އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (އުސޫލު ނަންބަރު 2022-08) އަށް 3 ވަނަ އިސްލާހު ގެނައުމުގެ އުސޫލު
(އުސޫލު ނަންބަރު 2025-27)
(މި އުސޫލަށް އަމަލުކުރަން ފެށީ 22 އޮކްޓޫބަރު 2025 ގައި)
އުސޫލު ނަންބަރު 2022-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓް އެގްރީމަންޓެއްގެ ދަށުން ދެއްކުމަށް އެއްބަސްވާ ނަމަ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމުން ނުވަތަ ފްރީޒްކޮށްފައިވާ އެކައުންޓުން ކޮމިޓްމަންޓް ޕޭމަންޓުގެ ފައިސާ ނެގުމަށްފަހު، އިންސްޓޯލްމަންޓް ދިނުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2-9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
9-2 ޓެކްސް ދައްކާ ފަރާތާއެކު ވެވޭ އިންސްޓޯލްމަންޓް އެގްރިމަންޓާ އެއްގޮތަށް އަމަލު ނުކުރުމުން އެގްރީމަންޓް އުވައިލައިފި ނަމަ، ކުރިން އިންސްޓޯލްމަންޓް ދީފައިވާ އަދަދެއް ހިމެނޭގޮތުން އެ ޓެކްސް އެކައުންޓަކާ ގުޅޭގޮތުން ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލުމުގެ ފުރުސަތު ދެވޭނީ، ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި މި އުސޫލުގެ ޖަދުވަލުން އެ ފަރާތަކަށް ރައްދުވާ، އެ ފަރާތުން ދައްކަންޖެހޭނެކަމަށް ކަނޑައަޅާ ކޮމިޓްމަންޓް ޕޭމަންޓުގެ އިންސައްތައިގެ އިތުރުން އިތުރު 5% (ފަހެއް އިންސައްތަ) ކޮމިޓްމަންޓުގެ ގޮތުގައި ދެއްކުމުންނެވެ. އަދި އެއްބަސްވުން ތަކުރާރުވާ ކޮންމެ ފަހަރަކު މި އަދަދު މި ނިސްބަތުން އިތުރުވާނެއެވެ. މިސާލަކަށް ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން %25 (ފަންސަވީސް އިންސައްތަ) ދައްކަންޖެހޭ ނަމަ، އިންސްޓޯލްމަންޓް އެއްބަސްވުން އުވައިލެވި، އަލުން އައު އެއްބަސްވުމަކަށް އާދެވޭނީ %30 (ތިރީސް އިންސައްތަ) ކޮމިޓްމަންޓުގެ ގޮތުގައި ދެއްކުމުންނެވެ. ދެވަނަ ފަހަރަށް އެގްރިމަންޓް އުވައިލައި އައު އެއްބަސްވުމަކަށް އާދެވޭނީ، %35 (ތިރީސް ފަހެއް) އިންސައްތަ ކޮމިޓްމަންޓުގެ ގޮތުގައި ދެއްކުމުންނެވެ. އެއްބަސްވުން ތަކުރާރުވާ ކޮންމެ ފަހަރަކު މި އަދަދު މި ނިސްބަތުން އިތުރުވާނެއެވެ.
3 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި އުސޫލު
އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (އުސޫލު ނަންބަރު 2022-08)
ކޮންސޮލިޑޭޓެޑް އުސޫލު
އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-08)
ކިޔުންތެރިންގެ ހިޔާލު