ށަރުއީ ވަފުދު ފޮނުވުމާ ގުޅޭ އުސޫލު
(އުސޫލު ނަންބަރު 2020-02)
(މި އުސޫލަށް އަމަލުކުރަން ފެށީ 12 ފެބުރުއަރީ 2020 ގައި)
(މި އުސޫލު ވަނީ ގަވާއިދު ނަންބަރު 2026-32 ގެ 18 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ޤާނޫނު) ގެ 1-21 ވަނަ މާއްދާގެ (ރ) ގެ (12) ވަނަ ނަންބަރުގައި، ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދަށު ކޯޓުތަކުގައި، މައްސަލަތައް ނުނިމި، ލަސްވުމުގެ ސަބަބުން ނުވަތަ ދަށު ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާ ނަމަ އެފަދަ މައްސަލަތައް ބެލުމަށް ޓަކައި ފޮނުވަންޖެހޭ ށަރުއީ ވަފުދުތައް ފޮނުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ށަރުއީ ވަފުދު ފޮނުވުމާ ގުޅޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - ށަރުއީ ވަފުދުގެ ގޮތުގައި މަސައްކަތްކުރުން
ށަރުއީ ވަފުދުގެ ގޮތުގައި މަސައްކަތްކުރުމަކީ، ދަށު ކޯޓުތަކުގައި ފަނޑިޔާރަކާ ހަވާލުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތަފާތު އެކި ސަބަބުތަކާހުރެ ނުނިމި ލަސްވެފައިވާ މައްސަލަތައް ބަލައި، އެ މައްސަލަތައް ނިންމުމަށް ޓަކައި، އެ ކޯޓަކަށްވުރެ ގިންތީގެ ގޮތުން ދަށް ނޫން އެހެން ކޯޓެއްގެ ފަނޑިޔާރަކާ ނުވަތަ ފަނޑިޔާރުންތަކަކާ އެ މައްސަލަތައް ހަވާލުކޮށްގެން އެ މައްސަލަތައް ބަލައި، އެ މައްސަލަތައް ނިންމުމުގެ މަސައްކަތްކުރުމެވެ. ށަރުއީ ވަފުދެއްގައި، އިސްތިއުނާފީ ކޯޓެއްގެ އެއްވެސް ފަނޑިޔާރަކު ބައިވެރިއެއް ނުކުރެވޭނެއެވެ.
3 ވަނަ މާއްދާ - ށަރުއީ ވަފުދު ފޮނުވުމަށް ކަނޑައެޅުން
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރުއީ ދާއިރާގެ ތަފާސްހިސާބަށް ބަލައިގެން މައްސަލަތައް ނިންމުމަށް ށަރުއީ ވަފުދު ފޮނުވަން ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ އަމިއްލަ އިސްނެގުމަށް، ނުވަތަ ޑިޕާޓްމަންޓް
އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ އެދުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
4 ވަނަ މާއްދާ - ށަރުއީ ވަފުދު ފޮނުވުމުގެ ކަންކަން ހިންގައި ބެލެހެއްޓުން
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ށަރުއީ ވަފުދު ފޮނުވަންޖެހޭ ދާއިރާތައް ކަނޑައަޅައި، މައްސަލަތައް ބެލުމަށްޓަކައި ފޮނުވަންޖެހޭ ށަރުއީ ވަފުދުތައް ފޮނުވުމުގެ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި، ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
5 ވަނަ މާއްދާ - ށަރުއީ ވަފުދު ފޮނުވައިގެން މައްސަލަތައް ބެލުން
ފަނޑިޔާރަކާ ހަވާލުކޮށްފައިވާ މައްސަލަތައް، އަވަސްކަމާއި ހަލުވިކަމާއެކު ހިންގައި ނިންމުމަށް، އެ މައްސަލައެއް ހަވާލުކުރެވިފައިވާ ފަނޑިޔާރަކު މަސައްކަތް ޤަވާ ކުރަންވާނެއެވެ. އެހެންނަމަވެސް، މައްސަލައެއް ކޯޓަކަށް ހުށަހެޅި އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުން، ނުނިމި 1 (އެކެއް) އަހަރުދުވަހަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކާއި، ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މައްސަލަ ހިންގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި 3 (ތިނެއް) މަސްދުވަހަށްވުރެ އިތުރުވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ށަރުއީ ވަފުދު ފޮނުވައިގެން މަސައްކަތް ކުރެވިދާނެއެވެ.
6 ވަނަ މާއްދާ - ށަރުއީ ވަފުދު ފޮނުވައިދިނުން
(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރުއީ ދާއިރާގެ ތަފާސްހިސާބަށް އެދި ހުށަހެޅުން ބަލައި، ށަރުއީ ވަފުދު ފޮނުވައިގެން، މައްސަލަތައް ނިންމަންޖެހޭކަމަށް ޑިޕާޓްމަންޓް ދިވެހިރާޖ އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ޤަބޫލުކުރެވޭ މައްސަލަތައް ނިންމުމަށް، ށަރުއީ ވަފުދު ފޮނުވުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ށ) ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމަކީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އިސް މުވައްޒަފުގެ ޒިންމާއެކެވެ. އަދި މި އުސޫލުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ދަށު ކޯޓެއްގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އިތުރުވުމުގެ ސަބަބުން ނުވަތަ ފަނޑިޔާރުން
(ނ) މި ނަންނަބުރެގެ (ށ) ގެ ދަށުން ށުރީއީ ވަފުދު ފޮނުނަވިއިގެން މައްސަލަތައް ނިންނުމަމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނެސްޓްރޭށަނަނަށް ހުށަހެޅުމުގެ ކުރިން އަންނަނިވި ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރު ނުވަތަ އިދާރީ އިސް މުވައްޒަފު ކަށަވަރުކުރަން ވާނެއެވެ.
-
ދަށު ކޯޓެއްގެ ނުވަތަ ޖުޑީށަލް ދާއިރާއެއްގެ ނުވަތަ ކްލަސްޓަރ ކޮށްފައިވާ ރަށްތަކުގެ ކޯޓުތަކުގެ ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އިތުރުވެިފައިވާކަން ނުވަތަ ނޫންކަން އަދި އިތުރުވެިފައިވާ ނަމަ، ފާއިތުވެދިޔަ އަހަރާ އަޅައިބަލާއިރު %10 (ދިހައެއް އިނ ސައްތަ) އަށް ވުރެ ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އިތުރުވެފައިވާކަން.
- މައްސަލައިގައި ދައުވާކުރާ ނުވަތަ ދައުވާލިބޭ ފަރާތް ނުވަތަ ފަރާތްތައް ރަށުގައި ގާއިމުވެތިބިކަން ނުވަތަ ނޫންކަން.
- މައްސަލަތައް ހަވާލުކޮށްފައިވާ ފަނޑިޔާރަށް އެ މައްސަލަތައް ހިންގުމުގައި ދަތިކޮށް ދިމާވާ ކަންކަމަކީ ކޮބައިކަން.
(ރ) މި ނަންބަރުގެ (ށ) ގެ ދަށުން ށަރުއީ ވަފުދު ފޮނުވުމަށް އެދި ހުށަހަޅާއިރު އެ ކޯޓެއްގެ ނުވަތަ އެ ޖުޑީށަލް ދާއިރާއެއް ނުވަތަ ކްލަސްޓަރއެއްގައި ހިމެނޭ ކޯޓުތަކުގައި ތިބި ފަނޑިޔާރުންގެ މައުލޫމާތާއި، އެ ފަނޑިޔާރުން ބެލުމަށް އެ ވަގުތަށް ހަވާލުކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވަންވާނެއެވެ.
(ބ) މި ނަންބަރުގެ (ށ) ގައި އެހެން އޮތް ނަމަވެސް، ފަނޑިޔާރުން މަދުވުމުގެ ސަބަބުން ނުބެލި ލަސްވަމުންދާ މައްސަލަތަކާއި، މައްސަލައެއް ކޯޓަކަށް ހުށަހެޅި އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުން ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި، ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިނ މައްސަލަ ހިންގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި، ށަރުއީ ދާއިރާގެ ތަފާސްހިސާބަށް ބަލާއިރު ށަރުއީ ވަފުދު ފޮނުވައިގެން މައްސަލަތައް ނިންމަންޖެހޭކަމަށްޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ގަބޫލުކުރެވޭ މައްސަލަތަކާއި، މައްސަލައެއް ނުހިންގި ލަސްވަމުންދާކަމަށް ބަޔާންކޮށް އެ މައްސަލައިގައި މަސްލަހަތު ހިމެނޭ ފަރާތަކުނ ހުށަހަޅާ ށަކުވާތަކަށް ބިނާކޮށް އެފަދަ މައްސަލަތައް ބަލައި ހިންގުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅިދާނެއެވެ.
(ޅ) ށަރުއީ ވަފުދު ފޮނުވައިގެން މައްސަލަތައް ނިްމުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ފޮނުވަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާ އެކުއެވެ.
- ށަރުއީ ވަފުދު ފޮނުވަން އެދޭ ސަބަބު؛
- ށަރުއީ ވަފުދުގައި ހިމަނަން އެދޭ ފަނޑިޔާރު ނުވަތަ ފަނޑިޔާރުން، އަދި
- މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު.
- މި ދަތުރަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ ފައިސާގެ އަދަދާއި، އެ ފައިސާ ބަޖެޓުގައި ހުރިކަން ނުވަތަ ނޫންކަން.
7 ވަނަ މާއްދާ - ށަރުއީ ވަފުދަށް ފަނޑިޔާރުން އައްޔަން ކުރުމުގެ އިދާރީ އިންތިޒާމު ހަމަޖެއްސުން
(ހ) ށަރުއީ ވަފުދުގައި ފޮނުވާ ފނޑިޔާރު ނުވަތަ ފަނޑިޔާރުން ވީއްލުމަށް އެދި އެ ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންއެންގުމާއެކު، އެ ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން ށަރުއީ ވަފުދުގެ ބޭނުމަށް ވީއްލައި، ށަރުއީ ވަފުދުގެ މަސައްކަތް ނިމުމުން އެނބުރި ދާއިރާއާ ހަވާލުވުމާގުޅޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މަށްވަރާއާއެކު ހަމަޖައްސާނީ، އެ ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓުގެ އެޑްމިނިސްޓްރޭތަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެވެ. އަދި އެ ފަނޑިޔާރު މަސައްކަތްކުރާ ކޯޓުގެ މައްސަލަތައް އެ މުއްދަތައް އަލުން ތަރުތީބުކުރަންވާނެއެވެ.
(ށ) ށަރުއީ ވަފުދުގައި ފޮނުވޭ ފަނޑިޔާރު ވަފުދުގައި ގޮސް މަސައްކަތްކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތަކާއި، ށަރުއީ ވަފުދުގެ މަސައްކަތް ނިމުމުން އެނބުރި އެ ފަނޑިޔާރަކު އައްޔަނުކުރެވިފައިވާ ކޯޓަށް ދިއުމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ ކަންކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މަށްވަރާއާއެކު ހަމަޖައްސާނީ ށަރުއީ ވަފުދުގައި ގޮސް އެ ފަނޑިޔާރަކު މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެވެ.
8 ވަނަ މާއްދާ - ށަރުއީ ވަ ވަފުދުން މައްސަލަ ބެލުން
(ހ) ށަރުއީ ވަފުދުގައި ފޮނުވޭ ފަނޑިޔާރުން އެ ފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތައް ހަލުވިކަމާއި އަވަސްކަމާއެކު ބަލައި ނިންމުމަށް މަސައްކަތްކުރަންވާނެއެވެ. މިގޮތުން މަސައްކަތްކުރާއިރު އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.
(ށ)
- މައްސަލަ ބަލައި ނިންމުން އަވަސްކުރުމަށް މަސައްކަތްކުރުމުގެ ސަބަބުން މައްސަލައިގެ ހަސްމުންނަށް ލިބިދޭންޖެހޭ ހަމަހަމަ ފުރުޞަތު ނުދެވި ނުވާކަން.
- ށަރުއީ ވަފުދުން މައްސަލަ ބަލައި ކުރިޔަށް ގެންދާނެ ގޮތުގެ މައުލޫމާތާއި، އަޑުއެހުންތައް ބާއްވާނެ ތާރީހާއި، އަޑުއެހުން ބާއްވާނެ އަދަދާއި، މައްސަލަ ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލު ފަދަ މައުލޫމާތު ހަސްމުންނާ ހިއްސާކުރެވިގެން މައްސަލަތައް ކުރިއަށް ގެންދެވޭކަން.
9 ވަނަ މާއްދާ - ށަރުއީ ވަފުދުގައި ހިމެނޭ ފަނޑިޔާރުންގެ މާލީ އިނާޔަތް
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ނަންބަރު JSC/2017/CIR/3 (24 ގެ 2017) ސަރކިއުލަރގައިވާ ގޮތުގެ މަތީން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން، ށަރުއީ ވަފުދުގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް މާލީ އިނާޔަތް ހަމަޖައްސަންވާނެއެވެ.
10 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން
މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެ ކަމެއް ހައްލުކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
11 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
ކިޔުންތެރިންގެ ހިޔާލު