-

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-126)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

 1 ވަނަ މާއްދާ - ތައާރުފާއި އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 63 ވަނަ މާއްދާއިން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ "ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު" އެވެ.

(ނ) އަމަލުކުރަން ފަށާ ތާރީހު  

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

(ރ) އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2019-1051 (ސެކިއުރިޓީޒް ހުށަހެޅުމާ ވިއްކުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގޭ ދާއިރާ

މި ގަވާއިދު ހިނގާނީ، ތިރީގައިވާ ފަދައިން ސެކިއުރިޓީޒް ދޫކުރުމަށެވެ.

(ހ) އާންމުކޮށް ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލުން.

(ށ) ލައިސަންސް ދީފައިވާ ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ވަކި ފަރާތްތަކަކަށް ސެކިއުރިޓީޒް ދޫކުރުމަށް، ސެކިއުރިޓީޒް ދޫކުރާ ފަރާތުން ހުށަހެޅުން.

(ނ) އާންމުކޮށް ސެކިއުރިޓީޒް ދޫކުރަން ހުޅުވައިނުލި ކަމުގައި ވިޔަސް، ޖުމުލަގޮތެއްގައި 50 (ފަންސާސް) އަށްވުރެ ގިނަ ފަރާތަކަށް ސެކިއުރިޓީޒް ދޫކުރުން.

 

3 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށެވެ.

(ށ) "އިސްތިހާރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި ބުނެފައިވާ މާނައިގައެވެ.

(ނ) "އޮޑިޓަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ކުރަންޖެހޭ އޮޑިޓްތައް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.

(ރ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

(ބ) "ތަޖުރިބާކާރު" ކަމަށް ބުނެފައި އެވަނީ، އިންޖިނޭރުންނާއި، އަގުކުރާ ފަރާތްތަކާއި، އެކައުންޓެންޓުންނާއި، އެފަދަ އެހެން ފަރާތްތަކުގެ ފަންނީ ދާއިރާގެ ސަބަބުން އެ ފަރާތްތަކުން ދޭ ބަޔާނަކަށް އިތުބާރުކުރެވޭ ފަދަ ފަރާތްތައް ހިމެނޭ ގޮތަށެވެ.

(ޅ) "އިންވެސްޓްމަންޓް ފަންޑު" އާއި، "ފަންޑު މެނޭޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

(ކ) "ސެކިއުރިޓީޒް ދޫކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

(އ) "ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލާ ތާރީހު/ ވިއްކުމަށް ހުޅުވައިލާ ތާރީހު" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ގަންނަން ބޭނުންވާ ފަރާތްތަކުން ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމަށް ހުޅުވައިލާ ތާރީހަށެވެ.

(ވ) "ޕްރޮސްޕެކްޓަސް" ކަމަށް ބުނެފައި އެވަނީ، ކުންފުންޏެއްގެ ސެކިއުރިޓީޒް ގަތުމަށް އެ ކުންފުނިން އެހެން ފަރާތްތަކަށް ދައުވަތުދޭ ލިޔުމާއި، ސިޓީއާއި، ސަރކިއުލަރއާއި، ނޯޓިސް ފަދަ ތަކެއްޗަށެވެ.

(މ) "އާންމުކޮށް ސެކިއުރިޓީޒް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

(ފ) ސެކިއުރިޓައިޒް ކުރުމާއި، ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ނަމަ، "ސްކީމް"، "އޮރިޖިނޭޓަރ"، "މުދާ" އަދި "އެސްޕީއީ" އަށް ދީފައިވަނީ، މި ގަވާއިދުގެ 5 ވަނަ ބާބުގައި ދީފައިވާ މާނަކުރުމެވެ.

(ދ) "ސެކިއުރިޓީޒް" ކަމުގައި ބުނެފައި އެވަނީ، ތިރީގައިވާ މާނައިގައެވެ.

  1. ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި "'ސެކިއުރިޓީޒް" ކަމުގައި ކަނޑައަޅައިފައިވާ ތަކެއްޗަށް؛
  2. އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓް ކުރުމުގެ ކޮންޓްރެކްޓަކަށް ނުވަތަ މުއާމަލާތަކަށެވެ.
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، ސެކިއުރިޓީީޒްގެ ތެރޭގައި، ބިލް އޮފް އެކްސްޗޭންޖާއި، ޕްރޮމިސަރީ ނޯޓާއި، ސެޓިފިކެޓް އޮފް ޑިޕޮޒިޓާއި، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ބޭންކިންގ ވިޔަފާރި" އެއް ނުހިމެނޭނެއެވެ. (އިސްލާހު ކުރެވިިފައި)

(ތ) ލިސްޓުކޮށްފައިވާ ސެކިއުރިޓީީޒަކީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީީ ޒްއާބެހޭ ގާނޫނު) ގެ ދަށުން އާންމުކޮށް ހުޅުވައިލައިގެން ނުވަތަ ހުއްދަދީފައިވާ ޕްރައިވެޓް ސެކިއުރިޓީޒްގެ ވަސީލަތްތައް މެދުވެރިކޮށް ދޫކޮށްފައިވާ، އަދި ލައިސަންސް ލިބިފައިވާ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓުކޮށްފައިވާ ކޮންމެ ސެކިއުރިޓީ ޒެކެވެ. (އިސްލާހު ކުރެވިިފައި)

(ލ) "ޓްރަސްޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓްރަސްޓް އެއްބަސްވުމެއް ތަންފީޒު ކުރުމުގެ ފައިޑިއުށަރީ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަށެވެ. (އިތުރު ކުރެވިިފައި)

 

2 ވަނަ ބާބު

ޕްރޮސްޕެކްޓަސްއާއި މައުލޫމާތު ހާމަކުރުމުގެ ށަރުތުތައް 

 

4 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ހުށަހެޅުން

ސެކިއުރިޓީޒް ވިއްކުމަށްޓަކައި، މި ގަވާއިދުގައިވާ ގޮތުގެ މަތީން، ޕްރޮސްޕެކްޓަސްއެއް ތައްޔާރުކޮށް، އޮތޯރިޓީއަށް އެ ޕްރޮސްޕެކްޓަސް ހުށަހަޅައިގެން ރަޖި ސްޓަރީ ކުރަންވާނެއެވެ.  

 

5 ވަނަ މާއްދާ -  ޕްރޮސްޕެކްޓަސް ތައްޔާރުކުރުން 

(ހ)  ސެކިއުރިޓީޒް ގަތުމަށް ޓަކައި ދޭ ކޮންމެ ދައުވަތަކަށް ޕްރޮސްޕެކްޓަސްއެއް ތައްޔާރުކުރަންވާނެއެވެ.

(ށ) ޕްރޮސްޕެކްޓަސްގައި ހުންނަންޖެހޭ މައުލޫމާތު

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިންވެސްޓަރުންނާއި އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތަކަށް، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ޓަކައި، ޕްރޮސްޕެކްޓަސްއެއްގައި ހުންނަންވާނެކަމަށް ގަބޫލުކުރެވޭ އަންނަނިވި ކަންކަމުގެ މައުލޫމާތު ޕްރޮސްޕެކްޓަސްގައި ހިމަނަންވާނެއެވެ.

  1. ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ މުދަލާއި ދަރަނި، މާލީ ހާލަތު، ފައިދާއާއި ގެއްލުމުގެ ހިސާބުތައް، އަދި ވިޔަފާރި ކުރިއެރުވުމުގެ ފުރުސަތު އޮތް މިންވަރު؛
  2. އެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމުގައި އެކުލެވޭ ހިރާސް؛
  3. އެ ސެކިއުރިޓީޒާ ގުޅިފައިވާ ހައްގު ތަކާއި ޒިންމާތައް.

(ނ) ޕްރޮސްޕެކްޓަސްގައިވާ މައުލޫމާތު ފަހުމްވުމުގައި އޮޅުންއަރާ ފަދަ ގޮތަކަށް ހިމަނައިގެން ނުވާނެއެވެ. އަދި އެއްވެސް މުހިންމު ހަގީގަތެއް ޕްރޮސްޕެކްޓަސްއިން އުނިކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ޖަދުވަލު (1) ގައިވާ މައުލޫމާތުތައް ޕްރޮސްޕެކްޓަސްގައި ހުންނަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، ތިރީގައިވާ ހާލަތްތަކުގައި ޕްރޮސްޕެކްޓަސްއިން މައުލޫމާތު އުނިކުރުމުގެ ހުއްދަ އޮތޯރިޓީން ދެވިދާނެއެވެ.

  1. ސްޓޮކް އެކްސްޗޭންޖުގައި އެ ކުންފުނި ލިސްޓުކޮށްފައިވާނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ކުރިން ސެކިއުރިޓީޒް ދޫކޮށްފައިވާނަމަ؛
  2. އެ ކުންފުނިން އަލަށް ސެކިއުރިޓީޒް ދޫކުރާނަމަ، އައު ސެކިއުރިޓީޒް ދޫކުރަނީ ކުރިން އެ ފަންތީގެ ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކަމަށްވާނަމަ؛
  3. މި މާއްދާގައި ކަނޑައަޅައިފައިވާ މިންވަރަށް އިންވެސްޓަރުންނަށް އެންމެ ފަހުގެ މައުލޫމާތު ލިބިދީފައިވާނަމަ.

(ޅ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލުމުގެ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ކުރިން، އެ ގިންތީގެ ނުވަތަ އެހެން ގިންތިއެއްގެ ސެކިއުރިޓީޒް ވިއްކުމަށް ފުރިހަމަ ޕްރޮސްޕެކްޓަސްއެއް ހުށަހަޅައިފައިވާނަމަ، ފުރިހަމަ ޕްރޮސްޕެކްޓަސްއެއް އަލުން ހުށަހެޅުމުގެ ބަދަލުގައި، ހަމައެކަނި އެ ދެމެދުގެ މުއްދަތުގައި އައިސްފައިވާ، އެ ސެކިއުރިޓީޒުގެ އަގަށް އަސަރުކުރުވާ ފަދަ ބަދަލުތައް ހިމަނައިފައި ކުރީގެ ޕްރޮސްޕެކްޓަސްއާއެކު ހުށަހެޅިދާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ބޭނުމަށް، "ފުރިހަމަ ޕްރޮސްޕެކްޓަސް" އަކީ، މި ގަވާއިދުގެ ޖަދުވަލު (1) ގައި ބަޔާންކޮށްފައިވާ މައުލޫމާތު (އިސްތިސްނާ ކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ މައުލޫމާތު ފިޔަވައި) ހިމަނައިފައިވާ ޕްރޮސްޕެކްޓަސްއެވެ.

(އ) ޕްރޮސްޕެކްޓަސްގައި މައުލޫމާތު ހިމަނައިފައި ހުންނަންވާނީ، ވީހާވެސް ފަސޭހައިން ހޯދައި، ފަހުމްކުރެވޭނޭ ގޮތަށެވެ.

 

6 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް

(ހ) ސެކިއުރިޓީޒް ދޫކުރުމަށް ހުށަހަޅާ ފަރާތްތަކުން، ށެލްފް ޕްރޮސްޕެކްޓަސްއެއް އޮތޯރިޓީއަށް ހުށަހަޅައިގެން އެ ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށެލްފް ޕްރޮސްޕެކްޓަސްއެއް ހުށަހަޅައިފައިވާ ފަރާތަކުން، އެ ޕްރޮސްޕެކްޓަސްގެ ތާރީހުން ފެށިގެން 365) ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ ތެރޭގައި އައު ޕްރޮސްޕެކްޓަސްއެއް ހުށަހަޅާކަށެއް ނުޖެހޭނެއެވެ. ނަމަވެސް، ސެކިއުރިޓީޒް ދޫކުރާ ކޮންމެ ފަހަރަކު ނުވަތަ ކޮންމެ ބުރެއްގައި، ސެކިއުރިޓީޒްގެ ތަފުސީލުތަކާއި، ށެލްފް ޕްރޮސްޕެކްޓަސްގައި ހުރި މައުލޫމާތުތަކަށް އައިސްފައިވާ ބަދަލުތައް ހިމެނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

  

7 ވަނަ މާއްދާ -  ތަޖުރިބާކާރުންގެ ބަޔާން

ތަޖުރިބާކާރަކު ދީފައިވާ ބަޔާން ޕްރޮސްޕެކްޓަސްގައި ހިމަނަންވާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ފްރޮސްޕެކްޓަސް ހުށަހަޅާ ކުންފުނި އުފެއްދުމުގައި އެ ތަޖުރިބާކާރު ހިއްސާނުވުން؛
  2. ކުންފުނި ހިންގުމުގައި އެއްވެސް އިރެއްގައި ށާމިލުވެފައި ނުވުން؛
  3. މަސްލަހަތު އެކުލެވިފައިވާ ފަރާތެއް ކަމުގައި ނުވުން.

(ށ) ތަޖުރިބާކާރުންގެ ބަޔާން ޕްރޮސްޕެކްޓަސްގައި ހިމަނަންވާނީ، އެ ބަޔާން ޕްރޮސްޕެކްޓަސްގައި ހިމެނުމަށް ޓަކައި، ބަޔާން ދިން ގޮތަށާއި ދިން ހާލަތަށް ހަވާލާދީ، ލިޔުމުން އިޒުނަ ހޯދުމަށްފަހުގައެވެ. އަދި އިޒުނަ ދީފައިވާ ކަމަށާއި، އިޒުނަ ބާތިލުކޮށްފައި ނުވާކަމަށް ޕްރޮސްޕެކްޓަސްގައި ބަޔާންކުރަންވާނެއެވެ. އަދި އޮތޯރިޓީއަށް ޕްރޮސްޕެކްޓަސް ހުށަހެޅުމުގެ ކުރިން އެ އިޒުނަ ބާތިލުކޮށްފައި އޮވެގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - މާލީ ބަޔާންތަކާއި ރިޕޯޓުތައް

(ހ) ސެކިއުރިޓީޒް ދޫކުރާ ފަރާތަކީ ޕޭރަންޓް ކުންފުންޏެއް ކަމުގައި ވާނަމަ، މި މާއްދާގައި މާލީ ބަޔާންތަކުގެ ގޮތުގައި ބުނެފައި އެވަނީ، ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ބަޔާންތަކާއި، އެ ކުންފުނީގެ ކޮންސޮލިޑޭޓް ނުކުރާ މާލީ ބަޔާންތައް ވަކިން ހިމެނޭގޮތަށެވެ.

(ށ) ސެކިއުރިޓީޒް ވިއްކުމަށް ހުށަހަޅާ ޕްރޮސްޕެކްޓަސްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ފާއިތުވީ 2 (ދޭއް) މާލީއަހަރުގެ މާލީ ބަޔާންތައް؛
  2. މާލީ ބަޔާންތަކަކީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހަދައިފައިވާ ބަޔާންތަކެއް ކަމަށާއި، އެ ބަޔާންތަކުގެ ސައްހަކަމަށް އެ ފަރާތްތަކުން ޒިންމާ އުފުލާކަމަށް ބަޔާންކޮށްފައިވާ، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ޑިރެކްޓަރުންގެ އިގްރާރު؛
  3. އޮޑިޓް ރިޕޯޓު؛
  4. ޕްރޮސްޕެކްޓަސްގައި އޮޑިޓަރުގެ ރިޕޯޓު ހިމެނުމަށް އެ ފަރާތުން ދީފައިވާ އިޒުނައާއި، އެ ރިޕޯޓުގައިވާ މައުލޫމާތަށް އެ ފަރާތުން ޒިންމާ އުފުލާކަމަށާއި، ރިޕޯޓު ހެދި ތާރީހަށްފަހު، ރިޕޯޓުގެ ސައްހަ ކަމާމެދު ށައްކު އުފެދޭފަދަ އެއްވެސް މައުލޫމާތެއް އެ ފަރާތަށް ލިބިފައިނުވާކަމުގެ އިގްރާރެއް ނުވަތަ އެފަދައިން އިގްރާރުވެވެން ނެތް ނަމަ، އެފަދައިން ލިޔެފައިވާ ބަޔާނެއް؛
  5. މި މާއްދާގެ (ޅ) ގައި ބުނެފައިވާ، މާލީ ހާލަތާމެދު ކަށަވަރުކަން ދޭ އިގްރާރު؛
  6. ށަރީއާ ހުއްދަކުރާ ސެކިއުރިޓީޒް ދޫކުރާނަމަ، ށަރީއާ އެޑްވައިޒަރުގެ އިގްރާރު.

(ނ) ސެކިއުރިޓީޒް ދޫކުރާ ފަރާތް ވުޖޫދުގައި ވާތާ 2 (ދޭއް) މާލީއަހަރު ފާއިތުވެފައި ނުވާނަމަ އަދި މި ގަވާއިދުގެ އެހެން މާއްދާއަކުން އިސްތިސްނާކޮށްފައި ނުވާނަމަ ހުށަހަޅާނީ 1 (އެކެއް) އަހަރުދުވަހުގެ މާލީހިސާބުތަކެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބުނެފައިވާ، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަކީ ސެކިއުރިޓީޒް ގަތުމަށް ހުޅުވައިލާ ތާރީހުގެ 6 (ހައެއް) މަސްދުވަހުގެ ކުރީގެ ބަޔާންތަކެއްނަމަ، ސެކިއުރިޓީޒް ދޫކުރުމަށް ހުއްދަ ދެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.

  1. އޮޑިޓްކޮށްފައިވާ ބަޔާންތަކުގެ ތާރީހުން ފެށިގެން، ސެކިއުރިޓީޒް ގަތުމަށް ހުޅުވައިލާ ތާރީހާ ވީހާވެސް ގާތްކޮށް މާލީ ބަޔާންތައް ތައްޔާރުކުރެވެން އޮތް ތާރީހަކާ ދެމެދުގެ މުއްދަތުގެ އޮޑިޓް ނުކުރާ ބަޔާންތައް ހުށަހެޅުން؛
  2. އާންމުކޮށް ސެކިއުރިޓީޒް ދޫކުރާނަމަ، އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތަކަކީ ސެކިއުރިޓީޒް ގަތުމަށް ހުޅުވައިލާ ތާރީހުގެ 9 (ނުވައެއް) މަސްދުވަހުގެ ކުރީގެ ބަޔާންތަކަކަށް ނުވުން، ނުވަތަ ސެކިއުރިޓީޒް ދޫކުރަނީ ދައުވަތު ދެވޭ ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެންނަމަ، 12) ބާރަ) މަސްދުވަހުގެ ކުރީގެ ބަޔާންތަކަކަށް ނުވުން؛
  3. މި އަކުރުގެ (1 (ވަނަ ނަންބަރުގައި އޮތް، އޮޑިޓް ނުކުރާ ބަޔާންތަކުގެ ތާރީހަކީ، ސެކިއުރިޓީޒް ގަތުމަށް ހުޅުވައިލާ ތާރީހުގެ 3) ތިނެއް) މަސްދުވަހުގެ ކުރީގެ ތާރީހަކަށް ނުވުން.

(ބ) ސެކިއުރިޓީޒް ދޫކޮށްގެން ލިބޭ އާމްދަނީ ނުވަތަ އެއިން ބައެއް، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް ގަތުމުގައި ބޭނުންކުރާނަމަ، އަދި އެ މުއާމަލާތުގެ ސަބަބުން އެ ގަނެވޭ ކުންފުންޏެއް ވާނީ ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ސަބްސިޑިއަރީއަކަށް ނަމަ، އެ ގަނެވޭ ކުންފުނީގެ ނުވަތަ ވިޔަފާރީގެ އަންނަނިވި ރިޕޯޓުތައް ވެސް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓުތަކަކީ ސެކިއުރިޓީޒް ގަތުމަށް ހުޅުވައިލާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ކުރީގެ ރިޕޯޓުތަކެއް ކަމުގައި ވެގެން ނުވާނެއެވެ.

  1. ވޭތުވެދިޔަ 2) ދޭއް) އަހަރުދުވަހުގެ، އޮޑިޓް ކޮށްފައިވާ (ވަކިވަކި އަދި ކޮންސޮލިޑޭޓް ނުވަތަ ޖަމްއުކޮށްފައިވާ) މާލީ ބަޔާންތައް؛
  2. ގަނެވޭ ކުންފުނި ނުވަތަ ވިޔަފާރީގެ އޮޑިޓް ރިޕޯޓު.

(ޅ) ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ޑިރެކްޓަރުންނާއި، މި މާއްދާގެ (ބ) ގައިވާ، ގަނެވޭ ކުންފުނި ނުވަތަ ވިޔަފާރީގެ ޑިރެކްޓަރުން، އެ ކުންފުނިތަކުގެ ނުވަތަ ވިޔަފާރިތަކުގެ އޮޑިޓްކޮށްފައިވާ އެންމެ ފަހުގެ މާލީ ބަޔާންތަކުގެ ތާރީހުން ފެށިގެން ސެކިއުރިޓީޒް ދޫކުރަން ހުޅުވައިލާ ތާރީހުގެ 14 (ސާދަ) ދުވަހުގެ ކުރިޔަށް ނުވާ ތާރީހަކާ ދެމެދުގައި ހިނގާ މުއްދަތުގައި، އެ ކުންފުނީގެ ނުވަތަ ވިޔަފާރީގެ، ތިރީގައިވާ ކަންކަން ހުރި ގޮތާ ބެހޭގޮތުން ދޭ އިގްރާރު؛ (އިތުރު ތަފުސީލު ބޭނުންވާނަމަ، ތަފުސީލާއެކު)

  1. ކުންފުންޏާއި އޭގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ވިޔަފާރި ދެމެހެއްޓިފައިވާ މިންވަރު،
  2. އެންމެ ފަހުގެ އަހަރީ އާންމު ޖަލްސާއަށްފަހު، ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތަކުގެ ވިޔަފާރިއަށާއި މުދަލުގެ މާލީ ބަޔާންތަކުން ދައްކައިދީފައިވާ އަގުތަކަށް އުނިކަން ލިބޭ ފަދަ އެއްވެސް ކަމެއް މެދުވެރިވެފައިވޭތޯ ނުވަތަ އެފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައިވޭތޯ ނުވަތަ ނޫންތޯ؛
  3. ކުންފުންޏާއި އޭގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ވިޔަފާރީގެ ތެރެއިން އުފެދިފައިވާ މުދަލުގެ (ކަރަންޓް އެސެޓްތަކުގެ) އަގު ފޮތްތަކުގައި ބަޔާންކޮށްފައިވަނީ ވިޔަފާރީގެ އާންމު ހާލަތުގައި އެ މުދަލެއް ވިއްކައިލާނަމަ އެ މުދަލަކަށް ލިބޭނެކަމަށް ގަބޫލުކުރެވޭ ސައްހަ އަގުތަކުގައިތޯ ނުވަތަ ނޫންތޯ؛
  4. ކުންފުންޏާއި އޭގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ފަރާތުން މިހާރު ދީފައިވާ ގެރެންޓީއެއްގެ ސަބަބުން ކުރިމަގުގައި ދަރަންޏެއް ވުޖޫދުވެދާނެތޯ ނުވަތަ ނޫންތޯ؛
  5. (ކުންފުންޏާއި އޭގެ ސަބްސިޑިއަރީ ކުންފުނިތަކުގެ މާލީ ބަޔާންތަކުގައިވާ ރިޒާވްތަކުގެ އަދަދަށް ބަދަލު އައިސްފައިވޭތޯ ނުވަތަ ނޫންތޯ އަދި ބަދަލު އައިސްފާނޭ ފަދަ އެއްވެސް ކަމެއް ދިމާވެފައިވޭތޯ ނުވަތަ ނޫންތޯ.

(ކ) ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރާނަމަ، އޮރިޖިނޭޓަރގެ މާލީ ބަޔާންތަކާއި އިގްރާރުތައް ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - އިސްތިހާރުކުރުން

ސެކިއުރިޓީޒް ވިއްކުމުގެ ދައުވަތަކާ ގުޅޭ އިސްތިހާރެއްގައި، ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދޮގު މައުލޫމާތު، ނުވަތަ އޮޅުންއަރާ ފަދަ މައުލޫމާތު ނުވަތަ އޮޅުވައިލުން އެކުލެވޭ މައުލޫމާތު ހިމެނިގެން ނުވާނެއެވެ.

(ށ) ހިމަނައިފައިވާ މައުލޫމާތު، މި ގަވާއިދާއި، ރަޖިސްޓަރީ ކޮށްފައިވާ ޕްރޮސްޕެކްޓަސްގައިވާ މައުލޫމާތާ އެއްގޮތް ވާންވާނެއެވެ.

(ނ) ސެކިއުރިޓީޒް ދޫކުރަނީ އާންމުކޮށް ހުޅުވައިލައިގެންތޯ ނުވަތަ ނޫންތޯ ބަޔާންކޮށް، ސެކިއުރިޓީޒް ގަނެވޭނެގޮތް ހިމަނަންވާނެއެވެ.

 

10 ވަނަ މާއްދާ - އިސްތިސްނާކުރުން

(ހ) ސެކިއުރިޓީޒް ދޫކުރާ ފަރާތުން ނުވަތަ ވިއްކަން ހުށަހަޅާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، މި ގަވާއިދުގެ ދަށުން ޕްރޮސްޕެކްޓަސްގައި ހިމެނުމަށް ލާޒިމް ކޮށްފައިވާ މައުލޫމާތެއް، ތިރީގައިވާ ހާލަތަކަށް ފެތޭނަމަ، އެ މައުލޫމާތެއް އުނިކުރުމަށް އޮތޯރިޓީން ހުއްދަ ދެވިދާނެއެވެ.

  1. އެ މައުލޫމާތެއް ހާމަކުރުމަކީ މުޖުތަމައުގެ އާންމު މަސްލަހަތަށް ގެއްލުންހުރި ކަމަކަށް ވުން؛
  2. އެ މައުލޫމާތަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ މުދަލާއި، ދަރަންޏާއި، މާލީ ހާލަތާއި، ފައިދާއާއި ގެއްލުމާއި ވިޔަފާރި ކުރިއެރުވުމުގެ ފުރުސަތު އޮތް މިންވަރު ވަޒަންކުރުމުގައި އެހާ މުހިންމު މައުލޫމާތަކަށް ނުވުން ؛
  3. އެ މައުލޫމާތު ފާޅުކުރުމަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނޭ އަމަލަކަށް ވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސްޕެކްޓަސްގައި ހިމެނުމަށް ލާޒިމު ކޮށްފައިވާ މައުލޫމާތެއް އިސްތިސްނާ ކުރުމަށް އޮތޯރިޓީން ނިންމާއިރު، އެ އިސްތިސްނާ ކުރެވޭ މައުލޫމާތެއްގެ ސަބަބުން ހަގީގަތާއި ހާލަތު ވަޒަންކުރުމުގައި އޮޅުންއަރާ ފަދަ ހާލަތެއް ދިމާނުވާނޭކަމުގެ ޔަގީންކަން އޮންނަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ޕްރޮސްޕެކްޓަސްގައި ސެކިއުރިޓީޒް ދޫކުރި ފަރާތުގެ މައުލޫމާތު ހިމެނުމަށް އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ސެކިއުރިޓީޒް ވިއްކާ ފަރާތުން ޕްރޮސްޕެކްޓަސްގައި ސެކިއުރިޓީޒް ދޫކުރި ފަރާތުގެ މައުލޫމާތު އުނިކުރެވިދާނެއެވެ.

  1. ވިއްކާ ފަރާތަކީ، އެ ސެކިއުރިޓީޒް ދޫކުރި ފަރާތަށް ނުވާނަމަ، ނުވަތަ ސެކިއުރިޓީޒް ދޫކުރި ފަރާތާއެކު އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރާ ފަރާތަކަށް ނުވާނަމަ؛
  2. އެ ފަރާތަކީ ސެކިއުރިޓީޒް ދޫކުރި ފަރާތަށް ނުވުމާއެކު، އެ މައުލޫމާތު އެ ފަރާތަށް ލިބިފައި ނުވާތީއާއި، އެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރުމަށް ފަހުގައި ވެސް އެ މައުލޫމާތު ލިބިފައިނުވާނަމަ.

 

11 ވަނަ މާއްދާ - ސެކިއުރިޓީޒް އެލޮޓްކުރުން

އެއްވެސް ފަރާތަކަށް ސެކިއުރިޓީޒް އެލޮޓްކުރަންވާނީ، ސެކިއުރިޓީޒް ދޫކުރުމަށް ބޭނުންވާ އެންމެ މަދު މިންވަރަށް ސެކިއުރިޓީޒް ގަތުމުގެ ހުށަހެޅުން ލިބިފައިވާނަމައެވެ.

 

12 ވަނަ މާއްދާ -  ޑިބެންޗަރޒް ނުވަތަ ބޮން ޑު ދޫކުރުމާ ގުޅިގެން މުދާ ރަހުނު ކުރުން 

(ހ) ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރަނީ "ސެކިއާރޑް ޑިބެންޗަރޒް ނުވަތަ ބޮންޑު" ގެ ގޮތުގައި ބަޔާންކޮށްގެން ކަމުގައި ވާނަމަ، މި މާއްދާއަށް އަމަލުކުރަންވާނެއެވެ.

(ށ) ސެކިއުރިޓީޒް ދޫކުރަނީ އޭގެ ޖުމުލަ އަގު ނުވަތަ އޭގެ އެއްބަޔަށްވާ މިންވަރަށް ރަހުނެއްގެ ގޮތުގައި މުދަލެއް އެކަށައަޅައިގެން ކަމުގައި ވާނަމަ، ސެކިއުރިޓީޒް ދޫކުރާ ފަރާތުން ނުވަތަ އެ ފަރާތަށް އިސްތިސްނާ ލިބިފައިވާނަމަ، ޕޭރަންޓް ކުންފުނިން ތިރީގައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

  1. (ސެކިއުރިޓީޒްއާ ގުޅިގެން ރަހުނުކުރުމަށް އެކަށައެޅުނު މުދާ، ގާނޫނު ނަންބަރު 9/1993 (ރަހުނާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި، އެއާ ގުޅުންހުރި ގާނޫނުތަކުގައިވާ ގޮތުގެ މަތީން ރަހުނު ކުރަންވާނެއެވެ.
  2. ރަހުނުކުރާ މުދަލުގެ އަގު ކަމުގައި ކަނޑައެޅޭ އަގު، ދޫކުރާ ސެކިއުރިޓީޒްގެ ޖުމުލަ އަގާ އެއްވަރު ނުވަތަ އެއަށްވުރެ ބޮޑުވާންވާނެއެވެ. އަދި ދޫކުރާ ސެކިއުރިޓީޒްގެ އެއްބަޔަށްވާ އަދަދަށް ރަހުނުކުރާނަމަ، 50) ފަންސާސް) އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑުވާންވާނެއެވެ.
  3. ސެކިއުރިޓީޒް އެކަށައެޅުމުގެ 14 (ސާދަ) ދުވަހުގެ ތެރޭގައި ރަހުނާ ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ނިންމަންވާނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާ މުދާ ވާންވާނީ، އިންށުއަރ ކޮށްފައިވާ މުދަލަކަށެވެ.

(ރ) ޑިބެންޗަރޒްއަށް ނުވަތަ ބޮންޑަށް ސަރުކާރުން ގެރެންޓީ ދީފައިވާ ނަމަ، މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) އިން އިސްތިސްނާވާނެއެވެ.

 

13 ވަނަ މާއްދާ - ޑިބެންޗަރޒް އާ ނުވަތަ ބޮންޑާ ގުޅިގެން ޓްރަސްޓީއެއް އައްޔަނުކުރުން

ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރުމަށް ޓަކައި ސެކިއުރިޓީޒް ދޫކުރާ ފަރާތުން ޓްރަސްޓީއެއް ހަމަޖައްސައި އައްޔަނު ކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ޑިފޯލްޓް ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް

(ހ) ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރާ ފަރާތްތަކުން ބޮންޑު ދޫކުރުމުގެ ޕްރޮސްޕެކްޓަސްގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނިފައި ހުންނަންވާނެއެވެ.

  1. ޕްރިންސިޕަލްއާއި އިންޓަރެސްޓު ގެ ފައިސާ ދައްކަންޖެހޭ ވަގުތަށް ނުދެއްކިއްޖެނަމަ، އެއީ ޑިފޯލްޓްވީ ކަމުގައި ބެލެވޭނެކަން؛
  2. އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ޖުމުލަކޮށް ދައްކަންޖެހޭ 50،000 (ފަންސާސް ހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިސާއެއް ދައްކަންޖެހޭ ވަގުތަށް ނުދެއްކިއްޖެނަމަ، މި ގަވާއިދުގެ ދަށުން ދޫކުރާ ޑިބެންޗަރޒް ނުވަތަ ބޮންޑު ޕޭމަންޓްތައް ދެއްކުމުގައި ޑިފޯލްޓްވީކަމުގައި ބެލެވޭނެކަން (ކްރޮސް ޑިފޯލްޓް)؛
  3. ޑިފޯލްޓުގެ ހާލަތުގައި އަމަލުކުރާނެ ގޮތްތައް.

(ށ) ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކު ރާ ފަރާތަކުން އެ ސެކިއުރިޓީޒާ ބެހޭ ގޮތުން، ޑިފޯލްޓްވީ ކަމުގައި ބެލެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އޮތޯރިޓީއަށާއި އިންވެސްޓަރުންނަށް އެކަން ވަގުތުން އަންގަންވާނެއެވެ. އަދި އެ ޑިފޯލްޓް ދެމިއޮތް ހާލަތެއްގައި، ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކުން ނުވަތަ އޮތޯރިޓީން އެހެން ގޮތަކަށް ނިންމައިފައި ނުވާނަމަ، ތިރީގައިވާ ކަންކަން ކޮށްގެން ނުވާނެއެވެ.

  1. ހިއްސާދާރުންނަށް އެއްވެސް ބާވަތެއްގެ ޑިވިޑެންޑެއް ނުވަތަ ބޯނަސް ހިއްސާއެއް ނުވަތަ އެފަދަ އެއްވެސް މުދަލެއް ބަހައިގެން ނުވާނެއެވެ.
  2. އެއްވެސް ބާވަތެއްގެ މެޓީރިއަލް މުއާމަލާތެއް ހިންގައި ނުވަތަ އެފަދަ މުއާމަލާތެއް ހިންގުމުގެ އެއްބަސްވުމެއްގައި ބައިވެރިވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އޮތޯރިޓީން ގޮތެއް ކަނޑައެޅުމުގައި، އިންވެސްޓަރުންނަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ގޮތްތައް ހަމަޖައްސައިފައިވާކަން ކަށަވަރު ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމާއި އެހެނިހެން ށަރުތުތައް  

(ހ) ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން، ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހާމަކުރަމުން ގެންދަންވާނެއެވެ.

(ށ) ސުކޫކުގެ ގޮތުގައި ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުން ސުކޫކު ދޫކުރުމުގައި، ސުކޫކު ދޫކުރުމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ނ) ފަންޑެއްގެ ޔުނިޓުގެ ގޮތުގައި ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭގޮތުން އޮތޯރިޓީން ހަދާ ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.

(ރ) ސެކިއުރިޓީޒް ދޫކުރާ ފަރާތަށް ހައްގުވި ނަމަވެސް، އެހައިތަނަށް ބަހައިފައިނުވާ ފައިދާ ފިޔަވައި އެހެން ފައިދާއެއް ނުވަތަ ފައިދާގެ މުގާބިލުގައި އެހެން އެއްޗެއް ހިއްސާދާރުންނަށް ބަހައިގެން ނުވާނެއެވެ. 

 

16 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްއާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިޔުމާއި ފީ

(ހ) އޮތޯރިޓީއަށް ހުށަހަޅާ ޕްރޮސްޕެކްޓަސް ފާސްކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުންނެވެ.

  1. އާންމުކޮށް ހުޅުވައިލައިގެން ސެކިއުރިޓީޒް ދޫކުރާނަމަ، 35،000 (ތިރީސް ފަސްހާސް) ރުފިޔާ؛
  2. އާންމުކޮށް ހުޅުވައިލައިގެން ނޫންނަމަ، 5،000  (ފަސްހާސް) ރުފިޔާ؛
  3. މި މާއްދާގެ (ހ) ގެ (1 (ވަނަ ނަންބަރާއި، (2 (ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީގެ އިތުރުން، އިސްލާމިކް އިކުއިޓީ ނަމަ، އިސްލާމިކް ސެކިއުރިޓީޒް ސްކްރީން ކުރުމާ ގުޅުންހުރި، އޮތޯރިޓީގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފީ.

(ށ) ޕްރޮސްޕެކްޓަސްގައި ހުރި މައުލޫމާތު އިތުރަށް ކަށަވަރު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ބޭނުންވާ ލިޔުންތައް ހުށަހަޅަން އޮތޯރިޓީން އެދިއްޖެނަމަ އެ ލިޔުންތައް ހުށަހެޅުމުންނެވެ.

 

3 ވަނަ ބާބު

އާންމުކޮށް ސެކިއުރިޓީޒް ދޫކުރުން 

17 ވަނަ މާއްދާ - އާންމުކޮށް ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލުން

(ހ) މި ބާބުގައިވާ މާއްދާތަކަށް އަމަލުކުރަންޖެހޭނީ އާންމުކޮށް ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލާ ނަމައެވެ.

(ށ) "އާންމުކޮށް ސެކިއުރިޓީޒް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ސެކިއުރިޓީޒް ގަތުމަށް ދައުވަތު ދިނުމެއްނެތި، އަދި ސެކިއުރިޓީޒް ގަންނަން އެދޭ ކޮންމެ ފަރާތަކަށް ވެސް ސެކިއުރިޓީޒް ގަނެވޭ ގޮތަށް އޮތުމާއެކު، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ގޮތަށް ސެކިއުރިޓީޒް ދޫކުރުމަށް ނުވަތަ ވިއްކުމަށެވެ.

 

18 ވަނަ މާއްދާ - ސެކިއުރިޓީޒް އާންމުކޮށް ވިއްކުން

(ހ) އާންމުކޮށް ސެކިއުރިޓީޒް ދޫކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1. ޕަބްލިކް ކުންފުންޏަކަށް؛
  2. އިންވެސްޓްމަންޓް ފަންޑަކަށް؛
  3. ސެކިއުރިޓައިޒޭށަން ސްކީމެއްގެ ދަށުން އެސްޕީއީއަކަށް.

(ށ) އާންމުކޮށް ސެކިއުރިޓީޒް ދޫކުރެވޭނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އާއި، ސެކިއުރިޓީޒް ދޫކުރާ ފަރާތަކީ ކުންފުންޏެއް ނަމަ ގާނޫނު ނަންބަރު 10/1996 (ކުންފުންޏާބެހޭ ގާނޫނު) އާއި، ޕާޓްނަރށިޕެއްނަމަ ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުންނެވެ.

(ނ) ސެކިއުރިޓީޒަކީ ޑިބެންޗަރޒް ނުވަތަ ބޮންޑު ކަމުގައި ވެފައި، އެ ސެކިއުރިޓީޒް ދޫކުރަނީ "ސެކިއޯޑް" ޑިބެންޗަރޒް ނުވަތަ ބޮންޑުގެ ގޮތުގައި ކަމަށް ވާނަމަ، މި ގަވާއިދުގެ 12 ވަނަ މާއްދާއަށް އަމަލުކުރަންވާނެއެވެ.

(ރ) ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރާނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ސެކިއުރިޓީޒް ދޫކުރަނީ ސް ޕެށަލް ޕަރޕަސް އެންޓިޓީއަކުން ކަމުގައިވުން؛
  2. މުދަލުގެ އޮރިޖިނޭޓަރަކީ ސަރުކާރު ކަމުގައި ނުވާނަމަ، ނުވަތަ ސަރުކާރުން ގެރެންޓީ ދީފައިވާ ފަރާތަކަށް ނުވާނަމަ، އޮރިޖިނޭޓަރަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ވުން؛
  3. މި ގަވާއިދުގެ 5 ވަނަ ބާބުގައިވާ ކަންކަން ސެކިއުރިޓައިޒޭށަން ސްކީމުގައި ފުރިހަމަވުން؛
  4. އޮރިޖިނޭޓަރަކީ ދިވެހި ސަރުކާރު ކަމުގައިވާ ހާލަތުގައި މެނުވީ، އޮރިޖިނޭޓަރުގެ މާލީ ބަޔާންތައް ހުށަހެޅުން.

(ބ) ފަންޑެއްގެ ޔުނިޓުގެ ގޮތުގައި ސެކިއުރިޓީޒް އާންމުކޮށް ދޫކުރެވޭނީ، މި ގަވާއިދާއި، އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭގޮތުން އޮތޯރިޓީން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީންނެވެ.

 

19 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ހާމަކުރުން

އޮތޯރިޓީއަށް ހުށަހަޅައި ފާސްކޮށްފައިވާ ޕްރޮސްޕެކްޓަސް، ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލުމުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން ށާއިއުކޮށް، ޕްރޮސްޕެކްޓަސް ށާއިއުކޮށްފައިވާކަން، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް ހާމަކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ލިސްޓުކުރުމާއި ސެކިއުރިޓީޒުގެ މުއާމަލާތްތައް ކުރުން

(ހ) ސެކިއުރިޓީޒް އާންމުކޮށް ދޫކުރުމަށް ހުޅުވައިލުމުގެ ކުރިން ސްޓޮކް އެކްސްޗޭންޖުގައި ސެކިއުރިޓީޒް ލިސްޓުކުރުމަށް އެދި އެޕްލިކޭށަން ހުށަހަޅައި އަދި ލިސްޓުކުރުމަށް ހުއްދަ ލިބިފައިވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ދޫކުރެވޭ ސެކިއުރިޓީޒުގެ ޒާތަށް ބަލައި، އެ ސެކިއުރިޓީޒުގެ މުއާމަލާތުތައް ކުރުމަށް ވަކި ގޮތެއް ހަމަޖައްސައިފައިވާނަމަ، މި މާއްދާގެ (ހ) އިން ސެކިއުރިޓީޒް ދޫކުރާ ފަރާތް އޮތޯރިޓީއަށް އިސްތިސްނާ ކުރެވިދާނެއެވެ.

(ނ) އާންމުކޮށް ހުޅުވައިލައިގެން ދޫކުރެވޭ ސެކިއުރިޓީޒް، ތިރީގައިވާ ހާލަތުތަކުގައި ފިޔަވައި، އެއްވެސް އިތުރު ފަރާތެއްގެ ހުއްދަ ހޯދުމަކާ ނުލައި، އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރެވެންވާނެއެވެ.

  1. އެ ސެކިއުރިޓީޒަށް ފުރިހަމައަށް ފައިސާ ދައްކައިފައި ނުވުން؛
  2. އެ ސެކިއުރިޓީޒް ރަހުނުކޮށްފައި ނުވަތަ ޕްލެޖްކޮށްފައި ވުން.

(ރ) އާންމުކޮށް ހުޅުވައިލައިގެން ސެކިއުރިޓީޒް ދޫކުރަންވާނީ، ޑީމެޓީރިއަލައިޒްކޮށް ސެކިއުރިޓީޒް ޑިޕޮޒިޓަރީއަށް ޖަމާކޮށްގެންނެވެ.

 

4 ވަނަ ބާބު

އާންމުކޮށް ހުޅުވައިނުލައި ސެކިއުރިޓީޒް ދޫކުރުން

21 ވަނަ މާއްދާ - އާންމުކޮށް ހުޅުވައިނުލައި ސެކިއުރިޓީޒް ދޫކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، މި ބާބުގައިވާ މާއްދާތަކަށް އަމަލުކުރާނީ، ސެކިއުރިޓީޒް ދޫކުރަނީ އާންމުކޮށް ހުޅުވައިލައިގެން ކަމަށް ނުވެފައި، އަދި ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ރަޖިސްޓަރީ ވެފައިވާ ވަކި އިންވެސްޓަރުންތަކަކަށް ކަނޑައަޅައިގެން ސެކިއުރިޓީޒް ދޫކުރުމަށް ހުށަހަޅާނަމައެވެ.

(ށ) އާންމުކޮށް ހުޅުވައި ނުލައި، ސެކިއުރިޓީޒް ގަތުމުގެ ދައުވަތު، ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ދޭންވާނީ، ސީދާ ކުންފުނިން ސެކިއުރިޓީޒް ދޫކުރާ އުސޫލުން، ސްޓޮކް އެކްސްޗޭންޖުގައި އެކަމަށް ހާއްސަ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް މެދުވެރިކޮށް، އެ ސެގްމަންޓުގައި ރަޖިސްޓަރީވެފައިވާ، ކަނޑައެޅޭ ވަކި އިންވެސްޓަރުންތަކަކަށެވެ.

(ނ) ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، ވަކި ފަރާތްތަކަކަށް ދައުވަ ތު ދީގެން ދޫކުރެވޭ ސެކިއުރިޓީޒުގައި އިންވެސްޓްކުރުމަށް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރީ ކުރަންވާނީ، ސްޓޮކް އެކްސްޗޭންޖުން ކަނޑައަޅާ ގޮތެއްގެ މަތީން، އަދި އިންވެސްޓުކުރުމުގައި އެކުލެވޭ ހިރާސްތައް ދެނެގަތުމާއި، އިންވެސްޓްކުރުމުގެ ނިންމުންތައް ނިންމުމުގެ ގާބިލުކަން ނުވަތަ އެފަދަ ވަސީލަތްތައް ލިބިފައިވާ ފަރާތްތަކުންނެވެ.

 

22 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް، ވަކި ފަރާތްތަކަކަށް ދައުވަތު ދީގެން ސެކިއުރިޓީޒް ދޫކުރުން

(ހ) ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، ވަކި ފަރާތްތަކަކަށް ދައުވަތު ދީގެން ސެކިއުރިޓީޒް ދޫކުރެވޭނީ މި މާއްދާގައި ބުނެފައިވާ ފަރާތްތަކަށެވެ.

  1. ކުންފުންޏަކަށް؛
  2. އިންވެސްޓްމަންޓް ފަންޑަކަށް؛
  3. ސެކިއުރިޓައިޒޭށަން ސްކީމެއްގެ ދަށުން އެސްޕީއީއަކަށް.

(ށ) މި ބާބުގައިވާ ފަދައިން ސެކިއުރިޓީޒް ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި ސެކިއުރިޓައިޒޭށަން ސްކީމެއް ކަމުގައި ވާނަމަ، އޮރިޖިނޭޓަރުގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އެ ފަރާތުން ވިޔަފާރި މަސައްކަތް ހިންގަމުންދާތާ މަދުވެގެން 1 (އެއް) އަހަރުދުވަސް ވެފައިވުން؛
  2. އެ ފަރާތުގެ، މަދުވެގެން 1 (އެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހުރުން؛
  3. އެ ފަރާތުގެ އެއްވެސް ޑިރެކްޓަރެއް ނުވަތަ ޕްރޮމޯޓަރެއްގެ މައްޗަށް ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައި ނުވުން؛
  4. އެ ފަރާތުގެ އެއްވެސް ޑިރެކްޓަރަކީ ނުވަތަ ޕްރޮމޯޓަރަކީ އިފްލާސް ކުރެވިފައި ނުވަތަ ކުރެވެމުންދާ ފަރާތެއް ކަމުގައި ނުވުން.

(ނ) ސެކިއުރިޓީޒް ދޫކުރުމަށް ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 6/2013  (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެންމެ ކުދި، ނުވަތަ ކުދި ވިޔަފާރީގެ ކެޓެގަރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އަދި އެ ފަރާތުގެ ވިޔަފާރި ހިންގާތާ 1 (އެކެއް) އަހަރުދުވަސް ވެފައި ނުވާނަމަ، އަންނަނިވި ލިޔުންތައް ހުށަހެޅުމުން، މި މާއްދާގެ (ށ) ގެ (1) ވަނަ މާއްދާއިންނާއި (2) ވަނަ މާއްދާއިން އިސްތިސްނާ ކުރެވިދާނެއެވެ.

  1. ކުރިޔަށް އޮތް މާލީ 1 (އެކެއް) އަހަރަށް ލަފާކުރެވޭ މާލީ ބަޔާންތައް؛
  2. ނަންބަރު (1) ގައި ބުނެވުނު މާލީ ބަޔާންތައް ބިނާކޮށްފައިވާ ނިންމުންތަކާއި ލަފާކުރުންތައް.

(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ލައިސަންސް ދީފައިވާ ފަންޑު މެނޭޖަރަކު އުފައްދައި ހިންގާ ފަންޑުތަކާއި ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރާ ހާލަތުގައި، ހަމައެކަނި އެސްޕީއީ، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު ފިޔަވައި ދެން ހުރި ނަންބަރުތަކުން އިސްތިސްނާ ވާނެއެވެ.

(ބ) ސެކިއުރިޓީޒަކީ ޑިބެންޗަރޒް ނުވަތަ ބޮންޑު ކަމަށް ވެފައި، އެ ސެކިއުރިޓީޒަށް ސަރުކާރުން ގެރެންޓީ ދޭނަމަ، މި މާއްދާގެ (ށ) ގެ (3 (ވަނަ ނަންބަރު ފިޔަވައި ދެން ހުރި ނަންބަރުތަކުން އިސްތިސްނާ ވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ހާލަތަށާއި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރަށް ލުއިދެވިދާނެއެވެ.

 

23 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ހުށަހެޅުން

މި ބާބުގެ ދަށުން ސެކިއުރިޓީޒް ދޫކުރުމަށް ޓަކައި، މި ގަވާއިދުގައިވާ ގޮތުގެ މަތީން ޕްރޮސްޕެކްޓަސްއެއް ހުށަހަޅައި، އެ ޕްރޮސްޕެކްޓަސް ފާސްކޮށް، އިންވެސްޓްކުރުމަށް ދައުވަތުދޭ ފަރާތްތަކަށް ފޯރުކޮށްދޭންވާނެއެވެ.

 

24 ވަނަ މާއްދާ - ހިއްސާ ދޫކުރުމުގެ ށަރުތުތައް 

މި ބާބުގެ ދަށުން ހިއްސާ (އޯޑިނަރީ ށެއަރ) ދޫކުރާނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) ޕްރައިވެޓް ކުންފުންޏެއް ނަމަ ހިއްސާ ދޫކުރެވޭނީ، އެންމެ ގިނަވެގެން 50 (ފަންސާސް) ފަރާތަށެވެ.

(ށ) ހިއްސާ ދޫކުރާ ފަރާތުގެ މުހިންމު ނިންމުންތަކުގެ ތެރެއިން، ހިއްސާދާރުންގެ ވޯޓުން ނިންމަންޖެހޭ ކަންކަން، ހިންގާ ގަވާއިދުގައި ނުވަތަ އަސާސީ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައި ވާންވާނެއެވެ.

 

25 ވަނަ މާއްދާ - ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް

(ހ) މި ބާބުގައިވާ ގޮތުގެ މަތީން، ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރާނަމަ، އަދި މި މާއްދާގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، އެ ފަރާތުގެ "އެސެޓް ކަވަރ ރޭށިއޯ" އާއި "ޑެޓް ސަރވިސް ރޭށިއޯ" އެންމެ ދަށްވެގެން ތިރީގައިވާ މިންގަނޑުތަކަށް ފެތެންވާނެއެވެ.

  1. ހޯދަން ހުށަހަޅާ ފައިސާގެ އަދަދު 2 (ދޭއް) މިލިޔަން ރުފިޔާއާ ހަމައަށް އެސެޓް ކަވަރ ރޭށިއޯ = 1 ޑެޓް ސަރވިސް ރޭށިއޯ = 1
  2. ހޯދަން ހުށަހަޅާ ފައިސާގެ އަދަދު 2 (ދޭއް) މިލިޔަން ރުފިޔާއަށްވުރެ މަތިނަމަ އެސެޓް ކަވަރ ރޭށިއޯ = 5.1 ޑެޓް ސަރވިސް ރޭށިއޯ = 5.1

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޑިބެންޗަރޒް ނުވަތަ ބޮންޑު
ދޫކުރަނީ ރަހުނެއް ބަހައްޓައިގެންނަމަ، ރަހުނު ކުރެވޭ މުދަލުގެ އަގު ކަމުގައި ކަނޑައެޅޭ އަގަކީ ހޯދަން ހުށަހަޅާ ފައިސާގެ ނިސްބަތުން ބަލާއިރު ތިރީގައި ބުނެފައިވާ މިންގަނޑުތަކަށް ފެތޭ އަދަދެއްނަމަ، އެސެޓް ކަވަރ ރޭށިއޯއާއި ޑެޓް ސަރވިސް ރޭށިއޯގައި ބަލާނީ މި އަކުރުގައި ބުނެފައިވާ މިންގަނޑުތަކަށެވެ.

  1. 1% (100) ސައްތައިން ސައްތަ) ނުވަތަ އެއަށްވުރެ މަތިނަމަ އެސެޓް ކަވަރ ރޭށިއޯ = - ޑެޓް ސަރވިސް ރޭށިއޯ = 1
  2. 2% (50) ފަންސާސް) އިންސައްތަ އިން ފެށިގެން %100 (ސައްތައިން ސައްތަ) އާ ދެމެދ

(ނ) ސެކިއުރިޓީޒް ދޫކުރާ ފަރާތަކީ އެހެން ކުންފުންޏެއް (ޕޭރަންޓް ކުންފުންޏެއް) ގެ ސަބްސިޑިއަރީ ކުންފުންޏެއްނަމަ، އަދި ޕޭރަންޓް ކުންފުނީގައި މި މާއްދާގެ (ހ) ގައި ހުރި ށަރުތުތައް ނުވަތަ (ށ) ގައި ހުރި ށަރުތުތައް ފުރިހަމަވާ ކަމުގައި ވާނަމަ، އަދި ޕޭރަންޓް ކުންފުނިން
ސެކިއުރިޓީޒަށް ގެރެންޓީ ދީފައިވާނަމަ، ސެކިއުރިޓީޒް ދޫކުރާ ފަރާތުގައި އެ ށަރުތުތައް ފުރިހަމަ ނުވިކަމުގައި ވިޔަސް، ސެކިއުރިޓީޒް ދޫކުރެވިދާނެއެވެ.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސެކިއުރިޓީޒް ދޫކުރާ ފަރާތަކީ ދައުލަތުގެ މުއައްސަސާއެއް ނަމަ ބަލާނީ، ހަމައެކަނި ޑެޓް ސަރވިސް ރޭށިއޯ 1) އެކެއް) އަށްވުރެ ދަށް ނުވުމަށެވެ.

(ބ) ދޫކުރެވޭ ސެކިއުރިޓީޒަކީ ސަރުކާރުން ގެރެންޓީ ދީފައިވާ ސެކިއުރިޓީޒް ކަމުގައި ވާނަމަ، ގެރެންޓީ ދީފައިވާ މިންވަރަށް ރިއާޔަތްކޮށްފައި ލުއިދެވިދާނެއެވެ.

(ޅ) ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރަނީ "ސެކިއާރޑް" ޑިބެންޗަރޒު ގެ ގޮތުގައި ނުވަތަ ބޮންޑުގެ ގޮތުގައި ކަމަށް ވާނަމަ، މި ގަވާއިދުގެ 12 ވަނަ މާއްދާއަށް އަމަލުކުރަންވާނެއެވެ.

(ކ) މި މާއްދާގައި ބުނެފައިވާ ރޭށިއޯތައް ހިސާބުކުރާނީ ތިރީގައިވާ ފޯމިއުލާއިންނެވެ.

(އ) އެސެޓް ކަވަރ ރޭށިއޯ = (ޓޯޓަލް ޓޭންޖިބަލް އެސެޓްސް – ށޯޓް ޓާރމް ލައިބިލިޓީޒް) / ޓޯޓަލް އައުޓްސްޓޭންޑިންގ ޑެޓް

 

26 ވަނަ މާއްދާ - ކްރެޑިޓް ރޭޓިންގއާއި ބޮންޑް ރިޕޭމަންޓް އިންށުއަރެންސް 

(ހ) ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރާ ފަރާތުން، އެ ފަރާތުން ދޫކުރާ ސެކިއުރިޓީޒަށް ކްރެޑިޓް ރޭޓިންގއެއް ހޯދައި، ޕްރޮސްޕެކްޓަސްއާއެކު ހުށަހަޅައިފައިވާނަމަ، އެ ރޭޓިންގ ދޫކުރި އެޖެންސީއަށާއި، އަދި ދީފައިވާ ރޭޓިންގއަށް ރިއާޔަތްކުރުމަށްފަހު ، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށް ލުއި ދެވިދާނެއެވެ.

(ށ) ޑިބެންޗަރޒް ނުވަތަ ބޮންޑު ދޫކުރާ ފަރާތުން ދޫކުރާ ޑިބެންޗަރޒް ނުވަތަ ބޮންޑުގެ ރިޕޭމަންޓް، ރާއްޖޭގެ އިންށުއަރެންސް ކުންފުންޏެއް މެދުވެރިކޮށް އިންށުއަރ ކުރެވިދާނެއެވެ. ޑިބެންޗަރ ނުވަތަ ބޮންޑު ރިޕޭމަންޓް އިންށުއަރ ކޮށްފައި ވާނަމަ، އިންށުއަރ ކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރުމަށްފަހު، މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ މިންގަނޑަށް ލުއި ދެވިދާނެއެވެ.

 

27 ވަނަ މާއްދާ - ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރުން

(ހ) މި ބާބުގެ ދަށުން، ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރާނަމަ، އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.

  1. ސެކިއުރިޓީޒް ދޫކުރަނީ ސްޕެށަލް ޕަރޕަސް އެންޓިޓީއަކުން ކަމުގައި ވުން؛
  2. މުދަލުގެ އޮރިޖިނޭޓަރަކީ ސަރުކާރު ކަމުގައި ނުވާނަމަ، ނުވަތަ ސަރުކާރުން ގެރެންޓީ ދީފައިވާ ފަރާތަކަށް ނުވާނަމަ، އޮރިޖިނޭޓަރަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ވުން؛
  3. ސެކިއުރިޓައިޒްކުރާ މުދަލުގައި، މި ގަވާއިދުގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) އޮރިޖިނޭޓަރަކީ ދިވެހި ސަރުކާރު ކަމުގައިވާ ހާލަތުގައި މެނުވީ، އޮރިޖިނޭޓަރުގެ މާލީ ބަޔާންތައް ހުށަހަޅަންވާނެއެވެ.

 

28 ވަނަ މާއްދާ - ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރުން

މި ބާބުގެ ދަށުން ފަންޑުގެ ޔުނިޓް ދޫކުރާނަމަ، އެ ފަންޑަކީ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑެއްކަމުގައި ވާންޖެހޭނެއެވެ.

 

29 ވަނަ މާއްދާ - ލިސްޓުކުރުމާއި ސެކިއުރިޓީޒުގެ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކުރުން

މި ބާބުގެ ދަށުން ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން، ސްޓޮކް އެކްސްޗޭންޖުގެ ށަރުތުހަމަވާ ސެގްމަންޓުގައި ލިސްޓުކޮށް، އެ ފަރާތްތަކުން ދޫކުރާ ސެކިއުރިޓީޒުގެ މުއާމަލާތްތައް ކުރެވޭނެގޮތް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހަމަޖައްސަންވާނެއެވެ.

(ށ) މި ބާބުގެ ދަށުން ދޫކޮށްފައިވާ ސެކިއުރިޓީޒުގެ ތެރެއިން ސްޓޮކް އެކްސްޗޭންޖުގެ ބޭރުން ކުރެވޭ މުއާމަލާތްތައް ސްޓޮކް އެކްސްޗޭންޖަށް އަންގަންވާނެއެވެ. އަދި އެ މުއާމަލާތްތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ލިބޭނެ މަގު ފަހިކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިއާބެހޭ ކަންކަން ކަނޑައަޅާ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ، އެންމެ ކުދި، އަދި ކުދި ވިޔަފާރިތައް، އެ ހިނގަމުންދާ މާލީއަހަރާއި، ކުރިޔަށް އޮތް 3 (ތިނެއް) މާލީއަހަރު ދުވަހަށް، މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ސެކިއުރިޓީޒް ދޫކުރާ ފަރާތަކީ ޕްރައިވެޓް ކުންފުންޏެއް ކަމުގައި ވެފައި، އެ ކުންފުނިން ދޫކުރަނީ ހިއްސާ (އޯޑިނަރީ ށެއަރ) ކަމުގައި ވާނަމަ، މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

30 ވަނަ މާއްދާ - އިންވެސްޓަރުންނަށް މައުލޫމާތު ދިނުން

(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ހިމަނައިފައިވާ ފަރާތްތަކުން، މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންވެސްޓަރުންނަށް މައުލޫމާތު ހާމަކުރަމުން ގެންދަންވާނެއެވެ. ހަމަ އެފަދައިން މައުލޫމާތު ހާމަކުރާއިރު، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ހުރިހާ ކަމެއް ހިމަނަންވާނެއެވެ.

(ށ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، ސެކިއުރިޓީޒް ދޫކޮށްފައިވަނީ، މި ބާބުގެ ދަށުން ކަމަށް ވާނަމަ، ގަވާއިދުގައި ބުނެފައިވާ މައުލޫމާތު، ސެކިއުރިޓީޒުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް، ސްޓޮކް އެކްސްޗޭންޖުން ކަނޑައަޅާ އިޖުރާއަތުގެ ދަށުން އަހަރަކު ދެފަހަރު ލިބޭނޭގޮތް ހަމަޖެއްސުމުން، ގަވާއިދުގައިވާ ގޮތުގެ މަތީން މައުލޫމާތު ހާމަކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

 

31 ވަނަ މާއްދާ - އެހެނިހެން ށަރުތުތައް

(ހ) މި ބާބުގެ ދަށުން ދޫކުރާ ސެކިއުރިޓީޒުގެ ތެރެއިން، ޕްރައިވެޓް ކުންފުންޏެއްގެ ހިއްސާ (އޯޑިނަރީ ށެއަރ) އާއި، އަގު އަދާކޮށްފައި ނުވާ ސެކިއުރިޓީޒާއި، ރަހުނު ނުވަތަ ޕްލެޖްކޮށްފައިވާ ސެކިއުރިޓީޒް ފިޔަވައި އެހެން ހުރިހާ ސެކިއުރިޓީޒް ވާންވާނީ، އިތުރު އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމަކާ ނުލައި އެއް ފަރާތުން އަނެއް ފަރާތަށް މިލްކުވެރިކަން ބަދަލުކުރެވޭ ސެކިއުރިޓީޒް ކަމުގައެވެ. އަދި ސެކިއުރިޓީޒް އުފެއްދުމުގެ ލިޔުންތަކާއި ޕްރޮސްޕެކްޓަސްގައި އެފަދައިން ބަޔާންކޮށްފައި ވާންވާނެއެވެ.

(ށ) ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ނުވަތަ ސެކިއުރިޓައިޒޭށަންގެ ހާލަތުގައި އޮރިޖިނޭޓަރުގެ ޕްރޮމޯޓަރުންގެ ހިއްސާ ބަދަލުކުރަންވާނީ، އެންމެ ފަހުން ސެކިއުރިޓީޒް ދޫކުރިތާ 5 (ފަހެއް) އަހަރުދުވަސް ވުމަށް ފަހުގައި، ނުވަތަ ދޫކޮށްފައިވާ ސެކިއުރިޓީޒް އެއްކޮށް އަނބުރާ ގަތުމަށް ފަހުގައި، ނުވަތަ ޑިބެންޗަރޒް ނުވަތަ ބޮންޑު ނަމަ، ޕްރިންސިޕަލާއި އިންޓަރެސްޓުގެ ފައިސާ އެއްކޮށް އަނބުރާ ދެއްކުމަށްފަހުގައެވެ.

(ނ) މި ބާބުގެ ދަށުން ސެކިއުރިޓީޒް ދޫކުރަންވާނީ ޑީމެޓީރިއަލައިޒްކޮށް ޑިޕޮޒިޓަރީއަށް ޖަމާކޮށްގެންނެވެ.

 

32 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖުގެ ލިސްޓުން އުނިކުރުމާއި، މައުލޫމާތު ހާމަކުރުމުގެ ގަވާއިދަށް އަމަލުކުރުން ހުއްޓައިލުމަށް ހުށަހެޅުން

(ހ) މި ބާބުގެ ދަށުން ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތަކުން، މި ގަވާއިދުގެ 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާއަށް އަމަލުކުރުން ހުއްޓައިލުމަށް އެދޭނަމަ، ސެކިއުރިޓީޒް ދޫކުރުމުގެ ލިޔުންތަކުގައިވާ ގޮތުގެ މަތީން ސެކިއުރިޓީޒް ރިޑީމްކުރުމަށްފަހު އޮތޯރިޓީއަށް ހުށަހެޅުމުން، އޮތޯރިޓީން އެފަދައިން ނިންމައިފިނަމަ، އެ ފަރާތުން މި ގަވާއިދާއި، ގަވާއިދު ނަންބަރު 1050/2019  (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އަށް އަމަލުކުރުން ލާޒިމުވުން ނިމުމަކަށް އަންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ދޫކޮށްފައިވާ ސެކިއުރިޓީޒުގެ މުއްދަތު ހަމަވުމުން، އެ ސެކިއުރިޓީޒުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް ނިމިފައިވާނަމަ، މި ގަވާއިދާއި، ސެކިއުރިޓީޒް ދޫކުރި ފަރާތުން އިންވެސްޓަރުންނަށް މައުލޫމާތު ހާމަކުރުމުގެ ޒިންމާތަކަށް އަމަލުކުރުން ލާޒިމުވުން ނިމުމަކަށް އަންނާނެއެވެ.

 

5 ވަނަ ބާބު

ސެކިއުރިޓައިޒްކޮށްގެން ޔުނިޓް ދޫކުރުން (ސެކިއުރިޓައިޒޭށަން)

33 ވަނަ މާއްދާ - މި ބާބުގެ މާއްދާތަކަށް އަމަލުކުރުން

ސެކިއުރިޓައިޒްކޮށްގެން އޭގެ ޔުނިޓް ދޫކުރާ ފަރާތްތަކުން މި ބާބުގައިވާ މާއްދާތަކަށް އަމަލުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - މާނަކުރުން 

މި ބާބުގެ ބޭނުމަށް ޓަކައި، ތިރީގައިވާ ލަފުޒުތަކާއި އި ބާރާތްތަކަށް ދީފައިވަނީ ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) ސްކީމަކާ ގުޅިގެން "މުދާ" ކަމަށް ބުނެފައި އެވަނީ، ރިއަލް އެސްޓޭޓުގައި އޮންނަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް ހުރިހާ ބާވަތެއްގެ މުދަލަށެވެ.

(ށ) ސެކިއުރިޓައިޒޭށަން ސްކީމަކާ ގުޅިގެން "އެސެޓް ޕޫލް" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓައިޒް ކުރުމަށް އެސް.ޕީ.އީ.އަށް ކަނޑައަޅައިފައިވާ ނުވަތަ ބަދަލުކޮށްފައިވާ ހުރިހާ މުދަލަށެވެ. މީގެ ތެރޭގައި އަރަންޏާއި ލިބެން ހުންނަ އެހެނިހެން މުދަލާއި ފައިސާ ވެސް ހިމެނެއެވެ.

(ނ) "ބައި-ބެކް އޮޕްށަން" ކަމަށް ބުނެފައި އެވަނީ، އެސް.ޕީ.އީ އަށް ބަދަލުކުރާ މުދާ، އޮރިޖިނޭޓަރ އަލުން ގަތުމުގެ އިހްތިޔާރު ދީފައި އޮތުމަށެވެ.

(ރ) "ކްރެޑިޓް އެންހޭންސްމަންޓް" ކަމަށް ބުނެފައި އެވަނީ، ދޫކުރާ ޔުނިޓްތަކަށް ދޭންޖެހޭ ފައިދާ (ރިޓަރން) ނުދެވުމުގެ ފުރުސަތު ނުވަތަ ޑިފޯލްޓްވުމުގެ ފުރުސަތު ކުޑަކުރުމަށް ޓަކައި ހަމަޖައްސާ، ފައިސާ ދެވޭނޭ އެހެން އިންތިޒާމުތަކަށެވެ.

(ބ) "އޮރިޖިނޭޓަރ" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓައިޒް ކުރެވޭ މުދާ އެސް.ޕީ.އީ އަކަށް ކަނޑައަޅާ ފަރާތަށް ނުވަތަ ބަދަލުކުރާ ފަރާތަށެވެ.

(ޅ) "ސްކީމް" ކަމުގައި ބުނެފައި އެވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރުމަށް ހަދާ ސްޓްރަކްޗަރތަކާއި އިންތިޒާމުތަކަށެވެ.

(ކ) "ސެކިއުރިޓައިޒޭށަން" ކަމުގައި ބުނެފައި އެވަނީ، މުދަލަކުން ލިބޭ ފައިދާ ނުވަތަ ފައިސާ، އެސް.ޕީ.އީ.ގެ ޔުނިޓް ގަންނަ ފަރާތްތަކަށް ލިބޭގޮތަށް އެސް.ޕީ.އީ.ގެ ޔުނިޓް އިންވެސްޓަރުންނަށް ދޫކުރުމަށް ޓަކައި އެ މުދަލެއް އެސް.ޕީ.އީ.އަކަށް ކަނޑައެޅުމަށް ނުވަތަ ބަދަލުކުރުމަށެވެ.

(އ) "ސެކިއުރިޓައިޒްކޮށްގެން ދޫކުރާ ޔުނިޓް" ކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ 7 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ދޫކުރާ ސެކިއުރިޓީޒަށެވެ.

(ވ) "އެސް.ޕީ.އީ" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓައިޒްކުރާ މުދާ އެ ފަރާތަށް އެކަށައެޅުމަށް ނުވަތަ ބަދަލުކުރުމަށް އުފައްދާ ކުންފުންޏަށް ނުވަތަ ޕާޓްނަރށިޕަށެވެ.

(މ) އެސް.ޕީ.އީ ގެ "ޕްރޮމޯޓަރ" ކަމަށް ބުނެފައި އެވަނީ، އެސް.ޕީ.އީ އުފައްދާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.

 

35 ވަނަ މާއްދާ - މާލީ މުދާ ސެކިއުރިޓައިޒްކުރުން

(ހ) މާލީ މުދަލުގެ ތެރެއިން، ރަހުނާއި ލޯނާއި ފައިނޭންށަލް ލީޒް ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރެވޭނީ، އޮރިޖިނޭޓަރަކީ ލައިސަންސް ލިބިފައިވާ ބޭންކެއް ނުވަތަ ފައިނޭންސް ކުންފުންޏެއް ނުވަތަ ލީސިންގ ކުންފުންޏެއް ކަމުގައި ވާނަމައެވެ.

(ށ) މާލީ މުދާ ސެކިއުރިޓައިޒް ކުރާ ހާލަތްތަކުގައި، ސެކިއުރިޓައިޒް ކުރުމަށް ކަނޑައެޅޭ އަގު، އެސެޓުގެ އަންދާސީ މާކެޓް ވެލިއުގެ %80 (އަށްޑިހަ އިންސައްތަ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ) ސެކިއުރިޓައިޒް ކުރެވުނު މުދަލުގެ އަގު ޔުނިޓްތަކަށް ބާކީ ދައްކަންޖެހޭ ޕްރިންސިޕަލް އަދަދުގެ %120 (އެއްސަތޭކަ ވިހި އިންސައްތަ) އަށްވުރެ ދަށްވެގެން ނުވާނެއެވެ. އަދި މި ނިސްބަތަށްވުރެ ދަށްނުވާ މި ންވަރަށް ސްކީމަށް މާލީ މުދާ އެކަށައަޅަންޖެހޭނެއެވެ.

(ރ) ތިރީގައިވާ ތަކެއްޗަކީ ސެކިއުރިޓައިޒް ކުރެވޭނެ މާލީ މުދަލެއް ނޫނެވެ.

  1. އަންނަނިވި މުދަލުގެ މޯގޭޖު ނުވަތަ ފައިނޭންސް ލީޒް؛
    1.1. ހުސް ބިން
    1.2 އިމާރާތުގެ ނުނިމި ހުންނަ ބައި
  2. ނޮން-ޕަރފޯމިންގ ލޯނު" ގެ ގޮތުގައި ކަނޑައަޅައިފައިވާ ލޯނު.

 

36 ވަނަ މާއްދާ - ސެކިއުރިޓައިޒްކުރުމުގެ ސްކީމަކާ ގުޅިގެން އޮތޯރިޓީން ބަލަންޖެހޭ ކަންކަން 

ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރުމަށް ހެދޭ ސްކީމަކަށް ހުއްދަ ދިނުމުގައި، އަންނަނިވި ކަންކަމަށް އޮތޯރިޓީން ބަލަންވާނެއެވެ.

(ހ) ޕްރޮމޯޓަރާއި، އެ ފަރާތުގެ ޑިރެކްޓަރުންގެ ޓްރެކް ރިކޯޑާއި، އެ ފަރާތްތަކަކީ އޮތޯރިޓީގެ ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކަށް ފެތޭ ފަރާތްތަކެއްތޯ.

(ށ) އެ ފަރާތުގެ މަގުސަދުތަކާއި، ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާ ގުޅުންހުރި އެހެނިހެން މައުލޫމާތު.

(ނ) އެސް.ޕީ.އީ ހިންގަމުންދަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންތޯއާއި، ނުވަތަ އެކުލަވައިލައިފައިވަނީ މި ގަވާއިދުގައިވާ ގޮތުގެ މަތީން މަސައްކަތް ހިންގޭފަދަ ގޮތަކަށްތޯ.

(ރ) ސެކިއުރިޓައިޒް ކުރެވޭ މުދަލުގެ ބާވަތާއި ކޮލިޓީ.

 

37 ވަނަ މާއްދާ - ސެކިއުރިޓައިޒް ކުރުމުގެ ލިޔެކިޔުންތަކުގައި ހުރުން މަނާ ކަންކަން

ސެކިއުރިޓައިޒް ކުރުމުގެ ލިޔުންތަކުގައި، އަންނަނިވި ފަދައިން މާނަކުރެވޭ ފަދަ އެއްވެސް މާއްދާއެއް އޮވެގެން ނުވާނެއެވެ.

(ހ) ސްކީމާ ގުޅުންހުރި ނުވަތަ އިންވެސްޓަރުންގެ ހައްގުތަކާ ގުޅުންހުރި އެއްވެސް ކަމެއްގައި، އެސް.ޕީ.އީ.ގެ ޕްރޮމޯޓަރާއި މުދަލުގެ އޮރިޖިނޭޓަރުގެ ޒިންމާ ކުޑަކުރުން ނުވަތަ ނައްތައިލުން.

(ށ) ގާނޫނުގައިވާ ނުވަތަ މި ގަވާއިދުގައިވާ އެއްވެސް މާއްދާއެއް ހަނިކުރުން ނުވަތަ ހުއްޓުވުން ނުވަތަ ދޫކޮށްލުން.

(ނ) އެސް.ޕީ.އީ. އެއްގެ ޕްރޮމޯޓަރުގެ އިހުމާލުން ނުވަތަ އޮރިޖިނޭޓަރުގެ އިހުމާލުން، ނުވަތަ ކުރި އަމަލަކުން، ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން، އިންވެސްޓަރުންނަށް ދިމާވާ ގެއްލުމެއްގެ ޒިންމާއިން އެ ފަރާތްތައް ބަރީއަވުން.

 

38 ވަނަ މާއްދާ - ސްޕެށަލް ޕާރޕަސް އެންޓިޓީތަކަށް ނުކުރެވޭނެ ކަންކަން

ސްޕެށަލް ޕާރޕަސް އެންޓިޓީތަކުން އަންނަނިވި ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.

(ހ) ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރުން ފިޔަވައި އެހެން އެއްވެސް ގޮތަކުން ދަރަނި ނުވަތަ ސެކިއުރިޓީޒް ދޫކޮށްގެން ވިޔަސް ފައިސާ ހޯދައިގެން ނުވާނެއެވެ.

(ށ) އެސް.ޕީ.އީ އުވައިލެވޭނީ، ދޫކޮށްފައިވާ ޔުނިޓްތަކުގެ ފުރިހަމަ އަގު ދެއްކުމަށް ފަހުގައެވެ. ނުވަތަ ޔުނިޓް ދޫކުރިއިރު ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން ރައިޓް-އޯފް ކުރުމަށްފަހުގައެވެ.

(ނ) ސެކިއުރިޓައިޒް ކުރުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން މަސައްކަތްތައް ކޮށްގެން ނުވާނެއެވ

 

39 ވަނަ މާއްދާ - އެސް.ޕީ.އީ އަށް މުދާ އެކަށައެޅުން ނުވަތަ ބަދަލުކުރުމާއި މެނޭޖްކުރުން

(ހ) އެސް.ޕީ.އީ. އަށް އެކަށައެޅޭ ނުވަތަ ބަދަލުކުރެވޭ މުދަލާ ގުޅިގެން އަންނަނިވި ކަންކަން ފުރިހަމަކުރުމަކީ އެސް.ޕީ.އީ. ގެ ޕްރޮމޯޓަރާއި އޮރިޖިނޭޓަރުގެ ޒިންމާއެކެވެ.

  1. ސެކިއުރިޓައިޒޭށަންގެ ކުރިން، އެ މުދަލުގެ މައްޗަށާއި އެ މުދަލުން ލިބޭ ނުވަތަ ލިބެންހުރި ފައިދާގެ މައްޗަށް އޮތް އެންމެހައި ހައްގުތައް އޮރިޖިނޭޓަރަށް އޮތްކަން ޔަގީންކުރުން؛
  2. މުދަލާ ގުޅިފައިވާ އެންމެހައި ހައްގުތައް އެހެން ފަރާތަކަށް އެކަށައެޅުމަށް ނުވަތަ ބަދަލުކުރުމަށް، އެއްވެސް ހުރަހެއް ނެތްކަން ޔަގީންކުރުމާއި، އެފަދައިން އަމަލުކުރުމަކީ އެއްވެސް ގާނޫނަކާ، ނުވަތަ އެހެން އެއްވެސް އެއްބަސްވުމަކާ ހިލާފުވުމުގެ އަމަލެއް، ނުވަތަ ގާނޫނެއް ނުވަތަ އެހެން އެއްވެސް އެއްބަސްވުމެއްގެ ދަށުން ފިޔަވަޅު އެޅޭފަދަ އަމަލެއް ނޫންކަން ކަށަވަރުކުރުން؛
  3. ސެކިއުރިޓައިޒް ކުރެވޭ މުދަލުން އެކަށޭނަ މިންވަރަށް ފައިދާ ލިބޭނެކަން ޔަގީންކުރުން؛
  4. މުދާ ބަދަލުކުރެވޭ އަގު ކަނޑައެޅުނީ ގުޅުމެއް ނެތް ދެފަރާތަކުން، ވިޔަފާރީގެ އާންމު ހާލަތުގައި، ހަގީގީ ގަނެވިއްކުމުގެ މުއާމަލާތެއް ކުރާނެނަމަ ކުރާނެ އަގުގައިކަން ޔަގީންކުރުމާއި، އަދި އެ އަގަކީ މުދާ ވިއްކައިލައިފިނަމަ ލިބޭނޭ އަގެއްކަން ޔަގީންކުރުން؛
  5. ލިބެންހުރި އަރަނި ނުވަތަ ފައިސާއާބެހޭގޮތުން އޮރިޖިނޭޓަރ ދީފައިވާ ވޮރެންޓީތަކާއި ރެޕްރެޒެންޓޭށަންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަންކަން ކުރުން؛
  6. މާލީ މުދަލެއް ކަމުގައި ވާނަމަ، އެ މުދަލެއްގައި އަންނަނިވި
    ށަރުތުތައް ހަމަވާކަން ކަށަވަރުކުރުން؛
    6.1 އޮރިޖިނޭޓަރުގެ ފަރާތުން އެސް.ޕީ.އީ.އަށް ރިސީވަބަލްސް ނުވަތަ ލިބެންހުރި އަރަނީގެ މިލްކުވެރިކަން ބަދަލުކުރުމަށް ޓަކައި ބޭނުންވާ ހުއްދަތަކާއި ރުހުން ހޯދައިފައިވުން
    6.2 އެ މުދަލުން ލިބެންހުރި ފައިސާ ސެޓްއޯފްކުރުމުގެ ހައްގު، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލިބި، އަދި އެ ހައްގު ބޭނުންކުރެވޭ ފަދަ އެއްވެސް އަމަލެއް އޮރިޖިނޭޓަރ ކޮށްފައި ނުވާކަން އަދި ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލައިފައި ނުވާކަން.
    6.3 ރިސީވަބަލްސް ނުވަތަ ލިބެންހުރި އަރަނި އެސް.ޕީ.އީ.އަށް އެކަށައެޅުން ނުވަތަ ބަދަލުކުރުމާއި އެއީ އެސް.ޕީ.އީ.އަށް ގާނޫނީގޮތުން ހޯދޭނެ ފައިސާކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
    6.4 މި ގަވާއިދުގައި ށަރުތުކޮށްފައިވާ މިންވަރަށްވުރެ ދަށަށް މުދަލުގެ އަގު ތިރިވާނަމަ، އިންވެސްޓަރުންނަށް ގެއްލުން ނުވާނެ ފަދައިން އެ ތަކެތި އަލުން ގަތުން ނުވަތަ އޭގެ ބަދަލުގައި އެހެން ތަކެތި އެސް.ޕީ.އީ.އަށް އެކަށައެޅުން ނުވަތަ ބަދަލުކުރުން.

(ށ) އެސް.ޕީ.އީ ވާންވާނީ، ޕްރޮމޯޓަރ ނުވަތަ އޮރިޖިނޭޓަރ ނުވަތަ އެހެންވެސް ށަހްސެއް ބަނގުރޫޓުވުން، ނުވަތަ އިފްލާސްކުރުން ނުވަތަ އުވައިލުމުގެ ނޭދެވޭ މާލީ އަސަރުތައް ނުކުރާނެ ފަރާތެއް ކަމުގައެވެ.

 

40 ވަނަ މާއްދާ - އެސް.ޕީ.އީ.އަށް އެކަށައެޅޭ މުދާ މެނޭޖްކުރުން 

އެސް.ޕީ.އީ.އަށް އެކަށައެޅޭ މުދާ މެނޭޖްކުރުމާއި، އެ މުދަލުން ލިބެންޖެހޭ ފައިސާ ހޯދުމާއި، އިންވެސްޓަރުންނަށް ފައިދާ އެކަށައެޅުމަށް ނުވަތަ ބެހުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީ މުދަލުގެ އޮރިޖިނޭޓަރުގެ ޒިންމާއެކެވެ.

 

41 ވަނަ މާއްދާ - ސެކިއުރިޓައިޒް ކޮށްގެން ޔުނިޓްދޫކުރުމުގެ ޕްރޮސްޕެކްޓަސް

ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރުމުގެ ޕްރޮސްޕެކްޓަސްގައި ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ހުރިހާ ކަމެއް ހިމަނަންވާނެއެވެ.

 

42 ވަނަ މާއްދާ - ގަވާއިދުން މައުލޫމާތު ހާމަކުރަމުން ގެންދިއުން

ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދައިން އެސް.ޕީ.އީ. އިން މައުލޫމާތު ފޯރުކޮށްދެމުން ގެންދަންވާނެއެވެ.

 

43 ވަނަ މާއްދާ - އެސް.ޕީ.އީ.ގެ އެކައުންޓްތަކާއި ރިކޯޑުތައް

(ހ)  ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕުގެ ގާނޫނު) އާއި، ގުޅުންހުރި އެހެނިހެން ގާނޫނަކާ ތައާރުޒުނުވާ ފަދައިން، އަދި މި ގަވާއިދު ގެ ދަށުން ކަނޑައަޅައިފައިވާ މައުލޫމާތު ހާމަކުރުމުގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ސްކީމާ ގުޅުންހުރި މުދަލާއި ދަރަންޏާއި ފައިދާއާއި ގެއްލުމުގެ ތެދު އަދި އިންސާފުވެރި ނަޒަރެއް ލިބޭ ފަދަ ގޮތަކަށް އެސް.ޕީ.އީ އިން އެ ފަރާތުގެ އެކައުންޓުތަކާ ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.

(ށ) ސެކިއުރިޓައިޒް ކޮށްގެން ދޫކޮށްފައިވާ ޔުނިޓް ގަނެފައިވާ ފަރާތްތަކުގެ ރަޖިސްޓަރީ ފަދަ އެހެނިހެން ލިޔެކިޔުމާއި ރިކޯޑުތައް ވެސް އެސް.ޕީ.އީ. އިން ބަލަހައްޓަންވާނެއެވެ.

 

44 ވަނަ މާއްދާ - ސްކީމް ވައިންޑް-އަޕް ކުރުން

(ހ) ސެކިއުރިޓައިޒްކޮށް ދޫކޮށްފައިވާ ޔުނިޓްތައް، ސްކީމުގެ ލިޔެކިޔުންތަކުގައިވާ ގޮތުގެ މަތީން އެއްކޮށް އަލުން ގަތުން.

(ށ) ޔުނިޓް ދޫކުރުމުގެ ށަރުތުތަކުގައި ބަޔާންކޮށްފައިވާ ގާނޫނީ މުއްދަތު ހަމަވުން. ނަމަވެސް، މިގޮތަށް އުވައިލެވޭނީ ސްކީމުގެ މުދަލާމެދުގައި ސްކީމް އުފެއްދުމުގެ ލިޔުންތަކުގައި ބުނެފައިވާ ފަދައިން އަމަލު ކުރުމަށް ފަހުގައެވެ.

(ނ) އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ ރިޒޮލިއުށަނެއްގެ ދަށުން އިންވެސްޓަރުންގެ ވޯޓަކުން ސްކީމް އުވައިލުމަށް ނިންމުން.

 

45 ވަނަ މާއްދާ - ސްކީމް ވައިންޑް-އަޕް ކުރުން 

(ހ) ސްކީމަށް ކަނޑައަޅައިފައިވާ މުދަލުގެ ބެނެފިށަލް ހުރިހާ ހައްގުތަކެއް ލިބިގެންވަނީ ޔުނިޓް ގަންނަ އިންވެސްޓަރުންނަށް ކަމަށް ސްކީމް އުފެއްދުމުގެ ލިޔުންތަކާއި ޕްރޮސްޕެކްޓަސްގައި ބަޔާންކޮށްފައި ވާންވާނެއެވެ.

(ށ) ޔުނިޓްތަކުގެ ށަރުތުތަކަށް ބަދަލުގެނެވޭނީ، ހުށަހަޅާ ބަދަލުތަކާއެކު އިންވެސްޓަރުންނަށް 21) އެކާވީސް) ދުވަހުގެ ނޯޓިސް ދީ، އިންވެސްޓަރުންގެ ހާއްސަ ރިޒޮލިއުށަނެއްގެ ދަށުން އެކަން ފާސްކުރުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އިންވެސްޓަރަކު ނުވަތަ އެނޫންވެސް ފަރާތަކުން އޮތޯރިޓީއަށް ލިޔުމުން ށަކުވާ ހުށަހަޅައިފައިވާ ހާލަތެއްގައި، ޔުނިޓްތަކުގެ ށަރުތުތަކަށް ބަދަލު ގެނައުން މަނާކުރެވިދާނެއެވެ. ނަމަވެސް، އެފަދައިން އޮތޯރިޓީން އަމަލުކުރަންވާނީ، ހުށަހަޅައިފައިވާ ބަދަލަކީ އިންވެސްޓަރުންނަށް ޖައުހަރީ ގޮތެއްގައި ގެއްލުންހުރި ކަމެއް ކަމުގައި އޮތޯރިޓީއަށް ގަބޫލުކުރެވޭ ހާލަތުގައެވެ.

 

46 ވަނަ މާއްދާ - ސުކޫކު ދޫކުރުން

(ހ) ސެކިއުރިޓައިޒް ކޮށްގެން ޔުނިޓް ދޫކުރަނީ "ސުކޫކު" ސެކިއުރިޓީޒުގެ ގޮތުގައި ބަޔާންކޮށްގެން ކަމުގައި ވާނަމަ، ސުކޫކު ދޫކުރުމާބެހޭގޮތުން އޮތޯރިޓީން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ހުރިހާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) މި ގަވާއިދާއި، ސުކޫކު ދޫކުރުމާބެހޭގޮތުން އޮތޯރިޓީން ހަދާ ގަވާއިދުތަކާ ތައާރުޒުވާ ހާލަތެއްގައި، ސުކޫކު ދޫކުރުމާ ގުޅޭ ކަންކަމުގައި އަމަލުކުރާނީ، ސުކޫކު ދޫކުރުމާބެހޭގޮތުން އޮތޯރިޓީން ހަދާ ގަވާއިދުތަކަށެވެ.

 

6 ވަނަ ބާބު

އެހެނިހެން ކަންކަން

47 ވަނަ މާއްދާ - ދަތި ކަންތައްތައް ހައްލުކޮށްދިނުމާއި ، މައުލޫމާތު ސާފުކޮށްދިނުން

މި ގަވާއިދުގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް، ނުވަތަ އަންނަނިވި ކަމަކާ ގުޅިގެން، އަމަލުކުރާނެ ގޮތާ ބެހޭގޮތުން އޮތޯރިޓީން އިރުށާދު ދީފައި އުސޫލު ނެރެވިދާނެއެވެ.

(ހ) ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް، ވަކި ފަރާތްތަކަކަށް ދައުވަތު ދީގެން ދޫކުރެވޭ ސެކިއުރިޓީޒް ލިސްޓުކުރުމާއި، ލިސްޓުން ވަކިކުރުމާއި، މުއާމަލާތު ކުރުމާއި، މުއާމަލާތްތައް ސެޓްލްކުރާނެ ގޮތް.

(ށ) ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް، ވަކި ފަރާތްތަކަކަށް ދައުވަތު ދީގެން ދޫކުރާ ސެކިއުރިޓީޒް މުއާމަލާތު ކުރުމާއި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރާނެ ގޮތާއި، ސެކިއުރިޓީޒް ދޫކުރާނެ އިލެކްޓްރޯނިކް ޕްލެޓްފޯމުގެ ށަރުތުތައް.

(ނ) ސެކިއުރިޓީޒް ގަތުމަށް އިލެކްޓްރޯނިކްކޮށް ދައުވަތު ހުށަހެޅުމާއި، ބިޑްކުރުމާއި، އަގު ކަނޑައެޅުމާއި، އެލޮޓްކުރުމުގައި އަމަލުކުރާނެ ގޮތްތައް.

(ރ) މި ގަވާއިދަށް އަމަލުކުރުމުގައްޔާއި މާނަކުރުމުގައި ފާހަގަވާ ދަތި ކަންތައްތައް ހައްލުކޮށްދިނުމަށާއި، ސެކިއުރިޓައިޒް ކޮށްގެން ދޫކުރާ ޔުނިޓާއި، ފަންޑް ޔުނިޓާއި، ސުކޫކު ސެކިއުރިޓީޒާ ގުޅުންހުރި ކަންކަމުގައި އަމަލުކުރާނެ އިޖުރާއަތުތައް ސާފުކޮށްދިނުމަށް ގައިޑްލައިންސް ނެރެވިދާނެއެވެ.

 

48 ވަނަ މާއްދާ - ގަވާއިދުގައިވާ ށަރުތުތައް ލުއިކޮށްދިނުން 

(ހ) އަންނަނިވި ހާލަތްތަކުގައި، އިންވެސްޓަރުން ހިމާޔަތްކުރުމުގެ މަގުސަދުގައި ނުވަތަ ސެކިއުރިޓީޒް މާކެޓް ކުރިއެރުވުމުގެ މަގުސަދުގައި، މި ގަވާއިދުގައިވާ ށަރުތެއް ނުވަތަ ށަރުތުތަކެއް ލުއިކޮށްދެވިދާނެއެވެ.

  1. އެ ށަރުތަކީ އޭގެ ޒާތުގައި އިޖުރާއީ ކަމަކަށް ވުން؛
  2. ހާމަކުރުމަށް ކަނޑައަޅައިފައިވާ މައުލޫމާތަކީ ނުވަތަ ކަނޑައަޅައިފައިވާ ށަރުތަކީ ވަކި ދާއިރާއަކަށް ނުވަތަ ވަކި ބާވަތެއްގެ ކުންފުންޏަކަށް ނުވަތަ އެންޓިޓީއަކަށް ތަތުބީގު ނުކުރެވޭ ކަމެއް ކަމުގައި ވުން؛
  3. ގަވާއިދުގައިވާ ށަރުތުތަކަށް ތަބާވެވިފައި ނުވަނީ، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ އަމިއްލަ ބާރު ނުފޯރާ ފަދަ ކަންކަމާ ގުޅިގެން ކަމަށްވުން؛
  4. ގާނޫނުގެ ދަށުން ތައާރުފު ކުރެވޭ "ސޭންޑް ބޮކްސް ރެގިއުލޭޓަރީ ފްރޭމްވާރކް" ގެ ތެރެއިން މި ގަވާއިދުގައިވާ ށަރުތެއް ނުވަތަ ށަރުތުތަކެއް އޮތޯރިޓީއަށް ލުއިކޮށްދެވިދާނެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލުޔަކަށް އެދޭކަމުގައި ވާނަމަ، އެކަމުގެ ތަފުސީލާއި ލުއިދިނުމަށް އެދޭ ސަބަބު ބަޔާންކޮށް، އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ - އިސްތިސްނާ ދެވިފައިވާ ފަންޑު (އިތުރު ކުރެވިފައި)

ގަވާއިދު ނަންބަރު 2016-57 (އިންވެސްޓްމަންޓް ފަންޑު ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންޑު މި ގަވާއިދުން އިސްތިސްނާވާނެއެވެ.

 

50 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުން

ސެކިއުރިޓީޒް ދޫކުރުމާ ގުޅޭގޮތުން، ނުވަތަ ސެކިއުރިޓީޒާ ބެހޭގޮތުން، ނުވަތަ އިންވެސްޓަރުންނަށް ހާމަކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަމާ ބެހޭގޮތުން އޮތޯރިޓީއަށް އިތުރު މައުލޫމާތު ބޭނުންވެއްޖެނަމަ، ސެކިއުރިޓީޒް ދޫކުރާ ފަރާތް ނުވަތަ އެ ފަރާތުގެ ޕްރޮމޯޓަރ، ނުވަތަ މުދަލުގެ އޮރިޖިނޭޓަރ އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

 

51 ވަނަ މާއްދާ -  އިންސްޕެކްޓްކުރުން

(ހ) މި މާއްދާގައި ބުނެފައިވާ ސަބަބަކަށް ޓަކައި، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ނުވަތަ ޕްރޮމޯޓަރުގެ ނުވަތަ މުދަލުގެ އޮރިޖިނޭޓަރުގެ ކަމާބެހޭ ފޮތްތައް އޮތޯރިޓީން އިންސްޕެކްޓް ކުރުމަށް ބޭނުންވެއްޖެނަމަ އެކަމަށް މަގުފަހިކޮށްދޭން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި އަންނަނިވި ކަންކަމަކީ އެކަށީގެންވާ ސަބަބުތަކެއް ކަމުގައި ބެލެވޭނެއެވެ.

  1. ސެކިއުރިޓީޒް ދޫކުރަން ހުށަހަޅާ ފަރާތުގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ގޮސްފައިވޭތޯ ޔަގީންކުރުމަށް؛
  2. ސެކިއުރިޓީޒް ދޫކުރުމުގެ ކަންކަން، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީންކުރަމުން ގެންދޭތޯ ބެލުމަށް؛
  3. ސެކިއުރިޓީޒް ދޫކުރުމާ ގުޅިފައިވާ ށަކުވާތަކާ ބެހޭގޮތުން ކަންކަން ސާފުކުރުމަށް؛
  4. އިންވެސްޓަރުން ހިމާޔަތް ކުރުމަށާއި ސެކިއުރިޓީޒް މާކެޓުގެ ރައްކައުތެރިކަން ދެމެހެއްޓުމަށް ޓަކައި އެސް.ޕީ.އީ.އެއްގެ މައްޗަށް ގަވާއިދުން ލާޒިމުކޮށްފައިވާ ކަމެއް ނަމަ، އެ ކަމާ ގުޅޭ މަސައްކަތްތައް ބެލުމަށް؛
  5. ސެކިއުރިޓައިޒޭށަންގެ ކަންކަން ހިންގަމުންދަނީ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީންތޯ ބެލުމަށް.

 

 

ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލަހު

 

އުވާލެވުނު ގަވާއިދު

ސެކިއުރިޓީޒް ހުށަހެޅުމާ ވިއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1051)

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ކިޔުންތެރިންގެ ހިޔާލު