-

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-06)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 23 އޯގަސްޓް 2024 ގައި)


އެއްވަނަ ބައި 

ފެށުން

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވ،ާ ރައްކާތެރި  ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ. 

(ށ) މި ގާނޫނަށް ކިޔާނީ، "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު" އެވެ

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ)  ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން؛

(ށ) ކާބޯތަކެތި އުފެއްދުމާއި، އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ތައްޔާރުކުރުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމާއި، ރައްކާކުރުމާއި، ގުދަންކުރުމާއި، ގަނެ ވިއްކުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، ފޯރުކޮށްދިނުމުގައި ސިއްހީގޮތުން ބަލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުން؛

(ނ) ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ތަންތަން ހިންގުމުގެ ހުއްދަދިނުމުގެ އުސޫލުތައް ބަޔާންކުރުން؛ 

(ރ) ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ބ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި:

  1. ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ތަންތަނުގައި ފުރިހަމަވާންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅުއެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛ 
  2. ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ފޯރުކޮށްދޭ މީހުންނާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅުއެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛
  3. ކާބޯތަކެތި ބަލައި ފާސްކުރުމާއި، ޓެސްޓުކުރުމަށް ހިފެހެއްޓުމާއި، ސާމްޕަލް ނެގުމާއި، އޭގެ ތެރެއިން ސިއްހީގޮތުން ރައްކާތެރިނޫން ތަކެތި ކަމަށް ބެލެވޭ ކާބޯތަކެއްޗާއި، ސިއްހަތަށް ގެއްލުންދެނިވި މާއްދާތައް އެކުލެވޭ ކާބޯތަކެތި ބޭނުންކުރުމާއި ވިއްކުން މަނާކުރުމާއި، ރިކޯލްކުރުމާއި، ބާޒާރުން ނެގުމާގުޅޭ އުސޫލުތައް ކަނޑައެޅުން.

(ޅ) ކާބޯތަކެތީގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ދިމާވިޔަނުދިނުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް 
ބަޔާންކުރުމާއި، އެފަދަ ނުރައްކަލެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުން؛

(ކ) ކާބޯތަކެއްޗާ ގުޅޭގޮތުން ކުރުން މަނާ ކަންކަން ކަނޑައެޅުމާއި، ކާބޯތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުން. 

 

3 ވަނަ މާއްދާ - ގާނޫނަށް އިސްކަންދިނުން

ގާާނޫނު ނަންބަރު 2020-12 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގައި ނުވަތަ އެހެން ގާނޫނެއްގައި، މުދާ ވިއްކުމުގައި ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގައި ފުރިހަމަވާންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އާންމު މިންގަނޑުތައް އެފަދައިން ކަނޑައަޅާފައިވީނަމަވެސް، ކާބޯތަކެއްޗާ ގުޅޭގޮތުން ހިނގާނީ، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކެވެ.  

 

4 ވަނަ މާއްދާ - ކާބޯތަކެތީގެ މާނަ

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، "ކާބޯތަކެތި" ކަމަށް ބުނެފައި އެވަނީ، އިންސާނުން ކައިބޮއި ހެދުމަށް ބޭނުންކުރާ ނުވަތަ އެ ބޭނުމަށް ތައްޔާރުކުރެވިފައިވާ ކޮންމެ އެއްޗަކަށެވެ.

(ށ) ކާބޯތަކެތީގެ ތެރޭގައި އަންނަނިވި ބާވަތްތައް ހިމެނެއެވެ.

  1. އިންސާނުން ކެއުމަށް ބޭނުންކުރާ ގަސްގަހާގެއްސާއި، ގަހުގެ އޮށާއި، ގަހުގެ ބައިތަކާއި، ގަހުގައި އަޅާ ތަކެތީގެ ބާވަތްތައް؛ 
  2. އިންސާނުން ކެއުމަށް ބޭނުންކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތައް؛
  3. ޕްރޮސެސްކޮށްފައިވާ ކާބޯތަކެއްޗާއި، ޕްރޮސެސްނުކުރާ ކާބޯތަކެއްޗާއި، އެ އެއްޗެއްގެ ހަމައެކަނި ވަކި ބައެއް ޕްރޮސެސްކޮށްފައިވާ ކާބޯތަކެތި؛  
  4. ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ކާބޯތަކެތި؛ 
  5. ހާއްސަ ޑައެޓަރީ ބޭނުންތަކަށް ހަދާފައިވާ ކާބޯތަކެއްޗާއި، ފުޑް ސަޕްލިމެންޓްގެ ބާވަތްތައް؛
  6. ކެއިންބުއިމަށް ބޭނުންކުރާ ފެން؛ 
  7. ޗުއިންގަމާއި ދުފުމަށް ބޭނުންކުރާ ބާވަތްތައް؛ 
  8. ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ތައްޔާރުކުރުމަށް ބޭނުންކުރާ މާއްދާތައް؛
  9. ކާއެއްޗަކަށް ނުވަތަ ބޯއެއްޗަކަށް އިތުރުކުރުމަށް ނުވަތަ އެއްކުރުމަށް ބޭނުންކުރާ އެއްޗެހި )ފުޑް އެޑިޓިވްސް(؛ 
  10. ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ލަފާގެ މަތިން ކާބޯތަކެތީގެ ގޮތުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ އެއްޗެއް، 

(ނ) ކާބޯތަކެތީގެ ތެރޭގައި އަންނަނިވި ބާވަތްތަކެއް ނުހިމެނެއެވެ.  

  1. ބޭހާއި ބޭހުގެ ގޮތުގައި ތައްޔާރުކޮށްފައި ހުންނަ އުފެއްދުންތައް؛
  2. ކޮސްމެޓިކްސްގެ ބާވަތްތައް؛
  3. މަސްތުވާތަކެތި ނުވަތަ ސައިކޯޓްރޯޕިކް ސަބްސްޓެންސްތައް؛
  4. ދުންފަތުގެ ބާވަތްތައް؛
  5. ޖަނަވާރުގެ ކާނާ؛
  6. ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ލަފާގެ މަތިން ކާބޯތަކެތި ނޫން ކަމުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ އެއްޗެއް،

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިނުވާ ބާވަތެއްގެ އެއްޗެއް އެއީ ކާބޯތަކެތި ކަމުގައި މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅަންވާނީ، ނުވަތަ މި ގާނޫނުގައި ކާބޯތަކެތީގެ ގޮތުގައި ބަޔާންކޮށްފައިވާ ބާވަތެއް އެއީ ކާބޯތަކެތި ނޫން ކަމުގައި މި މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅަންވާނީ، އެ އެއްޗެއްގެ ބާވަތާއި، އެއިން ކުރާ ބޭނުމާއި، އޭގެ ފެންވަރާއި، އޭގައި ހިމެނޭ މާއްދާތަކަށާއި، އެއިން ލިބޭ މަންފާއަށް ރިއާޔަތްކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކާބޯތަކެތީގެ ބާވަތެއްގެ ގޮތުގައި އެއްވެސް އެއްޗެއް ކަނޑައަޅައިފިނަމަ، ނުވަތަ ވަކި އެއްޗަކީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމުގައި ކަނޑައަޅައިފިނަމަ، އެފަދައިން ކަނޑައަޅާ ކަނޑައެޅުން، ދިވެހިސަރުކާރުގެ ގެޒެޓުގައި އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.  

(ޅ) މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ތައްޔާރުކުރުމަށް ބޭނުންކުރާ މާއްދާތަކުގައާއި، އެ އަކުރުގެ ) 9( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކާއެއްޗަކަށް ނުވަތަ ބޯއެއްޗަކަށް އިތުރުކުރުމަށް ނުވަތަ އެއްކުރުމަށް ބޭނުންކުރާ އެއްޗެހީގައި، މި ގާނޫނުގެ ދަށުން ކާބޯތަކެތީގައި ހުންނަންޖެހޭ ށަރުތުތައް ފުރިހަމަވުން ލާޒިމެއްނޫނެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ތައްޔާރުކުރުމަށް ބޭނުންކުރާ މާއްދާތަކުގައާއި، އެ އަކުރުގެ ) 9( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކާއެއްޗަކަށް ނުވަތަ ބޯއެއްޗަކަށް އިތުރުކުރުމަށް ނުވަތަ އެއްކުރުމަށް ބޭނުންކުރާ އެއްޗެހި ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާނަމަ، އެ ތަކެއްޗަކީ މި ގާނޫނުގެ ދަށުން ކާބޯތަކެތީގައި ހުންނަންޖެހޭ ށަރުތުތައް ފުރިހަމަވާ އެއްޗެހި ކަމުގައި 
ވާންވާނެއެވެ.

 

ދެވަނަ ބާބު

ގާނޫނު ހިންގުން

 

5 ވަނަ މާއްދާ - ގާނޫނު ހިންގުން

ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ގާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.

 

6 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމާއި ހިންގުމާ ގުޅޭގޮތުން މިނިސްޓަރު އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. 

(ހ) ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި ވަސީލަތްތައް ހަމަޖައްސައި، ހަރުދަނާ ގޮތެއްގައި ގާނޫނު ތަންފީޒުވަމުންދާކަން ކަށަވަރުކުރުން؛

(ށ) ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުން ގާއިމުކޮށްފައިވާ ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އުސޫލުތައް ކަނޑައެޅުން؛

(ނ) ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރާނެ ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުވަމުންދާކަން ކަށަވަރުކުރުން؛

(ރ) މީހުން ދިރިއުޅޭ އެންމެހައި ރަށްރަށުގައާއި ސިޓީތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އެކި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރެވޭނެ ނިޒާމެއް ގާއިމުކުރުން.

 

7 ވަނަ މާއްދާ - ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުން ކައުންސިލުތަކާ އަންނަނިވި މަސްއޫލިއްޔަތުތައް ހަވާލުކުރެވިގެންވެއެވެ.

  1. ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް، ރަށު އަދި ސިޓީ ފެންވަރުގައި ތަންފީޒުކުރުން؛
  2. އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން؛
  3. އޮތޯރިޓީން ކަނޑައަޅާ ގަވާއިދުތަކާއި މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ހުއްދަދޭ މުވައްޒަފުން މެދުވެރިކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުން؛
  4. ކާބޯތަކެތީގެ ޒަރީއާއިން އިންސާނުންގެ މެދުގައި ފެތުރޭ ބަލިތައް ރަށު އަދި ސިޓީގެ ފެންވަރުގައި ކޮންޓްރޯލްކުރުމުގައާއި ކާބޯތަކެތި ރިކޯލްކުރުމާއި ބާޒާރުން ނެގުމުގައި އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅުއެޅުން؛
  5. ކައުންސިލުގެ އިހްތިސާސް ހިނގާ ދާއިރާގައި މި ގާނޫނާ ހިލާފަށް ހިންގާ ކަންކަން ބަލައި ރިޕޯޓުކުރުމާއި ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއާ ގުޅިގެން ފިޔަވަޅުއެޅުން؛
  6. އެކިއެކި ތަފާސްހިސާބު އެއްކުރުމުގެ ބޭނުމަށާއި މި ގާނޫނު ތަންފީޒުކުރުމުގައި މިނިސްޓްރީއާއި އޮތޯރިޓީއަށް ބޭނުންވާ މައުލޫމާތ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތްތަކަށް ފޯރުކޮށްދިނުން.

(ށ) މި ގާނޫނުގެ ދަށުން ކައުންސިލުތަކާ ވަކި ބާރެއް ނުވަތަ މަސްއޫލިއްޔަތެއް ހަވާލުކުރާނަމަ، އެކަން ކުރަންވާނީ، އެ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް ސާފުކޮށް އެނގޭނެ ގޮތަށް ކައުންސިލާއި މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުންނެވެ.

 

8 ވަނަ މާއްދާ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮތޯރިޓީ ހިނގަމުންދާނީ، މިނިސްޓްރީގެ ދަށުންނެވެ. އަދި އޮތޯރިޓީއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އޮތޯރިޓީ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުން އައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އޮތޯރިޓީގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮތޯރިޓީއަށް ބަދަލުވީއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މުވައްޒަފުން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮތޯރިޓީ އުފެދުމާއެކު، އެ އޮތޯރިޓީގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީއެވެ.

 

9 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަންނަނިވި މަސްއޫލިއްޔަތުތައް އޮތޯރިޓީއާ ހަވާލުކުރެވިގެންވެއެވެ.

(ހ) ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުން؛

(ށ) ކާބޯތަކެތީގެ ފެންވަރު ހިފަހައްޓައި، ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުންނާއި އެ ތަކެއްޗަކީ ސިއްހީގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ކަށަވަރުކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުނ:ް

  1. ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖޭގައި އުފައްދ،ާ ނުވަތަ ތައްޔާރުކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ބަންދުކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި އެ ތަކެއްޗަކީ ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، އެ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުން؛
  2. ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާގުޅޭ ކަންކަމުގައި ސަރުކާރަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް ލަފަޔާއި އިރުށާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ކާބޯތަކެތިން ލިބޭ ފައިދާއާއި، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާމެދު، ކާބޯތަކެތީގެ މަސައްކަތްކުރާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުވުން.

(ނ) ކާބޯތަކެތި އުފެއްދުމަށް، ނުވަތަ ތައްޔާރުކުރުމަށް، ނުވަތަ ބަންދުކުރުމަށް ނުވަތަ ލޭބަލްކުރުމަށް ނުވަތަ ރައްކާކުރުމަށް ނުވަތަ ގުދަންކުރުމަށް، ނުވަތަ ގަނެ ވިއްކުމަށް ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމަށް، ނުވަތަ ފޯރުކޮށްދިނުމަށް، ނުވަތަ އިމްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކާބޯ ތަކެތީގެ ބާވަތްތައް ކަނޑައެޅުމާއި، ހުއްދަ ހޯދައިގެން މެނުވީ ދިވެހިރާއްޖެއަށް އިމްޕޯޓުނުކުރެވޭނެ ކާބޯތަކެތީގެ ބާވަތްތައް ކަނޑައެޅުމާއި، ކަމާގުޅޭ ހުއްދަތައް ދޫކުރުމުގެ ށަރުތުތައް ކަނޑައެޅުމާއި އެ ހުއްދަތައް ދޫކުރުން؛

(ރ) ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި އެނޫންވެސް ކާބޯތަކެތި ވިއްކުމުގައާއި ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި އެ ކާބޯތަކެތި ގެންގުޅޭ ފަރާތްތަކުން ދަމަހައްޓަންޖެހޭ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ބ) ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ލެބޯރަޓަރީތަކުގައި ކާބޯތަކެތި ތަހްލީލުކުރުމުގެ ހިދުމަތް ދިނުމަށްޓަކައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި އެ ލެބޯރަޓަރީތަކުގައި ކާބޯތަކެތި ތަހްލީލުކުރުމުގެ ހިދުމަތް ދިނުމަށް ހުއްދަދިނުމުގެ ށަރުތުތައް ކަނޑައެޅުމާއި އެ ހުއްދަ ދިނުން؛

(ޅ) ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާއި ކަމާބެހޭ ބައިނަލްއަގްވާމީ އެޖެންސީތަކާއެކު ގުޅުން ބަދަހިކޮށް ދެމެހެއްޓުމާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުމުގެ ގޮތުން ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން؛

(ކ) މި ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް އެކަށައަޅައި ހިންގުން؛

(އ) ކާބޯތަކެތި އުފައްދާ ތަންތަނާއި، ތައްޔާރުކުރާ ތަންތަނާއި، ބަންދުކުރާ ތަންތަނާއި، ރައްކާކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭތަންތަން ބަލައި ފާސްކުރުމާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

 

10 ވަނަ މާއްދާ - އޮތޯރިޓީގެ ބާރުތައް

މި ގާނޫނުގެ ދަށުން އޮތޯރިޓީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި މި ގާނޫނު ތަންފީޒުކުރުމުގައި އޮތޯރިޓީއަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތި ބަލައި ފާސްކުރުމާއި، ޓެސްޓުކުރުމަށް ހިފެހެއްޓުމާއި، ސާމްޕަލް ނެގުމާއި ތަހްލީލުތައް ކުރުން؛

(ށ) ކާބޯތަކެތި އުފައްދާ ތަންތަނާއި، ތައްޔާރުކުރާ ތަންތަނާއި، ބަންދުކުރާ ތަންތަނާއި، ރައްކާކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަނާއި އެ ތަންތަނުގެ ތަކެއްޗާއި ވަސީލަތްތައް ބަލައި ފާސްކުރުމާއި ފިޔަވަޅުއެޅުން؛

(ނ) ސިއްހީގޮތުން ރައްކާތެރިނޫން ތަކެތި ކަމަށް ބެލެވޭ ކާބޯތަކެއްޗާއި ސިއްހަތަށް ގެއްލުންދެނިވި މާއްދާތައް ހިމެނޭ ކާބޯތަކެތި ހިފެހެއްޓުމާއި، އެ ތަކެތީގެ ސާމްޕަލް ނެގުމާއި، އެ ތަކެތި 
ބޭނުންކުރުމާއި ވިއްކުން މަނާކުރުމާއި، ރިކޯލްކުރުމާއި، ބާޒާރުން ނެގުމަށް އަމުރުކުރުމާއި އެ ތަކެތި ނައްތާލުމަށް އެންގުން؛

(ރ) ކާބޯތަކެތީގެ ތެރެއިން ވަކި ބާވަތެއްގެ ކާބޯތަކެއްޗަކީ ނުވަތަ ވަކި އެއްޗެއް ނުވަތަ ވަކި މާއްދާއެއް ނުވަތަ ބާވަތެއް ހިމެނޭ ކާބޯތަކެއްޗަކީ އިންސާނުން ބޭނުންކުރުމަށް ކަމުދާ އެއްޗެހި ނޫންކަމަށް ކަނޑައެޅުމާއި، އެފަދަ ތަކެތި ހިފެހެއްޓުމާއި، އެފަދަ ތަކެތި ބޭނުންކުރުމާއި ވިއްކުން މަނާކުރުމާއި، ރިކޯލްކުރުމާއި، ބާޒާރުން ނެގުމަށް އަމުރުކުރުމާއި އެ ތަކެތި ނައްތާލުމަށް އެންގުން؛

(ބ) ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި އެނޫންވެސް ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި އެ ތަކެތި ގެންގުޅޭ ފަރާތްތަކުން ސިއްހީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ހަދަންޖެހޭ ސިއްހީ ޓެސްޓުތައް ހެދުން ލާޒިމުކުރުމާއި، ކާބޯތަކެތި ގެންގުޅޭ ފަރާތްތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅުއެޅުން؛

(ޅ) ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކާބޯތަކެއްޗަކީ ސިއްހީގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެނޫންވެސް ކަންކަން ކުރުން.

 

11 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް

(ހ) އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ފަރާތަކީ ޑިރެކްޓަރ ޖެނެރަލެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިރެކްޓަރ ޖެނެރަލް މަސައްކަތްކުރާނީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އާންމު އިރުށާދުގެ ދަށުންނެވެ.

(ނ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަކީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ މަގްސަދަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ. އެ މަގާމަށް މީހަކު އައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ރ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އާންމު ސިއްހަތުގެ ދާއިރާއިން ނުވަތަ ބަޔޮލޮޖިކަލް ސައިންސް ނުވަތަ އެނެލިޓިކަލް ސައިންސް ނުވަތަ ކާބޯތަކެތީގެ ދާއިރާއިން ނުވަތަ ފާމަސޫޓިކަލްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމުގެ އިތުރުން، މާސްޓަރސް ޑިގްރީއެއް ނުވަތަ އެ ފެންވަރުގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން؛
  2. ސިއްހީ ދާއިރާގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

(ބ) ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އޮތޯރިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އަދި ކަމާގުޅޭގޮތުން އޮތޯރިޓީން ނިންމާ އެންމެހައި ނިންމުންތަކާ ގުޅޭގޮތުން، ޑިރެކްޓަރ ޖެނެރަލް މިނިސްޓަރަށް ޖަވާބުދާރީވާންވާނެއެވެ.

 

12 ވަނަ މާއްދާ - އޮތޯރިޓީގެ މުވައްޒަފުން

(ހ) އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮތޯރިޓީގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް، އެ މުވައްޒަފުންގެ މަގާމުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ބަޔާންކުރ،ާ މުވައްޒަފުންގެ އިދާރީ އޮނިގަނޑެއް، މިނިސްޓްރީގެ ލަފާގެ މަތިން އޮތޯރިޓީން އެކުލަވާލައި، ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން އެކުލަވާލާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

13 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަމުން އެއްކިބާވުމާއި ސުލޫކީ ކަންކަން

(ހ) އޮތޯރިޓީގެ މުވައްޒަފުން މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަމަލުކުރަންވާނީ، ވަކި ފަރާތަކަށް ބުރަނުވ،ެ ނުފޫޒުން އެއްކިބާވެ ތިބެއެވެ.

(ށ) އޮތޯރިޓީގެ އެއްވެސް މުވައްޒަފެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް އޮތޯރިޓީން ބަލާނަމަ ނުވަތަ ނިންމާނަމަ، އެކަމެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ ފަރާތެއް ބައިވެރިވެގެން ނުވާނެއެވެ. އަދި އެއީ އެފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްކަން ކުރިން އެނގިފައި ނެތްނަމަވެސް، އެކަން އެނގުމާއެކު އެކަމެއް ބެލުމުން ނުވަތަ އެކަމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މުވައްޒަފަކު ތަނާޒުލުވާންވާނެއެވެ.

(ނ) އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، މި ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް ފަރާތެއްގެ ނަމުގައި، ގަބޫލުކޮށްގެން ނުވާނެއެވެ.

(ރ) އޮތޯރިޓީގެ މުވައްޒަފުންނަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީ ތަމްސީލުކުރާ އެހެން ފަރާތަކުން، އެ ފަރާތެއްގެ ވާޖިބުތައް އަދާކުރުމުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލޭނެއެވެ.

 

15 ވަނަ މާއްދާ - މާލީ ކަންކަން

(ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ހިމަނައި، ދައުލަތުގެ މާލިއްޔާއިން އެ އޮތޯރިޓީއަށް ދޫކުރަންވާނެއެވެ.

(ށ) އޮތޯރިޓީގެ އެންމެހައި ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

16 ވަނަ މާއްދާ - ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑު

(ހ) ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި އޮތޯރިޓީއަށް ލަފާދިނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ނަމުގައި މިނިސްޓަރު ބޯޑެއް އެކުލަވާލަންވާނެއެވެ.

(ށ) ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑު އެކުލެވިގެންވާނީ، އަންނަނިވި 10 (ދިހައެއް) މެންބަރުންގެ މައްޗަށެވެ.

  1. ޑިރެކްޓަރ ޖެނެރަލް؛
  2. މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ އިސް ފަރާތެއް؛
  3. ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ކަންކަމުގައި މަސައްކަތްކުރާ އޮތޯރިޓީގެ ކަމާބެހޭ ބައިގެ އިސްވެރިޔާ؛
  4. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ދެނެގަތުމުގައި ހެލްތް ޕްރޮޓެކްށަން އެޖެންސީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން އެ އެޖެންސީން ކަނޑައަޅާ އިސް ފަރާތެއް؛
  5. އިގްތިސާދީ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ އިސް ފަރާތެއް؛
  6. މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގައި މަސައްކަތްކުރާ މަސްވެރިކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ އިސް ފަރާތެއް؛
  7. ދަނޑުވެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގައި މަސައްކަތްކުރާ ދަނޑުވެރިކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ އިސް ފަރާތެއް؛ މިގޮތުން މުވައްޒަފަކު ކަނޑައެޅުމުގައި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކާއި ގަހަށް ޖެހޭ ބަލިތައް ދެނެގަތުމުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ކަނޑައެޅުމަށް އިސްކަންދޭންވާނެއެވެ. 
  8. މިނިސްޓަރު އައްޔަންކުރ،ާ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ފުޑް ސައިންސްގެ މާހިރެއް؛
  9. ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތެއް؛ މިގޮތުން މެންބަރަކު އައްޔަންކުރުމުގައި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްއިއްޔާތަކުން ކަނޑައަޅާ ފަރާތެއް އައްޔަންކުރުމަށް އިސްކަންދޭންވާނެއެވެ. 
  10. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއް،

(ނ) މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މެންބަރުން ބޯޑަށް އައްޔަންކުރާނީ، އާންމުކޮށް އިއުލާންކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ.

(ރ) ޑިރެކްޓަރ ޖެނެރަލް ފިޔަވައި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބޯޑުގެ މެންބަރުންގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހުގެ ދައުރެކެވެ. އެހެންނަމަވެސް، އެ މެންބަރުންގެ ފުރަތަމަ ދައުރު ހަމަވުމުން، އިތުރު އެއް ދައުރަށް އެ މެންބަރުން ބޯޑަށް އައްޔަންކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރިނަންބަރުތަކުގައި ބަޔާންކުރާ ފަރާތްތައް ބޯޑުގައި ހިމެނޭނީ މަގާމުގެ ހައިސިއްޔަތުން ކަމުގައިވާތ،ީ އެ ފަރާތްތައް ބޯޑުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނީ އެ ފަރާތްތައް ބޯޑުގައި ހިމެނޭ މަގާމުގައި ދެމިތިބިހާ ހިނދަކުއެވެ. އެ ފަރާތްތައް އެ މަގާމުން ވަކިވެއްޖެނަމަ، ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތް ފިޔަވައި ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރެވޭ ފަރާތްތަކަކީ، ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ތަނެއްގައި މަސްލަހަތެއް އޮތް ފަރާތެއް ކަމުގައިވެގެން ނުވާނެއެވެ.

(ކ) ބޯޑުގެ ރައީސްއަކީ ޑިރެކްޓަރ ޖެނެރަލެވެ.

 

17 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން އޮތޯރިޓީއަށް ލަފަޔާއި އިރުށާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ) ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުން.

 

18 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނީ އޮތޯރިޓީންނެވެ.

(ށ) ބޯޑުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ސައިންޓިފިކް ކޮމިޓ،ީ ޕެނަލް އަދި ޓާސްކް ފޯސް ގާއިމުކުރުން

ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އޮތޯރިޓީއަށް ފަންނީ ލަފާދިނުމަށްޓަކައި އަދި އޮތޯރިޓީން ކަނޑައަޅާ މަސައްކަތްތައް ކުރުމަށްޓަކައި، ސައިންޓިފިކް ކޮމިޓީއާއި، ފަންނީ ޕެނަލާއި ޓާސްކް ފޯސްތައް ފަދަ ފަންނީ މަސައްކަތްކުރާނެ ކޮމިޓީތަކާއި ގްރޫޕުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށް އެކުލަވާލެވިދާނެއެވެ.

 

20 ވަނަ މާއްދާ - ނޭށަނަލް ހެލްތް ލެބޯރަޓަރީ

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރުމަށްޓަކައި، އަދި ކާބޯތަކެތި އުފައްދާ ތަންތަނާއި، ނުވަތަ ބަންދުކުރާ ތަންތަނާއި، ނުވަތަ ގުދަންކުރާ ތަންތަނާއި، ނުވަތަ ރައްކާކުރާ ތަންތަނާއި، ނުވަތަ ވިއްކާ ތަންތަނާއި، ނުވަތަ ފޯރުކޮށްދޭ ތަންތަނާއި، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަނުގެ ސިއްހީ ރައްކާތެރިކަން ބެލުމަށް ކުރަންޖެހޭ ތަހްލީލުތައް ކުރުމަށްޓަކައި ނޭށަނަލް ހެލްތް ލެބޯރަޓަރީއެއް ގާއިމުކުރަންވާނެއެވެ.

(ށ) ނޭށަނަލް ހެލްތް ލެބޯރަޓަރީ ހިނގަމުންދާނީ އޮތޯރިޓީގެ ބެލުމުގެ ދަށުންނެވެ. އަދި އޮތޯރިޓީން އެ ލެބޯރަޓަރީ ހިންގަންވާނީ، އެފަދަ ލެބޯރަޓަރީ ހިންގުމަށް ކަނޑައެޅިފައިވާ ގައުމީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ނޭށަނަލް ހެލްތް ލެބޯރަޓަރީ ހިންގުމާއި، އެ ތަނުގައި ކުރަންޖެހޭ ތަހްލީލުތައް ކުރުމާއި އަދި އެ ތަނުގައި ހިފަހައްޓަންޖެހޭ ފެންވަރާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ރިފަރަލް ލެބޯރަޓަރީ ކަނޑައެޅުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަމުގެ ތެރެއިން ކަމެއް ނޭށަނަލް ހެލްތް ލެބޯރަޓަރީން ކުރެވެން ނެތް ހާލަތެއްގައި، އެކަންކަން ފުރިހަމަކުރުމުގެ ގޮތުން އެހީތެރިކަން ހޯދާނ،ެ ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ރިފަރަލްލެބޯރަޓަރީތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ރިފަރަލް ލެބޯރަޓަރީއަކުން ހިދުމަތް ހޯދަންވާނީ، މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހިދުމަތް ހޯދާ ފަރާތާއި އެ ލެބޯރަޓަރީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ނ) ރިފަރަލް ލެބޯރަޓަރީ ކަނޑައެޅުމާގުޅޭ އުސޫލުތަކާއި ރިފަރަލް ލެބޯރަޓަރީން ތަހްލީލުތައް ކުރުމަށްޓަކައި ސާމްޕަލް ހުށަހެޅުމާ ގުޅޭގޮތުންނާއި ރިފަރަލް ސިސްޓަމް ހިންގުމަށް ބޭނުންވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކުލަވާލަންވާނެއެވެ.

 

 

ދެވަނަ ބައި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް

 

ތިންވަނަ ބާބު

ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ށަރުތުތައް

 

22  ވަނަ މާއްދާ - ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ށަރުތުތައް

(ހ) ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ގުދަންކޮށް ރައްކާކުރާ ނުވަތަ އިމްޕޯޓުކުރާ ނުވަތަ އެކްސްޕޯޓުކުރާ ނުވަތަ ވިއްކާ ނުވަތަ ބޭނުންކުރާ ކާބޯތަކެތި ވާންވާނީ، ސިއްހީގޮތުން ފައިދާހުރި، ރައްކާތެރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ކާބޯތަކެއްޗަށެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ކާބޯތަކެތި އެއްވެސް ފަރާތަކުން އުފައްދ،ާ ނުވަތަ ތައްޔާރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ ގުދަންކޮށް، ނުވަތަ ރައްކާކޮށް، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލައި، ނުވަތަ އެކްސްޕޯޓުކޮށް، ނުވަތަ އިމްޕޯޓުކޮށް، ނުވަތަ ވިއްކައި، ނުވަތަ ބޭނުންކޮށް ނުވަތަ އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.

  1. ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި؛
  2. ތާހިރުނޫން ކާބޯތަކެތި؛ 
  3. އިންސާނުން ބޭނުންކުރުމަށް ކަމުނުދާ ކާބޯތަކެތި؛
  4. ދިވެހިރާއްޖޭގައި ބޭނުންކުރުމަށް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ކާބޯތަކެތި؛
  5. ދިވެހިރާއްޖެއަށް އިމްޕޯޓުކޮށްގެންނުވާނ،ެ ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިގެންނުވާނެ ނުވަތަ ތައްޔާރުކޮށްގެންނުވާނ،ެ ނުވަތަ ވިއްކައިގެންނުވާނެ ނުވަތަ ފޯރުކޮށްދީގެންނުވާނެ ނުވަތަ ބޭނުންކޮށްގެންނުވާނެ ކަމަށް އޮތޯރިޓީން ކަނޑައަޅާ ކާބޯތަކެތ.ި

 

23 ވަނަ މާއްދާ - ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި 

މި ގާނޫނުގެ ބޭނުމަށްޓަކައި، ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ "އެޑަލްޓަރޭޓަޑް" ކާބޯތަކެތި ކަމުގައި ބެލެވޭނީ އަންނަނިވި ހާލަތްތަކުގައިވާ ކާބޯތަކެއްޗެވެ.

(ހ) ވިއްކާ ފަރާތުން ވިއްކާފައިވާ ކާބޯތަކެތީގެ ޒާތ،ް ނުވަތަ އޭގައި ހިމެނޭ މާއްދާތައް ކަމަށް ނުވަތަ ފެންވަރު ކަމަށް ބަޔާންކޮށް ގަންނަ ފަރާތަށް ދައްކުވައިދީފައިވާ ގޮތާ ހިލާފަށް އެ އެއްޗެއްގެ ޒާތް ނުވަތަ އޭގައި ހިމެނޭ މާއްދާތައް ނުވަތަ ފެންވަރު ބަދަލުކޮށްފައިހުރުން؛

(ށ) ކާބޯތަކެތީގައި ހިމަނާފައިވާ ނުވަތަ ބޭނުންކޮށްފައިވާ މާއްދާއެއްގެ ސަބަބުން ނުވަތަ އެ ކާބޯތަކެތި ތައްޔާރުކޮށްފައިވާ ނުވަތަ ޕްރޮސެސްކޮށްފައިވާ ގޮތުން އެ ކާބޯތަކެތީގެ ޒާތަށް ނުވަތަ އޭގައި ހިމެނޭ މާއްދާތަކަށް ނުވަތަ ފެންވަރަށް ނޭދެވޭ ބަދަލެއް އައިސްފައިވުން؛

(ނ) ކާބޯތަކެތީގައި ހުންނަންޖެހޭ ބާވަތެއްގެ ބަދަލުގައި އެއަށްވުރެ ދެރަ ނުވަތަ ދަށް ފެންވަރެއްގެ އެހެން އެއްޗެއް ބޭނުންކޮށްފައި ހުރުން، ނުވަތަ އެ އެއްޗެއްގައި ބޭނުންކޮށްފައިވާ މާއްދާއަކީ އެ އެއްޗެއްގައި ހުންނަންވީ މާއްދާއަށްވުރެ ދެރަ ނުވަތަ ދަށް ފެންވަރެއްގެ ނުވަތަ އެ އެއްޗެއްގައި ހުރެގެންނުވާނެފަދަ މާއްދާއެއް ކަމަށްވެފައި، އޭގެ ސަބަބުން އެ ކާބޯތަކެތީގެ ޒާތަށް ނުވަތަ އޭގައި ހިމެނޭ މާއްދާތަކަށް ނުވަތަ ފެންވަރަށް ބަދަލު އައިސްފައިވުން؛

(ރ) ކާބޯތަކެތީގައި ނުވަތަ އޭގެ ބައެއްގައި ހިމެނެންޖެހޭ މާއްދާއެއް އުނިކުރުމުގެ ސަބަބުން އެ ކާބޯތަކެތީގެ ޒާތަށް ނުވަތަ އޭގައި ހިމެނޭ މާއްދާތަކަށް ނުވަތަ ފެންވަރަށް ބަދަލު އައިސްފައިވުން؛

(ބ) އެކި ބާވަތުގެ ކާބޯތަކެތީގައި ހުންނަންޖެހޭ ފެންވަރު ކަމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށްވުރެ ލިބެންހުރި ކާބޯތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ކާބޯތަކެތީގެ ޒާތަށް ނުވަތަ އޭގައި ހިމެނޭ މާއްދާތަކަށް ނުވަތަ ފެންވަރަށް ބަދަލު އައިސްފައިވުން؛

(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މަނާކޮށްފައިވާ ބާވަތެއް، ކާބޯތަކެއްޗަށް އިތުރުކޮށްފައިވުން؛

(ކ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތަކުގައި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެކި މާއްދާތައް އެއްކޮށްގެން ކާބޯތަކެތި ތައްޔާރުކޮށްފައިވުން؛

(އ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފަށް، ކާބޯތަކެތި ތައްޔާރުކުރުމުގައި އެއްކުރާ މާއްދާތަކަށް އުނިއިތުރު ގެނައުން.

 

24 ވަނަ މާއްދާ - ތާހިރުނޫން ކާބޯތަކެތި

މި ގާނޫނުގެ ބޭނުމަށްޓަކައި ތާހިރުނޫން ނުވަތަ "އިމްޕިޔޯ" ކާބޯތަކެތި ކަމުގައި ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ކާބޯތަކެއްޗެވެ. 

(ހ) ވިހައެއް ނުވަތަ ސިއްހަތަށް ގެއްލުން ލިބިދާނެ ފަދަ މާއްދާއެއް ނުވަތަ ބައެއް އެކުލެވޭ ކާބޯތަކެތި؛

(ށ) ކެމިކަލް ނުވަތަ ކާބޯތަކެތީގައި ހިމެނުން މަނާ މާއްދާއެއް ހިމަނާފައިވާ ކާބޯތަކެތި؛ އޭގެ ތެރޭގައި، އެ ކާބޯއެއްޗެއްގެ ބާވަތުން ކޮންމެހެންއަޅަންޖެހ،ޭ އަދި ކާބޯތަކެތީގައި ހިމެނުން ހުއްދަކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ މާއްދާތަކާއި ކެމިކަލްތައް ނުވަތަ އޮތޯރިޓީން ކަނޑައަޅާފައިވާ ވަކި މިންގަނޑަކާ އެއްގޮތްވާ ގޮތުގެމަތިން ކާބޯތަކެތީގައި ހިމަނާފައިވާ މާއްދާތައް ނުވަތަ ކެމިކަލްތަކެއް ނުހިމެނެއެވެ.

(ނ) އާންމު ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ތައްޔާރުކޮށް، އުފައްދައި، ބަންދުކޮށް ނުވަތަ ގުދަންކޮށްފައިވުމުގެ ސަބަބުން އެ ތަކެތި ތަގައްޔަރުވ،ެ ނުވަތަ އެ ތަކެތީގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަން ގެއްލިފައިވާ ކާބޯތަކެތި؛

(ރ) އިންސާނުންނަށް ޖެހޭ ބައްޔެއް ނުވަތަ ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ ޖަނަވާރަކުން ނުވަތަ ގަސްގަހާގެހީގެ ބާވަތަކުން އުފައްދާފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ކާބޯތަކެތި؛

(ބ) ސިއްހަތަށް ގެއްލުން ލިބޭފަދަ މާއްދާއެއް ހިމެނޭ އެއްޗަކުން ނުވަތަ ކާބޯތަކެތީގެ ތާޒާކަމާއި ސާފުތާހިރުކަން ގެއްލޭފަދަ ގޮތަކަށް ބަންދުކޮށްފައިވާ ކާބޯތަކެތި؛

(ޅ) ކުނިވެފައިވާ ނުވަތަ ހަލާކުވެފައިވ،ާ ނުވަތަ ނުތާހިރު ނުވަތަ ބަލިޖެހިފައިވާ ޖަނަވާރުގެ ނުވަތަ ގަސްގަހާގެހީގެ ބާވަތެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ކާބޯތަކެތި ނުވަތަ ފަނިފަކުސާ އެޅުމުގެ ސަބަބުން ނުވަތަ ޖަރާސީމު އަށަގަތުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި އިންސާނުން ކައިބޮއި ހެދުމަށް އެކަށީގެންނުވާ ކާބޯތަކެތި؛

(ކ) ކާބޯތަކެއްޗާ އެ އެއްޗެއް އެކުވުމުން ކާބޯތަކެތި ވިހަވާނެ ނުވަތަ އޭގެ ސަބަބުން ސިއްހަތަށް ގެއްލުންވާނެ މާއްދާއަކުން ތައްޔާރުކޮށްފައިވާ ކޮންޓޭނަރެއް ނުވަތަ އެނޫންވެސް ކާބޯތަކެތި ބަންދުކުރާ އާލާތެއްގައި ބަންދުކޮށްފައިވ،ާ އެފަދަ މާއްދާއެއްގެ އަސަރުކޮށްފައިވާ ކާބޯތަކެތ.ި

 

25 ވަނަ މާއްދާ - އިންސާނުން ބޭނުންކުރުމަށް އެކަށީގެންނުވާ ކާބޯތަކެތި

މި ގާނޫނުގެ ބޭނުމަށްޓަކައި އިންސާނުން ބޭނުންކުރުމަށް އެކަށީގެންނުވާ ކާބޯތަކެތި ކަމުގައި ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ކާބޯތަކެއްޗެވެ.

(ހ) ބައްޔެއް ޖެހިފައިވ،ާ ނުވަތަ މަރުވެގެން ކުނިވެފައިވާ ޖަނަވާރު ނުވަތަ ގަސްގަހާގެހީގެ ބާވަތްތައް؛ އަދި

(ށ) ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރަން އެކަށީގެންނުވާ ޖަނަވާރެއްގެ ބައެއް،

 

26 ވަނަ މާއްދާ - ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުން

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗާއި އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ އަދި ދިވެހިރާއްޖޭގައި އުފައްދައި ބަންދުކުރެވޭ ކާބޯތަކެއްޗަކީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތިކަން ކަށަވަރުކުރަންވާނެއެވެ.

(ށ) ކާބޯތަކެތި ލޭބަލްކުރުމުގައި ހިމަނަންޖެހޭ ބައިތަކުގެ މައުލޫމާތާއި، ބޭރު ފުށުގައި ލޭބަލް ހަރުކޮށްފައިނުވާ ހާލަތުގައި ކާބޯތަކެއްޗާގުޅޭ މައުލޫމާތު ލިޔުމުން ބަޔާންކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާ ބާވަތްތަކާއި ތަކެތި އަދި އެ އެއްޗެއްގެ ނިއުޓްރިއެންޓްތަކާބެހޭ މައުލޫމާތާއި، އެލަރޖިކްވެދާނެ ފަދަ މާއްދާއެއް ހިމެނޭނަމަ އެކަން އެނގޭގޮތަށް، ކާބޯތަކެއްޗާގުޅޭ ސިއްހީ މައުލޫމާތާއި، ކާބޯތަކެތީގެ ބާވަތަށް ބަލައި، އެ ތަ ކެތީގައި ހިމަނަންޖެހޭ އެހެނިހެން މައުލޫމާތާއި، ކާބޯތަކެތި ތައްޔާރުކުރެވުނު އަދި/ނުވަތަ ބަންދުކުރެވުނު ތާރީހާއި އެ ތަކެތީގެ މުއްދަތު ހަމަވާ ތާރީހް ފަދަ މައުލޫމާތުތައް ހިމެނުމާގުޅޭ އުސޫލުތައް، މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަންދުކޮށް ލޭބަލްކުރުމަށް ފަހުގައި މެނުވ،ީ އެއްވެސް ފަރާތަކުން ބަންދުކޮށްފައިވާ ކާބޯތަކެތި ވިއްކައި، ނުވަތަ އެކްސްޕޯޓުކޮށް ނުވަތަ އިމްޕޯޓުކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތަކުން، ލޭބަލްކޮށްފައިނުވާ ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ވިއްކައިގެން ނުވަތަ އިމްޕޯޓުކޮށްގެން ނުވަތަ އެކްސްޕޯޓުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) އާ ހިލާފަށް ކާބޯތަކެތި ވިއްކާ ފަރާތްތަކާއި، އިމްޕޯޓުކުރާ ފަރާތްތަކާއި، އެކްސްޕޯޓުކުރާ ފަރާތްތަކާއި އެނޫންވެސް ގޮތަކަށް ފޯރުކޮށްދޭ ފަރާތްތަކަށް މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި "އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

  1. ކާބޯތަކެތީގައި ހަރުކޮށްފައިވާ ލޭބަލް ނުވަތަ ކާބޯތަކެތި އިށްތިހާރުކުރުމުގައި އޭގައި ނެތް ސިފައެއް ހުރިކަމަށް ދެއްކުން؛
  2. ކާބޯތަކެތީގެ ބާވަތެއްގެ ނަން އޮޅުވާލައިގެން ވިއްކުން؛
  3. ކާބޯތަކެތީގައި ހަރުކޮށްފައިވާ ލޭބަލްގައި ކާބޯތަކެތި އުފެއްދި ފަރާތް ނުވަތަ ކުންފުނި ކަމަށް ބަޔާންކޮށްފައިވާ ފަރާތަކީ އެ ތަކެތި އުފެއްދި އަސްލު ފަރާތް ކަމުގައި ނުވުން؛
  4. ވިއްކުމަށް ތައްޔާރުކުރާ ކާބޯތަކެތި ވިއްކުމަށްޓަކައި ބަންދުކޮށްފައިވާ ޕެކޭޖްގައި އުފެއްދި މީހާގެ އެދުމާއެކު އޭނާގެ ނަމާއި އެޑްރެސް ޖަހާފައިވީނަމަވެސް؛
    1. އެ އުފެއްދުމަކީ އެހެން މީހެއްގެ އުފެއްދުމެއް އަސްލަކަށް ބަލައިގެން ހަދާފައިވާ އެއާ އެއްބާވަތެއްގެ އެއްޗަކަށްވުމުގެ ސަބަބުން، ނުވަތައެ އުފެއްދުމަކީ އެހެން ނަމެއްގައި ވިއްކަމުންދާ ކާބޯތަކެތީގެ އުފެއްދުމަކާ ވައްތަރުވުމުގެ ސަބަބުން، މި ދެ އުފެއްދުން ގަންނަ ފަރާތަށް އޮޅުން އެކަށީގެންވާ ޒާތުގެ އެއްގޮތް ކަމެއް ހުރި ކާބޯތަކެތި ކަމުގައިވުން؛ ނުވަތަ
    2. ސާފުކޮށް ފާޅުވާ ގޮތަށް ލޭބަލްކޮށްފައިނުވުމުގެ ސަބަބުން އޭގެ އަސްލު ޒާތަކީ ކޮބައިކަން އެނގެންނެތް ކާބޯތަކެތި ކަމުގައިވުން؛ ނުވަތަ 
    3. ކާބޯތަކެތީގައި އެކުލެވޭ ބާވަތްތަކާ ބެހޭގޮތުން ސައްހަނޫން މައުލޫމާތު ހިމަނާފައިވުން؛ ނުވަތަ 
    4. ވަކި ގައުމެއް ނުވަތަ ތަނެއްގެ ކާބޯތަކެތި ކަމަށް އޮޅުވާލައިގެން ބުނުން ނުވަތަ ދެއްކުން.
  5. އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ޕެކޭޖްގައި ބަންދުކޮށްފައިވާ ކާބޯތަކެތީގައި ހުރުނ:ް
    1. ކާބޯތަކެތީގައި ފުޑް އެޑިޓިވްސް ބޭނުންކުރުމަށްފަހު އެކަން ބަޔާންކޮށްފައި ނެތުމާއި، މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ލޭބަލްކުރުމުގެ ގަވާއިދު ނުވަތަ މިންގަނޑުތަކާ ހިލާފުވުން؛
    2. ހާއްސަ ޑައެޓަރީ ބޭނުންތަކަށްޓަކައި ތައްޔާރުކޮށްފައި ހުންނަ ކާބޯތަކެތީގެ ލޭބަލްގައި ބަޔާންކުރަންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މައުލޫމާތު އެ އެއްޗެއްގައި އެނގެން ނެތުން ނުވަތަ އެ އެއްޗެއްގައި ހިމެނޭ ޑައެޓަރީ ފައިދާތަކާއި ވިޓަމިނާއި މިނަރަލްގެ މިންވަރާއި އަދި ޑައެޓަރީ ބޭނުމަށްޓަކައި އެ އެއްޗެއްގެ މަންފ،ާ އެކަށީގެންވާ މިންވަރަކަށް ގަންނަ މީހާއަށް އެނގެން ނެތުން؛
    3. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކާބޯތަކެތީގައި ވަކި މާއްދާއެއް ހުރުން ރައްކާތެރި ކަމަށް ބަޔާންކުރާ މިންގަނޑުތައް ފާޅުވާ ގޮތަށް ސައްހަކޮށް ލިޔެފައިނެތުން.

(ކ) ކާބޯތަކެތި ބޭނުންކުރާ ނުވަތަ ގަންނަ ފަރާތަށް ސާފުވާ ގޮތަށް، ވިއްކާ ކާބޯތަކެތި އުފެއްދި ތަނާއި، އޭގައި އެކުލެވިގެންވާ ބައިތަކާއި، އޭގައި އެކުލެވިގެންވާ ނިއުޓްރިށަނަލް މައުލޫމާތާއި ކެލަރީގެ މިންވަރާއި، ރައްކާކޮށް ބަހައްޓާނެ ގޮތާއި ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި، އަދި މީގެ އިތުރުންވެސް ބޭނުންވާ އެހެން މައުލޫމާތު ހިމަނަންވާނެއެވެ.

 

27 ވަނަ މާއްދާ - މިންގަނޑަށް ނުފެތޭ ކާބޯތަކެތި

މި ގާނޫނުގެ ބޭނުމަށްޓަކައި، "މިންގަނޑަށް ނުފެތޭ ކާބޯތަކެތި" ކަމަށް ބެލެވޭނީ، އޮތޯރިޓީން ވަކި މިންގަނޑެއް ކަނޑައަޅާފައިވާ ކާބޯތަކެތި އެ މިންގަނޑަށް ނުފެތުމަށް ނުވަތަ އޮތޯރިޓީން ބަލައިގަނެފައިވާ ބައިނަލްއަގްވާމީ ވަކި މިންގަނޑެއް ކަނޑައަޅާފައިވާ ކާބޯތަކެތި އެ މިންގަނޑަށް ނުފެތުމަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާފައިވާ އެނޫންވެސް މިންގަނޑުތަކަށް ކާބޯތަކެތި ނުފެތުމަށް ނުވަތަ ކާބޯތަކެތި އުފައްދާ ފަރާތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެ ތަކެތި ނުފެތުމަށެވެ.

 

 

ހަތަރުވަނަ ބާބު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ މިންގަނޑުތައް

 

28 ވަނަ މާއްދާ - ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، އުފައްދާ ނުވަތަ ޕްރޮސެސްކުރާ ތަންތަނާއި، ބަންދުކުރާ ތަންތަނާއި، ލޭބަލްކުރާ ތަންތަނާއި، ރައްކާކުރާ ނުވަތަ ގުދަންކުރާ ތަންތަނާއި، ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަން ހިމެނޭގޮތުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނާއި، އެނޫންވެސް ވިޔަފާރި އުސޫލުން ނުވަތަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ އެންމެހައި ތަންތަނަށެވެ.

(ށ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަކީ، މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ ތަންތަން ކަމުގައި ވާންވާނެއެވެ.

 

29 ވަނަ މާއްދާ - ކާބޯތަކެތީގެ ވިޔަފާރި 

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "ކާބޯތަކެތީގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށް ހިންގާ ކާބޯތަކެތީގެ ވިޔަފާރިކުރުމުގެ މުއާމަލާތްތަކަށެވެ.

(ށ) ވިޔަފާރި އުސޫލުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އަންނަނިވި ކަންކަން ކުރުމަކީ ކާބޯތަކެތީގެ ވިޔަފާރިކުރުން ކަމަށް ބެލެވޭނެއެވެ.

  1. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި އުފެއްދުން؛
  2. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި ޕްރޮސެސްކުރުން؛
  3. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި ބަންދުކުރުން؛
  4. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކުރުމާއި ގުދަންކުރުން؛
  5. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ފޯރުކޮށްދިނުން؛
  6. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި އިމްޕޯޓުކުރުން؛
  7. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި އެކްސްޕޯޓުކުރުން؛
  8. ކާބޯތަކެތި ނުވަތަ ކާބޯތަކެތި ހެދުމަށް ބޭނުންކުރާ ތަކެތި ވިއްކުން؛
  9. ކޭޓަރިންގގެ ހިދުމަތެއް މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދިނުން؛
  10. ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ލަފާގެ މަތިން ކާބޯތަކެތީގެ ވިޔަފާރީގެ ގޮތުގައި އޮތޯރިޓީން ކަނޑައަޅާ އެހެން ކަންކަން.

(ނ) އަންނަނިވި ފަރާތްތަކާއި ކަންކަމަކީ ކާބޯތަކެތީގެ ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

  1. އެ ފަރާތަކުން ކުރާ މައިގަނޑު ވިޔަފާރިއަކީ ކާބޯތަކެތީގެ ވިޔަފާރި ނޫން އެހެން ވިޔަފާރިއެއް ކަމަށްވެފައި، އެހެންނަމަވެސް ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތަކަށް ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ކަމުގައިވާ ފަރާތްތައް؛
  2. ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ލަފާގެ މަތިން ކާބޯތަކެތީގެ ވިޔަފާރިއެއް ނޫން ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮތޯރިޓީން ކަނޑައަޅާ ކަންކަން.

 

30 ވަނަ މާއްދާ - ކާބޯތަކެތި ވިއްކުން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "ކާބޯތަކެތި ވިއްކުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ޕްރޮސެސްކުރުމާއި ހިފައިގެންގުޅުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ރައްކާކޮށް ގުދަންކުރުމާއި ފޯރުކޮށްދިނުމާއި އަދި މިނޫންވެސް އިންސާނާ ބޭނުންކުރުމަށްޓަކައި ކުރާ ކާބޯތަކެތި ވިއްކުމުގެ އެންމެހައި މުއާމަލާތްތަކަށެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި އިންސާނާ ބޭނުންކުރުމަށް ކާބޯތަކެތި ވިއްކުމުގެ މާނައިގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ކާބޯތަކެތި ނުވަތަ ކާބޯތަކެތީގެ ބާވަތެއް ހިމެނޭ އެއްޗެއް ވިއްކުން ނުވަތަ ވިއްކަން ހުށަހެޅުން ނުވަތަ ވިއްކަން ބެހެއްޓުން ނުވަތަ ވިއްކުމުގެ ބޭނުމުގައި އަތުގައި ބެހެއްޓުން، ނުވަތަ ކާބޯތަކެތި ވިއްކުމަށް ހުއްދަދިނުން ނުވަތަ ކާބޯތަކެތި ވިއްކުމުގެ ބޭނުމަށް ކާބޯތަކެތި އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުން؛
  2. ކާބޯތަކެތި އެކަތި އަނެކައްޗަށް ބަދަލުކުރުން؛
  3. ވަކި ހިދުމަތެއްގެ އަގުގެ ތެރޭގައި ކާބޯތަކެތި ފޯރުކޮށްދިނުން ހިމެނުމާއެކު ކާބޯތަކެތި ފޯރުކޮށްދިނުން؛
  4. ފިހާރައެއް، ނުވަތަ ހޮޓަލެއް ނުވަތަ ރެސްޓޯރަންޓެއް ނުވަތަ އެހެންވެސް ތަނެއްގައި، އަގުގެ ބަދަލުގައި ކާބޯތަކެތި ފޯރުކޮށްދިނުން؛
  5. އެއްބަސްވުމެއްގެ ދަށުން ވަޒީފާއަދާކުރާ ފަރާތަށް ކާބޯތަކެތި ފޯރުކޮށްދިނުން؛
  6. ވަކި ތަނެއް އިށްތިހާރުކުރުމުގެ ބޭނުމުގައި ކާބޯތަކެތި ފޯރުކޮށްދިނުން؛
  7. އެކަށީގެންވާ މުގާބިލަކަށް ކާބޯތަކެތި ފޯރުކޮށްދިނުން.

(ނ) އެހެންގޮތަކަށް ސާބިތުކޮށްނުދޭހާ ހިނދަކު، ކާބޯތަކެތި ވިއްކުމާއި، ވިއްކުމަށް ހުށަހެޅުމަކީ، އިންސާނާ ބޭނުންކުރުމަށް ކާބޯތަކެތި ވިއްކުމާއި ވިއްކުމަށް ހުށަހެޅުން ކަމުގައި ބެލެވޭނެއެވެ.

 

31 ވަނަ މާއްދާ - ކާބޯތަކެތި އުފައްދާ ތަންތަން

(ހ) ކާބޯތަކެތި އުފައްދާ ތަންތަން ހުންނަންވާނީ އެ ތަނެއް ހަދާފައިވާ ގޮތަކުން ނުވަތަ އެ ތަނެއްގައި ބޭނުންކުރާ ވަސީލަތަކުން ނުވަތަ އެ ތަނެއްގެ މަސައްކަތްކުރުމުގެ ނިޒާމުގެ ސަބަބުން ނުވަތަ އެނޫންވެސް ކަމަކުން ކާބޯތަކެތި ތަގައްޔަރުނުވާނެފަދަ ގޮތަކަށެވެ.

(ށ) ކާބޯތަކެތި އުފައްދާ ތަންތަނުގައި ހުންނަންޖެހޭ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކާބޯތަކެތި އުފައްދާ ފަރާތްތަކުން އުފައްދާ ކާބޯތަކެތީގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ރ) ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ތަކެތި އުފައްދާ ތަން އަދި އުފައްދާ ފަރާތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ބ) ކާބޯތަކެތި އުފައްދާ ފަރާތްތަކުން މަސައްކަތްކުރަންވާނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ހޯދަންޖެހޭ ކަމާބެހޭ ލައިސަންސް  ހޯދުމަށްފަހުގައެވެ.

 

32 ވަނަ މާއްދާ - ކާބޯތަކެތި ތައްޔާރުކުރުން 

(ހ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ތައްޔާރުކުރާ ކާބޯތަކެތީގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އަދި ތައްޔާރުކުރާ ފަރާތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އަދި ތައްޔާރުކުރާ ފާރަތްތަކުން، އެ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތްކުރަންވާނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ހޯދަންޖެހޭ ކަމާބެހޭ ލައިސަންސް ހޯދުމަށްފަހުގައެވެ.

 

33 ވަނަ މާއްދާ - ކާބޯތަކެތި ގުދަންކުރާ ތަންތަން 

ކާބޯތަކެތި ގުދަންކުރާ ތަންތަން ފަރުމާކޮށްފައި ހުންނަންވާނީ، އަދި އެ ތަންތަނުގައި ކާބޯތަކެތި ރައްކާކޮށްފައި ހުންނަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

34 ވަނަ މާއްދާ - ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ކާބޯތަކެތި ވިއްކާ ތަންތަން 

(ހ) އެއްވެސް ފަރާތަކުން، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ކާބޯތަކެތި ވާންވާނީ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަވާ ތަކެތި ކަމުގައެވެ.

(ށ) ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ކާބޯތަކެތި ވިއްކާ ތަންތަން ފަރުމާކޮށްފައި ހުންނަންވާނީ އެ ތަނުގައި ބަހައްޓާ ކާބޯތަކެތި ތަގައްޔަރުނުވާނެ ފަދަ ގޮތަކަށެވެ.

 

35 ވަނަ މާއްދާ - ކާބޯތަކެތި އިށްތިހާރުކުރުން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "ކާބޯތަކެތި އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތެއް ގަނެ ވިއްކުން ނުވަތަ ބޭނުންކުރުން އިތުރުކުރުމަށްޓަކައި، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގްސަދުގައި އާންމުކޮށް ރައްޔިތުންނާ މުއާސަލާތުކުރުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާސަލާތުކުރުން ކަމަށް ބެލެވޭނީ، އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ވިށުއަލް ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެނޫންވެސް މީޑިއަމްއެއް މެދުވެރިކޮށް ވަކި ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށެވެ. އޭގެ ތެރޭގައި، ކާބޯތަކެތީގެ މަގުބޫލުކަން އިތުރުކުރުމުގެ މަގްސަދުގައި ލޭބަލްގައި ހިމަނާ މައުލޫމާތާއި އެފަދަ އެހެން ލިޔެކިޔުންތަކާއި އެހެނިހެން ވަސީލަތްތަކާއި، ވިޔަފާރީގެ މަގްސަދުގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހިންގާ މައުލޫމާތުދިނުން ފަދަ މުއާސަލާތުކުރުމުގެ ހަރަކާތްތައްވެސް ހިމެނެއެވެ.

(ނ) އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިށްތިހާރުކުރަންވާނީ އޮތޯރިޓީއަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

(ރ) ކާބޯތަކެތި އިށްތިހާރުކުރަން ފާސްކުރުމަށް ހުށަހަޅަންޖެހޭ ގޮތާއި، އިށްތިހާރުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކާއި، އިށްތިހާރުކުރުމުގައި މަނާ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކާބޯތަކެތި އިށްތިހާރުކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކާބޯތަކެތި އިށްތިހާރުކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވާގޮތަށް އިށްތިހާރުކޮށްފައި ނުވާކަން ސާބިތުކޮށްދޭންޖެހޭނީ އިށްތިހާރުކުރާ ފަރާތުންނެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ކަންކަމަކީ އިށްތިހާރުކުރާ ފަރާތަށް ލިބިގެންވާ ދިފާއެވެ.

  1. އިށްތިހާރުގައި ހަގީގަތާ ހިލާފު މައުލޫމާތު ހިމެނޭކަން ނުވަތަ އިށްތިހާރުގެ ސަބަބުން އާންމުންނަށް އޮޅުވާލެވޭކަން އިށްތިހާރުކުރާ ފަރާތަށް އެނގިފައި ނެތުން؛އެހެންނަމަވެސް އެފަދައިން އެނގިފައިނުވާ ކަމަށް ބެލެވޭނީ، އެކަން އެގޮތަށް ނުވާނެކަން ކަށަވަރުކުރުމަށް ބަލަންޖެހޭ 
    ކަންކަން އެ ފަރާތުން އެކަށީގެންވާ މިންވަރަށް ބަލާފައިވާ ހާލަތުގައެވެ. 
  2. އެ ފަރާތަކީ އިށްތިހާރުކުރުމުގެ ވިޔަފާރިކުރާ މީހެއް ކަމުގައިވުމާއެކު، އިށްތިހާރު ހަވާލުކުރި ފަރާތުން ދީފައިވާ ގޮތަށް، އަދި އޮތޯރިޓީން ފާސްކޮށްދީފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި އިށްތިހާރު ށާއިއުކޮށްފައިވުން.

 

36 ވަނަ މާއްދާ - ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުން

ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ހަދިޔާކުރާ ކާބޯތަކެތި

(ހ) ބައިނަލްއަގްވާމީ ފަރާތަކުން ނުވަތަ އެނޫންވެސް ފަރާތަކުން ދައުލަތަށް ހަދިޔާކުރާ ކާބޯތަކެތީގައި، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކާބޯތަކެތީގެ ތެރެއިން އެއްޗެއް، ކާބޯތަކެތީގެ މިންގަނޑަކާ ހިލާފުވާނަމަ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސަށް ބަލައި، އެކަމާމެދު ގޮތެއް ކަނޑައަޅާނީ އޮތޯރިޓީންނެވެ.

(ނ) ބައިނަލްއަގްވާމީ ފަރާތަކުން ނުވަތަ އެނޫންވެސް ފަރާތަކުން ދައުލަތަށް ހަދިޔާކުރާ ކާބޯތަކެތި ގަބޫލުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - ކާބޯތަކެތި ވިއްކާ މާރުކޭޓު ފަދަ ތަންތަން

(ހ) ކާބޯތަކެތި ވިއްކާ މާރުކޭޓު ފަދަ ތަންތަނަކީ މި ގާނޫނުގައި ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަވާ ތަންތަން ކަމުގައި ވާންވާނެއެވެ.

(ށ) ކާބޯތަކެތި ވިއްކާ މާރުކޭޓު ފަދަ ތަންތަނުގައި ވިއްކާ ކާބޯތަކެތީގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި، "ކާބޯތަކެތި ވިއްކާ މާރުކޭޓު ފަދަ ތަންތަން" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ބަހާލެވިފައިވާ ގޮޅިތަކުގައި މޭވާއާއި، ތަރުކާރީއާއި އެނޫންވެސް ކާބޯތަކެތި ވިއްކުމުގެ މުއާމަލާތް ހިންގާ އާންމުންގެ ކުދި ވިޔަފާރިތައް ހިންގާ ސަރަހައްދުތަކަށެވެ.

 

39 ވަނަ މާއްދާ - ކާބޯތަކެތި ވިއްކާ ގާޑިޔާތަކާއި އުޅަނދުތަކާއި ސްޓޭންޑްތައް

(ހ) ކާބޯތަކެތި ވިއްކާ ގާޑިޔާ ނުވަތަ އެނޫންވެސް އުޅަނދާއި ސްޓޭންޑް ފަދަ ތަންތަނަކީ މި ގާނޫނުގައި ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަވާ ތަންތަން ކަމުގައި ވާންވާނެއެވެ.

(ށ) ކާބޯތަކެތި ވިއްކާ ގާޑިޔާ ނުވަތަ އެނޫންވެސް އުޅަނދާއި ސްޓޭންޑް ފަދަ ތަންތަނުން ވިއްކާ ކާބޯތަކެތީގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

 

40 ވަނަ މާއްދާ - ކޭޓަރިންގގެ ހިދުމަތް 

(ހ) ކޭޓަރިންގގެ ހިދުމަތެއްގެ ގޮތުގައި ކާބޯތަކެތި ފޯރުކޮށްދޭންވާނީ، މި ގާނޫނުގެ ދަށުން އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށްފަހުއެވެ.

(ށ) ކޭޓަރިންގގެ ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ކާބޯތަކެތީގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ނ) ކޭޓަރިންގގެ ހިދުމަތެއް މެދުވެރިކޮށް ފޯރުކޮށްދޭ ކާބޯތަކެތީގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި، އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިގައާއި ތަންތަނުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް

(ހ) އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ އެފަދަ ކާބޯތަކެތި އުފެއްދުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ދިރިއުޅުމަށްޓަކައި ތިމާ އަމިއްލައަށް އާމްދަނީ ހޯދުމުގެ މަގްސަދުގައި، އަދި އިތުރު ފަރާތަކަށް މަންފާ ނުލިބޭ ގޮތަށް، އަމިއްލަ ގޭގައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުފައްދާ ކާބޯތަކެތީގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

 

42 ވަނަ މާއްދާ - ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީތައް

(ހ) ކާބޯތަކެތީގެ ސިއްހީ ރައްކާތެރިކަން ބެލުމަށްޓަކައި ނުވަތަ ކާބޯތަކެތީގެ އެނޫންވެސް ތަހްލީލުތައް ކުރުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީތައް ގާއިމުކުރެވިދާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީތަކުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ، އަދި އެ ލެބޯރަޓަރީތައް ހިންގުމުގެ ހުއްދަދިނުމުގެ ށަރުތުތައް ކަނޑައަޅައި އެ ހުއްދަ ދޫކުރާނީ، އޮތޯރިޓީންނެވެ.

 

43 ވަނަ މާއްދާ - ކާބޯތަކެތީގެ މަސައްކަތްތެރިން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، "ކާބޯތަކެތީގެ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ވިއްކާ މީހުންނާއި، އެނޫންވެސް ކާބޯތަކެތީގެ ހިދުމަތްދިނުމުގައި ކާބޯތަކެތި ގެންގުޅޭ އެންމެހައި ފަރާތްތައް ހިމެނޭގޮތުންނެވެ.

(ށ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ކާބޯތަކެތީގެ މަސައްކަތްތެރިންނަކީ، މި ގާނޫނުގެ ދަށުން ކަނޑައަޅާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، ސިއްހީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތްކުރާ ބަޔަކު ކަމުގައި ވާންވާނެއެވެ.

(ނ) ކާބޯތަކެތީގެ މަސައްކަތްތެރިންގެ ކިބައިގައި ފުރިހަމަވާންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، އެ ފަރާތްތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ އިތުރު ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން ކަނޑައަޅާ އުސޫލުތަކުގެ ތެރޭގައި، އަންނަނިވި ކަންކަމާގުޅޭ އުސޫލުތައް ހިމެނެންވާނެއެވެ.

  1. މަސައްކަތްތެރިންގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ސާފުތާހިރުކަމާއި، ސިއްހީގޮތުން ފުރިހަމަވާންޖެހޭ މިންގަނޑުތައް؛
  2. ކާބޯތަކެތި ގެންގުޅުމުގެ އާންމު ސާފުތާހިރުކަން؛
  3. ކާބޯތަކެތީގެ މަސައްކަތްތެރިންގެ ތެރެއިން އެކި ގިންތީގެ މަސައްކަތްތެރިން ފުރިހަމަކުރަންޖެހޭ އަސާސީ ތަމްރީނުތައް؛
  4. ކާބޯތަކެތީގެ މަސައްކަތްތެރިން ހަދަންޖެހޭ ސިއްހީ ޓެސްޓުތަކާއި ޗެކްއަޕްތައް ހެދުން ލާޒިމުކުރުމާއި، ސާފުތާހިރުކަމުގެ މިންގަނޑު ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅުއެޅުމާގުޅޭ އުސޫލުތައް،

 

ތިންވަނަ ބައި

ކާބޯތަކެތީގެ ވިޔަފާރިކުރުން

ފަސްވަނަ ބާބު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ހޯދުން

 

44 ވަނަ މާއްދާ - ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުން

(ހ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭން ފެށުމުގެ ކުރިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ހޯދައި އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މީހުން ދިރިއުޅޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަގުތީގޮތުން ގާއިމުކުރެވޭ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައް ރަޖިސްޓަރީކުރުން ލާޒިމެއް ނޫނެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، މި ގާނޫނުގެ ދަށުން ލައިސަންސް ހޯދާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެއީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަންތަން ކަމުގައި ބެލޭނެއެވެ.

 

45 ވަނަ މާއްދާ - ބައެއް ބާވަތްތަކުގެ ކާބޯތަކެތި ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ވިއްކާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަކި ބާވަތްތަކެއްގެ ކާބޯތަކެތި ވިއްކުމުގެ ކުރިން، އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި، ވިއްކުމުގެ ކުރިން ރަޖިސްޓަރީކުރުން ލާޒިމު ބާވަތުގެ ކާބޯތަކެތި ކަނޑައެޅުމުގެ ކުރިން، އޮތޯރިޓީގައި ރަޖިސްޓަރީކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

46 ވަނަ މާއްދާ - ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހައި ފަރާތްތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ އަކުރުގެ ބޭނުމަށްޓަކައި، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މާނައިގައި، މީހުން ދިރިއުޅޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަގުތީގޮތުން ގާއިމުކުރެވޭ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތަކުގައި މަސައްކަތްކުރާ ފަރާތްތަކެއް ނުހިމެނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށެވެ.

(ރ) ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ރަޖިސްޓަރޭށަން ފީއެއް ނެގުމަށްފަހުގައެވެ.

(ބ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރުމުގައާއި އެ ފަރާތްތަކުގެ ރަޖިސްޓަރީ އާކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

47 ވަނަ މާއްދާ - ލައިސަންސް ދޫކުރުން 

(ހ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތަކުން ކާބޯތަކެތީގެ ހިދުމަތް ދިނުމަށްޓަކައި ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އޮތޯރިޓީއަށެވެ.

(ށ) މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށާއި 46 ވަނަ މާއްދާގެ ދަށުން ރަޖިސް ޓަރީކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގައި ރިއާޔަތްކުރާނެ ކަންކަމާއި، ލައިސަންސްގެ މުއްދަތާއި، ލައިސަންސް އާކުރުމާގުޅޭ އިޖުރާއަތުތަކާއި، ލައިސަންސް ދޫކުރުމާގުޅޭ އެނޫންވެސް އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި 
ބަޔާންކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގައި ށަރުތު ކަނޑައެޅުން

(ހ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށާއި ފަރާތްތަކަށް ލައިސަންސް ދޫކުރުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ވަކި ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ށަރުތުތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ލައިސަންސް ދޫކުރުމުގައި ކަނޑައެޅޭ ށަރުތުތަކަށް އުނިއިތުރު ގެންނަންވާނީ ލައިސަންސްގެ އާންމު ތަބީއަތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

49 ވަނަ މާއްދާ - ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ހިދުމަތްތައް ގިންތިކުރުން

(ހ) މި ގާނޫނުގެ ދަށުން ލައިސަންސް ހޯދަންޖެހޭ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް ބިނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، އެ ތަންތަނުން ދޭ ހިދުމަތްތައް، އޮތޯރިޓީން ގިންތިތަކަށް ބަހާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ގިންތިތަކާއި، އެ ގިންތިތަކުގައި ހިމެނޭ ތަންތަނުން ފޯރުކޮށްދޭ ކާބޯތަކެތީގެ ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ގިންތިތައް ބެހިގެންވާނީ މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހައި ބާވަތުގެ ތަންތަން ހިމެނޭގޮތުންނެވެ.

(ރ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެ ތަންތަނުން ދޭ ހިދުމަތްތައް ގިންތިކުރުމުގައި ރިއާޔަތްކުރާނެ މިންގަނޑުތައް، އޮތޯރިޓީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މި މާއްދާގެ (ރ) ގެ ދަށުން ފުރަތަމަ އެކުލަވާލާ މިންގަނޑުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 )ތިނެއް( މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - އަހަރީ ފީ

(ހ) ކާބޯތަކެތީގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކުރާ ކޮންމެ ތަނަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަހަރީ ފީއެއް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު އެއްފަހަރު، އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) ލައިސަންސް ދޫކުރާ ފަރާތުން ދައްކަންޖެހޭ އަހަރީ ފީގެ މިންވަރަކީ މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ކަނޑައަޅާ ގިންތިތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސް ދޫކުރާ ފަރާތް ހިމެނޭ ގިންތިއަށް ކަނޑައަޅާފައިވާ އަހަރީ ފީގެ މިންވަރެވެ.

(ނ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުންނާއި ހިދުމަތްދޭ ފަރާތްތަކުން ދައްކަންޖެހޭ އަހަރީ ފީގެ ގޮތުގައި ކަނޑައަޅަންވާނީ، އެ ހިދުމަތްދޭ ތަނެއްގެ ގިންތިއަށް ބަލައި ކަނޑައެޅޭ އެކަށީގެންވާ ފީއެކެވެ.

 

51 ވަނަ މާއްދާ - ލައިސަންސް އާކުރުން

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ދޫކުރާ ލައިސަންސްގެ މުއްދަތު އާކުރުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ލައިސަންސް ދޫކުރާ އޮތޯރިޓީގެ މުވައްޒަފު މަސްލަހަތު ފުށުއެރުމުން އެއްކިބާވުން

މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތަށް ކަނޑައަޅާފައިވާ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި އެފަދަ ތަނެއް ހިންގުމާއި، އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވުމާއި، އަދި އެފަދަ ތަނަކަށް ލަފާދިނުން ފަދަ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

 

53 ވަނަ މާއްދާ - ލައިސަންސް ނުހޯދައި ކާބޯތަކެތީގެ ވިޔަފާރިކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކާބޯތަކެތީގެ ހިދުމަތްދިނުމުގެ ލައިސަންސްއެއް ހޯދުމަކާ ނުލައި، އެއްވެސް ބާވަތެއްގެ ކާބޯތަކެތީގެ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ މަނާކަމެކެވެ.

(ށ) މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފަހައްޓާފައިވަނިކޮށް ނުވަތަ ބާތިލުކޮށްފައިވަނިކޮށް އެ ތަނަކުން ހިދުމަތްދިނުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ކުރާ ކަންކަމަށް ޒިންމާ އުފުލަންވާނީ، އެ ތަން ހިންގާ ފަރާތުންނެވެ.

(ރ) މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަކާ ނުލައި، ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގައި ހިދުމަތް ފޯރުކޮށްދޭކަން އޮތޯރިޓީއަށް އެނގިއްޖެނަމަ، އެ ތަނެއް ވަގުތުން ބަންދުކުރުމަށް އެންގުމާއި، އެ ތަނެއް ބަންދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ބ) މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަކާ ނުލައި، ހިދުމަތްދީފިނަމަ، އެ ފަރާތެއް މި ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

54 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ކާބޯތަކެތީގެ ހިދުމަތްދިނުމަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ހިދުމަތް ފޯރުކޮށްދިނުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަނުވުން ނުވަތަ އެ މިންގަނޑުތަކާ ހިލާފުވުން؛
  2. ހިދުމަތް ފޯރުކޮށްދޭ ތަނުގެ އިހުމާލުން އެއްވެސް ފަރާތަކަށް ގެއްލުމެއްވުން؛
  3. ލައިސަންސްގައި ކަނޑައަޅާފައިވާ ށަރުތަކާ ހިލާފުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރި ފަރާތުން ކުރި ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އެ ފަރާތުގެ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުގެ ބަދަލުގައި، އެ ފަރާތެއްގެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ކާބޯތަކެތީގެ ހިދުމަތްދިނުމަށް ލައިސަންސް ދޫކޮށްފައިވާ ތަނެއްގައި އެ ތަނުންދޭ ހިދުމަތަކާ ގުޅިގެން މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ހިނގާފައިވާކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އަދި އެކަމަކީ އެ ތަން ހިންގާ ނުވަތަ އެ ތަންތަނުގެ ހިންގުމުގައި ހަރަކާތްތެރިވާ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެނގިގެން ނުވަތަ އެ ފަރާތެއް ނުވަތަ ފަރާތްތަކުގެ އިހުމާލެއް އޮވެގެން ހިނގި ކަމެއް ކަމުގައި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީއާއި ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓަންވާނީ ނުވަތަ ބާތިލުކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) މި މާއްދާގެ ދަށުން ލައިސަންސް ބާތިލުކުރުމުގެ ކުރިން، ލައިސަންސް ދޫކޮށްފައިވާ ފަރާތަށް އިސްލާހުކުރެވިދާނެ ކަންކަން އިސްލާހުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން އެ ފަރާތަކަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވަގުތުން ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިދޭ ހާލަތެއްގައި، އެކަމުގެ ނޯޓިސް ދިނުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، ނޯޓިސް ދިނުމަށްފަހު ވަގުތުން ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިދޭ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(އ) އޮތޯރިޓީން ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ ދަށުން ލައިސަންސެއް ހިފެހެއްޓުމާއެކު ނުވަތަ ބާތިލުކުރުމާއެކު، އެ ލައިސަންސުން ހުއްދަކުރެވިފައިވާ ހިދުމަތްދިނުން ވަގުތުން ހުއްޓާލަންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގެ ލައިސަންސް ބާތިލުކުރުމާއެކު، އޮތޯރިޓީގެ ރަޖިސްޓަރީން އެ ތަނެއް އުނިކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ލައިސަންސް ހޯދުމާގުޅޭ އިންތިގާލީ ކަންކަން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތޯރިޓީގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށްޓަކައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ނުވަތަ ކަމާބެހޭ ހުއްދައެއް ނުހޯދައި ހިންގަމުންގެންދާ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް، ލައިސަންސް ހޯދުމަށްޓަކައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

 

ހަވަނަ ބާބު

ކާބޯތަކެތި އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުން

 

56 ވަނަ މާއްދާ - އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާގުޅޭ އާންމު އުސޫލު

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗާއި ރީއެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ސިއްހީގޮތުން ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ މުދަލުގައި ފުރިހަމަވާންޖެހޭނެ ށަރުތުތަކާއި މިންގަނޑުތަކާއި، އިމްޕޯޓުކުރާ އަދި އެކްސްޕޯޓުކުރާ މުދާ ބަލައި ފާސްކުރުމާއި، ށަރުތު ފުރިހަމަނުވާ އަދި މިންގަނޑަށް ނުފެތޭ ކާބޯތަކެތި ހިފެހެއްޓުމާއި، ހިފެހެއްޓުމަށްފަހު ދޫކުރުމާއި، ނައްތާލުމުގައި އަމަލުކުރަންވީ ގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ށ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރަން ކަނޑައެޅޭ ކާބޯތަކެއްޗަކީ މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފު ތަކެތި ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެ ތަކެއްޗާމެދު، މި ގާނޫނުގެ 58 ވަނަ މާއްދާގެ

(ނ) ގައިވާ ގޮތުގެމަތިން ނުވަތަ 59 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

57 ވަނަ މާއްދާ - ކާބޯތަކެތި އިމްޕޯޓުކުރުން

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރަންވާނީ ސިއްހީގޮތުން ރައްކާތެރި ކާބޯތަކެއްޗެވެ. އަދި އެފަދަ ކާބޯތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމުގައި އަމަލުކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތަކުގެ މުދާ އިމްޕޯޓުކުރާއިރު، މުދާ ބަރުކޮށްގެން ރާއްޖެ އަންނަ އުޅަނދުފަހަރުގައި މުދާ ބަރުކޮށްފައި ބަހައްޓަންވާނީ ސާފުތާހިރުކަމާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ނ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި ވާންވާނީ އެ ތަކެތި އުފެއްދި ގައުމަކުން އެކްސްޕޯޓުކުރުމަށް އުފައްދައި ތައްޔާރުކޮށްފައިވާ ތަކެއްޗަށެވެ. އޭގެ ތެރޭގައި، އަމިއްލަ ބޭނުމަށް ގެންނަ ކާބޯތަކެއްޗެއް ނުހިމެނެއެވެ.

(ރ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަކީ އެ ތަކެތި އުފެއްދި ގައުމެއްގެ ބާޒާރަށް ހާއްސަކޮށްފައިވާ އެއްޗެއް ކަމުގައިވީނަމަވެސް، ހާއްސަ ހާލަތްތަކުގައި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތީގެ މިންގަނޑުތަކަށް އެ އެއްޗެއް ފެތޭނަމަ، އެ ވަގުތަކު އޮތް ހާލަތަކަށް ރިއާޔަތްކުރުމަށްފަހު، އެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އޮތޯރިޓީން ހުއްދަ ދިނުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާއްސަ ހާލަތްތައް ކަމުގައި ބަލާނީ، ގުދްރަތީ ކާރިސާއެއް ނުވަތަ ކާބޯތަކެތީގެ ތަދުމަޑުކަމެއް ނުވަތަ ކާބޯތަކެތީގެ ވަކި ބާވަތެއް ދިވެހިރާއްޖޭގައި ނެތިގެން ކޮންމެހެން އެ ބާވަތެއްގެ ކާބޯތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަންޖެހޭ ފަދަ ހާއްސަ ހާލަތްތައް ކަމުގައެވެ. (ޅ) ދިވެހިރާއްޖެއަށް ކާބޯތަކެތި އިމްޕޯޓުކުރުމުގައި، ކާބޯތަކެތީގެ އަސްލު އޮޅުވާލުމާއި ނުވަތަ އެތެރެކުރެވޭ ކާބޯތަކެތީގައި ހިމަނާފައިވާ މާއްދާތައް ނުވަތަ ބައިތައް ނުވަތަ އެނޫންވެސް މައުލޫމާތު އޮޅުވާލުމަކީ ނުވަތަ އެތެރެކުރެވޭ އެއްޗަކާ ގުޅޭގޮތުން ސައްހަނޫން މައުލޫމާތު ދިނުމަކީ މަނާކަމެކެވެ.

(ކ) ވިޔަފާރިކުރުމަށް ނޫން ގޮތަކަށް، އެ މީހެއްގެ އަމިއްލަ ބޭނުމަށް  ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާއިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޑިކްލެއަރކުރަންޖެހޭނެއެވެ. 
 (އ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އުސޫލުތަކުގައިވާ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި އިމްޕޯޓުކޮށްފިނަމަ، އެ ފަރާތަކާމެދު އަމަލުކުރާނެ އުސޫލ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) ދިވެހިރާއްޖެއަށް ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - އިމްޕޯޓުކުރުން މަނާ ކާބޯތަކެތި

(ހ) އަންނަނިވި ބާވަތްތަކުގެ ކާބޯތަކެތީގެ ތެރެއިން އެއްވެސް ބާވަތެއްގެ ކާބޯތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަކީ މަނާކަމެކެވެ.

  1. މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަނުވާ ކާބޯތަކެތި؛
  2. ކާބޯތަކެތީގައި އެކުލެވޭ މާއްދާތައް ނޭނގޭ ނުވަތަ އޭގެ އަސްލު ނޭނގޭ ފަދަ ކާބޯތަކެތި؛
  3. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ފަދައިން ލޭބަލްކޮށްފައި ނުވާ ކާބޯތަކެތި؛
  4. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ހުންނަ ކާބޯތަކެތި؛
  5. އެހެން ގާނޫނަކުން ދިވެހިރާއްޖެއަށް އެތެރެކުރުންމަނާކޮށްފައިވާ ކާބޯތަކެތ.ި

(ށ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަކީ، މި މާއްދާގެ (ހ) އާ ހިލާފުނުވާ ތަކެތިކަން ޔަގީންކުރުމަކީ އެ ތަކެތި އެތެރެކުރާ ފަރާތެއްގެ ޒިންމާއެކެވެ.

(ނ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަކީ ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ކާބޯތަކެތި ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އަންނަނިވި ގޮތުގެމަތިން އެ ތަކެއްޗާމެދު އަމަލުކުރުމަށް އޮތޯރިޓީއަށް ނިންމިދާނެއެވެ.

  1. ބަލައި ފާސްކޮށް އަދި/ނުވަތަ ޓެސްޓުކޮށް ނިމެންދެން އެ ތަކެތި ހިފެހެއްޓުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން އެ ތަކެތި ބަލައި ފާސްކޮށް އަދި/ނުވަތަ ޓެސްޓުކޮށް ނިމެންދެން އެ ތަކެތި ހިފެހެއްޓުމަށްފަހު ދޫކޮށްލުން؛
  3. އެ ތަކެތި ނައްތާލުން ނުވަތަ ނައްތާލުމަށް ލާޒިމުކުރުން؛
  4. އެ ތަކެތި ރީއެކްސްޕޯޓުކުރުމަށް ލާޒިމުކުރުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކާބޯތަކެތި ހިފެހެއްޓުމުގައި ނުވަތަ ނައްތާލުމުގައި އެއްވެސް ހަރަދެއް ހިނގާނަމަ އެކަމަށް ޒިންމާވާނީ އެ ތަކެތި އިމްޕޯޓުކުރާ ފަރާތުންނެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާފަދަ ކާބޯތަކެތި ހިފަހައްޓައި އަދި/ނުވަތަ ނައްތާލަނީ، އެ ތަކެތި އިމްޕޯޓުކޮށް، ބާޒާރަށް ނެރުމުގެ ކުރިން ކަމުގައިވާނަމަ، އެފަދަ ކާބޯތަކެތި ހިފަހައްޓައި އަދި/ނުވަތަ ނައްތާލާނީ، އޮތޯރިޓީގެ ލަފާގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުންނެވެ.

 

59 ވަނަ މާއްދާ - ކާބޯތަކެތި އެކްސްޕޯޓުކުރުން

(ހ) ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތި ވާންވާނީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތައް ފުރިހަމަވާ ކާބޯތަކެތި ކަމުގައެވެ.

(ށ) ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ފެންވަރު ކަށަވަރުކުރުމަށް ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި ކާބޯތަކެތި އެކްސްޕޯޓުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކާބޯތަކެތި އެކްސްޕޯޓުކުރުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، އެފަދަ މަސައްކަތްކުރާ ތަންތަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އޮތޯރިޓީގައި ރަޖިސްޓަރީކުރާ ފަރާތްތަކުން ކާބޯތަކެތި އެކްސްޕޯޓުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި  ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައެވެ.

(ބ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ހިލާފަށް އެކްސްޕޯޓުކުރާ ކާބޯތަކެތި ހިފެހެއްޓުމާއި، ނައްތާލުމުގެ އިހްތިޔާރު ނުވަތަ ނައްތާލުމަށް ލާޒިމުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ ކާބޯތަކެތި ހިފެހެއްޓުމުގައި ނުވަތަ ނައްތާލުމުގައި އެއްވެސް ހަރަދެއް ހިނގާނަމަ އެކަމަށް ޒިންމާވާނީ އެ ތަކެތި އެކްސްޕޯޓުކުރަން އުޅުނު ފަރާތުންނެވެ.

(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އުސޫލުތަކުގައިވާ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި އެކްސްޕޯޓުކުރާ ފަރާތްތަކަށް މި މާއްދާގެ (ރ) ގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ ދަށުން އޮތޯރިޓީން ލައިސަންސް ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ހަތަރުވަނަ ބައި

ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުން

ހަތްވަނަ ބާބު

ބަލައި ފާސްކުރުމާއި ސާމްޕަލް ނެގުން

 

60 ވަނަ މާއްދާ - ބަލައި ފާސްކުރުން

(ހ) ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރ،ާ ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ތަންތަން ނުވަތަ އެނޫންވެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކާބޯތަކެތީގައި ހިމެނޭ މާއްދާތަކާއި އެ ތަކެތީގެ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ތަންތަން ބަލައި ފާސްކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއް ކުރިއަށްގެންދާނީ، އޮތޯރިޓީން ކަނޑައަޅާ އިންސްޕެކްޓަރުންނެވެ.

 

61 ވަނަ މާއްދާ - ބަލައި ފާސްކުރާ އިންސްޕެކްޓަރުން

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ހިންގާ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާނީ، އެކަމަށްޓަކައި އޮތޯރިޓީން ކަނޑައަޅާފައިވާ އިންސްޕެކްޓަރުންނެވެ. 

(ށ) އޮތޯރިޓީން ކަނޑައަޅާ ކޮންމެ އިންސްޕެކްޓަރަކަށް، އޭނާއަކީ އޮތޯރިޓީން އައްޔަންކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ދޫކޮށްފައި އޮންނަންވާނެއެވެ.

(ނ) އޮތޯރިޓީގެ އެއްވެސް އިންސްޕެކްޓަރަކު ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި އެފަދަ ތަނެއް ހިންގުމާއި، އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވުމާއި، އަދި އެފަދަ ތަނަކަށް ލަފާދިނުމާއި، އެނޫންވެސް މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ބަލައި ފާސްކުރާ އިންސްޕެކްޓަރުންނާގުޅޭ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ބަލައި ފާސްކުރާ އިންސްޕެކްޓަރުންގެ ޒިންމާތަކާއި ބާރުތައް

(ހ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދެނީ މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިންތޯ ބެލުމަށާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ ތަކެތީގެ ފެންވަރާއި ރައްކާތެރިކަން ބެލުމަށާއި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައް ޒަފުން މަސައްކަތްކުރާ ގޮތް ބެލުމުގެ ގޮތުން އިންސްޕެކްޓަރުންނަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ ގޮތުން، ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުލައި، ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރ،ާ ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ނުވަތަ ހިދުމަތްދޭ ތަންތަނަށް ވަދ،ެ ބަލައި ފާސްކުރުން؛
  2. ތަންތަނުގައި ބޭނުންކުރާ ތަކެތީގެ ފެންވަރާއި ރައްކާތެރިކަން ބެލުމަށްޓަކައި އެ ތަންތަނުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރުން ނުވަތަ އެ ތަކެތިން ސާމްޕަލް ނެގުން؛
  3. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން؛
  4. ކާބޯތަކެތީގެ ހިދުމަތްދޭ ތަނާއި އެ ތަނުގައިވާ ތަކެތީގެ ފޮޓޯނެގުން؛
  5. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެންމެހައި ރެކޯޑުތަކާއި ލިޔުންތައް ބަލައި ކޮޕީ ހެއްދުން؛
  6. މައުލޫމާތު ހޯދުމަށާއި ހެކި ހޯދަން ބޭނުންވާ ހާލަތްތަކުގައި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ބަޔާންނެގުން؛
  7. ކަމާ ގުޅޭގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތު ހޯދުން.

(ށ) ބަލައި ފާސްކުރަނީ މީހުން ދިރިއުޅޭ ތަނެއް ކަމުގައިވާނަމަ އޮތޯރިޓީގެ އިންސްޕެކްޓަރުން އެ ތަނަކަށް ވަންނަންވާނީ، ތަނުގެ ވެރިފަރާތުގެ ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ ހުއްދައެއް ނެތްނަމަ ކޯޓު އަމުރެއްގެ ދަށުންނެވެ.

(ނ) މި މާއްދާގެ ދަށުން ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރ،ާ ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ނުވަތަ އެނޫންވެސް ގޮތަކުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރާ ވަގުތު އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތް ނުވަތަ އެ ތަނަކާ އެ ވަގުތަކު ހަވާލުވެ ހުރި ފަރާތް ނުވަތަ ތަނުގެ ވެރިފަރާތުން ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތުން ކަނޑައަޅާ އެހެން ފަރާތަކަށް ހާޒިރުވެހުރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރ،ާ ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ނުވަތަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގައި އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ، އޮތޯރިޓީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދުމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަން އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.

 

63 ވަނަ މާއްދާ - ސާމްޕަލް ނެގުން

(ހ) ކާބޯތަކެތީގެ ފެންވަރު ބެލުމަށާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކާނާ ވިހަވުން ނުވަތަ ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިމަޑުކަމެއް މެދުވެރިވާ ހާލަތުގައި، ކާބޯތަކެތި ތަހްލީލުކުރުމުގެ ގޮތުން ސާމްޕަލް ނެގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ޓެސްޓުކުރުމަށް ސާމްޕަލް ނަގާނެ ހާލަތްތަކާއި، މިންވަރު އަދި ނަގާނެ ގޮތުގެ މިންގަނޑުތައް އަދި އެކަމަށް އަގު ކަނޑައަޅާނެ ގޮތ،ް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ކާބޯތަކެތި ޓެސްޓުކުރުން 

(ހ) ކާބޯތަކެތި ގަންނަ ފަރާތަކުން އެ ތަކެތި ޓެސްޓުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) ކާބޯތަކެތި ގަންނަ ފަރާތަކުން ޓެސްޓުކުރުމަށްޓަކައި ހުށަހެޅޭނެ ބާވަތްތަކާއި، ހާލަތްތަކާއި އެކަމަށް ކަނޑައަޅާ އަގު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ހުންނަ ކާބޯތަކެތި ހިފެހެއްޓުމާއި ނެގުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކާބޯތަކެތީގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ކާބޯތަކެތި އުފައްދާ ކަމަށް ނުވަތަ ވިއްކާ ކަމަށް ނުވަތަ އެކްސްޕޯޓުކުރާ ކަމަށް ނުވަތަ އިމްޕޯޓުކުރާ ކަމަށް ނުވަތަ ގުދަންކުރާ ކަމަށް ނުވަތަ ބަންދުކުރާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ސާބިތުވެއްޖެނަމަ، އެފަދަ ކާބޯތަކެތި ހިފަހައްޓައި، އެ ތަކެތި ނެގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ކާބޯތަކެއްޗާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ.

  1. ކާބޯތަކެތި ވަކި ތަނެއްގައި ބެހެއްޓުމަށްޓަކައި އެ ތަނަކަށް ގެންދިޔުމަށް؛ ނުވަތަ 
  2. އަވަހަށް ހަލާކުވެދާފަދަ އެއްޗެއްނަމަ ނުވަތަ ސިއްހަތަށް ގެއްލުމެއްވެދާނެ ފަދަ ނުރައްކަލެއް އޮތްނަމަ އެ ކާބޯތަކެތި ނައްތާލުމަށ.ް

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންގުމަކަށް އަމަލުކުރުމުގައި ހިނގާ ހަރަދަށް ޒިންމާވާނީ އެ ކާބޯތަކެތި އުފެއްދި ނުވަތަ ވިއްކި ނުވަތަ އެކްސްޕޯޓުކުރި ނުވަތަ އިމްޕޯޓުކުރި ނުވަތަ ގުދަންކުރި ނުވަތަ ބަންދުކުރި ފަރާތަކުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވ،ެ ކާބޯތަކެތި ބާޒާރުން ނެގުމަށް އޮތޯރިޓީން ކުރާ އަމުރަކަށް ތަބާވުމަށް އޮތޯރިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި، އެ އަމުރު ރައްދުވި ފަރާތުން އެ އަމުރަށް ތަބާނުވެއްޖެނަމަ، އެ އަމުރު ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަން ހޯދުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ކާބޯތަކެތި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފުނުވާކަން ސާބިތުކޮށްދިނުމަކީ އެ ތަކެތި އުފެއްދި ނުވަތަ ވިއްކި ނުވަތަ އެކްސްޕޯޓުކުރި ނުވަތަ އިމްޕޯޓުކުރި ނުވަތަ ގުދަންކުރި ނުވަތަ ބަންދުކުރި ފަރާތެއްގެ ޒިންމާއެކެވެ.

(ޅ) މި މާއްދާގެ ދަށުން އޮތޯރިޓީން ކާބޯތަކެތި ނެގުމުގައި އަމަލުކުރާނެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - އޮތޯރިޓީން ހިފަހައްޓާ ކާބޯތަކެތި އަނބުރާ ރައްދުކުރުން

(ހ) މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހިފެހެއްޓޭ ކާބޯތަކެތި އަނބުރާ ރައްދުކުރެވޭނީ، އެ ތަކެއްޗަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަށް ފެތޭ ތަކެތިތޯ އޮތޯރިޓީން ބެލުމަށްފަހުގައެވެ.

(ށ) އޮތޯރިޓީން ހިފަހައްޓާ ކާބޯތަކެތި އަނބުރާ ހޯދުމަށް އެދި އެ ތަކެތީގެ ވެރިފަރާތަށް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީއަށް އެއްވެސް ހުށަހެޅުމެއް ލިބިއްޖެނަމަ، އެ ހުށަހެޅުމަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމައި، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅި ހުށަހެޅުމެއް އޮތޯރިޓީން ބެލުމަށްފަހު، އެ ކާބޯތަކެއްޗަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަށް ފެތޭ ތަކެތި ކަމަށް އޮތޯރިޓީގެ ތަހްގީގަށް ސާބިތުވެއްޖެނަމަ، މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން އަންގާފައިވާ އެންގުން ބާތިލުކޮށް އެ ކާބޯތަކެތި އެ ފަރާތަށް އަނބުރާ ރައްދުކުރަންވާނެއެވެ. 

 

އަށްވަނަ ބާބު

ކާބޯތަކެތީގެ ސަބަބުން މެދުވެރިވާ ބަލިތައް ކޮންޓްރޯލްކުރުން

 

67 ވަނަ މާއްދާ - ކާބޯތަކެތި ބޭނުންކުރުމުގެ ސަބަބުން ކާނާ ވިހަވެއްޖެނަމަ ނުވަތަ ބައްޔެއް ފެތުރިއްޖެނަމަ އެންގުމާއި ތަހްގީގުކުރުން

(ހ) ކާބޯތަކެތީގެ ސަބަބުން ކާނާ ވިހަވުމުގެ ހާދިސާއެއް ނުވަތަ ބައްޔެއް ފެތުރުން ފަދަ ކަމެއް ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގައި ދިމާވެއްޖެނަމަ އެކަން، އޮތޯރިޓީއަށާއި ހެލްތް ޕްރޮޓެކްށަން އެޖެންސީއަށް ވަގުތުން އަންގަންވާނެއެވެ.

(ށ) ކާބޯތަކެތީގެ ސަބަބުން ކާނާ ވިހަވުމުގެ ހާދިސާއެއް ނުވަތަ ބައްޔެއް ފެތުރުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ތަހްގީގުކުރާނީ، ހެލްތް ޕްރޮޓެކްށަން އެޖެންސީއާއި އޮތޯރިޓީ ގުޅިގެންނެވެ.

 

68 ވަނަ މާއްދާ - އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއް މެދުވެރިވުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހިންގާ ތަހްގީގެއް ނިމެންދެން ނުވަތަ އެ ތަހްގީގަކަށްފަހު ފިޔަވަޅުއެޅުމަށް އަންގައި، އެ ފިޔަވަޅުތައް ތަންފީޒުކޮށް ނިމެންދެން ކާބޯތަކެތީގެ ހިދުމަތްދޭ ތަނަކަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ކާބޯތަކެތީގެ ހިދުމަތްދޭ ތަނަކަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކާބޯތަކެތީގެ ސަބަބުން ކާނާ ވިހަވުމުގެ ހާދިސާއެއް ނުވަތަ ބަލިވުންފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ތަހްގީގުކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ތަހްގީގުކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހިންގާ ތަހްގީގެއްގައި، ކާބޯއެއްޗެއްގެ ސަބަބުން މެދުވެރިވެފައިވާ ހާދިސާގެ ސަބަބުން އެ ބަލި އިތުރަށް ފެތުރުމުގެ ނުރައްކަލެއް އޮތްކަމަށް ނުވަތަ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ އެނޫންވެސް ހާލަތެއް މެދުވެރިވެދާނެ ކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީއަށް ގަބޫލުކުރެވޭނަމަ، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ އެޖެންސީން އަޅާނީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުންނެވެ.

 

69 ވަނަ މާއްދާ - ޓްރޭސަބިލިޓީ ގާއިމުކުރުން

(ހ) އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި، ކާބޯތަކެތީގެ ޓްރޭސަބިލިޓީގެ ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓްރޭސަބިލިޓީ ގާއިމުކުރުމުގައި، އޮތޯރިޓީން ކަނޑައަޅާ ފެންވަރަކަށް ޓްރޭސަބިލިޓީގެ ނިޒާމެއް ގާއިމުކުރުން ލާޒިމުވާ ތަންތަން، މި ގާނޫނުގެ ދަށުން އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ވަކި ތަނަކީ މި މާއްދާގެ (ށ) ގެ ދަށުން ޓްރޭސަބިލިޓީގެ ނިޒާމެއް ކަނޑައަޅަންޖެހޭ ތަނެއްނަމަ، އެ ތަނެއްގެ ޓްރޭސަބިލިޓީ ނިޒާމު ގާއިމުކުރަންވާނީ އަންނަނިވި މައުލޫމާތު ހިމެނޭގޮތުންނެވެ.

  1. ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރި ބާވަތްތައް ސަޕްލައިކުރި ފަރާތް؛
  2. އެ ފަރާތަކީ ކާބޯތަކެތި އެންމެފަހުން ބޭނުންކުރާނެ ފަރާތް ނޫންނަމަ، އެ ކާބޯތަކެތި ވިއްކި ފަރާތް؛
  3. އެ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރި ޖަނަވާރެއް ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރި ބާވަތެއްގެ ބެޗް ނުވަތަ ލޮޓް ނުވަތަ ކޮންސައިންމެންޓ.ް

(ރ) ޓްރޭސަބިލިޓީއާ ގުޅޭގޮތުން ބެލެހެއްޓުމަށް އޮތޯރިޓީން ކަނޑައަޅާ މައުލޫމާތ،ު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ގަވާއިދުން ރެކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

70 ވަނަ މާއްދާ - ސަމާލުވުމަށް އެންގުމާއި ނޯޓިސް ދިނުން

(ހ) ކާބޯތަކެތީގެ އުފެއްދުމެއްގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމަށް ފެނިއްޖެނަމަ، އެ އުފެއްދުމެއްގެ މައުލޫމާތު އެ ތަކެތި އުފެއްދި ފަރާތަކުން ވީ އެންމެ އަވަހަކަށް ހާމަކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން، އެކަން އަންގައި އާންމުކޮށް އިއުލާނެއް ކުރުމުން ނުވަތަ ނޯޓިހެއް ށާއިއުކުރުމުން އެ މައުލޫމާތު ހާމަކުރީކަމަށް ބެލެވޭނެއެވެ.

 

71 ވަނަ މާއްދާ - ރިކޯލްކުރުމާއި ބާޒާރުން ނެގުން

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކާބޯތަކެތީގެ ހިދުމަތްދޭ ތަނަކުން ފޯރުކޮށްދިން ކާބޯތަކެއްޗަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ނުވަތަ މިންގަނޑަކާ ނުވަތަ އިޖުރާއަތަކާ ހިލާފަށް ފޯރުކޮށްދީފައިވާ އެއްޗެއްކަން އޮތޯރިޓީއަށް ސާބިތުވެއްޖެނަމަ، އެ ތަކެތި އަނބުރާ ބާޒާރުން ނެގުމަށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އަންގާ އެންގުމެއް އަންގަންވާނީ، ރިކޯލް ނޯޓިހެއް ދިނުމާއެކުގައެވެ.

(ނ) ކާބޯއެއްޗެއް ރިކޯލްކުރާ ހާލަތެއް ދިމާވެއްޖެނަމަ އެ ތަކެތި ރިކޯލްކުރެވޭނެ އިންތިޒާމުތައް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތުން ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ރ) އޮތޯރިޓީން އަންގާ އެންގުމަކަށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތުން ކާބޯއެއްޗެއް ރިކޯލްނުކޮށްފިނަމަ، އޮތޯރިޓީން އެކަން ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކާބޯތަކެތި ރިކޯލްކުރުމަށް އެއްވެސް ހަރަދެއް ހިނގާނަމަ އެކަމަށް ޒިންމާވާނީ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތުންނެވެ.

(ޅ) މި ގާނޫނުގެ ދަށުން ކާބޯތަކެތި ރިކޯލްކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާއި ނުވަތަ މިންގަނޑަކާއި ނުވަތަ އިޖުރާއަތަކާ ހިލާފުވެގެން ނުވަތަ އެ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތަށް ފެނިއްޖެނަމަ، އެ ފަރާތެއްގެ އަމިއްލަ އިހްތިޔާރުގައި އެ ތަކެތި ރިކޯލްކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. އެގޮތުން ކާބޯތަކެތި ރިކޯލްކުރާނަމަ އަމަލުކުރަންވީ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ނުވަވަނަ ބާބު

ފިޔަވަޅުއެޅުން

 

72 ވަނަ މާއްދާ - ކެއިންބުއިމަށް އެކަށީގެންނުވާ ކާބޯތަކެތި އެތެރެކުރުމާއި، އުފެއްދުމާއި، ތައްޔާރުކުރުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމާއި، ރައްކާކުރުމާއި، ގުދަންކުރުމާއި، ގަނެ ވިއްކުމާއި ފޯރުކޮށްދިނުން

(ހ) މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، އަންނަނިވި އެއްޗެހީގެ ތެރެއިން އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީ، ނުވަތަ ތައްޔާރުކުރުމަކީ، ނުވަތަ ބަންދުކުރުމަކީ، ނުވަތަ ލޭބަލްކުރުމަކީ، ނުވަތަ ރައްކާކުރުމަކީ، ނުވަތަ ގުދަންކުރުމަކީ، ނުވަތަގަނެ ވިއްކުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ކުށެކެވެ.

  1. ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ އެޑަލްޓްރަންޓް؛
  2. އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި؛
  3. ދިވެހިރާއްޖެއަށް ގެނައުން މަނާކޮށްފައިވާ ކާބޯތަކެތި؛
  4. ސިއްހަތަށް ގެއްލުމެއްދޭ ކާބޯތަކެތި. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ ސިއްހަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެނަމަ، ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ އަމަލެއް ހިންގި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

73 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކާބޯތަކެތި އިމްޕޯޓުކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ކާބޯތަކެތި އިމްޕޯޓުކުރުން؛ ނުވަތަ
  2. އޮޅުވާލައިގެން ކާބޯތަކެތި އިމްޕޯޓުކުރުން؛
  3. ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތަކުން ފޯޖްކޮށްފައިވާ ނުވަތަ ސައްހަނޫން ލިޔެކިޔުން ހުށަހެޅުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

74 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކާބޯތަކެތި އެކްސްޕޯޓުކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ކާބޯތަކެތި އެކްސްޕޯޓުކުރުން؛ ނުވަތަ
  2. އޮޅުވާލައިގެން ކާބޯތަކެތި އެކްސްޕޯޓުކުރުން؛
  3. ކާބޯތަކެތި އެކްސްޕޯޓުކުރާ ފަރާތަކުން ފޯޖްކޮށްފައިވާ ނުވަތަ ސައްހަނޫން ލިޔެކިޔުން ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

75 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކާބޯތަކެތި އިށްތިހާރުކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ކާބޯތަކެތި އިށްތިހާރުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

76 ވަނަ މާއްދާ - ކާބޯތަކެތި އިށްތިހާރުކުރުމުގައި ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީއަކުން ދޫކޮށްފައިވާ މައުލޫމާތު ބޭނުންކުރުން

(ހ) ކާބޯތަކެތި އިށްތިހާރުކުރުމުގައި، ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީއަކުން ދޫކުރާ ރިޕޯޓު ނުވަތަ ރިފަރަލް ލެބޯރަޓަރީއަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެނަލިސިސްއެއް ނުވަތަ އެއިން ލިޔުމެއްގެ ބައެއް ބޭނުންކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

77 ވަނަ މާއްދާ - ސައްހަނޫން ވޮރަންޓީއެއް ދިނުން

(ހ) ވިއްކާ ކާބޯތަކެއްޗާ ބެހޭގޮތުން ސައްހަނޫން ވޮރަންޓީއެއް ދިނުމަކީ ކުށެކެވެ. 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

78 ވަނަ މާއްދާ - ރައްކާތެރިކަމާއެކު ބެހެއްޓިފައިވާ ކާބޯތަކެތި ނުވަތަ އިންގްރިޑިއަންޓަކަށް އުނިއިތުރު ގެނައުން

(ހ) ކާބޯތަކެތީގެ ބާވަތެއް ނުވަތަ އިންގްރިޑިއަންޓެއް ރައްކާތެރިކަމާއެކު ބެހެއްޓުމަށް މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހަވާލުކުރެވިފައިވާ ފަރާތަކުން އެއިން އެއްޗަކަށް އުނިއިތުރު ގެނައުމަކީ ނުވަތަ އެހެންވެސް ގޮތަކުން އެއްވެސް ބަދަލެއް ގެނައުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

79 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ނުވަތަ ލައިސަންސް ނެތި ކާބޯތަކެތީގެ ވިޔަފާރިކުރުން ނުވަތަ ހިދުމަތްދިނުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރުން ލާޒިމުވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއް ނުވަތަ ފަރާތެއް ރަޖިސްޓަރީނުކޮށް، ނުވަތަ ލައިސަންސެއް ނެތ،ި ނުވަތަ ހުއްދައެއް ނެތި ކާބޯތަކެތީގެ ހިދުމަތްދިނުމަކީ ނުވަތަ ވިޔަފާރިކުރުމަކީ ކުށެކެވެ. އޭގެ ތެރޭގައި، ކާބޯތަކެތި އުފެއްދުމާއި، ތައްޔާރުކުރުމާއި، ވިއްކުމާއި، އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ރައްކާކުރުމާއި، ފޯރުކޮށްދިނުމާއި، ބަންދުކުރުމާއި، ހަދިޔާކުރުމާއި، އޭގެ ވިޔަފާރިކުރުން ހިމެނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި - 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

80 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކާބޯތަކެތި ލޭބަލްކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ކާބޯތަކެތި ލޭބަލްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

81 ވަނަ މާއްދާ - ލައިސަންސް ހިފަހައްޓާފައިވަނިކޮށް ނުވަތަ ބާތިލުކޮށްފައިވަނިކޮށް ކާބޯތަކެތީގެ ހިދުމަތްދިނުން

(ހ) މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ހިފަހައްޓާފައިވަނިކޮށް ނުވަތަ ބާތިލުކޮށްފައިވަނިކޮށް ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

82 ވަނަ މާއްދާ - ކާބޯތަކެތި ރިކޯލްނުކުރުން

(ހ) ކާބޯތަކެތި ރިކޯލްކުރުމަށް އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަށް ކާބޯތަކެތި ރިކޯލްނުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

83 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތަށް ހުރަސްއެޅުން

(ހ) އެއްވެސް ފަރާތަކުން، އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. މި ގާނޫނުން އޮތޯރިޓީއަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމަށް ހުރަސްއެޅުން؛
  2. އޮތޯރިޓީން ސާމްޕަލެއް ނެގުމަށް ހުރަސްއެޅުން؛
  3. އޮތޯރިޓީން ހިންގާ ބަލައި ފާސްކުރުމަކަށް ހުރަސްއެޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި - 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

84 ވަނަ މާއްދާ - އަދަބު ކަނޑައެޅިފައިނުވާ ކުށް

މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވ،ާ އެހެންނަމަވެސް، ވަކި އަދަބެއް ކަނޑައަޅާފައިނުވާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

85 ވަނަ މާއްދާ - ޖިނާއީ ދައުވާ އުފުލުމަށް ހުރަހަކަށް ނުވުން

ވަކި ފަރާތަކުން މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެ މީހެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

86 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުމަށް އޮތް ހުރަހަކަށް ނުވުން

މި ގާނޫނާ ހިލާފުވުމުގެ ސަބަބުން މި ބާބުގެ ދަށުން ވަކި ފަރާތެއް ޖޫރިމަނާކުރުމަކީ ނުވަތަ އެ ފަރާތަކާމެދު މި ގާނޫނުގެ ދަށުން އެނޫން ފިޔަވަޅެއް އެޅުމަކީ، މި ގާނޫނާ ހިލާފަށް އެ ފަރާތުންކުރި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް އެކަމުގެ ބަދަލު ހޯދުމަށް އޮތް ހުރަހެއްނޫނެވެ.

 

87 ވަނަ މާއްދާ - ގާނޫނީ ށަހްސަކުން ކުށްކުރުން 

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ކުށެއްކުރީ ގާނޫނީ ށަހްސަކުންނަމަ އެ ގާނޫނީ ށަހްސާއި، ގާނޫނީ އެ ށަހްސުގެ އިތުރުން، އެ އަމަލުކުރިއިރު އެ ށަހްސުގެ ވިޔަފާރިއާއި ހިންގުމާއި މަސައްކަތަށް ޒިންމާވާ ނުވަތަ އެ ފަރާތުގެ މަސައްކަތް ހިންގުމުގެ ޒިންމާއާ ހަވާލުވެފައިވާ ކޮންމެ ފަރާތަކުންވެސް މި ގާނޫނާ ހިލާފުވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ގާނޫނީ ށަހްސެއްގެ ތަފާތު ގޮފިތައް ނުވަތަ އޮފީސްތައް ނުވަތަ ގޮފިތަކުގެ ތަފާތު ޔުނިޓުތައް ހުރިނަމަ އެ ގޮތްޕެއް، ނުވަތަ އޮފީހެއް، ނުވަތަ ޔުނިޓެއްގެ ޑިރެކްޓަރ ނުވަތަ މެނޭޖަރ ނުވަތަ އިސްވެރިއަކު ކަމުގައި އެ ށަހްސަކުން އެ މީހަކު ހަމަޖައްސައި، އެކަން އެ މީހަކު ލިޔުމުން ގަބޫލުކޮށްފައިވާނަމަ އެ ގޮފީގ،ެ ނުވަތަ އޮފީހުގ،ެ ނުވަތަ ޔުނިޓުގެ ދަށުން ހިނގާ ކާބޯތަކެތީގެ މަސައްކަތްތަކުގައި އެ ތަކެތީގެ ރައްކާތެރިކަމާމެދު ޒިންމާ އުފުލާނީ އެ މީހެކެވެ. އަދި އެ މީހެއްގެ ބެލުމުގެ ދަށުގައިވާ ގޮފިން، ނުވަތަ އޮފީހުން، ނުވަތަ ޔުނިޓުން ކާބޯތަކެއްޗާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވެއްޖެނަމަ އެ ގޮފީގ،ެ ނުވަތަ އޮފީހުގ،ެ ނުވަތަ ޔުނިޓުގެ އިތުރުން އެ ފަރާތަކުންވެސް މި ގާނޫނާ ހިލާފުވީ ކަމުގައި  ބެލެވޭނެއެވެ.

(ނ) މި ގާނޫނާ ހިލާފު އަމަލު ހިންގާފައިވަނީ އެ އަމަލު ހިނގިޔަ ނުދިނުމަށް މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ފަރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވަނިކޮށް، އެ ފަރާތަކަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، ނުވަތަ އެ އަމަލު ހިންގީ އެ ގާނޫނީ ށަހްސެއްގައި އެ ފަރާތަކުން އަދާކުރަމުންދިޔަ ޒިންމާ އަދާކުރުން ހުއްޓާލާފައިވަނިކޮށް ކަން ސާބިތުކޮށްދީފިނަމަ އެ މީހަކު މި ގާނޫނާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ.

(ރ) މި ގާނޫނާ ހިލާފު އަމަލެއްކުރީ އެ ގާނޫނީ ށަހްސެއްގެ ޒިންމާދާރު ވެރިއެއް ނުވަތަ އެހެންވެސް އެފަދަ ފަރާތެއްގެ ހުއްދައާއެކު ނުވަތަ އެ ފަރާތަށް އެނގިގެން ކަމުގައިވާނަމަ ނުވަތަ އެ ކުށެއް ކުރީ ނުވަތަ ކުރަން މެދުވެރިވީ އެއިން މީހެއްގެ މަކަރާއި ހީލަތުގެ ސަބަބުން ކަމުގައިވާނަމަ ނުވަތަ އެ ކުށުގެ އަމަލު ހިނގާފައިވަނީ އެ ގާނޫނީ ށަހްސެއްގެ މުވައްޒަފެއްގެ އިހުމާލުންނަމަ، އެ ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވި ހުރިހާ ފަރާތެއް މި ގާނޫނާ ހިލާފުވީ ކަމަށް ބަލައި މި ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

88 ވަނަ މާއްދާ - ވިއްކާ ފަރާތް ނުވަތަ ރީޓޭލްކުރާ ފަރާތް ނުވަތަ ފޯރުކޮށްދޭ ފަރާތް ކުށުން ބަރީއަވުން

ވިއްކާ މުދަލަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފު މުދަލަކަށްވެފައި، އެ މުދާ ވިއްކާފައިވަނީ، އެ މުދާ އުފެއްދި ފަރާތުން ނުވަތަ ފޯރުކޮށްދޭ ފަރާތެއް ނުވަތަ ޑީލަރެއްގެ އަތުން މުދާ ހޯދުމަށްފަހު، އެ މުދަލަކާ އެކަށީގެންވާ ހާލަތެއްގައި މުދާ ރައްކާކޮށްފައި ބަހައްޓައިގެން އެ މުދާ ލިބިގަތްއިރު ހުރި ހާލަތަށް އެކަށީގެންވާ ބަދަލެއް އައުމެއް ނެތި ކަމަށް ކަމުގައި ވިއްކާ ފަރާތުން ނުވަތަ ރީޓޭލްކުރާ ނުވަތަ ފޯރުކޮށްދޭ ފަރާތުން 
ސާބިތުކޮށްދީފިނަމަ މި ގާނޫނުގެ ދަށުން އެ ފަރާތެއް ކުށްވެރިއެއް ނުވާނެއެވެ.

 

89 ވަނަ މާއްދާ - ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއް އެ މާއްދާތަކުގެ ދަށުން ކަނޑައަޅާ އަދަބުގެ އިތުރުން، އެ ފަރާތުން ކުރި އަމަލަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިކުރުވައިފި ކަމެއްނަމަ، ނުވަތަ އެފަދަ ފަރާތަކުން ތަކުރާރުކޮށް މި ގާނޫނާ ހިލާފުވާނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ކަނޑައެޅޭ ވަކި މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު ނުވަތަ ކާބޯތަކެތީގެ އެހެންވެސް ވިޔަފާރިއެއް ކުރުމަށް ހުއްދަނުދިނުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ހިފެހެއްޓޭނެ ހާލަތްތަކާއި، ބާތިލުކުރެވޭނެ ހާލަތްތަކާއި ވިޔަފާރިކުރުމަށް ހުއްދަ ނުދެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ފަސްވަނަ ބައި

އެހެނިހެން ކަންކަން

ދިހަވަނަ ބާބު

ށަކުވާ ހުށަހެޅުން

 

90 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ކާބޯތަކެތި އުފައްދ،ާ ނުވަތަ ތައްޔާރުކުރ،ާ ނުވަތަ ބަންދުކުރ،ާ ނުވަތަ ލޭބަލްކުރ،ާ ނުވަތަ ރައްކާކުރ،ާ ނުވަތަ ގުދަންކުރ،ާ ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލ،ާ ނުވަތަ ފޯރުކޮށްދޭ ނުވަތަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް އަމަލުކުރާނަމަ، އެކަމުގެ ށަކުވާ އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާއާ ގުޅިގެން އެ މައްސަލައެއް ބަލައި، އެކަންކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، އޮތޯރިޓީން އަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާއާ ގުޅިގެން އެ މައްސަލައެއް ބަލައި، އެކަންކަން ރަނގަޅުކުރުމަށް އޮތޯރިޓީން ފުރުސަތު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް ކަންކަން ރަނގަޅުކުރުމަށް ދެވޭ ފުރުސަތުގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އެފަދަ ފަރާތްތަކާމެދު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

91 ވަނަ މާއްދާ - ށަކުވާއާގުޅޭ ފިޔަވަޅުއެޅުން

(ހ) މި ގާނޫނުގެ 90 ވަނަ މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އަންނަނިވި އަމަލުތައް ހިންގާފައިވަނީ ގަސްދުގައިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ދިނުމަކާ ނުލައި، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާ ތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. މުއްދަތު ހަމަވެފައި ހުންނަ ތަކެތި ވިއްކުން އަދި ވިއްކަން ބެހެއްޓުން؛
  2. ރަޖިސްޓަރީކުރަންޖެހޭ އުފެއްދުމެއް ރަޖިސްޓަރީނުކޮށް ވިއްކުން ނުވަތަ ވިއްކަން ބެހެއްޓުން؛
  3. ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވުން.

(ށ) މި މާއްދާގެ ދަށުން އޮތޯރިޓީއަށް ށަކުވާ ހުށަހެޅުމާއި، އެ މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، އޮތޯރިޓީން އަޅާ ފިޔަވަޅަކާ ގުޅިގެން ށަރީއަތަށް މައްސަލައެއް ހުށަހެޅޭނީ، އެ ފިޔަވަޅެއް އޮތޯރިޓީން އަޅާ ތާރީހުން ފެށިގެން 12 )ބާރަ( މަސްދުވަހުގެ ތެރޭގައެވެ.

 

އެގާރަވަނަ ބާބު

އެހެނިހެން ކަންކަން

 

92 ވަނަ މާއްދާ - ތަހްލީލު ރިޕޯޓު ހެއްކެއްގެ ގޮތުގައި ބަލައިގަތުން

(ހ) މި ގާނޫނާ ހިލާފުވެގެން ށަރީއަތަށް ހުށަހެޅޭ މައްސަލަތަކުގައި، މި ގާނޫނުގެ ހަތްވަނަ ބާބުގެ ދަށުން އޮތޯރިޓީން ހިންގާ ބަލައި ފާސްކުރުމެއްގެ ތެރެއިން ސާމްޕަލް ނަގައި ނޭށަނަލް ހެލްތް ލެބޯރަޓަރީން ކާބޯތަކެތި ތަހްލީލުކޮށް ދޫކުރާ ތަހްލީލު ރިޕޯޓުތަކަކީ މި ގާނޫނާ ހިލާފުވި ފަރާތާ ދެކޮޅަށް މައްސަލަ ސާބިތުކުރުމަށްޓަކައި، އެކަށީގެންވާ ހެއްކެއް ކަމުގައި ބެލެވޭނެއެވެ.

(ށ) ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭ ހާލަތުގައި، ކާބޯތަކެތި ގެންގުޅޭ ފަރާތްތަކުން ނަގާ ސާމްޕަލްތަކަކީ މި ގާނޫނާ ހިލާފުވި ފަރާތާ ދެކޮޅަށް މައްސަލަ ސާބިތުކުރުމަށްޓަކައި، އެކަށީގެންވާ ހެއްކެއް ކަމުގައި ބެލެވޭނެއެވެ.

 

93 ވަނަ މާއްދާ - ކޯޓުން މިނިވަން ތަހްލީލެއް ހެދުން

(ހ) މި ގާނޫނުގެ މާއްދާއަކާ ހިލާފުވެގެން ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އަދި މި ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ސާމްޕަލް ނެގިއިރު ނަގާފައިވަނީ އެ ސާމްޕަލްގެ ދެ ބައިކަމުގައިވާނަމަ، އެ ސާމްޕަލެއްގެ ދެވަނަ ބައިގެ މިނިވަން ތަހްލީލެއް ކުރުމަށް ކޯޓަށް އެންގިދާނެއެވެ. މި ގާނޫނުގެ ދަށުން ސާމްޕަލް ނަގާފައިވާ ހާލަތުގައި މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމަށް ނުވަތަ ކޯޓުގެ އަމިއްލަ އިސްނެގުމަށް މިނިވަން އެނަލިސްޓެއް ބޭނުންކޮށްގެން ސާމްޕަލް އަލުން ތަހްލީލުކުރުމަށް ކޯޓަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން މިނިވަން ތަހްލީލެއް ހެދުމަށްޓަކައި، މި ގާނޫނުގެ ދަށުން އޮތޯރިޓީން ނަގާ ސާމްޕަލްތަކަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް ރައްކާކޮށްފައި ބަހައްޓަންވާނެ މުއްދަތާއި މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

94 ވަނަ މާއްދާ - ވެރިފަރާތް ސާބިތުކުރުން

ބަންދުކޮށްފައިވާ ކާބޯތަކެތީގައި ހަރުކޮށްފައިވާ ލޭބަލްގައި އެ ވިޔަފާރިއެއްގެ ނަމާއި، އެޑްރެސް ނުވަތަ އެ ވިޔަފާރިއެއްގެ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި މަރުކާ ނުވަތަ އެ ކާބޯތަކެތި އުފެއްދި ނުވަތަ ބަންދުކުރި ފަރާތުގެ ނަން ހިމަނާފައިވާނަމަ، އެ ފަރާތަކީ އެ ކާބޯތަކެތި ތައްޔާރުކުރި ނުވަތަ ބަންދުކުރި، ނުވަތަ އިމްޕޯޓުކުރި ނުވަތަ އެކްސްޕޯޓުކުރި ފަރާތް ކަމުގައި ބެލެވޭނެއެވެ.

 

94 ވަނަ މާއްދާ - އޭޖެންޓެއް ނުވަތަ މުވައްޒަފަކު ކާބޯތަކެތީގެ ވިޔަފާރިކުރުން

މި ގާނޫނުގެ މަގްސަދަށްޓަކައި، ކާބޯތަކެތި ތައްޔާރުކުރ،ާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ ނުވަތަ އިށްތިހާރުކުރާ ނުވަތަ ވިއްކާ ފަރާތެއްގެ މުވައްޒަފަކު ނުވަތަ އޭޖެންޓަކު ކުރާ ކަންކަމުގެ ޒިންމ،ާ ވަޒީފާދޭ ފަރާތުން ނަގަންވާނެއެވެ.

 

96 ވަނަ މާއްދާ - އެންގުންތައް އެންގުމުގެ ބާރު

(ހ) މި ގާނޫނަށް ނުވަތަ މި ގާނޫނުގެ މާއްދާއަކަށް އަމަލުކުރުމަށްޓަކައި އަންގަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ އެންގުމެއް އެންގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން އަންގާ އެންގުންތަކަށް އެ އެންގުން ރައްދުވާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންގުމަކާ ގުޅިގެން ހިލާފެއް އުފެދިއްޖެނަމަ އެކަން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ ކަންކަން، 3 )ތިނެއް( ދުވަހުގެ ތެރޭގައި ނިންމައި، އެ ހުށަހެޅުން ރައްދުވާ ފަރާތަށް އަންގަންވާނެއެވެ. އަދި އެ ނިންމުން އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.

(ރ) އޮތޯރިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، އޮތޯރިޓީން އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

97 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުން

(ހ) ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ ވަކި މައުލޫމާތެއް ހޯދުމަށް ވަކި ފަރާތަކުން އޮތޯރިޓީގައި އެދިއްޖެ ހިނދެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މައުލޫމާތު އެ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން މައުލޫމާތަށް އެދޭ ހާލަތުގައި ނުވަތަ އެ ގާނޫނު ހިނގާ ހާލަތުގައި އަމަލުކުރާނީ، އެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

98 ވަނަ މާއްދާ - އިންތިގާލީ ކަންކަން

(ހ) އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން އުފައްދާފައިވ،ާ ނުވަތަ އިމްޕޯޓުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ ނުވަތަ ލޭބަލްކޮށްފައިވާ ނުވަތަ ގުދަންކޮށްފައިވާ ކާބޯތަކެއްޗަކީ މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ކާބޯތަކެތި ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު އުފައްދާފައިވ،ާ ނުވަތަ ތައްޔާރުކޮށްފައިވ،ާ ނުވަތަ ވިއްކާފައިވ،ާ ނުވަތަ އިމްޕޯޓުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ ނުވަތަ ލޭބަލްކޮށްފައިވާ ނުވަތަ ގުދަންކޮށްފައިވ،ާ ނުވަތަ ރައްކާކޮށްފައިވާ ކާބޯތަކެއްޗަކީ މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުމަކީ އެ ތަކެތީގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކާބޯތަކެތ،ި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެއްތުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމަންވާނެއެވެ.

 

99 ވަނަ މާއްދާ - ގަވާއިދުތަކާއި، މިންގަނޑުތަކާއި، އުސޫލުތައް ހެދުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ.

(ށ) މި ގާނޫނުގައި ގަވާއިދު ހަދަންޖެހޭ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަމާ ގުޅޭގޮތުން އޮތޯރިޓީން ގަވާއިދު ހަދަންވާނެއެވެ.

  1. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމާގުޅޭ ގަވާއިދު؛
  2. ކާބޯތަކެތި އުފައްދ،ާ އަދި ތައްޔާރުކުރާ އަދި ބަންދުކުރާ އަދި ލޭބަލްކުރ،ާ އަދި ރައްކާކުރ،ާ އަދި ގުދަންކުރާ އަދި ކާބޯތަކެތި ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަނާއި، އެނޫންވެސް ގޮތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު؛
  3. ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ފުރިހަމަކުރަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު؛
  4. ކާބޯތަކެތި އުފައްދ،ާ އަދި ތައްޔާރުކުރާ އަދި ލޭބަލްކުރާ އަދި ބަންދުކުރާ އަދި ރައްކާކުރާ އަދި ގުދަންކުރާ އަދި ކާބޯތަކެތި ގަނެ ވިއްކާ އަދި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި ނުވަތަ އެނޫންވެސް ގޮތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތައް ހިމެނޭގޮތުން، ކާބޯތަކެތި އުފެއްދުމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ސާފުތާހިރުކަމާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު؛
  5. ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމާބެހޭ ގަވާއިދު؛
  6. ކާބޯތަކެތި ރައްކާތެރިކަމާއެކު ގުދަންކުރުމުގައާއި، އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލުކުރަންވީ ގޮތާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު؛
  7. ކާބޯތަކެތި އުފައްދާ ނުވަތަ ރައްކާކުރާ ތަންތަން ފަރުމާކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގެ ގަވާއިދު؛
  8. ކާބޯތަކެތި އިށްތިހާރުކުރުމާބެހޭ ގަވާއިދު؛
  9. ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށާއި ކާބޯތަކެތި އިމްޕޯޓުކުރުމުގައާއި އެކްސްޕޯޓުކުރުމުގައާއި ރީއެކްސްޕޯޓުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަ ވާއިދު؛
  10. ކާބޯތަކެތި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމާގުޅޭ މިންގަނޑުތަކާއި ސާމްޕަލް ނެގުމާއި ޓެސްޓު ހެދުމަށް ފީ ނަގާނެ ގޮތް ބަޔާންކުރާ ގަވާއިދު؛
  11. ކާބޯތަކެތީގެ ނުވަތަ އެޑަލްޓްރަންޓްގެ ސާމްޕަލް ޓެސްޓުކުރުމަށް ފޮނުވާނެ ގޮތާއި ކަމާ ގުޅޭގޮތުން އަމަލުކުރަންވީ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު؛
  12. ކެއިންބުއިމަށް ބޭނުންކުރާ ފެން ޓެސްޓުކުރުމާބެހޭ ގަވާއިދު؛
  13. ދިވެހިރާއްޖޭގައި ސިނާއީގޮތުން ކާބޯތަކެތި އުފައްދާ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކުރުމާއި ހުއްދަދިނުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  14. ބާޒާރަށް ނެރެފައި ހުރި ކާބޯތަކެތީގެ ބާވަތެއް ބާޒާރުން އަނބުރާ ނެގުމުގެ ށަރުތުތަކާއި ހަމަތަކާއި، އަނބުރާ ނަގާ ހާލަތުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު؛
  15. ނައްތާލަންޖެހޭ ކާބޯތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  16. ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލު ކުރާނޭގޮތުގެ ގަވާއިދު؛
  17. ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީތައް ހިންގުމުގެ ހުއްދަދިނުމާގުޅޭ ގަވާއިދު؛
  18. މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓ،ީ ނުވަތަ ޕެނަލް ފަދަ ތަންތަނުގެ މަސްއޫލިއްޔަތުތަކާއި ދައުރާއި އެ ކޮމިޓީތަކާއި ޕެނަލްތަކުން މަސައްކަތް ކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު؛
  19. އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތު އަދާކުރުމާގުޅޭ ގަވާއިދު؛
  20. އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާގުޅޭ ގަވާއިދު،

(ނ) މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރާއި (12) ވަނަ ނަންބަރާއި (13) ވަނަ ނަންބަރާއި (15) ވަނަ ނަންބަރު ފިޔަވައި ދެންހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރާއި (12) ވަނަ ނަންބަރާއި (13) ވަނަ ނަންބަރާއި (15) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

100 ވަނަ މާއްދާ - އުވާލެވޭ ގާނޫނާއި ގަވާއިދުތަކުގެ މާއްދާތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1978-27 (ހޮޓާހޮޓަލާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް، ބެހެއްޓުމާއިބެހޭ ގާނޫނު) އުވުނީއެވެ. 
 (ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ އަންނަނިވި މާއްދާތައް އުވުނީއެވެ.

  1. 44 ވަނަ މާއްދާގެ (ފ)؛
  2. އެގާރަވަނަ ބައި: ކާބޯތަކެތީގެ ރައްކާތެރިކަން (57 ވަނަ މާއްދާއިން ފެށިގެން 61 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް)؛
  3. 94 ވަނަ މާއްދާގެ (ޑ) އަދި (ޓ).

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުގައި ގާނޫނު ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ އަންނަނިވި ގަވާއިދުތައް އުވޭނެއެވެ.

  1. ކާބޯތަކެތި އިށްތިހާރުކުރުމާބެހޭ ގަވާއިދު؛
  2. ކާބޯތަކެތީގެ ހިދުމަތްދޭތަންތަނާއިބެހޭ އާއްމު ގަވާއިދު؛
  3. ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު،

 

101 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

102 ވަނަ މާއްދާ - މާނަކުރުން 

މި ގާނޫނުގައި ވަކި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އެ ލަފުޒެއް ނުވަތަ އިބާރާތަކަށް ދީފައި އެވަނީ، އެ ލަފުޒެއް ނުވަތަ އިބާރާތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.

(ށ) "އެޑަލްޓްރަންޓް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ގަޑުބަޑުކުރާ ނުވަތަ ގަޑުބަޑުކުރުމަށް ބޭނުންކުރެވިދާނެ ކޮންމެ އެއްޗަކަށެވެ.

(ނ) "ކާނާ ވިހަވުން" ކަމަށް ބުނެފައި އެވަނީ، ބެކްޓީރިއާއެއް ނުވަތަ ވައިރަހެއް ނުވަތަ ޕެރަސައިޓެއް ނުވަތަ ވިހައެއް ނުވަތަ އެނޫންވެސް ކެމިކަލެއްގެ އަސަރުކޮށްފައިވާ ކާބޯތަކެތި ކައިބޮއި ހެދުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް މެދުވެރިވާ ހާލަތަށެވެ.

(ރ) "ކޮންޓެމިނަންޓް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނިގެން ނުވާ މާއްދާއެއް ކާބޯތަކެތި އުފައްދާ އުފެއްދުމެއްގެ ތެރޭގައި ނުވަތަ ޕްރޮސެސްކުރުމުގެ ތެރޭގައި ނުވަތަ ކާބޯތަކެތި ތައްޔާރުކުރުމުގެ ތެރޭގައި ނުވަތަ ބަންދުކުރުމުގެ ތެރޭގައި ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމުގެ ތެރޭގައި ނުވަތަ ކާބޯތަކެތި ގެންގުޅޭ މާހައުލެއްގައި ހުރި ނުސާފު ކަމެއްގެ ސަބަބުން ގަސްދަކާ ނުލައި ކާބޯތަކެތީގެ ތެރެއަށް ވާސިލުވެފައިވުމަށެވެ.

(ބ) "ކޮންޓޭނަރ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ބަންދުކުރުމަށާއި ކާބޯތަކެތި ނުވަތަ އޭގެ ބައެއް، އެއް އައިޓަމެއްގެ ގޮތުގައި ރައްދުކުރުމަށް ބަންދުކުރުމަށާއި ބޭނުންކުރާ އެއްޗަކަށެވެ.

(ޅ) "ފުޑް އެޑިޓިވް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގެ ޒާތުގައި އެ އެއްޗަކީ އާންމުކޮށް ކައިބޮއި ހެދުމަށް ބޭނުންކުރާ އެއްޗަކަށް ނުވެފައި، އަދި ކާބޯތަކެތި ތައްޔާރުކުރުމުގައި އާންމު ގޮތެއްގައި ބޭނުންނުކުރާ ބާވަތެއް ކާބޯތަކެތި އުފެއްދުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ތައްޔާރުކުރުމުގެ ނުވަތަ ބަންދުކޮށް އުފުލައި ހެދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުމަށް ކާބޯތަކެއްޗަށް އެއްކުރާ އެއްޗަކަށެވެ. އަދި މިގޮތަށް ކާބޯތަކެއްޗަށް އެއްކުރާ ފުޑް އެޑިޓިވްއެއްގައި ސިއްހީ މަންފާއެއް ހުރުން ލާޒިމުނުވި ނަމަވެސް،ފުޑް އެޑިޓިވް ނުވަތަ އޭގެ ބައިޕްރޮޑަކްޓްތައް ކާނާގެ ބަޔަކަށް ނުވަތަ އެހެންވެސް ގޮތަކުން ކާނާގެ އަސްލަށް ބަދަލުގެނެސްދޭ ނުވަތަ ބަދަލެއް ގެނައުމަށް އެކަށީގެންވާ ކޮންމެ އެއްޗެކެވެ. ކާބޯތަކެތީގައި ހިމެނޭ ސިއްހީ މަންފާ އިތުރުކުރުމަށް އެއްކުރާ ތަކެއްޗާއި ކޮންޓެމިނަ ންޓްތައްމީގެ ތެރެއަކު ނުހިމެނެއެވެ.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ވ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ޒާތަށާއި އަސްލަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމަށެވެ. މީގެ ތެރޭގައި ކެއްކުން، ހިއްކުން، ދިލަޖެއްސުން ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް ކޮށުން، ބައިކުރުން، ކަށިފިލުވުން، ހަންނެގުން، މުގުރުން، ތޮށިމެށުން ނުވަތަ ތޮށިވަކިކުރުން، ފިނިކުރުން، ގަނޑުކުރުން، ގަނޑުފިލުވުން ފަދަ ކާބޯތަކެތީގެ ޒާތަށް ބަދަލު ނާންނަ ކަންތައްތައް މީގެ ތެރެއަކު ނުހިމެނެއެވެ.

(މ) "އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނޭ ތަކެތިން ކާބޯއެއްޗެއް ހެދުމަށްޓަކައި ޕްރޮސެސްކުރުމަށް ނުވަތަ ޓްރީޓްމަންޓް ދިނުމަށެވެ. ކާބޯތަކެތި އުފެއްދުމަށްފަހު ސަބް ޕްރޮސެސްއެއް ކުރާނަމަ އެކަންވެސް މި މާނައިގައި ހިމެނެއެވެ.

(ފ) "އުފައްދާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކާބޯއެއްޗެއްގެ ބާވަތެއް ތައްޔާރުކޮށްފައިވާ ނުވަތަ ހަދާފައިވާ ފަރާތަށެވެ. އަދި ކާބޯއެއްޗެއް ތައްޔާރުކުރުމަކާ ނުލައި އެ އެއްޗެއް އުފެއްދި ފަރާތުގެ ގޮތުގައި އެ އެއްޗެއްގައި އެއްވެސް ފާހަގައެއް ޖަހައި ލޭބަލެއް ކޮށްފި މީހަކު ބެލެވޭނީ މި މާނައިގެ ދަށުން އުފައްދާ ފަރާތެއް ކަމުގައެވެ.

(ދ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑަށެވެ.

(ތ) "ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ސިއްހީ ރައްކާތެރިކަން ބެލުމަށްޓަކައި ނުވަތަ ކާބޯތަކެތީގެ އެނޫންވެސް ތަހްލީލުތައް ކުރުމަށްޓަކައި، މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ލެބޯރަޓަރީތަކަށެވެ.

(ލ) "ރިފަރަލް ލެބޯރަޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތް ލެބޯރަޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯރަޓަރީތަކަށެވެ.

(ގ) "ވިއްކުން" ކަމަށް ބުނެފައި އެވަނީ، ނަގުދު ފައިސާއަށް ނުވަތަ ކްރެޑިޓަށް ނުވަތަ އަގެއްހުރި އެކަތި އަނެކައްޗަކާ ބަދަލުކުރުމަށެވެ. އަދި ވިއްކުމަށް އެއްބަސްވުމާއި، ވިއްކުމަށް ހުށަހެޅުމާއި، ވިއްކުމަށް ނެރުމާއި، ވިއްކުމަށް ބެހެއްޓުމާއި، ވިއްކުމަށް މަސައްކަތްކުރުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.

(ޏ) "ޑިކްލެއަރކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދަލަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ނުވަތަ ދޭންޖެހޭ މައުލޫމާތަށެވެ.

(ސ) "ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ކާބޯތަކެތި" ކަމަށް ބުނެފައި އެވަނީ، ގުދްރަތީ ގޮތުން ހެދޭ ހެދުމަށް ބަދަލުގެނެވިފައިވާ ގަސްގަހާގެއްސާއި މަސްމަހާމެހީގެ ބާވަތްތަކުން އުފައްދާފައިވާ ކާބޯތަކެއްޗަށެވެ.

(ޑ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅ،ު ސިޓ،ީ ނުވަތަ ރަށު ކައުންސިލުތަކަށެވެ.

(ޒ) "ހެލްތް ޕްރޮޓެކްށަން އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ އެޖެންސީއަށެވެ.

(ޓ) "ޖަނަވާރު" ކަމަށް ބުނެފައި އެވަނީ، އެއްގަމުގައި އުޅޭ އެންމެހައި ޖަނަވާރާއި، ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ މަސްމަހާމެއްސާއި ކްރަސްޓޭށިއަންގެ ބާވަތްތަކާއި އެނޫންވެސް ދިރޭ އެއްޗެހި ހިމެނޭގޮތުންނެވެ.

(ޔ) "ވޮރަންޓީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ތައްޔާރުކޮށްފައިވަނީ ވަކި ފެންވަރެއްގައިކަމަށް ބުނެ އެ އެއްޗެއް އުފެއްދި ފަރާތުން ދޭ ޔަގީންކަމަށެވެ.

(ޕ) "ކޭޓަރިންގގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި އެ ތަނެއްގައި ތައްޔާރުކުރުމަށްފަހު އެ ތަކެތި ކައިބޮއި ހެދުމަށްޓަކައި އެހެން ތަނަކަށް ގެންގޮސްދީގެން ހިދުމަތް ދިނުމަށް ހާއްސަކުރެވޭ ހިދުމަތަށެވެ.

(ޖ) "ޖަނަވާރުގެ ކާނާ" ކަމަށް ބުނެފައި އެވަނީ، ޖަނަވާރު ކެއުމަށްޓަކައި، ގަސްގަހާގެހީގެ ނުވަތަ ޖަނަވާރުގެ އަސްލުން އޭގެ ގުދްރަތީ ހާލަތުގައި ހިއްކައިގެން ނުވަތަ ތާޒާކޮށް ނުވަތަ ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށާއި، ސިނާއީ ގޮތުން އުފެއްދުމުގެ ތެރެއިން ގުދްރަތީ މާއްދާތައް ބޭނުންކޮށްގެން އެއް ބާވަތެއް ނުވަތަ އެތައް ބާވަތެއް އެއްކޮށްގެން އިތުރު އެއްޗެއް ނާޅާ ނުވަތަ ކާނާގެ މުއްސަނދިކަން އިތުރުކޮށްގެން އުފައްދާ އުފެއްދުންތަކަށެވެ. މީގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި، މަސްކުނޑި ފަދަ ގުދްރަތީ ކާނާގެ މާއްދާތަކާއި ފައިދާގެ ގޮތުން މުއްސަނދިކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދު (ގާނޫނު ނަންބަރު 2024-86)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު