-

ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-09) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-32)

(މި އުސޫލަށް އަމަލުކުރަން ފެށީ 20 އޮކްޓޫބަރު 2024 ގައި)

 

އުސޫލު ނަންބަރު 2022-09 (ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުނ.ް

(ހ) މީރާއަށް ޓެކްސް ދައްކަންޖެހި ނުދައްކައިވާ ފަރާތެއްގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓޭނީ، އެ ފަރާތަކަށް ދޭންޖެހޭ ނޯޓިސްތައް ފޮނުވައިފައިވުމާއެކު، އަންނަނިވި ކަންތައްތައް ފުރިހަމަވާނަމައެވެ.

  1. އެ ފައިސާއަކީ ޖޫރިމަނާއާއި އިންޓްރެސްޓާ ނުލައި މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ މަތީ އަދަދެއް ކަމުގައި ވުން؛
  2. އެ ފައިސާއާ ގުޅޭގޮތުން، މީރާގެ އުސޫލު ނަންބަރު 2022-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) ގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުން؛
  3. ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ %100 (ސައްތަ އިންސައްތަ) ހިއްސާ ނުވަތަ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ނުލިބުމާ ގުޅިގެން ނުދެއްކިވާ ފައިސާއެއް ކަމުގައި ނުވުން؛
  4. ނުދައްކައިވާ ފައިސާއާ އަޅައިކެނޑޭނެ އެއްވެސް އިތުރު ފައިސާއެއް މީރާގެ ރިކޯޑުގައި ނެތުން (އެ ފަރާތެއްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފަރކުރުމަށް އެދިފައި ނުވުން ނުވަތަ ތިންވަނަ ފަރާތަކުން އިތުރަށް ދައްކައިފައިވާ ފައިސާއަކުން ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހިފައިވާ ޓެކުހާ އަޅައިކެނޑުމަށް އެދިފައި ނުވުން ހިމެނޭގޮތުން).

 

2 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު