gaanoon_logo
-

އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (އުސޫލު ނަންބަރު 2022-08) އަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-09)

(މި އުސޫލަށް އަމަލުކުރަން ފެށީ 25 މާރިޗު 2025 ގައި)

 

އުސޫލު ނަންބަރު 2022-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކަން އެދޭ ފަރާތްތައް 3.

(ހ) ބަހައިލައިގެން  އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަސް އެދޭ ފަރާޓްތަކުން އެއް ވަގުތެއްގައި އެއް ބާވަތެއްގެ ޓެކުހާ ގުޅޭގޮތުން (އެއް ޓެކްސް އެކައުންޓަކަށް) ދެވޭނީ އެއް  އިންސްޓޯލްމަންޓެވެ. އެހެންނަމަވެސް  އިންސްޓޯލްމަންޓް އެގްރީމަންޓާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއް ނަމަ، ވަގުތާ ހާލަތަށް ބަލައި، އެއް އިންސްޓޯލްމަންޓަށްވުރެ އިތުރަށް  އިންސްޓޯލްމަންޓް ދިނުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން. 

ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ ށަރުތުތައް 4.

(5) (އުނިކޮށްފައި)

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެދި ހުށަހެޅުން 5. 

(ހ) ފައިސާ ނުދައްކާ ހުރި ފަރާޓަކުން ދަައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭނަމަ، "އިންސްޓޯލްމަންޓަށް އެދުން" (MIRA 905) ފޯމު ފުރިހަމަކުރުމަށްފަހުު މީރާގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުން 6.

(ށ) ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނީ، އެ ފުރުސަތު ދެވިދާނެކަމަށް އެ ފަރާތަކަށް އަންގައި، މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް، އެ ފައިސާ ދެއްކުމަށް މީރާއިން އަންގާ މުއްދަތެއްގެ ތެރޭގައި ދެއްކުމުންނެވެ. މިގޮތުން އެފައިސާ ދެއްކުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 (ދިހައެއް) ދުވަހެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންސްޓޯލްމަންޓުގެ އެއްބަސްވުން ބާތިލުވާ ހާލަތުތައް 8.

އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ންސްޓޯލްމަންޓުގެ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ފަހުން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި ދައްކައިފައި ނުވާނަމަ، ނުވަތަ ންސްޓޯލްމަންޓުގެ އެއްބަސްވުމުގެ ބޭރުން އެ ޓެކްސް އެކައުންޓަކާ ގުލޭގޮތުން ފުރިހަމަކުރަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އިލްތިޒާމުތައް ކަނޑައެޅިފައިވާ ސުންގަޑިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށްފައި ނުވާނަމަ، ންސްޓޯލްމަންޓުގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މަގުބޫލު އުޒުރެއް ކަމަށް ބަލާނީ އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެފައިވާނަމައެވެ. 

(ހ) އެކްސިޑެންޓެއް ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވުން؛

(ށ) އެ ކަމެއް ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއްވުން؛

(ނ) ޓެކްސް ދައްކަ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭ އެ ނޫން ވެސް ކަމެއް ކުރިމަތިވުން. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ތަހުގީގެއް ކުރުމަށްފަހު ދައްކަންޖެހޭ ކަމަށް ކަނޑައަޅާ އަދަދު ބަހައިލައިގެން ދެއްކުން 1-9.

ޓެކްސް ދައްކާ ފަރާތެއްގެ ތަހުގީގެއް މީރާއިން ހިންގުމަށްފަހު، އެ މުއްދަތަކާ ގުޅޭގޮތުން ދައްކަންޖެހޭ އަދަދެއް ކަނޑައަޅާ ހާލަތުގައި އެ ފައިސާ ބަހަައިލައިގެން ދެއްކުމުގެ ފުރުސަތު ދެވޭނީ، އެ ފަރާތަކަށް ރައްދުވާ މި އުސޫލުގެ ދަުވަލުގެ ދަށުން އެ ފަރާތަކުން ދައްކަންޖެހޭނެ ކޮމިޓްމަންޓް ޕޭމަންޓުގެ ދެ ގުނަ، ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި ދެއްކުމުންނެވެ. އަދި އެއްބަސްވުމުގެ މުއްދަތު ގޮތުގައި ދެވޭނީ އެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތަށް ލިބޭނެ މުއްދަތުގެ ދެބައިކުޅަ އެއްބައެވެ. 

 

ތަކުރާރުކޮށް އިންޓޯލްމަންޓް ދިނުން 2-9.

ޓެކްސް ދައްކާ ފަރާތާއެކު ވެވޭ އިންޓޯލްމަންޓް އެގްރީމަންޓާ އެއްގޮތަށް އަމަލު ނުކުރުމުން އެގްރީމަންޓް އުވައިލައިފި ނަމަ، ކުރިން އިންޓޯލްމަންޓް ދީފައިވާ އަދަދެއް ހިމެނޭގޮތުން އެ ޓެކްސް އެކައުންޓަކާ ގުޅޭގޮތުން ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލުމުގެ ފުރުސަތު ދެވޭނީ، ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި މި އުސޫލުގެ އެ ފަރާތަކަށް ރައްދުވާ ޖަދުވަލުން އެ ފަރާތުން ދައްކަންޖެހޭނެކަމަށް ކަނޑައަޅާ ކޮމިޓްމަންޓް ޕޭމަންޓުގެ އިންސައިތައިގެ އިތުރުން، އެ އަދަދުގެ %50 (ފަންސާސް އިންސައްތަ) ދެއްކުމުންނެވެ. އަދި، އެއްބަސްވުން ތަކުރާރުވާ ކޮންމެ ފަހަރަކު މި އަދަދު، މި ނިސްބަތުން އިތުރުވާނެއެވެ. 

 

7 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި އުސޫލު

އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (އުސޫލު ނަންބަރު 2022-08)

 

ކޮންސޮލިޑޭޓެޑް އުސޫލު

އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު