ބޭހާ ބެހޭ ގަވާއިދު
(ގާނޫނު ނަންބަރު 2026-64)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖުލައި 2026 ގައި)
(މި ގަވާއިދުގެ 72 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-46 އުވާލެވިފައި)
އެއްވަނަ ބާބު
އިބްތިދާއ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ބޭސް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، އުފެއްދުމާއި، ހަދިޔާކުރުމާއި، ވިއްކުމާއި، ލިޔެދިނުމާއި، ބޭހާއި ބޭސް ވިއްކާ ތަންތަން ނުވަތަ ބޭހުގެ މުއާމަލާތުކުރާ ތަންތަން ރަޖިސްޓަރީކޮށް، އެ ތަންތަނަށް ހުއްދަ ދިނުމާއި، ބޭސް އުފުލައި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ގުދަންކުރުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ބޭހާ ގުޅޭގޮތުން އަމަލުކުރަންޖެހޭ މި ނޫންވެސް އުސޫލުތައް އެކަށައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2015-29 (ސިއްހީީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކުރުމާއެކު، އެ ގާނޫނުގެ 63 ވަނަ މާއްދާގެ (ށ) އާއި 65 ވަނަ މާއްދާގެ (ރ) ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ބޭހާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް، ތިރީގައި މި ވަނީއެވެ.
(ހ) އާންމުން ބޭނުންކުރާ ބޭހަކީ އެ ބޭހުގެ ސަބަބުން ކުރަންޖެހޭ އަސަރު އެންމެ އެދެވޭ ގޮތެއްގައި ކުރާ، ފެންވަރު ރަނގަޅު، އަދި ރައްކާތެރި ބޭސްކަމުގައި ކަށަވަރުކޮށްދިނުން.
(ށ) ނަހަމަގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވުމާއި، ހުއްދަނޫން ގޮތުގައި ބޭހުގެ މުއާމަލާތުކުރުން ހުއްޓުވުން.
(ނ) އިންސާނުން ބޭނުންކުރުމަށް އެކަށީގެންނުވާ ބޭހާއި ކައުންޓަރފީޓް ބޭސް ރާއްޖެއަށް އިމްޕޯޓުވިޔަނުދިނުން.
(ރ) ބޭސް ވިއްކާ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި އަސާސީ ބޭސް ބެހެއްޓުން ލާޒިމުކުރުވުން.
(ބ) ބޭސް އިމްޕޯޓުކުރާ ފަރާތްތަކާއި، ބޭސް ވިއްކާ ފަރާތްތަކަށް ލައިސަންސް ދިނުމާއި، މި ފަދަ ތަންތަން ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި ފާސްކުރުން.
(ޅ) ބޭސް އުފައްދާ ތަންތަނަކީ ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސަސްގެ މިންގަނޑުތަކާ އެއްގޮތަށް ބޭސް އުފައްދާ ތަންތަންތޯ ކަށަވަރުކުރުން. މީގެ ތެރޭގައި ރާއްޖޭގައި އުފައްދާ ބޭސްތަކާއި އިމްޕޯޓްކުރާ ބޭސްތައް ހިމެނެއެވެ.
3 ވަނަ މާއްދާ -ގަވާއިދު ތަންފީޒުކުރުން
(ހ) މި ގަވާއިދު ތަންފީޒުކުރާނީ، ނޭށަނަލް ފާމަސީޫޓިކަލް ބޯޑުގެ ލަފާގެ މަތީން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
(ށ) އަމަލީގޮތުން ބޭސް ގަތުން ނުވަތަ ޕްރޮކިއޯކުރުމާއި ވިއްކުން ފަދަ އެއްވެސް ވިޔަފާރިއެއް ކުރުމާއި، ބޭސް އެތެރެކުރުމާއި، ބޭސް އުފެއްދުމާއި، ބޭހާ ގުޅޭ ރިސަރޗް އެންޑް ޑިވެލޮޕްމަންޓުގެ ކަންކަން ކުރިއަށް ގެންދިއުމާއި، ބޭހުގެ ކްލިނިކަލް ޓްރައިލްތައް ހިންގުން ފަދަ ކަންކަންކުރުމުގައި ބޭސް ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން އޮތޯރިޓީން ބައިވެރިވެގެން ނުވާނެއެވެ.
(ނ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ތެރެއިން ކޮންޓްރޯލްޑް ޑްރަގްސްގެ ގޮތުގައި ހުއްދަކުރެވޭނެ ބޭހާއި، އެފަދަ ބޭހުގެ ބާވަތްތަކަށް ހުއްދަދީ އެއާ މުއާމަލާތު ކުރުމާބެހޭގޮތުން ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން އެކުލަވައިލާ ގަވާއިދަކަށް އަމަލުކުރަން ފެށުމާ ހަމަޔަށް، އެފަދަ ބޭސްތައް ރެގިއުލޭޓްކުރާނީ މި ގަވާއިދުގެ ތަރަހައިގެ ތެރެއިންނެވެ.
ދެވަނަ ބާބު
ސިއްހީީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރަން ހުއްދަ ބޭސް
ހުއްދަ ބޭސް
4 ވަނަ މާއްދާ - ހުއްދަ ބޭހުގެ ރަޖިސްޓަރީ
(ހ) ސިއްހީީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓަރީއެއް ނުވަތަ ލިސްޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވައިލައި، އޮތޯރިޓީން އެ ގަވާއިދު އާންމުކުރަންވާނެއެވެ. އަދި މިގޮތުން އެކުލަވައިލާ ރަޖިސްޓަރީ، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖައާކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައި އާންމުކުރާ ރަޖިސްޓަރީއަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް ގެނައި ތާރީހު އެނގޭގޮތަށް، ރަޖިސްޓަރީ އަދާހަމަކުރަމުން ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައި އާންމުކުރާ ރަޖިސްޓަރީގައި ނުހިމެނޭ ބޭހެއް އިމްޕޯޓްކުރުމަކީ ނުވަތަ އިމްޕޯޓުކުރުމަށް އުޅުމަކީ މަނާކަމެކެވެ.
(ނ) ހުއްދަ ބޭހުގެ ރަޖިސްޓަރީ އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
- ޑޮކްޓަރީ ބޭސް؛
- ދިވެހިބޭހާއި އޯލްޓަނޭޓިވް ބޭސް.
5 ވަނަ މާއްދާ - ޑޮކްޓަރީ ބޭސް
ޑޮކްޓަރީ ބޭހުގެ ރަޖިސްޓަރީގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.
(ހ) ޑޮކްޓަރުގެ ބޭސް ސިޓީީއަށް ބޭނުންކުރާ ބޭސް.
(ށ) އޯވަރ ދަ ކައުންޓަރ (އޯ.ޓީ.ސީ) ބޭސް.
(ނ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ނުވަތަ ކޮންޓްރޯލްޑް ޑްރަގްސް.
(ރ) ބަޔޮލޮޖިކަލްސް. މިއީ، ގްރޯތު ފެކްޓަރސް، އިމިއުން މޮޑިއުލޭޓަރސް، މޮނޮކްލޯނަލް އެންޓިބޮޑީސް އަދި ދުނިޔޭގެ ސިއްހީަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ޑެފިނިށަންސްގައި ބަޔޮލޮޖިކަލްސްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. މީގެ ތެރޭގައި ހިމެނެނީ ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗެވެ.
- ވެކްސިން މީގެ ތެރޭގައި ހިމެނޭނީ، ނޭށަނަލް އިމިއުނައިޒޭށަން ޕްރޮގްރާމްގައި ހިމެނޭ ވެކްސިނާއި، ދަތުރުކުރާ ފަރާތްތަކަށް ދޭ ވެކްސިނާއި، ރާއްޖޭގައި ފެތުރޭ ރޯގާއަކުން ނުވަތަ އަލަށް ފެތުރޭ ބައްޔަކުން ދިފާއުވުމަށް ދޭ ވެކްސިނެވެ.
- ލެޔާއި ލޭގައި ހިމެނޭ ބައިތައް (ބްލަޑް އެންޑް ބްލަޑް ޕްރޮޑަކްޓްސް).
(ބ) ނޭށަނަލް ޕްރޮގްރާމްގައި ހިމެނޭ ބޭހާއި ވެކްސިން.
(ޅ) ކޮންޓްރާސްޓް މީޑިއާއާއި ޑައިލިސިސް ސޮލިއުށަން ފަދަ، ހަށިގަނޑުގެ އެތެރެއަށް ވާސިލުވާ ތަކެތި.
6 ވަނަ މާއްދާ - ޑޮކްޓަރީ ބޭހުގެ ދަރަޖަތައް
ޑޮކްޓަރީ ބޭހުގެ ދަރަޖަތައް ބެހިފައިވާ ގޮތް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ހަމައެކަނި ޑޮކްޓަރެއްގެ ލިޔުމަށް ދޫކުރާ ބޭސް (ޕްރިސްކްރިޕްށަން އޮންލީ މެޑިސިން ނުވަތަ ޕީ.އޯ.އެމް). މީގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ ބޭސްތަކެވެ.
- ޕްރިސްކްރިޕްށަން ބޭސް؛
- ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ނުވަތަ ކޮންޓްރޯލްޑް ޑްރަގްސް؛
- ހަމައެކަނި ހޮސްޕިޓަލުގެ ބޭނުމަށް ބޭނުންކުރާ ބޭސް (ހޮސްޕިޓަލް ޔޫސް އޮންލީ މެޑިސިން)؛
- ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ލިޔުމަށް އެކަނި ދޫކުރާ ބޭސް. (މީގެ ތެރޭގައި ހާއްސަ ބައެއް އެންޓިބަޔޮޓިކާއި ކެންސަރަށް ފަރުވާދިނުމަށް ބޭނުންކުރާ ބައެއް ބޭސް ހިމެނެއެވެ).
(ށ) ނޭށަނަލް ޕްރޮގުރާމުގައި ބޭނުންކުރުމަށް ގެނެވޭ ބޭސް.
(ނ) އޯވަރ ދަ ކައުންޓަރ (އޯ.ޓީ.ސީ) ބޭސް.
7 ވަނަ މާއްދާ - ދިވެހިބޭހާއި އޯލްޓަނޭޓިވް ބޭސް
(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ އޯލްޓަނޭޓިވް ބޭހާއި، ދިވެހިރާއްޖޭގައި އުފައްދައި ވިއްކުމަށް ހުއްދަދޭ ދިވެހިބޭހާއި، ދިވެހިބޭސް އުފެއްދުމުގެ ބޭނުމަށް ހުއްދަދީފައިވާ ރޯމެޓީރިއަލްސް ހިމެނޭ ރަޖިސްޓަރީއެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. މިގޮތުން އެކުލަވައިލާ ރަޖިސްޓަރީ، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު މުރާޖައާ ކުރަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައި އާންމުކުރާ ރަޖިސްޓަރީއަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް ގެނައި ތާރީހު އެނގޭގޮތަށް ރަޖިސްޓަރީ އަދާހަމަކުރަމުން ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ ރަޖިސްޓަރީގައި ނުހިމެނޭ އެއްވެސް ބޭހެއް ނުވަތަ ބޭހުގެ ބާވަތެއް ނުވަތަ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑުގެ މަސައްކަތަށް ބަދަލެއް ގެނެވޭ އުފެއްދުމެއް ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކައިގެން ނުވާނެއެވެ.
8 ވަނަ މާއްދާ - އަސާސީ ބޭސް
(ހ) އަސާސީ ބޭހަކީ، ސިއްހީީ ހިދުމަތުގެ ގައުމީ ނިޒާމަށް ކޮންމެހެން ބޭނުންވާ ބޭހެވެ. މި ބޭސްތައް ގިންތިކޮށްފައިވާނީ، ސިއްހީީ ހިދުމަތްދޭ ކޮންމެ ތަނަކުން ފޯރުކޮށްދޭ ސިއްހީީ ހިދުމަތަށް ރިއާޔަތްކޮށްގެންނެވެ.
(ށ) އަސާސީ ބޭސްތަކަކީ ސިއްހީީ ހިދުމަތުގެ ގައުމީ ނިޒާމު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ އަދި އަބަދުވެސް ލިބެން ހުންނަންޖެހޭ ބޭސްތަކެވެ.
(ނ) އަސާސީ ބޭހެއްގެ ގޮތުގައި ވަކި ބޭހެއް އޮތޯރިޓީން ކަނޑައަޅާނީ، ދިވެހިރާއްޖޭގެ ސިއްހީީ ހާލަތާ ގުޅޭ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
- ރާއްޖޭގައި ފެތުރޭ ބަލީގެ ބާވަތްތަކާއި މިންވަރު (ޑޮމިނަންސް)؛
- ބޭހުގެ ރައްކާތެރިކަމާއި ފަރުވާ ލިއްބައިދޭ މިންވަރުގެ ހެއްކާއި ގަރީނާ ނުވަތަ ބޭހުގެ ރައްކާތެރިކަމާއި ބޭހުން ލިއްބައިދޭ އަސަރުކުރާ މިންވަރު؛
- ސިއްހީީ ހިދުމަތްދޭ ތަންތަން ދަރަޖަކޮށްފައިވާ ގިންތި؛
- ބޭހުން ލިބެންހުރި އެހެނިހެން ޖެނެރިކްތަކާއި ބޭހުގެ ކެޓަގަރީ (މިސާލަކަށް: ބައެއް އިމަޖެންސީ ބޭސްތަކާއި އެންޓިޑޯޓް)؛
- ބޭސް ލިބެން ހުންނަ އަގު
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ ރަޖިސްޓަރީގެ އިތުރުން، ސިއްހީީ ހިދުމަތުގެ ގައުމީ ނިޒާމަށް ބޭނުންވާ އަސާސީ ބޭހުގެ ރަޖިސްޓަރީއެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. މިގޮތުން އެކުލަވައިލާ ރަޖިސްޓަރީ، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖައާކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައި އާންމުކުރާ ރަޖިސްޓަރީއަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް ގެނައި ތާރީހު އެނގޭގޮތަށް ރަޖިސްޓަރީ އަދާހަމަކުރަމުން
ގެންދަންވާނެއެވެ.
(ބ) ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަކޮށްފައިވާ އެކި ގިންތިތަކަށް ބޭނުންވާ އަސާސީ ބޭސް، އޮތޯރިޓީން ކަނޑައަޅައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ ރަޖިސްޓަރީގައި ފާހަގަކޮށްފައި ހުންނަންވާނެއެވެ. އަދި މި ބޭސްތަކުގެ ސްޓޮކް ރިޕޯޓު، އޮތޯރިޓީގެ ވެބްސައިޓުގައި އާންމުކުރާ ފޯމެޓާ އެއްގޮތަށް، ކޮންމެ 3 (ތިނެއް) މަހުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިއްހީ ހިދުމަތް ދޭ ތަންތަން ނިސްބަތްވާ ގިންތިއަށް ނިސްބަތްކޮށް، އެ ގިންތިއަށް ކަނޑައަޅާ އަސާސީ ބޭސްތައް، އެ ތަނެއްގައި ލިބެން ހުންނަންވާނެއެވެ.
(ޅ) ބޭސްފިހާރަ ނުވަތަ ބޭސް ވިއްކާ ތަންތަނުގައި ބަހައްޓަންވާނެކަމަށް އަސާސީ ބޭހުގެ ރަޖިސްޓަރީގައި ކަނޑައަޅައިފައިވާ ބޭސްތައް، އެ ތަންތަނުން އަބަދުވެސް ލިބެން ހުންނަންވާނެއެވެ. އަދި މި ބޭސްތަކުގެ ސްޓޮކް ރިޕޯޓު، އޮތޯރިޓީން އާންމުކުރާ ފޯމެޓާ އެއްގޮތަށް ކޮންމެ 6 (ހައެއް) މަހުން 1 (އެކެއް) ފަހަރު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި (ކޮންޓްރޯލްޑް ޑްރަގްސް)
(ހ) ހުއްދަ ކޮންޓްރޯލްޑް ޑްރަގްސްއަކީ ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބޭހުގެ ތެރެއިން ރާއްޖެއަށް އިމްޕޯޓުކޮށް ބޭނުންކުރުން ހުއްދަކޮށްފައިވާ ބޭހެވެ. މި ރަޖިސްޓަރީ އޮތޯރިޓީން އެކުލަވައިލައި އާންމުކުރަންވާނެއެވެ. އަދި މިގޮތުން އެކުލަވައިލާ ރަޖިސްޓަރީ، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު މުރާޖައާކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލައި އާންމުކުރާ ރަޖިސްޓަރީއަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް ގެނެވޭ ތާރީހު އެނގޭގޮތަށް ރަޖިސްޓަރީ އަދާހަމަކުރަމުން ގެންދަންވާނެއެވެ.
(ށ) ކޮންޓްރޯލްޑް ޑްރަގްސް އިމްޕޯޓުކޮށް، ވިއްކާ، ޑިސްޓްރިބިއުޓްކޮށް އަދި ކޮންޓްރޯލްޑް ޑްރަގްސްއާ ގުޅޭ މި ނޫންވެސް އެންމެހައި މުއާމަލާތުކުރަންވާނީ އޮތޯރިޓީން އެ ކަމަށް ދޫކުރާ ހާއްސަ ހުއްދައެއް ހޯދުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ހުއްދަ ދިނުމުގެ ށަރުތުތައް، މި ގަވާއިދުގެ ދަށުން އޮތޯރިޓީން އާންމުކުރާ އުސޫލުގައި ބަޔާންކުރަންވާނެއެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ދިވެހި ސަރުކާރުގެ ގެޒެޓުގައި އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.
(ރ) ސިއްހީީ ހިދުމަތްދޭ ތަންތަނުގައްޔާއި ފާމަސީތަކުގައި ކޮންޓްރޯލްޑް ޑްރަގްސް ބެހެއްޓޭނީ، އޮތޯރިޓީން ދޫކުރާ ކޮންޓްރޯލްޑް ޑްރަގްސް ގަތުމުގެ ހުއްދަ (ޕަރޗޭސް އޮތޮރައިޒޭށަން) ލިބުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކޮންޓްރޯލްޑް ޑްރަގްސްގެ ސްޓޮކް ބެލެހެއްޓުމާއި އޮތޯރިޓީއަށް ފޮނުވަންޖެހޭ ރިޕޯޓު ފޮނުވުމަކީ، މި މާއްދާގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.
(ޅ) ކޮންޓްރޯލްޑް ޑްރަގްސްއާ ގުޅޭގޮތުން އޮތޯރިޓީއަށް ފޮނުވަންޖެހޭ ރިޕޯޓު ތައްޔާރުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީންނެވެ.
(ކ) މި މާއްދާގައި އެހެން ބަޔާންކޮށްފައިވާ އޮތް ނަމަވެސް، މި ގަވާއިދުގެ މި މާއްދާއަށް އަމަލުކުރާނީ، ކޮންޓްރޯލްޑް ޑްރަގާ ގުޅޭގޮތުން ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ގަވާއިދެއް ށާއިއުކޮށް، އެ ގަވާއިދަކަށް އަމަލުކުރަން ފެށުމާ ހަމައަށެވެ. އެފަދަ ގަވާއިދެއް ވުޖޫދަށް އައުމާއެކު، އެ ދާއިރާގެ ކަންކަން ހިންގާނީ އެ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
ތިންވަނަ ބާބު
ބޭހާއި ބޭހުގެ މުއާމަލާތުކުރާ ފަރާތްތައް ރަޖިސްޓަރީކުރުން
10 ވަނަ މާއްދާ - ބޭހާއި ބޭހުގެ މުއާމަލާތުކުރާ ފަރާތްތަކާއި ތަންތަން ރަޖިސްޓަރީކުރުނ
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭސް އުފައްދާ ފަރާތްތަކާއި، ބޭސް އިމްޕޯޓްކުރާ ފަރާތްތަކާއި، ބޭސް ސަޕްލައިކުރާ ފަރާތްތަކާއި، ބޭސް ރައްކައުކޮށް ގުދަންކުރާ ފަރާތްތަކާއި، ބޭސް ހޯލްސޭލްކުރާ ފަރާތްތަކާއި، ބޭސް ރީޓެއިލްކުރާ ފަރާތްތަކާއި، ފާމަސީތައް ހިންގާ ފަރާތްތަކާއި، ބޭސް ވިއްކާ ފަރާތްތައް އޮތޯރިޓީގައި ރަޖިސްޓަރީކޮށް، ހުއްދަ ހޯދަންވާނެއެވެ.
(ށ) ބޭސް އުފައްދާ ފަރާތްތަކާއި، ބޭސް ހޯލްސޭލްކުރާ ފަރާތްތަކާއި، ބޭސް ރީޓެއިލްކުރާ ފަރާތްތަކާއި، ބޭސް ގުދަންކޮށް އެއްތަނުން އަނެއްތަނަށް އުފުލާ ފަރާތްތައް، މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތަށް ގުޑް މެނުފެކްޗަރިން ޕްރެކްޓިސަސް (GMP) ގެ މިންގަނޑުތަކާއި ގުޑް ޑިސްޓްރިބިއުށަން ޕްރެކްޓިސަސް (GDP) ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ނ) މި ގަވާއިދާއި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލުތަކާ އެއްގޮތަށް އިޖުރާއާތުތައް ފުރިހަމަވާ ނަމަ، ހުއްދަ ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް އޮތޯރިޓީން ލައިސަންސް ނުވަތަ ހުއްދަ ދޫކުރަންވާނެއެވެ. އަދި މިގޮތުން ދޫކުރާ ހުއްދައިގެ ނުވަތަ ލައިސަންސުގެ ނަމޫނާ، އޮތޯރިޓީން އާންމުކުރަންވާނެއެވެ.
11 ވަނަ މާއްދާ - ބޭސް ރަޖިސްޓަރީކުރުން
(ހ) ދިވެހިރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީ މި ގަވާއިދާ އެއްގޮތަށް އޮތޯރިޓީގައި ރަޖިސްޓަރީކޮށް، އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ބޭސްކަމަށް ވާންވާނެއެވެ. މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ބޭހެއް އެތެރެކުރެވޭނީ، އެ ބޭހެއް ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
(ށ) ބޭސް ރަޖިސްޓަރީކުރުމަށް ހުށަހެޅޭނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެއްސެއްގެ ހިއްސާ އޮންނަ ގާނޫނީ ށަހުސަކަށް، އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
(ނ) ބޭސް ރަޖިސްޓަރީކުރެވޭނީ، ބޭސް ރަޖިސްޓަރީކުރުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ސައްހަ ލިޔެކިޔުންތަކާއި، މި ގަވާއިދުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީއާއެކު ހުށަހެޅުމުންނެވެ.
- ބޭސް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތުގެ މައުލޫމާތު ހިމެނޭ ލިޔުންތައް (ކުންފުނީގެ ނުވަތަ ވަކި ފަރުދެއްގެ މައުލޫމާތު)
1.1 ކުންފުނީގެ ރަޖިސްޓަރީ.
1.2 އަމިއްލަ މީހެއް ނަމަ، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު. - ބޭސް އުފެއްދި ކުންފުނީގެ މައުލޫމާތު؛
- ބޭހުގެ ޓެކްނިކަލް މައުލޫމާތު (މިސާލު: ބޭހުގެ ބްރޭންޑް ނަން، ޖެނެރިކް ނަން، ބޭހުގެ ސްޓްރެންތް، ޑޯސޭޖް ފަދަ މައުލޫމާތު)؛
- މި މާއްދާގެ ދަށުން ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން ހުށަހަޅަންޖެހޭ ކަމަށް ޕޯޓަލުގައި ބަޔާންކޮށްފައިވާ ބޭސް ރަޖިސްޓަރީކުރުމާ ގުޅޭ އިތުރު މައުލޫމާތެއް އޮތް ނަމަ، އެ މައުލޫމާތު؛
- ބޭސް ރީޓެއިލްކޮށް، ވިއްކުމަށް ހުށަހަޅާ އަގު.
(ރ) ބޭސް ރަޖިސްޓަރީކުރެވޭނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރޭށަން އައުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ހުށަހެޅުމަކީ ބޭސް ރަޖިސްޓަރީކުރާ ފަރާތުގެ ޒިންމާއެކެވެ.
(ބ) ބޭސް ރަޖިސްޓަރީކުރުމަށް ޓަކައި ހުށަހަޅާ ލިޔެކިޔުންތައް އެސެސްކުރާނެ ގޮތް ހިމެނޭގޮތުން، ބޭސް ރަޖިސްޓަރީކުރުމުގެ މަރުހަލާ ކުރިޔަށްގެންދާ ގޮތުގެ އުސޫލު، ގުޑް ރިވިޔު ޕްރެކްޓިސަސް (GRP) ގެ މިންގަނޑުތަކާ އެއްގޮތަށް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ޅ) ރަޖިސްޓަރީކޮށް ހުއްދަ ދީފައިވާ ބޭސްތަކުގެ ލިސްޓު ގަވާއިދުން އޮތޯރިޓީން އާންމުކުރަންވާނެއެވެ. މި ލިސްޓުގައި، މަނާކޮށްފައިވާ ބޭހާއި، ސަސްޕެންޑްކޮށްފައިވާ ބޭހާއި، ރިކޯލްކޮށްފައިވާ ބޭހާއި، ލިސްޓުން އުނިކޮށްފައިވާ ބޭސް، ކަނޑައަޅައި މުއްދަތެއް ދީފައި ފާހަގަކޮށްފައި ހުންނަންވާނެއެވެ. މި ލިސްޓު، ކޮންމެ މަހެއްގެ 2 (ދޭއް) ވަނަ ހަފުތާގައި އާންމުކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ނ) ގައިވާ ފީއަކީ ބޭސް އިވެލުއޭޓްކޮށް ރަޖިސްޓަރީކުރުމުގެ އިދާރީ ފީއަކަށްވާތީ، އިވެލުއޭށަނުން ފެއިލްވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ ރަޖިސްޓްރޭށަނުން ފެއިލްވި ނަމަވެސް، މި ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(އ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭސްފަރުވާއަކަށް ކޮންމެހެން ބޭނުންވާ އަދި އެ ބޭހަކާ ނުލައި ފަރުވާނުކުރެވޭ، ރަޖިސްޓަރީކޮށްފައިނުވާ ބޭހެއް، ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތީން އިވެލުއޭޓްކޮށްފައި އެ ބޭހެއް އިމްޕޯޓްކުރުމަށް ހާއްސަ ހުއްދައެއް ދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. މިގޮތުން ދޫކުރާ ހުއްދައަކީ ހާއްސަ ހާލަތްތަކުގައި ދޫކުރެވޭ ހާއްސަ ހުއްދައެކެވެ.
(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާއްސަ ހުއްދަ ދޫކުރާނީ އަންނަނިވި ހާލަތްތަކަށެވެ.
- ސައްހަ ބޭސް ސިޓީީއަކާއެކު، 3 (ތިނެއް) މަސްދުވަހަށް ވާވަރަށް އަމިއްލަ ބޭނުމަށް ބޭސް އިމްޕޯޓްކުރުން؛
- ބޭސް ސިޓީީއަކާ ނުލައި، އަމިއްލަ ބޭނުމަށް އޯ.ޓީ.ސީ. ބޭސް އިމްޕޯޓްކުރުން؛
- މިނިސްޓްރީން ހެލްތު އިމަޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ހާލަތެއްގައި ބޭސްފަރުވާ ދިނުމުގެ ގޮތުން ބޭސް އިމްޕޯޓްކުރުން؛
- އަސާސީ ބޭސް މެދުނުކެނޑި ލިބުމަށް މަގުފަހިކުރުމުގެ ގޮތުން ބޭސް އިމްޕޯޓްކުރުން.
(މ) އަމިއްލަ ބޭނުމަށް ގެންނަ ޑޮކްޓަރީ ބޭސް ނުވަތަ އޯލްޓަނޭޓިވް ބޭސް ގެންނަންވާނީ، އެ ދާއިރާއަކަށް ހުއްދަދީފައިވާ ހާއްސަ ޑޮކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ސައްހަ ބޭސް ސިޓީީއަކާ އެކުގައެވެ.
(ފ) ބޭސް ރަޖިސްޓަރީކުރުމަށްފަހު، 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބޭސް
އިމްޕޯޓްކޮށްފައި ނުވާ ނަމަ، ހުއްދަ ބޭހުގެ ރަޖިސްޓަރީން އެ ބޭހެއް އުނިކޮށް، ރަޖިސްޓްރޭށަން ބާތިލުކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. ހުއްދަ ބޭހުގެ ރަޖިސްޓަރީން އެއިތަކޯތަ ރަޖިސްޓްރޭށަން ބާތިލުކުރުމަށްފަހު، އެ ބޭސް އިމްޕޯޓްކުރެވޭނީ އަލުން ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.
(ދ) ބޭސް ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، ބޭހާ ގުޅުންހުރި ކަންކަމުގައްޔާއި، ބޭހުގެ ރައްކައުތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް ތަހުލީލުކުރުމާއި ރިކޯލްކުރުމުގެ އެންމެހައި ކަންކަމުގައި ޒިންމާ އުފުލާނެ، ރާއްޖޭގައި ގާއިމުވެފައިވާ ފަރާތެއް ކަނޑައަޅަންވާނެއެވެ. އަދި އެކަން ބަޔާންކޮށްފައިވާ، ބޭސް އުފައްދާ ކުންފުނީގެ ރަސްމީީ ލިއުމެއް ހުށަހަޅަންވާނެއެވެ. މި ކަންކަމަށް ޒިންމާވާނީ، ބޭސް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތުންނެވެ.
(ތ) ބޭސް ރަޖިސްޓަރީކުރާ ފަރާތުގައި، ވިޖިލަންސް ނުވަތަ ބޭހުން ކުރާ ނޭދެވޭ އަސަރުގެ މައުލޫމާތު ނަގައި، ރިޕޯޓުކޮށް ބަލައި ދިރާސާކޮށް، އަމަލުކުރާނެ ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ. މި ނިޒާމުގައި، ބޭހުން ކުރާ ނޭދެވޭ އަސަރު ރިޕޯޓުކުރާނެ ގޮތުގެ ތަފުސީލާއި، ރިޕޯޓު ލިބުމުން އަމަލުކުރާނެ ގޮތުގެ ތަފުސީލާއި، އޮތޯރިޓީއަށް މި މައުލޫމާތު ރިޕޯޓުކުރާނެ ގޮތުގެ ތަފުސީލާއި، އެސެސްމަންޓް ހެދުމަށް އަމަލުކުރާނެ ގޮތުގެ ތަފުސީލާއި، އެސެސްމަންޓް ހެދުމަށްފަހު އަމަލުކުރާނެ ގޮތުގެ ތަފުސީލާއި، ރިކޯލްކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ.
(ލ) ރަޖިސްޓަރީކުރާ ބޭސް މާކެޓަށް އައުމަށްފަހު، ބޭސް ރަޖިސްޓަރީކުރާ ފަރާތުން އެ ބޭހެއްގެ ފެންވަރާއި ރައްކައުތެރިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދައި، ދިރާސާތައް ކުރަމުން ގެންދަންވާނެއެވެ. އަދި އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، މި މައުލޫމާތުތައް ހުށަހެޅުމަކީ، ބޭސް ރަޖިސްޓަރީކުރާ ފަރާތުގެ ޒިންމާއެކެވެ.
(ގ) ބޭސް ރަޖިސްޓަރީކުރާ ފަރާތުން ބޭހުގެ ވިޖިލަންސް ނުވަތަ ބޭހުން ކުރާ ނޭދެވޭ އަސަރުގެ މައުލޫމާތު ނަގައި، ރިޕޯޓުކޮށް، ބަލައި، ދިރާސާކޮށް އަދި މި ކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ފޯކަލް ޕޮއިންޓެއް އައްޔަނުކުރަންވާނެއެވެ.
12 ވަނަ މާއްދާ - ބޭސް އުފައްދާ ފަރާތް ނުވަތަ މެނުފެކްޗަރަރ ދަފުތަރުކުރުން
(ހ) މި ގަވާއިދުގެ ދަށުން ބޭސް އިމްޕޯޓްކޮށް، ވިއްކުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެ ހުއްދަ ދޫކުރާނީ، އެ ބޭސް އުފެއްދި ކުންފުނި، އޮތޯރިޓީން އިވެލުއޭޓްކުރުމަށްފަހު، އެ ފަރާތެއް އޮތޯރިޓީގައި ދަފުތަރުކުރުމަށްފަހުގައެވެ.
(ށ) ބޭސް އުފައްދާ ކުންފުނި އިވެލުއޭޓްކުރުމުގައި، އެ ކުންފުނީގެ ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސަސް (GMP) އިންސްޕެކްށަން ހަދަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އިންސްޕެކްށަނެއް ހެދުމަށް މަގުފަހިކޮށްދީ، އެ ކަމަށް ހިނގާ ހަރަދަށް ޒިންމާވާނީ ބޭސް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކުންނެވެ.
(ނ) ރަޖިސްޓަރީކޮށްފައިވާ ބޭސް އުފައްދާ ފަރާތްތަކުގެ ނުވަތަ މެނުފެކްޗަރުންގެ ދަފުތަރެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވައިލައި އާންމުކުރަންވާނެއެވެ.
(ރ) އުފައްދާ ބޭހެއްގެ ފެންވަރާއި ރައްކާތެރިކަން ކުޑަވެގެން ރީކޯލްކުރަން ޖެހިއްޖެ ނަމަ ނުވަތަ ސިއްހީީ މައްސަލަތަކެއް ފެނިއްޖެ ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށާއި އާންމު ސިއްހީަތަށް ލިބިދާނެ ނުވަތަ ލިބުނު ގެއްލުމަކަށް ރިއާޔަތްކޮށް، ނޭށަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތީން، ބޭސް އުފެއްދި ކުންފުނި ވަގުތީގޮތުން ސަސްޕެންޑުކުރުމުގެ ނުވަތަ ބްލެކްލިސްޓުކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ބ) އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތަކުން ނުވަތަ ރަޖިސްޓަރީކޮށްފައިނުވާ މެނުފެކްޗަރަރއެއްގެ ބޭސް ރާއްޖެ އިމްޕޯޓްކުރުމަކީ، މަނާކަމެކެވެ.
13 ވަނަ މާއްދާ - ބޭސް ސަޕްލައިކުރާ ފަރާތްތައް ރަޖިސްޓަރީކުރުން
ބޭސް ސަޕްލައިކުރާ ފަރާތް ރަޖިސްޓަރީކުރުމަކީ، އެ ސަޕްލަޔަރެއް މެދުވެރިކޮށް ބޭސް އިމްޕޯޓްކުރާ ފަރާތުގެ ޒިންމާއެކެވެ. ސަޕްލަޔަރެއް ރަޖިސްޓަރީކުރުމަށް، ތިރީގައިވާ ކަންކަން ފުރިހަމަވާންވާނެއެވެ.
(ހ) ބޭސް އިމްޕޯޓްކުރާ ފަރާތާއި ސަޕްލައިކުރާ ފަރާތާ ދެމެދު ސޮއިކޮށްފައިވާ، ސައްހަ ކޮންޓްރެކްޓެއް އޮންނަންވާނެއެވެ. މި ކޮންޓްރެކްޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.
- ސަޕްލައިކުރާ ބޭހަކީ ހުއްދަ ބޭހުގެ ރަޖިސްޓަރީ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއްކަން ކަށަވަރުކުރުމާބެހޭގޮތުން؛
- ޕްރޮޑަކްޓުގެ ފެންވަރާއި ރައްކައުތެރިކަމާއި ފައިދާ ސަޕްލައިކުރާ ފަރާތުން ކަށަވަރުކޮށް، ބޭނުންވެއްޖެ ހާލަތެއްގައި މި ކަމާ ގުޅުންހުރި ލިޔެކިޔުންތައް ފޯރުކޮށްދިނުމާބެހޭގޮތުން؛
- ސަޕްލައިކުރާ ފަރާތުން ސަޕްލައިކުރާ ބޭސްތައް ގަނެ ރައްކައުކޮށް ބެލެހެއްޓުމުގައި، އެ ޕްރޮޑަކްޓް އުފެއްދި ފަރާތުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމާބެހޭގޮތުން؛
- މާކެޓަށް ބޭސް ނެރުމުގެ ކުރިން އެ ޕްރޮޑަކްޓެއް ސަޕްލައިކުރުމުގެ ހުރިހާ މަރުހަލާއެއްގައި ރައްކައުތެރިކަމާއި ފެންވަރާ ގުޅުންހުރި އެންމެހައި ކަންކަމުގެ ޒިންމާ، ސަޕްލައިކުރާ ފަރާތުން އުފުލުމާބެހޭގޮތުން؛
(ށ) ޕްރޮޑަކްޓުގެ އިންވޮއިސްއާއި ޕެކިންގ ލިސްޓާއެކު، ތިރީގައިވާ ތަފުސީލުތައް ފޯރުކޮށްދޭންވާނެއެވެ.
- ބޭހުގެ ޖެނެރިކް ނަން؛
- ބޭހުގެ ބްރޭންޑް ނަން؛
- ބޭހުގެ ބާރުހުރި މިންވަރު (ސްޓްރެންތު) ނުވަތަ އެކްޓިވް މާއްދާ (އެކްޓިވް އިންގްރީޑިއެންޓް) ހުރި މިންވަރު؛
- ބޭހުގެ ޑޯޒޭޖްފޯމް؛
- ބޭހުގެ ޖުމުލަ އަދަދު؛
- ބޭހުގެ ޔުނިޓް ޕްރައިޒް ނުވަތަ އަގު؛
- ބޭހުގެ ޖުމުލަ އަގު؛
- ބޭސް އުފެއްދި ގައުމާއި ކުންފުނި (ފުރިހަމަ އެޑްރެހާއެކު)؛
- ބޭސް އުފެއްދި ތާރީހާއި، ބޭހުގެ މުއްދަތު ހަމަވާ ތާރީހު؛
- ބެޗް ނަންބަރު / ލޮޓް ނަންބަރު؛
- ދިޔާ ބޭހެއް ނަމަ (ސިރަޕް ފަދަ ބޯބޭސް، އިންޖެކްށަން، ކުރީމް ފަދަ އުނގުޅާބޭސް) އެ ބޭހެއްގެ ވޮލިއުމް؛
- އޮތޯރިޓީން އެ ބޭހެއް ރަޖިސްޓަރީކުރުމަށްފަހު ނުވަތަ އެ ބޭހަކަށް ހުއްދަދިނުމަށްފަހު ދޭ، ޕްރޮޑަކްޓް ރަޖިސްޓްރޭށަން (ޕީ އާރް) ނަންބަރު.
(ނ) އޮތޯރިޓީން ބޭސް ސަޕްލައިކުރާ ފަރާތް އޮޑިޓްކުރަން ނުވަތަ އިންސްޕެކްޓްކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އިންސްޕެކްށަންތަކަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް އެ ސަޕްލަޔަރެއްގެ އަތުން ބޭސް އިމްޕޯޓްކުރާ ފަރާތުން ހަމަޖައްސައި، މަދުވެގެން 2 (ދޭއް) އިންސްޕެކްޓަރުންގެ ޓީމެއް ދަތުރުކުރުމުގެ ހުރިހާ ހަރަދެއް، ބޭސް އިމްޕޯޓުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ.
(ރ) ސަޕްލައިކުރާ ފަރާތުގެ ސައިޓް އެޑްރެހާއި، އީމެއިލް އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް، ސަޕްލައިކުރާ ފަރާތާ ގުޅޭނެ ތަފުސީލީ ފުރިހަމަ މައުލޫމާތު، ސަޕްލަޔަރ ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ބޭސް އިމްޕޯޓްކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ބ) ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ތަޖުރިބާތަކަށް ރިއާޔަތްކޮށް، ސަޕްލަޔަރ ޕާރފޯމަންސް ރިކޯޑު ތައްޔާރުކޮށް، އަހަރަކު 1 (އެކެއް) ފަހަރު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ޅ) ޕްރޮޑަކްޓްތަކާބެހޭ އިތުރު މައުލޫމާތު އޮތޯރިޓީން ބޭނުންވާ ހާލަތެއްގައި އެ މައުލޫމާތު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން، ސަޕްލައިކުރާ ފަރާތުން، ބޭސް އިމްޕޯޓުކުރާ ފަރާތަށް ދޭންވާނެއެވެ.
(ކ) ސަޕްލައިކުރާ ފަރާތަށް ހުށަހަޅާ ށަކުވާތަކާއި ކަސްޓަމަރުންގެ ފީޑްބެކާ ގުޅިގެން ލިބެންހުރި މައުލޫމާތު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(އ) ބޭސް ސަޕްލައިކުރާ ފަރާތަކީ އެހެން އެއްވެސް ގައުމެއްގައި ބްލެކްލިސްޓުކޮށްފައިވާ ފަރާތެއްކަން އެނގޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ބޭސް އިމްޕޯޓްކުރާ ފަރާތުން ލަސްނުކޮށް އޮތޯރިޓީއަށް އެކަން އަންގަންވާނެއެވެ.
(ވ) ސަޕްލައިކުރާ ފަރާތުން ފޯރުކޮށްދޭ ބޭސްތަކުގެ ކޮލިޓީީ ޑިފެކްޓްތަކާބެހޭ ރިކޯޑުތައް، ބޭސް އިމްޕޯޓުކުރާ ފަރާތުން ލަސްނުކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(މ) ސަޕްލައިކުރާ ފަރާތުން އުފެއްދުން ގަންނަ ސައިޓް/ތަނުގެ މައުލޫމާތާއި، ގަންނަ ވަގުތު ޕްރޮޑަކްޓުގެ ހާލަތާއި ފިނިހޫނުމިން ހުރިގޮތުގެ މައުލޫމާތު، ޕެކިންގ ލިސްޓާއެކު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ފ) ސަޕްލައިކުރާ ފަރާތުން ގަންނަ ބޭސް ފޮނުވުމުގެ ކުރިން، އެ ބޭސް ރައްކައުކުރާ ތަނުގެ ތަފުސީލު ފްލޯޕްލޭން، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ދ) ސަޕްލައިކުރާ ފަރާތުން ގަންނަ ބޭސް ފޮނުވުމުގެ ކުރިން، އެ ބޭސް ރައްކައުކުރާ ތަނުގެ ފިނިހޫނުމިން ބެލެހެއްޓުމަށް ސިސްޓަމެއް ގާއިމުކުރެވި، މި ސިސްޓަމުގެ ތަފުސީލު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ތ) ސަޕްލައިކުރާ ފަރާތުގެ އެއްވެސް ކޮލިޓީީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާ ނަމަ، އެ ކަމުގެ ތަފުސީލު، ސަޕްލަޔަރ ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ލ) ސަޕްލައިކުރާ ފަރާތްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދާގޮތުގެ އެސްއޯޕީއާއި ގައިޑްލައިން ޑޮކިއުމަންޓޭށަން، ސަޕްލަޔަރ ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ގ) ސަޕްލަޔަރާއި އިމްޕޯޓަރު ސޮއިކޮށް އެންޑޯޒްކޮށްފައިވާ ސަޕްލަޔަރ ޑިކްލެރޭށަން، ސަޕްލަޔަރ ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ބޭސް އިމްޕޯޓުކުރާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
14 ވަނަ މާއްދާ - ބޭސްގުދަން ރަޖިސްޓަރީކުރުން
(ހ) ވިޔަފާރީގެ ބޭނުމަށް ދިވެހިރާއްޖެއަށް ބޭސް އިމްޕޯޓުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާ ބޭސްގުދަނެއް އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭސްގުދަން ރަޖިސްޓަރީކޮށްދެވޭނީ ފޯރުކޮށްދޭ ހިދުމަތަށް ބިނާކޮށް، ބޭސް ވިއްކާ ގުދަނެއްގެ ގޮތުގައި (ހޯލްސޭލް) ނުވަތަ ބޭސްގުދަންކުރާ (ސްޓޯރޭޖް) ގުދަނެއްގެ ގޮތުގައެވެ.
(ނ) ރަޖިސްޓަރީކޮށްގެން ހިންގާ ގުދަންތަކުގައި ބޭސް ބަހައްޓައިގެން ބޭނުންކުރާ ގޮތުގެ ތަފުސީލު، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މައުލޫމާތުތަކުގެ ތެރޭގައި، ގުދަނުގައި ބޭސް ރައްކައުކުރާ މިންވަރާއި، ބޭސް ދޫކުރާ މިންވަރު އެނގޭނެ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(ރ) ބޭސްގުދަނުގެ ރަޖިސްޓަރީގެ މުއްދަތަކީ، ބޭސްގުދަން ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން، މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ.
(ބ) ބޭސްގުދަނެއް ރަޖިސްޓަރީކޮށްދިނުމުގެ ކުރިން، އެ ތަނެއް ހުރީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކޮށް ކަށަވަރުކުރަންވާނެއެވެ.
(ޅ) ބޭސްގުދަންތަކުން ދޫކުރާ ބޭހުގެ ބެޗް ޓްރޭސްކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.
(ކ) ބޭސްގުދަންތަކުން ބޭހާބެހޭ އެންމެހައި މުއާމަލާތެއް ކުރަންވާނީ ހުއްދަ އޮތް ފާމަސިސްޓެއްގެ ބެލުމުގެ ދަށުންނެވެ.
(އ) ބޭސް ބަހައްޓާ ހުރިހާ އޭރިޔާއަކާއި އައިސްއަލަމާރިއަކާއި ކޯލްޑް ރޫމުގެ ފިނިހޫނުމިން މެދުނުކެނޑި މޮނިޓަރކުރުމަށް ޑޭޓާ ލޮގަރ ބަހައްޓައިފައި ހުންނަންވާނެއެވެ.
15 ވަނަ މާއްދާ - ބޭސްގުދަނުގެ ރަޖިސްޓަރީ އައުކުރުން
(ހ) ބޭސްގުދަނުގެ ރަޖިސްޓަރީ އައުކުރުމަށް، އެ ރަޖިސްޓަރީގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
(ށ) ބޭސްގުދަނުގެ ރަޖިސްޓަރީ އައުކުރުމަށް އެދި ހުށަހަޅާއިރު، ބޭސްގުދަނުގެ ބޮޑުމިނާއި ބޭސްގުދަން ހުރިތަނާއި ވެރިފަރާތް ބަދަލުވެފައި ނުވާ ނަމަ، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީ އައުކުރުމުގެ ފީއާއެކު އިތުރު ލިޔުމެއް ހުށަހެޅުން ލާޒިމެއް ނުވާނެއެވެ.
(ނ) ބޭސްގުދަނުގެ ރަޖިސްޓަރީ އައުކުރުމަށް އެދި ހުށަހަޅާއިރު، ބޭސްގުދަނުގެ ބޮޑުމިނާއި، ބޭސްގުދަން ހުރި ތަނާއި، ބޭސްގުދަނުގެ ވެރިފަރާތް، މިއިން އެއްވެސް މައުލޫމާތެއް ބަދަލުވެފައިވާ ނަމަ، ބަދަލުއައި މައުލޫމާތު އެނގޭނޭ ލިޔުންތަކާއެކު، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީ އައުކުރުމުގެ ފީއާއެކު ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ބޭސްގުދަނުގެ ރަޖިސްޓަރީގެ މުއްދަތު ހަމަވުން
(ހ) ބޭސްގުދަނުގެ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު، އެ ގުދަނުގެ ނަމުގައި ބޭސް އިމްޕޯޓްކުރުމަކީ މަނާކަމެކެވެ.
(ށ) މުއްދަތު ހަމަވުމަށްފަހު ހުއްދަ އައުނުކޮށް ހުންނަ ބޭސްގުދަންތައް ބޭސްގުދަންތަކުގެ ރަޖިސްޓަރީން އުނިކުރަންވާނެއެވެ.
17 ވަނަ މާއްދާ - ބޭސްގުދަނުގެ ގިންތިތައް
ބޭސްގުދަން ރަޖިސްޓަރީކުރެވޭނީ އަންނަނިވި ގިންތިތަކަށެވެ.
(ހ) ޑޮކްޓަރީ ބޭސް ބަހައްޓާ ގުދަނެއްގެ ގޮތުގައި:
- ބޭސް ސިޓީީއަށް ދޫކުރާ ބޭސް ބެހެއްޓުމަށް؛
- އޯވަރ ދަ ކައުންޓަރ" ބޭސް ބެހެއްޓުމަށް؛
- ކޮންޓްރޯލްޑް ޑްރަގްސް ބެހެއްޓުމަށް؛
- ހޮސްޕިޓަލް ޔޫސް ބޭސް ބެހެއްޓުމަށް؛
- ވެކްސިނާއި ބަޔޮލޮޖިކަލްސް ބެހެއްޓުމަށް.
(ށ) ދިވެހިބޭސް ނުވަތަ އޮލްޓަނޭޓިވް ބޭސް ބަހައްޓާ ގުދަނެއްގެ ގޮތުގައި:
- ދިވެހިބޭސް ނުވަތަ އޮލްޓަނޭޓިވް ބޭސް ބެހެއްޓުމަށް؛
- ދިވެހިބޭސް ނުވަތަ އޮލްޓަނޭޓިވް ބޭސް ނުވަތަ އެފަދަ ބޭހެއް އުފެއްދުމަށް ބޭނުންކުރާ ރޯމެޓީރިއަލްސް ބެހެއްޓުމަށް.
18 ވަނަ މާއްދާ - ބޭސްގުދަން ރަޖިސްޓަރީކުރަން ހުށަހަޅަންޖެހޭ ލިޔެކިޔުން
(ހ) ބޭސްގުދަން ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ވިޔަފާރި ރަޖިސްޓަރީ ހުއްދައާއި، ބިޒްނަސް އެކްޓިވިޓީ ރަޖިސްޓަރީ؛
- ބޭސްގުދަން ހުންނަ ތަން އެނގޭ ކުރެހުމާއި، ބޭސްގުދަނުގެ ފްލޯރ އޭރިއާއާއި، ށެލްފްތަކާއި، ކައުންޓަރާއި، އެއަރކޮންޑިށަނާއި، ދޮރުތަކާއި ކުޑަދޮރުތައް ފަދަ ތަންތަން ހިމެނޭ ކުރެހުމާއި، ތަނުގެ ޖުމުލަ މިންތައް އެނގޭގޮތަށް ތަފުސީލުކުރެހުމެއް؛
- ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ މައުލޫމާތު؛
- ދިރިއުޅެން ނޫން ބޭނުމަކަށް ބިން ނުވަތަ އިމާރާތް ބޭނުންކުރެވިދާނެކަން އަންގައިދޭ، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް؛
- ޕްރޮޑަކްޓް ޑިފޯލްޓެއް ނުވަތަ އެއްވެސް ސަބަބެއް މެދުވެރިވެގެން ޕްރޮޑަކްޓް މާކެޓުން ރިކޯލްކުރާ ހާލަތެއްގައި އަމަލުކުރާ ގޮތް ތަފުސީލުކޮށް ބަޔާންކޮށްފައިވާ، ޕްރޮޑަކްޓް ރިކޯލް އެސްއޯޕީ ހުށަހަޅަންވާނެއެވެ. މި އެސްއޯޕީގައި، މި މާއްދާގައި ހިމެނޭ އެންމެހައި ކަންކަން ހިމަނައިފައި އޮންނަންވާނެއެވެ.
- މި އަކުރުގެ ދަށުން ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން، ހުށަހަޅަންޖެހޭކަމަށް ޕޯޓަލުގައި ބަޔާންކޮށްފައިވާ ބޭސްގުދަން ރަޖިސްޓަރީކުރުމާ ގުޅޭ އިތުރު މައުލޫމާތު.
(ށ) ބޭސްގުދަން ރަޖިސްޓަރީކުރުމަށްފަހު، ފްލޯޕްލޭނާއި ވޯރކް ޕްލޭނާއި އިމާރާތުގެ ކުރެހުމަށް އެއްވެސް ބަދަލެއް ގެންނަންވާނީ، އެ ބަދަލެއް ގެންނަން ގަސްތުކުރާ ގޮތުގެ ތަފުސީލާއި ކުރެހުން އޮތޯރިޓީއަށް ހުށަހަޅައި، އެ ބަދަލު ގެނައުމުގެ ހުއްދަ ލިބުމަށްފަހުގައެވެ.
(ނ) ބޭސްގުދަނުގެ ހުރިހާ މަރުހަލާއެއްގައި މަސައްކަތްތައް ރާވައި ހިންގާނެ ގޮތުގެ، ފާސްކޮށްފައިވާ ވޯރކް ޕްލޭން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ވޯރކް ޕްލޭނުގައި، ތަނަށް އޯޑަރުކުރާ މުދާ އުފުލުމާއި، މުދާ ބަލައިގަތުމާއި، މުދާ ޗެކްކޮށް ރިކޯޑުކުރުމާއި، މުދާ ރައްކައުކުރުމާއި، ސްޓޮކް މޮނިޓަރކުރުމުގެ ޕްރޮސެސްއާއި، އޯޑަރ ޕްރޮސެސިންގގައި މުދާ ދޫކުރުމާއި އުފުލުމާއި ނައްތައިލުމުގައި އަމަލުކުރާ އުސޫލާއި، ދިވެހިބޭސް ނުވަތަ އަލްޓަނޭޓިވް ބޭސް ޕެކިންގއަށް ބޭނުންކުރާ ތަކެތި (ޕްރައިމަރީ ޕެކިންގއާއި ސެކަންޑަރީ ޕެކިންގ) ހިމެނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވޯކް ޕްލޭނުގައި ހިމެނޭ ހުރިހާ މަރުހަލާތަކަކަށް އެސްއޯޕީ ހުށަހަޅަންވާނެއެވެ. އަދި އެސްއޯޕީ ހުށަހަޅަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތަށް އަދި ކޮންމެ އޭރިޔާއެއްގައި ޕްރޮސެސް ކޮންޓްރޯލް ހިމަނައި މޮނިޓަރކުރެވޭ ގޮތަށެވެ.
(ބ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ގުދަނެއް ބަންދުކުރާ ނަމަ ނުވަތަ ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލާ ނަމަ، ގުދަން ބަންދުކުރުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، އެ ތަނުގައި ހުރި ބޭސްތަކާމެދު އަމަލުކުރާ ގޮތް ހިމެނޭގޮތަށް، ގުދަން ރަޖިސްޓަރީކޮށްފައިވާ ފަރާތުން އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ޅ) ބޭސްގުދަންތަކުގައި ވެކްސިނާއި، ބަޔޮލޮޖިކަލްސް ބަހައްޓާ ނަމަ، މި ކަމަށް ވަކި ކޯލްޑް ރޫމެއް ހުންނަންވާނެއެވެ. އަދި މިގޮތަށް ވެކްސިން ބަހައްޓާ ނަމަ، އޮތޯރިޓީއަށް ލިއުމުން އެ ކަމެއް އަންގަންވާނެއެވެ.
(ކ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރަން ހުށަހަޅަނީ ހަމައެކަނި ބޭސް ވިއްކާ (ހޯލްސޭލް) ގުދަނަކަށް ނަމަ، ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، ބޭސް އިމްޕޯޓްކުރަން ހަމަޖެހިފައިވާ ފަރާތުގެ ނަމުގައި ނުވަތަ ކުންފުނީގެ ނަމުގައި އިމްޕޯޓްކުރުމުގެ ހުއްދަ އޮންނަންވާނެއެވެ.
19 ވަނަ މާއްދާ - ބޭސް ވިއްކާ ތަންތަން ރަޖިސްޓަރީކުރުން
(ހ) ބޭސް ވިއްކާ ތަންތަން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ. ރަޖިސްޓަރީކުރަން ހުށަހަޅާއިރު ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ބޭސް ވިއްކާ ތަންތަން ރަޖިސްޓަރީކުރުމަށް، ތިރީގައި ބަޔާންކޮށްފައިވާ ލިއެކިޔުންތަކާއެކު، އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
- ބޭސް ވިއްކާ ތަނުގެ ތަޅުމުގެ މިންތައް އަކަފޫޓުން އެނގޭނޭ ފަދަ ކުރެހުމެއް. މި ކުރެހުމުގައި، ބޭސް ވިއްކާ ތަނުގެ ނަމާއި، އާންމު ފަރާތްތަކަށް ބޭސްފިހާރައިގެ ތެރެއަށް ވަދެވޭ ސަރަހައްދާއި، ކައުންޓަރާއި، ބޭސް ހަރުތަކާއި، ބޭސް ރައްކައުކުރާ ތަންތަން އެނގެން ހުންނަންވާނެއެވެ.
- ބޭސް ވިއްކާ އިމާރާތް ހުންނަ ތަން އަންގައިދޭ ކުރެހުން؛
- ވިޔަފާރި ރަޖިސްޓަރީ ހުއްދައިގެ ކޮޕީ.
(ނ) ބޭސް ވިއްކާ ކޮންމެ ތަނެއްގައި ވެސް، ބޭސް ވިއްކުމުގައްޔާއި ބޭސްފިހާރަ ހުޅުވައިފައި ހުންނަ ގަޑީގައި ޒިންމާވާނެ ފާމަސިސްޓަކާއި ބޭސްފިހާރަ ހިންގުމުގެ އެންމެހައި ކަންކަމުގައި ޒިންމާވާނެ ފަރާތެއް ހުންނަންވާނެއެވެ.
(ރ) ބޭސް ވިއްކާ ތަން ރަޖިސްޓަރީކުރުމަށްފަހު، އެ ތަނަށް ބަދަލެއް ގެނެސް ހިދުމަތް މެދުކަނޑައިލާ ނަމަ ނުވަތަ ބޭސް ވިއްކުން ހުއްޓައިލާ ނަމަ ނުވަތަ ފާމަސީގެ ވެރިފަރާތް ނުވަތަ ޒިންމާވާ ފާމަސިސްޓް ނުވަތަ އެޕްރޫވްކުރާ ކުރެހުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ އިމާރާތަށް ބަދަލެއް އަންނަ ހާލަތެއްގައި ނުވަތަ ބޭސްފިހާރައިގެ ގިންތިއަށް ބަދަލެއްގެންނަން ބޭނުންވެއްޖެ ނަމަ، އެ ބަދަލެއް ގެނައުމަށް ހަމަޖެހިފައިވާ ތާރީހުގެ 5 (ފަހެއް) ދުވަހުގެ ކުރިން އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ތަނުގައި ހުރި ބޭސްތަކާމެދު އަމަލުކުރާނޭ ގޮތް، ބޭސްފިހާރައިގެ ވެރިފަރާތުން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އޮތޯރިޓީއަށް އެންގުމުން، ދީފައިވާ ހުއްދައަށް އިސްލާހެއް ގެންނަންޖެހޭ ނަމަ، އެ އިސްލާހެއް ގެނައުމަށްފަހު، އޮތޯރިޓީން އެ ތަނަކަށް ހުއްދަ ދޫކުރަންވާނެއެވެ.
(ޅ) ބޭސްފިހާރައިގައި ވެކްސިނާއި ބަޔޮލޮޖިކަލްސް ބަހައްޓާ ނަމަ، މި ކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.
(ކ) ބޭސް ވިއްކުމުގެ ހުއްދައިގެ ދަށުން ބޭސްފިހާރައިގައި ބަހައްޓައިގެން ވިއްކޭނީ، ބޭހުގެ ގޮތުގައި ގިންތިކޮށްފައިވާ ބާވަތްތަކެވެ. އަދި ބޭސްފިހާރައިގައި ބޭހުގެ އިތުރުން ބެހެއްޓޭނެ ތަކެތީގެ ލިސްޓު، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާނެއެވެ. ބޭސްފިހާރައިގައި ވިއްކާ ތަކެތީގެ ތެރޭގައި، ބޭހުގެ އިތުރުން ބެހެއްޓޭ ތަކެތީގެ އަދަދު، ބޭހުގެ އަދަދަށް ވުރެ އިތުރުވެގެން ނުވާނެއެވެ. މިގޮތުން، ބޭސްފިހާރައިގައި ބަހައްޓާ މުދަލުގެ ތެރެއިން މަދުވެގެން 1/2 (ދެބައިކުޅައެއްބައި) އަށް ވުރެ ގިނައަދަދެއް ވާންޖެހޭނީ ބޭހުގެ ގޮތުގައި ގިންތިކޮށްފައިވާ ތަކެއްޗަށެވެ.
(އ) ބޭސްފިހާރަ ރަޖިސްޓަރީކުރުމާއި، ބޭސް އިމްޕޯޓްކުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލީގޮތުން މަސައްކަތްކުރާނީ، އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފުންނެވެ.
(ވ) އިންސްޕެކްށަންތަކަށް ބަލައި، ގަވާއިދު ތަންފީޒުކޮށްފައިވާ މިންވަރު ދިރާސާކޮށް، އޮތޯރިޓީން ފާމަސީތައް ގިންތިކުރަންވާނެއެވެ. އަދި ފާމަސީތައް ގިންތިކުރާ ގޮތް ފާމަސީ ރަޖިސްޓަރީގައި ހިމަނައި، އާންމުކުރަންވާނެއެވެ.
20 ވަނަ މާއްދާ - ޑޮކްޓަރީ ބޭސް ވިއްކާ ފިހާރަތަކުގެ
(ހ) ޑޮކްޓަރީ ބޭސް ވިއްކުމަށް ބޭސްފިހާރަތައް ރަޖިސްޓަރީކޮށް ހުއްދަ ދޭނީ، ގިންތިތަކާއި ހުއްދައިގެ މުއްދަތު އަންނަނިވި ގިންތިތަކަށް ބަހައިލައިގެންނެވެ.
- ގްރޭޑް 1 ގެ ބޭސްފިހާރަ ހިންގުމުގެ ހުއްދަ ދޫކުރާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މިންގަނޑަށް ފެތޭ ބޭސްފިހާރަތަކަށެވެ.
- ގްރޭޑް 2 ގެ ބޭސްފިހާރަ ހިންގުމުގެ ހުއްދަ ދޫކުރާނީ، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ތެރޭގައި ހުންނަ ބޭސްފިހާރަތަކަށެވެ. އަދި މި ގްރޭޑުގެ ބޭސްފިހާރައިގައި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ޑޮކްޓަރީ ބޭސް ވިއްކުމަށް ބޭސްފިހާރަތަކަށް ހުއްދަ ދޫކުރާނީ، ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
21 ވަނަ މާއްދާ - ބޭސް ވިއްކުމުގެ ހުއްދަ އައުކުރުން
(ހ) ބޭސް ވިއްކުމުގެ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުއްދަ އައުކުރުމަށް ހުށަހަޅަންވާނެއެވެ.
(ށ) މުއްދަތު ހަމަވެގެން ނުވަތަ ފާމަސީގެ ވެރިފަރާތް ބަދަލުވެގެން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ބޭސް ވިއްކުމުގެ ހުއްދަ އައުކުރާއިރު، ބޭސް ވިއްކުމަށް ކުރިން ދޫކޮށްފައިވާ ހުއްދަ ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުއްދަ އައުކުރަން ހުށަހަޅާނީ، އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
(ނ) މުއްދަތު ހަމަވެ ހުއްދަ އައުނުކޮށް ހުންނަ ތަންތަން، ރަޖިސްޓަރީކޮށްފައިވާ ބޭސްފިހާރަތަކުގެ ލިސްޓުން އުނިކުރަންވާނެއެވެ. މި ތަންތަނުގެ ހިދުމަތް ފަށަން ބޭނުން ނަމަ، އައު އެޕްލިކޭށަނެއްގެ ގޮތުގައި ހުށަހެޅުމުން، މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ހުއްދަ ދޫކުރަންވާނެއެވެ.
22 ވަނަ މާއްދާ - ފާމަސީގައި މަސައްކަތްކުރާ ފަރާތްތައް
(ހ) ފާމަސީތަކުގައި ބޭސް ދޫކޮށް ވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރަންވާނީ، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް މެދުވެރިކޮށެވެ.
(ށ) ފާމަސިސްޓަކަށް ޑޮކްޓަރީ ބޭހުގެ އެއްވެސް މުއާމަލާތެއް ކުރެވޭނީ، އެ ފާމަސިސްޓަކު މަސައްކަތްކުރާ ބޭސްފިހާރައިގެ ނަމުގައި މަސައްކަތްކުރުމަށް އޮތޯރިޓީން ދޫކުރާ "ފާމަސިސްޓު ކާޑު" ހޯދުމަށްފަހުގައެވެ. އަދި މަސައްކަތްކުރާ ހުރިހާ ވަގުތަކު ވެސް އާންމުންނަށް ފެންނާނެ ގޮތަށް މި ކާޑު އޮންނަންވާނެއެވެ.
(ނ) ބިދޭސީ ފާމަސިސްޓަކު ބޭސްފިހާރައިގައި މަސައްކަތްކުރާ ނަމަ، އޮތޯރިޓީން ދޫކުރާ ދިވެހިބަސް ދަންނަކަމުގެ ލިއުން އޮންނަންވާނެއެވެ. އެފަދަ ލިޔުމެއް ނެތް ނަމަ، ތަރުޖަމާކޮށްދެވޭނެ އިތުރު މީހަކު ހުންނަންވާނެއެވެ.
(ރ) އޯލްޓަނޭޓިވް ބޭސް ދޫކޮށް ވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރަންވާނީ، އެ ބާވަތުގެ ބޭހެއް ވިއްކުމުގެ ހުއްދަ އޮތް މީހެއްގެ ބެލުމުގެ ދަށުންނެވެ.
ހަތަރުވަނަ ބާބު
ބޭސް އިމްޕޯޓުކުރުން
23 ވަނަ މާއްދާ - ބޭސް އިމްޕޯޓުކުރުމުގެ ހުއްދަ
(ހ) ދިވެހިރާއްޖެއަށް ބޭސް އިމްޕޯޓުކުރަންވާނީ، އޮތޯރިޓީގައި ރަޖިސްޓަރީކޮށް ހުއްދަ ހޯދައި، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅައިފައިވާ ޕޯޓުތައް މެދުވެރިކޮށެވެ.
(ށ) ބޭސް އިމްޕޯޓްކުރުމަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ، ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން މީލާދީ 5 (ފަހެއް) އަހަރުދުވަހެވެ.
24 ވަނަ މާއްދާ - ބޭސް އިމްޕޯޓުކުރުން
ބޭސް އިމްޕޯޓުކުރުމުގެ ހުއްދައިގެ ދަށުން، ދިވެހިރާއްޖެއަށް ބޭސް އިމްޕޯޓުކުރަންވާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) އިމްޕޯޓުކުރުމުގެ ކުރިން ނުވަތަ އިމްޕޯޓުކުރާ އިރު، އިމްޕޯޓުކުރާ ވެކްސިން ނުވަތަ ބައޮލޮޖިކަލްސްގެ ބެޗް ރިލީޒް ނުވަތަ ލޮޓް ރިލީޒް ސެޓުފިކެޓު ނުވަތަ ޕްރޮޑަކްޓް އެނަލިސިސް ރިޕޯޓު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގެ 25 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި ވެކްސިނާއި ބަޔޮލޮޖިކަލްސް އިމްޕޯޓްކުރެވޭނީ ހަމައެކަނި ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުންނެވެ.
(ނ) އިމްޕޯޓްކުރާ ބޭހަކީ، އެކްސްޕޯޓްކުރުމަށް ހާއްސަކޮށްގެން އުފައްދައިފައިވާ ރައްކައުތެރި ބޭހެއްކަން ކަށަވަރުކުރަންވާނެއެވެ.
(ރ) ރާއްޖެއަށް އިމްޕޯޓުކުރާ ބޭހަކީ ވަކި މާކެޓަކަށް ހާއްސަކޮށްގެން ނުވަތަ ވަކި ގައުމަކަށް ހާއްސަކޮށްގެން އުފައްދައިފައިވާ ބޭހެއް ކަމުގައި ވާ ނަމަ، މި ބޭހަކީ އެކްސްޕޯޓްކުރުމަށް އުފައްދައިފައިވާ ބޭހެއްކަން ސާބިތުކޮށްދޭ ލިޔުމެއް، މި ބޭސް އިމްޕޯޓުކުރާ އިރު ހުށަހަޅަންވާނެއެވެ.
(ބ) އިމްޕޯޓްކުރާ ބޭހަކީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ސަޕްލަޔަރެއް މެދުވެރިވެގެން އިމްޕޯޓްކުރާ ބޭހެއްކަމުގައި ވާންވާނެއެވެ.
(ޅ) އިމްޕޯޓްކުރާ ބޭހަކީ ހުއްދަ ބޭހުގެ ރަޖިސްޓަރީގައި ހިމަނައިފައިވާ ބޭހެއްކަން ކަށަވަރުކުރަންވާނެއެވެ.
(ކ) އިމްޕޯޓްކުރާ ބޭހުގައި ދިމާވާ މައްސަލަތަކުގެ ޒިންމާ، ބޭސް އިމްޕޯޓްކުރާ ފަރާތުން އުފުލަންވާނެއެވެ.
(އ) ބޭސް އިމްޕޯޓްކުރުމާއި، ބޭސް ރައްކައުކުރުމާއި، ޑިސްޓްރިބިއުޓްކުރުމުގައި، ބޭހުގެ ރައްކައުތެރިކަމާއި ފެންވަރަށް ބަދަލެއް ނާންނަގޮތަށް ބޭސް ގެންގުޅުމުގެ ޒިންމާ، ބޭސް އިމްޕޯޓްކުރާ ފަރާތުން އުފުލަންވާނެއެވެ.
25 ވަނަ މާއްދާ - ބޭސް އިމްޕޯޓްކުރެވޭ ބަނދަރުތައް ކަނޑައެޅުން
(ހ) ދިވެހިރާއްޖެއަށް ބޭސް އިމްޕޯޓްކުރެވޭނީ، އަންނަނިވި ވައިގެ ބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުންނެވެ.
- ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓް؛
- މާލޭ ކޮމާށަލް ހާބަރު.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ވައިގެ އެހެން ބަނދަރުތައް ނުވަތަ ކަނޑުގެ ބަނދަރުތައް، އެއީ ބޭސް އިމްޕޯޓްކުރެވޭ ބަނދަރުތަކުގެ ގޮތުގައި ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބޭސް އިމްޕޯޓްކުރެވޭނެ ބަނދަރެއް އޮތޯރިޓީން ކަނޑައަޅައިފި ނަމަ، އެކަން ކަނޑައެޅުނު ތާރީހު އެނގޭގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނެއްގެ ޒަރީއާއިން އާންމުކޮށް އަންގަންވާނެއެވެ.
26 ވަނަ މާއްދާ - ބޭސް ށިޕްމަންޓަށް ހުއްދަ ހޯދުން
(ހ) ވިޔަފާރީގެ ބޭނުމަށް ބޭސް އިމްޕޯޓްކުރާ ނަމަ، ބޭސް ރަޖިސްޓަރީކޮށް ހުއްދަ ހޯދުމުގެ އިތުރުން، ކޮންމެ ށިޕްމަންޓަކަށް ވަކިވަކިން ހުއްދަ ހޯދުމަށް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔެކިޔުންތައް، ބޭސް އިމްޕޯޓުކުރުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، އިމްޕޯޓުކުރާ ފަރާތުން، ބޭސް އިމްޕޯޓުކުރާ ޕޯޓަކަށް ހުށަހަޅަންވާނެއެވެ. އަދި މި ލިޔުންތައް ވާންވާނީ، ލިޔުންތައް ދޫކުރިފަހުން 6 (ހައެއް) މަސްދުވަސް ފާއިތުވެފައިނުވާ ލިޔުންތަކަކަށެވެ.
(ށ) އިމަޖަންސީ ހާލަތުގައި އިމްޕޯޓްކުރަން ބޭނުންވާ ބޭސް އިމްޕޯޓްކުރުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރީގައި އޮތޯރިޓީއަށް އަންގައި، އެ ކަމުގެ ހުއްދަ ނަގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަށް ހުށަހަޅާ ށިޕްމަންޓާ ގުޅޭ ލިޔުންތަކުގައި، ތިރީގައިވާ ހުރިހާ މައުލޫމާތެއް ހުންނަންވާނެއެވެ.
- ބޭހުގެ ޖެނެރިކް ނަން؛
- ބޭހުގެ ބްރޭންޑް ނަން؛
- ބޭހުގެ ބާރު ހުރި މިންވަރު (ސްޓްރެންތު ނުވަތަ އެކްޓިވް މާއްދާ ނުވަތަ އެކްޓިވް އިންގްރީޑިއެންޓް ހުރި މިންވަރު)؛
- ބޭހުގެ ޑޯޒޭޖްފޯމް؛
- ބޭހުގެ ޖުމުލަ އަދަދު؛
- ބޭހުގެ ޔުނިޓް ޕްރައިޒް ނުވަތަ އަގު؛
- ބޭހުގެ ޖުމުލަ އަގު؛
- ބޭސް އުފެއްދި ގައުމާއި ކުންފުނި (ފުރިހަމަ އެޑްރެހާއެކު)؛
- ބޭސް އުފެއްދި ތާރީހާއި، ބޭހުގެ މުއްދަތު ހަމަވާ ތާރީހު؛
- ބެޗް ނަންބަރު / ލޮޓް ނަންބަރު؛
- ދިޔާ ބޭހެއް ނަމަ (ސިރަޕް ފަދަ ބޯބޭސް، އިންޖެކްށަން، ކްރީމް ފަދަ އުނގުޅާ ބޭސް) އެ ބޭހެއްގެ ވޮލިޔުމް؛
- އޮތޯރިޓީން އެ ބޭހެއް ރަޖިސްޓަރީކުރުމަށްފަހު ނުވަތަ އެ ބޭހަކަށް ހުއްދަ ދިނުމަށްފަހު ދޭ ޕްރޮޑަކްޓް ނަންބަރު (ޕީ ކޯޑް)
(ރ) ށިޕްމަންޓެއް އިމްޕޯޓްކުރުމަށް ދޭ ހުއްދައިގެ ދަށުން އިމްޕޯޓްކުރެވޭނީ، އެ ށިޕްމަންޓެއްގައި ގެންނަން ހުއްދަ ދީފައިވާ ބޭސްތައް އެކަންޏެވެ.
(ބ) ބޭސް އިމްޕޯޓްކުރުމަށްފަހު ވިއްކަން ބަހައްޓާއިރު، ބޭސް ރަޖިސްޓަރީކުރުމަށްފަހު އޮތޯރިޓީން ދީފައިވާ ޕީ ކޯޑް، ބޭސްތަކުގެ ފޮށީގައި ނުވަތަ ފުޅީގައި ކިޔަން އެނގޭނެވަރަށް ފެންނަން ހުންނަންވާނެއެވެ.
(ޅ) އޯޑަރުކުރާ ށިޕްމަންޓް ރާއްޖެ އައުމުން، އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައާއި އިންވޮއިސްއާއި ޕެކިން ލިސްޓާއެކު، ށިޕްމަންޓް ކްލިއަރކުރުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، އިމްޕޯޓްކުރާ ޕޯޓަކަށް ހުށަހަޅައިގެން ކްލިއަރކުރުމަށް އެދެންވާނެއެވެ. ކޮންމެ ށިޕްމެންޓެއް ވެސް ދޫކުރާނީ، އޮތޯރިޓީން ބަލައި ފާސްކުރުމަށްފަހުގައެވެ.
(ކ) ޕޯޓްތަކަށް އިމްޕޯޓްކުރާ ށިޕްމަންޓްތަކުގެ ސާމްޕަލް ނެގުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - އިމްޕޯޓްކުރާ ބޭހުގައި ލޭބަލްކުރުން
ރާއްޖެއަށް އިމްޕޯޓްކުރާ ހުރިހާ ބޭހެއްގެ ލޭބަލުގައި، ތިރީގައި މިވާ މައުލޫމާތު ހިމަނައި، މި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ބޭހުގެ ހުރިހާ ޕެކިންއެއްގައި ލޭބަލްކޮށްފައި ހުރުން.
(ށ) ބޭހުގެ މައުލޫމާތު ހިމެނޭ ލީފްލެޓް، ބޭހާއެކު އޮތުން.
(ނ) އިމްޕޯޓްކުރާ ހުރިހާ ބޭހެއްގައި ކިޔަން އެނގޭނޭ ގޮތަށް އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން ލޭބަލްކޮށްފައިވުން.
(ރ) ބޭހުގެ ލޭބަލުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބޭހުގެ ބްރޭންޑް ނަމާއި ޖެނެރިކް ނުވަތަ އިންޓަރނޭށަނަލް ނޮން ޕްރޮޕްރިއޭޓަރީ ނަން ކިޔަން އެނގޭނެގޮތަށް އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން ލިޔެފައި އޮންނަންވާނެއެވެ.
- ބޭސް އުފެއްދި ތާރީހާއި، ބޭހުގެ މުއްދަތު ހަމަވާ ތާރީހު؛
- ބޭހުގެ ބާރު ހުރި މިންވަރު؛
- ބޭސް އުފެއްދި ކުންފުނީގެ މައުލޫމާތާއި ގައުމުގެ ނަން؛
- ބޭސް ރައްކައުކުރަންވީ ގޮތުގެ އިރުށާދު؛
- ބޭހުގެ ބެޗް ނަންބަރު؛
- ބޭހުގެ އެކްޓިވް އިންގްރީޑިއަންޓާއި ނޮންއެކްޓިވް އިންގްރީޑިއަންޓް؛
- ބޭސް އުފެއްދުމަށް ބޭނުންކުރި ރިފަރެންސް ފާމަކޯޕިއަރ.
28 ވަނަ މާއްދާ - ބޭސް އިމްޕޯޓްކުރާ ބަނދަރުތަކުގެ އާންމު ޒިންމާތައް
(ހ) ބަނދަރުތަކުގައި މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތްކުރާ އޮތޯރިޓީގެ އިންސްޕެކްޓަރުންނަށް އެކަށީގެންވާ ޖާގައާއި ވަސީލަތްތައް، ބަނދަރު ހިންގާ
ފަރާތުން ފޯރުކޮށްދޭންވާނެއެވެ.
(ށ) ބަނދަރުތަކުގައި އޮތޯރިޓީގެ އިންސްޕެކްޓަރުން މަސައްކަތަށް އެހީތެރިވެ، އެއްބާރުލުންދީ އަދި ބޭސް ބަލައި ފާސްކުރުމުގައި، ބޭސްތައް ބަނދަރުތަކުގައި ރައްކައުކޮށް ބެހެއްޓުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް، ބަނދަރު ހިންގާ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.
29 ވަނަ މާއްދާ - އަމިއްލަ ބޭނުމަށް ބޭސް އިމްޕޯޓްކުރުން
(ހ) އަންނަނިވި ށަރުތުތައް ފުރިހަމަވާ ނަމަ، އަމިއްލަ ބޭނުމަށް އެ ބޭހެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވިދާނެއެވެ.
- ބޭސް ސިޓީީއަށް ބޭސް އިމްޕޯޓްކުރެވޭނީ، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ. ނަމަވެސް ދިގު މުއްދަތަށް ބަލިމީހަކު ބޭނުންކުރާ ބޭހެއް ނަމަ، ބަލިމީހާގެ މެޑިކަލް ރިކޯޑު ހުށަހަޅައިގެން ބޭސް ސިޓީީއަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބޭސް އިމްޕޯޓްކުރެވޭނެއެވެ.
- ބޭހަކާ ގުޅޭގޮތުން ޑޮކްޓަރު ލިޔެދީފައިވާ ސައްހަ ބޭސް ސިޓީީ.
(ށ) އަމިއްލަ ބޭނުމަށް ގެންނަ ބޭސް، އެއްވެސް ފަރާތަކަށް ވިއްކައިގެން ނުވާނެއެވެ. އަދި ހަދިޔާކޮށްގެން ވެސް ނުވާނެއެވެ.
(ނ) އަމިއްލަ ބޭނުމަށް ގެންނަ ބޭސް، ބޭސްފިހާރައެއް މެދުވެރިކޮށް ގެންނަ ނަމަ އަދި ބޭސްފިހާރައިގައި ބަހައްޓާ ނަމަ، ޑޮކްޓަރުން ލިޔެދީފައިވާ ބޭސް ސިޓީީ ބޭސްފިހާރައިގައި އޮންނަންވާނެއެވެ. މިފަދަ ބޭހާއި ބޭސް ސިޓީީ، އޮތޯރިޓީން ބަލައި ފާސްކުރާ ވަގުތު ފެންނަން ހުންނަންވާނެއެވެ.
(ރ) ބޭސް ސިޓީީއަށް ގެންނަ ބޭސް، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބަލިމީހާ ނުނަގައިފި ހާލަތެއްގައި، ބޭސް ނައްތައިލުމަށް އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް އެ ބޭސް ނައްތައިލަންވާނެއެވެ.
30 ވަނަ މާއްދާ - ވެކްސިނާއި ބަޔޮލޮޖިކަލްސް ރާއްޖެ އިމްޕޯޓްކުރުން
(ހ) ރާއްޖެއަށް އިމްޕޯޓްކުރާ ވެކްސިނާއި ބަޔޮލޮޖިކަލްސްއަކީ ހުއްދަ ބޭހުގެ ރަޖިސްޓަރީގައި ހިމެނޭ ބާވަތްތަކަށް ވާންވާނެއެވެ. މި ތަކެތި ޕެކްކޮށްފައި ހުންނަންވާނީ، މި ތަކެތި ބެހެއްޓުމަށް އެ ތަކެތި އުފެއްދި ފަރާތުން ކަނޑައަޅައިފައިވާ ފިނިހޫނުމިނަށް ބަދަލެއް ނާންނަ ގޮތަކަށެވެ. އަދި އިމްޕޯޓްކުރުމާއި ޑިސްޓްރިބިއުޓްކުރުމާއި ރައްކައުކުރުމުގައި ކަނޑައަޅައިފައިވާ ފިނިހޫނުމިނަށް އެ ތަކެތި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިމްޕޯޓްކުރާ ފަރާތުގެ ޒިންމާއެކެވެ.
(ށ) ރާއްޖެއަށް އިމްޕޯޓްކުރާ ހުރިހާ ބަޔޮލޮޖިކަލްސް ނުވަތަ ވަކި ފިނިހޫނުމިނެއްގައި ބަހައްޓައިގެން ގެންނަންޖެހޭ މި ނޫންވެސް ތަކެތި ދޫކުރަންވާނީ، ފުރިހަމަ އިންވޮއިސް، ބެޗް ރިލީޒް/ ލޮޓް ރިލީޒް/ ޕްރޮޑަކްޓް އެނަލިސިސް ރިޕޯޓު ހުށަހެޅުމުން، އޮތޯރިޓީން އެ ތަކެތި ބަލައި ފާސްކުރުމަށްފަހުގައެވެ.
(ނ) ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ވެކްސިނާއި ބަޔޮލޮޖިކަލްސް ރާއްޖެއަށް އިމްޕޯޓްކޮށް އުފުލައި ގުދަންކޮށް ރައްކައުކުރަންވާނީ، އެ ތަކެތި އުފެއްދި ފަރާތުން ބަޔާންކޮށްފައިވާ މިންގަނޑާއި ހާލަތުގައި ބަހައްޓައިގެންނެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތާ ހިލާފަށް ބަހައްޓައިފައިވާ ވެކްސިނާއި ބަޔޮލޮޖިކަލްސް، އޮތޯރިޓީން ނައްތައިލަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައިވާ މިންގަނޑު ކަށަވަރުކުރުމުގެ ގޮތުން، ވެކްސިނާއި ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ އިންޖެކްށަން އިމްޕޯޓްކުރާއިރުގައްޔާއި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ޑޭޓަރ ލޮގަރ ނުވަތަ ވެކްސިން ވަޔަލް މޮނިޓަރ ބޭނުންކުރަންވާނެއެވެ.
(ޅ) ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ވެކްސިނާއި އިންޖެކްށަނާއި ބަޔޮލޮޖިކަލްސް، ފާމަސީގައި ބަހައްޓާ ނަމަ، އެ ބަހައްޓާ ފްރިޖުގައި، ފިނިހޫނުމިން ދެނެގަނެވޭނެ ޑޭޓަރ ލޮގަރ ނުވަތަ ވެކްސިން ވަޔަލް މޮނިޓަރ ހުންނަންވާނެއެވެ.
(ކ) ރާއްޖެއަށް ވެކްސިނާއި ބަޔޮލޮޖިކަލްސް އިމްޕޯޓްކުރުމާއި ވިއްކުމަށް ބަހައްޓާނެ ގޮތުގެ މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އޮތޯރިޓީން އާންމުކުރަންވާނެއެވެ.
31 ވަނަ މާއްދާ - އިމަޖެންސީގައްޔާއި ކުއްލި ހާލަތުގައި ބޭނުންވާ ބޭސް އިމްޕޯޓްކުރުން
(ހ) ކުއްލި ހާލަތެއްގައި ނުވަތަ އިމަޖެންސީ ހާލަތެއްގައި، ނުވަތަ ގުދުރަތީ ކާރިސާއެއްގައި ނުވަތަ ހަލުއިކޮށް ފެތުރޭ ބައްޔެއްގެ ފަރުވާއަށް ބޭނުންވާ ބޭހާއި ވެކްސިން ރާއްޖެއަށް އިމްޕޯޓްކުރުމަށް އޮތޯރިޓީން ހުއްދަ ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޭނީ، ދުނިޔޭގެ ސިއްހީަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) ނުވަތަ މިނިސްޓްރީން ނުވަތަ އެފަދަ ހާލަތުގައި އައްޔަނުކުރާ ޓެކްނިކަލް ކޮމިޓީން ލަފާދޭ އަދި ހުއްދަ ދީފައިވާ ބޭސް/ ވެކްސިން/ ބަޔޮލޮޖިކަލްސް ފަދަ ތަކެއްޗަށެވެ.
(ނ) އިމަޖެންސީގައްޔާއި ކުއްލި ހާލަތުގައި ބޭނުންވާ ބޭސް އިމްޕޯޓްކުރެވޭނީ، ހަމައެކަނި ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ނުވަތަ އޮތޯރިޓީން އެކަމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
(ރ) އިމަޖެންސީގައްޔާއި ކުއްލި ހާލަތުގައި މުޅިން އަލަށް ތައާރުފުކުރާ ބޭހެއް ނުވަތަ ވެކްސިނެއް އިމްޕޯޓްކުރާ ނަމަ، ބޭސް ނުވަތަ ވެކްސިން އުފެއްދި ގައުމުގެ ކޮމްޕިޓަންޓް އޮތޯރިޓީން ކަނޑައަޅައިފައިވާ ލެބޯޓަރީން ބޭސް ނުވަތަ ވެކްސިން ތަހުލީލުކުރުމަށްފަހު ދޫކޮށްފައިވާ ލޮޓް ރިލީޒް ސެޓްފިކެޓާއި އުފެއްދި ކުންފުނިން ތައްޔާރުކޮށްފައިވާ ލޮޓް ރިލީޒް ސަމަރީ ޕްރޮޓޮކޯލް ހުށަހަޅަންވާނެއެވެ.
32 ވަނަ މާއްދާ - ބޭރުގެ އެހީގައި ހިލޭ ލިބޭ ބޭސް އިމްޕޯޓްކުރުން
ހިލޭ އެހީގެ ގޮތުގައި ލިބޭ ބޭސް އިމްޕޯޓްކުރުމުގައި މި ގަވާއިދުގެ އިތުރުން، ދުނިޔޭގެ ސިއްހީަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
ފަސް ވަނަ ބާބު
ބޭސް އުފެއްދުމާއި އެކްސްޕޯޓްކުރުން
33 ވަނަ މާއްދާ - ބޭސް އުފެއްދުން
(ހ) ރާއްޖޭގައި އެއްވެސް ބޭހެއް އުފައްދައި ޕެކުކުރަންވާނީ އޮތޯރިޓީން ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ބޭސް އުފެއްދުމާއި ޕެކުކުރުމަށް ދޭ ހުއްދައިގެ ދަށުން އުފައްދައި ޕެކުކުރާ ބޭސް، އޮތޯރިޓީގައި ރަޖިސްޓަރީކޮށް ހުއްދަ ހޯދައިގެން މެނުވީ ބަލިމީހުންގެ ފަރުވާއަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ބޭސް އުފައްދަންވާނީ ގުޑްމެނުފެކްޗަރިންގ ޕްރެކްޓިސަސްގެ މިންގަނޑާ އެއްގޮތަށެވެ.
(ރ) ބޭސް އުފެއްދުމާއި ޕެކުކުރުމުގައި އަމަލުކުރާނެ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮތޯރިޓީން އާންމުކުރަންވާނެއެވެ.
34 ވަނަ މާއްދާ - ބޭސް އެކްސްޕޯޓްކުރުން
(ހ) އެއްވެސް ބޭހެއް އެކްސްޕޯޓްކުރެވޭނީ، އޮތޯރިޓީން ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ބޭސް އެކްސްޕޯޓް ކުރުމުގައި އަމަލުކުރާނެ އުސޫލު އޮތޯރިޓީން މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.
ހަވަނަ ބާބު
ބޭސް ލިޔެދިނުމާއި ދޫކުރުން
35 ވަނަ މާއްދާ - ބޭސް ލިޔެދިނުން
(ހ) ރާއްޖޭގައި ޑޮކްޓަރީ ބޭހާއި ދިވެހިބޭސް ނުވަތަ އޯލްޓަނޭޓިވް ބޭސް ލިޔެދެވޭނީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބޭސް ފަރުވާކުރުމުގެ ހުއްދަ ދީފައިވާ ޑޮކްޓަރުންނަށް ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ހުއްދަ ދީފައިވާ ހެލްތު ޕްރޮފެށަނަލުންނަށް އެކަންޏެވެ.
(ށ) ބޭސް ސިޓީީގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
- ބަލިމީހާގެ ނަމާއި އުމުރާއި ޖިންސް؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ނަންބަރު؛
- ސިއްހީީ ހިދުމަތްދޭ ތަނުގެ ނަން؛
- ހޮސްޕިޓަލުގެ ނުވަތަ ކްލިނިކުގެ ރަޖިސްޓްރޭށަން ނަންބަރާއި ތައްގަނޑު؛
- ބޭސް ސިޓީީ ލިޔުނު ތާރީހު؛
- ބަލީގެ ނަން ނުވަތަ ޑަޔަގްނޯސިސް؛
- ބޭހުގެ ބާވަތް؛
- ބޭހުގެ ނަން، ބޭހުގެ ބާރާއެކު؛
- ބޭސް ބޭނުންކުރަންޖެހޭ ވަގުތުތައް؛
- ބޭސް ބޭނުންކުރަންވީ ގޮތް (ރޫޓު)؛
- ބޭސް ބޭނުންކުރަންޖެހޭ މުއްދަތު ނުވަތަ ބޭސް ދޫކުރަންވީ އަދަދު؛
- ބޭސް ލިޔެދިން ޑޮކްޓަރުގެ ނުވަތަ ސިއްހީީ އެހީތެރިއެއްގެ ނަމާއި ސޮއި؛
- ޑޮކްޓަރުގެ ރަޖިސްޓްރޭށަން ނަންބަރު/ ސިއްހީީ އެހީތެރިޔާގެ ރަޖިސްޓްރޭށަން ނަންބަރު؛
- ޑޮކްޓަރުގެ ނުވަތަ ސިއްހީީ އެހީތެރިޔާގެ ހައިސިއްޔަތު ނުވަތަ މަގާމު.
(ނ) ބޭސް ލިޔެދޭ ފަރާތްތަކުންނާއި، ބޭސް ދޭ (އެޑްމިނިސްޓަރކުރާ) ފަރާތްތަކުންނާއި، ބޭސް ދޫކުރާ ފާމަސިސްޓުން، ބޭހުގެ މައުލޫމާތު ބަލިމީހާއަށް ދޭންވާނެއެވެ.
(ރ) ބޭސް ލިޔެދޭ ފަރާތްތަކުން ބޭހުން ނޭދެވޭ އަސަރެއް ކޮށްފިކަން އެނގިއްޖެ ނަމަ، އޮތޯރިޓީއަށް އެކަން ރިޕޯޓު ކުރަންވާނެއެވެ.
36 ވަނަ މާއްދާ - ބޭސް ދޫކުރުން
(ހ) އެއްވެސް ބާވަތެއްގެ ބޭހެއް ވިއްކައި ދޫކުރަންވާނީ، މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ބޭސް ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުގައި، ބޭހާބެހޭ މުއާމަލާތުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ.
(ށ) މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް މައުލޫމާތެއް ސާފުކޮށް އެނގެން ނެތް ބޭސް ސިޓީީއަކަށް ބޭސް ދޫކުރުމަކީ މަނާކަމެކެވެ.
(ނ) ބޭސްފިހާރައެއްގައި ބޭސް ދޫކުރުމަށް އޮތޯރިޓީން ހުއްދަދީފައިވާ މީހުން ޑިއުޓީގައި މަސައްކަތްކުރާއިރު، އޮތޯރިޓީން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ "ފާމަސިސްޓް އައިޑެންޓިޓީ ކާޑު" ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފެންނަގޮތަށް ހުންނަންވާނެއެވެ.
(ރ) ބޭސް ވިއްކާ ތަންތަނުން ވިއްކާ ބޭހުގައި، ބޭސް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫނާއާ އެއްގޮތަށް ބޭހުގައި ލިޔަންވާނެއެވެ. އަދި ދޫކުރާ ބޭހަކީ އެންޓިބަޔޮޓިކެއް ނަމަ، އެންޓިބަޔޮޓިކް ލޭބަލްކުރުމަށް ހާއްސަކޮށްފައިވާ ލޭބަލް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތަށް ފުރިހަމަކުރަންވާނެއެވެ.
(ބ) ބޭސް ވިއްކާއިރު، ބޭސް ދޫކުރަންވާނީ، ބޭސް ސިޓީީގައި ބޭސް ދޫކުރުމަށް ލިޔެދީފައިވާ އަދަދަށެވެ.
(ޅ) ބޭސް ވިއްކުމަށްފަހު، ބޭސް ގަންނަ ފަރާތަށް ފައިސާގެ ރަސީދު ދޭންވާނެއެވެ. އެ ރަސީދުގައި، ތިރީގައި މިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ބޭސްފިހާރައިގެ ނަމާއި އެޑްރެސް؛
- ބޭހުގެ އަދަދު؛
- ބޭހުގެ ބްރޭންޑް ނަމާއި ބާރުމިން؛
- ބޭހުގެ އަގު؛
- ބޭހުގެ ބެޗު ނަންބަރު؛
- ބޭސް ދޫކުރި ފަރާތުގެ ނަން؛
- ބޭސް ވިއްކި ތާރީހު؛
- ބޭހުގެ މުއްދަތު ހަމަވާ ތާރީހު.
(ކ) އޯ.ޓީ.ސީ. ބޭސް ފިޔަވައި އެހެން ބޭސްތައް ވިއްކަންވާނީ، ބޭސް ލިޔެދިނުމުގެ ހުއްދައޮތް ފަރާތަކުން ދޫކޮށްފައިވާ ބޭސް ސިޓީީއަށެވެ. ބޭސް ސިޓީީ ނެތި ވިއްކޭނެ ބޭސް، އޮތޯރިޓީން ށާއިއުކުރާ ހުއްދަ ބޭހުގެ ރަޖިސްޓަރީގައި އޯ.ޓީ.ސީ ބޭހުގެ ގޮތުގައި ލިސްޓުކޮށްފައި އޮންނަންވާނެއެވެ.
(އ) ބޭސް ވިއްކާއިރު ނުވަތަ ބޭސް ދޫކުރާއިރު، ބޭސް ގަންނަ ފަރާތަށް، ބޭހާ ގުޅޭ ހުރިހާ މައުލޫމާތެއް ދޭންވާނެއެވެ. މިގޮތުން ބޭސް ބޭނުންކޮށް ރައްކައުކުރާނެ ގޮތާއި، ބޭހުން ކުރާނެ ނޭދެވޭ އަސަރުގެ ފުރިހަމަ މައުލޫމާތު ދޭންވާނެއެވެ.
(ވ) ބޭހުގެ އޮރިޖިނަލް ޕެކު ނޫން އެހެން ޕެކެއްގައި ބޭސް ވިއްކުމުގައި އަމަލުކުރަންވާނީ، އޮތޯރިޓީން އާންމުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީންނެވެ. މިގޮތުން ބޭހުގެ ފުރިހަމަ މައުލޫމާތު (ބޭހުގެ ބްރޭންޑް ނަން، ބޭހުގެ ޖެނެރިކް ނަން، ބޭހުގެ ބާރުމިން، ބޭސް ބޭނުންކުރަންވާގޮތް، ބޭހުގެ މުއްދަތުހަމަވާ ތާރީހު) ބޭހުގެ ލޭބަލުގައި ހިމަނަންވާނެއެވެ.
(މ) ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ބޭސް ދޫކުރާއިރު، ބޭސްތައް ވަކިން ޕެކްކޮށް (ވަކިވަކި ބޭސް އެނގޭނޭހެން) ލޭބަލްކޮށްފައި އޮންނަންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލޭބަލުގައި، ބޭހުގެ ނަމާއި، ބޭހުގެ ޖެނެރިކް ނަމާއި، ބޭހުގެ ބާރުމިނާއި، ބޭހުގެ ފޯރމިއުލޭށަނާއި، ބޭހުގެ ބެޗް ނަންބަރާއި، ބޭހުގެ މުއްދަތު ހަމަވާ ތާރީހު ފަދަ މުހިންމު މައުލޫމާތުތައް ވަކިވަކި ބޭހުގެ ޕެކްތަކުގައި، ބޭސް ދޫކުރާއިރު ހަރުކޮށްފައި ހުންނަންވާނެއެވެ.
37 ވަނަ މާއްދާ - އިންޓަރނެޓް ނުވަތަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ބޭސް ވިއްކުން
އިންޓަރނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ބޭސް ވިއްކަންވާނީ ނުވަތަ ބޭސް ޑެލިވަރކުރަންވާނީ، މި ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީކޮށް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. މިގޮތަށް ވިއްކަންވާނީ، ހަމައެކަނި ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް ބޭހުގެ ތެރެއިން އޯވަރ ދަ ކައުންޓަރ ބޭސް ނުވަތަ ޑޮކްޓަރުގެ ބޭސް ސިޓީީއަކާ ނުލައި ވިއްކުން ހުއްދަ ބޭހެވެ.
ހަތްވަނަ ބާބު
ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުން
38 ވަނަ މާއްދާ - ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ޒިންމާ
(ހ) ބޭސް އުފައްދާ ވަގުތުން ފެށިގެން، ބަލިމީހާ ބޭސް ބޭނުންކުރުމާ ހަމަޔަށް ބޭހުގެ ރައްކާތެރިކަމާއި ފެންވަރު އެއްހަމައެއްގައި ހިފެހެއްޓިފައިވާކަން ކަށަވަރުކުރުމަކީ އެ މަރުހަލާއެއްގައި ބޭސް ގެންގުޅޭ ފަރާތެއްގެ ޒިންމާއެކެވެ.
(ށ) ބޭސް އުފެއްދުމުގައި ޖީ.އެމް.ޕީ.ގެ ހަމަތަކުގެ މަތީން، ރައްކާތެރި، ފެންވަރު ރަނގަޅު އަދި ބޭހުން ލިބިދޭންޖެހޭ އަސަރު ފުރިހަމަޔަށް ލިބޭ ބޭހެއްކަން، ބޭސް އުފައްދާ ފަރާތުންނާއި ބޭސް އިމްޕޯޓްކުރާ ފަރާތުން ޔަގީން ކޮށްދޭން ވާނެއެވެ. މި ކަމުގައި ބޭސް އުފައްދާ ފަރާތުގެ އިހުމާލެއްވާ ނަމަ، މި ގަވާއިދުގެ 112 ވަނަ މާއްދާގެ (ރ) ގެ ދަށުން ބްލެކްލިސްޓުކޮށް، އަޅަންޖެހޭ ފިޔަވަޅު، އޮތޯރިޓީން އަޅާންވާނެއެވެ.
(ނ) ކޮންމެ ބޭހަކީ ވެސް އެ ބޭހެއް އުފައްދާ ފަރާތުން ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ދެމެހެއްޓުމަށް ކަނޑައަޅާ ވަކި ގޮތަކަށް ރައްކާކޮށް، ރާއްޖެ އިމްޕޯޓްކޮށް ގުދަންކޮށް ޑިސްޓްރިބިއުޓްކުރާ ބޭހެއްކަން، ބޭސް އިމްޕޯޓްކުރާ ފަރާތާއި ހޯލްސޭލްކުރާ ފަރާތާއި ރީޓެއިލްކުރާ ފަރާތާއި ސިއްހީ ހިދުމަތްދިނުމުގައި ބޭސް ރައްކާކޮށް ގެންގުޅޭ އެންމެހައި ފަރާތްތަކުން ޔަގީންކުރަންވާނެއެވެ.
(ރ) ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބަލިމީހުންގެ ފަރުވާއަށް ބޭނުންކުރާ ބޭސް ރައްކާކޮށް ބޭނުންކުރުމަށް ބަހައްޓަންވާނީ، ބޭސް ބެހެއްޓުމަށް އެކަށީގެންވާ، އެއަރކޮންޑިށަންކޮށް، ފިނިހޫނުމިން 25 (ފަންސަވީސް) ޑިގްރީއަށް ވުރެ މަތިނުވާގޮތަށް ނުވަތަ ބޭސް އުފެއްދި ފަރާތުން ބޭސް ބެހެއްޓުމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ފަދަ ތަނެއްގައެވެ.
(ބ) ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި ވެކްސިނާއި އިންޖެކްށަން ބެހެއްޓުމަށް ޓަކައި ފްރިޖެއް ހުންނަންވާނެއެވެ. މިފަދަ ބޭސް ބަހައްޓާ ނަމަ، ބަޔާންކޮށްފައިވާ ފިނިހޫނުމިނުގައި ރައްކައުކުރެވޭނެ އިންތިޒާމާއި، އެ ފްރިޖަށް މަދުވެގެން 1 (އެކެއް) ގަޑިއިރުގެ ބެކަޕް ކަރަންޓު ލިބޭނެ އިންތިޒާމު ވެސް ހުންނަންވާނެއެވެ.
(ޅ) ބޭސް ބަހައްޓައިފައި ހުންނަ ހިސާބުގެ ފިނިހޫނުމިން ބެލުމަށާއި، ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި ވެކްސިނާއި އިންޖެކްށަން ބަހައްޓާ ފްރިޖުގެ ނުވަތަ ކޯލްޑް ރޫމުގެ ފިނިހޫނުމިން ބެލުމަށް ޑޭޓަރ ލޮގަރ ނުވަތަ ވެކްސިން ވަޔަލް މޮނިޓަރ ބޭނުންކުރަން ވާނެއެވެ. އަދި ފިނިހޫނުމިން ގަވާއިދުން ޗެކްކޮށް، ރިކޯޑު ބަލަހައްޓައި ޑޮކިއުމަންޓްކޮށްފައި ހުންނަންވާނެއެވެ.
39 ވަނަ މާއްދާ - ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ޑިސްޓްރިބިއުޓްކުރުމާއި ގެންގުޅުން
(ހ) އެއްތަނުން އަނެއްތަނަށް ބޭސް އުފުލުމުގައްޔާއި ޑިސްޓްރިބިއުޓްކުރުމުގައްޔާއި ގެންގުޅުމުގައި އަމަލުކުރަންވާނީ، އޮތޯރިޓީން އާންމުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ބޭސް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓްކުރާ ފަރާތްތަކުން ކަނޑުމަގުންނާއި ވައިގެމަގުން އަތޮޅުތެރެއަށް ބޭހާއި ވެކްސިން ފޮނުވުމުގައި އަމަލުކުރާ ގޮތުގެ މިންގަނޑު ނުވަތަ އުސޫލު މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އާންމުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
(ނ) ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި ވެކްސިން އެއްތަނުން އަނެއްތަނަށް ފޮނުވުމުގައި، ކޯލްޑް ޗެއިން މެނޭޖްކޮށް، ލިޔެކިޔުން ބަލަހައްޓަންވާނެއެވެ.
40 ވަނަ މާއްދާ - އާންމު ވިޔަފާރިކުރާ ތަންތަނުގައި ބޭސް ބެހެއްޓުން
(ހ) އޮތޯރިޓީން ބޭހެއްގެ ގޮތުގައި ގިންތިކޮށް ރެގިއުލޭޓްކުރާ އެއްވެސް ބާވަތެއް، އާންމު ފިހާރަތަކުގައި ބެހެއްޓުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް، ވަކި ކަހަލަ "އޯވަރ ދަ ކައުންޓަރ" ބޭސް، އޮތޯރިޓީން ހުއްދަ ނަގައިގެން އާންމު ފިހާރައެއްގައި ބަހައްޓައިގެން ވިއްކުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
41 ވަނަ މާއްދާ - ރާއްޖޭގައި ނެތް ބޭހެއް ސިއްހީ ހިދުމަތްދޭ ތަނެއްގައި ބޭނުންކުރުމަށް ގެނައުން
(ހ) ސިއްހީ ހިދުމަތްދޭ ތަނަކުން ފޯރުކޮށްދޭ ހިދުމަތަކަށް ބޭނުންވާ ބޭހެއް ރާއްޖޭގައި ނެތުމުގެ ސަބަބުން، އެ ބޭހެއް އިމްޕޯޓްކުރުމަށް އޮތޯރިޓީން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ގެންނަ ބޭސް ބޭނުންކުރަންވާނީ ހަމައެކަނި އެ ސިއްހީ ހިދުމަތްދޭ ތަނެއްގައި، އެ ތަނުން ކުރާ ފަރުވާގައި ބޭނުންކުރުމަށް އެކަންޏެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ބޭސް އިމްޕޯޓްކުރުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބޮޑުމިނުގެ ގުދަނެއް ހުރުން ލާޒިމެއް ނޫނެވެ. ގުދަނުގައި 100 (އެއްސަތޭކަ) އަކަފޫޓު ހަމަވުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާ ނަމަ، ބޭސް އިމްޕޯޓްކުރުމުގެ ހާއްސަ ހުއްދައެއް އޮތޯރިޓީން ދޫކުރަންވާނެއެވެ. މި ގުދަން ހުންނަންވާނީ، އެ މަރުކަޒުގެ އެތެރޭގައި ނުވަތަ މަރުކަޒާ އިންވެގެންނެވެ.
- އިމްޕޯޓްކުރާ ފަރާތުން، އޮތޯރިޓީން ކަނޑައަޅައި ގަބޫލުކުރާ ލެބޯޓަރީއަކުން ބޭސް ތަހުލީލު ކުރަންވާނެއެވެ. މި ތަހުލީލުކުރުމަށް ހިނގާ ހަރަދުގެ ޒިންމާ އުފުލާނީ، ބޭސް އިމްޕޯޓްކުރުމަށް ހުއްދައަށް އެދޭ ފަރާތުންނެވެ.
- އިމްޕޯޓްކުރާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ހުރިހާ މަރުހަލާއެއްގައި ކަށަވަރުކޮށްދިނުމުގެ އެންމެހައި ޒިންމާއެއް އުފުލަންވާނީ، ބޭސް އިމްޕޯޓްކުރުމަށް ހުއްދައަށް އެދޭ ފަރާތުންނެވެ.
- އިމްޕޯޓްކުރާ ފަރާތުން، ބޭހުން ކުރާ ނޭދެވޭ އަސަރު ރިޕޯޓުކުރުމުގެ ނިޒާމު ގާއިމުކުރަންވާނެއެވެ. އަދި މި މައުލޫމާތު، ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- އިމްޕޯޓްކުރާ ހުރިހާ ބޭހެއްގެ މައުލޫމާތު، ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- އިމްޕޯޓްކުރާ ބޭސް ބޭނުންކުރި ގޮތުގެ ތަފުސީލު، ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތުތައް ފުރިހަމަޔަށް ހުށަނާޅާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރަންވާނެއެވެ.
42 ވަނަ މާއްދާ - ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމުއިއްޔާތަކާއި ރެގިއުލޭޓަރީ އިދާރާތަކުގެ ނިންމުންތަކަށް ރިއާޔަތްކުރުން
މި ގަވާއިދާ އެއްގޮތަށް ބޭސް ރަޖިސްޓަރީކުރުމުގައްޔާއި، އައު ބޭހެއް ނުވަތަ އައު ވެކްސިނެއް ދިވެހިރާއްޖޭގައި ތައާރުފުކުރުމުގައްޔާއި، ޖީ.އެމް.ޕީ އިންސްޕެކްޓްކުރުމުގައްޔާއި، ބޭހުން ކުރާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތާއި ލެބޯޓަރީ ތަހުލީލުކުރުމާ ގުޅޭ ކަންކަން ތަންފީޒުކުރުމުގައި، މި ގަވާއިދާ ފުށުއެރުމެއް ނޯންނާނޭ ގޮތެއްގެ މަތީން ބައިނަލްއަގުވާމީ ޖަމުއިއްޔާތަކާއި ސަރަހައްދީ ޖަމުއިއްޔާތަކާއި ރެގިއުލޭޓަރީ އިދާރާތަކުން ނިންމައިފައިވާ ނިންމުންތަކާއި ނެރޭ އާންމު އިރުށާދުތަކަށް އޮތޯރިޓީން ރިއާޔަތް ކުރަންވާނެއެވެ.
43 ވަނަ މާއްދާ - ބައިނަލްއަގުވާމީ އިދާރާތަކާއެކު މައުލޫމާތު ބަދަލުކުރުން
ބޭސް ރެގިއުލޭޓްކުރުމުގެ ތެރެއިން، ބޭހަކާމެދު ހޯދިފައިވާ އެންމެހައި މައުލޫމާތުތަކާއި، ބޭހެއްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ބޭހުގެ ކޮލިޓީީއާ ގުޅޭގޮތުން ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތަފުސީލު، މި ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި އެ މައުލޫމާތެއް، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތީން ހިއްސާކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
44 ވަނަ މާއްދާ - ބޭސް ތަހުލީލުކުރުން
(ހ) ބޭސް ތަހުލީލުކުރުމަށް އޮތޯރިޓީން ކަނޑައަޅައިފައިވާ ރެފަރެންސް ލެބޯޓަރީއަކީ "ނޭށަނަލް ހެލްތު ލެބޯޓަރީ" އެވެ.
(ށ) "ނޭށަނަލް ހެލްތު ލެބޯޓަރީ" އިން މި ގަވާއިދުގެ ދަށުން ބޭސް ރެގިއުލޭޓް ކުރުމަށް ޓަކައި ބޭހުގެ ފެންވަރު ބެލުމަށް އެންމެހައި ތަހުލީލުތައްކޮށް، އެނަލިސިސް ރިޕޯޓު ދޭންވާނެއެވެ.
(ނ) ބޭސް ތަހުލީލުކުރުމުގައި ބައިނަލްއަގުވާމީ އެހެން ލެބޯޓަރީތަކުގެ ރިޕޯޓްތަކާއި ދިރާސާތަކަށް ބަރޯސާވެ، ބޭހުގެ ރެގިއުލޭޓަރީ ކަންކަމުގައި މި މައުލޫމާތު ބޭނުންކުރަންވާނެއެވެ.
(ރ) އޮތޯރިޓީން ހުއްދަދީފައިވާ އިންސްޕެކްޓަރުން ބޭހުގެ ސާމްޕަލް ނަގައި "ނޭށަނަލް ހެލްތު ލެބޯޓަރީ" އަށް ތަހުލީލުކުރުމަށް ފޮނުވަންވާނެއެވެ.
45 ވަނަ މާއްދާ - ބޭހުން ކުރާ ނޭދެވޭ އަސަރުތައް މޮނިޓަރކުރުން (އެޑްވާރސް ޑްރަގް ރިއެކްށަން)
(ހ) ބޭސް ރަޖިސްޓަރީކުރާ ފަރާތާއި، އިމްޕޯޓަރުންނާއި، ބޭސް އުފައްދާ ފަރާތްތަކާއި، ބޭސް ޑިސްޓްރިބިއުޓްކުރާ ފަރާތްތަކާއި، ބޭސް ހޯލްސޭލްކުރާ ފަރާތްތަކާއި، ފާމަސީތަކުންނާއި، ނަރުހުންނާއި، ފާމަސިސްޓުންނާއި ސިއްހީ އެހެނިހެން ދާއިރާތަކުގައި ބޭސް ދޭ ފަރާތްތަކަށް ފާހަގަކުރެވޭ އެޑްވާރސް ރިއެކްށަންސްއާއި މި އޮތޯރިޓީގެ ދަށުން ރެގިއުލޭޓްކުރާ ބޭހުގެ ބާވަތްތަކާ ގުޅުންހުރި އެއްވެސް މައްސަލައެއްގެ މައުލޫމާތު މި ގަވާއިދުގެ ދަށުން އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.
(ށ) ބޭހުގެ ބާވަތްތަކާ ގުޅުންހުރި އެއްވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ، އެ މައުލޫމާތު، އާންމު ރައްޔިތުން، އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.
(ނ) ނޭށަނަލް ޕްރޮގުރާމުގައި ބޭނުންކުރާ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރު (އެޑްވާރސް އިވެންޓްސް ފޮލޮވިންގ އިމިއުނައިޒޭށަން ނުވަތަ އޭ.އީ.އެފް.އައި) ރިޕޯޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ހެލްތު ޕްރޮޓެކްށަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން އޮތޯރިޓީން އާންމުކުރަންވާނެއެވެ.
46 ވަނަ މާއްދާ - ޕްރިސްކްރިޕްށަން އޮޑިޓްކުރުން
އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، ބޭސް ބޭނުންކުރާ ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނުން ދޫކުރާ ޕްރިސްކްރިޕްށަންތައް އޮޑިޓްކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
47 ވަނަ މާއްދާ - ށަކުވާއާއި ހާދިސާ ބަލައިގަތުމުގެ ނިޒާމު
(ހ) މި ގަވާއިދާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން، ށަކުވާތަކާއި ހާދިސާތައް ހުށަހެޅުމާއި ބަލައިގަތުމާއި ޖަވާބުދާރީވާނެ ނިޒާމެއް އޮތޯރިޓީގައި ގާއިމުކުރަންވާނެއެވެ.
(ށ) ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގައި އަމަލުކުރާނީ، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކޮށްފައިވާ "ގައިޑްލައިން އޮން މެނޭޖްމަންޓް އޮފް އެޕީލްސް، އިންސިޑެންޓްސް އެންޑް ކޮމްޕްލައިންޓްސް" ގައިވާ ގޮތުގެ މަތީންނެވެ.
(ނ) މި ނިޒާމުގެ ދަށުން ބޭހުގެ ރައްކާތެރިކަމާއި ފެންވަރާ ގުޅުންހުރި ށަކުވާއާއި ހާދިސާ އޮތޯރިޓީއަށް ރިޕޯޓުކުރުމަކީ ބޭސް ރަޖިސްޓަރީކުރާ ފަރާތާއި، ބޭސް އިމްޕޯޓްކުރާ ފަރާތާއި، ބޭސް ޑިސްޓްރިބިއުޓްކޮށް ރީޓެއިލްކުރާ ފަރާތާއި، ބޭސް ސަޕްލައިކުރާ ފަރާތާއި، ބޭސް އުފުލައި ގެންގުޅޭ ފަރާތްތަކުގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅައިފި ނަމަ، އޮތޯރިޓީން އެ ށަކުވާ ބެލުމަށްފަހު، ރަސްމީީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް ޖަވާބު ދޭންވާނެއެވެ.
48 ވަނަ މާއްދާ - ބޭސް އިސްތިހާރުކުރުމާއި ޕްރޮމޯށަނާއި، ޕެކޭޖިންގއާއި ލޭބަލްކުރުން
(ހ) ހުރިހާ ބޭހަކީ ޑަބްލިޔު.އެޗް.އޯ.ގެ ބޭހުގެ ޕްރޮމޯށަނުގެ އެތިކަލް ކްރައިޓީރިޔާއާއި، މި ގަވާއިދުން ރެގިއުލޭޓްކުރާ ބޭހުގެ އުފެއްދުންތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމާއި ޕެކުކުރުމާއި، ލޭބަލްކުރުމާބެހޭ މިންގަނޑުތަކާ އެއްގޮތަށް އުފައްދައިފައިވާ ތަކެތިކަމުގައި ވާންވާނެއެވެ. މި މިންގަނޑު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.
(ށ) ރާއްޖޭގައި ބޭސް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައި، ހުއްދަ ހޯދަންވާނެއެވެ. އޮތޯރިޓީން މި ހުއްދަ ދޫކުރާނީ، ހަމައެކަނި މާކެޓް އޮތޮރައިޒޭށަން ދީފައިވާ އޯވަރ ދަ ކައުންޓަރ (އޯ.ޓީ.ސީ) ބޭހަށެވެ.
(ނ) ބޭހުގެ އެންމެފަހުގެ އިންތިހާއާހަމައަށް ޕްރޮމޯށަނަލް މެޓީރިއަލްތަކުގައި ހުންނަންވާނީ، ތެދު މައުލޫމާތެވެ. އެ މައުލޫމާތު ހުންނަންވާނީ، އޮޅުންނާރާ ގޮތަށް އަދި ޕެކޭޖިންގއާއި ލޭބަލުގައިވާ މައުލޫމާތާ އެއްގޮތަށެވެ.
(ރ) މި ގަވާއިދުގެ ދަށުން ރެގިއުލޭޓްކުރާ އެއްވެސް ބޭހެއް، އޮތޯރިޓީގެ ހުއްދަނެތި، ވިޔަފާރީގެ ބޭނުމަށް، އެއްވެސް ޕްލެޓްފޯމެއްގައި އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުމަކީ މަނާކަމެކެވެ.
އަށްވަނަ ބާބު
ބަލައި ފާސްކުރުމާއި އިންސްޕެކްޓްކުރުން
49 ވަނަ މާއްދާ - އިންސްޕެކްޓަރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންސްޕެކްށަންތައް ކުރިޔަށް ގެންދިއުމަށް ޓަކައި އިންސްޕެކްޓަރުން އައްޔަނުކުރުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރުންނަކީ ގާބިލު ބައެއްކަން އޮތޯރިޓީން ކަށަވަރުކުރަންވާނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންސްޕެކްށަންތައް ކުރިޔަށްގެންދާނީ، އޮތޯރިޓީން އެކަމަށް އައްޔަނުކުރާ އިންސްޕެކްޓަރުންނެވެ. އަދި އެކަމަށް އައްޔަނުކުރާ އިންސްޕެކްޓަރުންގެ ލިސްޓު، މިނިސްޓްރީގެ ވެބްސައިޓުގައި އޮތޯރިޓީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.
50 ވަނަ މާއްދާ - ބަލައި ފާސްކުރުން
(ހ) ބޭސް އުފެއްދުމާއި އިމްޕޯޓްކުރުމާއި ލިޔެދިނުމާއި ވިއްކުމާއި ދޫކުރުމާއި ރައްކައުކުރުމުގައި ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރަމުންދާ މިންވަރާއި، ބޭހުގެ ފެންވަރާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބޭހާ ގުޅުންހުރި މި ފަދަ މުއާމަލާތާއި ތަންތަނާއި ތަކެތި ބަލައި ފާސްކޮށް ސާމްޕަލް ނަގައި ތަހުލީލުކުރުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޓަކައި އެކަށީގެންވާ ވަސީލަތްތައް އިންސްޕެކްޓަރުންނަށް އޮތޯރިޓީން ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް އޮތޯރިޓީން އައްޔަނުކުރާ އިންސްޕެކްޓަރުންނަކީ، ވަޒީފާގެ މަސްއޫލިއްޔަތާއި މަސްލަހަތު ފުށުއަރާ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި އަންނަނިވި ކަންކަމަކީ ވަޒީފާގެ މަސްލަހަތު ފުށުއަރާ ކަންކަމުގެ ގޮތުގައި ބެލެވޭނެއެވެ.
- ބޭސް އިމްޕޯޓްކޮށް ގުދަންކުރުމާއި ބޭސްފިހާރަ ރަޖިސްޓަރީކޮށްފައިވާ އެއްވެސް ކުންފުންޏެއްގައި ވަޒީފާ އަދާކުރުން؛
- އާއިލާގެ އެއްވެސް މެންބަރެއްގެ ކުންފުންޏަކުން ބޭސް އިމްޕޯޓްކޮށް ގުދަންކޮށް ބޭސްފިހާރަ ހިންގާ ނަމަ، އޮތޯރިޓީއަށް އެ މައުލޫމާތު ހިއްސާކޮށް ޑިކްލެއަރކުރުން؛
- އޮތޯރިޓީން ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުގެ އިތުރުން، ބޭހުގެ އެއްވެސް މުއާމަލާތެއް ކުރުން.
(ބ) ބަލައި ފާސްކުރުމުގެ ތެރޭގައި ލިބޭ އެންމެހައި މައުލޫމާތުތަކާއި ހެއްކާއި ގަރީނާތަކަކީ ސިއްރު މައުލޫމާތެވެ. މި ފަދަ މައުލޫމާތެއް، ކަމާނުބެހޭ ފަރާތަކަށް އެއްވެސް ހާލަތެއްގައި ހާމަކޮށްގެން ނުވާނެއެވެ.
(ޅ) އިންސްޕެކްޓަރުންގެ މަސައްކަތަށް ހުރަސްއެޅުމާއި، އިންސްޕެކްޓަރުންނަށް ބިރުދެއްކުމާއި، ބޭއަދަބީކޮށް މުއާމަލާތުކޮށްގެން ނުވާނެއެވެ.
51 ވަނަ މާއްދާ - އިންސްޕެކްޓަރުންގެ ބާރު
މި ގަވާއިދުގެ ދަށުން އައްޔަނުކުރެވޭ އިންސްޕެކްޓަރުންނަށް، އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ހ) ބޭސް އުފައްދައި ބަންދުކޮށް ލޭބަލްކޮށް އިމްޕޯޓްކޮށް ރައްކައުކޮށް ބޭނުންކޮށް ވިއްކާ ތަންތަން ނުވަތަ އެފަދަ މުއާމަލާތުތަކާ ގުޅޭ ލިޔެކިޔުންތައް ބަހައްޓައިފައި ހުރިކަމަށް އިންސްޕެކްޓަރަށް ގަބޫލުކުރެވޭ އާންމު ތަންތަނަށް (އަމިއްލަ ގޯތިގެދޮރު ފިޔަވައި) ވަނުން ނުވަތަ އުޅަނދުތަކަށް އެރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގެ ތެރޭގައި، ބޭސް އިމްޕޯޓްކުރާ ބަނދަރުތަކާއި، ފާމަސީތަކާއި، ބޭސް ރައްކައުކޮށް ގުދަންކުރާ ތަންތަނާއި، ސްޕާތަކާއި، ސެލޫންތަކާއި، އާންމު ފިހާރަތަކާއި، ޖިމްތަކާއި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ބޭސް ބަހައްޓާ ތަންތަނާއި، ބޭހުގެ މުއާމަލާތުކުރާ ކޮންމެ ތަނެއް ހިމެނެއެވެ.
(ނ) ބޭހާއި، ބޭހުގެ މާއްދާތައް ބަލައި ފާސްކޮށް ތަހުލީލުކުރުމަށް ސާމްޕަލް ނެގުން.
(ރ) ބޭހާއި، ބޭހާ ގުޅޭ ބާވަތްތައް އުފެއްދުމުގެ ނުވަތަ ޕެކްކުރުމުގެ އެންމެހައި މަރުހަލާތަކެއް ބަލައި އޮޑިޓްކުރުން.
(ބ) މި ގަވާއިދު ތަންފީޒުކުރުމަށް ޓަކައި ބޭހާ ގުޅޭ މުއާމަލާތުތައް ރިކޯޑުކޮށްފައިވާ ފޮތްތަކާއި ލިޔެކިޔުންތަކާއި އެހެނިހެން މައުލޫމާތުތައް ބަލައި، ނަގައި، ނަކަލުކުރުން.
(ޅ) މި ގަވާއިދު ތަންފީޒުކުރުމަށް ޓަކައި، ބޭހާ ގުޅޭ މުއާމަލާތުތައް ރިކޯޑުކޮށްފައިވާ ފޮތްތަކާއި، ލިޔެކިޔުންތަކާއި، އެހެނިހެން މައުލޫމާތާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ތަންތަން ބަލައި ފާސްކުރުމާއި، އިންސްޕެކްށަނުގެ އިތުރު ހެކި ހޯދުމުގެ ގޮތުން ފޮޓޯއާއި ވީޑީއޯ ނެގުން.
(ކ) ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ފާމަސީގައި ހިނގާ ނަމަ، ފާމަސީ ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު، އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. އަދި މި ހާލަތާ ގުޅިގެން ހިދުމަތް ހުއްޓައިލައިފައި ބަންދުކުރަން އަންގާކަން ބަޔާންކޮށްފައިވާ ލިޔުން، ބޭސްފިހާރައިގެ ބޭރުގައި އޮތޯރިޓީން ހަރުކުރަންވާނެއެވެ.
(އ) ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުން ހުއްދަ ބޭހުގެ ލިސްޓުގައި ނުހިމެނޭ އެއްވެސް ބޭހެއް، ބޭސްފިހާރައަކުން ނުވަތަ އެއްވެސް ތަނަކުން ފެނިއްޖެ ހިނދެއްގައި އެ ތަކެތި ނެގުމަށް އެންގުމުގެ ނުވަތަ ނެގުމުގެ ބާރު، އޮތޯރިޓީން ކަނޑައަޅާ އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ އިޖުރާއާތު
(ހ) މި ގަވާއިދުގެ ދަށުން ބަލައި ފާސްކުރާއިރު، އިންސްޕެކްޓަރުންގެ ޓީމުގައި އެންމެ މަދުވެގެން ވެސް 2 (ދޭއް) އިންސްޕެކްޓަރުން ބައިވެރިވާންވާނެއެވެ.
(ށ) އިންސްޕެކްޓަރުން ބަލައި ފާސްކުރުމުގެ ކަންކަން ކުރާއިރު، އޮތޯރިޓީގެ އިންސްޕެކްޓަރެއްކަން އަންގައިދޭ ރަސްމީީ ލިޔުމެއް އޮންނަންވާނެއެވެ.
53 ވަނަ މާއްދާ - އިންސްޕެކްށަންގެ ބާވަތްތައް
(ހ) ބޭހާ ގުޅޭ ތަކެއްޗާއި، ތަންތަނާއި، މުއާމަލާތުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން އަންނަނިވި ބާވަތްތަކުގެ އިންސްޕެކްށަންތައް ހިންގުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ބޭހާ ގުޅޭ މުއާމަލާތުތަކާއި ތަންތަނާއި ތަކެތި ރަޖިސްޓަރީކުރުމަށް ޓަކައި ކުރާ އިންސްޕެކްށަނާއި، ހުއްދަ އައުކުރުމަށް ކުރާ އިންސްޕެކްށަން؛
- ގާނޫނާއި ގަވާއިދަށް އަމަލުކުރާ މިންވަރު ކަށަވަރުކުރުމަށް ޓަކައި ކުރާ ރޫޓީން އިންސްޕެކްށަން؛
- އޮތޯރިޓީއަށް ހުށަހަޅާ ށަކުވާއާ ގުޅިގެން ނުވަތަ ހިނގައިފައިވާ ނޭދެވޭ ހާދިސާއަކާ ގުޅިގެން ކުރާ އިންސްޕެކްށަން؛
- ޕޯސްޓް މާކެޓް ސަރވައިލެންސް އިންސްޕެކްށަން؛
- އިންސްޕެކްށަން ރިޕޯޓުތަކާއި ލިބޭ ށަކުވާގެ އަދަދުގެ މައްޗަށް ބިނާކޮށް ކުރާ ރިސްކް ބޭސްޑް އިންސްޕެކްށަން؛
- ބޭސް އިމްޕޯޓްކުރާއިރު ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަށަވަރުކުރުމަށް ޓަކައި ކުރާ އިންސްޕެކްށަން؛
- އޮތޯރިޓީގެ މެންޑޭޓުގެ ދަށުން ކަނޑައަޅާ އެހެނިހެން ބާވަތްތަކުގެ އިންސްޕެކްށަން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބަލައި ފާސްކުރާ ހާލަތުގައި މެނުވީ، ބަލައި ފާސްކުރާ ތަނަކީ އާންމުންނަށް ހިދުމަތްދޭ ތަނެއް ނަމަ، އެ ތަނެއް ބަލައި ފާސްކުރެވޭނެކަން، ހިދުމަތްދޭ ފަރާތަށް ކުރިޔާލައި އެންގުން ލާޒިމެއް ނޫނެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބަލައި ފާސްކުރާ ތަންތަން ހުރީ އަތޮޅުތެރޭގައި ނަމަ، މި ތަންތަން ހުރި ރަށްރަށަށް ދަތުރުކުރުމުގެ އިންތިޒާމާއި އިންސްޕެކްޓަރުންގެ ހަރަދުގެ ޒިންމާ އުފުލަންވާނީ، ފާމަސީގެ ވެރިފަރާތުން ނުވަތަ ބޭސް އިމްޕޯޓްކުރާ ފަރާތުންނެވެ.
54 ވަނަ މާއްދާ - ސާމްޕަލް ނެގުމާއި ތަހުލީލުކުރުން
އޮތޯރިޓީން ކަނޑައަޅާ އިންސްޕެކްޓަރުންނަށް، ޕޯޓުތަކުންނާއި، ބޭސް ރައްކައުކޮށް ގެންގުޅޭ ތަންތަނުންނާއި، ބޭސްވިއްކާ ތަންތަނުންނާއި، ބޭހުގެ މުއާމަލާތުކުރާ ކޮންމެ ތަނަކުން، އެއްވެސް ބަދަލެއް ދިނުމެއް ނެތި، ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ބެލެހެއްޓުމަށް ކުރާ ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމުގެ އިހުތިޔާރު ލިބިގެންވެއެވެ. މިގޮތުން ނަގާ ސާމްޕަލްތަކުގެ މައުލޫމާތު އެ ތަނަކަށް ނުވަތަ މުދަލުގެ ވެރިފަރާތަށް ލިޔުމުން އަންގަންވާނެއެވެ. ސާމްޕަލްތައް ތަހުލީލުކުރާނީ "ނޭށަނަލް ހެލްތު ލެބޯރެޓަރީ" އިން ނުވަތަ "ނޭށަނަލް ހެލްތު ލެބޯރެޓަރީ" އިން ކަނޑައަޅާ ލެބޯރެޓަރީއަކުންނެވެ.
ނުވަވަނަ ބާބު
ބޭސް ރިކޯލްކުރުން
55 ވަނަ މާއްދާ - ބޭސް ރިކޯލްކުރުން
(ހ) ބޭހުގެ ރައްކައުތެރިކަމާއި، ފެންވަރާއި، ބޭސް ހުންނަންޖެހޭ މިންގަނޑަށް ނުފެތޭ ނަމަ އަދި އޮތޯރިޓީއަށް ބޭސް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ޑޮކިއުމަންޓާ ހިލާފުވާ ނަމަ، އެ ބޭސް ރިކޯލްކުރުން ނުވަތަ އެ ބޭސް ވިއްކުމާއި ބޭނުންކުރުން ހުއްޓައިލުމަކީ ބޭސް ރަޖިސްޓަރީކުރި ފަރާތް ނުވަތަ ބޭސް އިމްޕޯޓްކުރި ފަރާތް ނުވަތަ ހާއްސަ ހުއްދައެއް ނަގައިގެން އެ ބޭސް ގެންގުޅޭ ފަރާތެއްގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، އޮތޯރިޓީއަށާއި، މި ބޭސް ހޯލްސޭލްކޮށް ރީޓެއިލްކޮށްފައިވާ ފަރާތްތަކަށް އަންގައި، މައްސަލަ ފާހަގަކުރެވުނު ބެޗެއްގެ ބާކީ ސްޓޮކް ނުވަތަ ވިއްކައިފައިވާ ސްޓޮކް ރިކޯލްކުރުމަކީ ބޭސް ރަޖިސްޓަރީކުރި ފަރާތެއްގެ ނުވަތަ ބޭސް އިމްޕޯޓްކުރި ފަރާތެއްގެ ނުވަތަ ހާއްސަ ހުއްދައެއް ނަގައިގެން މި ބޭސް ގެންގުޅޭ ފަރާތެއްގެ ޒިންމާއެކެވެ.
(ނ) އެއްވެސް ހާލަތެއް ދިމާވެގެން ބޭސް ރިކޯލްކުރަން ޖެހިއްޖެ ނަމަ، އެ ބޭސް ޑިސްޓްރިބިއުޓްކޮށްފައިވާ ތަންތަނާބެހޭ މައުލޫމާތު، އެ ބޭހެއް ރާއްޖެއަށް އިމްޕޯޓްކުރި ފަރާތުން އޮތޯރިޓީއާ ހިއްސާކޮށް ރިކޯލްކުރުމާއި، މި ކަމަށް ހިނގާ އެންމެހައި ހަރަދެއްގެ ޒިންމާ، ބޭސް ރަޖިސްޓަރީކުރި ފަރާތުން ނުވަތަ ބޭސް އިމްޕޯޓްކުރި ފަރާތުން ނުވަތަ ހާއްސަ ހުއްދައެއް ނަގައިގެން މި ބޭސް ގެންގުޅޭ ފަރާތުން އުފުލަންވާނެއެވެ.
(ރ) ބޭސް ރިކޯލްކުރާނެ ގޮތުގެ އިޖުރާތު، ބޭސް އިމްޕޯޓްކުރާ ފަރާތުން ލިޔުމުން އެކުލަވައިލައިފައި އޮންނަންވާނެއެވެ. އަދި އެ އިޖުރާތުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ބޭހުގެ ލޮޓް އައިޑެންޓިފިކޭށަން ނަންބަރު/ ބެޗު ނަންބަރު ފަދަ ޓްރޭސަބިލިޓީ ކޯޑެއް ބޭހުގައި ހިމަނައިފައިވުމާއި، ބޭހުގެ ބެޗް ނަންބަރުން ބޭސް ޓްރޭސްކުރެވޭނެ އިންތިޒާމެއް ގާއިމުކޮށްފައިވުން؛
- ބޭހުގެ ށިޕްމަންޓާބެހޭ ލިޔެކިޔުންތަކުގައި އެ ށިޕްމަންޓު ގަތް ފަރާތާއި ހޯލްސޭލްކޮށް ވިއްކުނު ފަރާތްތައް ހިމަނައިފައިވުން؛
- ރިކޯލްކުރުމުގައި އަމަލުކުރާނެ ގޮތް، ލިޔުމުން ކަނޑައަޅައިފައިވުން؛
- ރިކޯލްކުރުމުގައި ކުރިމަތިވާ އެހެނިހެން ކަންކަމުގައި އަމަލުކުރާނެ ގޮތް.
(ބ) ބޭހުގެ ރައްކާތެރިކަމާއި ފެންވަރާ ގުޅިގެން ދިމާވާ މައްސަލަތަކުގެ މައުލޫމާތު ސިއްހީ ހިދުމަތްދޭ ފަރާތްތަކަށާއި، ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށާއި، ބޭސް ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް، އެފަދަ މައުލޫމާތު ލިބިގަތުމުގެ ނިޒާމެއް (ރެޕިޑް އެލަރޓް ސިސްޓަމް) އޮތޯރިޓީގައި ގާއިމުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ނިޒާމުން (ރެޕިޑް އެލަރޓް ސިސްޓަމުން) ލިބޭ މައުލޫމާތު އޮތޯރިޓީން އާންމުކުރަމުން ގެންދަންވާނެއެވެ.
ދިހަވަނަ ބާބު
ބޭސް ހިފެހެއްޓުމާއި ބޭސް ނައްތައިލުން
56 ވަނަ މާއްދާ - ބޭސް ނައްތައިލުން
(ހ) ބޭސްފިހާރަތަކާއި، ބޭސްގުދަންތަކާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި، ބޭހުގެ މުއާމަލާތުކުރާ ކޮންމެ ތަނަކުން ވެސް، މުއްދަތު ހަމަވެގެން ނުވަތަ ހަލާކުވެގެން ނުވަތަ އޮތޯރިޓީން ހިފަހައްޓާ ބޭސް ނައްތައިލެވޭނީ އޮތޯރިޓީއަށް އެކަން އަންގައި، އެކަމުގެ ހުއްދަ ލިބިގެންނެވެ.
(ށ) ބޭސް ނައްތައިލާ ގޮތުގެ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އާންމުކުރަންވާނެއެވެ. ބޭސް ނައްތައިލަންވާނީ މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
57 ވަނަ މާއްދާ - ބޭސް ހިފެހެއްޓުން
(ހ) ބޭސް އިމްޕޯޓްކުރާއިރު، ޕޯޓްތަކުގައި ކުރާ އިންސްޕެކްށަނުގައި، ބޭހުގެ ފެންވަރު ބެލުމަށް ޓަކައި އިތުރަށް ބަލަންޖެހިއްޖެ ހާލަތެއްގައި އެފަދަ ތަކެތި އިމްޕޯޓްކުރާ ބަނދަރުގައި 3 (ތިނެއް) ދުވަހާއި 14 (ސާދަ) ދުވަހާ ދޭތެރޭ މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު، އޮތޯރިޓީގެ އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފަށް އިމްޕޯޓްކުރާ ބޭހެއް ނުވަތަ ރާއްޖެ އިމްޕޯޓްކުރުން މަނާކޮށްފައިވާ ބޭހެއް ނުވަތަ ހުއްދަނޫން ބޭހެއް އިމްޕޯޓްކޮށްފި ނަމަ، އެ ތަކެތި ހިފަހައްޓައި، ބަދަލުދިނުމަކާ ނުލައި ނައްތައިލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
އެގާރަވަނަ ބާބު
ކުށާއި އަދަބު
58 ވަނަ މާއްދާ - މަނާ ކަންތައްތައް
(ހ) މި ގަވާއިދުގެ ވަކިވަކި މާއްދާތަކުގައި މަނާކަމެއް ކަމުގައި ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ބޭހެއް އެއްވެސް ފަރާތަކުން ރާއްޖޭގައި އުފައްދައި، ރާއްޖެއަށް އިމްޕޯޓްކޮށް، ރާއްޖެއިން ބޭރުކޮށް، ގުދަންކޮށް، ވިއްކައި، އިށްތިހާރުކޮށް، ޑިސްޓްރިބިއުޓްކުރުމަކީ މަނާކަމެކެވެ.
- އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭސް؛
- ގަޑުބަޑުވެފައި ހުންނަ ބޭހާއި، ގަޑުބަޑުކޮށްފައިވާ ބޭސް؛
- ސާފުނޫން ތަނެއްގައި ރައްކައުކޮށްފައިވާ ބޭހާއި، އެފަދަ ތަނެއްގައި ޕެކޭޖްކޮށްފައިވާ ބޭހާއި، އެފަދަ ތަނެއްގައި ގުދަންކޮށްފައިވާ ބޭސް؛
- އެ ބޭހެއް އުފައްދައި، ޕެކްކޮށް ލޭބަލްކޮށްފައިވާގޮތުން، އެ ބޭހެއް އުފެއްދި ތަނާއި ފެންވަރާއި ބާރުމިނާއި އެކުލެވޭ ބައިތަކާއި ރައްކައުތެރިކަން އޮޅޭ ފަދަ ބޭސް؛
- ކައުންޓަރފީޓް ބޭސް؛
- ހަލާކުވެފައިވާ ބޭހާއި، މުއްދަތު ހަމަވެފައިފައިވާ ބޭހާއި، ބޭހުގައި ހުންނަންޖެހޭ ފިނިހޫނުމިނުގައި ބަހައްޓައިފައިނުވާ ބޭހާއި، ބޭސް ރައްކައުކުރާގޮތުން ބޭހުގެ ކޮލިޓީީ ފެއިލްވެފައިވާ ބޭސް؛
- ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާއިން ނުވަތަ އެހެން ގައުމުތަކުގެ ބޭސް ރެގިއުލޭޓްކުރާ މުއައްސަސާތަކުން މަނާކޮށްފައިވާ ބޭސް.
(ށ) ރަޖިސްޓަރީކޮށް ހުއްދަ ހޯދުމަކާ ނުލައި، ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމަކީ މަނާކަމެކެވެ.
- ރަޖިސްޓަރީކޮށްފައިނުވާ ނުވަތަ ހުއްދަކޮށްފައިނުވާ ބޭހެއް އިމްޕޯޓްކުރުން؛
- އޮތޯރިޓީގެ ހުއްދަނެތި، އެއްވެސް ބާވަތެއްގެ ބޭހެއް އިމްޕޯޓްކުރުމާއި ގުދަންކޮށް ރައްކައުކުރުން؛
- އޮތޯރިޓީގެ ހުއްދަ ނެތި، އެއްވެސް ބާވަތެއްގެ ބޭހެއް ވިއްކުން؛
- އޮތޯރިޓީގެ ހުއްދަނެތި، ފާމަސީއެއް ނުވަތަ ބޭސްފިހާރައެއް ހިންގުން؛
- މި ގަވާއިދުގެ ދަށުން ހިމެނޭ އެއްވެސް ބޭހެއް، ހުއްދަނެތި އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުން؛
- އޮތޯރިޓީގެ ހުއްދަ ނެތި، އެއްވެސް ބޭހެއް، ބޭހުގެ ވިޔަފާރިކުރާ އެހެން ފަރާތަކަށް ދިނުން ނުވަތަ ހަދިޔާކުރުން؛
- އާންމު ވިޔަފާރިކުރާ ތަންތަން ނުވަތަ ބޭސް ވިއްކުމުގެ ހުއްދަ ނެތް ތަންތަނުގައި ބޭހާއި ބޭހުގެ މާއްދާ ހިމެނޭ ބާވަތްތައް އޮތޯރިޓީގެ ހުއްދައާ ނުލައި ވިއްކަން ބެހެއްޓުން؛
- އާންމު ވިޔަފާރިކުރާ ފަރާތްތަކުން ބޭހާއި ބޭހުގެ މާއްދާ ހިމެނޭ ބާވަތްތައް އޮތޯރިޓީގެ ހުއްދައާ ނުލައި އިމްޕޯޓްކުރުން؛
- ރީޓެއިލް ބޭސްފިހާރައެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހޯލްސޭލްކޮށް ބޭސް ވިއްކުން؛
- ބޭސް ޑެލިވަރކުރުމުގެ ހިދުމަތް ދިނުން.
(ނ) ހޯލްސޭލަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ރީޓެއިލްކޮށް ބޭސް ވިއްކުމަކީ މަނާކަމެކެވެ.
(ރ) ބޭސްފިހާރަ ހިންގުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ އިމާރާތް ނޫން އިމާރާތަކަށް، އޮތޯރިޓީގެ ހުއްދަނެތި ބަދަލުކުރުމަކީ މަނާ ކަމެކެވެ. އަދި ހުއްދަ ދީފައިވާ އިމާރާތުގެ ލޭއައުޓް، އޮތޯރިޓީގެ ހުއްދަނެތި ބަދަލުކުރުމަކީ ވެސް މަނާ ކަމެކެވެ.
(ބ) ބޭސް ވިއްކުމުގެ ހުއްދަ ދީފައިވާ އެއްވެސް ފަރާތަކުން، ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު، ހުއްދަ އައުނުކޮށް ބޭސް ވިއްކުމަކީ މަނާކަމެކެވެ.
(ޅ) ފާމަސީތަކުގައި ބޭސް ދޫކޮށް ވިއްކުމުގެ އެއްވެސް މުއާމަލާތެއް، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތެއް މެދުވެރިކޮށް ކުރުމަކީ މަނާކަމެކެވެ.
(ކ) އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ނުވަތަ ޕޯސްޓުން ވިޔަފާރީގެ ގޮތުގައި ބޭސް އިމްޕޯޓްކުރުމަކީ މަނާކަމެކެވެ.
(އ) އަމިއްލަ ބޭނުމަށް ގެންނަ ބޭސް، އެއްވެސް ފަރާތަކަށް ވިއްކުން ނުވަތަ ބޭހުގެ ވިޔަާރިކުރާ އެހެން ފަރާތަކަށް ހަދިޔާކުރުމަކީ، މަނާކަމެކެވެ.
(ވ) ރާއްޖެއަށް ވެކްސިނާއި ބަޔޮލޮޖިކަލްސް އިމްޕޯޓްކުރުމާއި ވިއްކުމަށް، ބަހައްޓާނެ ގޮތުގެ އުސޫލާ ހިލާފަށް އެއްވެސް ވެކްސިނެއް އިމްޕޯޓްކުރުމާއި، ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެކެވެ.
(މ) ބޭސް އުފެއްދުމާއި ޕެކުކުރުމަށް ދޭ ހުއްދައިގެ ދަށުން އުފައްދައި، ޕެކުކުރާ ބޭސް އޮތޯރިޓީގައި ރަޖިސްޓަރީކޮށް، ހުއްދަ ހޯދައިގެން މެނުވީ ބަލިމީހުންގެ ފަރުވާއަށް ބޭނުންކުރުމަކީ މަނާ ކަމެކެވެ.
(ފ) އޯޓީ.ސީ.ބޭސް. ފިޔަވައި އެހެން ބޭސްތައް، ޑޮކްޓަރަކު ދޫކޮށްފައިވާ ބޭސް ސިޓީީއަކާ ނުލައި ވިއްކުމާއި ދޫކުރުމާއި ހަދިޔާކުރުމަކީ މަނާކަމެކެވެ.
(ދ) ބޭހުގެ އިތުރުން، މި ގަވާއިދުގެ ޖަދުވަލު 3 ގައި، އި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެހެން ތަކެތި ފާމަސީގައި ބަހައްޓައި ވިއްކުމަކީ، މަނާކަމެކެވެ.
59 ވަނަ މާއްދާ - އަދަބު
(ހ) ގާނޫނު ނަންބަރު 2015-29 (ސިއްހީީ ހިދުމަތް ދިނުމުގެ ގާނޫނު) ގައި ބޭހާ ގުޅޭގޮތުން ކަނޑައަޅައިފައިވާ ކުށްތަކަށް އަދަބު ކަނޑައަޅާނީ، އެ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
(ށ) ގާނޫނު ނަންބަރު 2015-29 (ސިއްހީީ ހިދުމަތް ދިނުމުގެ ގާނޫނު) ގާނޫނު، ގައި އަދަބު ކަނޑައަޅައިފައިނުވާ، އެހެންނަމަވެސް މި ގަވާއިދުގައި ބައާންކޮށްފައިވާ ގޮތާ ހިލާފަށް ކުރާ އަމަލުތަކާއި، މި ގަވާއިދުގައި ވަކިކަމެއް ކުރަން، ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް ކުރާ ކަންކަމުގައި، އެ ކަމެއް. ނުވަތަ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ
- ނަސޭހަތްދިނުމާއެކު އެ ކަމެއް އިސްލާހުކުރުމަށް މުއްދަތެއް ދިނުން.
- 10،000 (ދިހަ ހާސް) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަ / ލައިސަން 14 (ސާދަ) ދުވަހާއި 1 (އެކެއް) އަހަރުދުވަހުގެ، މުއްދަތަށް ވަގުތީގޮތުން ހިފެހެއްޓުން.
- މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ (ހުއްދަ ލައިސަން ބާތިލުކުރުން.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ފިޔަވަޅު އެޅުމުގައި އެ އަކުރުގައި ބަޔާންކޮށްފައިވާ ތަރުތ ބަށް ބެލުމުގެ ބަދަލުގައި، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ ހާލަތުގައި އެކަށީގެންވާ އިދާރ ފިޔަވަޅު އެޅުމުގެ އިހުތިޔާރ،ު އޮތޯރިޓީ އަށް ލިބިގެންވެއެވެ.
60 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތު ދިނުން
(ހ) މި ގަވާއިދުގެ ދަށުން ބޭސް ރަޖިސްޓަރީ ކުރުމަށް ނުވަތަ އެހެންވެސް ހުއްދައެއް ހޯދުމަށް ނުވަތަ މުއާމަލާތުކުރުމުގައި އޮތޯރިޓީ އަށް އޮޅުންއަރާ ފަދަ މައުލޫމާތު
ހުށަހަޅާ ފަރާތްތައް އޮތޯރިޓީން ބްލެކްލިސްޓުކޮށް، އާންމު ސިއްހީަތަށް ގެއްލުންވީ މިންވަރު ބެލުމަށްފަ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅުއަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ބާތިލުކުރާ ތަނެއްގެ ހިދުމަތް އަލުން ފެށުމަށް ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ، މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށް ފަހުގައެވެ.
61 ވަނަ މާއްދާ - ހުއްދަ ބާތިލުކޮށް، ވަގުތ ގޮތުންވހިފެހެއްޓުމުގައި އަމަލުކުރަންޖެހޭވއިޖުރާތު
(ހ) މި ގަވާއިދުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބޭސް ވިއްކުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނީ ނުވަތަ ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓޭނީ، ތިރީގައިވާ ހާލަތްތަކުގައެވެ.
- ގާނޫނާއި ގަވާއިދާ ހިލާފަށް ބޭހާ ގުޅޭ އެކިއެކި މުއާމަލާތުކުރުން؛
- ފޯރުކޮށްދޭ ބޭހަކީ އާންމު ސިއްހީަތަށް ރައްކައުތެރި ބޭހެއްކަމުގައި ނުވުން؛
- ފާމަސީ ރަޖިސްޓަރީ ކުރުމަށްފަހު ހިދުމަތް ނުފަށާ 6 (ހައެއް) މަސްދުވަސް ވުން؛
- ޑޮކްޓަރ ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށްފަ ފާމަސީ ނުހިންގާ 3 (ތިނެއް) މަސްދުވަހަށް ވުރެ ގިނަދުވަސް ވުން؛
- ޖެހިޖެހިގެން 2 (ދޭއް) އިންސްޕެކްށަނުގައި، އެކަށީގެންވާ ސަބަބެއް ނެތި، ފާމަސީ ބަންދުކޮށް ހިދުމަތް ނުދީ ހުންނަކަން އޮތޯރިޓީ އަށް ފާހަގަވުން؛ މި 2 (ދޭއް) އިންސްޕެކްށަން ހިންގައިފައި ވާންވާނީ މަދުވެގެން 2 (ދޭއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
- ބޭސް ބަހައްޓައިފައި ހުރި ތަނުގެ (ފާމަސީ، ބޭސްގުދަން، ސިއްހީ ހިދުމަތްދޭ މަރުކަޒު) ސާފުތާހިރުކަން ކުޑަވ،ެ އޭގެ ސަބަބުން ތަނުގައި ހުރި ބޭސްތަކުގެ ރައްކައުތެރިކަމާމެދު ށައްކު އުފެދުން؛
- ބޭސް ދޫކުރުމުގެ ހުއްދަ ނެތް ފަރާތަކުން ބޭސްފިހާރައިގައި އެއްވެސް
މުއާމަލާތެއް ކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތަކާ ގުޅިގެން ހުއްދަ ބާތިލުކުރުމަށް ނުވަތަ ވަގުތ ގޮތުން ހުއްދަ ހިފެހެއްޓުމަށް އަންގާ އެންގުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.
- އެންގުން ރައްދުވާ ފަރާތް / ތަން (ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަން ނުވަތަ ބޭސްފިހާރަ)؛
- އެންގުން އެންގުނު ސަބަބު؛
- އެންގުމަށް އަމަލުކުރަން ފަށާ ތާރީހު؛
- އެންގުމާ އެއްގޮތަށް ކަންކަން ރަނގަޅުކޮށް ނިންމަންޖެހޭ ތާރީހު؛
- އެންގުން އެންގި ތާރީހު.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ލިޔުމާ ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ ނުވަތަ ރަނގަޅުކުރުމަށް އެންގުނު ކަމެއް ރަނގަޅު ނުކޮށްފި ނަމަ، ތަން ބަންދުކުރުމަށް އަންގާ ނޯޓިސް އާންމުންނަށް ފެންނަގޮތަށް ތަނުގެ ބޭރުގައި އޮތޯރިޓީން ހަރުކުރަންވާނެއެވެ. މި ނޯޓިސް،އޮތޯރިޓީ ގެ ހުއްދަ ޔާ ނުލައި ނެގުމަކ މަނާކަމެކެވެ.
(ރ) ބޭސްފިހާރައެއް ނުވަތަ ގުދަނެއް ބަންދުކުރުމަށް ނޯޓިސް ދިނުމަށްފަހު ރަނގަޅުކުރަން އަންގައިފައިވާ ކަންކަން ރަނގަޅުކޮށްފައި އޮތޯރިޓީ އަށް އެކަން ލިޔުމުން އެންގުމުން ނުވަތަ ރަނގަޅުކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން، އޮތޯރިޓީން އެ ތަނެއް ބަލައި ފާސްކުރުމަށްފަހު ރަނގަޅުކުރަން އަން ގައިފައިވާ ކަންކަން ރަނގަޅުކޮށްފައިވާ ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީން ހުއްދަ ދޭންވާނެއެވެ.
ބާރަވަނަ ބާބު
ހިދުމަތްތަކަށް ނަގާ ފީ
62 ވަނަ މާއްދާ - ބޭސްފިހާރަ ރަޖިސްޓަރީ ކުރުމުގެ ފީ
(ހ) އަލަށް ރަޖިސްޓަރީ ކުރާ ބޭސްފިހާރަތައް ރަޖިސްޓަރީ ކުރުމަށާއި، ހުއްދަ އައުކުރުމަށް، އަންނަނިވި އުސޫލުން ފީ ނަގާނެއެވެ.
- ގްރޭޑް 1 ގެ ބޭސްފިހާރަ އަލަށް ރަޖިސްޓަރީ ކުރުމަށް 1,500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ، ހުއްދަ އައުކުރުމަށް 1,000 (އެއްހާސް) ރުފިޔާ؛
- ގްރޭޑް 2 ގެ ބޭސްފިހާރަ އަލަށް ރަޖިސްޓަރީ ކުރުމަށް 1,000 (އެއްހާސް) ރުފިޔާ، ހުއްދަ އައުކުރުމަށް 500 (ފަސް ސަތޭކަ) ރުފިޔާ.
(ށ) އެއްވެސް ސަބަބަކާހުރެ ބޭސްފިހާރަ ބަންދުކުރުމުގެ ސަބަބުން ނުވަތަ ހިދުމަތްދިނުން މެދުކެނޑުމުގެ ސަބަބުން އަލުން ހިދުމަތް ފެށޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށް އަލުން ރަޖިސްޓަރީ ކޮށް، މި މާއްދާގެ (ހ) އާ އެއްގޮތަށް ރަޖިސްޓަރީ ކުރުމުގެ ފީ ނެގުމަށްފަހުގައެވެ.
63 ވަނަ މާއްދާ - ބޭސްގުދަން ރަޖިސްޓަރީ ކުރުމުގެ ފީ
(ހ) އަލަށް ބޭސްގުދަނެއް ރަޖިސްޓަރީ ކުރުމުގެ ފީ އަކީ 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ. އަދި ހުއްދަ އައުކުރުމުގެ ފީ އަކީ 2,000 (ދެހާސް) ރުފިޔާއެވެ.
(ށ) އެއްވެސް ސަބަބަކާހުރެ ބޭސްގުދަން ބަންދުކުރުމުގެ ސަބަބުން ނުވަތަ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އަލުން ހިދުމަތް ފެށޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށް އަލުން ރަޖިސްޓަރީ ކޮށް، މި މާއްދާގެ (ހ) އާ އެއްގޮތަށް ރަޖިސްޓަރީ ކުރުމުގެ ފީ ނެގުމަށްފަހުގައެވެ.
64 ވަނަ މާއްދާ - ބޭސް އުފެއްދުމުގެ ހުއްދައިގެ ފީ
އަލަށް ބޭސް އުފެއްދުމަށް ނަގާ ފީ އަކީ 5,000 (ފަސް ހާސް) ރުފިޔާއެވެ. އަދި ހުއްދަ އައުކުރުމަށް 2,500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއެވެ.
65 ވަނަ މާއްދާ - ބޭސް ދޫކުރުމުގެ ހުއްދަ (ފާމަސިސްޓުން / ޑިސްޕެންސަރުންގެ އައ.ިޑީކާޑު ހެއްދުމުގެ) ފީ
(ހ) މި ގަވާއިދުގެ ދަށުން ފާމަސިސްޓުންގެ އައިޑެންޓިޓ ކާޑު ހަދައިދިނުމުގެ ފ އަކީ 300 (ތިން ސަތޭކަ) ރުފިޔާއެވެ. އަދި ކާޑު އައުކުރުމުގެ ފ އަކީ ވެސް 300 (ތިން ސަތޭކަ) ރުފިޔާއެވެ.
(ށ) ކާޑު އައުކުރަންޖެހޭ މުއްދަތުގެ ކުރިން ކާޑެއް އައުކޮށްދޭނI ނުވަތަ ހަދައިދެވޭނ، 500 (ފަސްސަތޭކަ( ރުފިޔާއަށެވެ.
66 ވަނަ މާއްދާ - ބޭސް ރަޖިސްޓަރީ ކުރުމުގެ ފީ
(ހ) ބޭސް ރަޖިސްޓަރީ ކުރަން ހުށަހަޅާ ކޮންމެ އެޕްލިކޭށަނެއްގެ (އަލަށް އަދި އައުކުރުމަށް) ސަބްމިށަން ފީ އަކީ، 550 (ފަސް ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަދި ރަޖިސްޓަރީ ކުރާ ކޮންމެ ބޭހަކަށް، ތިރީގައިވާ ގޮތު ގެ މަތީން ފ އެއް ނަގަންވާނެއެވެ.
- ރިލަޔަންސް ޕާތްވޭއިން އަލަށް ރަޖިސްޓަރީ ކުރާ ނަމަ ފީ އަކީ، 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ.
- ފުލް ޑޮޒިއަރ ޕާތްވޭއިން އަލަށް ރަޖިސްޓަރީ ކުރާ ނަމަ ފީ އަކީ، 2,500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއެވެ.
- ރިލަޔަންސް ޕާތްވޭއިން ރަޖިސްޓްރޭށަން އައުކުރުމަށް ނަގާ ފީ އަކީ، 500 (ފަސް ސަތޭކަ) ރުފިޔާއެވެ.
- ފުލް ޑޮޒިއަރ ޕާތްވޭއިން ރަޖިސްޓްރޭށަން އައުކުރުމަށް ނަގާ ފީ އަކީ، 1,000 (އެއްހާސް) ރުފިޔާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ޕާތްވޭތަކުގެ ތަފުސީލު ހިމެނޭ "ގައިޑްލައިން ފޮރ ޕްރޮޑަކްޓް ރަޖިސްޓްރޭށަން އިންކްލޫޑިންގ އިމަޖެންސީ ޔޫސް އޮތޮރައިޒޭށަން" އުސޫލ،ު މިނިސްޓްރ ގެ ވެބްސައިޓުގައި އޮތޯރިޓީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.
67 ވަނަ މާއްދާ - ބޭސް އިސްތިހާރުކުރުމުގެ ފީ
ބޭސް ސިޓީ އާ ނުލާ ބޭނުންކުރާ ބޭސް އިސްތިހާރުކުރުމުގެ ހުއްދަ ދިނުމުގެ ފީ އަކީ، ކޮންމެ އިސްތިހާރަކަށް 5,000 (ފަސް ހާސް) ރުފިޔާއެވެ. އަދި ހުއްދަ އައުކުރުމަށް ނަގާ ފީ އަކީ، ކޮންމެ އިސްތިހާރަކަށް 3,500 (ތިން ހާސް ފަސް ސަތޭކަ) ރުފިޔާއެވެ.
ތޭރަވަނަ ބާބު
އާންމު ކަންކަން
68 ވަނަ މާއްދާ - އާންމު މާއްދާތައް
(ހ) މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް މުއްދަތެއް ކަނޑައަޅައި އިއުލާނުކުރަން ބަޔާންކޮށްފައި ނުވާހައި ހިނދަކު މި ގަވާއިދުގެ ދަށުން އާންމުކޮށް އިއުލާނުކުރަންޖެހޭ ކަމެއް އޮތް ނަމަ، އެ ކަމެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮތޯރިޓީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ށ) މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމަކަށް ގޮތެއް ކަނޑައަޅާނ، "ނޭށަނަލް ފާމަސޫޓިކަލް ބޯޑު" ގެ ލަފާގެ މަތީން، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އިންނެވެ.
69 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
މި ގަވާއިދުގެ ދަށުން އޮތޯރިޓީން އާންމުކުރަންޖެހޭ މައުލޫމާތުތައް ފިޔަވައި، އެހެނިހެން މައުލޫމާތުތަކީ ސިއްރު މައުލޫމާ ތުތަކެވެ. އަދި އެހެން ގާނޫނަކުން ލާޒިމުނުކުރާހައި ހިނދަކު، އެއްވެސް ފަރާތަކާ މި މައުލޫމާތު ހިއްސާއެއް ނުކުރެވޭނެއެވެ.
70 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރ ބޭހާއި އޯލްޓަނޭޓިވް ބޭހަށެވެ. ޑޮކްޓަރ ބޭސް ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށާއި، އޭގެ ބަލްކް ކެމިކަލަށެވެ. އޯލްޓަނޭޓިވް ބޭސްކަމުގައި ބުނެފައި އެވަނީ، އެ ޑިސިޕްލިނެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހަކަށެވެ.
(ށ) "ޑޮކްޓަރ ބޭސް" ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރ އުސޫލުން ބޭނުންކުރާ ކޮންމެ ބޭހަކަށާއި، އޭގެ ބަލްކް ކެމިކަލަށެވެ.
(ނ) "އޯލްޓަނޭޓިވް ނުވަތަ ދިވެހިބޭސް" ކަމުގައި ބުނެފައި އެވަނީ، ބަލިތަކުން ރައްކައުތެރިވުމުގެ ގޮތުންނާއި ބަލި ދެނެގަތުމާއި ބައްޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ބައްޔަކަށް ފަރުވާއެއް ހޯދުމުގެ ގޮތުން އެކިއެކި ޖަމާއަތްތަކާއި ސަގާފަތްތަކާއި އާދަކާދަތަކާ ނުވަތަ ގަބޫލުކުރާ ގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ލިބިފައިވާ ހުނަރަކާއި މައުލޫމާތެއް ނުވަތަ އިލްމެއްގެ ބޭނުންކޮށްގެން އުފައްދާ ތަކެއް ޗަށާއި ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާވެގެންވާ ކަންކަމަށެވެ.
(ރ) "ކައުންޓާރފީޓް" ކަމުގައި ބުނެފައި އެވަނީ، ބޭސް އުފެއްދުމުގައި އޮޅުވައިލައިފައި ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ބޭހެއް ސައްހަނޫންގޮތުގައި ނަކަލުކުރުމުގެ ގޮތުން އުފައްދައިފައިވާ ބޭހަށެވެ.
(ބ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަށެވެ.
(ޅ) "ބޭސް ވިއްކުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގައި ބޭސްކަމުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް ވިޔަފާރި އުސޫލުން ހޯލްސޭލްކުރުމާއި، ރީޓެއިލްކުރުމާއި، ބިލުކުރާގޮތަށް ނުވަތަ ފައިސާދީގެން އެފަދަ ތަކެތި ބަލިމީހަކަށް ފޯރުކޮށްދިނުމާއި، މިނޫންވެސް ގޮތަކުން ބޭހުން ކުރެވޭ އެންމެހައި މުއާމަލާތުތަކަށެވެ.
(ކ) "ޕްރޮޑަކްޓް އެނަރލިސިސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ބޭސް އުފެއްދުމަށްފަހު މާކެޓަށް ނެރުމުގެ ކުރިން ބޭހުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމަށް ލެބޯޓަރ ގައި ކުރާ ތަހުލީލު ރިޕޯޓަށެވެ.
(އ) "ކުއްލި ހާލަތު" ކަމަށް ބުނެފައި އެވަނީ، ކުއްލިއަކަށް ދިމާވާ ކަންކަމަށް ނުވަތަ ކުރިން އަންދާޒާނުކުރާ ފަދަ ހާލަތެއް ދިމާވުމަށެވެ.
(ވ) "އިމަޖެންސ ހާލަތު" ކަމަށް ބުނެފައި އެވަނީ، ހާއްސަ ހާލަތެއްގެ ސަބަބުން އިންސާނުންގެ ފުރާނަ ސަލާމާތްކުރުމަށް ކޮންމެހެން ބޭނުންވާ ބޭސް ބޭނުންވާ ހާލަތަށެވެ.
(މ) "ބަޔޮލޮޖިކަލްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުންނަށް ކުރިމަތިވާ އެކިއެކި ބަލިތަކުން ރައްކައުތެރިވުމަށް ނުވަތަ ބައްޔަކަށް ފަރުވާކުރުމުގެ ގޮތުން ނުވަތަ އުފެދުމުގައި ދިމާވެފައިވާ އުނިކަމެއް ނުވަތަ ހާލަތެއްގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްކުރުމަށް ކުރިމަތިވެފައިވާ ދަތިކަމަކަށް ހައްލެއް ހޯދުމުގެ ގޮތުން ދޭ ވެކްސިނެއް ނުވަތަ ލެޔާއި ލޭގެ މާއްދާއެއް އެކުލެވިގެންވާ އެއްޗެއް ނުވަތަ ބައެއް ނުވަތަ ލޭގެ ޑެރިވޭޓިވްއެއް ހިމެނޭ އެއްޗެއްސަށެވެ.
(ފ) "ފާމަސިސްޓް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް" ގައި ރަޖިސްޓަރީ ކޮށްފައިވ،ާ އަދި ފާމަސީ އެއްގައި ބޭސް ދޫކުރުމަށް "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ގައި ރަޖިސްޓަރީ ކޮށްފައިވާ ފާމަސިސްޓުންނާއި ފާމަސީ އެސިސްޓެންޓުންނަށެވެ.
(ދ) "ރިކޯލްކުރުން" ކަމަށް ބުނެފައި އެވަނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކާ ގުޅިގެން ރާއްޖޭގެ މާކެޓުގައި ހުންނަ ބޭސް ވިއްކުން މަނާކުރުމަށާއި މާކެޓުން އެ ތަކެތި ނެގުމަށެވެ.
(ތ) "ބޭސްގުދަން" ކަމުގައި ބުނެފައި އެވަނީ، ބޭސް ރައްކައުކޮށް ގުދަންކޮށްފައި ބަހައްޓާ ތަންތަނަށެވެ.
(ލ) "ޕޯސްޓް މާކެޓް ސަރވެއިލަންސް" ކަމަށް ބުނެފައި އެވަނީ، މާކެޓުގައި ހުންނަ ބޭހުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި މޮނިޓަރކުރުމަށެވެ.
(ގ) "ވިޖިލަންސް" ކަމަށް ބުނެފައި އެވަނީ، ބޭހާ ގުޅޭގޮތުން ލިބޭ އެކިކަހަލަ އެލާޓްތަކާއި، ބޭހާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރާ ރެގިއުލޭޓަރީ މަސައްކަތްތަކަށް ބަލައި ފިޔަވަޅު އެޅުމަށެވެ.
(ޏ) "ފާމަކޯވިޖިލަންސް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށާއި ބޭހެއް ބޭނުންކުރުމުން ދިމާވާ ސިއްހީ މައްސަލަތައް ބަލައި ހޯދައި ދިރާސާކުރުމަށެވެ.
(ސ) "މިނިސްޓްރ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފ ޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ޑ) "އެޑްވަރސް ޑްރަގް ރިއެކްށަން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށެވެ.
(ޒ) "ސަޕްލަޔަރ" ކަމަށް ބުނެފައި އެވަނީ، ގަނޑުކޮށް ބޭސް ފޯރުކޮށްދޭ ފަރާތްތަކަށެވެ.
(ޓ) "އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ބަލައި ފާސްކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
(ޔ) "ބޭސް އިމްޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ބާވަތްތައް ރާއްޖޭގެ ބަނދަރަކަށް ގެނެސް،ކަނޑައަޅައިފައިވާ އިޖުރާތުތަކާ އެއްގޮތަށް އެ ބޭހެއް ރާއްޖޭގެ ބަނދަރަކަށް ބޭލުމަށެވެ.
(ފ) "ނޭށަނަލް ޕުރޮގުރާމު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހިންގާ ހާއްސަ ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭ ބަލިތަކަށް ފަރުވާދޭ ޕުރޮގުރާމު (މިސާލު: ޓީބީ ޕުރޮގުރާމު، އެޗް އައި ވީ ޕުރޮގުރާމު) ތަކަށެވެ.
(ޖ) "ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމު" ކަމަށް ބުނެފައި އެވަނީ، ގައުމ ވެކްސިނޭށަން ޕުރޮގުރާމަށެވެ.
(ޗ) "ބޭސް ދޫކޮށް ވިއްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް" ގައި ބޭސް ދޫކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އިން ބޭސް ދޫކުރުމުގެ ހުއްދަ (ފާމަސިސްޓް ކާޑު) ދޫކޮށްފައިވާ ފަރާތްތަކަށެވެ.
(ހހ) "ހުއްދަ ބޭހުގެ ރަޖިސްޓަރީ" ނުވަތަ "އެޕްރޫވްޑް ޑްރަގް ލިސްޓު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް ހުއްދަ އޮންނަ ބޭސް ހިމެނޭ ލިސްޓަށެވެ.
(ހށ) "ބޭސް ޑެލިވަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭސް ސިޓީ އަށް ބޭސް ނެގުމަށްފަހު ބަލިމީހާ ހުރި ތަނަކަށް ގެންގޮސްދީ، ބޭސް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު ބަލިމީހާއާ ބޭސް ހަވާލުކުރުމަށެވެ.
(ހނ) "ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަކުރެވިފައިވާ ގިންތި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަ ކުރުމަށް، ގަވާއިދު ނަންބަރު 2021-28 (ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ކަނޑައަޅައިފައިވާ ގޮތަށެވެ.
(ހރ) "އޮތޯރިޓީ ގެ އޮންލައިން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީ ގައި ބޭހުގެ ހިދުމަތް ފޯރުކޮށްދޭ އޮންލައިން ޕްލެޓްފޯމަށެވެ.
(ހބ) "އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، ސޯށަލް މީޑިޔާއާއި، މާސް މީޑިޔާތަކުގައި، ބޭސް ގަނެވިއްކުން ނުވަތަ ބޭނުންކުރުން އިތުރުކުރުމަށް ޓަކައި ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުންނާ މުވާސަ ލާތުކުރުމާއި ޑިސްޕްލޭކުރުމާއި އެ އެއްޗެއް ބޭނުންކުރުމަށް ބާރުލިބޭ ފަދަ ކަންކަން ކުރުމަށެވެ.
(ހޅ) "އޯވަރ ދަ ކައުންޓަރ (އޯ.ޓީ.ސީ) ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރުގެ ބޭސް ސިޓީ އަކާ ނުލައި، ބޭސްފިހާރަތަކުން ގަންނަން ލިބޭ ބޭސްތަކަށެވެ.
(ހކ) "ފާމަސީ" ނުވަތަ "ބޭސްފިހާރަ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ބޭސް ބަހައްޓައި ވިއްކާ ތަންތަނުގެ ގޮތުގައި ރަޖިސްޓަރީ ކޮށް ހުއްދަ ހޯދައިފައިވާ ތަންތަނަށެވެ.
(ހއ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އާއިލާގެ އެންމެ ގާތް ގުޅުން އޮންނަ މެންބަރުންނަށެވެ. މީގެ ތެރޭގައި އާންމުގޮތެއްގައި ހިމެނެނީ، މައިންބަފައިންނާއި، ދަރީންނާއި، އަނބިމހާ/ފިރިމީހާ އާއި، އެއްބަނޑުއެއްބަފާވމީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނަށެވެ.
(ހވ) "ސިއްހީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބައްޔެއް ދެނެގަތުމާއި، ފަރުވާ ދިނުމާއި ބަލިތަކުން ރައްކައުތެރިވުމަށް ކައުންސިލިންގ ފޯރުކޮށްދިނުމާއި، ރިހެބިލިޓޭޓިވް ނުވަތަ ޕެލިއޭޓިވް ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓަރީ ކޮށް ހުއްދަ ލިބިފައިވާ ތަންތަނަށެވެ.
(ހމ) "ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް (ޖީ.އެމް.ޕީ.)" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގުވާމ ބެސްޓް ޕްރެކެޓިހާ އެއްގޮތަށް، ބޭސްތައް އުފެއްދުމާއި، ބޭހުގެ ރައްކައުތެރިކަމާއި، ބޭހުގެ ފެންވަރާއި، އެ ބޭހަކުން ފައިދާކުރާ މިންވަރު ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާ (އަބްލިޔު.އެޗް.އޯ.) އިން ކަނޑައަޅައިފައިވާ މިންގަނޑަށެވެ.
(ހފ) "ރިލަޔަންސް" ކަމަށް ބުނެފައި އެވަނީ، ބޭސް ރަޖިސްޓަރީ ކުރުމުގައި ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާއިން އިތުބާރު ހޯދައިފައިވާ ވަރުގަދަ ރެގިއުލޭޓަރީ އޮތޯރިޓީ ތަކުން އިވަލޭޓްކޮށް ރަޖިސްޓަރީ ކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމުގައި ފުރިހަމަ އިވެލުއޭށަން ތަކުރާރުކުރުމުގެ ބަދަލުގައި، އިތުބާރުކުރެވޭ ގައުމުތަކުގެ ގޮތުގައި ބަލައިގަންނަ ރެގިއުލޭޓަރީ އޮތޯރިޓީ ތަކަށް ބަރޯސާވުމަށެވެ.
(ހދ) "ފުލް ޑޮޒިއަރ" ކަމަށް ބުނެފައި އެވަނީ، ރިލަޔަންސް ޕާތްވޭގެ ދަށުން ކަވަރުނުކުރާ ގައުމުތަކުގައި ރަޖިސްޓަރީ ކޮށްފައިވާ އުފެއްދުންތައް ރަޖިސްޓަރީ ކުރުމަށް ޓަކައި ކަނޑައަޅައިފައިވާ އުސޫލުގައި ބަޔާންކުރާ އެންމެހައި ޓެކްނިކަލް ލިޔެކިޔުންތަ ކަށެވެ.
(ހތ) "ބްލެކްލިސްޓުކުރުން" ކަމަށް ބުނެފައި އެވަނީ، ސައްހަނޫން މައުލޫމާތު ފޯރުކޮށްދިނުމާއި، ޕްރޮޑަކްޓްތަކުގެ ކޮލިޓީ ތަކުރާރުކޮށް ފެއިލްވުމާއި، އޮޅުވައިލުމާއި، މަކަރުހެދުމާއި، ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަބަބުން، އަމިއްލަ ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ ޖަމުއިއްޔާއަކަށް ވަކި އިމްތިޔާޒުތަކެއް ނުވަތަ ފުރުސަތުތަކެއް ނުވަތަ ހިދުމަތްތަކެއް ރަސްމީ ކޮށް ދިނުން ވަގުތ ގޮތުން ހުއްޓައިލުމަށެވެ.
71 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
(ށ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ނުފެތޭ ނުވަތަ މިންގަނޑުތައް ފުރިހަމަނުވާ ތަންތަނާއި ބޭސް،މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ކަނޑައަޅައި އުސޫލުތަކާއި މިންގަނޑުތަކަށް ފެއްތުމަށްފަހު ނުވަތަ ފުރިހަމަކުރުމަށްފަހު މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަލުން ހުއްދަ ނަގަންވާނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ހުއްދަ ހޯދައިފައިވާ ތަންތަނާއި ބޭސް،މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ނަމަ، އެއ މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ތަންތަނާއި ބޭސް ކަމުގައި ބެލެވޭނެއެވެ.
72 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2014-46 (ބޭހާބެހޭ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އެންމެހައި އިސްލާހުތައް އުވުނީ އެވެ.
ޖަދުވަލުތައް
މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ
ޖަދުވަލު 1
ބޭސްގުދަން ހުންނަންވާނެ ގޮތާއި ގުދަންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު
ޖަދުވަލު 2
ބޭސް ވިއްކާ ތަންތަނުގެ ނުވަތަ ބޭސް ފިހާރައިގެ މިންގަނޑު
ޖަދުވަލު 3
Products that can be kept and sold in Registered pharmacies, in addition to
Products that can be kept and sold in Registered pharmacies, in addition to
medicines.
ޖަދުވަލު 4
ބޭސް ބޭނުންކުރާ ގޮތުގެ ލޭބަލް ހުންނަންޖެހޭ ގޮތް
މައި ގާނޫނު
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29)
ކިޔުންތެރިންގެ ހިޔާލު