gaanoon_logo
-

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ނަންބަރު 2023-105) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-66)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ޖޫން 2025 ގައި)

 

ގަވާއިދު ނަންބަރު 2023-105 (ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދީފައިވާ ލައިސަންސް ނުވަތަ ހުއްދަ 6.

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ދީފައިވާ ލައިސަންސް ނުވަތަ ހުއްދަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައި ލައިސަންސް ނަގަންވާނެއެވެ. 

 

2 ވަނަ މާއްދާ -

ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރާއި، (12) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކޮށް، މި މާއްދާއަށް 14 ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކޮށް، (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ދާއިމީ ލައިސަންސް ދިނުން 11 (ށ).

(5) ނިޒާމު ހިންގާ ބަލަހައްޓާނެ ގޮތް އެނގޭނެ ފަދަ "އޮޕަރޭށަން އެންޑް މެއިންޓަނަންސް މެނުއަލް" އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން އެކުލަވައިލައިފައިވުން؛

(6) ހިދުމަތް ދިނުމަށް ޓަކައި، ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ވާންޖެހޭ އެއްބަސްވުންތަކާއި، ހިދުމަތްދޭނެ އިޖުރާއަތު ތައް ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން އެކުލަވައިލުން؛

(7) ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށް، ދެ ދާއިރާ އެއްކޮށް ހިމެނޭހެން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދު ނުވަތަ ފެސިލިޓީތަކުގައި ބޭނުންކުރާ މެށިންތަކުގެ މެނުފެކްޗަރަރ ޓްރެއިނިންގ ނުވަތަ ކޮންޓްރެކްޓަރުގެ ފަރާތުން ފޯރުކޮށްދޭ ޓްރެއިނިންގ ސެޓުފިކެޓު ހޯދައިފައިވާ 2 (ދޭއް) ޓެކްނީށަނުން ތިބުން؛

(8) ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށް ޓަކައި ހަދަންޖެހޭ ފެނާއި ނަރުދަމާގެ ތަހުލީލުތައް ކުރުމަށް "އިނ-ްހައުސް" ކޮށް ސެޓަޕެއް ގާއިމުކޮށްފައިވާ ނަމަ، ފެނުގެ ތަހުލީލުކުރުމަށް، އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދު ހާސިލުކޮށްފައިވާ 1 (އެކެއް) ލެބޯޓްރީ ޓެކްނީށަން ހުރުން؛

(9) ފެނުގައި ޖަރާސީމު ހުރި މިންވަރު ތަހުލީލުކުރެވޭނެ އިންތިޒާމެއް، ލައިސަންސަށް އެދޭ ނިޒާމުގައި ގާއިމުވެފައި ހުރުން ނުވަތަ ފެނުގައި ޖަރާސީމު ހުރި މިންވަރު ތަހުލީލުކުރުމަށް އިނ-ްހައުސް ސެޓަޕެއް ގާއިމުކޮށްފައި ނެތް ނަމަ، ތިންވަނަ ފަރާތެއް މެދުވެރިކޮށް ފެން ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުން؛

(10) ނަރުދަމާ ނިޒާމުން ބޭރުކުރާ ނަޖިސްފެނުގެ ކޮލިޓީ ތަހުލީލުކުރެވޭނެ އިންތިޒާމެއް، ލައިސަންސަށް އެދޭ ނިޒާމުގައި ގާއިމުވެފައި ހުރުން ނުވަތަ ނަޖިސްފެނުގެ ކޮލިޓީ ތަހުލީލުކުރުމަށް އިނ-ްހައުސް ސެޓަޕެއް ގާއިމުކޮށްފައި ނެތް ނަމަ، ތިންވަނަ ފަރާތެއް މެދުވެރިކޮށް ފެން ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުން؛

(11) ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބަލަހައްޓާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، "ހެލްތު އެންޑް ސޭފްޓީ މެނުއަލް" ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން އެކުލަވައިއިލުން؛

(12) ރިސޯޓުތަކާއި ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތައް ފިޔަވައި އެހެނިހެން ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައްޗަށްލާޒިމުކުރާ ކަންކަމާއި، ހިދުމަތްދޭ ފަރާތުން އެކިއެކި ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދުތައް ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން އެކުލަވައިލައިފައިވުން؛

(14) ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް މެދުކެނޑެން ދިމާވެދާނެ ހާލަތްތަކަށް ރިއާޔަތްކޮށް އެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ އެމަރޖެންސީ ރެސްޕޯންސް ޕްލޭން އެކުލަވައިލުން.

(ނ) މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ފެން ނުވަތަ ނަރުދަމާގެ ނިޒާމު ހިންގުމުގެ ލައިސަންސް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ތަންތަނުގައި ތިބޭ 2 (ދޭއް) ޓެކްނީށަނުންނަކީ އެ ދެ ދާއިރާ އެއްކޮށް ހިމެނޭހެން، ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދު ހާސިލުކޮށްފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އާއި (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެޕްލިކޭށަނު ގައި ބަލާނެ ކަންތައްތައް 18.

(ހ) ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމުގެ ގާބިލުކަން (މާލީ ވަސީލަތްތަކާއި، ފަންނީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް). އަދި ރިޒޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ފަރާތްތަކުން، ފަންނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ހުރިކަން ސާބިތުކޮށްދޭންވާނެއެވެ.

(މ) ރިޒޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ފަރާތްތައް ފިޔަވައި، އެނޫން ފަރާތްތަކުން ހިދުމަތް ތަރައްގީކުރުމަށް ކުރިޔަށް އޮތް 5 (ފަހެއް) އަހަރަށް އެކުލަވައިލާ ޕްލޭން

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް 1-28 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ކުއްލި ހާލަތު 1-28.

ގުދުރަތީ ކާރިސާއަކާ ނުވަތަ އަމިއްލަ އިހުތިޔާރުން ބޭރުން ދިމާވާ ކަމަކާ ގުޅިގެން ވެސް ހިދުމަތް މެދުނުކެޑި ދެވޭނެކަން ކަށަވަރުކުރުމަށް ޓަކައި ހިދުމަތް ދިނުމަށް ބޭނުންވާ އެކަށީގެންވާ މެޓީރިއަލް ސްޓޮކެއް، ހިދުމަތްދޭ ފަރާތުން އިންތިޒާމު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "ވަގުތީ ލައިސަންސް" ކަމަށް ބުނެފައިވާ ލަފުޒުތައް "ކޮންޑިށަނަލް ލައިސަންސް" މި ގޮތަށް ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-105)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-147)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު