-

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-37) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2018-85)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޮގަސްޓް 2018 ގައި)

 

މިއީ ގަވާއިދު ނަންބަރު 2016-37 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ. 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނި ިވ ގޮތަށް އިސްލާހުކުރުން. 

"(ހ) އެމީހަކީ، އެމީހަކާ ދެކޮޅަށް ށަރުއީ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހަކު ކަމުގައިވާނަމަ، އެ ދައުވާއަކީ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާއަކަށް ނުވެފައި، އެ ދައުވާ އުފުލުނު ތާރީހުން ފެށިގެން، ހުކުމްނުކުރެވި މީލާދީގޮތުން 1 (އެކެއް) އަހަރު ފާއިތުވެފައިވުން؛ އަދި" 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަމާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ގަވާއިދު ނަންބަރު 2016-37)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-37)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު