މަސްތުވާތަކެއްޗާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2011-17)
(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބައި
ފެށުން
އެއްވަނަ ބާބު
ތައާރުފާއި މަގްސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ޕެޑްލްކުރުމާއި، ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގެ ދަށުން ފަރުވާ ލިބިގަތުމަށް ބާރުއަޅައި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައުގައި އެމީހުން ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މަސްތުވާތަކެއްޗާބެހޭ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރެވޭނެ ފަދައަކުން، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. (އިސްލާހު ކުރެވިފައި)
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި ހުއްޓުވުމަށްޓަކައި، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރާ މީހުން ފާހަގަކޮށް، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް އެކިއެކި ފިޔަވަޅުތައް އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުން؛ (އިސްލާހު ކުރެވިފައި)
(ށ) މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ބޭނުންކުރާ އިތުރު ފަރާތްތައް ދެނެގަނެ، އޭގެ ތެރޭގައި ހިމެނޭ އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، އެމީހުން އެކަމުގެ ތެރެއިން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުން؛ (އިސްލާހު ކުރެވިފައި)
(ނ) އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން، މަސްތުވާތަކެތި ބޭނުންކުރަން ފަށާ ހިސާބުން ފެށިގެން ދެނެގަނެ، އެމީހުން މަސްތުވާތަކެއްޗަށް ދެވިނުހިފަނީސް އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދައިދިނުން؛ (އިސްލާހު ކުރެވިފައި)
(ރ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެމީހުން އެހެން ކުށްކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުން؛ (އިސްލާހު ކުރެވިފައި)
(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން ނަފްސާނީގޮތުން އަދި،ނުވަތަ ޖިސްމާނީގޮތުން އޭގެ ނުފޫޒަށް ލެނބި، އެއަށް ބަރޯސާވާންޖެހިފައިވާ ބައެއް ކަމުގައިވާތީ، އެމީހުންނަކީ ހަމައެކަނި ކުށްވެރިން ކަމުގައި ބެލުމުގެ ބަދަލުގައި، ފަރުވާވެސް ބޭނުންވާ މީހުން ކަމުގައި ގަބޫލުކޮށްގެން، އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަށައިޖެހޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛ (އިސްލާހު ކުރެވިފައި)
(ޅ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި ހާއްސަ ކޯޓެއް ގާއިމުކުރުން؛ (އިސްލާހު ކުރެވިފައި)
(ކ) ދިވެހިރާއްޖެއަށް އަދި ދިވެހިރާއްޖެއިން މަސްތުވާތަކެތި ސްމަގްލްކުރުމާއި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ހެއްދުމާއި، އުފެއްދުމާއި، ވިއްކުމާއި، ޑިސްޓްރިބިއުޓްކުރުމާއި، ފޯރުކޮށްދިނުމާއި، ރައްކާކުރުމާއި، ބޭނުންކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުން ހިމެނޭގޮތުން މަސްތުވާތަކެއްޗާގުޅޭ ކުށްކުރުން ހުއްޓުވުމަށްޓަކައި މަސްތުވާތަކެތީގެ ކުށާއި އަދަބު ކަނޑައެޅުން. (އިސްލާހު ކުރެވިފައި)
(އ) (އުނި ކުރެވިފައި)
3 ވަނަ މާއްދާ - ރަދީފު
(ހ) މި ގާނޫނު އެމައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތައް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.
(ށ) މި ގާނޫނުގައި ހިމެނިގެންވާ މައިގަނޑު ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ، މި ގާނޫނުގެ 188 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.
3-1 ވަނަ މާއްދާ - ގާނޫނު އެ މައްޗަށް ހިނގާނެ ކުށްކުށް (މުޅި މާއްދާ އިތުރު ކުރެވިފައި)
މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އަންނަނިވި ހާލަތްތަކުގައި ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އި ހްތިސާސް ޑްރަގް ކޯޓަށާއި ކަމުގެ އި ހްތިސާސް ލިބިގެންވާ އެހެން ކޯޓުތަކަށް ލިބިގެންވެއެވެ.
(ހ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރާއްޖޭގައި ކުރާ ހާލަތުގައި؛ ނުވަތަ
(ށ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގައި ކުރާ ހާލަތުގައި؛ ނުވަތަ
(ނ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރައްޔިތަކު ދިވެހިރާއްޖޭގެ ސަރަ ހައްދުން ބޭރުގައި ކުރާ ހާލަތުގައި؛ ނުވަތަ
(ރ) ކުށް ކުރީ ދިވެހިރާއްޖެއިން ބޭރުގައި އެހެންނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމުގެ މަގްސަދުގައި ކަމަށްވާ ހާލަތުގައި.
3-2 ވަނަ މާއްދާ - ޖަދުވަލު، 1، 2 3 އަދި 4 ގައި ހިމެނޭ މަސްތުވާތަކެތި (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނު ހިނގާނީ، މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 އަދި ޖަދުވަލު 4 ގައި ހިމެނޭ މަސްތުވާތަކެއްޗަށާއި، މި ގާނޫނުގެ ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓާއި ޕްރިކަރސަރ ކެމިކަލްގެ މައްޗަށެވެ. ޖަދުވަލު 1 އަދި ޖަދުވަ ލު 2 ގައި ހިމެނޭނީ، ދާއިމީ ގޮތެއްގައި ކޮންޓްރޯލްކުރެވޭ މަސްތުވާތަކެއްޗެވެ. އަދި ޖަދުވަލު 4 ގައި ހިމެނޭނީ، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެއްޗެވެ. އެ ޖަދުވަލުތަކުގެ ތަފްސީލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ޖަދުވަލު :1 މި ޖަދުވަލުގައި ހިމެނޭނީ، މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ އެއްޗެއްސެވެ.
- ޖަދުވަލު :2 މި ޖަދުވަލުގައި ހިމެނޭނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކެވެ.
- ޖަދުވަލު :3 މި ޖަދުވަލުގައި ހިމެނޭނީ، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓާއި ޕްރިކަރސަރ ކެމިކަލްއެވެ.
- ޖަދުވަލު :4 މި ޖަދުވަލުގައި ހިމެނޭނީ، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެއްޗާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ އެއްޗެއްސާއި، އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކެވެ.
(ށ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް އިސްލާހު ގެނެވޭނީ، މި ގާނޫނުގެ 3-3 ވަނަ މާއްދާއާއި 3-4 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގެ ޖަދުވަލު 4 ގައި ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް މަސްތުވާއެއްޗެއް ނުވަތަ އެއިން އެއްޗެ އް އެކުލެވޭ މާއްދާއެއް އިތުރުކުރެވޭނީ، މި ގާނޫނުގެ 3-5 ވަނަ މާއްދާއާއި 6-3 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
3-3 ވަނަ މާއްދާ - މުއާހަދާތަކުގެ ށެޑިއުލްތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން ޖަދުވަލު، 1 2 އަދި 3 އިސްލާހުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961 ނުވަތަ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971 ނުވަތަ ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988 ގެ ށެޑިއުލްއަކަށް ކޮމިށަން އޮން ނާކޮޓިކް ޑްރަގްސް އިން ވަކި ބާވަތެއްގެ ނާކޮޓިކް ޑްރަގްއެއް ނުވަތަ ސައިކޯޓްރޮޕިކް ސަބްސްޓެންސްއެއް ނުވަތަ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކޮށްފިނަމަ، ކަމާގުޅިގެން މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާތަކެތީގެ އެ ބާވަތެއް އިތުރުކުރުމަށްޓަކައި ނުވަތަ ޖަދުވަލު 3 އަށް އެ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އެންގުމަކުން މިނިސްޓަރު ގެންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް ގެނެވޭ ބަދަލަކަށް އަމަލުކުރަން ފަށާނީ، މި މާއްދާގެ (ހ) ގެ ދަށުން ށާއިއުކުރާ އެންގުން ށާއިއުކުރެވުމާއެކު، އެ އެންގުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ނ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961 ނުވަތަ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971 ނުވަތަ ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988 ގެ ށެޑިއުލްއަކަށް ކޮމިށަން އޮން ނާކޮޓިކް ޑްރަގްސް އިން ވަކި ބާވަތެއްގެ ނާކޮޓިކް ޑްރަގްއެއް ނުވަތަ ސައިކޯޓްރޮޕިކް ސަބްސްޓެންސްއެއް ނުވަތަ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކޮށްފައިވާނަމަ، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާތަކެތީގެ އެ ބާވަތެއް އިތުރުކުރުމަށްޓަކައި ނުވަތަ ޖަދުވަލު 3 އަށް އެ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގައިވާ
ގޮތުގެމަތިން މިނިސްޓަރު ގެންނަންވާނެއެވެ.
3-4 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ޖަދުވަލު، 1 2 އަދި 3 އިސްލާހުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 3-3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތެއްގައި މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް އެއްވެސް މަސްތުވާއެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ އުފެއްދުމެއް ނުވަތަ އެނޫންވެސް އެއްޗެއް އިތުރުކުރެވޭނީ، ނުވަތަ އެއިން ޖަދުވަލަކަށް އެނޫންވެސް ބަދަލެއް ގެނެވޭނީ، މި މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ގަރާރަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް އިތުރުކުރުމަށް ކަނޑައަޅާ ބާވަތްތައް އެފަދައިން ކަނޑައަޅަންވާނީ، ނުވަތަ އެއިން ޖަދުވަލަކަށް އެނޫންވެސް ބަދަލެއް ގެނައުމަށް ކަނޑައަޅަންވާނީ، މި ގާނޫނުގެ 25-1 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދޭ ލަފާގެ މައްޗަށް ބިނާކޮށް، މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ނ) މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް ވަކި ބާވަތެއް އިތުރުކުރުމަށް ނުވަތަ އެއިން ޖަދުވަލަކަށް ބަދަލެއް ގެނައުމާމެދު ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން މި ގާނޫނުގެ 1-25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދޭ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމަށްފަހު، އެ ނިންމުމާ އެއްގޮތަށް މި ގާނޫނުގެ ޖަދުވަލަކަށް އުނިއިތުރު ގެންނަން ރައީސުލްޖުމްހޫރިއްޔާ ނިންމުމުގެ ކުރިން އެ ނިންމުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، އެ ހުށަހެޅުން ހުށަހެޅޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.
(ބ) މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް ގެންނަން ހުށަހަޅާ އިސްލާ ހަކަށް މި މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ، އެ އިސްލާ ހަކަށް އަމަލުކުރަން ފަށާނީ، އެކަން ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
3-5 ވަނަ މާއްދާ - ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމަނާފައިނުވާ، އެހެންނަމަވެސް ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ ނުވަތަ ބޭނުންކުރުމުގެ ފުރުސަތު އޮތް މަސްތުވާއެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އުފެއްދުމެއް ނުވަތަ މާއްދާއެއް، އެއިން ޖަދުވަލެއްގައި ހިމެނެންދެން އެ އެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި، މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްތުވާއެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމަނަންވާނީ، މި މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އެންގުމެއް މެދުވެރިކޮށެވެ.
(ނ) ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާއެއްޗެއް މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނުމަށްޓަކައި މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ކަނޑައެޅުމެއް ކަނޑައަޅަންވާނީ، އަންނަނިވި އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމައެވެ.
- އެ އެއްޗަކީ މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނިފައިވާ އެއްޗެއް ކަމުގައިނުވުން؛ އަދި
- އެ އެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް އެދި މި ގާނޫނުގެ 3-6 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔަށް އަހައި، އެ އެއްޗަކީ، އަންނަނިވި ސަބަބުތަކަށްޓަކައި ޖަދުވަލު 4 ގައި ހިމަނަންޖެހޭ އެއްޗެއް ކަމުގައި އެ ކައުންސިލުން ލަފާ ދީފައިވުން.
- އެއީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ، ނުވަތަ ބޭނުންކުރުމުގެ ފުރުސަތު އޮތް މަސްތުވާއެއްޗެއް ކަމުގައިވުން؛ އަދި
- އެއީ އެ އެއްޗެއް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އޭގެ ނުރަނގަޅު އަސަރު ފުޅާ ދާއިރާއެއްގައި ކުރަމުންދާ އެއްޗެއް ކަމުގައިވުން ނުވަތަ އެ އެއްޗެއް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ނުރަނގަޅު އަސަރު ފުޅާ ދާއިރާއެއްގައި ކުރާނެ އެއްޗެއް ކަމުގައިވުން.
(ރ) ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި މަސްތުވާއެއްޗެއް މި މާއްދާގެ ދަށުން މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނޭނީ އަންނަނިވި މުއްދަތުތަކުގެ ތެރެއިން މުއްދަތަކަށެވެ.
- އެ އެއްޗެއް ޖަދުވަލު 4 ގައި ހިމެނުމުގެ އެންގުން ށާއިއުކުރާތާ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ނިޔަލަށް؛ ނުވަތަ
- އެ މުއްދަތުގެ ކުރިންނަމަ، އެ އެއްޗެއް، މި ގާނޫނުގެ 3-3 ވަނަ މާއްދާ ނުވަތަ 3-4 ވަނަ މާއްދާގެ ދަށުން ދާއިމީގޮތެއްގައި ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމަނަންދެން.
(ބ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ށާއިއުކުރާ އެންގުމަކަށް އަމަލުކުރަން ފަށާނީ، އެ އެންގުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ އެންގުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި، ފަހުގެ އެންގުމަކުން އެ އެންގުން ބާތިލުނުކުރާހާ ހިނދަކު، ނުވަތަ އެ އެންގުމަށް މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިއްޖެ ހާލަތެއްގައި މެނުވީ، އެ އެންގުން، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތަށް ދެމިއޮންނާނެއެވެ.
(ޅ) މި މާއްދާގެ ދަށުން މިނިސްޓަރުގެ އެންގުމެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ ތާރީ ހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ އެންގުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭ އެންގުމަކާމެދު، އެ އެންގުން ހުށަހެޅޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭ އެންގުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ، އެ މަޖިލީހުން އެ ނިންމުން ނިންމާ ތާރީ ހުން ފެށިގެން އެ އެންގުމެއް، އެހިނދުން ފެށިގެން ބާތިލުވީއެވެ.
(ވ) މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އެންގުމެއް ބާތިލުވެއްޖެނަމަ، މިނިސްޓަރު އެކަން ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(މ) ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމަނާފައިވާ މަސްތުވާއެއްޗެއް މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، މި މާއްދާގެ
(އ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވުމުގެ ސަބަބުން ބާތިލުވެއްޖެނަމަ، ނުވަތަ އެ އެއްޗެއް ޖަދުވަލު 4 ގައި ހިމެނުމަށްފަހު، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވެއްޖެނަމަ، އޭގެ ނަތީޖާއަކީ އެ މަސްތުވާއެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރި ކުރުން ނިމުމަކަށް އައުމެވެ.
(ފ) މަސްތުވާއެއްޗެއް، މި މާއްދާގައިވާ ގޮތުގެމަތިން ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، އެ އެއްޗަކީ، އެ އެއްޗެއް ކޮންޓްރޯލްކުރެވިފައިވާ މުއްދަތަށް މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާތަކެއްޗެކޭ އެއްފަދައިން، މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމުގައި، ނުވަތަ ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާތަކެއްޗެކޭ އެއްފަދައިން ބޭހުގެ ގޮތުގައި ބޭނުންކުރުން ކޮންޓްރޯލްކުރެވިފައިވާ މަސްތުވާއެއްޗެއް ކަމުގައި ބެލޭނެއެވެ. އަދި، މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖަދުވަލު 1 ގައި ނުވަތަ ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާތަކެއްޗާ ގުޅޭގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް، ޖަދުވަލު 4 ގެ ދަށުން ކަނޑައެޅޭ އެއްޗެހީގެ މައްޗަށްވެސް، އެ މުއްދަތަށް ހިނގާނެއެވެ.
3-6 ވަނަ މާއްދާ - މަސްތުވާއެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް އެދި ހުށަހެޅުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މަސްތުވާ ވަކި އެއްޗަކީ ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ އެއްޗެއް ކަމަށްވެފައި، އެއީ، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމަނާފައިނުވާ އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗެއް އެއިން ޖަދުވަލެއްގައި ހިމެނެންދެން، އެ އެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމުގެ ގޮތުން މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނުމުގެ ހުއްދައަކަށް އެދި އަންނަނިވި އިދާރާތަކުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- މިނިސްޓަރު؛
- ފުލުހުން؛
- ސިއް ހަތާބެހޭ މިނިސްޓަރު.
(ށ) މަސްތުވާއެއްޗެއް ޖަދުވަލު 4 ގައި ހިމަނައިދިނުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅުމެއް ހުށަހަޅަންވާނީ، އަންނަނިވި ކަންކަމުގެ ހެއްކާ އެކުގައެވެ.
- އެއީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ މަސްތުވާއެއްޗެއް ކަމުގެ ހެކި؛
- އެ މަސްތުވާއެއްޗަކީ ފުޅާ ދާއިރާއެއްގައި އެ ބޭނުންކުރާނަމަ، އެއަށް ދެވިހިފާ މީހުން ގިނަވެ، އާންމު ސިއް ހަތަށް ނުވަތަ އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާ ފަދަ އެއްޗެއް ކަމުގެ ސައެންޓިފިކް އަދި،ނުވަތަ މެޑިކަލް ހެކ.ި
(ނ) މަސްތުވާ ވަކި އެއްޗަކީ ދިވެހިރާއްޖެއަށް އަލަށް ތައާރުފުކުރެވ،ޭ އެހެންނަމަވެސް ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ އެއްޗެއް ކަމަށްވެފައި، އެއީ، ފުޅާ ދާއިރާއެއްގައި އެ ބޭނުންކުރުމުގެ ސަބަބުން އެއަށް ދެވިހިފާ މީހުން ގިނަވެ، އާންމު ސިއް ހަތަށް ނުވަތަ އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާ ފަދަ އެއްޗެއް ކަމުގައި ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާއަކުން ނުވަތަ ބޭރު ގައުމަކުން ނުވަތަ ގައުމުތަކަކުން ކަނޑައަޅާފައިވާ އެއްޗެއްނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެފަދަ ތަނަކުން ނުވަތަ ގައުމެއްގެ ކަމާބެހޭ ފަރާތަކުން ކަމާބެހޭ ގޮތުން ނިންމާފައިވާ ނިންމުމުގެ ހެކި ހުށަހެޅުމުން ފުދޭނެއެވެ.
(ރ) މި މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅޭ ހުށަހެޅުމަކާމެދު އެ ކައުންސިލުން ގޮތެއް ނިންމަންވާނީ ކަމާބެހޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް ފަހުގައެވެ.
(ބ) މި މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅުމެއް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލާއި، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ފަންނީ މާހިރުންގެ ލަފާ ހޯދުމުގެ އިޖުރާއަތާއި، އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ކައުންސިލުން އަމަލުކުރާނެ އުސޫލާއި، އެނޫންވެސް ކަމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުއްދަދޭ މަސްތުވާތަކެތ،ި މި ގާނޫނުގެ 5-3 ވަނަ މާއްދާގެ ދަށުން މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމަނައިފިނަމަ، އެ އެއްޗެއް، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނުމަށްޓަކައި ކައުންސިލްގެ ލަފަޔަށް އެދި ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ފުރިހަމަކޮށް، މި ގާނޫނުގެ 3-5 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އެ އެއްޗެއް ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނުމާމެދު ގޮތެއް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށް ނިންމަންވާނެއެވެ.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
4 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
5 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރު
"ރީހެބިލިޓޭށަން އަމުރު" ކަމަށް ބުނެފައި އެވަނީ، ޑްރަގް ކޯޓުގެ އި ހްތިސާސް ހިނގާ މީހަކު ބައިވެރިވެ، ފުރިހަމަކުރުމަށް ކަނޑައެޅޭ ފަރުވާގެ ޕްރޮގްރާމް އޭނާގެ މައްޗަށް ހިންގުމަށް ކަނޑައަޅައި، އެ ކޯޓުން ކުރާ އަމުރަށެވެ. (އިސްލާހު ކުރެވިފައި)
5-1 ވަނަ މާއްދާ - ކުށް ކޮށްގެން ހޯދާ މުދާ (މުޅި މާއްދާ އިތުރު ކުރެވިފައި)
"ކުށް ކޮށްގެން ހޯދާ މުދާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ކުރުމުގެ ސަބަބުން، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން ލިބޭ ނުވަތަ ހޯދާ ފައިސާ ނުވަތަ މުދަލަށެވެ. އޭގެ ތެރޭގައި، އެފަދަ ފައިސާ ނުވަތަ މުދާ ވިއްކާލައިގެން ނުވަތަ އެހެން ގޮތްގޮތުން ބޭނުންކޮށްގެން ލިބޭ ނުވަތަ ހޯދާ ފައިސާއާއި މުދާ އަދި އެފަދަ ފައިސާ ނުވަތަ މުދަލުގެ ސަބަބުން އިތުރުވާ އެންމެހައި އިގްތިސާދީ އިތުރުވުންތައް ހިމެނެއެވެ.
6 ވަނަ މާއްދާ - އިންޑިކޭޓިވް އެސެސްމަންޓް
"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓަށެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
7 ވަނަ މާއްދާ – މަސްތުވާތަކެތި
"މަސްތުވާތަކެތި" ކަމަށް ބުނެފައި އެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ. (އިސްލާހު ކުރެވިފައި)
8 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރުން
"މަސްތުވާތަކެތި ބޭނުންކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާއެއްޗެއްގެ އެއްވެސް މިންވަރެއް، މީހެއްގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރުމަށް ނުވަތަ ވާސިލުކުރުވުމަށެވެ.
9 ވަނަ މާއްދާ - މަސްތުވާއެއްޗެއް އަތުގައި ހުރުން
"މަސްތުވާއެއްޗެއް އަތުގައި ހުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތުން، މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގެ ބައެއްގައި މަސްތުވާއެއްޗެއް މާއްދީގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭގޮތުންނެވެ. މި މާނައިގެ ތެރޭގައި، މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ގޮތުން އެ މަސްތުވާއެއްޗެއް އެމީހެއްގެ ހަށިގަނޑުގެ އެތެރެއަށް ވާސި ލުކޮށްފައި ހުންނަ ހުރުމެއް ނުހިމެނެއެވެ. (އިސްލާހު ކުރެވިފައި)
10 ވަނަ މާއްދާ - މަސްތުވާތަކެތީގެ ވިޔަފާރިކުރުން (އިސްލާހު ކުރެވިފައި)
"މަސްތުވާތަކެތީގެ ވިޔަފާރިކުރުން" ކަމަށް ބުނެފައި އެވަނީ، ޓްރެފިކްކުރުން ކަމުގައި ނުވާ ގޮތުން މަސްތުވާތަކެތި ވިއްކުމާއި، ފޯރުކޮށްދިނުމާއި، ވިއްކުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، ރައްކާކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ. (އިސްލާހު ކުރެވިފައި)
10-1 ވަނަ މާއްދާ - މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
"މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުމަށް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަގުފަހިކުރުމަށްޓަކައި ނުވަތަ އެއިން ކަމަކަށް ބޭނުންކުރާނެކަން އެނގިހުރ،ެ ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ގަސްދުގައި، ފައިސާ ނުވަތަ މުދާ، އެކުގައި ނުވަތަ އޭގެ އެއްވެސް މިންވަރެއް، ފޯރުކޮށްދިނުން ނުވަތަ ހޯދުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
10-2 ވަނަ މާއްދާ - މަސްތުވާތަކެތި ސްމަގްލްކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
"މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، އެއިން އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ. ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، ގާނޫނުގައިވާ ގޮތުގެމަތިން ކަމާބެހޭ ހުއްދައެއް ނެތި ނުވަތަ ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެފަދަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
10-3 ވަނަ މާއްދާ - ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
"ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް ފޯރުކޮށްދިނުމަށްޓަކައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމަށް މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުމަށެވެ.
11 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ
"މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ" ކަމަށް ބުނެފައިއެވަނީ، މަސްތުވާއެއްޗެއް ބޭނުންކުރަމުންދިޔުމުގެ ސަބަބުން، އެއާނުލާ ނުއުޅެވޭ މިންވަރަށް އެއަށް މުހުތާދުވެފައިވާ މީހާއަށެވެ. ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ މީހާއަށެވެ.
12 ވަނަ މާއްދާ - ފުރަތަމަ ހުކުމް
"ފުރަތަމަ ހުކުމް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއްގެ މައްޗަށް އެ ކޯޓުގައި އުފުލާފައިވާ ދައުވާ އެ ކޯޓުން އަޑުއަހައި، އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކުށަށް ނުވަތަ ކުށްތަކަށް އޭނާ އިއުތިރާފުވާކަން ކަށަވަރުކުރުމަށްފަހު، އެ ކުށް ނުވަތަ ކުށްތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކުރާ ހުކުމަށެވެ.
13 ވަނަ މާއްދާ - ފަހުގެ ހުކުމް
"ފަހުގެ ހުކުމް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރާ މީހަކު، އެ ޕްރޮގްރާމް ފުރިހަމަކޮށް ނިމުމުން، އޭނާއާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކޯޓުން ކުރާ ހުކުމަށެވެ.
14 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒު
"ފަރުވާދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި ގާނޫނުން އުފެއްދުމަށް ލާޒިމުކުރާ ނުވަތަ ހުއްދަކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ކޮމިއުނިޓީ ޓްރީޓްމަންޓް ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި، މިނޫންވެސް މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކަށެވެ. (އިސްލާހު ކުރެވިފައި)
15 ވަނަ މާއްދާ - ޑްރަގް ކޯޓު
"ޑްރަގް ކޯޓު" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގައި އެމީހުން ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި ގާއިމުކުރާ ހާއްސަ ކޯޓަށެވެ.
16 ވަނަ މާއްދާ - ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް
"ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންގުމަކަށް ހަދާ އެސެސްމަންޓަށެވެ.
16-1 ވަނަ މާއްދާ - ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް (މުޅި މާއްދާ އިތުރު ކުރެވިފައި)
"ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން އަންނަނިވި ހާލަތްތަކުގައި ހަދާ އެސެސްމަންޓަށެވެ.
(ހ) އަމިއްލައަށް އެދިގެން ފަރުވާ ހޯދުމަށް ފަރުވާދޭ މަރުކަޒަކަށް ދާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ފަރުވާދޭ މަރުކަޒުން އެދިގެން ހަދާ އެސެސްމަންޓް؛
(ށ) ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ ރިމާންޑް ޖަލެއްގައި ބަންދުކުރެވިފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ބަންދުގެ މަރުކަޒުން އެދިގެން ހަދާ އެސެސްމަންޓް.
17 ވަނަ މާއްދާ – މަސްތުވާތަކެތި ޓްރެފިކްކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) "މަސްތުވާތަކެތި ޓްރެފިކްކުރުން" ކަމަށް ބުނެފައި އެވަނީ،
- މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް، އިންތިޒާމުވެގެންވާ ސިފައެއްގައި ކުރުމަށް؛ ނުވަތަ
- އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، އެއްވެސް ސިފައެއްގައި ކުރުމަށ.ް
- ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން؛ ނުވަތަ
- މަސްތުވާތަކެތި ހެއްދުން ނުވަތަ އުފެއްދުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ އަތުގައި، އޭނާގެ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، އެ ހާލަތާ އަޅާކިޔޭ މިންވަރަށްވުރެ ގިނަ އަދަދެއްގެ، އަދި އެ ހޯދިގޮތް ބަޔާންކޮށްނުދެވޭ ފައިސާ ނުވަތަ މުދާ ހުރުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު، މަސްތުވާތަކެތި ވިއްކުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި އުފުލުން ނުވަތަ ފޮނުވުން ނުވަތަ ގެންދިޔުން ނުވަތަ އެއިން ކަމެއް ކުރުވުން ނުވަތަ އެނޫންވެސް ގޮތަކަށް ޑިސްޓްރިބިއުޓްކުރުން؛ ނުވަތަ
- މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބެލެވޭ މިންވަރު ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ނުވަތަ އެއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުން ނުވަތަ ގެންގުޅުން؛ ނުވަތަ
- ހިދުމަތެއްގެ ގޮތުގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރި އިންތިޒާމުވެގެންވާ ސިފައެއްގައި ކުރުން ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް މެދުވެރިކޮށް ނުވަތަ އެފަދަ ގްރޫޕަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ އެފަދަ ގްރޫޕެއް މެދުވެރިކޮށް ކަމުގައި ނުވިޔަސް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލެއް، އިންތިޒާމުވެގެން ކުރުމަށެވެ.
18 ވަނަ މާއްދާ - ޓްރެފިކްކުރާ މީހާ
"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ކުރާ މީހާއަށެވެ. (އިސްލާހު ކުރެވިފައި)
19 ވަނަ މާއްދާ – ޕެޑްލްކުރުން
"ޕެޑްލްކުރުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށެވެ. (އިސްލާހު ކުރެވިފައި)
20 ވަނަ މާއްދާ – ޕެޑްލަރު
"ޕެޑްލަރު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާއަށެވެ. (އިސްލާހު ކުރެވިފައި)
ދެވަނަ ބައި
މުއައްސަސާތައް އުފެއްދުމާގުޅޭ
ތިންވަނަ ބާބު
ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް
21 ވަނަ މާއްދާ - ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަންވާނެއެވެ.
(ށ) ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ފަރާތެވެ.
22 ވަނަ މާއްދާ - ކައުންސިލްގެ މަގްސަދު
ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މަސްތުވާތަކެއްޗާބެހޭ މައިގަނޑު ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛ (އިސްލާހު ކުރެވިފައި)
(ށ) ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެބޮޑު އިސްކަމެއްދީގެން އަމަލުކުރަންވީ އުސޫލުތަކާއި، އަޅަންވީ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
(ނ) ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތައް ހިނގާގޮތާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
(ރ) މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އަންގައިދިނުމާއި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ތައާރުފުކުރަންޖެހޭ ގައުމީ ސިޔާސަތުތަކަކީ ކޮބައިކަމާއި، ހުރި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، އެ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛ (އިސްލާހު ކުރެވިފައި)
(ބ) މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަން ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
(ޅ) ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގައި، މުޅި ސަރުކާރުގެ ފެންވަރުގައި އެއް އަމާޒެއް ގެންގުޅުމަށްޓަކައި، ސަރުކާރުގެ އިދާރާތަކަށް އަންގަންޖެހޭ އެންގުންތަކުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުން؛
(ކ) ބައިނަލްއަގްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާއި ހައްލުތައް ހޯދައި، ބަލައި، ދިރާސާކޮށް، ވަޒަންކޮށް، ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާނެ ހައްލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
(އ) މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި އަމާޒުތައް ހާސިލުކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކުރާ މަސައްކަތްތަކަކީ ކޮބައިކަން ހޯދައި، ބަލައި، ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަމުންދިޔުން؛
(ވ) މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި އެކި ފަރާތް ފަރާތުން ހޯދަންޖެހޭ އެހީ ދެނެގަނެ، އެފަދަ އެހީ ހޯދުމަށްޓަކައި މަސައްކަތްކުރުން.
23 ވަނަ މާއްދާ - ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެކުލެވިގެންވާ ގޮތް (އިސްލާހު1 / ސުރުހީއާއި މުޅި މާއްދާ އިސްލާހު2 ކުރެވިފައި)
(ހ) ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެކުލެވިގެންވާނީ، އަންނަނިވި 13 )ތޭރަ( މެންބަރުންގެ މައްޗަށެވެ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު؛
- ދާހިލީ ކަންކަމާބެހޭ މިނިސްޓަރު؛
- ޕްރޮސިކިއުޓަރ ޖެނެރަލް؛
- ޗީފް އޮފް ޑިފެންސް ފޯސް؛
- ކޮމިށަނަރ އޮފް ޕޮލިސް؛
- ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް؛
- ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން؛
- ބަންޑާރަނައިބުގެ އޮފީހުގެ މަންދޫބު؛
- ސިއް ހަތާބެހޭ މިނިސްޓްރީގެ މަންދޫބު؛
- ތައުލީމާބެހޭ މިނިސްޓްރީގެ މަންދޫބު؛
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މިނިސްޓްރީގެ މަންދޫބު؛
- ޒުވާނުންގެ ކަންކަމާގުޅޭ މިނިސްޓްރީގެ މަންދޫބު؛
- ދީނީ ކަންކަމާގުޅޭ މިނިސްޓްރީގެ މަންދޫބު.
(ށ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުން ފެށިގެން (13) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ މަންދޫބުންނަކީ އެ މިނިސްޓްރީއެއް ނުވަތަ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީއެއް ނުވަތަ އިދާރާއެއްގެ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތްތަކެކެވެ. އެފަރާތްތައް ވާންވާނީ، ކަމާގުޅޭ ފަންނީ އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، އެ އިދާރާއެއްގެ އިސް މަގާމެއް އަދާކުރ،ާ ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަކަށެވެ.
24 ވަނަ މާއްދާ - ކައުންސިލްގެ ރައީސް
ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. ކައުންސިލްގެ ރައީސް ކުރަންޖެހޭ ކަމެއް ކުރުމަށް ކައުންސިލްގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ކައުންސިލްގެ މެންބަރުންގެ ތެރެއިން މީހަކާ ކައުންސިލްގެ ރައީސް ހަވާލުކުރަންވާނެއެވެ.
25 ވަނަ މާއްދާ - ކައުންސިލްގެ ބާރުތައް
ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މަގްސަދުތައް ކަމުގައި މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު މި ގާނޫނުގައިވާ ގޮތުގެމަތިން އެ ކައުންސިލަށް ލިބިގެންވެއެވެ.
25-1 ވަނަ މާއްދާ - ޖަދުވަލު، 1 2 ނުވަތަ 3 އިސްލާހުކުރުމުގައި ލަފާދިނުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާއެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ އުފެއްދުމެއް އިތުރުކުރުމަށްޓަކައި ނުވަތަ ޖަދުވަލު 3 އަށް ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމަށްޓަކައި ނުވަތަ އެއިން ޖަދުވަލަކަށް ބަދަލެއް ގެނައުމަށްޓަކައި ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔަށް އެދޭ މައްސަލަތަކުގައި އަމަލުކުރާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާނީ މިނިސްޓަރެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާ ހޯދުމަށްޓަކައި މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކީ، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާއެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ އުފެއްދުމެއް އިތުރުކުރުމާމެދު ނުވަތަ ޖަދުވަލު 3 އަށް ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމާމެދު އެ ކައުންސިލްގެ ލަފަޔަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްނަމަ، އެފަދައިން ހިމަނަން ބޭނުންވާ އެއްޗަކާއި އެ އެއްޗެއް ހިމަނަން ބޭނުންވާ ޖަދުވަލާއި، އެ ޖަދުވަލުގައި އެ އެއްޗެއް ހިމަނަންޖެހޭ ސަބަބު ބަޔާންކުރުމާއެކު، ކަމާބެހޭ ސައިންޓިފިކް އަދި،ނުވަތަ މެޑިކަލް ހެކި ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާ ހޯދުމަށްޓަކައި މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކީ، ވަކި ޖަދުވަލެއްގައި ހިމެނޭ އެއްޗަކަށް ބަދަލުގެނައުމާމެދު ކައުންސިލްގެ ލަފަޔަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްނަމަ، އެ ބަދަލެއް ގެންނަން އެދޭ ޖަދުވަލު ނުވަތަ ޖަދުވަލުތަކާއި، އެކަން އެފަދައިން ކުރަންޖެހޭ ސަބަބު ބަޔާންކޮށް، ކަމާބެހޭ ސައިންޓިފިކް އަދި،ނުވަތަ މެޑިކަލް ހެކި ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅޭ ހުށަހެޅުމަކާމެދު އެ ކައުންސިލުން ގޮތެއް ނިންމަންވާނީ ކަމާބެހޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށްފަހު އަދި ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961 ނުވަތަ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971 ނުވަތަ ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988 އާ ހިލާފުނުވާ ގޮތުގެމަތިންނެވެ.
(ޅ) މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅުމެއް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލާއި، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ފަންނީ މާހިރުންގެ ލަފާ ހޯދުމުގެ އިޖުރާއަތާއި، އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ކައުންސިލުން އަމަލުކުރާނެ އުސޫލާއި، އެނޫންވެސް ކަމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ނޭށަނަލް ޑްރަގް އެޖެންސީ
26 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީ އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ނޭށަނަލް ޑްރަގް އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
(ށ) ނޭށަނަލް ޑްރަގް އެޖެންސީއަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔާއި މަށްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރާ މައިގަނޑު އިދާރާއެވެ. (އިސްލާހު ކުރެވިފައި)
27 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު
މި ގާނޫނުގެ ދަށުން އަންނަނިވި މަސްއޫލިއްޔަތުތައް ނޭށަނަލް ޑްރަގް އެޖެންސީއާ ހަވާލުކުރެވިގެންވެއެވެ.
(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެއިރެއްގައި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކުރުން ފެތުރިފައިވާ މިންވަރު ދެނެގަތުމާއި، އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން، މަސްތުވާތަކެތި ބޭނުންކުރަން ފަށާ ހިސާބުން ފެށިގެން ދެނެގަނެ، އެމީހުން މަސްތުވާތަކެއްޗަށް ދެވިނުހިފަނީސް އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށްޓަކައި އެކި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ކަމުގައި ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ކަނޑައަޅާ ފިޔަވަޅުތައް އެޅުން؛ (އިސްލާހު ކުރެވިފައި)
(ށ) ދިގު މުއްދަތަކަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ އަދި އިޖްތިމާއީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތައާރުފުކުރާ ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ ކަންކަން ވިލަރެސްކުރުން؛ (އިސްލާހު ކުރެވިފައި)
(ނ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން؛
(ރ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން؛
(ބ) މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެމީހުން ރީހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްކުރުން؛ (އިސްލާހު ކުރެވިފައި)
(ޅ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން؛
(ކ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން؛
(އ) މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާގުޅޭ އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މައުލޫމާތު ހިއްސާކުރުމާއި، އެމީހުންގެ މައުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން. (އިސްލާހު ކުރެވިފައި)
28 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީ ހިންގުން
(ހ) ނޭށަނަލް ޑްރަގް އެޖެންސީ ހިންގާނީ، އެ އެޖެންސީގެ ބޯޑުގެ ލަފާއާއި އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން، އެ އެޖެންސީގެ ބޯޑުން އައްޔަންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.
(ނ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، ބޯޑުގެ ޖަލްސާތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރ ހާޒިރުވާންވާނެއެވެ.
(ރ) ނޭށަނަލް ޑްރަގް އެޖެންސީއާބެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
(ބ) ނޭށަނަލް ޑްރަގް އެޖެންސީ ހިންގުމާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އެޖެންސީގެ ބޯޑުންނެވެ.
29 ވަނަ މާއްދާ - އެޖެންސީގެ ބޯޑު
(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑަކީ، އަންނަނިވި އިދާރާތައް ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. (މުޅި މި ނަންބަރު އިސްލާހު ކުރެވިފައި)
- ދާހިލީ ކަންކަމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛
- ސިއް ހަތާބެހޭ މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިނގާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިއް ހަތާބެހޭ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- އިޖްތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީގައި އިޖްތިމާއީ ރައްކާތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ މިނިސްޓްރީގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ޒުވާނުންގެ ކަންކަމާގުޅޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ތައުލީމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ބަންދުގައި ތިބޭ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދު ކަމުގައިވާ މަދަނީ ޖަމްއިއްޔާއެއްގެ މަންދޫބެއް.
(ށ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަނަކީ، އެ ބޯޑުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެކެވެ.
(ނ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.
29-1 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާ ފަރާތްތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ނޭށަނަލް ޑްރަގް އެޖެންސީގައި އިންޑިކޭޓިވް އެސެސްމަންޓް އަދި ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް ހެދުމުގައާއި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމާގުޅޭ ޕްރޮގްރާމްތައް ހިންގުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ގާބިލުކަން ލިބިފައިވާ ބައެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޭށަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނާ މުއާމަލާތުކުރާ ފަރާތްތަކަކީ ނުވަތަ ކުޑަކުދިންނާގުޅޭ ކަންކަން ނިންމަންޖެހޭ ފަރާތްތަކަކީ އެފަދަ ހާލަތްތަކުގައިވާ ކުޑަކުދިންނާ މުއާމަލާތުކުރުމަށާއި، އެފަދަ ހާލަތްތަކުގައިވާ ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ތަމްރީން ހިމެނޭހެން، ކަމާގުޅޭ ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
ފަސްވަނަ ބާބު
ޑްރަގް ކޯޓު
30 ވަނަ މާއްދާ - ޑްރަގް ކޯޓު
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "ޑްރަގް ކޯޓު" ގެ ނަމުގައި ކޯޓެއް އުފެދުނީއެވެ.
(ށ) ޑްރަގް ކޯޓަކީ، އާންމު ށަރުއީ ނިޒާމުގައި ހިމެނޭ، އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ އިހްތިސާސް ލިބިގެންވާ ކޯޓެކެވެ. އެހެންނަމަވެސް، އެ ކޯޓުގެ ޒާތުން އެ ކޯޓަށް ވަކި އިޖުރާއަތުތަކެއް ހާއްސަ ވެގެންވެއެވެ.
(ނ) ޑްރަގް ކޯޓަކީ ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ބަޔާންކުރާ ސުޕީރިއަރ ކޯޓާ އެއް ދަރަޖައެއްގައި އުފެދޭ ކޯޓެކެވެ. އަދި، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ސުޕީރިއަރ ކޯޓުތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ޑްރަގް ކޯޓުގެ މައްޗަށް، އެ ކޯޓާގުޅޭ ނިސްބަތަށް ހިނގާނެއެވެ.
31 ވަނަ މާއްދާ - ކޯޓުގެ އަސާސް
ޑްރަގް ކޯޓުގެ އަސާސަކީ، ކޯޓުގެ އިހްތިސާސް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކޮށްގެން، އެމީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުށަށް އަރައިގަތުމުގެ މިންވަރު މަދުކުރުމާއި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމެވެ.
32 ވަނަ މާއްދާ - ކޯޓުގެ މަގްސަދު
(ހ) ޑްރަގް ކޯޓު އުފެއްދުމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
- ކޯޓުގެ އިހްތިސާސް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުން؛
- ކޯޓުގެ އިހްތިސާސް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުށަށް އަރައިގަތުމުގެ މިންވަރު މަދުކުރުން؛
- ކޯޓުގެ އިހްތިސާސް ހިނގާ މީހުން، އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތް ހޯދައިދިނުމަށް އިސްކަންދިނުން؛
- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު، އާންމު ށަރުއީ ނިޒާމާ ގުޅުވައިދިނުމާއެކު، ފަރުވާ ދިނުމުގެ ނިޒާމަށް ގާނޫނީ އަދި ށަރުއީ ހައިސިއްޔަތު ދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދުތައް ޑްރަގް ކޯޓުން ހާސިލުކުރާނީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހުން، އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު ނައްތާލައިގެން ނުވަތަ މަދުކޮށްގެންނެވެ.
33 ވަނަ މާއްދާ - ޑްރަގް ކޯޓަށް މައްސަލަތައް ބަދަލުވުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކްރިމިނަލް ކޯޓުން ނުވަތަ ޖުވެނައިލް ކޯޓުން ބަލަމުންއައި މައްސަލަތަކުގެ ތެރޭގައި ހުރި ޑްރަގް ކޯޓުގެ އިހްތިސާސާގުޅޭ މައްސަލަތަކަކީ ކޮބައިކަން އެ ދެ ކޯޓުގެ ފަނޑިޔާރުންނާއި، ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލް ގުޅިގެން ކަނޑައަޅައި، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ދެ ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރަންވާނެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކްރިމިނަލް ކޯޓުން ނުވަތަ ޖުވެނައިލް ކޯޓުން ބަލަމުންއައި މައްސަލަތަކުގެ ތެރޭގައި ހުރި ޑްރަގް ކޯޓުގެ އިހްތިސާސާގުޅޭ މައްސަލަތައް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ކްރިމިނަލް ކޯޓުން ނުވަތަ ޖުވެނައިލް ކޯޓުން ބަލައިގެންނުވާނެއެވެ.
34 ވަނަ މާއްދާ - ޑްރަގް ކޯޓު ހިންގަން ފެށުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑްރަގް ކޯޓު އުފެދުނު ކަމުގައިވީނަމަވެސް، ޑްރަގް ކޯޓު ހިނގަން ފަށާނީ، އެ ކޯޓު ހިންގުމަށް ބޭނުންވާ ގަވާއިދުތައް އާންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެންނެވެ.
(ށ) ޑްރަގް ކޯޓު ހިންގުމަށް ބޭނުންވާ ގަވާއިދުތައް، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކޯޓުން ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.
35 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސް ހިނގާނެ މީހުން
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އެ ގިންތިއަކާ ގުޅޭގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ، އަންނަނިވި ތިން ގިންތީގެ މީހުންގެ މައްޗަށެވެ.
- މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހުން؛
- މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ތައުސީރުގައި ހުރެ ކޮށްފައިވާ ޖިނާއީ އެހެން ކުށެއްގެ ތުހުމަތުގައިވާ މީހުން ނުވަތަ އެ ކުށެއްގެ ދައުވާ އުފުލިފައިވާ މީހުން؛ (އިސްލާހު ކުރެވިފައި)
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހުން.
(ށ) މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހެއް ކަމަށް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން؛ އަދި
- އޭނާއަކީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށް އިއުތިރާފުވެފައިވާ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވެފައިވާ މީހެއް ކަމުގައިވުން؛ އަދި
- އޭނާއަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން؛ އަދި
- އޭނާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާ މީހެއް ކަމުގައިވުން.
(ނ) މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ތައުސީރުގައި ހުރެ ކޮށްފައިވާ ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމަށް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން؛ އަދި
- އޭޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ތައުސީީރުގައި ހުރެ ކަމަށްވުން؛ އަދި (އިސްލާހު ކުރެވިފައި)
- އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވުން؛ އަދި
- އޭނާއަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން؛ އަދި
- އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަކީ، އެ ކުށް ސާބިތުވެއްޖެނަމަ، 10 (ދިހައެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު އޭނާގެ މައްޗަށް ކަނޑައެޅިދާނެ ކުށަކަށްނުވުން؛ އަދި (އިސްލާހު ކުރެވިފައި)
- އޭނާއަކީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށް އިއުތިރާފުވެފައިވާ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވެފައިވާ މީހެއް ކަމުގައިވުން؛ އަދި
- އޭނާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާ މީހެއް ކަމުގައިވުން.
(ރ) ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމަށް މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން؛ އަދި
- އޭނާ ތަންފީޒުކުރަމުންދާ ހުކުމް ނިސްބަތްވާ ކުށަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށް ކަމުގައިވުން؛ ނުވަތަ
- އޭނާއަކީ، އެއް ހުކުމަށްވުރެ ގިނަ ހުކުމް އޭނާގެ މައްޗަށް ކުރެވިފައިވާ މީހެއް ކަމަށްވެފައި، އޭނާ އެހިނދު ތަންފީޒުކުރަމުންދާ ހުކުމަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ހުކުމެއް ކަމުގައިނުވާނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުމުން، ދެން ތަންފީޒުކުރަން އޮތް ހުކުމަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ހުކުމެއް ކަމުގައިވުން؛ އަދި
- އޭނާ ތަންފީޒުކުރަމުންދާ ހުކުމް ނިސްބަތްވާ ކުށަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވުން؛ އަދި
- އޭނާއަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން؛ އަދި
- އޭނާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާ މީހެއް ކަމުގައިވުން.
36 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސް ނުހިނގާނެ މީހުން
އަންނަނިވި ކުށްކުށުގެ ތެރެއިން ކުށެއްގެ ދައުވާ އުފުލިފައިވާ މީހުންނާއި، އެއިން ކުށެއް ސާބިތުވެ، ހުކުމް ތަންފީޒުކޮށްނިމިފައިނުވާ މީހުންގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސެއް ނުހިނގާނެއެވެ.
(ހ) މީހަކު މެރުމުގެ ކުށް؛
(ށ) ޓެރަރިޒަމްގެ ކުށާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛ (އިސްލާހު ކުރެވިފައި)
(ނ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ ކުށެއް؛
(ރ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
(ބ) ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ 16 ވަނަ މާއްދާއިން ފެށިގެން 19 ވަނަ މާއްދާގެ ނިޔަލަށް، އަދި 35 ވަނަ މާއްދާއިން ފެށިގެން 44 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށްތައް؛ (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށް ނުވަތަ އެއިން ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.
37 ވަނަ މާއްދާ - ޑްރަގް ކޯޓުގެ އިހްތިސާސް
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހުން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ޑްރަގް ކޯޓަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ލިބިގެންވާ ބާރުތައް ޑްރަގް ކޯޓަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ - ޑްރަގް ކޯޓު އެކުލެވިގެންވާ ގޮތް
(ހ) ޑްރަގް ކޯޓު އެކުލެވިގެންވާނީ މަދުވެގެން 5 (ފަހެއް) ފަނޑިޔާރުންގެ މައްޗަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޑްރަގް ކޯޓުގެ މަސައްކަތަށް ބަލައި، ފަނޑިޔާރުން އިތުރުކުރަންޖެހޭ ކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ކޮމިށަނުން ކަނޑައަޅާ އަދަދަކަށް، އެ ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަންކުރެވިދާނެއެވެ.
(ނ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައި، ހުކުމްކުރާނީ އެއް ފަނޑިޔާރަކު ހުރެގެން ހިންގާ ށަރީއަތުގެ މަޖިލީހަކުންނެވެ.
39 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަންކުރުން
މި ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް އައްޔަންކުރަންޖެހޭ ފަނޑިޔާރުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ޖުޑީށަލް ސަރވިސް ކޮމިށަނުން އައްޔަންކޮށް ނިންމަންވާނެއެވެ.
40 ވަނަ މާއްދާ - ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ށަރުތު
(ހ) ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އިސްލާމީ ށަރީއާގެ ރޮނގުން ނުވަތަ ގާނޫނުގެ ރޮނގުން ނުވަތަ ގާނޫނާއި އިސްލާމީ ށަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛
- ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނިގެންވާ ކަމަކާ ގުޅޭގޮތުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުންކުރެ ކަމެއްގައި އަމަލީ ގޮތުން މަސައްކަތްކޮށް، މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދެ ށަރުތު ފުރިހަމަވުމުން، ގާނޫނުއަސާސީ ގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތައުލީމާއި ތަޖުރިބާގެ ށަރުތު ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވީ ކަމުގައި ބެލެވޭނެއެވެ.
40-1 ވަނަ މާއްދާ - ތަމްރީން (މުޅި މާއްދާ އިތުރު ކުރެވިފައި)
މަސްތުވާތަކެއްޗަށް ދެވިހިފާ ފަރާތްތަކަށް ފަރުވާދީ، އެމީހުން ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވުމަށް ހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމުގައި ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ބައެއް ކަމުގައި ޑްރަގް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުން ވާންވާނެއެވެ.
41 ވަނަ މާއްދާ - ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ބާރުތައް
ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް، މި ގާނޫނުގެ ދަށުން އަންނަނިވި ބާރުތައް ލިބިގެންވެއެވެ.
(ހ) ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުން؛
(ށ) ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތުގެމަތިން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން؛
(ނ) ޑްރަގް ކޯޓުގެ ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
41-1 ވަނަ މާޢްދާ - ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް އެ ކޯޓުގެ ފަނޑިޔާރުން ހިންގަންވާނީ، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް އިސްކަންދިނުމާއެކު، ހަރުދަނާ އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް އިސްކަންދެވޭނެ ގޮތެއްގެމަތިންނެވެ. އެގޮތުން، އަންނަނިވި ކަންކަން ކުރުމުގެ ޒިންމާ މި ގާނޫނުން އެ ކޯޓުގެ ފަނޑިޔާރުންނާ މަތިކުރެއެވެ.
(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި މައްސަލަތައް ދިގުލައިގެން ނުދާނެ ގޮތެއްގެމަތިން އިންތިޒާމުކުރުމަށްޓަކައި ށަރީއަތުގެ އެކި މަރުހަލާގެ ކަންކަމަށް ވަގުތު ކަނޑައަޅައި، ވީވަރަކުން ނުރަސްމީކޮށް ހައްލުކުރެވޭނެ ކަންކަން އެފަދައިން ހައްލުކޮށް، ށަރީއަތުގެ އަޑު އެހުންތައް މަދުކުރުމަށް އިސްކަންދީގެން، އަޑުއެހުންތައް ދުރާލާ ތާވަލުކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމަށް މަސައްކަތްކުރުން؛
(ށ) ހަރުދަނާ އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަޅަންޖެހޭ އެނޫންވެސް ފިޔަވަޅުތައް އެޅުން؛
(ނ) ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ ފަރާތްތައް އެ އަމުރާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކުރަމުންދިޔުން؛
(ރ) ރީހެބިލިޓޭށަން އަމުރެއް ތަންފީޒުކުރުމަށްޓަކައި ނެރެންޖެހޭ އެހެން އަމުރުތައް ނެރުން.
42 ވަނަ މާއްދާ - މުވައްޒަފުން އައްޔަންކުރުން
ޑްރަގް ކޯޓަށް ބޭނުންވާ މުވައްޒަފުން، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަންކޮށް ނިންމަންވާނެއެވެ.
43 ވަނަ މާއްދާ - ޑްރަގް ކޯޓު ގާއިމުކުރެވިފައިވާ ތަން
ތަންޑްރަގް ކޯޓު އާންމުކޮށް ގާއިމުވެފައި ހުންނާނީ މާލޭގައެވެ. އެހެންނަމަވެސް، ޑްރަގް ކޯޓުގެ ފަނޑިޔާރުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާގޮތަށް ހަމަޖެއްސުމަށް ނުވަތަ އެއިރެއްގައި ޑްރަގް ކޯޓު ހުރުމަށް ބޭނުންވާ ތަނަކަށް އެ ކޯޓު ބަދަލުކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
44 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާ ދިނުން
މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ޑްރަގް ކޯޓަށް ބޭނުންވާ ލަފާ، ނޭށަނަލް ޑްރަގް އެޖެންސީން ދޭންވާނެއެވެ.
45 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާދިނުމަށް ފަންނީ މީހުން އައްޔަންކުރުން
މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާ ދިނުމަށްޓަކައި، ފަންނީ ޓީމެއް ނުވަތަ ޓީމުތަކެއް އެ އެޖެންސީން އެކުލަވާލަންވާނެއެވެ. އަދި މިފަދަ ޓީމުތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި ޑްރަގް ކޯޓަށް ލިބޭނެ އިންތިޒާމު ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.
46 ވަނަ މާއްދާ - ރިޕޯޓު އެކުލަވާލައި އާންމުކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޑްރަގް ކޯޓުން އަހަރަކު އެއްފަހަރު އަންނަނިވި ކަންކަން ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވާލައި އާންމުކުރަންވާނެއެވެ.
- ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި ބާވަތާއި ނިމުނު ގޮތުގެ ހުލާސާ؛
- ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް ހެދުމަށް އެންގުނު މީހުންގެ އަދަދު؛
- ރީހެބިލިޓޭށަން އަމުރު ނެރެވުނު މީހުންގެ އަދަދު؛
- ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިކުރެވުނު މީހުންގެ އަދަދު؛
- ރީހެބިލިޓޭށަން އަމުރުކޮށްފައިވާ އެހެންނަމަވެސް ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިނުކުރެވުނު މީހުންގެ އަދަދާއި ސަބަބު؛
- ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި މީހުންގެ އަދަދާއި ފަރުވާގެ ބާވަތުގެ ހުލާސާ؛
- ރީހެބިލިޓޭށަން އަމުރު އިސްލާހުކުރަން ޖެހުނު އަދަދު؛
- ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިނުވާ މީހުންގެ އަދަދު؛
- ފަރުވާގެ ޕްރޮގްރާމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ މީހުންގެ އަދަދު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން އާންމުކުރާ ރިޕޯޓުގައި އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކޮށްގެންނުވާނެއެވެ. (އިތުރު ކުރެވިފައި)
46-1 ވަނަ މާއްދާ - ކޯޓަށް ލިޔެކިޔުން ހުށަހެޅުމާއި ކޯޓުން ކުރަންޖެހޭ މުއާމަލާތްތައް ކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ޑްރަގް ކޯޓަށް ދައުވާއާއި ދައުވާއާގުޅޭ ލިޔެކިޔުމާއި އެނޫންވެސް ލިޔެކިޔުންތައް ހުށަހަޅާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- ސީދާ ކޯޓަށް ހުށަހެޅުން؛
- އ-ީމެއިލް މެދުވެރިކޮށް ހުށަހެޅުން؛
- އިލެކްޓްރޯނިކް ފައިލިންގ ހިދުމަތް މެދުވެރިކޮށް ހުށަހެޅުން.
(ށ) ދައުވާފޯމާއި ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ފޮނުވުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ކޯޓުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.
(ނ) ކޯޓަށް ހުށަހެޅޭ ދައުވާއަކާ ގުޅިގެން ކޯޓުން މައްސަލައިގެ ހަސްމުންނާ މުއާމަލާތުކުރުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ވަސީލަތްތައް މެދުވެރިކޮށް އެ މުއާމަލާތްތައް ކުރެވިދާނެއެވެ.
(ރ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ހަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ނޯޓިސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅުމުން ނުވަތަ ފޮނުވުމުން، މި ގާނޫނުގެ ބޭނުމަށް އެ އިޖުރާއަތެއް ފުރިހަމަކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
ހަވަނަ ބާބު
ފަރުވާގެ ހިދުމަތްތަކާއި ފަރުވާދޭ މަރުކަޒުތައް (ސުރުހީ އިސްލާހު ކުރެވިފައި)
47 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތައް އުފެއްދުން (ސުރުހީއާއި މާއްދާ އިސްލާހު1 / ސުރުހީ އިސްލާހު2 ކުރެވިފައި)
(ހ) މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ ކޮމިއުނިޓީ ބޭސްޑް އަދި ސްޕެށަލައިޒްޑް ޓްރީޓްމަންޓް ހިމެނޭގޮތުން ފޯރުކޮށްދެވޭ ފަރުވާއެއް ކަމުގައިވާންވާނެއެވެ. އެގޮތުން ފޯރުކޮށްދެވޭ ފަރުވާ ވާންވާނީ، މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތުންނާއި ސިއްހީ ފަރުވާގެ ނިޒާމާއި ސޯށަލް ވެލްފެއާގެ ނިޒާމުގައި ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރެއިން އަދި މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދެވޭ ފަރުވާއެއް ކަމުގައެވެ.
(ށ) މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އަންނަނިވި ބައިތަކުގެ މައްޗަށް އެކުލެވޭ ފަރުވާގެ ނިޒާމެއް ސަރުކާރުން ގާއިމުކުރަންވާނެއެވެ.
- ކޮމިއުނިޓީ ބޭސްޑް ސްކްރީނިންގ، ރިފަރަލް އެންޑް ކެއަރ؛
- ނޮން-ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން؛
- ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ކޮމިއުނިޓީ ބޭސްޑް ސްކްރީނިންގ، ރިފަރަލް އެންޑް ކެއަރ" ގެ ހިދުމަތްތަކުގެ ތެރޭގައި، ސްކްރީނިންގ އަދި ރިފަރަލް ހިދުމަތްތަކާއި، ކައުންސެލިންގ އަދި ހޯމް ބޭސްޑް ކެއަރގެ ހިދުމަތްތައް ހިމެނެންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ "ނޮން-ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން" ހިދުމަތްތަކުގެ ތެރޭގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަ މަރުކަޒުތައް މެދުވެރިކޮށް، އައުޓްޕޭށަންޓް ހިދުމަތެއްގެ ގޮތުގައި މަސްތުވާތަކެތީގެ ފަރުވާއަށް ސްރީންކުރެވޭނެ ހިދުމަތްތަކާއި، ޑީޓޮކްސިފިކޭށަން ފަރުވާއާއި، ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓާއި، ކައުންސެލިންގގެ ހިދުމަތާއި، ރީހެބިލިޓޭށަން ހިދުމަތާއި، ގުޅުންހުރި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ "ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން" ހިދުމަތްތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަ މަރުކަޒުތައް މެދުވެރިކޮށް، އިންޕޭށަންޓް ހިދުމަތެއްގެ ގޮތުގައި، މަސްތުވާތަކެތީގެ ފަރުވާއަށް ސްކްރީންކުރެވޭނެ ހިދުމަތްތަކާއި، ޑީޓޮކްސިފިކޭށަން ޓްރީޓްމަންޓާއި، ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓާއި، ކައުންސެލިންގގެ ހިދުމަތާއި، ރީހެބިލިޓޭށަން ހިދުމަތާއި، ގުޅުންހުރި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކުރާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަކޮށް ގާއިމުކުރެވ،ޭ އަންނަނިވި ހިދުމަތްތަކާއި ފަރުވާ ދެވޭނެ ނޮން-ރެސިޑެންށަލް އަދި ރެސިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތަކާއި ހާފްވޭ ހައުސްތައް ސަރުކާރުން ގާއިމުކުރަންވާނެއެވެ.
- ޑްރަގް ޑިޕެންޑެންސީ ސްކްރީނިންގ އެންޑް އެސެސްމަންޓް؛
- ޑްރަގް ޑީޓޮކްސިފިކޭށަން؛
- ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓް؛
- ރީހެބިލިޓޭށަން އެންޑް ރީއިންޓަގްރޭށަން.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ގާއިމުކުރާ މަރުކަޒުތަކުގެ އިތުރުން، ޑްރަގް ޑިޕެންޑެންސީ ސްކްރީނިންގ އަދި ރިފަރަލްގެ ހިދުމަތާއި، ޑީޓޮކްސިފިކޭށަން ފަރުވާއާއި، ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓްގެ ތެރޭގައި ހިމެނޭ މެޑިކަލް ފަރުވާގެ ހިދުމަތްތަކާއި، ސައިކޮލޮޖިކަލް ހިދުމަތްތައް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ލިބޭނެ އިންތިޒާމު، ސަރުކާރުން ހަމަޖައްސަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގެ ދަށުން ގާއިމުކުރާ ރެސިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތައް ގާއިމުކުރަންވާނީ، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރެވޭ ރެސިޑެންށަލް ބައިތައް ހިމެނޭގޮތުންނެވެ.
(ވ) މި މާއްދާގެ (ރ) އާއި (ބ) ގެ ދަށުން މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަކޮށް ސަރުކާރުން ގާއިމުކުރާ ނޮން-ރެސިޑެންށަލް އަދި ރެސިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތައް ހިންގާނީ، ނޭށަނަލް ޑްރަގް އެޖެންސީން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ އެޖެންސީން ކަނޑައަޅާ ފަރާތަކުންނެވެ.
(މ) ސަރުކާރުން ގާއިމުކުރުމަށް މި މާއްދާގެ (ޅ) އިން ލާޒިމުކުރާ މަރުކަޒުތައް އުފެއްދުމުގެ އިތުރަށް، އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.
48 ވަނަ މާއްދާ - ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު (އިތުރު ކުރެވި / އުނި ކުރެވިފައި)
49 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތަކުގެ ތަފްސީލު (އިސްލާހު ކުރެވި / އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް ޑިޕެންޑެންސީ ސްކްރީނިންގ އެންޑް އެސެސްމަންޓްގެ ހިދުމަތްދޭ މަރުކަޒުތަކަކީ ވަކި މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާ މީހެއްތޯ ދެނެގަތުމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެ ގަނ،ެ އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ހަދާ ސްކްރީނިންގ އަދި އެސެސްމަންޓް ހެދުމުގެ ހިދުމަތްދޭ ތަންތަނެވެ.
(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލުމަށް ދޭންޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދޭ ތަންތަނެވެ.
(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓް ސެންޓަރުތަކަކީ، މަސްތުވާތަކެތީގެ ވިހަ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލައި، މަސްތުވާތަކެއްޗަށް ބަރޯސާވާ މިންވަރު މާއްދީގޮތުންނާއި ނަފްސާނީގޮތުން ކަނޑުވާލުމަށް ބޭނުންވާ ފަރުވާދީ، އޭނާ ރީހެބިލިޓޭޓްކުރުމަށްޓަކައި ސިއްހީ ފަރުވާދޭ ބައެއްގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް ހާއްސަކުރެވޭ ރެސިޑެންށަލް ސެންޓަރުތަކެކެވެ.
(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހާފްވޭ ހައުސްތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އާއިލާއެއްގެ ތެރޭގައި ދިރިއުޅެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެ ތަނުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ ގޮތަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ.
50 ވަނަ މާއްދާ - މަރުކަޒުތައް ހިންގުން (އިސްލާހު1 / ސުރުހީއާއި މުޅި މާއްދާ އިސްލާހު2 ކުރެވިފައި)
މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތަކަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އެޖެންސީން ދޫކުރާ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން ހިންގޭ މަރުކަޒުތަކެއް ކަމުގައި ވާންޖެހޭނެއެވެ.
51 ވަނަ މާއްދާ - މަރުކަޒުތަކާ ގުޅޭގޮތުން ގަވާއިދު ހެދުން
މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސްދިނުމުގެ އުސޫލުތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދެއްގައި ހިމަނަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
52 ވަނަ މާއްދާ - މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ، އަދި އެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގަމުންދާ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ. އަދި މި ގަވާއިދުގައި ކައުންސެލިންގ ދިނުންވެސް ހިމެނުމާއެކު އެ ކައުންސެލިންގއަކީ އިސްލާމީ ތަރުބަވީ ކައުންސެލިންގ އެއްކަމަށް ކަނޑައަޅަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ށ) ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިދުމަތްދޭ ތަފާތު ގިންތީގެ ނުވަތަ ތަފާތު ފަންނުގެ ނުވަތަ ތަފާތު ފަންތީގެ މުވައްޒަފުން މަގާމަށް ށަރުތު ފުރިހަމަވާނެ ގޮތާއި، މަގާމުގައި ހަރަކާތްތެރިވުމުގައި ހިފަހައްޓަންޖެހޭނެ ސުލޫކީ ހަމަތަކާއި، ފަންނީ ހަމަތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
53 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޒިންމާ
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ ކޮންމެ މަރުކަޒެއްވެސް ހިންގަންވާނީ، އެ މަރުކަޒު ހިންގާ ފަރާތުން ސުޕްރިންޓެންޑެންޓެއް އައްޔަންކޮށް، އެ ތަނުގެ ފުރިހަމަ ޒިންމާ އެ ސުޕްރިންޓެންޑެންޓް އުފުލަންޖެހޭނެ ގޮތަށެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ށ) މި ގާނޫނާ ހިލާފަށް ނުވަތަ އެހެން ގާނޫނަކާ ހިލާފަށް މަރުކަޒެއްގައި ހިނގާ ކަމެއްގެ ސަބަބުން، މަރުކަޒުގެ ވެރިފަރާތް އުފުލަންޖެހޭ ޒިންމާއިން އެފަރާތެއް ބަރީއައެއްނުވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތައް ހިންގަމުންގެންދާ ގޮތް ނޭށަނަލް ޑްރަގް އެޖެންސީން ބަލަންވާނެއެވެ. އަދި މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު ކަމާގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
54 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތަކުގެ މުރާޖައާ ކޮމިޓީ
(ހ) މި ގާނޫނުގެ ދަށުން ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާ ދެމުންގެންދާއިރު ނުވަތަ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގަމުންގެންދާއިރު، ފަރުވާ ދެވޭ މީހުންނާގުޅޭ ކަންކަން މުރާޖައާކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުރާޖައާ ކޮމިޓީއެއް ކޮންމެ މަރުކަޒެއްގެ ސުޕްރިންޓެންޑެންޓް އުފައްދަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގެ ޗެއަރޕަރސަނަކަށް ހުންނަ މީހަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.
ތިންވަނަ ބައި
ށަރީއަތުގެ މަރުހަލާ
ހަތްވަނަ ބާބު
މައްސަލަ ހުށަހެޅުމާއި މައްސަލަ ބަދަލުކުރުން
55 ވަނަ މާއްދާ - ދައުވާ އުފުލުން
(ހ) ޖިނާއީ ކުށެއްގެ ތަހުގީގެއް ފުރިހަމަކުރުމަށްފަހު ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވޭ މައްސަލަތަކުގެ ތެރެއިން، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ މައްސަލަތަކުގައި އެމީހުންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނީ، ޑްރަގް ކޯޓުގައެވެ. (އިސްލާހު ކުރެވިފައި)
ރުމަށްފަހު ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވޭ މައްސަލަތަކުގެ ތެރެއިން، ޑްރަގް ކޯޓުގެ އިހްތިސާސް ނުހިނގާނެކަމަށް މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ މައްސަލަތަކުގައި ދައުވާ އުފުލާނީ، ކްރިމިނަލް ކޯޓުގައި ނުވަތަ ކަމުގެ އިހްތިސާސް ލިބިގެންވާ އެހެން ކޯޓެއްގައެވެ. (އިސްލާހު ކުރެވިފައި)
56 ވަނަ މާއްދާ - ދައުވާކުރުމާއި ދައުވާ ނުކުރުމުގެ އިހްތިޔާރު
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދިޔަ ނަމަވެސް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ، ކްރިމިނަލް ކޯޓުގައި ނުވަތަ އެފަދަ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮތް އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ އެހެން ކުށެއްގެ ދައުވާ، އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލަންޖެހިއްޖެ ހިނދެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލަށް އެ ދައުވާ ނުއުފުލާ ދޫކޮށްލައި، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ކަނޑައެޅިދާނެއެވެ.
56-1 ވަނަ މާއްދާ - ފުރަތަމަ ފަހަރު މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ނަސޭހަތް ދިނުން (މުޅީ މާއްދާ އިތުރު ކުރެވިފައި)
(ހ) ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން މަސްތުވާތަކެތި އަލަށް ބޭނުންކުރާ ފަރާތްތައް މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން، އަދި އެމީހުންނަށް އިތުރު ފުރުސަތުދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެމީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމުމުގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 98 ވަނަ މާއްދާގެ (ނ) ފިޔަވައި ކަމާގުޅޭގޮތުން އެ ގާނޫނުގައި އެކުލެވޭ މާއްދާތަކަށް އަމަލުކުރަންވާނެއެވެ.
57 ވަނަ މާއްދާ - ހިނގަމުންދާ ދައުވާއެއް އަނބުރާ ގެނައުން
(ހ) ޑްރަގް ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އެ ކޯޓު ނޫން އެހެން ކޯޓެއްގައި އުފުލާފައިވަނިކޮށް، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ ޑްރަގް ކޯޓުގައި އުފުލަންޖެހިއްޖެނަމަ، އެހާތަނަށް ކުރަމުންދިޔަ ދައުވާ އަނބުރާ ގެނެސް، އޭނާގެ މައްޗަށް ޑްރަގް ކޯޓުގައި އެކަނި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.
(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓަށް އޭނާގެ ދައުވާ ހުށަހެޅުނުއިރު އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށެއްގެ ދައުވާ، އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލާފައިވާނަމަ، އެ ދައުވާ އަނބުރާ ގެނެސް، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.
58 ވަނަ މާއްދާ - އެއް ދައުވާއަށްވުރެ ގިނަ ދައުވާ އުފުލުން
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށަކާ ގުޅިގެން އެއް ދައުވާއަށްވުރެ ގިނަ ދައުވާ އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލަންޖެހިއްޖެ ހިނދެއްގައި، އޭނާގެ މައްޗަށް އެ ދައުވާތަކުގެ ތެރެއިން ކޮންމެވެސް އެއް ދައުވާއެއް ކޮށް، އެހެން ދައުވާތައް ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ. ނުވަތަ އެއިން އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލައި، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ކަނޑައެޅިދާނެއެވެ.
(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށަކާ ގުޅިގެން އެއް ދައުވާއަށްވުރެ ގިނަ ދައުވާ އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލާފައިވާ ހާލަތުގައި، އެ ދައުވާތަކުގެ ތެރެއިން ކޮންމެވެސް އެއް ދައުވާއެއް ކުރިއަށް ގެންގޮސް އެހެން ދައުވާތައް އަނބުރާ ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ. ނުވަތަ އެއިން އެއްވެސް ދައުވާއެއް ކުރިއަށް ނުގެންގޮސް، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ކަނޑައެޅިދާނެއެވެ.
59 ވަނަ މާއްދާ - ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ އިތުރު ކުށާގުޅޭ ދައުވާ
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންވާ ކުށެއްގެ އިތުރު ދައުވާއެއް އޭނާގެ މައްޗަށް އުފުލަންޖެހިއްޖެ ހާލަތެއްގައި، އެ ދައުވާ ނުކޮށް ދޫކޮށްލައި، ޑްރަގް ކޯޓުގައި އެވަގުތު ހިނގަމުންދާ ދައުވާ އެކަނި ކުރިއަށްގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.
(ށ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ މީހެއްގެ މައްޗަށް، އޭނާ ކޮށްފައިވާ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލަންޖެހިއްޖެ ހާލަތެއްގައި، އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރާ އެއްގޮތަށް އޭނާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރަމުން ގެންދާހާހިނދަކު، އެ ދައުވާ ނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި ރީހެބިލިޓޭށަން އަމުރާ އެއްގޮތަށް ފަރުވާގެ ޕްރޮގްރާމް އޭނާ ފުރިހަމަނުކޮށް ހުއްޓާލައިފިނަމަ، އޭނާގެ މައްޗަށް އެ ދައުވާ އުފުލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފަހުގެ ހުކުމެއް އިއްވާފައިވަނިކޮށް، އެ ކޯޓަށް އޭނާގެ މައްސަލަ ހުށަހެޅުމުގެ ކުރިން އޭނާ ކޮށްފައިވާ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ޖިނާއީ ކުށަކާ ގުޅިގެން ދައުވާއެއް އުފުލަންޖެހިއްޖެ ހާލަތެއްގައި، އެ ދައުވާ ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
60 ވަނަ މާއްދާ - ދައުވާކުރުމާއި ދައުވާ ނުކުރުމާއި ދައުވާ އަނބުރާ ގެނައުމުގެ އިހްތިޔާރު ބޭނުންކުރުމުގައި ރިއާޔަތްކުރަންވީ ކަންކަން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 55 ވަނަ މާއްދާއިން ފެށިގެން 59 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި، ނުވަތަ އެފަދަ މީހެއްގެ މައްޗަށް ކޮށްފައިވާ އެހެން ދައުވާއެއް އަނބުރާ ގެނައުމާމެދު ގޮތެއް ނިންމުމުގައި، ނުވަތަ ދައުވާއެއް ނުކޮށް ދޫކޮށްލުމާމެދު ގޮތެއް ނިންމުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- އެމީހަކީ އިތުރު ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިފައިވާ މީހެއް ކަމުގައިނުވާނަމަ، އަދި އެމީހަކީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާނެ މީހެއް ކަމުގައިވާނަމަ، އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެމީހަކަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށް؛
- އެމީހަކީ އިތުރު ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިފައިވާ މީހެއް ކަމުގައިވީނަމަވެސް، އެ އިތުރު ކުށަކީ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވާނަމަ، އަދި އެމީހަކީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާނެ މީހެއް ކަމުގައިވާނަމަ، އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެމީހަކަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށް؛
- އެމީހަކީ ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ފުރިހަމަކުރަމުންދާ ފަރާތެއް ކަމުގައިވާނަމަ، އެމީހެއްގެ ފަރުވާ ކުރިއަށްގެންގޮސް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށ.ް
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމުމުގައި، ކުށުގެ ތުހުމަތުގައިވާ މީހާ ނުވަތަ ދައުވާ އުފުލިފައިވާ މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްތޯ ބަލަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ވަކި މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. (އިތުރު ކުރެވިފައި)
- އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ، ނުވަތަ އެފަދަ ފަރުވާ ހޯދަމުންގޮސްފައިވާ ފަރާތެއްކަން އަންގައިދޭ މެޑިކަލް ރެކޯޑު؛ ނުވަތަ
- އެމީހަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށްވުން؛ ނުވަތަ
- އެމީހަކީ މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މީހެއް ކަމުގައިނުވާނަމަ، އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި އެމީހަކާ ގުޅޭގޮތުން ލިބިފައިހުރި ފަރާތެއް ކަމުގައިވުން؛ ނުވަތަ
- އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތެއްކަން މި ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ފަރާތަކުން ހަދާ ޑްރަގް ޑިޕެންޑެންސީ އެސެސްމަންޓަކުން ކަނޑައަޅާ ފަރާތެއް ކަމުގައިވުން.
61 ވަނަ މާއްދާ - ޑްރަގް ކޯޓުން މައްސަލަ ބެލުން ހުއްޓާލުން
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ނުވަތަ އެ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް ދިމާވެއްޖެނަމަ، އެ ދައުވާ، އެ ކޯޓުގައި ކުރިއަށްގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް އެ ދައުވާ އެ ކޯޓުން ބަދަލުކުރަންވާނެއެވެ.
(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމް އޭނާގެ މައްޗަށް އަތުވެއްޖެނަމަ، އެހިނދުން ފެށިގެން ޑްރަގް ކޯޓުން ބަލަމުންދިޔަ ދައުވާ ބެލުން ހުއްޓާލައި، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ފަށަންވާނެއެވެ.
ހަތަރުވަނަ ބައި
ޑްރަގް ކޯޓުން މައްސަލަ ބެލުން
އަށްވަނަ ބާބު
ޑްރަގް ކޯޓުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުން
62 ވަނަ މާއްދާ - ޑްރަގް ކޯޓުން ބައެއް ކަންކަން ކަށަވަރުކުރުން
މި ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓަށް ދައުވާއެއް ހުށަހެޅޭހިނދު، ކުށުގެ ދައުވާ އުފުލިފައިވާ މީހާއާ ގުޅޭގޮތުން އަންނަނިވި ކަންކަން އެ ކޯޓުން ކަށަވަރުކުރަންވާނެއެވެ.
(ހ) އޭނާއަކީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހެއްކަން؛ އަދި
(ށ) އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭކަން؛ އަދި
(ނ) އޭނާއަކީ މި ގާނޫނުގެ 63 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާގެ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ލާޒިމުކުރެވޭނެ ފަރާތެއްކަން. އަދި (އިސްލާހު ކުރެވިފައި)
(ރ) އޭނާ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާކަން.
63 ވަނަ މާއްދާ - ޑްރަގް ކޯޓުން ދައުވާ ކުރިއަށްގެންދިޔުމާމެދު ގޮތެއް ކަނޑައެޅުން
(ހ) ޑްރަގް ކޯޓުގައި ދައުވާ އުފުލިފައިވާ މީހަކީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ނޫން ކަމުގައިވާނަމަ، ނުވަތަ އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އޭނާ އިއުތިރާޒްކުރާނަމަ، އެ ދައުވާ، އެ ކޯޓުގައި ކުރިއަށްގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް އެ ދައުވާ ބަދަލުކުރަންވާނެއެވެ.
(ށ) ކުށުގެ ދައުވާ އުފުލިފައިވާ މީހާއަކީ، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމާއި، އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އޭނާ އެއްބަސްވާކަން ޑްރަގް ކޯޓަށް ކަށަވަރުކުރެވިއްޖެނަމަ، އޭނާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ ބާވަތް ކަނޑައެޅުމަށްޓަކައި، ހުއްދަކޮށްފައިވާ ފަރާތެއް މެދުވެރިކޮށް އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް އެ ކޯޓުން އަމުރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްޓަކައި ކޯޓުން އަމުރުކުރާއިރު އެ އަމުރުގައި، އެ ރިޕޯޓް ހަދައި ކޯޓަށް ހުށަހަޅަންޖެހޭނެ ތާރީހެއް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން، ކުށުގެ ދައުވާ އުފުލިފައިވާ މީހާއާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށްވެސް ކޯޓުން އަމުރުކުރަންވާނެއެވެ.
- ކަނޑައެޅޭ ވަކި ތާރީހެއްގައި އަނބުރާ ކޯޓަށް ހާޒިރުކުރުމަށްޓަކައި ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުގައި ބެހެއްޓުމަށް؛ ނުވަތަ (އިސްލާހު ކުރެވިފައި)
- ވަކި ތާރީހެއްގައި ކޯޓަށް ހާޒިރުވުން ށަރުތުކޮށް، ކަފާލާތުގެ އުސޫލުން ނުވަތަ އެނޫންވެސް ކޯޓުން ކަނޑައަޅާ ށަރުތަކާއެކު ކުށުގެ ދައުވާ އުފުލިފައިވާ މީހާ ދޫކޮށްލުމަށް.
(ބ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އަދި އެ އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުގައި ބެހެއްޓުމަށް މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޯޓުން އަމުރުކޮށްފިނަމަ، އަންނަނިވި ކަންކަން ކުރުމަށް، އޭނާ ބަންދުގައި ބަލަހައްޓާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ކޯޓުން ކަނޑައަޅާ ތާރީހެއްގައި ކުށުގެ ދައުވާ އުފުލިފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް؛ އަދި
- ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުކުރެވިފައިވާ ތަނުގައި އޭނާ ބަހައްޓައިގެން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ ބަޔަކަށް އޭނާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް.
(ޅ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އަދި އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ކަނޑައަޅާ ށަރުތަކާއެކު ކުށުގެ ދައުވާ އުފުލިފައިވާ މީހާ ދޫކޮށްލުމަށް މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޯޓުން ނިންމައިފިނަމަ، އަންނަނިވި ކަންކަން ކުރުމަށް ކުށުގެ ދައުވާ އުފުލިފައިވާ މީހާއަށް ކޯޓުން އަމުރުކުރަންވާނެއެވެ.
- ކޯޓުން ކަނޑައަޅާ ތާރީހެއްގައި ކޯޓަށް ހާޒިރުވުމަށް؛ އަދި
- އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްޓަކައި އޭނާ ހާޒިރުވުމަށް ނޭށަނަލް ޑްރަގް އެޖެންސީން އަންގާ ތަނަކަށް އަދި ތާރީހެއްގައި ހާޒިރުވެ، އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެ އެޖެންސީން ކަނޑައަޅާ ބަޔަކާ ބައްދަލުކުރުމަށް.
(ކ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްޓަކައި ކޯޓުން އަމުރުކުރާއިރު އެ އެސެސްމަންޓް ހެދުމަށް 14 (ސާދަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ކޯޓަށް ކަނޑައެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
(އ) މި މާއްދާގެ (ކ) ގެ ދަށުން ކޯޓުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެ އެސެސްމަންޓް ފުރިހަމަކުރެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އެ މުއްދަތު އިތުރުކޮށްދިނުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް ކޯޓުގައި އެދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ވ) މި މާއްދާގެ (އ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނޭށަނަލް ޑްރަގް އެޖެންސީން އެދޭ ހާލަތުގައި 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ މުއްދަތުގައި އިންޑިކޭޓިވް އެސެސްމެންޓް ފުރިހަމަކުރެވިފައި ނުވަނީ، ދައުވާލިބޭ މީހާގެ ސަބަބުން ކަމަށްވާނަމަ، އެމީހަކީ އިންޑިކޭޓިވް އެސެސްމެންޓް ހެދުމަށް އެއްބާރުލުން ނުދޭ މީހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ނޭށަނަލް ޑްރަގް އެޖެންސީން ކޯޓުގައި އެދެންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ފ) މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން، ނޭށަނަލް ޑްރަގް އެޖެންސީން އެދުމުން، އިންޑިކޭޓިވް އެސެސްމަންޓް ފުރިހަމަކުރެވިފައި ނުވަނީ ޑްރަގް ކޯޓުގައި ދައުވާ އުފުލިފައިވާ މީހާގެ ސަބަބުން ކަމަށް ކޯޓަށް ފެނިއްޖެހިނދެއްގައި، އެމީހަކީ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެއްބާރުލުން ނުދޭ މީހެއްކަމަށް ކޯޓުން ކަނޑައަޅައި، އެ ދައުވާ އެ ކޯޓުގައި ކުރިއަށްގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް އެ ދައުވާ ބަދަލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
64 ވަނަ މާއްދާ - އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށް ކޯޓަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ތާރީހަށް ނޭށަނަލް ޑްރަގް އެޖެންސީން އިންޑިކޭޓިވް އެސެސްމަންޓް ހަދައި، ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް؛
- ކުށުގެ ދައުވާ އުފުލިފައިވާ މީހާ ފަރުވާގެ ޕްރޮގްރާމަކަށް ތައްޔާރުވެފައިވާ ނިސްބަތް؛
- ކުށުގެ ދައުވާ އުފުލިފައިވާ މީހާ ފަރުވާގެ ޕްރޮގްރާމަކަށް ތައްޔާރުވެފައިވާނަމަ، އޭނާއަށް ދިނުމަށް ފެންނަނީ ކޮން ބާވަތެއްގެ ފަރުވާއެއްކަން އަދި/ނުވަތަ އޭނާ ބައިވެރިކުރަން ފެންނަނީ ފަރުވާގެ ކޮން ޕްރޮގްރާމެއްގައިކަން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހެޅުމުން، އެ ރިޕޯޓުގެ ކޮޕީއެއް، ދައުވާކުރާ ފަރާތަށާއި ކުށުގެ ދައުވާ އުފުލިފައިވާ ފަރާތަށް ކޯޓުން ދޭންވާނެއެވެ.
(ރ) އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ބިނާކޮށް، މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި ދައުވާކުރާ ފަރާތާއި ކުށުގެ ދައުވާ އުފުލިފައިވާ ފަރާތް ޑްރަގް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، އެ ރިޕޯޓުގައިވާ ކަންކަމާމެދު ރިއާޔަތްކުރުމަށް އެމީހުންނަށް އެކަށީގެންވާ ވަގުތު ކޯޓުން ދޭންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކުރާ އިންޑިކޭޓިވް އެސެސްމަންޓް ނޭށަނަލް ޑްރަގް އެޖެންސީން ހަދާނީ، އެކަމަށްޓަކައި އެ އެޖެންސީން ލައިސަންސް ދޫކޮށްފައިވާ ފަރާތެއް މެދުވެރިކޮށެވެ.
(ޅ) އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން ހުއްދަކުރާ ފަރާތްތަކުގެ ށަރުތުތަކާއި، އެފަރާތްތަކަށް ލައިސަންސް ދޫކުރުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
65 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވުން
(ހ) ވަކި މީހަކީ ޑްރަގް ކޯޓުގައި ދައުވާ އުފުލިފައިވާ މީހެއް ކަމަށްވީނަމަވެސް، އޭނާ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާނީ، އޭނާއަކީ މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާ އިންޑިކޭޓިވް އެސެސްމަންޓްގައި އޭނާ ބައިވެރިވާންޖެހޭކަމަށް ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްގައި އަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ހުރި މީހެއް ކަމުގައިވާނަމައެވެ.
(ށ) އަންނަނިވި މީހުން، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމައެއްނުވާނެއެވެ.
- ސިކުނޑިއަށް ކުރިމަތިވެފައިވާ ހާލަތެއް ނުވަތަ އުނިކަމެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި އަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭގޮތަށް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ނެތްކަމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ފާހަގަކޮށްފައިވާ މީހުން؛
- ސިކުނޑިއަށް ކުރިމަތިވެފައިވާ ހާލަތެއް ނުވަތަ އުނިކަމެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަނިޔާވެރި އަމަލަށް އަރައިގަތުމުގެ އިހްތިމާލު ބޮޑު ކަމަށްޓަކައި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި އަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭގޮތަށް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ނެތްކަމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ފާހަގަކޮށްފައިވާ މީހުން.
ނުވަވަނަ ބާބު
ފުރަތަމަ ހުކުމް ކުރުމާއި ހުކުމް ތަންފީޒުކުރުން ފަސްކުރުން
66 ވަނަ މާއްދާ - ފުރަތަމަ ހުކުމް ކުރުން
(ހ) ކުށުގެ ދައުވާ އުފުލިފައިވާ ފަރާތަކީ، މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގައި ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރެވޭ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާނަމަ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޑްރަގް ކޯޓުން އަޑުއަހައި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކުށަށް އޭނާ އިއުތިރާފުވާކަން ކަށަވަރުކުރުމަށްފަހު، އެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ހުކުމްކޮށް، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެއެވެ.
(ށ) (އުނި ކުރެވިފައި)
(ނ) ކުށުގެ ދައުވާ އުފުލިފައިވާ ފަރާތަކީ، އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރެވޭ ފަދަ ހާލަތެއްގައި ހުރި މީހެއް ނޫންކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާނަމަ، އެ ދައުވާ އެ ކޯޓުގައި އިތުރަށް ކުރިއަށްގެންދެވެން ނެތްކަމަށް ޑްރަގް ކޯޓުން ކަނޑައަޅައި، އެ ދައުވާ، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް ބަދަލުކުރަންވާނެއެވެ.
67 ވަނަ މާއްދާ - ފުރަތަމަ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުން
(ހ) މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމް ކުރުމާ އެކުއެކީގައި، އެ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހެއްގެ މައްޗަށް ކުރާ ފުރަތަމަ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓިގެންވާނީ، އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކުރާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް އަންނަންދެން ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކުއެވެ.
(ނ) ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމަކީ، އޭނާ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ނިންމައިފިނަމަ، ކޯޓުން ކުރާ އެހެން ހުކުމަކުން، ތަންފީޒުކުރުން މައާފުކުރެވޭނެ ހުކުމެކެވެ. އަދި ފަރުވާގެ ޕްރޮގްރާމް ފުރިހަމަނުކޮށްފިނަމަ، ނުވަތަ ހުށަހަޅާފައިވާ ފަރުވާގެ ޕްރޮގްރާމް ގަބޫލުނުކޮށްފިނަމަ، އޭނާގެ މައްޗަށް އިއާދަވެ، ހިންގަންފަށާނެ ހުކުމެކެވެ.
ދިހަވަނަ ބާބު
ރީހެބިލިޓޭށަން އަމުރު
68 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރު
(ހ) މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށުގެ ދައުވާ އުފުލިފައިވާ ފަރާތުގެ މައްޗަށް ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމްކޮށް، މި ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ހުކުމް ތަންފީޒުކުރުން ހިފެހެއްޓުމުގެ އަމުރެއް ކުރުމަށްފަހު، މި ގާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ އިންޑިކޭޓިވް އެސެސްމަންޓްގެ މައްޗަށް ބިނާކޮށް، އެ އެސެސްމަންޓް ނިސްބަތްވާ ފަރާތުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި އެފަރާތުގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކޯޓުން ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހެއްގެ މައްޗަށް ކުރާ ރީހެބިލިޓޭށަން އަމުރުކުރުމާއެކު، އެ އަމުރު ތަންފީޒުކުރުމަށް ނޭށަނަލް ޑްރަގް އެޖެންސީގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
69 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގައި ހިމެނޭ ބައިތައް
މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ކުރާ ރީހެބިލިޓޭށަން އަމުރެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) އަމުރު ނިސްބަތްވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ތަފްސީލު؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވާ ގޮތް؛
(ނ) އަމުރުން ތަބާވުން ލާޒިމުކުރާ ށަރުތުތައް؛
(ރ) ބައިވެރިވާންޖެހޭ ފަރުވާގެ ޕްރޮގްރާމްގެ ބާވަތާއި ތަފްސީލު.
(ބ) ފަރުވާގެ ޕްރޮގްރާމް ފުރިހަމަނުކޮށްފިނަމަ، އޭނާގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ހިންގަން ފަށާނެކަން.
(އިތުރު ކުރެވިފައި)
70 ވަނަ މާއްދާ - ފުރަތަމަ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރު އެކަހެރިކުރުން
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން މީހެއްގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކުރިނަމަވެސް، އެ އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސެން ނެތް ކަމަށް ކޯޓަށް ޔަގީންކުރެވޭ ހާލަތެއްގައި، އޭނާގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރު އެކަހެރިކޮށް، ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މީހެއްގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ކުރާ އަމުރު ދެމިއޮންނާނީ، އަންނަނިވި ދެ ކަންތަކުގެ ތެރެއިން ފުރަތަމަ ދިމާވާ ކަންތައް ހިނގުމާ ހަމައަށެވެ. އަދި އެ ދެ ކަންތަކުގެ ތެރެއިން ކަމެއް އެގޮތަށް ހިނގުމާއެކު، ފުރަތަމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރު އިއާދަވެ، ރީހެބިލިޓޭށަން އަމުރު ހިނގަން ފަށާނެއެވެ.
- ރީހެބިލިޓޭށަން އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހުން؛
- ފުރަތަމަ ހުކުމް ކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ފާއިތުވުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ މުއްދަތު ހަމަވާއިރުވެސް، ރީހެބިލިޓޭށަން އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސެން ނެތްނަމަ، އަމުރު ނިސްބަތްވާ ފަރާތް ބަންދުގައި ބަލަހައްޓަމުންދާ ފަރާތުން، އެ މުއްދަތު ހަމަވުމުގެ ކުރިން، އެކަމާމެދު ގޮތެއް ނިންމުމަށް އެދި ޑްރަގް ކޯޓަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތަކާމެދު ގޮތެއް ނިންމުމަށް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް ހުށަހެޅިއްޖެނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ މުއްދަތު ހަމަވުމުގެ ކުރިން، އޭނާގެ މައްޗަށް އެ އަމުރު ހިންގަން ފެށުމާމެދު ކޯޓުން ގޮތެއް ކަނޑައަޅައި، އެ އަމުރުގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމް ފެށެންދެން އަމުރު ރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތެއްގެ އަމުރާމެދު މި މާއްދާގެ (ރ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެ އަމުރު ތަންފީޒުކުރަން ފަށަންވާނެ އެންމެ ދިގު މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި ފަރުވާގެ ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް، ޕްރޮގްރާމް ހިންގާ ފަރާތުގެ މައްޗަށް އަމުރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
71 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރެއްގެ އަސާސީ ނުކުތާތައް
ރީހެބިލިޓޭށަން އަމުރެއް ކުރެވޭނީ އަންނަނިވި ކަންކަން ކުރުމަށް ށަރުތުކޮށްފައެވެ.
(ހ) އަމުރުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުން؛
(ށ) ފަރުވާދޭ މަރުކަޒުން ކުރާ އަމުރުތަކަށް ކިޔަމަންވަމުންދިޔުން؛
(ނ) ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ދުވަސްތަކުގައި ގަވާއިދުން ކޯޓަށް ހާޒިރުވަމުންދިޔުން؛
(ރ) ކޯޓުގެ އަމުރެއް ލިބިގެން މެނުވީ، ފަރުވާދޭ މަރުކަޒު ހުރި ރަށަކުން ފުރައިގެން ނުދިޔުން؛
(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ވަޒީފާއަދާކުރާ ތަން ބަދަލުވެއްޖެކަމަށްވާނަމަ، ގަވާއިދުގައި ބަޔާންކުރާ ދުވަހެއްގެ ތެރޭގައި އޭނާ ރަޖިސްޓަރީކޮށްފައިވާ މަރުކަޒަކަށް އެންގުން. (އިސްލާހު ކުރެވިފައި)
72 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރެއްގެ އިތުރު ނުކުތާތައް
ރީހެބިލިޓޭށަން އަމުރެއްގައި އެހާލަތަކަށް ބިނާކޮށް އަންނަނިވި ބައިތައް ހިމެނުމަށްވެސް ށަރުތުކުރެވިދާނެއެވެ.
(ހ) މުޖުތަމައަށް ފައިދާހުރި މަސައްކަތެއްގައި ވަކި މުއްދަތަކަށް ނުވަތަ ވަކި ޖުމްލަ ގަޑިއަކަށް މަސައްކަތްކުރުން؛
(ށ) ފަރުވާގެ ނިޒާމަށް ނުވަތަ މުޖުތަމައަށް އަނބުރާ އައުމަށް މަގުފަހިވާނެ އެހެންކަމެއް ކުރަން އެންގުން.
73 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމެއްގައި ހިމެނެންވާނެ ކަންކަން
ރީހެބިލިޓޭށަން އަމުރެއް ކުރާއިރު، އެ އަމުރު ނިސްބަތްވާ ފަރާތް ހުށަހެޅޭ ފަރުވާގެ ޕްރޮގްރާމާބެހޭ މައުލޫމާތު، ލިޔެވެން އޮތް އެންމެ ތަފްސީލުކޮށް އެ އަމުރުގައި ބަޔާންކުރަންވާނެއެވެ. އެއީ، އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.
(ހ) ފަރުވާ ފުރިހަމަކުރަމުންދާ ގޮތާ ގުޅޭގޮތުން ކޯޓުން ކަނޑައަޅާ ފަރާތްތަކާ ބައްދަލުކުރަންޖެހޭނެ މިންވަރާއި، މުއްދަތުތައް ނުވަތަ އަދަދުތައް؛ (އިސްލާހު ކުރެވިފައި)
(ށ) އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރިތޯ ޓެސްޓްކުރުމަށް ހާޒިރުވާންޖެހޭ އަދަދުތައް ނުވަތަ ގަޑިތައް ނުވަތަ ދުވަސްތައް؛
(ނ) ވޮކޭށަނަލް އެޑިއުކޭށަން ޕްރޮގްރާމެއް ނުވަތަ ވޮކޭށަނަލް ޓްރޭނިންގ ޕްރޮގްރާމެއްގައި ބައިވެރިވެ މަސައްކަތެއް ނުވަތަ ހުނަރެއް ދަސްކުރަން ފެންނަ ކަމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ބަޔާންކޮށްފައިވާ މީހުން އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން އެއްބަސްވުން؛
(ރ) މެޑިކަލް، ސައިކިއޭޓްރިކް ނުވަތަ ސައިކޮލޮޖިކަލް ފަރުވާއަށް ގަބޫލުވެ، އެކަމަށް ހުށަހެޅުމަށް އެއްބަސްވުން؛
(ބ) ފަރުވާގެ ޕްރޮގްރާމާ ގުޅޭގޮތުން، އަންނަނިވި ސަބަބުތަކަށްޓަކައި، ވަކި މުއްދަތަކަށް ޖަލުގައި ބަންދުކުރަންޖެހޭކަމަށް ކޯޓަށް ފެނިއްޖެނަމަ، 21 (އެކާވީސް) ދުވަހަށްވުރެ ގިނަނުވާނެ ގޮތުގެމަތިން އޭނާ ޖަލުގައި ބަންދުކުރަން ކޯޓަށް ކަނޑައެޅިދާނެކަން.
- އޭނާގެ ގައިން މަސްތުވާތަކެތީގެ އަސަރު ފިލުވާލުމަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ފަރުވާގެ ޕްރޮގްރާމްގައި އޭނާ ބައިވެރިވެ، އޭގެ އަސަރު އޭނާއަށް ރަނގަޅު ގޮތުގައި ކޮށްފައިވާ މިންވަރު ދެނެގަތުމަށް؛
- އޭނާ ފޮނުވާނެ އެކަށީގެންވާ އެހެން މަރުކަޒެއް ހޯދެންދެން ޖަލުގައި ބަންދުކުރުން ނޫންގޮތެއް ނެތުން.
74 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގައިވާ އެއްޗެއް ކިޔައިދިނުން
މީހެއްގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކުރުމުގެ ކުރިން އަންނަނިވި ކަންކަން، އޭނާއަށް ޑްރަގް ކޯޓުން ސާފުކޮށްދޭންވާނެއެވެ.
(ހ) ރީހެބިލިޓޭށަން އަމުރުގައި އަންނަނިވި ބައިތައް ހިމެނޭކަން.
- އޭނާގެ މައްޗަށް މި ގާނޫނުގެ ދަށުން ކުރެވުނު ހުކުމާއި އޭނާގެ މައްޗަށް ތަންފީޒުނުކުރެވިވާ އެހެން ހުކުމެއް ނުވަތަ ހުކުމްތަކެއް ހުރިނަމަ އެފަދަ ހުކުމްތައް ވަކި މުއްދަތެއް ވަންދެން ހިފެހެއްޓިފައިވާކަން.
- އެ އަމުރުގައި ހިމެނޭ އަސާސީ ނުކުތާތައް.
- މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިތުރު ށަރުތެއް ހިމަނާފައިވާނަމަ އޭގެ ތަފްސީލު.
- އޭނާ ބައިވެރިވާންޖެހޭ ފަރުވާގެ ޕްރޮގްރާމްގެ ތަފްސީލު.
(ށ) ރީހެބިލިޓޭށަން އަމުރުގެ ބޭނުމާއި އޭގެ ނަތީޖާ.
(ނ) ރީހެބިލިޓޭށަން އަމުރާ ހިލާފުވެއްޖެނަމަ، އޭނާއާމެދު އަމަލުކުރެވޭނެ ގޮތް.
75 ވަނަ މާއްދާ - އަމުރު ހިނގަން ފަށާ ވަގުތު
(ހ) މީހެއްގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފިނަމަ، އެ އަމުރު އޭނާގެ މައްޗަށް ހިނގަން ފަށާނީ، އެ އަމުރުގެ ލިޔުން އޭނާއަށް ލިބިއްޖެކަން އޭނާ ލިޔުމުން ކަށަވަރުކޮށްދޭ ވަގުތުން ފެށިގެންނެވެ.
(ށ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކުރާ ރީހެބިލިޓޭށަން އަމުރެއް ހިނގަން ފެށުމާއެކު، އެ އަމުރުގެ މުއްދަތަށް އޭނާ ހުންނާނީ ޑްރަގް ކޯޓުގެ އިހްތިސާސްގެ ދަށުގައެވެ.
76 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް އެހެން ހުކުމެއް ކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމެއް، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން އޭނާގެ މައްޗަށް ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ޑްރަގް ކޯޓުން ބާތިލުކުރަންވާނެއެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވ،ާ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ހުކުމް ތަންފީޒުކުރަން ދައުލަތުގެ ކަމާބެހޭ އިދާރާއިން ފަށަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ ފަރާތެއްގެ މައްޗަށް މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމެއް އައުމުގެ ސަބަބުން ރީހެބިލިޓޭށަން އަމުރު ބާތިލުކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމް ތަންފީޒުކުރަން ފެށި ކަމުގައިވީނަމަވެސް، މި ގާނޫނުގެ 102 ވަނަ މާއްދާގެ ދަށުން އޭނާއަށް ފަރުވާ ދެވޭނެ އިންތިޒާމު، ބަންދުގެ މަރުކަޒުން ހަމަޖައްސަންވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދިޔަ ފަރާތަކީ ފަރުވާގެ ޕްރޮގްރާމް ނިމުމާ ގާތްވެފައިވާ ފަރާތެއްނަމަ، އޭނާ އެ ޕްރޮގްރާމް ފުރިހަމަކޮށް ނިމެންދެން، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދ،ި އޭނާގެ މައްޗަށް އެ ހުކުމްކުރި ކޯޓުގައި އޭނާއަށް އެދެވިދާނެއެވެ. (އިތުރު ކުރެވިފައި)
(ރ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ކުށެއްގެ ހުކުމެއް، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން އޭނާގެ މައްޗަށް ކަނޑައަޅައިފިނަމަ އޭނާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ނިމެންދެން، ފަހުން ކަނޑައެޅުނު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދ،ި އޭނާގެ މައްޗަށް
އެ ހުކުމްކުރި ކޯޓުގައި އޭނާއަށް އެދެވިދާނެއެެވެ. (އިތުރު ކުރެވިފައި)
(ބ) މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައެޅުމުގައި، އެމީހަކީ ފަރުވާގެ ޕްރޮގްރާމް ރަނގަޅަށް ފުރިހަމަކުރަމުންދާ މީހެއް ކަމުގައިވާނަމަ، އޭނާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށް ކޯޓުން އިސްކަންދޭންވާނެއެވެ. (އިތުރު ކުރެވިފައި)
77 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރަށް ބަދަލުގެނައުން
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތުން އެދި ހުށަހެޅުމުން، ނުވަތަ ކަމާބެހޭ އެހެން ފަރާތަކުން ހުށަހެޅުމުން، ކުރިން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކަށް އިސްލާހު ގެނެސް ބަދަލުގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީހެބިލިޓޭށަން އަމުރަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެންނަނަމަ، އެ ބަދަލު ގެނައި ސަބަބު ލިޔުމުން ބަޔާންކުރަންވާނެއެވެ.
78 ވަނަ މާއްދާ – އިނާޔަތްދިނުން
ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތަކުން އެ އަމުރުގައިވާގޮތަށް ފަރުވާގެ ޕްރޮގްރާމްގައި ރަނގަޅުގޮތުގައި ބައިވެރިވަމުންދާކަމަށް ޑްރަގް ކޯޓަށް ކަށަވަރުކުރެވިއްޖެނަމަ، އަންނަނިވި އިނާޔަތްތައް އޭނާއަށް ދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
(ހ) ކޯޓަށް ފެންނަ ވަކި ކަހަލަ ލުއިތަކެއް ނުވަތަ އިމްތިޔާޒުތަކެއް ދިނުން؛
(ށ) މަސްތުވާތަކެތީގެ އަސަރު ހަށިގަނޑުގައި ހުރިތޯ ޓެސްޓްކުރުމަށް ހާޒިރުވާންޖެހޭކަމަށް ބުނެފައިވާ ދުވަސްތައް މަދުކުރުން؛
(ނ) އޭނާ ބެލެހެއްޓުމުގެ ގޮތުން ވަކި ތަނަކަށް، ވަކި ގަޑިއަކަށް ހާޒިރުވެ، ވަކި މީހަކާ ބައްދަލުކުރުމަށް ބުނެފައިވާ އަދަދުތަކަށް ލުޔެއް ގެނައުން؛
(ރ) އޭނާ ބައިވެރިވަމުންދާ ވޮކޭށަނަލް ޓްރޭނިންގ ޕްރޮގްރާމެއް އެހެން ޕްރޮގްރާމަކަށް ބަދަލުކޮށްދިނުން، ނުވަތަ އޭނާ މުޖުތަމައަށް ފައިދާހުރި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ޖުމްލަ ގަޑިއިރަށް ބަދަލެއްގެނެސް، ލުޔެއް ދިނުން.
79 ވަނަ މާއްދާ – ފިޔަވަޅުއެޅުން
މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތަކުން އެ އަމުރުގައިވާގޮތަށް ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވަމުން ނުދާކަމަށް ޑްރަގް ކޯޓަށް ކަށަވަރުކުރެވިއްޖެނަމަ، އަންނަނިވި ކަންކަން ކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
(ހ) އެއްވެސް އިނާޔަތެއް ނުވަތަ ލުޔެއް އޭނާއަށް ދީފައިވާނަމަ، އެކަން ހުއްޓުމަކަށް ގެނައުން؛
(ށ) ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ކޯޓަށް ދައްކާ ޖޫރިމަނާއެއްގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ދެއްކުމަށް އެންގުން؛ (އިސްލާހު ކުރެވިފައި)
(ނ) ފަރުވާ ހޯދަމުންދާ ފަރާތް ބެލެހެއްޓުމުގެގޮތުން ވަކި މީހެއްގެ ކައިރިއަށް ހާޒިރުވުމަށް ކުރިން ކަނޑައަޅާފައިވާ ވަގުތާއި ދާންޖެހޭ ނިސްބަތް އިތުރުކުރުން؛
(ރ) ފަރުވާ ހޯދަމުންދާ ފަރާތް މެޑިކަލް، ސައިކިއޭޓްރިކް ނުވަތަ ސައިކޮލޮޖިކަލް ފަރުވާއަށް ހުށަހަޅަންޖެހޭ ނިސްބަތް ނުވަތަ އަދަދު އިތުރުކުރުން؛
(ބ) މުޖުތަމައަށް ފައިދާހުރި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުން؛
(ޅ) 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން.
(ކ) ކޯޓުން ކަނޑައަޅާ އިތުރު ށަރުތުތަކެއް، ރީހެބިލިޓޭށަން އަމުރުގައި ހިމެނުން. (އިތުރު ކުރެވިފައި)
80 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް އޮތް ހައްގު ހަނިކުރުން
ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު، ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރެއް ވަކި މީހެއްގެ މައްޗަށް ކުރެވެނީ އޭނާގެ އެއްބަސްވުމާއެކުގައި ކަމުގައިވާތީ، އަންނަނިވި ހާލަތުތަކުގައި ޑްރަގް ކޯޓުން ކުރާ ހުކުމްތަކާއި އަމުރުތަކާ ގުޅިގެން، އެ ހުކުމެއް ނުވަތަ އަމުރެއް އިސްތިއުނާފުކުރުމުގެ ހައްގު އޮތް ފަރާތްތަކަށް މި ގާނޫނުގެ ދަށުން އެ ހައްގު ލިބިގެނެއްނުވެއެވެ.
(ހ) މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ފުރަތަމަ ހުކުމް؛
(ށ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކުރާ ރީހެބިލިޓޭށަން އަމުރު؛
(ނ) ފުރަތަމަ ހުކުމް ތަންފީޒުކުރުން ހިފެހެއްޓުމުގެ އަމުރު އެކަހެރިކުރުމަށް ކުރާ އަމުރު؛
(ރ) ވަކި ތާރީހެއްގައި ކޯޓަށް ހާޒިރުވުމަށް އަންގައި، ކޯޓުން ކުރާ އަމުރު.
އެގާރަވަނަ ބާބު
ފަރުވާގެ ޕްރޮގްރާމް ހުއްޓާލުން
81 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހުއްޓާލުން
(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއްގައި ޑްރަގް ކޯޓަށް އެންގިދާނެއެވެ.
- ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން އެދުން؛
- ރީހެބިލިޓޭށަން އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން، އޭގައި ބަޔާންކޮށްފައިވާގޮތަށް ނުކުރުން ނުވަތަ ފަރުވާގެ މަރުކަޒަކުން ފިލުން ނުވަތަ ރީހެބިލިޓޭށަން އަމުރާ އެނޫންވެސް ގޮތަކަށް ހިލާފުވުން؛ (އިސްލާހު ކުރެވިފައި)
- ރީހެބިލިޓޭށަން އަމުރު އިސްލާހުކުރަން ހުށަހެޅުމުން އެކަމަށް ފަރުވާ ހޯދަމުންދާ ފަރާތުން އެއްބަސްނުވުން؛
- އިސްލާހުކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކާ އެއްގޮތަށް އަމަލުކުރުމަށް ފަރުވާ ހޯދަމުންދާ ފަރާތުން އެއްބަސްނުވުން؛
- ފަރުވާގެ ޕްރޮގްރާމް ކުރިއަށްގެންދިޔުމަކީ، އެދެވޭ ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫންކަމަށް ފެނުން.
- މަސްތުވާތަކެތި ބޭނުންކުރުން. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ނިމުމަކަށް ގެނައުމަށް ޑްރަގް ކޯޓުން ނިންމައިފިނަމަ، އެފަރާތުގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް އަމުރުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ޑްރަގް ކޯޓުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ ފަރާތެއްގެ ފަރުވާގެ ޕްރޮގްރާމް މި މާއްދާގެ (ށ) ގެ ދަށުން ނިމުމަކަށް ގެނެސް، އެފަރާތުގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް އަމުރުކުރުމާއެކު، އެ ހުކުމް ތަންފީޒުކުރަން ދައުލަތުގެ ކަމާބެހޭ އިދާރާއިން ފަށަންވާނެއެވެ. (އިތުރު ކުރެވިފައި)
(ރ) ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ ފަރާތެއް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރުވާގެ މަރުކަޒަކުން ފިލައިފި ހާލަތެއްގައި، އެމީހެއްގެ ރީހެލިބިޓޭށަން އަމުރާމެދު މި މާއްދާގެ (ށ) ގެ ދަށުން ގޮތެއް ކަނޑައެޅުމަށްޓަކައި ފުލުހުންނަށް އެމީހަކު ހޯދައި، ބަންދުގައި ބަހައްޓައިގެން ޑްރަގް ކޯޓަށް ހާޒިރުކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ފަރާތަކާމެދު މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
82 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ކޯޓުގައި އެދެވިދާނެ ފަރާތްތައް
(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އަންނަނިވި ފަރާތްތަކަށް ކޯޓުގައި އެދެވިދާނެއެވެ.
- ފަރުވާ ހޯދަމުންދާ ފަރާތް؛
- ނޭށަނަލް ޑްރަގް އެޖެންސީ؛
- ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓަމުންދާ މަރުކަޒު.
(ށ) ފަރުވާ ހޯދަމުންދާ ފަރާތުން ފަރުވާ ހުއްޓާލުމަށް ޑްރަގް ކޯޓުގައި އެދިއްޖެނަމަ، އެކަމުގެ ނޯޓިސް، އޭނާ ބަލަހައްޓަމުންދާ ފަރުވާދޭ މަރުކަޒަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ނޭށަނަލް ޑްރަގް އެޖެންސީއަށް ކޯޓުން ދޭންވާނެއެވެ.
(ނ) ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓަމުންދާ ފަރުވާދޭ މަރުކަޒުގެ ފަރާތުން ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެދިއްޖެނަމަ، އެކަމުގެ ނޯޓިސް، ފަރުވާ ހޯދަމުންދާ ފަރާތަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ނޭށަނަލް ޑްރަގް އެޖެންސީއަށް ކޯޓުން ދޭންވާނެއެވެ.
(ރ) ފަރުވާ ހޯދަމުންދާ ފަރާތުގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ނޭށަނަލް ޑްރަގް އެޖެންސީން އެދިއްޖެނަމަ، އެކަމުގެ ނޯޓިސް، ފަރުވާ ހޯދަމުންދާ ފަރާތަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓަމުންދާ ފަރުވާދޭ މަރުކަޒަށް ކޯޓުން ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުންކުރެ ފަރާތަކުން ފަރުވާ ޕްރޮގްރާމް ހުއްޓާލުމަށް ކޯޓުގައި އެދުމުން، އެފަރާތުގެ މައްޗަށް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް ގެންނަންދެން ނުވަތަ ރީހެބިލިޓޭށަން އަމުރާމެދު ގޮތެއް ނިންމަންދެން ފަރުވާ ހޯދަމުންދާ މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)
83 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމުން ރީހެބިލިޓޭށަން އަމުރު ބާތިލުކޮށް ހުކުމް ތަންފީޒުކުރަން ފެށުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ ފަރާތެއްގެ ފަރުވާގެ ޕްރޮގްރާމެއް ހުއްޓާލުމަށް، މި ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ނިންމައިފިނަމަ، ފަރުވާ ހޯދަމުންދާ ފަރާތުގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ބާތިލުކޮށް، އޭނާގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް އިއާދަކޮށް، އެ ހުކުމާ އެއްގޮތަށް އޭނާ ޖަލުގައި ހުކުމް ތަންފީޒުކުރަން ފެށުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރެއް ތަންފީޒުކުރަމުންދިޔަ ފަރާތެއްގެ ރީހެބިލިޓޭށަން އަމުރު މި މާއްދާގެ (ހ) ގެ ދަށުން އެ ކޯޓުން ބާތިލުކޮށް، އެފަރާތުގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް އިއާދަކޮށްފިނަމަ، އެފަރާތުގެ މައްޗަށް އެ ކޯޓުގެ އިހްތިސާސް ދެން ހިނގާނީ، އެ ފުރަތަމަ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ. (އިސްލާހު ކުރެވިފައި)
ބާރަވަނަ ބާބު
ފަރުވާގެ ޕްރޮގްރާމް ނިމުން
84 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ނިމުން
މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ނިމުނީ ކަމަށް ބެލެވޭނީ، އެ އަމުރުގައި ފުރިހަމަކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ފަރުވާގެ ޕްރޮގްރާމްގެ ހުރިހާ ބައިތައް، އެ އަމުރުގައިވާ ގޮތުގެމަތިން އަމުރު ނިސްބަތްވާ ފަރާތުން ފުރިހަމަކޮށް ނިމުމުންނެވެ.
85 ވަނަ މާއްދާ - ފަހުގެ ހުކުމް ކަނޑައެޅުން
(ހ) ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް މި ގާނޫނުގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނިމުމަކަށް އައުމުން، އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް ގެނެސް، މި ގާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާގެ މައްޗަށް ޑްރަގް ކޯޓުން ފަހުގެ ހުކުމް ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަހުގެ ހުކުމް ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ފަރުވާގެ ޕްރޮގްރާމް އޭނާ ފުރިހަމަކުރި ގޮތާމެދު އޭނާއަށް ފަރުވާ ދިން ފަރާތުން ދެކޭގޮތް؛
- ފަރުވާގެ މުއްދަތުގައި އޭނާއަށް ދީފައިވާ އިނާޔަތްތައް؛
- ފަރުވާގެ މުއްދަތުގައި އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް.
(ނ) ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތެއްގެ މައްޗަށް މި ގާނޫނުގެ 85 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފަހުގެ ހުކުމް ކުރުމުން، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމް ބާތިލުވާނެއެވެ.
86 ވަނަ މާއްދާ - ފަހުގެ ހުކުމް ކުރެވިދާނެ ގޮތްތައް
(ހ) މި ގާނޫނުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަހުގެ ހުކުމް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް ކުރެވިދާނެއެވެ.
- ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، އެއްވެސް ށަރުތެއް ކަނޑައެޅުމަކާ ނުލައި އޭނާ މިނިވަންކުރުން؛
- ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، ކޯޓުން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އޭނާ ދޫކޮށްލުން؛
- ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، ފަހުގެ ހުކުމް ކަނޑައެޅުން ފަސްކޮށް، ކޯޓުން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އޭނާ ދޫކޮށްލުން؛
- ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، ފަހުގެ ހުކުމެއް ކޮށް، އެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކޯޓުން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އޭނާ ދޫކޮށްލުން.
(ށ) ފަހުގެ ހުކުމް ނިސްބަތްވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމުގެ މުއްދަތަށްވުރެ ފަހުގެ ހުކުމުގެ މުއްދަތު އިތުރުވެގެން ނުވާނެއެވެ. އަދި އެ ހުކުމުގެ ބާވަތްވެސް ފުރަތަމަ ހުކުމުގެ ބާވަތަށްވުރެ ހަރުކަށިވެގެން ނުވާނެއެވެ.
(ނ) މީހެއްގެ މައްޗަށް ފަހުގެ ހުކުމް ކަނޑައެޅުން މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ށަރުތަކާއެކު ފަސްކުރެވިފައިވާނަމަ، އެ ހުކުމް ނިސްބަތްވާ ފަރާތުން އެ ށަރުތާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ފަހުގެ ހުކުމް ކަނޑައަޅަންވާނެއެވެ.
(ރ) މީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ފަހުގެ ހުކުމް ތަންފީޒުކުރުން މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ށަރުތަކާއެކު ފަސްކުރެވިފައިވާނަމަ، އެ ހުކުމް ނިސްބަތްވާ ފަރާތުން އެ ށަރުތާ ހިލާފުވެއްޖެނަމަ، އެ ހުކުމް އޭނާގެ މައްޗަށް ތަންފީޒުކުރަން ފަށަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން މީހެއްގެ މައްޗަށް ކުރާ ފަހުގެ ހުކުމެއްގައި ކަނޑައަޅާފައިވާ އެއްވެސް ށަރުތަކާ އެ ހުކުމް ނިސްބަތްވާ ފަރާތުން ހިލާފުނުވާހާހިނދަކު، އެ ހުކުމް އޭނާގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެއެވެ.
(ޅ) މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކަނޑައަޅާ ފަހުގެ ހުކުމަކީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހުކުމެއް ކަމުގައިވާނަމަ، ފަރުވާގެ ޕްރޮގްރާމްގައި އޭނާ ހޭދަކުރި މުއްދަތު އެއީ، އެ ހުކުމުގެ ދަށުން އޭނާ ހޭދަކުރި މުއްދަތު ކަމުގައި ބަލައި، އެހިސާބުން އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުނީކަމަށް ބަލަންވާނެއެވެ.
(ކ) މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކަނޑައަޅާ ފަހުގެ ހުކުމަކީ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހުކުމެއް ކަމުގައިވާނަމަ، އެ ހުކުމުގައި ބަޔާންކޮށްފައިވާ ށަރުތަކާ އޭނާ ހިލާފުނުވާހާހިނދަކު، ފަރުވާގެ ޕްރޮގްރާމްގައި އޭނާ ހޭދަކުރި މުއްދަތު އެއީ، އެ ހުކުމުގެ ދަށުން އޭނާ ހޭދަކުރި މުއްދަތު ކަމުގައި ބަލައި، އެހިސާބުން އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުނީ ކަމުގައި ބަލަންވާނެއެވެ.
ތޭރަވަނަ ބާބު
ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާގުޅޭ ހާއްސަ އުސޫލުތައް
87 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާން އެދޭ މީހުންނަށް އެކަމަށް އެދި ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެދި ނޭށަނަލް ޑްރަގް އެޖެންސީއަށް މީހެއްގެ ހުށަހެޅުން ލިބުމުން، އެމީހަކީ، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމަށް އެ އެޖެންސީއަށް ގަބޫލުކުރެވޭނަމަ، ޑްރަގް ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި އޭނާ ބައިވެރިކޮށްދިނުމަށް އެދި އެ އެޖެންސީން ޑްރަގް ކޯޓަށް ހުށަހަޅަންވާނެއެވެ.
88 ވަނަ މާއްދާ - ޑްރަގް ކޯޓުން ބައެއް ކަންކަން ކަށަވަރުކުރުން
މި ގާނޫނުގެ 86 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑްރަގް ކޯޓަށް ހުށަހެޅުމެއް ހުށަހެޅޭހިނދު، އަންނަނިވި ކަންކަން އެ ކޯޓުން ކަށަވަރުކުރަންވާނެއެވެ.
(ހ) ހުކުމް ތަންފީޒުކުރަމުންދާ މީހާއަކީ، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހެއްކަން؛ އަދި
(ށ) ހުކުމް ތަންފީޒުކުރަމުންދާ މީހާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭކަން؛ އަދި
(ނ) އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ހުކުމް ތަންފީޒުކުރަމުންދާ މީހާ ގަބޫލުވާކަން؛ އަދި
(ރ) ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހުކުމް ތަންފީޒުކުރަމުންދާ މީހާ އެއްބަސްވާކަން.
89 ވަނަ މާއްދާ - ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާން އެދޭ މީހެއްގެ ހުށަހެޅުމަކާ ގުޅޭގޮތުން މި ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އޭނާއަކީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އޭނާ އެހިނދު ތަންފީޒުކުރަމުންދާ ހުކުމަކީ، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ ފުރަތަމަ ހުކުމް ކަމުގައި ބަލައި، މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ކުރަންވާނެއެވެ. އަދި އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރީހެބިލިޓޭށަން އަމުރެއްކޮށް، ކަމާގުޅޭގޮތުން މި ގާނޫނުގައިވާ އިޖުރާއަތުތަކަށް އެ ކޯޓުން އަމަލުކުރަންވާނެއެވެ.
(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމަށް މި މާއްދާގެ (ހ) ގެ ދަށުން އެ ކޯޓުން ކަނޑައަޅާ މީހަކީ، އެއް ހުކުމަށްވުރެ ގިނަ ހުކުމް އޭނާގެ މައްޗަށް ކުރެވިފައިވާ މީހެއް ކަމަށްވާނަމަ، އޭނާ އެހިނދު ތަންފީޒުކުރަމުންދާ ހުކުމާއި އޭނާ ދެން ތަންފީޒުކުރަން އޮތް ހުކުމާއި ދެ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ކުރަންވާނެއެވެ. އަދި އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރީހެބިލިޓޭށަން އަމުރެއްކޮށް، ކަމާގުޅޭގޮތުން މި ގާނޫނުގައިވާ އިޖުރާއަތުތަކަށް އެ ކޯޓުން އަމަލުކުރަންވާނެއެވެ.
ސާދަވަނަ ބާބު
އެދިގެން ފަރުވާ ދިނުން
90 ވަނަ މާއްދާ - އެދިގެން ފަރުވާ ދިނުން
(ހ) އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާތީ، އޭނާއަށް ފަރުވާދީގެން ރަނގަޅުކުރުމަށް އެދި މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒަކަށް އެކުއްޖެއްގެ ބެލެނިވެރިއަކު ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަރުވާދޭ މަރުކަޒެއްގައި އެކުއްޖަކަށް ފަރުވާ ދެވިދާނެއެވެ.
(ށ) އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހަކު، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާތީ، ފަރުވާ ހޯދައިގެން ރަނގަޅުވުމަށް އެދި މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒަކަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަރުވާދޭ މަރުކަޒެއްގައި އޭނާއަށް ފަރުވާ ދެވިދާނެއެވެ.
91 ވަނަ މާއްދާ - އެދިގެން ފަރުވާ ދިނުމުގެ ށަރުތު
މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ ބެލެނިވެރިއަކު، ނުވަތަ 18 (އަށާރަ) އަހަރުން މަތީގެ މީހަކު އަމިއްލައަށް އެދިގެން، މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާކަން ނޭށަނަލް ޑްރަގް އެޖެންސީން ކަށަވަރުކޮށް، އެ އެޖެންސީން އެ ފަރުވާދޭ މަރުކަޒަށް އަންގާ އެންގުމެއްގެ މައްޗަށް ބިނާކޮށެވެ.
(ހ) މަސްތުވާތަކެތި ބޭނުންކުރުން ފިޔަވައި އެއްވެސް ގާނޫނެއްގެ ދަށުން ކުށެއް ކުރިކަން ތުހުމަތުކުރެވިފައި ނުވާކަން ޖިނާއީ ކުށްކުށުގެ ތަހުގީގުކުރުމަށް ގާނޫނުން ބާރުލިބިދޭ ދައުލަތުގެ މުއައްސަސާއަކުން ދޫކުރާ ލިޔުމަކުން އެނގެން އޮތުން، އަދި ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ކަނޑައަޅާފައިނުވާކަން އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގެ ލިޔުމަކުން އެނގެން އޮތުން؛ އަދި
(ށ) އޭނާ ފަރުވާދޭ މަރުކަޒެއްގައި ނުބަހައްޓައިފިނަމަ، އޭނާއަށް ނުވަތަ މުޖުތަމައުގެ އެހެން މީހުންނަށް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތްކަން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ހުއްދަކޮށްފައިވާ ފަރާތެއްގެ ލިޔުމަކުން އެނގެން އޮތުން؛ އަދި
(ނ) މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ހުއްދަކޮށްފައިވާ ފަރާތެއް މެދުވެރިކޮށް ފަރުވާ ހޯދުމަށް އެދޭ ފަރާތުން އެސެސްމަންޓެއް ހެދުމަށްފަހު، އެ އެސެސްމަންޓްގެ މައްޗަށް ބިނާކޮށް އޭނާ ބައިވެރިވާންޖެހޭ ފަރުވާގެ ޕްރޮގްރާމެއް ކަނޑައަޅާފައި އޮތްކަން އޭނާ ފަރުވާ ހޯދުމަށް އެދޭ މަރުކަޒުގެ ލިޔުމަކުން އެނގެން އޮތުން؛ އަދި
(ރ) ފަރުވާގެ ނިޒާމެއްގައި ބައިވެރިވުމަށް، 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖާގެ ބެލެނިވެރިޔާ ނުވަތަ 18 (އަށާރަ) އަހަރުން މަތީގެ މީހާ، ކަނޑައެޅިގެން އެއްބަސްވާކަން ލިޔުމަކުން އެނގެން އޮތުން؛ އަދި
(ބ) އޭނާ ފަރުވާ ހޯދުމަށް އެދޭ މަރުކަޒުން އޭނާއަށް ފަރުވާ ދިނުމަށްޓަކައި އެ މަރުކަޒުގައި އޭނާއަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދެވެން ހުރިކަން އެ މަރުކަޒުގެ ލިޔުމަކުން އެނގެން އޮތުން؛ އަދި
(ޅ) އޭނާ ފަރުވާ ހޯދުމަށް އެދޭ މަރުކަޒުގައި ޖާގަ ނެތުމުގެ ސަބަބުން މީހެއްގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް މި ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ފަސްކޮށްފައި ނެތުން.
92 ވަނަ މާއްދާ - އެދިގެން ފަރުވާ ދިނުމުގެ އުސޫލުތައް
މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއްގެ ބެލެނިވެރިއަކު އެދިގެން، ނުވަތަ 18 (އަށާރަ) އަހަރުން މަތީގެ މީހަކު އަމިއްލައަށް އެދިގެން، މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ދިނުމާބެހޭ އުސޫލުތަކުގެ ގަވާއިދެއް ނޭށަނަލް ޑްރަގް އެޖެންސީން ހަދައި، އާންމުކުރަންވާނެއެވެ. އަދި މި ބާބުގައިވާ ގޮތުގެމަތިން އެ އެޖެންސީން މީހަކު ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރަންވާނީ، އެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
93 ވަނަ މާއްދާ - ދައުވާކުރުމުން ބަރީއަވެގެންވުން
މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއްގެ ބެލެނިވެރިއަކު، ނުވަތަ 18 (އަށާރަ) އަހަރުން މަތީގެ މީހަކު މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ލިބިގަތުމަށް ހުށަހެޅުމުން، އޭނާ މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފުވެފައިވުމަކީ، އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުން ފިޔަވައި އޭނާ އެހެން ޖިނާއީ ކުށެއް ކުރިކަމަށް ދޭހަކޮށްދޭ ހެކި ހުރިކަމުގައިވާނަމަ، އެ ހެކީގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް އެ ޖިނާއީ ކުށުގެ ދައުވާ ކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
94 ވަނަ މާއްދާ - 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ ކުރުން
މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން މީހަކު ފަރުވާ ހޯދަމުން ދިޔަނަމަވެސް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ، ކްރިމިނަލް ކޯޓުގައި ނުވަތަ ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
95 ވަނަ މާއްދާ - އެދިގެން ފަރުވާހޯދާ މީހުން ކުރާ އިތުރު ކުށުގެ ދައުވާ
(ހ) މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ މައްޗަށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލަންޖެހިއްޖެ ހާލަތެއްގައި، އޭނާ ހޯދަމުންދާ ފަރުވާ ފުރިހަމަކުރަންޖެހޭ ގޮތަށް ފުރިހަމަކުރަމުން ގެންދާހާހިނދަކު، އެ ދައުވާ ނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހާ ހޯދަމުންދާ ފަރުވާ ފުރިހަމަކުރަންޖެހޭ ގޮތަށް ފުރިހަމަނުކޮށް ހުއްޓާލައިފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާފައިވާ ދައުވާ އޭނާގެ މައްޗަށް އުފުލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހާ ހޯދަމުންދާ ފަރުވާ ފުރިހަމަކުރަންޖެހޭ ގޮތަށް ފުރިހަމަކޮށް ނިންމައިފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާފައިވާ ދައުވާ، ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
ފަނަރަވަނަ ބާބު
ފަރުވާއާގުޅޭ އާންމު ބައެއް ކަންކަން
96 ވަނަ މާއްދާ - އަމުރާ އެއްގޮތަށް ފަރުވާގެ ޕްރޮގްރާމް ކުރިއަށްދޭތޯ ބެލުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މީހެއްގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކާ އެއްގޮތަށް އޭނާ ފަރުވާގެ ޕްރޮގްރާމްގައި ރަނގަޅުގޮތުގައި ބައިވެރިވަމުންދޭތޯ ކޯޓުން ބަލައި، މޮނިޓަރކުރަމުން ގެންދަންވާނެއެވެ. އަދި ރީހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އެ އަމުރު ތަންފީޒުކުރުމާ ގުޅިގެން ކޯޓުން ނެރެފައިވާ އެހެން އަމުރުތައް ތަންފީޒުވަމުންދާ މިންވަރު ކޯޓުން ބަލަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ބާއްވަންޖެހޭ އަޑުއެހުންތައް ބޭއްވުމާއި، އަންގަންޖެހޭ އިތުރު އެންގުންތައް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
97 ވަނަ މާއްދާ - މަރުކަޒުގައި ތިބޭ މީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުން
(ހ) މި ގާނޫނުގެ ދަށުން ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ހޯދަމުންދާ މީހުން، އެ މަރުކަޒެއްގެ ސުޕްރިންޓެންޑެންޓުން އެއްބަސްވާ ގޮތެއްގެމަތިން، އަދި ނޭށަނަލް ޑްރަގް އެޖެންސީގެ ހުއްދައާއެކު، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރެވިދާނެއެވެ. އެފަދައިން މީހަކު ބަދަލުކުރާއިރު، އޭނާ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރިކަން ދެ މަރުކަޒުގައިވެސް ރިކޯޑްކުރެވިފައި އޮންނަންވާނެއެވެ. އަދި އެގޮތަށް ބަދަލުކުރެވުނުކަން ޑްރަގް ކޯޓަށް އަންގަންވާނެއެވެ. ފަރުވާދޭ މަރުކަޒެއްގައި ހުރި މީހަކު މި މާއްދާގެ ދަށުން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމުގެ ހުއްދަ ދިނުމުގައި ބަލާނެ ކަންތައްތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، މި ގާނޫނުގެ ދަށުން ފަރުވާދޭންޖެހޭ މީހަކު އެއް ބާވަތެއްގެ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ފުރިހަމަކުރުމަށްފަހު، އެހެން ބާވަތެއްގެ ފަރުވާދޭ މަރުކަޒަކަށް ބަދަލުކުރެވޭނީ، ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
(ނ) ފަރުވާދޭ މަރުކަޒެއްގައި ބަންދުގައި ބަހައްޓައިގެން ބަލަހައްޓަމުންދާ މީހަކު، ކޯޓަކަށް ހާޒިރުކުރުމަށްޓަކައި، ނުވަތަ ތަހުގީގެއް ހިންގުމަށްޓަކައި، ނުވަތަ އާންމު މަސްލަހަތު ނިޔާކުރާގޮތުން، ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށްޓަކައި، ވަކި ތަނަކަށް ވަކި ވަގުތަކަށް ގެންދަންޖެހޭނަމަ، ނުވަތަ ވަކި ތަނެއްގައި ވަކި ވަގުތެއްގައި ބަހައްޓަންޖެހޭކަމަށްވާނަމަ، އެތަނަކަށް އެވަގުތަކަށް އެމީހަކު ގެންދިޔުމަކީ، އޭނާ ހުރި މަރުކަޒެއްގެ ފަރާތުން ކުރަންޖެހޭނެކަމެކެވެ.
97-1 ވަނަ މާއްދާ - ޑްްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމްތައް ފުރިހަމަކުރާ މަރުކަޒުތައް (އިތުރު ކުރެވިފައި)
މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ކުރާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ބަންދުކޮށްގެން ފަރުވާ ދިނުމަށްޓަކައި ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރާ ފަރާތްތައް އެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ކަނޑައަޅަންވާނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން ގާއިމުކުރާ މަރުކަޒެއްގައެވެ.
98 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުގައި ފަރުވާ ލިބިގަތުމަށް ތިބޭ މީހުން
(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކުރާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާދޭ މަރުކަޒެއްގައި ބަހައްޓާފައިވާ މީހާއަކީ ގާނޫނީގޮތުން ސައްހަ ބަންދެއްގައި ހުރި މީހެއް ކަމުގައި ބެލެވޭނެއެވެ.
(ށ) އަންނަނިވި ހާލަތުތަކުގައިވެސް، ބަންދުގައި ހުރި މީހާ އެހުރީ ގާނޫނީ ގޮތުން ސައްހަ ބަންދެއްގައި ކަމަށް ބެލެވޭނެއެވެ.
- ޑްރަގް ކޯޓުގެ އަމުރާ ގުޅިގެން ފަރުވާދޭ މަރުކަޒަކަށް އޭނާ ފުރަތަމަ ގެންދިޔުމަށްޓަކައި، ދަތުރުމަތީގައިވާ ހާލަތުގައި؛
- ފަރުވާދޭ މަރުކަޒެއްގައި، ބަންދުގައި ހުއްޓައި، ފަރުވާދޭ އެހެން މަރުކަޒަކަށް ގެންދިޔުމަށްޓަކައި، އޭނާ ދަތުރުމަތީގައިވާ ހާލަތުގައި؛
- މި ގާނޫނުގެ ދަށުން އޭނާ ގެންދަންޖެހޭ ތަނަކަށް ގެންދިޔުމަށްޓަކައި، ދަތުރުމަތީގައިވާ ހާލަތުގައި؛
- މި ގާނޫނުގެ ބޭނުމަށްޓަކައި ކުރަމުންދާ މަސައްކަތަކާ ގުޅިގެން ފަރުވާދޭ މަރުކަޒެއް ނޫން ތަނަކަށް ގެންދެވި، އެތަނުގައި ވަގުތީގޮތުން ބެހެއްޓިފައި ހުންނަ ވަގުތުގައި.
99 ވަނަ މާއްދާ - ހައްޔަރުކުރުމުގެ އަމުރު
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު ފަރުވާ ހޯދަމުންދަނީ ފަރުވާދޭ މަރުކަޒެއްގައި ހުރެގެން ކަމުގައިނުވާ ހާލަތެއްގައި، އެ އަމުރާ އޭނާ ހިލާފުވެއްޖެކަމަށް މުރާޖައާ ކޮމިޓީން ކަނޑައަޅާއިފިނަމަ، އެ މައްސަލަ ޑްރަގް ކޯޓަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް މައްސަލައެއް ހުށަހެޅޭ ހިނދު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހަކު ރީހެބިލިޓޭށަން އަމުރާ ހިލާފުވެއްޖެކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އޭނާ ޑްރަގް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޑްރަގް ކޯޓުން އަމުރުކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގެ ދަށުން ހައްޔަރުކުރާ މީހަކު، އޭނާ ހުރި ޕްރޮގްރާމް ކުރިއަށްގެންދިޔުމާމެދު ޑްރަގް ކޯޓުން ގޮތެއް ކަނޑައަޅަންދެން 30 (ތިރީސް) ދުވަހަށްވުރެ ދިގުނުވާނެ ގޮތުގެމަތިން، އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގެ ދަށުން ހައްޔަރުކުރާ މީހެއްގެ މައްޗަށް އެއްވެސް އެހެން ގާނޫނަކުން ކަނޑައަޅާ ކަފާލާތުގެ އުސޫލެއް ނުހިނގާނެއެވެ.
100 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުން
(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު، ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ނޭށަނަލް ޑްރަގް އެޖެންސީއަށް ލިބިއްޖެނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިޔުމުގެ ހުއްދަ ހޯދުމަށް އެދި ޑްރަގް ކޯޓަށް އެ އެޖެންސީން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދަ ހުށަހެޅުމެއް ޑްރަގް ކޯޓަށް ލިބިއްޖެނަމަ، އެކަމުގެ ހުއްދަ އެ ކޯޓުން ދޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ. ނުވަތަ އެ ށަރުތުތައް ފުރިހަމަވުމާއެކު އެ ކޯޓުން ކަނޑައަޅާ އިތުރު ށަރުތުތަކާ އެކުގައެވެ.
- އެ ހުށަހެޅުން ހުށަހެޅި ފަރާތުން ދިޔުމަށް އެދޭ މަރުކަޒަކީ ނޭށަނަލް ޑްރަގް އެޖެންސީން ހުއްދަކޮށްފައިވާ މަރުކަޒަކަށްވުން؛
- އެ މަރުކަޒުން އޭނާއަށް ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމަކީ ނޭށަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ޕްރޮގްރާމަކަށްވުން؛
- އެ މަރުކަޒަކީ ނޭށަނަލް ޑްރަގް އެޖެންސީއަށް އެއްބާރުލުންދީ، މައުލޫމާތު ހިއްސާކޮށް، އެ އެޖެންސީގެ ހުށަހެޅުމަކަށް އެ މަރުކަޒުން ފަރުވާ ހޯދާ ފަރާތްތަކާ ގުޅޭގޮތުން އެ އެޖެންސީއަށް ރިޕޯޓުކުރަންޖެހޭ ކަންކަން ރިޕޯޓުކުރުން ލާޒިމުވާ އެއްބަސްވުމެއް އެ އެޖެންސީއާއެކު އޮތް މަރުކަޒަކަށްވުން؛
- އެ މަރުކަޒުގެ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެ މަރުކަޒުގައި ހުރުމުގެ މުއްދަތުގައި ހިނގާނެ ހަރަދުތައް ހަމަޖެހިފައި ހުރިކަން ނުވަތަ ހަމަޖެއްސެން އޮތްކަން؛
- އޭނާއަކީ، ޖިނާއީ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލިފައިވާ މީހެއް ކަމުގައި ނުވުން؛
- އޭނާއަކީ، ޑްރަގް ކޯޓުން ތަންފީޒުކުރުން ހިފަހައްޓާފައިވާ ހުކުމެއް ފިޔަވައި، ތަންފީޒުކޮށް ނިމިފައިނުވާ ޖިނާއީ ކުށެއްގެ ހުކުމެއް އޮތް މީހަކު ކަމުގައި ނުވުން.
(ރ) ރާއްޖެއިން ބޭރު ގައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، ނޭށަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ފަރުވާދޭ މަރުކަޒުތަކުގެ ލިސްޓެއް އެ އެޖެންސީން އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި އެ ލިސްޓު، މަދުވެގެން ކޮންމެ ހަމަހަކުން އެއް ފަހަރު މުރާޖައާ ކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދެވޭ ފަރާތަކުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ދިވެހިރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އޭނާގެ ފަރުވާގެ ޕްރޮގްރާމްގައި އޭނާ ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ނިސްބަތް ބަލައި، ޑްރަގް ކޯޓުން ކަނޑައަޅާ މުއްދަތުތަކެއްގައި އެ މައުލޫމާތު އެ ކޯޓަށް އަންގަމުން ދިޔުން ނޭށަނަލް ޑްރަގް އެޖެންސީގެ މައްޗަށް ލާޒިމުވެގެންވެއެވެ.
(ޅ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދެވޭ ފަރާތަކުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ދިޔުމަށް ޑްރަގް ކޯޓުން ހުއްދަ ދޭނީ އޭނާ ދިވެހިރާއްޖެއިން ބޭރުގައި ހޯދާ ފަރުވާގެ މުއްދަތަށް އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ހިނގުން ހިފެހެއްޓުމަށް ފަހުގައެވެ. އަދި އެ މުއްދަތު ހަމަވުމުން އޭނާ ދިވެހިރާއްޖެއިން ބޭރުގައި ހުރި ކަމުގައިވީނަމަވެސް، އެ އަމުރު ހިނގުން އިއާދަވާނެ ގޮތުގެމަތިންނެވެ.
(ކ) ރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުމަށް ޑްރަގް ކޯޓުން ހުއްދަދީގެން ދިވެހިރާއްޖެއިން ބޭރަށްދާ ފަރާތް، ފަރުވާ ފުރިހަމަކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ފަރުވާ ފުރިހަމަކުރި ނުވަތަ ފަރުވާކުރުމާ ގުޅޭ ލިޔެކިޔުންތައް ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅައި، އެ އެޖެންސީއަށް ހާޒިރުވާންވާނެއެވެ. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަދީގެން ދިވެހިރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހާ ފަރުވާއަށްފަހު ދިވެހިރާއްޖެއަށް އެނބުރިއައުމުން، ނޭށަނަލް ޑްރަގް އެޖެންސީން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރާމެދު އެ ކޯޓުން ގޮތް ނިންމަންވާނެއެވެ. (އިތުރު ކުރެވިފައި)
101 ވަނަ މާޢްދާ - ސަރުކާރުގެ ހަރަދުގައި ދިވެހިރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު، ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެ ފަރުވާ ލިބިގަތުމަށް ބޭނުންވޭތޯ ބަލައި، އެގޮތުގެމަތިން ފަރުވާ ލިބިގަތުމަށް އެމީހަކު އިއުތިރާޒްނުކުރާނަމަ، ސަރުކާރުގެ ހަރަދުގައި އެމީހަކު ފަރުވާއަށް ފޮނުވުމުގެ ހުއްދައަކަށް އެދި ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ޑްރަގް ކޯޓަށް ލިބިއްޖެނަމަ، އެކަމުގެ ހުއްދަ އެ ކޯޓުން ދޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ. ނުވަތަ އެ ށަރުތުތައް ފުރިހަމަވުމާއެކު އެ ކޯޓުން ކަނޑައަޅާ އިތުރު ށަރުތުތަކާ އެކުގައެވެ.
- ފަރުވާއަށް ފޮނުވުމަށް އެދޭ މަރުކަޒަކީ މި ގާނޫނުގެ 100 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުއްދަކޮށްފައިވާ މަރުކަޒަކަށްވުން؛
- އެ މަރުކަޒުން އޭނާއަށް ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމަކީ ނޭށަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ޕްރޮގްރާމަކަށްވުން؛
- އެ މަރުކަޒަކީ، ނޭށަނަލް ޑްރަގް އެެޖެންސީއަށް އެއްބާރުލުންދީ، މައުލޫމާތު ހިއްސާކޮށް، އެ އެޖެންސީގެ ހުށަހެޅުމަކަށް އެ މަރުކަޒުން ފަރުވާ ހޯދާ ފަރާތްތަކާ ގުޅޭގޮތުން އެ އެޖެންސީއަށް ރިޕޯޓުކުރަންޖެހޭ ކަންކަން ރިޕޯޓުކުރުން ލާޒިމުވާ އެއްބަސްވުމެއް އެ އެޖެންސީއާއެކު އޮތް މަރުކަޒަކަށްވުން؛
- އެ މަރުކަޒުގެ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެ މަރުކަޒުގައި ހުރުމުގެ މުއްދަތުގައި ހިނގާނެ ހަރަދުތައް ހަމަޖައްސާނެ ކަމުގެ ލިޔުމެއް ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ހުށަހަޅާފައިވުން؛
- ފަރުވާ ހޯދާ މީހާއަކީ ޖިނާއީ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އޭނާ މައްޗަށް އުފުލިފައިވާ މީހެއްކަމުގައި ނުވުން؛
- އޭނާއަކީ ޑްރަގް ކޯޓުން ތަންފީޒުކުރުން ހިފަހައްޓާފައިވާ ހުކުމެއް ފިޔަވައި، ތަންފީޒުކޮށް ނިމިފައިނުވާ ޖިނާއީ ކުށެއްގެ ހުކުމެއް އޮތް މީހަކު ކަމުގައި ނުވުން.
(ނ) މި މާއްދާގެ ދަށުން ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފޮނުވާ މީހުންނާ ގުޅިގެން މި ގާނޫނުގެ 100 ވަނަ މާއްދާގެ (ރ) އާއި، (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.
(ރ) މި މައްދާގެ ދަށްުން ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު މީހަކަށް ދެވޭނީ 1 (އެކެއް) ފަހަރެވެ.
(ބ) މި މާއްދާގެ ދަށުން ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފޮނުވާ މީހުން ދިވެހިރާއްޖެއިން ބޭރުގައި ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ތާރީހުން ފެށިގެން މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނޭށަނަލް ޑްރަގް އެޖެންސީން މޮނިޓަރކުރަންވާނެއެވެ. އަދި މިގޮތުން މޮނިޓަރކުރެވޭ މުއްދަތުގެ ތެރޭގައި ވަކި ބާވަތެއްގެ ކްލާސްތަކަށް ނުވަތަ ބައްދަލުވުންތަކަށް ހާޒިރުވުމަށާއި، ނޭށަނަލް ޑްރަގް އެޖެންށީން ކަނޑައަޅާ މުއްދަތުތަކެއްގައު އެމީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމަށް އެ އެޖެންސީއަށް ހާޒިރުވުމަށާއި، ކައުންސެލިންގ ސެށަންތަކަށް ހާޒިރުވުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް އެމީހަަކަށް އެންގިދާނެއެވެ.
102 ވަނަ މާއްދާ - ޖަލުގައި ފަރުވާ ދިނުން
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ނުހިނގާ މީހެއްގެ މައްޗަށް ނުވަތަ އެ ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަނުވާ މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާނަމަ އަދި އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރުމުގެ ސަބަބުން ފަރުވާދޭންޖެހޭ މީހެއް ކަމަށްވާނަމަ، އެމީހަކަށް ޖަލުގައި ފަރުވާ ދެވޭނެ އިންތިޒާމް ޖަލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ އިދާރާއާ ގުޅިގެން ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.
(ށ) މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ޑްރަގް ކޯޓުން ކަނޑައަޅާ މީހުންނަށް ޖަލުގައި ފަރުވާ ދެވޭނެ އިންތިޒާމު، ޖަލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ އިދާރާއާ ގުޅިގެން ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.
103 ވަނަ މާއްދާ - ބަންދުގައި ހުންނައިރު ފަރުވާ ލިބިދިނުން
(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، އަދި އެއީ ޑީޓޮކްސިފިކޭށަން ފަރުވާދޭންޖެހޭ ފަރާތެއްނަމަ، އެމީހެއްގެ ބަންދުގެ މުއްދަތުގައި އެމީހަކަށް ޑީޓޮކްސިފިކޭށަން ފަރުވާ ދެވޭނެ އިންތިޒާމު، ފުލުހުންގެ ބަންދުގެ މަރުކަޒުތަކުގައި ހަމަޖައްސަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ފުލުހުންގެ ބަންދުގެ މަރުކަޒެއް ކަމަށް ބުނެފައި އެވަނީ، ތަހުގީގަށް ބަންދުކުރެވޭ ބޮޑެތި މީހުން ބަންދުކުރެވޭ ކަސްޓޯޑިއަލް ޖަލާއި ކުޑަކުދިން ބަންދުކުރެވޭ ޑިޓެންށަން ސެންޓަރުތައް ހިމެނޭގޮތުންނެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވ،ާ ފުލުހުންގެ ބަންދުގެ މަރުކަޒުތަކުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންނެވެ. (އިސްލާހު ކުރެވިފައި)
(ރ) ކުށެއްގެ ތަހުގީގު ނިމި ށަރީއަތް ފެށުމުގެ ކުރިން، ނުވަތަ ށަރީއަތް ފެށި ހުކުމް ކުރުމުގެ ކުރިން، ކޯޓު އަމުރެއްގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދުކުރެވޭ މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، އަދި އެއީ ޑީޓޮކްސިފިކޭށަން ފަރުވާދޭންޖެހޭ ފަރާތެއްނަމަ، އެމީހެއްގެ ބަންދުގެ މުއްދަތުގައި އެމީހަކަށް ޑީޓޮކްސިފިކޭށަން ފަރުވާ ދެވޭނެ އިންތިޒާމު، އެ މަރުކަޒުގައި ހަމަޖައްސަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މީހަކީ ދިގު މުއްދަތަކަށް ބަންދުކުރެވޭ މީހެއްނަމަ، އެމީހަކަށް ދޭންޖެހޭ ޑީޓޮކްސިފިކޭށަން ފަރުވާގެ އިތުރުން އޭނާއަކީ މަސްތުވާތަކެއްޗާގުޅޭ އިތުރު ފަރުވާދޭންޖެހޭ ފަރާތެއްތޯ ބެލުމަށްޓަކައި އޭނާގެ ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓެއް ހަދަންވާނެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ފަރުވާއެ މުއްދަތުގައިވެސް ދޭންޖެހޭ މީހެއް ކަމުގައި އެ އެސެސްމަންޓުން ދައްކައިފިނަމަ، އޭނާއަށް އެ ތަނުގައި އެ ފަރުވާ ދެވޭނެ އިންތިޒާމު، އެ މަރުކަޒުގައި ހަމަޖައްސަންވާނެއެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ ފަރުވ،ާ ރިމާންޑް ޖަލުތަކުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. (އިތުރު ކުރެވިފައި)
(ކ) މި މާއްދާގެ (ނ) އަދި (ޅ) ގެ ދަށުން އެއްވެސް ފަރާތަކަށް ޑީޓޮކްސިފިކޭށަން ފަރުވާ ދޭންވާނީ، ހުއްދަކޮށްފައިވާ ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ނުވަތަ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގެ ބެލުމުގެ ދަށުން، އެކަމަށްޓަކައި ހަދަންޖެހޭ ސްކްރީނިންގ ހެދުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ޅ) ގެ ދަށުން އެއްވެސް ފަރާތަކަށް މަސްތުވާތަކެތީގެ ފަރުވާ ދޭންވާނީ، މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގެ ބެލުމުގެ ދަށުން، އެކަމަށްޓަކައި ހަދަންޖެހޭ ސްކްރީނިންގ ހެދުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)
(ވ) ފުލުހުންގެ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރެވޭ މީހުންނާއި ރިމާންޑް ޖަލެއްގައި ބަންދުކުރެވޭ މީހުންނަށް މި މާއްދާގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
104 ވަނަ މާއްދާ - ފަރުވާ ދެވެމުންދާ މީހުންގެ ދަފްތަރު
މި ގާނޫނުގެ ދަށުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގެ ދަށުން ފަރުވާ ހޯދަމުންދާ މީހުންނާއި އެމީހުން ބައިވެރިކޮށްފައިވާ ޕްރޮގްރާމްގެ ތަފްސީލާއި އެމީހުންނަށް ދެވޭފަރުވާގެ ހާލަތު އެނގޭނެ ދަފްތަރެއް ނޭށްނަލް ޑްރަގް އެޖެންސީން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި މިމަސައްކަތް ނޭށްނަލް ޑްރަގް އެޖެންސީން ކުރުމަށް ބޭނުންވާ މައުލޫމާތު، އެ އެޖެންސީން ކަނޑައަޅާ އުސޫލަކުން، ޑްރަގް ކޯޓުންނާއި ފަރުވާދޭ މަރުކަޒުތަކުން، އެ އެޖެންސީއަށް ގަވާއިދުން ފޮނުވަންވާނެއެވެ. އަދި ފަރުވާ ފުރިހަމަކުރުމަށް ފަހު ދޫކޮށްލެވޭ މީހުންގެ ތެރެއިން ފަރުވާ ތަކުރާރުކުރަންޖެހޭ މީހުންގެ ތަފާސް ހިސާބުތައްވެސް ނޭށްނަލް ޑްރަގް އެޖެންސީން ބަލަހައްޓަންވާނެއެވެ.
ފަސްވަނަ ބައި
ކުށާއި އަދަބު
ސޯޅަވަނަ ބާބު
ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗާގުޅޭ ކުށް
105 ވަނަ މާއްދާ - ޑައިމޯފިން ޓްރެފިކްކުރުން
(ހ) ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެކެވެ.
(ށ) ޑައިމޯފިން ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
106 ވަނަ މާއްދާ - ޑައިމޯފިން ޕެޑްލްކުރުން
(ހ) ޑައިމޯފިން ޕެޑްލްކުރުމަކީ ކުށެކެވެ.
(ށ) ޑައިމޯފިން ޕެޑްލްކުރަން އުޅުމަކީ ނުވަތަ ޕެޑްލްކުރަން އެހީތެރިވުމަކީ ނުވަތަ ޕެޑްލްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް) ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް) ރުފިޔާއިން ފެށިގެން 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
107 ވަނަ މާއްދާ - ޑައިމޯފިނުން ވިޔަފާރިކުރުން
(ހ) ޑައިމޯފިނުން ވިޔަފާރިކުރުމަކީ ކުށެކެވެ.
(ށ) ޑައިމޯފިނުން ވިޔަފާރިކުރަން އުޅުމަކީ ނުވަތަ މުއާމަލާތުކުރަން އެހީތެރިވުމަކީ ނުވަތަ މުއާމަލާތުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް) ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
108 ވަނަ މާއްދާ - ކެނެބިސް ޓްރެފިކްކުރުން
(ހ) ކެނެބިސް ޓްރެފިކްކުރުމަކީ ކުށެކެވެ.
(ށ) ކެނެބިސް ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
109 ވަނަ މާއްދާ - ކެނެބިސް ޕެޑްލްކުރުން
(ހ) ކެނެބިސް ޕެޑްލްކުރުމަކީ ކުށެކެވެ.
(ށ) ކެނެބިސް ޕެޑްލްކުރަން އުޅުމަކީ ނުވަތަ ޕެޑްލްކުރަން އެހީތެރިވުމަކީ ނުވަތަ ޕެޑްލްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް) ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް) ރުފިޔާއިން ފެށިގެން 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
110 ވަނަ މާއްދާ - ކެނެބިހުން ވިޔަފާރިކުރުން (އިސްލާހު ކުރެވިފައި)
(ހ) ކެނެބިހުން ވިޔަފާރިރުމަކީ ކުށެކެވެ.
(ށ) ކެނެބިހުން ވިޔަފާރިކުރަން އުޅުމަކީ ނުވަތަ މުއާމަލާތުކުރަން އެހީތެރިވުމަކީ ނުވަތަ މުއާމަލާތުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް) ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
111 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ އެހެން މަސްތުވާއެއްޗެއް ޓްރެފިކްކުރުން
(ހ) ޑައިމޯފިންއާއި ކެނެބިސް ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމަކީ ކުށެކެވެ.
(ށ) ޑައިމޯފިންއާއި ކެނެބިސް ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
112 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެކުރުން ނުވަތަ ބޭރުކުރުން
(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.
(ށ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރުމުގެ ތެރޭގައި، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން މަރުގެ އަދަބު ކަނޑައެޅޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ. (އިތުރު ކުރެވިފައި)
- އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ:
- 350 (ތިންސަތޭކަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވުން؛ ނުވަތަ
- 250 (ދުއިސައްތަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން؛ ނުވަތަ
- ކެެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްނަމަ، 100 (ސަތޭކަ) ގްރާމަށްވުރެ އިތުރު އަދަދަކަށްވުން؛ އަދި
- އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވުން.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައި ގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންނެވެ. (އިތުރު ކުރެވިފައި)
(ވ) މި މާއްދާގެ (އ) ގައި ބަޔާންކުރާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން މަރުގެ އަދަބު ކަނޑައެޅުމަށް އިއްތިފާގުނުވާ ހާލަތުގައި، އެމީހެއްގެ އަދަބަކީ މި މާއްދާގެ (ނ) ގައި ބަޔާންކުރާ އަދަބެވެ. (އިތުރު ކުރެވިފައި)
(މ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)
113 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އުފެއްދުން
(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އުފެއްދުމަކީ ކުށެކެވެ.
(ށ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އުފައްދަން އުޅުމަކީ ނުވަތަ އުފެއްދުމަށް އެހީތެރިވުމަކީ، ނުވަތަ އުފެއްދުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
114 ވަނަ މާއްދާ - ޑައިމޯފިން ބޭނުންކުރުން
(ހ) ޑައިމޯފިން ބޭނުންކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
115 ވަނަ މާއްދާ - ކެނެބިސް ބޭނުންކުރުން
(ހ) ކެނެބިސް ބޭނުންކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
116 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުން
(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަކީ، ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
117 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ވާސިލުކުރުވުން
(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެހެން މީހެއްގެ ހަށިގަނޑުގެ ތެރެއަށް އޭނާގެ ރުހުމުގައި ނުވަތަ އެނގުމާއެކު ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން؛
- މީހެއްގެ ނުރުހުމުގައި ނުވަތަ މީހެއްގެ އެނގުމަކާ ނުލައި، ނުވަތަ މީހެއްގެ އަމިއްލަ އިހްތިޔާރު ކެނޑިފައިވާ ހާލަތެއްގައި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
ސަތާރަވަނަ ބާބު
ޖަދުވަލު 2 ގައިވާ މަސްތުވާތަކެއްޗާގުޅޭ ކުށް
118 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުން (އުނި ކުރެވިފައި)
119 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެތެރެކުރުން ނުވަތަ ބޭރުކުރުން
(ހ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްވެސްއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.
(ށ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްވެސްއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 50,000 (ފަންސާސްހާސް) ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 11 (އެގާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް) ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
120 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފެއްދުން
(ހ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފެއްދުމަކީ ކުށެކެވެ.
(ށ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފައްދަން އުޅުމަކީ ނުވަތަ އުފައްދަން އެހީތެރިވުމަކީ، ނުވަތަ އުފެއްދުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 50,000 (ފަންސާސްހާސް) ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 11 (އެގާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް) ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
121 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ވާސިލުކުރުވުން
(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް ނެތި އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެހެން މީހެއްގެ ހަށިގަނޑުގެ ތެރެއަށް އޭނާގެ ރުހުމުގައި ނުވަތަ އެނގުމާއެކު ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން؛
- މީހެއްގެ ނުރުހުމުގައި ނުވަތަ މީހެއްގެ އެނގުމަކާ ނުލައި، ނުވަތަ މީހެއްގެ އަމިއްލަ އިހްތިޔާރު ކެނޑިފައިވާ ހާލަތެއްގައި، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް ނެތި އެއްވެސް ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
122 ވަނަ މާއްދާ - ޕްރިސްކްރިޕްށަން ބަދަލުކޮށްގެން މަސްތުވާތަކެތި ހޯދުން
(ހ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ހޯދުމަށްޓަކައި، ޕްރިސްކްރިޕްށަނަކަށް ބަދަލު ގެނައުމަކީ ނުވަތަ އުނިއިތުރެއް ގެނައުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
122-1 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށް (އިތުރު ކުރެވިފައި)
(ހ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް ނެތި އަތުގައި ބެހެއްޓުން ނުވަތަ އެފަދަ އެއްޗެއް، ޕްރިސްކްރިޕްށަންގައި ދީފައިވާ އަދަދަށްވުރެ އިތުރަށް އަތުގައި ބެހެއްޓުމަކީ ކުށެކެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 10,000 (ދިހަހާސް) ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)
122-2 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ހުއްދަނެތި ވިއްކުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ބޭސްވިއްކުމުގެ ހުއްދަ އޮންނަ ބޭސްފިހާރައެއްގައި، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ހުއްދަނެތި ބެހެއްޓުމަކީ ނުވަތަ ވިއްކުމަކީ ކުށެކެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 11 (އެގާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް) ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 11 (އެގާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35،000 (ތިރީސްފަސްހާސް) ރުފިޔާއިން ފެށިގެން 750،000 (ހައްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)
އަށާރަވަނަ ބާބު
މަސްތުވާތަކެއްޗާގުޅޭ އެހެނިހެން ކުށް
123 ވަނަ މާއްދާ - ޖަދުވަލު 1 އާއި ޖަދުވަލު 2 ގައި ނުހިމެނޭ މަސްތުވާތަކެތި
(ހ) ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމަށް ނުވިނަމަވެސް، މަސްތުވެގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުންކުރުމަކީ، ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރޭގައި ބަނގުރަލެއް ނުހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
124 ވަނަ މާއްދާ - މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ވަސީލަތެއް އުފެއްދުން
(ހ) މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި، ނުވަތަ ޕެޑްލްކުރުމަށްޓަކައި، ނުވަތަ ޓްރެފިކްކުރުމަށްޓަކައި، ނުވަތަ އެއިން ކުށެއް ކުރުމަށް ކުރާ ކަމެއްކަން އެނގިހުރެ، ނުވަތަ އެއިން ކުށެއް ކުރުމަށް ކުރާ ކަމެއްކަން ގަބޫލުކުރާނެ ފުރުސަތުއޮވެ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
- ޖަދުވަލު 3 ގައިވާ އެއްޗެއް އުފެއްދުން ނުވަތަ ތައްޔާރުކުރުން؛
- ޖަދުވަލު 3 ގައިވާ އެއްޗެއް އަތުގައި ބެހެއްޓުން؛
- ޖަދުވަލު 3 ގައިވާ އެއްޗެއް އެހެން މީހަކަށް ރައްދުކޮށްދިނުން، ނުވަތަ ފޯރުކޮށްދިނުން، ނުވަތަ ދިނުން؛
- ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. (އިސްލާހު ކުރެވިފައި)
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން، ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ، ނުވަތަ އެ ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ އެއްޗެއް، އެ ހުއްދަ އޮތް މީހެއްގެ އަތުގައި ބެހެއްޓުމަކީ، މި މާއްދާގެ ދަށުން ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
125 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން
(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗެހި ދިނުމަށް މި ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރާ މީހާ އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން ކަމަށް ބުނެފައި އެވަނީ، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗެހި ދިނުމަށް މި ގާނޫނުގެ 163 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، އެ އެއްޗެހި ދިނުމަށް އިންކާރުކުރުމަށެވެ. އޭގެ ތެރޭގައި، ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރުމަށްޓަކައި އެ ދޭންޖެހޭގޮތް ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ނުދިނުމާއި، ކުޑަ ކަމުދާ އެއްޗެހި ދިނުމަށް އަންގާ ވަގުތުގެ ތެރޭގައި ކުޑަކަމުދާ އެއްޗެހި ނުދިނުން ހިމެނެއެވެ. (އިތުރު ކުރެވިފައި)
126 ވަނަ މާއްދާ - ބޮޑީ ސާމްޕަލް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ފޮޓޯ ނެގުމަށް އިންކާރުކުރުން
(ހ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ އިނގިލީގެ ނިށާން ނެގުމަށް ނުވަތަ ފޮޓޯނެގުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ ބޮޑީ ސާމްޕަލް ނެގުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ނ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ރ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ ކިބައިން އެދޭ މައުލޫމާތު ސާފުކޮށްދިނުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
127 ވަނަ މާއްދާ - މަސްތުވާތަކެތި ޓްރެފިކްކުރުމާ ގުޅޭގޮތުން ތަނުގެ ނުވަތަ އުޅަނދުގެ ވެރިފަރާތުން ކުރާ ކުށް
(ހ) ގެއެއް ނުވަތަ އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ނުވަތަ އުޅަނދަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ގާނޫނާ ހިލާފަށް ޓްރެފިކްކުރުމަށް ނުވަތަ ޕެޑްލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތުއޮވެ، އެ ތަނެއް ނުވަތަ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ބަލަހައްޓަމުންދާ ފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން، ހުއްދަ ދިނުމަކީ ނުވަތަ ހުއްދަކުރުމަކީ، ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
128 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭގޮތުން ބިމުގެ ނުވަތަ އިމާރާތުގެ ނުވަތަ އުޅަނދުގެ ވެރިފަރާތުން ކުރާ ކުށް
(ހ) މީހުން ދިރިއުޅޭ ގެއަކަށް ނުވާ، އެހެންނަމަވެސް މީހުން ބޭނުންކުރާ ނުވަތަ މީހުން ވަދެނިކުމެވާ ބިމެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ތަނެއްގައި ނުވަތަ އުޅަނދެއްގައި، މީހަކު ނުވަތަ ބަޔަކު، ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރާކަމަށް، ނުވަތަ ހަށިގަނޑަށް ވާސިލުކުރާކަމަށް ނުވަތަ އެއިން ކަމެއް ކުރުމަށް އުޅޭކަމަށް ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތުއޮވެ، އެ ތަނެއްގެ ނުވަތަ އުޅަނދެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއްގައި އުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގެ ނުވަތަ އުޅަނދެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުމަކީ ނުވަތަ ހުއްދަކުރުމަކީ، ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
128-1 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން ހިންގުމުގެ ކުށް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ވަކި ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކާއި އެނޫންވެސް އެއްޗެހި ވަކި ތަނެއްގައި ފޯރުކޮށްދިނުމަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލ،ު ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެކެވެ.
(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމަށް ތަނެއް ފޯރުކޮށްދިނުމަކީ ކުށެކެވެ.
(ބ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމަށް ތަނެއް ބޭނުންކުރާކަން އެނގޭ ހާލ،ު ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެކެވެ.
(ޅ) މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ކ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއާއި 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(އ) މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ވ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
128-2 ވަނަ މާއްދާ - މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމުގެ ކުށް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމަކީ ކުށެކެވެ.
(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
129 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުން
(ހ) މަސްތުވާތަކެތި ޕެޑްލްކޮށްގެން ނުވަތަ ޓްރެފިކްކޮށްގެން ހޯދާފައިވާ، ނުވަތަ އެއިން ކަމެއް ކުރުމުގެ ސަބަބުން ލިބިފައިވާ މުދަލެއްކަން ނުވަތަ ފައިސާއެއްކަން އެނގިހުރެ، ނުވަތަ އެފަދަ ކުށެއް ކޮށްގެން ހޯދާފައިވާ ނުވަތަ ލިބިފައިވާ އެއްޗެއްކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރެ، އެމުދަލެއް ނުވަތަ ފައިސާއެއް ލިބިގަނެ، އަތުގައި ބަހައްޓައި، ނުވަތަ ބޭނުންކުރުމަކީ ކުށެކެވެ.
(ށ) މަސްތުވާތަކެތި ޕެޑްލްކޮށްގެން ނުވަތަ ޓްރެފިކްކޮށްގެން ހޯދާފައިވާ އެއްޗެއްކަން ސިއްރު ކުރުމަށްޓަކައި ނުވަތަ ކުށުގައި ބައިވެރިވެފައިވާ މީހަކަށް ހައްގުވާ އަދަބުން މިންޖުކޮށްދިނުމަށްޓަކައި، ކުށްކޮށްގެން ހޯދާފައިވާ މުދަލެއްގެ ނުވަތަ ފައިސާއެއްގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ، ނުވަތަ އޭގެ މިލްކުވެރިކަމަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ނުވަތަ މިލްކުވެރިކަން ބަދަލުކުރުމަށް އެނޫންވެސް ގޮތަކުން އެހީތެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
130 ވަނަ މާއްދާ - ހިތްވަރުދިނުމާއި ށައުގުވެރިކުރުވުމުގެ ކުށް
(ހ) މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދިނުން ނުވަތަ ށައުގުވެރިކުރުވުން ނުވަތަ އެއިން ކަމެއް ކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުން އެއްވެސް އަމަލެއް ކުރުމަކީ ކުށެކެވެ.
(ށ) މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ށާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
131 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ އެއްޗެއް ކަމުގައި ބަލައިގެން އެއްޗެއް ވިއްކުން ނުވަތަ ގަތުން
(ހ) އެ އެއްޗަކީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ކަމުގައި ބަލައިގެން އެއްވެސް އެއްޗެއް ގަތުން، ނުވަތަ އެ އެއްޗަކީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ކަމުގައި ބަލައިގެން ނުވަތަ ދައްކައިގެން އެއްވެސް އެއްޗެއް ވިއްކުން، ނުވަތަ އެފަދަ ކަމެއް ކުރަން އުޅުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
132 ވަނަ މާއްދާ - ޓްރެފިކްކުރާކަން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާކަން ނުވަތަ ބޭރުކުރާކަން ނުއެންގުން
(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރާކަން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާކަން ނުވަތަ ބޭރުކުރާކަން ނުވަތަ އެއިން ކަމެއް ކުރަން އުޅޭކަން އެނގިހުރެ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަމެއް ނޭންގުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
133 ވަނަ މާއްދާ - ގާނޫނީ ށަހްސަކުން ކުށްކުރުން
(ހ) މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކުރީ ގާނޫނީ ށަހްސަކުން ކަމުގައިވާނަމަ، ނުވަތަ އެކަން ކުރީ، އެ ގާނޫނީ ށަހްސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެ ށަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައިވާނަމަ، އެކަމެއް ކުރި މީހާއާއި އެމީހަކު ނިސްބަތްވާ ގާނޫނީ ށަހްސު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1,000,000 (އެއްމިލިއަން) ރުފިޔާއާއި 100,000,000 (ސަތޭކަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
134 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުށްކުރުން
(ހ) މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް ދިވެހި ރައްޔިތަކު، ދިވެހިރާއްޖެއިން ބޭރުގައި ހުރެ ކުރިކަމުގައިވީނަމަވެސް، އޭނާ އެކުރީ ކުށެކެވެ. އަދި އެއިން ކުށަކަށް ކަނޑައެޅޭނެ އަދަބަކީ މި ގާނޫނުގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ދިވެހި ރައްޔިތެއްގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާ އުފުލޭނީ، އޭނާ ކުށް ކުރި ގައުމުގައި އޭނާގެ މައްޗަށް ދައުވާކޮށް ހުކުމްކޮށްފައިނުވާނަމައެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ދިވެހިރައްޔިތަކު ބޭރު ގައުމެއްގައި ކޮށް، އެ ކުށުގެ ތުހުމަތުގައި އެ ގައުމެއްގައި އެމީހެއްގެ މައްޗަށް ށަރީއަތްކޮށް، ކުށް ސާބިތުވެގެން އެމީހެއްގެ މައްޗަށް އެގައުމެއްގެ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމް އެ ގައުމުގައި ތަންފީޒުކުރެވެމުންދަނިކޮށް، އެމީހެއްގެ މައްޗަށް އެ ގައުމުގެ ކޯޓުން ކަނޑައަޅާފައިވާ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އެމީހަކު ދިވެހިސަރުކާރާ ހަވާލުކުރެވިއްޖެނަމަ، އެ ގައުމެއްގެ ކޯޓުން ކަނޑައަޅާފައިވާ ހުކުމަކީ ދިވެހިރާއްޖޭގެ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ ހުކުމެކެވެ.
135 ވަނަ މާއްދާ - މި ގާނޫނުގައިވާ އެންމެ ބޮޑެތި އަދަބުތައް ދިނުން
މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް ކުރީ، ތިރީގައި ބަޔާންކޮށްފައިވާ މީހަކުނަމަ، މި ގާނޫނުގައި އެ ކުށަކަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު، އެ ކުށެއް ކުރި މީހަކަށް ދޭންވާނެއެވެ.
(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހެއް؛ (އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މީހަކު؛
(ނ) އަންނަނިވި ފަރާތްތަކަށް މި ގާނޫނާ ހިލާފަށް މަސްތުވާއެއްޗެއް ދިން މީހަކު، ނުވަތަ އެއިން ފަރާތެއްގެ ހަށިގަނޑަށް މި ގާނޫނާ ހިލާފަށް މަސްތުވާއެއްޗެއް ވާސިލުކުރުވައިފި މީހަކު، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދިން މީހަކު، ނުވަތަ މި ގާނޫނުގެ ދަށުން ކުށެއް ކުރުމުގައި އެއިން ފަރާތެއް ބައިވެރިކުރި މީހަކު.
- އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖަކަށް؛
- ބުއްދިހަމަނުޖެހޭ މީހަކަށް؛
- މި ގާނޫނުގެ ދަށުން ފަރުވާ ލިބެމުންދާ މީހަކަށް.
(ރ) ސަލާމަތީ ހިދުމަތެއްގައި ހިމެނޭ ފަރާތެއް، (އިތުރު ކުރެވިފައި)
(ބ) މި ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކުށުގެ ދައުވާ އުފުލުމުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނާއި މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި މަސައްކަތްކުރާ އިދާރާތަކާއި އެނޫންވެސް ފަރާތްތަކުގެ މުވައްޒަފުން ހިމެނޭހެން، މި ގާނޫނުގެ ދަށުން މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ ކޮންމެ ފަރާތެއް އަދި އެ ފަރާތެއްގެ މުވައްޒަފުން. (އިތުރު ކުރެވިފައި)
ނަވާރަވަނަ ބާބު
ގާނޫނު ގަބޫލުކުރާ ގޮތް
136 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ޑައިމޯފިން ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން
(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، އެމީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
137 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ޑައިމޯފިން ބޭނުންކުރުމާއި ވިޔަފާރިކުރުމާއި ޓްރެފިކްކުރުން (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވެފައި، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
138 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ކެނެބިސް ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން
(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، އެމީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
139 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ކެނެބިސް ބޭނުންކުރުމާއި ވިޔަފާރިކުރުމާއި ޓްރެފިކްކުރުން (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވެފައި، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
140 ވަނަ މާއްދާ - ޖަދުވަލު 1 ގައި ހިމެނޭ އެހެން މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުން
(ހ) ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޑައިމޯފިންއާއި ކެނެބިސް ފިޔަވައި އެޖަދުވަލުގައި ބަޔާންކޮށްފައިވާ އެހެން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއްގެ 1 (އެކެއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއް މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ށ) ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޑައިމޯފިންއާއި ކެނެބިސް ފިޔަވައި އެޖަދުވަލުގައި ބަޔާންކޮށްފައިވާ އެހެން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް، 1 (އެކެއް) ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
141 ވަނަ މާއްދާ - ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަން ބަލާނެ ގޮތް
(ހ) މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިނުވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އޭގެ ޒާތުގައި އެ އެއްޗެއްގައި ހުރި ބަރުދަނެވެ.
(ށ) މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަނެވެ.
(ނ) މީހެއްގެ އަތުގައި ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކާއި ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެއްކޮށްފައި ކަމުގައިވާނަމަ، އެ އެއްޗެއްގައި ގިނައިން ފާހަގަވާން ހުރީ ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ކަމުގައިވާނަމަ، އޭނާގެ އަތުގައި އެ ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ކަމުގައި މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.
(ރ) މީހެއްގެ އަތުގައި ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކާއި ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެއްކޮށްފައި ކަމުގައިވާނަމަ، އެ އެއްޗެއްގައި ގިނައިން ފާހަގަވާން ހުރީ ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމުގައިވާނަމަ، އޭނާގެ އަތުގައި އެ ހުރީ، ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމުގައި މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.
(ބ) މި މާއްދާގެ (ނ) އަދި (ރ) ގެ ބޭނުމަށްޓަކައި "ގިނައިން ފާހަގަވާން ހުރި" މިންވަރު ބެލުމުގައި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެހީގެ ބަރުދަން ބަލާނީ ގްރާމުންނެވެ. ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާއެއްޗެހީގެ ބަރުދަން ބަލާނީ ޑޯސެޖުންނެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ޖަދުވަލު 1 ގައި ބަޔާންކުރާ މަސްތުވާއެއްޗެއް ހުރީ ދިޔާ އެއްޗެއްގެ ގޮތުގައި ކަމަށްވާނަމަ، އެ އެއްޗެއްގެ ބަރުދަން ބަލާނީ މިލިލީޓަރުންނެވެ. އަދި މި ގާނޫނުގައި ވަކި ކުށެއް ކަނޑައެޅުމުގައި މަސްތުވާއެއްޗެއްގެ ވަކި ގްރާމެއްގެ ބަރުދަނެއް ހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތުގައި، އެ އެއްޗެއް ހުރީ ދިޔާއެއްޗެއްގެ ގޮތުގައި ކަމަށްވާނަމަ، އެ އަދަދެއް އެ އެއްޗެއްގައި ހަމަވޭތޯ ކަނޑައެޅުމުގައި ބަލާނީ، އެފަދައިން ކަނޑައަޅާފައިވާ ގްރާމު މިލިލީޓަރަށް ކޮންވަރޓްކުރުމުން އަންނަ އަދަދަށެވެ. (އިސްލާހު ކުރެވިފައި)
142 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުން (އުނި ކުރެވިފައި)
143 ވަނަ މާއްދާ - މަސްތުވާއެއްޗެއް އަތުގައި ހުރީ ކަމުގައި ބެލުން
އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއްގައިވާ މީހާގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބެލެވޭނެއެވެ.
(ހ) މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް ހުރުން؛
(ށ) މީހަކު ލައިގެން ހުންނަ އަންނައުނުގައި ނުވަތަ އަންނައުނާގުޅޭ ސާމާނުގައި ނުވަތަ އޭނާ އަޅައިގެން ހުންނަ ގަހަނާގައި މަސްތުވާއެއްޗެއް ހުރުން؛
(ނ) މީހަކު ހިފައިގެންއުޅޭ ނުވަތަ އަޅައިގެންއުޅޭ ނުވަތަ އޭނާގެ ގައިގައި ހަރުކޮށްގެންއުޅޭ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛
(ރ) މީހެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްތުވާއެއްޗެއް ހުރުން؛ (އިސްލާހު ކުރެވިފައި)
(ބ) (އުނި ކުރެވިފައި)
(ޅ) މަތީގައިވާ ކަންކަމުގެ އިތުރުން، މީހެއްގެ އަތުގައި ހުރީ ކަމަށް މާނަކުރެވިދާނެ ގޮތަށް މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރުން.
143-1 ވަނަ މާއްދާ - މީހެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްތުވާއެއްޗެއް ހުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
މީހެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްތުވާއެއްޗެއް ހުރުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭހެން، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުމަށެވެ.
(ހ) އެމީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި ނުވަތަ ކޮޓަރިއެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި މަސްތުވާއެއްޗެއް ހުރުން؛
(ށ) އެމީހަކަށް ވާސިލުވެވޭ ގޮތަށް ބަންދުކޮށްފައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުން؛
(ނ) އެހެން ބައެއްގެ ހާޒިރުގައިވިޔަސް އޭނާ ހުރި ތަނެއްގައި އެ އެއްޗެއް ހާމައަށް ހުރުން.
144 ވަނަ މާއްދާ - ޓްރެފިކްކުރާ މީހެއް ކަމުގައި ބެލުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ކުރާ ކޮންމެ ފަރާތަކީ، ޓްރެފިކްކުރާ މީހެއް ކަމުގައި ބެލޭނެއެވެ. (މުޅި މާއްދާ އިސްލާހު ކުރެވިފައި)
މި މާއްދާގެ (ހ) އިން (ފ) ގެ ނިޔަލަށް އަށް ހުރި ނަންބަރުތައް އުނި ކުރެވިފައި)
145 ވަނަ މާއްދާ - ޕެޑްލަރެއް ކަމުގައި ބެލުން
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، މަސްތުވާތަކެތީގެ ވިޔަފާރިކުރުން މުއާމަލާތުކޮށްފިނަމަ، އޭނާއަކީ ޕެޑްލަރެއް ކަމުގައި ބެލެވޭނެއެވެ.
146 ވަނަ މާއްދާ - އެކެއްގެ އަތުގައި ހުރި މަސްތުވާއެއްޗެއް އެހެން މީހެއްގެ އަތުގައިވެސް ހުރީ ކަމަށް ބެލެވުން
އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
147 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރާ ކޮޓަރިއެއް ކަމުގައި ބެލެވުން
(ހ) މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ހަދާފައި ހުންނަ އެއްވެސް ބާވަތެއްގެ އާލާތެއް ކޮޓަރިއަކުން ފެނިއްޖެނަމަ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އެ ކޮޓަރިއަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ކޮޓަރިއެއް ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮޓަރިއަކުން ނިކުމެގެންދާ މީހާއަކީ، ނުވަތަ މަސްތުވާތަކެތި ބޭނުންކުރަން ބަޔަކު ތިބި ކޮޓަރިއެއްގައި ހުރި މީހާއަކީ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، މަސްތުވާއެއްޗެއް ބޭނުންކުރުމަށް އެކޮޓަރީގައި ހުރި މީހެއް ކަމުގައި ބެލެވޭނެއެވެ.
148 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހީގެ ޓެސްޓާ ބެހޭގޮތުން ގަބޫލުކުރާނެ ގޮތް
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރެވޭ ކުޑަކަމުދާ އެއްޗެހީގެ ޓެސްޓުގެ ނަތީޖާއިން، އެ މީހެއްގެ ކުޑަކަމުދާ އެއްޗެހީގައި މަސްތުވާއެއްޗެއްގެ އަސަރު ހުރިކަމަށް ދައްކައިފިނަމަ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އެމީހަކީ، މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.
ހަވަނަ ބައި
ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތަކާގުޅޭ
ވިހިވަނަ ބާބު
ބަލައި ފާސްކުރުން
149 ވަނަ މާއްދާ - ތަންތަން ބަލައި ފާސްކުރުމާއި އެއްޗެހި ހިފެހެއްޓުމުގެ ބާރު
އަންނަނިވި ހާލަތުތަކުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ހ) ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ގެއެއްގައި ނުވަތަ ތަނެއްގައި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރާކަން ފުލުހުންނަށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ކޯޓު އަމުރަކާ އެކު، އެ ގެއަކަށް ނުވަތަ އެ ތަނަކަށް ވަދެ، ގެއެއް ނުވަތަ ތަނެއް ބަލައި ފާސްކުރުން؛
(ށ) މި ގާނޫނުގެ ދަށުން ކުށެއް ކޮށްފިކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހެއްގެ ހަށިގަނޑާއި ހެދުން ކޯޓު އަމުރަކާ ނުލައި ބަލައި، ފާސްކުރުން؛
(ނ) މި މާއްދާގެ (ށ) ގެ ދަށުން މީހެއްގެ ހަށިގަނޑާއި ހެދުން ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ ފުލުހެއް މެދުވެރިކޮށެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގެއަކުން ނުވަތަ ތަނަކުން ފެންނަ އެއްޗެހީގެ ތެރެއިން، މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުކުރުމަށްޓަކައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އަތުލުން، ނުވަތަ ނެގުން، ނުވަތަ ހިފެހެއްޓުން؛
(ބ) މަސްތުވާތަކެތި ދެނެގަނެ ހޯދުމުގައާއި، މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ހިންގަންޖެހޭ ތަހުގީގުތައް ހިންގުމުގައި، ކަމާގުޅޭ ނިސްބަތަށް، ބޭނުންކުރަންޖެހޭ ކުއްތާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރުން.
150 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް ލިބިދޭ އިތުރު ބާރު
(ހ) މި ގާނޫނުގެ 147 ވަނަ މާއްދާއިން ފުލުހުންގެ އޮފިސަރަކަށް ލިބިދޭ ބާރު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރަކު އަންނަނިވި ކަންކަން ކުރުމަކީ، މި މާއްދާއިން ހުއްދަކުރާ ކަމެކެވެ.
- ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން؛
- ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛
- ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛
- ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފުލުހުން ކުރަންވާނީ، އެއިން ކަމެއް، ބާރުގެ ބޭނުން ނުކޮށް ކުރެވެން ނެތް ހާލަތުގައި އެކަންޏެވެ.
(ނ) މި ގާނޫނުގެ 147 ވަނަ މާއްދާއިން ފުލުހުންގެ އޮފިސަރަކަށް ލިބިދޭ ބާރު ތަންފީޒުކުރުމުގައި، ކޯޓު އަމުރަކާއެކު، މީހުންގެ މެދުގައި ޓެލެފޯނުންނާއި އެހެނިހެން މުވާސަލާތީ ވަސީލަތްތަކުން ދެކެވޭ ވާހަކައާއި ބަދަލުކުރެވޭ މައުލޫމާތު އަހައި، ބަލައި، ރެކޯޑްކުރެވިދާނެއެވެ.
(ރ) މި މާއްދާގައި ދީފައިވާ ބާރުތައް ފުލުހުން ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދައި ހިންގަންވާނެއެވެ.
151 ވަނަ މާއްދާ - އުޅަނދުފަހަރު ބަލައި ފާސްކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ނުވަތަ ދިވެހިރާއްޖޭގައި ދުއްވާ ކަނޑުދަތުރުފަތުރުކުރާ އުޅަނދެއްގައި މަސްތުވާތަކެތި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެފަދަ އުޅަނދަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. (މުޅި ނަންބަރު އިސްލާހު ކުރެވިފައި)
- އެ އުޅަނދެއް ހުއްޓުވައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުން؛
- އެ އުޅަނދެއްގައި ހުރި ތަކެތި ބަލައި ފާސްކުރުން؛
- އެ އުޅަނދެއްގައި ހުރި މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތު ހާމަކުރުމަށް އެންގުން؛
- އެ އުޅަނދެއްގައި ހުރި މީހަކާ ސުވާލުކުރުން؛
- އެ އުޅަނދެއްގައި ހުރި މީހަކު ބަލައި ފާސްކުރުން؛
- އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުން؛
- ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއް އެ އުޅަނދެއްގައިވާނަމަ، އެ އެއްޗެއް ހޯދުން؛
- އެ އުޅަނދަކުން ހޯދާފައިވާ ހެއްކެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
- އެ އުޅަނދެއްގައިވާ ކުށުގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރުން؛
- އެ އުޅަނދަކުން މަސްތުވާއެއްޗެއް ފެނިއްޖެނަމަ އެ އުޅަނދު ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
(ށ) ވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ކަނޑުދަތުރުފަތުރުކުރާ އުޅަނދެއްގައި މަސްތުވާތަކެތި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެ އުޅަނދެއް ހިފަހައްޓައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައި އެވަގުތު ތިބި ބަޔަކާއި ތަކެތި ބަލައި ފާސްކުރުމުގެ ބާރު، ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގެ ދަށުން އުޅަނދެއް ނުވަތަ މީހެއް ބަލައި ފާސްކުރުމުގައި އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދުގައިވާ މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރިކަމަށް މި މާއްދާގެ ދަށުން ހަރަކާތްތެރިވަމުންދާ ކަސްޓަމްސްގެ އޮފިސަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ އެއްޗެއް އަތުލައި ހިފެހެއްޓުމުގެ ބާރު އެ އޮފިސަރަކަށް ލިބިގެންވެއެވެ. އަދި އެ އުޅަނދެއް ހިފަހައްޓައި، އިތުރަށް އެ އުޅަނދެއް ދަތުރުކުރިޔަނުދިނުމުގެ ބާރުވެސް އެ އޮފިސަރަކަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަސްޓަމްސްގެ އޮފިސަރަކު އުޅަނދަކުން މަސްތުވާއެއްޗެއް އަތުލައިފިނަމަ، އަދި/ނުވަތަ އުޅަނދެއް ހިފަހައްޓައިފިނަމަ، އެކަން، ވަގުތުން ފުލުހުންނަށް އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) އުޅަނދެއް ހިފަހައްޓައި ބަލައި ފާސްކުރުމާ ގުޅޭގޮތުން މި މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭނީ، އެ އުޅަނދެއް ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ ސަރަހައްދެއްގައިވާ ހާލަތުގައެވެ. (އިތުރު ކުރެވިފައި)
151-1 ވަނަ މާޢްދާ - ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ މީހުން ބަލައި ފާސްކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ދިވެހިރާއްޖެއިން ބޭރުން އަންނަ މީހުންނާއި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ މީހުންނާއި ދިވެހިރާއްޖެއިން ފުރާ މީހުންގެ ތެރެއިން، އެކްސްރޭ މެށިނުން ނުވަތަ އެނޫންވެސް ވަސީލަތެއްގެ އެހީގައި ސްކްރީންކޮށް ބަލާއިރު، އެމީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރިކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކަސްޓަމްސްގެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެމީހަކު އިތުރަށް ބަލައި ފާސްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މީހަކު ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން ފިޔަވައި އެނޫން ގޮތަކަށް މީހަކު ބަލައި ފާސްކުރަންޖެހިއްޖެ ހާލަތުގައި އެމީހަކު ބަލައި ފާސްކުރަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފުލުހުންނެވެ.
152 ވަނަ މާއްދާ - މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ފުލުހުން ގުޅިގެން މަސައްކަތްކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހިރާއްޖެއިން މަސްތުވާތަކެތި ބޭރުކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޮންނާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށާއި ފުލުހުންނަށެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތު އަދާކުރުމުގައި ދެ އިދާރާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
153 ވަނަ މާއްދާ - ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ އިތުރު ބާރު
(ހ) މި ގާނޫނުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އެފަރާތުގެ ހުއްދަ ދީފައިވާ އޮފިސަރުން އަދާކުރުމުގެ ތެރޭގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފިކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަ މަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހިފަހައްޓައި ފާސްކުރުމުގެ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްގެ އޮފިސަރަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހެއްގެ ހަށިގަނޑުގައި ނުވަތަ ލައިގެންހުރި އަންނައުނުގައި އަތްލައިގެން ބަލައި ފާސްކުރަން ޖެހިއްޖެނަމަ، އެކަން ކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރެއް މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)
(ނ) މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މީހަކު ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން ފިޔަވައި އެނޫން ގޮތަކަށް މީހަކު ބަލައި ފާސްކުރަންޖެހިއްޖެ ހާލަތުގައި އެމީހަކު ބަލައި ފާސްކުރަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފުލުހުންނެވެ. (އިސްލާހު ކުރެވިފައި)
(ރ) ކަސްޓަމްސްގެ އޮފިސަރަކު، މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކު ހިފަހައްޓައިފިނަމަ އަދި އެމީހަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރަންޖެހޭ މީހެއްނަމަ، އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ލަސްނުކޮށް އެމީހަކު ފުލުހުންނާ ހަވާލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
153-1 ވަނަ މާޢްދާ - އުޅަނދުފަހަރާ ގުޅޭގޮތުން ބާރުގެ ބޭނުންކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރުންނަށް ލިބޭ ބާރުތައް ބޭނުންކުރުމުގައި، ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ ބާރުތައް ބޭނުންކުރުމުގައި، އަންނަނިވި ކަންކަން ކަށަވަރުކުރުމުގެ ގޮތުން އެޅެންހުރި އެންމެހައި ފިޔަވަޅުތައް އަޅަންވާނެއެވެ.
- އުޅަނދުގައި ތިބި އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން؛
- އުޅަނދުގައިވާ ފަރާތްތަކުގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި އެމީހުންގެ ކަރާމާތަށް އުނިކަމެއް އަންނަ އަމަލުތައް ނުހިންގުން ނުވަތަ އިންސާނިއްޔަތުކަން ކުޑަގޮތަކަށް އެމީހުންނާމެދު އަމަލުނުކުރުން؛
- އުޅަނދުގައިވާ ފަރާތަކީ ބޭރު ގައުމެއްގެ ރައްޔިތެއްނަމަ، އެފަރާތަކާމެދު ފިޔަވަޅު އަޅާފައިވަނީ، ނޮނ-ްރިފައުލްމަންޓްގެ އުސޫލުންކަން؛
- އެ އުޅަނދާއި އޭގައިވާ މުދަލަށް ގެއްލުމެއް ލިބޭނެކަމުގެ ބިރެއް ކުރިމަތިވެފައި ނެތްކަން؛ އަދި އެ އުޅަނދަކީ، ބޭރުގެ އުޅަނދެއް ކަމުގައިވާނަމަ، އެ އުޅަނދު ނިސްބަތްވާ ފްލޭގް ސްޓޭޓުގެ، ނުވަތަ އެ އުޅަނދާ ގުޅިގެން މަސްލަހަތެއް އޮތް އެނޫންވެސް ގައުމެއްގެ ގާނޫނީ މަސްލަހަތަކަށް ނޭދެވޭ އަސަރެއް ނުކުރާކަން.
(ށ) މި ގާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް ފިޔަވަޅެއް އުޅަނދަކާ ގުޅޭގޮތުން އަޅަންވާނީ ނުވަތަ ތަންފީޒުކުރަންވާނީ، އަންނަނިވި ކަންކަމަށް އަސަރުނުފޯރާނެ ގޮތުގެމަތިން އެކަން ކުރުމަށް އިސްކަންދީގެންނެވެ.
- ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އިހްތިސާސް ހިންގުމަށް ކޯސްޓަލް ގައުމުތަކަށް ލިބިގެންވާ ބާރާއި، އެފަދަ ގައުމުތަކަށް ލިބިދޭ ހައްގުތަކާއި ވާޖިބުތައް؛ ނުވަތަ
- އުޅަނދާގުޅޭ އިދާރީ، ފަންނީ، ނުވަތަ އިޖްތިމާއީ ކަންކަމުގައި އިހްތިސާސް ހިންގުމަށް ފްލޭގް ސްޓޭޓަށް ލިބިގެންވާ ބާރު.
153-2 ދިވެހި އުޅަނދެއްގައި ނުވަތަ ގޮތްނޭނގޭ އުޅަނދެއްގައި ބާރުގެ ބޭނުންކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާރުތައް، އަންނަނިވި ހާލަތުގައިވާ އުޅަނދުތަކާ ގުޅޭގޮތުން ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
- އުޅަނދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ، ދިވެހި ދިދަ ނަގާފައިވާ އުޅަނދަކަށްވުން؛
- ވަކި އުޅަނދެއްގައި ބޭރު ގައުމެއްގެ ދިދަ ނަގާފައިވީނަމަވެސް ނުވަތަ އެއްވެސް ދިދައެއް ނަގާފައި ނުވިނަމަވެސް، އެ އުޅަނދަކީ ހަގީގަތުގައި ދިވެހި އުޅަނދަކަށްވުން؛ ނުވަތަ
- އެ އުޅަނދަކީ، އެއްވެސް ގައުމަކަށް ނިސްބަތްނުވާ އުޅަނދަކަށްވުން ނުވަތަ އެއްވެސް ގައުމަކަށް ނިސްބަތްވާ އުޅަނދެއް ނޫން ކަމަށް ބެލެވޭ އުޅަނދެއް ކަމަށްވުން.
(ށ) މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާރުތައް ނުވަތަ ބާރުތަކުގެ ތެރެއިން ބައެއް ބާރުތައް، މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ބާރު ސީދާ ފުލުހުން ބޭނުންކުރުމުގެ ބަދަލުގައި، އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެހެން ގައުމެއްގެ ކަމާގުޅޭ އިދާރާއަކުން، އެ ގައުމެއްގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަކި އުޅަނދަކާ ގުޅިގެން އެ އިދާރާއެއްގެ ބާރުގެ ބޭނުންކުރުމަށް، ފުލުހުންނަށް އެދެވިދާނެއެވެ.
- އެ ބާރުތަކަކީ މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރުމުގެ ބާރުތަކާ އެއްގޮތް، ނުވަތަ އެއް ބާރުތަކެއް ކަމުގައިވުން؛ އަދި
- ބާރުގެ ބޭނުންކުރުމަށް ހުއްދަދެވޭ ބޭރު ގައުމުގެ އިދާރާއަށް، އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން، އެ ބާރުތައް ބޭނުންކުރުމުގެ އިހްތިޔާރު ދީފައިވުން
(ނ) އުޅަނދުތަކާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރެއް، ބޭރު ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ބޭނުންކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން އެދެންވާނީ، ހާލަތަށް ރިއާޔަތްކުރާއިރު އެ ހާލަތަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ހާލަތަކަށްވެފައި، އެވަގުތު ފުލުހުންނަށް އެ ބާރުގެ ބޭނުންކުރެވެން ނެތްނަމަ، ނުވަތަ އެ ހާލަތުގައި ފުލުހުން އެ ބާރު ބޭނުންކުރުމަށްވުރެ ބޭރު ގައުމުގެ ކަމާގުޅޭ އިދާރާއަކުން އެ ބާރުގެ ބޭނުންކުރުން އެކަށީގެންވާ ހާލަތުގައެވެ.
(ރ) އުޅަނދުތަކާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރެއް ބޭރު ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ބާރުގެ ބޭނުންކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން އެދެވިދާނެ ހާލަތްތަކާއި، އެ ބާރު އެފަދައިން ވަގުތީގޮތުން ހަވާލުކުރެވޭނެ ހާލަތްތަކާއި، އެ ހާލަތްތަކުގައި ބާރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކުރަންވާނެއެވެ.
153-3 - ވަނަ މާއްދާ - ހިފެހެއްޓޭ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
- މި ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން އުޅަނދެއް ނުވަތަ މީހެއް ބަލައި ފާސްކުރުމުގައި، އެ އުޅަނދަކުން ނުވަތަ އެ އުޅަނދުގައިވާ މީހެއްގެ އަތުން މަސްތުވާއެއްޗެއް، ބަލައި ފާސްކުރި އޮފިސަރަކަށް ފެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ ދަށުން ހިފެހެއްޓޭ އެއްވެސް އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދުފަހަރު ނެގުމުގައާއި، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އެއާމެދު އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތަކާއި ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދެއް ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވޭނީ 48 (ސާޅީސްއަށެއް) ގަޑިއިރުގެ މުއްދަތަކަށެވެ.
(ބ) މި މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދެއް މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ އިތުރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވަންޖެހޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއްވާނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ އަމުރަކަށް އެދި ފުލުހުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
153-4 ވަނަ މާއްދާ - ހިފެހެއްޓޭ އުޅަނދު ދައުލަތަށް ނެގުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 3-153 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދެއް ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި ފުލުހުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، މި ގާނޫނުގެ 3-153 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ދައުލަތަށް ނެގުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނެރެވޭ ބޭނުން؛
- އަމުރުގެ ދަށުން ދައުލަތަށް ނެގޭ އުޅަނދާބެހޭ މައުލޫމާތު؛
- އަމުރު ރައްދުވާ ފަރާތް؛
- ދައުލަތަށް ނަގަން ބޭނުންވާ އުޅަނދުގެ ވެރިފަރާތްއެނގޭނަމަ، އެފަރާތުގެ މައުލޫމާތު؛ އުޅަނދުގެ ވެރިފަރާތް އެނގެން ނެތް ހާލަތެއްގައި، އެ އުޅަނދަކީ ވަކި މީހެއްގެ ބާރުގެ ދަށުގައިވާ އުޅަނދެއްނަމަ، އެފަރާތެއްގެ މައުލޫމާތު؛
- އެ އުޅަނދެއް ދައުލަތަށް ނަގަން ބޭނުންވަނީ މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- ދައުލަތަށް ނަގަން ބޭނުންވާ އުޅަނދަކީ، އެ އުޅަނދެއް ބޭނުންކޮށްގެން ކުށެއްގެ އަމަލު ހިންގަމުންދާ، ނުވަތަ ކުށުގެ އަމަލެއް ހިންގަން އުޅ،ޭ ނުވަތަ ކުށުގެ އަމަލެއް ހިންގި މީހާގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށްވާނަމަ، އެކަން؛
- ދައުލަތަށް ނަގަން ބޭނުންވާ އުޅަނދު ދައުލަތަށް ނެގުމަށްފަހު އެ އުޅަނދާ ހަވާލުވާނ،ެ އަދި އެ އުޅަނދު ބަލަހައްޓާނެ އިދާރާ؛
- ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެން ނުވަތަ އެ އުޅަނދެއް ދައުލަތަށް ނެގުމުގެ އެންމެހައި އިޖުރާއަތެއް ފުރިހަމަވަންދެނެވެ.
(ރ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ނެގޭ އުޅަނދަކީ، އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އުޅަނދެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އުޅަނދެއް ދައުލަތަށް ނެގުމުގެ ބާރު އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.
(ބ) މި މާއްދާގެ ދަށުން ދައުލަތަށް އުޅަނދެއް ނެގުމުގެ އަމުރެއް ނެރޭއިރު، ދައުލަތަށް ނެގޭ އުޅަނދާއި އެ އުޅަނދެއް ނަގަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް އުޅަނދެއް ނެގުމަށް ކޯޓުން އަމުރުކުރާއިރު، އެ އުޅަނދާމެދު އަމަލުކުރުމަށް އަމުރުގައި ވަކި ގޮތެއް ކަނޑައަޅާފައިނުވާނަމަ، އެ އުޅަނދު ނައްތާނުލުމަށް ނުވަތަ އުޅަނދުގެ މިލްކުވެރިކަމަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރު، ފުލުހުން އެދުމުން، މުރާޖައާކުރުމުގެ ނުވަތަ އެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ ދަށުން އުޅަނދެއް ހިފެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނީ އަދި އެފަދަ އަމުރެއް ތަންފީޒުކުރަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.
(ވ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހިފަހައްޓާފައިވާ އުޅަނދުގައި މަސްލަހަތެއް އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
153-5 ވަނަ މާއްދާ - ދައުލަތަށް ނެގޭ އުޅަނދު ބަލަހައްޓާ އިދާރާ (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 3-153 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދެއް މި ގާނޫނުގެ 4-153 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތަށް ނެގުމަށްފަހ،ު އެ އުޅަނދެއް އޮންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސ،ް ކަމާބެހޭ އެހެން އިދާރާއަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ އުޅަނދާ ހަވާލުވާންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އުޅަނދ،ު ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނުވަތަ އެ އިދާރާއާ ހަވާލުކުރުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސަންވާނެއެވެ.
153-6 ވަނަ މާއްދާ - ބޭރުގެ އުޅަނދުތަކާ ގުޅިގެން ބާރު ބޭނުންކުރުމުގެ އުސޫލު (މުޅި މާއްދާ އިތުރު ކުރެވިފައި)
ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ބާރުގެ ބޭނުންކުރާނީ ފުލުހުން ކަމުގައި ބަޔާންކޮށްފައިވީނަމަވެސ،ް އެފަދަ އުޅަނދެއް އޮތީ ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ކަމުގައިވާނަމަ، އަދި އެ އުޅަނދަކީ ދިވެހި އުޅަނދެއް ކަމުގައިނުވާނަމަ، ނުވަތަ އެ އުޅަނދަކީ ދިވެހި އުޅަނދެއް ކަމުގައި ޔަގީންކުރެވެން ނެތްނަމަ، އެ އުޅަނދަކާ ގުޅޭގޮތުން މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާނީ، ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނުގައި ހުއްދަކުރާ އިދާރާއަކުންނެވެ. އަދި އެކަން ކުރުމުގައި އަމަލުކުރަންވާނީ އެ މުއާހަދާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
އެކާވީސްވަނަ ބާބު
ހާއްސަ އޮޕަރޭށަންތަކާ ގުޅޭ
154 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ
(ހ) ކުށެއް ކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރ،ާ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދެވ،ޭ ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ޓްރާންޒިޓްކުރެވ،ޭ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މަސްތުވާއެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރީ، އަންނަނިވި ކަންކަން ހާސިލުކުރުމަށްޓަކައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ ފުލުހުންގެ އޮފިސަރެއް ދޭ ހުއްދައަކާއެކު، މި މާއްދާގައިވާ ގޮތުގެމަތިން ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ އިހްތިޔާރު، މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިގެންވެއެވެ. (މުޅި ނަންބަރު އިސްލާހު ކުރެވިފައި)
- މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ކޮން ބަޔަކުކަން ދެނެގަތުމަށް؛
- މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރަނީ ކޮން ބައެއް ގުޅިގެންކަން ދެނެގަތުމަށް؛
- މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ނުވަތަ ދިވެހިރާއްޖެއިން ގެންދަނީ ކޮންބަޔަކު އެއިން ވިޔަފާރިކުރުމަށްޓަކައިކަން ދެނެގަތުމަށް؛
- އެތެރެކުރި ނުވަތަ ގެންދެވޭ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ނުވަތަ ބޭނުންކުރުމުގައި ހިމެނެނީ ކޮންބައެއްކަން ދެނެގަތުމަށ.ް
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީއެއް" ހިންގުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިވާ މަސްތުވާއެއްޗެއް، އެ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭށަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އަދި/ނުވަތަ ކަސްޓަމްސްގެ އޮފިސަރެއް އަދި/ނުވަތަ އެނޫން ފަރާތެއް އެ މަސްތުވާއެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ. (މުޅި ނަންބަރު އިސްލާހު ކުރެވިފައި)
- އެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުން؛ އަދި/ނުވަތަ
- އެ އެއްޗެއް ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް
ގެންދިޔަދިނުން؛ އަދި/ނުވަތަ - އެ އެއްޗެއް ދިވެހިރާއްޖޭގައި ޓްރާންޒިޓްވިޔަދިނުން؛ އަދި/ނުވަތަ
- އެ އެއްޗެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުން؛ އަދި/ނުވަތަ
- އެނޫންވެސ،ް އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށް މި ގާނޫނުގެ ދަށުން ހިންގ،ާ ހުއްދަކުރެވޭ ހަރަކާތްތައް.
(ނ) މި މާއްދާގެ ދަށުން ހުއްދަކުރެވޭ ހާއްސަ ހާލަތްތަކުގައި، ކޮންޓްރޯލްޑް ޑެލިވަރީއެއްގައި މަސްތުވާއެއްޗެއްގެ ބަދަލުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދަކޮށްގެން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއެއްގައި ބައިވެރިވާ ފުލުހުންގެ އޮފިސަރަކު ނުވަތަ ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ ފުލުހުން ކަނޑައަޅާ އެހެން ފަރާތެއް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އެއްވެސް ކަމަކާ ގުޅިގެން މި ގާނޫނުގެ ދަށުން ކުށްވެރިއެއް ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކީ، އެއަށް ވަކިން ހުއްދަ ހޯދަންޖެހޭނެ އެއްޗެކެވެ. ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމުގެ ހުއްދައަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސ،ް ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކަށް ދެވޭ ކޮންމެ ހުއްދައަކީ ލިޔުމުން ރެކޯޑުކުރެވިފައި އޮންނަންވާނެ ހުއްދައެކެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ހުއްދަ ދިނުމަށް ބޭނުންވާނެ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި އެއީ ކުރިން ހުއްދައަކަށް އަހާފައިވާ ކޮންޓްރޯލްޑް ޑެލިވަރީއެއްނަމަ، އެކަން ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ކ) މި މާއްދާގެ (ބ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ހުއްދަ ދިނުމަށް ނިންމަންވާނީ، އަންނަނިވި ކަންކަން ކަށަވަރުކުރުމަށް ފަހުގައެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
- މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށުގެ އަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު، އެއ،ީ ކޮންޓްރޯލްޑް ޑެލިވަރީއެއް ހުއްދަކުރަންޖެހޭފަދަ ކަމަކަށްވުން؛
- ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމަށްޓަކައި ކުރުމަށް ހުއްދަކުރެވޭ ކަންކަމުގެ ތެރެއިން އެ ހުއްދަކުރެވޭ އޮފިސަރު ކުރަންޖެހ،ޭ އެ ހުއްދައާ ނުލައި ގާނޫނާ ހިލާފުވާނެ އަމަލުތަކަކީ އެ ޑެލިވަރީ ހިންގުމަށް ކޮންމެހެން ބޭނުންވާނެ ކަންކަން ކަމަށްވުން؛
- ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ބޭނުންކުރެވޭ މަސްތުވާތަކެތި ނުވަތަ ސަބްސްޓިޓިއުޓަކީ އެ އޮޕަރޭށަން ނިމޭއިރު، އެ އޮޕަރޭށަންގައި ބައިވެރިވި ފުލުހުންގެ ނުވަތަ ކަސްޓަމްސްގެ އޮފިސަރުގެ ކޮންޓްރޯލްގެ ދަށުގައި ހުންނާނެ އެއްޗެހި ކަމުގައިވާނެ ގޮތަށް އެ އޮޕަރޭށަން ހިންގޭކަން ކަށަވަރުކުރުމަށްޓަކައި ކުރެވެންހުރި އެންމެހައި ކަންކަން ކޮށްގެންކަން؛
- ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ ފަރާތްތައް ކުރަން ނޫޅޭ ކުށެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ނޫންކަން؛
- ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ އެއްވެސް ފަރާތެއްގެ ސަލާމަތާއި ސިއްހަތަށް ނުރައްކާނުވާނ،ެ ނުވަތަ އެއިން ފަރާތަކަށް ބޮޑު އަނިޔާއެއް ކުރިމަތިނުވާނެ ގޮތެއްގެމަތިންކަން.
(އ) މި މާއްދާގެ (ކ) ގެ ދަށުން ދޭ ހުއްދައެއްގައި، ހުއްދަދެވޭ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނާއި، ހުއްދަދެވޭ އޮފިސަރާއި، އެ އޮޕަރޭށަންގައި މަސްތުވާތަކެތީގެ ބަދަލުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރަން ހުއްދަދޭނަމަ، އެކަމާއި، އޮޕަރޭށަންގައި ކުރުން ހުއްދަ އެނޫންވެސް ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. (އިތުރު ކުރެވިފައި)
(ވ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ހުއްދައަކާއި ލިޔެކިޔުމަކާއި، އޮޕަރޭށަންގެ އެކްޓިވިޓީ ލޮގްތައް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރެކޯޑްކުރެވިފައެވެ. (އިތުރު ކުރެވިފައި)
(މ) ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) އެހެން އޮތްކަމުގައިވީނަމަވެސ،ް މަސްތުވާތަކެއްޗާ ގުޅޭގޮތުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދ،ި މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ. (އިތުރު ކުރެވިފައި)
155 ވަނަ މާއްދާ - ސިއްރު އޮޕަރޭށަންތައް
(ހ) މަސްތުވާއެއްޗެއް ބޭނުންކުރާ ބަޔަކު ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރާ ބަޔަކު ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން ފުލުހުންގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ ބަޔަކާ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރާ ބަޔަކާ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކާ ގުޅި، އެމީހުންގެ އަތުން މަސްތުވާތަކެތި ހޯދުމަށް ނުވަތަ ގަތުމަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު ހިންގާ މުއާމަލާތަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެފަދަ މުއާމަލާތަކާ ގުޅިގެން، އެއިން މީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާއެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރެކޯޑްކުރެވިފައެވެ.
(ރ) ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ށ) އެހެން އޮތްކަމުގައިވީނަމަވެސް، މަސްތުވާތަކެއްޗާ ގުޅޭގޮތުން މި މާއްދާގެ ބޭނުމަށްޓަކައި ހިންގޭ ސިއްރު އޮޕަރޭށަނާ ގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ.
(ބ) މި މާއްދާގެ ދަށުން ހިންގޭ ސިއްރު އޮޕަރޭށަންތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނީ، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭށަންތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު ކަމުގައި، މި ގާނޫނުގެ 154 ވަނަ މާއްދާގެ (ބ)، (ޅ)، (ކ)، އަދި (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)
156 ވަނަ މާއްދާ - އޮޕަރޭށަންތަކުން ހޯދާ ހެކި
(ހ) މި ގާނޫނުގެ 152 ވަނަ މާއްދާގެ ދަށުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާ ގުޅޭ ހަރަކާތަކުން ކަސްޓަމްސްގެ އޮފިސަރުންނަށް ނުވަތަ ފުލުހުންނަށް، ނުވަތަ މި ގާނޫނުގެ 153 ވަނަ މާއްދާގެ ދަށުން ހިންގޭ ސިއްރު އޮޕަރޭށަނަކުން ފުލުހުންނަށް ލިބޭ ލިޔެކިޔުމަކީ ނުވަތަ އޯޑިއޯއަކީ ނުވަތަ ވީޑިއޯއަކީ މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުކުރުމަށްޓަކައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހީގެ ތެރޭގައި އަންނަނިވި ގޮތްގޮތުން ހޯދާ އެއްޗެހި ހިމެނެއެވެ.
- ފުލުހުން އެހެން ގައުމެއްގައި، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހެކި؛
- އެހެން ގައުމެއްގެ އިދާރާއަކުން، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދައި، ފުލުހުންނާ ހިއްސާކުރާ ނުވަތަ ފޯރުކޮށްދޭ ހެކި.
156-1 ވަނަ މާއްދާ - ހާއްސަ އޮޕަރޭށަންތަކުގެ މައުލޫމާތު ރިޕޯޓުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 155 ވަނަ މާއްދާގެ ދަށުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީތަކާއި ސިއްރު އޮޕަރޭށަންތަކާގުޅޭ އަންނަނިވި މައުލޫމާތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފުލުހުން ހުށަހަޅަންވާނެއެވެ.
- ންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި އަދަދު އަދި ހުއްދަ ދެވުނު އަދަދު؛ އަދި
- ކޮންޓްރޯލްޑް ޑެލިވަރީ މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ނުވަތަ ހެކި ބޭނުންކޮށްގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ އަދަދު؛ އަދި
- ސިއްރު އޮޕަރޭށަން ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި އަދަދު )އަދި ހުއްދަ ދެވުނު އަދަދު؛ އަދި
ސިއްރު އޮޕަރޭށަން މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ނުވަތަ - ހެކި ބޭނުންކޮށްގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ އަދަދު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހާމަކުރާނީ، ކޮންޓްރޯލްޑް ޑެލިވަރީއެއް ނުވަތަ ސިއްރު އޮޕަރޭށަނެއް ނިސްބަތްވާ ތަހުގީގުތަކާގުޅޭ އޮޕަރޭށަނަލް މައުލޫމާތާއި، ބޭނުންކުރި އުކުޅުތަކާއި މަސްދަރުތައް ހާމަނުވާނެ ފަދައިންނެވެ.
156-2 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން މި މާއްދާގައިވާ ގޮތުގެމަތިން ބަންދުކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެނޫންވެސް އެއްޗެއްސާއި ވަސީލަތްތައް ފޯރުކޮށްދ،ޭ ވަކި ތަނެއްގެ ގޮތުގައި ހިންގާ ތަންތަނަށެވެ. އެ މާނައިގެ ތެރޭގައި، މީހުން ދިރިއުޅެމުންދާ، މީހުންގެ އަމިއްލަ ގޯތިގެދޮރުގެ ވަކިވަކި ކޮޓަރިތައް ނުވަތަ ބައިތަކެއް ނުހިމެނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި ހިންގާ ތަނަކީ މީހުން ދިރިއުޅޭ ތަނެއްގައި، ވަކިން ވަދެވޭ ގޮތަށް ހަދާފައި ހުންނ،ަ އެ ތަނުގެ މީހުން ދިރިއުޅޭ ބަޔާ ވަކިން ހުންނަ ތަނެއް ކަމުގައިވާނަމަ، އެ ތަނެއްގެ މައްޗަށް މި މާއްދާގެ (ހ) ހިނގާނެއެވެ. އަދި މީހުން ދިރިއުޅޭ ވަކި ތަނަކީ ހަމައެކަނި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތް ފޯރުކޮށްދޭ ނުވަތަ ހިންގާ ފަރާތް ނުވަތަ ފަރާތްތައް ދިރިއުޅޭ ތަން ކަމުގައިވާނަމަ، އެ ތަނެއްގެ މައްޗަށްވެސް މި މާއްދާގެ (ހ) ހިނގާނެއެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް މީހުންގެ އަމިއްލަ ގޯތިގެދޮރަކީ މީހުން ދިރިއުޅެމުންދާ ތަނެއް ކަމުގައިނުވާނަމަ، އެ ތަނެއްގެ މައްޗަށް މި މާއްދާގެ (ހ) ހިނގާނެއެވެ.
(ބ) ވަކި ތަނަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ކަމަށްވެފައި، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރާފާނެ ކަމަށް ނުވަތަ ބަޔަކަށް އޭގެ ސަބަބުން ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ނުވަތަ ވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭނަމަ، އެފަދަ ތަނެއް ބަންދުކުރުމުގެ ނޯޓިހެއް ނެރެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ބަންދުކުރުމުގެ ނޯޓިހަކީ، އެއްވެސް ބަޔަކު ނުވަތަ ކަނޑައެޅޭ ވަކި ބައެއް ފިޔަވައި އެހެން އެއްވެސް ބަޔަކު އެ ތަނަކަށް ވަދެނިކުތުން ވަކި މުއްދަތަކަށް މަނާކުރުމަށްޓަކައި ނެރޭ ނޯޓިހެކެވެ.
(ކ) ކޯޓު އަމުރެއްގެ ދަށުން އެނޫންގޮތަކަށް ކަނޑައަޅާ ހާލަތުގައި ފިޔަވައި މި މާއްދާގެ (ބ) ގެ ދަށުން ނެރޭ ނޯޓިހެއް ނެރެވޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތަކަށެވެ.
(އ) މި މާއްދާގެ ދަށުން ނެރޭ ބަންދުކުރުމުގެ ނޯޓިހެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ބަންދުކުރެވޭ ތަން؛
- އެ ތަން ބަންދުކުރުމުގެ ނަތީޖާ؛
- ބަންދުގެ ނޯޓިހާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާ؛
- މި މާއްދާގެ (މ) ގެ ދަށުން ކޯޓު އަމުރަކަށް އެދޭނެކަން.
(ވ) މި މާއްދާގެ ދަށުން ބަންދުކުރުމުގެ ނޯޓިހެއް ނެރެންވާނީ، އެ ނޯޓިސް ނެރޭކަން ތަނުގެ ވެރިފަރާތަށް އެންގުމަށްފަހ،ު ނުވަތަ ތަނުގެ ވެރިފަރާތް ނޭނގޭނަމަ، އެފަރާތަށް އެކަން އެންގުމަށް އެޅެންހުރި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ.
(މ) މި މާއްދާގެ ދަށުން ނެރޭ ބަންދުކުރުމުގެ ނޯޓިހެއް ނިސްބަތްވާ ތަނެއް، އެ ނޯޓިހުގައި ބަޔާންކުރާ މުއްދަތުގެ އިތުރަށްވެސް ބަންދުކޮށްފައި ބަހައްޓަންޖެހޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއްވާނަމަ، އެ ތަނެއް ބަންދުކުރުމުގެ އަމުރަކަށް އެދި ފުލުހުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ފ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، މި މާއްދާގައި ބަޔާންކުރާ ތަނެއް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ.
- އަމުރު ނިސްބަތްވާ ތަނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއްކަން؛
- އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރާފާނެކަން ނުވަތަ ބަޔަކަށް އޭގެ ސަބަބުން ނުރައްކާ ކުރިމަތިވަމުންދާކަން ނުވަތަ ވެދާނެކަން؛
- އެކަން ހުއްޓުވުމަށް އެ އަމުރުކުރުން މުހިންމުކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބު ހުރުން.
(ދ) މި މާއްދާގެ (ފ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި، އެ އަމުރުގެ ދަށުން ބަންދުކުރެވޭ ތަން، ބަންދުކުރެވޭ އެންމެ ދިގު މުއްދަތު ބަޔާންކުރަންވާނެއެވެ. އެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ވެގެންނުވާނެއެވެ.
(ތ) މި މާއްދާގެ (ފ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި، އެ އަމުރު ނިސްބަތްވާ ތަނަށް އެއްވެސް ބަޔަކު ނުވަތަ ކަނޑައެޅޭ ވަކި ބައެއް ފިޔަވައި އެހެން އެއްވެސް ބަޔަކު ވަދެނިކުތުން ވަކި މުއްދަތަކަށް މަނާކުރެވިދާނެއެވެ.
ބާވީސްވަނަ ބާބު
ހިފެހެއްޓޭ މުދަލާއި އެއްޗެއްސާގުޅޭ
157 ވަނަ މާއްދާ - ޖަވާބުދާރީ ނުވެވޭ މުދަލާއި ފައިސާ
(ހ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށެއްގެ ތަހުގީގުގައި ފާހަގަކުރެވޭ ވަކި މުދަލެއް ނުވަތަ ފައިސާއަކީ، ކޮން ގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ފައިސާއެއްކަމާމެދު ކުށުގެ ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރެވޭހިނދު، އެ މުދަލެއް ނުވަތަ ފައިސާއެއް ލިބުނު ގޮތް ސާފުކޮށް ބަޔާންކޮށްދިނުމަކީ މި ގާނޫނު އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތެރެއިން ކުށެއްގެ ތަހުގީގުގައި ފާހަގަކުރެވޭ ވަކި މުދަލެއް ނުވަތަ ފައިސާއަކީ، ކޮން ގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ފައިސާއެއްކަން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަހުގީގަށް ބަޔާންކޮށްނުދެވިއްޖެ ހިނދެއްގައި، އެ މުދަލެއް ނުވަތަ ފައިސާއަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއްކަމަށް ބަލައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ށަރީއަތް ވަކިގޮތަކަށް ނިމެންދެން، އެ މުދަލެއް ނުވަތަ ފައިސާއެއް، މައްސަލައާ ގުޅުންހުރި ހެކީގެ ގޮތުގައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ ދަށުން ފުލުހުން ހިފަހައްޓަން ބޭނުންވާ ފައިސާއެއް ހުރީ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ނުވަތަ އޭނާއާ ގުޅުމެއް އޮތް މީހެއްގެ ނުވަތަ ފަރާތެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއްގައި ކަމަށްވާނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ށަރީއަތް ވަކިގޮތަކަށް ނިމެންދެން، އެ އެކައުންޓަކުން މުއާމަލާތުކުރުން ހުއްޓުވުމަށް އެ ބޭންކަކަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އެކައުންޓަކުން މުއާމަލާތުކުރުން ހުއްޓުވުމަށް އަންގައިފި ހިނދެއްގައި އެ އެންގުން ދެމިއޮންނާނީ އެގޮތަށް އަންގާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތުގެ އިތުރަށް އެފަދަ އެކައުންޓަކުން މުއާމަލާތުކުރުން ހުއްޓުވުމަށް އެންގޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
157-1 ވަނަ މާއްދާ - ފައިސާއާއި މުދަލުން މުއާމަލާތު ކުރުން ހުއްޓުވުމާއި ހިފެހެއްޓުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ތަހުގީގަކާ ގުޅިގެން، އެއިން ކުށަކާ ގުޅިފައިވާ ފައިސާއިން ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އަންނަނިވި ކަންކަން އެގޮތުގެމަތިން ހުރިކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އެ މުދަލެއް ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދޭންވާނެއެވެ.
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ތަހުގީގު ފަށާފައިވުން ނުވަތަ އެއިން ކުށެއްގެ ށަރީއަތް ފަށައި އެ ށަރީއަތް ނިމިފައިނުވުން؛ އަދި ފައިސާ ނުވަތަ މުދަލަކީ ތިރީގައިވާ ފަދަ އެއްޗެއް ކަމަށް
- ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތައް ހުރުނ:ް
- ފައިސާ ނުވަތަ މުދަލަކީ ކުށް ކުރުމަށް ބޭނުންކުރާ ނުވަތަ ކުށް ކުރުމަށް ބޭނުންކޮށްފައިވާ މުދާކަން؛
- ފައިސާ ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން. އޭގެ ތެރޭގައި، ކުށް ކޮށްގެން ހޯދާ މުދަލާ އެކުވެފައިވާ ފައިސާއާއި މުދާވެސް ހިމެނޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވާނަމަ، އެ އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ މުދާ ނުވަތަ އެއިން ބައެއް، އަމުރުގައި ވަކި ގޮތްތަކެއް ނުވަތަ ވަކި ހާލަތްތަކެއް ބަޔާންކޮށްފައިވާނަމަ އެއިން ގޮތަކަށް ނުވަތަ ހާލަތެއްގައި މެނުވ،ީ ޓްރާންސްފަރކޮށްގެން ނުވަތަ ބަދަލުކޮށްގެން ނުވަތަ ވިއްކާލައިގެން ނުވަތަ ނައްތާލައިގެން ނުވަތަ އެނޫންވެސް ގޮތަކުން އެ ފައިސާ ނުވަތަ މުދަލާމެދު އަމަލުކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނެރޭ އަމުރު، ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، މުރާޖައާކުރުމުގެ ނުވަތަ އެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ތަހުގީގު ފެށުމާ ގުޅިގެން ކަމުގައިވާނަމަ، ކޯޓަށް އެކަށީގެންވާ ކަމަށް ފެންނަ މުއްދަތެއްގައި އަދި ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ކުށާގުޅޭ މައްސަލައިގެ ށަރީއަތް ކޯޓުގައި ފަށާފައިނުވާނަމަ، ކޯޓުން އެ އަމުރު ނިމުމަކަށް ގެންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ށަރީއަތުގައި ކަމަށްވާނަމަ، އެ ށަރީއަތެއް ނިމުމާ ހަމައަށް އެ ކޯޓު އަމުރު ދެމިއޮންނާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވާފައިވާ ފައިސާ ނުވަތަ މުދާ ބަލަހައްޓަމުންގެންދާނީ އަދި އެ ފައިސާ ނުވަތަ މުދަލާމެދު އަމަލުކުރަންވާނީ ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ކަމާބެހޭ ދައުލަތުގެ އިދާރާގެ ބެލުމުގެ ދަށުންނެވެ.
(އ) މި މާއްދާގެ (ށ) ގެ ދަށުން މުދާ ނުވަތަ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެއިން މުއާމަލާތުކުރުން ހުއްޓުވުމަށް ކޯޓުން އަމުރުކުރަންވާނީ އަދި އެފަދަ އަމުރެއް ތަންފީޒުކުރަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.
(ވ) މި މާއްދާގެ (ށ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހިފަހައްޓާފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވާފައިވާ ފައިސާގައި ނުވަތަ މުދަލުގައި މަސްލަހަތެއް އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
158 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ހިފެހެއްޓުން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމަށް ބޭނުންކުރި މަސްތުވާތަކެއްޗާއި، އާލާތާއި، އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ އަތުލެވޭނެއެވެ.
(ށ) މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރިކަމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރިކަމަށް މީހެއްގެ މައްޗަށް ތުހުމަތުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކުރިކަމުގެ ދައުވާ މީހެއްގެ މައްޗަށް އުފުލިއްޖެނަމަ، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި ފައިސާއާއި ތަކެތި، އެމައްސަލައެއް ށަރީއަތުން ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުމަށް، ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން އެ އެއްޗެއް ދިޔަނުދިނުމަށް، ނުވަތަ އެ އެއްޗަކުން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް ކޯޓުން އަމުރު ކުރަންވާނެއެވެ.
(ނ) މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރިކަމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރިކަމަށް މީހެއްގެ މައްޗަށް ތުހުމަތުކުރެވިއްޖެނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައި، ވަކިގޮތަކަށް އެ މައްސަލަ ކޯޓުން ނިންމަންދެން، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާއާއި މުދަލާއި ތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
159 ވަނަ މާއްދާ - ގާނޫނުގެ ދަށުން ހިފެހެއްޓޭ އެއްޗެހި
(ހ) މި ގާނޫނުގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިކަމަށްވާނަމަ، އެ އެއްޗެއް ހިފަހައްޓައިފިކަމުގެ ނޯޓިސް، އޭގެ ވެރިފަރާތަށް، އެ އެއްޗެހި ހިފެހެއްޓި ފަރާތަކުން ލިޔުމުން ދޭންވާނެއެވެ.
(ށ) އެ އެއްޗެއް ހިފެހެއްޓީ، އެ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ހާޒިރުގައި ނުވަތަ އެ އެއްޗެއްގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ވެރިފަރާތުގެ އެޖެންޓެއްގެ ހާޒިރުގައި ކަމަށްވާނަމަ، ނުވަތަ އެ އެއްޗަކީ އުޅަނދެއްގައި ވަނިކޮށް ހިފަހައްޓާފައިވާ އެއްޗެއް ކަމަށްވާނަމަ އެ އެއްޗެއް ހިފެހެއްޓީ އެ އުޅަނދުގެ މާސްޓަރ ނުވަތަ ކެޕްޓަންގެ ހާޒިރުގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިސް ދޭކަށް ނުޖެހޭނެއެވެ.
160 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ސާބިތުކުރުމުގެ ޒިންމާ
ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ށައްކުކުރެވޭ މުދަލާއި ފައިސާއަކީ އެނޫން ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާކަން ސާބިތުނުވާހާހިނދަކު، އެ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.
161 ވަނަ މާއްދާ - ދައުލަތަށް މުދާ ނުވަތަ ފައިސާ ނެގުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށަކާ ގުޅިގެން، ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅިގެން، ތިރީގައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރެއް ނެރެންވާނެއެވެ. (އިތުރު ކުރެވިފައި)
- ކުށް ކުރުމަށް ބޭނުންކުރި މުދާ ނުވަތަ ފައިސާ؛
- ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ މުދަލާއި ފައިސާ؛
- ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ މުދާ ނުވަތަ ފައިސާ؛
- ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ މުދާ ނުވަތަ ފައިސާ؛
- ކުށް ކޮށްގެން ހޯދާ މުދަލަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް، ލިބޭ މުދ.ާ އޭގެ ތެރޭގައި އެ އެއްޗަކުން ލިބޭ އާމްދަނީއާއި، ފައިދާއާއި، އެހެނިހެން މަންފާ ހިމެނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެންވާނީ މަތީގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ވެރިފަރާތަށް ނިސްބަތްކޮށެވެ. ނަމަވެސް ވެރިފަރާތަށް އެ މުދަލެއް ނުވަތަ އެ ފައިސާއެއް ލިބުނީ، އެއަށް އެކަށީގެންވާ އަގެއް ފައިސާއިން ދިނުމަށްފަހުގައި ނުވަތަ އެއަ ގަށްވާ ފައިސާ ހިދުމަތަކުން ފޯރުކޮށްދިނުމަށްފަހުގައި ކަމަށް ނުވަތަ ގާނޫނީގޮތުން ހުއްދަ އެނޫންވެސް ގޮތަކުން ކަމަށް އަދި އެ މުދަލަކީ ނުވަތަ ފަންޑަކީ ޣައިރު ގާނޫނީ މުދަލެއްކަން ނުވަތަ ފަންޑެއްކަން އެނގިފައިނުވާކަމަށް ސާބިތުކޮށްދީފިނަމަ އެފަދަ ކޯޓު އަމުރެއް މުދަލުގެ ނުވަތަ ފައިސާގެ ވެރިފަރާތުގެ މައްޗަށް ނެރެގެންނުވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
- އަމުރު ނެރެވޭ ބޭނުން؛
- ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ފުރިހަމަ މައުލޫމާތު. އެފަދަ މުދަލެއްގެ ނުވަތަ ފައިސާއެއްގެ ފުރިހަމަ ތަފްސީލާއި އަދި އެތަކެތި ހުރިތަން ހިމެނޭގޮތުން؛
- އަމުރު ރައްދުވާ ފަރާތް؛
- ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ވެރިފަރާތް އެނގެން ނެތް ހާލަތެއްގައި، އެ މުދާ ނުވަތަ ފައިސާއަކީ ވަކި މީހެއްގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށްވާނަމަ، އެފަރާތެއްގެ މައުލޫމާތު؛
- މުދާ ނުވަތަ ފައިސާ ދައުލަތަށް ނަގަން ބޭނުންވަނީ މި ގާނޫނުން ކަނޑައަޅާފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- ދައުލަތަށް ނަގަން ބޭނުންވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްފަހު އެއާ ހަވާލުވާނ،ެ އަދި އެ މުދަލެއް ނުވަތަ
ފައިސާއެއް ބަލަހައްޓާނެ އިދާރާ؛ - ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު )މައުލޫމާތ.ު
(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެން ނުވަތަ އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުމުގެ އެންމެހައި އިޖުރާއަތެއް ފުރިހަމަވަންދެން، ނުވަތަ މި މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާ މައްސަލައެއްގައި އެ އަމުރު ނިމުމަކަށް ގެނައުމަށް ކޯޓުން ގޮތެއް ކަނޑައަޅަންދެނެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާއަކީ، އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ މުދަލެއް ނުވަތަ ފައިސާއެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުމުގެ ބާރު އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރޭއިރު، ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާއާއި އެ މުދަލެއް ނުވަތަ ފައިސާއެއް ނަގަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ. (އިތުރު ކުރެވިފައި)
(ކ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ށަރީއަތެއްގައި ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެފައިވީނަމަވެސ،ް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރު ކޯޓުން ނެރޭއިރު އެ މާއްދާގައި ބަޔާންކުރާ މުދާ ނުވަތަ ފައިސާ ވިއްކާލާފައިވާނަމަ، ނުވަތަ ނައްތާލާފައިވާނަމަ ނުވަތަ މުދަލުގެ އަގު ދަށްވެފައިވާނަމަ ނުވަތަ މުދާ ޓްރޭސްކުރެވެން ނެތްނަމަ، އެ މުދަލުގެ އަގު ކަމަށް ކޯޓަށް ފެންނަ އަދަދަކާ އެއް މިންވަރެއްގެ ފައިސާ ދެއްކުމަށް، ދައުވާލިބޭ ފަރާތުގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެ ވެ. އަދ،ި އެފަދައިން ޖޫރިމަނާކުރެވޭ އަދަދ،ު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ހޯދޭނެއެވެ. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރު ނެރެންވާނީ އަދި އެ އަމުރު ތަންފީޒުކޮށް ދަމަހައްޓަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ. (އިތުރު ކުރެވިފައި)
(ވ) މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާ މުދަލުގެ ނުވަތަ ފައިސާގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(މ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތަށް ނެގޭ މުދަލެއް ނުވަތަ ފައިސާ ބެހެއްޓޭނީ އެ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދުނު ފަރާތުގެ ބެލުމުގެ ދަށުގައެވެ. (އިތުރު ކުރެވިފައި)
(ފ) މި މާއްދާގެ (މ) ގައި ބަޔާންކުރާ މުދާ ނުވަތަ ފައިސ،ާ އޭގެ ފުރިހަމަ އަގުގައި ބަހައްޓަންވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި ހައްގު ލިބިގަތުމަށް އެދޭ ތިންވަނަ ފަރާތްތަކުގެ ހައްގުތައް އެފަރާތްތަކަށް ލިބޭގޮތަށެވެ. (އިތުރު ކުރެވިފައި)
(ދ) ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ މުދަލާމެދު ނުވަތަ ފައިސާއާމެދު އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
161-1 ވަނަ މާއްދާ - ކުށް ސާބިތުނުވާ ހާލަތުގައި ދައުލަތަށް މުދާ ނެގުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއްގެ ށަރީއަތެއްގައި، ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެފައި ނުވިނަމަވެސ،ް އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
- ކުށް ސާބިތުނުވާ ހާލަތެއްގައި އެ ކުށަކާ ގުޅިފައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް، ކުށުގެ ދައުވާ އުފުލިއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވުން؛
- އެ ކުށަކާ ގުޅިގެން، މި ގާނޫނުގެ 157-1 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުން އަމުރެއް ނެރެފައިވުން؛
- ދައުވާލިބޭ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށްވުން؛
- ދައުވާލިބޭ ފަރާތަށް ތުހުމަތުކުރެވޭ ކުށުން ނުވަތަ އެ ކުށާ ގުޅިފައިވާ އަމަލަކުން، ސީދާގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސ،ް ގާނޫނު ހުއްދަނުކުރާ މަންފާއެއް އޭނާއަށް ލިބިފައިވާކަމުގައި، އެ ކުށާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ މުދަލަކީ ނުވަތަ ފައިސާއަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާލިބޭ ފަރާތަށް ސާބިތުކޮށްދެވިފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ނިންމުމެއް ނިންމަންވާނީ، ދައުވާ އުފުލާފައިވާ ޖިނާއީ ކުށުގެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ނިންމުމަށްފަހުގައި، އެ އަމުރާ ގުޅޭގޮތުން ވާހަކަދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.
(ނ) މި މާއްދާގެ ދަށުން ވަކި ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ މުދަލަކީ ނުވަތަ ފައިސާއަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާލިބޭ ފަރާތުން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައިވާނަމަ، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް، އެކަން ސާބިތުވާކަމުގައި ކޯޓުން ބަލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ނެރުމުގައި، ކޯޓުން ގޮތެއް ނިންމަންވާނީ މަދަނީ މިންގަނޑުންނެވެ.
162 ވަނަ މާއްދާ - ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތް
(ހ) މި ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މަސްތުވާތަކެތި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނައްތާލަންވާނެއެވެ.
(ށ) މި ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު އަމަލުކުރާނެ ގޮތާއި، ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އެ ދެ އިދާރާއިން ހިފަހައްޓާ އެނޫންވެސް އެއްޗެއްސާމެދު އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދު ހަދައި ހިންގާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
ތޭވީސްވަނަ ބާބު
ބައެއް ބާރުތައް ދިނުމާއި މައުލޫމާތު ބަދަލުކުރުން
163 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުން
(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި، އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލެއް ދިނުމަށް ފުލުހުންގެ އޮފިސަރަކަށް އޭނާ ގާތު އެދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެދުމުގެ ކުރިން، އެ ސާމްޕަލް ދިނުމަށް އޭނާގެ ކިބައިގައި އެދެނީ ކީއްވެގެން ކަމާއި، އެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ ގާނޫނުގައިވާ ގޮތުގެމަތިން އޭނާއާމެދު އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު އޭނާއަށް ހިއްސާކޮށްދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ ކުރިން، އެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން އެދޭކަން ނުވަތަ ނޫންކަން އެ ސާމްޕަލް ދޭ މީހާގެ ކިބައިން ސާފުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ ކުރިން އެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން އެދޭ ކަމަށް ސާމްޕަލް ދޭ ފަރާތުން ބުނެފިނަމަ، އެ ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ދެ ބަޔަކަށް ބަހައި، އެ ދެބައި ވަކިން ބަންދުކޮށް، އެއިން ކޮންމެ އެއްޗެއްގައި ވަކި ސިލެއް ޖެހުމަށްފަހު އެއާމެދު އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ދެބައިގެ ތެރެއިން އެއް ބައިގެ ޓެސްޓެއް ހެދުމަށްޓަކައި ފުލުހުންގެ ކަމާބެހޭ ފަރާތާ ހަވާލުކުރުން؛ (އިތުރު ކުރެވިފައި)
- ދެވަނަ ބައިގެ ޓެސްޓު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ ފަރާތަކުން ހެދުމަށްޓަކައި، އެފަރާތަކާ ހަވާލުކުރުން. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޓެސްޓު ކުރާނީ، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހަރަދުގައެވެ. (އިސްލާހު ކުރެވިފައި)
164 ވަނަ މާއްދާ - އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހުންނާއި ކުށްކުރަން ރާވާ މީހުންނާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތު އެއްފަރާތުން އަނެއް ފަރާތަށް ހިއްސާކުރާނެ އުސޫލެއް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަށައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލަކީ ނުވަތަ އެ އުސޫލުގެ ދަށުން ހިއްސާކުރެވޭ މައުލޫމާތަކީ އެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާފައިވާ ބަޔަކަށް މެނުވީ، އެއްވެސް ހާލެއްގައި ހާމަކުރެވިގެންވާނެ އެއްޗެއް ނޫނެވެ.
164-1 ވަނަ މާއްދާ - ކޯޓު އަމުރު ހޯދުން (އިތުރު ކުރެވިފައި)
މި ޤާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅިގެން ބަލައި ފާސްކުރުމުގެ އަމުރެއްވހޯދުމަށްޓަކައި، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށްވެސް ހުށަހެޅިދާނެއެވެ.
ސައުވީސްވަނަ ބާބު
ފޮޓޯއާއި ނަމޫނާ ނެގުން
165 ވަނަ މާއްދާ - މި ބާބުގައިވާ ބައެއް ލަފްޒުތަކާއި އިބާރާތް މާނަކުރުން
މި ބާބުގެ ބޭނުމަށްޓަކައި، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ބޮޑީ ސާމްޕަލް" ކަމަށް ބުނެފައިއެވަނީ، ލޭގެ ސާމްޕަލް ނުވަތަ ބޮލުން ނެގޭ އިސްތަށީގެ ސާމްޕަލް ނުވަތަ ސްވޮބް މެދުވެރިކޮށް މީހެއްގެ އަނގައިގައިވާ ކުޅުން ނުވަތަ ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލަށެވެ.
(ށ) "ޑީ.އެން.އޭ" ކަމަށް ބުނެފައިއެވަނީ، ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic acid) އަށެވެ.
(ނ) "ޑީ.އެން.އޭގެ މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، ބޮޑީ ސާމްޕަލް ބޭނުންކޮށްގެން ކުރާ ޑީ.އެން.އޭގެ ތަހުލީލުތަކުން ލިބޭ ޖެނެޓިކް މައުލޫމާތަށެވެ.
(ރ) "އިނގިލީގެ ނިށާން" ކަމަށް ބުނެފައިއެވަނީ، އަތުގެ ނުވަތަ ފައިގެ އިނގިލީގެ ނިށާނަށެވެ.
(ބ) "އެތެރެހަށީގެ ސާމްޕަލް" ކަމަށް ބުނެފައިއެވަނީ، ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ފޮނުވައިގެން ނަގާ ސާމްޕަލަށެވެ.
(ޅ) "ފޮޓޯ" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ސޫރަ ނުވަތަ އޭނާގެ ހަށިގަނޑުގެ ބައެއް ދައްކައިދޭ ކޮންމެ ފޮޓޯއަކަށެވެ.
(ކ) "އެތެރެހަށީގެ ފޮޓޯ" ކަމަށް ބުނެފައިއެވަނީ، އެކްސް-ރޭ، ސްކޭން، ނުވަތަ އެތެރެހަށި ދައްކުވައިދޭ އެނޫންވެސް ފޮޓޯއަށެވެ.
166 ވަނަ މާއްދާ - މި ބާބުގެ ދަށުން ހޯދޭ އެއްޗެހި ހެކީގެ ގޮތުގައި ބޭނުންކުރެވުން
މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނެގޭ ފޮޓޯއާއި އިނގިލީގެ ނިށާނާއި ހޯދޭ ޑީ.އެން.އޭގެ މައުލޫމާތަކީ، އަދި އޭގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެކިއެކި ރިޕޯޓުތަކަކީ އެ ރިޕޯޓެއް ތައްޔާރުކުރި ފަރާތަކުން ސޮއިކުރުމަށްފަހު ދޫކޮށްފައިވާ ލިޔުމެއްކަމަށްވާނަމަ، ށަރީއަތުގެ މަޖިލީހުގައި ސައްހަ ހެކީގެ ގޮތުގައި ގަބޫލުކުރެވޭނޭ ހެއްކެވެ.
167 ވަނަ މާއްދާ - ސާމްޕަލް ނެގުމާއި ފޮޓޯ ނެގުމާ ގުޅޭގޮތުން ލިބޭ ބާރު
(ހ) އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފަރުވާދޭ މަރުކަޒުގެ ސުޕްރިންޓެންޑެންޓަށް ނުވަތަ އޭނާ ހުއްދަކޮށްފައިވާ އެނަލިސްޓަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ލިބިގެންވެއެވެ.
- މަރުކަޒުން ފަރުވާ ހޯދަމުންދާ މީހެއްގެ އިނގިލީގެ ނިށާން ނެގުން؛
- މަރުކަޒުން ފަރުވާ ހޯދަމުންދާ މީހެއްގެ ބޮޑީ ސާމްޕަލް ނެގުން؛
- މަރުކަޒުން ފަރުވާ ހޯދަމުންދާ މީހެއްގެ އެތެރެހަށީގެ ފޮޓޯ ނެގުން؛
- މި މާއްދާގެ ދަށުން ނަގާ ސާމްޕަލް ވަކިން ފާހަގަވާނެގޮތް ހަދައި، އެ ސާމްޕަލާގުޅޭ ފުރަތަމަ ރިޕޯޓް ތައްޔާރުކޮށް، ފަރުވާދޭ މަރުކަޒުގެ ސުޕްރިންޓެންޑެންޓަށް ނުވަތަ ޑްރަގް ކޯޓަށް ފޮނުވުން.
(ށ) މި މާއްދާގެ ދަށުން ފޮޓޯއެއް ނެގުމަށް، ނުވަތަ އިނގިލީގެ ނިށާން ނެގުމަށް، ނުވަތަ ބޮޑީ ސާމްޕަލް ނެގުމަށް ފުލުހުންގެ އޮފިސަރަކަށް، ނުވަތަ މަރުކަޒުގެ ސުޕްރިންޓެންޑެންޓަށް ނުވަތަ އޭނާ ހުއްދަކޮށްފައިވާ އެނަލިސްޓަށް އެކަށީގެންވާ ބާރުގެ ބޭނުންކުރެވިދާނެއެވެ.
168 ވަނަ މާއްދާ - ސާމްޕަލް ދިނުމަށާއި ފޮޓޯ ނެގުމަށް ދެކޮޅުހެދުން
ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު، އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.
(ހ) އެމީހާގެ އިނގިލީގެ ނިށާން ނެގުމަށާއި ފޮޓޯނެގުމަށް އިއުތިރާޒްކުރުން؛
(ށ) އެމީހާގެ ބޮޑީ ސާމްޕަލް ނެގުމަށް އިއުތިރާޒްކުރުން؛
(ނ) އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އިއުތިރާޒްކުރުން؛
(ރ) އެމީހާގެ ކިބައިން އެދޭ މައުލޫމާތު ސާފުކޮށްދިނުމަށް އިއުތިރާޒްކުރުން.
169 ވަނަ މާއްދާ - ބޮޑީ ސާމްޕަލް ނެގުމުގެ އިތުރު ހަމަތައް
(ހ) ބޮޑީ ސާމްޕަލެއް ނަގަންވާނީ ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު، ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ.
(ށ) ބޮޑީ ސާމްޕަލް ނެގުމުގެ ކުރިން، އެ ސާމްޕަލްގެ ސަބަބުން އެ ސާމްޕަލް ނެގޭ މީހާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އެއްވެސް ނުރައްކަލެއްނުވާނެކަން ސުޕްރިންޓެންޑެންޓް ނުވަތަ އޭނާ ހުއްދަކޮށްފައިވާ އެނަލިސްޓް ކަށަވަރުކުރަންވާނެއެވެ.
(ނ) މީހެއްގެ ބޮޑީ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެކަން ލިޔުމުން ފެންނަން އޮންނަންވާނެއެވެ. އަދި އެ ސާމްޕަލް ނެގީ އޭނާގެ ރުހުމުގައިކަން ނުވަތަ ނޫންކަން، އަދި އެ ސާމްޕަލް ނެގީ ކާކުކަން އެ ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.
(ރ) ބޮޑީ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަހްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މިނިސްޓްރީން ހުއްދަކޮށްފައިވާ ލެބޯޓްރީއެއްގެ ޓެކްނީށަނަކަށެވެ.
170 ވަނަ މާއްދާ - ޑީ.އެން.އޭ މައުލޫމާތު ބޭނުންކުރުން
ޑީ.އެން.އޭ މައުލޫމާތުގެ ގޮތުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތު އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެއެވެ.
(ހ) ފުލުހުންގެ އޮފިސަރަކު ތަހުގީގުކުރަމުންދާ ކުށަކާ ގުޅޭގޮތުން ލިބިފައިވާ ޑީ.އެން.އޭގެ މައުލޫމާތު، އެ މައުލޫމާތާ އަޅާކިޔުމަށް؛
(ށ) އެކުށަކާ ގުޅޭގޮތުން ހިނގާ ށަރީއަތުގެ މަޖިލީހެއްގައި ހެކީގެ ގޮތުގައި ބޭނުންކުރުމަށް މި ގާނޫނުގެ ދަށުން ހޯދާފައިވާ ޑީ.އެން.އޭގެ މައުލޫމާތުތަކާ އަޅާކިޔުމަށް.
171 ވަނަ މާއްދާ - ފޮޓޯއާއި އިނގިލީގެ ނިށާނާއި މައުލޫމާތު ދެމެހެއްޓުން
މި ބާބުގައިވާ ކަންކަމާ ގުޅޭގޮތުން އަންނަނިވި ކަންކަން ޑްރަގް ކޯޓުން ކުރަންވާނެއެވެ.
(ހ) މި ގާނޫނުގެ 165 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ނެގޭ އެތެރެހަށީގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި މައުލޫމާތު، ކޮމްޕިއުޓަރު މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ދަފްތަރުކޮށް ބަލަހައްޓަމުންދިޔުން؛
(ށ) މި ގާނޫނުގެ 165 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ނެގޭ ބޮޑީ ސާމްޕަލްގެ މައްޗަށް ބިނާކޮށް ހޯދާ އެކިއެކި ޑީ.އެން.އޭ މައުލޫމާތު، ޑީ.އެން.އޭގެ ޑޭޓާ ބޭސްއެއް ހަދައި، ކޮމްޕިއުޓަރު މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ރައްކާކޮށް، ދަފްތަރުކޮށް ބަލަހައްޓަމުންދިޔުން.
ހަތްވަނަ ބައި
އެހެނިހެން
ފަންސަވީސްވަނަ ބާބު
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު
172 ވަނަ މާއްދާ - މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު އުފެއްދުން
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، "މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު" ގެ ނަމުގައި ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ސަރުކާރުން ފަންޑެއް އުފައްދަންވާނެއެވެ. މި ފަންޑަށް ޖަމާކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފައިސާއެވެ.
(ހ) މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ؛
(ށ) ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ؛
(ނ) މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާ.
173 ވަނަ މާއްދާ - ފަންޑުގެ ފައިސާ ހަރަދުކުރުން
މި ގާނޫނުގެ 172 ވަނަ މާއްދާގެ ދަށުން އުފައްދާ ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރަންވާނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި، ސަރުކާރުގެ ހަރަދުގައި ފަރުވާއަށް ފޮނުވާ ފަރާތްތަކަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ހިދުމަތްތައް ރަނގަޅުކުރުމަށާއި، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށެވެ. (އިސްލާހު ކުރެވިފައި)
174 ވަނަ މާއްދާ - ފަންޑުގެ ގަވަރނިންގ ބޯޑު
(ހ) މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑު ހިންގައި ބެލެހެއްޓުމަށާއި ފަންޑުން ހަރަދުކުރާނެ ކަންކަމާ ބެހޭގޮތުން ނޭށަނަލް ޑްރަގް އެޖެންސީއަށް ލަފާދިނުމަށް 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގަވަރނިންގ ބޯޑެއް، މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވަރނިންގ ބޯޑުގެ ގަވާއިދު އެކުލަވާލާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން ގަވަރނިންގ ބޯޑުންނެވެ.
175 ވަނަ މާއްދާ - ފަންޑުގެ ފައިސާ ހަރަދުކުރިގޮތުގެ ރިޕޯޓު
މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑަށް ކޮންމެ އަހަރަކު ލިބުނު ފައިސާގެ ޖުމްލަ އަދަދާއި ފަންޑުގެ ފައިސާ ހަރަދުކުރިގޮތް ބަޔާންކުރާ ރިޕޯޓެއް، ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ތައްޔާރުކޮށް އެ ރިޕޯޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
ސައްބީސްވަނަ ބާބު
އެހެނިހެން ކަންކަން
176 ވަނަ މާއްދާ - ގާނޫނުން އިނާޔަތް ލިބިދިނުން
(ހ) ގާނޫނުއަސާސީގައި ނުވަތަ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން މި ގާނޫނު ހިނގާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންދިޔަ ގާނޫނެއްގެ ދަށުން ހިނގަމުންދާ ކުށެއްގެ ތަހުގީގްގެ މަރުހަލާގައިވާ މީހާއަށް ނުވަތަ އެފަދަ ކުށެއްގެ ށަރީއަތުގެ މަރުހަލާގައިވާ މީހާއަށް، މި ގާނޫނުގެ ދަށުން އެ ކުށް ކުރިނަމަ ލިބޭނެ ލުޔެއް ނުވަތަ މަންފާއެއްވާނަމަ، އެ ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާ އެ ކުރި ކުށަކީ މި ގާނޫނުގެ ދަށުން ކުރި ކުށެއް ކަމަށްވެފައި، އޭނާއާމެދު އަމަލުކުރަންޖެހޭ ވަކި އިޖުރާއަތެއް މި ގާނޫނުގައި އޮވެ، އެ އިޖުރާއަތުން އޭނާއަށް ލުޔެއް ނުވަތަ މަންފާއެއް ލިބިދޭނަމަ، އެ ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއްވެސް ފަރާތަކުން ވަކި އިލްތިޒާމެއް ނުވަތަ ބުރައެއް އުފުލުން ލާޒިމުކުރާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅޭގޮތުން އެ އިލްތިޒާމެއް ނުވަތަ ބުރައެއް އުފުލުން ލާޒިމުވެގެނެއްނުވެއެވެ.
177 ވަނަ މާއްދާ - އަދަބު ލުއިކޮށްދިނުމަށް އެދުން
(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގެ ކުރިން، ނުވަތަ އެފަދަ ދައުވާއެއް މީހެއްގެ މައްޗަށް އުފުލާފައިވާނަމަ، އެ ދައުވާއާ ގުޅިގެން ހުކުމްކުރުމުގެ ކުރިން، އޭނާ ދައުލަތުގެ ހެއްކަކަށް ބަދަލުވެ، އޭނާގެ ކުށުގެ އަމަލާ ގުޅޭގޮތުން ކުރިން ބަޔާންކޮށްފައިނުވާ ނުވަތަ ކުރިން ދައުލަތަށް އެނގިފައިނުވާ މައުލޫމާތު ދައުލަތަށް ހާމަކޮށްފިނަމަ، އަދި އެ މައުލޫމާތަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް، ނުވަތަ ޕެޑްލްކުރުމުގެ ކުށް، ނުވަތަ ވިޔަފާރިކުރުމުގެ ކުށް ނުވަތަ ޓްރެފިކްކުރުމުގެ ކުށް ކުރުން ހުއްޓުވުމަށް ސީދާ މަގުފަހިކޮށްދޭ ފިޔަވަޅުތައް އެޅުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ މައުލޫމާތެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އޭނާގެ މައްޗަށް އުފުލަން ކަނޑައަޅާފައިވާ ނުވަތަ އުފުލާފައިވާ ކުށުގެ ދައުވާއާ ގުޅޭގޮތުން ހުކުމްކުރުމުގައި، އެ ދައުވާ ނިސްބަތްވާ ކުށަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ތިންބައިކުޅަ އެއްބަޔަށް ކުޑަކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓުގައި އެދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދެފިނަމަ، ދައުވާ އުފުލާފައިވާ މީހާގެ މައްޗަށް ހުކުމްކުރުމުގައި، އޭނާގެ އަދަބު ކަނޑައަޅަންވާނީ އެ ނިސްބަތަށެވެ.
177-1 ވަނަ މާއްދާ - މައާފުނުދެވުމާއި އަދަބު ލުއިނުކުރެވުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު
މައާފުކޮށްދެވިގެންނުވާނެ ނުވަތަ ލުއިކޮށްދެވިގެންނުވާނެ ކުށްކުށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަދަބު ލުއިކޮށްދިނުން ކަމަށް ބުނެފައި އެވަނީ، އަދަބުގެ މުއްދަތު ކުރުކުރުމަށް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު ކުޑަކުރުމަށް ނުވަތަ އަދަބުގެ ބާވަތް ލުއިކޮށްދިނުން ހިމެނޭގޮތުންނެވެ.
(ނ) މި ގާނޫނުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެއެވެ.
178 ވަނަ މާއްދާ - ހެކިބަސް ދޭމީހުންނާއި މައުލޫމާތު ދޭ މީހުން ހިމާޔަތްކުރުން
(ހ) މި ގާނޫނުގެ ދަށުން ކުރެވޭ އެއްވެސް ދައުވާއެއްގައި ހިނގާ މައުލޫމާތު ދިނުމުގެ ނުވަތަ ހެކިބަސްދިނުމުގެ މަރުހަލާއެއްގައި، މި ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް މީހަކު ކޮށްފިކަމުގެ މައުލޫމާތު، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދިން ފަރާތެއް ހާމައެއް ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން މީހަކު ހާމަކުރާ މައުލޫމާތަކީ، ކަނޑައެޅިގެން ދޮގު މައުލޫމާތެއްކަން އެނގިހުރެ އޭނާ ދީފައިވާ މައުލޫމާތެއް ކަމަށް ސާބިތުވެއްޖެނަމަ، އޭނާގެ ނަން ހާމަކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) އެއްވެސް ށަރީއަތުގެ މަޖިލީހަކަށް ހެކީގެ ގޮތުގައި ހުށަހެޅޭ ލިޔުމެއްގައި، ނުވަތަ ފޮތެއްގައި، ނުވަތަ ކަރުދާހެއްގައި ނުވަތަ އެނޫންވެސް އެއްޗެއްގައި މި ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް މީހަކު ކޮށްފިކަމުގެ މައުލޫމާތު ދޭ މީހާގެ ނަން ހިމެނޭ މައުލޫމާތެއް ނުވަތަ އެމީހާ ފާހަގަކުރެވިދާނެފަދަ މައުލޫމާތެއް ހިމެނޭކަމަށްވާނަމަ، އެމީހާ ރައްކާތެރިކޮށްދިނުމުގެ ގޮތުން، އެބައެއް ވަންހަނާކުރުމަކީ ނުވަތަ ނުފެންނަގޮތް ހެދުމަކީ، އެ ދައުވާއެއްގެ ށަރީއަތް ހިންގަމުންދާ ކޯޓުން ކުރަންޖެހޭނެ ކަމެކެވެ.
(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން ހިންގޭ ށަރީއަތެއްގައި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ލިބިފައިވާނަމަ، ނުވަތަ އެފަދަ ނުރައްކަލެއް ލިބިދާނެކަމަށް ގަބޫލުކުރެވޭފަދަ ހާލަތެއް އޮތްނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ދޭ މީހާއަކީ ކާކުކަން ހާމަނުކޮށް ހެކިބަސްދެވިދާނެއެވެ.
- ހެކިބަސް ދޭ މީހާގެ ނަމާއި އެޑްރެސް ފަދަ އެމީހަކީ ކާކުކަން ދެނެގަނެވޭފަދަ މައުލޫމާތު، ދައުވާ ލިބޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލަށް ހާމަނުކޮށް އަދި އެމީހުންނަށް ނުފެންނަގޮތަށް ފަރުދާއެއްގެ ނިވަލުގައި ނުވަތަ ކޮޓަރިއެއްގެ ތެރޭގައި ހުރެގެން، އަދި އެމީހަކީ ކާކުކަން ހާމަނުވާގޮތަށް އޭނާގެ އަޑު ބަދަލުކޮށްގެން ހެކިބަސްދެވިދާނެއެވެ. މިގޮތުން މީހެއްގެ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހުގައި ހަސްމުންގެ ހާޒިރުގައެވެ. އަދި ހެކިބަސްދޭ މީހާއަކީ ކާކުކަން ދެނެގަނެވޭ ފަދަ ސުވާލު ފިޔަވައި، އެހެން ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ. މިފަދަ ހެކިބަސް ވާނީ ށަފަހީ ހެކި ކަމުގައެވެ.
- މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ގޮތަކަށް ހެކިބަސް ދޭ މީހާއަކީ ކާކުކަން ހާމަނުކޮށް ހެކިބަސް ނެގުމަށް މައްސަލައިގެ ހަސްމުންގެ ތެރެއިން ހަސްމަކު ބޭނުންވާނަމަ، މައްސަލަ ށަރީއަތުން ބަލަން ފެށުމުގެ ކުރިން ލިޔުމުން ކޯޓަށް ހުށަހެޅުމުން، އެގޮތަށް ހެކިބަސްނެގުމަށް ކޯޓުން ހުއްދަ ދެވިދާނެވެ.
179 ވަނަ މާއްދާ - އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރުން
މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް، މީހެއްގެ މައްޗަށް ސާބިތުވެ، އޭނާގެ މައްޗަށް އެއް ހުކުމަށްވުރެ ގިނަ ހުކުމް ކަނޑައަޅައިފި ހިނދެއްގައި، އެ ހުކުމެއް ކަނޑައެޅި ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، އެ ހުކުމްތައް އޭނާގެ މައްޗަށް ތަންފީޒުކުރާނީ، އެއް ހުކުމަށްފަހު އަނެއް ހުކުމް ތަންފީޒުކުރާ އުސޫލުންނެވެ. އަދި އެ ހުކުމްތަކުގެ ތެރެއިން ފުރަތަމަ ތަންފީޒުކުރަން ފަށާނީ، ނިސްބަތުން އެންމެ ބޮޑު ހުކުމެވެ.
180 ވަނަ މާއްދާ - އެހެން ގައުމުތަކުގެ އިދާރާތައް މެދުވެރިކޮށް ޓެސްޓުތައް ހެދުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ޓެސްޓުތައް ހެދުމުގެ ބާރު ލިބިގެންވާ އިދާރާއަކުން އެ ޓެސްޓުތައް ހެދުމުގައި އެހެން ގައުމަކާއެކު އެއިން އިދާރާއަކުން އެއްބާރުލުމުގެ އެއްބަސްވުމެއް ވުމަކަށް ނުވަތަ އެފަދަ އެއްބަސްވުމެއްގެ ދަށުން އެއިން ގައުމަކުން އެ ޓެސްޓުތައް ހެދުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެ ޓެސްޓުތައް އެގޮތަށް ހަދަންވާނީ، ކަމާގުޅޭގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަކީ، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
181 ވަނަ މާއްދާ - ބަދަލުދިނުން
(ހ) މި ގާނޫނުގެ ދަށުން މީހެއްގެ މުދާ ހިފަހައްޓައި ދައުލަތަށް ނެގުމުގައި، ނުވަތަ މީހެއްގެ އިމާރާތަކަށް ވަދެ ތަނެއް ބަލައި ފާސްކުރުމުގައި، ނުވަތަ މީހަކު ބަންދުކުރުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތަކުން އަމަލުކުރަން ޖެހެނު ގޮތަކުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު ދައުލަތުން ނަގައިދިނުމެއް ނޯންނާނެއެވެ. ނަމަވެސް އެފަދަ ގެއްލުމެއް މެދުވެރިވީ ގާނޫނު ތަންފީޒުކުރާ ފަރާތެއްގެ އިހުމާލުން ނުވަތަ، ގާނޫނު ތަންފީޒުކުރާ ފަރާތުން ގާނޫނާ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ މީހަކަށް ގެއްލުމެއް ދިނުމުގެ ގަސްދުގައިކަމަށް ވާނަމަ، އެފަދަ ގެއްލުމުގެ ބަދަލު ނަގައިދޭންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ ހާލަތުގައި، ބަދަލު ނަގައިދޭނެ އަދަދު ކަނޑައަޅާނީ ށަރީއަތުންނެވެ.
182 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގެ އިހްތިސާސް އިސްލާހުވުން
(ހ) ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިހްތިސާސް އެގޮތަށް ކަނޑައަޅާފައި އޮތްކަމުގައިވީނަމަވެސް، ޑްރަގް ކޯޓުން ބެލުމަށް އެ ކޯޓަށް މި ގާނޫނުގެ ދަށުން އިހްތިސާސް ލިބިދީފައިވާ މައްސަލަތަކާއި، މި ގާނޫނުގައި 5 (ފަހެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވާ ކުށުގެ މައްސަލަތައް ފިޔަވައި، މި ގާނޫނުގައި ބަޔާންކުރާ އެހެން ކުށްކުށާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް، މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓު ހިނގަން ފަށާ ތާރީހުން ފެށިގެން، ހަމަ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށްވެސް ލިބިގެންވެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) މަސް ދުވަސް ހަމަވުމުން، މި މާއްދާގެ (ހ) އަށް އަމަލުކުރުން ނިމުމަކަށްއައިސް، ޑްރަގް ކޯޓުން ބެލުމަށް އެ ކޯޓަށް މި ގާނޫނުގެ ދަށުން އިހްތިސާސް ލިބިދީފައިވާ މައްސަލަތައް ފިޔަވައި މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކުށްކުށާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވެއެވެ.
(ނ) މި ގާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް ބެލުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ލިބިދޭ އިހްތިސާސަށާއި، އެ ކޯޓުތަކަށް ލިބިދޭ ސަރަހައްދީ އިހްތިސާސަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓެއްގައި ނުވަތަ ކްރިމިނަލް ކޯޓުގައި ނުވަތަ ޖުވެނައިލް ކޯޓުގައި މި ގާނޫނުގައި ބަޔާންކުރާ ކުށްކުށުގެ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
(ރ) މި ގާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކުން ބެލުމުގައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ކްރިމިނަލް ކޯޓަށް ލިބިގެންވާ އިހްތިސާސް އެ ކޯޓުތަކަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ބޭނުމަށްޓަކައި، އެ ބޭނުންވާ ނިސްބަތަށް މި ގާނޫނު މެދުވެރިކޮށް ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އިސްލާހުވީ ކަމުގައި ބެލެވޭނެއެވެ.
183 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ
މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ މަރުކަޒުތައް އުފައްދައި އެމާއްދާގެ ދަށުން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރުމަށް ކޮންމެހެން ބޭނުންވާނެ ފައިސާ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 120 (ސަތޭކަވިހި) ދުވަހުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކުރަންވާނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާއިމުކޮށް އެތަންތަނުން ހިދުމަތްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
184 ވަނަ މާއްދާ - ޖަދުވަލު 2 އަދި 3 ގައިވާ އެއްޗެއްސާބެހޭ ގަވާއިދު ހެދުން
(ހ) އަންނަނިވި ކަންކަމާ ބެހޭގޮތުން، މިނިސްޓްރީން ގަވާއިދު ހަދައި، ހިންގަންވާނެއެވެ.
- ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ އުސޫލުތައް؛
- ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ މީހުންނަށް ލައިސަންސްދިނުމުގެ ށަރުތުތަކާއި އުސޫލުތައް؛
- ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބޭނުމުގައި، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ބޭނުމުގައި، ނުވަތަ އުފެއްދުމުގެ ބޭނުމުގައި، ނުވަތަ ޕްރޮސެސްކުރުމުގެ ބޭނުމުގައި، ނުވަތަ ބެހުމުގެ ބޭނުމުގައި، ނުވަތަ ރައްކާކުރުމުގެ ބޭނުމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ރައްދުކޮށްދިނުމުގެ ބޭނުމުގައި، ތައްޔާރުކޮށްފައިވާ އިމާރާތްތައް ނުވަތަ ތަންތަން ރަޖިސްޓްރީކުރުމުގެ އުސޫލުތައް؛
- ޖަދުވަލު 2 ގައިވާ މަސްތުވާތަކެއްޗާ ގުޅޭ ލިޔެކިޔުންތަކާބެހޭ އުސޫލުތައް؛
- ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭނެ ލިޔެކިޔުންތަކާއި ދޭންޖެހޭނެ މައުލޫމާތާއި އެ ލިޔެކިޔުންތައް ބަލައި ދިރާސާކުރެވޭނެ އުސޫލުތައް؛
- ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ހިމެނޭ ދާގީނާ ލޭބަލްކުރާނެ ގޮތް.
(ށ) އަންނަނިވި ކަންކަމާ ބެހޭގޮތުން، ނޭށަނަލް ޑްރަގް އެޖެންސީން ގަވާއިދު ހަދައި، ހިންގަންވާނެއެވެ.
- ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ އުސޫލުތައް؛
- ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ މީހުންނަށް ލައިސަންސްދިނުމުގެ ށަރުތުތަކާއި އުސޫލުތައް؛
- ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބޭނުމުގައި، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ބޭނުމުގައި، ނުވަތަ އުފެއްދުމުގެ ބޭނުމުގައި، ނުވަތަ ޕްރޮސެސްކުރުމުގެ ބޭނުމުގައި، ނުވަތަ ބެހުމުގެ ބޭނުމުގައި، ނުވަތަ ރައްކާކުރުމުގެ ބޭނުމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ރައްދުކޮށްދިނުމުގެ ބޭނުމުގައި، ތައްޔާރުކޮށްފައިވާ އިމާރާތްތައް ނުވަތަ ތަންތަން ރަޖިސްޓްރީކުރުމުގެ އުސޫލުތައް؛
- ޖަދުވަލު 3 ގައިވާ އެއްޗެއްގެ މުއާމަލާތުކުރުމުގައި ބޭނުންވާނެ ލިޔެކިޔުންތަކާބެހޭ އުސޫލުތައް؛
- ޖަދުވަލު 3 ގައިވާ އެއްޗަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭނެ ލިޔެކިޔުންތަކާއި ދޭންޖެހޭނެ މައުލޫމާތާއި އެ ލިޔެކިޔުންތައް ބަލައި ދިރާސާކުރެވޭނެ އުސޫލުތައް؛
- ޖަދުވަލު 3 ގައިވާ އެއްޗެއް ހިމެނޭ ދާގީނާ ލޭބަލްކުރާނެ ގޮތް.
185 ވަނަ މާއްދާ - ގަވާއިދު ހެދުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އަންނަނިވި ފަރާތްތަކުންނެވެ. (މުޅި ނަންބަރު އިސްލާހު ކުރެވިފައި)
- ތަހުގީގާގުޅޭ ކަންކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން؛ (އިތުރު ކުރެވިފައި)
- ފަރުވާއާގުޅޭ ކަންކަމުގައި ނޭށަނަލް ޑްރަގް އެޖެންސީއިން؛ (އިތުރު ކުރެވިފައި)
- ޕްރޮސިކިއުޓަރ ޖެނެރަލްއާ ގުޅުންހުރި ކަންކަމާއި، މި ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާއާ ގުޅުންހުރި ކަންކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން؛ (އިތުރު ކުރެވިފައި)
- ޑްރަގް ކޯޓާ ގުޅުންހުރި ކަންކަމުގައި އެ ކޯޓުން؛ (އިތުރު ކުރެވިފައި)
- ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާ ގުޅުންހުރި ކަންކަމުގައި އެ ކައުންސިލުން. (އިތުރު ކުރެވިފައި)
(ށ) މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ނުވަތަ އިސްލާހުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
186 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
187 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1977-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އުވުނީއެވެ.
188 ވަނަ މާއްދާ - އިޖުރާއަތު ތަފާތުވާ ހާލަތުގައި އަމަލުކުރާނެ އުސޫލު
މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ޖިނާއީ އިޖުރާއަތުގެ އާންމު ހަމަތަކެއް ގާނޫނެއްގައި ކަނޑައަޅައިފިނަމަ، މި ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުތަކުގައާއި އެފަދަ ގާނޫނެއްގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކުގައި އެއްވެސް ތަފާތެއްވާ ހާލަތުގައި، އެ ދެ އިޖުރާއަތުގެ ތެރެއިން އިސްކަންދޭނީ، މި ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވިގެންވާ މީހާގެ ހައްގުތަކަށް ފަހިވާގޮތަށް ހުރި އިޖުރާއަތުތަކަށެވެ.
189 ވަނަ މާއްދާ – ޖަދުވަލުތައް
މި ގާނޫނުގައި ހަވާލާދީފައިވާ، އަދި މި ގާނޫނާ އެކުގައި އެވާ ތިން ޖަދުވަލަކީ، މި ގާނޫނުގެ މުހިންމު ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ތިން ޖަދުވަލާ އެކުގައެވެ. މި ގާނޫނުގައި އެ ތިން ޖަދުވަލުގެ ތެރެއިން ޖަދުވަލަކަށް ހަވާލާދޭ ފަހަރުތަކުގައި އެ ހަވާލާދެނީ، މި ގާނޫނުގެ މުހިންމު ބަޔަކަށެވެ.
190 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާހިނދަކު:
(ހ) "ބެލެނިވެރިޔާ" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ށަރުއީ ބަލަދުވެރިންނާއި ގާނޫނީ ބަލަދުވެރިންނަށެވެ.
(ށ) "ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ނަމަ، މިނިސްޓްރީން ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނާއި، ޖަދުވަލު 2 ގައިވާ ބޭސްތައް ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައިނަމަ އެ ގައުމެއްގެ ކަމާބެހޭ ރަސްމީ ފަރާތްތަކުން ބޭސްކުރުމުގެ ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނަށެވެ.
(ނ) "ކެނެބިސް" ކަމަށް ބުނެފައިއެވަނީ، ކެނެބިސް އާއިލާގެ ގަސްގަހުގެ ތެރެއިން ގަހަކަށް ނުވަތަ އެއިން ގަހެއްގެ ބަޔަކަށް، އެއަށް ކޮންމެ ނަމެއް ކީނަމަވެހެވެ.
(ރ) "ކެނެބިސް މިކްސްޗަރ" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އެއްވެސް މިންވަރަކަށް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތައުސީރަށެވެ.
(ބ) "ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.
(ޅ) "ކެނެބިހުން ވިޔަފާރިކުރުން" ކަމަށް ބުނެފައިއެވަނީ، ކެނެބިސް ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.
(ކ) "ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓު ފިޔަވައި، މަސްތުވާތަކެއްޗާގުޅޭ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށެވެ.
(އ) "ކަސްޓަމްސްގެ އޮފިސަރު" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުކަމުގެ މަގާމު ހަވާލުކުރެވިފައިވާ، މި ގާނޫނު ތަންފީޒުކުރުމުގައި އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އެ ސަރވިސްއިން ހުއްދަކޮށްފައިވާ ފަރާތްތަކަށެވެ.
(ވ) "ކޮޓަރި" ކަމަށް ބުނެފައިއެވަނީ، މީހުން ދިރިއުޅޭ ތަންތަނުގައާއި އެނޫން ތަންތަނުގައި ހުންނަ ކޮޓަރި ހިމެނޭގޮތުންނެވެ.
(މ) "އުފެއްދުން" ކަމަށް ބުނެފައިއެވަނީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކަށް ހަވާލާދީނަމަ، ވަކި މަސްތުވާއެއްޗެއް އުފެއްދުމަށާއި ވަކި މަރުހަލާތަކެއް ބޭނުންކޮށްގެން އެއްޗެއްގެ ތައުސީރުު އޭގެ އެންމެ ފުރިހަމަގޮތަށް ބަދަލުކުރުމަށާއި، އެއް މަސްތުވާއެއްޗަކުން އަނެއް މަސްތުވާއެއްޗަކަށް އޭގެ ބާވަތް ބަދަލުކުރުމަށެވެ.
(ފ) "އުމުރަށް ޖަލަށްލުން" ކަމަށް ބުނެފައި އެވަނީ، ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މައާފުނުދެވޭގޮތަށް، އެމީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ. (އިސްލާހު ކުރެވިފައި)
(ދ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ވަޒީރަށެވެ.
(ތ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ލ) "މުދާ" ކަމަށް ބުނެފައިއެވަނީ، ނުއުފުލޭ މުދަލާއި، އުފުލޭ މުދާ ހިމެނޭގޮތުން، އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ.
(ގ) "ފުލުހުންގެ އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމުގެ ތެރޭގައި ހިމެނޭ މީހަކަށެވެ.
(ޏ) "ޑައިމޯފިނުން ވިޔަފާރިކުރުން" ކަމަށް ބުނެފައިއެވަނީ، ޑައިމޯފިން ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.
(ސ) "މަނާކުރެވިފައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެ އްޗެހީގެ ތެރެއިން މަނާކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ. (އިސްލާހު ކުރެވިފައި)
(ޑ) "ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް" ނުވަތަ "ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެއްޗެހީގެ ތެރެއިން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ. (އިސްލާހު ކުރެވިފައި)
(ޒ) "ޖަދުވަލު 3 ގައިވާ އެއްޗެއް" ކަމަށް ބުނެފައިއެވަނީ، ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފެއްދުމަށް ނުވަތަ ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެކަމަށް އެ ޖަދުވަލުގައި ބަޔާންކުރާ އެއްޗެއްސަށެވެ.
(ޓ) "ޕްރިސްކްރިޕްށަން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހި ބޭނުންކުރުމަށްޓަކައި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ލިޔެދޭ ބޭސް ސިޓީއަށެވެ. (އިސްލާހު ކުރެވިފައި)
(ޔ) "ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި، ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެކުލަވާލާފައިވާ މުއާހަދާއަށެވެ. (އިތުރު ކުރެވިފައި)
(ޕ)"ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971" ކަމަށް ބުނެފައި އެވަނީ، ސައިކޯޓްރޮޕިކް މާއްދާތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި އެކުލަވާލާފައިވާ މުއާހަދާއަށެވެ. (އިތުރު ކުރެވިފައި)
(ޖ)"ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށްވާ މަސްތުވާތަކެތި ޓްރެފިކްކުރާ ކުށްވެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުމާއި، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަންތައް ހިންގުންފަދަ ކަންކަމުގައި ބައިނަލްއަގްވާމީ ގޮތުން އެއްބާރުލުން ލިބިގެންދިޔުމަށް މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މުއާހަދާއަށެވެ. (އިތުރު ކުރެވިފައި)
(ޗ) "ކޮމިށަން އޮން ނާކޮޓިކް ޑްރަގްސް" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެއްޗާބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް ތަންފީޒުކުރަމުންދާ ގޮތް ވިލަރެސްކުރުމަށް ޔުނައިޓެޑް ނޭށަންސްގެ އިގްތިސާދީ އަދި އިޖްތިމާއީ ކައުންސިލުން 1946 ވަނަ އަހަރު އުފައްދާފައިވާ ޔުނައިޓެޑް ނޭށަންސްގެ ކޮމިށަނަށެވެ. (އިތުރު ކުރެވިފައި)
(ހހ) "މަދަނީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާއަށެވެ. (އިތުރު ކުރެވިފައި)
ޖަދުވަލު 1
މަނާކުރެވިފައިވާ މަސްތުވާތަކެތި
|
1- އެސިޓޯފިން |
ACETORPHINE |
|
2- އެސިޓައިލް- އަލްފާ- މިތައިލްފެންޓަނިލް |
ACETYL-ALPHA-METHYLFENTANYL |
|
3- އެސިޓައިލްޑައިހައިޑްރޯކޯޑެއިން |
ACETYLDIHYDROCODEINE |
|
4- އެސިޓައިލްމެތަޑޯލް |
ACETYLMETHADOL |
|
5- އެލައިލްޕްރޯޑިން |
ALLYLPRODINE |
|
6- އަލްފާ- ސިޓައިލް- މެތަޑޯލް |
ALPHA-CETYL-METHADOL |
|
7- އަލްފާމެޕްރޯޑިން |
ALPHAMEPRODINE |
|
8- އަލްފާމެތަޑޯލް |
ALPHAMETHADOL |
|
9- އަލްފާ- މިތައިލްފެންޓަނިލް |
ALPHA-METHYLFENTANYL |
|
10- އަލްފާ- މިތައިލްތިއޯފެންޓަނިލް |
ALPHA-METHYLTHIOFENTANYL |
|
11- އަލްފާޕްރޯޑިން |
ALPHAPRODINE |
|
12- އެނިލެރިޑިން |
ANILERIDINE |
|
13- ބެންޒެތައިޑިން |
BENZETHIDINE |
|
14- ބެނަޒައިލްމޯފިން |
BENZYLMORPHINE |
|
15- ބީޓާސިޓައިލްމެތަޑޯލް |
BETACETYLMETHADOL |
|
16- ބީޓާ- ހައިޑްރޮކްސީފެންޓަނިލް |
BETA-HYDROXYFENTANYL |
|
17- ބީޓާ- ހައިޑްރޮކްސީ-3- މިތައިލްފެންޓަނިލް |
BETA-HYDROXY-3-METHYLFENTANYL |
|
18- ބީޓާމެޕްރޮޑިން |
BETAMEPRODINE |
|
19- ބީޓާމެތަޑޯލް |
BETAMETHADOL |
|
20- ބީޓާޕްރޯޑީން |
BETAPRODINE |
|
21- ބެޒިޓްރަމައިޑް |
BEZITRAMIDE |
|
22- ބްރޯލްއެމްފިޓަމިން |
BROLAMFETAMINE |
|
23- ކެތިނޯން |
CATHINONE |
|
24- ކެނެބިސް އަދި ކެނެބިސް ރޭސިން |
CANNABIS AND CANNABIS RESIN |
|
25- ކެނެބިސް މިކްސްޗަރ |
CANNABIS MIXTURE |
|
26- ކެނެބިސް އެކްސްޓްރެކްޓްސް އަދި ޓިންކްޗަރ |
CANNABIS EXTRACTS AND TINCTURES |
|
27- ކްލޯނިޓަޒިން |
CLONITAZENE |
|
28- ކޮކާ ލީފް |
COCA LEAF |
|
29- ކޮކޭން |
COCAINE |
|
30- ކޮޑޮކްސައިމް |
CODOXIME |
|
31- ކޮންސެންޓްރޭޓް އޮފް ޕޮޕީ ސްޓްރޯ |
CONCENTRATE OF POPPY STRAW |
|
32- ސައިކްލޯ ބާބިޓާލް |
CYCLOBARBITAL |
|
33- ޑެސޯމޯފިން |
DESOMORPHINE |
|
34- ޑީ.އީ.ޓީ |
DET |
|
35- ޑެކްސްޓްރޯމޮރަމައިޑް |
DEXTROMORAMIDE |
|
36- ޑީ.އެމް.އޭ |
DMA |
|
37- ޑީ.އެމް.އެޗް.ޕީ |
DMHP |
|
38- ޑީ.އެމް.ޓީ |
DMT |
|
39- ޑީ.އޯ.އީ.ޓީ |
DOET |
|
40- ޑައަމޯފިން |
DIAMORPHINE |
|
41- ޑައަމްޕްރޮމައިޑް |
DIAMPROMIDE |
|
42- ޑައިތައިލްތައަމްބިއުޓިން |
DIETHYLTHIAMBUTENE |
|
43- ޑައިފެނޮކްސިން |
DIFENOXIN |
|
44- ޑައިހައިޑްރޯމޯފިން |
DIHYDROMORPHINE |
|
45- ޑައިހައިޑްރޯޓޯފިން |
DIHYDROETORPHINE |
|
46- ޑައިމެނޮކްސްސަޑޯލް |
DIMENOXADOL |
|
47- ޑައިމެފެޕްޓަނޯލް |
DIMEPHEPTANOL |
|
48- ޑައިމެތައިލް، (މެތައިލީންޑައިއޮކްސީ) ފެނެތީލިމަން) |
DIMETHYL, (METHYLENEDIOXY) PHENETHYLAMINE) |
|
49- ޑައިމިތަލްތައަމްބިއުޓިން |
DIMETHYLTHIAMBUTENE |
|
50- ޑައޮކްސަފިޓައިލްބިއުޓަރޭޓް |
DIOXAPHETYLBUTYRATE |
|
51- ޑައިފެނޮކްސިލޭޓް |
DIPHENOXYLATE |
|
52- ޑައިޕިޕަނޯން |
DIPIPANONE |
|
53- ޑްރޯޓިބަނޯލް |
DROTEBANOL |
|
54- އެކްގޯނިން |
ECGONINE |
|
55- އެތައިލް، (މެތައިލީންޑައިއޮކްސީ) ފެނެތީލިމަން) |
ETHYL, (METHYLENEDIOXY) PHENETHYLAMINE) |
|
56- އިތައިލްމިތައިލްތިއަމްބިއުޓިން |
ETHYLMETHYLTHIAMBUTENE |
|
57- އިތައިލްމޯފިން |
ETHYLMORPHINE |
|
58- އެޓިސައިކްލިޑިން |
ETICYCLIDINE |
|
59- އެޓޯނިޓަޒިން |
ETONITAZENE |
|
60- އެޓޯފިން |
ETORPHINE |
|
61- އެޓޯޒެރިޑިން |
ETOXERIDINE |
|
62- އީޓްރިޕްޓަމިން |
ETRYPTAMINE |
|
63- ފެނެޓިލީން |
FENETYLLINE |
|
64- ފިޔުރެތިޑިން |
FURETHIDINE |
|
65- ހައިޑްރޯމޯފިނޯލް |
HYDROMORPHINOL |
|
66- ހައިޑްރޮކްސިޕެތިޑިން |
HYDROXYPETHIDINE |
|
67- އައިސޯމެތަޑޯން |
ISOMETHADONE |
|
68- ކީޓޯބެމިޑޯން |
KETOBEMIDONE |
|
69- ލީވަމްޕެޓަމިން |
LEVAMFETAMINE |
|
70- ލީވޯމެޓަންފިޓަމިން |
LEVOMETAMFETAMINE |
|
71- ލީވޯމެތޯފަން |
LEVOMETHORPHAN |
|
72- ލީވޯމޮރޮމައިޑް |
LEVOMORAMIDE |
|
73- ލީވޯފެނަސިލްމޯފަން |
LEVOPHENACYLMORPHAN |
|
74- ލައިސަރޖައިޑް (އެލް އެސް ޑީ) ، އެލް އެސް ޑީ 25 |
LYSERGIDE (LSD) , LSD 25 |
|
75- އެމް ޑީ އެމް އޭ، 4- (މިތައިލްއެނެޑިއޮކްސީ) ފެނެތައިލަމައިން |
MDMA, 4-(METHYLENEDIOXY) PHENETHYLAMINE |
|
76- މެޓަޒޯސިން |
METAZOCINE |
|
77- މެތައިލް، (މެތައިލީންޑައިއޮކްސީ) ފެނެތީލިމަން) |
METHYL, (METHYLENEDIOXY) PHENETHYLAMINE) |
|
78- މިތައިލްޑެސޯފިން |
METHYLDESORPHINE |
|
79- މިތައިލް ޑައިހައިޑްރޯމޯފިން |
METHYLDIHYDROMORPHINE |
|
80- 3- މިތައިލް ފެންޓަނިލް |
3-METHYLFENTANYL |
|
81- 3- މިތައިލް ތަޔޯފެންޓަނިލް |
3-METHYLTHIOFENTANYL |
|
82- މެޓޯޕޯން |
METOPON |
|
83- މެޓަމްފެޓަމިން ރެސިމޭޓް |
METAMFETAMINE RACEMATE |
|
84- މެކްލޯކުއަލޯން |
MECLOQUALONE |
|
85- މެފެޑްރޯން |
MEPHEDRONE |
|
86- މެސްކަލިން |
MESCALINE |
|
87- މެތަކުއަލޯން |
METHAQUALONE |
|
88- މެތްކެތިނޯން |
METHCATHINONE |
|
89- މިތައިލްފެނިޑޭޓް |
METHYLPHENIDATE |
|
90- މޯފެރިޑިން |
MORPHERIDINE |
|
91- މޮރަމައިޑް އިންޓަރމީޑިއޭޓް |
MORAMIDE INTERMEDIATE |
|
92- މިތައިލްއެމިނޮރެކްސް |
4-METHYLAMINOREX |
|
93- އެމް.ޕީ.ޕީ.ޕީ |
MPPP |
|
94- އެމް.އެމް.ޑީ.އޭ |
MMDA |
|
95- އެމް.ޑީ.އީ، އެން- އެތައިލް އެމް.ޑީ.އޭ |
MDE, N-ETHYL MDA |
|
96- 4- އެމް.ޓީ.އޭ |
4-MTA |
|
97- މައިރޯފިން |
MYROPHINE |
|
98- އެން- ހައިޑްރޮކްސީ އެމް.ޑީ.އޭ، އެން- މިތައިލް-3 (4- މެތްލީންޑައިއޮކްސީ) (ފެނެތީލިމަން) |
N- HYRDROXY MDA, N-METHYL-3 (4-(METHLENEDIOXY) PHENYLTHYLAMINE |
|
99- ނިކޯމޯފިން |
NICOMORPHINE |
|
100- ނޯރޮސިމެތަޑޯލް |
NORACYMETHADOL |
|
101- ނޯލިވޯފެނޯލް |
NORLEVORPHANOL |
|
102- ނޯމެތަޑޯން |
NORMETHADONE |
|
103- ނޯމޯފިން |
NORMORPHINE |
|
104- ނޯޕިޕަނޯން |
NORPIPANONE |
|
105- އޯޕިއަމް (އަފިހުން) |
OPIUM |
|
106- އޮރިޕަވިން |
ORIPAVINE |
|
107- ޕެރަ- ޕްލޫރޯފެންޓަނިލް |
PARA-FLUOROFENTANYL |
|
108- ޕެރަހެކްސިލް |
PARAHEXYL |
|
109- ޕީ.އީ.ޕީ.އޭ.ޕީ |
PEPAP |
|
110- ފެނަޑޮކްސޯން |
PHENADOXONE |
|
111- ފެނަމްޕްރޮމައިޑް |
PHENAMPROMIDE |
|
112- ފެނަޒޯސިން |
PHENAZOCINE |
|
113- ފެނޯމޯފަން |
PHENOMORPHAN |
|
114- ފެނޯޕެރިޑިން |
PHENOPERIDINE |
|
115- ފެންސައިކްލީޑިން |
PHENCYCLIDINE |
|
116- ފެންމެޓްރިޒިން |
PHENMETRAZINE |
|
117- ޕިމިނޯޑިން |
PIMINODINE |
|
118- ޕިރިޓްރަމައިޑް |
PIRITRAMIDE |
|
119- ޕީ.އެމް.އޭ |
PMA |
|
120- ޕްރޯހެޕްޓަޒިން |
PROHEPTAZINE |
|
121- ޕްރޯޕެރިޑިން |
PROPERIDINE |
|
122- ސައިލޯސިން، ސައިލޮޓްސިން |
PSILOCINE, PSILOTSIN |
|
123- ސައިލޯސައިބިން |
PSILOCYBINE |
|
124- ރޭސިމެތޯފަން |
RACEMETHORPHAN |
|
125- ރޭސިމޮރޮމައިޑް |
RACEMORAMIDE |
|
126- ރޭސިމޯފަން |
RACEMORPHAN |
|
127- ރޯލިސައިކްލިޑިން |
ROLICYCLIDINE |
|
128- ރެމައިފެންޓަނިލް |
REMIFENTANIL |
|
129- އެސް.ޓީ.ޕީ-ޑީ.އޯ.އެމް |
STP-DOM |
|
130- އެސް.ޕީ. ޓެނެމްފެޓަމިން |
SP TENAMPHETAMINE |
|
131- ޓީނޯސައިކްލިޑިން |
TENOCYCLIDINE |
|
132- ޓެޓްރާހައިޑްރޯ ކެނެބިނޯލް |
TETRAHYDRO CANNABINOL |
|
133- ތިބެކޯން |
THEBACON |
|
134- ތިބޭން |
THEBAINE |
|
135- ތަޔޯފެންޓަނިލް |
THIOFENTANYL |
|
136- ޓިލިޑީން |
TILIDINE |
|
137- ޓީ.އެމް.އޭ |
TMA |
|
138- ޓްރައިމެޕެރިޑިން |
TRIMEPERIDINE |
|
139- ޒިޕެޕްރޯލް |
ZIPEPROL |
މަތީގައިއެވާ ތަކެތީގެ އައިސޯމާރސްއާއި، އެސްޓާރޒްއާއި، އީތާރޒްއާއި، ސޯލްޓްސްއާއި، އެއިން އެއްޗެއް ބޭނުންކޮށްގެން ނުވަތަ މަތީގައިވާ އެއްޗެއް ބޭނުންކޮށްގެން ތައްޔާރުކުރެވޭ އެއްޗެހީގެ ތެރެއިން ޖަދުވަލު 2 ގައި ހިމެނިފައިނުވާ ތަކެތި.
މި ޖަދުވަލުގައިވާ އެއްޗެހީގެ ނަންތައް ލިޔެފައިއެވަނީ، އ.ދ. ގެ 1961 ވަނަ އަހަރުގެ ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސްއާއި 1971 ވަނަ އަހަރުގެ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސްގެ ށެޑިއުލްތަކުގައިވާ ގޮތަށެވެ. އަދި މި ޖަދުވަލުގައިވާ އެއްޗަކަށް މި ޖަދުވަލުގައި ބޭނުންކޮށްފައިވާ ނަން ނޫން އެހެން ނަމެއް ބޭނުންކުރުމަކުން އެއެއްޗަކީ މި ޖަދުވަލުގައި ބަޔާންކޮށްފައިވާ އެތި ނޫން ކަމުގައެއް ނުބެލެވޭނެއެވެ.
ޖަދުވަލު 2
ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި
|
1. އެމްފިޕްރޮމޯން |
AMFEPRAMONE |
|
2. އެމްފިޓަމިން |
AMFETAMINE |
|
3. އެމައިނެޕްޓިން |
AMINEPTINE |
|
4. އެމައިނޯރެކްސް |
AMINOREX |
|
5. އެމޯބާބިޓާލް |
AMOBARBITAL |
|
6. އެމީލް ނައިޓްރޭޓް، ބިޔުޓީލް ނައިޓްރޭޓް |
AMYL NITRATE, BUTYL NITRATE |
|
7. އަލްފެންޓަނިލް |
ALFENTANIL |
|
8. އެލޯބާބިޓާލް |
ALLOBARBITAL |
|
9. އެލްޕްރޮޒޯލަމް |
ALPRAZOLAM |
|
10. ބާބިޓާލް |
BARBITAL |
|
11. ބެންޒީން |
BENZENE |
|
12. ބެންޒްފިޓަމިން |
BENZFETAMINE |
|
13. ބްރޯމަޒެޕާމް |
BROMAZEPAM |
|
14. ބްރޮޓިޒޯލަމް |
BROTIZOLAM |
|
15. ބިޔުޕްރިނޯފިން |
BUPRENORPHINE |
|
16. ބިޔުޓަލްބިޓާލް |
BUTALBITAL |
|
17. ބިޔުޓޭން |
BUTANE |
|
18. ބިޔުޓޯބާބިޓާލް |
BUTOBARBITAL |
|
19. ކެމަޒިޕާމް |
CAMAZEPAM |
|
20. ކެތީން |
CATHINE |
|
21. ކްލޯރޑައިޒެޕޮކްސައިޑް |
CHILORDIAZEPOXIDE |
|
22. ކްލޯބަޒާމް |
CLOBAZAM |
|
23. ކްލޯނަޒިޕާމް |
CLONAZEPAM |
|
24. ކްލޯރަޒިޕޭޓް |
CLORAZEPATE |
|
25. ކްލޯޓިއަޒިޕާމް |
CLOTIAZEPAM |
|
26. ކްލޮކްސަޒޯލަމް |
CLOXAZOLAM |
|
27. ކޯޑީން |
CODEINE |
|
28. 2 ސީ-ބީ، 4-ބްރޯމޯ-2، ޑައިމެތޯކްސީފެނެތިލަމިން |
2 C-B, 4-BROMO-2, DIMETHOXYPHENETHYLAMINE |
|
29. ޑައަޒެޕާމް |
DIAZEPAM |
|
30. ޑައިހައިޑްރޯކޯޑެއިން |
DIHYDROCODEINE |
|
31. ޑިލޯރަޒިޕާމް |
DELORAZEPAM |
|
32. ޑެކްސްއެމްފިޓަމިން |
DEXAMFETAMINE |
|
33. ޑެކްސްޓްރޯޕްރޯޕޮކްސީފީން |
DEXTROPROPOXYPHENE |
|
34. ޑްރޯނަބިނޯލް |
DRONABINOL |
|
35. އެސްޓަޒޯލަމް |
ESTAZOLAM |
|
36. އެތްކްލޯވިނޯލް |
ETHCHLORVYNOL |
|
37. އެތިނަމޭޓް |
ETHINAMATE |
|
38. އިތައިލްލޮފްލަޒިޕޭޓް |
ETHYL LOFLAZEMPATE |
|
39. އެޓިލެމްފިޓަމިން |
ETILAMFETAMINE |
|
40. ފެންކެމްފަމިން |
FENCAMFAMINE |
|
41. ފެންޕްރޮޕޮރެކްސް |
FENPROPOREX |
|
42. ފެންޓަނިލް |
FENTANYL |
|
43. ފްލޫޑައިޒިޕާމް |
FLUDIAZEPAM |
|
44. ފްލޫނައިޓްރޮޒިޕާމް |
FLUNITRAZEPAM |
|
45. ފްލޫރަޒިޕާމް |
FLURAZEPAM |
|
46. ފްރެއޮން |
FREON |
|
47. ޖީ.އެޗް.ބީ (ވައި-ހައިޑްރޯކްސީބަޓްރިކް އެސިޑް) |
GHB (Y-HYDROXYBUTRIC ACID) |
|
48. ގްލޫޓެތިމައިޑް |
GLUTETHIMIDE |
|
49. ހެލަޒިޕާމް |
HALAZEPAM |
|
50. ހެލޮކްސަޒޯލަމް |
HALOXAZOLAM |
|
51. ހައިޑްރޯކޯޑޯން |
HYDROCODONE |
|
52. ހައިޑްރޯމޯފޯން |
HYDROMORPHONE |
|
53. ކެޓަމީން |
KETAMINE |
|
54. ކެޓަޒޯލަމް |
KETAZOLAM |
|
55. ލިފިޓަމިން |
LEFETAMINE |
|
56. ލިވޯފަނޯލް |
LEVORPHANOL |
|
57. ލޯޕްރަޒޯލަމް |
LOPRAZOLAM |
|
58. ލޮރަޒެޕާމް |
LORAZEPAM |
|
59. ލޯމިޓަޒިޕާމް |
LORMETAZETAM |
|
60. މެޒިންޑޯލް |
MAZINDOL |
|
61. މެޑަޒިޕާމް |
MEDAZEPAM |
|
62. މެފިނޮރެކްސް |
MEFENOREX |
|
63. މެޕްރޯބަމޭޓް |
MEPROBAMATE |
|
64. މެސްކަލީން |
MESCALINE |
|
65. މެސޯކާބް |
MESOCARB |
|
66. މެތަޑޯން |
METHADONE |
|
67. މެތަޑޯން އިންޓަރމީޑިއެޓް |
METHADONE INTERMEDIATE |
|
68. މެތައިލީން ކްލޮރައިޑް |
METHYLENE CHLORIDE |
|
69. މެތައިލްފެނިޑޭޓް |
METHYLPHENIDATE |
|
70. މެތައިލްފީނޯބާބިޓާލް |
METHYLPHENOBARBITAL |
|
71. މެތިޕްރިލޯން |
METHYPRYLON |
|
72. މެޑަޒޯލަމް |
MIDAZOLAM |
|
73. މޯފިން |
MORPHINE |
|
74. މޯފިން މެތޯބްރޯމައިޑް |
MORPHINE METHOBROMIDE |
|
75. މޯފިން އެން- އޮކްސައިޑް |
MORPHONE N-OXIDE |
|
76. ނަލްބިއުފީން |
NALBUPHINE |
|
77. ނިކޯކޯޑެއިން |
NICOCODEINE |
|
78. ނިކޯޑިކޯޑީން |
NICODICODINE |
|
79. ނިމެޓަޒިޕާމް |
NIMETAZEPAM |
|
80. ނައިޓްރަޒިޕާމް |
NITRAZEPAM |
|
81. ނައިޓްރޯންސް އޮކްސައިޑް 1 ހެކްސޭން |
NITRONS OXIDE 1 HEXANE |
|
82. ނޯޑަޒިޕާމް |
NORDAZEPAM |
|
83. އޮކްސިކޯޑޯން |
OXYCODONE |
|
84. އޮކްސިމޯފޯން |
OXYMORPHONE |
|
85. އޮކްސަޒިޕާމް |
OXAZEPAM |
|
86. އޮކްސަޒޯލަމް |
OXAZOLAM |
|
87. ޕެތިޑިން |
PETHIDINE |
|
88. ޕެތިޑިން-އިންޓަރމީޑިއޭޓް-އޭ |
PETHIDINE-INTERMEDIATE-A |
|
89. ޕެތިޑިން-އިންޓަރމީޑިއޭޓް-ބީ |
PETHIDINE-INTERMEDIATE-B |
|
90. ޕެތިޑިން-އިންޓަރމީޑިއޭޓް-ސީ |
PETHIDINE-INTERMEDIATE-C |
|
91. ޕެންޓޯބާބިޓާލް |
PENTOBARBITAL |
|
92. ޕެންޓަޒޯސިން |
PENTAZOCINE |
|
93. ފޮލްކޯޑިން |
PHOLCODINE |
|
94. ޕިމޯލިން |
PEMOLINE |
|
95. ފެންޑައިމެޓްރޮޒީން |
PHENDIMETRAZINE |
|
96. ފީނޯބާބިޓާލް |
PHENOBARBITAL |
|
97. ފެންޓަމީން |
PHENTERMINE |
|
98. ޕިނަޒިޕާމް |
PINAZEPAM |
|
99. ޕިޕްރަޑޯލް |
PIPRADOL |
|
100. ޕްރަޒިޕާމް |
PRAZEPAM |
|
101. ޕްރޮޕޭން |
PROPANE |
|
102. ޕްރޮޕިރެމް |
PROPIRAM |
|
103. ޕްރޮޕޮކްސިފީން |
PROPOXYPHENE |
|
104. ޕައިރޯވެލިރޯން |
PYROVALERONE |
|
105. ސެކޯބާބިޓާލް |
SECOBARBITAL |
|
106. ސެކްބިއުޓަބާބިޓާލް |
SECBUTABARBITAL |
|
107. ސިޔުފެންޓަނިލް |
SUFENTANIL |
|
108. ޓިމަޒިޕާމް |
TEMAZEPAM |
|
109. ޓެޓްރަޒިޕާމް |
TETRAZEPAM |
|
110. ޓޮލުއިން |
TOLUENE |
|
111. ޓްރިއަޒޯލަމް |
TRIAZOLAM |
|
112. ޓްރައިކްލޯރޯއެތިލިން |
TRICHLOROETHYLENE |
|
113. ވިނައިލްބިޓާލް |
VINYLBITAL |
|
114. ޒޮލްޕިޑެމް |
ZOLPIDEM |
މި ޖަދުވަލުގައިވާ އެއްޗެހީގެ ނަންތައް ލިޔެފައި އެވަނީ، އ.ދ. ގެ 1961 ވަނަ އަހަރުގެ ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސްއާއި 1971 ވަނަ އަހަރުގެ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސްގެ ށެޑިއުލްތަކުގައިވާ ގޮތަށެވެ. އަދި މި ޖަދުވަލުގައިވާ އެއްޗަކަށް މި ޖަދުވަލުގައި ބޭނުންކޮށްފައިވާ ނަން ނޫން އެހެން ނަމެއް ބޭނުންކުރުމަކުން އެ އެއްޗަކީ
މި ޖަދުވަލުގައި ބުނެފައިވާ އެތި ނޫން ކަމުގައެއް ނުބެލެވޭނެއެވެ.
ޖަދުވަލު 3
މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓާއި ޕްރިކަރސަރ ކެމިކަލް (ސުރުހީ އިސްލާހު ކުރެވިފައި)
|
1. އެން-އެސެޓީލްއެންތްރެނެލިކް އެސިޑް (އެން-އެސިޓީލް-އޯ-އެމައިނޯބެންޒޮއިކް އެސިޑް) |
N-acetylanthranilic acid also known as N-Acetyl-o-aminobenzoic acid
|
|
2. އެފްރެޑީން (ބީޓާ-ހައިޑްކްސީ-އެން-މެތީލްއެމްފެޓަމިން) |
Ephedrine also known as β-Hydroxy-N-methylamphetamine |
|
3. އަރގޮމެޓްރީން (އަރގޮނޮވީން ނުވަތަ އަރގޮބެސީން ނުވަތަ [8ބީޓާ (އެސް) ]-9-10-ޑައިޑެހައިޑްރޯ-އެން-(2-ހައިޑްރޮކްސީ-1-މެތީލްއެތީލް) -6-މެތީލް-6-މެތީލްއަރގޮލީން-8-ކާރބޮކްސަމައިޑް |
Ergometrine also known as Ergonovine or Ergobasine or [8β(S) ]-9-10-Didehydro-N-(2-hydroxy-1-methylethyl) -6-methyl-6-methylergoline-8-carboxamide |
|
4. އަރގޮޓަމީން (‘12-ހައިޑްރޮކްސީ-‘2-މެތީލް-‘5-އޭ-(ފެނީމެތީލް) އަރގޮޓަމަން-‘3,‘6’,18-ޓްރައިނޯން |
Ergotamine also known as 12’-Hydroxy-2’-methyl-5’-a-(phenymethyl) ergotaman-3’,6’,18’-trinone |
|
5. އައިސޮސަފްރޯލް (1,2-މެތިލީންޑައިއޮކްސީ) -4-ޕްރޮޕެނީލްބެންޒީން |
Isosafrole also known as 1,2-(Methylenedioxy) -4-propenylbenzene |
|
6. ލައިސަރޖިކް އެސިޑް (9,10-ޑައިޑެހައިޑްރޯ-6-މެތީލަރގޮލީން-8-ބީޓާ-ކާރބޮކްސީލިކްއެސިޑް |
Lysergic acid also known as 9,10-Didehydro-6-methylergoline-8β-carboxylic acid |
|
7. 3,4-މެތިލީންޑައިއޮކްސީޕެނީލް-2-ޕްރޮޕަނޯން |
3,4-methylenedioxyphenyl-2-propanone |
|
8. ނޯރފެޑްރީން |
Norephedrine |
|
9. 1-ފެނީލް-2-ޕްރޮޕަނޯން (ފެނީލަސިޓޯން) |
1-Phenyl-2-propanone also known as Phenylacetone |
|
10. ޕިޕެރޯނަލް (3,4-(މެތިލީންޑައިއޮކްސީ) ބެންޒަލްޑީހައިޑް ނުވަތަ ޕައިޕެރޮނީލަލްޑީހައިޑް) |
Piperonal also known as 3,4-(Methylenedioxy) benzaldehyde or Piperonylaldehyde |
|
11. ސޫޑޮއެފިޑްރީން |
Pseudoephedrine |
|
12. ސޫޑޮއެފިޑްރީން (ބީޓާ-ހައިޑްރޮކްސީ-އެން-މެތީލް އެމްފެޓަމީން) |
Pseudoephedrine also known as β-Hydroxy-N-methylamphetamine |
|
13. ސެފްރޯލް (4-އެލިލް-1,2-މެތިލިންޑައިއޮކްސީބެންޒީން) |
Safrole also known as 4-Allyl-1,2-methylenedioxybenzene |
|
14. އެސިޓިކްއެންހައިޑްރައިޑް (އެސިޓިކް އޮކްސައިޑް) |
Acetic anhydride also known as Acetic oxide |
|
15. އެސިޓޯން (2-ޕްރޮޕަނޯން ނުވަތަ ޑައިމެތީލް ކިޓޯން) |
Acetone also known as 2-Propanone or Dimethyl ketone |
|
16. އެންތްރެނިލިކް އެސިޑް (އޯ-އެމީނޯބެންޒޮއިކް އެސިޑް) |
Anthranilic acid also known as o-Aminobenzoic acid |
|
17. އެތީލް އީތަރ (އީތަރ ނުވަތަ ޑައިއެތީލް އީތަރ ނުވަތަ އެތީލް އޮކްސައިޑް ނުވަތަ ޑައިއެތީލް އޮކްސައިޑް ނުވަތަ އެތޮކްސީއީތޭން ނުވަތަ '1،1-އޮކްސީބިސްއީތޭން) |
Ethyl ether also known as Ether or Diethyl ether or Ethyl oxide or Diethyl oxide or Ethoxyethane or 1,1’-Oxybisethane |
|
18. ހައިޑްރޮކްލޮރިކް އެސިޑް |
Hydrochloric acid |
|
19. މެތީލް އެތީލް ކިޓޯން (2-ބިއުޓަނޯން) |
Methyl ethyl ketone also known as 2-Butanone |
|
20. ފެނީލްއެސިޓިކް (ބެންޒީންއެސިޓިކް އެސިޑް ނުވަތަ އަލްފާ-ޓޮލުއިކް އެސިޑް) |
Phenylacetic acid also known as Benzeneacetic acid or α-Toluic acid |
|
21. ޕިޕެރިޑީން (ހެކްސަހައިޑްރޮޕިރިޑީން) |
Piperidine also known as Hexahydropyridine |
|
22. ޕޮޓޭސިއަމް ޕަރމަންގަނޭޓް |
Potassium permanganate |
|
23. ސަލްފިއުރިކް އެސިޑް |
Sulphuric acid |
|
24. ޓޮލުއީން (މެތީލް ބެންޒީން ނުވަތަ ފެނީލްމީތޭން) |
Toluene also known as Methylbenzene or Phenylmethane. |
މައި ގާނޫނު
މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)
މި ގާނޫނަށް ގެނެވުނު އިސްލާހު
3 ވަނަ އިސްލާހު
އުވާލެވުނު ގާނޫނު
މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1977-17)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-27)
- މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރެވޭނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2-16-230)
- މަސްތުވާ ތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-18)
- ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-386)
- މަސްތުވާ ތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-385)
- ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27)
- ޑްރަގް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-26)
- ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-08)
- ޑްރަގް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-15)
- މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-26)
- މަސްތުވާތަކެތީގެ ކުށުގެ ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ޑްރަގް ޑިފެންޑެންސް އެސެސްމެންޓް ހެދުމަށް ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-28)
- މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ހިންގުމަށް ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 2012-31)
- މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-40)
- ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތަކާ ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2013-35)
- ވީޑިއޯ މެދުވެރިކޮށް ޑްރަގް ކޯޓުގެ ށަރީއަށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-42)
ކިޔުންތެރިންގެ ހިޔާލު