-

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމު ގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު 2022-10) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު 

(އުސޫލު ނަންބަރު 2022-22)

އުސޫލު ނަންބަރު 2022-10 (ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމު ގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

2(ނ). މި އުސޫލުގެ ދަށުން ހާމަކުރާނީ، ޓެކްސް ދައްކާ ފަރާތުގެ ނަމާއި، އެޑްރެހާއި، ރަޖިސްޓަރ ނަންބަރާއި، ޓިންއާއި، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ނަމެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

2(ރ). މި އުސޫލުގެ ދަށުން ނަން ހާމަކުރެވޭނެ މަރުހަލާތައް؛

  1. މީރާގެ ވެބްސައިޓުގައި ށާއިއުކުރުމާއެކު ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުގައި އިއުލާނުކުރުން؛
  2. ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އުނިކުރުން.

3(ހ)(2). (އުނިކޮށްފައި).

 

4 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-10)

 

ކޮންސޮލިޑޭޓެޑް އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު