-

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 44/2013)
 

"މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އަށް އަންނަނިވި އިސަލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. މިގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ "މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. ފުލުހުންގެ މަގާމުތަކާއި މަގާމުތައް ގިންތި ކުރެވިފައިވާ ގޮތް

(ހ) ފުލުހުންގެ މަގާމުތަކާއި މަގާމުތައް ދަރަޖަ ކުރެވިފައިވާގޮތް ދަރަޖައިގެ ތަރުތީބުން ތިރީގައި ބަޔާންވެގެން މިވަނީއެވެ.

  1. ކޮމިށަނަރ އޮފް ޕޮލިސް
  2. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް
  3. އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް
  4. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް
  5. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް
  6. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް
  7. އިންސްޕެކްޓަރ އޮފް ޕޮލިސް
  8. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް
  9. ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރ
  10. ޕޮލިސް ސްޓޭށަން އިންސްޕެކްޓަރ
  11. ޕޮލިސް ސްޓާފް ސަރޖަންޓް
  12. ޕޮލިސް ސަރޖަންޓް
  13. ޕޮލިސް ކޯޕްރަލް
  14. ޕޮލިސް ލާންސްކޯޕްރަލް
  15. ޕޮލިސް ކޮންސްޓަބަލް


(ށ) މިގަވާއިދުގެ ބޭނުމަށްޓަކައި ފުލުހުންގެ މަގާމުތައް ގިންތި ކުރެވިފައިވާގޮތް ދަރަޖައިގެ ތަރުތީބުން ތިރީގައި ބަޔާންވެގެން އެވަނީއެވެ.

  1. އެގްޒެކެޓިވް މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސްއާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގެ ފުލުހުންނެވެ.
  2. ސީނިއަރ މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގެ ފުލުހުންނެވެ.
  3. މިޑިލް މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ އިންސްޕެކްޓަރ އޮފް ޕޮލިސްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގެ ފުލުހުންނެވެ.
  4. ސްޕަވައިޒަރީ މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރއާއި ޕޮލިސް ސްޓޭށަން އިންސްޕެކްޓަރުގެ ރޭންކުގެ ފުލުހުންނެވެ.
  5. ފަސްޓް ލައިން މެނޭޖްމަންޓް ލެވެލް - މިގިންތީގައި ހިމެނެނީ ޕޮލިސް ސްޓާފް ސަރޖަންޓްއާއި ޕޮލިސް ސަރޖަންޓުގެ ރޭންކުގެ ފުލުހުންނެވެ.
  6. ފަސްޓް ލައިން އޮފިސަރސް ލެވެލް - މިގިންތީގައި ހިމެނެނީ ޕޮލިސް ކޯޕްރަލްއާއި ޕޮލިސް ލާންސް ކޯޕްރަލް އަދި ޕޮލިސް ކޮންސްޓަބަލްގެ ރޭންކުގެ ފުލުހުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް

ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މިއިންކޮންމެ ނިށާނެއްވެސް އެކަކަށް ދެވޭނީ އެއްފަހަރުއެވެ.

(ހ) ނިށާން ގާޒީގެ ށަރަފު

(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑެލް

(ނ) ހުރަވީ ރަން މެޑެލް

(ރ) ހުރަވީ ރިހި މެޑެލް

(ބ) 3 ނޮވެމްބަރުގެ މެޑެލް

(ޅ) ޖިހާދުގެ ރަތް މެޑެލް

(ކ) ފުލުހުންގެ ހިދުމަތުގެ މެޑެލް

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. މުއައްސަސާގެ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް

މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މިއިންކޮންމެ ނިށާނެއްވެސް އެކަކަށް ދެވޭނީ އެއްފަހަރުއެވެ.

(ހ) މަތިވެރި ހިދުމަތުގެ މެޑެލް

(ށ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑެލް

(ނ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް

(ރ) ދިގުމުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑެލް

(ބ) އިހްލާސްތެރި ހިދުމަތުގެ މެޑެލް

(ޅ) އަހުލާގީ މެޑެލް

(ކ) ފުލުހުންގެ މެޑެލް

(އ) ސުނާމީ ކާރިސާގެ މެޑެލް

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11 ވަނަ މާއްދާ - ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަތައް ދެވޭނެ އަދަދާއި ށަރުތުތައް

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ށަރަފުގެ ކުލަތަކުގެ ތެރެއިން 9 ވަނަ މާއްދާގެ (ބ) ގައިވާ އަހުލާގީ ކުލަ ފިޔަވައި އެނޫން ކޮންމެ ކުލައެއްވެސް އެކަކަށް އެއްފަހަރަށްވުރެ ގިނަފަހަރަކު ނުދެވޭނެއެވެ. އަހުލާގީކުލަ އެއްފަހަރު ލިބިފައިވާ ފުލުހަކަށް ފުރަތަމަ ފަހަރު އަހުލާގީ ކުލަ ލިބުނު ތާރީހުގެ ފަހުން އަހުލާގީކުލައިގެ ށަރުތު ފުރިހަމަ ވެއްޖެނަމަ އެފަދަ ފުލުހަކަށް އަހުލާގީކުލަ ދެވަނަ ފަހަރަށް ދެވިދާނެއެވެ. މިގޮތުން އަހުލާގީކުލަ އެންމެ ގިނަވެގެން ދެވޭނީ ދެފަހަރުއެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ށަރަފުގެ ކުލަތަކުގެ ށަރުތުތައް ޖަދުވަލު 3 ގައި އެވަނީއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13. މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލަ ދިނުމަށްއެދި ބޯޑަށް ހުށަހެޅުން

(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލައިގެ ށަރުތު ފުރިހަމަވާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލަ ދިނުމަށް އެދި، މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ހުށަހަޅާނީ، އެމުވައްޒަފަކު ސީދާ ރިޕޯޓުކުރާ ފަރާތުގެ މަށްވަރާގެމަތިން އެ މުވައްޒަފަކު މަސައްކަތްކުރާ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއެވެ.

(ށ) މުވައްޒަފަކަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (5)، (6)، (7)، އަދި (8) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމަކަށް، މަގާމުގެކުރިއެރުން ދިނުމަށާއި، އަދި އެއިން މަގާމެއްގައި ހުރި މުވައްޒަފަކަށް ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް ދިނުމަށްއެދި ހުށަހަޅާނީ އެ މުވައްޒަފަކު ރިޕޯޓުކުރާ އެގްޒެކެޓިވް އޮފިސަރ ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް އެވެ.

(ނ) މުވައްޒަފަކަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) އަދި (4) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމަކަށް، މަގާމުގެކުރިއެރުން ދިނުމަށާ، އަދި މިގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2)، (3) އަދި (4) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން މަގާމެއްގައި ހުރި މުވައްޒަފަކަށް ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް ދިނުމަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް އެވެ.

(ރ) ކޮމިށަނަރ އޮފް ޕޮލިސްއަށް ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް ދިނުމަށްއެދި ހުށަހަޅާނީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެހުރި އެގްޒެކެޓިވް އޮފިސަރެވެ.

(ބ) މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުންނެވެ.

(ޅ) ށަރަފުގެ ނިށާނާއި ކުލަ ދިނުމަށް ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުންނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. މަގާމުގެ ކުރިއެރުން ދިނުމުގައި ބޯޑުން ބަލަންވާނެ ކަންތައްތައް

މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ކަނޑައަޅަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ ށަރުތުތައް އެ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވެފައިވާނަމައެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މަގާމުގެ ށަރުތުތައް ފުރިހަމަވުން؛

(ށ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެދަށުން އެންމެފަހުން ހިދުމަތުގެ ފެންވަރު ވަޒަންކުރިފަހަރު ފާސްވެފައިވުން ނުވަތަ ބަދަލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ސްކޯރއެއްކަމަށް މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ގަބޫލުކުރެވޭވަރުގެ ސްކޯރއެއް ބެލިފައިވާ މުއްދަތުގައި ހޯދާފައިވުން؛

(ނ) ބަދަލުކުރަން ހުށަހެޅިފައިވާ މަގާމުގައި ހުސްޖާގަ އޮތުން؛

(ރ) ބަދަލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން މުވައްޒަފުގެކިބައިގައި ހުރިކަމަށް މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ގަބޫލުކުރެވުން.

(ބ) ބެލިފައިވާ މުއްދަތުގައި ބޭއްވުނު ބޭސިކް ފިޓްނަސް ޓެސްޓްތަކުގައި ބައިވެރިވެފައިވުމާއި، އެ މުއްދަތުގައި ބޭއްވުނު، އެންމެ މަދުވެގެން، އެއް ޓެސްޓުން ފާސްވެފައިވުން؛(ޅ) ފާއިތުވި 1 އަހަރުދުވަހުގެ ތެރޭގައި މަސައްކަތައް ހާޒިރުނުވާ ދުވަހެއް ނެތުމާ، މަސައްކަތަށް ފަރުވާތެރި މުވައްޒަފެއްކަމުގައި މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ގަބޫލުކުރެވުން.

(ކ) ފާއިތުވި 1  އަހަރުދުވަސްތެރޭގައި ޑިސިޕްލިނަރީ ނުވަތަ އިދާރީ އަދަބެއް ދެވިފައިނުވުމާ، ޑިސިޕްލިނަރީ ނުވަތަ އިދާރީ އަދަބެއްގެގޮތުގައި މަގާމުގެ ކުރިއެރުން ވަކިމުއްދަތަކަށް ހިފެހެއްޓުމަށް ނިންމާފައިވާ މުވައްޒަފެއްނަމަ، އެމުއްދަތުގެތެރެއިން ދުވަހެއް، މަގާމުގެ ކުރިއެރުން ދިނުމަށް ބެލިފައިވާ މުއްދަތުގައި ނުހިމެނުން.

 

8 ވަނަ މާއްދާ - ބުނެވެދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަށް އަންނަނިވި އަކުރުތައް އެމާއްދާގެ (ރ) އާއި (ބ) ގެ ގޮތުގައި އިތުރު ކުރުން.

16. މަގާމް ދަށްކުރުން

(ރ) ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ވަކި މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި، ކަނޑައެޅޭ މުއްދަތަކަށް އެމަސައްކަތުގައި ނުވަތަ އެމަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުންމަތީ  ދެމިހުރުމަށް ށަރުތުކުރެވިގެން، މިގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން މަގާމުގެ ކުރިއެރުމެއް ދީފައިވާ މުވައްޒަފަކު، އެމުއްދަތުގެ ތެރޭގައި، ށަރުތާ ހިލާފުވެއްޖެނަމަ ނުވަތަ އިދާރީ ކުށަކަށް ނުހިމެނޭގޮތުން، އޭނާ ހަވާލުވި މަސައްކަތް ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭ ކަމަށް އެގްޒެކެޓިވް ބޯޑުން ނުވަތަ އެފަދަ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އެނޫންވެސް ކޮމެޓީއަކުން ނިންމައިފި ހިނދެއްގައި، އޭނާއަށް އެންމެފަހުން މަގާމުގެ ކުރިއެރުން ދިންއިރު ހުރި މަގާމަށް އޭނާގެ މަގާމު ދަށްކުރުމަށް، ކޮމިށަނަރ އޮފް ޕޮލިސް، މިނިސްޓަރަށް ހުށަހަޅައިގެން މިނިސްޓަރުގެ ނިންމެވުމުގެ މަތިން މަގާމު ދަށްކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މުވައްޒަފެއްގެ މަގާމު ދަށްކޮށްފިނަމަ، މަގާމު ދަށްކުރިކަން އެމުވައްޒަފަށް އަންގާއިރު، މަގާމުދަށްކުރުމަށް ނިންމި ސަބަބު އެމުވައްޒަފަކަށް އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. ށަރަފުގެ ނިށާނާއި ކުލަ ނެގުން

(ހ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވައި، ފުލުހަކަށް ދީފައިވާ ށަރަފުގެ ނިށާނެއް ނުވަތަ ކުލައެއް އޭނާގެ އަތުން އަނބުރާ ނެގޭނީ އެ ނިށާނެއް ނުވަތަ ކުލައެއް ދީފައި ވަނީ ތެދުނޫން މައުލޫމާތަކަށް ބިނާކޮށްގެންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަހުގީގަކުން ސާބިތުވާނަމައެވެ. މިގޮތުން ނިށާނެއް ނުވަތަ ކުލައެއް ނެގޭނީ އެނިށާނެއް ނުވަތަ ކުލައެއް ދީފައިވަނީ ތެދުނޫން މަޢުލޫމާތަކަށް ބިނާކޮށްގެންކަން ތަހުގީގަށް ސާބިތުވި މައްސަލަ، އެ ނިށާނެއް ނުވަތަ ކުލައެއް ދެވުނުތާ 30 ދުވަސް ހަމަވުމުގެކުރިން ހުށަހެޅިފައިވާނަމައެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. ހާއްސަގޮތަކަށް މަގާމުގެ ކުރިއެރުން ދިނުން

(ހ) ފުލުހަކަށް ލިބިފައިވާ ހާއްސަ ހުނަރަށާއި، އަދާކުރަމުންދާ ޒިންމާއަށާއި، އެފުލުހެއްގެ ގާބިލުކަން ހުރި މިންވަރަށް ރިއާޔަތްކޮށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ނުވާ ފުލުހަކަށް، ހާއްސަ ޕްރޮމޯށަނެއްގެ ގޮތުގައި މަގާމުގެ ކުރިއެރުން ދިނުމަށް ކޮމިށަނަރ އޮފް ޕޮލިސް އަށް، މިނިސްޓަރަށް ލަފާ އެރުވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހެޅޭ މުވައްޒަފުގެ ގައިގައި ނުވަތަ އެ ހުށަހެޅުމެއްގައި މިގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ކ) އާ ހަމަޔަށް ބަޔާންކުރެވިފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ނ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން މުވައްޒަފެއްގެ މައްޗަށް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުން ދަނިކޮށް، އެމުވައްޒަފަކަށް މި މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިގެން ނުވާނެއެވެ. އެހެންނަމަވެސް، މައްސަލައެއްގެ ތަހުގީގު ނުނިމި 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެ ގޮސްފައިވާ ހާލަތެއްގައި، އެމައްސަލައިގެ ތަފުސީލާއި، މައްސަލައިގެ ތަހުގީގު ނުނިމި ލަސްވާ ސަބަބު އެނގޭނެ ލިޔުމަކާއެކު މި މާއްދާގެ (ހ) ގެ ދަށުން އެމުވައްޒަފަކަށް، މަގާމުގެ ކުރިއެރުންދިނުން އެދި ކޮމިށަނަރ އޮފް ޕޮލިސް އަށް، މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އިސްލާހުކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ގ) އިސްލާހުކުރުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ޖަދުވަލު 5 އިތުރުކުރުން.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރާނީ މިގަވާއިދު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

--------------

  

ޖަދުވަލު 1

ފުލުހުންގެ މަގާމުތަކުގެ ށަރުތުތައް

 

މަގާމް                ށަރުތު

(ހ) ޕޮލިސް ކޮންސްޓަބަލް         

  1. ގްރޭޑް 10 ނިންމާފައިވުން، ނުވަތަ
  2. ފުލުހުންގެ ހިދުމަތަށް ބޭނުންވާ ހުނަރެއް ލިބިފައިވާ މީހެއް ކަމުގައިވުން.

 
(ށ)ޕޮލިސް ލާންސް ކޯޕްރަލް  

  1. ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ދަށްވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި އަދި އިސްލާމުން" މި 2 މާއްދާއިންދަށްވެގެން "ސީ" ފާސްލިބިފައިވުމާއި، ޕޮލިސް ކޮންސްޓަބަލްގެ މަގާމުގައި2   އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް ކޮންސްޓަބަލް މަގާމުގައި 4  އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ، ފުލުހުންނާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއްހަދައިގެން 3  މަސްދުވަސް ހަމަވުމާއެކު ޕޮލިސް ކޮންސްޓަބަލް މަގާމުގައި 2  އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ޕޮލިސް ކޮންސްޓަބަލް މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާލިބިފައިވުން؛ ނުވަތަ
  5. ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ދަށްވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބފައިވުމާއެކު، އެޗް.އެސް.ސީ އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޕޮލިސް ކޮންސްޓަބަލް މަޤާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛  ނުވަތަ
  6. ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް  ހަދާފައިވުން.

 

 
(ނ) ޕޮލިސް ކޯޕްރަލް 

  1. ޕޮލިސް ލާންސްކޯޕްރަލްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީއިން ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ، ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވުމާއެކު ޕޮލިސް ލާންސް ކޯޕްރަލްގެ މަޤާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގައި ދަށްވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބފައިވުމާއެކު، ސީނިއަރ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި އަދި އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ފުލުހުންގެ މަސައްކަތާގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން.

 
(ރ) ޕޮލިސް ސަރޖަންޓް  

  1. ޕޮލިސް ކޯޕްރަލްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 10 މަސްދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 10 މަސްދުވަސް ހަމަވުމާއެކު ޕޮލިސް ކޯޕްރަލްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ޕޮލިސް ކޯޕްރަލްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފެންވަރުގެ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ނުވަތަ 1  އަހަރުދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުން.

 
(ބ) ޕޮލިސް ސްޓާފް ސަރޖަންޓް 

  1. ޕޮލިސް ސަރޖެންޓްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 1 އަހަރުދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 1 އަހަރުދުވަސް ހަމަވުމާއެކު ޕޮލިސް ސަރޖަންޓްގެ މަގާމުގައި 2  އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އާއިއެކު 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް   ސަރޖަންޓުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 
(ޅ) ޕޮލިސް ސްޓޭށަން އިންސްޕެކްޓަރ

  1. ޕޮލިސް ސްޓާފް ސަރޖެންޓްގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 1 އަހަރުދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 1 އަހަރުދުވަސް ހަމަވުމާއެކު ޕޮލިސް ސްޓާފް  ސަރޖަންޓްގެ މަގާމުގައި 2  އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އާއިއެކު 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ސްޓާފް ސަރޖަންޓުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ     (4) ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް  ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުން.

 
(ކ) ޕޮލިސްޗީފް ސްޓޭށަން އިންސްޕެކްޓަރ

  1. ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފުލުހުންގެ ދާއިރާއިން 1 އަހަރުދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 1 އަހަރުދުވަސް ހަމަވުމާއެކު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް  ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއާއެކު 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަ  އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު، ޕޮލިސް ސްޓޭށަން އިންސްޕެކްޓަރުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކޮށްފައިވުން.

 
(އ)  ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް

  1. ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރުގެ މަގާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު، ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ޕޮލިސް ޗީފް ސްޓޭށަން އިންސްޕެކްޓަރުގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

(ވ) އިންސްޕެކްޓަރ އޮފް ޕޮލިސް  

  1. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ސީނިއަރ އޮފިސަރސް ފެންވަރުގެ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ  ލިބިފައިވުން؛ ނުވަތަ
  4. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކޮށްފައިވުން.

 
(މ) ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް

  1. އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމާއެކު ސީނިއަރ އޮފިސަރ ފެންވަރުގެ 6 މަސްދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު އިންސްޕެކްޓަރުގެ މަޤާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކުރުމާއެކު އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 
(ފ) ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް

  1. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 1 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް  ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  4. ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމާއެކު ސީނިއަރ އޮފިސަރ ފެންވަރުގެ 6 މަސްދުވަހަށްވުރެ ދިގުމުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  5. ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކުރުމާއެކު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

                         
(ދ) ޗީފްސްޕްރިންޓެންޑެންޓް އޮފް ޕޮލިސް
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

(ތ) އެސިސްޓެންޓްކޮމިށަނަރ އޮފް ޕޮލިސް
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

 
(ލ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް   
އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ތަޖުރިބާ ލިބިފައިވާ ފުލުހަކަށް ކަމުގައިވުން.


(ގ) ކޮމިށަނަރ އޮފް ޕޮލިސް         
އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް އަށް ވުރެ ދަށް ނޫން، މަގާމެއްގައި ހުރެ ތަޖުރިބާ ލިބިފައިވާ ފުލުހެއް ކަމުގައިވުން.

 

 ------------

  

ޖަދުވަލު 2

ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތަކުގެ ށަރުތުތައް

(ގ) ފުލުހުންގެ މެޑަލް

މިމެޑެއްޔަކީ 2004 ސެޕްޓެމްބަރު 1 ގައި ފުލުހުން، ސިފައިންނާއި ވަކިވެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ފުލުހުން މަސައްކަތްކުރާ ގޮތަށް ހަމަޖެހުމުން، އެދުވަހު ފުލުހުންގެ ވަޒީފާގައި ހުރި ކޮންމެ ފުލުހަކަށް އެދުވަހުގެ މުނާސަބަތުގައި ދެވޭ މެޑެއްޔެކެވެ.

 

 
 ------------ 

 

ޖަދުވަލު 5

ށަރަފުގެ ނިށާން އަދި ކުލަ ދިނުމަށް ހުށަހަޅާ ފޯމް

(މި ފޯމް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވޯޑް ފޮމޭޓް އަޕްލޯޑް ކުރެވިގެން ދާނެއެވެ.)

 

 

މައި ގަވާއިދު

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (2008) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު