-

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2018-102)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ސެޕްޓެމްބަރު 2018 ގައި)

 

މިއީ ގަވާއިދު ނަންބަރު 2016-37 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވިގޮތަށް (ބ) އިތުރުކުރުން.

"(ބ) ގައިރު ހާޒިރުގައި ނުވަތަ އެ މީހާއަށް އެނގުމަކާނުލައި އެ މީހެއްގެ މައްޗަށް ހުކުމްކޮށް އަދި އެ ހުކުމްކުރިތާ 5 (ފަހެއް) އަހަރު ފާއިތުވެފައި އަދި އެ މުއްދަތުގެ ތެރޭގައި އެ މީހެއްގެ މައްޗަށް އިތުރު ހުކުމެއް ކޮށްފައިނުވާ މީހަކު ކަމުގައިވާނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި އެ މީހެއްގެ އަދަބު ލުއިކޮށްދެވިދާނެއެވެ."

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ގަވާއިދު ނަންބަރު 2016-37)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-37)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު