-

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-116)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 ޖުލައި 2022 ގައި)

ގަވާއިދު ނަންބަރު 2021-126 (ސެކިއުރިޓީ ޒް ދޫކުރުމާބެހޭ ގަވާއިދު) އަށް 1  އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ދ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. (ދ) (3) މި އަކުރުގެ (2) ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، ސެކިއުރިޓީީޒްގެ ތެރޭގައި، ބިލް އޮފް އެކްސްޗޭންޖާއި، ޕްރޮމިސަރީ ނޯޓާއި، ސެޓިފިކެޓް އޮފް ޑިޕޮޒިޓާއި، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ބޭންކިންގ ވިޔަފާރި" އެއް ނުހިމެނޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. (ތ) ލިސްޓުކޮށްފައިވާ ސެކިއުރިޓީީޒަކީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީީ ޒްއާބެހޭ ގާނޫނު) ގެ ދަށުން އާންމުކޮށް ހުޅުވައިލައިގެން ނުވަތަ ހުއްދަދީފައިވާ ޕްރައިވެޓް ސެކިއުރިޓީޒްގެ ވަސީލަތްތައް މެދުވެރިކޮށް ދޫކޮށްފައިވާ، އަދި ލައިސަންސް ލިބިފައިވާ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓުކޮށްފައިވާ ކޮންމެ ސެކިއުރިޓީ ޒެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް (ލ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

3. (ލ) "ޓްރަސްޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓްރަސްޓް އެއްބަސްވުމެއް ތަންފީޒު ކުރުމުގެ ފައިޑިއުށަރީ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަށެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-126)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު