިބައިގައި އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަ ނުވާކަމަށް ކަނޑައެޅޭ ހާލަތުގައި، ނުވަތަ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅުމަށްފަހު އިންތިހާބަށް ކުރިމަތިނުލުމަށް މެންބަރު އިހްތިޔާރުކޮށް ނަން އަނބުރާ ގެންދާ ހާލަތުގައި ވެސް އަނބުރައި ރައްދުކުރެވޭނެ ފައިސާއެއް ނޫނެވެ.

 

10 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާ މެންބަރުން އިއުލާނުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލާ އިއުލާނުގައި، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ ސުންގަޑި ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލާ މެންބަރުންގެ ތަފުސީލު، އިންތިހާބު ކޮމިޓީން އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިންތިހާބަށް ކުރިމަތިލާ މެންބަރުންގެ ނަންތައް އިއުލާނުކުރާއިރު، އިންތިހާބަށް ކުރިމަތިލާ މެންބަރުންގެ ނަންތައް ތަރުތ ބު ކުރަންވާނީ، އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މެންބަރުންގެ މެދުގައި ގުރުއަތުލައިގެންނެވެ. މި ގޮތުން ނަގާ ގުރުއަތުލުން ބާއްވަންވާނީ، އިންތިހާބަށް ކުރިމަތިލާ މެންބަރުންގެ ހާޒިރުގައި ނުވަތަ އެ މެންބަރުންގެ މަންދޫބުންގެ ހާޒިރުގައެވެ. އަދި އިންތިހާބަށް ކުރިމަތިލާ މެންބަރަކު ނުވަތަ އެ މެންބަރެއްގެ މަންދޫބަކު ގުރުއަތުނެގުމަށް ހާޒިރު ނުވެއްޖެނަމަ، އިންތިހާބު ކޮމިޓީން އައްޔަނުކުރާ މަންދޫބެއްގެ ހާޒިރުގައި ގުރުއަތު ނެގުމުގެ އިހްތިޔާރު، އިންތިހާބު ކޮމިޓީ އަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާން ހުށަހެޅި މެންބަރު، ނަން އަނބުރާ ގެންދިއުން 

ކައުންސިލުގެ އިންތިހާބަކަށް ކުރިމަތިލައިފައިވާ މެންބަރެއްގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ، އެ އިންތިހާބަށް ކުރިމަތިލައިފައިވާ މެންބަރުންގެ މެދުގައި ގުރުއަތުލައި، ނަންތައް ތަރުތ ބުކޮށް، އެ ކަން އިއުލާނުކުރުމުގެ ކުރިން އެ މެންބަރެއްގެ ނަން އަނބުރާ ގެންދެވިދާނެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލަށް ހޮވޭ މެންބަރުން

ކައުންސިލުގެ އިންތިހާބެއްގައި މަގާމުތަކަށް އިންތިހާބުވާނީ، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލި އިންސްޓިޓިއުޓުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބޭ މެންބަރެކެވެ.

 

13 ވަނަ މާއްދާ - އިންތިހާބުގެ ނަތީޖާ އިއުލާނުކުރުން

(ހ) ކައުންސިލުގެ އިންތިހާބެއްގައި ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށްފަހު، ވޯޓު ފޮށި ބަންދުކުރާތާ 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އިންތިހާބުގެ ވަގުތ ނަތީޖާ އިއުލާނު ކުރަންވާނެއެވެ. 

(ށ) ކައުންސިލުގެ އިންތިހާބު ބޭއްވި ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންތިހާބުގެ ރަސްމ ނަތީޖާ އިއުލާނުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ނަތީޖާ ށާއިއު ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - އިންތިހާބުގެ އިތުރު ބުރެއް ބާއްވަންޖެހުން

ކައުންސިލުގެ އިންތިހާބެއްގައި، އިންތިހާބަށް ހުޅުވައިލި މަގާމަކަށް ކުރިމަތިލި މެންބަރުންގެ ތެރެއިން 2 (ދޭއް) މެންބަރަކަށް ނުވަތަ އެއަށްވުރެ ގިނަ މެންބަރުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާނަމަ، އެ އިންތިހާބުގެ ރަސްމ ނަތީޖާ  އިއުލާނުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މަގާމަކަށް އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި މެންބަރުންގެ މެދުގައި ވޯޓު ނެގުމުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި އެ މަގާމަކަށް ކަނޑައެޅިފައިވާ އަދަދަށް ކައުންސިލުގެ މެންބަރުން ހޮވެންދެން މި ގޮތުގެ މަތީން ވޯޓު ނަގަމުން ގެންދަންވާނެއެވެ.

 

15 ވަނަ މާއްދާ - އެންމެ މެންބަރަކު މަގާމަށް ކުރިމަތިލުން

(ހ) ކައުންސިލުގެ އިންތިހާބެއްގައި އިންތިހާބުކުރާ މަގާމަކަށް އެންމެ މެންބަރަކު ކުރިމަތިލައިފައިވާނަމަ، ކުރިމަތިލި މެންބަރު އެ މަގާމަށް ހޮވުމަށް މެންބަރުންގެ ތެރޭގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ނަގަންވާނެއެވެ. އެ މަގާމަށް ކުރިމަތިލި މެންބަރު މަގާމަށް ހޮވޭނ، ވޯޓުލާ ފަރާތްތަކުގެ އަޣްލަބިއްޔަތު ވޯޓު ލިބިއްޖެނަމައެވެ.

(ށ) ކައުންސިލުގެ އިންތިހާބުގައި ހޮވަންޖެހޭ މަގާމަކ 1 (އެކެއް) މެންބަރަށްވުރެ ގިނަ މެންބަރުން ހޮވަންޖެހޭ މަގާމަކަށް ވެފައި، އެ މަގާމަށް ކުރިމަތިލ ހޮވަންޖެހޭ މެންބަރުންނަށްވުރެ މަދު މެންބަރުން ނުވަތަ ހޮވަންޖެހޭ މެންބަރުންގެ އަދަދަށް ކަމަށްވާނަމަ، އެ މަގާމަށް ހޮވޭނ އިންތިހާބުގައި ވޯޓުލާ ފަރާތްތަކުގެ އަޣްލަބިއްޔަތު ވޯޓު ލިބިއްޖެނަމައެވެ. އަދި މި ފަދައިން ވޯޓު ނަގާނީ، އެ މަގާމަށް ހޮވުމަށް މެންބަރުންގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

 

16 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ) ކައުންސިލުގެ އިންތިހާބަކަށް ކުރިމަތިލާ މެންބަރަކ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރާ އާއިލީ ގުޅުން އޮންނަ ފަރާތަކަށް ވެގެން ނުވާނެއެވެ.

(ށ) ކައުންސިލުގެ އިންތިހާބަކަށް އެއްފަހަރާ ކުރިމަތިލާ 2 (ދޭއް) މެންބަރުންނަކ ނުވަތަ އެއަށްވުރެ ގިނަ މެންބަރުންނަކީ އެ މެންބަރުންގެ މެދުގައި އާއިލީ ގުޅުން އޮންނަ ފަރާތްތަކަކަށް ވެގެން ނުވާނެއެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށް، އާއިލީ ގުޅުން އޮންނަ ފަރާތެއް ކަމަށް ބެލެވޭނީ އަންނަނިވި ފަރާތްތަކެވެ.

  1. މައިންބަފައިން )ދޮންމަންނަ/ދޮންބައްޕަ ހިމެނޭހެން)؛ 
  2. ފިރިމީހާ/އަނބިމީހާ؛
  3. (2) ދަރިން (ދޮންދަރިން ހިމެނޭހެން).  

 

17 ވަނަ މާއްދާ - އިންތިހާބުގައި އިންސްޓިޓިއުޓުގެ މުވައްޒަފުންގެ ބައިވެރިވުން

(ހ) ކައުންސިލުގެ އިންތިހާބަށް ކުރިމަތިލާ އެއްވެސް މެންބަރަކަށް ކެމްޕެއިން ނުވަތަ އެންޓ-ިކެމްޕެއިން ކޮށްދިނުމުގެ ހަރަކާތްތަކުގައި، ނުވަތަ އިންތިހާބަށް ކުރިމަތިލާ އެއްވެސް މެންބަރެއްގެ ފަރާތުން އިންތިހާބާ ގުޅޭ އެހެނިހެން ކަންކަމުގައި އިންސްޓިޓިއުޓުގެ އެއްވެސް މުވައްޒަފަކު ބައިވެރިވެގެން ނުވާނެއެވެ.

(ށ) އިންސްޓިޓިއުޓުގެ އެއްވެސް މުވައްޒަފަކު، މި ގަވާއިދުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ، އިންސްޓިޓިއުޓުގެ ޑިސިޕްލިނަރީ ޕޮލިސީ ތަކާއި ކަމާގުޅޭ އެހެނިހެން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅޭނެއެވެ. 

 

18 ވަނަ މާއްދާ - މުއްދަތު ގުނުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދޭންވާނ އަންނަނިވި އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ  ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) އަށެވެ.

(ށ) "އެޕީލް ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންސްޓިޓިއުޓުގެ އެޕީލް ކޮމިޓީ އަށެވެ.

(ނ) "ކައުންސިލް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންސްޓިޓިއުޓުގެ ކައުންސިލަށެވެ. 

(ރ) "އިންތިހާބު ކޮމިޓީ "ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޮމިޓީ އަށެވެ.

(ބ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ ދަށުން އުފައްދައިފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އަށެވެ.

(ޅ) "މެންބަރު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން އިންސްޓިޓިއުޓުގައި ރަޖިސްޓަރ ކޮށްފައިވާ މެންބަރުންނަށެވެ.  

(ކ) "ކައުންސިލުގެ މެންބަރުންގެ ދައުރު ހަމަވާ ތާރީހު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން 13 ސެޕްޓެންބަރު 2020 ގައި އިންސްޓިޓިއުޓުގެ އިންތިގާލީ ކައުންސިލް އައްޔަނުވެފައިވާތީ، އިންތިގާލީ ކައުންސިލުގެ މުއްދަތު ހަމަވާ ތާރީހުކަމަށްވާ 13 ސެޕްޓެންބަރު 2024 އަށެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު (ގާނޫނު ނަންބަރު 2020-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު