-

"މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު" 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 154/2015)

 

ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވައިލާފައިވާ "މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އަންނަނިވި ގޮތަށް އިސްލާހު ކޮށްފީމެވެ.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދަށް 20 ވަނަ މައްދާ އިތުރުކުރުން.

20. ގައުމީ ފެންވަރުގައި މުވައްޒަފުންނަށް ދެވޭ ށަރަފުގެ ނިށާންތައް
(ހ) މިނިވަން ފަންސާހުގެ މެޑެލް

 

2 ވަނަ މާއްދާ – ބުނެވެދިޔަ ގަވާއިދަށް ގަދުވަލު 6 އިތުރުކުރުން.

 

3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެތުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

---------------

 

 

ޖަދުވަލު 6

މުވައްޒަފުންނަށް ދެވޭ ށަރަފުގެ ނިށާންތަކުގެ ށަރުތުތައް 

ށަރަފުގެ ނިށާން

 

ށަރުތު

 

މިނިވަން ފަންސާހުގެ މެޑެލް މި މެޑެއްޔަކީ މިނިވަން ފަންސާހުގެ މުނާސަބަތުގައި 2015 ޖުލައި 26 އާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ މުވައްޒަފަކަށް ދެވޭ މެޑެއްޔެކެވެ.

 

 

މައި ގަވާއިދު

މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު