ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ބެލުމަށް ވަގުތީގޮތުން ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-32)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 މޭއި 2026 ގައި)
(މި އުސޫލުގެ 18 ވަނަ މާޢްދާއިން ވަނީ "ށަރުއީ ވަފުދު ފޮނުވުމާ ގުޅޭ އުސޫލު" އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-2 ވަނަ މާއްދާގެ (ރ) ގެ 12 ވަނަ ނަންބަރާއި، އެ ގާނޫނުގެ 40 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ޅ) އާއި، އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާ، ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ބެލުމަށް ވަގުތީގޮތުން ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ބެލުމަށް ވަގުތީގޮތުން ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ވަގުތީގޮތުން މައްސަލަ ބަލަން ހަވާލުކުރުން
(ހ) މި ގަވާއިދުގެ ދަށުން، ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ބެލުމަށް ވަގުތީގޮތުން ފަނޑިޔާރަކާ ހަވާލުކުރެވޭނީ، ވަކި ކޯޓެއްގައި މައްސަލަތައް ގިނަވެ އިތުރު ފަނޑިޔާރުންގެ އެހީތެރިކަން ހޯދައިގެން ނޫނީ އެ މައްސަލަތައް ނިންމަން ދަތިވާ ހާލަތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ކޮމިށަނުގެ ރަސްމީ ޖަލްސާއަކުން ފާސްކުރާ ނިންމުމެއްގެ މައްޗަށް ބިނާވާ ކަމަކަށް ވާންވާނެއެވެ.
3 ވަނަ މާއްދާ - ވަގުތީގޮތުނ އެހެން ކޯޓަކަށް ފޮނުވުމުގައި ރިއާޔަށް ކުރަންޖެހޭ ކަންކަން
މި ގަވާއިދުގެ ދަށުން ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓު ފިޔަވައި، އެހެން ކޯޓެއްގެ މައްސަލަތައް ވަގުތީގޮތުން ހަވާލުކުރެވޭނީ ތިރީގައިވާ ސަބަބުތަކަށްޓަކައެވެ.
(ހ) ވަކި ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގުމާއި ނުނިމިހުރި މައްސަލަތައް އިތުރުވަމުންދިއުން.
(ށ) ވަކި ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ އަވަސްގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އަދަދަށް އެ ކޯޓުގައި ފަނޑިޔާރުން ނެތުން.
(ނ) ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުން އާދަޔާހިލާފަށް ލަސްވެފައިވާ ސަބަބުތަކެއް ހުރުން.
(ރ) މައްސަލަތައް ނިންމޭނީ އިތުރު ފަނޑިޔާރުން އެ ކޯޓެއްގައި ށަރީއަތް ހިންގުމަށް ވަގުތީގޮތުން ހަމަޖައްސައިގެން ކަމުގައިވުން.
(ބ) ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުން އާދަޔާހިލާފަށް ލަސްވަމުންދާތީ އާންމުންގެ ށަކުވާ އިތުރުވަމުންދިއުން.
(ޅ) އެ ކޯޓެއްގެ އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް އެކަމަށް އެދި ކޮމިށަނަށް ހުށަހެޅުން.
(ކ) ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓަށް ހުށަހެޅޭ މައްސަލަތައް އާދަޔާހިލާފަށް މަދުވުން.
4 ވަނަ މާއްދާ - މަރުހަލާ
ވަގުތީގޮތުން އެހެން ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް ފަނޑިޔާރަކާ ހަވާލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއް މަރުހަލާއެއްގެ ކޯޓެއްގެ މައްސަލަތަކެވެ.
5 ވަނަ މާއްދާ - ވަގުތީގޮތުން އެހެން ކޯޓަކަށް ފޮނުވުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން
މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓެއްގައި ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް ހަވާލުކުރާނެ ފަނޑިޔާރުން ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
(ހ) ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓުގައި އެ ފަނޑިޔާރު ހަވާލުކުރެވިފައިވާ މައްސަލަތަކުގެ ބާވަތާއި، އަދަދާއި، އެހެން ކޯޓެއްގެ މައްސަލަތައް އެ ފަނޑިޔާރާ ހަވާލުކޮށްފި ނަމަ، ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓުގެ މަސައްކަތްތަކަށް އޭގެ ސަބަބުން އަސަރުކުރާނެ މިންވަރު.
(ށ) ފަނޑިޔާރު ވަގުތީގޮތުން މަސައްކަތްކުރުމަށް ކަނޑައެޅޭ ކޯޓުގައި ހުރި މައްސަލަތަކުގެ ބާވަތާއި، މައްސަލަތަކުގެ އަދަދާއި އެ މައްސަލަތައް ނިންމޭނެކަމަށް ލަފާކުރެވޭ މުއްދަތާއި އެކަމަށް ބޭނުންވާނެ ވަސީލަތްތައް އެ ކޯޓުގައި ގާއިމުވެފައި ހުރި މިންވަރ
6 ވަނަ މާއްދާ - މުއްދަތު
މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި، އެހެން ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް މި މާއްދާގެ ދަށުން ފަނޑިޔާރަކާ ވަގުތީގޮތުން ހަވާލުކުރެވޭނީ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
7 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން
މި ގަވާއިދުގެ 6 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަނޑިޔާރުގެ ރުހުމާއެކު އެ މުއްދަތު 6 (ހައެއް) މަސްދުވަހަށް ވުރެ ގިނަނުވާނެ ގޮތަކަށް އިތުރުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
8 ވަނަ މާއްދާ - މަސައްކަތް ހިނގަމުންދާގޮތް ރިޕޯޓުކުރުން
ފަނޑިޔާރަކާ މައްސަލަ ހަވާލުކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޭނާއާ ހަވާލުކުރެވިފައިވާ މައްސަލަތަކުގައި ގޮތެއް ކަނޑައެޅިފައިނުވާ ނަމަ، މަސައްކަތް ހަވާލުކުރެވުނު ކޯޓުގެ އިސް ގާޒީއަށް، ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓަށް އެ ފަނޑިޔާރަކު އެކަން ސަބަބާއެކު އަންގަންވާނެއެވެ. އަދި މައްސަލަ ކުރިޔަށްދާ މިންވަރާ ބެހޭގޮތުން މަދުވެގެން ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު ކޯޓުގެ އިސް ގާޒީއަށް ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓަށް އެ ފަނޑިޔާރަކު މައުލޫމާތު ދޭންވާނެއެވެ.
9 ވަނަ މާއްދާ - މައްސަލައިގައި ފިޔަވަޅު އެޅޭ މިންވަރާ ގުޅޭ މައުލޫމާތު ކޮމިށަނާ ހިއްސާކުރުން
މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅޭ މިންވަރާ ބެހޭ މައުލޫމާތު، މަދުވެގެން ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު ޖުޑީށަލް ސަރވިސް ކޮމިށަނަށް، އެ ކޯޓުގެ އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުން ކޮމިށަނަށް ހުށަހަޅާ ލިޔުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) މައްސަލަ ހަވާލުކުރެވުނު ފަނޑިޔާރ،
(ށ) މައްސަލަ ހަވާލުކުރި ތާރީހާއި، މައްސަލައާ ފަނޑިޔާރު ހަވާލުވި ތާރީހު،
(ނ) މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް،
(ރ) މައްސަލަ ގޮސްފައިވާ ހިސާބު.
(ބ) މައްސަލަތައް ނުނިމި ދިގުލައިގެން ދާ ނަމަ، އެ މައްސަލަތައް ނިންމުމަށް ކުރެވުނު މަސައްކަތް.
(ޅ) ގިނަ މައްސަލަތައް ނުނިމިވާ ނަމަ، ނުނިމި ދިގުލައިގެން ދިޔަ ސަބަބުތައް.
10 ވަނަ މާއްދާ - ހަވާލުކުރެވޭ
ވަގުތީގޮތުން މަސައްކަތް ހަވާލުކުރެވޭ ފަނޑިޔާރުގެ މަސައްކަތް އިންތިޒާމުކުރާނީ ތިރީގައިވާ ފަނޑިޔާރު އަމަލުކުރަންވާނެ ގޮތުގެ ގޮތްތަކުންނެވެ:
(ހ) މަސައްކަތާ ހަވާލުވާ ދުވަހުން ފެށިގެން ހަވާލުވާ މައްސަލަތަކުގެ ލޮގުތައް ރަނގަޅަށް ބަލަހައްޓައި ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމުމަށް އިސްކަންދޭންވާނެއެވެ.
(ށ) ވަގުތީގޮތުން ހަވާލުކުރެވުނު ކޯޓުގައި ހުރި މައްސަލަތައް ކަނޑައެޅިފައިވާ ވަގުތަށް ނުނިމި ދިގުލައިގެން ދާ ނަމަ، އެކަމާ ގުޅޭގޮތުން އެ ކޯޓުގެ އިސް ގާޒީއާއެކު ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓާއެކު ކަމާބެހޭ މަށްވަރާތައް ކުރަންވާނެއެވެ.
(ނ) ވަގުތީގޮތުން ހަވާލުކުރެވުނު މައްސަލަތައް ކަނޑައެޅިފައިވާ ވަގުތަށް ނުނިމި ދިގުލައިގެން ގޮސް ބޭނުންވާ ނަތީޖާ ހާސިލުނުވާ ނަމަ އެ ކޯޓުގެ އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް ކޮމިށަނަށް އެކަން އަންގަންވާނެއެވެ.
11 ވަނަ މާއްދާ - މައްސަލަ ބެލުމަށް ހަވާލުކުރެވޭނެ ގޮތްތައް
(ހ) ވަގުތީގޮތުން މައްސަލަ ބެލުމަށް ހަވާލުކުރާނީ، ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓުން ވިއްލުމަށްފަހު ވަގުތީގޮތުން މައްސަލަ ބެލުމަށް ހަވާލުކުރި ކޯޓުގައި މަސައްކަތްކުރާ ގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދެ ކޯޓުގެ މަސައްކަތުގެ ހާލަތަށް ރިއާޔަތްކޮށް ދެ ކޯޓުގައި އެކުއެކީގައި މައްސަލަތައް ކުރިޔަށް ގެންދިއުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް ފަނޑިޔާރަކާ މައްސަލަ ބެލުމަށް ހަވާލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - މަސައްކަތް ދޫކޮށްލުން
ވަގުތީގޮތުން އެހެން ކޯޓެއްގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށްފަހު ފަނޑިޔާރު އެ މައްސަލަތަކާ ހަވާލުވި މުއްދަތު ނިމުމުން، އެ މައްސަލަތައް ދޫކޮށްލުމުގެ ކުރިން ތިރީގައިވާ މަސައްކަތްތައް ނިންމަންވާނެއެވެ.
(ހ) އެ ފަނޑިޔާރު ހުކުންކޮށްފައިވާ ގަޒިއްޔާތަކުގެ ރިޕޯޓުތައް ނިންމައި ސޮއިކުރުން.
(ށ) އިދާރީ ގޮތުން ނިންމަންޖެހޭ އެންމެހައި ކަންކަން ނިންމުމަށްފަހު، އިސް ގާޒީއާ، ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓާ ހަވާލުކުރުން.
(ނ) އެއް ފަނޑިޔާރަކު ހުންނަ ކޯޓެއް ނަމަ، އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ ގަޒިއްޔާތަކުގެ ތެރެއިން އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް ނުވަތަ ކޮންމެހެން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތައް ނިންމައި، އެ ގަޒިއްޔާތަކުގެ ރިޕޯޓު ލިޔެ ސޮއިކުރުން.
13 ވަނަ މާއްދާ - އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަގުތީ ގޮތުން އެހެން ކޯޓެއްގެ މައްސަލަ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަނޑިޔާރުން، އެ ކޯޓުގައި މަސައްކަތް ކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
14 ވަނަ މާއްދާ - ށަރުއީ ވަފުދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 1-21 ވަނަ މާއްދާގެ (ރ) ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުއީ ވަފުދު އެކުލަވައިލުމުގައި، އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
15 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް މެދުވެރިވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ، އެ ކަމާމެދު ގޮތެއް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
16 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ބޭނުމަށް "ފަނޑިޔާރު" މާނަކޮށްފައިވާނީ، އިސް ގާޒީންނަށާއި، ގާޒީންނަށާއި، ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށާއި، އިސް މެޖިސްޓްރޭޓުންނަށާއި، މެޖިސްޓްރޭޓުންނަށެވެ.
17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
18 ވަނަ މާއްދާ - އުވައިލެވޭ އުސޫލު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ށަރުއީ ވަފުދު ފޮނުވުމާ ގުޅޭ އުސޫލު" އުވުނީއެވެ.
މައި ގާނޫނު
- ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
- ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
އުވުނު އުސޫލު
ށަރުއީ ވަފުދު ފޮނުވުމާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2020-02)
ކިޔުންތެރިންގެ ހިޔާލު