-

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ނަންބަރު 2023-105) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-147)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޯގަސްޓް 2023 ގައި)

 

ގަވާއިދު ނަންބަރު 2023-105 (ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދީފައިވާ ލައިސަންސް ނުވަތަ ހުއްދަ 6.

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ދީފައިވާ ލައިސަންސް ނުވަތަ ހުއްދ،ަ މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-105)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-147)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު