-

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-242)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2021-126 (ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު)  އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 48 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިސްތިސްނާ ދެވިފައިވާ ފަންޑު 49.

ގަވާއިދު ނަންބަރު 2016-57 (އިންވެސްޓްމަންޓް ފަންޑު ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންޑު މި ގަވާއިދުން އިސްތިސްނާވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާއާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-126)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު