-

ށަރުއީ ދާއިރާގެ މާލީ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2026-01)

(މި އުސޫލަށް އަމަލުކުރަން ފެށީ 21 ޖަނަވަރީ 2026 ގައި)

 


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 4 ވަނަ ބާބަށާއި، ގަވާއިދުގެ 1.02 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ށަރުއީ ދާއިރާއަށް ކަނޑައަޅާ ފައިސާ ދޫކުރުމާއި، ށަރުއީ ދާއިރާގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ހާއްސަ މިންގަނޑު ކަނޑައެޅުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ "ށަރުއީ ދާއިރާގެ މާލީ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

(ނ) މި އުސޫލުގެ ދަށުން ށަރުއީ ދާއިރާއަށް ދޫކުރާ ފައިސާއަށް ކިޔާނީ "ޖުޑީށަރީ ސެކްޓޯރަލް ގްރާންޓް" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

އުސޫލުގެ މަގްސަދަކީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ށަރުއީ ދާއިރާއަށް އެކަށައަޅައިފައިވާ ފައިސާ ދޫކުރުމުގެ އިޖުރާއަތުތަކާއި، ށަރުއީ ދާއިރާގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި، ބަޖެޓުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމާއި ށަރުއީ ދާއިރާގެ މާލީ މުއާމަލާތުތަކާއި ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގްރާންޓުގެ ތަފުސީލު

(ހ) ދައުލަތުގެ ބަޖެޓުން ށަރުއީ ދާއިރާއަށް ޖުޑީށަރީ ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ފައިސާ ދޫކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ސަރުކާރުން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓް ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް، ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ %2 (ދޭއް އިންސައްތަ) އަށް ވުރެ މަދުނޫން އަދަދެއްގެ ފައިސާ، ކޮންމެ މީލާދީ އަހަރެއް ފެށުމާއެކު، ށަރުއީ ދާއިރާއަށް ކަނޑައަޅަންވާނެއެވެ.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފައިސާގެ މިންވަރު ހިސާބުކުރުމުގައި، ދައުލަތަށް އެ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ބަލާ މިންވަރުގެ ތެރޭގައި ވަކިކަމަކަށް ކަނޑައެޅިފައިވާ އާމްދަނީއާއި އެ އަހަރު އާމްދަނީ އިތުރުކުރަން ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއެއް ނުހިމެނޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރާ ފައިސާ ޖަމާކޮށް ހަރަދުކުރަމުން ގެންދަންވާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވައިގެން ބަލަހައްޓަމުންގެންދާ އެކަމަށް ހާއްސަ އެކައުންޓް މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - އެކައުންޓް ހުޅުވުން

(ހ) ދައުލަތުގެ ބަޖެޓުން ށަރުއީ ދާއިރާއަށް ދޭ ގްރާންޓް ޖަމާކޮށް ބެލެހެއްޓުމަށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.10 ވަނަ މާއްދާގެ ދަށުން، މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ވަކި އެކައުންޓެއް ހުޅުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުން ކުރާ ހުރިހާ މުއާމަލާތެއް ވެސް ކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށެވެ.

 

5 ވަނަ މާއްދާ - އެކައުންޓަށް ޖަމާކުރެވޭ ފައިސާ

މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވާ އެކައުންޓަށް ފައިސާ ޖަމާކުރެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ:

(ހ) ޖުޑީށަރީ ސެކްޓޯރަލް ގްރާންޓް ފައިސާ.

(ށ) ށަރުއީ ދާއިރާއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ.

(ނ) ކޯޓުތަކަށް ޑިޕޮޒިޓްގެ ގޮތުގައި ލިބޭ ފައިސާ.

(ރ) ށަރުއީ ދާއިރާއަށް ދޫކުރާ ނުވަތަ ލިބޭ އެހެނިހެން ގްރާންޓްތަކާއި ފަންޑުތަކާއި ފައިސާ.

