-

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-189)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2021-126 (ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންވެސްޓަރުންނަށް މައުލޫމާތު ދިނުން 30.

(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ހިމަނައިފައިވާ ފަރާތްތަކުން، މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންވެސްޓަރުންނަށް މައުލޫމާތު ހާމަކުރަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސ،ް ސެކިއުރިޓީޒް ދޫކޮށްފައިވަނީ، މި ބާބުގެ ދަށުން ކަމަށް ވާނަމަ، ގަވާއިދު ނަންބަރު  2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ސެކިއުރިޓީޒުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށ،ް އޮތޯރިޓީން ކަނޑައަޅާ އިޖުރާއަތުގެ ދަށުން ލިބޭނޭގޮތް ހަމަޖެއްސުމުން، އެ ގަވާއިދުގައިވާ ގޮތުގެ މަތީން މައުލޫމާތު ހާމަކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-126)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު