ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2023-147)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
އާންމުބައި
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކ،ީ ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދުގެ ނަމަކ،ީ "ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދުތައ،ް ތިރީގައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން.
(ށ) ސިއްހީގޮތުން ރައްކައުތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ބޯފެނުގެ ހިދުމަތާއ،ި އެކަށީގެންވާ ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުން.
(ނ) ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް ކަނޑައެޅުން.
(ރ) ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭކަން ކަށަވަރުކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ (ނޯޓް: ސުރުހީ އާއި މާއްދާއާއި ގުޅުމެއްނެތް)
މި ގަވާއިދު ތަންފީޒުކުރާނީ އޮތޯރިޓީންނެވެ.
4 ވަނަ މާއްދާ - ގަވާއިދުގެ އިހްތިސާސް
(ހ) މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ.
- މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު ހިންގައ،ި ހިދުމަތް ދިނުން؛
- ސިނާއީ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަންތަނާއި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ހިދުމަތް ދިނުން؛
- ފެނުގެ ހިދުމަތް ގާއިމުކޮށްފައި ނުވާ ތަންތަނާއި ރަށްރަށުގައ،ި އެ ތަނެއްގެ އަމިއްލަ ބޭނުމަށް ފެން އުފައްދައިގެން އެ ފެން ބޭނުންކުރުން؛
- ނަރުދަމާގެ ހިދުމަތް ގާއިމްކޮށްފައި ނުވާ ތަންތަނާއި ރަށްރަށުގައި އަމިއްލަ ބޭނުމަށް ނަރުދަމާގެ އެއްވެސް ބައެއް ގާއިމްކޮށްގެން ބޭނުންކުރުން؛
- ވިޔަފާރީގެ ބޭނުމަށް ފެން އުފެއްދުން؛
- ވާރޭފެން ނަގައި ރައްކައުކޮށް ދެވަނަ ފަރާތެއްގެ ބޭނުމަށް އެ ފެން ފޯރުކޮށްދިނުން.
- ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުތައް ހިންގައި ހިދުމަތް ދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދޭންވާނ،ީ މި ގަވާއިދާއ،ި މި ގަވާއިދުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ. އަދި ލައިސަންސް ނުވަތަ ހުއްދައާ ނުލައި އެފަދަ ހިދުމަތެއް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ނުވާ ކަމެއް ކުރަން ޖެހިއްޖެނަމަ އެ ކަމެއް ކުރަންވާނ،ީ އޮތޯރިޓީއަށް ލިޔެ ހުއްދަ ހޯދުމަށްފަހުގައެވެ.
ދެވަނަ ބާބު
ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހެޅުމާއި ހުށަހެޅުންތައް ބަލައިގަތުން
5 ވަނަ މާއްދާ - އަލަށް ގާއިމްކުރާ ނިޒާމުތައް ރަޖިސްޓަރީކުރުން
މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭ އެންމެހައި ނިޒާމުތައް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން ރަޖިސްޓަރީ ކުރަންވާނެއެވެ.
6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުމުގެ ކުރިން ދީފައިވާ ލައިސަންސް ނުވަތަ ހުއްދަ
މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ދީފައިވާ ލައިސަންސް ނުވަތަ ހުއްދ،ަ މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
7 ވަނަ މާއްދާ - އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް ދިނުން
(ހ) އޮތޯރިޓީން އެއްވެސް ފަރާތަކަށް "އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް" ދޫކުރަންވާނ،ީ ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާއިރު އަންނަނިވި މައުލޫމާތު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން (މާލ،ީ ފަންނީ އަދި އިންސާނީ ވަސީލަތް)؛
- މިހާރު ހިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ގޮތަށް ހިންގައިފިނަމަ، ދައުލަތަށް ލިބޭ މަންފާ ނުވަތަ ގެއްލުމުގެ އެސެސްމެންޓް ރިޕޯޓެއް؛
(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ދީފައިވާ ލައިސަންސްގެ ދަށުން ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތް ރަނގަޅަށް ކުރަމުންދޭތޯ ބެލުމަށް ފީޒިބިލިޓީ އެސެސްމެންޓެއް ހެދުމަށްފަހ،ު ލައިސަންސާ އެއްގޮތަށް އަމަލުކުރަމުން ނުދާކަމުގެ ހެކި އޮތޯރިޓީއަށް ލިބިއްޖެނަމަ، އެ ލައިސަންސެއްގެ ށަރުތު ބަދަލުކުރުމުގެ ނުވަތަ އުވައިލުމުގެ އިހްތިޔާރު އޮތޯރިޓީއަ ށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ ފީޒިބިލިޓީ އެސެސްމެންޓް ހަދަންވާނ،ީ ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފަހުންނެވެ.
8 ވަނަ މާއްދާ - ހިދުމަތަށް ހުއްދަ ދިނުން
(ހ) ފެނާއި ނަރުދަމާގެ ހިދުމަތް އަމިއްލަ ބޭނުމަށް ބޭނުންކުރެވޭނ،ީ އޮތޯރިޓީން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ހުއްދަ ދޫކުރެވޭނީ އަންނަނިވި ކެޓަގަރީތަކަށެވެ.
- ސިޓީއެއްގައި ނުވަތަ ރަށެއްގައި ކުރިޔަށްގެންދާ މަށްރޫއެއްގެ މަސައްކަތަށް ބޭނުންވާ ފެން އުފެއްދުމަށާއ،ި ނަޖިހާއި ނަޖި ސްފެން ސާފުކުރުމަށް ނުވަތަ ނައްތައިލުމަށް؛
- ފެނުގެ ނިޒާމު ނުވަތަ ނަރުދަމާ ނިޒާމު ގާއިމްކޮށްފައި ނުވާ ސިޓީއެއްގައި ނުވަތަ ރަށެއްގައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށ.ް
(ނ) ސިޓީއެއްގައި ނުވަތަ ރަށެއްގައި ފެނުގެ ނިޒާމު ނުވަތަ ނަރުދަމާ ނިޒާމު ގާއިމްކޮށް ނިމިގެން ހިދުމަތް ދޭން ފެށުމާއެކ،ު މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުން ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ބޭނުންކުރަންވާނ،ީ ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ނުވަތަ ނަރުދަމާގެ ނިޒާމުގެ ތެރެއިންނެވެ. އަދި އެ ފަރާތްތަކަށް ކުރިން ދީފައިވާ ވަގުތީ ހުއްދ،ަ ފެނުގެ ނިޒާމު ނުވަތަ ނަރުދަމާ ނިޒާމު ގާއިމްކޮށް ނިމިގެން ހިދުމަތް ދޭން ފެށުމާއެކު ބާތިލުވާނެއެވެ.
9 ވަނަ މާއްދާ - ހިދުމަތަށް ލައިސަންސް ދިނުން
(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދެވޭނ،ީ އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ލައިސަންސް ދޫކުރެވޭނ،ީ އަންނަނިވި ކެޓަގަރީތަކަށެވެ.
- މީހުން ދިރިއުޅޭ ރަށްރަށުގައި އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސް؛
- މީހުން ދިރިއުޅޭ ރަށްރަށުގައި ސިނާއީ ބޭނުންތަކަށް ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސް؛
- މީހުން ދިރިނޫޅޭ ރަށްރަށުގައި ސިނާއީ ބޭނުންތަކަށް ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސް؛
- ޔުޓިލިޓީ ހިދުމަތެއް ނުވަތަ ހިދުމަތުގެ ބައެއްގެ ފޯރުކޮށްދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ވިޔަފާރި އުސޫލުނ،ް މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ހާއްސަ ހިދުމަތެއް ފޯރުކޮށްދި ނުމަށް ދޫކުރެވޭނ،ީ އަންނަނިވި ލައިސަންސްތަކެވެ.
4.1 މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށ،ް ވިޔަފާރި އުސޫލުން ފެން އުފައްދާ ފޯރުކޮށްދިނުމަށް ނުވަތަ ނަޖިސްފެން ސާފުކުރާ ނިޒާމެއް ހިންގުމަށް ދޭ ލައިސަންސ.ް
4.2 ގުޅިފައިވާ ތަފާތު އެކި ރަށްރަށް ހިމެނޭގޮތަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސ.ް
10 ވަނަ މާއްދާ - ވަގުތީ ލައިސަންސް ދިނުން
(ހ) ވަގުތީ ލައިސަންސެއްގެ މުއްދަތުގައ،ި ވަގުތީ ލައިސަންސެއްގެ ދަށުން ހުއްދަކުރާ އެންމެހައި ހިދުމަތްތަކާއ،ި މަސައްކަތްތައް ކުރުމުގެ ފުރިހަމަ އިހްތިޔާރ،ު ލައިސަންސްގެ ވެރިފަރާތަށް ލިބިގެންވެއެވެ.
(ށ) ވަގުތީ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަ ކުރަންވާނެއެވެ.
- ލައިސަންސަށް އެދި ހުށަހަޅަނީ އެ ނިޒާމެއް ގާއިމްކޮށްފައިވާ ފަރާތް ފިޔަވައި އެހެން ފަރާތެއްނަމަ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ އެ ނިޒާމެއް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތްކަން ކަށަވަރުވާ ލިޔުމެއް އޮތުން؛
- އެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތައް އެދިފައިވާ ގެތަކުގެ ތެރެއިން މަދުވެގެން %90 (ނުވަދިހަ އިންސައްތަ) ގެތަކަށް ނަރުދަމާގެ
ނިޒާމުގެ ނަމަ، ކެޗްޕިޓް އަދި ފެނުގެ ނިޒާމުނަމަ، ފެން މީޓަރު ގުޅައިދީފައިވާކަން ކަށަވަރުވުން؛ - ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވެއްޖެނަމަ، ނުވަތަ މުއްދަތު ހަމަވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި ވަގުތީ ލައިސަންސްގެ މުއްދަތު އިތުރުކުރުމަށް ތަންފީޒީ އިދާރާޔަށް ލިޔުމަކުން ހުށަހެޅުމަކީ ލައިސަންސް ދީފައިވާ ފަރާތުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ނ) ގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސްގެ މުއްދަތަކީ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެވެ. އަދި މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން އިތުރުކުރުމަށް ހުށަހަޅާ ލައިސަންސްގެ މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން ވިދިވިދިގެން 3 (ތިނެއް) ފަހަރުއެވެ.
11 ވަނަ މާއްދާ - ދާއިމީ ލައިސަންސް ދިނުން
(ހ) ވަގުތީ ލައިސަންސެއްގެ މުއްދަތުގައ،ި ވަގުތީ ލައިސަންސާއި ދާއިމީ ލައިސަންސެއްގެ
ދަށުން ހުއްދަކުރާ އެންމެހައި ހިދުމަތްތަކާއ،ި މަސައްކަތްތައް ކުރުމުގެ ފުރިހަމަ އިހްތިޔާރ،ު ލައިސަންސް ދީފައިވާ ފަރާތަށް ލިބިގެންވެއެވެ.
(ށ) ދާއިމީ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށ،ް އަންނަނިވި ކަންކަން ފުރިހަމަ ކުރަންވާނެއެވެ.
- ލައިސަންސަށް އެދި ހުށަހަޅަނީ ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، ލައިސަންސަށް އެދި ހުށަހަޅާ ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ހި ދުމަތް ދިނުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވުން؛
- ލައިސަންސަށް އެދި ހުށަހަޅަނީ ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، ލައިސަންސަށް އެދި ހުށަހަޅާ ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ހި ދުމަތް ދިނުމަށް ހިންގާ ކޮމެޓީ ފާސްކޮށްފައިވުން؛
- ލައިސަންސަށް އެދި ހުށަހަޅަނީ ރަށު ކައުންސިލުންނަމަ، ލައިސަންސަށް އެދި ހުށަހަޅާ ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ދިނުމަށް ކައުންސިލުގެ އަޣްލަބިއްޔަތު އޮތްކަން އެނގޭ ގަރާރަކުން ފާސްކޮށްފައިވުން؛
- ނިޒާމު ގާއިމްކުރުމަށް ދިޔަ ހަރަދުގެ ލިސްޓާއި އެސެޓް އިންވެންޓްރީ ލިސްޓު؛
- ނިޒާމު ހިންގާ ބަލަހައްޓާނެ ގޮތް އެނގޭނެ ފަދަ "އޮޕަރޭށަން އެންޑް މެއިންޓަނަންސް މެނުއަލް" އިނގިރޭސިބަހާއި ދިވެހިބަހުން އެކުލަވައިލައިފައިވުމާއ،ި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް މެދުކެނޑެން ދިމާވެދާނެ ހާލަތްތަކަށް ރިއާޔަތްކޮށް އެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނަކާއި ހިދުމަތް މެދުނުކެނޑި ދެވޭނެހެން މެޓީރިއަލް ސްޓޮކެއް ހުރުން؛
- ހިދުމަތް ދިނުމަށް ޓަކައ،ި ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ވާންޖެހޭ އެއްބަސްވުންތަކާއ،ި ހިދުމަތްދޭނެ އިޖުރާއަތުތައް ދިވެހިބަހާއި އިނގިރޭސިބަހުން އެކުލަވައިލުން؛
- ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށް އެންމެ ދަށްވެގެން ލެވެލް 3 ގެ ސަނަދު ހާސިލު ކޮށްފައިވާ 2 (ދޭއް) ޓެކްނީށަނުން ތިބުން؛
- ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށ،ް އެންމެ ދަށްވެގެން ލެވެލް 3 ގެ ސަނަދު ހާސިލުކޮށްފައިވާ 1 (އެކެއް) ލެބޯޓްރީ ޓެކްނީށަން ހުރުން؛
- ފެނުގައި ޖަރާސީމު ހުރި މިންވަރު ތަހުލީލު ކުރެވޭނެ އިންތިޒާމެއ،ް ލައިސަންސަށް އެދޭ ނިޒާމުގައި ގާއިމުވެފައި ހުރުން؛
- ނަރުދަމާގެ ނިޒާމުން ބޭރުކުރާ ނަޖިސްފެނުގެ ކޮލިޓީ ތަހުލީލު ކުރެވޭނެ އިންތިޒާމެއް ލައިސަންސަށް އެދޭ ނިޒާމުގައި ގާއިމުވެފައި ހުރުން؛
- ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހައްޓާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައ،ި "ހެލްތު އެންޑް ސޭފްޓީ މެނުއަލް"އިނގިރޭސިބަހުންނާއި ދިވެހިބަހުން އެކުލަވައިލައިފައިވުން؛
- ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރާ ކަންކަމާއ،ި ހިދުމަތްދޭ ފަރާތުން އެކިއެކި ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން އެކުލަވައިލައިފައިވުން؛
- ފެނާއި ނަރުދަމާގެ ހިދުމަތް ކޮންމެ ދުވަހަކު ރިކޯޑުކޮށް މޮނިޓަރކުރާނެ ޓެންޕްލޭޓްތައް.
12 ވަނަ މާއްދާ - އަމިއްލަ ބޭނުމަށް ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމްކުރުން
(ހ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިނުވާ މީހުން ދިރިއުޅޭ ރަށްރަށުގައި އަމިއްލަ ބޭނުމަށް ފެނުގެ ނިޒާމެއް ނުވަތަނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ބޭނުންކުރެވިދާނެއެވެ.
(ށ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނުވ،ާ މީހުން ދިރިއުޅޭ ރަށްތަކުގެ ސިނާއީ ސަރަހައްދުތަކުގައި ފެނުގެ ނިޒާމެއް ނުވަތަ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ބޭނުންކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އެއްވެސް ނިޒާމެއް ބޭނުންކުރެވޭނީ، އޮތޯރިޓީން ކަނޑައަޅާ ގައިޑްލައިންތަކާއި އުސޫލުގެ ދަށުނ،ް ނިޒާމު ރަޖިސްޓަރީކޮށް އޮޕަރޭޓްކުރުމުގެ ހުއްދަ ނުވަތަ ލައިސަންސް ނަގައިގެންނެވެ.
13 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ޓަކައި ލައިސަން ސް ދޫކުރެވޭ ފަރާތްތައް
(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ޓަކައި ލައިސަންސް ދޫކުރެވޭނ،ީ މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ގާނޫނީ ބާރު ލިބިފައިވ،ާ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއ،ް ނުވަތަ ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް ނުވަތަ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލ،ް ނުވަތަގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދިނުމަށ،ް އެއްވެސް ފަރާތަކަށް ލައިސަންސް ދޫކުރެވޭނ،ީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ކަނޑައަޅައިފައިވާ އުސޫލުން ރަޖިސްޓަރީކޮށ،ް ވިޔަފާރީގެ މަގުސަދުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ހިމެނިފައިވާ ފަރާތްތަކަށެވެ.
(ނ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދޭ ފަރާތަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ނަމަ، އެ ފަރާތަކީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެވޭފަދަ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން އެ ފަރާތުން ސާބިތުކޮށްދޭންވާ ނެއެވެ.
14 ވަނަ މާއްދާ - ލައިސަންސުގެ އަސާސީ ށަރުތުތައް
ތިރީގައިވާ ބަޔާންކޮށްފައިވާ އަސާސީ ށަރުތުތަކަށ،ް ލައިސަންސް ދީފައިވާ ފަރާތުން ތަބާވާންވާނެއެވެ.
(ހ) ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 38 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އަ ންނަނިވި ކަންކަން ފުރިހަމަވުން.
- ފެނާއި ނަރުދަމާގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއް އޮތުން؛
- ފެން އުފައްދައި އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުއްދަދެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދައެއ،ް ލައިސަންސް ދޫކޮށްފައިވާ ފަރާތަކަށް ލިބިގެނެއް ނުވެއެވެ.
- ފެނާއި ނަރުދަމާގެ ހިދުމަތް ދެވޭނ،ީ ހަމައެކަނި އެ ފަރާތަކަށް ދީފައިވާ ލައިސަންސްގެ ދަށުން ހިދުމަތްދިނުމަށް ހުއްދަދެވޭ ރަށަށް ނުވަތަ އެ ރަށުގެ ސަރަހައްދަށް ނުވަތަ އެ ރަށުގެ ފަރާތްތަކަށެވެ.
- ލައިސަންސުގެ ދަށުން ދެވޭ ހުރިހާ ހިދުމަތްތަކާއ،ި އެ ހިދުމަތްތައް ދޭން ބޭނުންކުރާ ނިޒާމުތަކުގައި ހިމެނޭ ހިދުމަތް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރއާއި އާލާތްތައް ހުންނަވާނީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.
- ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައ،ި ގަވާއިދު ނަންބަރު 2012-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުނ،ް އެޖެންސީން ދީފައިވާ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަކުރުން.
(ޅ) މި ގަވާއިދުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރެވޭނ،ީއެ ހިދުމަތް ދޭ ނިޒާމުތައް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށަކަށ،ް ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރެވޭނީ 1 (އެކެއް) ފަރާތަކަށެވެ.
15 ވަނަ މާއްދާ - ލައިސަންސާއި ރަޖިސްޓަރީތަކާއި ހުއްދައަށް ފީ ނެގުން
މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސާއި ރަޖިސްޓަރީތަކާއި ހުއްދައަށ،ް މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ފީ ދައްކަންވާނެއެވެ.
16 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަށާއ،ި ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ގޮތް
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށާއި އޮތޯރިޓީން ދޫކުރާ ލައިސަންސަށް ނުވަތަ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންޖެހޭނީ، އޮތޯރިޓީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށެވެ.
17 ވަނަ މާއްދާ - އިތުރު މައުލޫމާތު ސާފުކުރުން
(ހ) ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން އިތުރު މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ބޭނުންވެގެން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގައިފިނަމަ، އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތެއް ނުވަތަ ލިޔުމެއް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަނޑައެޅުމުގައ،ި ހޯދަން ބޭނުންވާ މައުލޫމާތު ނުވަތަ ލިޔުމުގެ ބާވަތަށް ރިއާޔަތްކޮށް އެކަށީގެންވާ މުއްދަތެއް އޮތޯރިޓީން ލައިސަންސަށް އެދޭ ފަރާތަށް ދޭންވާނެއެވެ.
18 ވަނަ މާއްދާ - އެޕްލިކޭށަނުގައި ބަލާނެ ކަންތައްތައް
ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ހުށަހެޅިފައިވާ އެޕްލިކޭށަނެއް ބަލައި ހުއްދަދޭން ނިންމުމުގައި އޮތޯރިޓީގެ މަދުވެގެން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން (މާލީ ވަސީލަތްތަކާއ،ި ފަންނީ ވަސީލަތްތަކާއ،ި އިންސާނީ ވަސީލަތް).
(ށ) އެ ތަނެއްގެ އިހްތިސާސް ލިބިފައިވާ ފަރާތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތާއެކ،ު ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން.
(ނ) ނިޒާމާ ގުޅޭ އޭޒ-ްބިލްޓް ކުރެހުންތައް.
(ރ) އޮޕަރޭށަން އެންޑް މެއިންޓަނެންސް ރިފަރެންސް މެނުއަލ.ް
(ބ) ހެލްތް އެންޑް ސޭފްޓީ މެނުއަލ.ް
(ޅ) ގަވާއިދު ނަންބަރު 2012-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ދީފައިވާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން.
(ކ) ކުންފުންޏެއް ނަމަ ބޯޑު ރިޒޮލިއުށަނ،ް ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ހިންގާ ކޮމެޓީގެ ނިންމުން އަދި ކައުންސިލެއް ނަމަ ކައުންސިލުން ފާސްކޮށްފައިވާ ގަރާރު؛
(އ) އިންސާނީ ވަސީލަތްތައް މެނޭޖްކުރާނެ ގޮތާއ،ި ހިދުމަތާއި އިދާރީ ހަރަދާއި އެ ފައިސާ ހޯދުމަށް ރާވައިފައިވާ ގޮތ.ް (މިކަމަށް ޓެރިފެއް އެކުލެވޭނަމަ އެ ޓެރިފް ނެގުމަށް ހުށަހަޅާ ގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ.)
(ވ) ހިދުމަތް ދިނުމަށް ބޭނުންވާނެ ހުރިހާ ހުއްދައެއް ނަގައިފައިވުމާއި ހުއްދައިގެ ކޮޕީތައް؛
(މ) ހިދުމަތް ތަރައްގީކުރުމަށް ކުރިޔަށްއޮތް 5 (ފަހެއް) އަހަރުދުވަހަ ށް އެކުލަވައިލެވޭ ޕްލޭން؛
(ފ) ހިދުމަތް ދިނުމުގެ ގާބިލުކަން ޔަގީންކުރުމަށް އޮތޯރިޓީއަށް ފެންނަ އެހެނިހެން ކަންކަން.
19 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
(ހ) އެއްވެސް ރަށެއްގައި ފެނުގެ ނިޒާމުގެ ހިދުމަތް ނުވަތަ ނަރުދަމާ ނިޒާމުގެ ހިދުމަތް ދޭންވާނ،ީ އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސްގެ ދަށުންނެވެ.
- މި މާއްދާގެ ދަށުން ލައިސަންސް ދޫކުރެވާނ،ީ އެ ލައިސަންސަކާ ގުޅިގެން މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވ،ާ މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
- މި ގަވާއިދުގެ ދަށުން ހިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރެވޭނ،ީ ގިނަވެގެން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށެވެ.
- (ނޯޓް. 3 ވަނަ ނަންބަރު ހިމެނިފައިނުވޭ)
- (ނޯޓް. 4 ވަނަ ނަންބަރު ހިމެނިފައިނުވޭ)
- މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކާއި ފެން ޕްލާންޓައި އިޖުތިމާއީ ވާރޭފެން ރައްކައުކުރާ ނިޒާމުތަކުގެ ތެރެއިނ،ް މި ގަވާއިދުގައިވާ ގޮތުގެ މަތީން ލައިސަންސް ނުނަގައި ހިންގާ ފަރާތްތަކުން ރަޖިސްޓަރީކުރުމާއެކ،ު ލައިސަންސްގެ ހުރިހާ ކަމެއ،ް މި ގަވާއިދު ތަންފީޒުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ކޮށް ނިންމަންވާނެއެވެ.
- އަލަށް ހިންގަން ހަވާލުވ،ާ ފެނާއި ނަރުދަމާގެ ނިޒާމެއް ހިންގަން ހަވާލުވާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ވަގުތީ ލައިސަންސަށް އެދި ހުށަހަޅަންވާނެއެވެ.
(ށ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކީ ފުރިހަމަ ހުށަހެޅުމެއްކަމަށް އޮތޯރިޓީން ކަނޑައަޅާ ދުވަހުން ފެށިގެނ،ް 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ނިންމި ގޮތެއ،ް ހުށަހެޅުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެ ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ނެތްނަމަ ލައިސަންސް ދިނުމުގެ ހުރިހާ ކަމެއް ފުރިހަމަކޮށ،ް ހުށަހެޅުން ހުށަހެޅި ފަރާތަށް ލައިސަންސް ދޫކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ކޮންމެ ލައިސަންސެއްގައ،ި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު ހިމަނަންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުން ވެސ،ް އެ ފަރާތަކަށް ލިބިފައިވާ ލައިސަންސ،ް އެ ލައިސަންސެއްގެ ދަށުން ހުއްދަކުރެވޭ ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުތަކުގައި އާންމުކޮށް ފެންނަގޮތަށް
20 ވަނަ މާއްދާ - ހުންނަންވާނެއެވެ. ހިދުމަތް ދޭ ފަރާތް ރަޖިސްޓަރީކުރުން
(ހ) ފެނާއި ނަރުދަމާގެ ހިދުމަތެއް ދޭ ފަރާތުގެ ގޮތުގައި އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާކަމަށް ބެލެވޭނ،ީ އެ ފަރާތަކަށް މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކުރުމުންނެވެ. މި ގޮތުން ލައިސަންސްގައ،ި ބަޔާންކޮށްފައިވާ ހިދުމަތެއް ދިނުމަށް އެ ފަރާތެއް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައި އޮންނާނީ އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތަށެވެ.
(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރއާއި އާލާތްތައް ފަދަ ވަސީލަތްތައް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނ،ީ އޮތޯރިޓީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށެވެ.
21 ވަނަ މާއްދާ - ލައިސަންސާއި ހުއްދައިގެ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސާއި ހުއްދައިގެ މުއްދަތަކ،ީ އޮތޯރިޓީން އެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރާ ތާރީހުން ފެށިގެން ހިދުމަތުގެ ބާވަތާއި ހާލަތަށް ބަލައ،ި މީލާދީ 5 (ފަހެއް) އަހަރާއި 30 (ތިރީސް) އަހަރާ ދެމެދުގެ މުއްދަތެކެވެ.
(ށ) ލައިސަންސަށް އެދޭ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ކުރުވާނަމަ، ނުވަތަ ލައިސަންސެއް ލިބެންދެން ހިދުމަތް ފެށުމަށް މުހިންމުވެއްޖެކަމަށް އޮތޯރިޓީއަށް ފެންނަ ހާލަތެއްގައ،ި ލައިސަންސްގެ ބަދަލުގައި ދޫކުރެވޭނ،ީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގެ ވަގުތީ ހުއްދައެކެވެ.
(ނ) ލައިސަންސާއި ހުއްދައިގެ ކެޓަގަރީގެ މުއްދަތުތައް މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި ވާނެއެވެ.
ތިން ވަނަ ބާބު
ލައިސަންސާއި ހުއްދައަށް ބަދަލުގެނައުނ،ް މުއްދަތު އިތުރުކުރުން ނުވަތަ އައުކުރުން
22 ވަނަ މާއްދާ - ލައިސަންސާއި ހުއްދައިގެ މުއްދަތު އިތުރުކުރުން
(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިނ،ް އެ ލައިސަންސުގެ ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) ލައިސަންސުގެ ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަށް ރިއާޔަތްކޮށ،ް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ފަރާތުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދިއުމާއ،ި ލައިސަންސުން ހިނގައިފައިވާ މުއްދަތުގައި މި ގަވާއިދާ ހިލާފުވެފައި ނުވާނަމަ، އަދި މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ދެމެހެއްޓިފައިވާނަމަ، އެ ފަރާތަށް ދީފައިވާ ލައިސަންސްގެ ނުވަތަ ހުއްދައިގެ މުއްދަތު އޮތޯރިޓީން އިތުރުކޮށްދެވިދާނެއެވެ.
23 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކުރުން
މި ގަވާއިދުގެ ދަށުން ދޫކުރާ ރަޖިސްޓްރޭށަނުގައި ނުވަތަ ލައިސަންސްގައި ނުވަތަ ހުއްދައިގައި ހިމެނޭ ހައްގުތައް ނުވަތަ މިލްކުރެވިކަމަކީ އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ އެހެން ފަރާތަކާ ހަވާލުކުރެވޭނެ ނުވަތަ ވިއްކޭނެ ނުވަތަ މުދަލުގެ ގޮތުގައި ވާރުތަކުރެވޭނެ އެއްޗެއް ނޫނެވެ.
24 ވަނަ މާއްދާ - ލައިސަންސަށް ބަދަލުގެނައުން ނުވަތަ އައުކުރުން
(ހ) މި ގަވާއިދުގެ ދަށުން ދީފައިވާ ލައިސަންސަކަށް އެއްވެސް ބަދަލެއް ގެންނަން ނުވަތަ ލައިސަންސެއް ގެއްލިގެން ނުވަތަ ހަލާކުވެގެން ލައިސަންސްގެ އައު ކޮޕީއެއް ހޯދުމަށް އެކަމަށް ކަނޑައަޅައިފައިވާ ފޯމެއް މެދުވެރިކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމު ބަލައިގަނެވެނ،ީ މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފ،ީއޮތޯރިޓީއަށް ދެއްކުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސަށް ގެންނަން ހުށަހަޅައިފައިވާ ބަދަލަކާ ގުޅިގެން އޮތޯރިޓީން ނިންމާ ގޮތެއ،ް ސަރުކާރު ބަންދުނޫން 7 (ހައެއް) ދުވަހުގެ ތެރޭގައ،ި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި ހުށަހަޅައިފައިވާ ބަދަލެއް ގެނެސް 30 (ތިރީސް) ދުވަހުގެ ތެރޭގައި، ލައިސަންސް ހުށަހެޅި ފަރާތަށް ލައިސަންސް ހަވާލުކުރަންވާނެއެވެ.
ހަތަރު ވަނަ ބާބު
ލައިސަންސް ސަސްޕެންޑު ކުރުން ނުވަތަ ބާތިލުކުރުން
25 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދުގައި ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް ކަމެއ،ް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ އެ ގޮތާ ހިލާފަށް ގޮތަކަށް ކޮށްފިނަމަ، އެ ކަމެއް އެ ގޮތަށް ކުރި ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އި ހްތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ އިތުރުނ،ް އަންނަނިވި ކަންކަމުން ކުރެ ކަމެއް ކޮށްފިނަމަ، އެ ކަމެއް އެ ގޮތަށް ކުރި ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ކުރެވޭ ކަމެއ،ް މި ގަވާއިދުގެ ދަށުން ދީފައިވާ ސައްހަ ލައިސަންސެއް ނެތި ކުރުން؛
- މި ގަވާއިދުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ ފަރާތަކުނ،ް އެ ފަރާތަށް ލިބިފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ ށަރުތަކާ ނުވަތަ ށަރުތުތަކަކާ ހިލާފުވުން؛
- މި ގަވާއިދުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތަކުނ،ް ހިދުމަތްދޭ ފަރާތްތައް އަމަލުކުރުމަށް ލާޒިމުކުރާ އެއްވެސް ކަމަކާ ހިލާފުވުން؛
- މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ދޭންޖެހޭ މައުލޫމާތު ނުދިނުން؛
- މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ދޮގު މައުލޫމާތެއް ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުން؛
- މި ގަވާއިދު ތަންފީޒު ކުރުމަށް ޓަކައި ކުރަންޖެހޭ އޮޑިޓެއް ނުވަތަ އިންސްޕެކްށަނެއް ކުރެވޭނެ ގޮތ،ް ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތުން ހަމަޖައްސައި ނުދިނުން ނުވަތަ އެ ކަންކަމަށް އެއްބާރުލުން ނުދިނުން ނުވަތަ އެހީތެރިނުވުން.
26 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ސަސްޕެންޑް ކުރުން ނުވަތަ ބާތިލު ކުރެވޭނެ ހާލަތްތައް
(ހ) އަންނަނިވި ހާލަތްތަކުގައި ލައިސަންސެއް ސަސްޕެންޑް ކުރުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ލައިސަންސް ދޫކުރެވިފައިވާ ފަރާތުނ،ް އޮތޯރިޓީން ކަނޑައަޅައި ފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރަމުން ނުދާކަމަށް އޮތޯރިޓީއަށް ހެކި ލިބިއްޖެ ހާ ލަތެއްގައ،ި އެކަން އިސްލާހުކުރުމަށް އޮތޯރިޓީން ލިޔުމުން ވިދިވިދިގެން 3 (ތިނެއް) ފަހަރު އަންގަންވާނެއެވެ. އަދި 3 (ތިނެއް) ވަނަ ފަހަރު އެންގުމުން އެ އެންގުމަށް އިޖާބަނުދީފިނަމަ، އެ ލައިސެންސެއް ސަސްޕެންޑް ކުރެވިދާނެއެވެ.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުނ،ް ލައިސަންސް ސަސްޕެންޑްކޮށްފައިވާ މުއްދަތުގައި އެކަން އިސްލާހުކޮށްފައި ނުވާނަމަ، އެ ލައިސަންސެއް ބާތިލުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ލައިސަންސްގެ މުއްދަތު ހަމަވި ތާރީހަށް ނުވަތަ އިތުރުކޮށްދިން މުއްދަތު ހަމަވިއިރުވެސް ލައިސަންސް ދިން ކަމެއް ފެށިފައި ނުވާނަމަ، ލައިސަންސް ބާތިލުކުރުން.
(ށ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ އަންނަނިވި ހާލަތްތަކުގައި ސަސްޕެންޑް ކުރުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ހުއްދަ ދީފައިވާ ފަރާތުނ،ް އޮ ތޯރިޓީން ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރަމުން ނުދާކަމަށް އޮތޯރިޓީއަ ށް ހެކި ލިބިއްޖެހާލަތެއްގައ،ި އެކަން އިސްލާހުކުރުމަށް އޮތޯރިޓީން ލިޔުމުން ވިދިވިދިގެން 3 (ތިނެއް) ފަހަރު އަންގަންވާނެއެވެ. އަދި 3 (ތިނެއް) ވަނަ ފަހަރު އެންގުމަށްފަހު އެ ހުއްދައެއް ބާތިލުކުރެވިދާނެއެވެ.
(ނ) ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ ލައިސަންސް ނުވަތަ ހުއްދ،ަ ބާތިލުކުރުމަށް ނުވަތަ ސަސްޕެންޑް ކުރުމަށް އޮތޯރިޓީއަށް ފެންނަ ސަބަބާއެކު 15 (ފަނަރަ) ދުވަހަށް ވުރެ ކުރުނޫން މުއްދަތެއްގެ ނޯޓިހެއް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތަށް އޮތޯރިޓީން ދޭންވާނެއެވެ. އަދި ދޫކުރެވިފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލު ނުކުރެވޭނެކަމަށް ނުވަތަ ސަސްޕެންޑް ނުކުރެވޭނެކަމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ފެންނަނަމަ، ލައިސަންސް ބާތިލު ނުކުރެވޭނެ ނުވަތަ ސަސްޕެންޑް ނުކުރެވޭނެ ސަބަބު ބަޔާންކޮށް ނޯޓިހުގެ މުއްދަތުގައި ލިޔުމަކުން އެ ފަރާތުން އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.
(ރ) އޮތޯރިޓީގެ ފަރާތުން ލައިސަންސެއް އެއްކޮށް ނުވަތަ އޭގެ ވަކިބައެއް ސަސްޕެންޑް ކޮށްފިނަމަ ނުވަތަ ބާތިލުކޮށްފިނަމަ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އާންމުކޮށް އެކަން އެންގުމަށް ޓަކައި އޮތޯރިޓީން އިއުލާނު ކުރަންވާނެއެވެ.
(ބ) ލައިސަންސެއް ބާތިލުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވާ ހިނދ،ު ހިދުމަތް މެދުނުކެނޑި ދެމެހެއްޓުމަށް ޓަކައ،ި އިތުރު ށަރުތުތަކެއް ލައިސަންސްގައި ހިމަނައ،ި ލައިސަންސް ބާތިލުނުކޮށް ބޭއްވުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ހިދުމަތް ހުއްޓައިލަން ބޭނުންވުން
(ހ) މި ގަވާއިދުގެ ދަށުން ދީފައިވާ ލައިސަންސްގެ މުއްދަތު ހަމަނުވަނީސް ލައިސަންސްގެ ދަށުން ދެމުން ގެންދިޔަ ހިދުމަތް އަމިއްލަ އިހްތިޔާރުގައި ހުއްޓައިލުމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، ހިދުމަތް ހުއްޓައިލުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިނ،ް ސަބަބު ބަޔާންކޮށް އެކަން ލިޔުމުން އޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވެސް ލިޔުމުން އެކަން އެ މުއްދަތުގައި އަންގަންވާނެއެވެ.
(ށ) މި މާއްދާގައި (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ހިދުމަތް ހުއްޓައިލަންވާނ،ީ އެ ތަނެއްގެ ހާލަތާއި ވަގުތަށް ބަލައ،ި ހިދުމަތް ލިބިގަންނަ ފަރާތަށް ގެއްލުން ނުވާނޭ ގޮތަށް އޮތޯރިޓީގެ ލަފަޔާއި އިރުށާދުގެ މަތީންނެވެ.
28 ވަނަ މާއްދާ - އިހްތިޔާރުން ބޭރު ހާލަތެއް ދިމާވުން
(ހ) ކަނޑައެޅިފައިވާ ގޮތުގެ މަތީން ލައިސަންސްގެ ދަށުން އާންމު ހިދުމަތެއް ފޯރުކޮށްދެމުން ދަނިކޮށ،ް ލައިސަންސް ދީފައިވާ ފަރާތުގެ އިހްތިޔާރުން ބޭރުން ދިމާވާ ކަމެއްގެ ސަބަބުނ،ް އެ ފަރާތުން ދެމުންދާ ހިދުމަތް ކުރިޔަށް ނުގެންދެވޭ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމަށް ހަމަޖައްސައިދެވެން އޮތް އެންމެ ލުއިގޮތަކަށ،ް އެކަން ހަމަޖައްސައިދިނުމުގެ އިހް ތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ލުއިގޮތަށް ހަމަޖައްސައިދިނުމުގައި އަންނަނިވި ކަންކަން ކުރެވިދާނެއެވެ.
- ވަކި މުއްދަތަކަށް ކުރަންޖެހޭ ކަންކަން އެ މުއްދަތަށް ނުކުރެވުނު ނަމަވެސް ފިޔަވަޅު ނޭޅުން؛
- އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައިގައި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި މިގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި އެ ހިދުމަތް އަނބުރާ ކުރީގެ ހާލަތަށް ރުޖޫއަކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ހިދުމަތް އަނބުރާ ރުޖޫއަކުރުމަށް ޓަކައިހިދުމަތުގެ ބާވަތާއ،ި ވަގުތާއި ތަނާއި ހާލަތަށް ބަލައ،ި އޮތޯރިޓީއަށް އެކި ފިޔަވަޅުތައް އެޅިދާނެއެވެ.
29 ވަނަ މާއްދާ - ޒިންމާ އުފުލުން
ލައިސަންސްގެ ދަށުން ދެމުންގެންދާ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑައިލުމުގެ ސަބަބުނ،ް ނުވަތަ ހީނުކުރާ ފަދަ ހާލަ ތެއް ދިމާވުމުގެ ސަބަބުނ،ް ނުވަތަ ވަގުތީގޮތުން ހިދުމަތް ހުއްޓުވުމުގެ ސަބަބުނ،ް ނުވަތަ ލައިސަންސް ބާތިލުކުރުމުގެ ސަބަބުނ،ް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ނުވަތަ ކުރިމަތިވާ އުނދަގުލުގެ ޒިންމާ އުފުލާނ،ީ ލައިސަންސް ދީފައިވާ ފަރާތެވެ. ހަމަ އެހެންމ،ެ ލައިސަންސް ދީފައިވާ ފަރާތުން އެހެން ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފުލަންޖެހޭ ޒިންމާ ވެސް އުފުލާނ،ީ ލައިސަންސް ދޫކޮށްފައިވާ ފަރާތުންނެވެ.
30 ވަނަ މާއްދާ - އޮތޯރިޓީގެ ނިންމުން ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލުނުކުރެވޭނަމަ އަމަލުކުރެވިދާނެ ގޮތް
މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޭ ގޮތާމެދ،ު ނުވަތަ ލައިސަންސް ނުދިނުމަށް އޮތޯރިޓީން ނިންމާ ނިންމުމަކާމެދ،ު ނުވަތަ ދީފައިވާ ލައިސަންސް ސަސްޕެންޑްކުރުމަށް ނުވަތަ ބާތިލު ކުރުމަށް ނިންމާ ނިންމުމަކާމެދ،ު ނުވަތަ މި ގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދ،ު ނުވަތަ ކުރާ ޖޫރިމަނާއަކާމެދު ލައިސަންސް ދީފައިވާ ފަރާތުން ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
5 ވަނަ ބާބު
ލައިސަންސާއި ހުއްދަ ދޫކުރެވޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން
31 ވަނަ މާއްދާ - ތަންފީޒީ އޮފިސަރުން އައްޔަނުކުރުން
(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުމަށާއ،ި އެ ކަންކަން ހިނގާ ގޮތް މޮނިޓަރ ކުރުމަށް ޓަކައި ރެގިއުލޭޓަރީ ތަންފީޒީ އޮފިސަރުންގެ ގޮތުގައ،ި އޮތޯރީޓީގެ މުވައްޒަފަކ،ު ނުވަތަ އޮތޯރިޓީން ތަމްސީލުކޮށްދޭނެ އެހެން ފަރާތެއް އައްޔަނު ކުރެވިދާނެއެވެ.
(ށ) ތަންފީޒީ އޮފިސަރެއްގެ ބާރާއ،ި އަދާކުރަންޖެހޭ ވާޖިބާއި މަސްއޫލިއްޔަތުގެ ދާއިރާ ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް އަދި އެ ކަންކަން އަދާކުރަންޖެހެނީ ވަކި މުއްދަތަކަށް ކަމުގައި ހަމަޖެއްސުމުގެ އިހްތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) ގަވާއިދުގެ ދަށުން އައްޔަނުކޮށްފައިވާ ތަންފީޒީ އޮފިސަރެއްގެ ކިބައިން އޭނާގެ ހައިސިއްޔަތު އޮޅުންފިލުވުމަށް ސުވާލުކުރެވިއްޖެނަމަ، އޭނާއަކީ އޮތޯރިޓީން ކަނޑައަޅައިފައިވާ ތަންފީޒީ އޮފިސަރެއްކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ތަންފީޒީ އޮފިސަރަކަށް އޮތޯރިޓީން ދީފައިވ،ާއޮތޯރިޓީން ކަނޑައަޅައިފައިވާ ތަންފީޒީ އޮފިސަރެއްކަން އަންގައިދޭ ކޮންމެ ލިޔުމަކ،ީމި ގަވާއިދުގެ ދަށުން އޭނާ އަދާކުރަންޖެހޭ ކޮންމެ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރުމުގެ ބާރާއި އިހްތިޔާރު އޭ ނާއަށް ލިބިގެންވާކަން ސާބިތުކޮށްދިނުމަށް ފުދޭނެ ހެއްކެކެވެ.
32 ވަނަ މާއްދާ - ތަންފީޒީ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް
(ހ) މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގޮތުނ،ް ވެރިފަރާތުގެ ރުހުމާއެކު އަންނަނިވި ހާލަތްތަކުގައ،ި މި ގަވާއިދުގެ ދާއިރާއަށް ފެތޭ ކަންކަން ހިންގާކަމަށް ބެލެވޭ ތަންތަނާއި އުޅަނދުފަހަރާއި އެ ތަންތަނުގައިވާ ލޮގުފޮތްތަކާއި ލިޔެކިޔުންތަކުންނާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން މައުލޫމާތު ސާފުކުރުމާއ،ި އެ ލިޔެކިޔުންތަކުގެ ކޮޕީ ނެގުން ފަދަ ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ތަންފީޒީ އޮފިސަރުންނަށް ލިބިގެންވެއެވެ. އަދި ވެރިފަރާތުގެ ރުހުން ލިބިފައިނުވާ ހާލަތުގައި މިއިން ތަނަކަށް ވަދެވޭނީ ކޯޓު އަމުރަކާއެކުގައެވެ.
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ހެކި އެ ތަނަކުން ފެނިދާނެކަމަށް ގަބޫލުކުރެވުން؛
- އެ ތަނެއްގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައ،ި އެ ތަނަކަށް ވަންނަންޖެހުން ނުވަތަ ވަނުމަށް ބޭނުންވުން؛
- މި ގަވާއިދުގެ ދާއިރާގައި ހިމެނޭ ކަމަކާ ނުވަތަ ހަރަކާތަކާ ގުޅުންހުރި ފަރާތްތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތްތަކަށ،ް މި ގަވާއިދު ހިންގުމަށް ޓަކައި ބޭނުންވާ މައުލޫމާތު ދިނުމަށް އެންގުން؛
- މި ގަވާއިދުގެ އިތުރުނ،ް ގާނޫނަކުން ނުވަތަ ގަވާއިދަކުން ތަންފީޒީ އޮފިސަރަށް އިތުރު އިހްތިޔާރެއް ނުވަތަ ބާރެއް ލިބިދޭނަމަ، އެ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ލިބޭ އިހްތިޔާރެއް ނުވަތަ ބާރެއްގެ ބޭނުންކުރުން؛
- މި ގަވާއިދުގެ ދަށުން ތަންފީޒީ އޮފިސަރުން ހޯދާ އެއްވެސް މައުލޫމާތެއް އޮތޯރިޓީގެ ބޭނުންތަކަ ށް ފިޔަވައި އިތުރު އެއްވެސް ކަމަކަށް ބޭނުންކުރުމަކީ މަނާ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ އެންމެހައި ބާރުތައް ތަންފީޒުކުރުމުގައ،ި ތަންފީޒީ އޮފިސަރު އަމަލުކޮށްފައިވާ ގޮތް ރިކޯޑުކޮށ،ްއެކަމުގެ ރިކޯޑ،ު އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.
ހަވަނަ ބާބު
ލައިސަންސް ނުވަތަ ހުއްދައިގެ އާންމު ށަރުތު ތައް
33 ވަނަ މާއްދާ - ހިދުމަތަށް އަގު ނެގުން
(ހ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ނުވަތަ ލައިސަންސަށް އެދޭ ފަރާތުނ،ް ލައިސަންސްގެ ދަށުން ދޭ ހިދުމަތަކަށ،ް ހިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުން ނަގަންވާނ،ީ އޮތޯރިޓީން އެ ހިދުމަތަކަށް ނެގުމަށް ފާސްކޮށ،ް އާންމުކޮށް އިއުލާނުކޮށްފައިވާ އަގަށްވުރެ ބޮޑުނޫން އަގެކެވެ. މީގެ ތެރޭގައި ޓެރިފާއި ވަކި ހިދުމަތްތަކަށް ނަގާ އަގު ހިމެނޭނެއެވެ.
(ށ) ހިދުމަތަށް ނެގޭ އަގު ނުވަތަ ޓެރިފް އޮތޯރިޓީން ފާސްކުރަންވާނ،ީ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ ގޮތަށް ބަލައިގެނ،ް ހިދުމަތް ލިބޭނެ ފަރާތަށް ވީހާވެސް ކުޑަ އަގެއްގައި ދެވޭނޭ ގޮތަކަށ،ް އޮތޯރިޓީން ކަނޑައަޅާ އުސޫލުގެ މަތީންނެވެ. މިގޮތުން ހިދުމަތް ދޭ ފަރާތުން ހުށަހަޅާ ޓެރިފް ފާސްކުރުމަށް ޓަކައި ހިދުމަތަށް ހިނގާނޭ ހަރަދާއ،ި ކަމާ ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
(ނ) ޓެރިފް ފާސްކުރުމަށް ޓަކައި މާލީ ކަންކަމުގެ އިތުރުނ،ް ހިދުމަތުގެ ފެންވަރާއި އަގު ރަނގަޅުކުރުމަށް ޓަކައ،ި އެފިށަންސީއާއި އިއާދަކުރަނިވި ފެން ބޭނުންކުރުމަށް ށަރުތުކުރެވިދާނެއެއެވެ.
(ރ) ލައިސަންސް ދީފައިވާ ފަރާތުން ދޭ ހިދުމަތްތަކަށް ނަގާ އަގުތައ،ް ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުތަކުގައްޔާއި ލައިސަންސް ދީފައިވާ ފަރާތުގެ ވެބްސައިޓުގައ،ި އާންމުކޮށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ.
34 ވަނަ މާއްދާ - އަމަލުކުރަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތައް
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވޭ ފަރާތުން އަންނަނިވި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ހ) ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކު ރުމަށް އޮތޯރިޓީން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އާންމު އުސޫލުތައް.
(ށ) ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާއަކުނ،ް ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ހަދައި ހިންގާ ގަވާއިދުތަކާއި މިންގަނޑުތައް.
35 ވަނަ މާއްދާ - ހިދުމަތް ދެމެހެއްޓުން
ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތް ލިބިގަންނަ ފަރާތްތަކަށ،ް އެ ފަރާތްތަކުގެ ޑިމާންޑާ އެއްވަރަށ،ް ލައިސަންސް ދޫކުރެވުނު ފަރާތުން ހިދުމަތް ފޯރުކޮށްދޭންވާނެއެވެ. އަދި ހިދުމަތް މެދުކެނޑިފައި އޮތުމަށް އޮތޯރިޓީން ހުއްދަކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ހިދުމަތް މެދުކެނޑުނަނުދ،ީ ލައިސަންސް ދޫކުރެވޭ ފަރާތުން ހިދުމަތް ފޯރުކޮށްދެމުން ގެންދަންވާނެއެވެ.
36 ވަނަ މާއްދާ - ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުން
ލައިސަންސް ދީފައިވާ ފަރާތުން އޮތޯރިޓީއަށް ޖަވާބުދާރީވާނެ ނުވަތަ އޮތޯރިޓީގެ އެންގުންތައް ބަލައިގަންނާނ،ެ ޒިންމާދާރު އިސް މުވައްޒަފަކު ހަމަޖައްސައ،ި އެ މުވައްޒަފަކާބެހޭ މައުލޫމާތ،ުލައިސަންސް ދޫކުރާތ،ާ ސަރުކާރު ބަންދުނޫން 7 (ހައެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.
37 ވަނަ މާއްދާ - ށަކުވާ ބަލައިގަތުމާއި ޖަވާބުދާރީވުން
(ހ) ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު އެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކުން ލައިސަންސް ދީފައިވާ ފަރާތަށް ހުށަހަޅަން ބޭނުންވާ ށަކުވާތަކާއި މައްސަލަތައް ބަލައިގަތުމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ޓަކައި، ލައިސަންސް ދީފައިވާ ފަރާތުން ހިދުމަތްދޭ މަރުކަޒުގައި އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ށަކުވާ ބަލައިގަނެވޭނެ ފަދަ ނިޒާމެއް ގާއިމްކޮށ،ް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ނިޒާމާބެހޭ މައުލޫމާތު ފަސޭހައިން އެނގޭނެ އިންތިޒާމ،ުލައިސަންސް ދީފައިވާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި އެ ނިޒާމުގެ ތަފުސީލު އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.
(ށ) ފޯރުކޮށްދޭ އެއްވެސް ހިދުމަތަކާ ގުޅިގެން ހުށަހަޅާ ށަކުވާތަކާއި މައްސަލަތައް ހުށަހަޅާތާ 60 (ފަސްދޮޅޮސް) ދުވަހުގެ ތެރޭގައި ހައްލު ނުކުރެވިއްޖެނަމަ، އެ މައްސަލައެއް އޮތޯރިޓީއަށް ހުށަހެޅުމުގެ އިހްތިޔާރ،ު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައ،ް އެކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ވެސް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ށަކުވާތަކާ ގުޅިގެނ،ް ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އޮތޯރިޓީން އަމަލުކުރަންވާނެއެވެ.
38 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން
(ހ) އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި އޮތޯރިޓީން ކަނޑައަޅާ ފޯމެޓަކަށ،ް ބޭނުންވާނެ ފެންވަރާއި މިންވަރަށް ތައްޔާރުކޮށ،ް އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުނ،ް ލައިސަންސް ލިބިފައިވާ ފަރާތުނ،ް ނުވަތަ ލައިސަންސަށް އެދި ހުށަހަޅައިފައިވާ ފަރާތުން ފޯރުކޮށްދޭން ޖެހޭނެއެވެ. މީގެ ތެރޭގައި ބޭނުންވެއްޖެ ހިނދެއްގައި ފޯރުކޮށްދޭންޖެހޭ މައުލޫމާތާއ،ި ގަވާއިދުން ހުށަހަޅަންޖެހޭ މައުލޫމާތު ހިމެނެއެވެ. މި މައުލޫމާތު ޖުމުލަކޮށް ބެހިގެންވަނީ އަންނަނިވި ބައިތަކަށެވެ.
- ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް ލައިސަންސް ދޫކުރެވުނު ފަރާތުން އަމަލުކުރަމުންދޭތޯ ބެލުމަށް ބޭނުންވާ މައުލޫމާތު؛
- ލައިސަންސް ދެވިފައިވާ ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ވަޒަންކުރުމަށް ބޭނުންވާނެ މައުލޫމާތު؛
- ލައިސަންސް ދޫކުރެވުނު ފަރާތާ މެދު އެއްވެސް ފަރާތަކުން ހުށަހަޅައިފައިވާ މައްސަލައެއް ބެލުމަށް ހޯދޭ މައުލޫމާތު؛
- ޖިނާއީ މައްސަލަތަކާ ގުޅިގެން ހިންގޭ ތަހުގީގުތަކަށް ބޭނުންވާނެ މައުލޫމާތު؛
- ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާގެ ތަރައްގީއަށާއި ކުރިމަގު ރޭވުމަށް ބޭނުންވާ މައުލޫމާތު؛
- ޓެރިފް ފާސްކުރުމާއ،ި ޓެރިފާ ގުޅޭ ދިރާސާތަކާއި މެތަޑޮލަޖީތައް ތަރައްގީކުރުމަށް ބޭނުންވާން މައުލޫމާތު؛
- ޔުޓިލިޓީތައް އިންވެސްޓްމަންޓްތައް ސްކްރީންކޮށް ފާސްކުރުމަށް ބޭނުންވާ މައުލޫމާތު؛
- ސަރުކާރުގެ ސިޔާސަތު އެކުލަ ވައިލައި ތަންފީޒުކުރުމަށާއ،ި ފެނާއި ނަރުދަމާގެ ހިދުމަތްތަކުގެ ދާއިރާ ތަރައްގީކޮށް ރެގިއުލޭޓް ކުރުމަށް ކުރެވޭ ކަންކަމަށް ބޭނުންވާ މައުލޫމާތު؛
- އޮތޯރިޓީން ދިނުމަށް އެދޭ އެހެނިހެން މައުލޫމާތ.ު
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅަން އަންގާ މައުލޫމާތ،ު އޮތޯރިޓީން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
(ނ) އެއްވެސް ސަބަބަކާ ހުރެ މައުލޫމާތު ފޯރުކޮށްނުދެވޭނަމަ، ނޫނީ ފޯރުކޮށްދިނުން ލަސްވާނަމަ، މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅައިފައި ނުވަތަ އަންގައިފައިވާ ސުންގަޑީގެ ކުރިނ،ް ސަބަބު ބަޔާންކޮށ،ް ލައިސަންސް ލިބިފައިވާ ފަރާތުން އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހުށަހެޅުމަށް އޮތޯރިޓީން އަންގާ މައުލޫމާތ،ު ލައިސަންސް ލިބިފައިވާ ފަރާތުން ފޯރުކޮށް ނުދިނުމަކީ ނުވަތަ ފޯރުކޮށްދިނުން ލަސްވުމަކީ ކުށެކެވެ.
(ބ) މިއިން އެއްވެސް މައުލޫމާތެއް އޮތޯރިޓީގެ މުވައްޒަފެއްގެ އަމިއްލަ ބޭނުމަކަށް ނުވަތަ ދެވަނަ ފަރާތެއްގެ އަމިއްލަ ކަމަކަށް ނުވަތަ މަންފާއަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
ހަތް ވަނަ ބާބު
އެހެނިހެން
39 ވަނަ މާއްދާ - އިސްލާހުކުރުން
މި ގަވާއިދުގެ ދަށުން ދީފައިވާ ލައިސަންސެއްގެ ށަރުތަކާ ނުވަތަ ގަވާއިދުގެ ދަށުން އަންގާ އެންގުންތަކާ ނުވަތަ މި ގާނޫނުގައިވާ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ، އަދި އެކަން ކުރި ފަރާތަށް އެކަން އިސްލާހުކުރުމަށް އެންގުމުގެ އިހްތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އިސްލާހުކުރުމަށް ދީފައިވާ މުއްދަތުގައި އިސްލާހުނުކޮށްފިނަމަ ، މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
40 ވަނަ މާއްދާ - ކުށާއި އަދަބު (ނޯޓް: 40 ވަނަ ނަންބަރު ތަކުރާރު ކުރެވިފައިވޭ)
(ހ) އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއާއި އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް މައުލޫމާތެއް ފޯރުކޮ ށްދިނުމުގައ،ި ގަސްތުގައި އޮޅުވައިލައި ދޮގު މައުލޫމާތެއް ފޯރުކޮށްދީފައިވާނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވިދާނެއެވެ.
- ފުރަތަމަ ފަހަރު 10,000 (ދިހަހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 25,000 (ފަންސަވީސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50,000 (ފަންސާސްހާސް) ރުފިޔ.ާ
(ށ) ފެނުގެ ނިޒާމުތައް ނުވަތަ ނަރުދަމާ ނިޒާމުތައް ނުވަތަ އެއިން ބައެއް ގާއިމްކުރުމުގެ ކުރިން އެ ފެނުގެ ނިޒާމުތައް ނުވަތަ ނަރުދަމާ ނިޒާމުތައް ނުވަތަ އެއިން ބައެއްގެ ފަރުމާ އޮތޯރިޓީން ފާސްކޮށް އަދި ގާއިމްކުރުމުގެ ހުއްދައަކާ ނުލައި އެފަދަ ނިޒާމުތަކާއި ނުވަތަ ނިޒާމުން ބައެ އް ގާއިމްކުރި ފަރާތެއް އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވިދާނެއެވެ.
- ފުރަތަމަ ފަހަރު 100,000 (އެއްލައްކަ) ރުފިޔާ؛
- ދެވަނަ ފަހަރު 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 500,000 (ފަސްލައްކަ) ރުފިޔ.ާ
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ލައިސަންސް ލިބިފައިވާ ފަރާތަކުން ތަކުރާރުކުރާނަމަ، މި މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާކުރުމާއެކު، އެ ފަރާތަކަށް އެ ނިޒާމެއް ހިންގައި ބެލެހެއްޓުމަށް ދީފައިވާ ލައިސަންސެއް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ބާ ތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ލައިސަންސް ނުނަގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީފިނަމަ، ނުވަތަ ވާރޭފެން ނަގައި އެހެން ފަރާތެއްގެ ބޭނުމަށް ވިއްކައިފިނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
- ފުރަތަމަ ފަހަރު 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 500,000 (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.
(ބ) މި ގަވާއިދުގެ ދަށުން ދީފައިވާ ލައިސަންސަކަށް ބަދަލެއް ގެނެ ސްފިނަމަ، ނުވަތަ ލައިސަންސްގެ އިމުގެ ބޭރުން މަސައްކަތްކޮށްފިނަމަ، އަންނަނިވި ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
- ފުރަތަމަ ފަހަރު 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 500,000 (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.
(ޅ) ހިދުމަތް ދޭ ފަރާތަށް ކަމެއް އި ސްލާހުކުރަން އޮތޯރިޓީން ދޭ މުއްދަތުގެ ތެރޭގައި އެ ކަމެއް ރަނގަޅު ނުކޮށްފިނަމަ، އަންނަނިވި ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.
- ފުރަތަމަ ފަހަރު 25,000 (ފަންސަވީސްހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 50,000 (ފަންސާސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 100,000 (އެއްލައްކަ) ރުފިޔ.ާ
(ކ) ބިމުގެ ފެންފަށަލައިން ނުވަތަ ކުޅިފަދަ ތަނަކުން ފެން ނަގައިގެން ފެން އުފެއްދުމަށް ނުވަތަ ފެން އުފެއްދުމުގެ ބޭނުމުގައި ފެން ސާފުކޮށްގެން ބޭނުންކުރުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފި ފަރާތެއ،ް އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
- ފުރަތަމަ ފަހަރު 500,000 (ފަސްލައްކަ) ރުފިޔާ؛
- ދެވަނަ ފަހަރު 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 1,000,000 (އެއްމިލިޔަން) ރުފިޔ.ާ
(އ) މި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށް ޓަކައ،ި އޮތޯރިޓީން ލައިސަންސް ލިބިގެން ފެނާއި ނަރުދަމާގެ ހިދުމަތެއް ފޯރުކޮށްދޭ ތަންތަން އޮތޯރިޓީން ބަލައި ފާސްކުރެވިދާނެއެވެ. މިފަދަ ތަންތަން ބަލައި ފާސްކުރުމަށް އޮތޯރިޓީގެ ތަންފީޒީ އޮފިސަރަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމާއ،ި ހިދުމަތް ދިނުމަށް ދަތިކުރުމާއ،ި އިހުމާލުންވިޔަސް ޖިސްމާނީ ގެއްލުމެއް ދިނުމާއ،ިގޯނާކުރުމާއ،ި މިނޫނަސް މަސައްކަތަށް އުނދަގޫކުރުމަށް އެއްވެސްކަމެއް ކޮށްފިނަމަ، އަންނަނިވި ގޮތުގެ މަތީ ން ޖޫރިމަނާ ކުރެވިދާނެއެވެ.
- ފުރަތަމަ ފަހަރު 5,000 )ފަސްހާސް( ރުފިޔާއިން ޖޫރިމަނާކުރުމާއ،ިއެ ކުރި އަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން؛
- ދެވަނަ ފަހަރު 15,000 )ފަނަރަހާސް( ރުފިޔާއިން ޖޫރިމަނާކުރުމާއ،ިއެ ކުރި އަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަ ކަށް ހުށަހެޅުން؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 25,000 (ފަންސަވީސްހާސް) ރުފިޔާއިން ޖުރިމަނާކުރުމާއ،ި އެ ކުރި އަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން.
(ވ) މި ގަވާއިދުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހުއްދަދީފައިވާ ފަރާތުން ނުވަތަ އެ ފަރާތުގެ މުވައްޒަފަކ،ު ފެނާއި ނަރުދަމާއާ ގުޅޭ މަސައްކަތެއް ކުރުމަށް ވަންނަންޖެހޭ ތަނަކަށް ވަނުމާއ،ި ކުރަންޖެހޭ މަސައްކަތެއް ކުރުމާއ،ި އެ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއް ގެނައުމާއި ގެންދިޔުން ފަދަ ކަމެއް ކުރުމަށް ގަބޫލުކުރެވޭފަދަ ސަބަބެއްނެތި ހުރަސްއެޅުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ކުރާ ފަރާތެއ،ް އަންނަނިވި ގޮތުގެ މަ ތީ ން ޖޫރިމަނާ ކުރެވިދާނެއެވެ.
- ފުރަތަމަ ފަހަރު 2,000 (ދެހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 4,000 (ހަތަރު ހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5,000 (ފަސްހާސް) ރުފިޔ.ާ
(މ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް ގަސްތުގައި ނުވަތަ އެ ނޫ ން ގޮތަކަށް ވިޔަސް ގެއްލުން ދިނުމާއ،ި ހިދުމަތް ދިނުމަށް ދަތިކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ކުރާ ފަރާތެއ،ް އަންނަނިވި ގޮތުގެ މަތީ ން ޖޫރިމަނާ ކުރެވިދާނެއެވެ.
- ފުރަތަމަ ފަހަރު 500,000 (ފަސްލައްކަ) ރުފިޔާ؛
- ދެވަނަ ފަހަރު 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 1,000,000 (އެއްމިލިޔަން) ރުފިޔ.ާ
40 ވަނަ މާއްދާ - އޮތޯރިޓީ ތަމްސީލުކުރާ ފަރާތްތަކުގެ އިމްތިޔާޒު (ނޯޓް: 40 ވަނަ ނަންބަރު ތަކުރާރު ކުރެވިފައިވޭ)
އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީ ތަމްސީލުކުރާ ފަރާތަކުން ރަނގަޅު ނިޔަތުގައި މި ގަވާއިދު ހިނގުމުގެ ގޮތުން ކުރާ ކަމަކާމެދު ނުވަތަ ކުރި ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު ނުވަތަ އޭ ނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރި ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލަން ޖެހުނު ކަމަކާމެދު އަމިއްލަ ހައިސިއްޔަތުން އޭނާ ޒިންމާ އުފުލާކަށެއް ނުޖެހޭނެއެވެ.
41 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކޮށްފައިވަނީ އެ އަކުރުތަކުގައި މާނަކޮށްފައިވާ ގޮތަށެވެ.
(ހ) "މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނ،ީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާނުކޮށް ނުވަތަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ރަށްރަށާއ،ި އިދާރީގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކަށާއި ސަރަހައްދުތަކަށެވެ.
(ށ) "އަމިއްލަ ބޭނުމަށް" ކަމަށް ބުނެފައި އެވަނ،ީ ސިޓީއެއްގައި ނުވަތަ ރަށެއްގައި ފެނުގެ ނިޒާމެއް ނުވަތަ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިދުމަތްދޭ ފަރާތުން އެ ނިޒާމަކުން އިތުރު ބޭނުންތަކަށް ހިދުމަތް ނުދެވޭ ހާލަތުގައި ނުވަތަ ފެނުގެ ނިޒާމު ނުވަތަ ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިނުވާ ހާލަތުގައި ފެން އުފެއްދުމަށާއި ނަޖިހާއި ނަޖިސްފެން ނައްތައިލާ ނިޒާމު ގާއިމްކުރުމަށެވެ.
(ނ) "އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނ،ީ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނުގެ ހިދުމަތްތަކަށް ނުވަތަ ނަރުދަމާގެ ހިދުމަތްތަކަށެވެ.
(ރ) "ފެނުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނ،ީ އާންމު ބޭނުންތަކަށާއ،ި ވިޔަފާރިތަކުގެ ބޭނުމަށާއ،ި ސިނާއީ ބޭނުންތަކަށް ފެން އުފައްދައި ފޯރުކޮށްދޭ ފެނުގެ ހިދުމަތަށެވެ.
(ބ) "ނަރުދަމާގެ ހިދުމަތް" ކަމަށް ބުނެފައި އެވަނ،ީ މީހުން ދިރިއުޅޭ ތަންތަނުންނާއި އެނޫންވެސް ތަންތަނުން އުފެދޭ ނަޖިސްފެނާއ،ި ތަޣައްޔަރުވެފައިވާ ދިޔާ އެއްޗެހި ހޮޅިލައިނެއްގެ ޒަރީއާއިން ނުވަތަ އެނޫންވެސް ގޮތަކަށް ޖަމާކޮށ،ް ޓްރީޓްކޮށް މެނޭޖްކުރުމުގެ ހިދުމަތަށެވެ.
(ޅ) "އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނ،ީ މި ގަވާއިދުގެ ދަށުން ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ޓްރާންސްފަރ ކުރުމަށް ނުވަތަ އައުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަށެވެ.
(ކ) "ލައިސަންސް ދީފައިވާ ފަރާތް" ނުވަތަ "ލައިސަންސް ދޫކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނ،ީ މި ގަވާއިދުގެ ދަށުން ވަކި ހިދުމަތެއް ފޯރުކޮށްދިނުމަށް ލައިސަންސް ދީފައިވާ ފަރާތްކަމުގައެވެ.
(އ) "ހުއްދަ" ކަމަށް ބުނެފައި އެވަނ،ީ މި ގަވާއިދުގެ ދަށުން ވަކި މަސައްކަތަށް ފެނުގެ ހިދުމަތް ބޭނުންކުރުމަށް ދީފައިވާ ހުއްދަ ނުވަތަ ޕާމިޓްކަމުގައެވެ.
(ވ) "ލައިސަންސް" ކަމަށް ބުނެފައި އެވަނ،ީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށ،ް ވަކި ށަރުތުތަކަކާއެކު ކަނޑައަޅައިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ދީފައިވާ ލިޔެކިޔުމެކެވެ.
(މ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނ،ީ މި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށ،ް އޮތޯރިޓީން ކަނޑައަޅާ ވަކި ކަމެއް ކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތެއްކަމުގައެވެ.
(ފ) "ސިނާއީ މަސައްކަތް ކުރާ ތަންތަން" ކަމަށް ބުނެފައި އެވަނ،ީ އިންޑަސްޓްރިއަލް މަސައްކަތްކުރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ ރަށްތަކާއ،ިދަނޑުވެރިކަމުގެ މަސައްކަތާއި މަސްކައްކާ ކާރުހާނާތަކާއ،ި އޮޑިދޯނިފަހަރު ބަންނަ ތަންތަނަށެވެ.
(ދ) "ފެނުގެ ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ގާއިމްކޮށްފައިވާ މީރުފެން އުފައްދާ ޕްލާންޓުތަކާއ،ި ފެން ރައްކައުކުރާ ތާނގީތަކާއ،ިމެށިނަރީސްތަކާއ،ި ފެން ޕަންޕްފަދަ އާލާތްތައް ހިމެނޭ ފެނުގެ ވިއުގަޔާއ،ި އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.
(ތ) "ނަރުދަމާގެ ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ ގޭގޭގެ ފާހާނާތަކުން ބޭރުވ،ާނަރުދަމާގެ ހޮޅިން ފެށިގެނ،ް ނަޖިހާއި ނަޖިސްފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށް ޓަކައި ގާއިމްކޮށްފައިވާ ނަރުދަމާގެ ވިއުގަޔާއ،ި އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.
(ލ) "ވާރޭފެން ނަގާ ރައްކައުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ އެ ރަށެއްގެ އާންމު ބޭނުންތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އެފަދަ އެހެން ފަރާތަކުން އެ ރަށެއްގައި ޖަމާއަތުގެ ބޭނުމަށް ޓަކައި ގާއިމްކޮށްފައިވާ ވާރޭ ފެންތާނގީތަކަށެވެ.
(ގ) "ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ނުވަތަ "ސީވޭޖް ޓްރީޓްމަންޓް ޕްލާންޓް" ކަމަށް ބުނެފައި އެވަނ،ީ ނަރުދަ މާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސް ފެން އެއްވެސް ތަނަކަށް ބޭރުކުރުމުނ،ް އެ ތަނުގެ ތިމާވެށްޓަށް ނުވަތަ ދިރުމަކަށް ގެއްލުންނުވާ މިންވަރަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.
(ޏ) "ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ ހިދުމަތެއް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރއާއ،ި އާލާތްތަކާއ،ި އަދިވެސް މިނޫނަސް ހިދުމަތް ދިނުމަށް ބޭނުންވާނެ ތަކެއްޗަށެވެ.
(ސ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނ،ީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނެއްގެ ދަށުން އުފައްދާ ''ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީ'' އަށެވެ.
(ޑ) "އެޖެންސީ" ކަމަށް ބުނެފައި އެވަނ،ީ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ" އަށެވެ.
ގަވާއިދަށް އަމަލުކުރަން ފެށުން (ނޯޓް: މި މާއްދާއަށް ނަންބަރެއް ދެވިފައިނުވޭ)
މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު