-

ފަނޑިޔާރުން ތަނާޒުލްވާންޖެހޭ މައްސަލަތައް

(އުސޫލު ނަންބަރު 2009-05)

(މި އުސޫލަށް އަމަލުކުރަން ފެށީ 21 މޭ 2009 ގައި)

(މި އުސޫލު ވަނީ ގަވާއިދު ނަންބަރު 2026-35 ގެ 10 ވަނަ މާޢްދާއިން އުވާލެވިފައި)

ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާއި ތައާރުޒުވާކަންކަމުގައި އަމަލުކުރާނެ އުސޫލެއް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުގެ 2008-10 21 ވަނަ މާއްދާގެ (ނ) ގެ 4 ގައި ވާފަދައިން މިކޮމިށަނުން ކަނޑައަޅަންޖެހޭތީ، ތިމާގެކަމުގެ ސަބަބުން ނުވަތަ އެނޫންގޮތަކުން ވެސް ފަނޑިޔާރުންނަށް ށަރީއަތް ނުހިންގޭނެ މީހުންކަމުގައި އަންނަނިވި ފަރާތްތައް ކަނޑައަޅައިފިއެވެ.

 

1 ވަނަ މާއްދާ - ތިމާގެކަމުގެ ސަބަބުން ށަރީއަތް ނުހިންގޭނެ މީހުންގެ

(ހ) ބައްފައާއި ދޮންބައްޕައިން

(ނ) މަންމައާއި، ދޮންމަންމައިން

(ނ) ދަރިންނާއި، ދޮންދަރިން

(ރ) ކާފައިންނާއި، މާމައިން

(ބ) އަނބިން

(ޅ) އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަހުންނާއި، އުހްތުންނާއި، އެމީހުންގެ ދަރިން.

(ކ) ދެބެންގެ ދެދަރި މީހުން

(އ) ޅީދަރިންނާއި ދަނބިދަރިން

(ވ) ބަފާކަލޭގެއާއި، މައިދައިތަ

(މ) ޅިޔަން، ފަހަރިން

 

2 ވަނަ މާއްދާ - ތިމާގެކަމުން ނޫންގޮތަކަށް ފަނޑިޔާރުންނަށް ށަރީއަތް ނުހިންގޭނެ ފަރާތްތައް:

(ހ) ހުށަހެޅިފައިވާ މައްސަލައަކީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެމައްސަލައިގެ ތަހުގީގުގައި ނުވަތަ ށަރީއަތުގެ މަޖިލީހުގައި ނުވަތަ ށަރީއަތުގެ މަޖިލީހުން ބޭރުގައި އެފަނޑިޔާރަކު ވަކާލާތުކޮށްދީފައިވާ މައްސަލައެއް ނުވަތަ ހެއްކެއްގެގޮތުގައި ހާޒިރުވެފައިވާ މައްސަލައަކަށްވުން.

(ށ) ހުށަހެޅިފައިވާ މައްސަލައަކީ، އެ މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ އެފަނޑިޔާރުގެ އާއިލާގެ މެމްބަރަކަށް (މިސާރކިއުލަގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް)، އެމައްސަލައަކުން މަންފާއެއް ނުވަތަ ގެއްލުމެއް ނުވަތަ އިގްތިސާދީ ފައިދާއެއްއޮތް މައްސަލައަކަށްވުން.

(ނ) ހުށަހެޅިފައިވާ މައްސަލައަކީ، ފަނޑިޔާރަކާ ގުޅޭ ށަކުވާއެއް ގާނޫނީ ގޮތުން ބާރުލިބިގެންވާ މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅާ، އެއިދާރާއަކުން ށަކުވާއެއް ބެލުމަށް ނުވަތަ ތަހްގީގްކުރުމަށް ނިންމާފައިވާ ފަރާތެއް ށާމިލުވާ މައްސަލަކަށް ވުން.

 

އުވި އުސޫލު

ފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތަކުން ތަނާޒުލުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2026-35)

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު