-

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2018-109)

 

ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން، މިނިސްޓްރީއިން އެކުލަވައިލާފައިވާ "މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އަށް އަންނަނިވި އިސްލާޙުތައް ގެނެސްފީމެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް (އ) އަދި (ވ) އިތުރުކުރުން.

ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް 6.

(އ) މިނިވަން ފަންސާހުގެ މެޑަލް

(ވ) ޖުމްހޫރީ ފަންސާހުގެ މެޑަލް

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އުވާލުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ގ) ގެ ފަހަތަށް (ޏ) އަދި (ސ) އިތުރުކުރުން.

މިނިވަން ފަންސާހުގެ މެޑަލް

(ޏ) މި މެޑައްޔަކީ "މިނިވަން ފަންސާހު" ގެ މުނާސަބަތުގައި، 2015 ޖުލައި 26 ގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިހުރި ކޮންމެ ފުލުހަކަށް ދެވޭ މެޑައްޔެކެވެ.

ޖުމްހޫރީ ފަންސާހުގެ މެޑަލް

(ސ) މި މެޑައްޔަކީ "ޖުމްހޫރީ ފަންސާހު" ގެ މުނާސަބަތުގައި، 2018 ނޮވެންބަރު 11 ގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިހުރި ކޮންމެ ފުލުހަކަށް ދެވޭ މެޑައްޔެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 އުވާލުން.

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ

 

މައި ގަވާއިދު

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (2008)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2008-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު