ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2025-24)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 ފެބުރުއަރީ 2025 ގައި)
1 ވަނަ މާއްދާ ައާރުފާއި ނަން
(ހ) މިއީ، ގާނޫނީު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ، ނޭށަނަލް ފުޑް ސޭފްޓީއެންޑް ކޮލިޓީ ބޯޑު ހިންގުމާ ގުޅޭގޮތުން، އެ ގާނޫނުގެ 18 ވަނަ މާއްދާގެ
(ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ،" ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ބޯޑު ހިންގުމަށާއި، ބޯޑުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ބޯޑުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ބޯޑުގެ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް
ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތިކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން އޮތޯރިޓީ އަށް ލަފަޔާއި އިރުށާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
(ށ) ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީ އަށް ލަފާދިނުމެވެ.
4 ވަނަ މާއްދާ - މެންބަރުން އައްޔަނުކުރުން
ގާނޫނީު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގޮތަށް ކޮމިޓ މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.
5 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތް
(ހ) ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑު އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 10 (ދިހައެއް) މެންބަރުންގެ މައްޗަށެވެ.
- ޑިރެކްޓަރ ޖެނެރަލް؛
- މިނިސްޓްރީ ގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ
އިސް ފަރާތެއް؛ - ކާބޯތަކެތީގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ ކަންކަމުގައި
މަސައްކަތްކުރާ އޮތޯރިޓީގެ ކަމާބެހޭ ބައިގެ އިސްވެރިޔާ؛ - ކާބޯތަކެތީގެ ޒަރ އާއިން ޖެހޭ ބަލިތައް ދެނެގަތުމުގައި ހެލްތު ޕްރޮޓެކްށަން އެޖެންސ ގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން އެ އެޖެންސ ން ކަނޑައަޅާ އިސް ފަރާތެއް؛
- އިގްތިސާދ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ އިސް ފަރާތެއް؛
- މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގައި މަސައްކަތްކުރާ މަސްވެރިކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ އިސް ފަރާތެއް؛
- ދަނޑުވެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގައި މަސައްކަތްކުރާ ދަނޑުވެރިކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ އިސް ފަރާތެއް؛ މިގޮތުން މުވައްޒަފަކު ކަނޑައެޅުމުގައި،ޖަނަވާރުގެ ޒަރ އާއިން އިންސާނުންނަށް ޖެހޭ ބަލިތަކާއި ގަސްގަހާގެއްސަށް ޖެހޭ ބަލިތައް ދެނެގަތުމުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ކަނޑައެޅުމަށް އިސްކަންދޭންވާނެއެވެ.
- މިނިސްޓަރު އައްޔަނުކުރ،ާ ސަރުކާރުގެ އިދާރީާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވާ، ފުޑް ސައިންސުގެ މާހިރެއް؛
- ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސ ލުކުރާ ފަރާތެއް؛ މިގޮތުން މެންބަރަކު އައްޔަނުކުރުމުގައި، ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސ ލުކުރާ ޖަމުއިއްޔާތަކުން ކަނޑައަޅާ ފަރާތެއް އައްޔަނުކުރުމަށް އިސްކަންދޭންވާނެއެވެ.
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސ ލުކުރާ ފަރާތެއް؛
(ށ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މެންބަރުން ބޯޑަށް އައްޔަނުކުރާނީ، އާންމުކޮށް އިއުލާނުކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ.
6 ވަނަ މާއްދާ - ބޯޑުގެ ރައީސާއި ނައިބުރައީސު އައްޔަނުކުރުން
(ހ) ބޯޑުގެ ރައީސަކ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްއެވެ.
(ށ) ބޯޑުގެ ނައިބު ރައީސު އައްޔަނުކުރާނީ، ބޯޑުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
7 ވަނަ މާއްދާ - ބޯޑުގެ ރައީސުގެ މަސްއޫލިއްޔަތު
ބޯޑުގެ ރައީސުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރަމުންދާކަން ކަށަވަރުކުރުން.
(ށ) ބޯޑުގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.
(ނ) ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ ދުވަސްތަކާއި ވަގުތާއި ތަން ކަނޑައެޅުން.
(ރ) ބޯޑުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާނޭ ކަންކަން ކަނޑައަޅައި ތަރުތީބުކުރުން.
(ބ) ބޯޑުގެ ސެކްރެޓޭރިއެޓަށް ބޯޑުގެ ފަރާތުން އިދާރީ ގޮތުން ދޭންޖެހޭ ލަފަޔާއި އިރުށާދު ދިނުން.
(ޅ) ބޯޑުގެ ނިންމުންތައް ތަންފީޒުކުރުން.
(ކ) ބޯޑުގެ މަސައްކަތްތަކާ ގުޅިގެން މިނިސްޓަރަށް ޖަވާބުދާރީވުން.
(އ) މީގެ އިތުރުން ވެސް، ބޯޑުން ނުވަތަ މި ގަވާއިދުގެ ދަށުން ބޯޑުގެ ރައީސުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން.
8 ވަނަ މާއްދާ - ބޯޑުގެ ނައިބު ރައީސުގެ މަސްއޫލިއްޔަތު
ބޯޑުގެ ނައިބު ރައީސުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީ އެވެ.
(ހ) ބޯޑުގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތ ގޮތުން އަދާކުރުން.
(ށ) ބޯޑުގެ މަސައްކަތާ ގުޅޭގޮތުން ބޯޑުގެ ރައީސަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ބޯޑުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
9 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތު
ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީ އެވެ.
(ހ) މަގުބޫލު އުޒުރެއް ދިމާވެގެން މެނުވީ، ބޯޑުގެ ޖަލްސާތަކަށް ހާޒިރުވުން.
(ށ) މަގުބޫލު އުޒުރެއް ދިމާވެގެން މެނުވީ، ބޯޑުން ހަވާލުކުރާ މަސްއޫލިއްޔަތުއަދާކުރުން.
(ނ) ޒާތ ތައައްސުބުން އެއްކިބާވެހުރ،ެ ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހުލާސްތެރިވުމާއި އިންސާފުވެރިވުމާއި ފަރުވާތެރިވުން.
10 ވަނަ މާއްދާ - މެންބަރުންގެ ދައުރު
(ހ) ޑިރެކްޓަރ ޖެނެރަލް ފިޔަވައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑުގެ މެންބަރުންގެ ދައުރަކ 5 (ފަހެއް) އަހަރުދުވަހުގެ ދައުރެކެވެ. އެހެންނަމަވެސް، އެ މެންބަރުންގެ ފުރަތަމަ ދައުރު ހަމަވުމުން، އިތުރު 1 (އެކެއް) ދައުރަށް އެ މެންބަރުން ބޯޑަށް އައްޔަނުކުރެވިދާނެއެވެ.
(ށ) ޑިރެކްޓަރ ޖެނެރަލް ފިޔަވައި، މި ގަވާއިދުގެ ދަށުން މެންބަރުކަމަށް އައްޔަނުކުރާ އެއްވެސް ފަރާތަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ވެސް ގޮތަކުން 5 (ފަހެއް) އަހަރުގެ 2 (ދޭއް) ދައުރަށް ވުރެ ގިނަދުވަހު މެންބަރުކަމުގައެއް ނުހުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ފަރާތްތައް ބޯޑުގައި ހިމެނެނީމަގާމުގެ ހައިސިއްޔަތުން ކަމުގައި ވާތީ، އެ ފަރާތްތައް ބޯޑުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނީ، އެ ފަރާތްތައް ބޯޑުގައި ހިމެނޭ މަގާމުގައި ދެމިތިބިހައި ހިނދަކުއެވެ. އެ ފަރާތްތައް އެ މަގާމުން ވަކިވެއްޖެ ނަމަ، ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.
11 ވަނަ މާއްދާ - އެެލަވަންސް
(ހ) ބޯޑަށް އައްޔަނުކުރާ މެންބަރުންނަށް، އެ ފަރާތްތަކުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވ.ެ އެހެންނަމަވެސ،ް މެންބަރަކު އައްޔަންކޮށްފައިވަނީ އެ ފަރާތެއްގެ މަގާމުގެ ހައިސިއްޔަތުން ކަމަށް ވާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުދެވޭނެއެވ.ެ
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ކަނޑައަޅާނީ، މާލީ ކަންކަމާބެހޭ ވުޒާރާގެ ލަފާގެ މަތީން، މިނިސްޓްރީންނެވެ.
12 ވަނަ މާއްދާ - މަގާމު ހުސްވުން
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އިސްތިއުފާ ދިނުން.
(ށ) މެންބަރުކަމުގެ ދައުރު ހަމަވުން.
(ނ) މަރުވުން.
(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މެންބަރުކަމުން ވަކިކުރުމް.
13 ވަނަ މާއްދާ - އިސްތިއުފާދިނުން
ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ މިނިސްޓަރަށް ލިބުމުން އެ މީހަކު މެންބަރުކަމުން ވަކިވ އެވެ.
14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
ބޯޑަށް އައްޔަނުކުރާ މެންބަރުން ވަކިކުރާނީ މިނިސްޓަރެވެ. މެންބަރަކު ވަކިކުރަން ބޭނުންވެއްޖެ ނަމަ، ލިޔުމަކުން އެކަން އެ މެންބަރަށް ފޮނުވުމުން، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން މެންބަރުކަމުން ވަކިވ އެވެ.
15 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތް ފިޔަވައި ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރާ ފަރާތްތަކަކީ، ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ތަނެއްގައި މަސްލަހަތެއް އޮތް ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.
16 ވަނަ މާއްދާ - މަސްލަހަތާ ގުޅިފައިވާ ކަންތައްތަކުގައި ބޯޑުގެ މެންބަރުން އަމަލުކުރަންޖެހޭ ގޮތް
(ހ) ބޯޑުގެ އެއްވެސް މެންބަރެއްގެ މަސްލަހަތު ފުށުއަރާ މައްސަލައަކާ ގުޅޭގޮތުން ކުރެވޭ މަށްވަރާގައްޔާއި އެފަދަ މައްސަލައަކާ ގުޅިގެން ނަގާ ވޯޓުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކަށް ނުވަތަ ބޯޑުގެ މެންބަރެއްގެ ގާތްތިމާގެ މީހަކަށް ނުވަތަ މެންބަރަކާއެކު މަސައްކަތްކުރާ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ފައިދާއެއް ލިބޭ ފަދަ ކަމެއް ނިންމުމަށް ބޯޑުގެ ޖަލްސާއެއްގެ އެޖެންޑާގައި ހިމަނައިފައިވާ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ މެންބަރަކު އަމަލުކުރަންވާނެއެވެ.
- ބޯޑުގެ ޖަލްސާގެ އެޖެންޑާ ލިބުމުން، މެންބަރަކާ ގުޅުމެއްހުރި އައިޓަމެއް އެޖެންޑާކޮށްފައިވާ ނަމަ، އެ ޖަލްސާއެއްގައި އެ މެންބަރަކު އެކަން ހާމަކުރުން ނުވަތަ ބޯޑުގެ ސަމާލުކަމަށް އެފަދަ ކަމެއް އަތުވެއްޖެ ނަމަ، މަސްލަހަތު ފުށުއަރާ މެންބަރަކަށް އެ ކަމެއް އަންގައި، އެކަން ހާމަކުރަންވާނެއެވެ. އަދި މަސްލަހަތު ފުށުއަރާކަމަށް އެ މެންބަރަކު އިންކާރުކޮށްފި ނަމަ، ބައްދަލުވުމެއްގައި އެޖެންޑާކޮށްފައިވާ މައްސަލައާމެދު ބަހުސަށް ހުޅުވައިލުމުގެ ކުރިން އެ މައްސަލައާމެދު ވަކިގޮތެއް ނިމެންދެން އެ މެންބަރަކު އެ ޖަލްސާގައި ބައިވެރިވުމާމެދު ގޮތެއް ނިންމާނީ، ބޯޑުގެ އަގުލަބިއްޔަތުންނެވެ/
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމާއެކު، އެފަދަ ބައްދަލުވުމަކަށް ހާޒިރުވިޔަސް، އެފަދަ ކަމެއްގެ މަށްވަރާގައްޔާއި ގޮތެއް ނިންމުމުގައި ބައިވެރިވެގެން ނުވާނެއެވެ.
(ނ) ޖަލްސާއެއްގައި މަށްވަރާކުރަމުންދާ ކަމަކ މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމަށް މެންބަރަކު ހާމަކޮށްފި ނަމަ، އެފަދަ ކަމަކަށް މަށްވަރާކުރުމުގައްޔާއި ވޯޓުދިނުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ޖަލްސާގެ ޔައުމިއްޔާގައި އެކަން އެގޮތަށް ބަޔާންކުރަންވާނެއެވެ.
17 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއެޓް
ބޯޑުގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ބޯޑުގެ ސެކްރެޓޭރިއެޓުންނެވެ. ބޯޑުގެ ސެކްރެޓޭރިއެޓަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއެވެ.
18 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކުގައި އިތުރު ފަރާތްތައް ބައިވެރިކުރުން
ބޯޑުގެ މަސައްކަތުގައި އިތުރު ފަރާތްތަކުން ލަފާ ހޯދަންޖެހޭ ހާލަތްތަކުގައި ބޯޑުން ކަނޑައަޅާ ފަރާތެއްގެ ލަފާ ހޯދިދާނެއެވެ. ލަފާ ދިނުމުގައި ބައިވެރިވާ ފަރާތްތަކަށް ބޯޑުގެ ނިންމުމެއް ނިންމުމުގައި ވޯޓެއް ނުދެވޭނެއެވެ. އަދި ބޯޑުގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެ ގޮތުން ބައިވެރިކުރަންޖެހޭ ފަރާތްތައް ބައިވެރިކުރާނީ ހަމައެކަނި އެ ކަމެއްގެ މަށްވަރާކުރާ ވަގުތުގައި، އެކަމަކަށް އެކަންޏެވެ.
19 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް
(ހ) ބޯޑުގެ ޖަލްސާއެއް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، ބޯޑަށް ހުށަހެޅޭ މައްސަލަތަކަށް ރިއާޔަތްކޮށް ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެ ނަމަ، ބޯޑުގެ ބައްދަލުވުން ތާވަލުކޮށ،ް ބައްދަލުވުން ބާއްވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، ބޯޑުގެ ރައީސަށް ފެނިއްޖެ ނަމަ، ބޯޑުގެ ބައްދަލުވުން ބާއްވަންވާނެއެވެ.
(ރ) ބޯޑުގެ ބައްދަލުވުންތައް ބޯޑު މެންބަރުން އެއްތަނަކަށް ހާޒިރުވެ ތިބެގެން ނުވަތަ އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ކުރެވޭ ފަދަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެން ބޭއްވިދާނެއެވެ.
(ބ) އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ކުރެވޭ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޯޑުގެ ބައްދަލުވުންތައް ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއް ސައްހަވުމަށް ބޭނުންވާ ކަންކަން ފުރިހަމަވާންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ކުރެވޭ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- ކޮންމެ މެންބަރަކު ވެސް ބައްދަލުވުމުގައި ބައިވެރިވާންވާނީ، އެ ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށ،ް ސެކްރެޓޭރިއެޓުން ކަނޑައަޅާ ލޮގިން ނުވަތަ ލިންކް ނުވަތަ އައި.ޑީ މެދުވެރިކޮށްގެންނެވެ.
- ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން ނުވަތަ ލިންކް ނުވަތަ އައި.ޑީ މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވަނީ ކޮން މެންބަރެއްކަން އެނގޭނެ މައުލޫމާތު ފެންނަން ހުންނަންވާނެއެވެ.
- ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާ ހާލަތުގައި ވޯޓަށް އަހާ މައްސަލަތަކުގައި، ވޯޓުދޭގޮތް އޯޑިއޯއިން ސާފުވާންވާނެއެވެ. ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ވަކިގޮތަކަށް ވޯޓު ދިނުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ނަމަ، އެ ގޮތަކަށް ވެސް ވޯޓު ދެވިދާނެއެވެ.
- ބޯޑުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް އޮންނަ ނަމަ، އެ މެންބަރެއްގެ ޑިޖިޓަލް ސިގްނެޗަރ އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ.
- އޯޑިއޯ ކޮންފަރަންސެއް ނުވަތަ ވީޑިއޯ ކޮންފަރަންސެއް މެދުވެރިކޮށް ބޯޑުން ބާއްވާ ބައްދަލުވުންތަކާއި، އެ ބައްދަލުވުމުގެ ބޭނުމަށް ހިއްސާކުރާ ލިޔެކިޔުމުގެ ސިއްރު ހިފެހެއްޓޭކަން މެންބަރުން ކަށަވަރުކުރަންވާނެއެވެ.
20 ވަނަ މާއްދާ - ބޯޑު ބައްދަލުވުންތަކުގެ ގާނޫނީ އަދަދު
ބޯޑުގެ އެއްވެސް ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ މެންބަރުންގެ ތެރެއިން މަދުވެގެން 6 )ހައެއް( މެންބަރުން ހާޒިރުވެގެންނެވެ.
21 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް
(ހ) ބޯޑުގެ ކޮންމެ ނިންމުމެއް ނިންމަންވާނީ، ބޯޑުގެ ރައީސު ފިޔަވައި ހާޒިރުވެތިބި މެންބަރުންގެ ވޯޓުގެ އަގުލަބިއްޔަތުންނެވެ.
(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއް ކުރި ޔަށްދާކަން އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން ރިޔާސަތަށާއި ބޯޑުގެ މެންބަރުންނަށް އެކަން އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކާއި އެކަމާ ގުޅޭ މަށްވަރާތަކުން އެއްކިބާވާންވާނެއެވެ.
22 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން، އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
23 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު
ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.
(ހ) ރައީސް.
(ށ) ރައީސު ނެތް ހާލަތެއްގައި ނައިބު ރައީސެވެ.
(ނ) ރައީސާއި ނައިބު ރައީސު ނެތް ހާލަތެއްގައި ހާޒިރުވެ ތިބި މެންބަރުން އައްޔަނުކުރާ މެންބަރެކެވެ.
24 ވަނަ މާއްދާ -ބޯޑުގެ ބައްދަލުވުންތައް ޔައުމިއްޔާކުރުން
(ހ) ބޯޑުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެފައި އޮންނަންވާނެއެވެ. މި ޔައުމިއްޔާގައި، އެންމެ މަދުވެގެން ވެސް، ތިރީގައި މިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- އެ ބައްދަލުވުމަށް ހާޒިރުވި އެޑްވައިޒަރުން؛
- މެންބަރެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މައުލޫމާތު؛
- ބައްދަލުވުމަށް ހުށަހަޅައިފައިވާ ކަންތައްތަކާއި، އެ ކަންތައްތައް ނިންމިގޮތުގެ ތަފްސީލު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެ ދިޔަ ޔައުމިއްޔާ ބަލަހައްޓާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޯޑުގެ މެންބަރުންގެ ތެރެއިން އެކަމަށް ވަކި މެންބަރަކު އައްޔަނުކުރަން މެންބަރުންނަށް ފެނިއްޖެ ހިނދެއްގައި އެ މެންބަރަކު އައްޔަނު ކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔ،ާ ކޮންމެ ބައްދަލުވުމެއް ނިންމައި، ޖެހިގެން އަންނަ ބައްދަލުވުމުގައި، އެ ޔައުމިއްޔާ ފާސްކޮށް މެންބަރުން ސޮއިކުރަންވާނެއެވެ.
25 ވަނަ މާއްދާ - ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން
ބޯޑުގެ މެންބަރުންގެ ހާޒިރީ އާއި، ބައްދަލުވުންތަކުގެ އެޖެންޑާއާއި، ނިންމުންތަކާއި، ބޯޑުން ތައްޔާރުކުރާ މުހިންމު ލިޔެކިޔުންތަކާއި ގާނޫނާއި ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމުކުރާ މިނޫންވެސް ލިޔެކިޔުންތަކުގެ ރިކޯޑު، ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.
26 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ހިމަނައިފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރަންވާނ ތިރީގައިވާ އަކުރުތަކުގައިވާ ގޮތަށެވެ.
(ހ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(ނ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށެވެ.
(ރ) "މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާއަށް ނުވަތަ ހައްގަށް ނުވަތަ ޒިންމާއަށެވެ.
(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
27 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06)
ކިޔުންތެރިންގެ ހިޔާލު