-

އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (އުސޫލު ނަންބަރު 2022-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-26)

(މި އުސޫލަށް އަމަލުކުރަން ފެށީ 9 އޮގަސްޓް 2023 ގައި)

 

އުސޫލު ނަންބަރު 2022-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓެކުހާއި އެހެނިހެން ފައިސާ ނުދައްކާ ހުރި ފަރާތްތަކަށް ނޯޓިސް ފޮނުވައިފައި ވިޔަސް، ނުވަތަ ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް، ނުވަތަ މިފަދަ ފިޔަވަޅެއް ނޭޅި ނަމަވެސް، އެއްފަހަރާ ފައިސާ ދެއްކެން ނެތްކަމަށް ބަޔާންކޮށ،ް ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށ،ް އެއް ވަގުތެއްގައި އެއްބާވަތެއްގެ ޓެކުހާ ގުޅޭގޮތުން 2 (ދޭއް) އިންސްޓޯލްމަންޓް އެގްރ މަންޓަށް ވުރެ ގިނަނުވާނެ ގޮތަށ،ް އެ ފުރުސަތު ދެވިދާނެއެވެ. އެހެން ނަމަވެސް، އިންސްޓޯލްމަންޓް އެގްރ މަންޓާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއްނަމަ، 2 (ދޭއް) އިންސްޓޯލްމަންޓަށް ވުރެ އިތުރަށް އިންސްޓޯލްމަންޓް ދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތާވަލާއި، ފައިސާ ދެއްކުމުގައި އަމަލުކުރަންޖެހޭކަމަށް މީރާއިން ކަނޑައަޅާ ކަންކަމަށް އެއްބަސްވެ، އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި މީރާއާއެކ،ު އެ ފަރާތުން ސޮއިކުރުން ނުވަތަ މީރާއިން ކަނޑައަޅާ ގޮތެއްގެ މަތީން މީރާކަނެކްޓް މެދުވެރިކޮށް އެއްބަސްވުން އެކްނޮލެޖްކުރުން؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ފައިސާ ނުދައްކާ ހުރި ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭނަމަ، "އިންސްޓޯލްމަންޓަށް އެދުން" (905 MIRA) ފޯމު ފުރިހަމަކުރުމަށްފަހު މީރާގެ ވެބްސައިޓް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނީ، އެ ފުރުސަތު ދެވިދާނެކަމަށް އެ ފަރާތަކަށް އަންގައި، މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމަށް އަންގާތާ 10 )ދިހައެއް( ދުވަހުގެ ތެރޭގައި، އެ ފައިސާ ދެއްކުމުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާ ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި އުސޫލުގައިވާ ގޮތުގެ މަތީން ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް، އިންސްޓޯލްމަންޓުގެ ތެރޭގައި ހިމެނޭ ޓެކްސް ނުވަތަ އެނޫން ވެސް ފައިސާ، އެ ފައިސާ ދެއްކުމުގެ އަސްލު ސުންގަޑިއަށް ދައްކާފައި ނުވާތީ، ގާނޫނުގައިވާ ގޮތުގެ މަތީން ޖޫރިމަނާ ނުވަތަ އިންޓްރެސްޓ،ް ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން ދައްކަން އެންގިދާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެންމެ ކުދ،ި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހިފައިވާ ފައިސާ، އިންސްޓޯލްމަންޓް އެގްރ މަންޓެއްގެ ދަށުން ދެއްކުމަށް އެއްބަސްވާނަމަ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމުން ނުވަތަ ފްރީޒްކޮށްފައިވާ އެކައުންޓުން ކޮމިޓްމަންޓް ޕޭމަންޓުގެ ފައިސާ ނެގުމަށްފަހު އިންސްޓޯލްމަންޓް ދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާ ގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(އ) އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަމުންދާކަމަށް ބެލެވޭނީ، އެ ފަރާތުން މި އުސޫލުވެ، އެއްބަސްވުމުގެ ޖަދުވަލުގައި ކަނޑައެޅިފައިވާ ސުންގަޑިތަކުގައި ގަވާއިދުން ފައިސާ ދައްކަމުންދާ ކަމުގައިވާނަމައެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އިންސްޓޯލަމްންޓުގެ ފައިސާ ދައްކަންޖެހޭ ސުންގަޑީ ގެ ފަހުން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި ދައްކައިފައި ނުވާނަމަ، އިންސްޓޯލްމަންޓްގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މަގުބޫލު އުޒުރެއް ކަމަށް ބަލާނީ، އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެފައިވާނަމަ އެވެ.

(ހ) އެކްސިޑެންޓެއް ނުވަތަ ގުދުރަތ ކާރިސާއެއް ކުރިމަތިވުން؛

(ށ) އެކަމެއް ކުރުމަށް ނުކުޅެދޭފަދަ ބައްޔެއްވުން؛

(ނ) ޓެކްސް ދައްކާ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވ،ޭ އެ ނޫން ވެސް ކަމެއް ކުރިމަތިވުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިސާ ނުދައްކާ ފަރާތަކުން ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދައުވާ އުފުލާ މައްސަލައެއްގައި، ދައުވާކުރާ ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމަށްފަހ،ު އިންސްޓޯލްމަންޓަށް ބަހައިލައިގެން އެ ފައިސާ ދެއްކުމުގެ ފުރުސަތެއ،ް މި އުސޫލުގެ ދަށުން އެ ފަރާތަކަށް ނުދެވޭނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 12 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ކ) "އެ ފައިސާއެއް ދައްކަންޖެހޭ ކަރަންސީއަކުން" ކަމަށް ބުނެފައި އެވަނ ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ބަޔާނުގައި ބަޔާންކޮށްފައިވާ ކަރަންސ އަށެވެ.

 

11 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (އުސޫލު ނަންބަރު 2022-08)

 

ކޮންސޮލިޑޭޓެޑް އުސޫލު

އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު