-

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-00)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، ފުލުހުންގެ މަގާމު ދަށްކުރުމާއި، ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ -  މި ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އެވެ. (އިސްލާހު ކުރެވިފައި)

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސާރވިސް އިންނެވެ.

 

4 ވަނަ މާއްދާ - ފުލުހުންގެ މަގާމުތައް

(ހ) ފުލުހުންގެ މަގާމުތަކާއި މަގާމުތައް ދަރަޖަ ކުރެވިފައިވާގޮތް ދަރަޖައިގެ ތަރުތީބުން ތިރީގައި ބަޔާންވެގެން މިވަނީއެވެ. (އިސްލާހު ކުރެވިފައި)

1. ކޮމށަނަރ އޮފް ޕޮލިސް 

2. ޑެޕިއުޓީ ކޮމިށަަނަރ އޮފް ޕޮލިސް

3. އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް

4. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (އިސްލާހު ކުރެވިފައި)

5. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (އިސްލާހު ކުރެވިފައި)

6. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (އިސްލާހު ކުރެވިފައި)

7. އިންސްޕެކްޓަރ އޮފް ޕޮލިސް (އިސްލާހު ކުރެވިފައި)

8. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް (އިސްލާހު ކުރެވިފައި)

9. ޕޮލިސް ޗީފް ސްޓށަން އިންސްޕެކްޓަރ (އިސްލާހު ކުރެވިފައި)

10. ޕޮލިސް ސްޓޭށަން އިންސްޕެކްޓަރ (އިސްލާހު ކުރެވިފައި)

11. ޕޮލިސް ސްޓާފް ސަރޖަންޓް (އިސްލާހު ކުރެވިފައި)

12. ޕޮލިސް ސަރޖަންޓް (އިސްލާހު ކުރެވިފައި)

13. ޕޮލިސް ކޯޕްރަލް (އިސްލާހު ކުރެވިފައި)

14. ޕޮލިސް ލާންސް ކޯޕްރަލް (އިސްލާހު ކުރެވިފައި)

15. ޕޮލިސް ކޮންސްޓަބަލް (އިސްލާހު ކުރެވިފައި)

(ށ) މިގަވާއިދުގެ ބޭނުމަށްޓަކައި ފުލުހުންގެ މަގާމުތައް ގިންތި ކުރެވިފައިވާގޮތް ދަރަޖައިގެ ތަރުތީބުން ތިރީގައި ބަޔާންވެގެން އެވަނީއެވެ. (އިތުރު ކުރެވިފައި)

  1. އެގްޒެކެޓިވް މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސްއާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގެ ފުލުހުންނެވެ. (އިތުރު ކުރެވިފައި)
  2. ސީނިއަރ މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގެ ފުލުހުންނެވެ. (އިތުރު ކުރެވިފައި) 
  3. މިޑިލް މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ އިންސްޕެކްޓަރ އޮފް ޕޮލިސްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގެ ފުލުހުންނެވެ. (އިތުރު ކުރެވިފައި) 
  4. ސްޕަވައިޒަރީ މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރއާއި ޕޮލިސް ސްޓޭށަން އިންސްޕެކްޓަރުގެ ރޭންކުގެ ފުލުހުންނެވެ .(އިތުރު ކުރެވިފައި)
  5. ފަސްޓް ލައިން މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ ޕޮލިސް ސްޓާފް ސަރޖަންޓްއާއި ޕޮލިސް ސަރޖަންޓުގެ ރޭންކުގެ ފުލުހުންނެވެ. (އިތުރު ކުރެވިފައި)
  6. ފަސްޓް ލައިން އޮފިސަރސް ލެވެލް - މިގިންތީގައި ހިމެނެނީ ޕޮލިސް ކޯޕްރަލްއާއި ޕޮލިސް ލާންސް ކޯޕްރަލް އަދި ޕޮލިސް ކޮންސްޓަބަލްގެ ރޭންކުގެ ފުލުހުންނެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - މަގާމުގެ ށަރުތުތައް

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފުލުހުންގެ މަގާމުތަކުގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

 

6 ވަނަ މާއްދާ - ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް

ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މިއިންކޮންމެ ނިށާނެއްވެސް އެކަކަށް ދެވޭނީ އެއްފަހަރުއެވެ. (އިސްލާހު ކުރެވިފައި)

(ހ) ނިށާން އާޒީގެ ށަރަފު

(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑަލް

(ނ) ހުރަވީ ރަން މެޑަލް

(ރ) ހުރަވީ ރިހި މެޑަލް

(ބ) 3 ނޮވެމްބަރުގެ މެޑަލް

(ޅ) ޖިހާދުގެ ރަތް މެޑަލް

(ކ) ފުލުހުންގެ ހިދުމަތުގެ މެޑެލް (އިސްލާހު ކުރެވިފައި)

(އ) މިނިވަން ފަންސާހުގެ މެޑަލް (އިތުރު ކުރެވިފައި)

(ވ) ޖުމްހޫރީ ފަންސާހުގެ މެޑަލް (އިތުރު ކުރެވިފައި)

 

7 ވަނަ މާއްދާ - މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް

މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މިއިންކޮންމެ ނިށާނެއްވެސް އެކަކަށް ދެވޭނީ އެއްފަހަރުއެވެ. (އިސްލާހު ކުރެވިފައި)

(ހ) މަތިވެރި ހިދުމަތުގެ މެޑަލް

(ށ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް

(ނ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް

(ރ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް

(ބ) އިހްލާސްތެރި ހިދުމަތުގެ މެޑަލް

(ޅ) ފުލުހުންގެ ހިދުމަތުގެ މެޑަލް

(ކ) އަހްލާގީ މެޑަލް

(އ) ސުނާމީ ކާރިސާގެ މެޑެލް (އިސްލާހު ކުރެވިފައި)

 

8 ވަނަ މާއްދާ - ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަ

ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ކުލައަކީ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" އެވެ.

 

9 ވަނަ މާއްދާ - މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަ

މުއައްސަސާ ފެންވަރުގައި ފުލުުހުންނަށް ދެވޭ ށަރަފުގެ ކުލަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިގު މުއްދަތުގައި ހިދުމަތްކުރުމުގެ ކުލަ

(ށ) ހިތްވަރުގަދަކަމުގެ ކުލަ

(ނ) އިހްލާސްތެރި ހިދުމަތުގެ ކުލަ

(ރ) ފުލުހުންގެ ހިދުމަތުގެ ކުލަ

(ބ) އަހްލާގީ ކުލަ

(ޅ) ހާއްސަ ހިދުމަތުގެ ކުލަ

(ކ) ކާމިޔާބުގެ ކުލަ

(އ) ހުނަރުވެރިކަމުގެ ކުލަ

(ވ) ހެވިކަމުގެ ކުލަ

 

10 ވަނަ މާއްދާ – ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންގެ ށަރުތުތައް

މި ގަވާއިދުގެ 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގައި ބުނެފައިވާ، ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންގެ ށަރުތުތައް މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

11 ވަނަ މާއްދާ - ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަތައް ދެވޭނެ އަދަދާއި ށަރުތުތައް (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ށަރަފުގެ ކުލަތަކުގެ ތެރެއިން 9 ވަނަ މާއްދާގެ (ބ) ގައިވާ އަހުލާގީ ކުލަ ފިޔަވައި އެނޫން ކޮންމެ ކުލައެއްވެސް އެކަކަށް އެއްފަހަރަށްވުރެ ގިނަފަހަރަކު ނުދެވޭނެއެވެ. އަހުލާގީކުލަ އެއްފަހަރު ލިބިފައިވާ ފުލުހަކަށް ފުރަތަމަ ފަހަރު އަހުލާގީ ކުލަ ލިބުނު ތާރީހުގެ ފަހުން އަހުލާގީކުލައިގެ ށަރުތު ފުރިހަމަ ވެއްޖެނަމަ އެފަދަ ފުލުހަކަށް އަހުލާގީކުލަ ދެވަނަ ފަހަރަށް ދެވިދާނެއެވެ. މިގޮތުން އަހުލާގީކުލަ އެންމެ ގިނަވެގެން ދެވޭނީ ދެފަހަރުއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ށަރަފުގެ ކުލަތަކުގެ ށަރުތުތައް ޖަދުވަލު 3 ގައި އެވަނީއެވެ. (އިތުރު ކުރެވިފައި)

 

12 ވަނަ މާއްދާ – މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމާއި މަގާމު ދަށްކުރުން

(ހ)ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ލަފާދިނުމަށާއި ށަރަފުގެ ނިށާން އަދި ކުލަތައް ދިނުމަށް ލަފާދިނުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހާއްސަ ބޯޑެއް މޯލްޑިވްސް ޕޮލިސް ސާރވިސްގައި އޮންނަން ވާނެއެވެ. މި ބޯޑަށް މެންބަރުން އައްޔަން ކުރާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ބޯޑުގެ މަސްއޫލިއްޔަތަކީ މި ގަވާއިދުގެ ދަށުން ފުލުހުންގެ ތެރެއިން މަގާމުގެ ކުރިއެރުމާއި މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލަ އަދި މެޑަލް ދޭންޖެހޭ ފަރާތްތައް ކަނޑައެޅުމެވެ.

(ނ) ފުލުހެއްގެ މަގާމު ދަށްކުރުމަށް މިނިސްޓަރ އަށް ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް އެވެ.

(ރ) ފުލުހުންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާންތައް ދިނުމާއި، މަގާމް ދަށްކުރުމަށް ނިންމާނީ ކޮމިށަނަރ އޮފް ޕޮލިސްގެ ލަފައާއި އެކު މިނިސްޓަރ އެވެ.

 

13 ވަނަ މާއްދާ - މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމަށް އެދި ބޯޑަށް ހުށަހެޅުން

(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލައިގެ ށަރުތު ފުރިހަމަވާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލަ ދިނުމަށް އެދި، މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ހުށަހަޅާނީ، އެމުވައްޒަފަކު ސީދާ ރިޕޯޓުކުރާ ފަރާތުގެ މަށްވަރާގެމަތިން އެ މުވައްޒަފަކު މަސައްކަތްކުރާ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއެވެ. (އިސްލާހު ކުރެވިފައި)

(ށ) މުވައްޒަފަކަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (5)، (6)، (7)، އަދި (8) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމަކަށް، މަގާމުގެކުރިއެރުން ދިނުމަށާއި، އަދި އެއިން މަގާމެއްގައި ހުރި މުވައްޒަފަކަށް ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް ދިނުމަށްއެދި ހުށަހަޅާނީ އެ މުވައްޒަފަކު ރިޕޯޓުކުރާ އެގްޒެކެޓިވް އޮފިސަރ ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް އެވެ. (އިސްލާހު ކުރެވިފައި)

(ނ) މުވައްޒަފަކަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) އަދި (4) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމަކަށް، މަގާމުގެކުރިއެރުން ދިނުމަށާ، އަދި މިގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2)، (3) އަދި (4) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމެއްގައި ހުރި މުވައްޒަފަކަށް ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް ދިނުމަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް އެވެ. (އިސްލާހު ކުރެވިފައި)

(ރ) ކޮމިށަނަރ އޮފް ޕޮލިސްއަށް ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް ދިނުމަށްއެދި ހުށަހަޅާނީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެހުރި އެގްޒެކެޓިވް އޮފިސަރެވެ. (އިތުރު ކުރެވިފައި)

(ބ) މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުންނެވެ. (އިތުރު ކުރެވިފައި)

(ޅ) ށަރަފުގެ ނިށާނާއި ކުލަ ދިނުމަށް ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުންނެވެ. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމުގައި ބޯޑުން ބަލަންވާނެ ކަންތައްތައް

މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ކަނޑައަޅަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ ށަރުތުތައް އެ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވެފައިވާނަމައެވެ. (އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މަގާމުގެ ށަރުތުތަކުގެ ތެރެއިން، އެ މަގާމަކަށް ކަނޑައެޅިފައިވާ ށަރުތުތަކުގެ ތެރެއިން ފުރިހަމަވާންޖެހޭނެކަމަށް ޖަދުވަލު 1 ގައި ލާޒިމުކުރާ އެންމެހައި ށަރުތުތައް ފުރިހަމަވުން؛ (އިސްލާހު1، އިސްލާހު2  ކުރެވިފައި)

(ށ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެދަށުން އެންމެފަހުން ހިދުމަތުގެ ފެންވަރު ވަޒަންކުރިފަހަރު ފާސްވެފައިވުން ނުވަތަ ބަދަލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ސްކޯރއެއްކަމަށް މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ގަބޫލުކުރެވޭވަރުގެ ސްކޯރއެއް ބެލިފައިވާ މުއްދަތުގައި ހޯދާފައިވުން؛ (އިސްލާހު ކުރެވިފައި)

(ނ) ބަދަލުކުރަން ހުށަހެޅިފައިވާ މަގާމުގައި ހުސްޖާގަ އޮތުން؛ (އިސްލާހު ކުރެވިފައި)

(ރ) ބަދަލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން މުވައްޒަފުގެކިބައިގައި ހުރިކަމަށް މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ގަބޫލުކުރެވުން؛ (އިސްލާހު ކުރެވިފައި)

(ބ) ބެލިފައިވާ މުއްދަތުގައި ބޭއްވުނު ބޭސިކް ފިޓްނަސް ޓެސްޓްތަކުގައި ބައިވެރިވެފައިވުމާއި، އެ މުއްދަތުގައި ބޭއްވުނު، އެންމެ މަދުވެގެން، އެއް ޓެސްޓުން ފާސްވެފައިވުން؛ (އިސްލާހު ކުރެވިފައި)

(ޅ) ފާއިތުވި 1 އަހަރުދުވަހުގެ ތެރޭގައި މަސައްކަތައް ހާޒިރުނުވާ ދުވަހެއް ނެތުމާ، މަސައްކަތަށް ފަރުވާތެރި މުވައްޒަފެއްކަމުގައި މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ގަބޫލުކުރެވުން؛ (އިސްލާހު ކުރެވިފައި)

(ކ) ފާއިތުވި 1 އަހަރުދުވަސްތެރޭގައި ޑިސިޕްލިނަރީ ނުވަތަ އިދާރީ އަދަބެއް ދެވިފައިނުވުމާ، ޑިސިޕްލިނަރީ ނުވަތަ އިދާރީ އަދަބެއްގެގޮތުގައި މަގާމުގެ ކުރިއެރުން ވަކިމުއްދަތަކަށް ހިފެހެއްޓުމަށް ނިންމާފައިވާ މުވައްޒަފެއްނަމަ، އެމުއްދަތުގެތެރެއިން ދުވަހެއް، މަގާމުގެ ކުރިއެރުން ދިނުމަށް ބެލިފައިވާ މުއްދަތުގައި ނުހިމެނުން. (އިސްލާހު ކުރެވިފައި)

 

15 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމުގައި ބަލަންވާނެ ކަންތައްތައް (ސުރުހީ އާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ށަރަފުގެ ނިށާން ދިނުމަށް މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑުން ލަފާދޭން ވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާނަމައެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 (ފ) ގައި ބަޔާންކޮށްފައިވާ މަގާމުގެ ކުރިއެރުން ދިނުމުގައި، އެންމެފަހުން އެ ފުލުހަކު ސުޕަވައިޒުކުރި 3 ސުޕަވައިޒަރުން، އެ ފުލުހެއްގެ މަސައްކަތުގެ އަހުލާގަށާއި، ސީނިއަރ ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހުރި މިންވަރަށާއި، ފުލުހުންގެ ހިދުމަތުގައި ކޮށްފައިވާ ބޮޑެތި ހާއްސަ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް އެކުލަވައިލާންވާނެއެވެ. (އިތުރު ކުރެވިފައި)

(ނ) މި ގަވާއިދުގެ ޖަދުވަލު 1 (ފ) ގައި ބަޔާންކޮށްފައިވާ މަގާމުގެ ކުރިއެރުން ދިނުމުގައި، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސުޕަވައިޒަރުންގެ ރިޕޯޓަށް ބޯޑުން ރިއާޔަތްކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

16 ވަނަ މާއްދާ- މަގާމް ދަށްކުރުން

(ހ) ފުލުހުންނަށް ދެވޭ އިދާރީ އަދަބެއްގެ ގޮތުން މަގާމް ދަށްކުރުމާމެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ، އަމަލުކުރާނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކުގެ އަދަބު ދިނުމާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) ޕޮލިސް އިންޓަގްރިޓީ ކޮމިށަނުން ތަހުގީގްކުރާ މައްސަލައެއް ނުވަތަ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ ނުވަތަ އެހެންވެސް އަދަބު ކަނޑައެޅުމުގެ ގާނޫނީ ށަހުސެއް ލިބިފައިވާ ފަރާތަކުން ފުލުހެއްގެ މަގާމް ދަށްކުރުމަށް މިނިސްޓަރަށް ހުށަހެޅުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެެވެ.

(ނ) ކޮމިށަންޑް އޮފިސަރަކަށް ނުވާ ފުލުހެއްގެ މަގާމް، ފަހަރަކު ދަށްކުރެވޭނީ އެއް މަގާމަށެވެ. ނަމަވެސް ކޮމިށަންޑް އޮފިސަރަކު ކޮށްފައިވާ އަމަލެއްގެ ސަބަބުން އެފުލުހަކު، އެއްފަހަރާ، އެއްމަގާމް ނުވަތަ އެއް ރޭންކަށްވުރެ ދަށް ރޭންކަކަށް ބަދަލުކުރެވިދާނެއެވެ. މިގޮތުން ޗީފް ސްޓޭށަން އިންސްޕެކްޓަރ އަށް ވުރެ ދަށް މަގާމަކަށް ބަަދަލު ނުކުރެވޭނެއެވެ.

(ރ) ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ވަކި މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި، ކަނޑައެޅޭ މުއްދަތަކަށް އެމަސައްކަތުގައި ނުވަތަ އެމަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުރުމަށް ށަރުތުކުރެވިގެން، މިގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން މަގާމުގެ ކުރިއެރުމެއް ދީފައިވާ މުވައްޒަފަކު، އެމުއްދަތުގެ ތެރޭގައި، ށަރުތާ ހިލާފުވެއްޖެނަމަ ނުވަތަ އިދާރީ ކުށަކަށް ނުހިމެނޭގޮތުން، އޭނާ ހަވާލުވި މަސައްކަތް ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭ ކަމަށް އެގްޒެކެޓިވް ބޯޑުން ނުވަތަ އެފަދަ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އެނޫންވެސް ކޮމެޓީއަކުން ނިންމައިފި ހިނދެއްގައި، އޭނާއަށް އެންމެފަހުން މަގާމުގެ ކުރިއެރުން ދިންއިރު ހުރި މަގާމަށް އޭނާގެ މަގާމު ދަށްކުރުމަށް، ކޮމިށަނަރ އޮފް ޕޮލިސް، މިނިސްޓަރަށް ހުށަހަޅައިގެން މިނިސްޓަރުގެ ނިންމެވުމުގެ މަތިން މަގާމު ދަށްކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގެ ދަށުން މުވައްޒަފެއްގެ މަގާމު ދަށްކޮށްފިނަމަ، މަގާމު ދަށްކުރިކަން އެމުވައްޒަފަށް އަންގާއިރު، މަގާމުދަށްކުރުމަށް ނިންމި ސަބަބު އެމުވައްޒަފަކަށް އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)

 

17 ވަނަ މާއްދާ – ށަރަފުގެ ނިށާނާއި ކުލަ ނެގުން

(ހ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވައި، ފުލުހަކަށް ދީފައިވާ ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް އޭނާގެ އަތުން އަނބުރާ ނެގޭނީ އެ ނިށާނެއް ނުވަތަ ކުލައެއް ދީފައި ވަނީ ތެދުނޫން މައުލޫމާތަކަށް ބިނާކޮށްގެންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަހުގީގަކުން ސާބިތުވާނަމައެވެ. މިގޮތުން ނިށާނެއް ނުވަތަ ކުލައެއް ނެގޭނީ އެނިށާނެއް ނުވަތަ ކުލައެއް ދީފައިވަނީ ތެދުނޫން މަޢުލޫމާތަކަށް ބިނާކޮށްގެންކަން ތަހުގީގަށް ސާބިތުވި މައްސަލަ، އެ ނިށާނެއް ނުވަތަ ކުލައެއް ދެވުނުތާ 30 ދުވަސް ހަމަވުމުގެކުރިން ހުށަހެޅިފައިވާނަމައެވެ. (އިސްލާހުު ކުރެވިފައި)

(ށ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށްތައް ތަކުރާރުކުރާ ފުލުހަކަށް ދީފައިވާ އަހްލާގީ ކުލަ އިން އެ ފުލުހަކު މަހުރޫމް ކުރެވިދާނެއެވެ. މިގޮތުން ނެގޭނީ އެންމެފަހުން އެ ފުލުހަކަށް ދެވިފައިވާ އަހްލާގީ ކުލައެވެ.

 

18 ވަނަ މާއްދާ - ހާއްސަ ގޮތަކަށް މަގާމުގެ ކުރިއެރުން ދިނުން

(ހ) ފުލުހަކަށް ލިބިފައިވާ ހާއްސަ ހުނަރަށާއި، އަދާކުރަމުންދާ ޒިންމާއަށާއި، އެފުލުހެއްގެ ގާބިލުކަން ހުރި މިންވަރަށް ރިއާޔަތްކޮށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ނުވާ ފުލުހަކަށް، ހާއްސަ ޕްރޮމޯށަނެއްގެ ގޮތުގައި މަގާމުގެ ކުރިއެރުން ދިނުމަށް ކޮމިށަނަރ އޮފް ޕޮލިސް އަށް، މިނިސްޓަރަށް ލަފާ އެރުވިދާނެއެވެ. (އިސްލާހުު ކުރެވިފައި)

(ށ) މިމާއްދާގެ (ހ) ގެ ދަށުން މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހެޅޭ މުވައްޒަފުގެ ގައިގައި ނުވަތަ އެ ހުށަހެޅުމެއްގައި މިގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ކ) އާ ހަމަޔަށް ބަޔާންކުރެވިފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ. (އިތުރުު ކުރެވިފައި)

(ނ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން މުވައްޒަފެއްގެ މައްޗަށް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުން ދަނިކޮށް، އެމުވައްޒަފަކަށް މި މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިގެން ނުވާނެއެވެ. އެހެންނަމަވެސް، މައްސަލައެއްގެ ތަހުގީގު ނުނިމި 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެ ގޮސްފައިވާ ހާލަތެއްގައި، އެމައްސަލައިގެ ތަފުސީލާއި، މައްސަލައިގެ ތަހުގީގު ނުނިމި ލަސްވާ ސަބަބު އެނގޭނެ ލިޔުމަކާއެކު މި މާއްދާގެ (ހ) ގެ ދަށުން އެމުވައްޒަފަކަށް، މަގާމުގެ ކުރިއެރުންދިނުން އެދި ކޮމިށަނަރ އޮފް ޕޮލިސް އަށް، މިނިސްޓަރަށް ހުށަހެޅިދާނެއެވެ. (އިތުރުު ކުރެވިފައި)

 

19 ވަނަ މާއްދާ – މި ގަވާއިދުގެ ދަށުން ނިންމާ ނިންމުމާބެހޭ ގޮތުން އިލްތިމާސްކުރުން

މަގާމުގެ ކުރިއެރުމާއި މެޑެލި، ކުލަ އަދި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރަން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެކަން ކޮމިށަނަރ އޮފް ޕޮލިސް އަށް ނުވަތަ މިނިސްޓަރަށް އިލްތިމާސްކުރުމުގެ ހައްގު ކޮންމެ ފުލުހަކަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - (އިތުރު ކުރެވި އުނި ކުރެވިފައި) 

 

-----------

  

ޖަދުވަލު 1 (މުޅި ޖަދުވަލު އިސްލާހު ކުރެވިފައި)

ފުލުހުންގެ މަގާމުތަކުގެ ށަރުތު

 

މަގާމް - ށަރުތު

(ހ) ޕޮލިސް ކޮންސްޓަބަލް

  1. ގްރޭޑް 10 ނިންމާފައިވުން، ނުވަތަ
  2. ފުލުހުންގެ ހިދުމަތަށް ބޭނުންވާ ހުނަރެއް ލިބިފައިވާ މީހެއް ކަމުގައިވުން.

 
(ށ) ޕޮލިސް ލާންސް ކޯޕްރަލް

  1. ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ދަށްވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި އަދި އިސްލާމުން" މި 2 މާއްދާއިންދަށްވެގެން "ސީ" ފާސްލިބިފައިވުމާއި، ޕޮލިސް ކޮންސްޓަބަލްގެ މަގާމުގައި2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް ކޮންސްޓަބަލް މަގާމުގައި 4 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ، ފުލުހުންނާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއްހަދައިގެން 3 މަސްދުވަސް ހަމަވުމާއެކު ޕޮލިސް ކޮންސްޓަބަލް މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ޕޮލިސް ކޮންސްޓަބަލް މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާލިބިފައިވުން؛ ނުވަތަ
  5. ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ދަށްވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބފައިވުމާއެކު، އެޗް.އެސް.ސީ އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޕޮލިސް ކޮންސްޓަބަލް މަޤާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  6. ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުން.

 

(ނ) ޕޮލިސް ކޯޕްރަލް 

  1. ޕޮލިސް ލާންސްކޯޕްރަލްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީއިން ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ، ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވުމާއެކު ޕޮލިސް ލާންސް ކޯޕްރަލްގެ މަޤާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގައި ދަށްވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބފައިވުމާއެކު، ސީނިއަރ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި އަދި އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ފުލުހުންގެ މަސައްކަތާގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (4) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، މި މަގާމަށް ހާއްސަކުރެވިގެން މި ސަރވިސްގެ ފަރާތުން ހިންގާ ލީޑަރށިޕް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކޮށް ފާސްވެފައިވުން. (އިތުރު ކުރެވިފައި)

  6. މި އަކުރުގެ ނަންބަރު (4) ގައި ބަޔާންކުރާ އޮފިސަރ ލެވެލްގެ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތްތައް މި އަކުރުގެ ނަންބަރު (5) ގައި ބަޔާންކުރާ ށަރުތުން އިސްތިސްނާވާނެއެވެ. (އިތުރު ކުރެވިފައި)

7. ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން.

 
(ރ) ޕޮލިސް ސަރޖަންޓް

  1. ޕޮލިސް ކޯޕްރަލްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 10 މަސްދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 10 މަސްދުވަސް ހަމަވުމާއެކު ޕޮލިސް ކޯޕްރަލްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ޕޮލިސް ކޯޕްރަލްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފެންވަރުގެ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރުދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުން.

 
(ބ) ޕޮލިސް ސްޓާފް ސަރޖަންޓް 

  1. ޕޮލިސް ސަރޖެންޓްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 1 އަހަރުދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 1 އަހަރުދުވަސް ހަމަވުމާއެކު ޕޮލިސް ސަރޖަންޓްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އާއިއެކު 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ސަރޖަންޓުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 
(ޅ) ޕޮލިސް ސްޓޭށަން އިންސްޕެކްޓަރ

  1. ޕޮލިސް ސްޓާފް ސަރޖެންޓްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 1 އަހަރުދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 1 އަހަރުދުވަސް ހަމަވުމާއެކު ޕޮލިސް ސްޓާފް ސަރޖަންޓްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އާއިއެކު 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ސްޓާފް ސަރޖަންޓުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ (4) ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުން.

 
(ކ) ޕޮލިސްޗީފް ސްޓޭށަން އިންސްޕެކްޓަރ

  1. ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 1 އަހަރުދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 1 އަހަރުދުވަސް ހަމަވުމާއެކު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއާއެކު 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު، ޕޮލިސް ސްޓޭށަން އިންސްޕެކްޓަރުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކޮށްފައިވުން.

 
(އ) ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް

  1. ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރުގެ މަގާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު، ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
  5. މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (4) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، މި ސަރވިސްގެ ފަރާތުން ހިންގާ، ޖޫނިއަރ އޮފިސަރސް ކޮމާންޑިންގ ކޯސް ފުރިހަމަކޮށް ފާސްވެފައިވުން. (އިތުރު ކުރެވިފައި)
  6. މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (4) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، ނަންބަރު (5) ގައި ބަޔާންކުރާ ށަރުތު ފުރިހަމަވުމާއެކު ފުލުހުންގެ ހިދުމަތުގައި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން. (އިތުރު ކުރެވިފައި)
  7. މި އަކުރުގެ ނަންބަރު (2) ގައި ބަޔާންކުރާ އޮފިސަރ ލެވެލްގެ ތަމްރީނެއް އަދި މި އަކުރުގެ ނަންބަރު (3) ގައި ބަޔާންކުރާ ސީނިއަރ އޮފިސަރ ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް މި އަކުރުގެ ނަންބަރު (5) ގައި ބަޔާންކުރާ ށަރުތުން އިސްތިސްނާވާނެއެވެ. (އިތުރު ކުރެވިފައި)

(ވ) އިންސްޕެކްޓަރ އޮފް ޕޮލިސް

  1. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކޮށްފައިވުން.
  6. މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (5) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، ސުޕަވައިޒަރީ މެނޭޖްމަންޓް ލެވެލް ނުވަތަ މިޑްލް މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުރެ، އަތޮޅު ކޮމާންޑަރެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ޓަރމެއް ފުރިހަމަކޮށްފައިވުން. (އިތުރު ކުރެވިފައި)

 
(މ) ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް

  1. އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމާއެކު ސީނިއަރ އޮފިސަރ ފެންވަރުގެ 6 މަސްދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު އިންސްޕެކްޓަރުގެ މަޤާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކުރުމާއެކު އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 
(ފ) ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް

  1. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމާއެކު ސީނިއަރ އޮފިސަރ ފެންވަރުގެ 6 މަސްދުވަހަށްވުރެ ދިގުމުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  6. މި ގަވާއިދުގެ ޖަދުވަލު (1) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން އެ ށަރުތެއް ފުރިހަމަވުމުގެ އިތުރުން، މިޑްލް މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި، ނުވަތަ ސީނިއަރ-މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުރެ ޑިވިޜަން ކޮމާންޑަރެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ޓާރމެއް ފުރިހަމަކޮށްފައިވުމާއެކު، ފުލުހުންގެ ހިދުމަތުގައި 15 (ފަނަރަ) އަހަރުދުވަހު ހިދުމަތްކޮށްފައިވުން. (އިތުރު ކުރެވިފައި)

 
(ދ) ޗީފްސްޕްރިންޓެންޑެންޓް އޮފް ޕޮލިސް

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

(ތ) އެސިސްޓެންޓްކޮމިށަނަރ އޮފް ޕޮލިސް

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

 
(ލ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް
އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ތަޖުރިބާ ލިބިފައިވާ ފުލުހަކަށް ކަމުގައިވުން.


(ގ) ކޮމިށަނަރ އޮފް ޕޮލިސް
އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް އަށް ވުރެ ދަށް ނޫން، މަގާމެއްގައި ހުރެ ތަޖުރިބާ ލިބިފައިވާ ފުލުހެއް ކަމުގައިވުން.

 

-------------

 

ޖަދުވަލު 2

ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތަކުގެ ށަރުތުތައް

(ހ) ނިށާން އާޒީގެ ށަރަފް

 މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ލިބިދާފަދަ ދާހިލީ ނުރައްކަލެއް ގައުމަށް ކުރިމަތިވާހިނދު އެކަމުގައި އެމީހެއްގެ މަސްއޫލިއްޔަތުގެ އިތުރަށް އަމިއްލައަށް އިސްނަގައިގެން އެކަމުގައި ހަށިގަނޑާއި ފުރާނަޔަށް ދާދިނުމަށް ކެރިގެން މަސައްކަތް އެއްވެސް ބެލުމެއް ނެތި މިގައުމަށް ނަސްރު  ހޯދާދިނުމަށް ކެރިގެން މަސައްކަތް ކުރުމުގައި، ކުރި އާދަޔާއި ހިލާފް ހިތްވަރުގަދަ އަމަލެއްގެ އަގު ވަޒަންކުރުމުގެ ގޮތުން ފުލުހުންނަށް ދެވޭ އެންމެމަތީ މެޑެއްޔެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑަލް

މިއީ ފުލުހެއްގެ ހިދުމަތް، ވަރަށް ހާއްސަ ގޮތެއްގައި ފާހަގަ ކުރެވިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ނިށާން އާޒީގެ ށަރަފު ހާސިލްކުރާ ކޮންމެ ފަރާތެއް؛
  2. ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ހާއްސަގޮތެއްގައި ފާހަގަކުރެވޭ ފަރާތެއް؛
  3. މަތިވެރި ހިދުމަތުގެ މެޑަލް ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ފަރާތެއް؛
  4. ހިދުމަތް ފާހަގަކުރެވިގެން މި މެޑަލް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކޮންމެ ފަރާތެއް. 

(ނ) ހުރަވީ ރަން މެޑަލް

މިއީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ގައުމު ސަލާމަތް ކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް އާދަޔާ ހިލާފް ހިތްވަރުގަދަކަމާއި ޖެހިލުން ކުޑަ ކަމެއް ސާބިތުކޮށްދިން ފަރާތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ނިށާން އާޒީގެ ށަރަފް ހައްގުވާ ފަދަ އަމަލެއް ކަމުގައި ގިންތި ނުކުރެވޭ ފުލުހުންނަށެވެ. 

  1. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް ހިތްވަރުގަދަ ކަމެއް ސާބިތުކޮށްދިންފަރާތެއް؛
  2. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ތިމާގެ ހަށިގަނޑަށް އަދި ފުރާނައަށް އެއްވެސް ބެލުމެއްނެތި ވަރަށް ހިތްވަރާއި އެކު އެފެންވަރުގެ އެހެންމީހުންނާއި ހިލާފަށް ފާހަގަކުރެވޭ އަމަލެއް ކޮށްފައިވާ ފަރާތެއް؛
  3. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި، ނުރައްކާތެރި ދަނޑިވަޅެއްގައި އެމީހެއްގެ ހަށިގަނޑާއި ފުރާނައަށް އެއްވެސް ބެލުމެއް ނެތި އާދަޔާ ހިލާފް ޖެހިލުންކުޑަ އަމަލެއް ކުރި ފަރާތެއް.

(ރ) ހުރަވީ ރިހި މެޑަލް

މިއީ ފާހަގަކުރެވޭ ހިތްވަރުގަދަ ކަމާއި ޖެހިލުންކުޑަކަމެއް ސާބިތު ކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ގައުމަށްދިމާވާ ނުރައްކާތެރި ހާލަތެއްގައި އަމަންއަމާންކަމާ ސުލްހަ މަސްލަހަތަށް ގެއްލުންވާ ފަދަ ކަމެއްގައި ހަރަކާތްތެރި ވުމުގައި ތިމާގެ ހަށިގަނޑާއި ފުރާނައަށް ބެލުމެއްނެތި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ އަމަލެއް (ހުރަވީ ރަން މެޑަލް ހައްގުވާ ވަރަށް ވުރެ ދަށު ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރިފަރާތެއް؛
  2. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ހިތްވަރުގަދަ އަމަލެއް  (ހިތްވަރުގަދަކަމުގެ ކުލަ ހައްގުވާ ވަރަށްވުރެ މަތީ ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  3. އަމަން އަމާންކަމާ ސުލްހަ މަސްލަހަތު ގެއްލުންވާފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ތިމާގެ ފުރާނަޔަށް ނުރައްކާވާފަދަ  ކަންތައްތަކެއް ހުރަސްކޮށް ވަރަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

(ބ) 3 ނޮވެމްބަރ މެޑަލް

މިއީ 3 ނޮވެމްބަރ 1988 ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާގައި ގައުމާއި ވަތަންގެ ދިފާއުކުރުމުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރި ސިފައިންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވިފައިވާ މެޑައްޔަކަށް ވީނަމަވެސް މިމެޑައްޔަކީ ގައުމީ ފެންވަރުގެ މެޑެއްޔަކަށް ވާތީ  ފުލުހުންގެ ޔުނިފޯރމާއި އެކީ މި މެޑެލި ބޭނުންކުރުން ހުއްދައެވެ. ނަމަވެސް،  މިއީ އެއިރު މިމެޑަލް ދެވިފައިވާ މީހުން ފިޔަވައި އިތުރު އެހެން ފުލުހަކަށް ފަހުން ފުލުހުންނަށް ދެވޭނެ މެޑެއްޔެއް ނޫނެވެ.

(ޅ) ޖިހާދުގެ ރަތް މެޑަލް

މިއީ ސިފައިންނާއި ގުޅިގެން ގައުމަށްޓަކައި ވަތަން ދިފާއު ކުރުމަށް ޖިހާދު ކުރުމުގައި ދުށްމަނުންގެ ހަމަލާއަކުން ށަހީދުވި ނުވަތަ  ހަށިގަނޑަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ލިބުނު ފަރާތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މި މެޑަލް ދެވޭނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ހަރަކާތްތެރިވަނިކޮށް ދުށްމަނުންގެ ހަމަލާއަކުން ށަހީދުވި ނުވަތަ ޒަހަމްވެއްޖެ ފަރާތަކަށެވެ. ޒަހަމެއް ކަމަށް ބެލެވޭނީ ދުށްމަނުންގެ ހަމަލާއަކުން ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް ލިބޭ ގެއްލުމަކަށް ބަލާ، އެކަމަކީ ޑޮކްޓަރުންގެ ފަރުވާއަކަށް ބޭނުންވާވަރުގެ ޒަހަމަކަށް ވުމުންނެވެ. ށަހީދުވެފައިވާ ފުލުހަކަށް ދެވޭ މެޑަލް ހަވާލު ކުރެވޭނީ އެފުލުހެއްގެ އެންމެ ގާތް ވާރުތަވެރިޔާއާއިއެވެ.

(ކ) ސުނާމީ ކާރިސާގެ މެޑަލް

މި މެޑަލްއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ދިވެހި ރައްޔިތުންގެ ފުރާނައާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނަށް ދެވޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވަޒީފާގައިހުރި މީހެއްކަމުގައިވުން؛
  2. ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ދިވެހި ރައްޔިތުންގެ ގޯ މުދާ ސަލާމަތްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހަކު ކަމުގައިވުން.
  3. ސުނާމީ ކާރިސާގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އެފަދަ އެހެން މީހުންނާއި ހިލާފަށް ފާހަގަކޮށްލެވޭ ފަދަ އަމަލެއްކޮށްފައިވާ ފުލުހެއް ކަމުގައިވުން.

(އ) މަތިވެރި ހިދުމަތުގެ މެޑަލް

މިއީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުލުހުންގެ ވަޒީފާގައި ގައުމަށް ފައިދާ ހުރި ގޮތުގައި އަގުހުރި ގޮތުގައި ގިނަ ހިދުމަތްތަކެއް އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. އާންމު ގޮތެއްގައި މި މެޑަލް ދެވޭނީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިޓެއްގެ ނުވަތަ ޑިޕާރޓްމަންޓެއްގެ ވެރިއެއްގެ މަގާމުގައި 15 އަހަރު ހުރެ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް؛
  2. ފުލުހުންގެ ހިދުމަތުގެ މެޑަލް ނުވަތަ އިހްލާސްތެރި ހިދުމަތުގެ މެޑަލް (2 ( ލިބިފައިވާ ފުލުހުންގެ ތެރެއިން ފުލުހުންގެ ވަޒީފާގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް.

(ވ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް

މިއީ ތިމާގެ އަމިއްލަ ފުރާނަޔަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ނުބަލައި އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އަމިއްލަ ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި އެހެން އިންސާނެއްގެ  ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލާ  މިމެޑަލް ދިނުމަށް ހައްގުވާކަން ސާބިތުވާ ފަރާތެއް.

(މ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް

މިއީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތްތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރަށް  ބަލައި މިމެޑަލް ދިނުން ހައްގުވާކަން ސާބިތުވާ ފަރާތެއް.
  3. މިއަމަލަކީ ފުރާނަ ސަލާމަތްކުރުމުގެ ރަންމެޑަލް ހައްގުވާފަދަ އަމަލެއް ކަމުގައި ނުވުން.

(ފ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް

މިއީ މެދުނުކެޑި 25 އަހަރު ފުލުހުންގެ ހިދުމަތުގައި އުޅުމުން ލިބޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ފެލުހުންގެ ހިދުމަތުގެ މެޑަލް ލިބިފައިވާ ފަރާތެއް؛
  2. މެދުނުކެޑި 25 އަހަރު ފުލުހެއްގެ ހައިސިއްޔަތުން ހިދުމަތްކުރި ފަރާތެއް.

(ދ) އިހްލާސްތެރިކަމުގެ ހިދުމަތުގެ މެޑަލް

މިއީ މެދުނުކެޑި ފުލުހުންގެ ހިދުމަތުގައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތްކުރުމުގައި 15 އަހަރު ދެމިހުރި ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އިހްލާސްތެރި ހިދުމަތުގެ ކުލަ ލިބުމަށްފަހު މެދުނުކެޑި 5 އަހަރަށްވުރެ ކުރު ނޫން މުއްދަތެއްގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކު ފުލުހުންގެ ވަޒީފާގައި ހިދުމަތްކުރި ފަރާތެއް؛ ނުވަތަ
  2. ރައީސުލްޖުމްހޫރިއްޔާގެ ކުލާއާއި ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ  ކުލަ ލިބިފައިވާ ފުލުހުންގެ ތެރެއިން ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު ފުލުހުންގެ ވަޒީފާގައި ހިދުމަތްކުރާކަން ފާހަގަ ކުރެވޭ ފަރާތެއް.

(ތ) ފުލުހުންގެ ހިދުމަތުގެ މެޑަލް

މިއީ މެދުނުކެޑި 20 އަހަރު ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރުމުން ލިބޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތަކަށެވެ. ތިރީގައިވާ ށަރުތު ފުރިހަމަވެގެން މިމެޑެލް ދެވޭ ފަރާތެއް ކަނޑައަޅާނީ އެފުލުހެއްގެ ރިކޯރޑަށް ބަލާ އިންސާފު ކުރެވިގެންނެވެ.

  1. މެދުނުކެޑި 20 އަހަރު ފުލުހެއްގެ ގޮތުގައި ހިދުމަތް ކޮށްފައިވާ ފަރާތެއް؛ ނުވަތަ
  2. އިހްލާސްތެރި ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް؛ ނުވަތަ
  3. ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް.

(ލ) އަހްލާގީ މެޑަލް

މިއީ ފުލުހުންގެ ވަޒީފާގައި މެދުނުކެޑި 15 އަހަރު ހިދުމަތްކޮށް، އަހްލާގީކުލަ ދެފަހަރު ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަ ކުރެވޭ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، މެދުނުކެޑި 15 އަހަރު ފުލުހުންގެ ވަޒީފާގައި އުޅެ، އަހްލާގީ ކުލަ ދެފަހަރު ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހްލާގީ ފެންވަރު ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ ފަރާތްތަކަށެވެ.

(ގ) ފުލުހުންގެ މެޑަލް

މިމެޑެއްޔަކީ 2004 ސެޕްޓެމްބަރު 1 ގައި ފުލުހުން، ސިފައިންނާއި ވަކިވެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ފުލުހުން މަސައްކަތްކުރާ ގޮތަށް ހަމަޖެހުމުން، އެދުވަހު ފުލުހުންގެ ވަޒީފާގައި ހުރި ކޮންމެ ފުލުހަކަށް އެދުވަހުގެ މުނާސަބަތުގައި ދެވޭ މެޑެއްޔެކެވެ. (އިސްލާހު ކުރެވިފައި)

 

މިނިވަން ފަންސާހުގެ މެޑަލް (އިތުރު ކުރެވިފައި)

(ޏ) މި މެޑައްޔަކީ "މިނިވަން ފަންސާހު" ގެ މުނާސަބަތުގައި، 2015 ޖުލައި 26 ގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިހުރި ކޮންމެ ފުލުހަކަށް ދެވޭ މެޑައްޔެކެވެ.

ޖުމްހޫރީ ފަންސާހުގެ މެޑަލް (އިތުރު ކުރެވިފައި)

(ސ) މި މެޑައްޔަކީ "ޖުމްހޫރީ ފަންސާހު" ގެ މުނާސަބަތުގައި، 2018 ނޮވެންބަރު 11 ގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިހުރި ކޮންމެ ފުލުހަކަށް ދެވޭ މެޑައްޔެކެވެ.

-------------

  

ޖަދުވަލު 3

ފުލުހުންނަށް ދެވޭ ށަރަފުގެ ކުލައިގެ ށަރުތުތައް

(ހ) ރައީސުލްޖުމްހޫރިއްޔާގެ ކުލަ

މިކުލައަކީ ފުލުހުންގެ މީހެއްގެ ހިދުމަތް ހާއްސަގޮތެއްގައި ފާހަގަ ކުރެވިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފުލުހުންގެ އެންމެމަތީ ކުލައެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކާމިޔާބީގެ ކުލަ ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިކުލަ ދޭން  ފެންނަ ފަރާތެއް؛
  2. ސަރުކާރަށާއި ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ހާއްސަ  ހިދުމަތެއް ކުރި ކަމަށް ފާހަގަކުރެވޭ ފަރާތެއް؛
  3. ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ފުލުހުންގެ  ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިހްލާސްތެރި ހިދުމަތުގެ ކުލައާއި ހާއްސަ ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް.

(ށ) ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ

މިއީ މެދުނުކެނޑި 15 އަހަރު ދުވަހު ފުލުހުންގެ ހިދުމަތުގައި އުޅުމުން ލިބޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި 15 އަހަރު ހިދުމަތްކޮށްފައިވާ ފަރާތަކަށްވުން؛
  2. ފުލުހުންގެ ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތަކަށްވުން؛
  3. ކަނޑައެޅިފައިވާ މުއްދަތުގައި ރިކޯޑު ރަނގަޅު ފަރާތަކަށްވުން. 

(ނ) ހިތްވަރުގަދަކަމުގެ ކުލަ

މިއީ ގައުމަށް ދިމާވާ އެކިއެކި ހާދިސާތަކުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި  ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  2. ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ އަގުހުރި މުދަލެއް ސަލާމަތްކުރުމުގެ ގޮތުން ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  3. އާންމުންގެ މީހަކަށް ނުވަތަ ބަޔަކަށް ކުރިމަތިވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  4. އަމަންއަމާންކަމާއި ސުލްހަމަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާއި ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

(ރ) އިހްލާސްތެރިކަމުގެ ހިދުމަތުގެ ކުލަ

މިއީ ފުލުހުންގެ ހިދުމަތުގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު މެދުނުކެޑި 10  އަހަރު ހިދުމަތްކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި، މިކުލަ ދެވޭނީ އެންމެ ފަހަރަކުއެވެ.

  1. ފުލުހުންގެ ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް؛
  2. އަމިއްލަ ކަންތައްތަކަށްވުރެ ފުލުހުންގެ ހިދުމަތަށް އިސްކަންދޭ ފަރާތެއް؛
  3. ހަވާލުކުރެވޭ ކަންކަމުގައި ހީވާގިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް  ކުރާ ފަރާތެއް؛
  4. ފަސްނުޖެހި ކަމަށް ކަމޭހިތައިގެން މަސައްކަތްކުރާ ކަމަށް ފާހަގަކުރެވޭ ފަރާތެއް.

 

(ބ) ފުލުހުންގެ ހިދުމަތުގެ ކުލަ

މިކުލައަކީ މެދުނުކެޑި 10 އަހަރު ވަންދެން ފުލުހުންގެ ހިދުމަތް ކުރުމުން ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، އެއްފަހަރު، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1.  10 އަހަރު ދުވަހު ފުލުހުންގެ ވަޒީފާގައި އެކަށީގެންވާ ހިދުމަތެއް  ކޮށްފައިވާ ފުލުހަކު ކަމުގައިވުން؛
  2.  މިކުލަދެވޭ ފަރާތެއްގެ ޕާރސަނަލް ރިކޯޑަށް ބަލާ އަންނަނިވި  ނުކުތާތަކުގެ މައްޗަށް އިންސާފްކުރަންވާނެއެވެ.
    • ޗުއްޓީ، ސަލާމް އަދި ގަޑި (ގަވާއިދުން ލިބޭ ޗުއްޓީއާއި މަގްބޫލް އުޒުރެއް އޮވެގެން ބުނާ ސަލާމް ފިޔަވައި)
    • ށަރުއީ ނުވަތަ ގާނޫނީ ގޮތުން އަދަބެއް ލިބޭ ފަދަ އަމަލެއް ނުކުރުން
    • ފުލުހުންގެ ގާވާއިދާއި ހިލާފް ނުވުން 

(ޅ) އަހްލާގީ ކުލަ

މިއީ ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި މަދުވެގެން 5 އަހަރު ހިދުމަތްކޮށްފައިވާ އަހްލާގް ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.

  1.  ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން  އަދާކުރާ ފަރާތެއް؛
  2.  ގަޑި، ސަލާމް އަދި ޗުއްޓީއަށް ބަލައި ތިރީގައިވާ މިންގަނޑު ފުރިހަމަވާ  ފަރާތެއް؛
    • ގަޑި ޖެހުމުގެ މިންވަރު އަހަރަކު ސައްތައަކުން 5 އަށް ވުރެ ގިނަނުވާ ފަރާތެއް؛
    • މަގްބޫލު އުޒުރެއް ނެތި ނަގާފައިވާ ޗުއްޓީއާއި ބުނެފައިވާ ސަލާމެއް ނެތުން؛
    • ކުށުގެ ރިކޯޑަށް ބަލައި އަންނަނިވި ނުކުތާތައް ފުރިހަމަވާ ފަރާތެއް؛
    • ވޭތުވެދިޔަ 5 އަހަރުގެ ކުށުގެ ރެކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ ފުލުހަކު ކަމުގައި ނުވުން.
    • އަހްލާގާއި ސުލޫކަށް ބެލުމުގައި، ފުލުހުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެމީހެއްގެ އަމަލު ރަގަޅު ފުލުހަކަށްވުން؛ 

(ކ) ހާއްސަ ހިދުމަތުގެ ކުލަ

މިކުލައަކީ، ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ހިދުމަތެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އާއްމު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރަށް ހަވާލުކުރެވޭ ހާއްސަ މަސައްކަތްތައް ފާހަގަކޮށްލެވޭފަދަ ރަނގަޅު ފެންވަރެއްގައި ކުރިފަރާތެއް؛
  2. ފާހަގަކޮށްލެވޭ ހާއްސަ ހިދުމަތެއް ކަމަށް ބެލެވޭ ފަދަ ހިދުމަތެއް ކުރި ފަރާތެއް؛
  3.  އަމިއްލައަށް ފެނި އަދި އިސްނަގައިގެން ފުލުހުން ތަރައްގީކުރުމުގެ ކުރުމުގެ ގޮތުން ހާއްސަ މަސައްކަތެއް ކުރިކަން ފާހަގަވާ ފަރާތެއް. 

(އ) ކާމިޔާބުގެ ކުލަ

މިއީ އެފުލުހެއްގެ ހިންމަތާއި މިންނަތުން ހޯދާ ކާމިޔާބެއްގެ ސަބަބުން ފުލުހުންނަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައި ދިން ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެމީހަކާއި އެއްވަރު ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ބައެއްގެ މެދުގައި ކުރެވޭ މަސައްކަތެއްގައި އެފަދަ އެހެން މީހުންނާ ހިލާފަށް ކާމިޔާބެއް ހޯދި ފަރާތެއް؛
  2. ބޭރު ގައުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގޮތަކުން ނުވަތަ އެމީހާގެ  އަމިއްލަ ހިންމަތާއި މިންނަތުން ފުލުހުންނަށް ނުވަތަ ރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައި ދިން ފަރާތަކަށްވުން. 

(ވ) ހުނަރުވެރިކަމުގެ ކުލަ

މިއީ ތަފާތު އަމަލީ އަދި ފަންނީ މަސައްކަތްތަކުގައި އާދަޔާއި ހިލާފު ހުނަރުވެރިކަމެއް ހުރި ފަރާތަކަށްދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެމީހަކު މަސައްކަތްކުރާ ރޮނގުގައި ފާހަގަކުރެވޭފަދަ ކުޅަދާނަކަމެއް  ލިބިފައިވުމާއެކު، އެކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ފަރާތަކަށްވުން؛
  2. އަމިއްލަ ހިޔާލުން ނުވަތަ އަމިއްލަ މަސައްކަތުން ފުލުހުންގެ ދާއިރާއަށް  ނުވަތަ މުޖުތަމައަށް ބޭނުންތެރި އެއްޗެއް އީޖާދުކުރި ނުވަތަ އުފެއްދި ފަރާތަކަށްވުން 

(މ) ހެވިކަމުގެ ކުލަ

މިކުލަ ދެވޭނީ ފުލުހުން ތަރައްގީކޮށް ކުރިއެރުވުމަށް ހިންގޭ ހެވިކަމުގެ ހަރަކާތްތަކުގައި ވިދިވިދިގެން 3 އަހަރު ވަނައެއް ހޯދި ފަރާތަކަށެވެ. މިކުލަ ދެވޭނީ، ހެވިކަމުގެ ރޮނގުން ވިދިވިދިގެން ތިން އަހަރު، 1 ވަނަ 2 ވަނަ 3 ވަނައިގެ ތެރެއިން ވަނައަކަށް ހޮވިފައިވާ ފަރާތަށެވެ. އެއްފަހަރު ނުވަތަ ދެފަހަރު ރަތް ވަނައެއް ހަސިލްކޮށްފައިވާ ފަރާތެއް ރަސްމީކަމެއްގައި އުޅެންޖެހުމުގެ ސަބަބުން މިފަދަ މުބާރާތުގައި ބައިވެރި ނުވެވުނު ކަމުގައި ވިޔަސް އެމީހަކަށް ލިބިފައިވާ ރަތް ވަނަ މެދެއް ނުކެނޑޭނެއެވެ.

 

 ------------- 

 

ޖަދުވަލު 4

(ޖަދުވަލު 04 މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 
 ------------ 

 

ޖަދުވަލު 5 (އިތުރު ކުރެވިފައި)

ށަރަފުގެ ނިށާން އަދި ކުލަ ދިނުމަށް ހުށަހަޅާ ފޯމް

(މި ފޯމް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވޯޑް ފޮމޭޓް އަޕްލޯޑް ކުރެވިގެން ދާނެއެވެ.)

 

 

---------------

 

 

ޖަދުވަލު 6 (އިތުރު  ކުރެވިފައި)

މުވައްޒަފުންނަށް ދެވޭ ށަރަފުގެ ނިށާންތަކުގެ ށަރުތުތައް 

ށަރަފުގެ ނިށާން

 

ށަރުތު

 

މިނިވަން ފަންސާހުގެ މެޑެލް މި މެޑެއްޔަކީ މިނިވަން ފަންސާހުގެ މުނާސަބަތުގައި 2015 ޖުލައި 26 އާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ މުވައްޒަފަކަށް ދެވޭ މެޑެއްޔެކެވެ.

 

މައި ގަވާއިދު

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (2008) 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 2008-05)

ކިޔުންތެރިންގެ ހިޔާލު