 

6 ވަނަ މާއްދާ - ށަރުއީ ދާއިރާއަށް ލިބޭ އާމްދަނީ

(ހ) ށަރުއީ ދާއިރާއަށް ނިސްބަތްވާ ދައުލަތުގެ އޮފީހަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީތަކަކީ އެ އޮފީހަކަށް ލިބޭ އާމްދަނީއެވެ.

(ށ) ށަރުއީ ދާއިރާއަށް ނިސްބަތްވާ އިދާރާތަކާއި ކޯޓުތަކަށް، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ލިބޭ ހިލޭ އެހީގެ ފައިސާއަކީ ށަރުއީ ދާއިރާއަށް ލިބޭ އާމްދަނީއެވެ.

 

7 ވަނަ މާއްދާ - އަންދާޒާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުން

(ހ) ށަރުއީ ދާއިރާގެ މެދުރާސްތާގެ ސިޔާސަތުތައް އެކުލަވައިލައި، ށަރުއީ ދާއިރާއަށް ދޫކުރާ ފައިސާއިން އެ ދާއިރާއިން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދުތައް ހަމަޖެއްސުމަށް ސަމާލުކަން ދޭންވާނެއެވެ.

(ށ) ށަރުއީ ދާއިރާގެ ކޮންސޮލިޑޭޓެޑް ބަޖެޓު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ތައްޔާރުކޮށް ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ކޮންސޮލިޑޭޓެޑް ބަޖެޓުގައި މެދުރާސްތާގައި ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ތަފްސީލް ހިމަނަންވާނެއެވެ.

(ރ) ށަރުއީ ދާއިރާއިން ހިންގާ މަށްރޫއުތަކަށް ފައިނޭންސް ހަމަޖެއްސުމާއި ށަރުއީ ދާއިރާގެ ހަރަދުތައް ކުރުމުގައި، އެކުލަވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ޒިންމާވާނީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއެވެ. އަދި މިގޮތަށް އެކުލަވައިލާ ސިޔާސަތުތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމުގައި ޒިންމާވާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މާލީ ޒިންމާދާރު ވެރިޔާއެވެ.

(ބ) ބަޖެޓު ޑެފިސިޓްވާނެކަމަށް އަންދާޒާކުރެވޭ ނަމަ، މިނިސްޓްރީއަށް ހުށަހަޅާ އަންދާޒާ ބަޖެޓުގައި ބަޖެޓު ފައިނޭންސިންގ ޕްލޭން ހިމަނަންވާނެއެވެ.

(ޅ) ޑެފިސިޓް ބަޖެޓެއް ހިންގާ ނަމަ، އެ އަހަރަކަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ށަރުއީ ދާއިރާގެ ބެންކު އެކައުންޓުތަކުގެ ބެލަންސަށް ވުރެ، ހުށަހަޅާ ބަޖެޓު އިތުރުވެގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ބަޖެޓުގައި ހިމެނޭ ފަންޑުތަކުގެ ހުލާސާއާއި ބަޖެޓުކުރާނެ ގޮތް

(ހ) ށަރުއީ ދާއިރާއިން ކޮންމެ އަހަރަކު ވެސް ތައްޔާރުކުރަންވާނީ މެދުރާސްތާގެ ބަޖެޓެކެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަންޑުތަކުގެ އާމްދަނީއާއި ހަރަދާއި ފައިނޭންސިންގ ވަކިން އެނގެން އޮންނަ ގޮތަށް ޖުމުލަ ބަޖެޓުގައި ހިމަނަންވާނެއެވެ.

  1. ޖުޑީށަރީ ސެކްޓޯރަލް ގްރާންޓް
  2. ހިލޭ އެހީގެ އެހެނިހެން ފަންޑުތައް؛
  3. ޓްރަސްޓް ފަންޑް؛
  4. ކޮންޑިށަނަލް ގްރާންޓް.


9 ވަނަ މާއްދާ - ށަރުއީ ދާއިރާގެ ބަޖެޓު ފާސްކުރުން

ޖުޑީށަރީ ސެކްޓޯރަލް ގްރާންޓް ހިމަނައިގެން ށަރުއީ ދާއިރާއަށް ލިބޭ އާމްދަނީއާއި ލިބޭ އެހީއަށް ބަލައިގެން ކުރިޔަށް އޮތް މާލީ އަހަރުގެ ބަޖެޓު ހިނގާ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ފާސްކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ފާސްނުކުރެވިއްޖެ ނަމަ ފާއިތުވި އަހަރަށް ފާސްކުރި ބަޖެޓުގެ ރިކަރެންޓް ހަރަދުތަކަށް ވުރެ އިތުރުނުވާ ގޮތަށް ކުރިޔަށް އޮތް އަހަރުގެ ރިކަރެންޓް ހަރަދުތައް ކުރުމުގެ އިހުތިޔާރު ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ސަޕްލިމެންޓްރީ ބަޖެޓް

(ހ) ހިނގަމުންދާ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަމަކަށް ކުއްލިގޮތަކަށް ހަރަދުކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކަމަކަށް ހަރަދުކުރުމުގެ ކުރިން އެފަދަ ހަރަދެއް ކުރަންޖެހޭ ސަބަބާއި، އެ ހަރަދެއް ކުރުމަށް ބަޖެޓަށް ގެންނަން ފެންނަ ބަދަލު ހިމަނައި ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށް، ފާސްކުރި ބަޖެޓުގެ ތަފުސީލު މިނިސްޓްރީއަށް ފޮނުވައި އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކުރުމުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އަހަރީ ބަޖެޓުގައި ހުންނަންޖެހޭ މައުލޫމާތު

އަހަރީ ބަޖެޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ޖުމުލަ ބަޖެޓު: ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު (ޖީއެލް ކޯޑުގެ ތަފުސީލު ހިމެނޭ ގޮތަށް)

(ށ) ޖުމުލަ އާމްދަނީއާއި ހިލޭ އެހީ (ޖީއެލް ކޯޑުގެ ތަފުސީލު ހިމެނޭ ގޮތަށް)

(ނ) މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު

(ރ) ޕްރޮގްރާމް ފޯމު

(ބ) ހިންގާ އުމްރާނީ ތަރައްގީގެ ހުރިހާ މަށްރޫއުތަކުގެ ހަރަދު

(ޅ) މަރާމާތުކުރުމާއި ހަރުމުދާ ހޯދުމުގެ ޕްލޭން 

(ކ) ފައިނޭންސިންގ ޕްލޭން.

 

12 ވަނަ މާއްދާ - ކޮންޑިށަނަލް ގްރާންޓް

(ހ) ޕީއެސްއައިޕީ މަށްރޫއު ހިންގުމަށާއި ށަރުއީ ދާއިރާއިން ކުރިޔަށްގެންދާ އެހެނިހެން ކަންކަން ކުރުމަށް ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

(ށ) ޕީއެސްއައިޕީ މަށްރޫއު ހިންގުމަށް ކޮންޑިށަނަލް ގްރާންޓެއް ދިނުމުގެ ކުރިން ޕީއެސްއައިޕީ މަށްރޫއު ހިންގުމާ ހަވާލުވެހުރި ދައުލަތުގެ އޮފީހާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި އެންމެ މަދުވެގެން ވެސް ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެއްބަސްވުމުގެ ތައާރުފު؛
  2. އެއްބަސްވުމުގެ މުއްދަތު؛
  3. މަށްރޫއުގެ ތަފުސީލް؛
  4. މަށްރޫއުގެ ބަޖެޓު؛
  5. ފައިސާ ހަރަދުކުރުމުގައްޔާއި ހިސާބުކިތާބު ބެލެހެއްޓުމުގައި ގެންގުޅެންވާނެ އުސޫލު؛
  6. މަށްރޫއު ހިންގުމަށް ދައުލަތުގެ އޮފީހުން ތައްޔާރުކޮށްފައިވާ އެންމެހައި ޕްލޭންތަކާއި ލިޔެކިޔުންތައް؛
  7. ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަސްއޫލިއްޔަތުތައް؛
  8. މަށްރޫއު ހިންގުމާ ހަވާލުވެހުރި ދައުލަތުގެ އޮފީހުގެ މަސްއޫލިއްޔަތުތައް؛
  9. މަށްރޫއަށް ފައިސާ ދޫކުރުމުގައި އެއްބަސްވެފައިވާ ށެޑިއުލް.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މަށްރޫއު ހިންގުމާ ހަވާލުވެހުރި ދައުލަތުގެ އޮފީހަށް ލިބޭ މައުލޫމާތު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި އޮފީހަކުން ރިކޯޑުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ށަރުއީ ދާއިރާއަށް ލިބޭ މާލީ އެހީ

(ހ) ދައުލަތުން ފިޔަވައި ށަރުއީ ދާއިރާއަށް މާލީ އެހީއެއް ލިބިއްޖެ ނަމަ، އެ މާލީ އެހީއާ ގުޅިގެން ތިރީގައިވާ މައުލޫމާތު، މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

  1. މާލީ އެހީ ދިން ފަރާތް؛
  2. ލިބުނު މާލީ އެހީގެ މިންވަރު؛
  3. މާލީ އެހީ ދިން ސަބަބު؛
  4. ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ށެޑިއުލް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބޭ މައުލޫމާތު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރިކޯޑުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދުތައް ހިފެހެއްޓުން

(ހ) ށަރުއީ ދާއިރާގެ އެ އަހަރެއްގެ ހުރިހާ ހަރަދެއް ހަމަޖައްސަންވާނީ، އެ އަހަރަކަށް ފާސްކުރާ ށަރުއީ ދާއިރާގެ ބަޖެޓުގެ ތެރެއިންނެވެ.

(ށ) ށަރުއީ ދާއިރާއިން އެ އަހަރެއްގެ ތެރޭގައި ކުރާ ހަރަދުތަކުގެ ބިލުތައް، އެ އަހަރެއްގެ ބަޖެޓުގެ ތެރޭގައި ރިކޯޑުކުރަންވާނެއެވެ.

(ނ) ށަރުއީ ދާއިރާއިން އެ އަހަރެއްގައި ތެރޭގައި ކުރާ ހަރަދަށް އެ އަހަރެއްގައި ފައިސާ ދެއްކުމަށް މަސައްކަތްކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ށަރުއީ ދާއިރާއިން ހަރަދުކުރުމުގައި ގެންގުޅެންޖެހޭ އާންމު މިންގަނޑު

(ހ) ށަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން އެކުލަވައިލާ މުސާރައިގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނާއި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ ތައާރުޒުނުވާ ގޮތެއްގެ މަތީންނެވެ.

(ށ) ށަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދު އެ އަހަރެއްގެ ށަރުއީ ދާއިރާގެ ބަޖެޓުގެ ތެރެއިން ހަމަޖައްސަންވާނެއެވެ. މިގޮތުން، ށަރުއީ ދާއިރާގެ އޮނިގަނޑުގައިވާ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދު ހަމަޖައްސަންވާނީ، މި އުސޫލުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ އަހަރަކަށް ފާސްކުރާ ށަރުއީ ދާއިރާގެ ބަޖެޓުގެ ތެރެއިންނެވެ.

(ނ) ށަރުއީ ދާއިރާއިން އައު މަގާމަކަށް މުވައްޒަފުން ހޯދަންވާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން، ނޭށަނަލް ޕޭ ކޮމިށަނުން އެކުލަވައިލާ، މުސާރައިގެ އޮނިގަނޑާ ހިލާފުނުވާ ގޮތުގެ މަތީން، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ނިންމާ ގޮތެއްގެ މަތީން، މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ރ) ށަރުއީ ދާއިރާގެ ބަޖެޓުން ހަރަދުކުރުމަށް ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރަށް އެއްވެސް ހަރަދެއް ކުރަންވާނީ ވަޒީފާގައި ތިބި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، މަހުންމަހަށް ހިނގާ ހަރަދުތައް (ކުލި، ކަރަންޓު، ފެން، ސެކިއުރިޓީ ފަދަ) ކަންތައްތައް ހަމަޖެއްސޭނެކަން ކަށަވަރުކުރުމަށްފަހުގައެވެ.

(ބ) ށަރުއީ ދާއިރާގެ ބަޖެޓުން ހަރަދުކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ޅ) ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.

(ކ) ށަރުއީ ދާއިރާއިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދޭ ހިލާފަކާ ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ފައިސާ ދޭންޖެހޭ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ އިޖުރާތުތަކާއި، އެއްބަސްވުންތައް ތަންފީޒުކުރުމުގައި، އަމަލުކުރެވޭ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(އ) ށަރުއީ ދާއިރާއިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ދިމާވާ މައްސަލައަކާ ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ފައިސާ ދޭން ޖެހިއްޖެ ހާލަތެއްގައި، އެ ފައިސާ ހަރަދުކުރަންވާނީ ށަރުއީ ދާއިރާގެ ބަޖެޓުގެ ތެރެއިންނެވެ. އަދި މި ފައިސާ ދޫކުރަންވާނީ، ށަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނިހާއީވުމުންނެވެ.

 

16 ވަނަ މާއްދާ - ޖުޑީށަރީ ސެކްޓޯރަލް ގްރާންޓް އިތުރުކޮށްދިނުން

(ހ) ށަރުއީ ދާއިރާއިން އެދިއްޖެ ހާލަތެއްގައި، ދައުލަތުގެ ބަޖެޓުން އެ އަހަރަކަށް ދޫކުރުމަށް ފާސްކޮށްފައިވާ ޖުޑީށަރީ ސެކްޓޯރަލް ގްރާންޓުގެ މިންވަރަށް ވުރެ އިތުރަށް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޫކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރުކުރެވޭ ފައިސާގެ މިންވަރާއި އިތުރުކޮށްދެވުނު ސަބަބު މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިތުރުކުރެވޭ ފައިސާގެ މިންވަރު ބަޖެޓުގައި ރިކޯޑުކުރަންވާނެއެވެެ.

 

17 ވަނަ މާއްދާ - މާލީ ހިސާބު ތައްޔާރުކުރުން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މާލީ ހިސާބުތައް ތައްޔާރުކޮށް މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މާލީ ޒިންމާދާރު ވެރިޔ،ާ މިނިސްޓްރީއަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) ފާއިތުވެދިޔަ މަހު ކުރި ހަރަދުތަކުގެ ތަފުސީލު، ހިނގަމުންދާ މަސް ނިމުމުގެ ކުރިން، މާލީ ޒިންމާދާރު ވެރިޔާ އާންމުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި، އެންމެ މަދުވެގެން ވެސ،ް އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މުވައްޒަފުންގެ މުސާރައާއި، އިތުރުގަޑީގެ ހަރަދާއި، އެހެނިހެން އެލަވަންސްތަކުގެ ޖުމުލަ ހަރަދު ވަކިން އެނގެން އޮންނަ ގޮތަށް؛
  2. ދަތުރު ހަރަދާއި ދަތުރުތަކުގެ ތަފުސީލު (ކޮންމެ ދަތުރެއް ވަކިން އެނގެން އޮންނަގޮތަށް)؛
  3. އެހެނިހެން ހަރަދ.ު

(ށ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކޮންމެ ތިންމަހުން އެއްފަހަރު މިނިސްޓްރީން އާންމުކުރަން ވާނެއެވެ.

  1. ހިލޭ އެހީގެ ފައިސާ ދޫކުރި ގޮތުގެ ތަފުސީލު؛
  2. ހަރަދުގެ ތަފުސީލު.

(ނ) މި ގަވާއިދުގެ ބޭނުމަށް، ށަރުއީ ދާއިރާއިން މައުލޫމާތު އާންމުކުރިކަމަށް ބެލެވޭނީ، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންނާނެ އަދި ކިޔޭނެ ފަދަ ވަސީލަތެއް ބޭނުންކޮށްގެން އެ މައުލޫމާތު ހާމަކޮށްފައިވާނަމައެވެ.

 

19 ވަނަ މާއްދާ - ށަރުއީ ދާއިރާގެ ބަޖެޓު ތަންފީޒު ކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ށަރުއީ ދާއިރާއަށް ޖުޑީށަރީ ސެކްޓޯރަލް ގްރާންޓު ގެ ފައިސާ ދޭނީ، ދައުލަތުގެ ކޭށްފްލޯއަށް ބަލައި، މަހުން މަހަށް ނުވަތަ ތިންމަހުން އެއްފަހަރުއެވެ.

(ށ) ކޮންމެ މަހެއްގެ ހަރަދު ރިޕޯޓާއި، ބެންކު އެކައުންޓާ ރިކޮންސައިލްކޮށްފައިވާ ހަރަދު ރިޕޯޓާއި، ބޭންކް ރިކޮންސިލިއޭށަން ސްޓޭޓްމެންޓް، ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ
ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - މާލީ ކަންކަން ބަލަހައްޓާ ވެރީންގެ މަސްއޫލިއްޔަތުތައް

(ހ) ށަރުއީ ދާއިރާގެ މާލީ ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަކީ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ ލަފަޔާއި މަށްވަރާގެ މަތީން، މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާއެކެވެ.

(ށ) ށަރުއީ ދާއިރާގެ ބަޖެޓު އެކުލަވައިލުމުގައި ށަރުއީ ދާއިރާ ހިންގުމަށް އެކަށޭނަ ބަޖެޓެއް ކަނޑައެޅުމަކީ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ ލަފަޔާއި މަށްވަރާގެ މަތީން، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެކެވެ.

(ނ) ބަޖެޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީހަށް މިނިސްޓްރީއަށް ފޮނުވުމަކީ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެކެވެ.

(ރ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ށަރުއީ ދާއިރާގެ ބަޖެޓު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސްފަރާތަކީ، މާލީ ޒިންމާދާރު ވެރިޔާއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ދައުލަތުގެ އިދާރާތަކުގެ މާލީ ޒިންމާދާރު ވެރީންގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް، މި އުސޫލު ތަންފީޒުކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މާލީ ޒިންމާދާރު ވެރިޔާ އަދާކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - އުސޫލު ހެދުން 

މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ބަލަހައްޓާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. އަދި މި އުސޫލާ ހިލާފުނުވާ ގޮތުގެ މަތީން ށަރުއީ ދާއިރާގެ ބަޖެޓާއި ފައިސާ ހަރަދުކުރުމާ ގުޅޭގޮތުން ށަރުއީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކަށް ދޭންޖެހޭ އިރުށާދުތަކާއި އެންގުންތައް އަންގައި އުސޫލުތައް ހެދުމުގެ ބާރު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - އިސްކަންދިނުން

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ށަރުއީ ދާއިރާއަށް ކަނޑައަޅާ ފައިސާ ދޫކުރުމާއި، ށަރުއީ ދާއިރާގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނީ މި އުސޫލަށެވެ. މި އުސޫލުގައި ވަކިގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާނުވާ ކަންކަމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 20023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ހިމަނައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ށަރުއީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކާއި، "ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން" އާއި، ޑިޕާޓްމަންޓުގެ ދަށުން ހިންގަމުންދާ އެންމެހައި އިދާރާތަކަށެވެ.

(ށ) "ކޮންޑިށަނަލް ގްރާންޓް" ކަމަށް ބުނެފައި އެ ވަނީ، ވަކި ހާއްސަ ހާލަތްތަކެއްގައި ށަރުތުތަކަކާއެކު ދައުލަތުން ޖުޑީށަރީއަށް ދޭ ހިލޭ އެހީއަށެވެ.

(ނ) "މެދުރާސްތާ" ކަމަށް ބުނެފައި އެ ވަނީ، ވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ރ) "މުވައްޒަފުން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (އ) ގައި "ދައުލަތުގެ މުވައްޒަފުން" މާނަކޮށްފައިވާ ގޮތާ އެއްގޮތަށެވެ.

(ބ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެންނަ އިސްލާހުތަކަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ކ) "ޕީ.އެސ.ްއައ.ިޕީ" ކަމަށް ބުނެފައި އެ ވަނީ، " ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް" އަށެވެ.

 

24 ވަނަ މާއްދާ - އަމަލުކުރުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު