-

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2015-31)

 

ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުން.

1  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. ކައުންސިލް އެކުލެވިގެންވާ ގޮތް.

(ހ) ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެކުލެވިގެންވާނީ، އަންނަނިވި 12 (ބާރަ) މެންބަރުންގެ މައްޗަށެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ ނައިބު؛
  2. މިނިސްޓަރ އޮފް ހޯމް އެފެއާޒް؛
  3. މިނިސްޓްރީ އޮފް އެޑިއުކޭށަންގެ މަންދޫބު؛
  4. މިނިސްޓްރީ އޮފް ހެލްތަގެ މަންދޫބު؛
  5. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަންދޫބު؛
  6. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަންދޫބު؛
  7. އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަންދޫބު؛
  8. ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް؛
  9. ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން؛
  10. ޗީފް އޮފް ޑިފެންސް ފޯސް؛
  11. ކޮމިށަނަރ އޮފް ޕޮލިސް؛
  12. ޕްރޮސިކިއުޓަރ ޖެނެރަލް.

 

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރު އަދި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުންނަކީ އެ ވުޒާރާއެއްގެ މިނިސްޓަރ ފޯރ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ މަގާމެއް ފުރަމުންދާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެކެވެ.

 

2 ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17)

 

ކޮންސޮލިޑޭޓް ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު